ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/047
ފާޔިމަތު ރަޝީދާ ވ. ގަން އެއަރޕޯޓް ކޮމްޕެނީ ލޓޑ، 2017/HC-A/047
Faayimathu Rasheedhaa v. Gan Earpoat Company Ltd 2017/HC-A/047 (2017/HC-A/047, High Court of the Maldives, 25 March 2021)
ފާޔިމަތު ރަޝީދާ ވ. ގަން އެއަރޕޯޓް ކޮމްޕެނީ ލޓޑ
މައްސަލައިގެ ޚުލާޞާ
ކުންފުނި އުވާލަން ނިންމާ އޮޕަރޭޝަން ހުއްޓާލުމުން ވަޒީފާއާބެހޭ ޤާނޫނުގެ 31 (ހ) ގެ ދަށުން ވަޒީފާގެ އެއްބަސްވުން ބާޠިލްވެފައިވާތީ ތަންފީޛީ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
ނޯޓިހެއް ނުދީ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، މުވައްޒަފަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބަލައި ވަޒީފާއާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ޓްރައިބިއުނަލުން (VTR/2011/130) ނިންމިއެވެ. އެ ނިންމުން ތަންފީޛުކޮށް ވަޒީފާ އަނބުރާ ދިނުމާއި ފާއިތުވި މުއްދަތުގެ މުސާރައާއި ޢިނާޔަތްތަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ 2011/HC-A/288 ގެ އުޞޫލުން ވަޒީފާގައި ދެމިހުރި މީހެއްކަމުގައި ބަލަންޖެހޭތީ ވަކިކުރި ތާރީޚުން ފެށިގެން އެއްބަސްވުން ބާޠިލްވާ ތާރީޚާ ހަމައަށް މުސާރަ ލިބެންޖެހޭ ކަމަށެވެ. ކުންފުނިން ބުނީ ޓްރައިބިއުނަލުން މުސާރައާ ބެހޭ ގޮތެއް ނުނިންމާ ކަމަށާއި ތަންފީޛަށް ލަސްކޮށް އެދުމަކީ delay defeats equity އާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމެއް ތަންފީޛުކުރުމަށް އެދުނު މައްސަލައެއްގައި، ވަޒީފާދޭ ކުންފުނި އުވާލަން ނިންމުމުން ވަޒީފާގެ އެއްބަސްވުން ބާޠިލްވި ކަމަށް ބުނެ، ވަކިކުރި ތާރީޚާއި އެއްބަސްވުން ބާޠިލްވި ތާރީޚާ ދެމެދުގެ މުސާރައާއި ޢިނާޔަތްތަކަށް އެދުނު އެދުމާމެދު ގޮތެއް ނުނިންމައި ސިވިލް ކޯޓުން މައްސަލަ ނިންމުން ޞައްޙަތޯ؛ އަދި ތަންފީޛަށް އެދުމުގައި ލަސްވުމުން (delay defeats equity) ފަރުވާ ނުލިބޭނެތޯ.
ނިންމި ގޮތް
އަލުން ބެލުމަށް ފޮނުވި (ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭ ކަމަށް ރައުޔުގައި)
ކުންފުނި އުވާލުމުގެ މަރުޙަލާގައިވާ ކަން ޚަޞްމުންނާ ޙިއްސާނުކޮށް ގޮތެއް ނިންމާފައިވުމާއި، އިޢާދަކުރުމުގެ އަމުރުގެ ނަތީޖާއަކީ މުސާރަ ލިބުން ކަމުގައިވާއިރު ދެވަނަ ފަރުވާއާމެދު ސިވިލް ކޯޓުން ގޮތެއް ނުނިންމުމުން، ގެއްލުން ކުޑަކުރުމުގެ ޒިންމާއަށް ރިޢާޔަތްކޮށް އެ ފަރުވާއާމެދު ގޮތެއް ނިންމުމަށް މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭ ކަމަށް ފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ޝަރީޢަތުގެ ސަމާލުކަމަށް އަންނަ ކަމެއްގެ މައްޗަށް ބިނާކޮށް ގޮތެއް ނިންމުމުގެ ކުރިން، އެކަން ޚަޞްމުންނާ ޙިއްސާކޮށް އެކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 1.9)
- "ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް" ނުވަތަ "ވަޒީފާ އަނބުރާ އިޢާދަކުރުމަށް" ކުރާ އަމުރެއްގެ ނަތީޖާއަކީ އެމީހަކަށް އެއިރު ލިބެމުންދިޔަ މުސާރަ ލިބިގެންދިއުމެވެ؛ ވަކިކުރި ތާރީޚުން ފެށިގެން އަލުން އިޢާދަކުރާ ތާރީޚާ ހަމައަށް މުސާރަ ނަގައިނުދެވޭނެ ކަމަށް މާނަކުރުމަކީ އެ އަމުރުގެ މަޤްޞަދު ގެއްލިގެންދާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 2.9)
- ޤާނޫނުގައިވާ މުއްދަތުގެ ތެރޭގައި ކަމާބެހޭ މުއައްސަސާއަށް މައްސަލަ ހުށަހަޅައި ނިންމުމެއް ހޯދިފައިވާއިރު، އެ ނިންމުން ތަންފީޛުކުރުމުގެ ޤާނޫނީ ޒިންމާ އޮތް ފަރާތުން އެކަށީގެންވާ ސަބަބެއް ނެތި އެ ޒިންމާ އަދާނުކޮށް، "delay defeats equity" ގެ މަބްދައަށް ޙަވާލާދީ ފަރުވާ ނުދިނުމަށް އެދެވޭކަށް ނެތެވެ؛ އިކުއިޓީގެ ހަމަތަކުން ފަރުވާއަށް އެދޭ ފަރާތަކީ ސާފު ޠާހިރު އަތަކާއެކު (clean hands) ހުންނަ ފަރާތަކަށް ވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.9)
- އެއްވެސް ފަރާތެއްގެ ޤާނޫނީ ޒިންމާ އަދާނުކުރުމުން ގެއްލުމެއް ލިބޭނަމަ، އެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަކީ (duty to mitigate) ގެއްލުން ލިބޭ ފަރާތުގެ ޒިންމާއެކެވެ؛ ޓްރައިބިއުނަލްގެ ނިންމުން ތަންފީޛުކުރުމުގެ ގޮތުން މުސާރަ ނަގައިދިނުމުގައި މިކަމަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.9)
- ތަންފީޛީ މައްސަލައެއްގައި ދަޢުވާ ފޯމުގައި އެދިފައިވާ ފަރުވާއެއްގެ މައްޗަށް ދަށުކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާނަމަ، އެ ފަރުވާއާމެދު ގޮތެއް ނިންމުމަށް ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ތަޙްވީލުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.9-6.9)
ތާއީދުކުރައްވައެވެ.
1ޕްރިސިޑެންސް 1މިއީ، ސިވިލް ކޯޓުގެ ނަންބަރު: C/2015-Cv/1274 ޤަޟިއްޔާ އެކޯޓުން ނިނމާފް އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސ.ފޭދޫ / ރާޅު، ފާޠިމަތު ރަޝީދާގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑެ ވެ.
2ޕްރިސިޑެންސް 2އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު: C/2015-Cv/1274 ޤަޟިއްޔާއަކީވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 130/VTR/2011 ނިންމުން ތަންފީޛުކޮށްދިނުމަށް އެދި ފާޠިމަތު ރަޝީދާގެ ފަރާތުން ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
3ޕްރިސިޑެންސް 3ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 130/VTR/2011 މައްސަލައަކީ، ފާޠިމަތު ރަޝީދާ ގަން އެއާ ޕޯޓު ކޮމްޕެނީގެ ސީނިއަރ ވެއިޓަރެއްގެ ގޮތުގައި ވަޒީފާއަދާ ކުރަމުންދަނިކޮށް، އެއްވެސް ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާތީ، އެކަމުގެ ސަބަބުން ލިބި ފައިވާ ގެއްލުމުގެ ބަދަލާއި ވަޒީފާ އަނބުރާ ލިބުމަށް އެދި ހުށަހެޅުނު މައްސަލައެކެވެ. އެމައްސަލަ އެޓްރައިބިއުނަލްއިން ނިންމުމުގައި ކަނޑައަޅާފައިވަނީ ..."މައްސަލަ ހުށަހެޅި ފާޠިމަތު ރަޝީދާއަކ މައްސަލީ ރައްދުވަ ކުންފުނީގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާގެވަޒީފާއ ގުޅާ އެންމެހައި ކަންކަން، މިއަދު 23 ޖަނަވަރީ 2012 އިން ފެށިގެން 15 ( ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ފަހު، އެކަން ހަމަޖެހޭތާ 7 (ހަތެ އ) ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށާއި..." އެވެ.
4ޕްރިސިޑެންސް 4މިނިންމުން ތަންފީޛުކުރުމަށް އެދި ފާޠިމަތު ރަޝީދާގެ ފަރާތުން ސިވިލް ކޯޓަށް ދެފަހަރެއްގެ މަތިން ހުށަހަޅާފައިވެއެވެ. އެންމެ ފުރަތަމަ ހުށަހެޅިފައިވަނީ 10 ފެބްރުއަރީ 2015 ގައި ސިވިލް ކޯޓުގެ ނަންބަރު C/2015-Cv/509 ޤަޟިއްޔާއެވެ. އެޤަޟިއްޔާ އެކޯޓުން، 26 އޭޕްރީލް 2015 ގައި ނިންމާފައވަނި މައްސަލަ ޑިސްޕިއުޓް ރިސޮލިއުޝަން މަރުޙލާގައަ އޮތްވާ މައްސަލައިގައި ދައުވކުރ އަސްލާ ފަރާތު ކޯޓުގާ ހުއްދަ ނެތި ރަށުން ބޭރަށް ފުރައިގެން ގޮސްފައިވާތީ މައްސަލަ ބާޠިލްކޮށެވެ.
5ޕްރިސިޑެންސް 5ދެން، 18 އޯގަސްޓް 2015 ގައި، ހުށަހެޅުނީ ސިވިލް ކޯޓުގެ ނަންބަރު 5201/C-Cv/1274 ވަނަ ޤަޟިއްޔާއެވެ. އެއީ އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާއެވެ. ސިވިލް ކޯޓުގައި ފާޠިމަތު ރ ޝީދާގެ ފަރާތުނަ އެދިފައިވަނީ އަންނަނިވި ކަންތައްތަކަށެވެ. "ދެންފަހެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެނަންބަރު 130/VTR/2011 ނިންމުން ތަންފީޒުކުރުމަށް އެދި ގަން އެއާ ޕޯޓް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް ސ.ފޭދޫ / ރާޅު ފާޠިމަތު ރަޝީދާގެފަރާތުނ ހުށަހަޅާފައިވް މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 26 އޭޕްރީލް 2015 ދުވަހުގެ 10:30 އަށް މިކޯޓަށް ޙާޟިރުވުމަށް އަންގައި، ދަޢުވާ ކުރާ ފަރާތަށް ކޯޓަށް ހާޟިރުވުމުގެ އަމުރު ފޮނުވަންވީ ގޮތްކަމަށް ދަޢުވާފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް، އެފަރާތަށް މިކޯޓުގެ ނަންބަރު CR 2/2015/200-B1 (21 އޭޕްރީލް 2015) ގެ ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން، ދަޢުވާކުރާ ފަރާތް މިވަގުތު ރަށުގައި ނޫޅޭކަމަށް ފާޠިމަތު ރަޝީދާގެ ޕަވަރ އޮފް އެޓާރނީ ލިބިފައިވާ ލީގަލް އެއިޑް އެލް.އެލް.ޕީ ގެ ނަންބަރު CVC/26/2015-L (26 އޭޕްރީލް 2015) ސިޓީން މިކޯޓަށް އަންގަވާފައިވާކަނ އެނގެން އޮވެފައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/SC/2015 (14 ޖަނަވަރީ 2015) ސަރކިއުލަރ ގެ 01 ވަނަ ނަންބަރުގެ (ރ) ގައި، ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން މައްސަލަތައް ހިންގަންވާނީ ޤާނޫނީ ވަކީލުންނާއި ނުލައި، އަޞްލު ފަރާތް ޙާޟިރުކޮ ށްގެނ ކަމަށް ބަޔާންކޮށްފައިވާއިރު، ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުގައ މި މައްސަލި އޮއްވާ، މިމައްސަލައިގައި ދައުވާކުރާ އަސލް ފަރާތު ކޯޓުގް ހުއްދަނެތި ރަށުން ބޭރަށް ފުރައިގެންގޮސްފައިވާތީ، "ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" ގެ 15 ވަނަ މާއްދާގެ 5 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މިމައްސަލައިގެ ދައުވާފޯމް ބާޠިލްކޮށް މައްސަލަ ނިންމީއެވެ."
1.5. ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން ފާޠިމަތު ރަޝީދާ އެކުންފުނީގައި އަދާކުރަމުން ދޔި ވަޒީފާ އަލުން އަނބުރާ އޭނާއަށްދީ، އޭނާ ވަޒީފާއަށް ނެރުމަށް ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށު އަމުރުކޮށްދިނުމަށް؛
2.5. ފާޠިމަތު ރަޝީދާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގަ އ ނުބެލުމަށާއި އޭނާގެ ވަޒީފާއާބެހޭ އެންމެހައި ކަންކަން ހަމަޖެއްސުމަށް ޓްރައިބިއުނަލްއިން އަންގައި އަމުރު ކޮށްފައިވާތީ އޭނާ ވަޒީފާއަށް ނެރޭ ދުވަހާ ހަމައަށް ފާއިތުވެގެން ދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ފާޠިމަތު ރަޝީދާއަށް ދައްކާ ޚަލާސްކުރުމަށް ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް އަމުރު ކޮށްދިނުމަށް؛ ސިވިލް ކޯޓުގެ ނިންމުން:
6ސިވިލް ކޯޓުގެ ނަންބަރު 5C/201-Cv/1274 ޤަޟިއްޔާ ނިންމާފައިވަނީ، " ދެންފަހެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 130/VTR/2011 ނިންމުން ތަންފީޛު ކޮށްދިނުމަށް އެދި ސ.ފޭދޫ / މައިނާއާގެ ފާޠިމަތު ރަޝީދާ (ދ.ރ. ގެ ފަރާތުން ގަން އެއާރޕޯޓް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0548/2009-C) ގެ މައްޗަށް ހުށަހަޅާފައިވާ މިދައުވާއަށ ޝަރީޢަތުން ބެލިއިރު، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާއިބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ހ) އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު M/144/2016/57-13 (23 ފެބުރުވަރީ 2016) ސިޓީއަށް ރިޢާޔަތްކޮށް ދައުވާކުރާ ފާޠިމަތު ރަޝީދާއާއި ދައުވާލިބޭ ގަން އެއާރޕޯޓް ކޮމްޕެނީ ލިމިޓެޑާއި ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން ބާޠިލްވެފައިވާކަން އެގޭތީ، ފާޠިމަތު ރަޝީދާގެ ފަރާތުން ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑު ގެ މައްޗަށް ތަންފީޛުކުރުމަށްއެދި ހުށަހެޅިފައި މިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައި، މިގޮތުގެ މަތީން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
7ސިވިލް ކޯޓުން މިގޮތަށް ނިންމި ސަބަބު ކަމުގައި ފާހަގަކުރެވެނީ
1.7. ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އުވާލުމަށް ސަރުކާރުން ނ ންމުމ ގުޅިގެނާ ކުންފުނީގެ ޑރ ކ ޓަރުންގް ބޯޑުން ކުންފުނި އުވާލުމަށް ޤަރާރެއް ފާސްކޮށްފައިވާކަމަށާއި ކުންފުނީގެ އޮޕަރޭޝަން މިހާރު ކުރިއަށް ނުދާކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގާފައިވުން؛
2.7. ވަޒީފާއާ ބެހޭ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގައި " ވަޒީފާދޭ ފަރާތް ބަނގުރޫޓް ވެއްޖެނަމަ ނުވަތަ ވަޒީފާދޭ ފަރާތުގެ ވިޔަފާރި ނުވަތަ މަސައްކަތް ހުއްޓާލައިފިނަމަ އެދުވަހުނ ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި، މި ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިނުވާނަމަ، އެ އެއްމަސް ދުވަސް ހަމަވުމުން، އެވަޒީފާގެ އެއްބަސްވުން ބާޠިލްވާނެ" ކަމަށް ބަޔާންކޮށްފައިވުމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސިޓީއަށް ރިޢާޔަތްކޮށް ފާޠިމަތު ރަޝީދާއާއި ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑާ ދެމެދުގައި ވެވިފައިވާ އެއްބަސްވުން ބާޠިލްވެފައިވާކަން؛ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު ކާއި ރައްދަ
8ސިވިލް ކޯޓުގެ ނަންބަރު 5C/201-Cv/1274 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ސ.ފޭދޫ / ރާޅު، ފާޠިމަތު ރަޝީދގާ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހއިކޯޓުގައ އިސްތިއުނާފި ކުރަ މުނަ އަންނަނިވި ނުކުތާ އެމިނިސްޓްރީގެ ނަންބަރު M/144/2016/57-13 ( 23 ފެބްރުއަރީ 2016) ސިޓީ ފާހަގަކޮށް، އެނުކުތއާ ކ މެދާ ދިވެހިރާއްޖޭގު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛
1.8. ސިވިލް ކޯޓުގެ ނަންބަރު 5C/201-Cv/1274 ޤަޟިއްޔާ ޙުކުމް ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/288-HC/2011 ޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ
(ރ) ގެ 5 ވަނަ ޕެރެގްރާފުގައި ކަނޑައަޅުއްވާފައިވ ހަމަތަކާ ޚިލާފަށާ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
2.8. މިނުކުތާގެ ތަފްސީލުގައި ފާޠިމަތު ރަޝީދާ ފާހަގަކޮށްފައިވަނީ، ޙަވާލާދެވުނު ހައިކޯޓުގެ ނަންބަރު A/288-HC/2011 ޤަޟިއްޔާގައި "ވަޒީފާއަށް ނުވަތް އެފެންވަރުގެ އެހެން ވަޒީފާއަކަށް އޭނާ ރުޖޫޢަކުރުމަށް ކުރައްވާފައިވާ އަމުރަކީ އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމުގެ ގޮތުން ކުރައްވާފައިވާ އަމުރެއްކަމުން އޭގެ ނަތީޖާއަކަށް ވާނީ ވަޒީފާގައި ދެމިހުރި މީހެއްކަމުގައި ބެލުންކަމަށ" ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން ފާޠިމަތު ރަޝީދާއަކީ، ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ވަޒީފާގައި ދެމިހުރި މީހެއްކަމަށް ބަލަންޖެހޭތީ ފާޠިމަތު ރަޝީދާ ވަޒީފއިނާ ވަކިކުރި ތާރީޚުން ފެށިގެން ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ވިޔަފާރީ ނުވަތަމަސައްކަތް ހުއްޓާލި ދުވަހުން ފެށިގެން 01 މަސް ދުވަހުގެ ފަހުގެ ތާރީޚާއި ހަމައަށް ފާޠިމަތު ރަޝީދާއަށް ޙައްޤު ވާ މުސާރައާއި ޢިނާޔަތް ހަމަޖައްސއަ ދިނުމަކީ ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޒިންމާއެއް ކަމަށެވެ.
3.8. އިސްތިއުނާފީ މިނުކުތާގެ ރައްދުގައި ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވަނީ؛
1.3.8.ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ 130/VTR/2011 މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ފާޠިމަތު ރަޝީދާއަށް، ގަން އެއާޕޯޓު ކޮމްޕެނީ ލިމިޓެޑުގެ ވަޒީފާ ހަމަޖެއްސުމަށްކަމަށެވެ. އެމައްސަލައިގައި މުސާރައާ ޢިނާޔަތް ދިނުމާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ނިންމާފައނުވާކި މަށެވެ. އެހެންކަމުން މުސާރައާއި އިނާޔަތް އެފަރާތަށް ދޭން ޖެހޭ އަސާސެއް ނެތް ކަމަށެވެ.
2.3.8.ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައި އޮތީ 23 ޖެނުއަރީ 2012 ގައިކަމަށާއި ތަންފީޛު ކުރުމަށް ޓަކައި މައްސަލަ ހުށަހެޅިފައިވަނީ 10 އޮގަސްޓް 2015 ގައި ކަމަށެވެ. ވޒީފާއާބެހަ ޤާނޫނުގައި ވަޒީފާއާ ގުޅޭ މައްސަލައެއް ހުށަހެޅުމަށް ދީފައިވާ 03 މަސް ދުވަހުގެ މުއްދަތު ދީފައި ވުމނު ޙުކުމް ކުރާ ފަހުން މިހާ ލަސްކޮށްފައި ތަންފީޛީ މައްސަލަ ހުށަހަޅައި ޓްރައިބިއުނަލްގެ ނިންމުން ތަންފީޛުކުރުމަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ ރޫޙާ ޚިލާފުކަމެއްކަމަށެވެ. އަދި މިއީ ޢަދާލާ ވަލް އިންސާފުގެ މަބްދަޢަށް ކަމުގައިވު ”delay defeats equity“ ގެ އުސޫލުތަކާއި ޚިލާފުކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
9މިމައްސަލައާ ގުޅިގެން ފާޠިމަތު ރަޝީދާގެ ފަރާތުންނާއި ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑގު ފަރާތނު ދައްކާފައިވާ ވާހަކަތަކަށާއި އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު : C/2015-Cv/1274 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 130/VTR/2011 މައްސަލަ ނިމުނުގޮތަށ ބެލުމުން އަންނަނިވި ކަންތައްތައް މިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ފާހަގަކުރެވިފައިވެއެވެ.
1.9. މިމައްސަލައިގައި ޙުކުމް ތަންފީޛުކުރުމުގެ ގޮތުން އެޅުނު އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑަކީ އުވާލުމުގެ މަރުޙލާގައަ އޮތި ކުންފުންޏެއް ކަން ޝަރީޢަތުގެ ސަމާލުކަމަށް އައުމުނަ މައްސަލައާ މެދު ޝަރީޢަތުން ގޮތެއް ނިންމާފައިވާއިރު، މިކަން މައްސަލައިގައި ހިމެނޭ ޚަސްމުންނ ޙިއްސާކުރެވި، އެކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެވިފައިވާ ކަން އެނގެން ނެތްކަމެވެ.
2.9. ވަޒީފާގެ މައްސަލަތަކުގައި، "ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް" އަދި "ވަޒީފާ އަނބުރާ އިޢާދަކުރުމަށް" ކުރާ އަމުރެއްގެ ނަތީޖާއަކަށް ވެގެންދާނީ އެމީހަކަށް އެއިރު ލިބެމުން ދިޔަ މުސާރަ އެމީހަކަށް ލިބިގެން ދިއުކަނ ހައިކޯޓުގް ނަންބަރު 8A/28-HC/2011 ޤަޟިއްޔާއަށް ބެލުމުން ދޭހަވެއެވެ. މިފަދަ ހާލަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ ފަދައިން، ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން އަލުން ވަޒީފާ އަނބުރާ އިޢާދަކުރެވޭ ތާރީޚާ ހަމައަށް މުސާރަ ނަގައިނުދެވޭނެކަމަށް މާނަކުރެވިގެނ ދިއުން ވާން "ވޒީފާއިނަ ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް" އެންގި އެންގުމުގެ މަޤްސަދު ގެއްލިގެންދާ ކަމެއް ކަމުގައި ދެކެމެވެ.
3.9. ޙުކުމް ތަންފީޛުކުރަން ލަހުން އެދިފައިވާތީ އެފަދަ ޙުކުމެއް ތަންފީޛުކުރުމަކީ އަދާލާ ވަލް އިންސާފުގެ އުސޫލުތަކާއި ޚިލާފު ކަމެއް ކަމަށާއި ވަޒީފާއާ ބެހޭ ޤާނޫނުގެ މަޤްސަދާ ޚިލާފުކަމެއް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނު ގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފާޠިމަތު ރަޝީދާގެ ފަރާތުން ކަނޑައެޅިފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ކަމާ ބެހޭ މުއައްސަސާއށަ މައްސަލަ ހުށަހަޅައި އެމުއައްސަސާއިން އެންގުމއެ އަންގާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލް ނިންމުމެއް އެފަރާތުގެ މައްޗަށް އޮވެ އެނިންމުން ތަންފީޛުކުރުމަށް އޮތް އެއްވެސް ހުރަހެއް ގަން އެއާޕޯޓް ކޮމްޕެނާ ލިމިޓެޑު ގެ ފަރާތުން ބުނެދީފައެއް ނުވެއެވެ. އަދާލާ ވަލް އިންސާފު (އިކުއިޓީ) ޑޮކްޓްރިން އެއް ކަމަށްވާ "delay defeats equity" ގެ މަބްދަޢަށް ޙަވާލާދީ މިމައްސަލައިގައި ފާޠިމަތު ރަޝީދާގެ ފަރާތުން އެދޭ ފަރުވާ ލިބިދީގެންނުވާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ އިރު، އިކުއިޓީގެ ހަމަތަކުން ފަރުވާ ލިބުމަށަ އެދް ހުށަހަޅި ފަރާ ތަކީ ސާފު ތާހރި އަތަކާ އެކީ ހުންނަ ފަރާތަކަށް (clean hand doctrine) ވާން ޖެހެއެވެ. އެހެންކަމުން، ޓްރައިބިއުނަލް އިން ކޮށްފައިވާ ނިންމުން ތަންފީޛުކުރުމުގެ ޤާނޫނީ ޒިންމާ އޮތް އިސްތިއުނާފު ރައްދުވާ ފަރާތާ ން، އެކަށީގެންވާ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި އެފަރާތުގެ ޒިންމާ އަދާކޮށްފައިނުވާ ނުވުމަށް، އިސްތިއުނާފު ކުރާ ފަރާތަށް އަދަބުދެވިގެންވާނެ ކަމުގައި ނުދެކެމެވެ.
4.9. އެހެންނަމަވެސް، އެއްވެސް ފަރާތެއްގެ ޤާނޫނީ ޒިންމާ އަދާނުކުރުމުން އެހެން ފަރާތަކަށް ގެއްލުމެއް ލިބޭ ކަމުގައިވަނީނަމަ، އެގެއްލުން ކުޑަ ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ (duty to mitigate) ގެއްލުން ލިބޭ ފަރާތުގެ ޒިންމާއެއް ކަމުގައި ދެކެމެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 130/VTR/2011 ނިންމުން ތަންފީޛުކުރުމުގެ ގޮތުން ފާޠިމަތު ރަޝީދާއަށް ލިބެންޖެހޭ މުސާރަ ނަގައިދިނުމުގައި މިކަމަށް ރިޢާޔަތްކުރެވެންވާނެ ކަމުގައި ދެކެމެވެ.
5.9. ސިވިލް ކޯޓުގެ ނަންބަރު: C/2015-Cv/1274 ޤަޟިއްޔާ ހުށަހެޅުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގާ ނަންބަރު 130/VTR/2011 ނިންމުން ތަންފީޛުކުރުމުގައި ފާޠިމަތު ރަޝީދާގެ ފަރާތުން ދެކަމަކަށް އެދިފައިވެއެވެ. ސިވިލް ކޯޓުން ނިންމާފައިވަނީ ކުންފުނި އުވާލަން ނިންމާފައިވުމުން ފާޠިމަތު ރަޝީދާއު ގަން އެއޕޯޓާ ކުންފުންޏާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުން ބާޠިލްވެފައިވާކަމަށެވެ. މިނިންމުމުން ވެސް ދެފަރާތުގެ ދެމެދުގައި ވަޒީފާގެ އެއްބަސްވުމެއް އޮތް ކަން ސިވިލް ކޯޓުންވެސް ޤަބޫލުކަން ދޭހަވާއިރު، އެދެމެދުގައި (ވަޒީފާއިން ވަކް ކުރި ތާރީޚާއި އެއްބަސްވުން ބާޠިލވުމާ ދެމެދު) ހިނގާނެ މުސާރައާ އިނާޔަތް ލިބުމަށް ފާޠިމަތު ރަޝީދާގެ ފަރާތުން އެދުނު އެދުމާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިނުވެއެވެ.
6.9. މިހެންކަމުން، އަހުރެން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު: C/2015-Cv/1274 ޤަޟިއްޔާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 130/VTR/2011 ނިންމުން ތަންފީޛުކުރުމަށް އެދި ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު : C/2015-Cv/1274 ޤަޟިއްޔާގެ ދަޢުވާ ފޯމުގައި އެދިފައިވާ ދެވަނަ ފަރުވާ އާ މެދު ގޮތެއް ކަނޑައަޅއަ މި މައްސަލި އަލުން ބެލުމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ) ގެ 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭކަމުގައެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދުގެ 15 ވަނަ މާއްދާގެ 5 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ ނަންބަރު SC/2015/04 ސަރކިއުލަރ
- ހައިކޯޓުގެ ނަންބަރު 2011/HC-A/288
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް