ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/75
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މޫސާ މުޙައްމަދު، 2021/HC-B12/75
Prosecutor General v. Ahmed Moosa Mohamed 2021/HC-B12/75 (2021/HC-B12/75, High Court of the Maldives, 15 November 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މޫސާ މުޙައްމަދު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، މާލެއިން ފުރުން މަނާކޮށް، ހެކިންނާ މުޢާމަލާތު ނުކުރުމާއި ކޮންމެ ރަސްމީ ދުވަހަކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހާޟިރުވުމުގެ ޝަރުޠުތަކާއެކު، ދެ މީހަކު ޖާމިނުކޮށް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް 25 މިލިއަން ރުފިޔާއަށްވުރެ ގިނަ ޢާންމު ފައިސާއާ ގުޅޭ ޚިޔާނާތްތެރިވުމުގެ 42 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔައިރު، 2021/HC-B12/26 ގައި ހައިކޯޓުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމިއެވެ. ފަހުން ދެ މީހަކު ޖާމިނުވާގޮތަށް ކަފާލާތަށް އެދި ހުށަހެޅިއެވެ.
ޕީޖީ ބުނީ ތުހުމަތުކުރެވޭ ފަރާތަކީ ކުރިން ފިލާފައިވާ މީހެއްކަމަށާއި ފިލުމުގެ އިޙްތިމާލު ބޮޑުކަމަށް، ޖާމިނުވި މީހުންގެ ޝަރުޠުތައް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ ގޮތުން ކަށަވަރުނުކުރާކަމަށް، އަދި ފަނޑިޔާރު ވަކި ފަރާތަކަށް ޖެހިކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ކުށަކީ ކަފާލާތުގެ ދަށުން ދޫކުރެވޭ ކުށެއްކަމަށާއި 2021/HC-B12/26 ގައި ބުނި ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ޚިޔާނާތްތެރިވުމުގެ 42 ދަޢުވާއެއް ހިނގަމުންދާ، ކުރިން ތަޙުޤީޤަށް ހާޟިރުނުވެ ރާއްޖެއިން ބޭރުގައި ހުރި ތުހުމަތުކުރެވޭ ފަރާތެއް، ދެ މީހަކު ޖާމިނުކޮށް ޝަރުޠުތަކާއެކު ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތް ނިންމުމެއްތޯ؛ އަދި ޖާމިނުވާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ކަށަވަރުކުރެވިފައިވޭތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް (އަޣުލަބިއްޔަތުން)
އަޣުލަބިއްޔަތު ދެކުނީ ކުރިން ފިލާފައިވާ މީހެއްގެ ފިލުމުގެ ނުރައްކާ ނައްތާލުމަށް ޕާސްޕޯޓު ހިފެހެއްޓުމަށް ސާފުކޮށް އަމުރުކޮށްފައި ނުވާތީއާއި، ޖާމިނުވި މީހުންގެ ޝަރުޠުތައް ރަސްމީ ވަސީލަތްތަކުން ކަށަވަރުކޮށްފައި ނުވާތީއާއި، ޚިޔާނާތުގެ ފުޅާމިނާއި އަސަރަށް ރިޢާޔަތްނުކުރާތީ، ނިންމުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއް ނޫންކަމަށެވެ. ފަނޑިޔާރު ޒަކަރިއްޔާ ދެކުނީ ކުށަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 63 ވަނަ މާއްދާގައި ކަފާލާތު މަނާކުރާ ކުށެއް ނޫންކަމަށާއި ކަފާލާތަކީ ތަޤްދީރީ ބާރުގެ ދަށުން ނިންމި ނިންމުމެއްކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ނުބެހެއްޓުމަކީ އަޞްލު ގޮތެވެ. ބަންދުގައި ބެހެއްޓުމަކީ އެ އަޞްލަށް އޮތް އިސްތިސްނާއެވެ. އެ އިސްތިސްނާތަކަކީ ހެކި ފޮރުވުމަށް، ހެކިބަސްދޭ މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ކޯޓަށް ހާޟިރުނުވެދާނެކަމަށް، ފިލައިފާނެކަމަށް، ނުވަތަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48-49، އަޣުލަބިއްޔަތު)
- މައްސަލަ ދިގުލައިގެން ހިނގައިދާނެކަމަކީ ރިޢާޔަތްކުރަންޖެހޭ ނުކުތާއެއް ނަމަވެސް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ އިސްތިސްނާތަކަށް ބަލަންޖެހޭނެއެވެ. ޚިޔާނާތުގެ ތުހުމަތުގައިވާ މީހާގެ މިނިވަންކަމާއި ޚިޔާނާތުގެ ސަބަބުން މުދަލުގެ ޙައްޤަށް (ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ) ގެއްލުން ލިބުނު މީހުންގެ ޙައްޤު އެއްހަމަ ނުކޮށް، ތުހުމަތުކުރެވޭ މީހާގެ ޙައްޤަށް އެކަނި ރިޢާޔަތްކުރުމަކީ ޤާނޫނީ ރަނގަޅު ހަމައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51)
- ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރީ ބާރު ބޭނުންކުރަންވާނީ ޤާނޫނުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރެއިން، މައްސަލައާ ގުޅޭ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ބުއްދި ޤަބޫލުކުރާ ސަބަބުވެރި ހަމައަކުންނެވެ. ޤާނޫނާ ޚިލާފަށް އިޚްތިޔާރު ބޭނުންކޮށްފައިވާނަމަ އެކަން ރަނގަޅުކުރެވޭނީ އިސްތިއުނާފުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54-56، 60)
- ކަފާލާތާމެދު ގޮތް ނިންމުމުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ އިސްތިސްނާތަކާއި، ކުށުގެ ބާވަތާއި ކުޑަބޮޑު މިނާއި، ކުށްކުރި ޙާލަތާއި، އަނިޔާވެރިކަން ހިމެނޭ މިންވަރާއި، ހުށަހެޅިފައިވާ ހެކީގެ ބުރަދަނާއި، ކުށުގެ ރެކޯޑާއި، ކުރިން ކޯޓަށް ހާޟިރުވުމުގައި ޢަމަލުކުރި ގޮތަށް ފަނޑިޔާރު ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 61، ސުޕްރީމް ކޯޓުގެ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/qasim_ibrahim_v_maldives_police_service_2010_SC_A_19/"><bdi class="salj-latin" dir="ltr">2010/SC-A/19</bdi></a> އާއި <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/abdhu_yaamin_abdul_gayyoom_v_maldives_police_service_2010_SC_A_20/"><bdi class="salj-latin" dir="ltr">2010/SC-A/20</bdi></a>)
- ޚިޔާނާތްތެރިވުމުގެ ކުށަކީ ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ކުށެއް ނަމަވެސް، ދަޢުވާގައި ހިމެނޭ ޚިޔާނާތުގެ ފުންމިނާއި ފުޅާމިނާއި، އޭގެ އަސަރާއި، ކުށުގެ ޝިކާރައަކަށްވި ފަރާތްތަކުގެ ޢަދަދާއި ޙާލަތަށް ރިޢާޔަތްކުރަންޖެހޭނެއެވެ. ޢާންމު ރައްޔިތުން ބޯހިޔާވަހިކަމުގެ އުއްމީދުގައި އަމާނާތެއްގެ ގޮތުގައި ޙަވާލުކުރި ފައިސާއަށް ޚިޔާނާތްތެރިވުމަކީ އެމީހުންގެ ނިސްބަތުން އަނިޔާވެރި ޢަމަލެކެވެ. މާލީ ކުށްތަކަކީ އަނިޔާވެރިކަން ނުހިމެނޭ ކުށްތަކެއްކަމަށް ޢާންމުކޮށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62-64)
- ކުރިން ރާއްޖެއިން ބޭރުގައި ހުރެ ތަޙުޤީޤަށް ހާޟިރުނުވެ، އިންޓަރޕޯލް މެދުވެރިކޮށްވެސް ހާޟިރުނުކުރެވުނު މީހެއްގެ މައްސަލައިގައި، އޭނާ ރާއްޖެއަށް އައީ އަމިއްލަ އިޚްތިޔާރުންކަން ބަޔާންކޮށްދޭން ޖެހެނީ އޭނާއަށެވެ. އެހެން ނޫންނަމަ ފުރުޞަތު ލިބިއްޖެނަމަ ފިލައި ރައްކާވެދާނެކަމުގެ އިޙްތިމާލު ދެނެގަނެވެއެވެ. އަދި ކަފާލާތު ދިނުމުގައި ފިލައި ރައްކާނުވާނެކަން ކަށަވަރުކުރެވޭ ގޮތަށްތޯ ފަނޑިޔާރު ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 65-69)
- ފުރުން މަނާކުރުމާއި، ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ ރަސްމީ ލިޔުމެއް ހިފެހެއްޓުމަކީ ދެ ކަމެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ފިލުމުގެ ނުރައްކާ ނައްތާލުމަށް ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ސާފުކޮށް އަމުރުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 71-72)
- ޖާމިނުވާ މީހާގެ ކިބައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 (ހ) އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ ޝަރުޠުތައް ފުރިހަމަވާކަން ކަށަވަރުކުރަންވާނީ ޤާއިމުވެފައިވާ ރަސްމީ ވަސީލަތްތައް (ރަސްމީ އިދާރާތަކަށް ލިޔުމާއި ސިސްޓަމްތައް) ބޭނުންކޮށްގެންނެވެ. އެފަދަ ވަސީލަތެއް ނެތްނަމަ ޖާމިނުވާ މީހާގެ ބަސް ލިޔުމުން ހޯދަންވާނެއެވެ. ހަމައެކަނި އޭނާއާ ސުވާލުކޮށް އޭނާ ބުނާ އެއްޗަކަށް ބުރަވުމަކީ އެކަން ކަށަވަރުކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 73-74)
- ޖާމިނުވާ މީހަކީ އަމިއްލަ ދިރިއުޅުމުގައި ޒިންމާނެގުމުގެ އިޚްތިޔާރު ލިބިފައިވާ މީހެއްކަން ފަނޑިޔާރު ޤަބޫލުކުރި ސަބަބު ބަޔާންކުރަންޖެހޭނެއެވެ. ތުހުމަތުކުރެވޭ މީހާގެ ބެލެހެއްޓުމުގެ ދަށުގައިވާ (dependent) މީހުން ޖާމިނުވާނަމަ އެކަން ސާފުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 75)
- ފަނޑިޔާރެއްގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތަށް ޤާނޫނު ދައްކައިދީފައިވާ މަގަކީ އިސްތިއުނާފެވެ. ކޯޓެއްގެ ކުރިމައްޗަށް ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލައެއްގެ މައުޟޫޢާމެދު ބޭރުގައި ޢާންމުކޮށް ކޮމެންޓްކުރުމަކީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން ޤަބޫލުކުރެވިފައިވާ ސަބްޖުޑިސީ ރޫލާ ފުށުއަރާ ކަމެއް ކަމަށާއި ކޯޓު ކޮންޓެމްޕްޓްގެ ފިޔަވަޅު އަޅަންޖެހިދާނެ ކަމެއް ކަމަށް ކޯޓުން ފާހަގަކުރިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 55-59)
- ފަނޑިޔާރު ވަކި ފަރާތަކަށް ޖެހިގެން ނިންމިކަމަށް (ޤާނޫނުއަސާސީގެ 42 (ށ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ) ބުނެ ހުށަހަޅާ، ތަފްޞީލާއި ޤާނޫނީ ބަހުސް ބަޔާންނުކޮށްފައިވާ ނުކުތާއަކީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވޭނެ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، 78)
މައްސަލައިގެ ތަޢާރުފު:
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2021)/MA/2021/01145-B3(317-358- ކޯޓު އަމުރު އެ ކޯޓުން ނެރެ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް އެދޭ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގިހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ވ.ތިނަދޫ / ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދެވެ. މައްސަލައިގެ ކަން ހިގާފައިވާ ގޮތް:
2އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ 42 ދަޢުވާ އެއްދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ގުޅިގެން އްމައްސަލަ ތައު އެ ކޯޓުގެ ނަންބަރު 317-358/Cr-C/2021 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.
3މި މައްސަލައިގައި، އަޙްމަދު މޫސާމުޙައްމަދް ޝަރީޢަތް ނިމެންދެން ބަންދުކޮށި ދިނުމަށިއެދ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން ޝަރުޠާއެކު އޭނާ ދޫކޮށްލުމަށް އެކޯޓުން އަމުރު ކޮށްފައިވެއެވެ. އ އަމުރު ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ މި ކޯޓުގެ ނަންބަރ 2021/HC-B12/26 ޤަޟިއްޔާއިން ބަލައި އެޤަޟިއްޔާ ބ ލާފަނޑިޔާރުންގެ އަޣުލަބިއްޔަތުން، އަޙްމަދު މޫސާ މުޙައްމަދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވެއެވެ.
4މިދެންނެވި ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމާއި ގުޅިގެން އެ ނިންމުން 2 ފަހަރެއްގެ މަތިން މުރާޖަޢާ ކުރެވި، އަޙްމަދު މޫސާ މުޙައްމަދު ބަންދުގައި ހުރި ހުރުން ދެމެހެއްޓުމަށް ކްރިމިނަލް ކޯޓުނ ނިންމާފައިވެއެވެ.F ކްރިމިނަލް ކޯޓުގެ ނަންބަރު B3/AM/2021/12-145 )11 އޮގަސްޓް 2021( އާއި ނަންބަރު B3/AM/2021/14-145 )16 ސެޕްޓެނބަރް 2021( ބަންދު މުރާޖަޢާކޮށް ނިންމިގޮތް
5ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ކްރިމިނަލް ކޯޓުން ދަމަހައްޓާފައިވަނިކޮށް، އަޙްމަދު މޫސާ މުޙައްމަދގު ބަންދު މުރާޖަޢާ ކުރުމަށް އެދޭ 3ވަނަ ފަހަރަށް ދައުލަތުން ހުށހަޅާފައިވަނ 04 އޮކްޓޫބަރު 2021 ގައެވެ.
6އޭގެ ފަހުން، 13 އޮކްޓޫބަރު 2021 ގައި، އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުނ 2 )ދޭއް( މީހކަ ޖާމިނުވާގޮތަށް، ކަފާލާތުގެ ދަށުނ އޭނާ ދޫކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް "ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅާފައިވެއެވެ.
7އިސްވެދެންނެވި ފަދައިން ދައުލަތުން އަޙްމަދު މޫސާމުޙައްމަދގެ ބަންދު މުރާޖަޢާ ކުރުމަށު އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، 20 އޮކްޓޫބަރު 2021 ގައި ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައި، އެއަޑުއެހުމަށްފަހު، އޭނާގެ ބަންދަށް ލުޔެއް ދިނުމަށް ޝަރީޢަތނު ނުންމައި، ޝަރުޠއެކ، ރަށުން ބޭރަށް ދިއުން މަނާކޮށް، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.F
8އަޙްމަދު މޫސާ މުޙައްމަދުބަނދުން ދޫކޮށްލުމަށް ނިންމި ސަބަބު ކަމަށް އ އަމުރުގައި ބަޔާންކޮށްފައިވަނީ: "ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-B12/26 ޤަޟިއްޔާއިން މީނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވުމުން، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 60 ވަނަ މާއްދާގެ )ވ(ގެ ދަށުން އަޙްމަދު މޫސާ މުޙައްމަދުގެ ބަންދު މުރާޖަޢާކޮށް، އަޙްމަދު މޫސާ މުޙައްމަދުގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތު ގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން އެދިފައިވެއެވެ. އަދި އެމާއްދާއާއި އެއްގޮތްވާ ގޮތުގެމަތިން އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ދައުލަތުން ހުށަހެޅި ފޯމަށް ރައްދުދީ ކަފާލާތުގެ ދަށުން އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްދިނުމަށް އެދިފައިވެއެވެ . މިމައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން މީނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ، އޭރު ކްރިމިނަލް ކޯޓުން މީނާގެ ބަންދާމެދު ގޮތެއް ނިންމިއިރު މީނާ އިތުރަށް ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ބުނެ ދުން ދޫކޮށްލުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލގް ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/26 ޤަޟިއްޔާއިން އަޙްމަދު މޫސާ މުޙައްމަދު ބަންދުގައި ބެހެއްޓުމަށް، އެ ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ނިންމާފައިވާ ނިންމުން ބިނާކޮށްފައިވާ މައިގަނޑު ސަބަބަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި ނުވަތަ ފިލާފާނެކަމުގެ ޙާލަތު ވުޖޫދުގައިވާތީކަމށަ
ކްރިމިނަލް ކޯޓުގެ ނަންބަރު 2021)/MA/2021/01-358-B3(317-145 )20 އޮކްޓޫބަރު 2021( ކޯޓު އަމުރު ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔުގެ 41 ވަނަ ނުކުތާގައި "...ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރަށް ކަފާލާތުގެ އުސޫލުގެ ދަށުން ނުވަތަ ކަނޑައެޅޭ ވަކި ތަނަކަށް ގަވާއިދުން ހާޟިރުވުމަށް އެންގުންފަދަ ޝަރީޢަތަށް ނުފިލާކަން ކަށަވަރުކުރެވޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ފަހުގައި މެނުވީ އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލެވިގެންވާނެކަމުގައި ނުދެކެމެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި އެރައުޔުގެ 37 ވަނަ ނުކުތާގައި "..ޖިނާއީ މައްސަލަތަކުގައި، ޙުކމަކާއު ނުލައި، އެކަށީގެންނުވާ ނުބައްދަލު ދިގު މުއްދަތަކަށް ދަޢުވާލިބޭ ފަރާތްތައް ބަންދުގައި ބެހެއްޓުމުން ދުރުވާންޖެހޭއިރު، ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ގިނަ މުއްދަތެއް ހޭދަވެފައިވާނަމަ އަދި މައްސަލައިގެ ބާވަތުން ޝަރީޢަތަށް ދިގު މުއްދަތެއް ހިނގައިދާނެކމަށަ ބެލެވޭނަމަ އެފަދަ ފަރާތެއްގެ ސަބަބުން އޮތް ނުރައްކަލެއް ނެތިކުރެވޭނެ ނުވަތަ ކުޑަކުރެވޭނެ ގޮތްތައް ހޯދައި ބަންދުގައި ބަހައްޓަންޖެހޭ މުއްދަތު ކުޑަކުރުމަށް ޝަރީޢަތުން މަސައްކަތްކުރަންވާނެ ކަމަށް ދެކޭކަމަށާއި، ކޯޓަށް ހާޒިރުނުވެދާނެކަމަށް ނުވަތަ އެމީހަކު ފލާފާނެކަމަށި ބެލުމުގައި ޝަރީއަތުން ރިޢާޔަތްކުރަންޖެހޭ ކަންތައްތައްތަކުގެ ތެރޭގައި ތުކުރެވޭ މީހާ ބަންދުނުކޮށް ފިލައިގެން ދިއުމުގެ އިޙްތިމާލް ނައްތާލެވޭނެކަން ނުވަތަ ކުޑަކުރެވޭނެކަން އަދި ތަޙްޤީޤުކުރާ އިދާރާއަށް ނުވަތަ އެނޫންވެސް ތަނަކަށް ވަކި އުސޫލަކުން ހޒިރުވުމަށާ ޝަރުތުކޮށްފިނަމަ، އޭނާ އެޝަރުޠާ އެއްގޮތަށް ކުރާނެކަން ނުވަތަ ނޫންކަން ހިމެނިފައިވުމުންވެސް މިކަން އިތުރަށް ކަށަވަރުވެގެންދެއެވެ." މިފަދައިން ބަޔާންކޮށް ހަމަ އެ ރައުޔުގެ 42 ވަނަ ނުކުތާގައި "ތުހުމަތުކުރެވޭ ފަރާތް ބަންދުނުކޮށް ފިލައިގެން ދިއުމުގެ އޙްތިމާލި ނައްތާލެވޭނެ ނުވަތަ ކުޑަކުރެވޭނެ އިތުރު ހަރުދަނާ ފިޔަވަޅުތަކަކާއެކު އަޙްމަދު މޫސާ މުޙައްމަދުގެ ބަންދަށް ލުޔެއް ދިނުމަށް މައްސަލަ މައުޟޫޢީގޮތުން ބަލާ ފަނޑިޔާރަށް ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އަޙްމަދު މޫސާ މާޙައްމަދުގެ މައްޗަށް އުފުލާފައިވު ދައުވާތަކަށް ބަލާއިރު، އެކުށަކީ މަދަނީ އެއްބަސްވުމަކުން އުފަންވެފައިވާ ކުށެއްކަމާއި، މިކުށާއި ގުޅިގެން ޖުމްލަ 42 ދަޢުވާ 2021 މޭ 31 ވަނަ ދުވަހު މިކޯޓަށް ހުށަހެޅި، މިހާތަނަށް މިމައްސަލަ ގޮސްފައިވާ ހިސާބަށް ބަލާއިރު މައްސަލައެ ގެ ޝަރީޢަތް ހިންގުމަށް ދިގު މުއްދަތެއި ހިނގައިދާނެކަމަށް ބެލެވެއެވެ. މިމައްސަލާގައި ދަޢުވާލިބޭ ފަރާތުގެ ބަންދަށް ލުޔެއް ދިނުމަށް ދައުލަތުން ދެކޮޅު ހަދާ މައިގަނޑު ސަބަބަކީ ބަންދުގައި މީހަކު ބަހައްޓަންޖެހޭ ޙާލަތުގެ ތެރެއިން އެމީހަކު ފިލާފާނެތީއާއި، ކޯޓަށް ހޒިރުނުވެދާނެކަމަށާ ބެލެވޭ ޙާލަތު މިމައްސަލާގައި އަޙްމަދ މޫސާ މުޙައްމަދުގެ މައްޗަށް އޮތުމުންކަމަށާއި، އަދި ޖާމިނުވާ ފަރާތްތަކަށް އަޙްމަދު މޫސާ މުޙައްމަދު ކޯޓަށް ހާޒިރުނުވެ ފިލައިގެން ނުދާނެކަން ކަށަވަރުކޮށްދީ އަޙްމަދު މޫސާ މުޙައްމަދު ޝަރީޢަތަށް ހާޒިރުކޮށދެވޭނެކަމުގް ޔަޤީންކަން އޮތްނަމަ އެގޮތުގެމަތިނ އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލެވިދާނެކަމަށް 2021 އޮކްޓޫބަރު 13 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް 2021 އޮކްޓޫބަރު 20 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އކަމަށެ އިންކާރުކޮށްފައިވެއެވ. މީގެ އިތުރަށް ފާހަގަކޮށްފައިވަނީ ކަފާލާތަކީ ބަންދުގައި ބެހެއްޓި ސަބަބު ފިލުވައިލެވޭނެ މަގުތަކެއްހުރިނަމަ އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ކުރާކަމެއްކަމަށާއި، މިމައްސަލާގެ ވަށައިގެންވާ ކަންތައްތަކަށް ބަލައި ކަން ހިނގާފައިވާ ގޮތުން ނަތީޖާ ހާޞިލްކުރެވޭނެކަމަށް ދައުލަތުން ނުދެކޭކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ބަންދު މުރާޖަޢާކުރުމަށް ބޭއްވުނު މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ޤާނޫނު ނަންބަރ 2016/12 )ޖ ނާއި އިޖުރާއަތުގެ ޤާނޫނު( ގ 59ވަނަ މާއްދާއާއި 60ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދަޢުވާލިބޭ ފަރާތުން ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުންތަކުގ ރައްދުގައި ހުށަހެޅި ޑޮކިއުމަންޓްސްތަކަށް ބަލާއިރު ދަޢުވާލިބޭ ފަރާތުން ތަޙުޤީޤްމަރުޙަލާގައި އިންވެސްޓިގޭޓިވް އޮފިސަރާއި މުޢާމަލާތްކޮށް އެކަމާއި ގުޅޭ ޑޮކިއުމަންޓްސތައް ހުށަހަޅާފައިވާކަމާއި، މިމައްސަލައާއި ގުޅިގެން 1 މްސްދުވަސްވަންދެން ބަންދުން ދޫކޮށްފައި ހުރިއިރުވެސް ޝަރީޢަތަށް އެއްބާރުލުންދީ ކޯޓަށް ހާޒިރުވެފައިވާކަމަށުދަޢުވާލިބޭ ފަރާތުން ޝަރީޢަތުގައި ފާހަގަކޮށް އަދި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށް ދިނުމަށް އެދިފައިވަނީ ދެފަރާތެއްޖާމިނުކުރުމަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-B12/26 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތަށް ނުފިލާކަން ކަށަވަރުކުރެވޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އެޅުމު ށ ފަހުގައިކަމަށް ޝަރީޢަތަށް ބުރަވެވޭތީ، ބަންދުގައިހެ ރ ޙާލަތަށް ބަދަލު ގެންނަންޖެހޭކަމަށް ޝަރީޢަތަށް ބުރަވެވެއެވެ. ތިރީގައި ބަޔާންކުރާފިޔަވަޅުތަކަކީ، އެ ޙާލަތު ނެތިކޮށްލެވޭފަދަ ފިޔަވަޅު ތަކެއްކަމަށް ޝަރީޢަތަށް ބުރަވެވޭތީ، މި ޝަރުޠުތަކާއެކު، އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ޝަރީޢަތަށް ބުރަވެވެއެވެ. މިގޮތުން، ކޯޓުގެ ހުއްދަނެތި އަޙްމަދު މޫސް މުޙައްމަދު މާލެއިން ފުރައިގެންނުދިޔުމާއި، ކުނުގެ ސަބަބުން ގެއްލުން ލިބުނު މީހުންނާއި މައްސަލައިގެ ހެކިބަސްދޭނެކަމަށ ޤަބޫލުކުރެވޭ މީހުންނާއި މުޢަމަލާތްނުކުރުމާއި ބައްދަލުނުކުރުމާއި، ރަސްމީ ކޮންމެ ދުވހަކ 09:30 އަށް މޯލްޑިވްސްކަރެކްޝަނަލް ސަރވިސްއަށް ހާޒިރުވުމަށް އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ޝަރުޠުކުރެވިފައިވެއެވެ. އަދި މިޝަރުޠުތަކާއައެއްގޮތަށް އަޙްމަދު މޫސާ މުޙައްމަދުޢްމަލުކުރަމުންދކަން ޖާމިނުވި ފަރާތްތަކުންވެސް ކަށަވަރުކުރަންޖެހޭނެއެވެ. އދަކަނޑައަޅާފައިވާ އެއްވެސް ޝަރުޠަކާއި އަޙްމަދު މޫސާ މުޙައްމަދު ޚިލާފުވެއްޖެނަމަ ވަގުތުން ބަންދުކުރެވޭނެކަމާއި، ޖާމިނުވްފަރާތް ތަކުނ ވެފައިވާ އިޤުރާރާއި ޚިލާފުވެއްޖެނަމަ އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައްދެވޭނެކަން އެފަރާތްތަކަށް ޝަރީޢަތުން ސާފުކޮށްދީފައިވެއެވ. މިއާއިއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ރަސްމީ ކޮންމެ ދުވަހަކު 09:30 އަށް ހާޒިރުވުމަށް އައްމަދު މޫސާމުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޝަރުޔާއި އެއްގޮތަށް އެފަރާތުން އެތަނަށް ހާޒިރުވެ ސޮއިކޮށްފައިވާ ލިއުމެއް ކޮންމެ ހަފްތާއެއްގ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިކޯޓާއި ޙިއްޞާކުރުމަށް ޝަރީޢަތުނެ އަންގަމވ . އަދި 2021 ޖޫން 16 ވަނަ ދުވަހު މިކޯޓުގެ ނަންބަރު 2021)11/PH/2021-359-B3(317-145 އަމުރުން އަޙްމަދު މޫސާ މުޙައްމަދު ފުރުން މަނާކޮށްފައިވާކަން ޝަރީޢަތުން ފާހަގަކުރަމެވެ. އިސްވެދެންނެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެހައިކޯޓުގެ ނަންބަރ 2021/HC-B12/26 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އަލީގައި، އަޙްމަދު މޫސާ މުޙައްމަދު ބަންދުނުކޮށުފިލައިގެން ދިއުމުގެ އިޙްތިމާލް ނައްތާލެވޭނެ ނުވަތަ ކުޑަކުރެވޭނެކަމަށް ޝަރީޢަތަށް ބުރަވެވޭ އިތުރު ހަރުދަނާ ފިޔަވަޅުތަކަކާއެކެކަފާލާތުގެ ދަށުން ޖާމިނުވާނެ ފަރާތްތަކެއް ކަނޑައަޅައި އިސްވެ ބަޔާންކުރި ޝަރުތުތަކަކާއެކު އަޙްމަދު މޫސާ މުޙައްމަދގު ބަންދަށް ލުޔެއް ދިނުމަށް ޝަރީޢަތުން ނިންމައިފީމެވެ." މިފަދައިންނެވެ.
9މިދެންނެވި ފަދައިން، ކްރިމިނަލް ކޯޓުގެ ނަންބަރ: 2021)/MA/2021/01145-B3(317-358- ކޯޓު އަމުރއެ ކޯޓުން ނެރުއްވުމާއި ގުޅިގެން އެ އަމުރު، އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މ ޤަޟިއްޔާގައި ބަލާފައިވަނީ އެ މައްސަލައެވެ. އިސްތިއުނާފީ ނުކުތާތައް :
10ކްރިމިނަލް ކޯޓުގެ ނަންބަރު 2021)/MA/2021/01145-B3(317-358- ކޯޓު އަމުރު ނެރެފައެ ވަނި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އ އަމުރި އިސްތިއުނާފުކުރުމަށް އެދް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުނ 3 )ތިނެއް( ނުކުތާ ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވާ އެވެ. އެގޮތުން ހުށަހަޅާފައިވާ 3 )ތިނެއް( ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2021)/MA/2021/01145-B3(317-358- )20 އޮކްޓޫބަރު 2021( ކޯޓު އަމުރަކީ، ޤާނޫނު ނަންބަރު 2016/12 )ޖ ނާއ އިޖުރާއަތުގެ ޤާނޫނު( ގ 60ވަނަ މާއްދާގެ )ށ( އާއި އެ ޤާނޫނުގެ 59ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު: 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތު ގެ ގަވާއިދު( ގ 20ވަނަ މާއްދާގެ )ރ( އާ އާއި 22ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވިއަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ. ކްރިމިނަލް ކޯޓުގެ ނަންބަރު 2021/012021)/MA/145-B3(317-358- )20 އޮކްޓޫބަރު 2021( ކޯޓު އަމުރަކީ، ޤާނޫނު ނަންބަރު 2016/12 )ޖ ނާއ އިޖުރާއަތުގެ ޤާނޫނު( ގ 64ވަނަ މާއްދާގެ )ހ( އާއި )ށ( އާއި ގަވާއިދު ނަންބަރު: 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު( ގ 21ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ. ކްރިމިނަލް ކޯޓުގެ ނަންބަރު 2021)/MA/2021/01145-B3(317-358- )20 އޮކްޓޫބަރު 2021 ( ކޯޓު އަމުރަކީ، ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( އާއި، ޤާނޫނު ނަންބަރު: 2010/13 )ދިވެހިރާއްޖގޭ ފަނޑިޔާރުންގެ ޤާނޫނު( ގ 05ވަނަ މާއްދާގެ )ހ( އާއި، )ށ( ގެ )1( ވަނަ ނަންބަރާއި )03( ވަނަ ނަންބަރާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށެ ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފހީ ގެ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ: އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ:
11ބަންދުކުރެވިފައިވާ ފަރާތެއް ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޝަރީޢަތްކުރުމު ބެހާ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދގައ ބަޔާންކުރާ އިޖުރާއާތުތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި، ކަފާލާތުގެ ދަށުން މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ ބާރަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއްކަމަށާއި، އެއީ، މުޠުލަޤަށް ލިބިދީފައިވާ އިޚްތިޔޫރުތަކެއް ނޫންކަމަށެވެ. ކަފާލާތުގެ ދަށުން މ ހަކު ބަންދުން ދްކުރާއިރު ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއެ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަ ތުގެ ޤަވާޢިދުގެ 20ވަނަ މާއްދި ގެ )ރ( އާއި 22 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60ވަނަ މާއްދާގެ )ށ( އާއި، 59ވަނަމާއްދާއަށް ބަލާއިރު، ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.
12ކަފާލާތުގެ ދަށުންއަޙ މަދު މޫސާ މުޙައްމަދު މިނިވަންވުމަށް ހަރުދަނާ އަސާސެއް ދެއްކި ފައިނުވާކަމަށާއި، ވުމާއެކު، ކަފާލާތުގި ދަށުން އަޙްމަދް މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 20ވަނަ މާއްދާގެ )ރ( އާ ޚިލާފުކަމަށާ ޤް ބޫލުކުރ ކަމަށެވެ.
13އަޙް މަދު މޫސާ މުޙައްމަދުގެ މައްޗަށ ތުހުމަތުކޮށް ދަޢުވާކޮށްފައިވަނީ ޚިޔާނާތްތެރިވުމުގ 42 ކުށަކަށް ކަމަށާއި، ތުހުމަތު ކުރެވޭ، މީސްމީހުންގެ މުދަލާ ދެކޮޅަށް ކުރެވޭ މާލީ މި ކުށްގެ ޢަމަލުގެ ސަބަބުން ޢާންމުންނަށް މާލީ އެތައް ގެއްލުމަކާ ކުރިމަތިލާނަޖެހުނު ކަމަށާއި، ސީލައިފް ކުންފުންޏަށް އާންމުން ދެއްކި ފައިސާގެ ޢދަދަ 25,000,000/- ރ. )ފަންސަވީސް މިލިއަން ރުފިޔާ( އަށްވުރެ ގިނަކަން މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭކަމަށާއި، މިއީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22ވަނަ މާއްދާގެ ދަށުން ޖިނާއީ ބޮޑެތި ކުށްތަކެއްކަމަށެވެ. އަދި އަޙޭ މަދު މޫސާ މުޙައްމަދަކީ މިފަދަ ފައިސާއާ ގުޅުންހުރި މާލީ ކުށްތަކަށް އަރައިގަތުމުގެ ތުހުމަތުކުރެވޭ . ޤާނޫނު ނަންބަރު: 2016/12 . ޤަވާޢިދު ނަންބަރު 01-REG-SC-2021 މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް ފަރާތެއް ކަމަށާއި، މި ކުށުގެ ޢަމަލު ހިންގާފައިވަނީ، ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއްގެ ތެރެއިން، ޢާންމު އެތައް ރައްޔިތެއްގެ ފައިސާއަށުޙް ރ މަތްތެރިކޮށް ހިތުމެއްނެތި، އަޙެމަދު މޫސާ މުޙައްމަދުގެ ބޮލުގައި އެޅިފައިވާ ޤާނޫނީ އިލްތިޒާމުތަކަށް ވެސް ޙުރުމަތްތެރިކޮށް ހިތުމެއްނެތި، ކުންފުނި ޤާނޫނ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެންކަމަށާއި، ކުށުގެ މ ޢަމަލު ހިންގާފައިވަނީ އަނިޔާވެރިކޮށް ކަމަށް ދެކޭކަމަށެވެ.
14އަޙްމަދު މޫސާ މުޙައްމަދުގެ މައި ޗަށް ތުހުމަތުކުރެވޭ މި މައްސަލައް ގައި ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ހެކި ޤަރީނާތަކުގެ ބުރަދަނަށް ބަލަންޖެހޭއިރު، އެކަމަށި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ކްރިމިނަލް ކޯޓުގައް ވެސް އިޢުތިރާޟްކޮށްފައި ނުވާކަމަށާއި، ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ނުވަތަ ކަފާލާތުގެ ދަށުން ދޫކުރުމަށް ހުރަސްއަޅާ ސަބަބު ޤާއިމުކޮށްދޭ ހެކި ޤަރީނާއށ ބަލާއިރު، ތަޙުޤީޤުކުރި ފަރާތުގެ ބަޔާނާއި، އިންޓަރޕޯލް ރެޑްނޯޓިސްއާއި، ކްރިމިނަލް ކޯޓުން ނެރެފައިވ ހައްޔަރުގެ އަމުރުތަކާއި، ބަންދު އަމުރުތައް އެބަހުރިކަމަށެވެ.
15އަދި އަޙްމަދު މޫސާ މުޙައްމަދަކީ ފިލައާގެން އުޅުމުގެ ތާރްޚެއް އޮތް ފަރތެއ ކަމަށާއި،މި މައްސަލައިގެ ތަޙުޤީޤަށް ޙާޟިރުނުވެ ފިލައިގެން އުޅެފައިވާ ކަމަށާއި، މިނާ ޙާޟިރުކުރެވުނީ ސްރީލަންކާގައި ހުއްޓާ ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން ޑީޕޯޓުކޮށްލުމުން ކަމަށާއި، މ ކަންކަމަށް ބަލާއިރު، މީނާ ފިލާފާނެކަމުގެ އިޙުތިމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށެ ވެ. އަދި މްސަ ބަބަށްޓަކައި ޝަރީޢަތް ނިމެންދެނާ އަޙްމަދު މޫސާ މުޙައްމަދު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ކުރިން ނިންމާފައވެސް ވާކަމުގައެވެ.
16އަދި އަޙްމަދު މުސާ މުޙައްމަދަކީ ތަޙުޤީޤަށް ކުރިން ފިލާފައިވާ މީހަކަށްވުމުން، މ ސަބަބަކީ ކަފާލާތުގެ ދަށުން ދޫކޮށްލުން މަނާކުރާ ސަބަބެއްކަމުގައި ދެކޭކަމަށެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ:
17މި ނުކުތާއާ ގުޅު ގޮތު ން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފޭ ހުގެ ފަރާތުން ބުނެފައިވަނީ، ބަންދުގައި ހުރިމީހަކ ކަފާލާތުގެ ދަށުން ދޫކޮށްލުމުގައި ޖާމިނުވާ މީހާގެ ކިބާގައި ފުރިހަމަވާންޖެހޭ ޝަރުޠުތައަކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވޭތޯ ޤާޟީ ކަށަވަރުކޮށްފއަނުވާކަމަށާއި، ޖާމިނުވި ދެމީހުން ކްރިމިނަލް ކޯޓަށް ޙާޟިރުކޮށް ސުވާލުކޮށްފައިވީނަމަވެސް، ހަމައެކަނި ސުވާލުކުރުމަކުން އެމީހާގެ ކިބާ ގައި ޝަރުޠުތައް ފުރިހަމަ ވާކަން ކަށަވަރު ނުކުރެވޭނުކަމަށާއި، މިކަން ކަށަވަރު ކުރާނެގޮތް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަ ތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމުގައެވެ.
18ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގި 21ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޖާމިނުވާމީހާގެ ކިބާގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ބަލާނެ ދެ ގޮތެއްވާ ކަމާއި؛ ފުރާ ތަމަ ގޮތަކީ،ޤާއިމުވެފައިވާ ވޭޞް ލަތްތަކުގެ ބނުނި ކުރުންކަމަށާއި، މި މައްސަލއަ ގައި ޖާމިނުވާ މީހުންގެ ރެކޯޑު އެއްވެސާއިދާރާއަކުން ސާފުކޮށްފައި ނުވުކަމަށެވެ. އަދި ދެވަނަ ގޮތަކީ ވަސީލަތްތައް ގާއިމުވެފައި ނެތްނަމަ، އެ ޝަރުޠުތައް އޭނާގެ ކިބާގައި ފިރިހަމަވާކަމަށް އޭނާގެ ބުސް ލ ޔް މުން ހޯދނިކަމަށާއި، ނަމަވެސް މި މައްސަލާ އިގައި ޖާމިނުވާ މީހާގެ ބަސް ލޔ މުން ހޯދާފައި ނުވާކަމަށެވެ. އިސްތިއުނާފީ ތިން ވަނަ ނުކުތާއާ ގުޅޭ:
19ފަނޑިޔާރުން ޝަރީޢަތް ހިންގަންޖެހޭނީ ވަކި ފަރާތަކަށް ނުޖެހި، ޢަދުލުވެރިކޮށް ކަމަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( ގައާއި، އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ(ގެ )03( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވ ކަމަށާއި، އަދި މި މާއްދާގެ )ހ( އަށާއި )ށ( ގެ )1 ( ވަނަނަންބަރަށް ބަލާއިރު، ފަނޑިޔާރު ނިންމުމެއް ނިންމުމުގައި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭނަކަމަށެވެ. ނަމަވެސް މި މައްސަލި އެގައި ގޮތެއް ކަނޑައެޅުމުގައި ޤާނޫނުގައި ހުރި ކަންކަމަށް ޤާޟީ ރިޢާޔަތްކޮށްފައި ނުވާކަމަށެވި . ޤާޟީ ރިޢާޔަތްކޮށްފައިވަނީ އަޙަމަދު މުސާ މުޙައްމަދު ކަފާލާތަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، ހައިކޯޓުގެ ނަންބަރ 2021/HC-B12/26 ޤަޟިއްޔާގެ އޮބިޓަރ ޑިކަޓަމްގައް އޙްމަދ މޫސާ މުޙައްމަދަށް ފަހިވާގޮތަށް ހުރި ވާހަކަތަކަށް އެކަނި ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެދުނު ގޮތް:
20އިސްތިއުނާފީ ނުކުތާތަކާއި އެނުކުތާތޮ ތަކުގ ތަފްޞަލު ބަޔާންކީށް ޕްރޮސިކިއުޓެ ރ ޖެނެރަލްގެ އޮފަ ހުގެ ފަރާތުން އެދިފައިވަނީ، އިސްތިއުނާފުކުރެވިފައި މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2021)/MA/2021/01145-B3(317-358- )20 އޮކްޓޫބަރު 2021( ކޯޓު އަމުރަކީ ބާޠިލު އަމުރެއް ކަމަށްކަނޑާ އަޅައި، ޝަރީޢަތް ނިމެންދެން އަޙުމަދު މޫސް މުޙައްމަދ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ. އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ހުށަހެޅި ޖަވާބުގެ ޚުލާޞާ: އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގެ ޚުލާޞާ:
21އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުނުބުނެފައިވަނީ، މި މ އްސަލައަކީ މީގެ ކުރިން ހައިކޯޓުގެ ނަންބަރ 2021/HC-B12/26 ޤަޟިއްޔާގައި ގޮތްތަކެއް ކަނޑައެޅިފައިވާ މައްސަލައެއްކަމަށާއި، އެހެންކަމުން،މ މައްސަލް އުގައި އަޙްމަދު މޫސާ މހައްމަދުގެ ފަރާތުން ކްރިމިނަލެ ކޯޓުގައި އެދިފައިވަނީ ހައިކޯޓގު އ ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ އަލީގައި ގޮތެއް ނިންމައިދިނުމަށް ކަމަށާއި، އެ ޤަޟިއްޔާގައ ކަނޑައަޅާފައވ ކަންކަމަށް ބަލާއިރު، މައިގަނޑު 2 ކަމަކަށް ފަނޑިޔާރުން އެއްބްސްވެފައިވާ ކަމަށާއި، އެއީ، އަޙާމު ދ މޫސާ މުޙައްމަދުގެ ފަރެތުން ހެއްކަށް ނުފޫޒު ފޯރުވުމުގް އިޙުތިމާލާއި މުޖުތަމަޢުގެ ސަލާމަތަށާ ނުރައްކާވުމުގެ އިޙުތިމާލު ނެތުން ކަމަށެވެ. ފަނޑިޔާރުންގެ މެދުގައި ޚިލާފު އޮތީ އަޙްމަދު މޫސާ މުޙައްމަދު ކޯޓަށް ޙާޟް ރުނުވެ ފިލައިފާނެކަމުގެ މިއްޗަށް ކަމަށެވެ. އެގޮތުން، އަޙްމަދު މޫސާ މުޙައްމަދުފިލައިފާނެ ކަމަށް ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެ ކަމަށް ޤަބޫލުކުރެވޭ ސަބަބެއް ނެތްކަމަށް ފަނޑިޔާރު ޙުސައިން ޝަހާދުގީ ރައުޔުގައި ބަޔާންކޮށްފައިވައިރު، މި މައްސިލްއާގައި އަޙްމަދު މޫސުމުޙައްމަދގު ޕާސްޕޯޓިހިފެހެއްޓުމުގެ އަމުރެއް ނެރެފައި އޮތުމުންނާއި، މާލެއީ ން ފުރުމުގެ ކުރިން ކޯޓުގެ ހުއްދަ ހޯދުމަށް ޝަރުޠުކޮށްފައި އޮތުމަކީ ނުފިލާނެ ކަމުގެ ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެ ކަމުގެ އިޙުތިމާލު ނެތިދާނެ ކަމެއްތޯއާ މެދު ފަނޑިޔާރު ފާޠިމަތު ފަރި ހީޒާގެ ރައުޔުގައި ސުވާލު އުފައްދައި، ކަފާލާތުގެ އުޞޫލުން ނުވަތަ ކަން ޑައެޅޭ ވަކްތަނަކަށ ޙާޟިރުވުމަށް އެންގުން ފަދަ ޝަރީޢަތަށް ނުފިލާނެކަން ކަށަވަރުކުރުމަށް އިތުރު ހަރުދަނާ ފިޔަވަޅުތައް އެޅުމްށްފަހުގައި މެނުވީ ބަންދުން ދޫކޮށްލެވިގެން ނުވާނެކަމަށް ފަނޑިޔާރު ފާޠިމަތު ފަރެހީޒާ ފާހަގަކޮށްފައިވާ ކަމަށްވާ . އަދި އަޙުމަދު މޫސީމުޙައްމަދަޝަރަ ޢުތަށް ފިލައިގެން ދިއުމުގެ އިޙުތިމާލު ނައްތައިލެވޭނެ ނުވަތަ ކުޑަކުރެވޭނެ އިތުރާހަރުދަނާ ފިޔަވަޅުތަކާއެކު އަޙްމަދު މޫސްމުޙައްމަދގެ ބަންދަށް ލުޔެއް ދިނުމަށު މައްސަލަ މައުޟޫޢް ގޮތުން ބަލާ ޤާޟީއަށް ހުރަހެއް އޮތްކަމުގައި ނުދެކޭކމަށްވެސް ފަނޑިޔާރު ފާޠިމަތު ފ ރ ހީޒާގ ރައުޔުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
22އަދި ހައިކޯޓުގެ ބަޔާންކުރެވިދިޔަ ޤަޟިއްޔާއަށް ބަލާއިރު،ޝަރީ ޢާ ތުން ގޮތެއް ނިންމަންޖެހެނީ އަޙްމަދު މޫސާ މުޙައްމަދުކޯޓަށް ޙާޟިރުނުވެ ފިލައިފާނެ ކަމުގެ މައްޗަށް ކަމުގައި ދެކު ކަމަށާއި، ކްރިމިނަލް ކޯޓުން އަޙޭމަދ މޫސާ މުޙައްމަދު ބަންދުން ދޫކޮށްފައިވަނީ، އޭނާ ކޯޓަށް ޙާޟިރުވުމާއިނުފިލާނެކަން ކަށވަރުކުރުމަށައިތުރު ހަރުދަނާ ފިޔަވަޅުތައް އަޅާފައި ކަމަށެވެ.
23އަދި އަޙް މަދު މޫސާ މުޙައްމަދގު މައްޗަށް ކުރެވިފައިވާ ދަޢުވާތަކަށް ބަލް އިރު،އެއީ ކަފާލާތުގެ ދަށުނ ދޫކުރެވިދާނުބާވަތުގެ ދެ ޢަވާތަކެއްކަމަށވެ. މ ކަމަށްދައުލަތުގެ ފަރާތުން ވެސް އިންކރުނުކުރާކަމާ ށެވެ.
24ކަފާލާތުގެ ދަށުންދޫކުރުމުގައި ޖާމިނުވުމަށް އަޙްމަދު މޫސް މުޙައްމަދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅ ދެ ފަރާތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64ވަނަ މާއްދާގެ )ށ( ގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ފާރާތްތަކެއް ކަމަށާއި، އެކަން އަޙްމަދު މޫސާ މުޙައްމަދު ގެ ފަރާތުން ޝަރީޢަތަށް ޔަޤީންކޮށްދޭ ކަމަށާއި، ޖާމިނުވި ފަރާތްތަކަކީ އެ ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކެއްކަން ބަޔާންކޮށް ނުދެވޭކަމަށާއި، އެހެންކަމުން، ޖާމިނުވި ފަރާތްތަކުގެ ކިބާގައި އެ ޝަރުޠުތައްފުރިހަމަނުވި ކަން ސާބިތުނުވާހާ ހިނދަކު އެފަރާތްތަކުގެ ކިބާގައ ފުރިހަމަވާންޖެހާޝަރުޠުތައް ފުރިހަމަވާކަމަށް އަޙްމަދު މޫސާ މުޙައްމަދު ގެ ފަރާތުން ދެކޭކަމަށެވެ.
25އަދި އަޙް މަދު މޫސިމުޙައްމަދާ ކ ކުށްކުރެ ކަން ސާބިތުވެފައިވާ ފަރްތެއް ނޫންކަމަށާއި، ކުށް ސާބިތުވުމުގެ ކުރިން މިނިވަންކަން ނިގުޅައިގަތުމުގައި ފަނޑިޔާރުން ފަރުވާތެރިވާނަ ޖެހޭނެކަމަށާއި، މައްސަލަ ޝަރް ޢީތަށ ހުށަހެޅިފައިވާ މަރުހަލާގައުވެސް ދޢަ ވާލާބ މީހާއަކީ ކުށް ސާބިތުވެފައިވެމީހަކަށް ނުވެފައި، ކުށުގެ ތުހުމަތުގައިވާ މީހަކަށްވުމުން، އެފަދަ މީހާއްގެ ބަންދާމެދު ގޮތެއް ނިންމީ ޙި ލަތުގައި ފަނޑިޔާރު ބަލަންޖެހޭނީ މުޖުތަމަޢުގެ މަސްލަހަތަށް އެކަނި ނޫންކަމަށާއި، ތުހުމަތުގައިވާ މީހާގެ ފަރުދީ މަޞްލަޙަތާއާއެމަހް ގެ ޙް އްޤުތައ ރައްކާތެރިކުރެވޭނެ ގޮތތަކެއްގެ މައްޗަށ ވެސް ފަނޑިޔާރު ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސްކުރެވޭނެ ގޮތެއްގެ މައްޗަށ ވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތް ކުރަންވާނެކަމުގައި، ހައިކޯޓުގެ ނަންބަރ 2013/HC-A/344 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢުބައިދު ﷲ ސަޢީދު( ޤަޟިއްޔާގައ ބަޔާންކޮށްފައިވާ ކަމަށެވެ. އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ހައިކޯޓުގައި އެދުނު ގޮތް:
26އިސްތިއަ ނ ފީ ނުކުތާތަކުގެ ޖަވާބުގައި ފާހާގަކުރި ކަންކަން ފާހަގަކޮށް އަޙްމަދު މޫސް މުޙައްމަދު ގެ ފަރާތުނ އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރ 2021)/MA/2021/01145-B3(317-358- )20 އޮކޓޫބަރް 2021( ކޯޓު އަމުރުން އަޙްމަދު މޫސް މުޙައްމަދު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ބާޠިލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައދިނު މަށެވެ. . ފާހަގަކުރެވުނު ނުކުތާތަކުގެ 4 ގެ )ނ( ގެ ފުރަތަމަ ޕެރެގްރާފުގައި މިކަން މިފަދައިން ބަޔާންކޮށްފައި ވެއެވެ. ހައިކޯޓުން ޖަވާބުދޭންޖެހޭ ނުކުތާތައް:
27ޕްރިސިޑެންސް 11އިސްތިއުނާފީ ތިންވަނަ ނުކުތާގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަކީ، އިސްތިއުނާފުކުރެވިފައް މިވާ އަމުރު ނެރުނު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ވަކި ފަރާތަކަށް ޖެހިގެން ނިންމާފައިވާ އަމުރެއްކަމުގައި ދޭހަވާފަދަ ބީދައަކުން ފާހަގަކޮށްފެ އިވާ ނުކުތާއެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ ކަފާލާތުގެ އުޞޫލުގެ ދްށުން އާޙމަދު މޫސާ މުޙައްމަދު ދޫކޮށްލުމުގައި ޤާނޫނުގައި ހުރި ކަންކަމަށް ޤާޟު ރިޢާޔަތްކޮށފައިން ވާ ކަމަށާއި، ރިޢާޔަތްކޮށްފައިވަނީ، އޙަ މަދު މޫސާ މުޙައްމަދަށް ފަހިވާގޮތަށް ހައިކޯޓުގެ ނަންބަރ 2021/HC-B12/26 ޤަޟިއްޔާގައި ހުރި ވާހަކަތަކަށް އެކަނި ކަމަށެވެ. އަދި އިސްތިއުނު ފުކުރެވިފައި މިވާ އަމުރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއެ ދ ގެ )ހ(އާއި، )ށ( ގ 1ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެފައިވާއިރު، އެކަމުގެ އެކަށީގެންވާ ތަފްޞީލެއް، އަދި ޚިލާފުވާގޮތަކާއި، އެކަމުގައި އޮތ ޤާނޫނީ ބަހުސަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވެއެވެ. ވީމާ، މި ނުކުތާއަކީ ވަކިން ޖަވާބުދޭންޖެހޭ ނުކުތާއެއްކަމުގައި ނުފެނެއެވެ. ޤަޟިއްޔާއެއް ނުވަތަ ކޯޓުން ނިންމާ ނިންމުމެއް ނިމުމުން، އެ ނިންމުމާމެދު ޚިޞްމުން ނުވަތަ ވަކި ޚަޞްމަކަ ހުތް ހަމަ ނުޖެހުމަކީ ޠަބީޢީ ކަމެކެވެ. އެ ޚަޞްމަކީ ދައްލަތް ނުވަތަ އަމިއްލަ ފަރުދަކު ނުވަތަ އެފަރާތ ތަމްސީލުކުރާ ފަރާތަކަށް ވެސް ވެދާނެއެވެ. ނަމަވެސް،އެ ނިންމުން ނިމުނުގޮތާމެދު ހ ތެހަމަ ނުޖެހުމަކީ ނުވަތަ އެ ނިންމުމެއް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކުމަކީ އ ސަބަބުގެ މައްޗަށް އެކަނި ބިނާކޮށް ފަނޑިޔާރުގެ ޒާތަށް ނާއިންސާފާއި ވަކި ފަރާތަކަށް ޖެހުމުގެ ތުހުމަތާއި ޝަކުވާ އަމާޒުކުރަންވީ ރަނގަޅު ސަބަބެއްކަމުގައި ނުދެކެމެވެ. އެފަދައިން ކަންކުރެވޭނަމަ، އެކަމުގެ ނޭދެވޭ އަސަރު ޝަރުޢީ ނިޒާމަށް ކުރުމުގެ އިހުތިމާލު އޮންނާނެއު ވެ. އަދ ޝަރުޢީ ދާއިރާއާއި ފަނޑިޔާރުންނާމެދު އޮންނަންޖެހޭ އިތުބާރު ކުޑަވުމުގެ މަގު އިތުރަށްފަހިވެގެން ހިނގައިދާނެއެވެ. ވަކިން ޚާއްސަކޮށް އެފަދއިނުޢަމަލުކުރާ ފަރާތަކީ ދައުލް ތަގެ އިދާރާއެއް ނުވަތަ މުއައްސަސާއަކަށް ވާނަމަ، ގެއްލިގެންދާ އިތުބާރާއި ލިބޭ ގެއްލުން ބޮޑުވާނެކަމަށް ދެކެމެވެ.
28އިސްތިއުނާފީ ނުކުތތަކާއާ އަނުކުތާތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރު ލްގެ އޮފީހުގެ ފަރާތުންނާއި އަޙާމަދ މޫސަމުޙައްމަދު ގެ ފަރާތުން ދައްކާފައިވާ ވާހަކުތަކ ގިމައްޗަށް ބަލާއިރު، މި މައްސަލް އ ގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ؛
28.1. ކަފާލާތުގެ އުޞޫލުގެ ދަށުންއަޙް މަދު މޫސާ މުޙައްމަދުބަންދުން ދޫކޮށްލުމަށް ހުރަސއަޅް ޤާނނޫ ނައްޞުތަކެއް އެބަހުރިތޯ؟ އަދާއަޙް މަދު މުސާ މުޙައްމަދަކީތަޙުޤީޤަށް ކުރިން ފިލާފައިވާ މީހަކްށްވުމަކީ ކަފާލާތުގާދަށުން އަޙްމަދު މޫސާ މުޙައްމަދު ދޫކޮށްލުން މަނާކުރާ ސަބަބެއްތޯ؟ އަޙް މަދު މޫސް މުޙައްމަދުގެ މައްޗަށް ތުހުމަތުކޮށް ދަޢުވާ އުފުލިފައިވާ ކުށަކީ ކަފާލާތުގެ ދަށުނު ބަންދުން ދޫކޮށްލުން ހުއްދަ ބާވަތުގެ ކުށެއްތޯ؟
28.2. ޖާމިނުވި ފަރާތްތަކުގެ ކިބާގައި ފުރިހަމަ ވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވޭތޯ؟ ކަފާލާތުގެ އުޞޫލުން ބަންދުން ދޫކުރުން:
29ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމަކީ، ކުށެއްގެ ތުހުމަތުގައިބަންދުކުރެވިފައިވާ މީހަކު، ތަޙުޤީޤު މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި، ޙާޟިރުވާނެކަމުގެ ޔަޤީންކަނަދިނުމުގެ ގޮތުން ފައިސާ ބެހެއްޓުމަށްފަހު ނުވަތޫމީހް ކ ޖާމިނުވުމަށްފަހު، ބަންދުން ދަކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމުން، ބަލަންޖެހޭ ކަންކަމަށް ކޯޓުން ބެލުމަށްފަހު، ޙާޟިރުވާނެކަމަށް ދިން ޔަޤީންކަމުގެ މައްޗަށް ބަލައި ބަންދުން ދޫކުރުމެވެ.
30ޖިނާއީ ކުށެއް ގެ ތުހުމަތުގައި ބަނިދުކުރެވިފައިވާ މީހަކު ބަންދުކުރެވިފައިވަނީ ކަފާލާތުގެ އުޞޫލުން ދޫކުރެވޭ ބާވަތުގެ ކުށެއްގެ ތުހުމަތުގައް ކަމަށްވާނަމަ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/637 ޤަޟިއްޔާއާ ގުޅިގެން " ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ޙުކުމް ތަންފީޛްކުރުން ފަސްކުރުމާމެދު ނިންމިގޮތް" ގައާވެސް ކަފާ ލަތޫގުޅޭ އ ޞލުތައް ބަޔާންކޮށްފައިވެއެވެ. . ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 61ވަނަ މާއްދާ.
31ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމުގައި، ފައިސާ ބަހައްޓައިގެން ނުވަތަ މީހަކު ޖާމިނުވެގެން ކަފާލާތުގެ ދަށުން ދޫކުރެވިދާނެކަން އެނގެއެވެ. އަދި މިގޮތަށް ކަފަލާތުގެ ދަށުން މީހަކު ބަންދުން ދޫކުރުމުގިއި، ޝަރުޠަކާއެކަ ނުވަތަ ޝަރުޠަކާ ނުލައި ވެސް ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އަޙްމަދު މޫސާ މުޙައްމަދުގެ މައު ޗް ށ ތުހުމަތުކުރެވިފައިވާ މައްސަލައަކީ ކަފާލާތުގެ ދަށުން ބަންދުން ދޫނުކުރެވޭނެ ބާވަތުގެ މައްސަލައެއްތޯ؟
32ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމަށް ބަލާއިރު، ކަފާލާތުގެ ދަށުން ބަންދުން ދޫކުރުން ހުއްދަނޫން ބާވަތުގެ މައްސަލަތަކެއްވެއެވެ. އެ މައްސަލަތައް ބަޔާންކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63ވަނަ މާއްދާގައެވެ. އެގޮތުން، ކަފާލާތުގެ އުޞޫލުން ދޫނުކުރެވޭނެ ބާވަތުގެ މައސލަތަކަކީ؛
1. ޤަޞްދުމަރުގެ މައްސަލަތައް.
2. މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ހަމަލާދީ، ނުރައްކާތެރި ހާނީއްކަ ކުރުމުގެ މައްސަލަތައް.
3. ޓެރަރިޒަމުގެ މައްސަލަތައް.
4. ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ހިންގުމުގެ މައްސަލަތައް.
5. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތައް.
6. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް.
7. ކަފާލާތުގެ އުޞޫލުން ދޫނުކުރެވޭނެކަމަށް އެހެން ޤާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް.
33އަޙް މަދު މޫސާ މުޙައްމަދގު މައްޗަށްތުހުމަތުކޮށް ދަޢުވާކޮށްފައިވަނ 100,000/- ރ. )އެއްލައްކަ ރުފިޔާ( އަށްވުރެ މަތީގެ ފައިސާގެ އަދަދު ހިމެނޭ ޚިޔާނަތްތެރިވުމުގެ ކުށުގެ މައްޗަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ . ޤާނޫނު ނަންބަރު 0162/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 26 ވަނަ މާއްދާގެ )ހ(. . ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 26 ވަނަ މާއްދާގެ )ށ(. 22ވަނަ މާއްދާއަށް ބަލާއިރު މިއީ ޖިނާއީ ބޮޑު ކުށެއްކަން އެނގެއެވެ. ނަމަވެސް، ތުހުމަތު ކުރެވިފައިވާ މި ކުށަކީ ޖިނާއީ ބޮޑުކުށަކަށް ވުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ބަލާއިރު ކ ފާލާތުގ އުޞޫލުން ބަންދުން ދޫކޮށްލުމަށާހުރަސްއަޅާ ސ ބަބެއް ނޫންކަން އެނގެއެވެ. ކަފަލާތުގެ އުޞޫލުން ދޫކޮށްނުލެވޭނެ ބާވަތުގެ ކުށްތަކުގެ ތެރޭގައި މިކުށް ހިމެނިފައި ނުވެއެވެ. އަޙްމަދު މޫސާ މުޙައްމަދަކީ ކުރިން ތަޙުޤީޤަށް ފިލާފައިވާ މީހަކަށްވުމަކީ، ކަފާލާތުގެ އުޞޫލުގެ ދަށުން ބަންދުން ދޫކޮށްލުމަށް ހުރަސްއަޅާ ޤާނޫނީ ސަބަބެއްތޯ؟ އަދި އަޙް މަދު މޫސާ މުޙައްމަދު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުރަސްއަޅާ ނައްޞުތަކެއް އެބަހުރިތޯ؟
34ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، އިސްތިއުނާފުކުރެވިފައިމިވ ކްރިމިނަލް ކޯޓުގެ އަމުރު ޚިލާފުވާކަމަށް ބަޔާންކޮށްފައިވ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކަކީ ބަންދުކުރެވިފައިވާ މީހަކު ކަފާލާތުގެ ދަށުން ބަލަންޖެހޭ ކަންކަން ބަލައި ދޫކޮށްލުނި ކަނޑައެޅިގެން މަނަކުރާ މާއްދާތަކެއްނޫނެވެ. އެ މާއްދާތަކުގައާ ބަޔާންކޮށްފައިވނީ، ކަފާލާތުގެ ދަށުން ދޫކުރުމާމެދު ގޮތް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހ ކަންކަމެވެ.
35އެގޮތުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 20 ވަނަ މާއްދާގެ )ރ( އާއި 22 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ )ށ( ގައިވާ ކަންކް ން ބަޔާންކޮށް ބުނެފައިވަނީ އަޙުމަދު މޫސާމުޙައްމަދާ ކަފާލާތުގެ ދަށުން ދޫކޮށްލުމުގައި މި މާއްދާތަކަށް ޤާޟީ ރިޢާޔަތްނުކުރި ކަމަށެވެ. މިކަން ބަޔާންކޮށް ބުނެފައިވަނީ އަޙްމަދު މޫސާ މުޙައްމަދުކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމި ނިންމެ މަކީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 20ވަނަ މާއްދާގެ )ރ( އާ ޚިލާފު ނިންމުމެއްކަމަށެވެ. . ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގ 22ވަނަ މާއްދާގެ )އ(.
36ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެޤަވާއދުގި 20ވަނަ މާއްދާގެ )ރ( ގައި ބުނެފައިވަނީ؛ "ބަންދުގައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށ އެދި ހުށަހަޅައިފިނަމަ، ހުށަހަޅާފައިވާ ހުށަހެޅުމަށާއި އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ބާވަތަށާއި ކުށުގެ ކުޑަބޮޑު މިނަށާއި ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނިފައިވާ މިންވަރަށް ރިޢާޔަތްކޮށް، އެމީހެއްގެ ބަންދު އަލުން މުރާޖަޢާކޮށްދިނުމުގެ އިޚްތިޔާރު ބަންދާމެދު ގޮތެއް ނިންމި ފަނޑިޔާރަށް ލިބިގެންވެއެވެ." މ ފަދައިންނެވެ.
37ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެޤަވެއދުގ 20ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާއރ، އޙަ މަދު މޫސާ މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވިފައިވުކުށުގެ ބާވަތަށާއި ކުޑަބޮޑު މިނަށް ބަލާއިރު، މިއީ، ކުރިންވެސް ބުނެވިދިޔަ ފަދައިން ކަފާލާތުގެ ދަށުން ދޫކުރުން މަނާކުރެވިފައިވާ ބާވަތުގެ ކށެއްނޫންކަން އެނގެއެވެ. އަދި ކުށުގެ ޢަމަލުގެ ސަބަބުން މާލީގޮތުން ގެއްލުންތަކުއް ވެފައިވީނަމަވެސް، އެއީ، އެކށްކުރުމުގައ އަނިޔާވެރިކަން ހިމެނިފައިވާކަމަށް ބެލެވިދާނެ ސަބަބެއްކަމުގައި ނުފެނެއެވެ.
38މި މައްސަލއަ ގައި ކަންހިގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އަޙމަދް މުސް މުޙައްމަދަކީ އޭނާއަށް ތުހުމަތުކުރެވިފައިވާ މި މައްސަލާ އެގެ ތަޙުޤީޤަށް ޙާޟިރުނުވެ ފިލައިގެން އުޅެފައިވާ މީހްއްކަން އެނގެއެވެ. ނަމަވެސް، އަޙުމަދު މޫސީމުޙައްމަދެ ރާއްޖެއަށް އެނބުރި އައިފަހުން، މި މައްސަލައިގެ ތަޙުޤީޤާއި ޝަރި ޢަތުގެ އެއްވެސް ހިސާބަކުން ހާޟާރުނުވެ ފިލުމަށް އެއްވެސް މަސައްކަތެއް ކޮށް ފައިވަކަން އެނގެންނެތެވެ. ކޯޓަށް ޙާޟިރުވުމުގައި އެއްވެސް މައްސަލެ އެއް ދިމާވެފައިވާކަން އެނގޭކަށް ނެތެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކަފާލާތުގެ ދަށުން ދޫކުރުން ކަނޑައެޅިގެން މަނާކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް، އެ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ގޮތް ނިންމުމަށް ފަނޑިޔާރުގެ ތަޤުދީރީ ބާރަށް ދޫކުރެވިފައިވާ ކަންކަމެވެ.
39މި މައްސަލި އ ގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހައިކޯޓުގެ ނަންބަރ 2021/HC-B12/26 ޤަޟިއްޔާއަށް ބަލާއިރު ވެސް، އަޙު މަދް މޫސަމުޙައްމަދި ބަންދުގައި ބަހި އްޓަންޖެހޭ ސަބަބެއްކަމުގައި ބެލި ފައިވަނީ، ކޯޓަށެޙާޟިރުނުވެ ފިލާފާނެ ކަމަށްޓަކައިކަން އެނގެއެވެ. އަދި އާޤަޟިއްޔާގައި ބާ ޔަންކޮށްފައިވ ކަންކަމަށް ބަލާއިރު، ކޯޓަށް ޙާޟިރުނުވެ ފިލައިގެން ނުދާނެކަނާ ކަށަވަރުކުރުމުގެ ގޮތުން އެކަށޭނަ ހަރުދަނާ ފާޔަވަޅުތަކެއް އެޅުމަށްފަހު، އޙި މަދު މޫސުމުޙައްމަދަގެ މައްޗަށް ހުށަހެޅިފް އިވާ މައްސަލަ ބަލާ ޤާޟްއަށ އަޙްމަދު މޫސުމުޙައްމަދިގެ ބަންދަށް ލުޔެއް ދެވިދާނެކަން ބަޔާންކުރެވިފައިވާކަން އެނގެއެވެ. ޕްރޮސިކީއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ނިންމުން ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ، ހައިކޯޓުގްޤޟިއްޔާގެ ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔުގައި އޮބިޓަރ ޑިކްޓަމުގެ ގޮތުގައި ފހަގާ ކޮށްފައިވަ ކަންތައްތަކަށް ކަމަށާއި، އެރައުޔަށް ޢަމަލުކުރުން ލާޒިމުނޫންކަމުގައެވެ. ލާޒިމުނޫންކަމަށް ބެލި ނަމަވެސް، އެއް އެއްގު ތަށް ކްރިމިނަލް ކާޓަގެ ޤާޟީ ޢަމަލުކުރުން މަނު ކުރާ ސަބަބެއް ބަޔާންކޮށްފައި ނުވެއެވެ. އަދި އެ ޢމަލ ކުރިކުރުމަކީ ޤާނޫނާއި ކަމު ގުޅާ ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލްކުރކުރުމެއި ކަމުގައިވާ ޙާލަތުގައި އެ ޢަމަލުކުރިގޮތް ބާޠިލުކަމަށް ނިންމިދާނެކަމަށް ނުދެކެމެވެ. ޖާމިނުވި ފަރާތްތަކުގެ ކިބާގައި ފުރިހަމަ ވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވޭތޯ؟
40ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިސްތިއުނި ފީ ދެވަނަ ނުކުތާއަކީ، އިސްތިއުނާ ފުކުރެވިފައ މިވާ، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނގ 64ވަނަ މާއްދާގެ )ހ( އާއި )ށ( އއ ޝަރީޢަތްކުރުމާބެހެ ޖިނާއީ އިޖުރާއަތުގެ ގަވާއިދގު 21ވަނަ މާއްދާއާ ޚިލާފަށް ން ރ ފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.
41އިސްތިއުނާފީ މި ނުކުތާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކަފާލް ތުގ ދަށުން އަޙްމަދު މޫސާ މުޙައްމަދު ބަންދުން ދޫކޮށްލުމުގައި ޖާމިނުވި ފަރާތްތަ ކަކީ، ޖާމިނުވް މީހުންގެ ކިބާގައި ހުންނަންޖެހޭކަމަށ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ )ށ( ގައި ބުނާ ޝަރުޠުތައް ފުރިހަމަވބައެއކަން ކްރިމިނަލް ކޯޓުން ކަށަވަރުކޮށްފައިނުވާކަމުގައެވެ.
42ޖާމިނުވި ދެފަރާތް ކްރިމިނަލް ކޯޓަށް ޙާޟިރުކޮށް މި ޝަރުޠުތަކާ ބެހޭ ގޮތުން ސުވާލުކޮށްފައިވާކަން ދެ ފަރާތުގެ ބަހުން ވެސް އެނގެއެވެ. ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ، ޖާމިނުވް މީހާ އެފަދައިން ޝަރީޢަތަށް ޙާޟިރުކޮށް ހަމައެކަނި ސުވާލުކޮށްލުމކުން އެ ޝަރުޠުތައް ފުރިހަމަވާކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި، އެކަން ކަށަވަރުކުރާނެ ގޮތް، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 21ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމުގައެވެ. އެއީ، އެޝަރުޠުތައް ކަށަވަރުކުރާނެ ވ ސ ލަތްތައް ޤާއިމުވެފައި ނެތްނަމާ، އެ ޝަރުޠުތައް ޖާމިނުވިމީހާގެ ކިބާގައި ފުރިހަމަވާކަމުށް އޭނާގެ ބަސް ލ ޔމުން ހޯދުންކަމަށާއި، ނަމަވެސް، އެގޮތަށް ކްރިމިނަލް ކޯޓުން ޢަމަލުކޮށްފައިނުވާކަމުގައެވެ.
43އަޙް މަދު މޫސާ މުޙައްމަދް ގެ ފަރާތުން ބުނެފައިވަނީ ޖާމިނުވި ފަރާތްތަކަކީ ޤާނޫނުގައި ބުނެފައިވު ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކެއްކަމުގައެވެ. އަދި އެކަން ކަށަވަރުކުރުމަށް އެ ފަރާތްތައް ކޯޓަށް ޙާޟިރުކޮށް ސުވާލުކޮށް، އެކަންކަން ކަށަވަރުކޮށްފައިވ ކަމުގައެވެ. ޖާމިނުވީ ފަރާތްތަކުގެ ކިބާގައި ފުރިހަމަނުވަނީ ކޮން ޝަރުޠެއްކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެއޮފީހުގ ފަރާތުން ހައިކޯޓުގައް ވެސް ބަޔާންކޮށްދީފައި ނުވާއިރު، އަދި ޝަރީޢަތަށް ޙާޟިރުކޮށް ޖާމިނުވާ ފަރާތުގެ ކިބާގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ޤާޟީ ކަށަވަރުކޮށްފައިވާކަމަށް ބެލެވޭފަދައަކުނ ކަންހިނގާފައިވާކަން އެނގޭއިރު، ޖާމިނުވި ފަރާތުގެ ކިބާގީއި ޤާނޫނުގައި ބުނާ ޝަރުޠުތައް ފުރިހަމަވާކަމަށް އޭނާގެ ބަސް ލިޔުމުން ހޯދިފައި ނެތްކަމަށް ބެލިނަމަވެސް، އެއެ، އ ސަބަބުގެ މައްޗަށް އެކަނި ބިނާކޮށް، ކްރިމިނަލް ކޯޓުގެ އިސްތިއުނާފުކުރެވިފައިވާ އަމުރު ބާޠިލުކުރުން ލާޒިމު ސަބަބެއްކަމުގައި ނުދެކެމެވެ. އެއީ، އެކަނ ނުކުރެވި ވާނަމަ، އެކަންކޮށް ރަނގަޅުކުރެވިދާނެ ކަމެކެވެ.
44އަޙް މަދު މޫސާ މުޙައްމަދު ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލާފައިވާއިރު، އެފަދައްން ބަންދުން ދޫކޮށްފައިވަނީ، އަޙމަދު މޫސާ މުޙައްމަދު ކޯޓަށް ޙާޟިރުވާނެކަމާއި ނުފިލާނެކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.އިސްތިއުނާފުކުރެވުފައި މިވާ ކްރިމިނަލް ކޯޓުގެ ކޓޯ އަމުރަށާއި، މި ކޯޓަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އާ ޙު މަދު މޫސުމުޙައްމަދ ކަފާލާތުގެ ދަށްން ދޫކޮށްލާފައިވަނީ، އަޙމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރައިގެންދިއުން މަނާކޮށް ޕާސްޕޯޓު/ޓްރެވަލް ޑޮކިޔުމަންޓް ހިފަހައްޓައި، ކޯޓުން އަންގާ ގަޑިއަކަށް، އަނު ގ ތަނަކަށް ޙާޟިރުވުމަށާއި، ކ ޓީ ގެ ހުއްދަނެތި މާލެއިން ފުރައިގެން ނުދާނެކަމަށް އިޤްރާރުވެ، ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ފުރައިގެން ނުދިއުމަށާއި، ކުށުގެ ސަބަބުން ގެއްލުނު ލިބުނު މީހުންނާއި، ހެކިބަސް ދޭނެކަމަށް ޤަބޫލުކުރެވޭ މީހުންނާ މުޢާމަލާތު ނުކުރުމާއި ބައްދަލުނުކުރުމުގެ އިތުރުން ރަސްމީ ކޮންމެ ދުވަހަކީ 9:30 އަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވސްއަށި ޙާޟިރުވުމަށް ކޯޓުން ކަނޑައަޅާފައިވާ ޝަރުޠުތަކަށް އެއްބަސްވެގެންނެވެ. އަދި ވ. ތިނަދޫ / ރެޑްހައުސް، އަފީފާ މޫސާއާއި، ހަމަ އެގޭ މަރްޔަމް ނަޢީމާ ޖާމިނުވެ، ޤާނޫނުއަސާސގީ 49 ވަނަ މާއްދާގައިވާ ފަދައިން ކަފާލާތުގެ އުޞޫލުން އަދި ކޯޓުން ބޭނުންވާ ގޮތެއްގެ މަތިން ކޯޓަށް ޙާޟިރުވާނެކަން ކަށަވަރުކުރުމަށް ކްރިމިނަލް ކޯޓުން ޝަރުޠުތަކެއް ކަނޑައަޅައި އެގޮތުގެމަތިންކަން އެނގެއެވެ.
45ކޮންމެހެން ބަންދުނުކޮށް ވާންނެތް ހާލަތެއްގައި މެނުވީ، ފަރުދެއްގެ މިނިވަންކަން ނަގާލެވޭގތަށް ބަންދުގައި ބެހެއްޓުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތައް ބާރުއަޅާކަމެއް ނޫނެވެ.ވަކިން ޚާއްޞަކޮށް ދިގުލައިގެން ހިނގައިދާނެކަމަށް ބެލެވޭ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތް ބނު ދުގައި ބަހައްޓަންޖެހޭ ޒަރޫރަތެއްނެތި، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓް މަކީ ވަރަށް ބޮޑުކަމެކެވެ. އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށ ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު އެ މައްސަލަ ދިގުލައިގެން ހިނގައިދާނެ މައްސަލައެއްކަމުގައި އެމައްސަލ ބަލާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ. އަޙްމަދު މޫސާ މުޙައްމަދެ ގ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ބާވަތުގެ ކުށެއް ނޫނެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ފިޔަވައި، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ކޮންމެމީހަކީ ވެސް، ކަފިލާތުގެ ދަށުން ދޫކުރެވިދާނާ މީހެއްކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 20ވަނަ މާއްދާގެ )ހ( އިން އެނގެއެވެ.
46އަޙްމަދު މޫސާ މުޙައްމަދު ކަފާލާތުގެ އުޞޫލުނާބަންދުން ދޫކޮށްލާފައިވަނީ، އަޙްމަދު މޫސް މުޙައްމަދު ކޯޓަށް ޙާޟިރުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅައި، އެ މައްސަލަ މައުޟޫޢީ ގޮތުން ބލެ ޤާޟީއަށް ލިބިފައިވާ ތަޤްދީރީ ބާރުގެ ދަށުންނެވެ. ކްރިމިނަލް ކޯޓުން ނިންމާފައިވާ އެ ނިންމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ނުވަތަ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަ ތުގެ ޤަވާއިދާ ޚިލާފުވެ، އެ ނިންމުން ބާޠިލުކުރަން ޖެހޭފަދަ ރަނގަޅު ސަބަބެއް އޮތްކަމަށް އަހުރެންނަކަށް ނުފެނެއެވެ.
47މިޤަޟިއްޔާގައި އިސްތިއުނާފިކުރާ ޕްރޮސިކިއުޝަނުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާއި ދެއކުވާހަކަތައް އަދި އިސްތިއުނާފރައްދުވާ އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ދެއްކި ވާހަކަތައް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފާހަގަ ކުރެއްވި ގޮތަށް ހުރިކަން އަހުރެންވެސް ފާހަގަ ކުރުމާއިއެކު އަންނަނިވ ކަންކަން ފާހަގަ ކުރަމެވެ.
48ޕްރިސިޑެންސް 1ޝަރީޢަތުން ޙުކުމްކުރުމުގެކުރި ނ ތުހުމަތުގައިވާމީހާ ބަންދުގައި ބެހެއްޓުމާއިބެހޭ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49ވަނަ މާއްދާގައި ބްޔާންކޮށްފައިވާ އަޞްލު އުޞޫލަކީ " އެއްވެސް މީހކަ މެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައޓައިގެނެއް ނުވާނެއެވެ." މިއުޞޫލެވެ. ވީމާ އެފަދަ މީހަކު ބަންދުގައި ނުބެހަ އްޓުމަކީ އަޞްލު ގޮތެވެ. ބަނދެ ގައި ބެހެއްޓުމް ކ އަޞްލު އުޞޫލަށް އޮތް އިސްތިސްނާ އެވެ. މީގެ އެއެ ސަބަބަކީ، އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވ އިންސާނީ ޙައްޤެއްގު ގޮތުގައި ވަނީ، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީގައި ކުރެވޭ ބަންދު (pretrial detention) ކަމަށްވާތީއެވެ.
49ޝަރީޢަތުން ޙުކުމްކުރުގެ ކުރިން މީހަކު ބަންދުގައިބެހެއެ ޓިދް ންއިސްތިނާއެ ޙާލަތްތައް ކަމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛
49.1. އެމީހަކާމެދު ތުހުމަތުކުރެވފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި؛
49.2. ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި؛ ޤާސިމް އިބްރާހިމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް )2010( 19 ސްކ.، ޢަބދް ﷲ ޔާމީން ޢަބުދުލްޤައްޔޫމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް )2010( 20 ސކ.
49.3. ކޯޓަށް ޙާޟިރު ނުވެދާނެ ކަމަށްޓަކައި؛
49.4. ފިލައިފާނެ ކަމަށްޓަކައި؛ އަދ
49.5. ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމށްޓަކައި އެވެ. މީގެ އިތުރުން، އެމީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގައި ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުން ދޫކޮށްލާހިނދު، ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް ކަނޑައަޅައިވެސް އެމީހަކު ބަންދުން ދޫކރެވިދާނެކަން ޤާނޫނުއަސާސީގެ 49ވަނަ މާއްދާއިން އެނގެއެވެ. ޙުކުމް ކުރުމުގެ ކުރިން ބަންދުގައި ހުންނަންޖެހޭ މުއްދަތު:
51ޕްރިސިޑެންސް 2ތުހުމަތު ކުރެވިފައިވާ މައްސަލައިގައި ހުށަހެޅި ފައިވާ ދަޢުވާތައް ގިނަވުމާއި އަދި އެ ދަޢުވާތަކާއި ގުޅޭ ގެނ ޝަރީޢަތުން ބަލަންޖެހުކަންކަމުގެ މައްޗަށް ބަލައި، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އަޙްމަދު މޫސާ މުޙައްމަދު ގިނަ ދުވަހު ބަންދުގައި ހުންނަންޖެހިދާނެކަމަށް ދަށު ކޯޓުން ރިޢާޔަތް ކުރި އެވެ. މިއީ، ރިޢާޔަތް ކުރަންޖެހޭ ނުކުތާއެއް މެއެވެ. ސަބަބަކީ މިއީ ދިގުމުއްދަތަކަށް އަމިއްލަ މިނިވަންކަމުގެ ޙައްޤު ގެއްލިގެންދާ ކަމަށް ވާތީ އެވެ. ނަމަވެސް މ ނުކުތާއާއިމެދު ރިޢާޔަތް ކުރާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ އިސްތިސްނާތަކް ގެ މައްޗަށް ބަލަންޖެހޭ ކަމަށް ދެކެމެވެ. ސަބަބަކީ، އެއީ ޤާނޫނުއަސާސީ ގައި ބަޔާން ކުރި އަމިއްލަ މިނިވަންކަމުގެ ޙައްޤާއި ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން އެމީހަކު ބަންދު ނުކުރުމަށް އޮތ އަމުރަށް، ޚުދު ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ތެރެއިން ދީފައިވާ އިސްތިސަނާއެއް ކަމަށްވާތީ އެވެ. ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް އެހެން މީހުންނަށްވެސް ހމ އެ ޤާނޫނުއަސާސީން ލިބިދެއެވެ. މިގޮތުން މުދައު ހޯދުމާއި މިލްކު ކުރުގެ ޙައްޤު ލިބިދީފައި އޮތްއިރު، ތުހުމަތު ކުރެވޭ ޚިޔާނާތެއްގެ ތެރެއިން އެތައް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ. ބައެއްގެ އެޙައްޤަށް ގެއްލުނޭ ވެފައިވާކަމަށް ތުހުމަތު ކުރެވޭހިނދު، އަދ އެޚިޔާނާތްވި ކަމަށް ތުހުމަތު ކުރެވޭ މީހާ ފިލައިގެން ދިއުމާއި ފިލައިގެން ހިގައްޖެނަމަ، އަލުން އަނބުރާ މެރާއްޖެ ނުގެނެވިދާނެ ކަމުގެ އިޙްތިމާލު އޮތްއިރު،ޚިޔާނާތް ތެރިވި ކަމުގެ ތުހުމަތުގައިވާ މ ހ އާއި އެބައެއްގެ މުދަލަށް ޚިޔާނާތް ވެވުނޭމީހުން، ހިމެނޭހެން މ ދެފަރާތުގެޙައްޤ އެއްހަމް ނުކުރެވޭ ގޮތެ ށަމުއްތަހަމުގީ ޙައްޤަށް އެކަނި ރިޢާޔަތް ކުރެވުމަކީ ޤާނޫނީ ރަގަޅު ހަމައެއް ކަމަށް ބަލައެއް ނުގަނެވެއެވެ.
52އ ސްތިއުނާފ ކުރެވިފައިވާ މައްސަލައަކީ، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް މިދެންނެވި ޚިޔާނާތް ވުމުގު ކުށުގެ ދަޢުވާތައް އުފުލިފައި ވަނިކޮށް، ކަފާލާތުގެ އުޞޫލުނާ ދެމީހަކު ޖާމިނުކޮށް އަދި އިތުރު ޝަރުޠު ތަކަކާއިއެކު އޭނާ ދޫކޮށްލުމާއި ގުޅިފައިވާ މައްސަލައެކެވެ.
53ކަފާލާތުގެ ދަށުން ދޫކުރެވޭނެ އިޖުރާއަތުތައް ބަޔާން ކޮށްފައިވަނީ ޤާނޫނު ނަންބަރު: 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ ހަތްވަނަ ބާބުގައެވެ. ކަފާލާތުގެ ދަށުން ދޫކުރެވޭ ދެ ގޮތެއް މި ޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ.ޤާނޫނުގައި ބަޔާން ކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް މީހަކު ކަފާލާތުގެ ދަށުން ދޫކުރާއިރު، ޝަރުޠަކާ ނުލައި، ނުވަތަ ޝަރުޠަކާއެކުވެސް އެމީހަކު ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ޤާނޫނުން ލިބިދީފައިވެއެވެ. ޤާނޫނުން ދީފައިވާ އިޚްތިޔާރީ ބާރު:
54ޕްރިސިޑެންސް 3ފަނޑިޔާރުންނަށް ބާރު ލިބިދެނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރެއިންނެވެ. މިގޮތުން ފަނި ޑިޔާރުންނަށް ލިބިފައިވުއިޚްތިޔާރު ބޭނުން ކުރަންޖެހެނީ، ވަކި ފަރާތަށްނުޖެހި، އަދި ވަކި ތަޢައްޞުބެއްނެތި، ޢަދލ ވެރިގޮތުގައެވެ. ފަނޑިޔާރަކު އޭނާއަށް ލިބިދީފައިވާ އިޚްތިޔާރެއް ބޭނުން ކުރުމަކީ ވަކި ފަރާތަށް ޖެހުން ނުވަތަ ތަޢައްޞުބުވުން ނުވަތަ ޢަދުލުވެރިނުވުން ކަމުގައި ދެކިގެން ނުވާނެއެވެ. ޤާނޫނު ނަންބަރު: 12/16 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 62)ހ( ގެ )1)،(2.( ޤާނޫނު ނަންބަރު:2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު( ގެ 31)ހ(. ފަނޑިޔާރުންނަށް ޤާނޫނުން ލިބިފައިވާ އިޚްތިޔާރުގެ ތެރެއިން ޤާނޫނުއަސާސީ އ އ ޤާނޫނުގެ އިމުގެ ތެރެއިނާ މުސްތަޤިއްލު ކަމާއިއެކު ގޮތް ނިންމުމަކީ ފަނޑިޔާރުންކުރާ މަސައްކަތުގެ ތަބީޢީ އެއްސިފައެވެ. އަދި އެއީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ބާރުގެ މިނިވަނކ މުގެ ރަމްޒެއް މެއެވެ.
55ޕްރިސިޑެންސް 10މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ހުށަހަޅާ ހުށަހެޅުންތަކުގެ މއްޗަށަ ބިނާކޮށް، ފަނޑިޔާރަކު އަމިއްލަ މިނިވަންކަމާއެކު ޤާނޫނުއަސާސީ އާއި ޤާނޫނުގެ އިމުގު ތެރެއިން، ނިންމާ ނިންމުންތަކަކީ، ތަޢައްސުފީ ނިންމާން ތަކެއް ކަމަށް ދެކޭމީހަ،އިސްތިއުނާފް ކުރުމުގެ އުޞޫލުގެ ބޭރުން، ފަނޑިޔާރުން ފަލީހަތް ކުރުމުގެ ބީދައަކުން، ވާހަކަ ދ އްކައި އެކަން މުޖުތަމަޢީ ން ޤަބޫލު ކުރުވުމަށް މަސައްކަތް ކުރުމަކ ރ ނެގަޅު ފާލެއް ކަމަށް ޤަބޫލެއް ނުކުރެ ވެއެވަ.ސަބަބަކީ، ފަނޑިޔާރުގެ ކުރިމަތީގައި، ދެފް ރާތުގައ ޚަޞްމުނުތިބޭއރް،ގިނަފަހަރަށް ކޮންމެވެސް އެއްފަރާތަކުން ފަނޑިޔާރުގެ ނިންމުމާއިމެދު ދެކޭނީ އަނެއް ފަރާތުން ދުށުގޮތާއި ޚިލާފަށެވެ. ފަނޑިޔާރުން ކުރާ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނުގެ އިމުގެ ތެރެއިން ފަނޑިޔާރުން އިޖުތިހާދ ކޮށްގެން ނިންމާ ނިންމުމަކީ، ފަހަރުގައި ރ ނަގަޅު ނުވަތަ ފަހަރުގައި ގޯސް ނިންމުމަކަށި ވެސަވުން އެކަށީގެން ވެއެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ބޭއިންޞާފުން ނިންމި ނިންމުމެއްކަމަށް ދެއްކުމަށް މަސައްކަތް ކުރުން ރަނގަޅެއް ނޫނެވެ.
56ފަނޑިޔާރުގެ އެ ނިންމުމަކީ،ޤާނޫނާ އެއްގޮތް ނިންމުމެއް ނޫންކަމަށް ޤަބޫލު ކުރެވޭ ފަރާތަށް ޤާނޫނ ދައްކައދީފައި އޮތް މަގަކީ، އިސްތިއުނާފަ ކުރުމުގެ މަގެވެ. ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާގުޅިގެން ނުވަތަ ކުރި އަމުރަކާއިގުޅިގެން ނުވަތް ކުރި ޙުކުމަކާއި ގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުޞޫލުތަކުގެ ބޭރުން އެފަނޑިޔާރަކަށް ފިޔް ވ ޅުއަޅައި ސުލޫކުކޮށް ފަލީހަތ ކުރެވޭ ބީދައަކުން ކަން ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ކަމަށް އަހުރެން ނުދެކމެ ވެ. ދިވެހިރާއްޖޭގ ޤާނޫނީ ނިޒާމުގެ ތެރެއިން ކޯޓުތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ބެލުމުން، އެފަދަ މައްސަލައެއް އިސްތިއުނާފް ކުރަންޖެހޭނީ ފުރަތަމަ ހައިކޯޓުގައެވެ. އެއަ ށްފަހު ސުޕްރީމް ކޯޓުގައެވެ. އެނޫން އެހެން ތަނެއްގައެއް ނޫނެވެ. ފަނޑިޔާރަކު ނިންމާ ނިންމުމަކާއި ގުޅިގެން ހިތި ހަމަ ނުޖެހޭ ފަރާތަކުން އިސްތިއުނާފު ކުރުމުގެ މަގު ދޫކޮށް، އެހެން އިދާރާތަކަށް އެމައްސަލައެއް ހުށަހަޅައް އެ އިދާރާއަކުން އެމައްސަލަ އަލުނަބެލުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ތަސައްވަރު ކަމަކަށް ނުދެކެމެވެ. އެހެނެއް ނޫނެވެ. އެފަނޑިޔާރަކު ދިން ރައުޔަކީ ނުވް ތ ކުރި އަމުރަކީ ނުވަތަ ކުރި ޙުކުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް އޭނާގެ އަމިއްލަ މިނިވަންކަމުގެ ބޭރުން އައި ކަމެއްގެ ސަބަބުން ނިކުތް ނަތީޖާއެއްކަމަށ ޤަބޫލު ކުރެވޭ އެކަށީގެންވާ ހެކި ހުރެއްޖެނަމަ، ޤާނޫނުއަސާސީ އާއި ޤާނޫނުގައި ބަޔެވެގެންވާ އުޞޫލުތަކުގެ ތެރެއިން އ ފަނޑިޔާރަކު ޖަވާބުދާރީ ކުރުވުމަށް ޤާނޫނު ހުރަހެއް ނާޅައެވެ.
57ޕްރޮސިކިއުޝަންގެ ފަރާތުން ޢާންމުކޮށް ކޮށްފައިވާ ކޮމންޓްތަކެއް ކަމަށް ބުނެ ހުށަހެޅެލިޔުންތަކެއް ހިމެނިފައި އެބަހުއްޓެވެ. އެކަން އެހެން އޮތްނަމަ، އެއް ތަރުހީބު ދެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމަޢަކުން ޤަބޫލު ކުރާ އުޞޫލަކަށް ވާނެ ކަމަކަށްވެސް ބަލައެއް ނުގަނެވެއެވެ. ހަމައެހެންމެ، އެއީ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ )ނ( އާއި )ރ( އާ އެއްގޮތަށްކޮށްފައިވާ ކަމެއް ކަމަށް ބުނެވޭކަށް ނެތެވެ.
58ވަކިވަކި ފަނޑިޔާރުންގެ ޒާތަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ފުރައްސާރައަކަށް ވަދާނެގޮތަކޫށް ކަންކަން ކުރުމާއި މައްސަލައިގެ މުއުޟޢްކޯޓުގައި ހިގަހިގައި އ ތެވައި، އުމައުޟޫ ޢް ގައި ކޯޓުން ބޭރުގައި ވަކިގޮތަކަށާޢާންމުކޮށިވހަކަ ދެއްކުމާއި މ ކަންކަމަކީ ޤާނޫނު ދައްކާފައިވާ މަގެއް ކަމަށް ނުދެކެވެ. ޕްރޮސިކިއުޝަނުން ޝޯޝަލް މީޑިޔާގައި ޢާންމުކޮށް ފާޅުކުރިކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ؛ " އެއްފަހަރު ފިލައިގެން އުޅޭފައި ހުރި މީހަކު، އަލުން ފިލުމުގެ ފުރުޞަތު އޮންނާނެކަން އިންޑިޔާގް ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވައެވެ. އެޙާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެޔަތީ، އެމީހާ ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެވެރިނ ޤަބޫލުކުރެއެވެ." ޤާނޫނު ނަންބަރު: 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު( ގެ 9 ވަނަ މާއްދާ. މި ސްޓޭޓްމަންޓްއަށް ބަލާއިރު، މިއީ ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމަޢުތަކުން ޤަބޫލު ކުރާ އުޞޫލެއް ކަމަށްވާ ސަބްޖުޑިސީ ރޫލް (sub judice rule) އާ ކަނޑައެޅިގެން ފުށުއަރާ ގޮތަށް އޮތް ކޮމެންޓެއްކަމަށް އަހުރެންނަށް ބެލެވެއެވެ. މ އުޞޫލަކީ ޤާނޫނއަސާސީގު 141ވަނަ މާއްދާ )ނ( ގެ ދަށުން، ދިވެހިރާއްޖޭގެ ޢަދުލުއިންޞާފުގެ ނިޒާމުގެ ތެރެއަށްވެސް ވަދެ ޤަބޫލު ކުރެވިފައިވާ އުޞޫލެއް ކަމަށް އަހުރެން ދކެމެވެ.
59ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކަމަކާމެދު ބޭރުގައި ވާހަކަ ދައްކައި ގޮތްކިޔައި ނުހެދުމަށް އޮތް އުޞޫލުގެ އެއް ބޭނުމަކީ، ކޯޓެއްގެ ކުރިމައްޗަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް އިންޞާފު ހޯދުމަށް ނުވަތަ ފަރުވާއެއް ހޯދުމަށް އައިސްހުއްޓ ހުންނަ މީހާ ހުށަހަޅާ މައުޟޫޢުގުޅިގެން ގޮތްކަނޑައަޅާ ކޯޓަށް ނުވަތަ ފަނޑިޔާރަށް ނުޒޫފު ފޯރައިދާނެ ކަމާއި އެކަމުގެ ސަބަބުން ތަޢައްޞުބި ގެ ގޮތުން ގެތް ކަނޑައެޅި ދާނެ ކަމަށްޓަކައި އެކަން މަނާކުރުމެވެ. މިއުޞޫލު ތަފްޞީލުކޮށް ބަޔާން ކޮށްދިނުމަކީ މ ޤަޟިއްޔާގައި ކުރަންޖެހޭ ކަމެއް ކަމަށް ނުވިނަމަވެސް، ކޯޓަކަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް އެކަމާމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކުންކަމމެދު ޕަބްލިކުގައި ކޮމެންޓް ކުރުމަކީ ކޯޓު ކޮންޓެމްޕްގެ ތެރެއިން ފިޔަވަޅު އަޅަންޖެހިދާނެފަދަ ކަމެއްކަން ދަންނަން ޖެހެއެވެ.ޚާއްޞަކޮ ށ ދައުލަތުގެ ކަމަކިއި ޙަވާލުވެހުންނަ ފަރާތަކުން މްބާވަތުން ކުރާ ކޮމެންޓގެ އަސަރު ފުޅާވެ ޢާންމު ރައްޔިތުންގެ މެދުގައި އެކަނ ޤަބޫލުކުރުން ބޮޑުވެގެން ދާނެކަމަށްޓަކައި، ކޯޓަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތްކަނޑައެޅުމަށް ހުށަހެޅިފައިވާ ކަމަކާމެދު މިމރުމުން ކޮމެންޓް ނުކުރުމަށް ނަސޭހަތްތެރި ވަމެވެ. މީގެ މާނައަކީ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ދަށަށް ގޮތެއް ކަނޑައެޅުމަށް ހުށަހެޅިފައިވާ ނޫނީ ކޯޓަކަށް ނުވަތަ ފަނޑިޔާރް އްގެ ކުރިމައޗަށ ގޮތެއް ކަނޑައެޅުމަށް ހުށަހެޅިފައިވާ ކަމެކެވެ. މިއުޞޫލުގެ ދަށުން، ވާހަކަ ދައްކައި ފާޅުކުރުން މަނާ ޚިޔާލުތަކުގެ އިންތަކާއި މިންތަކަކީ ކޮބާކަމާއި، ޤާނޫނުއަސާސީގައި ބަޔާން ކުރާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި ހުޅުވިގެންވާ ކޯޓު ނިޒާމެއްގެ މަފްހޫމާއި މިހުރިހާ ކަމެއް ޝާމިލް އުޞޫލެއް ބޭނުންވާ ކަމަށް ދެކެމެވެ. އަޙްމަދމޫސު މުޙައްމަދު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމި ނިންމުން:
60ޤާނޫނުއަސާސީ އާއި ޤާނޫނުން ލިބިދީފައިވާ އިޚްތިޔާރީ ބާރެއްގެ ބޭނުން ފަނޑިޔާރުން ކުރާނީ ކުރިން ބަޔާންކުރިހެން، ޤާނޫނުގައި ކަނޑައަޅާ ބަޔާންކޮށްދީފައިވާ އުޞޫލުތަކުގެ އިމުގެ ތެރެއިން ނެވެ. އެފަދަ އިޚްތިޔާރެއްގެ ބޭނުން ކުރާނީ ކޮންމެ މައްސަލައެއް ވަކިން އެމައްސަލައަކާއި ގުޅިފައިވާ އެންމެހައި ކަންކަމުގެ މައްޗަށް ބިނާކޮށް ސަބަބު ވެރި ހަމައަކުންނެވެ. އެއީ އެމައްސަލައަކާއި ގުޅިފައިވާ އެންމެހައި ކަންކަމަށް ބަލައި ރިޢާޔަތް ކުރާއިރު، ބުއްދި ޤަބޫލު ކުރާސަބަބުވެރި ހަމައަކުން ބަލައިގަނެވި ނިންމުމަކަށް ވާންޖެހެއެވެ. ޤާނޫނުން ދީފައިވާ އިޚްތިޔާރީ ބާރެއް ބޭނުންކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމަށް ޤަބޫލު ކުރެވޭނަމަ، މަތީ މަރުޙަލާގެ ކޯޓުގައް އެކަނ އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. މިގޮތުން ޤާނޫނުން ކަނޑައަޅައި ބަޔާން ކުރާ އިންތަކާއި މިންތަކުން ބޭރް ވާ ގޮތަކަށް އިޚްތިޔާރީ ބާރު ބޭނުންކޮށްފައިވކަމަށ ބުރަވެވޭނަމަ، އިސްތިއުނާފުން އެކަން ރެނގަޅު ކުރެވޭނެ އެވެ.
61ޕްރިސިޑެންސް 4ޤާނޫނުއަސާސީގެ 49ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދު ކުރުމުގައާއި ބަންދު ނުކުރާން ނިންމާއިރުވެސް، ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރެ ރިޢާޔަތް ކުރަންޖެހެއެވެ. އޭގެ އިތުރުން، ޤާނޫނުއަސާސީގެ 49ވަނަ މާއްދާގައި ބަޔާން ކުރާ އިސްތިސްނާ ޙާލަތްތަކުގެ މައްޗަށާއި، ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ، އެކަމެއް ހިމެނެއެވެ. އަދ ހަމައެހެންމެ، ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނާއި ކުށުގެ ރެކޯޑާއި ކޯޓަށް ޙާޟިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލަންޖެހެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: A/19,202010/SC- މިދެ ޤަޟިއްޔާގައިވެސްމުނކުތާ އިތުރަށް ތަފްސީލެކޮށްދީފައި ވެއެވެ. އ ދެޤަޟިއްޔާގައި ބަޔާން ކޮށްފައިވެއެވެ."ޝައްކުކުރެވޭ ކ ށުގެ ނުރައްކާތެރިކަމަކީ ކޮބި ކަމާއި، އަދި އެކުށް ތަޙްޤީޤުކުރުމުގައިހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި މި އިސްތިސްނާތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ގެ 60ވަނަ މާއްދާގެ )ށ( ގައި ވެސް ބަޔާން ކުރާ ކަންތައްތަކކެ ވެ. ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 59ވަނަ މާއްދާއިން. ކަމާއި ކުށުގެ ޠަބީޢަތަކީ ކޮބައި ކަމާއި ކުށުގެ ބޮޑުކުޑަމިނަކީ ކޮބައިކަމާއި އެކުށަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކޮބައިކަމާއި ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރެއްކަމާއި އަދި ހެކިތަކާ ކުޅަ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރކަށް ކަން" ފަނޑިޔާރު ވަޒަން ކުރަންޖެހެއެވެ. އަޙްމަދމޫސު މުޙައްމަދގު މައްޗަށް ހުށަހެޅިފައިވާ ދަޢުވާތައް:
62ޕްރިސިޑެންސް 5އަޙްމަދުމޫސާ މުޙައްމަދު ކަފާލަތުގެ ދަށުން ދޫކޮށްލުމުގައި ގޮތް ކަޑައަޅާއިރު، ބަލަންޖެހޭ އެއްކަމަކީ އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާ ތަކަށެވެ. އެއީ ޚިޔާނާތްތެރިވުމުގެ ކުށުގެދަ ޢުވާތަކް ކެވެ. ޚިޔާނާތްތެރިވުމުގެ ކުށަކީ ކަފާލަތުގެ ދަށުނ ދޫކުރެވިދާނެ ކުށެއް ނަމަވެސް އެދަޢުވާގައި ހިމެނޭ ޚިޔާނާތުގެ ފުންމިނާއި ފުޅާމިނަށް އަދި އެކަމުގެ ސަބަބުން އަސަރުކޮށްފައިވާ ގޮތާއި މިންވަރަށް ރިޢާޔަތް ކުރަންޖެހޭ ކަމަށް ދެކެމެވެ.
63އަޙްމަދު މޫސާމުޙައްމަދާ ގ މައްޗަށް ކުރެވިފައިވާ ޚިޔާނާތުގެ ކުށުގެ ދަޢުވާގައި ހިމެނޭ ފައިސ އަކީ 25,000,000/-ރ. )ފަންސަވީސ މިލިޔަން( ރުފިޔާއަށް ވުރެ ގިނަ ފައިސާއެވެ. މިއީ ކުޑަ ޢަދަދެއް ނޫނެވެ. މިފައިސާއަކީ، ވަކިވަކެ ފަރި ދުން އެމީހުންގާބޯހިޔާވަހި ކަމުގެ އުއްމީދުގައި އަމާނާތެއްގެ ގޮތުގައި ޙަވާލު ކުރި ފައިސި އެވެ. މީގެ ތެރޭގައި 200 )ދއިސައްތަ( އެތަކެއް ރައްޔިތުނުދެއްކި ފައިސާ ހިމް ނެއެވެ.ކުށަ ކުރުމުގައި ޝާމިލުވި މީހުންގެ ޢަދެދށް ބަލާ ބީދައިން، އަކުށުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ ޙާލުއް ޙ ވާލުގެ މައްޗަށ ރިޢާޔަތް ކުރަންޖެހޭނެ ކަމަށް ދެކެމެވެ.
64ހަމައެހެންމެ، މި ބާވަތުގެ ކުށަކީ އެކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނިފައިވާ ކުށެއްތޯ ދެނެގަތުމުގައި ހަމައެކަނި ކަނޑިންޖަހައި ފާރުކުރުމާއި ހަމައަށް ފަނޑިޔާރުގެ ވިސްނުން ހުއްޓިގެން ވެދާނެ ކަމަށް ނުދެކެ މި ވެ. ބޯހިޔާވަހިކަމުގެ އުއްމީދުގައި ޢާންމު ރައްޔިތުންގެ ބަޔަކު އަމާނާތެއްގެ ގޮތުގައި ޙަވާލު ކުރިފައިސާއަށް ޚިޔާނާތްތެރވެފައި އޮތްނަމަ، އެއީ އެމީހުންގެ ނިސްބަތުގައި އަނިޔާވެރި ޢަމަލެކެ ވެ. އެއީ ދަރަނި ދެއްކޭނެ ޙާލަތުގައި ދަރަނި ނުދައްކައިލަސްކުރުން އަނިޔާއެއް ކަމުގައި ވީފަދައިންނެވެ. އަޙްމަދު މޫސާ މުޙައްމަދގު ޤާސިމް އިބްރާހިމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް )2010( 19 ސްކ.، ޢަބދް ﷲ ޔާމީން ޢަބުދުލްޤައްޔޫމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް )2010( 20 ސކ. މައްޗަށް ކުރާ ތުހުމަތަކީ އެފަދައިން ޚިޔާނާތްތެރިވި ކަމަށެވެ. ވީމް އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށ ތުހުމަތު ކުރެވޭ ކުށުގައި ބަޔާން ކުރާ ފައިސާއަކީ އެފައިސާ ދިން މީހުންގިގައިގާ ތަޅައި އަނިޔާކޮށްގެން ހޯދްފައިސއެއ ކަމުގައި ނުވިޔަސް،އެމީހުންގެ އުއްމީދުތަކަކާއި އެމީހުން ގިމާލު އެމީހުންގެ ކިބައިން ބީވެގެން ދެ ޔަ ދިއުމަކީ ޚިޔާނާތުގެ ކުށުގެ ހިމެނޭ އަނިޔާއެއްތޯ ނުވަތަ ނޫންތޯ ފަނޑިޔާރުންގެ ވިސްނުމުގައި ބަހައްޓަންޖެހޭ ކަމަށް ދެކެމވެ. އަދި ޚާއްޞަކޮށް މާލީ މިފަދަ ކުށްތަކަކީ އަނިޔާވެރިކަން ހިމެނާ ފައނުވ ކުށްތަކެއްކަމަށް ޢާންމުކޮށް ނިންމުމަކީވެސް ރނަ ގަޅު ގޮތެއް ނޫނެވެ. ސަބަބަކީ، ފުރަތަމަ ބަލައިލާ ބަލައިލުމުން، މާލީގޮތުން ހިންގާ ޖިނާއު ހަރަކާތްތަކުގައި އަނިޔާވެރިކަމެއް ނެތްކަމަށް ފެނީ ނަސް ބައެއް ޙާލަތްތަކުގައި މާލީ ގޮތުން ހިންގާ ޖިނާއީ ހރަކާތްތަކ ބިރުވެރި ނުރައްކާތެރި ކުށްތައް ކަމަށްވާ ގޭންގް ވައިލެންސް، މަނީ ލޯންޑްރިންގ، ޓެރަރިޒަމް ފަދަ ކުށްތަކާއި ގުޅިފައިވާ ކަންތައްތަކެއް ކަމަށްވެދާނެ ތީއެވެ. ވީމާ ހަމަކޮންމެ މައްސަލައެއްވެސް ވަކިވަކިން އެ މައްސަލައެއްގެ ޒާތަށް ބަލައި އެކަމުގައި ހުރި ނުރައްކަލުގެ މައްޗަށް ބަލަންޖެހޭ ކަމަށް ދެކެމެވެ. އަޙްމަދމޫސު މުޙައްމަދމީގު ކުރިން ޢަމަލު ކުރިގޮތް:
65ޕްރިސިޑެންސް 6ޤާނޫނުއަސާސީގެ 49ވަނަ މާއްދާގައި އެމީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގައި ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބެހެއްޓުން ހުއްދަކުރާ އެއް ޙާލަތަކީ އެމީހަކު ފިލައިފާނެ ކަމަށްޓަކައެވެ. މިއީ އެމީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ ކުރިން ފަނޑިޔާރު ދެނެގަންނަ ދެނެގަތުމެވެ. ނުވަތަ އިފްތިރާޟެކެވެ. ވަކިމީހަކީ ފިލައިފާނެ މީހެއްކަން ފަނޑިޔާރަށް ދެނެގަނެވޭނީ ހުށަހަޅާ ހުށަހެޅުން ތަކުގެ ތެރެއިންނެވެ.
66މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: E4/PRIV/2018/1977171- ސިޓީ އިން ސީލައިފްގެ ފަރާތުން ޖަވާބުދާރީވުމަށް އަންގާފައި އޮތް އެންގުމަށް، އެކުންފުނީގެ ފަރާތުން އަޙްމަދު މޫސާ މުޙައްމަދު ދީފައި އޮތް ޖަވާބަކީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިގެން ބެލެމުންދާ މައްސަލައިގައި ކުންފުނީގެ ފަރާތުނ ޖަވާބުދާރީވުމަށް ޤާނޫނީ ވަކީލކަ ޢައްޔަން ކުރި ވާހަކައެވެ. އެކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 17/HC/ECD/2018/105 )ޙާޟިރުވުމަށް އަންގާ ޗިޓް( އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު:47E4/PRIV/2018/20171- ސިޓް ން ސީލައިފް ކުންފުންޏާއި ދެކޮޅަށް އަމިއްލީ ފަރާތްތަކުނެހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފުލުހުންގެ އިދާރާއަށް ޙާޟިރުވުމަށް އަނެއްކާވެސް އެންގިއެވެ. އެއެންގުމާއި ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު އެކުންފުނިގެ މެނޭޖިންގ ޑިރެކްޓަރުގެ ހައަސއްޔަތުން ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައިވެއެވެ؛ "...އަދި އެސިޓީގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރަކު މިކަމާ ގުޅޭގޮތުން މަޢުލާމާތު ދިނުމަށް ފުލުހުންގެ އިދާރާއަށް ޙާޟިރުވުމަށް އަންގާފައިވުމުން، މިކުންފުނީގެ ފަރާތުން ޖަވާބުދާރީވުމަށް އައްޔަންކޮށްފައިވ ފަރާތްކަމަށްވާ، ކުންފުނީގެ ޤާނޫނީ ވަކީލު،.....،ތިޔަ އިދާރާގެ ފަރާތުން ޤަބޫލުކޮށްފައި ނުވާކަމަށް ދެކެމެވެ. ނަމަވެސް، މިކުންފުނީގެ ބޯޑުން ނިންމާފައިވަނީ، ކުންފުނީގެ ފަރާތުން ދޭންޖެހޭ މަޢުލޫމާތު ކުންފުނީގެ ޤާނޫނީ ވަކީލު ފިޔަވައި އިތުރު ފަރާތަކުން އެއްވެސް ފ ރާތަކަށް ފޯރުކޮށް ނުދިނުމަށް ކަމަށްވާތީ، އެކަން ފާހަގަ ކުރާ ޙާލު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން ޑިރެކްޓަރެއް ތިޔަ އިދާރާއަށް ޙާޟިރުވުމަށް 2 ޑިސެމްބަރު 2018 ގައި ތިޔަ އިދާރާއިން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ދަންނަވަމެވެ. ތަޙްޤީޤުގެ ބޭނުމަށްޓަކައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރުންގެ ތެރެއިން ވަކި ޑިރެކްޓަރެއް ނަމަވެސް، ތިޔަ އިދާރާއަށް ޙާޟިރުވުމަށް އަންގަވައިފިނަމަ، އެފަދަ އެންގުންތަކަށް މިކުންފުނީގެ ފަރާތުން އިޚްތިރާމް ކުރާނެވާހަކަ ދަންނަވެމެވެ." މިފަދައިންނެވެ.
67ސުވާލަކީ، އެ އެންގުމަށް އަޙްމަދު މޫސާ މުޙައްމަދު ނުވަތަ ކުންފުނީގެ އެހެން ޑިރެކްޓަރެއްނަމަވެސް އިޙް ތިރާމ ކުރި ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ސީލައިފް ގްލޯބަލްގެ ލެޓަރހެޑްގައި ލިޔެ ސިއްކަޖަހައި މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އަޙްމަދު މޫސާ މުޙައްމަދު ކޮމިޝަނަރ އޮފް ފޮލިސްއަށް ފޮނުވާފައިވާ ނަންބަރު: 103P/2019/SLG )13 ޖނަވަރަ 2019( ސިޓީން ދެނެގަނެ ވެއެވެ. އެސިޓީގައި އޮތ؛ ސީލައިފް ގްލޯބަލްގެ ނަންބަރު:/2018/SLGP101 )29 ނޮވެ ނބަރ 2018( ސިޓީ. "...ދެންނެވިފައިވާ އީމެއިލް ގައި މޯލްޑިވްސް ޕޮލިސް ސާރވިސްއިންގެ ނަންބަރު:171/HC/ECD/2018/105 ހާޟިރުވުމުމަށް އަންގާ ޗިޓަށް ޙާޟިރުނުވޭވޭނެކަން މިކުންފުނީގެ ނަންބަރު:102P/2018/SLG ސިޓީއިން އަންގައިފާނެއެވެ...." މިފަދައިންނެވެ. ވީމާ، އިޙްތިރާމްކުރާނެކަމަށް އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ބުނިބުނުން ވެގެން ގޮސްފައި މިވަނ ދުލުކުރިން ބުނެލި ބުނެލުމަކަށެވެ. އުބުނު ބިނިމއ އެއްގޮތަށް ޢަމަލު ކުރުމުގެ ނިޔަތެއް ފާޅެއް ނުވިއެވެ.
68އަޙްމަދު މޫސާ މުޙައްމަދު އޭރެހުރް ދިވެހިރާއްޖްއިން ފުރައިގެން ގޮހެވެ. ޕްރޮސިކިއުޝަނުނޫބަޔާން ކުރާ ގޮތުން އަޙްމަދު މ ސ މުޙައްމަދު ހުރީ ފިލައިގެން ރާއްޖެ ދޫކޮށް ގޮހެވެ. އަޙްމަދު މޫސާ މުޙައްމަދ ޙާޟިރުކުރަން ކުރި މަސައްކަތުން ޙާޟިރު ނުވުމުން، އިންޓަރ ޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ނެރެގެންވެސ ހާޟިރު ނުކުރެވުނު ކަމަށެވޯ. އަޙްމަދު މޫސާ މުޙައްމަދު މިހާރު ރާއުޖޭގައި އެހުރި ހުރުމަކީ ޕާސްޕޯޓް މުއްދަތު ހަމަވެގެން އޭނާގެ އަމިއްލަ އިޚްތިޔާރުގެ ބޭރުން އައިސް ހުރިހުރުމެއް ކަމަށް ދޭހަވާގޮތަށް ޕްރޮސިކިއުޝަނުން ވާހަކަ ދައްކާފައިވެއެވެ. އެކަން ސާބިތު ކުރުމުށް އޭނާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވިކަން އެނގޭ ލިޔުމެއްވެސް އަދި އެކަމާއިގުޅޭ އެނޫން ލިޔުމެއްވެސް ޕްރޮސިކިއުޝަނުން ހުށައެއް ނާޅައެވެ.
69ކުރިން ބަޔާންކުރިހެން، އަޙްމަދު މޫސާ މުޙައްމަދު ރާއްޖެއިން ބޭރުގައި ހުއްޓައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުވުމަށް އެންގި އެންގުމާއި ގުޅިގެން ޙާޟިރު ނުވެވޭނެކަން އޭނާ އެންގިކަން ސާފުކޮށް އެނގެން އޮވެއެވެ. މި ޙާލަތުގައި،އަޙްމަދު މޫސާ މުޙައްމަދު ރާއްޖޭގައި މިހާރު އެހުރީ އޭނާއަށް އެހެން ގޮތެއް ނެތިގެން ނޫންކަމާއި އޭނާގެ އަމިއްލަ އިޚްތިޔާރުން އައިސެ ހުރީކަން ބަޔާންކޮށްދޭން އޭނާއަށް ޖެހޭކަމަށް ދެކެމް ވެ. އެހެންނޫންނަމަ، ހުށަހެޅުނު ލިޔުންތަކުން ދެނެގަނެވެން އޮތީ، އަނެއްކާވެސް ފުރުޞަތެއް ލިބިއްޖެނަމަ، ފިލައި ރައްކާވެދާނެ ކަމުގެ އިޙްތިމާލެވެ. އަދި އަޙްމަދު މޫސާ މުޙައްމަދަކީ އިންޓަރ ޕޯލ މެދުވެރިކޮށްވެސް ޙާޟިރު ނުކުރެވުނު މީހެއް ކަމަށްވާތީ، މި ޙާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިޚްތިޔާރުގެ ބޭނުން ދަށު ކޯޓުގެ ފަނޑިޔާރު ހިފާފައިވަނީ، އަޙްމަދު މޫސާ މުޙައްމަދު ފިލައި ރައްކާނުވާނެކަނ ކަށަވަރު ކުރެވޭ ގޮތަށްތޯ ބަލަންޖެހެއެވެ. ފިލައިގެން ނުދާނެކަން ކަށަވަރުކުރުން:
70ޕްރޮސިކިއުޝަނުން ބުނަނީ، "ވަލުދޮރާށިނެ " ނިކުމގެނ ރާއްޖެއިން ބޭރަށް މީހުން ފިލައިގެން ދާކަމަށެވެ. އެހެންކަމަށްވާނަމަ، އެ ދޮރާށިން މީހުން ނާއި އެނޫންތަކެތ ރާއްޖެ އެތެރެވުމުގެ އޙި ތިމާލުވެސް އޮންނާނެއެވެ. ނަމަވެސް "ވަލު ދޮރާށި"ތައް ބަންދުކުރުމަކީ ކޯޓުތަކަށް ކުރެވިދާނެ ކަމެއް ކަމަށް ނުދެކެމެވެ. ދ ވެހިރާއްޖެއިނ ފިލައިގެން ނުވަތަ އެނޫންވެސް ގޮތަށް ނިކުމެގެން ދެވޭނެ "ވަލުދޮރާއްޓެއް" ހުރިކަމުގެ މަޢުލޫމާތު ޕްރޮސިކިއުޝަނުގައި ހުރިނަމަ، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އަދި ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކަށް އ މަޢުލޫމާތު ފޯރުކޮށްދީގެން އެ ދޮރެއް ބަންދުކުރުމުގެ މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމެވެ.
71ޕްރިސިޑެންސް 7މި މައްސަލައިގައި އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ހުއްޓުވުމަށްޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުދަނުއެއްފިޔަވަޅަކީ އޭނާގެ ޕާސްޕޯޓް ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް ކޯޓުން އަމުރު ކުރުމެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު: 2021)/MA/2021/01145-B3(317-358- )20 އޮކްޓބަރޯ 2021 ( "ކޯޓު އަމުރު" ގައި "ޕާސްޕޯޓް/ޓްރެވަލް ޑޮކިއުމަންޓް ހިފެއްޓިފައި" މިހެނ ބަޔާން ކޮށްފައި އޮތްނަމަވެސް، އަޙްމަދު މޫސާ މުޙައމަދެ ކަފާލާތުގެދަށުން ދޫކޮށްލުމަށް އަމުރުކުރުމާއެކު އޭނގާ ޕާސްޕޯޓެނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް ކޮށްފައިވާ އަމުރެއް ފެންނާކަށް ނެތެވެ. އ އަމުރުގައި ބަޔާންކޮށްފައި އޮތީ، "2021 ޖޫން 16 ވަނަ ދުވަހު މިކޯޓުގެ ނަންބަރު 2021)/PH/2021/11145-B3(317-358- އަމުރުން އަޙްމަދު މޫސާ މުޙައްމަދު ފުރުން މަނާކޮށު ފައިވާކަން." މިހެންނެވެ. ފުރުން މަނާކުރުމާއި ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ނުވަތަ ދަތުރުފަތުރުކުރުމަށް ގެނ ގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަކީ ދެކަމެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 68 ވަނަމާއްދާގައި ބަޔާން ކޮށްފައިވަނީ؛ ޤާނޫނު ނަންބަރު: 2016/12 ) ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 68 ވަނަ މާއްދާ. "....މާއްދާގެ ދަށުން އަމުރެއް ކުރުމާއެކުއެކީގައި، އެ މީހެއްގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު..." މިހެންކަމަށްވާތީ، އަޙް މަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓް ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ލިޔުމެއް ހިފަހައްޓަން ކޯޓުނ ސާފުކޮށް އަމުރު ކުރަންޖެހޭ ކަމަށް ދެކެމެވެ.
72މި މައްސަލައިގެލު ޔުންތަކަށް ބެލުމުން، އަޙްމަދު މި ސ މުޙައްމަދް ގުޕާސްޕޯޓެއް އޮތްކަމެއް ނުވަތަ ނެތްކަމެއް އޮތްނަމަ އޮތީ ޕްރޮސިކިއުޝަނުން ހުށަހެޅި ގޮތަށް ދުވަސް ހަމަވެފައިވާ ޕާސްޕޯޓެއްކަމެއެވެސް ސާފު ކުރެވިފައެއް ނެތެވެ. އޭނާގެ ޕާސްޕޯޓުނަންބަރަކީ ކޮބާކަމާއި އޭނާގެ ނަމުގައި ކިތައް ޕާސްޕޯޓޯއޮތްތޯ އާއި އޭނާ ދަތުރު ކުރުމަށް ރަސްމީ އެނޫން އެހެންލިޔުމެއް ބޭނުންކުރޭތޯ ނުވަތަ ދޫކޮށްފައި އޮތތް އިމިގްރޭޝަނށަ ލިޔެގެން ބަލައި ސާފުކޮށްފައެއް ނެތެވެ. އެހެންކަމުން، އަޙްމަދު މޫސާ މުޙައްމަދު ފިލައިގެން ދިއުން ހުއްޓުވުމަށް ޤާނޫނުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރެވިފައި އޮތްކަމަށް ބުރައެއް ނުވެއެވެ. ޖާމިނުވި މީހުން:
73ޕްރިސިޑެންސް 8އަޙްމަދުމޫސާ މުޙައްމަދު ނުފިލާނެކަމުގެ ޔަޤީންކަން ދީފައިވަނީއޭ ނާއ އެއްބަޑު އެއްބަފާ ދެ އުޚުތުންނެވެ. ވަކި ޖިންސެއްގެ މީހަކަށްވީތީ ޖާމިނު ނުވޭނެކަމަށް ޤާނޫނުގައިބަޔާން ކޮށްފައެއް ނެތެވެ. ޤާނޫނުގައި ބަޔާން ކުރަނީ، ޖާމިނުވާ މީހެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުޠުތަކާއި އެކަނ ކަށަވަރު ކުރާނެ ގޮތެވެ. މިކަން ކަށަވަރު ކުރަންޖެހެނީ ވްސ ލަތީތައް ޤާއިމްވެފައި ހުރިނަމަ އެވަ ސ ލަތެއް މެދުވެރި ކޮށެވެ. އެފަދަ ވ ސުލަތެއް ނެތްނަމަ ޖާމިނުވާ މީހާގެ ބަސް ލިޔުމުން ހޯދައިގެންނެވެ. ވީމާ، އެމީހާގެ ބަސް ލިޔުމުން ހޯދުމުގެކުރިން އެކަން ކަށަވަރު ކ ރެވޭނެ ވްސ ލަތްތަކުގެ ބޭނުން ކުރަންޖެހޭނެ ކަމަށް ދެކެވެ.
74ސުވާލަކީއެފަދަ ވަސލަތެއް ޤާއިމުވެ ހުރުމަކީ ކޮބީ ހެއްޔެވެ؟ އަހުރެންނަށް ޤަބޫލާ ކުރެވޭ ގޮތުގައި ރަސްމު އިދާރާތަކުން ސާފުކުރަންޖެހޭ މަޢުލޫމާތު "މެމްސް" ނުވަތަ "ޖެމްސް" ނުވަތަ އެނޫންވެސް ރަސްމީ މަޢުލޫމތ ޤާނޫނުނަންބަރު: 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ގެ 64)ހ( އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 22 ވަނަ މާއްދާ. ހޯދޭނެ ވަސަލް ތ އ ނޫނީ ސިޓީ، މެސެޖް ފަދަ ރަސްމީ ލިޔުން މެދުވެރިކޮށް ހޯދުމަކީވެސް އެފަދަ ވަޞީލަތެއ ހރުމެވެ.އެއީ ވަކިކަހަލަ އާލާތަކަށް ހުއްޓިގެންވާ ކަމެއް ނޫނެވެ. މިސާލަކަށް، " ކޯޓެއްގައި އެއްވެސް ޖިނާއީ ދަޢުވާއެއް ހިނގަމުންދާ މީހެއްކަމުގައި ނުވުން " ކަށަވަރު ކުރެވިދާނެ ގޮތަކީ، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ހުށަހެޅިފައިވޭތޯ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔެގެން ނުވަތަ ކޯޓުތަކަށް ލިޔެގެން އެކަން ކަށަވަރު ކުރުމެވެ. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ނޫންކަން ބަލާނީ ސާބިތު ދަރަން ރެކޯޑްކަށ ބަލަހައްޓާ އިދާރާތަކަށް ލިޔެގެންނެވެ. މިއީ އޭނާގެ ގާތުން ސުވާލުކޮށް އޭނާގެ ބަސް ލިޔުމުން ހޯދުމުގެ ކުރިން ކޯޓުގައި ޤާއިމްވެފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން އެކަށް ކަށ ވަރު ކުރެވޭނެ ގޮތްތަކެވެ. މިއް ސްލުން މިކަން ނުކޮށް ހަމައެކަނި އޭނާގެ ގާތުގައިއެހައިގެން އޭނާ ބުނާއެއްޗެއަ ގ މައްޗަށް ބުރަވެ ގޮތް ނިންމުމަކީ އެކަމެއް ކަށަވަރު ކުރެވޭނެ ގޮތެއް ކަމަށް ނުދެކެމެވެ.
75ޕްރިސިޑެންސް 9ހަމައެހެންމެ، އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިޚްތިޔާރު ލިބިފައިވާ މީހަކުތޯވެސް ކޯޓުން ބަލައި އެއީ އަމިއްލަ ދިރިއުޅުމުގައި ޒިންމާނެގުމުގެ އިޚްތިޔާރު ލިބިފައިވާ މީހެއްކަން ފަނޑިޔާރު ޤަބޫލު ކުރީ ކީއްވެގެންކަން ބަޔާން ކޮށްދޭނެ ޖެހެއެވެ. ޢާންމެއުޞޫލުން އެހެން މީހުއްގެ ބެލެ ހެއްޓުމްގެ ދަށުގައި އުޅޭ މީހަކީ އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިޚްތިޔާރު އޮތް މީހެއު ކަމަށް ނުބެލެވެއެވެ.މިސާލަކަށް މިމައްސަލައި އަޙްމަދ މޫސާ މުޙައްމަދ، ނުފިލާނެ ކަމުގެ ޔަޤީންކަން ދިން އޭނާގެ ދެ އުޚުތުންނަކީ އަޙްމަދު މޫސާ މުޙައްމަދުގެ ބެލުމުގެ ދަށުގައި ނުވަތަ އޭނާ ޚަރަދުބަ ރަދުކޮށް ބަލަހައްޓަމުންދާ ދެއުޚްތުން ކަމަށްވެއްޖެނަމަ، އެއީ އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިޚްތިޔާރު ލިބިފައިވާ މީހެއްތޯ ނޫނީއި ދެމީހުން ވާނީ އަޙްމަދު މޫސާ މުޙައްމަދު ބެލެހެއްޓުމުގެ ދަށުގައިތިބ (dependent) ބަޔަކަށް ތޯ ބަލައި ސާފުކުރަންޖެހޭނެ ކަމަށް ދެކެމެވެ. ޖާމިނުވޫޙާލަތުގައި، އަޙްމަދު މެސާ މުޙައްމަދގް ބަހަށް އެދެމީހުން ތަބާވާން ޖެހޭފަދަ ޙާލަތެއް އޮވެގެން ވެދާނެކަމަށް ނުދެކެމެވެ. އެދެ މީހުންނަކީ އަޙްމަދު މޫސާ މުޙައްމަދުގެ ބެލެހެއްޓުމުގެ ދަށުގެއި ތިބި ބައެއްނަމަ، އ މީހުންގެ ބަހަށް އަޙްމަދު މޫސާ މުޙައްމަދު ތަބާވުން އެއެ ކިބައިގައި އޮތްވައި އަޙްމަދު މ ސ މުޙައްމަދގު މައްޗަށް ބަސް ކިއދާނެތޯވެސް ސުވާލު އުފެދޭނެއެވެ.
76ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލްކޯޓގެ ނަންބަރ 2021)/MA/2021/01145-B3(317-358- )20 އޮކްޓޫބަރު 2021 ( ކޯޓު އަމުރުން، އަޙްމަދު މޫސާ މުޙައްމަދު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމި ނިންމުމަކީ ޤާނޫނާއި އެއްގޮތް ނިންމުމެއް ކަމަށް ބުރަ ނުވެވޭތީ، އެނިންމުން ބާޠިލުކޮށް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ހުށަހެޅިގެން ހިނގަމުންދާ ޚިޔާނާތުގެ ދަޢުވާތައް ނިމެންދެން އޭނާއަކީ ބަންދުކޮށްގެން ބަލަހައްޓަންޖެހޭ މީހެއްކަމަށް އަހުރެންނަށް ބުރަވެއެވެ.
77މި ޤަޟިއްޔާގައި ފްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅު އިސްތިއުނާފީ ނުކުތާތަކާއި ދެއްކި ވާހަކަތައް އަދި އިސްތިއުނާފު ރައްދުވާ އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން ދެއްކި ވާހަކަތައް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފާހަގަ ކުރެއްވި ގޮތަށް ހުރިކަން ފާހަގަކުރަމެވެ.
78ފިރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އސްތިއުނާފި 3ވަނަ ނުކުތާގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ )ށ( ގެ 3 ވަނަ ނަންބަރާ ޚިލާފުވާ ކަމަށާ ބަޔާންކޮށީ ފާހަގަކޮށްފައިވި ކަންކަމަކިއިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި މ ކޯޓުންބަލައިގަނެވޭނ ނުކުތާއެއުނޫންކަމަށް ފާހަގު ކުރަމާއެކ ފަނޑިޔާރް މުޙައްމަދު ނިޔާޒުގެ ރައުޔަށް އަހުރެނ ތާއީދުކުރަމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22، 26، 59، 60، 61، 62، 63، 64، 68 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 20 ވަނަ މާއްދާގެ (ހ) އާއި (ރ)، 21 ވަނަ މާއްދާ، 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5، 9، 31 (ހ) ވަނަ މާއްދާ
- ހައިކޯޓުގެ 2021/HC-B12/26
- ހައިކޯޓުގެ 2013/HC-A/344 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢުބައިދުﷲ ސަޢީދު)
- ހައިކޯޓުގެ 2019/HC-A/637
- ސުޕްރީމް ކޯޓުގެ 2010/SC-A/19 (ޤާސިމް އިބްރާހިމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް)
- ސުޕްރީމް ކޯޓުގެ 2010/SC-A/20 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް)
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ