ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/35
ޢަލީ އަޙްސަން ވ. ސިވިލް ސަރވިސް ކޮމިޝަން، 2020/HC-A/35
Ali Ahsan v. Civil Service Commission 2020/HC-A/35 (2020/HC-A/35, High Court of the Maldives, 27 September 2021)
ޢަލީ އަޙްސަން ވ. ސިވިލް ސަރވިސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (230/VTR/2018) ވަޒީފާއަކީ ދާއިމީ ވަޒީފާއެއް ކަމަށާއި ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައަޅައި، އިތުބާރު ގެއްލިފައިވާތީ ވަޒީފާއަށް ރުޖޫޢުނުކޮށް 29 (ރ) ގެ ދަށުން 16,400 ރުފިޔާގެ ބަދަލު ނަގައިދިނުމަށް ނިންމިއެވެ.
ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ވަގުތީ އެއްބަސްވުމެއްގެ ދަށުން ކުދިން ބަލަހައްޓަމުން ދިޔަ މުވައްޒަފަކު، ކުދިންގެ ކަރާމާތަށް ގެއްލުންވާ ޢަމަލެއްގެ ތުހުމަތުގައި ފުލުހުން ތަޙްޤީޤުކުރަމުންދާތީ ވަޒީފާއިން ވަކިކުރެވުނެވެ.
މުވައްޒަފު ބުނީ ވަޒީފާ އިޢާދަނުކުރުމަށް ނިންމީ ޤާނޫނީ އަސާސެއް ނެތި ކަމަށާއި، ޙަޤީޤަތެއް ނެތް ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ކޮމިޝަނުން ބުނީ ތަޙްޤީޤަށް ހުރަސްއެޅިދާނެތީ އަދި އިތުބާރު ގެއްލިފައިވާތީ ވަޒީފާއަށް ރުޖޫޢު ނުކުރެވޭނެ ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފަކު، ވަޒީފާދޭ ފަރާތުގެ އިތުބާރު ގެއްލިފައިވާތީ ވަޒީފާއަށް ރުޖޫޢުނުކޮށް ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމަކީ ޤާނޫނާއި ގަވާއިދާ އެއްގޮތް ނިންމުމެއްތޯ.
ނިންމި ގޮތް
ޓްރައިބިއުނަލުގެ ނިންމުމަށް ތާއީދުކުރާ ގޮތަށް ތަޙުލީލުކޮށްފައި (ޙުކުމުގެ ބައި ފައިލުގައި ނެތް)
ތުހުމަތު ސީދާ ގުޅިފައިވަނީ ކުދިން ބެލެހެއްޓުމުގެ ވަޒީފާގެ މަސްއޫލިއްޔަތާ ކަމަށްވާތީ، ކުދިންގެ ރައްކާތެރިކަމާއި ދެފަރާތުގެ އިތުބާރަށް ބަލައި ރުޖޫޢުނުކޮށް ބަދަލު ދިނުމަށް ޓްރައިބިއުނަލުން ނިންމިކަން ސުޕްރީމް ކޯޓުގެ ސާބިޤާތަކުގެ އަލީގައި ހައިކޯޓުން ވަޒަންކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޓްރައިބިއުނަލުން ކަނޑައެޅި ނުކުތާއެއް (މިސާލަކަށް ވަޒީފާއަކީ ދާއިމީ ވަޒީފާއެއް ކަމަށް ކަނޑައެޅުން) އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ނުކުރާނަމަ، އެ ނުކުތާއާމެދު އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ވަޒީފާއިން ވަކިކުރި މުވައްޒަފަކު ވަޒީފާއަށް ރުޖޫޢުކުރުމަށް ހުރަސްއަޅާ ޙާލަތްތަކުގެ ތެރޭގައި: އަނބުރާ އިޢާދަނުކުރެވޭ މިންވަރަށް ދެފަރާތުގެ އިތުބާރު ގެއްލިފައިވުން، ވަކިކުރި ތާރީޚާއި ވަޒީފާ ދިނުމަށް އަމުރުކުރާ ތާރީޚާ ދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވުން، ވިޔަފާރީގެ ކުޑަބޮޑުމިން، އަދި ވިޔަފާރީގެ ޙާލަތު ގޯސްވުމުން ނުވަތަ ބޮޑު ބަދަލެއް އައުމުން މުވައްޒަފަކު ލެވެން ނެތުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ވަޒީފާ އަނބުރާ ދިނުމަކީ ދެފަރާތުގެ އިތުބާރުގެ މައްޗަށް ބިނާވާ ކަމެކެވެ. ވަޒީފާއިން ވަކިކުރުމަށްފަހު ފުރިހަމަ އިތުބާރު އޮތުމަކީ ނާދިރު ކަމަކަށްވާތީ، ވަޒީފާދޭ ފަރާތުން އިތުބާރު ގެއްލިފައިވާ ކަމަށް ބުނާ ބުނުމަކީ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ބިނާވާ ބުނުމެއްތޯ، މައްސަލައިގެ ޚާއްޞަ ޙާލަތްތަކުގެ އަލީގައި ފަރުވާތެރިކަމާއެކު ބުއްދީގެ ހަމަތަކުގެ މަތިން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- އިތުބާރު ގެއްލިފައިވާކަން ދައްކުވައިދޭ ހެކި ވަޒީފާދޭ ފަރާތުން އިޖާބީ ގޮތެއްގައި ސާބިތުކޮށްދޭންޖެހޭނެއެވެ. އަދި ވަކިކުރި މުވައްޒަފުގެ ޢަމަލުން ވަޒީފާދޭ ފަރާތުގެ ތުހުމަތަށް ބާރުލިބިދޭ ޢަމަލެއް ހިނގާފައިވޭތޯ، އަދި އެ ވަޒީފާގެ ބަދަލުގައި އެ ފަންތީގެ އެހެން ވަޒީފާއެއް ދެވެން އޮތްތޯ ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރަންޖެހޭނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ އަސާސީ ޙައްޤާ ގުޅުވައި، 68 ވަނަ މާއްދާގައިވާ ހުޅުވިގެންވާ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގެ އުޞޫލުތަކާ އެއްގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ކުޑަކުދިން ބަލަހައްޓާ ވަޒީފާއެއްގައި ހުރި މުވައްޒަފަކު ކުދިންގެ ކަރާމާތަށް ގެއްލުންވާ ޢަމަލެއްގެ ތުހުމަތުގައި ފުލުހުން ތަޙްޤީޤުކުރަމުންދާއިރު، ވަޒީފާގައި ބެހެއްޓުމަކީ ނުވަތަ ރުޖޫޢުކުރުމަކީ ކުދިންގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭނެ ކަމަކަށް ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 230/VTR/2018 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް، ކ.މާލެ، ވ.ރިއޯ/ ޢަލީ އަޙްސަން ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސިވިލް ސަރވިސް ކޮމިޝަނއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލި މައްސަލަ:
3ކ.މާލެ/ ވ.ރިއޯ، ޢަލީ އަޙްސަން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި 'ޚާއްސްހާލަތުގައި ނެގޭ ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން' ގ ދަށުން ކުދިން ބެލެހެއްޓުމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، ޢަލީ އަޙްސަންގެ ވަޒީފާ ދާއިމީކޮށިދޭނެކަމުގައ ކުޑަކުދިން ހިޔާގެ ވެރިން އެ ފަރާތުގެ ގާތުގައި އަނގަބަހުން ތަކުރާރުކޮށް ބުނެފައްވީނަމްވެސް، އެއްވެސ ސަބަބެއް ދެއކުމަކ ނުލައި، 18 އޮކްޓޫބަރު 2018 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ޢަލީ އަޙްސަން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައް ދިނުމަށާއި،ޢަލީ އަޙްސަން އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށާދިނުމަށްއި، އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށް އަމުރުކޮށޭދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ލިބޭ ދުވަހާ ހަމައަށް ލިބެންޖެހްއެންމެހައި މުސާރައާއި ޢިނާޔަތްތައް ނަގައެދިނުމަށާއި، އަލީ އަޙސަންގ ވަޒީފާގެ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގައި ބުނާފަދަ އެއްބަސްވުމެއް ކަމަށްވާތީ، ވަޒީފާ އަނބުރާ ދިނުމާއެކު ވަޒީފާ ދާއިމްކޮށްދިނުމަށް ކަނޑައަޅައްދިނުމަށަ އެދި ސިވިލ ސަރވިސް ކޮމިޝަނިށް ރައްދުވްގޮތަށް ވަޒީފާއާބެހޭ ޓްރައިބްއުނަލަށަޢަލީ އަޙްސަންގެ ފަރާތުނ މައްސަލަ ހުށަހެޅިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތަ :
4އަލީ އަޙްސަންއަކީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންބެލެހެއްޓުމަށް ޚާއްޞަ ޙާލަތެއްގެ ދަށުން މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަދާކުރަމުނުދިޔަ ފަރާތެއްކަމަށާއި، ޢަލީ އަޙްސަން ވަޒީފާއިން ވަކި ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތޭކުރެވޭ ގޮތަށް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާގްޅ މައްސަލައެއް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްއްށ ހުށަހެޅުމުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލަ ތަޙްޤީޤު ކުރަމުންދާތީ، ޢަލީ އަޙްސަން ކުދިންނާ ބައްދަލުކޮށް ކުދިން އުޅޭ މާހައުލުގައި ހަރަކާތްތެރިވާނަމްއެ ސަރވިސްއިން ކުރަމުންދާ ތަޙުޤީޤަށް ހުރަސްތަކެއް އެޅިދާނެކަމަށާއި އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ހުރަސްތަކެއް ހުރިކަމަށް އެންގުމާ ގުޅިގެންކަމަށް ސިވިލް ސަރވިސް ކޮމިޝަންއިން ބުނެފައި ވެނަމަވެސް، ޢަލީ އަޙްސަން ކުޑަކުދްންގ ހިޔާގައި ކުރި މަސައްކަތަކީ އެތަނުގައި އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއާ ކަމަށ ބުރަވެވޭތީއާއި، މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އ ކޮށްފައިވާކަމާއި އެއްބަސްވުން އްކޮށްފައިވަނީ ހަމަ އެއް މެސައްކަތެއިކުރުމަށްކަމަށް ބުރަވެވޭތީ، ދ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން، މައްސަލަ ހުށަހެޅި ފަރާތް ކުޑަކުދިންގެ ހިޔާގައި ކުރި މަސައްކަތަކީ އެ ފަރާތް، އެ މަސައްކަތް، އެތަނުގައި ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރި މަސައްކަތެއްކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރ 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގ 13 ވަނަ މާއްދާގެ
(އ) އާއި ދިވެހުރއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/364 އާއި 2014/HC-A/295 ޤަޟިއްޔާތަކަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތުގެ މަޤާމުގެ ދާއިމީ މަޤާމެއްކަމަށް ބުރަވެވޭކަމާއި، މައްސަލު ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރ 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކުވަޒީފާއިން ވަކްކުރުމަށްހުއްދަކުރާފަދަ ޙާލަތެއް މެދުވެރިވެގެންކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައިނުވާތި، މައްސަލަ ހުށަހެޅު ފަރާތް ވަޒީފާއިން ވަކެކޮށްފައިވަނީ އިސްވެ ބަޔާންކޮށްފައިވާ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާ އަނބުރާ ލިބިދިނުމަށް އެދިފައަވީނަމަވެސް، އެފަރާތ ވަޒީފާއަށް ރުޖޫޢްކުރާނެފަދަ އަމުރެއް މި މައްސަލައިގައި ނެރެދިނުމަކީ، މައްސަލަ ހުށަހެޅި ފަރާތަށް ކުރެވުނު ތުހުމަތުގެ ޒާތަށާއި، މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅ ފަރާތް އަދާކުރަމުނުދިޔަ ވަޒީފާގެ ބާވަތުން ވަޒީފާދަފަރާތުގެ އިތުބާރު އޮތުން މުހިންމު ކަމްށްވެފައި، މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް މައްސަލަ ރައްދުވި ފަރާތުން އޮންނަ އިތުބާރު ގެއްލިފައިވާކަމަށ ބުރަވެވޭތީ، ދެ ފަރާތުގެ މަސްލަޙަތަށް ބަލާއިރު އެންމެ ޢަދުލުވެރަގޮތްކަމަށް ނުފެންނާތްއާއި، މައްސަލަ ހުށަހެޅި ފަރާތަށް އަލުން އަނބުރާ ވަޒީފާދޭން އަންގާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި،އެހެންނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކި ކޮށްފައިވަނީ ޤާނޫނު ނަންބަރ 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އާ ޚިލާފަށެކަމަށްވާތީ، އިސްވެ ބަޔާންކޮށްފައިވާ ޤާނޫނުގެ 29 ވަނަ މާއްދާގެ(ރ) އަށް ރިޢާޔަތްކޮށް، ޢަދުލުވެރި ބަދަލެއްގެ ގޮތުގައި، ޖުމްލަ 16,400/-ރ. (ސޯޅަހާސް ހަތަރުސަތޭކަ ރުފިޔާ) މައްސަލަ ހުށަހެޅި ފަރާތަށް ނަގައި ދިނުމަށް ކަނޑައަޅައި، މިފައިސާ މިއަދު (26 ޑިސެމްބަރު 2019) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލަހުށަހެޅީ ޢަލީ އަޙްސަންށް އެކި އެއްފަހަރާ ދިނުމަށްފަހު، އެކަނ ހަމަޖެހޭތާ 3 (ތިނެއް) ދުވެހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަންގާ އަމުރުކޮށް، މައްސަލަ ނިންމާފައިވެއެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 230/VTR/2018 މައްސަލަ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ،ޢަލީ އަޙްސަނގެ ފަރާތުނ 2 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ:
5.1 މައްސަލައިގެ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގު 13 ވަނަ މާއްދާގެ (އ) ގެ ދަށުން، ޢަލީ އަޙްސަންގެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއާކަމުގައި ކަނޑައެޅުމަށްފަހު، އަވަޒީފާ އިޢާދަނުކުރުމަށް ނިންމީފައިވެނ ޤާނޫނީ އެއްވެސް އަޞާޞއްގެ މައްޗަށް ކަމުގައި ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
5.2 ޢަލީ އަޙްސަންގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކުޑާކުދިންނަށް ޖިންސީ ގޯނާކުރުން ކަމުގައި ދޭހަވާ ގޮތަށް،ޙަޤީޤަތެއްނެތް ވާޤިޢާތަކެއްގެ މައްޗަށް ބުރަވިނިންމުމަށ ވާސިލްވެފައިވުންކަމަށް ބުނެ ހުށަހެޅ ނުކުތާ.
6މި ނުކުތާތައް ހުށަހެޅުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުންމައްސަލަ ނިންމުމިގައި، ޢަލީ އަޙްސަން އަދާކުރީ ދާއިމީ ވަޒީފާއެއްކަމުގައި ކަނޑައެޅުމަށްފަހު، ވަޒީފާ އާޢާދަނުކުރަން ނިންމާފައިވަނީ ޤާނޫނ ޚިލާފަށްކަމުގައި ކަނޑައަޅައި، ޢަލީ އަޙްސަންގެ ވަޒީފާ އިޢާދްކުރުމަށް އަމުރަކުރުނާނުވަތްމަޤާމ އެއްފެންވަރު އެހެން ވަޒީފާއެއް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށުދިނުމަށް ޢަލ އަޙްސަންގެ ފަރާތުން އެދިފައިވެއެވެ.
7ޢަލީ އަޙްސަނަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ "ކުޑަކުދިންގެ ހިޔާ" ގައި ކުޑަކުދިން ބެލެހެއްޓުމަށް ޚާއްޞަ ޙާލަތެއްގެ ދަށުން މުއްދަތެއް ކަނޑައެޅިގެން އެއްބަސްވުމެއްގްދަށުނ ވަޒީފާއަދާކުރަމުންދިޔަ ފަރާތެއްކަމާއި، ޢަލީ އަޙްސަން ވަޒީފާއިން ވަކިކޮށްފައިވަނީ ޢަލީ އަޙްސަންގެ މައްޗަށ ތުހުމަތުކުރެވޭ ގޮތަށް ކުޑަކުދިންގެ ހިޔާއާގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރމުނަ ދާތީއާއި އެމައްސަލަ ތަޙްޤީޤުކުރަމުންދާއިރިއެފަރާތުން ވަޒީފާގައި ހުރުމަކީ ތަޙްޤީޤަށް ހުރަސްއެޅިދާނެ ކަމެއްކަމުގައި ފާހަގަކުރެވޭތީ އެފާރާތާއި މިނިސްޓްރީއާ ދެމެދު ކޮށްފައިވާ އެއްބަސްވުން ބާޠިލްކުރުމަށްފަހުގައ ކަމާއި، އެފަރާތުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާތީ އެފަރާތް އަލުން އަނބުރާ ވަޒީފާއްށ އިޢާދަނުކުރެވޭނެ ކަމާއި އަދި އެފަރާތަށް ބަދަލެއް ނަގައިދިނުމަށް ވަޒިފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 230/VTR/2018 މައްސަލައިގައި ނިންމާފައވަނި ދިވެހި ސިވިލް ސަރވިސްގެ ޤާނޫން އ ގަވާއިދާއި އެއްގޮތަށް ކަމަށް ކަނޑައަޅައދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެދިފައިވެއެވެ.
8ކ.މާލެ/ ވ.ރިއޯ، ޢަލީ އަޙްސަންއަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ ހިޔާގައި، ކުދިންބަލަހައްޓާ މީހެއްގެ މަޤާމުގައި 04 ޖުލައި 2018 އިން ފެށިގެން 03 އޯގަސްޓް 2018 އަށް ވަޒީފާ އަދާކުރަމުން ދިޔަ މީހެއްކަން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ "ޚާއްސަ ހާލަތުގައި ނެގޭ ވަގުތީ މުވައްޒަފުންގެ މައުލޫމާތު ފޯމު" އީންނާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނަންބަރު CAAD/INDIV/2018/13-(AGR)KH ފެމިލީއާއި ޢަލީ އަޙްސަނާ ދެމެދު ވެފައިވާ، "ޚާއްސަ ހާލަތުގައި ނެގޭ ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން" އަށް ބެލުމުން އެނގެއެވެ.
918 އޮކްޓޯބަރު 2018 ގައި ކ.މާލެ/ ވ.ރިއޯ، ޢަލީ އަޙްސަން، ބަލަމުންދާ މައްސަލައަކާއި ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ވަޒީފާއިން ވަކި ކޮށްފައިވެއެވެ. ޢަލީ އަޙްސަންގެ މައްޗަށް ތުހުމަތްކުރެވިފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދާ އުމުރުން 18 އާހަރުނުވާ ކުދިންތަކަކަށް އެތަނުގައިއުޅޭ މުވައްޒަފެއްކަމުގައިވާކ.މާލެ/ ވ.ރިއޯ، ޢަލ އަޙްސަނީ އ އާތުރު ބަޔަކު ބައިވެރިވެގެން އެކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވ ގޮތަށް ޢަމަލުކޮށް، ފިރިހެން ކުދިން އަންހެން ހެދުން އަޅުވައިގެން ވިލިމާލެ ތެރޭގައި ސައިކަލު ދުއްވާ، އެކުދިންގެ ފޮޓޯ ނަގާ، ވީޑިއޯކޮށް، އެކުދިންގެ ކަރާމާތަށް ގެއްލުނޮވ ގުތަށް ޢަމަލުކޮށްފައިވުންކަން، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/ECA/2018/634 ކޯޓު އަމުރުން އެނގެއެވެ.
10ޕްރިސިޑެންސް 1މި މައްސަލައިގައި ޝަރީޢަތުން ގޮތެއްކަނޑައަޅަންޖެހެނީ، ޢަލީ އަޙްސަން އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢ ކުރުމަށް ނާންގާއި އޭނާއަށް ބަދަލު ނަގައިދިނުމަށް ނިންމާފައިވަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ މިނުކުތާއާމެދުގައެވެ.ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 230/VTR/2018 މައްސަލައިގެ ނިންމުމުގައިޢަލީ އަޙްސަންގެ ވަޒީފާއަކީ، ދާއިމީ ވަޒީފާއެއްކަމަށް ކަނޑައަޅާފައިވއިރު، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނަންބަރު HR/(2)/2018/12-459 "ވަޒީފާއިން ވަކިކުރެއްވިކަން އަންގާ ލިޔުން" ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތާނުއެނުކުތ އިސްތިއުނާފުކޮށްފައިނުވާތީ،މި ޤަޟިއްޔާގައ އެނުކުތާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއްއޮތ ކަމަކަށް ނުދެކެމެވެ.
11ޕްރިސިޑެންސް 2މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ހާލަތްތަކުގެ ތެރެއިން އަންނަނިވި ހާލަތްތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާނަ ޤަޟިއްޔާގައި ފާހަގި ކޮށްފައިވެއެވެ؛ (1) އަނބުރާ އިއާދަނުކުރެވޭނެ މިންވަރަކަށް، ވަޒީފާދފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން، (2) ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާ ދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން، (3) ވަޒީފާދފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން، (4) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުމެވެ.
12ޢަލީ އަޙްސަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރަވިސަސްގައި އަދާކުރަމުނި ދިޔަ ވަޒީފާއަކީ އެ މިނީސްޓްރީގެ ދަށުން ހިންގާ ކުޑަކުދުންގެ ހިޔާގައި، ކުދިން ބެލެހެއްޓުމުގެ ވަޒީފާއެވެ. ޢަލ އަޙްސަން އެ ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލެއެއް ތަޙްޤީޤު ކުރަމުން ދާތީއެވެ. އްމައްސަލައަކީ، އޭނާގެ ވަޒީފާގައި އަދާކުރަންޖިހޭ މަސްއޫލިއްޔަތާއި ސީދާ ގުޅުނހުރ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ މައްސަލައެކެވެ. ޢަލީ އަޙްސަންގެ މައްޗަށް ތުޙުމަތު ކުރެވުނު ކުށުގެ ޒާތަށް ބަލައީ،އޭނާއާއި ވަޒީފާދޭ ފަރާތާ ދެމެދު އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާތަ،އޭނާ އަދާކުރަމުންދިޔަ ވްޒީފާއަށް ރުޖޫޢަ ނުކޮށް، ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާކަން އެނގެއެވެ.
13ޕްރިސިޑެންސް 3ވަޒީފާ އަނބުރާ ދިނުމަކީ ދެފަރާތުގެ މެދުގައި އޮންނަ އިތުބާރުގެ މައްޗަށް ބިނާވާ ކަމެކެވެ. އެހެންނަމަވެސް، ވަޒީފާއިން ވަކުކުރުމަށްފަހުގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މެދުގައި ފުރިހަމަ އިތުބާރު އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެނީ، ވަޒީފާއިން ވަކިކުރުމަށް ފަހުގައި ވަޒީފާދޭ ފަރާތުން އެ އިތުބާރު އޮތްކަމަށް ބުނާނީ މަދު ފަހަރަކު ކަމުންނެވެ. އހެންކަމުނެ،ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ބުންބުނުމުގެ ޙަޤީޤަތް ފަރުވާތެރިކަމާއެކު ބުއްދީގެ ހަމަތަކުގެ މަތިން ވަޒަންކޮށް، އެއީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާކޮށްގެނެބުނާ ބުނުމެއްކަން ނުވަތަ ނޫންކަނާ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތަކުގެ އަލީގައި ޓްރައިބިއުނަލުން ނުވަތަ ކޯޓުން ބަލަންވާނެއެވެ.
14ޕްރިސިޑެންސް 4ޕްރިސިޑެންސް 5އިތުބާރު ގެއްލިފައިވާ ކަމަށް ބެލުމުގައި، ދެ ފަރާތުގެ މެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ދައްކުވައިދޭ ހެކި ވަޒީފާދޭ ފަރާތުނައިޖާބީ ގޮތެއްގައި ސާބިތުކޮށްދޭން ޖެހޭނެއެވެ. އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި ވަޒީފާއިން ވަކިކުރި މުވައްޒްފު ކަންކުރި ގޮތުން ވަޒީފާދިން ފަރާތުގެ ތުހުމަތަކަށް ބާރު ލިބިދޭ އެއްވެސް ޢަމަލެއް ހިންގާފައިވޭތޯ ބަލަންޖެހޭނެކަމަށެއާމިނަތު އަރީޖް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސެޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، މި މައުޟޫއަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވ އަސާސީ ޙައްޤަކާ ގުޅުން ހުރި ކަމަކަށް ވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/67 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/35 SC35 ]2021[ޤަޟިއްޔާ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބުނާ ހުޅުވިގެންވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައިކަންކުރ އުޞޫލުތަކާ އެއްގޮތަށަކަމަށާއި،މިގޮތުން ބަލާއިރު ތިން ކަމެއް ފާހަގަ ކުރެވޭ ކަމަށް އެ ޤަޟިއްޔާގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން، a. އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި، ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ބެލެވޭ ހެކި ވަޒީފާދޭ ފަރާތުން އިޖާބީ ގޮތެއްގައި ސާބިތުކޮށްދޭން ޖެހުން،(Evidence of Genuine Belief and Rationality) b. އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި، ވަޒީފާއިން ވަކިކުރި މުވައްޒަފު ކަންކުރި ގޮތުން ވަޒީފާދިން ފަރާތުގެ ތުހުމަތަކަށް ބާރުލިބިދޭ އެއްވެސް ޢަމަލެއް ހިނގާފައިވޭތޯ ބަލަންޖެހުނ،(Employee’s Contributory Conduct) c. އިތުބާރު ގެއްލިފައިވާ ކަމުގައި ބަލައި، ވަޒީފާ އަލުން އިޢާދަކޮށްދިނުމުގެ ބަދަލުގައި އެ ފަންތިއާއި ގިންތީގެ އެހެން ވަޒީފާއެއް ދެވެން އޮތްތޯ ބަލަންޖެހުނ (Re-instatement and Re-engagement)، މި ތިން ކަންތައް ފާހަގަކޮށްފައިވެއެވެ.
15ޕްރިސިޑެންސް 6ޢަލީ އަޙްސަން އަދާކުރަމުންދިޔަ ވަޒީފާއަކީ، ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމުގެ ވަޒީފާއެވެ.އޭނާގެ މައްޗަށް ތުހުމަތުކުރެވި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤާ ކުރަމުންދަނީ، ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވްގޮތަށް ޢަމަލް ކޮށްފައިވުންކަމަށަވާއިރު، އޭނާ އިތުރަށް ވަޒީފާގައި ބެހެއްޓުން ނުވަތަ ވަޒީފާއަށް ރުޖޫޢ ކުރުމަކާ،އެތަނުގައި ތިބޭ ކުދިންގެ ރައްކާތެރިކަމާމެދު ސުވާލުއުފެދިގެންދުނެ ކަމެއްކަމާއި އަދ އެތަނުގައި ތިބޭ ކުދިން ރަނގަޅްގޮތުގައި ބެލެހެއްޓުމަށް ހުރަސީއެޅިދާނެ ކަމެއިކަމަށް ފެންނާތީއާއި ޢަލ އަޙްސަން ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ ޢަމަލުތައްވެސް ހުރިގޮތުން ކަމުގައިވާތީ،ދެފަރާތުގެ ދެމެދުގައި
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ، (ރ) ހިމެނޭ ގޮތަށް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/67
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/35 ([2021] SC35)
- ބެންޗު
- ޢަބްދުއްރައޫފް އިބްރާހީމް، ހާތިފް ޙިލްމީ (އިސް ފަނޑިޔާރު)، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފް އިބްރާހީމް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ (އިސް ފަނޑިޔާރު)، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް