ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/199
އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން ޢަބްދުﷲ ދީދީ، 2022/HC-A/199
Alibey Maldives Private Limited v. Hussain Abdhuﷲ Didi 2022/HC-A/199 (2022/HC-A/199, High Court of the Maldives, 7 October 2025)
އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޙުސައިން ޢަބްދުﷲ ދީދީ
މައިގަނޑު ސުވާލު
ލިޔުމުން އާނުކޮށް ކުރިއެކޭ އެއްގޮތަށް ދެމިގެންދިޔަ 1 އަހަރުގެ ވަޒީފާ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 (އ) ގެ ދަށުން މުއްދަތު ކަނޑައެޅިފައިނުވާ (ދާއިމީ) އެއްބަސްވުމެއްތޯ، ނުވަތަ މުއްދަތު ހަމަވެގެން 13 (ބ) ގެ ދަށުން ނިމުނު އެއްބަސްވުމެއްތޯ؛ އަދި ފަރުވާއެއްގެ ގޮތުގައި ވަޒީފާ އިޢާދަކޮށް ފާއިތުވި މުއްދަތުގެ މުސާރައާއި އިނާޔަތް ދިނުމަށް ނިންމިދާނެތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: ނާޖާއިޒުކޮށް ވަކިކުރިކަން ޤާއިމް، ވަޒީފާ އިޢާދަކޮށް މުސާރަ/އިނާޔަތް ދިނުމުގެ ބައި ބާޠިލުކޮށް 6 މަސްދުވަހުގެ އަސާސީ މުސާރަ (2400 ޑޮލަރު) ބަދަލުގެ ގޮތުގައި ދިނުމަށް
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) (ޖުމްލަ މުއްދަތު 2 އަހަރަށްވުރެ އިތުރުވުން) އާއި (އ) (މަޤްޞަދު ނުވަތަ ނަތީޖާއަކީ އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން) އަކީ ވަކިވަކިން ހިނގާ މުސްތަޤިއްލު ދެ ޤާނޫނީ އިފްތިރާޟް؛ (އ) ގެ ދަށުން ދާއިމީ އެއްބަސްވުމެއްކަމަށް ބެލުމަށް 2 އަހަރު ވަޒީފާގައި ހޭދަކުރުން ލާޒިމެއް ނުކުރޭ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-29)
- 13 (އ) ގައިވާ "ވަކިމުއްދަތެއް ކަނޑައެޅިފައިވާ" މި ޢިބާރާތަކީ ލިޔުމުގެ ކުށެއް ނޫން؛ (ކ) އާއި (އ) މުސްތަޤިއްލު އިފްތިރާޟްތަކެއްކަމަށް މާނަކުރުމުން 13 (ބ) ގެ މަޤްޞަދު ނުގެއްލޭ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-29)
- ވަޒީފާއާބެހޭ ޤާނޫނުން ލިބިދޭ ޙައްޤުތަކަކީ އެންމެ މަދުވެގެން ކަށަވަރުވާ ޙައްޤުތައް (minimum rights) ކަމުން، ވަޒީފާގެ މައްސަލަތަކުގައި އެއްބަސްވުމުގެ މައްޗަށް އިސްވާނީ ވަޒީފާއާބެހޭ ޤާނޫނު؛ ޤާނޫނީ އިފްތިރާޟަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އުޞޫލުތަކުން ތަޢުނުކޮށް ގޮތް ނުނިންމޭ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-36)
- އެއްބަސްވުމުގެ ޝަރުޠުތައް ބަދަލުކުރެވޭނީ ލިޔުމުން ދެފަރާތުން ސޮއިކޮށްގެންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، ލިޔުމުން އާނުކޮށް ޢަމަލީ ގޮތުން ދެމިގެންދިޔަ އެއްބަސްވުމަކީ އާކުރުމުގެ އިޚްތިޔާރީ މާއްދާގެ ދަށުން ހަމަ އެ ޝަރުޠުތަކާ އެއްގޮތަށް (1 އަހަރަށް) އާކުރެވުނު އެއްބަސްވުމެއްކަމަށް ނުބެލެވޭ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-34)
- ވަގުތީ އެއްބަސްވުމެއްގެ މުއްދަތު ހަމަވުމުން ނޯޓިހަކާ ނުލައި އެއްބަސްވުން ނިމޭނެ (13 (ބ))، ނަމަވެސް (ކ) ގެ ޙާލަތުގައި ވަޒީފާގެ ގުޅުން ދެމިގެންދޭ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 28)
- ވަޒީފާއިން ނާޖާއިޒުކޮށް ވަކިކުރެވޭ މުވައްޒަފަކަށް ދެވޭ އަސާސީ ޙައްލަކީ ވަޒީފާއަށް ރުޖޫޢަކުރުން ނަމަވެސް، އިޢާދަނުކުރެވޭ މިންވަރަށް އިތުބާރު ގެއްލުން ފަދަ ޙާލަތްތަކުގައި އެކަމަށް ހުރަސްއެޅޭ؛ މިކަން ވަޒަންކުރުމުގައި ވަކިކުރި ލިޔުމުގައިވާ ސަބަބުގެ ބޭރުން ހިނގި ކަންކަމަށްވެސް ރިޢާޔަތްކުރެވިދާނެ (2018/SC-A/49) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-50)
- ވަޒީފާއިން ވަކިކުރުމުން ގެއްލުނު ހުރިހާ މުސާރައާއި އިނާޔަތް ދިނުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫން؛ ބަދަލުގެ މިންވަރު ކަނޑައަޅަނީ ވަޒީފާގެ ބާވަތް، ހޭދަކުރި މުއްދަތު، މުސާރަ، ޢުމުރު، ގެއްލުން ކުޑަކުރުމަށް މުވައްޒަފު ކުރި މަސައްކަތް، ނުޙައްޤު މުއްސަނދިކަން ފަދަ ކަންކަމަށް ބަލައި؛ ވާޤިޢާތައް ކަށަވަރުކުރެވޭނަމަ އިސްތިއުނާފީ ކޯޓަށް ބަދަލުގެ މިންވަރު ކަނޑައެޅިދާނެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51-60)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 19/VTR/2022 މައްސަލަ އިސްތިއުނާފު ކޮށް އަލި ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އަލި ބޭ މޯލްޑިވްސް " ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޙުސައިން ޢަބްދުﷲ ދީދީ ޏ.ފުވައްމުލައް، މާލެގަން ހުދުކަނީރުގެ (މީގެ ފަހުން "ޙުސައިން ޢަބްދުﷲ ދީދީ " ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
3އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލައަކީ، އެކަށީގެންވާ މަޤުބޫލު ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ޙުސައިން ޢަބްދުﷲ ދީދީގެ ފަރާތުން އަލި ބޭ މޯލްޑިވްސް ގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
4ޙުސައިން ޢަބްދުﷲ ދީދީ ގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އަލި ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންދާ ޖޯލި މޯލްޑިވްސް މުރަވަންދޫ އައިލެންޑްގައި "ހޮސްޓް" މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެކަށީގެންވާ މަޤުބޫލު ސަބަބެއް ނެތި ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކޮށްފައިވާތީ، ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، މިފަރާތަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ބަލާނެތަނެއ ނެތްކަމަށް ނިންމައިދީ، ވަޒީފާ އަނބުރާ ރުޖޫޢަކޮށްދީ، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި މުސާރައާއި އިނާޔަތތައ އެކް އެއްފަހަރް ނަގައިދިނުމަށެވެ.
5ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކުރުމުގެ ގޮތުން ޖޯލި މޯލްޑިވްސްގެ ފަރާތުން 26 އޮކްޓޯބަރު 2021 ވަނަ ދުވަހު ޙުސައިން ޢަބްދުﷲ ދީދީ އަށް ދިން "ޑިސްމިސަލް އޮފް އެމްޕޮލޯއިމެންޓް" ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. “we regret to inform you that the Company has decided not to renew your Employment Contract further and as per section 13 (c) of the Employment Act (Law no. 2/2008). Your Employment Contract will end on 11 November 2021. Your last day of employment with us will be held on 11 November 2021.”
6ޙުސައިން ޢަބްދުﷲ ދީދީ ގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްދީފައި ނުވާތީ، ޙުސައިން ޢަބްދުﷲ ދީދީ އަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ނިންމައި، ވަޒީފާ އަނބުރާ ރުޖޫޢަކޮށްދީ، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި މުސާރައާއި އިނާޔަތްތަކާއެކ އެކު އެއްފަހަރާ ނަގައިދިނުމަށެވެ.
7މިމައްސަލައިގެ ޖަވާބުގައި އަލި ބޭ މޯލްޑިވްސްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގއަ 07 ނޮވެނބަރް 2019 ދުވަހު ތައްޔާރުކޮށްފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި 09 ނޮވނެ ބަރް 2019 ގެ ތާރީޚުގައި ސޮއިކޮށްފައިވާކަމާއި، ފުރަތަމަ ވަޒީފާގެ އެއްބަސްވުމުގެ 3.1 ވަނަ މާއްދާގައި ވަނީ އެއްބަސްވުން ފެށޭ ތާރީޚަކީ 10 ނޮވެންބަރު 2019 ނުވަތަ މުވައްޒަފު މަސައްކަތަށް ނެރުމަށް ރިސޯޓް ތައްޔާރުވާ ތާރީޚްކަމަށާއި، ރިސޯޓުގެ ދަތުރުފަތުރު އަދި ލޮޖިސްޓިކްސްގައި ދިމާވި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ އެކްޒިބިޓް 2.3 ޙުސައިން ޢަބްދުﷲ ދީދީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލަ ހުށަހަޅަ ފޯމް" ގެ ނަންބަރު 9- އެދޭގޮތް މައްސަލައަކާ ހުރެ ޙުސައިން ޢަބްދުﷲ ދީދީ ރިސޯޓުގައި ވަޒީފާ އަދާކުރަން ފަށާފައިވަނީ 12 ނޮވެނބަރް 2019 ގެ ތާރީޚުގައިކަމަށާއި، ދެވަނަ އެއްބަސްވުމުގެ 3.1 ވަނަ މާއްދާގައިވަނީ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަކީ 12 ނޮވެންބަރު 2019 އިން ފެށިގެން 12 މަސް ދުވަސް ކަމަށާއި، އެހެންކަމުން ވަޒީފާގެ އެއްބަސްވުން އާކުރެވޭނީ ދެވަނަ ވަޒީފާގެ އެއްބަސްވުމުގެ ޝަރުޠުތަކާއި އެއްގޮތަށް ނުވަތަ ދެފަރާތުން އަލުން އެއްބަސްވެވޭ އާ ޝަރުޠުތަކާ އެއްގޮތަށްކަމަށާއި، ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާ އަދާކުރަން ފަށާފައިވަނީ 12 ނޮވނެ ބަރް 2019 ގައިކަން ސާބިތުވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ
(ހ) އަށް ރިޢާޔަތްކޮށް، ޙުސައިން ޢަބްދުﷲ ދީދީ ގެ ވަޒީފާގެ މުއްދަތު ގުނަން ފެށޭނީ 12 ނޮވެންބަރު 2019 އިން ފެށިގެންކަން އެނގޭކަމަށާއި، ޙުސައިން ޢަބްދުﷲ ދީދގީ ޕާރފޯމަންސް އެޕްރައިސަލް 2021 އަހަރު އޯގަސްޓް މަހުގައި ހެދި މިއިވެލުއޭޝަން އިން ޙުސައިން ޢަބްދުﷲ ދީދީ އަށް ލިބިފައިވަނީ ބަލައިގަނެވޭ ވަރަށް ވުރެނ ދަށް ސްކޯއެއްކަމަށްވެފައި، 2021 ގެ އޭޕްރީލް މަހު ޙުސައިން ޢަބްދުﷲ ދީދީއާމެދު ޑިސިޕްލިނަރީ ފިޔަވަޅެއް އަޅާ ފައިނަލް ވާރނިން ދެވިފައިވާކަމަށާއި، ވަޒީފާގެ އެއްބަސްވުން ނިމުމަކަށް އަންނާނެތީވެ، އިތުރު ޕަރފޯމެންސް އެޕްރައިސަލެއް ހަދާފައިނުވާނެކަމަށާއި، އަދި އެއަށްފަހު 26 އޮކްޓޯބަރު 2021 ގައި ޙުސައިން ޢަބްދުﷲ ދީދީގެ ވަޒީފާގެ އެއްބަސްވުން އިތުރުނުކުރުމަށް ނިންމާފައިވާކަމަށާއި، ވަޒީފާގެ އެންމެ ފަހު ދުވަހަކީ 07 ނޮވނެ ބަރް 2021 ކަމުގައި ކަނޑައަޅައި އެކަން އެފަރާތަށް އަންގާފައިވާކަމަށެވެ. ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ދެ އަހަރު ދުވަހަށްވުރެ އިތުރުނުވާ ވަޒީފާގެ އެއްބަސްވުމެއް ބާޠިލް ކުރެވޭނެކަން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) އަދި (ޅ) އިން އެނގެން އޮތުމުން، ވަޒީފާގެ އެއްބަސްވުން ބާޠިލް ކުރެވުނީ މުއްދަތު ހަމަވެގެން ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށްކަމަށެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 19/VTR/2022 މައްސަލއިގަ ނިނމުމުގައް މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންތައްތަކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 3.1 އާއި 3.2 އަދި 3.3- ޞަފްޙާ 4 އަދި 5
1.8. ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކނަ ޤާއިމް ކުރެވިފައި ނުވާކަމަށް ބުރަވވޭކަމަށެ އާ، މިއީ އަންފެއަރ ޑިސްމިސަލް fair Dismissal)un( އެއް ކަމަށް؛
2.8. ފަރުވާއެއްގެ ގޮތުގައި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ ކަންކަން ހަމަޖެހޭ ތާރީޚާ ހަމައަށް، ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި އިނާޔަތްތައް އެކީ އެއްފަހަރާ ނަގައިދިނުމަށް ކަނޑައަޅައި؛
3.8. ޙުސައިން ޢަބްދުﷲ ދީދީއަށް ނުޙައްޤު މަންފާއެއް ލިބުމުގެ ފުރުސަތު ނަފީކުރުމުގެ މަޤްޞަދުގައި ޙުސައިން ޢަބްދުﷲ ދީދީ އަށް ދީފައިވާ ފައިސާގެ ތެރެއިން USD236.16 (ދުއިސައްތަ ތިރީސް ހަ ޑޮލަރު ސޯޅަ ސެންޓް) އުނިކުރަންޖެހޭކަމަށް ކަނޑައަޅާ؛ މިއެވެ.
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.9. ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާ އަދާކުރިއިރ ކުރު މަސައްކަތަކީ އެ ފަރާތް އެމަސައްކަތްތައް އެތަނުގައި ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރި މަސައްކަތްތައްކަމަށް ބުރަވެވޭތީ، ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދަ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވމެއްކަމުގައި ބަލަންޖެހޭކަމަށާއި؛
2.9. ވަޒީފާއިން ވަކިކޮށްފައިވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށް ބުނި ނަމަވެސް، ވަޒީފގާ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބުރަވެވޭތީ، މުއްދަތު ހަމަވެއްޖެކަމަށް ބަލާނެ ޤާނޫނީ ހަމައެއް ވުޖޫދުގައި ނުވާކަމާއި، އެހެންކަމުން ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ނުވާތީ، މައުޟޫއީ އަދުލުވެރިކަން ޤާއިމްނުކުރެވޭކަން؛
3.9. އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައިވާކަނ ސާބިތުކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، އިޖުރާއީ އަދުލުވެރިކަން ޤާއިމް ނުކުރެވޭކަން؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ދެފަރާތުގެ ވާހަކަ:
10ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 19/VTR/2022 މައްސަލަ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަލި ބޭ މޯލްޑިވްސްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި އަންނަނިވި ނުކުތތައާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
1.10. ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލަ ނިންމެވުމުގައި ޓްރައިބިއުނަލުން އިސްތިއުނާފު ކުރާ ފަރާތާ އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމކަ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ކަނޑައަޅުއްވާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފށަ ކަމުގައި ވުން، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޮރަލް ގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 30 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުޞޫލާ ޚލާފަށްކަމުގައިވުންކަމަށް ބުނި ހުށަހެޅި ނުކުތާއެވެ.
1.1.10. މިނުކުތާގެ ތަފްސީލުގައި އަލި ބޭ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، މައްސަލައިގެ ޚުސޫމާތަކީ، ވަޒީފާގެ އެއްބަސްވުން އާ ކުރެވުނީ މުއްދަތެއް ނެތްގޮތަށްތޯ ނުވަތަ ނޫންތޯ ކަމުގައިކަމަށްވާއިރު، ސުޕްރީމް ކޯޓުގެ ކޮރަލްގޭޓް މޯލްޑިވްސް ޕވޓ ލޓޑ ވ.އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ ޤަޟިއްޔާގެ 30 ވަނަ ނުކުތާގައި ބަޔާންކުރާ އުޞޫލު މިމައްސަލައަށް ތަތުބީޤު ކުރުމުން ވަޒީފާގެ އެއްބަސްވުން އާކުރެވުނީ އެއްބަސްވުމުގެ
3.1 އަދި 3.2 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އިތުރު އެއް އަހަރު ދުވަހަށްކަން ސާބިތުވާކަމަށާއި، 11 10 ކޮންޓްރެކްޓާބެހޭ ޤާނޫނުގާ 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމުންވެސް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭ ޙާލަތުގައި އެކަން ކުރެވޭނީ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށްކަން ސާބިތުވާކަމަށެވެ.
1.1.1.10. މިނުކުތާގެ ރައްދުގައި ޙުސައިން ޢަބްދުﷲ ދީދީ ގެ ފަރާތުން ބުނެފައިވަނީ، ދެފަރާތު ދެމެދުގައި ވެފައިވާ 01 އަހަރު ދުވަހުގެ އެއްބަސްވުން އައުކޮށްފައި ނުވާކަމަށާއި، އަލި ބޭ މޯލްޑިވްސްގެ އިފްތިރާޟަކީ ފުރަތަމަ 01 އަހަރު ނިމުމުން ފަހުން އެއްބަސްވުމެއްގައި ސޮއިނުކޮށް އައުކޮށްފައިވަނީވެސް 01 އަހަރަށް ކަމަށް ބަޔާންކޮށް ކުރާ އިފްތިރާޟްކަމަށާއި، ނަމަވެސް ފަހުން ދެފަރާތުން ޢަމަލުކުރަމުން ދިޔައީ 01 އަހަރަށްކަމާއި، އެއީވެސް މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްކަން އެނގޭނެ އެއްވެސް ހެއްކެއް ނުވަތަ ވާޤިއާއެއް ޓްރައިބިއުނަލަށް ހުށަހެޅިފައިނުވާކަމަށެވެ. އަދި ބަހުސްގެ ބޭނުމަށް ދެވަނަ އެއްބަސްވުމަކީ 01 އަހަރަށް އިތުރުކުރެވުނު އެއްބަސްވުމެއްކަމަށް ބެލި ނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އެއެއްބަސްވުން ނިމުމަކަށް ނާންނާނެކަމަށާއި، ސަބަބަކީ އެފަދައިން އާކުރުމުން "ކޮންޓްރެކްޓެއްގެ ބައިވެރިންގެ މެދުގައި ދެބަސްވުމެއް އުފެދިއްޖެނަމަ، އެކަން ޙައްލުކުރަން ރުޖޫޢަވާންޖެހޭނީ، އަޤުދަކީ އަޤުދުކުރާ ދެމީހުންގެ ދެމެދުގައިވާކަންކަނ ނިންމުމަށް އޮންން ޤާނޫނަ ކަމުގައި ބަޔާންކުރާ ޝަރުޢީ ޤާއިދާގައިވާ ގޮތުގެމަތިން ކޮންޓްރެކްޓުގެ މާއްދާތަކުގެ މައްޗަށެވެ." 20 ވަނަ މާއްދާގެ (ހ)- ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމް ވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ." ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާފަދަ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުމަކަށް އެ އެއްބަސްވުން ބަދަލުވެފައިވާތީއެވެ.
2.10. ދެވަނަ ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ 19/VTR/2022 މައްސަލަ ނިންމމުގައު އިސްތިއުނާފު ކުރާ ފަރާތާ އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ކަނޑައަޅުއްވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނގު 13 ވަނަމާއްދާގެ (ކ) އާ ޚިލާފަށްކަމުގައި ވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.2.10. މިނުކުތާގެ ތަފްސީލުގައި އަލި ބޭ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، ވަޒީފާގެ އެއްބަސްވުމަކީ މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމަކަށް ވާއިރު، އަދި އެއެއްބަސްވުމުގެ މުއްދަތު އާ ކުރެވުނީ 1 އަހަރަށްކަނ އެއްބަސްވުމަށް ބެލުމުން އެނގޭއިރު، އަދި އެގޮތުން އާކުރެވުނު 1 އަހަރުގެ މުއްދަތު ހަމަވުމުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމުގައިވާއިރު، އަދި އެއްބަސްވުމުގެ ޖުމްލަ މުއްދަތު 2 އަހަރު ދުވަހަށްވުރެ އިތުރުނުވާނޭ ގޮތެއްގެ މަތިން އިސްތިއުނާފު ކުރާ ފަރާތުން ޢަމަ ލުކޮށްފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާފަދަ ޙާލަތެއް ދިމާވެފައިނުވާއިރު، ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ދާއިމީ ވަޒީފާގެ އެއްބަސްވުމެއްކަމަށް ނިންމި ނިންމުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އާ ޚިލާފުކަމަށެވެ.
1.1.2.10. މިނުކުތާގެ ރައްދުގައި ޙުސައިން ޢަބްދުﷲ ދީދީ ގެ ފަރާތުން ބުނެފައިވަނީ، ޓްރައިބިއުނަލްގެ މައިގަނޑު ނިންމުމަކީ، ފުރަތަމަ އެއްބަސްވުން އައުކުރުމުގެ ސަބަބުން އެއީ ވަޒީފާއަދާކުރާ ފަރާތުން ކުރަމުން އައި މަސައްކަތް އެފަރާތާ ޙަވާލުކުރުމުގެ މަޤްޞަދުގައިކަން ބުރަވެވޭތީ ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރި މަސައްކަތްތަކެއްކަމުގައި ބުރަވެވޭކަމަށެވެ. އަދި އެނޫންގޮތަކަށް ސާބިތުކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން ހެކި ޤަރީނާ ހުށަހަޅާފައި ނުވާކަމަށެވެ. ޓްރައިބިއުނަލްގެ ނިންމުމަކީ ވަގުތީ ކޮންޓްރެކްޓެއް ދާއިމީ އެއްބަސްވުމެއްކަމަށް ބަލާނެ ނުވަތަ ބަދަލުވެގެންދާނެ ޙާލަތާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެއްކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ވަގުތީ އެއްބަސްވުމެއްކަމުގައި ދެވަނަ އެއްބަސްވުން ކަނޑައެޅުނަސް އަދި އެއީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމުގައި ކަނޑައެޅުނަސް ޓްރައިބިއުނަލްގެ ނިންމުން ބަދަލުވެގެންނުދާނެތީ، މިޤާނޫނީ ބަޙުޘާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
3.10. ތިންވަނަ ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލަ ނިންމެވުމުގައި ޓްރައިބިއުނަލުން އިސްތިއުނާފު ކުރާ ފަރާތާ އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
1.3.10. މިނުކުތާގެ ތަފްސީލުގައި އަލި ބޭ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ދަށުން ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބެލުމަށްޓަކައި 2 ޝަރުޠެއް ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކުރައްވާފައިވާކަމަށާއި،ފުރަތަމަ ޝަރުޠަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން އެ މުވައްޒަފު ކުރަންޖެހޭ މަސައްކަތަކީ އެތަނެއްގައި އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތަކަށް ވުމާއި، އަދި ދެވަނަ ޝަރުޠަކީ، އެ މުވައްޒަފަކާއެކު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އެ އެއްބަސްވުން އޭގެފަހުން އާ ކުރުމުން ދެފަރާތުން ޢަމަލު ކޮށްފައިވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން އެ މުވައްޒަފަކު އެތަނެއްގައި ކުރާ މަސައްކަތަކީ، އެ މުވައްޒަފަކު އެމަސްއްކަތެއް އެތަނެއްގައި ދާއިމީގޮތެއްގައި ކުރުންމަތީ ދެމިހުރުންކަމަށް ބެލެވުމެވެ. ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ސޮއކުރެވުނި ފުރަތަމަ ވަޒީފާގެ އެއްބަސްވުމަށް 1 އަހަރު ހަމަވުމުން ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތުންނާއި، ވަޒީފާގެ އެއްބަސްވުމުގެ 3.2 ވަނަ މާއްދާއަށް ރިޢޔަތާ ކުރުމުން، އިތުރު ޝަރުޠުތަކަކަށް އެއްބަސް ވެފައި ނުވާކަމާއި، އެއްބަސްވުން އާ ކުރެވޭނެ ހަމައެކަނި ގޮތަކީ ވެސް ވަޒީފާގެ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށް އިތުރު އެއް އަހަރު ދުވަހަށްކަން ސާފުކޮށް އެނގޭކަމަށެވެ. މި ދެ ޝަރުޠު މި މައްސަލައިގައި ތަޠްބީޤް ކުރާއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ކުރަމުން އައި މަސައްކަތަކީ ވަޒީފާގެ އެއްބަސްވުމުގެ ދަށުނު ކުރަމުން އައި މަސައްކަތެއްކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން ދެވަނަ އަހަރު މަސައްކަތް ކުރުމަކީ އެފަރާތަކީ ދާއިމީ ގޮތެއްގައި އެ މަސައްކަތެއް ކުރަމުން އައި ފަރާތެއް ކަމަށް ބެލެވޭނެ ހަމައެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ޤަބޫލު ނުކުރެވޭކަމަށެވެ. އެހެންކަމުން، ޙުސައިން ޢަބްދުﷲ ދީދގީ ވަޒީފާގެ އެއްބަސްވުމަކީ މުއްދަތު ކަނޑައެޅިފައިނުވާ އެއްބަސްވުމެއްކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގެ ނިންމުމާ ޚިލާފަށްކަމަށެވެ.
1.1.3.10. މިނުކުތާގެ ރައްދުގައި ޙުސައިން ޢަބްދުﷲ ދީދީ ގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފީ މަރުހަލާގައި ބުނެދޭން ޖެހޭނީ ޓްރައިބިއުނަލްގެ ނިންމުން ގޯސްވި ގޮތްކަމަށާއި، ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާ ޓްރައިބިއުނަލުން ތަތުބީޤުކޮށްފައިވާއިރު، މިނުކުތާގައި ބުނެދޭންޖެހޭނީ އެ ތަޠުބީޤުކުރި ގޮތް ގޯސްވިގޮތްކަމަށާއި، އަލުން ބަލަން ހައިކޯޓުގެ ޤަޟިއްޔާގައި ތަތުބީޤުކުރި އުޞޫލު ތަޠުބީޤު ކުރެވިދާނެ ކަމުގައި ނުދެކޭކަމަށެވެ.
4.10. ހަތަރުވަނަ ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 19/VTR/2022 މައްސަލަ ނިންމެވުމުގައި އިސްތިއުނާފު ކުރައްވާ ފަރާތުން އިޖުރާއީ އަދުލުވެރިކަން ޤާއިމް ކޮށްދީފައި ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ވަޒީފާއިން ވަކިކުރާ އިރު notice ދޭން ނުޖެހޭ ކަމަށް ބަޔާންކުރާ އުޞޫލާ ވަޒީފާއާބެހޭ ޤާނޫނގު 13 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.4.10. މިނުކުތާގެ ތަފްސީލުގައި އަލި ބޭ މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ނިމުމަކަށް ގެންނަން އިތުރު ނޯޓިސް އެއް ދޭން ނުޖެހޭ ކަމުގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ
16.1 (i) ވަނަ މާއްދާއަށް ރިޢޔަތްކޮށާ ޙުސައިން ޢަބްދުﷲ ދީދީއަށް ނޯޓިސް ދީފައިވާއިރު، އަދި ނޯޓިސްގެ މުއްދަތަށް ފައިސާވެސް ދީފައިވާކަން ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއި، ހައިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައިވެސް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެވޭ ހިނދު ނޯޓިސް ދޭން ނުޖެހޭނެކަމަށް ކަނޑައަޅުއްވާފައި އޮތުމުން، އިޖުރާއީ އަދުލުވެރިކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ އިޖުރާއީ އަދުލުވެރިކަން ޤާއިމް ކުރެވިފައިނުވާކަމަށ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
1.1.4.10. މިނުކުތާގެ ރައްދުގައި ޙުސައިން ޢަބްދުﷲ ދީދީ ގެ ފަރާތުން ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި އޮތީ މުއްދަތު ކަނޑައެޅިފައި ނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައިވާތީ، މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާ ވާހަކައިގެ އެއްވެސް އަސާސެއް ނެތްކަން ފާހަގަކުރާކަމަށެވެ.
5.10. ފަސްވަނަ ނުކުތާއަކީ؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ޤަޟިއްޔާގައި ވަޒީފާ އަނބުރާ އާއި ދަ ކުރުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.5.10. މިނުކުތާގެ ތަފްސީލުގައި އަލި ބޭ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ 2018/SC-A/49 ޤަޟިއްޔާގައި ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރެއް ނެރުމުގެ ކުރިން އެ އަމުރެއް ނެރުމަށް ހުރަސް އަޅާނެ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ބައްލަވަން ޖެހޭނެކަމަށް ކަނޑައަޅާފައިވާކަމަށާއި، ހުށަހެޅިފައިވާ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ އަޚްލާޤީ މައްސަލަތކައ ހުރިކަން ޓްރައިބިއުނަލްގައި ފާހަގަކުރިނަމަވެސް، ހައިކޯޓުގެ ނަންބަރު 2012/HC-A/280 ޤަޟިއްޔާއަށް ޙަވާލާދީ، ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް ބަލަންޖެހޭނީ ވަޒީފާއިން ވަކިކުރި ލިޔުމުގައިވާ ސަބަބުކަމަށް ޓްރައިބިއުނަލުން ނިންމާފައިވާކަމަށެވެ. ނަމަވެސް މިދެ ޤަޟިއްޔާގައި ބަޔާންކުރަނީ ތަފާތު ދެ ކަމެއްކަމަށާއި، އެގޮތުން ވަޒީފާއިން ވަކިކުރވެނީ ކޮންމެ ސަބަބަކާ ހެދި ކަމުގައި ވީނަމަވެސް، މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ވަޒީފާ ރުޖޫޢަކުރެވޭނެ ޙާލަތެއް އޮތްތޯ ހުށަހެޅިފައިވާ ހެކި ޤަރީނާ އިން ބަލަންޖެހޭނެކަމަށް ދެކޭކަމަށެވެ.
1.1.5.10. މިނުކުތާގެ ރައްދުގައި ޙުސައިން ޢަބްދުﷲ ދީދީގެ ފަރާތުން ބުނެފައިވަނީ، ޢާންމު ޙާލަތުގައި އއިދަކުރުމުގައި ހުރަސްއެޅެނީ ވަޒީފާ އިއާދަކޮށް ނުދެވޭ ސަބަބުތަކެއް ހުރިނަމަ ކަމަށާއި، އެއީ ވިޔަފާރީގެ ޙާލަތު ބަދަލުވުން ނުވަތަ އިތުބާރު ގެއްލުން ނުވަތަ ވަކިކުރުމުގައި ކޮންމެވެސް ބައިވެރިވުމެއް އޮތުންކަމަށެވެ. މިމައްސަލައިގައި ޑިސިޕްލިނަރީ ފިޔަވަޅަކީ ވަޒީފާއިން ވަކިކުރުމާ ގުޅޭކަމެއް ނޫންކަމަށާއި، އެފިޔަވޅަށްފަހުވެސަ ވަޒީފާގައި އިސްތިއުނާފު ރައްދުވާ ފަރާތް ހުރިއިރު އެއީ ހުރަސް އެޅިދާނެ ސަބަބެއް ކަމުގައި މިހާރު ބުނެވިދާނެކަމުގައ ނުދެކޭކަމަށާއި އެހެންކަމުން މިނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުގެ ޤާނޫނީ ބަހުޘެއް ނެތްކަމަށެވެ.
6.10. ހަވަނަ ނުކުތާއަކީ؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބޭ އިންޞާފު މުއްސަނދިކަމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ އަދި ސުޕްރީމް ކޯޓުގެ 2018/SC-A/12 ޤަޟިއްޔާގައި ވަޒީފާ އަނބުރާ އިއާދަ ކުރާ ޙާލަތުގައިވެސް ފާއިތުވެދިޔަ އެންމެހައި ދުވަސްތައް މުސާރައިން އިނާޔަތްތައް ނަގައިދިނުމާ ގޮތުން ކަނޑައަޅުއްވާފައިވާ އޞޫލުތަކ ޚިލާފަށާ ވޒީފާއާބެހަ ޓްރައިބިއުނަލގް ނަންބަރު 19/VTR/2022 މައްސަލަ ނިންމަވާފައިވުންކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
1.6.10. މިނުކުތާގެ ތަފްސީލުގައި އަލި ބޭ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ 2018/SC-A/49 ޤަޟިއްޔާގައި މުޅި މުއްދަތުގެ ތެރޭގައި ގެއްލިފައިވާ އެންމެހައި މުސާރައާއި އިނާޔަތްތައް އެކުގައި ނަގައިދިނުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫންކަމަށް ބަޔާންކޮށްފައިވާކަމަށާއި، ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވި ފަރާތް ނޫން އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް ވެސް އޮތް މަސްއ ލިއްޔަތެއޫ ކަން ފާހަގަކޮށްފައިވާކަމަށެވެ. މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އެހެން ވަޒީފާއެއް ހޯދުމަށް އެއްވެސް މަސައްކަތެއް ކުރތި ނުވަތަ ނޫންތޯ ޓްރައިބިއުނަލުން ބަލާފައި ނުވާކަމަށާއި، ގެއްލުން ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި އޮތްކަމެއް ބަލާފައިނުވާކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ 2018/SC-A/12 ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރި އިރު ލިބެމުންދިޔަ އަސާސީ މުސާރަ 6 މަސްދުވަހަށް ލިބިދިނުމަކީ އަދުލުވެރި ބަދަލެއް ކަމުގައި ކަނޑައަޅާފައި އޮތުމުން، މައުޟއޫ އަދަލުވެރިކަމާ އިޖުރއާ އަދަލުވެރިކަން ޤާއިމް ނުވާ ޙާލަތް ތަކުގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް އަމުރު ކުރެވޭ ޙާލަތްތަކުގައި ވެސް ވަޒީފާއިން ވަކި ކުރި ތާރީޚުން ފެށިގެން އަނބުރާ ވަޒީފާ އއިދަކުރެވޭ ތާރީޚާ ހަމައަށް މަޤާމުގެ މުސާރައާ އިނާޔަތްތައް އެކީ އެއްފަހަރާ ނަގައިދޭން މަޖްބޫރު ނޫންކަން އެނގޭކަމަށާއި، ހުށަހެޅިފައިވާ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނިންމެވުމުގައި މުސާރައާ އިނާޔަތްތައް ނަގައިދެއްވާފައިވ ގޮތަށާ ބަދަލް ނުގެނެވިއްޖެނަމަ ނަތީޖާއަކަށް ވެގެންދާނީ، މައްސަލައިގެ އިސްތިއުނާފު މަރުހަލާތައް ނިމި ވަޒީފާ އއާދިކުރުމަށް ކޯޓުން ނިންމާގޮތުން ނުޙައްޤު މުއްސަނދިކަމެއް ލިބިގެން ދިޔުންކަމަށެވެ.
1.1.6.10. މިނުކުތާގެ ރައްދުގައި ޙުސައިން ޢަބްދުﷲ ދީދީ ގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/111 ޤަޟިއްޔާގައި ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ މުވައްޒަފުގެ މަސްއޫލިއްޔަތެއްކަމަށް ކަނޑައަޅައި، ހަމައެކަނި އުނިކުރެވޭނީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އޭނާއަށް އަނބުރާ ވަޒީފާ ދިން ދުވަހާ ހަމައަށް މުވައްޒަފު ވަޒީފާއެއް އަދާކޮށްގެނ ނުވަތް އެނޫންވެސް ގޮތަކަށް އާމްދަނީއެއް ލިބިފައިވާކަން ވަޒީފާދޭ ފަރާތަށް ސާބިތުކޮށްދެވޭ މިންވަރަށް އެކަނިކަމަށެވެ. މިމައްސަލައިގައިވެސް ޢަމަލުކުރަންޖެހޭނީ މިއުޞޫލުން ކަމަށާއި، އުނިކުރަންޖެހޭނީ ހަމައެކަނި އެހެން ވަޒީފާއެއް ނުވަތަ އެހެން އާމްދަނީއެއް ލިބިއްޖެނަމަ އެމިނވަރަށެވެ. ދެފަރާތުން އެދޭގޮތް:
11އިސްތިއުނާފ ކުރު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
1.11. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލައިގެ ނިންމުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިމިވާ މައްސަލައާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުއްވުމާ ހަމައަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލައިގެ ނިންމުން ތަންފީޛުކުރުމަށް ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުން؛
2.11. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާގެ އެއްބަސްވުމުގެ ފުރަތަމަ އަހަރު ނިމުމުން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވުނީ އިތުރު އެއް އަހަރު ދުވަހަށްކަން ސާބިތުވާ ކަމުގައި ކަނޑައަޅައިދިނުން؛
3.11. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާގެ އެއްބަސްވުމަކީ މުއްދަތެއް ނެތް ދާއިމީ ވަޒީފާގެ އެއްބަސްވުމެއް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމުގައި ކަނޑައަޅައި ދިނުން؛
4.11. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެވިފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމވެގެނ ވަޒީފާއާބެހް ޤާނޫނުގަ 13 ވަނަ މާއްދާގެ (ބ) ގެ ދަށުންކަން ސާބިތުވާ ކަމުގައި ކަނޑައަޅައިދިނުން؛
5.11. އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފއިވާކަމަށް ކަނޑައަޅައިދިނުން؛ މިކޯޓުގެ ނަންބަރު B9/CHT/2022/3044-95 05 ޖުލައި 2022 ދުވަހު "ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު" ނެރެވިފައި
6.11. އިސްތިއުނާފު ރައްދުވާ ފަރާތަށް ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން އެފަރާތުގެ ވަޒީފާ އއިދަކުރެވޭ ތާރީޚާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައަޅައިފައިވަނ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމުގައި ކަނޑައަޅައިދިނުން؛
7.11. އިސްތިއުނާފި ރައްދުވު ފަރާތަށް މުސާރައާއި އިނާޔަތތަކުގް ގޮތުގައެ އެއްވެސް މިންވަރެއް ދޭންނުޖެހޭނެކަމަށް ކަނޑައަޅައިދިނުން؛
8.11. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އަނބުރާ އާއި ދަކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުން؛
9.11. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލައިގެ ނިންމުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމުގައި ކަނޑައަޅައިދީ އެނިންމުން ބާޠިލްކޮށްދިނުން؛ މިއެވެ.
12އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ގޯސްވާ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައިނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅކަމުގައު ކަނޑައަޅައިދިނުމަށެވެ. މިއެވެ. އަލި ބޭ މޯލްޑިވްސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފޯމުގެ ނަންބަރު 9- "އެދޭގޮތް" ޙުސައިން ޢަބްދުﷲ ދީދީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު" ފޯމުގެ ނަންބަރު 5- "އެދޭގޮތް" މިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންތައްތައް:
13ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިކޯޓުގެ ކުރިމަތީގައި ޚުސޫމާތު އޮތީ އަންނަނިވި ކަންތައްތަކާ ގުޅިގެންނެވެ.
1.13. ދެފަރާތުގެ ދެމެދުގައި އޮތީ ދާއިމީ ވަޒީފާގެ އެއްބަސްވުމެއްތޯ؟
2.13. ފަރުވާއެއްގެ ގޮތުގައި ވަޒީފާ އިއާދަކޮށް މުސާރައާއި އިނާޔަތް ނަގައިދިނުމަށް ނިންމިދާނެތޯ؟ ދާއިމީ ވަޒީފާގެ އެއްބަސްވުމެއްތޯ؟
14އިސްތިއުނާފު ރައްދުވާ ޙުސައިން ޢަބްދުﷲ ދީދީ އަކީ އިސްތިއުނާފު ކުރާ އަލި ބޭ މޯލްޑިވްސގް ފަރާތުން ހިންގަމުން ދިޔަ ޖޯލި މޯލްޑިވްސްގައި "ވެއިޓަރ ލެވެލް 1" ގެ މަޤާމުގައި ވަޒީފާއަދާ ކުރަމުން ދިޔަ މުވައްޒަފެކެވެ. ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ، 12 ނޮވެނބަރް 2019 ގައި ކަމާ މެދު ބަހުޘެއް ނެތެވެ. މިއީ، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއް ކަމުގައި އެއްބަސްވުމުގެ 3.1 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެގޮތުން އެއްބަސްވުމުގެ ގުޅުން ހުރި މާއްދާތަކުގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. .3.1 . This agreement shall be valid for a period of 12 (Twelve) months (the “term”) effective from November 12, 2019 or such date that the resort will be operational to have you on board, whichever is later (the “Effective Date”).
3.2.This agreement may be renewable for further terms on the same conditions or on such other term and conditions as may be mutually agreed by the parties. (provided a work permit is granted "Contract of Employment ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 7.2 - މައްސަލައާ ގުޅިގެން ދެއެއްބަސްވުމެއް ހުށަހެޅި، ދެއެއްބަސްވުމުގައި ދެތާރީޚެއް އޮތް އިރު، ދަތުރުފަތުރުކުރުމުގައ ދިމާވި ދަތިތަކަކީ ހުރާ މަސައްކަތް ފަށާފައިވަނީ 12 ނޮވެންބަރު 2019 ގައި ކަމަށް ދެފަރާތުން އެއްބަސްވޭ for the term). Unless otherwise terminated in accordance with clause 16).)
152020 ނޮވެންބަރގު އ މިއެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ލިޔުމުން އޮތް އެއްބަސްވުމެއްގައި އިތުރަށް ސޮއިކޮށްފައިނުވެއެވެ. ނަމަވެސް، ޙުސައިން ޢަބްދުﷲ ދީދީ ދިޔައީ ކުރިއެކޭ އެއްގޮތަށް ވަޒީފާ އަދާކުރަމުންނެވެ. މިގޮތށަ މަސައްކަތް ކުރަމުން ދަނިކޮށް 26 އޮކްޓޫބަރު 2021 ގައި އަލި ބޭ މޯލްޑިވްސް 22 21 އިން ފޮނުވި "ޑިސްމިސަލް އޮފް އެމްޕްލޯއިމެންޓް" ގައި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ
(ބ) ގެ ދަށުން ޙުސައިން ޢަބްދުﷲ ދީދގީ ވަޒފާގީ އެއްބަސްވުން އައު ނުކުރުމަށް ކުންފުނިން ނިންމާފައިވާ ކަމަށާއި، 07 ނޮވެންބަރު 2021 އަކީ މަސައްކަތުގެ ފަހު ދުވަސްކަމަށް އަންގާފައިވެއެވެ.
16އިސްތިއުނާފު ކުރާ ފަރާތުގެ ބަހުޘަކީ، ދެފަރާތުގެ ދެމެދުގައި ލިޔުމުން އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން، ވަކި އެއްބަސްވުމެއް ލިޔުމަށް ތިރި ކުރެވިފައިނުވިނަމަވެސް، މުއްދަތު ހަމަވި އެއްބަސްވުމުގެ 3.2 ވަނަ މާއްދާގައި، އެޝަރުޠުތަކާއި އެއްގޮތަށް އެއެއްބަސްވުން އައު ކުރުމުގެ އިޚްތިޔާރު ދެފަރާތަށް އޮތްކަމަށް ކަނޑައެޅިފައިވުމުން، މިއެއްބަސްވުން ޢަމަލީ ގޮތުން އައުކުރެވއިރުވެސް، ވަޒީފާގެ މުއްދަތަކީ އެއެއްބަސްވުމުގައިވާ ފަދައިން 1 (އެކެއް) އަހަރުކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ބަލަންޖެހޭ ކަމަށެވެ. އަދި އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބއުނަލްގި ނިންމުމުގައި މިއީ ދާއިމީ އެއްބަސްވުމެއް ކަމަށް ނިންމުމުގައި މިމައްސަލައަށް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ތަޠުބީޤުކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މިމައްސަލައަށް ތަޠުބީޤު ކުރެވެންޖެހޭ މާއްދާއަކީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ކަމަށާއި، ސަބަބަކީ، ޙުސައިން ޢަބްދުﷲ ދީދީގެ ވަޒީފާގެ ޖުމްލަ މުއްދަތު 2 (ދޭއް) އަހަރަށް ވުރެ އިތުރުނުވާތީ ކަމަށެވެ. “ Re:Dismisaal of Employment 26 October 2021” އަލި ބޭ މޯލިޑިވްސ އިން ވަޒީފާއާބެހް ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމުގެ 4.64 ގައި މިފަދައިން ބަޔާންކޮށްފައިވޭ
17އިސްތިއުނާފ ރައްދުވު ފަރާތުގާ ޖަވާބަކީ، ވަޒީފާއާބެހޭ އެއްބަސްވުންތަކަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އުޞޫލުތައް ތަޠބީޤުކުރެވު ގޮތް ތަފާތުކަމަށާއި، ޤާނޫނުން ލާޒިމު ކުރާ ކަންތައްތަކާ ޚިލާފަށް އެއްބަސްވުމެއްގައި ކަނޑައެޅިފައިވނަމީ ވެސް، އެއެއްބަސްވުމެއް ތަޠބީޤުނުކުރެވޭނު ކަމަށެވެ. އަދި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އާއި (އ) ގައި ބަޔާންކުރަނީ މުސްތަޤިއްލު ދެޙލަތެއާ ކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މިމައްސަލައަށް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ
(އ) ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
18އިސްތިއުނާފީ ފުރަތަމަ ހަތަރު ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން އުފައްދާ، އިސްވެ ޙަވާލާދެވުނު، ބަހުޘު މައިގނޑަ ގޮތެއްގައި ގޮސް ގުޅެނީ ދެފަރާތުގެ ދެމެދުގައި އޮތީ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްތޯ އާ މެދު އުފައްދާ ބަހުޘަށެވެ.
19ވަޒީފާއާބެހޭ ޤާނޫނގު 13 ވަނަ މާއްދާގެ ދަށުން ތިން ބާވަތެއްގެ ވަޒީފާގެ އެއްބަސްވުން އެޤާނޫނުން ހުއްދަކުރާކަން އެނގެއެވެ. އެގޮތުން އެމާއްދާގެ (ނ) ގައި ބަޔާންކުރާ އެއްބަސްވުންތަކަކީ:
1. މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުން؛ (definite/ fixed term) -(މީގެ ފަހުން "ވަގުތީ އެއްބަސްވުނ" ގޮތުގައި ނިސްބަތްކުރެވޭ)
2. މުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުން؛ )indefinite/open( -(މީގެ ފަހުން "ދާއިމީ އެއްބަސްވުނ" ގޮތުގައި ނިސްބަތްކުރެވޭ)؛ އަދި
3. ވަކި މަސައްކަތަށް ޚާއްސަކޮށްފައިވާ އެއްބަސްވުން؛ (project based) އެވެ.
20ޕްރިސިޑެންސް 5ވަގުތީ އެއްބަސްވުންތަކުގައި، ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން މަސައްކަތްތެރިންނަށް ދޭ ރައްކާތެރިކަން، ދާއިމީ އެއްބަސްވުމެއްގައި މަސައްކަތްތެރީންނަށ ލިބް ރައްކާތެރިކަމާ އަޅާބަލާއިރު، ކުޑައެވެ. އެހެނީ، ޤާނޫނު ނަންބަރު 4/ ވަގުތީ އެއްބަސްވުމެއްގައި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އިތުރު ސަބަބެއް އޮތުމަކާ ނުލައި އެއްބަސްވުން ނިމުމަކަށް އަންނާނެތީއެވެ. މިޙާ ލަތުގައި ނޯޓިސްދީ ނުވަތަ ނޯޓިހުގެ ބަދަލުގައި ފައިސާ ދިނުން ލާޒިމެއް ނުވެއެވެ.
21މިބާވަތުގެ ވަގުތީ އެއްބަސްވުންތަކަކީ، ބައިނަލްއަޤްވާމީ ގޮތުން ޢަމަލުކުރެވޭ އޞުލުތަކުންވެސް ބަލައިގަންނަ އެއްބަސްވުންތަކެކެވެ. ވަގުތީ އެއްބަސްވުންތަކުގެ ނިވަލުގައި، މަސައްކަތްތެރިންގެ ޙައްޤުތައް ނާޖާއިޒު ގޮތުގައި ހަނިކުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން، މިބާވަތުގެ އެއްބަސްވުމަކަށް ވަދެވޭނެ އެންމެ ދިގު މުއްދަތެއް ކަނޑައެޅުން ނުވަތަ މަސައްކަތުގެ ބާވަތުން ވަގުތީ އެއްބަސްވުމަކަށް ވަދެވޭނަ މުއްދަތު ކަނޑައެޅުން ފަދަ، ޤާނޫނުން އިފްތިރާޟްކުރާ "އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް" ޤާއިމުކުރެވިފައި ހުރެއެވެ.
22މިގޮތުން، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި ކަނޑައެޅިދާނެ އަންނަނިވ ކަންތައްތަކަށި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (މީގެ ފަހުން "އައި. އެލް. އޯ" ގެ ގޮތުގައި މުޚާތަބް ކުރެވޭ) ޓާމިނޭޝަނ އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން، 1982 (ނަންބަރު 166) ގައި އިރުޝާދުދެވިފައިވެއެވެ.
(ހ) ކުރަންޖެހޭ މަސައްކަތުގެ ބާވަތނު ނުވަތް މަސައްކަތްކުރަންޖެހޭ ޙާލަތުގެ ސަބަބުން، ނުވަތަ މަސައްކަތްތެރިޔާގެ މަސްލަޙތުގަ ސަބަބުން، ދާއިމީ ވަޒީފާގެ ގުޅުމެއް ޤާއިމުކުރެވެން ނެތް ޙާލަތްތަކުގައި މެނުވީ ވަގުތީ އެއްބަސްވުންތަކަށް ވަދެވުން މަނާކުރުން؛ C158 - Termination of Employment Convention, 1982 (No. 158) Date of entry into force: 23 Nov 1985 (Art.2(2)) The Termination of Employment Recommendation, 1982 (No. 166) provides for example, that
(ށ)- (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ވުރެ އިތުރު މުއްދަތަކަށް ވެވޭ އެއްބަސްވުންތަކަކީ، ދާއިމީ އެއްބަސްވުންތަކުގެ ގޮތުގައި އިފްތިރާޟްކުރުން؛
(ނ) އެއް ފަހަރު ނުވަތަ އެތައް ފަހަރެއްގެ މަތިން އައުކޮށްފިނަމަ، (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެއެއްބަސްވުންތަކަކީ މުއްދަތެއް ނެތް އެއްބަސްވުންތަކުގެ ގޮތުގައި އިފްތިރާޟްކުރުން؛ މިއެވެ.
23ޕްރިސިޑެންސް 1ދިވެހިރާއްޖޭގއަ ވަޒީފާއާބެހޭ ޤާނޫނުގެ (މީގެ ފަހުން "ވަޒީފާއާބެހޭ ޤާނޫނ" ގެ ގޮތުގައި ނިސްބަތްކުރެވޭ) ދަށުން ވަގުތީ އެއްބަސްވުންތައް ބަލައިގަނެފައިވަނީ ޝަރުޠުތަކަކާ ޤާނޫނީ އިފްތިރާޟްތަކަކާ އެކުއެވެ. އެގޮތުން ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގައި ވަގުތީ އެއްބަސްވުމެއް ޤާއިމުކުރެވޭނެ އެންމެ ދިގު މުއްދަތަކީ 2 (ދޭއް) އަހަރު ކަމަށް ބަޔާންކޮށްފައިވެއެވެ. ވަގުތީ އެއްބަސްވުންތައް ދާއިމީ އެއްބަސްވުންތައް ގޮތުގައި އިފްތިރާޟްކުރެވޭ ދޙެ ލަތެއާ ޤާނޫނުގައި ބަޔާންކުރެއެވެ. އެގޮތުން، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގެ ދަށުން ވަޒީފާގެ އެއްބަސްވނު އައުކުރުމުގެ މައްޗަށް ބިނާކޮށް ޤާނޫނީ އިފްތިރާޟެއް ޤާއިމުކުރެވއެވެ. އެޤާނޫނުގެ 13 ވަނަ މާއްދާގެ
(އ) ގެ ދަށުން ކުރެވޭ އިފްތިރާޟަކީ، އަދާކުރާ ވަޒީފާގެ އެއްބަސްވުމުގެ މަޤްސަދު ނުވަތަ ނަތީޖގާ މައްޗަށް ބިނާކޮށް ކުރެވޭ ޤާނޫނީ އިފްތިރާޟެކެވެ. އެގޮތުން، އެދެމާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.
(ކ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތުން، އާކޮށްފިނަމަ، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެއެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫން ކަމުގައި ބަލަންޖެހޭނެއެވެ.
(އ) ވަކި މުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މަސައްކަތަކަށް ޚާއްސަކޮށްފައިވާ، ވަޒީފާގެ އެއްބަސްވުމެއްގެ މަޤްޞަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާއަދާ ކުރާ ތާނގައި، އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ.
24އެއްބަސްވުމުގެ މަޤްސަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާ އަދާ ކުރާ ތަނުގައި އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް ދާއިމީ ގޮތެއްގައި ކުރުން ދެމިހުރުންކަމުގައި ސާބިތުވާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ބޭނުމަށްޓަކައި އެއީ ދާއިމީ އެއްބަސްވުމެއް ކަން ޤާނޫނުން އިފްތިރާޟްކުރެއެވެ. މިމާއްދާގެ ބޭނުމަށްޓަކައި (ކ) ގައި ބަޔާންކުރާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ވަޒީފާގައި ހޭދަކުރުން ޤާނޫނުން ލާޒިމެއް ނުކުރެއެވެ. އެހެނީ، ވަކިވަކިން އޮތް ޤާނޫނީ މިދެއިފްތިރާޟްގައި އެއް މާއްދާ އަނެއް މާއްދާއަށް ބަރޯސާ ވާން ޖެހޭ އެއްވެސް ޝަރުޠެއް ޤާނޫނުގައި ބަޔާންކޮށްފައި ނެތެވެ.
25މިމާއްދާ ޤާނޫނުގައި ހިމެނުމުގައި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރެވިފައި ނުވާކަމަށާއި، އަލި ބޭ މޯލްޑިވްސްއިން ދެކޭ ގޮތުގައި، ޤާނޫނުގެ 13 ވަނަ މާއްދާ ތަރުތީބު ކުރެވިފައިވާ ގޮތުން، 13 ވަނަ މާއްދާގެ (ކ) ގައި ބަޔާން ކުރަނީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ދާއިމީ އެއްބަސްވުމަކަށް ބަދަލުވާނެ ހަމައެކަނި ޙާލަތުކަމަށާއި، އެއާއި ޚިލާފަށް 13 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރަނީ، ވަކި މަސައްކަތަކަށް ޚާއްޞަ ކުރެވިފައިވާ ވަޒީފާގެއެއްބަސްވުމެއް ދާއިމީ ވެގެންދާނެ ވަޒީފާއާބެހޭ ޤާނޫނު - ޤާނޫނު ނަންބަރު 2/2008 ޙާލތުކަމަށަ މިކޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ނޫން ގޮތަކަށް މާނަކޮށްފިނަމަ 13 ވަނަ މާއްދާގެ
(ބ) އަދި (ކ) ގެ ބާރު ކެނޑިގެންދާނެ ކަމަށްވެސް އެފަރާތުން ފާހަގަކުރެއެވެ. އަދި 13 ވަނަ މާއްދާގެ
(އ) ގައި "ވަކި މުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މަސައްކަތަކަށް ޚާއްސަކޮށްފައިވާ، ވަޒީފާގެ އެއްބަސްވުމެއްގެ މަޤްޞަދަކީ، ނުވަތަ ނަތީޖާއަކީ" މިފަދައިން އޮތްއިރު، މިމާއްދާ ފަށާއިރު، "ވަކިމުއްދަތެއް ކަނޑައެޅިފައިވާ" މި އިބާރާތް ހިމެނިފައި ވަނީ ނުވަތަ ލިޔެވިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށް ދެކޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި ދވެހިރާއްޖޭގި ސޕްރީމު ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ސަޢީދު ޤަޟިއްޔާ އިން ބަލައިގަނެފައިވާ ފަދައިން މިބާވަތުގެ ކުށްތައް އިސްލާޙު ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
26ވަޒީފާއާބެހޭ ޤާނޫނަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ މަސައްކަތްތެރިންގެ ޙއްޤަ އ ގުޅިފައިވާ، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކުރާ ޤާނޫނެއްކަމުން، މިބާވަތުގެ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައި ހުޅުވިގެންދާ ދީމކި ރ ތ މުޖުތަމައުތަކުން ޤަބޫލުކުރާ އޞު ލުތަކަށް ރިޢޔަތްކާރަނޖެހް އެވެ. އައި.އެލް.އޯ ބުނެވުނު ރެކޮމެންޑޭޝަނަށް ބެލުމުންވެސް، ވަގުތީ އެއްބަސްވުމުގެ ފަރުދާގައި މުވައްޒަފުންނަށް ގެއްލޭ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން، ވަޒީފާގެ ބާވަތުން ދާއިމީ އެއްބަސްވުމެއްކަން އިފްތިރާޟްކުރެވޭ ޙާލަތާއި، ހަމަ މާއި އެކުއެކީ ވަޒީފާގެ މުއްދަތަށް ބަލައި ވެސް ޤާނޫނީ އިފްތިރާޟއެ ޤާއިމުކުރުމަށް އިރުޝާދުދޭކަން އެނގެއެވެ.
27ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި "އެހެންގޮތަކަށް މިޤާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، މިބާބުގައ ބަޔާންކުރި މާއްދާތައް ހުރިހާ ބާވަތެއްގެ އެއްބަސްވުންތަކުގެ މައްޗަށް ހިނގާނެ ހައިކޯޓުގައި 01 އޮގަސްޓް 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގެ މަޙްޟަރު ބަޔާން - ޞަފްޙާ 2 ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/35 ކަމަށް " ބުނެފައިވުމުންވެސް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އަކީ މުއްދަތަށް ބަލައި ދާއިމީ ކުރެވޭ ޙލަތުކަމާއާ، އެމާއްދާގެ (އ) އަކީ ޚާއްސަ މަސައްކަތަށް އެކަނި ތަޠުބީޤުކުރެވޭ މާއްދާއެއް ކަމުގައި މާނަ ކުރެވިދާނެކަމުގައި ނުދެކެމެވެ.
28ޕްރިސިޑެންސް 2އ ދ މިފަދައިން މާނަކުރުމުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ މަޤްސަދު ގެއްލޭކަމަށް ބުނާ ބުނުމަށް ބަލާއިރު، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރަނީ، "ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، މިމާއްދާގެ (ކ) ގައިވާ ޙާލަތުގައި މެނުވީ، އެއެއްބަސްވުމުގެ މުއްދަތު ހަމަވާން ކަމަށެ ކަނޑައަޅާފައިވާ ތާރީޚުގައި އިތުރު ނޯޓިހެއް ދިނުމަކާނުލާ، އެއެއްބަސްވުން ނިމުމަކަށް އަންނާނެއެވެ" މިފަދައިން ކަމާއި، މިމާއްދާގެ މަޤްސަދަކީ ވަގުތީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ނޯޓިހަކާއ ނުލައި ވަޒީފާއިން ވަކިކުރެވކަނޭ ޤާއިމުކުރުމެވެ. މިމާއްދާގައި (ކ) އަށް ޙަވާލާދީފައިވަނީ (ކ) ގައި ބުނާ ފަދައިން ލިޔުމުން ނުވަތަ ޢަމަލީގޮތުން އެއްބަސްވުން އައުކުރެވޭ ޙލަތުގައާ ވަޒީފާގެ ގުޅުން ދެމިގެންދާކަން ބަޔާންކުރުމަށެވެ. އެހެންކަމުން، (ކ) އާއި (އ) އަކީ މުސްތަޤިއްލު ދެ އިފްތިރާޟެއް ކަމަށް މާނަކުރުމަކުން (ބ) ގެ މަޤްސަދު ގެއްލޭ ކަމުގައި ނުބެލެވެއެވެ.
29ބުނެވުނު ކަންތައްތަކަށް ރިޢާޔަތްކުރުމުން، ޤާނޫނުގެ ސަރީޚަ އިބާރާތަށާއި، ތަރުތީބު ކުރެވިފައިވާ ގޮތަށާއި، އަދި ޢަމަލުކުރެވެމުންދާ ބެސްޓް ޕްރެކްޓިސްތަކުގެ އަލީގައި ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އާއި (އ) އަކީ ދެމަސްލޙަތެއް ހިމާޔަތްކުރުމުގެ މަޤްސަދުގައި ހިމެނިފައިވާ ވަކި ޤާނޫނީ ދެއިފްތިރާޟެއ ކަމުގައް ބެލެވޭތީ، އަލި ބޭ މޯލްޑިވްސްގެ ފަރާތުން އެދޭ ފަދައިން 13 ވަނަ މާއްދާގެ (އ) ގައި "ވަކި މުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މަސައްކަތަކަށް ޚާއްސަކޮށްފައިވާ، ވަޒީފާގެ އެއްބަސްވުމެއްގެ މަޤް ސ ދަކީ، ނުވަތަ ނަތީޖާއަކީ" މިފަދައިން އޮތްއިރު މިތަނުގައި "ވަކިމުއްދަތެއް ކަނޑައެޅިފައިވާ" ހިމެނިފައިވަނީ ލިޔުމުގެ ކުށަކުން ކަމުގައި ނުބެލެވެއެވެ. ކޮންޓްރކެ ޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އުފައްދާ ބަހުޘް
30ޕްރިސިޑެންސް 4ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގެ 3.2 ވަނަ މާއްދާގެ ދަށުން އެއްބަސްވުން އައުކުރުމުގެ އިޚްތިޔާރު ދެފަރާތަށް ލިބިގެންވާތީ، އެއްބަސްވމަށު އިތުރުކުރެވޭ މުއްދަތުވެސް ވާންޖެހެނީ މިއެއްބަސްވުމުގައިވެސް ކަނޑައެޅިފައިވާ އެކެއް (01) އަހަރު ކަމަށް ފާހަގަކޮށް އިސްތިއުނާފު ކުރާ ފަރާތުން ވަކާލާތުކޮށްފައިވެއެވެ. އެއްބަސްވުމުގެ 3.2 ވަނަ މާއްދާގައި ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. This agreement may be renewable for further terms of the same conditions or on such other terms and conditions as may be mutually agreed by the parties…
31މިމާއްދާގެ އިބާރާތަށް ބެލުމުން މިއީ އެޝަރުޠުތަކަށ ނުވަތް ދެފަރާތުން އެއްބަސްވެވޭ އިތުރު ޝަރުޠުތަކާއެކު އައީ ކުރެވިދާނެ އިޚްތިޔާރީ މާއްދާއެއްކަން ފާހަގަކުރެވެއެވެ.
32މިއެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. The terms and conditions of employment of the employee may only be changed upon the mutual agreement in writing signed by the Parties or in accordance with the Act.
33މިމާއްދާގައި އެއްބަސްވުމަށް ބަދަލުގެނެވޭނެ އިޖުރާއަތު ބަޔާންކުރަމުން އެފަދަ ބަދަލެއް ދެފަރާތުން ލިޔުމުން ސޮއިކޮށްފައި އޮތުން ލާޒިމުކޮށްފައިވާކަމާއި، އިތުރު އިޚްތިޔާރަކަށ އޮތް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރާ ޙާ ލަތްތައ ކަން ފާހަގަކުރެވެއެވެ. އެއްބަސްވުން އައު ކުރިކަން ލިޔުމަށް ތިރިކުރެވިފައިނުވާއިރު، އެއްބަސްވުމުގެ 3.2 ވަނަ މާއްދާގެ ދަށުން އައުކުރެވި، 11 ނޮވެންބަރު 2021 ގައިއެއް އަހަރު ދުވަހުގެ މުއްދަތު ހަމަވާކަން މުވައްޒަފަށް އެނގިފައިވަނީ 26 އޮކްޓޯބަރު 2021 ގައި ކަން އެނގެއެވެ.
34އެހެންކަމުން، ދެފަރާތުގެ ދެމެދުގައި އޮތް ލިޔުމުން އޮތް އެއްބަސްވުމުގެ ޝަރުޠުތައް ބަދަލުކުރެވޭނީ ލިޔުމުން ދެފަރާތުން ސޮއިކުރުމުންކަމަށް އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންކުރާތީ، އެއްބަސްވުމުގެ 3.2 ވަނަ މާއްދާގެ ދަށުން އެޝަރުޠުތަކާއި އެއްގޮތަށް އެއްބަސްވުން އައުކުރެވިފައިވާކަމުގައި ނުބެލެވެއެވެ.
35ޕްރިސިޑެންސް 3ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، އެޤާނޫނުން ލިބިދޭ ޙައްޤުތައް އެޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ލިބޭ ގޮތަށް ކުރެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަކަށ ހުރަސް ނާޅާކަމަށެވެ. ހަމައެއާއެކު، އެޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ވަޒީފާއަދާ ކުރާ ފަރާތަށް ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަ ކަމަކަށް އުނިކަމެއް ލިބޭ ގޮތަކަށް ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި، އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެމާއްދާއެއް ވާނީ ބާތިލު މާއްދާއެއް ކަމަށެވެ. މިމާއްދާއަށް ބެލުމުން ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ ޙައްޤުތަކަކީ އެންމެ މަދުވެގެން ކަށަވަރުވާ ޙައްޤުތައް rights) (minimum ކަމާއި، އެޤާނޫނުން ލިބިދީފައިވާ ޙައްޤެއް ނިގުޅައިގަނެވޭ ގޮތަށް އެއްބަސްވުމެއްގެ އެމާއްދާއެއް ބާޠިލުވާނެކަން އެނގެއެވެ.
36މިމައްސަލައިގައި ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަކީ ކޮބައިތޯ ބެލުމަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލް ގައި ވަކާލާތުކޮށް އަދި އެޓްރައިބިއުނަލުން މާނަކޮށް ނަގަހައްޓާދީފައިވަނީ ޤާނޫނުގައި ކަނޑައެޅިފައި އޮތް އިފްތިރާޟެކެވެ. މިޙާލަތުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގެ 3.2 ވަނަ މާއްދާގެ ދަށުން އެއްބަސްވުމެއް އޮތް ކަމަށް ބެލެވޭ ޙާ ލަތުގައި ވެސް، އެއްބަސްވުމުގެ މައްޗަށް އިސްވާނީ ވަޒީފާއާބެހޭ ޤާނޫނެވެ. މިޙާލަތުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އޞު ލުތަކުގޫ ތެރެއިން ތައުނުކޮށް ގޮތް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ. އެއާ ޚިލާފަށް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ
(އ) މާނަކޮށް ތަޠުބީޤު ކުރިގޮތާމެދު ސުވާލުކުރެވިދާނެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) އަށް ފެތޭ ޙާލަތެއްތޯ
37އިސްތިއުނާފީ ތިންވަނަ ނުކުތާގައި މިކޯޓުގެ ނަންބަރު 2013/HC-A/364 ޤަޟިއްޔާގައި ކަނޑައެޅިފައިވާ ޝަރުޠު މިމައްސަލައިގައި ފުރިހަމަނުވާ ކަމަށް ފާހަގަކޮށްފައިވެއެވ. އެގޮތުން، މިޝަރުޠެ ފުރިހަމަ ނުވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން އުފައްދާ ބަހުޘް މިނުކުތާގައިވެސް ގުޅުވައިލަނީ ދެފަރާތުގެ ދެމެދުގައި 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ކަނޑައެޅިފައި އޮތް އެއްބަސްވުމުގެ މައްޗަށެވެ. ނަމަވެސް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) ގެ ދަށުން ކުރެވޭ އިފްތިރާޟް ތަޠުބީޤު ކުރުމުގައި ބަލަނީ ވަޒީފާގެ އެއްބަސްވުމެއްގެ މަޤްސަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާއަދާ ކުރާ ތާނގައި، އާދައިގެ މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރިތޯ އެވެ.
38ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި މިކަންކަން މިމައްސަލައިގައި ފުރިހަމަވާ ގޮތް ބަޔާންކުރަމުން، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވމުގު މުއްދަތު އިތުރުކުރުން ފިޔަވައި، އެއްވެސް އުނިއިތުރެއް ގެނެސްފައިނުވުމާއި، ވަޒީފާ ބަޔާނަށް ބަދަލެއް ގެނެސްފައި ނެތުމާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ބަދަލެއް އައިސްފައި ނެތުމުން، ކުރިއެކޭ އެއް ފަދައިން ޢަމަލީގޮތުން ވެވުނު އެއްބަސްވުމކަ ވެސް ވަޒީފާ ދާއިމީ ގޮތުގައި ޙަވާލުކުރުމުގެ މަޤްސަދުގައި ވެވިފައިވާ އެއްބަސްވުމެއް ކަމަށް ބެލެވޭކަމަށް ފާހަގަކޮށްފައިވެއެވެ. މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުން
39މި މައްސަލައަކީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެސަބަބުގެ މައްޗަށް ރިޢާޔަތްކޮށް، ވަޒީފާއިން ވަކިކުރެވުނު މައްސަލައެއް ކަމުގައިވާތީ، މިމައްސަލައިގައި މއުޟޫއަ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިވާކަމަށް މިކޯޓުން ކަނޑައަޅައިދިނުމަށް އަލި ބޭ މޯލްޑިވްސް ގެ ފަރާތުން އެދިފައިވެއެވެ. އެހެންނަމަވެސް، ބުނެވުނު ޤާނނޫ އުޞޫލުތަކާއި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލގައީ މިމައްސަލައިގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރއާ އަދުލުވެރިކަން ޤާއިމުނުކުރެވޭ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ.
40އިސްތިއުނާފީ ފަސްވަނަ ނުކުތާއާއި ހަވަނަ ނުކުތާގައި އުފައްދާފައިވާ ބަހުޘަކީ، މިމައްސަލައިގައި ފަރުވާއެއްގެ ގޮތުން، ޙުސައިން ޢަބްދުﷲ ދީދީ އަދާކުރަމުން ދިޔަ ވަޒީފާ އއިދަކުރުމަށާއި، ވަޒީފާ ރުޖޫޢަކުރވެންދެނެ މުސަރައާއި އިނާޔަތް ނަގައިދިނުމަށް ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށެވެ.
41ޕްރިސިޑެންސް 6ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ ފަރާތަކަށް، ތިން ބާވަތެއްގެ ޙައްލު ދިނުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެއީ: (1) އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން؛ ނުވަތަ (2( މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ (3) ބަދަލު ދިނުން؛ (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 49 ވަނަ ޕެރެގްރާފް)
42ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙއްލަކަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢކުރަ ންކަމާއި، މިތާނގައި އަސާސީ ޙައްލުގެ މާނައަކީ، އިސްތިސްނާއީ ޙާލަތެއް ނެތްނަމަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢަކުރުން ކަމާއި ނުވަތަ އަލި ބޭ މޯލްޑިވްސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާ ހުށަހަޅާ ފޯމްގެ ނަންބަރު 9 "އެދޭ ގޮތް" ގައި ފާހަގަކޮށްފައިވޭ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށާއި ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށް؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 51 ވަނަ ޕެރެގްރާފް)
43ވަޒީފާއަށް ރުޖޢޫ ކުރުމަށް ހުރަސް އަޅާފާނޭ ކަމަށް ބެލެވިދާނެ ބައެއް ޙާލަތްތަކަކީ (1) އއިދަނުކުރެވޭނޭ މިންވަރަކަށް ދެފަރާތުގެ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛ (2) އއިދކުރެވޭއިރަ އެދެމެދުގައި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން؛ (3) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން (4) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 53 ވަނަ ޕެރެގްރާފް)
44ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރު އަޅާ ބައެއް ޙާލަތްތަކަކީ (1) މުވައްޒަފގު ފުރަތަމަ ޣައިރު ސުލޫކީ އަމަލުކަމަށްވެފައި، އެ ހާލަތުގައި އެންމެ އެކަށީގެންވާ ހައްލަކީއެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތުތައް؛ (2) މުވައްޒަފުގެ ހުރި ޚާއްސަ ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށް ވުން؛ (3) މުވައްޒަފު ވަޒީފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ޙާލަތުތައް؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 54 ވަނަ ޕެރެގްރާފް)
45ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްސަ ޙލަތްތައާ ވަޒަންކޮށްގެން ވަޒީފާއަށް އަނބުރާ ރުޖޢޫ ކުރާނީތަ ނުވަތަ ބަދަލުދިނުމަށް އަމުރުކުރާނީތޯ ކަނޑައެޅުމުގައި އެ މައްސަލައިގައި ހިމެނޭ ޚާއްސަ ޙލަތުކަކާއާ ކަންކަން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނކަމަށާއި، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމުގެ ޙަޤީޤަތް ވަރަށް ފަރުވާތެރިކަމާއެކު ވަޒަންކޮށް، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ދެކޮޅުޖެހޭ، ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްތޯ ބަލަންވާނެ؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 49 ވަނަ ޕެރެގްރާފް އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް ޤަޟިއްޔާގެ 38 ވަނަ ޕެރެގްރާފް)
46އިތުބާރު ގެއްލިފައިވާ ކަމަށް ބެލުމުގައި، ދެ ފަރާތުގެ މެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ދައްކުވައިދޭ ހެކި ވަޒީފާދޭ ފަރާތުން އީޖާބީ ގޮތެއްގައި ސާބިތުކޮށްދޭން ޖެހޭނެކަމަށާއި، އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި ވަޒީފާއިން ވަކިކުރި މުވައްޒަފު ކަންކުރި ގޮތުން ވަޒީފާ ދިން ފަރާތުގެ ތުހުމަތަކަށް ބާރުލިބިދޭ އެއްވެސް ޢަމަލެއް ހިންގާފައިވޭތޯ ބަލަންޖެހޭނެ؛ (ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 22 ވަނަ ޕެރެގްރާފް)
47އިތުބާރު ގެއްލިފައިވޭތޯ ބެލުމުގައި ވަޒީފާއިން ވަކިކުރި ސަބަބުގެ ބޭރުން މައްސަލއަ ގައި ކަން ހިނގާފައިވި ގޮތާއި، ވަޒީފާއިން ވަކިކުރެވޭ ފަހުން ކުރެވޭ ޢަމަލުތަކަށް ވެސް ރިޢާޔަތްކުރެވިދާނެ؛ (ސުޕްރީމް ކޯޓުގެ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް ޤަޟިއްޔާގައި ތަޠްބީޤުކޮށްފައ) އޞު ލުތައް މިމައްސަލައަށް ތަޠުބީޤުކުރުން
48ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ހުރަސް އެޅިދާނެ ޙާލަތްތަކެއް ވާކަމަށް ޓްރައިބިއުނަލް މަރުހަލާގައި އަލި ބޭ މޯލްޑިވްސް އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޙުސައިން ޢަބްދުﷲ ދީދީ ގެ މައްޗަށް އިސްލާޙީ ފިޔަވަޅު އެޅިފައިވާކަމަށާއި، މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި އެކަށީގެންނުވާ މިންވަރަށް ދަށުން މާރކްސް ލިބިފައިވާކަމަށް ފާހަގަކޮށް ވަޒީފާ އއިދަކުރުމުގައި މިކަމަށް ރިޢާޔަތްކޮށްދިނުމަށް އެދިފައިވެއެވެ. [2021] SC 35 [2021] SC 15 26 އޭޕްރީލް 2022 ގައި އަލިބެ މޯލްޑިވްސް އިން ހުށަހެޅި ބަޔާނުގެ 5 ވަނަ ނުކުތާ އަދި ޓްރައިބިއުނަލްގައި 11 މެއި 2022 ގައި ބޭއްވުނު މައްސަލައިގެ ދެވަނަ އަޑުއެހުމުގެ މަޙްޟަރު ބަޔާން އަދި ސުޕްރީމް ކޯޓުގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއަށް ޙަވާލާދާ ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރުކުރުމަށް ހުރަސްއަޅާ ހާލަތެއް އޮތްތޯ ބަލަންޖެހޭކަމަށް ފާހަގަކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވެއެވެ.
49ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ވަޒީފާ އއިދަކުރުމުގައި މިކަންކަމަށް ރިޢާޔަތްކޮށްފައި ނުވެއެވެ. ޓްރައިބިއުނަލްގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ، ހައިކޯޓުގެ ޕްރިސިޝަނ މެރިން ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރައްޒާޤު ޢަލީ ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރެވުނު ސަބަބެއްކަމަށް ބަލަން ޖެހޭނީ ވަޒީފާއިން ވަކިކުރެވުނު ލިޔުމުގައިވާ ސަބަބަށް ކަމަށްވާތީ، މައްސަލަ ހުށަހެޅި ފަރާތަށް އަޅާފައިވާ ފިޔަވަޅުތަކަކީ މިމައްސަލައާ ގުޅުން ހުރި ލިޔެކިޔުންތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.
50އިސްވެ ޙަވާލާ ދެވުނު ޤާނޫނީ އުޞޫލުތަކަށް ބެލުމުން، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފަކަށް ދެވޭނެ އަސާސީ ޙއްލަ ކަމުގައިވާ ވަޒީފާ އއިދަކުރުމަށް ހުރަސްއަޅާ ސަބަބުތަކުގެ ތެރޭގައި އއިދަނުކުރެވޭނޭ މިންވަރަކަށް ދެފަރާތުގެ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން ހިމެނެއެވެ. މިމައްސަލައިގައި މިކަން ސާބިތުކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަލި ބޭ މޯލްޑިވްސް އިން ހުށަހެޅި ހެކިތަކަށް ބަލާއިރު، ވަޒީފާއިން ވަކިކުރަން ނިންމުމުގެ މާކުރިން އޭޕްރީލް 2021 ގައި، ހިނގި ހާދިސާއެއްގައި ރުޅިގަދަވެ ވަޒީފާ އަދާ ކުރާ ތަނުގެ ދޮރެއްގައި ޖެހުމުގެ ސަބަބުން ދޮރު ހަލާކުވެ (ކަން ހިނގައިދިޔަގޮތް ހެކިބަހާއި ފޮޓޯއ އެކާ ހިމެނިފައި) މިކަމާއި ގުޅިގެން އިދާރީ ތަޙްޤީޤަށް ޙާޟރުކުރެވުމުނި މެނޭޖަރަށް ވާހަކަދައްކަން ފުރުސަތު ނުދީ އަޑުގަދަކޮށް ނިކުމެގެން ގޮސްފައިވާ ކަމަށާއި، މިކަމާއި ގުޅިގެން އިދާރީ ފިޔަވަޅު އެޅިފައިވާ ކަން ފާހަގަކުރެވެއެވެ. އަދި މަސައްކަތުގެ ފެންވަރު ވަޒަންކުރެވިފައިވާއިރު، އެކަށީގެންނުވާ މިންވަރަށް ދަށުން (33.54) މާރކްސް ލިބިފައިވާއިރު، ފަހުން ވެސް ކުރެވިފައިވާ މުޢާމަލާތްތަކުގެ ތެރެއިން "ޑިސްމިސަލް އޮފް އެމްޕްލޯއިމަންޓް" ލިޔުން ޙަވާލވު މަށް އިންކާރުކޮށްފައިވު ނަންބަރު 2012/HC-A/280 ޤަޟިއްޔާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕްރެގްރާފް 7.8 ކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މި ޙާލަތުގައި ވަޒީފާ އިއާދަ ކުރިނަމަވެސް އިތުބާރާއެކު ހަމަޖެހޭ މާހައުލެއްގައި ދެފަރާތަށް ވެސް މަސައްކަތްކުރެވިދާނެ ކަމުގައި ނުދެކެމެވެ. މި ހާދިސާތަކަކީ ވަޒފާއިނީ ވަކިކުރެވުނު ސަބަބު ކަމުގައި ނުވިނަމަވެސް، އެކަށީގެންވާ ފަރުވާ ދިނުމުގައި މިބާވަތުގެ ކަންކަމަށް ރިޢާޔަތްކުރަންވާނެކަން އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ބެލުމުން އެނގެއެވެ. އެހެންކަމުން، މިމައްސަލައިގައި ޙުސައިން ޢަބްދުﷲ ދީދީގެ ވަޒީފާ އއިދަކުރުމަށް ހުރަސްއެޅޭ ބުނެވިދޔި މިވާޤިއާތަކަށް ރޢިޔަތްކުރުމެއ ނެތް ވަޒީފި އއިދަކުރުމަށ ނިންމް ނިންމުނި ބާޠިލްކުރަންޖެހޭ ކަމުގައި ދެކެމެވެ. ވަޒީފާއިން ވަކިކުރުމުން ބަދަލުނަގައިދިނުމ ގުޅާ ޤަނޫނީ އޞު ލުތައް
51ޕްރިސިޑެންސް 7ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން އަމުރުކުރާއިރު އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ގޮތަށް ދޭން އަމުރުކުރުމަކީ ވޒީފާއާބެހަ ޤނޫނުގާ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް؛ (ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 61 ވަނަ ޕެރެގްރާފް)
52ވ ޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާންކުރާ ފަދައިން އަލުން ވަޒީފާގައި ބެހެއްޓުމުގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގއ ބުނި ބަދަލަ ލިބިދެވެން ޖެހޭކަމަށް؛ (ސުޕްރީމް ކޯޓުގް ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފް)
53ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރައާއި އިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ، ކޮންމެހެން ލާޒިމުކަމެއް ނޫންކަމަށާއި، އަދި އެފަދަ ޙާލަތެއްގައި ނަގައިދޭނެ އަދުލުވެރި މިންވަރެއް ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުނކަމަށް؛ (ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 61 ޕެރެގްރާފް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފް)
54ވަޒީފާއިން ވަކިކުރުމުން ބަދަލު ނަގއަ ދިނުމުގައި ރިޢާޔަތްކުރަންވީ ކަންކަމުގެ ތެރޭގައި (1) އަދާކުރި ވަޒީފާގެ ބާވަތް؛ ( 2) ވަޒީފާގައި ހޭދަކުރި މުއްދަތު؛ (3) ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި އިނާޔަތް؛ (4) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް؛ (5) މުވައްޒަފުގެ އ މުރަށ ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނ ކަނެ ނުވަތް ނޫންކަން؛ (6) ވަޒީފާއިން ވަކިކުރެވުމުގައި މުވައްޒަފުގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮތްކަން ނުވަތަ ނޫންކަން؛ (7) ގެއްލުން ކުޑަކުރުމުގެ ގޮތުން މުވައްޒަފު އެޅި ފިޔަވަޅުތަކާއި އާމްދަނީ ހޯދުމުގެ ގޮތުން ކޮށްފައިވާ ކަންކަން؛ (8) ނަގައިދެވޭ ބަދަލުގެ ސަބަބުން ނުޙައްޤު މުއްސަނދިކަމެއް ލިބޭކަން ނުވަތަ ނޫންކަން؛ ( 9) ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރުމުގެ އިތުރުން، އިތުރު ބަދަލެއް ނަގާދޭންޖެހޭކަނ ނުވަތް ނޫންކަން؛ (ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު އަދި ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޤަޟިއްޔާ ގެ 21 ވަނަ ޕެރެގްރާފް)
55ބުނެވުނު ކަންކަމުގެ އިތުރުން، (10) ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އެއިގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަނ ނުވަތް ނޫނކް މުގ މައްޗަށް ބަލަންވާނެކަމަށް؛ (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) އަދި ސުޕްރީމް ކޯޓުގެ މުޙައްމަދު ނަދީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާ ގެ 37 ވަނަ ޕެރެގްރާފް)
56ވަޒީފާއާބެހޭ މައްސަލަތަކުގެ ތަބީޢަތަކ ޝަރުޢީ މަރުހަލާގައި ގިނަ ދުވަސް ފާއިތުވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރި މުވައްޒަފުގެ ޙލަތަށ ބަދަލް އައާންކަމާއި، ޝަރުޢީ މަރުޙަލާގައި މައްސަލަ ތާށިވެ، އެތައް އަހަރު ދުވަހެއް ހޭދަވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ އަލަށް ހުށަހެޅި އިރު އޮތް ޙާލަތާއި ކޯޓުން މައްސަލަ ނިމޭއިރު އޮންނަ ޙާލަތާ ތަފާތުވުން އެކަށީގެންވާކަމަށާއި، ކޮންމެ މައްސަލައެއްގައިވެސް ރިޢާޔަތް ކުރަންވާނީ އެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށްކަމަށާއި، ބައެއް މައްސަލަ ތަކުގައި ބަދަލު ނގައިދިނުމަށްޓަކައަ މައްސަލި އަނބުރާ ފޮނުވާލުމުގ ނުވަތެ އަލުން ހުށަހެޅުމުގެ ނަތީޖާއަކަށް ވެގެންދާނީ ލިބެންޖެހޭ ގެއްލުމުގެ ބަދަލަށްވުރެ އެ ބަދަލު ހޯދުމަށް ހޭދަވާ ވަގުތާއި މަސައްކަތް ބޮޑުވެގެން ދިޔުންކަމަށާއި، ދަށު މަރުހަލާގައި ނުވަތަ އިސްތިއުނާފީ މަރުހަލާގައި ދެކެވިފައިވާ ވާހަކަތަކުން ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރެވޭ ކަންތައްތައް ކަށަވަރުކުރެވޭނަމަ އިސްތިއުނާފީ ކޯޓަށް ބަދަލުގެ މިންވަރު ކަނޑައެޅިދާނެކަމަށް؛ (ސުޕްރީމް ކޯޓުގް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ .އަންޖަލީން މޭރީ ނާޒިއު ޤަޟިއްޔާގެ 38 ވަނަ ޕެރެގްރާފް) ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ އޞު ލުތައް މިމައްސަލައަށް ތަޠބީޤުކުރުނު
57މިމައްސަލައިގައި ޙުސައިން ޢަބްދުﷲ ދީދީއަށް ވަޒީފާ އަނބުރާ އއިދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތް ނަގައިނުދެވޭނެކަމަށް ޓްރައިބިއުނަލް މަރުހަލާގައި ވެސް އަލި ބޭ މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ޓްރައިބިއުނަލް އިން ނިންމާފައިވަނީ އުނި ކުރެވޭނީ ވަޒީފއެއާ އަދާ ކުރިނަމަ އެމިންވަރާއި ނޯޓިހުގެ މުއްދަތަށް ދެވިފައިވާ ފައިސާކަމަށެވެ.
58ޓްރައިބިއުނަލްގެ މަރުހަލާގައި އަލި ބޭ މޯލްޑިވްސް އިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ގެއްލުން ކުޑަކުރުމުގެ ޒިންމާ ޙުސައިން ޢަބްދުﷲ ދީދީގެ ކިބައިގައި އޮތީ ކަމަށާއި، އެމަޢުލޫމާތު ސާފުކުރުމަށް އަލި ބޭ މޯލްޑިވްސްގެ ފަރާތުން އެދިފައިވެއެވެ. އެހެންނަމަވެސް ވަޒީފާއެއް އަދާ ނުކުރާ ކަމަށް ބުނާ ބުނުން ފިޔަވައި އިތުރު ކަމެއް (މިސާލަކަށް ވަޒީފާއެއް ހޯދުމަށް ހުރަސްއެޅޭ ފަދަ ސަބަބެއް ދިމާވެފއަ އޮތުން) ޙުސައިން ޢަބްދުﷲ ދީދީގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ.
59ޙުސައިން ޢަބްދުﷲ ދީދީ އަދާކުރި ވަޒީފާގެ ބާވަތާއި ހޭދަކުރި މުއްދަތާއި އުމުރާއި ލިބެމުންދިޔަ މުސާރަ އާއި ޙުސައިން ޢަބްދުﷲ ދީދީ ގެ ޢަމަލުތައް ހުރި ގޮތާއި، ވަޒީފާއިން ވަކިކުރުމުގެ އިޖުރާއަތު ދިޔަގޮތާއި ނޯޓިހުގެ މުއްދަތުގެ ފައިސާދެވިފައިވާ ގޮތާއި މިމަޢުލޫމާތުތަކަކީ ކަށަވަރުކުރެވެނ ހުރް މަޢުލޫމާތުތަކެވެ. ގެއްލުން ކުޑަކުރުމުގެ ގޮތުން މަސައްކަތެއް ކޮށްފައިވާކަން އަދި އެކަމަށް އެޅުނު ހުރަހެއް ޙުސައިން ޢަބްދުﷲ ދީދީގެ ފަރާތުން ޓްރައިބިއުނަލްގައި ވެސް އަދި މިކޯޓުގައި ވެސް ފާހަގަކޮށްފައިނުވެއެވެ.
60ބުނެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތް ކުރާއިރު، ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދި އިޖުރާއަ އަދުލުވެރިކަން ޤާއިމުވެފައިނުވާނުވުމަށާއި، ޙުސައިން ޢަބްދުﷲ ދީދީ އަދާކޮށްފައިވާ ވެއިޓަރެއްގެ މަޤާމަށާއި، އޭނާގެ އުމުރަށާއި، ގެއްލުންކުޑަ ކުރުމަށް މަސައްކަތެއްކޮށްފައި ނުވާނުވުމަށާއި، ވަޒީފާގައި ހޭދަވެފައިވަނީ ގާތްގނަ ޑަކަށް 2 (ދޭއް) އަހަރު ކަމަށްވުމުންނާއި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާގެ މުއްދަތު ހަމަވެފައިވާކަމަށް އަލި ބޭ މޯލްޑިވްސް އިން ޙަޤީޤަތުގައި ޤަބޫލުކޮށްފައިވާ ކަމަށް ބެލެވޭ ބެލެވުމަށާއި، ނޯޓިހުގެ މުއްދަތަށް ފައިސާދފައިވުމަށާއި، ކަން ހިނގާފައިވާގޮތަށް ރިޢާޔަތްކޮށް، 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޙުސައިން ޢަބްދުﷲ ދީދީއަށް ނަގައިދިނުމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
61އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން؛
1.61. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލައިގެ ނިންމުމުގައި ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅާފައިވާ އެބަޔަށް ތާޢީދުކޮށް؛ އަދި
2.61. ޙުސައިން ޢަބްދުﷲ ދީދީއަށް ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަކުރުމާއި ހަމައަށް މުސާރައާއި އިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް؛ އަދި
3.61. ޙުސައިން ޢަބްދު ﷲ ދީދީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލެއްގެ ގޮތުން 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ އެކުޖުމްލަ 2400 USD (ދެހާސްހަތަރުސަތޭކަ ޔޫއެސް ޑޮލަރު) މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ޙުސައިން ޢަބްދުﷲ ދީދީ އަށް ދައްކާ ޚަލާސްކުރުމަށް އަލި ބޭ މޯލްޑިވްސް އަށް އަންގައި މައްސަލަ ނިންމަން ފެނެއެވެ.
62ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
63ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
64މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ޙުސައިން ޢަބްދުﷲ ދީދީއަށް ލިބެމުންދިޔަ އަސާސީ މުސާރައަކީ USD 400 (ހަތަރުސަތޭކަ ޔޫއެސް ޑޮލަރު) ކަން ޙުސައިން ޢަބްދުﷲ ދީދީ އާއި އަލި ބޭ މޯލްޑިވްސް އާ ދެމެދު 07 ނޮވނެ ބަރް 2019 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ޝެޑިޔުލް 2 ޕާރޓް 2 އަށް ބެލުމުން އެނގެން އޮވެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19/VTR/2022 މައްސަލަ އިސްތިއުނާފުކުރުމަށް އަލި ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް؛ (1)ޏ.ފުވައްމުލައް، މާލެގަން ހުދުކަނީރުގެ ޙުސައިން ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސްވެ ބަޔާންކުރެވުނު ނިންމުމުގައި ކަނޑައަޅާފައިވާ އެބަޔަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާޢީދުކށޮ؛ (2)ޙުސައިން ޢަބްދު ﷲ ދީދީއަށް ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަކުރުމާއި ހަމައަށް މުސާރައާއި އިނާޔަތް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ކަނޑައަޅާފައިވާ ބައި ބާޠިލްކަމަށް މިމައްސަލ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި؛ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 (ށ)، (ނ)؛ 13 (ހ)، (ނ)، (ބ)، (ޅ)، (ކ)، (އ)؛ 16 (ހ)؛ 29 (ހ) (1)، (3)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ (ހ)
- ޤާނޫނުއަސާސީގެ 37 އަދި 68 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)
- ILO Termination of Employment Convention, 1982 (No. 158) Art. 2(2)؛ Termination of Employment Recommendation, 1982 (No. 166)
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓުގެ 2019/SC-A/70 (ކޮރަލް ގޭޓް މޯލްޑިވްސް ވ. އައިމާ ކޮންސްޓްރަކްޝަން) (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
- ސުޕްރީމް ކޯޓުގެ 2018/SC-A/12 (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
- ސުޕްރީމް ކޯޓުގެ 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް)
- ސުޕްރީމް ކޯޓުގެ [2021] SC 35 (އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ސުޕްރީމް ކޯޓުގެ [2021] SC 15 (ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް)
- ސުޕްރީމް ކޯޓުގެ 2019/SC-A/22 (ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން)
- ސުޕްރީމް ކޯޓުގެ 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- ސުޕްރީމް ކޯޓުގެ 2019/SC-A/27 (ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ)
- ސުޕްރީމް ކޯޓުގެ 2019/SC-A/30 (މުޙައްމަދު ނަދީމް ވ. ސިވިލް ސަރވިސް ކޮމިޝަން)
- ސުޕްރީމް ކޯޓުގެ 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- ސުޕްރީމް ކޯޓުގެ 2020/SC-A/30 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ސަޢީދު) އަދި 2019/SC-A/35 (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
- ހައިކޯޓުގެ 2013/HC-A/364 ޤަޟިއްޔާ
- ހައިކޯޓުގެ 2012/HC-A/280 (ޕްރިސިޝަން މެރިން ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރައްޒާޤު ޢަލީ)
- ހައިކޯޓުގެ 2018/HC-A/111 ޤަޟިއްޔާ (ރައްދުވާ ފަރާތުން ހަވާލާދީފައި)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ސާދިޙު ނަޞީރު، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ
- ބެންޗު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް