ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/2
ޙަސަން މަމްދޫޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2024/HC-B12/2
Hassan Mamdhooh v. Prosecutor General 2024/HC-B12/2 (2024/HC-B12/2, High Court of the Maldives, 1 February 2024)
ޙަސަން މަމްދޫޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޤާނޫނު ނަންބަރު 10/2014 ގެ 51 ވަނަ މާއްދާގެ (ށ) އާއި (ބ) ގެ ދަށުން، އެ މުދަލުގެ ބޭނުން ހިފުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އަމުރުކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތް ސޮއި ފޯޖުކޮށް ކުންފުންޏެއްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި އެޕާޓްމަންޓްތައް މަކަރާއި ހީލަތުން ވިއްކައި ފައިސާ ލޯންޑަރކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އޭނާގެ ފްލެޓެއް ދައުލަތަށް ނެގޭނެ މުދަލެއްކަމަށްބުނެ ހިފެހެއްޓުމަށް ފުލުހުން އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ކުރިން ނެރުނު HMC/ECA/2023/88 އަމުރުން މުޢާމަލާތްކުރުން ހުއްޓުވާފައިވާތީ މި އަމުރަށް ޟަރޫރަތެއް ނެތް ކަމަށާއި، ސުޕްރީމް ކޯޓުގެ 2021/SC-A/30 ގެ އުޞޫލާ ޚިލާފު ކަމަށެވެ. ދައުލަތުން ބުނީ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާތަކެއް ނޫން ކަމަށާއި، އަމުރަށް އެދުނީ ތަޙްޤީޤު ނިމި ދަޢުވާ އުފުލުމަށްފަހު ކަމަށެވެ.
މައިގަނޑު ސުވާލު
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން މުދަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ހިފެހެއްޓުމުގެ އަމުރު ބާޠިލުކުރަންޖެހޭތޯ؛ އަދި ދަށު ކޯޓަށް ހުށަނާޅާ ކަންކަން އިސްތިއުނާފުގައި ފުރަތަމަ ފަހަރަށް ހުށަހެޅިދާނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
މި ބާވަތުގެ އަމުރަށް މުދާ ދައުލަތަށް ނެގިދާނެކަން ސާބިތުކުރަން ނުޖެހޭ ކަމަށާއި، ވަގުތީ ފިޔަވަޅު ނިމުމަށް އެދި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ނަމަވެސް އެކަން ނުކޮށް ފުރަތަމަ ފަހަރަށް ހައިކޯޓަށް ހުށަހަޅާ ނުކުތާތައް ބަލާނުލެވޭތީ އަމުރު ބާޠިލުކުރާނެ ތަނެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާއަކީ، އެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނެގިދާނެ ފައިސާ ނުވަތަ މުދަލާމެދު ވަގުތީ ފިޔަވަޅު އެޅުމާއި އޭގެ އުޞޫލުތައް ބަޔާންކުރާ މާއްދާއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ފައިސާ ނުވަތަ މުދާ ވަކި މުއްދަތަކަށް ހިފެހެއްޓުމާއި އެއިން މުޢާމަލާތްކުރުން ހުއްޓުވުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- 51 ވަނަ މާއްދާގެ ދަށުން މުދާ ނުވަތަ ފައިސާ ހިފެހެއްޓުމުގެ އަމުރަކަށް (އެސެޓް ޕްރިޒަވޭޝަން އޯޑަރ) އެދެވޭނީ 62 ވަނަ މާއްދާގެ ދަށުން ދައުލަތަށް ނެގިދާނެ މުދަލާއި ފައިސާއާމެދުއެވެ. މިފަދަ އަމުރުތަކަކީ އާންމުކޮށް އެދޭ ފަރާތުގެ ހުށަހެޅުމަށް އެކަނި ރިޢާޔަތްކޮށް ނެރޭ ex parte އަމުރުތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- މިފަދަ އަމުރަކަށް އެދި ހުށަހަޅާ މަރުޙަލާގައި، އެ މުދަލަކީ ދައުލަތަށް ނެގިދާނެ މުދާކަން ސާބިތުކޮށްދިނުން ލާޒިމެއް ނޫނެވެ. އެއީ ދައުލަތަށް ނެގިދާނެ މުދާކަމަށް ޤަބޫލުކުރެވިދާނެ ސަބަބެއް ނުވަތަ ސަބަބުތަކެއް ފަނޑިޔާރަށް ހުށަހެޅުމުން ފުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13، ސުޕްރީމް ކޯޓުގެ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/prosecutor_general_s_office_v_abdhu_yaameen_abdul_gayyoom_2019_SC_A_31/"><bdi class="salj-latin" dir="ltr">2019/SC-A/31</bdi></a> އަށް ތަބާވެ)
- 51 ވަނަ މާއްދާގެ ދަށުން އަޅާ ވަގުތީ ފިޔަވަޅު ނިމުމަކަށް ގެނައުމަށް އަމުރު ނެރުނު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ތުހުމަތުކުރެވޭ ފަރާތަށާއި އެ މުދަލުގައި މަޞްލަޙަތު އޮތް ފަރާތަށް 51 ވަނަ މާއްދާގެ (ކ) އިން ލިބިދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ. ދަށު ކޯޓަށް ފުރަތަމަ ފަހަރަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ނަމަވެސް ހުށަނާޅާ ކަންކަމާއި ދަށު ކޯޓުން ގޮތެއް ނިންމާފައި ނުވާ ކަންކަން އިސްތިއުނާފުގައި ބަލައި ވަޒަންކޮށް ހައިކޯޓުން ގޮތެއް ނިންމާކަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-17)
- ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ށ)، (ބ) އަދި (ކ)
- ޤާނޫނު ނަންބަރު 10/2014 ގެ 62 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/2014 ގެ 77 ވަނަ މާއްދާގެ (ޏ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- 2019/SC-A/31
- 2021/SC-A/30
- 2019/SC-L/91
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢާއިޝަތު މުޙައްމަދު، ސުލްޠާނާ ޢާދަމް، ޙައްވާ ނާހީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް