ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/53
2016/HC-A/53، 2016/HC-A/53
2016/HC-A/53 (2016/HC-A/53, High Court of the Maldives, 6 March 2016)
2016/HC-A/53
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ކުށުގެ ރެކޯޑާއި ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތަށް ބަލާއިރު އިތުރަށް ބަންދުކުރަން ނުފެންނާތީ ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުކުރެވުނު މައްސަލައެކެވެ. ތުހުމަތުކުރެވޭ ފަރާތުގެ ހަށިގަނޑުގައި ޓޭޕްކޮށްފައި 76.75 ގްރާމްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނި ކެނަބިސްއަށް ޕޮޒިޓިވްވިއިރު، ކުޑަކަމުދާތަކެތީގެ ތަޙްލީލުވެސް ޓީ.އެޗް.ސީ އަށް ޕޮޒިޓިވްވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 (ހ) އާ ޚިލާފު، އަދި 2010/SC-A/19 ގެ 9 ވަނަ ނުކުތާގެ އުޞޫލުތަކަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއްކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ބޭނުންކުރުން، ގެންގުޅުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު، ކުށުގެ ރެކޯޑާއި އިންޓެލިޖެންސް މަޢުލޫމާތަށް ބަލާއިރު އިތުރަށް ބަންދުކުރަން ނުފެންނާތީ ދޫކޮށްލި ކްރިމިނަލް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 2010/SC-A/19 ގެ އުޞޫލުތަކާ އެއްގޮތް އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި
މަސްތުވާތަކެތީގެ ކުށަކީ މުޖުތަމަޢަށް ނުރައްކާތެރި ކުށަކަށްވެ، 2010/SC-A/19 ގައިވާ ފެކްޓަރުތަކަށް ބަލާއިރު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭތީ ދޫކޮށްލި އަމުރަށް ބަދަލުގެންނަންޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރުމުގެ ކުށަކީ މުޖުތަމަޢުއަށް އޮތް ނުރައްކާތެރި ކުށެކެވެ. މިފަދަ ކުށްތައް ކުރާމީހުންނަކީ، އެ މީހުންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާފަދަ ބައެއްކަމުގައި ބެލެވެން އޮތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަށާއި، ކުށުގެ ތަބީޢަތަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ކުޑަބޮޑު މިނަށާއި، އެކުށަށް ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، މިފަދަ އެންމެހައި ކަންކަމަކީ، ބަންދުގެ މުއްދަތުގެ މައްސަލަ ބައްލަވާ ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަމަށާއި، ތަބީޢަތަށާއި، ކުޑަބޮޑުމިނަށް ބަލާއިރު، އެފަދަ މީހަކީ މުޖުތަމަޢުއަށް ނުރައްކާތެރި މީހެއް ގޮތުގައި ނޫނީ ނުބެލެވޭނެ މީހެއްނަމަ، ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލެއްކަމުގައި ބެލެވެން އޮތް ހިނދު، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވެން އޮތުމުން، ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރަށް ބަދަލުގެންނަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2010/SC-A/19 ޤަޟިއްޔާ
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް