ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/139
2016/HC-A/139، 2016/HC-A/139
2016/HC-A/139 (2016/HC-A/139, High Court of the Maldives, 4 April 2016)
2016/HC-A/139
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށްޓަކައި، ތުހުމަތުކުރެވޭ ފަރާތް 10 ދުވަހަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރިއެވެ.
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކްރިމިނަލް ކޯޓަށް އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 (ހ) އާއި 12 (ނ) އަށާއި، ސުޕްރީމް ކޯޓުގެ 2010/SC-A/19 އާއި 2011/SC-A/33 ޤަޟިއްޔާތަކުގައިވާ އުޞޫލުތަކަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުމުން، އޭނާ ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބަންދާބެހޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތް އަމުރެއްތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު؛ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި
ބަންދާމެދު ނިންމަންޖެހޭނީ ފުލުހުން ހުށަހަޅާ މަޢުލޫމާތުގެ މައްޗަށް ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިއަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށާއި، އެފަދަ މީހަކު ބަހައްޓަންޖެހޭނީ މުޖުތަމަޢަށް ނުރައްކާ ނުފޯރުވޭނެ ތަނެއްގައި ކަމަށާއި، ގޭގައި ބެހެއްޓުމުން އެ ނުރައްކާ ފިލައިނުދާނެ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްކަމަށް ނުވަތަ ނެތްކަމަށް ކަނޑައަޅުއްވަންޖެހޭނީ، އެފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައަކާއި، އެމައްސަލައަކާއި ގުޅިގެން ހައްޔަރުކުރެވިފައިވާ މީހަކު ނުވަތަ ބަޔަކާބެހޭ ގޮތުން، މައްސަލަ ތަޙްޤީޤުކުރާ ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެފަނޑިޔާރަކަށް ހުށަހަޅާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ކުށަކީ، އެކުށުގެ ސަބަބުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވޭ ކުށްތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްނަމަ އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެފަދަ ތަނެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ހުށަހެޅުނު މައްސަލައިގެ ބާވަތަށާއި، ހެކީގެ ނިސްބަތަށާއި، ތަޙްޤީޤުގައި ހޭދަވެފައިވާ މުއްދަތަށާއި، ތަޙްޤީޤުގައި ހުރި ގޮންޖެހުންތަކަށާއި، މައްސަލައިގެ ވަށައިގެން ދެން ހުރި ކަންކަމުގެ މައްޗަށް ބަލާއިރު، އޭނާ ގޭގައި ބެހެއްޓުމަކީ، އޭނާގެ ކިބައިން މުޖުތަމަޢުއަށް އޮތް ނުރައްކާ ފިލައިގެން ދާނެ ސަބަބެއް ކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 12 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/194 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/260 ޤަޟިއްޔާ
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް