ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/81
އާމިނަތު ޒުހައިރާ ވ. މުހައްމަދު އިސްމާއީލް އަދި އިތުރު ފަރާތްތައް، 2024/HC-A/81
Aminath Zuhairaa v. Mohamed Ismail and other parties 2024/HC-A/81 (2024/HC-A/81, High Court of the Maldives, 17 May 2026)
އާމިނަތު ޒުހައިރާ ވ. މުހައްމަދު އިސްމާއީލް އަދި އިތުރު ފަރާތްތައް
މައިގަނޑު ސުވާލު
ވާރިސުން ގުރުނަގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ޗާޓާ ތަފާތު، އިސްލާޙުކުރި ޗާޓަކަށް ބިނާކޮށް ތަރިކައިގެ ގޯތި ބައިކޮށް އަގުމަގު ހަމަޖެއްސުމަށް މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމް ޤާއިމުވާނެތޯ.
ނިންމި ގޮތް
ބައެއް ބާޠިލުކޮށް (ޙުކުމުގެ 4 އަދި 5 ވަނަ ނަންބަރު) އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލު
- ވާރިސުން އެދިފައިވަނީ ތަރިކައިގެ ގޯތި ބައިކޮށް ގުރުނަގައި އެ ބައިތައް އަގުމަގުކޮށް އުނިއިތުރު ހަމަޖެއްސުމަށް ކަމަށްވާއިރު، ގުރުނަގައި އެއްބަސްވި ޗާޓަށް ބައިތައް އައްޔަންވާ ގޮތާއި ދިމާތަކާއި ބައެއް ވާރިސުންނަށް ލިބޭ މިންވަރަށް ބޮޑެތި ބަދަލުތައް ގެނެސް އިސްލާޙުކުރި ޗާޓަކާމެދު ވާރިސުން އެއްބަސްވެފައި ނުވާނަމަ، އެ ޗާޓަށް ބިނާކޮށް ކުރާ ޙުކުމަކީ ވާރިސުންގެ މެދުގައި ގުރުނަގައި އެއްބަސްވި ގޮތުގެ މަތިން ކުރާ ޙުކުމެއް ނޫނެވެ؛ އެހެންކަމުން ގޯތި ބައިކުރުމާއި އަގުމަގު ހަމަޖެއްސުމާ ގުޅޭ ބައި ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16–20)
1މިއީ،މިލަދުންމަޑުލު އުތުރުބުރޯމާއުނގޫދެމެޖިސްޓްރޭޓް ކުޓުގ ނަންބަރ 9/C14C/2020 ގަޒިއްޔާ)މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ"( އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2024/HC-A/81 ގަޒިއްޔާއިން ބެލި އިސްތިއުނާފު )މީގެ ފަހުން "އިސްތިއުނާފު"( ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ އާމިނަތު ޒުހައިރާ )މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ "އާމިނަތު ޒުހައިރާ"( އެވެ.އިސްތިއުނާފު ރައްދުވަނީ މުޙައްމަދު އިސްމާޢީލް، އިބްރާހީމް އިސްމާޢީލް، އަލީ އިސްމާޢީލް އަދި ޙަސަން ޒަރީރު )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތތައ"( އަށެވެ.
3އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގެ ފަސްފަހަތް ތިރީގައި މި ބަޔާންކުރަނީއެވެ.
4ށ. މާއުނގޫދޫ،ޖަވާހިރުވާދީ، އިސްމާޢީލް މުޙައްމަދ 03 ޖުލައި 2020 ދުވަހު ނިޔާވެފައިވާތީ އެ މަރުހޫމްގެ މަރް ސާބިތުކުރުމާއި ތަރިކަ ހަމަޖައްސައިދިނުމަށް އެދި އެ މަރުހޫމްގެ ފިރިހެންދަރި މުޙައްމަދު އިސްމާޢީލް، ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
5މި މައްސަލައާ ގުޅިގެންށޯ.މާއުނގޫދުމެޖިސްޓްރޭޓް ކުޓން ކުޅަ ސަރިޔަތަށްފަހ ހުކުމްކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ށ. މާއުނގޫދޫ / ޖަވާހިރުވާދީ، އިސްމާޢީލް މުޙައްމަދު 03 ޖުލައި 2020 )12 ޛުލްޤަޢިދާ 1441( ދުވަހު ނިޔައުވެފައިވާތީ، އެ މަރުޙޫމުގެ ވާރިޘުން ސާބިތުކުރުމާއި، މަރުޙޫމުގެ ތަރިކަ ހަމަޖެއްސުމަށް އެދި އެ މަރުޙޫމުގެ ފ. ދަރި، ށ. މާއުނގޫދޫ، އެތުމަމުޙައްމަދު އިސްމާޢީލް ހުށަހެޅި މ މައްސަލާގައި އިސްވެދިޔަ ބަޔާންތަކާއި، ފާހަގަކުރެވުނު ނުކުތާތަކާއި، ޝަރީޢަތަށް ހުށަހަޅާފައިވާ މުސްތަނަދުތަކުގެ މައްޗަށް ބެލުމަށްފަހު، އަންނަނިވިގޮތަށް ކަނޑައަޅަމެވެ.
1. އިސްމާޢީލް މުޙައްމަދު ނިޔައުވިއިރު، މަރުޙޫމްގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ، 4 )ހަތަރެއް( ފިރިހެން ދަރިން )މުޙައްމަދު އިސްމާޢީލް، ޢަލީ އިސްމާޢީލް، އިބްރާހީމް އިސްމާޢީލް، ޙަސަން ޒަރީރު( އާއި، 01 )އެކެއް( އަންހެން ދަރި )އާމިނަތު ޒުހައިރާ( އެކު ޖުމްލަ 05 )ފަހެއް( ވާރިޘުން ކަމާއި،
2. އިސްމާޢީލް މުޙައްމަދު ) ( ނިޔައުވިއިރު ތަރިކައިގެ ގޮތުގައި ހުރީ ށ. މާއުނގޫދޫ "ޖަވާހިރުވާދީ" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި، އެގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެއްޗާއި ނުއުފުލޭ މުދަލާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި އިސްމާޢީލް މުޙައްމަދުގެ ނަމުގައި ހުޅުވާފއިވާ އެކައުންޓްގައިވ 79494/83 ރ )ހަތްދިހަ ނުވަ ހާސް ހަތަރު ސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ / އަށްޑިހަ ތިން ލާރި( އާއި، މިކޯޓުގެ ޤަޟިއްޔާއިން އިސްމާޢީލް މުޙައްމަދުއަށް ތަރިކައިގެ ގޮތުގައި ލިބިފައިވާ 59/7336ރ )ހަތްހާސް ތިންސަތޭކަތިރީސް ހަ ރުފިޔާ / ފަންސާސް ނުވަ ލާރި( އާއިއެކު ޖުމްލަ 42/86831ރ )އަށްޑިހަ ހަ ހާސް އަށް ސަތޭކަ ތިރީސް އެއް ރުފިޔާ / ސާޅީސް ދެ ލާރި( ކަމަށާއި،
3. އިސްމާޢީލް މުޙައްމަދުގެ ތަރިކައިގައި ހުރި ފައިސަ 42/86831ރ )އަށްޑިހަ ހަ ހާސް އަށް ސަތޭކަ ތިރީސް އެއް ރުފިޔާ / ސާޅީސް ދެ ލާރި( މި ރިޕޯޓުގެ 19 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ވާރިޘުންނަށް ލިބިގެންވކަމަށާއި،
4. މި ތަރިކައިގައި ހިމެނޭ "ޖަވާހިރުވާދީ" އެވެ ކިޔާ ބަންޑާރަގޯތި މިތަރިކައިގ ވާރިސުންގެ މެދުގައި ހަމަހަމަވާ އުޞޫލުން ބަހައި އަގުމަގުކޮށް އުނިއިތުރު ހަމަޖެއްސުމަށް ވާރިސުން އެދިފައިވާތީ ވިރިސުންނަށް ލިބިފައިވާ ބައަތަކުގައިހުރި ގެދޮރުފަދަ ތަންތަނާއި ތަކެއްޗާއި ރުއްގަހުގެ އަގުކަމުގައި އަގުކޮމެޓީން ކަނާޑއަޅާފައިވ -/129927ރ. )އެއް ލައްކަ ނަވާވީސ ހާސް ނުވް ސަތޭކަ ނަވާވީސް( ރުފިޔް ވާރިސުންގެ މެދުގައި ހަމަހަމަވާ ގޮތަށް ބެހޭމުން، ށ. މާއުނގޫދޫ މުޙައްމަދު އިސްމާޢީލްއަށް ލިބޭ 40/25985ރ. )ފަންސަވީސ ހާސް ނުވް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ / ސާޅީސް ލާރި( ތެރެއިން މުޙައްމަދު އިސްމާޢީލްއަށް ލިބިފައިވާ ބައިގައި ހުރި އެއްޗިހި އަގުކުރުމުން މަދުވާ 40/10975ރ. )ދިހަ ހާސް ނުވަ ސަތޭކަ ހަތްދިހަ ފަސް ރުފިޔާ / ސާޅީސް ލާރި( އާއި، ށ. މާއުނގޫދޫ ޖަވާހިރުވާދީ ޙަސަން ޒަރީރުއަށ ލިބް 40/25985 ރ. )ފަންސަވީސ ހާސް ނުވް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ / ސާޅީސް ލާރި( ތެރެއިން ޙަސަން ޒަރީރުއަށް ލިބިފައިވާ ބައިގައިހުރި އެއްޗިހ އަގު ކުރުމުން މަދުވި 40/14713ރ. )ސާދަ ހާސް ހަތް ސަތޭކަ ތޭރަ ރުފިޔާ / ސާޅިސް ލާރި( އާއި، ށ. މާއުނގޫދޫ ޖަވާހިރުވާދީ އާމިނަތު ޒުހައިރާއަށ ލިބް 40/25985 ރ. )ފަންސަވީސް ހާސް ނުވް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ / ސާޅީސް ލާރި( ތެރެއިން އާމިނަތު ޒުހައިރާއަށް ލިބިފައިވާ ބައިގައ ހުރި އެއޗިހި އަގުކުރުމުން މަދުވި 40/22685ރ. )ބާވީސ ހާސް ހ ސަތޭކަ އަށްޑިހަ ފަސް ރުފިޔާ / ސާޅީސް ލާރި( ލިބަދިނުމަށް، ވާރިސުންގެ ތެރޭގައި ހިމެނޭ ށ. މާއުނގޫދޫ ހީނާގ ޢލީ އިސްމާޢީލްއަށް ލިބިފައިވާ ބައިގައި ހުރި އެއްޗިހި އަގުކުރުމުނ 40/25985ރ. )ފަންސަވީސް ހާސ ނުވް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ / ސާޅީސް ލާރި( އަށްވުރެ އިތުރުވާ 60/17544 ރ. )ސަތާރަ ހާސް ފަސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ / ފަސްދޮޅަސް ލާރި( އާއި، ށ. މާއުނގޫދޫ ކެތި އިބްރާހީމް އިސްމާޢީލްއަށް ލިބިފައިވާ ބައިގައިހުރި އެއްޗިހި އަގުކުރުމުން 40/25985ރ. )ފަންސަވީސ ހާސް ނުވް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ / ސ ޅސް ލާރި( އަށްވުރެ އިތުރުވާ 60/30829ރ. )ތިރީސ ހާސް އަށް ސަތޭކަ ނަވާވީސް ރުފިޔާ / ފަސްދޮޅަސް( ރުފިޔާ، މަތީގައި ބަޔާންކުރެވިދިޔަ 3 ވާރިސުން )މުޙައްމަދު އިސްމާޢީލް، ޙަސަން ޒަރީރު، އާމިނަތު ޒުހައިރާ( އަށް ލިބިދިނުމަށް ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމުން،
5. ށ. މާއުނގޫދޫ "ޖަވެހިރުވާދީ" އެވެކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި، ނުއުފުލޭ މުދަލާއި ވަޅުފަދަ ތަންތަނުގެ މިހާރުގެ މިލްކުވެރި ފަރާތްތަކަކީ މި ރިޕޯޓްގެ 26 ނަންބަރުގައިވާ ގޮތުގެ މަތިން އިސްމާޢީލް މުޙައްމަދުގެ ވާރިޘުންކުރެ، ށ. މާއުނގޫދޫ ޖަވާހިރުވާދީ މުޙައްމަދު އިސްމޢީލާ ()، ށ. މާއުނގޫދޫ، ޖަވާހިރުވާދީ، ޙަސަން ޒަރީރު ()، ށ. މާއުނގޫދޫ، ޖަވާހިރުވާދީ އާމިނަތު ޒުހައިރާ ()، ށ. މާއުނގޫދޫ ހީނގެ ޢަލީ އިސްމާޢީލް ()، ށ. މާއުނގޫދޫ، ކެތި އިބްރާހީމް އިސްމާޢީލް
8)(A26650، ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ."
6އީސްތިއުނާފާކޮށްފައު ވަނި މިގޮތުގެ މަތިން ކުޅަ ނިޔގައި، ށ. މާއުނގޫދޫ "ޖަވާހިރުވާދީ" އެވެކިޔާ ގޯތި ވާރިސުންގެ މެދުގައި ބައިކޮށް އަގުމަގު ހަމަޖައްސާފައިވާ ގޮތެވެ.
7އިސްތިއުނާފީ ކުރު ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފ ދެ ނުކުތާއެވެ.
8މި ނުކުތާގައި ފާހަގަކޮށްފައި ވަނީށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވއިދ 2022 ގެ 64 ވަނަ މުއްދާ )ގޯތި ބައިކުރުމަށް ހުށަހަޅާ ފޯމާއިއެކު ހުށަހަޅަންޖެހޭ މައުލޫމާތު( ގެ )ށ( ގައި ބެހެނިވެރިންގެ ތެރެއިން މައްސަލަ ހުށަހަޅާ ފަރާތުން ގޯތި ނުވަތަ ތަން ބައިކުރަން އެދޭ ގޮތުގެ ޗާޓު ހުށަހަޅަންޖެހޭ ކަމަށާއި، އެގޮތުން މައްސަލައާއެކު ހުށަހަޅާފައިވާ ޗާޓު ހުރިހާ ވާރިސުންނާ ހިއްސާކޮށް އެ ޗާޓާ އެއްގޮތަށް ގޯތި ބައިކޮށް އެ ޗާޓާ އެއްގޮތަށްހިކުމްކޮށްފައިވާކަން، މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވީނަމަވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި އެޓޭޗްކޮށްފައިވަނީ މައްސަލައާއެކު ހުށަހެޅ ގޯތި ބައިކޮށްފައިވ ޗާޓާ ނޫނު ކަމަށެވެ.
9މި ނުކުތާގައިފާހަގަކޮށްފައ ވަނި ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވައިދ 2022 ގެ 64 ވަނަ މާއްދާ )ގޯތި ބައިކުރުމަށް ހުށަހަޅާ ފޯމާއިއެކު ހުށަހަޅަންޖެހޭ މަޢުލޫމަތު( ގެ )ނ( ގައި ގޯތާ ނުވަތަ ތަން ބައިކުރަން ހުރިހާބެހެނިވެރިން އެއްބަސްވާ ގޮތެއް އޮތްނަމަ އެ މައުލޫމާތު، ހުށަހަޅަންޖެހޭކަމަށާއި، އގޮތުނެ މައްސަލް ހުށަހެޅި ފަރާތުން ހުށަހަޅާފައިވުގޮތަށް އަދި ދެންތިބި ހުރިހާ ވާރިސުން އެގޮތަށް އެއްބަސްވެ ހުށަހަޅާފައިވާ ޗާޓު 5 )ފަހެއް( ބަޔަށް ބައިކޮށް، ގުރުނަގައި ބެހެނިވެރިންނަށް ލިބުނު ބައިތައް ވަކިކްށް ސޮއިކުރުމާއެކު ފިންގަރޕްރިންޓް ޖަހާފައިވާއިރު މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި އެޓޭޗްކޮށްފައިވަނ އެ ޗާޓު ނޫންކަމަށެވެ.
10މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައި ވަނީ،މި މައްސަލައިގެ މުހިންމު ވާގިއާއެއްކަމަށްވާ، ސަރިޔަތުގެ މަޖިލީހުގައި ހުރިހާ ވާރިސުންނާއި ހިއްސާކް ށ، ގުރުނަގައި ބެހެނިވެރިންނަށް ލިބުނު ބައިތައް ވަކިކޮށް ސޮއިކުރުމާއެކު ފިންގަރޕްރިންޓް ޖަހާފައި ވ ޗާޓާ ނޫނު އެހެން ޗާޓެއް ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި އެޓޭޗްކޮށްފައިވުމާއ އެކި ރަނގަޅު ޗާޓު ޝަރީއަތް ނިމުމާ ގޮތުގު ރިޕޯޓުގައި ހިމަނައި ހުކުމާއި އެއްގޮތށ ރިޕޯޓް އިސްލާހުކޮށްދިނމަށެވެ.
11އިސްތިއުނާފީ ރައްދުވާ ފަރާތްތަކުގެ ތެރެއިން މުޙައްމަދު އިސްމާޢީލް ފިޔަވައި ހުރިހާ ފަރާތްތަކުން އެދިފައިވަނީ އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ދަށު ކޯޓު ރިޕޯޓުގައި ހިމަނާފައިވާ ޗާޓަކީ ރަނގަޅު ޗާޓު ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މުޙައްމަދު އިސްމާޢީލް އެދިފައުވަނީ އެ ޗާޓުބަދަލކުރަންޖެހ ތަނެއް ނެތްކަމަށް ކަނޑައެޅުމަށެވެ.
12އިސްތިއުނާފީ ދެ ނުކުތާއަށް ބަލާއިރު އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ މައިގަނޑު ކަމަކީ، ށ.މާއުނގޫދޫ "ޖަވާހިރުވާދީ" އެވެކިޔާ ރަޖިސްޓްރީ ނަންބަރ C/RL-75/2014/01 ބަންޑާރަ ގޯތި )މީގެ ފަހުން "ޖަވާހިރުވާދީ" ނުވަތަ "ގޯތި"( ބަހައި ބައިކުރުމަށްޓަކައ ކޯޓަށް ޗާޓެއް ހުށަހަޅައި،އެ ޗާޓުގައިވާ ގޮތަށް ގޯތި ބަހައިބައިކުރުމަށް ވާރިސުންގެ މެދުގައި ގުރުނަގައި، ޗާޓުގައި އިނގިލީގެ ނިޝާން ޖަހައި ސޮއިކުރުވާފައިވާއިރީ،އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ހުކުމްކޮށްފައ ވަނި އަދި އަގުމަގު ހަމަޖައްސާފައި ވަނީ ބުނެވިދިޔަ ޗާޓުގައިވާ ގޮތުގެ މަތިން ނޫންކަމަށެވެ.
13"ޝަރީޢަތް ނިމުނުގޮތް"ގެ 23 ވަނަ ނުކުތާގައި ބަޔާންކރަނު"... ށ.މާއުނގޫދޫ "ޖަވާހިރުވާދީ" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި، ބިމުގައިވާ އެންމެހައި ޢިމާރާތްތަކާ ވަޅުފަދަ ތަންތަނާ އިންފާރުތަކާއި ރުއްގް ހާއި މިގޯތީގައިވާ އެންމެހައި ތަކެތި، ބެހެނިވެރިންގެ މެދުގައި ބެހުމަށިވާރިޘުން އދިފައިވަނެ މިގޯތި 5 )ފަހެއް( ބަޔަށް ބައިކޮށް، ގުރުނަގައި އެބައެއްގައި ހުރިއެއްޗެއ ވަކިން ކޮންމެ ބައެއް އަގުމަގުކޮށް އުނި އިތުރު ހަމަޖައްސާ ގޮތަ"ށ ކަމަށެވެ.
14"ޝަރީޢަތް ނިމުނުގޮތް"ގެ 26 ވަނަ ނުކުތާގައި،ޖަވާހިރުވާދީބަހައްބައިކުރެވިފައިވ ގޮތާ ކަމަށް ފާހަގަކޮށް ހިމަނާފައި ވަނަ ތިރީގައިވާ ޗާޓވެ. )ޖެހިގެނވާ ސަފުހާގައ ހަވާލާދެވުނު ޗާޓު ހިމެނުމަށް މި ޖާގަ ދޫކޮށްލެވިފައި(
15ނަމަވެސް، "ޝަރީޢަތް ނިމުނުގޮތް"ގެ 26 ވަނަ ނުކުތާގައި ހިމަނާފައިވާއިސްވެ މި ފާހަގަކުރި ޗާޓު ފަރަގތަކެއ ހުރް އެހެން ޗާޓެއް އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ހިމެނޭ ލިޔެކިއުމުއެކު ހިމަނާފައިވެއެވެ. އެ ޗާޓުގައި ބެހެނިވެރިން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެ ޗާޓު ތިރީގައި އެ ވަނީއެވެ. )ޖެހިގެންވާ ސަފުހާގައި ހަވާލާދެވުނު ޗާޓު ހިމެނުމަށް މި ޖާގަ ދޫކޮށްލެވިފައި(
16ޕްރިސިޑެންސް 1އިސްތިއުނާފުކުރާ ފަރާތް އަދ މި އިސްތިއުނިފ ރައްދުވު ފަރާތްތަކުގެ ބަހުންމެ ސާފުވެފައިވާ ހަގީގަތަކީ، ވާރިސުންގެ މެދުގައި ގުރުނަގައި އިނގިލީގެ ނިޝާން ޖަހައި ސޮއިކުރުވި ޗާޓަކީ ފަހުން މި ފާހަގަކުރި ޗާޓުކަމެވެ. އަދި މި ޗާޓުގައި ގޯތީގެ އުތުރު ފަރާތުން "ނިކަގަސްމަގު" ފާހަގަކޮށްފައި ވަނީގޯހުން ކަމަށްވާތީ އެކަން އިސްލާހްކުރނ ޖެހޭކަން ޚަޞްމުންނަށްއެނގިފައިވާ ކަމެވެ. "ޝަރީޢަތް ނިމުނުގޮތް"ގ 26 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ޗާޓަކީ މި ގޮތުގެ މަތިން އިސްލާހުކޮށް ހުށަހެޅި ޗާޓެވެ.
17މި އިސްތިއުނާފި ގުޅިގެނާ ބޭއްވި އަޑުއެހުމުގައި ޚަޞްމުންދެއްކި ވާހަކައނ އަދި ލިޔެކިއުންތަކުން ހާމަވާ ކަމަކީ، ގުރުނަގައި އެއްބަސްވި ޗާޓުގައި ގޯތި ބައިކޮށްފައިވާ ގޮތާއި އެ ބައިތައް ހުރި ދިމާތަކަށް، އިސްލާހުކޮށް ހުށަހެޅި ޗާޓުން ބަދަލުތަކެއް އައިސްފައިވާ ކަމެވެ. މި ގޮތުން، އިސްލާހުކޮށް ހުށަހެޅި ޗާޓުގައި، "ނިކަގަސްމަގު" ގޯތީގެ ދެކުނު ފަރާތަށް ބަދަލުކޮށުފައިވާއިރު،ދެ ޗާޓެގައ ވެސް ގޯތީގެއުތުރާއި ދެކުނު ފަޅީގ މިން ހުރީ އެއްގޮތަކަށް ކަމުގައި ވިޔަސް، ނިކަގަސްމަގ އޮތު ފަޅިއަށް ގެނައި ބަދަލާއެކު،ތީގެގޯ ބައިތައް އައްޔަންވެފއިވާ ގޮތް، ނިކަގަސްމަގ އޮތު ތަނަށް އައި ބަދަލާ އެއްގޮތަށް އަނބުރާލާފައިވާކަން ފާހަގަވެއެވެ. މިކަމުގެ ސަބަބުން، ގުރުނެގި ޗާޓުން ގޯތީގެ ބައިތައްއައްޔަންވެފައިވާ ފަޅިއަށް، އަދި ބައެއް ވާރިސުންނަށް ލިބޭ މިންވަރަށް ބަދަލު އައިސްފައިވެއެވެ. މިސާލަކަށް،ގުރުނެގި ޗާޓުން"އާމިނަތު ޒުހައިރާ"އަށް 849 އަކަފޫޓު ލިބޭއިރު، އިސްލާހުކުރި ޗާޓުން "އާމިނަތު ޒުހައިރާ"އަށްލިބނެ 846 އަކަފޫޓިވެ. އަދި އިތުރަށް ފާހަގަވާކަމަކީ، ގުރުނެގ ޗާޓުގައި ވެސި އަދ ގޯތީގެ ރަޖިސްޓްރީއަށް ބަލީއިރުވެސ ގޯތީގެ އިރުމަތީ ފަރާތުގައި ހުންނަން 80 ފޫޓު ކަމަށްވާއިރު، އިސްލާހުކުރި ޗާޓުގައި އިރުމަތީގައި 83 ފޫޓު ހުންނަ ކަމަށ ބަޔާންކޮށްފައިވާކަމެވެ.
18ބަޔާންވެދިޔަ ފަދައިން، އިސްލާހުކޮށް ހުށަހެޅް ޗާޓނ، ގުރުނަގައ އެއްބަސްވި ޗާޓަށް އަދި ބައިތައް އައްޔަންވެފައިވާ ގޮތާއި ދިމާތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރ، މި ބަދަލުތަކާމެދިވާރިސުންގެ މެދުގައ އެއްބަސްވެވި އިއްތިފާގުވެވް ފައި ނުވާކަން އިސްތިއުނާފު އަޑުއެހުމުގައި ޚަޞްމުން ދެއްކި ވާހަކއިނ ސާފުކޮށް އެނގިގެން ދިޔައެވެ.
19ވީމާ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައީ ވާރިސުން އެދިފައި ވަނަ، "ޖަވާހިރުވާދީ" ފިސ ބަޔަށް ބައިކޮށް ގުރުނަގައާއެ ބައިތައް އަގުމަގުކޮށް އުނިއިތުރު ހަމަޖައްސައި އެ ގަޒިއްޔްނިންމުމަށްކަން "ޝަރީޢަތް ނިމުނުގޮތް"ގެ 23 ވަނަ ނުކުތްއިނ އެނގެން އޮތްއިރާ، އެ ގަޒިއްޔާ ނިންމާފައި ވަނީ ވާރިސުންމެދުގައި ގުރުނަގައި އެއްބަސްވި ގޮތުގެ މަތިން ނޫނު ކަން މި އިސްތިއުނާފްނ ސާފުކޮށް ހާމަވެގެންދެއެވެ.
20އިސްވެ މި ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމުން،"ޖަވާހިރުވާދީ" އެވެކިޔާ ގޯތިބައިކޮށް ބެހުމާ ގުޅޭގޮތުން އަދ އެ ބައިތަކުގެ އަގުމަގު ހަމަޖެއްސުމާ ގުޅޭގޮތުނެ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގެ ހުކުމުގެ 4 އަދި 5 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ބައި ބާތިލުކޮށް، "ޖަވާހިރުވާދީ" އެވެކިޔާ ގޯތިބައިކޮށ ބެހުމާއި އެ ބައިތަކުގެ އަގުމަގު ހަމަޖެއްސުމުގެ ކަންތައްއަލުން ބަލައި ނިޔްއަ ކުޅައުމަށަމި މައްސަލު ތަޙުވީލުކްރ މަށ ކަނޑައަޅައި،މި ގޮތުގެ މަތިނމް ގަޒިއްޔާ ނިންމަން އަހުރެންނަށް ފެނެއެވެ.
21މި މައްސަލައިގައިފަނޑިޔާރ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
22މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގެރައުޔަށ ތާއިދުކުރަމެވެ.
23މި ނިޔާއަކީ މަދަނީ އިޖުރާއާތުގެ ގާނޫނު )2021/32( ގައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިދާނެ ނިޔާއެކެވެ. އިސްތިއުނާފުކުރުމުގެ އާންމު މުއްދަތަކީ މި ނިޔާކުރާ ދުވަހުން ފެށިގެން ތިރީސް ދުވަހެވެ.
- ބެންޗު
- ޢަބްދުލްމާނިޢު ޙުސައިން، ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް