ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/28
ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް، 2023/HC-A/28
Driftvud Maldives Private Limited v. Ministry of Tourism 2023/HC-A/28 (2023/HC-A/28, High Court of the Maldives, 22 April 2025)
ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް
މައިގަނޑު ސުވާލު
ރިސޯޓަށް ސަޕޯޓުކުރުމަށް ކުއްޔަށް ދިން ގާމަތީ ރަށެއްގެ ލީސް އެއްބަސްވުން، ދައުލަތުން މަޢުލޫމާތު ސިއްރުކޮށް މަކަރުވެރިގޮތަކަށް އޮޅުވާލައިގެން (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ) ވެފައިވާ، ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްތޯ؛ ދަށުކޯޓުން ހުށަހެޅި ލިޔުންތަކަށް ރިޢާޔަތް ނުކުރުމާއި، EIA ރިޕޯޓާ ބެހޭގޮތުން ފަނޑިޔާރަށް ލިބިފައިނުވާ މަޢުލޫމާތަށް ބިނާކޮށް ނިންމިކަމަށް ބުނާ ބުނުމަކީ ޙުކުމް ބާޠިލުކުރާނެ ސަބަބެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- އަޑުއެހުންތައް ނިމުނުކަން އިޢުލާނުކުރުމަށްފަހު، އިސްތިއުނާފުގައި ކުރިން ހުށަހެޅުމުގެ ފުރުޞަތު ލިބިފައިވާ ކަންކަން ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތަށް ރައްދު ނުދެވޭ ގޮތަށް އައު ވާހަކަ ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ؛ ކަން ހިނގާފައިވާ ގޮތް ހިއްސާކުރުމާއި ކޯޓުގެ ސުވާލުތަކަށް ޖަވާބުދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42)
- ސަރުކާރު އިދާރާއަކަށް ސިޓީ ހުށަހަޅާނެ އިޖުރާއަތުތަކެއް އޮންނައިރު، އެ ސިޓީގެ ރިކޯޑެއް އިދާރާގައި ނެތި، ބައްދަލުވުމުގެ ޔައުމިއްޔާވެސް ނެތްނަމަ، އެ ސިޓީ ކަނޑައެޅިފައިވާ އިޖުރާއަތުގެ ތެރެއިން ހުށަހެޅިކަމަށް ނުބެލެވޭނެއެވެ؛ އަދި އެއްބަސްވުމުގައި ނޯޓިސް ފޮނުވާނެ ގޮތާއި އެއްބަސްވުން ބާޠިލުކުރާނެ އިޖުރާއަތު ބަޔާންކޮށްފައިވާނަމަ، އެ އިޖުރާއަތާ އެއްގޮތަށް ޢަމަލުނުކޮށް އެއްބަސްވުން ބާޠިލުވާކަމަށް ބުނެވޭކަށް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54–58)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އަސާސީ ފަލްސަފާއަކީ ދެ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އެއްބަސްވުން އެ އޮތްގޮތަށް ކޯޓުން ތަންފީޒުކުރުމެވެ؛ އެއްބަސްވުމުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ކަނޑައަޅާފައިވާއިރު އެއްބަސްވުމުން ބޭރުން ކުރާ ކަމެއްގެ ޒިންމާ އުފުލަންޖެހެނީ އެއްބަސްވުމާ ޚިލާފުވާ ފަރާތެވެ؛ އާންމު އުޞޫލުން ދެ ފަރާތުގެ މައްޗަށް ހިނގާނީ އެ އެއްބަސްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 59–60)
- އެހެން އެއްބަސްވުމެއް (މިސާލަކަށް ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް) ކުރީގެ އެއްބަސްވުމާ ގުޅޭ ނުވަތަ އޭގެ ބަދަލުގައި ވާ މުޢާމަލާތެއްކަން އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާނަމަ، އެއީ ކުރީގެ އެއްބަސްވުން ނިމުނުކަމުގެ ހެއްކަކަށް ނުވެއެވެ؛ އަދި ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކާ ބެހޭ މާލިއްޔަތު ސަރކިއުލަރ 07/2011 ހިނގަނީ ކުރީގެ އެއްބަސްވުމަކަށް ބަދަލު ގެންނަ، ފަރާތް ބަދަލުކުރާ، އައުކުރާ ނުވަތަ ނިމުމަކަށް ގެންނަ، ނުވަތަ ލައިސަންސް ދޭ މުޢާމަލާތްތަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62–67)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މަކަރުވެރިގޮތަކަށް އޮޅުވާލުން ސާބިތުވާން، (1) ޙަޤީޤަތާ ޚިލާފު ކަމެއް އޮތުން، (2) ޚިލާފުކަން އެނގިހުރެ ނުވަތަ ޤަބޫލުކޮށްހުރެ މަކަރުވެރިގޮތަކަށް އެއީ ތެދެއްކަމަށް ދެއްކުން، (3) އަނެއް ފަރާތް އެއަށް އިތުބާރުކޮށްގެން ކޮންޓްރެކްޓްގައި ބައިވެރިވުން ސާބިތުކުރަންޖެހޭނެއެވެ؛ މިކަންކަން ސާބިތުވެއްޖެނަމަ 12 އާއި 13 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓް ބާޠިލުކަމަށް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 71–74)
- ޙަޤީޤަތާ ޚިލާފު ކަމެއް އޮތްތޯ ބަލާއިރު، ސިއްރުކުރިކަމަށް ބުނާ މަޢުލޫމާތަކީ މުޢާމަލާތަށް މުހިންމު 'މެޓީރިއަލް ފެކްޓް' އެއްތޯ ބަލަންޖެހޭނެއެވެ؛ މެޓީރިއަލް ފެކްޓް ކަނޑައަޅަނީ އެ މައްސަލައެއްގެ ވާޤިޢާތަކާއި އެއްބަސްވުމުގެ މަޤްޞަދަށް ބަލައިގެންނެވެ. ރިސޯޓަށް ސަޕޯޓުކުރުމަށް ކުއްޔަށް ދިން ރަށެއްގައި ރިސޯޓު ތަރައްޤީކުރުމާ ގުޅޭ މަޢުލޫމާތަކީ އެ މަޤްޞަދަށް މެޓީރިއަލް ފެކްޓެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 75–78)
- އެއްބަސްވުމުގެ މަޤްޞަދަށް މުހިންމު ނޫން މަޢުލޫމާތެއް ނުދީ ހިފެހެއްޓުމަކީ، ގަސްދުގައި އޮޅުވާލުމުގެ ނިޔަތުގައި ހިފަހައްޓާފައިވާކަން ސާބިތުވާ ކާފީ ހެއްކެއް ނެތްނަމަ، މަކަރުވެރިގޮތަކަށް އޮޅުވާލުމަކަށް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 79–81)
- ފަނޑިޔާރު ނިންމުމަށް ވާސިލުވުމަށް ރިޢާޔަތްކުރި ލިޔެކިޔުންތައް (އެއްބަސްވުމާއި ހުށަހެޅި EIA ރިޕޯޓު) ނިންމުމުން ފާޅުކަން ބޮޑުގޮތަކަށް އެނގެން އޮތްނަމަ، އެ ނިންމުމަކީ ފަނޑިޔާރަށް ލިބިފައިނުވާ މަޢުލޫމާތަކަށް ބިނާކޮށް ނިންމި ނިންމުމެއް ނޫނެވެ؛ އެހެން މަޤްޞަދަކަށް (ޓޫރިސްޓް ރިސޯޓަކަށް) ހެދި EIA އަކީ އެއްބަސްވުމުގެ މަޤްޞަދަށް ބަލައި ތަޠުބީޤުކުރެވޭ ރިޕޯޓެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 85–87)
1މިއީ ސިވިލް ކޯޓުގ ނަންބަރު 2360/Cv-C/2020 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތް ޤާނޫނަ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟްއްޔާ އިސްތިއުނާފުކުރުމަށް އެދި ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑީ)ރަޖިސްޓްރީ ނަންބަރު C-275/2004( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޑްރިފްޓްވުޑް މޯލްޑިވްސް"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓޫރިޒަމް( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް"ގ( މައްޗަށެވެ.
3ގއ. މުނަންދުވާ ކުއްޔަށްދިނުމާ ގުޅޭ ގޮތުން 07 ނޮވެންބަރު 2013 ގައި ޑްރިފްޓްވުޑް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު “Lease Agreement for the Island of Munandhuva in Gaafu Alifu Atoll” )މީގެ ފަހުން "އެއްބަސްވުން"( އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުނ
21 )އެކާވީސް( އަހަރު ދުވަހަށް ގއ. މުނަންދުވ ކުއްޔަށް ދިނުމަށް އެއްބަސްވެފައިވެއެވެ.
4މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް ޑްރިފްޓްވުޑް މޯލްޑިވްސްއަށް 02 އޮގަސްޓް 2016 ގައި ފޮނުވާފައިވެއެވެ. ބާޠިލުކުރުމުގެ ނޯޓިސްގައިވަނީ މި ނޯޓިސްއަކީމި އެއްބަސްވުމުގ 14 ވަނަ މާއްދާގައިވާ ގޮތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކާފައިނުވާތީ، މި އެއްބަސްވުމުގ 20 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ ފޮނުވާފައިވާ ނޯޓިސެއްކަމުގައެވެ. އެއްބަސްވުމުގެ 2 ވަނަ މާއްދާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު LS/PRIV/2016/1923-88 )02 އޮގަސްޓް 2016( ގެ
5ގއ. މުނަންދުވާ ކުއްޔަށްދިނުމާ ގުޅޭ ގޮތުން 07 ނޮވެންބަރު 2013 ގައި ވެފައިވާ އެއްބަސްވުން ވުޖޫދަށް އައީ މިނިސްޓްރީ އފެޓޫރިޒަމްއަށ ކުރިން އެނގިފައިވާ މަޢުލޫމާތު ސިއްރުކޮށްގެން ނުނިޔަތުގައި ހިންގި ޢަމަލުގެ ސަބަބުންކަމަށް ބުނެ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން ސިވިލ ކޯޓުގައި ދަޢުވާ އުފުލިއެވެ. މި ދަޢުވާ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2360/Cv-C/2020 ޤަޟިއްޔާގެ ގޮތުގައެވެ.
6މާ ޤަޟިއްޔާގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން އެދިފައިވަނީ، ގއ. މުނަންދުވާކުއްޔަށްދިނުމާގުޅޭ ގޮތުނު ވެފައިވް އެއްބަސްވުން ވުޖޫދަށް އައީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ކުރިން އެނގިފައިވާ މަޢުލޫމާތު ސިއްރުކޮށްގެން ނުނިޔަތުގައިކަމަށާއި، ގއ. މުނަންދުވާގެ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، 02 އޮގަސްޓް 2016 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެ އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން އެ އެއްބަސްވުން އުވާލެވިފައިނުވާކަމަށް މިނިސްޓްރީ އޮފް ޓުރިޒަމްއިނ ނިންމް ނިންމުމާއި،ކުލި ނުދައްކައިގެން ކަމަށް ބުނެ ގއ. މުނަންދުވްކުއްޔަށް ދިނުމުގެ އެއްބަސްވުނ 02 އޮގަސްޓް 2016 ގައި ބާޠިލުކުރުމަށް މިނިސްޓްރީ އޮފް ޓާރިޒަމްއިނޫ ނިންމް ނިންމުމާއި، ގއ. މުނަންދުވ ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން އެ އެއްބަސްވުން 02 އޮގަސްޓް 2016 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބާޠިލުކުރަންދެން ކުއްޔާއި ޖޫރިމަނާ ދައްކަނިޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓްރިޒަމްއިންނާއ މޯލްޑިވްސް އިންލެންޑް ރެވެނިއުއޮތޯރިޓީއިން ނިންމި ނިންމުންތަކަކީ ބާޠިލު ނިންމުންތަކެއްކަމަށް ކަނޑައަޅައި ދިނުމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޢަމަލުތަކުގެ ސަބަބުން ޑްރިފްޓްވުޑް މޯލްޑިވްސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި USD 18,047,005.00 )އަށާރަ މިލިއަން ސާޅީސް ހަތް ހާސް ފަހެއް އެމެރިކާ ޑޮލަރު( ހޯދުމަށެވެ. “Re: Termination Notice of the Lease Agreement of Munandhuva in Gaafu Alifu Atoll” ސިޓީ ސިވިލް ކޯޓުގެ ނަންބަރު 2360/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ދަޢުވާގެ ޚުލާޞާ"
7ދަޢުވާގެ ޖަވާބުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
7.1. ދައުލަތުން ދަޢުވާއަށް އިންކާރުކުރާކަމަށާއި، ގއ. މުނަންދުވާކުއްޔަށްދެވިފައިވަނީ އެ ރަށް ކުއްޔަށް ހިފުމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން އެދިފައިވާތީކަމަށާއި، އެ ރަށް ކުއްޔަށް ހިފުމުގެ ކުރިން އަދ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރަށާބެހޭ ހުރިހާ މަޢުލޫމާތެއް ސާފުކޮށާ،ޑިއު ޑިލިޖެންސް ހެދުމަކީ ޑްރިފްޓްވުޑް މޯލްޑިވްސްގެ ޒިންމއެއްކަނ.
7.2. ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"( ގ 22 ވަނީ މާއްދާގަ )ށ( ގައި ކޮންޓްރެކްޓަކުން އެއްބަސްވުމުގެ ބައިވެރިންނަށް ލާޒިމުކުރާ ޢަމަލެއްކުރުން ދަތިވުމަކީ ނުވަތަ އެ ކަމަށް ހިނގާ ޚަރަދު ބޮޑުވުމަކީ އެ ޢަމަލެއް ކުރެވެންނެތ ކަމަށެ ނުބެލެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، ގއ. މުނަންދުވާ އަކީ ގާމަތީ ރަށަކަށްވާތީ އ އެއްބަސްވުމުގެ މަޤްޞަދު ހާސިލުވުނެ ރަށެއްނޫންކަމަށ ބުން އެ ސަބަބަށްޓަކައި އެއްބަސްވުނ ބާޠިލިކުރުމަށިކަމުގައ ދެކްއެއްބަސްވުމުގެ ދަށުން ކުލި ދެއްކުމަށް ދަތިވެފައިވާކަމަށް ބަޔާންކުރުމަކީ އެއްބަސްވުމުގެ ދަށުން އެ ފަރާތުން އަދާކުރަންޖެހޭ ޒިންމާއިން ބަރީޢަވުމަށް އޮތ ޙުއްޖަތެއްނންކަނ.
7.3. މ އެއްބަސްވުމުގައި ޑްރިފްޓްވުޑް މޯލްޑިވްސްއިން ސޮއިކޮށްފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި ރުހުމާއި ޤަބޫލާއެކު ކަމަށްވާތީ، މި އެއްބަސްވުން ވުޖޫދަށް އައީ ދައުލަތުގެ ނުނިޔަތް އޮވެގެންކަމަށާއި، އެ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑީ އަޅަންޖެހޭ ޤާނޫން ހަމައެއް ނެތްކަން.
7.4. ގއ. މުނަންދުވާއަކީ ގާމަތީ ރަށެއްކަމަށްވާތީ އެ ރަށުގެ ބަދަލުގައި ގއ. ފުނަދޫވިލިނގިލި ދެވެނާ ނެތްނަމަ ގއ. މުނަންދުވ ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުން ބާޠިލުކޮށްދިނުމަށް 16 ޖަނަވަރީ 2014 ގައި ސިޓއަކުނީ އެދިފައިވާކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން ބުނިނަމަވެސް، އެ ސިޓީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ލިބިފައިވާކަން މިނިސްޓްރީގެ ރިކޯޑުތަކުން އެނގެންނެތްކަމަށާއި، މި ސިޓީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ލިބުނުކަމަށް ބެލިނަމަވެސް، އ ސިޓ ފޮނުވާފައިވަނީ އެއްބަސްވުން ބާޠިލުކުރުމާގުޅޭ ގޮތުން ފުރިހަމަކުރުމަށް އެއްބަސްވުމުގައ ބަޔާންކުރްއިޖުރާއަތާއި އެއްގޮތަށްނންކަނޫ .
7.5. ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއަކީ އަންދާޒާއެއްގެ މައްޗަށް ބިނާކޮށް ހިސާބުކޮށްފައިވާ އަދަދެއްކަމުގައިވާއިރު،އަދި އެ އަދަދަށްޙަޤީޤަތުގައިވެސ ގެއްލުންވާނެކަން ސާބިތުކޮށްދީފައިނުވާތީ، ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް ނުދެކޭކަނ.
7.6. އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ދައްކާފައިނުވާތީ، 02 އޮގަސްޓް 2016 ގައި އެއްބަސްވުން ބާޠިލުކުރުމާ ހަމައަށް ކުއްޔާއި ޖޫރިމަނާ ޑްރިފްޓްވުޑް މޯލްޑިވްސްއިން ދައްކަންޖެހޭއިރު، ކުއްޔާއި ޖޫރިމަނާ ދެއްކުމަށް އަންގާފައިވާ އެންގުން ބާޠިލުކުރަންޖެހޭ ހަމައެއްނެތްކަނ.
8ދަޢުވާގެ ޖަވާބުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ބުނެފައިވަނީ، ޚުޞޫމާތު އުފެދިފައިވާ މުޢާމަލާތާ ގުޅިގެން މޯލްޑިވްސް އިންލަންޑާރެވެނިއު އޮޓޯރިޓީއިން އަދާކުރާ ހަމައެކަނި މަސްއޫލިއްޔަތަކީ ސަރުކާރަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތުކަމަށާއި، ގއ. މުނަންދުވުކުއްޔަށްދިނުމާ ގުޅޭ ގޮތުނު ޑްރިފްޓްވުޑް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށ ޑްރިފްޓްވުޑް މޯލްޑިވްސްއިން ފާހަގަކޮށްފައިވީނަމަވެސް، އެ އެއްބަސްވުމަކީ ބާޠިލު ނުވަތަ ވުޖޫދުގް އިނުވާ އެއްބަސްވުމެއްކަމުގައި ކޯޓުން ކަނޑައަޅާފައިނުވުމުން މި މައްސަލައިގައި ސުވާލު އުފެދިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިންކަމަށް ކަނޑައަޅައިދިނމަށ އެދް ކަމުގައެވެ.
9ސިވިލ ކޯޓުން މައްސަލަ ނިންމާފައިވަނީ ގއ. މުނަންދުވްޑްރިފްޓްވުޑ މޯލްޑިވްސްއަށް ކުއްޔަށްދިނުމާ ގުޅޭ ގޮތުނ 07 ނޮވެންބަރު 2013 ގައާ ޑްރިފްޓްވުޑް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއް ކަމުގައި ކަނޑައަޅާނެ ތަނެއް ނެތް ކަމުގައެވެ.
10މި ޙުކުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1. ދ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމުގައިވާ ކަންކަމަށް ބެލުމުން، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ރަށް ކުއްޔަށް ހިފުމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން އެދުމުންކަން އެނގޭކަމށާއި،އެ ރަށް ކުއްޔަށް ހިފުމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން އެދިފައިވަނީ އެ ރަށާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދިން މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްކަން އެނގެން ނެތްކަން.
10.2. ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން އެގްޒިބިޓް 11 ގ ގޮތުގައެ ހުށަހަޅާފައިވި އެންވަޔަރަމަންޓް އިމްޕެކްޓ އެސެސްމެންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ފަތުރުވެރިންގެ ބޭނުމަށް އެ ރަށް ބެނުންކުރުމަށް އުނދަގޫތަކެއް ކުރިމަތިވނެކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާކެމަށާއި، އެހެނަސް ދ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް ބެލުމުން އެ ރަށް ކުއްޔަށް ހިފާފައިވަނީ ގއ.ހަޑަހގައ ހިންގި ރިސޯޓާގުޅޭ ޓޫރިޒަމްގެ މަސައްކަތަށްކަން އެނގޭކަމަށާއި، މި އެއްބަސްވުމުގެ 7 ވަނަ މާއްދާގައި މި ރަށް ސްޓާފް އެކޮމޮޑޭޝަންފަދަ ކަންކަމަށް ބޭނުންކުރެވިދާނެކަމަށާއި، ޓޫރިސްޓް ސަރވިސް ފެސިލިޓީއެއް ހިންގަން ބޭނުންނަމަ އެކުއިޒިޝަން ފީ ދައްކަންޖެހޭނެކަމަށ ބަޔާންކޮށްފައިވާތީ، ޓޫރިސްޓުންނަށް ޚިދުމަތްދިނުމަށް އެދޭނަމަ އެކިއުޒިޝަނ ފީއެއް ދައްކަންޖެހޭއިރު، އެފަދަ ފީއެއް ދައްކާފައިވާކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން ބަޔާންކޮށްފައިނުވާތީ، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސީދާ ޓްރިސްޓުންނަށ ޚިދުމަތް ދިނުމުގޫ މަޤްޞަދުގައިކަން ބެލެވެންނެތްކަނ.
10.3. 11 ޖުލައި 2016 ގައި ގއ. ކޮނޑޭމަތިލާބަދުއ ގުޅާ ގޮތުން ޑްރިފްޓްވުޑް މޯލްޑިވްސްއާއި ދިވެހި ސަރުކާރާއ ދެމެދި ޖޮއިންޓް ވެންޗަރެއެގްރީމެންޓެއް ސޮއިކޮށްފައިވަނީ ގއ. މުނަންދުވީ ގ ބަދަލުގައި ރަށެއް ދިނުމުގެ ގޮތުން ކަން އެ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާތ، ގއ. ކޮނޑޭމަތިލާބދު އާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމަކީ ގއ. މުނަންދުވްއާ ގުޅޭ މުޢާމަލާތެއްގެ ގޮތުގައި ބަލާނެ ހަމައެއް ނެތްކަން.
10.4. ގއ. މުނަންދުވާ ކުއްޔަށްދިނުމާގުޅޭ ގޮތުން 07 ނޮވެންބަރު 2013 ގައި ވެފައިވާ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅާނެ ހަމައެއް ނެތުމުން، އެއްބަސްވުނ ބާޠިލުކުރުމަށް މިނިސްޓްރީ އޮފް ޓްރިޒަމްއިނ ނިންމް ނިންމުމާއި، އެއްބަސްވުން ބާޠިލުކުރަންދެން ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ނިންމި ނިންމުންތަކަކީ ބާޠިލު ނިންމުންތަކެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމާއި، އަދްޑްރިފްޓްވުޑ މޯލްޑިވްސްއަށް ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ސަބަބެއް ނެތްކަނި .
10.5. ޑްރިންފްޓްވުޑް މޯލްޑިވްސްއިން ހުށަހެޅި ހެކި ލިސްޓުގައި ޝަފަހީހެއްކެއް ބަޔާންކޮށްފައިނުވާކަމށާއި، ނަމަވެސް ހުށަހެޅި ދަޢުވާ ފޯމުގައި ޝަފަހީ ހެއްކެއް ޙާޟިރުކޮށްދިނުމަށް އެދިފައިވީނަމަވެސް، މި ހެކި ޙާޟިރުކުރުމަށް އެދިފައިވާ ކަމަކީ، ގއ. މުނަންދުވީ އާ ގުޅޭ އެއްބަސްވުމުގެ ޞައްޙަކަމަށް އަސަރުކުރާނެފަދަ ކަމަކަށްނުވާތީ، ޝަފހަ ހެކީގ ގޮތުގައެ ހުށަހަޅާފައިވި ފަރާތާ ޙާޟިރުކޮށް، އެ ފަރާތުގެ ހެކިބަސް ނަގަންޖެހޭކަމަށް ބުރަވެވެން ނެތްކަން.
11ސިވިލް ކޯޓުގެ ނަންބަރ 2360/Cv-C/2020 ޤަޟިއްޔާއި ގުޅިގެނާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 03 )ތިނެއް( ނުކުތާއެވެ.އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
11.1. ޤާނޫނު ނަންބަރު 13/2010 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( 5 ވަނަ މާއްދާގެ )ށ( ގެ )1 ( ވަނަ ނަންބަރުގައި މައްސަލަތައް ނިންމުމުގައި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނެފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވުމުން، އެއީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާއި 142 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޢުޞޫލުތަކާ ޙިލާފުކަމެއްކަން ބުނެ ހުށަހެޅި ނުކުތާ އާއި،
11.2. ޤާނޫނު ނަންބަރު 4/19 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 16 ވަނަ މާއްދާއަށް ޙަވާލާދީ އިސްތިއުނާފުކްރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ތަޠުބީޤުކޮށްފައިވަނީ ރަނގަޅށ ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، އަދި
11.3.ގއ.މުނަންދުވއ ގުޅިގެނާ ކުރިން ހަދާފައިވާ EIA ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދެފަރާތުގެ މެދުގައި ވެފައިވާ އެގްރީމަންޓުގެ 7 ވަނަ މާއްދާއާ ތަފާތު ކަންތައްތަކެއްކަމަށް ބުނެ މައްސަލަ ނިންމާފައިވަނީ ފަނޑިޔާރަށް ލިބިފައިނުވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކަ ށކަމެށްވާތީ، އެއީ ޤާނޫނުއަސާސީގެ 42 )ށ( ގައި ބަޔާނިކޮށްފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤް ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅ ނުކުތާއެވެ.
12ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުންބުނެފައިވަނީ އެ ފަރާތަކީ ގއ. ހަޑަހުގައި ރިސޯޓެއް ހިނގަމުންދިޔަ ފަރާތެއް ކަމުގައިވާއިރު، އެ ރިސޯޓު ހިންގުން ފީސިބަލްކުރުމަށްޓަކައި ރިސޯޓު ކައިރިން ރިސޯޓަށް ސަޕޯޓުކުރުމުގެ ބޭނުމުގައި ރަށެއް ބޭނުންވާތީ، ގއ.ހަޑަހއ 10 ކިލޯމީޓަރު ކައިރި ރަށަކަށް އެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެދުނުކަމުގައެވެ. އެގޮތުން، ގއ. މުނަންދުވާ ކުއްޔަށްދިނުމާއި ގުޅޭ ގޮތުން ޑްރިފްޓްވުޑް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު 07 ނޮވެންބަރު 2013 ގައް އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމަށާއި، މި އެއްބަސްވުމުގައި ސޮއިކުރެވުނުއިރު އެރަށް ބަލައި، އ ރަށުގެ ޙާލަތާއި ގުޅޭ ކަންކަން ދެނެގަނެ ވަޒަންކުރަން ފުރުޞަތު ލިބިފައިނުވާކަމަށާއި، އެ ރަށު ކުއްޔަށް ހިފި މަޤްޞަދަކެހަޑާހާގައި އޮޕަރޭޓުކުރާ ރިސޯޓުގެ ބޭނުމަށް ޓޫރިޒަމާގުޅޭ މަސައްކަތްތައް ކުރުމަށް ކަމުގައެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ރަށް ކަމުނުދާނަމަ، ރަށް ބަދަލުކުރުމުގެ ފުރުޞަތު އޮންނާނެ ކަމުގެ ޔަޤީންކަން އެއިރުގެ މިނިސްޓަރ އޮފް ޓޫރިޒަމް ދިނުމުން، އެ ޔަޤީންކަމަށް ބަރޯސާވެ ކަމުގައެވެ.
13ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ޖަނަވަރީ 2014 ގައި ގއ. މުނަންދުވާއަށް ގޮސް، އެ ރަށް ބެލި ބެލުމުގައި ފާހަގަކުރެވުނީ އެ ރަށަކީ ގާމަތީ ރަށެއްކަމާއި، ފަޅެއްވެސ ނެތް ރަށެއް ކަމުގައެވެ. އެ ރަށަކީ އެ ރަށް ކުއްޔަށް ހިފި މަޤްޞަދު ހާސިލުވާނެ ރަށެއް ނޫންކަން ފާހަގަކުރެވުމުން، އެއިރުގެ މިނިސްޓަރ އޮފް ޓޫރިޒަމްއަށަ ފޯނުން ގުޅައި، އެ މަޢުލޫމާތު މިނިސްޓަރއާ ހިއްސާކުރިކަމުގައެވެ. އެއިރުވެސް އ ރަށް ބަދަލުކޮށްދެވިދާނެކަމުގެ އޮޕްޝނ އޮތްކަމަށާއި، އެފަދައިން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް މިނިސްޓަރ ވިދާޅުވިކަމުގައެވެ.
14ހަމަ އެ މަހުގެ ތެރޭގައި މިނިސްޓަރ އޮފް ޓޫރިޒަމްއާ ބައްދަލުކޮށް، އެ ރަށުގެ ލީސް ބަދަލުނުކުރެއްވިއްޖެނަމަ، ގއ. މުނަންދުވާގެ އެއްބަސްވުން އުވާލަން ބޭނުންވާކަން ހާމަކުރުމުން، ޑްރިފްޓްވުޑ މޯލްޑިވްސްއިން އެކަމަށް އެދޭކަނ ލިޔުމުން ދިނުމަށް މިނިސްޓަރ އެދުމުން، އ ބައްދަލުވުމުގައި ސިޓީ )ޑްރިފްޓްވުޑްމޯލްޑިވްސުގް ނަންބަރ DW/GEV/02/2014 ސިޓީ( މިނިސްޓަރގެ އަތްޕުޅަށް އެރުވުނުކަމުގައެވެ. އެކަން ހިނގާދިޔަގޮތުންއެ އެއްބަސްވުމަކީ އުވާލެވިފައިވާ އެއބަސްވުމެއްކަން ސާފުވެގެންދާކަމަށާއި، މިސިޓީގެ ކޮޕީއަކާއި އެއިރުގެ މިނިސްޓަރުގެ ލިޔުމުން ދީފައިވާ ބަޔާނެއް ދަށް ކޯޓަށު ދަޢުވް ފޯމާއިއެކު ހުށަހެޅިނަމަވެސް، މައްސަލަ ނިންމުމުގައި މި ލިޔުންތަކަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
1511 ޖުލައި 2016 ގައި ޑްރިފްޓްވުޑް މޯލްޑިވްސްއާއި ދައުލަތާއި ދެމެދު ގއ. ކޮނޑޭމަތީލާބަދު ކުއްޔަށް ދިނުމާގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމަށާއި، އެ ރަށަށް ދައްކަންޖެހޭ އެކުއިޒިޝަން ފ ދައްކާފައިވާކަމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއިން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލަށް ބަލާއިރު، ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފްއިސާއެއ ނުވަތް ކުއްޔެއް ނުވަތަ ޖޫރިމަނާއެއްވާނަމަ، އައު ރަށެއް ކުއްޔަށް ނުދޭކަމަށާއި، އެހެނަސް،ގއ. ކޮނޑޭމަތީލާބް ދ ކުއްޔަށް ދިނުމާގުޅޭ ގޮތުން އެއްބަސްވުމެއްގައ ސޮއިކޮށް، މި ރަށުގެ އެކުއިޒިޝަން ފީ ދެއްކުމަށް ދައުލަތުން މަގުފަހިކޮށްދިނުމުން، ޑްރިފްޓްވުޑް މޯލްޑިވްސްއަށް ޤަބޫލުކުރެވުން ޙަޤީޤަތަކީ، ގއ. މުނަންދުވާގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށާއި، ގއ. މުނަނދުވާއ ގުޅިގެނާ އަދާކުރަންޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމުގައެވެ.
16އެހެންކަމުން، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްނުކޮށް ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނާއި ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު ގެއްލޭގޮތަށް ކަމުގައެވެ.
17ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުނ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެފައިވްނީ ދަ ފަރާތި ދެމެދް އެއްބަސްވުން ވެފައިވަނީ ޙަޤީޤަތް އޮޅޭ މަޢުލޫމާތު ދިނުމުގެ ސަބަބުން އެއްބަސްވުމަށް އާބަސ ދީގެން ކަމުގައެވެ. މިފަދަ އެއްބަސްވުމަކީ އެކަން ކުރިމަތިވި ފަރާތުގެ ނިސްބަތުގައ ބާޠިލުކުރެވިދާނެ އެއްބަސްވުމެއްކަމުގައެވެ. މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކުރުމެވެ.
18ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 އިސްމާޢީލް ސުޖާއު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި މަކަރުވެރިގޮތަށ އޮޅުވާލުން ސާބިތުކުރުމަށް 3 ކަމެއް ފާހަގަކޮށްފައިވާކަމާއި، މި ކަންކަން މި މައްސަލައަށް ތަޠުބީޤުކުރުމުން، މިނިސްޓްރީ އޮފް ޓޫރިޒަމްއަކީ ޓޫރިޒަމްގެ ބޭނުމަށް ރަށްރަށުގެ ދަފްތަރު ބަލަހައްޓާ ފަރާތްކަމާއި، އެއީ ރަށްތަކާއ ގުޅި މަޢުލޫމާތު އެންމެފުރިހަމައަށް އެނގޭނެ ފަރާތްކަމްއި، ރަށްތަކާއ ގުޅިގެނި ހުށަހަޅް ރިޕޯޓުތަކުގެ ޒަރިއްޔާއިން ރަށްރަށުގެ ޙާލަތާއި އެ ރަށްތައް އެކި މަސައްކަތަށް ބޭނުންކުރެވޭނެ މިންވަރު އެނގޭނެކަމާއި، މިގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ރަށްތައް ކުއްޔަށް ދޫކުރާއިރު އޮންނާނީ legitimate expectation އަކީ ކުއްޔަށް ދޭ ރަށަކީ، އެ ރަށެއް ކުއްޔަށް ދޫކުރި މަޤްޞަދު ހާސިލުކުރެވޭނ ފެންވަރުގެ ރަށަކަށްވުންކަމެވެ.
19ގއ. މުނަންދުވާއަކީ ކުރިން ކުއްޔަށް ދޫކުރެވުނު ރަށެއްކަމާއި، އެ ރަށް ކުއްޔަށް ދޫކުރެވުނު ކުންފުނިންވެސް އެ ރަށާއި ގުޅޭ ޝަކުވާތަކެއް ކޮށްފައިވާކަމަށާއި، އެގޮތުން އެ ފަރާތުން ހަދާފައިވާ EIA އިން އެ ރަށަކީ ގާމަތީ ރަށެއްކަމާއި، މި މަޢުލޫމާތު އެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއާ ހިއްސާކުރުމުނ، އެ ރަށުގެ ބަދަލުގައި އެހެން ރަށެއް އެ ކުންފުންޏަށް ދިންކަމާއި، އެ ރަށުގެ ބަދަލުގައި އެހެނ ރަށެއް އެ ކުންފުންޏަށް ދިން ދުވަހު، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ގއ . މުނަންދުވ ޑްރިފްޓްވުޑ މޯލްޑިވްސްއަށް ދިން ކަމަށާއި، އެ ރަށުގެ ޙާލަތު މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އެނގިހުރެ، އެ މަޢުލޫމާތު ޑްރިފްޓްވުޑް މޯލްޑިވްސްއަށް ދިނުމަކާ ނުލައި އެރަށްކުއްޔަށް ދިނުމަކީ ޙަޤީޤަތް އޮޅުވާލުންކަމުގައި މެނުވީ ނުވާނެ ކަމުގައެވެ.
20މި މައްސަލައިގައި މަކަރުވެރިގޮތަކަށް އޮޅުވާލާ އޮޅުވާލުން ސާބިތުކުރުމަށް ބަޔާންކޮށްފައިވާ އުންސުރުތައް ފުރިހަމަވްކެމަށާއި، އަދި އެއީ މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށް ތަޠުބީޤުކުރަންވާނެ ކަންތައްތައް ކަމުގައިވީނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޙަވާލާދީ ފާހަގަކޮށްފައިވާ ކަންކަން މި މައްސަލައަށް ރަނގަޅަށް ތަޠުބީޤުކޮށްފައިނުވާކަމުގައެވެ.
21ތިންވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުނ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެފައިވނަ ގއ. މުނަންދުވ ކުރިން ކުއްޔަށް ދީފައިވާ ފަރާތުން ހަދާފައިވާ EIA ރިޕޯޓުގައިވަނީ ރިސޯޓެއް ތަރައްޤީކުރުމަށް އެރަށް ރަނގަޅުނޫންކަމަށާއި، ޑްރިފްޓްވެޑް މޯލްޑިވްސްއާއެކު މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފައިވާ އެއްބަސްވުމުގ 7 ވަނަ މާއްދާއަށް ބަލާއިރު، އެއްބަސްވުމުގެ ދަށުނ ގއ. މުނަންދުވެކުއްޔަށްދީފައިވަނީ ސީދާ ޓޫރިސްޓުންނަށް ޚިދުމަތްދިނުމަށ ނޫންކަމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 6 ވަނަ ސަފްހާގައި ބަޔާންކޮށްފައިވާކަމަށާއި، ކުރިން ގއ. މުނަންދުވ ކުއްޔަށްދީފައިވާ ފަރާތަށް އެ ރަށް ކުއްޔަށް ދީފައިވަނީ ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމަށްކަމަށްވުމުން، އެ ފަރާތުން ހދ EIA ރިޕޯޓު ބިނާވެފައިވަނީ ރިސޯޓެއް ތަރައްޤީކުރުމާގުޅޭ ގޮތުން ކަމުގައެވެ.
22އީ ރިޕޯޓާއި އެއިރު އެތަން ކުއްޔަށް ހިފާފައިވާ ފަރާތުން ރަށާއި ގުޅޭ ގޮތުންފާހަގަކޮށްފައިވާ ކަންކަމަކީ އެ ރަށުގައި ގުދުރަތީ ޙާލަތުކަމާއި، ޑްރިފްޓްވުޑް މޯލްޑިވްސްއަށް ރަށް ކުއްޔަށް ދީގެން ހާސިލުކުރަން ބޭނުންވާ ނަތީޖާއަށް ބަލާއިރު، ހަމަ އެ ރަށުގެ އެ ގުދުރަތީ ޙާލަތު ހަމަ އެގޮތުގައި ދެމިއޮތްކަމާއި، EIA ރިޕޯޓުންވެސް ހާސިލުކުރަން ބޭނުންވީވެސ އެކަން ކަމުގައެވެ.
23އެހެންނަމަވެސް، EIA ހަދާފައިވަނީ ސީދާ ޓޫރިސްޓުންނަށް ޚިދުމަތްދޭންކަމަށާއި، ޑްރިފްޓްވުޑް މޯލްޑިވްސްއަށް ސްޓާފް އެކޮމޮޓޭޝަން ފަދަ ކަންކަމަށް ރަށް ބޭނުންކުރަން ރަށް ކުއްޔަށް ދީފައިވާކަމަށް މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވުމުން، މައްސަލަ ބެލި ޤާޟީއަށް ވިދާޅުވެވުނ ރަށަކީ ތުނ ގާތައ ހިމެނޭ ގާމަތީ ރަށަކަށް ވިޔަސް، ސްޓާފް އެކޮމޮޑޭޝަންފަދަ ކަންކަމަށް އެ ރަށް ބޭނުންކުރެވިދާނެކަމަށެވެ. އެހެންނަމަވެސް، އެ ނިންމުން ބިނާކުރާ އެއްވެސް ފަންނީ ލިޔުމެއް ނެތި، އެއްބަސްވުމުގައި ބުނެފައިވާ ސްޓާފް އެކޮމޮޑޭޝަންފަދަ ކަންކަމަށް ގާމަތި ރަށެއް ބޭނުންކުރެވޭނެ ކަމަށް ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އިން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ޑްރިފްޓްވުޑް މޯލްޑިވްސްގެ ކިބައިން ގެއްލޭކަމެއް ކަމުގައެވެ.
24އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ 07 ނޮވެންބަރު 2013 ގައި ޑްރިފްޓްވުޑް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު ސޮއިކުރެވުނު ގއ. މުނަންދުވ ކުއްޔަށްދިނުމުގެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަން ކަނޑައަޅައިދިނުމަށާއި، 02 އޮގަސްޓް 2016ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިނ އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން އެއްބަސްވުން އުވާލެވިފައިނުވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނިންމި ނިންމުމާއި، ކުލާ ނުދައްކައިގެންކަމަށ ބުން ގއ. މުނަންދުވ ކުއްޔަށްދިނުމުގެ އެއްބަސްވުން 02 އޮގަސްޓް 2016 ގައި ބާޠިލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނިންމި ނިންމުމާއި، ގއ. މުނަންދުވ ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން އެ އެއްބަސްވުން 02 އޮގަސްޓް 2016 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބާޠިލުކުރަންދެން ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިންނާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
25ފުރަތަމަ އިސްތިއުނާފީ ނުކުތެ ގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނާ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުނު ހުށަހެޅް ފުރަތަމަ ނުކުތާގައި އެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް އ ފަރާތުން ބުނެފައިވަނީ އެ ފަރާތުގެ ނަންބަރ DW/GEV/02/2014 ސިޓީއާއި، ކަން ހިނގާދިޔަގޮތްކަމަށް އެއިރުގެ މިނިސްޓަރ އޮފް ޓޫރިޒަމް ލިޔުމުން ދީފައިވްކަމަށ ބުން ބަޔާނެށ ކަމުގައެވް.އެ ހެކިތަކަށް ރިޢާޔަތްނުކުރުމުގެ ސަބަބުން ޙުކުމަށް އަސަރުކޮށްފައިވާކަމަށް އަދި އަސަރުކޮށްފައިވަނީ ކިހިނެއްކަން އަދި މައްސަލަ ނިންމުމުގައި އެ ހެކިތަކަށް ރިޢާޔަތްކުރިނަމަ ޙުކުމަށް އަންނާނެ ބަދަލަކީ ކޮބައިކަންވެސް އިސްތިއުނާފު ފޯމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުނ ކިޔައިދީފައިނުވާކަމުގައެވެ.
26ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގެ 285 ވަނަ މާއްދާގައި އިސްތިއުނާފު ހުށަހަޅަންވީގޮތް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ބިނާކުރާ ނުކުތާއާއި، އޭގެ ޤާނޫނީ ސަބަބު ބަޔާންކޮށްދިނުން ލާޒިމުވާއިރު، އަދި އިސްތިއުނާފަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެ ޙާލަތްތައް ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( ގެ 43 ވަނަ މާއްދާގައި ބަޔާންކުރާއިރު، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގައިވެސްމައްސަލައި ނިންމުމުގައި ގޯހެއް ހަދާފައިވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށ ބުނުމަކުން، މައްސަލައެއް އިސްތިއުނާފުކުރުމަށް ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެކަމަށ ކަނޑައަޅާފައިވާއިރު، މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމުގައި، އިސްތިއުނާފުކުރުމުގެ ޤާނޫނ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއް ކަމުގައެވެ.
27މި އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލުގައ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހަމައެކަނި ކިޔައިދީފައިވަނީ މައްސަލައިގެ ކަން ހިނގާދިޔަގޮތްކަމާއި، އ ބަޔާންކުރެ ހެކިތަކަށް ރިޢާޔަތްނުކުރުމުގެ ސަބަބުން ސިވިލް ކޯޓުގެ ޙުކުމަށް އަސަރު ފޯރާފައިވާކަން ސާބިތުކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަމުގައިވީނަމަވެސް، އެކަން އެ ފަރާތުނ ކޮށްފައިނުވާކަމުގައެވެ.މިގޮތުން އެ ހެކިތަކަށް ރިޢާޔަތްނުކުރުމުގެ ސަބަބުން ޙުކުމަށް އަސަރު ފޯރާފައިވާކަމަށްއަދި އަސަރުކޮށްފައިވަންކިހިނެއެކަނ އިސްތިއުނާފު ފޯމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ކިޔައިދީފައިނުވާކަމުގައެވެ.
28ސިވިލ ކޯޓުގް ނިންމުމުގައި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއް ކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ނިންމާފައިވާ ސަބަބުތައް އެ ނިންމުމުގައި ބަޔާންކޮށްފައިވާކަމުގައެވެ.
29ގއ. މުނަންދުވާގެ ލީސް އެގްރިމެންޓް ބާޠިލުކޮށްދިނުމަށް ޑްރިފްޓެވުޑް މޯލްޑިވްސްގެ ފަރާތުނ ދަޢުވާފޯމާއިއެކު ހުށަހަޅާފައިވާ ސިޓީއަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ލިބިފައިވާ ސިޓީއެއްކަން އ މިނިސްޓްރީގެ ރިކޯޑުތަކުން އެނގެންނެތްކަމާއި، މި ސިޓީ ހުށަހެޅިކަމަށް ބުނާ ބުނުމުގެ އިތުރުން ދަޢުވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 L/90,-2019/SC L/89,-2019/SC L/88,-2019/SC L/87,-2019/SC މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓާއި، އެ ކޯޓުގެ ނަންބަރު 2019/SC-A/09 )ޢިމާދު ޔޫސުފު ވ. ސީ.އެންޑް.ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔ ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާތީ އެކަން މަދަނީ މިންގަނޑުން ދަޢުވާކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަމުގައެވެ.
30އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ދެލޔުމަށް ރިޢާޔަތްކުރިކަމުގައިވީނަމަވެސް، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކާ ބާޠިލުކުރެވިފައިވާ އެއްބަސްވުމެއްކަން ލިޔެކިޔުންތަކުން ސާބިތުނުވާކަމާއި، އެއްބަސްވުނ ބާޠިލުކުރުމަށް އެއްބަސްވުމުގައި ވަކި އިޖުރާއަތެއް ކަނޑާއަޅާފައިވާއިރު، އިސްތިއުނާފުކުރ ފަރާތުން އެ އިޖުރާއަތާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާކަމުގައެވެ.
31އެހެންކަމުން، މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް ދައުލަތުން ނުދެކޭކަމުގައެވެ.
32ދެވަނަ އިސްތިއުނާފީ ނުކުތގާ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީމި މައްސަލައަށް ކޮންޓްރެކްޓާބެހޭ ޤާނޫނު ތަޠުބީޤުކުރަންޖެހޭކަމަށ ދައުލަތުން ނުދެކޭކަމަށާއި، އެއީ އެއްބަސްވުން ވުޖޫދަށް އއ މިނިސްޓްރީ އޮފް ޓޫރިޒަމްއިން އޮޅުވާލައިގެން ނުވަތަ ދައުލަތުގެ ނުނިޔަތެއް އޮވެގެން ކަމުގައިނުވާތީކަމަށާއި، މިގޮތުން ސިވިލް ކޯޓުގެ ޝިރީޢަތ ނިމުން ގޮތުގު ރިޕޯޓުގއެފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ )ށ( ގައި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ މާއްދާތަކަށް ބަލައި، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ރަށް ހިފުމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން އެދިގެންކަމަށާއި، އެ ރށީހިފުމަށ ޑްރިފްޓްވުޑް މޯލްޑިވްސްއިން އެދުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދިން މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައެވެ.
33އެ ރަށް ހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރަށާބެހޭ ހުރިހާ މަޢުލޫމާތެއް ސާފުކޮށް، diligence due ހެދުމަކީ ޑްރިފްޓްވުޑް މޯލްޑިވްސްގެ ޒިންމާއެއްކަމަށާއި، އެ އެއްބަސްވުމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރިއިރު، ކުއްޔަށް ހިފާ ރަށަކީ ގއ. މުނަންދުވީކަން ޑްރިފްޓްވުޑް މޯލްޑިވްސްއަށް އެނގޭއިރު، އެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްބަސްވުމުގެ މަޤްޞަދު ހާސިލުކުރުމުގެ ޤާބިލުކަން އެ ފަރާތގު ކިބައިގައި ހުރިކަމަށް ޚުދު އެ ފަރާތުން ޤަބޫލުކުރާތީކަމަށ ދައުލަތުން ދެކޭކަމުގައެވެ.
34ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވާނަ މާއްދާގަ )ށ( އަށް ރިޢާޔަތްކުރާއިރު، ގއ. މުނަންދުވްއަކީ ގާމަތީ ރަށެއްކަމަށްވުމުނ އެއް އެއްބަސްވުމުގެ މަޤްޞަދު ހާސިލުވާނެ ރަށެއް ނޫންކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެ، އެ ސަބަބަށްޓަކައި އެއްބަސްވުން ބާޠިލުކަމަށް ދެކި، އެއްބަސްވުމުގެ ދަށުނ ކުލި ދެއްކުމަށްދަތިވެފައިވާކަމަށް ބަޔާންކުރުމަކީ އެއްބަސްވުމުގެ ދަށުނ އެ ފަރާތުން އަދާކުރަންޖެހޭ ޒިންމާއިން ބަރީއަވުމަށް އޮތް ހުއްޖަތެއްނޫންކަމުގައެވެ.
35ގއ. މުނަންދުވިޑްރިފްޓްވުޑ މޯލްޑިވްސްއަށް ކުއްޔަށް ދީފައިވަނީ އެ ފަރާތުގެ އެދުމުގެ މަތިންކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އިސްތިއުނާފުކުރާ ފަރާތުގެ ރުހުމާއި ޤަބޫލާއެކު ކަމުގައެވެ. އެހެންކަމުން، އެއްބަސްވުން ވުޖޫދަށް އައީ ދައުލީތުގެ ނުނިޔަތެއް އޮވެގެންކަމަށާއ އެ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅަންޖެހޭ ޝަރުޢީ އަދި ޤާނޫނ ހަމައެއް ނެތްކަމުގައެވެ.
36ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 އިސްމާޢީލް ސުޖާއު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައިމަކަރުވެރި ގޮތަކަށް އޮޅުވާލާ އޮޅުވާލުން ސާބިތުކުރުމަށް ބަޔާންކޮށްފައިވާ އުންސުރުތައް މ މައްސަލައިގައި ފުރިހަމަނުވާކަމަށާއި، އެ ރަށް ކުރިން ކުއްޔަށް ދީފައިވާ ކުންފުނިން އެ ރަށަކީ ގާމަތ ރަށެއްކަމަށް ބަޔާންކޮށް، އެއްބަސްވުމުގައިވާ އިޖުރާއަތާއި އެއްގޮތަށް އްއެއްބަސްވުން ބާޠިލުކުރިފަހުން، އިސްތިއުނާފުކުރު ފަރާތަށް އެ ރަށް ކުއްޔަށް ދެވުނީ އިސްތިއުނާފުކުރާ ފަރާތުން އެދިގެންކަމަށާއި، މިކަން ހިނގާދިޔަ ގޮތަށް ބަލާއިރު، ޙަޤީޤަތާއި ޚިލާފު ކަމެއް ނެތްކަމުގައެވެ. އެހެންކަމުން،އިސްމާޢީލް ސުޖާއ ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލު ތަޠުބީޤުކުރަންޖެހޭ ޙާލަތެއް ނެތްކަމުގައެވެ.
37ތިންވަނަ އިސްތިއުނާފީ ނުކުތގާ ރައްދުގައި ދައުލަތުން ބުނެފައިވަނީގއް.މުނަންދުވާއ ގުޅިގެނާ ހަދާފައިވާ EIA ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދެ ފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާއާ ތަފާތު ކަންތައްތަކެއް ކަމަށް ބުނެ މައްސަލަ ނިންމާފައިވަނީ ފަނޑިޔާރަށް ލިބިފައިނުވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރެ،އެފަދައިން ނިންމާފައިވަނީ ދެ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށްގެންކަމުގައެވ. މިކަން ދަށު ކޯޓުގެ ނިންމުމުގެ 4 ވަނަ ނުކުތާގެ )ށ( އިން އެނގޭކަމުގައެވެ.
38ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 އިސްމާޢީލް ސުޖާޢު ވ. ޔޫސުފްރިޟާ ޤަޟިއްޔާއާ ޙަވާލާދީ ދައުލަތުން ބުނެފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ ގޮތުގްމަތިން ކޮންޓްރެކްޓެއްގައ ބައިވެރިވި މީހުން އެ ކޮންޓްރެކްޓްގައިވާ ކަންކަމުގެ މައްޗަށް ޤާނޫނީގާތުނ ބަނދެވުމުގެ ނިޔަތާއެކު މުޤާބިލެއް ހިމެނޭފަދައަކުނ އެއްބަސްވުމަކަށް އައިސްފިނަމަ، ޤާނޫނީގޮތުން ބަލައިގަންނަ ތަންފީޒުކުރެވޭ އެއްބަސްވުމެއް ވެވުނީ ކަމުގައި ބަލަންޖެހޭކަމުގައެވެ.
39ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޕްރޮޕަޓީ މެނޖޭ ރ ޕްރައިވެޓް ލިމިޓެޑް ވ . މުޙައްމަދު އިބްރާހީމްމަނިކުޤަޟިއްޔާއާ ޙަވާލާދީ ބުނެފައިވަނީ، މައްސަލައިގެ ޚަޞްމަކު ފާހަގަކޮށްފައިނުވާ ކަމެއް ކަމުގައިވީނަމަވެސް، އެ ކަމަކީ ފާޅުކަން ބޮޑު ގޮތެއްގައެފާހަގަކުރެވެން އޮތް ކަމެއް ކަމަށްވާނަމަ، އެކަމަށް ރިޢާޔަތްކޮށް ޙުކުމްކުރެވިދާނެކަމާއި، މިގޮތުން މި މައްސަލައިގައި ދ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުން ބަލައި ޙުކުމްކޮށްފައިވާކަމުގައެވެ. އަދި މިކަމާ ގުޅޭ ގޮތުން ނިންމި ނިންމުން ބިނާވެފައިވަނީ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށްކަމުގައެވެ.
40އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީއިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގ ނަންބަރ 2360/Cv-C/2020 ޤަޟިއްޔާއިން ކޮށްފައިވް ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރާ ފަރާތުނ ސިވިލް ކޯޓުގައި ނެރެދިނުމަށް އެދިފައިވާ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. މައްސަލައިގެ އަޑުއެހުންތައް ނިމުނު ފަހުން ހުށަހެޅި ބަޔާން
41މި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާކަން 30 ޖަނަވަރީ 2025 ގައި އިޢުލާނުކުރިފަހުން، އިސްތިއުނާފުކުރާ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުނ ސިޓީއެއް ހުށަހެޅިއެވެ. މިލިޔުމުގެ ބޭނުމަކީ މައްސަލައް ގުޅިގެނާ ބޭއްވުން ފަހު އަޑުއެހުމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ޝަރީޢަތުގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ބައެއް މުހިންމު މަޢުލޫމާތު އެންމެ ރަނގަޅަށް ހިއްސާކުރެވިފައިނުވާތީ، ބައެއް ކަންކަން ސާފުކޮށްދިނުނ ކަމަށް ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. މި ލިޔުން ދައުލަތަށް ރައްދުކުރުމުން ދައުލަތުން މި ކޯޓަށް ސިޓީއެއް ހުށަހަޅާފައިވެއެވެ. އެ ސިޓީގައިވަނީ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަންކަމާއި، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ސިޓީގެ ޒަރިއްޔާއިން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށް އިޢުތިރާޟުކުރާ ކަމުގައެވެ.
42ޕްރިސިޑެންސް 1ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމީ މައްސަލައިގެ އަޑުއެހުންތަކުގައި ދެކެވިފައިވާ ވާހަކަތައް ރަމްޒުކޮށްދޭ ކަންކަމެވެ. އަދ އެއަށް ޖަވާބު ދެވިފައިވވެސާ ކަންކަމެވެ.އެއަކ އައު ވާހަކައެއްނެތެވެ. މި މައްސަލައަކީ އެ ފަރާތުގެ އިސްތިއުނާފަކަށްވާއިރު، އ އިސްތިއުނާފުގެ ތެރެއިން ކަން ހިނގާފައިވާ ގޮތާއި އެކަންކަމުގެ ތަފްސީލުހިއްސާކުރުމަކީ އިސްތިއުނާފުކުރު ފަރާތުގާ ޒިންމާއެކެވެ. އަދި ކަން ހިނގާފައިވާގޮތުގެ މައްޗަށް އިސްތިއުނާފުގެ ތެރެއިން ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބުދިނުމަކީވެސް އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އެއަށް ފަހު އިސްތިއުނާފު ރައްދުވާ ފަރާތަށް ރައްދުނުދިވޭ ބީދައަކުން،އަލަށް އުފަންވެފައިނުވާ ވާހަކަތަކެއް، އަދ ހަމައެއާއެކިއިސްތިއުނީފުގެ ތެރޭގައެދައްކާފައިވާ ވާހަކަތައް ތަފްޞލުކުރުމުގެ ބޭނުމުގައި ކަމަށް ބުނީ ޑްރިފްޓްވިޑް މޯލްޑިވްސްގެ ވަކީލު 09 ފެބުރުވަރީ 2025 ގައި އީމެއިލްކޮށްފައިވާ ނަންބަރު AAR/AC/2025/23) 04 ފެބުރުވަރީ 2025( ސިޓީ ބަންޑާރަނައިބުގެ އޮފީހުގެ ނަންބަރު B1/2025/35-CLD-32 )11 ފެބުރުވަރީ 2025( ސިޓީ ހުށަހަޅާ ކަންކަމީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ލިޔުމުގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައެއްނުވާނެއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
43މ އިސްތިއުނާފުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލާއިރު، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ މައިގަނޑު 03 )ތިނެއް( ކަމަކާ ގުޅިގެންނެވެ. އެއީ
43.1. ސިވިލް ކޯޓުން މައްސަލް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ލިޔެކިޔު ންތަކަށ ރިޢާޔަތްކުރުމެއްނެތިތޯއާއި، އަދި މިއީ ނިންމުމަށް އަސަރުކުރާނެފަދަ ލިޔެކިޔުންތަކެއްތޯއާއި،
43.2. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޙަވާލާދީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން ސިވިލް ކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއާއި، އަދި
43.3ގއ.. މާނަންދުވއ ގުޅިގެނާ ކުރިން ހަދާފައިވާ EIA ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދެފަރާތުގެ މެދުގައި ވެފައިވާ އެގްރީމަންޓުގެ 7 ވަނަ މާއްދާއާ ތަފާތު ކަންތައްތަކެއްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ފަނޑިޔާރަށް ލިބިފައިނުވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްތޯ ނުވަތަ ނޫންތޯ އެވެ.
44މާ ނުކުތާގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ކަން ހިނގައިދިޔަ ގޮތާއި މައްސަލައިގެ ވާޤިއުކަށަވަރުކުރުމަށ ސިވިލް ކޯޓަށް އެ ފަރާތުން ހުށަހަޅާފައިވާ ޑްރިފްޓްވުޑް މޯލްޑިވްސްގެ ނަންބަރ DW/GEV/02/2014 ސިޓީއާއި،އެއިރު ކަނު ހިނގާދިޔަގޮތުގެ މައްޗަށް އެއިރުގެ މިނިސްޓަރ އޮފް ޓޫރިޒަމް ދީފައިވާ ބަޔާނެއް ހުށަހެޅިނަމަވެސް، އެއަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، އެއީ މައްސަލައިގެ ކަން ހިނގައިދިޔަ ގޮތާއި، މައްސަލައިގެ ވާޤިއާތައް ކަށަވަރުކުރުމަށްޓަކައި ރިޢާޔަތްކުރުން ނުހަނު މުހިންމު ކަންތައްތަކެއް ކަމުގައެވެ.
45ސިވިލް ކޯޓަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން ހުށަހަޅާފައިވާ ދަޢުވާ ގައި އެދިފައިވަނީ ގއ. މުނަންދުވ ކުއްޔަށްދިނުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން ވުޖޫދަށް އައީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އެނގިފައިވާ މަޢުލޫމާތު ސިއްރުކޮށްގެން ނުނިޔަތުގައި ކަމަށްވާތީ އެ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައެޅުމަށާއި، 02 އޮގަސްޓް 2016 ގައި މިނިސްޓްރީ އޮފް ޓެ ރިޒަމްއިނޫ އެއްބަސްވުން ބާޠިލުކުރުމުގްކުރިން އެ އެއްބަސްވުން އުވާލެވިފައިނުވާކަމަށި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނިންމް ނިންމުމާއި، ކުލި ނުދައްކައގެންކަމަށ ބުން އެއްބަސްވުނ 02 އޮގަސްޓް 2016 ގައި ބާޠިލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނިންމި ނިންމުމާއި،މ އެއްބަސްވުނ 02 އޮގަސްޓް 2016 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބާޠިލުކުރަންދެން ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިންނާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިނ ނިންމް ނިންމުންތަކަކީ ބާޠިލު ނިންމުންތަކެއް ކަމަށް ކަނޑައަޅައި، މިނިސްޓްރީ އޮފް ޓޫރިޒަމްގ ޢަމަލުތަކުގެ ސަބަބުން ޑްރިފްޓްވުޑް މޯލްޑިވްސްއަށް 18,047,005.00 US$ )އަށާރަ މިލިއަން ސާޅީސް ހަތްހާސް ފަހެއް އެމެރިކާ ޑޮލަރު( ގެއްލުން ލިބިފައިވާތީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
46އެހެންކަމުން، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ މައިގަނޑު ޚުޞޫމާތަކީ ޑްރިފްޓްވުށް މޯލްޑިވްސްއަށް ގއ. މުނަންދުވާ ކުއްޔަށްދީފައިވަނީ ޙަޤީޤަތް އޮޅުވާލައިގެންކަމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނީ ބުނުމާއި، އެކަމުގެ މައްޗަށް ބިނާކޮށް އެ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން ދެކޭ ދެކމެވެ.
47ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ ގއ. މުނަންދުވެ،ޑްރިފްޓްވުޑް މޯލްޑިވްސްއަށް ކުއްޔަށްދީފައިވަނީ އެ ފަރާތުން އެކަމަށް ސަރުކާރުގައި އެދިގެންކަމެވެ. އަދި މިކަން ދ ފަރާތުން ވެފައިވް އެއްބަސްވުމުގާ ފުރަތަމަ ޞަފްޙާގައި ބަޔާންކުރާކަމެވެ. އޭގެ އިތުރުން އެ ރަށު ކުއްޔަށް ދޫކޮށްފައިވާ ބޭނުމަށް ބަލާއިރު، އެއީ ޑްރިފްޓްވުޑް މޯލްޑިވްސްއިން ގއ.ހަޑަހީގައ ހިންގި ރިސޯޓު ކައިރިން އެ ރިސޯޓަށް ސަޕޯޓުކުރުމުގެ ބޭނުމަށް ރަށެއް ބޭނުންވާތީކަމާއި، އެ ރަށް ކުއްޔަށްދޫކޮށްފައިވަނ ސީދާ ޓރިސްޓުންނަށ ޚިދުމަތް ދިނުމުގެ މަޤްޞަދުގައިކަމަށް ބެލެވެނާނެތުމުން، ގއ. ހަޑަހގައ ހިންގާ ރިސޯޓާގުޅޭ ޓޫރިޒަމްގެ މަސައްކަތްކުރުމަށް ގއ.މުނަންދުވއަކީ އެކަށީގެންވާ ރަށެއް ނޫންކަމަށް ބަލައި، އެކަމުގެ މައްޗަށް ބިނާކޮށް ގއ. މުނަންދުވްކުއްޔަށްދިނުމ ގުޅާ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅަންޖެހޭކަމަށް ބުރަވެވެނީ ނެތްކަމުގައެވެ.
48އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ލިޔުމަކީ މި މައްސަލައިގައި ރިޢާޔަތްތެރިކަނ ދީގެން އިތުރު ވާގިއާއެއް ކަށަވަރުވާ މިންވަރުގެ ބުރަދަނެއް ލިބިދޭ ލިޔުންތަކެއްތ ނުވަތައެ ލިޔެކިޔުންތަކަކީ،އ ލިޔެކިޔުންތަކުގެ މައްޗަށް ބަރޯސާވެ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަން ދަލާލާތުކޮށްދެވޭފަދަ ލިޔެކިޔުންތަކެއްތިބަލާއިރު، އިސްތިއުނާފީ މިނުކުތާގައ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުނ ދެ ލިޔުމަކަށް ޙަވާލާދެއެވެ.
49އޭގެ ތެރެއިން ޑްރިފްޓްވުޑް މޯލްޑިވްސްގެ ނަންބަރ DW/GEV/02/2014 ސިޓީއަށް ޙަވާލާދޭ ދިނުމަށް ބަލާއިރު،މި ސިޓީގައިވަނީ ޑްރިފްޓްވުޑް މޯލްޑިވްސްއިން ހިންގާ ރިސޯޓެއް ކަމުގައިވާ ގއ. ހަޑަހާގެ ބޭނުމަށް ދީފައިވާ ގއ.މުނަންދުވއަކީ ގާމަތީ ރަށަކަށްވެފައ އަދި ފަޅުނެތް ރަށަކަށްވާތ ގއ.ހަޑަހގެ ބޭނުންތަކަށް ނުފުދޭކަމަށާއި،އެ ފަރާތުން ބޭނުންވަނީހަޑަހގެ ކައިރީގައިވ ގއ. ފުނަދޫވިލިނގިލި ކަމަށްވާތީ އެ ރަށުގެ ލީސް ބަދަލުކެރެވެނު ނެތްނަމަ، ގއ. މުންނަދުވގ އެއްބަސްވުން ބާޠިލުކޮށްދިނުމަށް ކަމުގައެވެ.
50ސިވިލ ކޯޓަށް މި ލިޔުން ހުށަހަޅާފައިވަނީ ގއ. މުނަންދުވ ބަދަލުކޮށްދިނުމަށް އެދުނުކަމަށާއި، އެ ރަށުގެ ލީސް އެގޮތަށް ބަދަލުކުރެވެން ނެތްނަމަ، ގއ.މުނަންދުވގެ އެއްބަސްވުން އުވާލުމަށް ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން އެދުނުކަން ސާބިތުކޮށްދިނުމަށެވެ.
51މ ސިޓީއާ ގުޅޭ ގޮތުން ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަން މިނިސްޓަރ އޮފް ޓޫރިޒަމްއާ ބައްދަލުކޮށާގއި.މުނަންދުވާއަކީ އެ ރަށް ކުއްޔަށް ހިފި މަޤްޞަދު ހާސިލުނުވާ ރަށެއްކަން މިނިސްޓަރއްހިއްސާކުރިކަމަށާއި، އެ ރަށުގެ ލީސް ބަދަލުނުކުރެއްވިއްޖެނަމަ، ގއ. މުނަންދުވާގެ އެއްބަސްވުން އުވާލަން ބޭނުންވާކަން އެ ބައްދަލުވުމުގައި ހާމަކުރުމުން، ޑްރިފްޓްވުޑް މޯލްޑިވްސްއިން އެކަމަށް އެދޭކަނ ލިޔުމުން ދިނުމަށް މިނިސްޓަރ އެދުމުން، އެ ބައްދަލުވުމުގައި އެ ސިޓު)ޑްރިފްޓްވުޑްގެ ނަންބަރ DW/GEV/02/2014 ސިޓީ( މިނިސްޓަރުގެ އަތްޕުޅަށް އެރުވުނުކަމުގައެވެ.
52މި ސިޓީގެ އިތުރުން ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހަވާލާދެނީ ކަން ހިނގާދިޔަގޮތް ބަޔާންކޮށްދޭކަމަށ ބުން ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލް ޤަފޫރ 27 ޖަނަވަރީ 2020 ގައި ލިޔުމުން ދީފައިވާކަމަށް ބުނާ ލިޔުމަކަށެވެ. މި ލިޔުން ހުށަހަޅާފައިވަނީ ބަޔާނެއްގެ ގޮތުގައި ކަމަށ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެއެވެ.ސިވިލ ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި މި ފަރާތް ހެއްކެއްގެ ގޮތުގައި ޙާޟިރުކުރުމަށް އެދޭ ކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން ބަޔާންކުރިނަމަވެސް، 18 އެޕްރީލް 2021 ގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ހެކި ލިސްޓަށް ބެލުމުން ޝަފަހީ ހެއްކެއް ޙާޟިރުކުރުމަށް އެދިފައިނުވާކަން އެނގެއެވެ. ސިވިލް ކޯޓަށް ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމާއިއެކު، އެގްޒިބިޓް 2 ގެ ގޮތުގައި ދަޢުވާފޯމުގެ 7 ވަނަ ނަންބަރުގައި ހިމަނާފައިވާ ލިޔުމާއި، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުނ 18 އެޕްރީލް 2021 ގައި ހުށަހަޅާފައިވާ ހެކި ލިސްޓުގެ އެގްޒިބިކް 2 ގ ގޮތުގައެ ހުށަހަޅާފައިވާ ލިޔުން. ސިވިލް ކޯޓަށް ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމާއިއެކު، އެގްޒިބިޓް 3 ގެ ގޮތުގައި ދަޢުވާފޯމުގެ 7 ވަނަ ނަންބަރުގައި ހިމަނާފައިވާ ލިޔުމާއި، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުނ 18 އެޕްރީލް 2021 ގައި ހުށަހަޅާފައިވާ ހެކި ލިސްޓުގެ އެގްޒިބިކް 3 ގ ގޮތުގައެ ހުށަހަޅާފައިވާ ލިޔުން.
53މި ލިޔުމުގައާ އަޙްމަދު އަދީބު ޢަބްދުލް ޤަފޫރުގެ ފަރާތުން ފާހަގަކޮށްފައިވަނީ ގއ. މުނަންދުވ ބޭނުންނުކުރެވޭނެކަނ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހާމަކުރުމުން، އެ އެއްބަސްވުމަކީ "އުވާލެވިފައިވާ އެއްޗެއްގެ ގޮތަށް ބެއްލެވުމަށް" ޑްރިފްޓްވުޑް މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރަށ އެންގިކަމުގައެވެ.
54ޕްރިސިޑެންސް 2ޑްރިފްޓްވުޑް މޯލްޑިވްސްގެ ސިޓީއާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކުން ހާމަވެގެންދިޔައީމ ސިޓި މިނިސްޓްރީ އޮފް ޓޫރިޒަމއަށ ލިބިފައިވާކަން އެ މިނިސްޓްރީގެ ރިކޯޑުތަކުނ ނުދައްކާކަމެވެ. އޭގެ އިތުރުން، އާންމު އުޞޫލުން ރަސްމީ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އިދާރާތަކުގައި ބެލެހެއްޓޭއިރު، މި ބައްދަލުވުމުގެޔައުމިއްޔާ ބަދަލުކުރެވުނުތޯ ޝަރީޢަތުން ސުވާލުކުރުމުން، އެކަން ފެންނަން ނެތްކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެފައިވާކަމެވެ.
55ދެ ފަރާތް ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ދެ ފަރާތް ދެމެދު ބަދަލުކުރެވޭ ނޯޓިސްތަކާއި، އަދި ކުރެވޭ މުޢާމަލާތްތައް ކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާއިރު، ނޯޓިސް ފޮނުވަންޖެހެނީއެއްބަސްވުމުގައި ބަޔާންކުރާ އެޑްރެހަށް ނުވަތަ ދެ ފަރާތް ދެމެދު ލިޔުމުން އަންގާފައިވެ އެޑްރަހަކަށް ރެޖިސްޓަރޓް ޕޯސްޓް މެދުވެރިކޮށެވެ.
56ދައުލަތުގެ އިދާރާތަކަށް ސިޓީ ހުށަހަޅާނެ ވަކި އިޖުރާއަތުތަކެއް އޮންނައިރު، ބަޔާންކުރަނިވި ސިޓީގެ އެއްވެސ ރިކޯޑެއް މިނިސްޓްރީ އޮފް ޓޫރިޒަމްގައި ނެތްއިރު، އަދި ބަޔާންކުރަނިވި ބައްދަލުވުމުގެ ޔައުމިއްޔާއެއްވެސް ނެތްއިރު، ބަޔާންކުރަނިވި ސިޓީ ހުށަހަޅާފައިވަނީ ކ ނޑައެޅިފައިވާ އިޖުރާއަތުގެ ތެރެއިން ކަމުގައި ނުބެލެވޭނެއެވެ.
57ބުނާ ބުނުމަކުން އެއްބަސްވުން ބާޠިލުވާނެތޯ ބަލާއިރު، ދައުލަތާއި ޑްރިފްޓްވުޑް މޯލްޑިވްސްއާ ދެމެދު ގއ. މުނަންދުވ ކުއްޔަށް ހިފުމަށް ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުން ޑްރިފްޓްވުޑް 30 ޖަނަވަރީ 2025 ގައި ބޭއްވުނު އަޑުއެހުން އެއްބަސްވުމުގެ 41 ވަނަ މައްދާ މޯލްޑިވްސްއަށް ބާޠިލުކުރެވޭނެ ޙާލަތްތައް ބަޔާންކުރަނީ އެއްބަސްވުމުގެ 22 ވަނަ މާއްދާގައެވެ. އެ މާއްދާގެ ދަށުން ޑްރިފްޓްވުޑް މޯލްޑިވްސްއަށް އެ އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު ލިބިދެނީ އަންނަނިވ ފަދައިންނެވެ.
1. އެއްބަސްވުމުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ ޒިންމާއެއް ނުވަތަ އިލްތިޒާމެއް އަދާކުރުމަށް ދައުލަތުން އިންކރުކުރުމުނ ނުވަތި ދައުލަތުނަ ނުކުޅްދުމުން، އެއްބަސްވުމާއެ އެއްގޮތަށް އަމަލުކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިޔުމުން ދީ، މި މުއްދަތުގެ ތެރޭގައި އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާނަމަ އެއްބަސްވުން ބާޠިލުކުރުމަށް 60 ދުވަހުގެ ނޯޓިހެއް ލިޔުމުން ދިނުން
2. އެއްބަސްވުން ބާޠިލުކުރުމަށް 12 )ބާރަ( މަސް ދުވަހުގެ ނޯޓިހެއް ލިޔުމުން ދިނުން
3. އެއްބަސްވުން ބާޠިލުކުރުމަށް 30 )ތިރީސް( ދުވަހުގެ ނޯޓިހެއް ލިޔުމުންދިނުމާއިއެކު، އެއް އަހަރު ދުވަހުގެ ކުލި އަދާކުރުން
58އެއްބަސްވުނ ބާޠިލުކުރުމަށް އެދޭނަމަ، ޢަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ސާފުކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާހިނދު، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފަދައިން އެއްބަސްވުން ބާޠިލުކުރުމަށް ދައުލަތަށް ނޯޓިސް ފޮނުވާފައިވާކަން އެނގޭކަށްނެތެވެ.
59ޕްރިސިޑެންސް 3ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އަސާސީ ފަލްސަފާއަކީ ދެ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި އެއްބަސްވެފައިވާ އެއްބަސްވުން އެ އޮތްގޮތަށް ކޯޓުން ތަންފީޒުކޮށްދިނުމެވެ.ކަނޑައެޅިގެން ޤާނޫނަކާ ޚިލާފުނުވާހިނދަކު، ދެ ފަރާތުން ބޭނުންވާގޮތަށ އެއްބަސްވުމެއް ޤާއިމުކުރުމުގެ މިނިވަނކަންދ ފަރާތަށެ ލިބިދިއެވެ. މިފަދައިން ދެ ފަރާތުން ބަދެވޭ އެއްބަސްވުމެއްގެ ދަށުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 )ދައުލަތް )މިނިސްޓްރީ އޮފް ޓުއަރިޒަމް( ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔ ކަނޑައެޅިފައިވާއިރު، އެއްބަސްވުމުގެ ބޭރުން ކުރާ ކަންކަމުގެ ޒިންމާ އުފުލަންޖެހެނީ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާ ފަރާތުންނެވެ.
60ދެ ފަރާތެއް ދެމެދު އެއްބަސްވުމެއްވެފައިވާނަމަ، އަދި އެ އެއްބަސްވުމުގެ ދަށުން ޙައްޤުތަކާއި އިލްތިޒާމްތަކެއް އުފަންވެފައިވާނަމަ، އާންމު އުޞޫލުން ދެ ފަރާތުގެ މައްޗަށް ހިނގާނީ އެ އެއްބަސްވުމެވެ. އަދި ޢަމަލުކުރުމަށް ލާޒިމުވާނީ އެ އެއްބަސްވުމުގައ ކަނޑައަޅާފައިވާ ގޮތަށެވެ.
6111 ޖުލައި 2016 ގައި ޑްރިފްޓްވުޑް މޯލްޑިވްސްއާއި ދައުލަތާއި ދެމެދު ގއ. ކޮނޑޭމަތީލާބަދްކުއްޔަށް ދިނުމާގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއިން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލަށް ބަލާއިރު، ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވަތަ ކުއްޔެއް ނުވަތަ ޖޫރިމަނާއެއްވާނަމަ، އައު ރަށެއް ކުއްޔަށް ނުދކަމަށާއ، އެހެނަސް މި މުޢާމަލާތް ފުރިހަމަކުރުމަށް ދައުލަތުން މަގުފަހިކޮށްދިނުމުން، ޑްރިފްޓްވުޑް މޯލްޑިވްސްއަށް ޤަބޫލުކުރެވުނު ޙަޤީޤަތަކީ، ގއ. މުނަންދުވާގެ އެއްބަސްވުން ނިމުމަކަށް ގެނެވި، ގއ.މުނަންދުވައ ގުޅިގެނާ އަދާކުރަންޖެހޭ އެއްވެސް ފައިސާއެއް ނެތް ކމަށ ޤަބޫލުކުރެވުން ކަމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ. މިއީ ދަށު ކޯޓުގައިވެސް ދެކެވުނު ވާހަކައެކެވެ.
62ޕްރިސިޑެންސް 4ޑްރިފްޓްވުޑް މޯލްޑިވްސްއިން ޙަވާލާދޭ މި އެއްބަސްވުމަށް ބަލާއިރު، 11 ޖުލައި 2016 ގައި ޑްރިފްޓްވުޑް މޯލްޑިވްސްއާއ ދައުލަތާއި )މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ( ދެމެދު ސޮއިކުރެވިފައިވަނ ޖޮއިންޓް ވެންޗަރ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ދައުލަތުނޫގއ. ކޮނޑޭމަތީލާބާދ ތަރައްޤީކޮށް، އޮޕަރޭޓްކޮށް އަދި މެނޭޖުކުރުމަށްޓަކައި ހިންގްޕްރޮޖެކޓެއްގެ ދަށުން މި ރަށް ކުއްޔަށް ދޫކުރުމަށްޓަކައި ދައުލަތް ހިމެނޭ ފަދައިން ޑްރިފްޓްވުޑް މޯލްޑިވްސްއާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމެވެ. 11 ޖުލައި 2016 ގެ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ޕްރިއެމްބަލްއާއި، އެއްބަސްވުމުގ 2 ވަނަ މާއްދާގައި މިފަދައިން ބަޔާންކުރެއެވެ.
63އެހެންކަމުން، މިއާ ގުޅޭ ގޮތުން ސިވިލް ކޯޓުން ބަޔާންކޮށްފައިވާ ފަދައިން، މި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައ މިއި ގއ. މުނަންދުވި ގެ ބަދަލުގައި ރަށެއް ދިނުމުގެ ގޮތުން ކުރާ މުޢާމަލާތެއްކަމގައ ބަޔާންކޮށްފައިނުވާތީ،މިއީ ގއ.މުނަންދުވއ ގުޅާ މުޢާމަލާތެއް ކަމަށް ބަލާނެ ހަމައެއް އޮތްކަމަކަށ ނުދެކެމެވެ.
64މިނިސްޓްރީ އޮފް ޓޫރިޒަމްއިން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުން، ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފްއިސާއެއ ނުވަތް ކުއްޔެއް ނުވަތަ ޖޫރިމަނާއެއްވާނަމަ، އައު ރަށެއް ކުއްޔަށް ނުދޭކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްއިން ބުނެއެވެ. އަދި މި ބުނާ ބުނުމާއި ގުޅުވައިގެން 2011 ވަނަ އަހަރުގެ މާލިއްޔަތާއިބެހޭ ނަންބަރ 07/2011 ސަރކިއުލަރ ހުށަހަޅާފައިވެއެވެ. މި ސަރކިއުލަރގްއިވަނީ ދައުލަތަށް ފައިސާއެއަ ދައްކަންޖެހޭ ފަރާތަކާއެކު ދައުލަތުގެ މުއައްސަސާއަކުން ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ބަލައިގަންނަ ފައިސއަކާ ގްޅިގެނ އެއްބަސްވުމަށް ބަދަލެއް ގެނައުމުގެ ކުރިން ނުވަތާއެގްރިމެންޓ ކުރެވިފައިވެފަރާތް ބަދަލުކުރުމުގެ ކުރިން ނުވަތަ އެއްބަސްވުން އައުކުރުމުގެ ކުރިން ނުވަތަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ކުރިން ނުވަތަ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން، އ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ކަށަވަރކުރަންވާނެކަމުގައެވެ.
65އަދި ހަމައެއާއެކު އެއްވެސް ވިޔަފާރިއަކަށް އޮޕަރޭޓިންގ ލައިސަންސް ދިނުމާއި، އެއުކުރުމާއި، ބަދަލުގެނައުމާއި، ބަދަލުކުރުމާއި މިނޫންވެސް ދައުލަތުގެ މުއައްސަސާތަކުން ދޭންޖެހޭ ހުއްދައެއް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން ކަށަވަރުކުރުމަށްފަހު މެނުވީ އެކަން ނުކުރުމަށެވެ.
66ޑްރިފްޓްވުޑް މޯލްޑިވްސްއިން ޙަވާލާދޭ 11 ޖުލައި 2016 ގައި ޑްރިފްޓްވުޑް މޯލްޑިވްސްއާއި ދައުލަތާއި )މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ( ދެމެދު ސޮއިކުރެވިފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ، ކުރީގައި ވެފައިވާ އެއްބަސްވުމަކަށް ބަދަލެއް ގެނެވޭ، ނުވަތަ ފަރާތެއް ބަދަލުކުރެވޭ، ނުވަތަ އައުކުރެވޭ، ނުވަތަ ނިމުމަކަށް ގެނެވޭ ބާވަތުގެ އެއްބަސްވުމެއްނޫނެވެ. އަދި އެ ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ޑްރިފްޓްވުޑް މޯލްޑިވްސްއަށް ލައިސަންސެއް ދިނުމުގެ ބޭނުމުގައި ވެފައިވާ އެއްބަސްވުމެއްވެސް ނޫނެވެ. އެހެންކަމުން، މި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ މައްޗަށް އ ސަރކިއުލަރ ތަޠުބީޤުވާނެކަމަކަށް ނުދެކެމެވެ.
67އެހެންކަމުން، މި ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ކަންކަމުގައި ޤާނޫނ ބުރަދަނެއް ހުރިކަމަކަށް ނުދެކެމެވެ. އަދި މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދާލިޔުންތަކަކީ، ދައުލަތއި ޑްރިފްޓްވުޑް މޯލްޑިވްސްއާ ދެމެދު 07 ނޮވެންބަރު 2013 ގައިވެފައިވާއެއްބަސްވުމަކ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ދެކި ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމަށް ކާފީ ހެއްކެއް ކަމުގައި ނުދެކެމެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތޯ؟
68މާ ނުކުތާގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ގއ. މުނަންދުވްކުއްޔަށް ހިފި މަޤްޞަދު ޙާސިލުނުވާކަމަށާއި، އަދި މިކަން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އެނގިހުރެ،އެ މަޢުލޫމާތު ޑްރިފްޓްވުޑް މޯލްޑިވްސްއަށް ދިނުމަކާ ނުލައި އެ ރަށިކުއްޔަށް ދިނުމަކީ ޙަޤީޤަތް އޮޅުވާލުންކަމަށާއި، އަދެމ މައްސަލައިގައި މަކަރުވެރިގޮތަކަށް އޮޅުވާލާ އޮޅުވާލުން ސާބިތުކުރުމަށް ބަޔާންކޮށްފައިވ އުންސުރުތައް ފުރިހަމަވާއިރު، އަދި އެއީ މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށް ތަޠުބީޤުކުރަންވާނ ކަންތައްތައ ކަމުގައިވީނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާ ޙަވާލާދީ ފާހަގަކޮށްފައިވާ ކަންކަން މި މައްސަލައަށް ރަނގަޅަށް ސިވިލް ކޯޓުން ތަޠުބީޤުކޮށްފައިނުވާކަމުގައެވެ.
69ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން އުފެއްދި ބަހުސާއ ގުޅި ގޮތުން ސިވިލް ކޯޓުގެ ނިންމުމުގައިވަނީ ދ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މި އެއްބަސްވުން ވެފައިވަނީ ޑްރިފްޓްވުޑް މޯލްޑިވްސްއިން ސަރުކާރުގައި އެދުމުންކަން އެނގޭކަމަށާއި، މި އެއްބަސްވުމުގ 7 ވަނަ މާއްދާގައި ސްޓާފް އެކޮމޮޑޭޝަންފަދަ ކަންކަމަށް ރަށް ބޭނުންކުރެވިދާނެކަމަށާއި، ޓޫރިސްޓް ސަރވިސް ފެސިލިޓީއެއް ހިންގުމަށް ބޭނުންވާނަމަ އެކީއިޒިޝަން ފީ އެއް ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ، މި ފ ދައްކާފައިވާކަމަށ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ބަޔާންކޮށްފައިނުވާތީ، މި އެއްބަސްވުމުގައ ސޮއިކޮށްފައިވަނީ ސީދާ ޓޫރިސްޓުންނަށް ޚިދުމަތްދިނުމުގެ މަޤްޞަދުގައިކަމަށ ބެލެވެން ނެތްކަމުގައެވެ.
70ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ސިވިލް ކޯޓުން ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވޭތޯ ބެލުމުގައި ފުރަތަމަ ކަމަކަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަމާއްދާގެ ނައްސަށެއ އެއް ގުޅާ އެހެނިހނ މާއްދާތަކަށް ބަލާނަމަވެ.
71ޕްރިސިޑެންސް 5ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދގައާ ޙަވާލާދެނީ މަކަރުވެރި ގޮތަކަށް އޮޅުވާލާ އޮޅުވާލުންތަކަށެވެ. ނުވަތަ misrepresentation fraudulent އަށެވެ. މި މާއްދާގައިވަނ ކޮންޓްރެކްޓުގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ގަބޫލުކުރާ ގޮތުން، ޙަޤީޤަތް ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރް ވެއްޖެނަމަ، އެއަ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިންގީކމަށ ބެލެނޭ ކަމުގައެވެ.
72މި ޤާނޫނުގެ 12 ވަނަ މާއްދާގައިވަނީބިރެއްދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެނޫނުވަތ ނުރަނގަޅު ގޮތަކަށް ނުފުޒ ގެ ބޭނުންކޮށްގެން، މީހަކު ނުވަތަ ބަޔަކްބައިވެރި ކުރުވާފައިވާ ކޮންޓްރެކްޓަކީ، އެމީހެއްގ ނުވަތެ އެބައެއްގެ އަމިއްމަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫނެކަމުގައެވެ. އަދ މި ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރަނީއަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެއް ކަމުގައެވެ.
73ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ނައްސުން، ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ފުރިހަމަވުމުގައ އަންނަނިވި ކަންކަން ސާބިތުކޮށްދޭންޖެހޭކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/44 އިސްމާޢީލް ސުޖާއު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކުރެއެވެ.
1. ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އޮތުން (false representation)
2. އެއް ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއްކަން އެ ކަމެއް ހުށަހަޅާ މީހަކަށް އެނގިހުރެ ނުވަތަ ޤަބޫލުކޮށްގެން ހުރެ އެއީ ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދެއްކުން
3. އަދި އެކަމުގެ ނުވަތަ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓްގައި ބައިވެރިވުން
74ބަޔާނވެދިޔް ކަންކަނަ ކޮންޓްރެކްޓްގެ ބައިވެރިޔަކަށް ސާބިތުކޮށްދެވިއްޖެނަމަ، އެއްބަސްވުންބިނާވަނ މަކަރުވެރި ގޮތަކަށް ޙަޤީޤަތާއި ޚިލާފު އޮޅުވާލުންތަކެއްގެ މައްޗަށްކަން ކަނޑައެޅިދާނެކަމަށާއި، އަދ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއަށާއި 13 ވަނަ މާއްދާއާ ޙަވާލާދީ އެ ކޮންޓްރެކްޓެއް ބާޠިލުކަމަށް ކަނޑައެޅިދާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/44 އިސްމާޢީލް ސުޖާއު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކުރެއެވެ.
75ޕްރިސިޑެންސް 6ފުރަތަމް ކަމެއްގެ ގޮތުގައި ބަލަންޖެހެނީ އެ މުޢާމަލާތުގައި ޙަޤީޤަތާއި ޚިލާފު ކަމެއް އޮތްތޯއެވެ. މިކަން ބެލުމުގައި އެ މުޢާމަލާތުގައި މަކަރުވެރިގޮތަކަށް ވަންހާކޮށްފައިވ މަޢުލޫމާތާ ކަމަށު ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން އެ ބަޔާންކުރާ މަޢުލޫމާތުތަކަކީ އެ މުޢާމަލާތަށް ނުވަތަ އެ އެއްބަސްވުން ކުޅައުމަށ މުހިންމުކަމެއްތޯ ނުވަތަ އެއީ އެކަމުގައި ހިމެނޭ މެޓީރިއަލް ފެކްޓް (material fact) އެއްތޯ ބެލުމެވެ.
76މެޓީރިއަލް ފެކްޓަކީ ކޮބައިކަން ދެނެގަތުމާކ ވގިއްކަމެކެވެ. އަދިކޮންމެ މައްސަލައެއްގެވެސ މެޓީރިއަލް ފެކްޓް ބިނާވަނީ އެ މައްސަލައިގެ ވގއާތަކުގެ މައްޗަށެވެ.މި މައްސަލައިގެ ނަމަ، މެޓީރިއަލް ފެކްޓް ކަނޑައެޅުމުގައި އެއްބަސްވުމުގެ މަޤްޞަދަށް ނުވަތަ އެއްބަސްވުން ވެފައިވާ ބޭނުމަށް ރުޖޫޢަވާންޖެހޭނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 )އަމާނާ ތަކަފުލް )މޯލްޑިވްސް( ޕލކ ވ. ޝަރޫ ލޯންޗް ސަރވިސަސް ޕވޓ ލޓޑ( ޤަޟިއްޔާ
77މ އެއްބަސް ވުމުގެ މަޤްޞަދު މި އެއްބަސްވުމުގެ ފުރަތަމަ ބައި )އެއްބަސްވުމުގ preamble( އަދި އެއްބަސްވުމުގ 7 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެއީ ގއ.ހަޑަހެ ގައި ހިންގާ ރިސޯޓާގުޅ ޓޫރިޒަމްގެ މަސައްކަތްތައް (for tourism related purpose in relation to the Resort) ކުރުމަށެވެ. އެއްބަސްވުމުގ 7 ވަނަ މާއްދާގައިމި ރަށް ސްޓާފް އެކޮމްޑޮޝަންފަދަ ކަންކަމަށް ބޭނުންކުރެވިދާނެކަމަށާއި، އިތުރު ކޮޓަރިތައް ނުވަތަ ވޯޓަރ ސްޕޯޓްސް ސެންޓަރުތައ ނުވަތް ރެސްޓޯރަންޓް ފަދިޓޫރިސްޓ ފެސިލިޓީއެއް ރަށުގައި ޤާއިމުކުރުމަށް އެދޭނަމަ، އެކަމަށް ވަކި އެކުއިޒިޝަން ފީއެއް ދައްކަންވާނެކަމަށް ބަޔާންކުރެއެވެ.
78އެހެންކަމުން، ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން އެދުނު އެދުމުގެ މައްޗަށް ސަރުކާރުން ކުއްޔަށް ދީފައިވާ ގއ. މުނަންދުވްޑްރިފްޓްވުޑް މޯލްޑިވްސްއށަ ކުއްޔަށް ދީފައިވަނީ އޮޕަރޭޓުކުރާ ރިސޯޓާއި 10 )ދިހައެއް( ކިލޯމީޓަރު ކައިރިން ރަށެއް ދިނުމުގައި އެއިރު އޮތް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކަމާއި، ގއ. މުނަންދުވާދީފައިވަނީ އެ ރިސޯޓުގެ ޓޫރިޒަމްއާ ގުޅޭ މަސައްކަތްތައް ކުރުމަށެވެ. މިއީ ގއ. މުނަންދުވ ކުއްޔަށްދީފައިވާ މަޤްޞަދު ކަމަށްވާއިރު، މި ރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާނެ މަޢުލޫމާތުތަކަކީ ގއ. މުނަންދުވ ކުއްޔަށް ދޫކޮށްފައިވާ މަޤްޞަދުގެ ބޭނުމަށް މެޓީރިއަލް ފެކްޓެއ ކަމުގައް ނުދެކެމެވެ.
79ޕްރިސިޑެންސް 7ޙަޤީޤަތާއި ޚިލާފު މަޢުލޫމާތެއް މަކަރުވެރި ގޮތަކަށް ދައުލަތުން ދައްކާފައިވޭތޯ ބަލާއިރު، ގއ. މުނަންދުވ ކުއްޔަށް ދީފައިވަނީ ޑްރިފްޓްވުޑް މޯލްޑިވްސްގެ ހުށަހެޅެމެއްގެ މައްޗށަ ބިނާކޮށްކަން އެއްބަސްވުމުން އެނގޭހިނދު، އެއްބަސްވުމުގެ މަޤްޞަދުގެ ތެރެއިން ޙަޤީޤަތާއި ޚިލާފަށްމަކަރުވެރ ގޮތަކަށް ދައުލަތުން Clause 7 of the Agreement states that “the lessee may make developments on the Island provided that such developments is priorly approved by the Lessor and provided also that suck development is restricted to those required for the operation of the Island including staff accomodation. Such development should not damage or effect the natural environmet of the Island. However, where the Lessee, requires any tourist service facilities such as additional romms, water sports centres or restauranrs etc. to be developed on the Island, the Lessee has the option to pay a lease acqusition cost calculated as USD 300,000.00 (United States Dollars Three Hundred Thousand Only) per hevtare for the land area being used up for such structures, in order to gain the rights to develop tourist service facilities on the Island.” ކުޅަ ޢަމަލެއް ނުވަތަ އޮޅުވާލުމުގެ ގޮތުނ ދައުލަތުން މަކަރުވެރި ގޮތަކަށް ކޮށްފައިވާ ޢަމަލެއް ޑްރިފްޓްވުޑް މޯލްޑިވްސްއަށް ބުނެދެވިފައިވާކަމުގައި ނުދެކެމެވެ.
80އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޙަޤީޤަތާ ޚިލާފު ކަމެއްގެ މައްޗަށް އިތުބާރުކޮށްގެންތޯ ބަލާއިރު، މި އެއްބަސްވުމަށް ވާސިލުވުމުގައި ނުދީ ހިފަހައްޓާފައިވާކަމަށ ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުނ ބަޔާންކުރެ މަޢުލޫމާތަކާ އެއްބަސްވުމުގެ މަޤްޞަދަށް ބަލާއިރު، އެ މަޤްޞަދު ޙާސިލުކުރުމަށް މުހިންމު މަޢުލޫމާތެއްކަމަށް ނުދެކޭހިނދު، އެ މަޢުލޫމާތަކީ ދައުލަތުން ވަކި ކަމިއް ގަސްދުގައި އޮޅުވާލުމުގެ ބޭނުމުގައި މަކަރުވެރި ގޮތަކަށް ކޮށްފައިވާ ކަމެއްކަން އަދި ގަސްދުގައި އޮޅުވާލުމުގެ ނިޔަތުގައި ނުދީ ހިފަހައްޓާފައިވާ މަޢުލޫމާތެއްކަން ސާބިތުވާފަދަ ކާފީ ހެއްކެއް ހުށަހަޅާފައިވާކަމުގައި ނުދެކެމެވެ.
81އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ސިވިލް ކޯޓުން ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވާކަމަކަށް ނުދެކެމެވެ. މައްސަލަ ނިންމާފައިވަނީ ފަނޑިޔާރަށް ލިބިފައިނުވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްތޯ
82މި އިސްތިއުނާފީ ނުކުތާ ހުށަހެޅުމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވަނ ގއ. މުނަންދުވ އާ ގުޅޭ EIA ހަދާފައިވަނީ ސީދާ ޓޫރިސްޓުންނަށް ޚިދުމަތްދިނުމާއ ގުޅި ގޮތުން ކަމަށާއި، ޑްރިފްޓްވުޑް މޯލްޑިވްސްއަށް ސްޓާފް އެކޮމްޑީޝަން ފަދަ ކަންކަމަށް ބޭނުންކުރަން ރަށު ކުއްޔަށް ދީފައިވާކަމަށް މައްސަލް ނިންމުމުގައި ފާހަގަކޮށްފައިވުމުން، ޤާޟީއަށް ވިދާޅުވެވުނ ރަށަކީ ތޫނު ގާތައ ހިމެން ގާމަތީ ރަށަކަށް ރަށް ވިޔަސް، ސްޓާފް އެކޮމޮޑޭޝަންފަދަ ކަންކަމަށް އެ ރަށު ބޭނުންކުރެވިދާނެ ކަމަށްވާއިރު،އެ ނިންމުން ބިނާކުރާ އެއްވެސް ފަންނީ ލިޔުމެއް ނެތި، އެއްބަސްވުމުގައި ބުނެފައިވާ ސްޓާފް އެކޮމޮޑޭޝަންފަދަ ކަންކަމަށް ގާމަތި ރަށެއް ބޭނުންކުރެވޭނެ ކަމަށް ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވެނ މާއްދާގަ )ށ( އިން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ޑްރިފްޓްވުޑް މޯލްޑިވްސްގެ ކިބައިން ގެއްލޭކަމެއް ކަމުގައެވެ.
83އެހެންކަމުން، ގއ.މުނަންދުވއާ ގުޅިގެނާ ކުރިން ހަދާފައިވާ EIA ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދެފަރާތުގެ މެދުގައި ވެފައިވާ އެގްރީމަންޓުގެ 7 ވަނަ މާއްދާއާ ތަފާތު ކަންތައްތަކެއްކަން ބަޔާންކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ފަނޑިޔާރަށް ލިބިފައިނުވާ މަޢުލޫމާތެއްގެ މައްޗަށ ބިނާކޮށްކަމުގައެވެ.
84މިކަމާ ގުޅިގެން ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކުރާ ކަންކަމަށް ބަލާއިރު، މިކަން އެ ކޯޓުން ފާހަގަކޮށްފައިވަނީ ނިންމުމުގެ 4 ވަނަ ނުކުތާގެ )ށ( ގައި އަންނަނިވި ފަދައިންނެވެ. "ގއ.މުނަންދުވްއަކީ ޓޫރިޒަމް ބޭނުމަށްބޭނުންނުކުރެވޭނެ ރަށެއްކަނ ސާބިތުކޮށްދިނުމަށް ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މައްސަލަ ހުށަހެޅި ފޯމާއިއެކު އެގްޒިބިޓ 11 ގ ގޮތުގައެ ހުށަހަޅާފައިވި އެންވަޔަރަންމަންޓް އިމްޕެކްޓ އެސެސްމެންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ފތުރުވެރިންގެ ބޭނުމަށް އެ ރަށް ބޭނުންކުރުމަށް އުދަނގޫތަކެއް ކުރިމަތިވާނެކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމާއި، ގއ. މުނަންދުވިކުއްޔަށްހިފުމަށް ޑްރިފްޓްވުޑް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސ އެންޑް ކަލްޗަރއ ދެމެދާ ސޮއިކޮށްފައިވާ އެއްބަސްވުމަށް ބެލުމުން އެ ރަށް ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށްހާފީ އެ ކުންފުނިން ގއ. ހަޑަހގައ ހިންގި ރިޒޯޓާގުޅޭ ޓޫރިޒަމްގެ މަސައްކަތަށްކަން އެނގޭކަމާއި، ގއ. މުނަންދުވާ ޑްރިފްޓްވުޑް މޯލްޑިވްސ ޕްރައިވެޓ ލިމިޓެޑަށް ކުއްޔަށްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސ އެންޑް ކަލްޗަރއިނ ނިންމް ގައި.ހަޑަހޯ ގައި ހިންގާ ރިޒޯޓާ ކައިރިން އެ ރިޒޯޓަށް ސަޕޯޓުކުރުމުގެ ބޭނުމަށް ރަށެއް ބޭނުންވާތީކަނ މައްސަލް ހުށަހެޅަ ފމުގ 8.2 ވަނަ ނަންބަރުން އެނގޭކަމާއި، ޓޫރިޒަމްގެ މަސައްކަތަކީ ހަމައެކަނި ޓޫރިސްޓުންގެ ބޭނުމަށް އެ ރަށް ބޭނުންކުރުންތ ބަލާއިރު، ގއ. މުނަންދުވެކުއްޔަށްހިފުމަށ ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސ އެންޑް ކަލްޗަރއ ދެމެދާ ސޮއިކޮށްފައިވާ އެއްބަސްވުމުގ 7 ވަނަ މާއްދާގައި ސްޓާފް އެކޮމަޑޭޝަންފަދ ކަންކަމަށް ބޭނުންކުރެވިދާނެކަމަށާއި، ޓޫރިސްޓް ސަރވިސް ފެސިލިޓީއެއް ހިންގުމަށް ބޭނުންވާނަމަ އެކުއިޒިޝަން ފ ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ، އެ ރަށް ކުއްޔަށް ދިނީ ޓޫރިސްޓުންނަށް ޚިދުމަތްދިނުމުގެ ގޮތުންނޫންކަމާއި، އެފަދަ ޚިދުމަތޭތކެއް ދޭނަމަ އެކުއިޒިޝަން ފީ ދައްކައިގެން އެކަން ކުރެވިދާނެކަން އެއްބަސްވުމުން އެނގޭކަމާއި، އެކުއިޒިޝަން ފީ ދައްކާފައިވާކަމަށް ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބަޔާންކޮށްފައިނުވާތީ، ގއ. މުނަންދުވ ކުއްޔަށްހިފުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސީދާ ޓޫރިސްޓުންނަށް ޚިދުމަތްދިނުމުގެ މަޤްޞަދުގައި އެ ރަށް ބޭނުންކުރުމަށްކަމުގައި ބެލެވެންނެތްކަމާއި، ގއ.ހަޑަހގައ ހިންގި ރިޒޯޓާގުޅޭ މަސައްކަތްތަކަކީ ހަމައެކަނި ސީދާ ޓޫރިސްޓުންނަށް ޚިދުމަތްދިނުންކަމުގައި މާނަނުކުރެވޭކަމާއި، އެހެންކަމަށްވުމުން ގއ.ހަޑަހގައ ހިންގި ރިޒޯޓާގުޅ ޓޫރިޒަމްގެ މަސައްކަތްކުރުމަށް ގއ. މުނަންދުވއަކީ އެކަށީގެންވާ ރަށެއް ނޫންކަމަށް ބަލައި، އެކަމުގެ މައްޗަށް ބިނާކޮށް، ގއ. މުނަންދުވ ކުއްޔަށްދިނުމާ ގުޅޭގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމަކީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅަންޖެހޭކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމެވެ."
85ޕްރިސިޑެންސް 8މ ނިންމުމަށް ބަލާއިރު، މި ނިންމު ން ބިނާކޮށްފައިވަނީ ޑްރިފްޓްވުޑް މޯލްޑިވްސް އާއި ދައުލަތާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށެވެ.އ އެއްބަސްވުމުގެ އިތުރުން، މި ނިންމުން ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ ޑްރިފްޓްވުޑް މޯލްޑާ ވްސްގެ ފަރާތުނ ހުށަހަޅާފައިވާ Environment Impact Assessment Report – Resort Development Project at Ga. Munandua އަށެވެ. މި ރިޕޯޓަކީ ގއ. މުނަންދުވގައާ ލަގްޒަރީ 20 އެނދުގެ ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ ބޭނުމުގައި އެތަނުގެ ތިމާވެށީގޯ ޙާލަތު ދެނެގަތުމަށްޓަކައި އެއިރު އެތަން ކުއްޔަށް ހިފި ފަރާތުން ހަދާފައިވާ އެސެސްމެންޓަކަށްވާއިރު، ޑްރިސްޓްވުޑް މާލްޑިވްސްގެ ފަރާތުން ގއ. މުނަންދުވީކުއްޔަށް ހިފާފޯ އިވަނ އެ ރަށުގައި ޓޫރިސްޓު ރިސުޓެއ ތަރައްޤީކުރުމަށް ނޫންކަމާއި، އެކަން ކުޅައުމަށް އެދޭނަމަ އެކަމުގެ ވަކި އިޖުރާއަތެއް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރ، އެ އިޖުރާއަތާއި އެއްގޮތަށް އިކުއިޒިޝަން ފީ ދައްކާފައިވާކަންވެސ އެނގޭކަށް ނެތެވެ.
86އޭގެ ބަދަލުގައި އެއްބަސްވުމުގެ ސާފު ނައްސުން އެނގެން އޮތްކަމަކީ، ގއ. މުނަންދުވ ކުއްޔަށް ހިފާފައިވަނީ ގއްހަޑަހގައ ހިންގި ރިސޯޓާގުޅޭ ޓޫރިޒަމްގެ މަސައްކަތްތަކަށްކަމާއި، އަދި އެ ރަށު ކުއްޔަށް ދީފައިވަނީ ގައި.ހަޑަހެގައ ހިންގި ރިސޯޓާ ކައިރިން އެ ރިސޯޓަށް ސަޕޯޓުކުރުމުގެ ބޭނުމުގައި ކަމެވާ. އެހެންކަމުން، ގއ. މުނަންދުވުޓިރިސްޓޫރިސޯޓެއްގ ގޮތުގައެ ތަރައްޤީކުރުމުގެ ބޭނުމުގައި ހަދާފައިވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓަކީ ޑްރިފްޓްވުޑް މޯލްޑިވްސްއިން ދައުލަތާއިއެކ ގއ. މުނަންދުވެކުއްޔަށ ހިފުމަށް ވެފައިވާއެއްބަސްވމުގުމަޤްޞަދަށް ބަލައި، ތިމާވެށީގެ ޙާލަތު އެއްގޮތްކުރުމުގައި ތަޠުބީޤުކުރެވޭނެ ރިޕޯޓެއް ކަމުގައި ބެލެވޭނެކަމަކަށް ނުދެކެމެވެ.
87އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ނިންމުމަށް ފަނޑިޔާރުވާސިލުވެފައިވަނިފަނޑިޔާރަށް ލިބިފައިނުވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްކަމުގައި ނުދެކެމެވެ. އެހެނީ، އިސްވެ ބަޔާންކުރަނިވ 85 ވަނަ ނުކުތާގައިވާ ފަދައިން އެ ނިންމުމަށް ވާސިލުވުމަށް ފަނޑިޔާރު ރިޢާޔަތްކޮށްފައިވާ ލިޔެކިޔުންތަކަކީ ކޮބައިކަން އެ ނިންމުމުން ފާޅުކަން ބޮޑުގޮތަކަށް އެނގެންއޮތުމުންނެވެ.
88އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބިނާކޮށު،ސިވިލް ކޯޓުގެ ނަންބަރ 2360/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދްޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށ ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅަން ފެނެއެވެ.
89ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
90ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެނ ތާއީދު ކުރަމެވެ.
91މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ކޯޓުނ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮނު ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ( ox,.,. .,.,, .., 2023/HC-A/28 .,.J_,.,.,,.,.,,, .,.4.,,,..._.,, 37 .,,, C. :, 0 �,,,,,,. ' 0 fl_r ,,P�V..,.,fl OP ,,P,-.,A .,, .,, .,, O>OO 0 ,,,,,,,. 0.,,, :, :, :,� :, o �o .,,, t..P E.,I� t. AVE.r.?�V .,,..,.,.,,,$°,-.,A fl.A� .:i 2360/Cv-C/2020 .,, .,,,,. .,, ,,,,, .,,, .,, .,, :, :, .,, "C. 0.,,, :, :, ,:; 0 :, > c.�o .,, ' ox� C. ,.,, �, :, ,:; .,,, �.,,,,..,,,, :, 0 :, �,,,,,. $°,,P.r- .-:,�� / e.r-� V/.J'! OP .?V✓• .SflA� .S A '.rv.r-OP J?.f.t'J:; .SV,$°,$°V.r- ,,PA_,l .,J,✓.r✓ .r-$°�.,I ,:; .,, .,, .,, .,, C. 0 :, � .,, ' .,, .,, o, .,, :, � .,, c.u. 0� ' .,, .,, .,, .,, 0,,,,,..,,, 0 C. 0 C.,,,.,,,,,. :,:, � .s..,.,� fl ,,_..,.,.,I /OP /,-.,A.? .;, A.SEVA✓ .S (!A�✓,,P_r 'A.J-A t..r-v .r.?V,$°.r- AOPOP,-., ..,.,..,.,.:i .,, .,, .,, .,, .,, .,, .,, .,, ,:; C. C. ox O :, :, 0 :, � 0 •,,P.?_,l.rV.?V✓• .r-.S_,1$°AA � ,,,,,,. ,,,, > O>> ;,;, *O ;, :_, v' ,?V,,( .A/• fl.A� .S.? # � � � ,.,,,, o.,,, :, � .,,, :, :,� .,,, ,.r .?A✓..? _,I A (!✓• �fl t..r-_,I .,, .,, www-highcourt-gov-mv info@highcourt-gov-mv
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12، 13، 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) (ދައުލަތުގެ ބަހުސުގައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އަދި 142 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާތަކުގައި)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ (ދައުލަތުގެ ބަހުސުގައި)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 285 ވަނަ މާއްދާ (ދައުލަތުގެ ބަހުސުގައި)، 268 ވަނަ މާއްދާ، 284 ވަނަ މާއްދާ
- މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 07/2011
- ސުޕްރީމް ކޯޓުގެ 2020/SC-A/44 (އިސްމާޢީލް ސުޖާއު ވ. ޔޫސުފް ރިޟާ)
- ސުޕްރީމް ކޯޓުގެ 2020/SC-A/46 (ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް)
- ސުޕްރީމް ކޯޓުގެ 2020/SC-A/69 (އަމާނާ ތަކަފުލް (މޯލްޑިވްސް) ޕލކ ވ. ޝަރޫ ލޯންޗް ސަރވިސަސް)
- ސުޕްރީމް ކޯޓުގެ 2021/SC-A/53 (ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު) (ދައުލަތުގެ ބަހުސުގައި)
- ސުޕްރީމް ކޯޓުގެ 2019/SC-L/87، 88، 89، 90، 91 އަދި 2019/SC-A/09 (ޢިމާދު ޔޫސުފް ވ. ސީ.އެންޑް.ސަން މޯލްޑިވްސް) (ދައުލަތުގެ ބަހުސުގެ ފުޓްނޯޓުގައި)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ސަހުނާ ޢަބްދުއްޞަމަދު، އަޙްމަދު ނަޝާޠު، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް