ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/240
2015/HC-A/240، 2015/HC-A/240
2015/HC-A/240 (2015/HC-A/240, High Court of the Maldives, 27 November 2017)
2015/HC-A/240
މައްސަލައިގެ ޚުލާޞާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ތަން 15 ދުވަހުގެ ތެރޭގައި ހުސްކޮށް ޙައްޤުވެރިޔާއަށް ހަވާލުކުރުމަށާއި، ފާއިތުވި މުއްދަތުގެ ކުލި ދެއްކުމަށް އަމުރުކުރިއެވެ. ޤާނޫނީ ވަކީލުގެ ޚަރަދު ނަގައިދިނުމަށް އެދުނު ކަން ބަލައިނުގަތެވެ.
ހުޅުމާލޭ ގޯއްޗެއްގެ ޙައްޤުތައް ކުރީގެ ޙައްޤުވެރިޔާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އިސްތިއުނާފު ރައްދުވި ފަރާތާ ދެމެދު ސޮއިކުރެވުނު ތިންފަރާތުގެ އެއްބަސްވުމަކުން އިސްތިއުނާފު ރައްދުވި ފަރާތަށް ބަދަލުވެފައިވެއެވެ. ކުރީގެ ޙައްޤުވެރިޔާއަށް ވަކި ތާރީޚެއްގެ ނިޔަލަށް އެގޯތީގައި ތިބުމުގެ ޙައްޤު އެއްބަސްވުމުގައި ލިބިދީފައި ވީނަމަވެސް، އޭނާގެ އެދުމުގެ މަތިން ގޯތީގައި ތިބި އިސްތިއުނާފުކުރި ފަރާތްތަކުން އެމުއްދަތު ހަމަވުމަށްފަހުވެސް ތަން ހުސްނުކުރެއެވެ.
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ގޯތި ދީފައިވަނީ އެމީހުންގެ ދަރިފުޅަށް ކަމަށާއި، އެމީހުންނާއި އިސްތިއުނާފު ރައްދުވި ފަރާތާ ދެމެދު އެއްވެސް މުޢާމަލާތެއް ނުވާތީ ދަޢުވާ ބެލުމުގައި ޢަދުލުއިންސާފު ގެއްލިފައިވާ ކަމަށާއި، ޙައްޤުތައް ބަދަލުކުރި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައެޅުން ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ހުޅުމާލޭ ގޯއްޗެއްގެ ޙައްޤުތައް ތިންފަރާތުގެ އެއްބަސްވުމަކުން އެހެން ފަރާތަކަށް ބަދަލުވުމަށްފަހު، ކުރީގެ ޙައްޤުވެރިޔާގެ އެދުމުގެ މަތިން އެތަނުގައި ތިބި ފަރާތްތަކަށް އެއްބަސްވުމުގައި ކަނޑައެޅި މުއްދަތު ހަމަވުމަށްފަހު އެގޯތީގައި ތިބުމުގެ ޤާނޫނީ ޙައިޘިއްޔަތެއް ލިބިގެންވޭތޯ، އަދި ޙައްޤުތައް ބަދަލުވި ފަރާތަށް އެފަރާތްތަކުގެ މައްޗަށް ތަން ހުސްކުރުމަށާއި ކުލި ހޯދުމަށް ދަޢުވާކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ގޯތީގެ އެންމެހާ ޙައްޤުތައް އިސްތިއުނާފު ރައްދުވި ފަރާތަށް ބަދަލުވެފައިވާތީ އެފަރާތަކީ ޙައްޤުވެރިޔާއެވެ. ކުރީގެ ޙައްޤުވެރިޔާއަށާއި އޭނާ ބޭނުންވާ ބަޔަކަށް ގޯތީގައި ތިބުމުގެ ޙައްޤު ލިބިދީފައިވަނީ ވަކި ތާރީޚެއްގެ ނިޔަލަށް ކަމުން، އޭގެ ފަހުން އެތަނުގައި ތިބުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، ޙައްޤުވެރިޔާއަށް އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރެވޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ގޯއްޗަކާ ގުޅޭ އެންމެހާ ޙައްޤުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިންވަނަ ފަރާތަކަށް ބަދަލުކުރުމުގެ މުޢާމަލާތް އެއްކޮށް ފުރިހަމަވެފައިވާނަމަ، އެބިމުގެ ޙައްޤުވެރިއަކީ ޙައްޤުތައް ބަދަލުވި ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- އެއްބަސްވުމެއްގެ ދަށުން ގޯއްޗެއްގައި ތިބުމުގެ ޙައްޤު ލިބިދީފައިވަނީ ވަކި ތާރީޚެއްގެ ނިޔަލަށްކަމަށްވާނަމަ، އެތާރީޚުގެ ފަހުން އެތަނުގައި ތިބުމުގެ ޤާނޫނީ އެއްވެސް ޙައިޘިއްޔަތެއް ނެތެވެ. އެމުއްދަތު ހަމަވުމަށްފަހު އެބިމުގައި ތިބޭތިބުމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ތިބޭތިބުމެއްކަމުން، އެހާލަތުގައި ބިމުގެ ޙައްޤުވެރިޔާއަށް އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމުގެ ފުރުޞަތު ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް