ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/417
2016/HC-A/417، 2016/HC-A/417
2016/HC-A/417 (2016/HC-A/417, High Court of the Maldives, 15 May 2017)
2016/HC-A/417
މައްސަލައިގެ ޚުލާޞާ
އިސްތިއުނާފުކުރި ފަރާތުގެ އެކައުންޓަށް ދަޢުވާކުރި ދެ ފަރާތާއި ތިންވަނަ ފަރާތަކުން ޖަމާކުރި US$42,773.32 ދައްކަން ޖެހޭކަމަށް ސިވިލް ކޯޓުން ޙުކުމްކުރި؛ މުސާރައާއި އިތުރު ޢަދަދު ސާބިތުނުވާކަމަށް ނިންމި.
ގެސްޓްހައުސްއެއް ތަރައްޤީކުރުމަށް ފައިސާ ދީފިނަމަ ފައިދާއާއެކު އަނބުރާ ދޭނެކަމަށާއި ވަޒީފާ ދޭނެކަމަށް ވަޢުދުވެ ފައިސާ ހޯދިކަމަށް ބުނެ، އެފައިސާއާއި މުސާރަ ހޯދުމަށް ބޭރުގެ ދެ ރައްޔިތަކު އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ދަޢުވާކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ފައިސާގެ ބައެއް އަނބުރާ ދީފައިވާކަމުގެ ހެކިތަކަށް ދަށުކޯޓުން ރިޢާޔަތް ނުކުރާކަމަށާއި، ތިންވަނަ ފަރާތަކުން ޖަމާކުރި ފައިސާއަކީ ދަޢުވާގައި ހިމެނޭ ފައިސާއެއް ނޫންކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާކުރި ފަރާތްތަކާ ގުޅުމެއް ސާބިތުނުވާ ތިންވަނަ ފަރާތަކުން ޖަމާކުރި ފައިސާ ވެސް ހިމަނައި، އިސްތިއުނާފުކުރި ފަރާތުގެ އެކައުންޓަށް ޖަމާކުރި ފައިސާ އަނބުރާ ދައްކަން ޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައެޅުން ޞައްޙަތޯ، އަދި އޭގެ ބައެއް ފައިސާ އަނބުރާ ދީފައިވާކަމަށް ބުނާ ހެކިތަކަށް ދަށުކޯޓުން ރިޢާޔަތްކުރިތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ދައްކަންޖެހޭ ޢަދަދު މަދުކުރި)
ތިންވަނަ ފަރާތާ ދަޢުވާކުރި ފަރާތްތަކާ ގުޅުމެއް ނުވަތަ ވަކާލާތެއް ސާބިތުނުވާތީ އެ ފައިސާ އުނިކޮށް، ލިބުނުކަމަށް ދަޢުވާކުރި ފަރާތް އެއްބަސްވި ޢަދަދުތައްވެސް އުނިކުރި؛ ބާކީ ފައިސާ ދިން މަޤްޞަދު އެހެންގޮތަކަށް ސާބިތުނުވާތީ އަނބުރާ ދައްކަން ޖެހޭނެ.
ކަނޑައެޅުނު އުޞޫލުތައް
- ތިންވަނަ ފަރާތަކީ ދަޢުވާ ހުށަހެޅި ފަރާތްތަކާއި ގުޅުން އޮތް ފަރާތެއްކަން ސާބިތުކުރުމަށް އެއްވެސް މިންވަރެއްގެ ހެއްކެއް ދަށުކޯޓަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، އެފައިސާ ހޯދުމަށްއެދި ދަޢުވާކުރުމުގެ ބާރު އެފަރާތުން ދަޢުވާ ހުށަހެޅި ފަރާތްތަކަށް ޕަވަރ އޮފް އެޓާރނީއެއް ދަށުން ނުވަތަ އެފަދަ އެހެންވެސް ގޮތަކުންވެސް ދީފައިވާކަން އެނގެން ނެތުމުން، އެ ތިންވަނަ ފަރާތުން ޖަމާކުރި ކަމަށް ފެންނަ ފައިސާއެއް އަނބުރާ ހޯދުމުގެ ސިފަތެއް ދަޢުވާކުރި ފަރާތްތަކަށް ނޯންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ފަރާތެއްގެ އެކައުންޓަށް އަނެއް ފަރާތުން ޖަމާކޮށްފައިވާ ފައިސާއަކީ އެފައިސާ ދިން މަޤްޞަދު އެހެން ގޮތަކަށް ސާބިތުނުވާ ހިނދު އަނބުރާ ދައްކާގޮތަށް ދޭންޖެހޭ ފައިސާއެއްކަމުގައި ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހަށާއި ހުށަހެޅުނު ލިޔުންތަކަށް ބެއްލެވުމަށްފަހު އެހެކިތަކުން ނިކުތް ނަތީޖާގެ މައްޗަށް ރިޢާޔަތްކުރައްވައިގެންކަން އެނގެން އޮންނައިރު، އެހެކިތަކުގެ މައްޗަށް ބެލުމުން އެނޫން ނަތީޖާއެއް ފެންނަން ނެތްނަމަ، ފައިސާ އަނބުރާ ރައްދުކުރިކަން ސާބިތުވުމަށް ފުދޭ މިންވަރުގެ ހެކި ހުށަހެޅިފައިނުވާ ކަމަށް ދަށުކޯޓުން ކުރި ނިންމުމަށް ބަދަލެއް ނުގެނެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް