ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/127
2015/HC-A/127، 2015/HC-A/127
2015/HC-A/127 (2015/HC-A/127, High Court of the Maldives, 14 July 2016)
2015/HC-A/127
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ބާކީ ކުއްޔާއި އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ކުއްޔަށް ހިފި ފަރާތުން ދައްކަން ޙުކުމްކުރި.
ލޯންޗެއް މަހަކު ކަނޑައެޅިފައިވާ ކުއްޔަކަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ބައެއް މުއްދަތުގެ ކުލި ނުދެއްކުމުން ކުއްޔަށް ދިން ފަރާތުން ލޯންޗު އަތުލައި، ބާކީ ކުއްޔާއި ދުވާލަކަށް ކަނޑައެޅިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރި.
ކުއްޔަށް ދިން ފަރާތް އެއްބަސްވުމާ ޚިލާފުވެ، ލޯންޗުގެ ސަލާމަތީ ސެޓްފިކެޓުގެ މުއްދަތު ހަމަވެފައިވުމުން ލޯންޗުގެ މަންފާ ނުލިބުނުކަމަށް ކުއްޔަށް ހިފި ފަރާތުން ބުނި.
މައިގަނޑު ސުވާލު
ކުއްޔަށް ހިފި ލޯންޗުގެ ސަލާމަތީ ސެޓްފިކެޓު ނެތުމުން ގެއްލުން ލިބުނު ކަމަށް ބުނެ، ލޯންޗު ކުއްޔަށް ހިފި ފަރާތުގެ ބާރުގެ ދަށުގައި އޮތް މުއްދަތުގެ ކުއްޔާއި އެއްބަސްވުމުގައިވާ ގެއްލުމުގެ ބަދަލު ނުދެއްކުމުގެ ޙައްޤު ކުއްޔަށް ހިފި ފަރާތަށް ލިބޭތޯ؛ އަދި ކުއްޔަށް ދިން ފަރާތް އެއްބަސްވުމާ ޚިލާފުވިކަމަށް ބުނާ ނުކުތާއަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދަޢުވާކުރި މުއްދަތުގެ ކުރިން ސެޓްފިކެޓް އައުކޮށްފައިވާއިރު އެމުއްދަތުގައި ލޯންޗު އޮތީ ކުއްޔަށް ހިފި ފަރާތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމުން ކުލި ދައްކަންޖެހޭ؛ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރެވޭނެ ނަމަވެސް ކުލި ނުދެއްކުމަށް އެއީ ޙުއްޖަތެއް ނޫން.
ކަނޑައެޅުނު އުޞޫލުތައް
- ކުލި ހޯދުމަށް އެދި ހުށަހެޅި މުއްދަތުގެ ކުރިން ލޯންޗުގެ ސަލާމަތީ ސެޓްފިކެޓް އައުކޮށްފައިވާކަން ކުއްޔަށް ހިފި ފަރާތުންވެސް ޤަބޫލުކުރާނަމަ، އެމުއްދަތުގެ ކުލި ދެއްކިފައިނުވަނީ ސަލާމަތީ ސެޓްފިކެޓް ހެއްދިފައި ނެތުމުގެ ސަބަބުން ލޯންޗުގެ ބޭނުން ނުކުރެވިވާތީކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ކުލި ހޯދުމަށް އެދި ހުށަހެޅި މުއްދަތުގައި ލޯންޗު އޮތީ ކުއްޔަށް ހިފި ފަރާތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަން އެނގެން އޮތުމުން، މިމުއްދަތުގައި ދައްކަންޖެހޭ ކުލި ދެއްކުމަކީ ކުއްޔަށް ހިފި ފަރާތުން ކުރަން ޖެހޭނެ ކަމެކެވެ؛ އަދި ކުއްޔަށް ހިފި ފަރާތުގެ ބެލުމުގެ ދަށުގައި ލޯންޗު އޮތް މުއްދަތުގެ ކުއްޔާއި، އެކުލި ނުދެއްކުމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާފަދައިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދައްކަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ގުޅިގެން ކުއްޔަށް ހިފި ފަރާތަށް ގެއްލުންތަކެއް ވެފައިވާނަމަ އެގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމަކީ އެފަރާތަށްވެސް ލިބި އޮންނާނެ ޙައްޤެކެވެ. އެހެންނަމަވެސް އެއީ ކުއްޔަށް ހިފި ފަރާތުގެ އަތުގައި ލޯންޗު އޮތް މުއްދަތުގައި ކުލި ނުދެއްކުމަށް އޮތް ޙުއްޖަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤާނޫނު ނަންބަރު 69/78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު)
- ދިވެހިރާއްޖޭގެ ކަނޑުގެ ޞަރަޙައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ޤަވާއިދު
- ބެންޗު
- އޒ.ޢަލީ ސަމީރު، އޒ.ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް