ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/243
2016/HC-A/243، 2016/HC-A/243
2016/HC-A/243 (2016/HC-A/243, High Court of the Maldives, 27 November 2017)
2016/HC-A/243
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، އިވެލުއޭޓް ކުރުމުގެ ކުރިން އިޢުލާން ބާޠިލުކުރުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، އެ އިޢުލާނުގެ ދަށުން ހުއްދަ ދިނުމަށް އަންގާނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ.
1435 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރި އިޢުލާނަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނި، ޕްރޮޕޯސަލްތައް ފުރިހަމަނުވާތީ އިވެލުއޭޓް ނުކޮށް އިޢުލާން ބާޠިލުކޮށް ދެވަނަ އިޢުލާނެއް ކުރުމުން، އެ ކުންފުނިވެސް ދެވަނަ އިޢުލާނަށް ހުށަހަޅައި ގުރުއަތުން ނުހޮވުނެވެ. ދެން ފުރަތަމަ އިޢުލާނުގެ ދަށުން 3 އަހަރުގެ ހުއްދަ ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ މުއްދަތު ހަމަވެ ޢަމަލުކޮށް ނިމިފައިވާ އިޢުލާނެއް ބާޠިލު ނުކުރެވޭނެ ކަމަށާއި، ޕްރޮޕޯސަލްތައް ފުރިހަމަނުވާކަމުގެ ދިފާޢު ސާބިތުނުވާ ކަމަށާއި، 2011/HC-A/285 ތަޠުބީޤުކުރީ ރަނގަޅަށް ނޫން ކަމަށެވެ.
މައިގަނޑު ސުވާލު
ޙައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިޢުލާން، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ ކުރިން ބާޠިލުކުރުމަކީ ބާޠިލް ނިންމުމެއްތޯއާއި، އެ އިޢުލާނުގެ ދަށުން ހުއްދަ ދިނުމަށް ވުޒާރާއަށް އެންގޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދެވަނަ އިޢުލާނަށް ޝަކުވާއެއް ނެތި ޕްރޮޕޯސަލް ހުށަހެޅުމަކީ ފުރަތަމަ އިޢުލާން ބާޠިލުކުރުން ޤަބޫލުކުރުމެއްކަމުގައި ބެލެވޭތީއާއި، 2011/HC-A/285 ގައި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާކްސް ދީފައިވާތީ މި މައްސަލައާ ތަފާތުވާތީ، ދަށުކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ފުރަތަމަ އިޢުލާނާއި އެއާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް ބާޠިލްކޮށްފައިވާކަމަށް ދެވަނަ އިޢުލާނުގައި ބަޔާންކޮށްފައިވީނަމަވެސް އެކަމާމެދު ޝަކުވާ ނުކޮށް، ދެވަނަ ފަހަރަށް ކުރި އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވުމަކީ، ފުރަތަމަ އިޢުލާން ބާޠިލްކުރިކުރުން ޞައްޙަކަމަށް އެފަރާތުން ޤަބޫލު ކުރިކުރުމެއް ކަމުގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ބެލެވެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ބާޠިލްކޮށްފައިވާ އިޢުލާނެއްގެ ދަށުން މަސައްކަތް ޙަވާލުކުރުމަށް ވުޒާރާގެ މައްޗަށް އަންގާނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާކްސް ދީފައިވާ މައްސަލައެއްގައި ކަނޑައަޅާފައިވާ އުސޫލު، ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކޮށް ބާޠިލްކުރުމަށް ނިންމި ނިންމުމާމެދު އެހިނދު އިޢުތިރާޟްކޮށްފައި ނުވާ މައްސަލައެއްގައި ޠަޠްބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ބ))
- ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު 1435 ގެ 7 ވަނަ މާއްދާގެ (ނ)
- 2011/HC-A/285
- ބެންޗު
- ޢަބްދުﷲ ދީދީ (ރިޔާސަތު)، ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް