ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/46
2016/HC-A/46، 2016/HC-A/46
2016/HC-A/46 (2016/HC-A/46, High Court of the Maldives, 8 June 2016)
2016/HC-A/46
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޘާބިތު ދަރަނީގެ ޤަވާޢިދުގެ 02 (ހ) ގެ ދަށުން ދަރަނިވެރިޔާ އެއް މަސްދުވަހަށް ގޭގައި ބަންދުކުރުމަށް އޭނާގެ ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
މަދަނީ ކޯޓުގެ 638/MC/2009 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ދަރަނި ހޯދުމަށް ހުށަހެޅުނު ތިންވަނަ ދަޢުވާއެވެ. ދަރަނިވެރިޔާއަށް ކޯޓަށް ހާޟިރުވުމަށް އަމުރު ފޮނުވި ނަމަވެސް ހާޟިރެއް ނުވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އޭނާގެ ބަހެއް ނުހޯދާ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ޝަރީޢަތްކުރި ކަމަށާއި، 2010/SC-A/02 ގައި ކަނޑައެޅި އިޖުރާއާތާ ޚިލާފު ކަމަށާއި، ޙާޟިރުކުރުމުގެ ޤަވާޢިދުގެ 10 ވަނަ މާއްދާއަށް ޢަމަލުނުކޮށް 28 ވަނަ މާއްދާއަށް ޢަމަލުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ސާބިތު ދަރަނީގެ ޙުކުމަކާ އެއްގޮތަށް ފައިސާ ނުދައްކާތީ ދަރަނިވެރިޔާ ގޭގައި ބަންދުކުރުމަށް، ކޯޓަށް ހާޟިރުނުވި ދަރަނިވެރިޔާގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ކުރި ޙުކުމަކީ ޝަރީޢަތް ހިންގުމުގެ އިޖުރާއާތުތަކާ ޚިލާފު ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޙާޟިރުވުމުގެ އަމުރު ފޮނުވައި ޣައިރު ޙާޟިރުގައި ނިންމޭނެކަން އިޢުލާންކުރުމަށްފަހު ޙާޟިރުނުވުމުން، ސާބިތު ދަރަނީގެ މައްސަލައެއްގައި ރެކޯޑުން ފައިސާ ނުދައްކާކަން އެނގެން އޮތުމުން ޣައިރު ޙާޟިރުގައި ޙުކުމްކުރުމަކީ އިޖުރާއާތާ ޚިލާފު ކަމެއް ނޫނެވެ. ފައިސާ ނުދައްކާކަން އިސްތިއުނާފުކުރި ފަރާތުން ހައިކޯޓުގައިވެސް ބުނެފައިވެއެވެ.
ކަނޑައެޅުނު އުޞޫލު
- ސާބިތު ދަރަނި ހޯދުމުގެ މައްސަލައެއްގައި، ދަޢުވާލިބޭ ފަރާތުގެ އެޑްރެހަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުންވެސް ކޯޓަށް ޙާޟިރުނުވެ، ޙާޟިރު ނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ނިންމޭނެކަން އިޢުލާނުކުރެވުމަށްފަހު، ޙުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން ކޯޓުގެ ރެކޯޑުތަކުން އެނގެން އޮތުމުން، ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް ބަލައި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަކީ، މިފަދަ މައްސަލަތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކާއި ޚިލާފަށް ކޮށްފައިވާކަމެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ރަހުނެއް ނުހިމެނޭ ޘާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 02 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް