ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/389
2015/HC-A/389، 2015/HC-A/389
2015/HC-A/389 (2015/HC-A/389, High Court of the Maldives, 26 November 2017)
2015/HC-A/389
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، 354,625 ރުފިޔާއަކީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާ 4 މަސްދުވަހުގެ ތެރޭގައި ތިންވަނަ ފަރާތަށް ލިބިދިނުމަށް ޙުކުމްކޮށްފައިވެއެވެ.
އެއްބަސްވުމެއްގެ ދަށުން ތިންވަނަ ފަރާތަކުން ނެގި ފައިސާ އެފަރާތަށް ދިނުމަށްޓަކައި ދަޢުވާކުރި ފަރާތުން 354,625 ރުފިޔާ އިސްތިއުނާފުކުރި ފަރާތާ ޙަވާލުކުރިކަން އޭނާ ސޮއިކުރި ލިޔުމަކުން އެނގެއެވެ. އެ ފައިސާ ތިންވަނަ ފަރާތަށް ޙަވާލުނުކުރާތީ ދަޢުވާކޮށްފައިވެއެވެ. އިސްތިއުނާފުކުރި ފަރާތުން ބުނީ، އެއީ އޭނާއާއި ތިންވަނަ ފަރާތާ ގުޅިގެން ކުރި ވިޔަފާރީގެ ފައިދާ ކަމަށާއި، ތިންވަނަ ފަރާތުގެ ބައި ދީފައިވާ ކަމަށެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ދަށުކޯޓުން ބަލާފައިވަނީ އަނެއް ދެފަރާތުގެ ވާހަކައަށް އެކަނިކަމަށާއި، ޙުކުމަކީ ޝަރުޢީ އިޖުރާއާތާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ރޫޙާ ޚިލާފު ޙުކުމެއްކަމަށެވެ.
މައިގަނޑު ސުވާލު
ތިންވަނަ ފަރާތަކަށް ދިނުމަށްޓަކައި ޙަވާލުކުރި ފައިސާއަކީ ތިމާއަށް ލިބެންޖެހޭ ވިޔަފާރީގެ ފައިދާކަމަށް ބުނާ ފަރާތުން އެކަން ސާބިތުނުކޮށް، އެ ފައިސާ އެ ތިންވަނަ ފަރާތަށް ދޭން ދަށުކޯޓުން ކުރި ޙުކުމް ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ފައިސާއަކީ ވިޔަފާރީގެ ފައިދާކަމަށް ބުނުން ފިޔަވައި އެކަން ސާބިތުކޮށްދޭނެ ހެއްކެއް ނުވަތަ ޤަރީނާއެއް އިސްތިއުނާފުކުރި ފަރާތުން ދަށުކޯޓުގައި ހުށަހަޅާފައިނުވާތީ، ދަށުކޯޓުގެ ޙުކުމަށް ބަދަލު ނުގެނެވެއެވެ.
ކަނޑައެޅުނު އުޞޫލު
- އެހެން ފަރާތަކަށް ދިނުމަށްޓަކައި ޙަވާލުކުރި ފައިސާއަކީ ތިމާއާއި އެފަރާތާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތަކުން ލިބިފައިވާ ފައިސާކަމަށް ބުނާނަމަ، އެކަން ސާބިތުކޮށްދިނުމަކީ އެގޮތަށް ބުނާ ފަރާތުގެ މައްޗަށް އޮތް މަސްއޫލިއްޔަތެކެވެ. ބުނާ ބުނުން ފިޔަވައި އެކަން ޝަރީޢަތަށް ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅާފައި ނުވާނަމަ، އެ ފައިސާއަކީ އެފަރާތުން ދައްކަންޖެހޭ ފައިސާކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް