ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/275
އަމީނާ ޔޫސުފް ވ. ޢަބްދުﷲ ޢަލީ، 2022/HC-A/275
Ameena Yoosuf v. Abdhuﷲ Ali 2022/HC-A/275 (2022/HC-A/275, High Court of the Maldives, 17 July 2025)
އަމީނާ ޔޫސުފް ވ. ޢަބްދުﷲ ޢަލީ
މައިގަނޑު ސުވާލު
ކާވެނީގައި ހުރުމުގެ ޝަރުޠު ފުރިހަމަވެގެން ފިރިމީހާގެ ނަމުގައި ލިބުނު ގޯތީގައި ވަރިކުރި އަނބިމީހާގެ މަޞްލަޙަތެއް އޮތްތޯ، އަދި އަނބިމީހާ ގެއިން ނެރުމަށް ދަށުކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރެވޭތީ މައްސަލަ ކުރިއަށް ނުގެންދެވޭ، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކާވެނީގައި ހުރުމުގެ ޝަރުޠު ފުރިހަމަވެގެން ދެމަފިރިންގެ ތެރެއިން އެކަކަށް ގޯއްޗެއް ލިބިއްޖެނަމަ، އެ ގޯތި ލިބޭ ހިސާބުން ފެށިގެން އެ ގޯތީގައި ދެމަފިރިންގެވެސް މަޞްލަޙަތު އުފަންވާނެއެވެ (ސުޕްރީމް ކޯޓުގެ 2021/SC-A/26). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- އެފަދަ ގޯއްޗެއް ފިރިމީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވިޔަސް، ގޯތި ލިބުމުގެ މައިގަނޑު އަސްލަކީ ކާވެނިކޮށްގެން ހުރުން ކަމުގައިވެ، ގޯތި ހޯދައި ދިރިއުޅުން އާރާސްތުކުރުމުގައި އަނބިމީހާގެ ބައިވެރިވުން އޮތްނަމަ، އެ ގޯތީގައި އަނބިމީހާގެ އިކުއިޓަބަލް ރައިޓެއް އޮންނާނެއެވެ (ރައުޔު ލިޔުނު ފަނޑިޔާރުގެ ރައުޔު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާގެ (ނ) އަދި (ރ) ގެ ދަށުން، ދަޢުވާލިބޭ ފަރާތުން ކިތާބީ ނުވަތަ ޝަފަހީ ހެކި ހުށަހަޅަން ބޭނުންނަމަ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމާއެކު އެ ހެކި ލިޔުމުން ހުށަހަޅަންޖެހޭނެއެވެ؛ ލިޔުމުން ހެކި ހުށަހަޅައިފައި ނުވާނަމަ ހެކި ނުނެގުމަކީ އިސްތިއުނާފަށް ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 22)
- ދަށުކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ދެ ޙާލަތުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމައެވެ: ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވުން، ނުވަތަ ޙުކުމަށް އަސަރުކުރި އިޖުރާއީ އައިބެއް އޮތުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ދަށުކޯޓުން ޤާނޫނީ ގޯހެއް ހަދާފައިވާ، ހެކިތަކަށް ރިޢާޔަތްނުކުރާ، ނުވަތަ ޙައްޤު ގެއްލޭގޮތަށް ނިންމާފައިވާ ކަމަށް ހަމައެކަނި ބުނުމުން އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރެވޭނެއެވެ؛ ޤާނޫނުއަސާސީގެ ނުވަތަ ފަނޑިޔާރުންގެ ޤާނޫނުގެ ކޮން ހަމައަކާ ޚިލާފުވީކަމާއި ޚިލާފުވީ ގޮތާއި، އުފެދޭ ޤާނޫނީ ބަހުސު ނުކުތާގައި ސާފުކޮށް ބަޔާންކުރަންޖެހޭނެއެވެ (ސުޕްރީމް ކޯޓުގެ 2019/SC-L/91). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21–23)
1މި މައްސަލައަކީ، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/F8C/2020 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ބ. ދޮންފަނު / ލިލީމާގެ އަމީނާ ޔޫސުފް ގެ ފަރާތުން ހުށަހެޅުމުނެ ބެލުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފަ ރައްދުވާ ފަރާތކަ ބ. ދަރަވަންދޫ / ވަށަފަރުގެ ޢަބްދުﷲ ޢަލީ އެވެ.
2ބ. ދަރަވަންދޫ / ވަށަފަރުގެ، ޢަބްދު ﷲ ޢަލީ އާއި ބ. ދޮންފަނު / ލިލީމާގެ، އަމީނާ ޔޫސުފްއާ ދެމީހުންގެ ތިންވަނަ ވަރި ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު F8C/2019/13 (22 އޮކްޓޫބަރު 2019) ގައި ސާބިތުކޮށްދީފައިވެއެވެ .
3ވަރި ސާބިތުކުރުމަށްފަހު، އަމީނާ ޔޫސުފްގެ ގާތުގައި ޢަބްދުﷲ ޢަލީ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބ. ދަރަވަންދޫ، […] އިނ ތަކުރާރުކޮށް ނުކުންނާށޭ ބުނުމުންވެސ އަމީން ޔޫސުފާ އެގެއިން ނުނުކުމެ އެގޭގައި ދިރިއުޅެމުންދާތީ، އަމީނާ ޔޫސުފް އެގެއިން ނެރެދިނުމަށް އެދި ޢަބްދުﷲ ޢަލީގެ ފަރާތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ . އައިޑީއައިޑީބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/F8C/2020 ޤަޟިއްޔާ ގައި ފާހަގަކޮށްފައި ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/F8C/2020 ޤަޟިއްޔާ ގެ ދަޢުވާގެ ޚުލާސާ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް
4ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/F8C/2020 ޤަޟިއްޔާ ނިންމާފައިވަނީ: [ދެންފަހެ، މި ޤަޟިއްޔާގެ ލިޔުންތަކުންނާއި، ފާހަގަކުރި ނުކުތާތަކަށް ރިޢާޔަތްކޮށް ބެލިބެލުމުން، ބ. ދަރަވަންދޫ، […] ޢަބްދުﷲ ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބ. ދަރަވނަ ދ، ވަށަފަރުގޭގައި ޢަބްދު ﷲ ޢަލީ މީނާ އިނދެ ވަރިކޮށް މިހާރު ތިންފަށްވެފައިވާ ބ. ދޮންފަނު، […] އަމީނާ ޔޫސުފް ގާތު ގެ (ވަށަފަރުގެ)އިން ނިކުންނާށޭ ބުނެ ބުނެވެސް އޭނާ އެގެއިން ނުނިކުމެ އެގޭގައި އަދިވެސް ދިރިއުޅެމުންދާތީވެ، އަމީނާ ޔޫސުފް އެގެއިން ނެރެދިނުމަށް އެދި ޢަބްދުﷲ ޢަލީ ހުށަހެޅި މިމައްސަލާގައި، ޢާއިލާއާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވާފަދަ އެއްބަސްވުމެއް ދަޢުވާކުރާ ޢަބްދުﷲ ޢަލީއާއި، ދަޢުވާލިބޭ އަމީނާ ޔޫސުފްއާ ދެމީހުންގެ މެދުގައި ޤާއިމްކުރެވިފައިވާކަނ އެނގެން ނެތްކަން ދެމީހުންގެ ބަހުން ޝަރީޢަތަށް ސާބިތުވާ ކަމާއި، ދަޢުވާލިބޭ އަމީނާ ޔޫސުފްއާއި، މިމައްސަލައިގެ ތެރެއަށް ތަދައްޚުލްވި އަމީނާ ޔޫސުފްގެ ފިރިހެން ދަރިފުޅު ޔޫސުފް އިލްހާމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ޝަރީޢަތުގެ މަގުން ހަމަޖައްސައިދެވެން ނެތްކަމަށާއި، ދަޢުވާކުރާ ޢަބްދުﷲ ޢަލީގެ ގެ ކަމަށްވާ ބ. ދަރަވަންދޫ، […] ގައި ދަޢުވާލިބޭ އަމީނާ ޔޫސުފް ބައިންދަންޖެހޭ ޝަރުޢީ އދ ޤާނޫނި އެއްވެސް ޙައިޞިއްޔަތެއް ނެތަތީވެ، މިއަދު (10 ސެޕްޓެންބަރު 2020) ގެ 11:55 އިން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ދަޢުވާކުރާ ބ. ދަރަވްނދޫ، […] ޢަބްދުﷲ ޢަލީގެ ގެ (ވަށަފަރުގެ)އިނ ނިކުތުމަށް ދަޢުވާލިބޭ ބ. ދޮންފަނު، […] އަމީނާ ޔޫސުފް އަންގާ ޙުކުމްކޮށް ޤަޟިއްޔާ ނިންމީމެވެ ". މިފަދައިންނެވެ.
5ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/F8C/2020 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަމީނާ ޔޫސުފްގެ ފަރާތުން އަންނަނިވި ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/F8C/2020 ޤަޟިއްޔާ ގެ ޙުކުމް ނުކުތާ ހުށަހަޅާ އެނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.5- ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހަމަތަކާއި ޚިލާފަށް، މައްސަލައިގެ މައްޗަށް ޙުކުމްކުރުމުގައި ޤާނޫނީ ހަމަތަކަށް ފުރިހަމައަށް ރިޢާޔަތް ކުރުމެއްނެތި ޙުކުމަށް ވާޞިލްވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
2.5- މައްސަލައިގެ ޙުކުމަށް ވާޞިލްވެފައ ވަނި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1) އަދި (2) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ
6އިސްތިއުނާފު ކުރާ ފަރާ ތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ އުމުރުން ދުވަސްވެފައި ވަނިކޮށް، ދެމަފިރިންގެ ދެމެދުގައި ނުކުންނަ މައްސަލަތަކުގެމަތީން ދެފަހަރެއްގެ މަތީން ވަރިވެ، އަދި 3 ވަނަ ފަހަރަކަށް ކާވެންޏާ ހިސާބަށް ދިޔައިރުގައި 3 ވަނަ ފަހަރު އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ތިމަންނަ ދެން އިންނާނީ މިގެއިން ނެރެ ބޭރުކޮށްނުލާނ ކަމަށެ އެއްބަސްވުމުން ކަމަށް ބުން ބުނުމުގެ މައްޗަށް ރިޢާޔަތްކޮށްފައި ނެތް ކަމާއި، އަދި އެކަން ސާބިތުކުރުމަށް ދަރިން ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުނު ނަމަވެސް އެންމެ އަޑުއެހުމެއްގެ ތެރެއިން ކޯޓުން އެކަންކަން ނިންމާފައިވާކަމަށެވެ. އަދި ޤާނޫނީގޮތުން މި ފަދަ މައްސަލަތަކުގައި ރިޢާޔަތްކުރަނީ ޢާއިލާއާބެހޭ ޤާނޫނުގައި އޮތް ނިންމުމަށް އެކަނިކަމަށް އޮންނަ އޮތުން ޤަބޫލުނުކުރާ ކަމަށާއި، އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތުގެ މައްޗަށް ވެސް ރިޢާޔަތް ކުރަން ވާނެކަމަށް ޤަބޫލުކުރެވޭތީ، ދީނުގައި ކަނޑައެޅިފައިވާ ހަމަތަކާ އުޞޫލުތަކަށް ރިޢާޔަތް ކޮށް މިފަދަ ޙާލަތެއްގައި ރިޢާޔަތްކުރަންޖެހޭނީ ޟަރޫރަތްތެރިކަމަށ ކަން ޤަބޫލުކުރާކަމަށެވެ. ހަމައެއާއެކު، ދަރިން ހެކިންގެ ގޮތުގައި ހުށަހެޅުމެއް ބޭނުންވާ ސަބަބު ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެފަރާތްތަށް ހެކިންގެ ގޮތުގައި ހުށަހެޅީ އަމީނާ ޔޫސުފް އަދި ޢަބްދުﷲ ޢަލީ 3 ވަނަ ފަހަރަށް ކާވެންޏަކަށް ދާން ޖެހުނު ހާލަތުގައި އަމީނާ ޔޫސުފް އެ ކާވެންޏަށް އެއްބަސްވީ އޭނާ ގެއިންނެރެ އެއްލާނުލާނެކަމަށް އެއްބަސްވެގެންކަމަށ ބުން ބުނުން ސާބިތުކުރުމަށްކަމަށެވެ. އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިސްތިއުނާފުރައްދުވާ ފަރާތުން ދެއްކި ވާހަކަ
7އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުން ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމަށް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ ޝަރުޢީ އަދި ޤާނޫނީ ބުރަދަނެއް ހުރި އެއްވެސް ނުކުތާއެއް ނޫންކަމަށާއި، އެހެނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 04/F8C/2020 ޤަޟިއްޔާގެ ޙުކުމް ކުރުމުގައި ދަށު ކޯޓުން ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނަށާއި އިސްލާމްދީނުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް މި މައްސަލަ ނިންމާފައިވާކަން ފާހަގަކުރާކަމަށެވެ.
8އިސްތއުނާފި ކުރު ފަރާތުން ވަރިކުރި ޝަރީޢަތުގެ މަޖިލީހުގއަ ދެފަރާތުން ކާވެނި ކޮށާ ގެން ހޭދަވި މުއްދަތުގައް ލިބިފައިވާ މުދާ ބެހުމާބެހޭ އެއްވެސް ވާހަކައެއް ވަރިކުރި މަޖިލީހުގައި ދައްކާފައި ނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވާކަން މައްސަލއިގަ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2018/HC-A/241 ޤަޟިއްޔާގައި ކާވެނީގެ އެއްބަސްވުމެއް ހެދިފައި ނެތް ކަމުގައި ވީނަމަވެސް މިގޮތަށް ދެމަފިރިންގެ މުދާ ބަހަން އެދެވޭނީ ވަރިކުރާ މަޖިލީހުގައި ނުވަތަ ވަރި ރަޖިސްޓްރީ ކުރާއިރުގައި ނުވަތަ ވަރި ސާބިތުކުރާ މަޖިލީހުގައި އެކަމަށް އެދިފައިވާނަމަކަމާއި، ވަކީ ކަމެއް ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތް ނޫން ގޮތަކަށް އެކަމެއް ކުރުމުގެ ފުރުޞަތު އަދި މުއްދަތު ނުވަތަ ވަގުތައްވުރެ އިތުރަށް ނުވަތަ އެއަށްވުރެ ލަސްކޮށް އެކަމެއް ކުރުމަށް ހުއްދަ ދިނުމަކީ ޤާނޫނުގައި އެކަން އެގޮތަށް ނުވަތަ އެވަގުތު ނުވަތަ މުއްދަތުގައި ކަނޑައަޅާފައިވާ މަޤުޞަދު ގެއްލިގެންދާނޭ ކަމެއް ކަމުގައި ޤަބޫލުކުރެވޭ ކަމަށް ބުނެފައިވާކަމުން ޢއިލާއާބެހާ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) މި މައްސަލައަށް ތަޠްބީޤް ނުކުރެވޭނެކަން އެނގެންއޮންނަކަމަށެވެ.
9ތަދައްޚުލްވާން ބޭނުންވި ފަރާތްތަކަށް އެ ފުރުޞަތު ދެވިފައި ނުވާކަމަށާއި މި މައްސަލައިގައި ހަމަހަމަކަން ގެއްލޭކަމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ނަމަވެސް މައްސަލައިގެ ތެރެއަށް ތަދައްޚުލްވާން ހުށަހަޅާފައި ވަނީ މައްސަލއިގަ އަޑުއެހުންތައް ނިންމާފައިވާކަން އިޢުލާންކޮށް، ދެން އޮންނާނީ ޙުކުމްކުރުމުގެ މަޖިލީސްކަން އިޢުލާން ކުރުމުގެ ފަހގައު ކަނި މައްސަލއިގަ ރިޕޯޓަށް ބެލުމުން އެނގޭކަމާއި، ހަމަހަމަ ފުރުޞަތު ނުލިބޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނިނަމަވެސް މައްސަލއިގަ އިޖުރާއަތު ތެރެއިން ތަދައްޚުލްވި ފަރާތަށް އެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމާއި، އިސްތިއުނާފުކުރާ ފަރާތށަ ވާހަކް ދައްކަން ފުރުޞަތު ދެވި އަދި ހެކި ހުށަހަޅަން ފުރުޞަތު ދެވިފައިވާކަމަށް ބުނެއެވެ.
10ޚުސޫމާތު އުފެދިފައިވާ މައްސަލައިގައި ޢަބްދުﷲ ޢަލީގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި މައްސަލައަކީ އަމީނާ ޔޫސުފް އެގެއިން ނެރެދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ. އެހެންކަމުން އެ ދަޢުވާއަށް ގޮތެއް ނިންމުމުގެ ކުރިން "ވަށަފަރުގެ" އެވެ ކިޔާ ގޯތީގައި އަމީނާ ޔޫސުފގެ މަޞްލަޙަތު ހިމެނޭތޯ ބެލުން މުހިންމުކަމަށް ދެކެމެވެ.
11ޢަބްދު ﷲ ޢަލީއަށް ބ. ދަރަވަންދޫއިން ލިބިފައިވާ "ވަށަފަރުގެ" ނަމަކަށް ކިޔާ ގޯއްޗަކީ ޢަބްދުﷲ ޢަލީ އަމީނާ ޔޫސުފްއާ ކާވެނިކޮށްގެން އުޅުނުއިރު ބ. ދަރަވަންދޫ އިން ގޯތި ދޫކުރިއިރު ޢަބްދުﷲ ޢަލީއަށް ލިބިފައިވާ ގޯއްޗެކެވެ. މި ގޯތި ޢަބްދުﷲ ޢަލީ އަށް ލިބިފައިވަނީ، ގޯތި ލިބުމުގައި އަދި ޕޮއިންޓް ލިބުމުގައި "މީހަކާ އިނދެގެން ހުރުން" މި ޝަރުޠު ފުރިހަމަ ވެގެން ކަމަށް ޢަބްދުﷲ ޢަލގެ ފަރާތުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އެއްބަސްވެފައިވެއެވެ.
12ހަމައެއާއެކު ޢަބްދުﷲ ޢަލީއަށް ބ. ދަރަވަންދޫއިން ލިބިފައިވާ "ވަށަފަރުގެ" ނަމަކަށް ކިޔާ ގޯއްޗަކީ ޢަބްދުﷲ ޢަލީ އަމީނާ ޔޫސުފްއާ ކވެނިކޮށްގެނާ އުޅުނުއިރު ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވެގެން ޢަބްދުﷲ ޢަލީއަށް ލިބިފައިވާ ގޯއްޗެއް ކަމުގައިވީނަމަވެސް އެ ގޯތި އިމާރާތް ކުރުމާއި އެ ގޯއްޗަށް ޚަރަދުކުރުމުގައި އަމީނާ ޔޫސުފްގެ އެއްވެސް ބައިވެރިވުމެއް ވާކަން އަމީނާ ޔޫސުފްގެ ފަރާތުން ދަށުކޓުގައޯ ދަޢުވާކޮށްފައިނުވާކަނ އެނގެން އޮވެއެވެ.
13ޢާއިލާއާބެހޭ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ހ) ގައި ކާވެނި ރޫޅޭ ޙާލަތުގައި، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ޙާޞިލްކޮށްފައިވާ މުދަލާއި ފައިސާއާމެދު ޢަމަލުކުރާނެ އުސޫލެއް ބަޔާންކޮށް އެ ޤާނޫނު ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކާވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިވާނަމަ، ވަރިކުރުމުގެ ހުއްދަދިނުމުގެ ކުރިން ނުވަތަ ކާވެނި ރޫޅައިދިނުމުގެ ކުރިން، ނުވަތަ ވަރި ރަޖިސްޓްރީކޮށްދިނުމުގެ ކުރިން، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ޙާޞިލްކޮށްފައިވާ މުދަލާއި ފައިސާ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ދެމަފިރިންގެ މެދުގައި ޢަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ބުނެފައިވެއެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި އިސްވެ ބުނެވުނު ފަދަ އެއްބަސްވުމެއް ނެތެވެ.
14ޕްރިސިޑެންސް 1ކަން މިހެން ހުރި ނަމަވެސް ސުޕްރީމް ކޯޓުގެ ޞަފޫރާ ނާފިޢު މޫސާ ވ މުޙައްމަދު ޝަރީފް ޤަޟިއްޔާ ގައި ދެމަފިރިންގެ ތެރެއިން އެކަކަށް ގޯއްޗަށް ޝަރުޠު ފުރިހަމަވުމުގެ އުސޫލުން ލިބިފައިވާ ގޯއްޗެއް ކަމުގައިވާނަމަ، އެ ގޯތި ލިބޭ ހިސާބުން އެ ގޯތީގައި ދެމަފިރިންގެވެސް މަޞްލަޙަތު އުފަންވާނެކަމަށް ބުނެފައިވެއެވެ. އިސްތިއުނާފު ކުރެވޭ މައްސލައިގައިވެސް ޢަބްދުﷲ ޢަލީއަށް ގޯތި ލިބިފައިވަނީ ޢަބްދުﷲ ޢަލީ އަމީނާ ޔޫސުފްއާ ކާވެނިކޮށްގެން ހުރީތީ އެފަރާތުގެ ކިބައިގައި "ކާވެނި މަތީގައި ހުރުން" މި ޝަރުޠު ފުރިހަމަވެގެނކަން އެނގެން ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/26 [2023]SC 23 އޮތުމުން، އެ ގޯތި ޢަބްދު ﷲ ޢަލީ އަށް ލިބުނު ހިސާބުން ފެށިގެން، އެ ގޯތި ގައީ އަމީނާ ޔޫސުފްގެ މަޞްލަޙަތު އުފަންވާނީ ކަމަށެ ދެކެމެވެ.
15ނަމަވެސް ދެން އުފެދޭ ސުވާލަކީ ގޯއްޗެއް ލިބި އެ ގޯތީގައި ދެމަފިރިންގެ މަސްލަޙަތު އެކުލެވިގެންވީ ނަމަވެސް ދެމަފިރިން ވަރިވާ ޙާލަތުގައި އަދި މިސާލަކަށް އެ ގޯތި ރަޖިސްޓްރީ ކުރެވިފައިވަނީ ފިރިމީހާ ނަމުގައި ކަމުގައިވަނީނަމަ، އެ ގޯތީގައި އޮތް އަނބިމީހާގެ މަޞްލަހަތަށ ވާން ކިހިނެތްތޯއެވެ. އެ މަސްލަޙަތު އެ ހިސާބުން ނެތިގެންދަނީ ހެއްޔެވެ؟ ނުވަތަ ވަރިވުމަށްފަހުގައިވެސް އަނބިމީހާގެ މަސްލަޙަތު ދެމިއޮންނާނެ ހެއްޔެވެ؟
16ޕްރިސިޑެންސް 2ކާވެނީގައި ހުރުން އެ ޝަރުޠު ފުރިހަމަވެގެން ގޯތި ލިބުނު ކަމުގައި ވީނަމަވެސް އެ ގޯއްޗެއް ރަޖިސްޓްރީ މިކުރެވެނ ގޯތީ ލިބި މީހާގެ ނަމުގައެވެ. މި މައްސަލައަށް ރިޢާޔަތްކުރާއިރު، ވަރިކުރި ފިރިމީހާ (ޢަބްދުﷲ ޢަލީ) ގެ ނަމުގައެވެ. ޤާނޫނީ ގޮތުން ބަލާނަމަ އެ ގޯއްޗަކީ ޢަބްދުﷲ ޢަލީގެ މިލްކެކެވެ. އަދި ކާވެނި މަތީގައި ދެމިހުރިހ ދުވަހަކާ ޢަބްދުﷲ ޢަލީގެ އަނބިމީހާގެ ހައިސިއްޔަތުން އަމީނާ ޔޫސުފްގެ ޙައްޤެއް އެ ގޯތީގައި އެކުލެވިގެންވެއެވެ. އިސްތިއުނާފު ކުރެވޭ މައްސަލައިގައި ޢަބްދުﷲ ޢަލީއަށް ގޯތި ލިބިފައިވަނީ ޢަބްދުﷲ ޢަލީ އަމީނާ ޔޫސުފްއާ ކ ވެނިކޮށްގެން ހުރީތީ އެފަރާތުގެ ކިބައިގައި "ކ ވެން މަތީގައި ހުރުން" މި ޝަރުޠު ފުރިހަމަވެގނެކަން އެނގެއެވެ. އެފަރާތަށް ގޯތި ލިބުމުގެ މައިގަނޑު އަސްލަކީ ކާވެނިކޮށްގެން ހުރުން ކަމުގައިވެފައި އެ ގޯތި ހޯދައި ގޯތީގައި ދިރިއުޅުން އާރާސްތުކުރުމުގައި ޢަބްދުﷲ ޢަލީގެ އަނބިމީހާގެ ހައިސިއްޔަތުން އަމީނާ ޔޫސުފްގެ ބައިވެރިވުން އޮތަތީ އެ ގޯތީގައި އަމީނާ ޔޫސުފްގެ އިކުއިޓަބަލް ރައިޓްއެއް އޮންނާނެކަމަށް އަހުރެން ދެކެމެވެ. އިސްތިއުނާފު ކުރެވޭ މައްސަލަތަކުގައި ގިރާކުރަންޖެހޭ އޮޅިގަނޑު
17އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި މައިގަނޑު ނުކުތާއަކީ އަމީނާ ޔޫސުފް އަދި ޢަބްދުﷲ ޢަލީ 3 ވަނަ ފަހަރަށް ކާވެންޏަކަށް ދާން ޖެހުނު ހާލަތުގައި އަމީނާ ޔޫސުފް އެ ކާވެންޏަށް އެއްބަސްވީ އޭނާ ގެއިންނެރެ އެއްލާނުލާނެކަމަށް އެއްބަސްވެގެންކަމަށް ބުނި ބުނުމަށް ރިޢާޔަތް ނުކުރާކަމާއި، އެ ކަން ސާބިތުކުރުމަށް ދަރިން ހެކިންގެ ގޮތުގައި ހުށަހެޅުމަށް ފުރުޞަތު ނުދޭކަމަށް ބުނާބުނުމެވެ.
18އެގޮތުން ދަށުކޯޓުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، ދަށުކޯޓުގައި ދެފަރާތުން ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، އަމީނާ ޔޫސުފް އަދި ޢަބްދުﷲ ޢަލީ 3 ވަނަ ފަހަރަށް ކާވެންޏަކަށް ދާން ޖެހުނު ހާލަތުގައި އަމީނާ ޔޫސުފް އެކާ ވެންޏަށް އެއްބަސްވީ އޭނާ ގެއިންނެރެ އެއްލާނުލާނެކަމަށް އެއްބަސްވެގެންކަމަށް ބުނާ ޒާތުގެ އެއްވެސް ވާހަކައެއް ދައްކާފައިނުވާކަން ފާހަގަކުރެވެއެވެ. އަދި މިކަން ސާބިތުކުރުމަށްޓަކައި ހެކިންގެ ގޮތުގައި އަމީނާ ޔޫސުފް އަދި ޢަބްދުﷲ ޢަލީ ގެ ދަރިން ޝަރީޢަތަށް ގެނެސް ހެކިބަސް ނަގައިދިނުމަށް އެދިފައިވާކަމަށް ބުނިނަމަވެސް، ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އިސްތިއުނާފުކުރާ ފަރާތުން ބުނެވުނު ހެކިން ހާޟިރުކުރުމަށް ބޭނުންވި ސަބަބަކީ ގޭތެރޭގައި ކަން ހިނގާ ގޮތާއި ޚަރަދު ކުރާ ގޮތާއި، އެއްގެއެއްގައި އެއް ޢާއިލާއެއްގެ ގޮތުގައި އުޅެމުން އައި އުޅުން އެންމެ ރަނގަޅަށް އެނގޭނީ ދަރިންނަށް ކަމަށްވާތީ، އެ މައްސަލައިގައި ދަރިން މަސްލަޙަތު ހިމެނޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ޤަބޫލުކުރެވޭތީ ކަމަށް ބުނެފައިވެއެވެ.
19ޕްރިސިޑެންސް 3ހެކި ހުށަހެޅުމުގައި އަމަލކުރު އުޞޫލަށް ބަލާއިރު މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 174 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ދަޢުވާލިބޭ ފަރާތުން ކިތާބީ ހެކި ހުށަހަޅަން އެދޭނަމަ، އެފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާއިރު، ކިތާބީ ހެކިވެސް ހުށަހަޅަންވާނެއެވެ. އަދި ދަޢުވާލިބޭ ފަރާތުން އެއްވެސް ޝަފަހީ ހެއްކެއް ހުށަހަޅަން ބޭނުންވާނަމަ، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާއިރު، އެކަން ބަޔާންކޮށް އެފަރާތުން ހުށަހަޅާ ހެކީގެ ކޮޕީއެއް ދަޢުވާކުރާ ފަރާތަށް ފޯރުކޮށްދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ކިތާބީ އަދި ޝަފަހީ ހެކި ލިޔުމުން ހުށަހަޅާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤުރާރުވެފައިވެއެވެ.
20ޕްރިސިޑެންސް 4ދަށު ކޯޓުން ނިންމާ މައްސަލައެއް ނުވަތަ ޓްރައިބިނަލަކުނ ނިންމް މައްސަލައެއް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅޭނެ ހާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާ ބުނާގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލަތައް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނީ މައިގަނޑު ދެ ޙާލަތެއް މެދުވެރިވެފައި އޮތްނަމައެވެ. އެއީ: (1) އިސްތިއުނާފުކުރުމަށް ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން. (2) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން ހުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކަށް ބާތިލް އިޖުރާއަތެއް ކަމުގައިވުން.
21ޕްރިސިޑެންސް 5ހަމައެއާއެކު ޝަރީޢަތްކުރާ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އެ މައްސަލަ ނިންމުމުގައި ބުނެފައިވަނީ: ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލަ "މައްސަލަ ބަލަ ފަނޑިޔާރާ ޤާނޫނު ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލްނުވެވެއެވެ. ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ ތިމަންނަގެ ޙައްޤު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގް ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލްނު ވެވެއެވެ." މިފަދައިންނެވެ. ހަމައެއާއެކު ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި ސާފުކޮށް ބުނަންވާނެކަމަށްވެސް އެ ޤަޟިއްޔާގައި ބުނެފައިވެއެވެ.
22އިސްވެ ބަޔާންކުރެވުނު ކަންކަމުގެ ޢަލީގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ މި މައްސަލައަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ލިޔުމުން އެއްވެސް ހެއްކެއް ހުށަހެޅުމަށް އެދިފައިނުވާކަން އެނގޭކަމުންނާއި، ދަށުކޯޓުން ޤާނޫނު މާނަކުރުމުގައި ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައިގޯހެއް ހަދާފައިވާ ކަމުގެ ބޮޑު ޤާނޫނީ ބަހުސެއް މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ބުނެދެވިފައިނުވެއެވެ. ހަމައެއާއެކު، ޤާނޫނުއަސާސީގެ 421 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހަމަތަކާއި ޚިލާފަށް، މައްސަލައިގެ މައްޗަށް ޙުކުމްކުރުމުގައި ޤާނޫނީ ހމަތަކަށ ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަމަށަ ބުނިނަމަވެސް، ރިޢާޔަތްކޮށްފައިނުވާނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކޮން ހަމަތަކަކާއި ޚިލާފަށްކަމެއް އަދި ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1) އަދި (2) އާއި ޚިލާފު ވެފައިވަނީ ކިހިނެތްކަމެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދެވިފައިނުވެއެވެ.
23އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ބަޔާންކޮށްދެވިފައިވާ ނުކުތާތަކެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. އެހެންކަމުން ބުނެވިދިޔަ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައިގެން އެ ނުކުތާތަކާމެ ދ ގޮތެއު ކަނޑައަޅަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަން އެނގެން ނެތަތީ، ހުށަހެޅިފައިވާ ގޮތަށް މި މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅް މި ޤަޟިއްޔާ ނިންމަން ފެނެއެވެ.
24މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް
25މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
26މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާ އަދި 32 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 174 ވަނަ މާއްދާގެ (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1) އަދި (2)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2021/SC-A/26 [2023] SC 23 (ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ބެންޗު
- މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު