ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/410
ޙުސައިން ފައުޒީ ވ. ޤާސިމް ރަފީޢު، 2019/HC-A/410
Hussain Fauzee v. Qasim Rafeeu 2019/HC-A/410 (2019/HC-A/410, High Court of the Maldives, 16 February 2022)
ޙުސައިން ފައުޒީ ވ. ޤާސިމް ރަފީޢު
މައިގަނޑު ސުވާލު
އަނބުރާ ދައްކާގޮތަށް 119,000 ރުފިޔާ ދިންކަމަށް ހަމައެކަނި ޝަފަހީ ހެކިން ހުށަހަޅައިގެން ކުރި ދަޢުވާ ސާބިތުވޭތޯ؛ ދަށުކޯޓުން ހެއްކެއްގެ ހެކިބަސް މަޙްޟަރުނުކޮށް ޢަދުލުވެރިކަން ނެތްކަމަށް ނިންމުމާއި، ހެކިތަކަށް ރިޢާޔަތްކުރި ގޮތް.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޢާއްމު އުޞޫލެއްގެ ގޮތުން މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ؛ ދަޢުވާ ރައްދުވާ ފަރާތުން ދިފާޢުގައި ކުރާ ދަފްޢު (plea) ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ދަފްޢު ކުރާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނެތި ހަމައެކަނި އެއް ޝަފަހީ ހެއްކެއްގެ ހެކިބަހުން ފައިސާ ދިނުމުގެ މުޢާމަލާތެއް ޝަރީޢަތަށް ސާބިތުނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ހެކިން ޙާޟިރުކޮށް އެމީހުން ދޭ ހެކިބަސް މަޙްޟަރުކުރުމާއި، އެ ހެކިބަސް ޤަބޫލުކުރެވޭނެތޯ ފަނޑިޔާރު ވަޒަންކުރުމަކީ ތަފާތު ދެކަމެކެވެ؛ ޙާޟިރުކުރެވޭ ހެކިންގެ ހެކިބަސް އެމީހުން ދިން ގޮތަށް ނަގައި މަޙްޟަރުކުރަންޖެހެއެވެ. ހެކިބަސް މަޙްޟަރުނުކޮށް ހެއްކެއްގެ ޢަދުލުވެރިކަން ގެއްލިފައިވާކަމަށް ދަށުކޯޓުން ނިންމިނަމަ، އެ ނިންމުމުގެ ސަބަބު އިސްތިއުނާފީ ކޯޓަށް ދެނެގަނެވޭކަށް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 18)
- ފައިސާއާއި ފައިސާގެ ޢަދަދުގެ މައްޗަށް ބިނާވާ ދަޢުވާއެއްގައި ޢަދަދު ޢަރަބި އަކުރުން އަދި ތާނައިން ލިޔުމުގައި ތަފާތު އޮތްނަމަ، އޭގެ ތެރެއިން ރަނގަޅީ ކޮންބައެއްކަން ފަނޑިޔާރަށް ޚިޔާރު ނުކުރެވޭނެއެވެ؛ އެ އޮޅުން ފިލުވައިދޭންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 20)
- ހެކިވެރިޔާ ދުށް ނުވަތަ އަޑުއެހި ނޫން، އެހެން މީހުން ކިޔައިދީގެން އެނގޭ ކަމެއްގެ ވާހަކަ (އިވުނުކަމަށް ބުނާ ހެކި) ޝަފަހީ ހެކިބަހެއްގެ ގޮތުގައި ބުރަދަން ދެވޭނެ ބައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ދަޢުވާ ރައްދުވާ ފަރާތުގެ ބަހުން ފައިސާ ލިބިފައިވާކަން ދަލީލުކުރާނަމަ، ދަޢުވާއަކީ އަޞްލެއް އޮތް ދަޢުވާއެކެވެ؛ ނަމަވެސް އެ ފައިސާ އަނބުރާ ދައްކާގޮތަށް ނެގި ފައިސާއެއްކަން އެކަމުން ސާބިތުނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 34)
- ފަނޑިޔާރުން ޙުކުމްކުރާނީ ދެފަރާތުން ކަން ހިނގާދިޔަ ގޮތް ސާފުކޮށް ކިޔައިދީ، އެކަން ސާބިތުކުރަން ބައްޔިނާ ހުށަހަޅައިގެން، ހުށަހަޅާ ބައްޔިނާ ވަޒަންކޮށް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތަށެވެ؛ ނުކިޔައިދޭ ކަންތައް ފަނޑިޔާރަށް އެނގޭނެކަމަށް ހީކޮށްގެން ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 32)
- ދަޢުވާއަށް އިންކާރުކުރާ ފަރާތަށް ހުވައި ކުރުމަށް އެންގިދާނީ ދަޢުވާކުރާ ފަރާތުގެ އެދުމުގެ މަތިން މެނުވީ ނޫނެވެ؛ އަދި ދެފަރާތުން ޝަރީޢަތަށް އޮޅުވާލާފައިވާކަމަށް ހެކިންގެ ބަހުން ފެންނަ މައްސަލައެއްގައި، އެދުމަށްވެސް ދަޢުވާ ރައްދުވާ ފަރާތް ލައްވާ ހުވައި ކުރުވުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 35)
ޝަހީދު ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފް:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/2604 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ލ.އިސްދޫ، ހިތްވަރު ގެ، ޙުސައިން ފައުޒީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓށަ ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަ ކ، ދަފްތަރު ނަންބަރު ރސ 8460، ކ.މާލެ، ޤާސިމް ރަފީޢު އެވެ. އިސްތިއުނާފުކުރާ ޙުސައިން ފައުޒީ ކިޔައިދިން ވާހި ކ:
2ޙުސައިން ފައުޒީ ގެ އަތުން އެކި ފަހަރުމަތިން، އަނބުރާ ދައްކާގޮތަށް ޤާސިމް ރަފީޢު ފައިސާ ނެގި ކަމަށް ޙުސައިން ފައުޒީ ބުނެއެވެ. އެކި ފަހަރުމަތިން ނަގާފައިވާ ފައިސާގެ ޖުމްލައަކީ، -/119,000ރ. (އެއްލައްކަ ނަވާރަހާސް ރުފިޔާ) ކަމަށް ބުނެއެވެ. އަދި އެފައިސާ އަނބުރާ ދައްކާފައިނުވާ ކަމަށް ބުނެއެވެ.
3ޙުސައިން ފައުޒީ، ޤާސިމް ރަފީޢު އާއި ފައިސާ ޙަވާލުކުރީ، އެއް ވެސް ލިޔެކިޔުމަކުން ނޫންކމަށަ އޭނާ ބުނެއެވެ. އެހެންނަމަވެސް އެފައިސާއަކީ ޤާސިމް ރަފީޢުއާއި ޙަވާލުކޮށްފައިވާ ފައިސާއެއްކަމަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަށް އެނގޭނެކަމަށް ޙުސައިން ފައުޒީ ބުނެއެވެ. (އައި.ޑީ ކާރޑު ނަންބަރު 333711A) (އައި.ޑީ އިސްތިއުނާފު ރައްދުވާ ޤާސިމް ރަފީޢު ކިޔއަ ދިނި ވާހަކަ:
4ޙުސައިން ފައުޒީ ކުރާ ދަޢުވާއަށް ކަނޑައެޅިގެން އިންކާރު ކުރާކަމަށް ޤާސިމް ރަފީޢު ބުނެއެވެ. ފަހުން އަނބުރާ ދައްކާގޮތަށް ޙުސައިން ފައުޒީގެ އަތުން އެއްވެސް ފައިސާއެއް ހޯދާފައިނުވާނެކަމަށް އޭނާ ބުނެއެވެ.
5ދަޢުވާއަކީ ކަމުގެ އަޞްލު އޮޅޭ ގޮތަށް ޙުސައިން ފައުޒީ ކޮށްފައިވާ ދަޢުވާއެއްކަމަށް ޤާސިމް ރަފީޢު ބުނެއެވެ. ރާއްޖޭން ބޭރުން ވިޔަފާރިކުރުން:
6ޤާސިމް ރަފީޢު ކިޔައދިނި ވާހަކް ބިނާ ކޮށްފައިވަނީ ޙުސައިން ފައުޒީއާއި އެކުވެގެނ ރާއްޖެއިން ބޭރުން ކުރި ވިޔަފާރިއެއްގެ މައްޗަށެވެ.
7ޙުސައިން ފައުޒީ އާއި ޤާސިމް ރަފީޢު އާ ދެމީހުން ރާއްޖެއިން ބޭރުން ތަކެތި ގެނެސްގެން ދެފަރާތުން އެކުގައި ވިޔަފާރިކުރުމަށް އެއްބަސްވެފައިވާނެކަމަށ ޤާސިމް ރަފީޢު ބުނެއެވެ. މިކަމަށްޓަކައި ޙުސައިން ފައުޒީވެސް އަދި ޤާސިމް ރަފީޢު ވެސް ފައިސާ ޚަރަދުކޮށްފައިވާނ ކަމަށެ ޤާސިމް ރަފީޢު ބުނެއެވެ.
8އިންޑިޔާއިން ތަކެތި ފޮނުވަން އެއްބަސްވި ފަރާތަށް ފޮނުވަންޖެހޭ ނުވަތަ ޙަވާލު ކުރަންޖެހޭ އެންމެހާ ފައިސާ ޙަވާލުކުރުމަށްޓަކައި އަދި ޢަމަލީ ގޮތުން ވިޔަފާރީގެ މަސައްކަތްކުރަމުން އައީ ޤާސިމް ރަފީޢު ކަމަށް އޭނާ ބުނެއެވެ. މިގޮތުން، ޙުސައިން ފައުޒީގެ އިރުޝާދާ އެއްގޮތަށް އިންޑިޔާއިން މުދާ ގެނައުމަށްޓަކައި ދެފަރާތުން ބައިވެރިވެގެން ފައިސާތަކެއްވަނީ އިންޑިޔާގައި ހުންނަ ސަޕްލޔަރާއަ ޙަވާލުކޮށްފައކަމަށި ޤާސީމް ރަފީޢު ބުނެއެވެ.
9އެތަކެތި ސަޕްލައި ކޮށްދެވިފައިނުވާކަނ ޙުސައިން ފައުޒީއަށްވެސް އެނގޭނެކަމަށާއި، ޙުސައިން ފައުޒީއާއި ޤާސިމް ރަފީޢުއަކީ އެއްވިޔަފާރީއެއްގައި ޕާރޓްނަރުންގ ގޮތުގައެ މަސައްކަތްކުރަމުން އައި ދެޕރޓްނާރުންކަމަށާއި، އެވިޔަފާރީގައި އޭނާއަށްވެސ ގެއްލުންތަކެއް ވެފައިވާކަމަށްބުނެފައިވެއެވެ.
10ސިވިލް ކޯޓު ގެ ނަންބަރު C/2018-Cv/2604 ޤަޟިއްޔާ އެކޯޓުން ބަލައި ޙުކުމް ކޮށްފައިވަނީ: [ދެންފަހެ، އިސްވެދިޔަ ނުކުތާތަކަށް ރިޢާޔަތްކޮށް، ލ.އިސްދޫ، […] / ޙުސައިން ފައުޒީ (ދ.ރ.ކ ނަންބަރު A33371) ގެ އަތުން ދަފްތަރު ނަންބަރު ރސ 8460، މާލެ / ޤާސިމް ރަފީޢު (ދ.ރ.ކ ނަންބަރު ) ނަގާފައިވާ -/119,000ރ. (އެއްލައްކަ ނަވާރަހާސް ރުފިޔާ) އަނބުރާ ދައްކާފައި ނުވާކަމަށްބުނެ، އެފައިސާ އާއި ވަކީލު ފީގެ ގޮތުގައި -/25000ރ. (ފަންސަވީސ ހާސް ރުފިޔާ) އާއެކު ޖުމްލަ -/144,000ރ. (އެއްލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ) އެއްފަހަރާ ހޯދުމަށްއެދި ދަފްތަރު ނަންބަރު ރސ 8460، މާލެ / ޤާސިމް ރަފީޢގު މައްޗަށް ލ.އިސްދޫ، […] / ޙުސައިން ފައުޒީ ކޮށްފައިވާ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
11ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/2604 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވކަމަށ ބުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޙުސައިން ފައުޒގީ ފަރާތުން ތިރީގައިވާ ނުކުތތައާ ހުށަހަޅާ އެނުކުތތަކާއާ ބެހި ގޮތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛ .111- ފުރަތަމަ ނުކުތާއަކީ: ދަށު ކޯޓުގައި މައްސަލަ ބެއލެވ ފަނޑިޔާރި މައްސަލު ނިންމަވާފައިވަނީ ހުށަހެޅިފައިވާ ހެކިންގެ ހެކިބަޔާންތަކަށ ރިޢާޔަތް ކުރުމެއްނެތިކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .211- ދެވަނަ ނުކުތާއަކީ: މައްސަލަ ނިންމުމުގައި މައްސަލަ ބައްލަވާ ޤާޟީ ރޢާޔަތްކުރަންވާނި ދެޚަސްމުންގެ މެދުގައި ހުށަހެޅޭ ލިޔެކިޔުމަށާއި ދެފަރާތުގެ މެދުގައި ބަދަލުކުރެވޭ ބަޔާންތަކަށާއި ހުށަހެޅޭ ހެކިބަޔާންތަކަށާއ އަދި ޝަރީޢަތުގެ ދެފަރާތުން ދައްކާވާހަކަތަކުގެ މއްޗަށްކަމަށަ ވީނަމަވެސް އިސްތިއުނާފު ރައްދުވާފަރާތުން ޝަރީޢަތުގައި ދައްކާފައިވާ މުހިއްމު ވހަކަތަކެއާ މަޙްޟަރުކޮށް ބަޔާން ނަގާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް:
12ސިވިލ ކޯޓުގް ނަންބަރު: C/2018-Cv/2604 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙުސައިން ފައުޒީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކއާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ފައިވާ ވާހަކަތަކަށާއި، މައްސަލައިގައި ހެކިބަސް ދިން ފަރާތްތަކުން ކިޔައިދީފައިވާ ކިޔައިދިނުމަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ. ސާބިތު ކުރުމުގެ ބުރަ:
13ޕްރިސިޑެންސް 1ޢާއްމު އުޞޫލެއްގެ ގޮތުން މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މިމާނައިގައ ދަޢުވާކުރި ފަރާތަކާ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފޢުގައ ކުރި ދިފާޢާ ދަޢުވީ ސާބިތުކުރުމަކީ އެފަރާތުގާ މަސްއޫލިއްޔަތކެ ވެ. އެހެނެ ކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމ ކުރިމަތިކުރާ ދަފްޢު )plea( ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް ކުރާފަރާތެވެ. . މިއުޞޫލަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/02-SC/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލެއް މެއެވެ.
14ދަޢުވާ ސާބިތު ކުރުމަށް ޙުސައިން ފައުޒީ ހުށަހަޅާފައިވަނީ ހަމައެކަނި ޝަފަހީ ހެކިންނެވ. ޙުސައިން ފައުޒީގެ އަމިއްލަ އިޢުތިރާފުން އެނގޭ ގޮތުން މިދަޢުވާގައި ބަޔާންކުރާ މުޢާމަލާތަކީ ނުވަތަ ދަރަންޏަކީ ލިޔެކިޔުމުން ކުރެވުނު މުޢާމަލާތެއް ނޫނެވެ. ވީމާ، މިމުޢާމަލާތާއި ގުޅިގެން ހުށަހަޅާނެ ކިތާބީ ހެއްކއ ޙުސައިން ފައުޒީގެ ފަރާތުގައި ނެތްކަމަށް ބަލަންޖެހެއެވެ. ޙުސައިން ފައުޒީ 05 (ފަހެއް) ޝަފަހީ ހެކިން ހުށަހެޅިއެވެ. އެއީ؛
1.14. އަޙް މަދު ނިޝާން، […] . ޤާސިމް ރަފީޢުއަށް USD$1,500.00 (ފަނަރަސަތޭކަ ޑޮލަރު) ދިންއިރު އެތަނުގައި ހުރި މީހެއްކަމަށް ބުނެ.
2.14. އަޙްމަދު މުޙައްމަދު، […]، ތ.ދިޔަމިގިލި، ޤާސިމް ރަފީޢުއަށް -/83000ރ (އައްހާސް ތިންސަތޭކަ ރުފިޔާ) ދިން އިރު އެތަނުގައި ހުރި މީހެއްގެ ހައިސިއްޔަތުންކަމަށްބުނެ.
3.14. މުޙައްމަދު ޝާހިދު، […]، ހއ.އުތީމު. […] އިމާރާތްކުރާ ދަޢުވާކުރީ ދަޢުވާ ރައްދުވާ ފަރާތަށް ފައިސާ ހަވާލުކުރަން ވެގެން ވާހަކަދެއްކިއި ރ އެތަނުގައި ހުރި މީހެއްގެ ހައިސިއްޔަތުން ކަމަށްބުނެ.
4.14. ފާޠިމަތޝާހިދު، މިނިވަންއައްސޭރި،ތ.ދިޔަމިގިލި. ދަޢުވާ ރައްދުވާ ފަރާތަށް ފައިސާ ޙަވާލުކުރިކަން އނެ ގނޭ މީހެއްގެ ހައިސިއްޔަތުންކަމަށް ބުނެ.
5.14. ޢަބްދުﷲ ޖާވިޒު، (އެޑްރެސް ބަޔާންކޮށްފައިނެތް) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހެޅުމުން ދަޢުވާ ރައްދުވާ ފަރާތުން ޢަބްދު ﷲ ޖާވިޒު މެދުވެރިކޮށް ޙުސައިން ފައުޒީއާ އެކަމާއި ވާހަކަ ދައްކާ ފައިސާ ޖަމާކުރުމަށް އެކައުންޓް ނަންބަރުވެސ ދިންކަން އެނގޭނެ މީހެއްގެ ހައިސިއްޔަތުންކަމަށް ބުނެ. ވިޔަ އަކުރު އޮތް ޢަދަދާއި ތާނައިން ލިޔެފައި އޮތް ޢަދަދު ދީމާލެއް ނުވެއެވެ. ސިވިލް ކޯޓަށް ޙުސައިން ފައުޒީ ހުށަހެޅި ދައުވާ ފޯމުގައި ލިޔެފައިވަނީ ފާޠިމަތު ޝާހިދާގެ ގޮތުގައެވެ. ނަމަވެސް ސިވިލް ކޯޓަށް ހެއްކެއްގެ ގޮތުގައި ޙާޟިރުކޮށް ނަގާފައިވާ ބަޔާނުގައި އަދި ޑްރައިވިންގ ލައިސަންސްގައި ލިޔެފައިވަނީ ފާޠިމަތު ސަޢީދާގެ ގޮތުގައެވެ. ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ފާތިމަތު ޝާހީދާކަމަށް ލިޔެފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް ބެލެވެއެވެ. ވީމާ، ރަނގަޅު ގޮތަކީ ފާޠިމަތު ސަޢީދާކަމަށް ބުރަވެ ވެއެވެ. އެހެންކަމުން ފާޠިމަތު ޝާހިދާ އާއި ފާޠިމަތު ސަޢީދާއަކީ އެކެއްކަމަށް ބެލެވެއެވެ. ސަބަބަކީ ފާޠިމަތު ސަޢީދާއަކީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އަޙްމަދު މުޙައްމަދުގެ އަނބިމީހާކަން އެނގެން އޮތުމެވެ. ޑޮލަރު ދިންކަން ސާބިތުކުރުން:
15ޕްރިސިޑެންސް 2ޙުސައިން ފައުޒީ، ޤާސިމް ރަފީޢުއަށް 1,500.00$USD (ފަނަރަ ސަތޭކަ ޑޮލަރު) ދިންކަން އެނގޭނެ ކަމަށް ބުނެ ހުށަހެޅީ އެންމެ ހެއްކެކެވެ. އެއީއަޙްމަދު ނިޝާނާ އެވެ. އަޙްމަދު ނިޝާނާ ޝރީޢަތުގައަ ހެކިބަސް ދެމުން، ޙުސައިން ފައުޒީ އަޙްމަދު ނިޝާނާ ގ އަތުނނަގާފް އ ޤާސިމް ރަފީޢުއަށް 1,500.00$USD (ފަނަރަ ސަތޭކަ ޑޮލަރު) ދިންކަމަށް ވަރަށް ސާފުކޮށް ބުނެއެވެ. ސުވާލަކީ، ހަމައެކަނި އަޙްމަދު ނިޝާނާ ގެ ހެކިބަހުން މިކަން ސާބިތުވާނެ ހެއްޔެވެ؟ އިތުރު ހެކި ޤަރީނާ އަކާއި ނުލައި ހަމައެކަނި އަޙްމަދު ނިޝނާގެ ހެކިބަހުން މިމުޢާމަލާތ ޝަރީޢަތަށް ސާބިތެއް ނުވާނެއެވެ. ދަޢުވާކުރާ ޙުސައިން ފައުޒީގެ ފަރާތުން މިކަން ސާބިތު ކުރުމަށް އިތުރު ހެއްކެއް ޤަރީނާއެއް ހުށަހަޅާފައެއް ނެތެވެ. ޝަފަހީ ހެކި އަޙްމަދު މުޙައްމަދު، […]، ތ.ދިޔަމު ގިލި:
16އަޙްމަދު މުޙައްމަދަކީ، ޙުސައިން ފައުޒީގެ ފަރާތުން ހުށަހެޅި ޝަފަހީ ހެއްކެކެވެ. އަޙްމަދު މުޙައްމަދު ހެއްކެއްގެ ގތުގައ ހުށަހެޅި " -/000،83ރ (އަށހާސް ތިންސަތޭކަ ރުފިޔާ )" ޤާސިމް ރަފީޢުއަށ ޙުސައިން ފައުޒީ ދިންއިރު އެތަނުގައި ހުރި މީހެއްގެ ހައިޞިއްޔަތުން ކަމަށް ބުނެއެވެ. ދަށު ކޯޓުން އަޙްމަދު މުޙައްމަދުގެ ހެކިބަސް ނަގާފައެއް ނެތެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި އޮތީ، "ހެކިބަސް އަދާކުރުމުގައި ދެފަހަރު ދެގޮތަށް ޖަވާބުދީ ދައްކޮ ވާހަކާ ދިމާނުވާތީ އޭނާގެ ކިބައިގައި ޢަދުލުވެރިކަން ނެތުމުގެ ސަބަބުން" ކަމަށެވެ.
17ޕްރިސިޑެންސް 3ދަށު ކޯޓަށް ޙާޞިރުކޮށް ދިނުމަށް އެދި ހުށަހަޅާ ޝަފަހީ ހެކިން ގެ ތެރެއިން ޙޟިރުކުރަންޖެހާ ހެކިން ޙާޟިރުކޮށް ހެކިބަހުގެ ގޮތުގައި އޭނާ ދޭ ބަޔާން ނަގައި މަޙްޟަރު ކުރުމާއި ޝަރީޢަތުން ކަމެއް ފައިޞލަ ކުރުމުގައި އެހެކީގެ ހެކިބަސް ޤަބޫލު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ވަޒަންކޮށް ފަނޑިޔާރު ގޮތް ކަނޑައެޅުމާއި މިއީ ތަފާތު ދެކަމެކެވެ. ވީމާ، ޙާޟިރުކުރެވޭ ހެކިންގެ ހެކިބަސް އެމީހުން އެހެކިބަސް ދިންގޮތަކަށް ނަގއަ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2604 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ (ށ) މަޙްޟަރު ކުރެވެން ޖެހެއެވެ. ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތާއި ހެކިން ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ މަޙްޟަރުކޮށް، އޭގައި އެމީހުންގެ ސޮއިކުރުވާ ގޮތަށް ހަމަޖެއްސިފައިވަނީ ޝަރީޢަތްތައް ނިމިފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އެކި މީސްމީހުނ ހުށަހަޅް މައްސަލަތައް ބަލާއިރު، މައްސަލަތަކުގައި ދެފަރާތުން ދައްކާ ވާހަކައާއި، ހެކިންގެ ވާހަކަތައް މަޙޟަރް ކުރެވިފައި ނެތުމުގެ ސަބަބުން މައްސަލަ ޖެހޭ ގޮތް ދިމާވަމުންދާތީކަނ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުންވެސް އެނގެއެވެ.
18އިސްތިއުނާފަށް މިމައްސަލަ ހުށަހެޅިގެން، މިކޯޓުން ބެލިއިރު، އަޙްމަދު މުޙައްމަދުގެ ހެކި ބަޔާނެއް ފެންނާކަށް ނެތެވެ. ސަބަބަކީ އޭނާ ދިން ހެކިބަޔާން ނަގައި މަޙްޟަރު ކޮށްފައި ނެތުމެވެ. އަދި އޭނާ ދަށު ކޯޓުގައި ދެއްކި ވާހަކަތައް ރެކޯޑް ކުރެވިފައިވޭތޯ ބެލިއިރު، އެކަންވެސް ސާފެއް ނުވިއެވެ. ވީމާ، އަޙްމަދު މުޙައްމަދަ ހެކިބަސް ދިނުމުގައި ދެފަހަރު ދެގޮތަށް ބުނިކަންވެސް ބެލޭނެ ގޮތެއް ނެތެވެ. އެގޮތް ބެލންނެތީސް، އޭނާގެ ޢަދުލުވެރިކަން ގެއްލިފައިވކަމަށާ ދަށް ކޯޓުނު ކަނޑައެޅި ގޮތެއް މިކޯޓަށް ދެނެގަނެވޭކަށް ނެތެވެ.
19ޕްރިސިޑެންސް 4ޙުސައިން ފައުޒީގެ ފަރާތުން އަޙްމަދު މުޙައްމަދު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޙުސައިން ފައުޒީ، ޤާސިމް ރަފީޢުއަށ ވަކް ޢަދަދެއްގެ ފައިސާ ދިންކަން ސާބިތު ކުރާށެވެ. އެޢަދަދ ބަޔާނު ކުރުމުގައި އޮޅުމެއު އުޅޭކަން އިސްވެ ބަޔާން ކުރެވިއްޖެއެވެ. ނަމަވެސް އެއޮޅުނ ދަށް ކޯޓުގައު ފިލުވައި ދީފއެއްނެތެވެ. އެއަ "-/83,000ރ. (އަށހާސް ތިންސަތޭކަ ރުފިޔާ )" މިއޮޅުމެވެ. ކޮންމެވެސް އެއްބައެއްގއި އެއޮތީ އޮޅުމެކެވެ. ނަމަވެސް ރނަ ގަޅު ގޮތަކީ އެތަނުން ކޮން ބައެއްކަން މިޙާލަތުގައި ފަނޑިޔާރަށް ޚިޔާރެއް ނުކުރެވޭނެއެވެ. ސަބަބަކީ، މިތަނުން ކޮންމެ ބަޔަކީވެސް ރނަ ގަޅުވުމާއި ނުވުމުގެ އިހުތިމާލު އޮތް ބައެއްކަމަށްވެފައި، މިމައްސަލަ ބިނާވަނީ ފައިސާއާއި ފައިސާގެ ޢަދަދުގެ މައްޗަށް ކަމަށްވާތީއެވެ. ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 228 ވަނަ މާއްދާ. (ނަންބަރު:94/43 އެމް.ޖޭ.ސީ 15 އޮގަސްޓް 1994)
20މިކަން އޮޅުން ފިލުވައިދިނުމަށް، ޙުސައިން ފައުޒީއަށ ދަށް ކޯޓުގައު ފުރުޞަތު ލިބިފައި އޮތްކަން އެނގެއެވެ. މިގޮތުން ޚުލާޞާ ބަޔާން ހުށަހެޅިއިރު، އަޙްމަދު މުޙައްމަދުގެ އަނބިމީހާ ފާޠިމަތު ސަޢީދުގެ ހެކިބަހާ ގުޅާ ގޮތުން ތަކުރާރުކޮށް ވާހަކަ ދައްކާފައި އޮތްއިރު، ފާޠިމަތު ސަޢީދާ ހ ކިބަސ ދެމުން ބުނެފައިވަނީ، އޭނާއަށް އެނގިގެން އޭނާގެ ގެއިން ގެންދިޔައީ -/000،53ރ (ފަންސާސް ތިންހާސް) ރުފިޔާ ކަމަށެވެ. ފާޠިމަތު ސަޢީދާ މިބަޔާންކުރާ ޢަދަދަކީވެސ ޙުސައިން ފައުޒީ ބަޔާންކުރާ ޢަދަދެއް ނޫންކަމަށްވާތީ، ޙުސައިން ފައޒު ބުނި ޢަދަދާއި ފާޠިމަތު ސަޢީދާ ބުނި ޢަދަދާއި ދިމާނުވާތީ، އަޙްމަދު މުޙައްމަދަށް އެނގޭނެކަމަށް ބުނެ ޙުސައިން ފައުޒީ ބަޔާންކުރާ ޢަދަދުގެ ޞައްޙަކަމާމެދު އިތުރަށް ބެލުމަށް ޙުސައިން ފައުޒީއަށް ފުރުޞަތު ލިބިފައިވާކަން އެނގެއެވެ. ފާޠިމަތު ސަޢީދުގެ ހެކިބަސް:
21ފާޠިމަތު ސަޢީދާ ދީފައިވާ ހެކިބަހަށް ބަލާއިރު، އޭނާއަކީ ޙުސައިން ފައުޒީ، ޤާސިމް ރަފީޢުއަށް ފައިސާ ޙަވާލު ކުރިކަން އެނގޭ ހެއްކެއް ނޫނެވެ. ޙުސައިން ފައުޒީ، ޤާސިމް ރަފީޢުއަށ ފައިސް ދިންތަނާ ފެނިފައެއް ފާޠިމަތު ސަޢީދއާ ކަށް ނެތެވެ. އަދި އެނޫންގޮތަކަށްވެސް ޙުސައިން ފައުޒީ ޤާސިމް ރަފީޢުއަށ ވަކް ޢަދަދަކަށް ފައިސާ ދިންކަން ފާޠިމަތު ސަޢީދުއަށް ދެނެގަނެވާފައެއް ނެތެވެ.
22ޕްރިސިޑެންސް 5ފާޠިމަތު ސަޢީދާ ހެކިބަސް ދެމުން ބުނީ، ޙުސައިން ފައުޒީ ފޯނުން ގުޅައިގެން، ޤާސިމް ރަފީޢުއަށް ވާހަކަ ދެއްކިކަން އެނގޭ ކަމަށެވެ. ނަމަވެސް ޙުސައިން ފައުޒީ ފޯނުން ގުޅައިގެން ވާހަކަ ދެއްކީ، އެއީ ޤާސިމް ރަފީޢުކަން ފާޠިމަތު ސަޢީދާ ދެނެގަތް ގޮތެއް އެނގޭކަށް ނެތެވެ. ފާޠިމަތު ސަޢީދާ ބުނެފައިވަނީ، ޤާސިމު ރަފީޢު އަލަށްވެސް މިދުށީ ޝަރީޢަތުގެ މަޖިލީހުން ކަމަށެވެ. ފާޠިމަތު ސަޢީދާއަށ ޤާސިމް ރަފީޢު އެނގެނީ، ޤާސިމް ރަފީޢުއޭ މީހުން ކިޔާތީކަން އެނގެއެވެ. އޭނާ ފެނި، ނުވަތަ އޭނާގެ އަޑުއިވ ނުވަތި އޭނޫން ގޮތަކަށްވެސް އެއީ ކާކުކަން ދެނެގަތް ގޮތެއް ފާޠިމަތު ސަޢީދއަކަށް ބުނެދެވާ ފައެއް ނެތެވެ. އަދި ފާޠިމަތު ސަޢީދާ އަށް މިމޭރުމުން ސުވާލު ކުރިކަންވެސ އެނގޭކަށް ނެތެވެ. ވީމާ، ފާޠިމަތު ސަޢީދމެންގާ ގޭގައި، ފޯނުގެ އެއްކޮޅުގައި ޙުސައިން ފައުޒީ ހުރެގެން، ދެއްކިކަމަށް ބުނާ ވާހަކަތައް އެދެއްކީ ފޯނުގެ އަނެއްކޮޅުގައި ޤާސިމް ރަފީޢު ހުރެގެންކަނ ސާފުވާން ގޮތެއް ނެތެވެ. އަދި އެކަން ސާފުވާން އޮތްނަމަވެސް ފާޠިމަތު ސަޢީދުއަށް އެނގެނީ، މިދަނާ ޤާސިމް ރފީޢުއަ ފައިސާ ޙަވާލާ ކރާންކަމަށު ބުނެ، ފާޠިމަތް ސަޢީދުގެ ފިރި، އަޙްމަދު މުޙައްމަދާއި ޙުސައިން ފައުޒީއާ ދެމީހުން ގެއިން ނިކުތް ކަމެ ވެ. ގެއިން ނިކުމެގެން ދެން ދިޔަތަނެއް ނުވަތަ ގެއިން ނިކުމެގެން ގޮސް ދެންކުރި ކަމެއް ފާޠިމަތު ސަޢީދާއަކަށް ނޭނގެއެވެ. ސަބަބަކީ، ފާޠިމަތު ސަޢީދާއަކީ، ޙުސައިން ފައުޒީ އާއި އަޙްމަދު މުޙައްމަދުއާ އެކު ދިޔަ މީހަކަށް ނުވާތީއެވެ. ވީމާ، ފާޠިމަތު ސަޢީދާ މެންގެ ގެއިން ޙުސައިން ފައުޒީ އާއި އަޙްމަދު މުޙައްމަދު -/000،53ރ (ފަންސާސް ތިންހާސް) ރުފިޔާ ހިފައިގެން ނިކުމެގެން ދިޔުމަށްފަހު، ކަންވީގޮތްކަމަށް ފާޠިމަތު ސަޢީދާ ކިޔައިދޭ ކިޔައިދިނުމަކީ އޭނާ ދިން ޝަފަހީ ހެކިބަހުގެ ގޮތުގައި ބުރަދަން ދެވޭނެ ބައެއް ނޫނެވެ. އެއީ އިވުނުކަމަށް ބުނާ ހެކީގެ ތެރޭގައި ހިމެނޭ ބައެކެވެ. ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ޝަފަހީ ހެކިން:
23ބަޔާންވެދިޔަ ޝަފަހީ ހެކިން ދިން ހެކިބަހަށް ބަލާއިރު، ޙުސައިން ފައުޒީ ހުށަހެޅި ދަޢުވާ ގައި ބަޔާނކުރް މިންވަރު -/000،119ރ (އެއްސަތޭކަ ނަވާރަ ހާސް ރުފިޔާ ) އކެ ފަހަރު މަތިން، ޙުސައިން ފައުޒީ، ޤާސިމް ރަފީޢުއަށް ދިންކަން ސާބިތުކުރެވޭނެ ޝަފަހީ ހެއްކެއް ނެތެވެ. އެހެންކަމުން، ޙުސައިން ފައުޒީ ހުށަހެޅި ދަޢުވާ ސާބިތު ކުރެވޭ ވަރަށް ޙުސައިން ފައުޒީއަށ ހެކް ހުށަހެޅިފައެއް ނެތެވެ. ނަމަވެސް މިހާ ހިސާބުން އަދި މިމައްސަލައިގައި ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުދެކެމެވެ. ދަޢުވާއަށް އިންކާރު ކުރާ ޤާސިމް ރަފީޢު ދެއްކި ވާހަކަތަކަށް ބަލަންޖެހޭ ކަމަށް ދެކެމެވެ. ޤާސިމް ރަފީޢުގެ ޖަވާބު:
24މި ދަޢުވއަށާ ޤާސިމް ރަފީޢު ވަނީ ކަނޑައެޅިގެން އިންކާރު ކުރުމާއެކު ފަހު ން އަނބުރާ ދައްކާގޮތަށް ދަޢުވާކުރާ ފަރާތުގެ އަތުން އެއްވެސް ފއިސާއެއަ ހޯދާފައި ނުވާނެ ކަމަށް ބުނެފައެވެ. މިހެން ބަޔާން ކުރުމާއިއެކު، ޖަވާބުގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، ޤާސިމް ރަފީޢު "ކަނޑައެޅިގެން އިންކާރު" ކުރާކަމަށް ބުނާ ބުނުމަކީ ހަމައެކަނި ބުނާ ބުނުމެއްކަން އެނގެއެވެ. އެހެނީ އެތަފްޞީލު ތަކުގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި؛
1.24. ޙުސައިން ފައުޒީއާއި ޤާސިމް ރަފީޢު އެކުގައި ރާއްޖެއިން ބޭރުން ވިޔަފާރި ކުރުމަށްޓަކައި ގެންނަންޖެހޭ ތަކެއްޗަށް ފައިސާ ދެއްކުމަށްޓަކައި ދެފަރާތުން އެކުގައި ވިޔަފާރި ކުރުމަށް އެއްބަސްވެފައިވާކމަށަ ބުނެފައިވާކަން.
2.24. ބުނެވި ދިޔަ ތަކެތި (އެތަކެއްޗަކީ ކޮބައކަނި ޤާސިމް ރަފީޢު ބަޔާންކޮށްފައެއް ނެތް) ގެނައުމަށްޓަކައި ޤާސީމް ރަފީޢުވެސ ޚަރަދުތަކެއް ކުރިކަން.
3.24. ދެފަރާތުން އެއްބަސްވެގެން އެކުގައި ކުރަމުން އައި ވިޔަފާރިއެއްގައި އިންޑިޔާއިން އެތަކެތި ފޮނުވަން އެއްބަސްވި ފަރާތަށް ފޮނުވަންޖެހޭ ނުވަތަ ޙަވާލު ކުރަންޖެހޭ އެންމހައ ފައިސި ޙަވާލާ ކުރުމަށްޓަކައި، އަދ ޢަމަލީ ގޮތުން ބުނެވިދިޔަ ވިޔަފާރީގައި މަސައްކަތްތަކެއް ކުރަމުން، އައީ ޤާސިމް ރަފީޢުކަން.
4.24. ޙުސައިން ފައުޒީގ އިރުޝާދުގެ މަތިން އިންޑިޔާއިން މުދާ ގެނައުމަށްޓަކައި ދެފަރާތުން ބައިވެރިވެގެން ފައިސާތަކެއްވަނީ އިންޑިޔާގައި ހުންނަ ސަޕްލަޔަރާއި ޙަވާލު ކުރެވިފައިކަން.
5.24. ސަޕްލައި ކޮށްދޭން ބުނެފައިވާ ތަކެތި ސަޕްލައި ކޮށްދެވިފައި ނުވާކަން ޙުސައިން ފައުޒީއަށްވެސް އެނގޭނެކަން.
6.24. ޙުސައިން ފައުޒީ އާއި ޤާސިމް ރަފީޢުއަކީ އެއްވިޔަފާރިއެއްގައި، ޕާރޓްނަރުންގެގޮތުގައި މަސައްކަތް ކުރަމުންއައި ދެޕާރޓްނަރުންކަން. މިކަންތައްތައް ހިމެނެއެވެ.
25ޕްރިސިޑެންސް 6ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދަޢުވާކުރާ ޙުސައިން ފައުޒީ ހުށަހެޅި ދަޢުވާގައި ބަޔާ ނ ކޮށްފައިވް ފަދައިން ފައިސާތަކެއް ޙުސައިން ފައުޒީގެ ފަރާތުން ޤާސިމް ރަފީޢުއަށް ލިބިފައިވާކަން ޤާސިމް ރަފޢުގީ ބަހުން ސާފުކޮށް ދަލީލު ކުރެއެވެ. ވީމާ، މިދަޢުވާއަކީ އަޞްލެއް އޮތް ދަޢުވާ އެކެވެ. ނަމަވެސް ޤާސިމް ރަފީޢގު ބަހުން އެނގެނީ އެފައިސާ އަނބުރާ ދެއްކުމަށް ނެގި ފައިސާއެއް ނޫންކަމާއި އެއާ ދެމީހުން އެކުގައި ވިޔަފރާ ކުރުމަށް ކުރި ޚަރަދު ތަކެއް ކަމެވެ. ވާތު ސަންގެއްގެ ވިޔަފާރި:
26ޙުސައިން ފައުޒީ ގެ ފަރާތުން ހުށަހެޅި ހެކި، އަޙްމަދު ނިޝާން ހެކިބަސް ދެމުން ބުނަނީ " ...އެ ދެމީހުން (ޙުސައިން ފައުޒީ އާއި ޤާސީމް ރަފީޢު) އެއްކޮށް ކޮންމެވެސް މުޢާމަލާތެއް އެދުވަސްވަރު ކުރަމުން ގެންދިޔައީ. ދެން މާބޮޑު ތަފްސީލެއް ނޭނގެ"... މިފަދައިންނެވެ. ޙުސައިން ފައޒ ހުށަހެޅީ ހެކި، ފާޠމަތި ސަޢީދާ ހެކިބަސް ދެމުން ބުނަނީ "...މީނަ އަތުން ލާރި އަލުން އަނބުރާ ދޭ ގޮތަށް ދ މިދެމީހުން ވިޔަފާރި އަށި ސަންގެއ ގަންނަން ވެގެން ލާރި މި ދިނީ...." މިފަދައިންނެވެ.
27ޙުސައިން ފައުޒީ ހުށަހެޅި ހެކިންގެ ތެރެއިން، ދެމީހުން ބުނާ ބުނުމަށް ބަލާއިރު، ޙުސައިން ފައުޒީ އާއި ޤާސިމް ރަފީޢުއ ދެމެދާ ކުރެވުނު މުޢާމަލާތަކީ ދެމީހުން އެއްކޮށް ވިޔަފާރިއަށް ކުރި މުޢާމަލާތެކެވެ. އެއާ ސަންގެއް ގަތުމުގެ ވިޔަފާރިއެއްކަން ފާޠިމަތު ސަޢީދާ ބުނެއެވެ. ފާޠިމަތު ސަޢީދގާ މިބުނމަށު ބާރުދެނީ ޤާސިމް ރަފީޢުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި ހެކިންގެ ބަހުންނެވެ.
28ޤާސިމް ރފީޢަގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އޭނާގެ ޅިޔަނެއް ކަމުގައވި […] އަރޯމާ / އަޙްމަދު މާހިރުއެވެ. އޭނާގެ ހެކިބަހަށް ބަލާއިރު، އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ، އަޙްމަދު މާހިރު އާއި ޤާސިމް ރަފީޢު އާއި ޙުސައިން ފައުޒީއާ ތިން މީހުންވެގެ ނ އިންޑިޔާއިން ވާތު ސަންގެން ޤާސިމް ރަފީޢުގެ ކޮއްކޮއަކާއި ކާވެނިކޮށްގެން އުޅޭ މީހެއް. ގަންނަ، އެމީހަކަށް ކުރެވުނު ޚަރަދެއް ކުރާ ގޮތަށް ކުރި މުޢާމަލާތެއް ކަމަށެވެ. ވީމާ، މިދަޢުވ ކުރާ ޙުސައިނާ ފައުޒީގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ބަހުންނާއި މިދަޢުވާ ރައްދުވާ ޤާސިމް ރަފީޢުގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ބަހުގައި މިމުޢާމަލާތަކީ ވާތު ސަންގެއ ގަތުމަށް ކުރެވުން މުޢާމަލާތެއްކަމަށް ބުނާތީ، މިދެފަރާތުން ހުށަހެޅި ދެހެކިންގެ ބަސް މިމަގުނ ގުޅިގެން އެބަ އެދެއެވެ. ކަން ހިނގާދިޔަ ގޮތް ކޯޓަށް ކިޔައެއް ނުދޭ:
29މިމައްސަލައިގައި ކަން ހިނގާދިޔަގޮތް ބަޔާނކޮށްދިނުމުގައް ފޮރުވނު ތަކެއް އޮތްކަން ޙުސައިން ފައުޒީގެ ބަހުންނާއި ޤާސިމް ރަފީޢުގެ ބަހުންނާއި އަދި ޙާޟިރުކޮށް ހެކިބަސް ނެގުނު ހެކިންގެ ވާހަކަތަކަށް ނަޒަރު ކުރުމުން އެނގެއެވެ.
30ޕްރިސިޑެންސް 7ޕްރިސިޑެންސް 8ދަޢުވާ ހުށަހެޅި ފޯމުގައިވެސް އަދި ޤާސިމް ރަފީޢު ދީފައިވާ ޖަވާބުގައިވެސް ވާތު ސަންގެއް ގަތުމުގެ ވާހަކަ ބަޔާން ކޮށްފައެއް ނެތެވެ. ފަނޑިޔާރުންނަށް މައްސަލަތައް ނިންމޭނީ، ދެފަރާތުން ކަންހިނގާފައިވާ ގޮތް ސާފުކޮށް ކިޔައިދީ އެކަންކަން ސާބިތު ކުރުމަށް ހުށަހަޅާ ހެކިންގެ ބަހުން އެކަންކަން ސާބިތުވާ ނަމައެވެ. އަދި ހުވައި ދޭންޖެހޭ މައްސަލައެއްނަމަ، އެގޮތަށް ޢަމަލު ކުރެވޭނީވެސ އޮޅުވާލުމެއް ނެތކަނ ޤަބޫލް ކުރޭވް މައްސަލައެއް ނަމައެވެ.
31މިމައްސަލައިގައި، ދަޢުވާ ކުރި ފަރާތާއި ދަޢުވާ ރައްދުވި ފަރާތުން ކަންހިނގާދިޔަ ގޮތް ބަޔާން ކޮށްދިނުމުގައި ޝަރީޢަތަށް އޮޅުވާލާފައިވާކަމަށް ބުރަވެވޭވަރަށ ހެކިބަސްދިން ހެކިންގެ ވާހަކަތަކުން ސާފުވެއެވެ. ޙުސައިން ފައުޒީގެ ފަރާތުން ހުށަހެޅި ހެކި، ފާޠިމަތު ސަޢދީގެ ބަހުން މިއީ ސަންގެއ ގަތުމަށް ކުރް ވިޔަފާރިއެއްކަން އެނގެން އޮވެފައި، ޤާސިމް ރަފީޢު ހުށަހެޅި އަޙްމަދު މާހިރުގެ ހެކިބަހުގައި ކިޔައިދޭ މި ވާހަކަތައް؛ " ...އެކަން ހިނގާދިޔަ ގޮތަކީ، ވާތު ސަންގެއ އޮތްކަން އަޅުގަނޑަށ އެނގިގެން އަޅުގަނޑ އެ ވާހަކަ ދެއްކީމ އެއާ ވަރަށް އަގު ހުރި އެއްޗެއްކަމަށް އެނގިގެން އޭތި ހޯދަން އަޅުގަނޑު ދިޔައީ އިންޑިޔާއަށ ފުރައިގެން ގޮސް އެތާ ހުރެފައި އޭތ އޮތި ކަމާއި މި ހުރިހާ ކަމެއް އެންގީމާ ގޮއްސަ އަޅުގަނޑު މިކޮޅަށް އެނބުރި އައީ އައިސަ މި މހުންނާވެސް މި ވާހަކީ ދައްކާފައި މި މީހުންވެސް އެއްބަސްވީ އަޅުގަނޑު ކައިރި އެކޮޅަށް ދާން ލާރީގެ ކަންތައް ތިމަންނަ ހަމަޖައްސާނަން ފައުޒީ ވިދާޅުވި. ލާރި ކަންތައް ތިމަންނާ ހަމަޖައްސާނަމޭ. ދެން އަޅުގަނޑު އެކޮޅަށް ދިޔައީމ އޭނާ ޓިކެޓެއ ނަގައިގެން ފައުޒީ އެކޮޅަށް ގޮސް އަޅުގަނޑާ އޭނަޔާ މި ބުނާ އިންޑިޔާއާ ކޮޅުނ އަޅުގަނޑުމެން ގުޅިފައ ހުރި މީހާއާ އެންމެން އެއް ކާރެއްގައި ތިބެފައި ފައުޒީގެ އަތުން އެ ލާރި ހަވާލު ކުރީ އެމީހާއާ. އެކަން ކުރީ ހަމަ އެންމެންނަށް ވެއްޖެއްޔ އެއާ ހަމަ އެންމެނަށް ހަމަހަވާ އުސޫލުން ފައިދާ ލިބޭ ވިޔަފާރިއެއް ގޮތުގައި ކުރި ކަމެއް ކަމަކީ. އޭގެ ހަރަދ ކުރު އެމީހަކަށް ކުރެވުނު ވަރަކަށް ކޮންމެ މީހަކުވެސް...." ގުޅުވާލުމުން، ދަޢުވާއާއި ދަޢުވާގެ ޖަވާބުގައި އޮޅުވާލުންތައ ހުރިކަން ސާފު ވެއެވެ.
32ފަނޑިޔާރުންނަކީ ޣައިބު އެނގިގެން ޙުކުމް ކުރާ ބައެއް ނޫނެއެވެ. ވީމާ، މައްސަލައިގައި ކަންހިނގާދިޔަގޮތް ފަނޑިޔާރަށް ސާފުކޮށް ކިޔައިދީގެނ އެކަން ސާބިތް ކުރަން ބައްޔިނާ ހުށަހަޅައިގެން ނޫނީ އެޤަޟިއްޔާއެއްގައި ރަނގަޅަށް ޙުކުމެއް ނުކުރެވޭނެއެވެ. ނުކިޔައިދޭ ވާހަކަތަކެއް ނުވަތަ ހުށަހެޅި ލިޔެކިޔުންތަކުން އެނގެން ނތެ ކަންތަންތަކެއް ފަނޑިޔާރަށް އެނގޭނެކަމަށް ހީކޮށްގެން ނުވާނެއެވެ. ކަންހިނގާފައިވާގޮތް ކިޔައިދީގެން މެނުވީ އެކަންތަކާއ ގުޅިގެނި އިތުރަށް ބެލޭނެ ކަންކަމެއް ނޯންނާނެއެވެ. ފަނޑި ޔާރ ޙުކުމު ބިނާކުރާނީ، ދެފަރާތުން ދައްކާ ވާހަކަ އަޑު އަހައި، ހުށަހަޅާ ބައްޔިނާތައް ވަޒަންކޮށް، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ބަޔާން ކުރާ ގޮތަށެވެ. ނުވަތަ އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ އުޞޫލުތަކަށެވެ. މިއުޞޫލާއި ޚިލާފަށް، ކޮންމެ ދަޢުވާއެއްގައި ބަޔާންކުރާ ކަންކަން ޝަރީޢަތުން ލިބިދޭންވެއްޖެނަމަ، ކޮންމެވެސް އިލްޒާމެއްގެ ތެރެއިން ޙައްޤު ހޯދަން އެކަކު އަނެކަކު ދަޢުވާ ކުރުން ނޫން ކަމެއް އޮންނާނެ ހެއްޔެވެ؟ ملسو هيلع هللا ىلص
33މިމައްސަލައިގައި، ޙުސައިން ފައުޒީ ކުރާ ދަޢުވާ ސާބިތުވާ މިންވަރަށް އޭނާއަށް ހެކި ދެއްކި ފައެއް ނެތެވެ. ދަޢުވާގެ ދިފާޢުގައި ޤާސިމް ރަފީޢު ދެއްކި ވާހަކަ އަކާއި ޤާސިމް ރަފީޢުގެ ފަރާތުން ހުށަހެޅި ހެކީގެ ބަހަކާއި ދިމއައް ނުވެއެވެ. ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުން، މިދަޢުވާގައި ބަޔާން ކުރާ ޙާދިޘާ ހިނގާދިޔަގޮތް ކަމަށް ބުނާ ގޮތާއި ކަނޑައެޅިގެން ޚިލާފަށް، ދެފަރާތުން ހުށަހެޅި ދެހެކީގެ ވާހަކަތަކުން މިޙާދިޘާ ހިނގާދިޔަ ކަމަށް ބުރަވެއެވެ. އެއީ ވާތު ސަންގެނ ގަތުމަށް ދަޢުވް ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތާއި ދެމީހުން އެކުގައި ގުޅިގެން ކުރި ވިޔަފާރީގެ މުޢާމަލާތެއް ކަމެވެ. ނަމަވެސް މިކަމަކީ ކިހިނަ އެ ކޮންގޮތަކަށް ހިނގާދިޔަ ކަމެއްކަން ދަޢުވާ ކުރާ ފަރާތުންނާއ ދަޢުވި ލިބޭ ފަރާތުންވެސް ދަށު ކޯޓުގައިވެސް އަދި މިކޯޓުގައިވެސް ކިޔައެއް ނުދެއެވެ.
34ވީމާ، ދަޢުވާކުރާ ޙުސައިން ފައުޒީ ބަޔާންކުރާ ފައިސާ އަކީ، އަނބުރާ ދައްކާގޮތަށް ޤާސިމް ރަފީޢުއަށް ދިން ފައިސާއެއްކަމަށް ސާބިތު ނުވާކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުން ރނަ ގަޅެވެ. ދަޢުވާ ކުރާ ފަރާތނު ހުށަހެޅި ހެއްކާއިއެކު ދަޢުވާ ކުރާ ފަރާތަށް ހުވައި ދީގެންވެސް ފުރިހަމަ ކުރެވޭ ފަދަ ހެއްކެއް ދަޢުވާ ކުރާ ފަރާތުން ހުށަހަޅާފައެއް ނެތެވެ.
35މިމައްސަލައިގައި، ޝަރީޢަތަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުރަވެވޭތީ އާއި ހުވައި ދިނުމށަ ދަޢުވާ ކުރާ ފަރާތުން އެދިފައި ނުވާތީ، ދަޢުވާ ރައްދުވާ ޤާސިމް ރަފީޢުއަށ ޝަރީޢަތުން ހުވައި ދޭންޖެހޭ ތަނެއް ނެތެވެ. ދަޢުވާ ކުރާ ފަރާތުގެ އެދުމުގެ މަތިން މެނުވީ ދަޢުވާއަށް އިންކާރު ކުރާ ފަރާތަށް ހުވާ ކުރުމަށް އެންގިދާނެކަމކަށް ނުދެކެމެވެ. އަދި ކަންހިގ ދިޔާ ގޮތަ ކިޔައި ނުދީ އޮޅުވާލުމުގެ ކަމެއް މިމައްސަލައިގައި އޮތްކަމަށް ޤާބޫލ ކުރެވު ވަރަށް ހެކިންގެ ބަހުން ފެންނާން އޮއްވައި ދަޢުވާ ކުރާ ފަރާތުގެ އެދުމަކަށްވެސް ދަޢުވާ ރައްދުވާ ފަރާތް ލައްވައި ޝަރީޢަތުން ހުވައި ކުރުވުމަކީ ރައްކާތެރި ގޮތަކަށް ނުވާނެއެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 228 ވަނަ މާއްދާ (ނަންބަރު 94/43، އެމް.ޖޭ.ސީ، 15 އޮގަސްޓް 1994)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް