ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/11
ޢަލީ ޢުމަރު ވ. ޢަބްދުﷲ ޖާބިރު، 2021/HC-A/11
Ali Umar v. Abdhuﷲ Jaabiru 2021/HC-A/11 (2021/HC-A/11, High Court of the Maldives, 27 November 2025)
ޢަލީ ޢުމަރު ވ. ޢަބްދުﷲ ޖާބިރު
މައިގަނޑު ސުވާލު
ގޯތި ވިއްކުމުގެ އެއްބަސްވުމާ ގުޅޭ މައްސަލައެއްގައި، ދަޢުވާ ފޯމާއި ހެކި ނެތުމާއި، ދަޢުވާލިބޭ ފަރާތް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމާއި، ދަޢުވާކުރާ ފަރާތް ޙާޟިރުނުވުމާއި، އިސްތިއުނާފުކުރާ ފަރާތުގެ ސިޓީތަކަށް ރިޢާޔަތްނުކުރުމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލުވާންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދުގެ ދަށުން، ޖިނާއީ ނޫން މައްސަލައެއްގައި ޙާޟިރުވުމުގެ އަމުރު ލިބި މަޤްބޫލު ޢުޛުރެއް ނެތި ޙާޟިރުނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާއިރު، އެ އަމުރު ނެރުމުގައި ކުރިން އަމުރު ފޮނުވުމުން ޙާޟިރުނުވުމާއި ފިލާފާނެ މީހެއްކަމަށް ބެލެވުމަށް ރިޢާޔަތްކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ޙާޟިރުވުމުގެ އަމުރު ރައްދުކުރެވިފައިވަނީ އެ މީހާ ދިރިނޫޅޭ އެޑްރެހެއްގައި ކަމަށްވެ، އަމުރު އޭނާއަށް ރައްދުވެފައިވާކަން ނޭނގޭނަމަ، އަމުރަށް ޙާޟިރުނުވާ މީހެއްކަމަށް ބުނެ ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ނަމަވެސް، ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމުގެ އިޖުރާއަތުގެ ސަބަބުން ޙުކުމް ބާޠިލުކުރަންޖެހޭ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ދައްކާފައި ނުވާނަމަ، އެ އިޖުރާއަތުގެ ސަބަބުން އެކަނި ދަށުކޯޓުގެ ނިންމުން ބާޠިލު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ދަޢުވާކުރާ ފަރާތުގެ ބަދަލުގައި އެހެން މީހަކު ދަށުކޯޓަށް ޙާޟިރުވެ ބަޔާން ދީފައިވާނަމަ، ދަޢުވާކުރާ ފަރާތް ޙާޟިރުނުވިކަމަށް ބުނެ ކުރާ ޝަކުވާއަކަށް ބިނާކުރެވޭނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ކޮންޓްރެކްޓުގެ ކޮން ޝަރުޠަކާ އަނެއް ފަރާތް ޚިލާފުވީކަން ސާފުކޮށް ދައްކާފައި ނުވާނަމަ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ އެކަށީގެންވާ މުއްދަތުގައި ޢަމަލުކުރުމުގެ ޒިންމާއަށް ޙަވާލާދީ ކުރާ ބަހުޘެއް ޤަބޫލު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 23)
- އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ސިޓީތަކަށް ރިޢާޔަތްނުކުރިކަމަށް ބުނާނަމަ، އުފައްދަން ބޭނުންވާ ބަހުޘަކީ ކޮބައިކަމާއި، ސާބިތުކުރަން ބޭނުންވާ ކަމާއި ޙާޟިރުކުރަންޖެހޭ ހެކިންނާއި، އެކަމަށް ރިޢާޔަތްކުރުމުން އަންނާނެ ނަތީޖާ ސާފުކޮށް ބުނެދޭން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
1މިއީ މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/H1C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް […] ކ.މާލެ ޢަލީ އުމަރު (މީގެ ފަހުން "ޢަލީ އުމަރު " ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް ") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] ކ.މާލެ ޢަބްދުﷲ ޖާބިރު (މީގެ ފަހުން "ޢަބްދުﷲ ޖާބިރު " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ.
3އިސްތިއުނާފުކުރެވޭ، މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/H1C/2019 ޤަޟިއްޔާ އަކީ، ޢަބްދުﷲ ޖާބިރުގެ ފަރާތުން ޢަލީ އުމަރުގެ މައްޗަށް ހުށަހަޅާފައިވާ އެއްބަސްވުމާ ޚިލާފުވުމުގެ މައްސަލައެކެވެ.
4މިދައުވާގެ މައިގަނޑު ޚލާސާއަކު، ޢަލީ އުމަރު (ވިއްކާ ފަރާތް) ގެ ނަންމަތީގައި ރަޖިސްޓަރީކުރެވިފައިވާ ކ.ކާށިދޫ "ބަހާރުވާދީ" އެވެ ނަމަކަށް ކިޔާ 5330 (ފަސްހާސް ތިންސަތޭކަ ތިރީސް) އަކަފޫޓުގެ ބަންޑާރަ ބިން އަމިއްލަކޮށް ގަނެވިއްކުމަށްޓަކައި 01 ފެބްރުއަރީ 2014 ދުވަހު އެއްބަސްވެފައިވާ ކަމަށާއި، އެއްބަސްވުމުގައިވާގޮތުގެ މަތިން އެޑްވާންސް ފައިސާ -100,000/ރ. (އެއްލައްކަ ރުފިޔާ) އާއި ބިން އަމިއްލަކުރުމަށްޓަކައި ދައްކަންޖެހުނު ފައިސާ -133,250/ރ. (އެއްލައްކަ ތެއްތިރީސް ހާސް ދުއިސައްތަ ފަންސާސް) ރުފިޔާ ދެއްކި ނަމަވެސް ބިން ވިއްކުމުގެ މި މުޢާމަލާތް ފުރިހަމަ ކުރުމަށް އެއްބާރުލުން މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން ހުށަހެޅި "ދައުވާ ފޯމް"އާއި އެކި ހުށަހެޅު ޑޮކިއުމެންޓް 1 އބޙ އެއްބަސްވުމުގެ 3 ވަނަ މާއްދާ މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން ހުށަހެޅި "ދައުވާ ފޯމް"އާއި އެކި ހުށަހެޅު ޑޮކިއުމެންޓް 2 ދީފައިނުވާތީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ޢަމަލުކޮށް، ޢަބްދުﷲ ޖާބިރުގެ ނަމަށް ގޯތި ރަޖިސްޓްރީ ކުރުމުގެ ކަންކަން ފަހިކޮށްދިނުމަށް ޢަލީ އުމަރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
5ޢަބްދު ﷲ ޖާބިރުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ރައްދުގައި ޢަލީ އުމަރުގެ ފަރާތުން ބުނެފައިވަނީ، ދައުވާއަކީ ތެދު ދައުވާއެއްކަމަށާއި، އެހެންނަމަވެސް މިހާރު ގޯތި ވިއްކެއް ނެތުމުން، ޢަބްދުﷲ ޖާބިރުގެ ފަރާތުން ޢަލީ އުމަރަށް ދިން -100,000/ (އެއްލައްކަ ރުފިޔާ) އާއި، ގޯތި އަމިއްލަ ކުރުމަށް ޢަބްދުﷲ ޖާބިރު ކައުންސިލަށް ދެއްކި ފައިސާ އަނބުރާ ޢަބްދުﷲ ޖާބިރުއަށް ދީގެންވެސް ގޯތި ވިއްކުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް ބޭނުންވާކަމަށެވެ.
6މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/H1C/2019 ޤަޟިއްޔާގައި ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެދިޔަ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ކ.މާލެ، […] ޢަބްދުﷲ ޖާބިރު އާއި، ކ.މާލެ، […] ޢަލީ ޢުމަރު އާއި ދެމެދު ކ.ކާށިދޫ "ބަހާރުވާދީ" އެވެ، ކިޔާ 5330 އަކަފޫޓުގެ ބަންޑާރަ ބިން އަމިއްލަކޮށް އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި، ތަންތަނާއި، ރުއްގަހާއި، އަމިއްލަ ބިން ޢަބްދުﷲ ޖާބިރަށް ވިއްކުމަށްޓަކައި މިދެފަރާތުގެ ދެމެދުގައި 01 ފެބްރުއަރީ 2014 ތާރީޚުގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމުގައި ކަނޑައަޅައި މި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި ޢަބްދުﷲ ޖާބިރަށް ދޭންޖެހޭ އެންމެހާ އެއްބާރުލުން ޢަލީ ޢުމަރު ދިނުމަށާއި، މި އެއްބަސްވުމުގެ ދަށުން ޢަލީ ޢުމަރު އަދާކުރަންޖެހޭ އެންމެހާ ޒިންމާތައް އަދާކޮށްދިނުމަށް ޢަލީ ޢުމަރަށް އަންގާ ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ."
7މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.7. 01 ފެބްރުއަރީ 2014 ދުވަހު ދެފަރާތުގެ ދެމެދު ކޮންޓްރެކްޓެއް ވުޖޫދުވެފައިވާކަން އެއްވެސް ޚިލާފެއްނެތް އެނގެނި އޮތްކަން ؛ 13 ނޮވެމްބަރު 2019 ވަނަ ދުވަހު މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ޢަލީ އުމަރުގެ ފަރާތުން ދީފައިވާ މަޙްޟަރު ބަޔާން ދަށު ކޯޓު ރިޕޯޓުގެ 6.2 ވަނަ ނުކުތާ.
2.7. އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް ނޫން އެހެން ގޮތަކަށް އެ އެއްބަސްވުން ބަދަލުކޮށްލާނ އެހެނެ ދަލީލެއް ނެތްހާ ހިނދަކު، އެއޮތްގޮތަށް އެއްބަސްވުން ދެމިއޮންނާނެކަމާއި، ޢަލީ އުމަރުގެ ފަރާތުން އެއްބަސްވުމަށް ބަދަލުގެނެސްފައިވާކަން ސާބިތުކޮށްނުދެވޭހާ ހިނދަކު އަޞްލެއް ގޮތުގައި ބަލަންޖެހޭނީ މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އޮތީ ރަނގަޅު ޙާލަތުގައިކަން؛
3.7. ޢަލީ އުމަރު ބޭނުންވަނީ އެއްބަސްވުން ބާޠިލުކުރުމަށްކަމަށް ވީނަމަވެސް، އެއްބަސްވުން ބާޠިލުކުރެވޭފަދަ ޚިލާފެއް ޢަބްދުﷲ ޖާބިރުގެ ފަރާތުން ވެފައިވާނަމަ އެކަން ސާބިތުކޮށްދިނުމަކީ މިޙާލަތުގައި ޢަލީ އުމަރުގެ ޒިންމާއެއްކަން އެނގޭއިރު، އެފަދަ ކަމެއް ޢަލީ އމަރަށު ސާބިތުކޮށް ނުދެވޭކަން؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ ތަކާއ ތަފްސީލް :
8މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/H1C/2019 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޢަލީ އުމަރުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
1.8. ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ، 42 ވަނަ މާއްދާ، 45 ވަނަ މާއްދާ، 46 ވަނަ މާއްދާ، 48 ވަނަ މާއްދާގެ (ހ)، 55 ވަނަ މާއްދާ، 142 ވަނަ މާއްދާ އަދި 143 ވަނަ މާއްދާގެ (ރ) އާއި އެއްގޮތަށް ދަށުކޯޓުން ޢަމަލުކޮށްފައިނުވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އބޙ ގެ 6.5 ވަނަ ނުކުތާ. އބޙ ގެ 7 ވަނަ ނުކުތާ.
1.1.8.މިނުކުތާގެ ތަފްސީލުގައި މައިގަނޑު ގޮތެއްގައި ޢަލީ އުމަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދަށުކޯޓަށް ހުށަހެޅުނު މައްސަލައަކީ ކޮބައިކަން އަންގައިދޭ އެއްވެސް ލިޔުމެއް ޢަލީ އުމަރަށް ދީފައިނުވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ދައުވާ ފޯމެއް ހުށަހެޅިކަންވެސް ނޭނގޭކަމަށާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި އެކަންކަން ސާބިތުކުރެވޭނެ ހެކިވެރިންގެ މަޢުލޫމާތު ހުށަހެޅި ނަމަވެސް މިއިން އެއްވެސް ކަމަކަށް ދަށު ކޯޓުން ރިޢާޔަތް ކޮށްފައި ނުވާކަމަށާއި، ޢަލީ އުމަރު ޝަރީޢަތަށް ޙާޟިރުކޮށްފައިވަނ މަދަނީ އުސޫލާއި ޚިލާފަށް ބަންދުގައި ބަހައްޓައިގެން ފުލުހުން މެދުވެރިކޮށް ކަމަށާއި، ދަށު ކޯޓުގައި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓަށް ޙާޟިރުކުރުމެއްނެތ އަދި އޭނާގެ ބަދަލުގައިވެސ އެއްވެސް ފަރާތެއް ޙާޟިރުނުކޮށްކަމަށެވެ.
2.8. ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާ އެއްގޮތަށް ދަށު ކޯޓުން ޢަމަލުކުރައްވާފައިނުވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.2.8.މިނުކުތާގެ ތަފްސީލުގައި ޢަލީ އުމަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދައުވާ ސާބިތުކުރުމުގަ ޒިންމާއަކީ ދައުވާ ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަމަށް ވީއިރު، އިސްތިއުނާފު ކުރާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި، ޚިލާފު އުފެދިގެން އުޅޭ އެއްބަސްވުމެއްވެސް ޝަރީޢަތަށް ހުށަހަޅާފައިނުވުމުން، ހުށަހެޅިފައިނުވާ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމޭނެ ގޮތެއް ނޯންނާނެކަމަށެވެ.
3.8. ތިންވަނަ ނުކުތާއަކީ؛ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ
(ނ) އާއި އެއްގޮތަށް ޢަމަލުކުރެވިފައިނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.3.8.މިނުކުތާގެ ތަފްސީލުގައި ޢަލީ އުމަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްހަފްތާ ތެރޭގައި ކުރުމަށް އެއްބަސްވި ކަމެއް 1 އަހަރު ފާއިތުވެގެން ދިޔައިރުވެސް ނުކުރެވި އޮތުމަކީ އެއްބަސްވުން ނިމުމަކަށް ގެނެވޭނެ ޙާލަތެއް ކަމަށް ދެކޭކަމަށާއި، މިކަނޭ ދަށުކޯޓުގެ މެޖިސްޓްރޭޓްގެ ސަމާލުކަމަށް ގެނައިނަމަވެސ އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
4.8. ހަތަރުވަނަ ނުކުތާއަކީ؛ ޤާނޫނު ނަންބަރު 81/78 (ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދަޢުވާއާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާއާ އެއްގޮތަށް ދަށުކޯޓުން ޢަމަލުކޮށްފައިނުވުނ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
1.4.8.މިނުކުތާގެ ތަފްސީލުގައި ޢަލީ އުމަރުގެ ފަރާތުން ބުނެފައިވަނީ، ދަށުކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު، ހުށަހެޅުނު ދއަވ ފޯމާ ފެންނަން ނެތްކަމަށާއި، ޢަލީ އުމަރަށް އެފޯމް ޙިއްސާ ކޮށްފައިނުވާކަމަށާއި، މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ދައުވާ ފޯމް ހިމެނިފައި ނުވާކަމަށާއި، އަދި ދައުވާ ފޯމް ހުށަހެޅުނުކަންވެސް އެރިޕޯޓުގައި ފާހަގަކޮށްފައިނުވާކަމަށެވެ.
5.8. ފަސްވަނަ ނުކުތާއަކީ؛ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 4 ވަނަ މާއްދާ އަދި އެ ޤަވާއިދަށް އިތުރުވި ބައިގެ 2 ވަނަ ނަންބަރާއި އެއްގޮތަށް ދަށު ކޯޓުގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައި ނުވުންކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
1.5.8.މިނުކުތާގެ ތަފްސީލުގައި ޢަލީ އުމަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ރަށު ކޯޓަށް މައްސަލަ ހުށަހަޅަނީ ރަށު ކޯޓުން ދޫކުރާ ފޯމަކުން ނުވަތަ ކޯޓުން ދޫކުރާ ފޯމާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ލިޔުމަކުން ކަމުގައި ބަޔާންކޮށްފައިވާއިރު، މިއިން އެއްވެސް އުޞޫލަކަށް ދަށުކޯޓުން ޢަމަލުކޮށްފައި ނުވާކަމަށެވެ.
6.8. ހަވަނަ ނުކުތާއަކީ؛ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 5 ވަނަ މާއްދާ އެއްގޮތަށް ދަށުކޯޓުން ޢަމަލުކޮށްފައިނުވުނ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
1.6.8.މިނުކުތާގެ ތަފްސީލުގައި ޢަލީ އުމަރުގެ ފަރާތުން ބުނެފައިވަނީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ޚާއްޞަ މައުލޫމާތުތަކެއް ހިމަނަންޖެހޭއިރު، މައްސަލަ ނުވަތަ ދައުވާ އައިގޮތުގެ ބަޔާން އިނގެން ނެތްކަމަށާއި، އެގޮތުން ދައުވާ ކޯޓަށް ހުށަހެޅުނު ގޮތް ނޭނގޭކަމަށާއި، އެފޯމް ރިޕޯޓުގައި ހިމެނިފައިނުވާކަމަށެވެ.
7.8. ހަތްވަނަ ނުކުތާއަކީ؛ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 20 ވަނަ މާއްދާއާ އެއްގޮތަށް ދަށުކޯޓުން ޢަމަލުކޮށްފައިނުވުނ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
1.7.8.މިނުކުތާގެ ތަފްސީލުގައި ޢަލީ އުމަރުގެ ފަރާތުން ބުނެފައިވަނީ، މަދަނީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތް ޙާޟިރުނުވާ ޙާލަތުގައިވެސް ޝަރީޢަތް ހިންގަންޖެހޭނީ އިއުލާން ކުރުމަށްފަހު އެމީހެއްގެ ޣައިރު ޙާޟިރުގައިކަމަށާއި، ނަމަވެސް ދަށުކޯޓުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މިއިޖުރާއަތާ ޚިލާފަށް ޢަލީ އުމަރު ބަންދުކޮށްގެންކަމަށެވެ. އެދޭ ގޮތް:
9އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/H1C/2019 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފު ޙުކުމެއްކަމަށް ކަނޑައަޅައިދީ އެޙުކުމް ބާޠިލްކޮށްދިނުމަށެވެ.
10މިމައްސަލަ ހިންގުމަށްޓަކައި 2 (ދޭއް) ދުވަހެއްގެ މަތިން ތާވަލް ކުރެވިފައިވެއެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމުގެ މަތިން އެފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް އަޑުއެހުންތައް ވަނީ ކެންސަލްކުރެވިފައެވެ.
11އޭގެ ފަހުން، މިމައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދެވިފައިވަނީ ކޯޓަށް ޙާޟިރުވުމުގެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުނުވެއްޖެނަމަ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެފަރާތަށް ފޮނުވުނު "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ގައި ބަޔާންކުރުމަށްފަހުއެވެ.
12އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތަށް ޗިޓް ރައްދުވެ ޙާޟިރުވެފައިނުވާތީއާއި ޙާޟރުނުވެވުނި މަޤްބޫލު ސަބަބެއްވެސް އަންގާފައި ނުވާތީ ހައިކޯޓުގެ ޤަވާއިދުގެ ޖަދުވަލު 1 "ހައިކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖޫރމަނި ކުރުމއެކާ އިސްތިއުނާފު ރައްދުވު ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލައިގެ އަޑުއެހުން ހިންގިފައިވެއެވެ.
13ދަށު ކޯޓުގައު މައްސަލައިގެ ކަންހިނގި ދިޔާ ގޮތަ ސާފުކުރުމަށްޓަކައި ދަށު ކޯޓނ ބައެއް ލިޔުންތައު ހޯދުމަށްފަހު އެލިޔުންތައް އިސްތިއުނާފު ކުރާ އަދި ލިބޭ ފަރާތަށް ޙިއްސާ ކުރެވިފައިވެއެވެ. މިލިޔުންތަކާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ވާހަކަ ދެއްކުމަށް ބޭނުންވާކަމަށް ބުނެ މިކޯޓަށް މެއިލް މެދުވެރިކޮށް ހުށަހަޅާފައިވެއެވެ. މިހުށަހެޅުމަށް ރިޢާޔަތްކޮށް، މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހެއް ތާވަލް ކުރެވުނެވެ. މިއަޑުއެހުމަށް އިސްތިއުނާފު ރައްދުވާ ފަރާތް ތަމްސީލު ކުރުމަށް ޤާނޫން ވަކީލެއް އައްޔަންކޮށް މިއަޑުއެހުމުގައި އެފަރާތް ބައިވެރިވެފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
14ހުށަހެޅިފައިވާ އިސްތިއުނާފު ފޯމަށް ބަލާއިރު، މިމައްސަލައިގައި އިސްތިއުނާފު ބިނާ ކުރާ މައިގަނޑު ޚުސޫމާތްތަކަކ މައްސަލީ ހުށަހެޅަ ފޯމު ނެތުމާއި، މައްސަލަ ސާބިތުކުރުމަށް އެއްވެސް ހެއްކެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިނުވުމާއި، އިސްތިއުނާފު ކުރާ ފަރާތް ބަންދުގައި މިކޯޓުގެ ނަންބަރު B9/CHT/2023/1926-95 (23 މޭ 2023) "ކޯޓަށް ހާޟިރުވުމުގެ އަމުރު" މިކޯޓުގެ ނަންބަރު B9/CHT/2023/2264-95 "ޖޫރިމަނާ ކުރިކަން އަންގާ ޗިޓް" (07 ޖޫން 2023) އިސްތިއުނާފު ކުރާ ފަރާތުގެ ޤާނޫނީ ވަކީލު އޒ.މުޙައްމަދު ފައިޞަލްގެ ފަރާތުން 30 ޖަނަވަރީ 2025 ދުވަހު ފޮނުވި މެއިލް ބަހައްޓައިގެން ޝަރީޢަތަށް ޙާޟިރުކުރުމާއި، މައްސަލަ ހުށަހެޅި ފަރާތް ކޯޓަށް ހާޟިރުނުކުރުމާއި، މައްސަލަ ނިންމުމުގައި އިސްތިއުނާފު ކުރާ ފަރާތުން ޝަރީޢަތާ ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ރިޢޔަތްނުކުރުމެވެ.
15މިމައްސަލައިގައި ދަށު ކޯޓަށް ދައުވާ ފޯމެއް ހުށަހެޅިފައިވާނުވ ކަމަށާ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރިނަމަވެސް، މައްސަލައިގައި ހިމެނޭ ލިޔެކިޔުންތަކަށް ބެލުމުން 14 ޖަނަވަރީ 9201 ގައި މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް "މުދަލާއި ފައިސާއާ ބެހޭ މައްސަލަތައް ހުށަހަޅާ ފޯމު" ހުށަހެޅިފައިވާކަން ދަށު ކޯޓު ފައިލްގައި ހިމެނިފައިވާ ލިޔުންތަކަށް ބެލުމުން އެނގެއެވެ. އަދި، މިދައުވާ ފޯމު ހުށަހެޅި އިސްތިއުނާފު ކުރާ ފަރާތަށް ފޯރުކޮށްދިނުމަށްޓަކައި ސިވިލް ކޯޓަށް ވެސް ފޮނުވިފައިވާ ކަން އެނގެއެވެ.
16މައްސަލަ ސާބިތުކުރުމަށް އެއްވެސް ހެއްކެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިނުވާކަމަށް އިސްތިއުނާފީ ދައުވާގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާއިރު، ކުރިން ބުނެވުނު ފަދައިން މައްސަލަ ހުށަހަޅާ ފޯމާއެކު ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ކޮޕީއެއް ޑޮކިއުމަންޓް 1 ގެ ގޮތުގައި ހިމެނިފައިވެއެވެ. އަދި ޑޮކިއުމަންޓް 2 ގެ ގޮތުގައި "ފައިސ ޙަވާލުކުރާ ލިޔުމުގެ ކޮޕީ" ހިމެނިފައިވެއެވެ. މީގެ އިތުރުން މިލިޔެކިޔުންތައް ހުށަހެޅިފައިވާ ކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ " މައްސަލައާ ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކުގެ މަޢުލޫމާތު" އެނގެއެވެ. ސިވިލް ކޯޓު ން މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ ނަންބަރު 92IS/2019/13-144 (08 އޭޕްރީލް 2019) މެސެޖް ޚަސްމުން ޙާޟިރުކުރުން
17ޕްރިސިޑެންސް 4މައްސަލައިގައި ޢަބްދުﷲ ޖާބިރު ދަށު ކޯޓުގައި ހިންގުނު ޝަރީޢަތްތަކަށު ހާޟިރުކޮށްފައިނުވާކަމަށް ޢަލީ އުމަރުގެ ފަރާތުން ބަޔާންކޮށްފައިވާއިރު، މިމައްސަލައިގެ ދަށު ކޯޓުގެ ލިޔެކިޔުންތަކަށް ބަލާއިރު، ޢަބްދުﷲ ޖާބިރުގެ ފަރާތުން ދަށު ކޯޓަށް ޙާޟިރުވެފައިވަނީ ޒުހައިރު މުޙައްމަދު ކަން މައްސަލައިގެ ލިޔެކިޔުންތަކުން އެނގެއެވެ. އެފަރާތް ހާޟިރުކޮށްފައިވަނީ ޢަބްދުﷲ ޖާބިރުގެ ބަދަލުގައވެ. އަދި ޒުހައިރު މުޙައްމަދު ޝަރީޢަތަށް ދީފައިވާ ބަޔާންތައް މައްސަލައިގެ ފައިލްގައި ހިމެނިފައިވެއެވެ.
18ޕްރިސިޑެންސް 1އިސްތިއުނާފ ކުރު ފަރާތް ދަށުކޯޓުގެ ޝަރީޢަތަށް ޙާޟިރުކުރީ ބަންދުގައި ބަހައްޓައިގެން ކަމަށް ފާހަގަކޮށްފައިވެއެވެ. މިމައްސަލަ ދަށު ކޯޓުގައި ހިނގަމުންދިޔައިރު ޢަމަލުކުރަމުން ދިޔަ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު"ގެ 6 ވަނަ މާއްދާގައި، ޖިނާއީ މައްސަލަތައް ފިޔަވާ އެހެން މައްސަލައަކަށް ކޯޓަށް ހާޟިރުވުމަށް އެއްވެސް މީހަކަށް އަމުރު ފޮނުވުމުން އެއަމުރުގައި ނުހިފައިފިނަމަ ނުވަތަ އަމުރު ލިބި މަޤުބޫލު ޢުޛުރެއް ނެތި ޙާޟިރުނުވެއްޖެނަމަ، އެޤވާއިދުގަ 17 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވެއެވެ. މިގޮތުން ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަކީ އެންމެ މަސްލަޙަ ތ ރަނގަޅު ގޮތު ކަމަށް ކޯޓަށް ފެންނަ ޙލަތުގައާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމުގެ ބާރު ލިބިދީފައިވެއެވެ. މިގޮތުން ބަންދު އަމުރެއް ނެރުމުގައި، ކޯޓުން ރިޢާޔަތްކުރަންވީ ކަންތައްތަކުގެ ތެރޭގައި ކުރިން އަމުރު ފޮނުވި ޙާޟިރުވެފައިނުވުމާއި ފިލާފާނެ މީހެއް ކަމަށް ބެލެވޭ ހާލަތު މޤަވާއިދުގި 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވެއެވެ. 13 ނޮވެމްބަރު 2019، 24 ފެބްރުއަރީ 2020، 06 ސެޕްޓެމްބަރު 2020 ގައި މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ މަޙްޟަރު ބަޔާން
19އިސްތިއުނާފުކުރާ ފަރާތަށް މައްސަލައިގައި ލިޔެކިޔުންތައް ރައްދުކުރުމަށާއި ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމަށް ގިނަގުނަ މަސައްކަތް ކުރެވިފައިވާކަން މައްސަލައިގައި ހިމެނޭ ލިޔެކިޔުންތަކުން އެނގެއެވެ. އެގޮތުން، ސިވިލް ކޯޓު މެދުވެރިކޮށް، ތަފާތު އެކިފަހަރު މަތިން މަސައްކަތްކުރެވިފައިވ ކަނާ އެނގެއެވެ. އަދި ދަށު ކޯޓުގެ ދައުވާ ފޯމުގައި އިސްތިއުނާފު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ 15 14 އެޑުރެހުގައި ސެކިއުރިޓީ ލޮކް ހަރުކޮށްފައިވުމުންނާއި، ބޭރު ދޮރު ތަޅުލާފައިވުމުން، އެފަރާތަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވިފައިވާ ނުވާކަންވެސް މިލިޔުންތަކުނ އެނގިގެން ދެއެވެ. އަދި ކޯޓަށެ މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ޢަމަލުކޮށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކޮށްދިނުމަށް މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުން އެދުމުން، ދީފައިވާ އެޑްރެހުގައި ([…] ) ގައި ޙާޟިރުވުމުގެ އަމުރު ތަތް ކުރެވިފައިވާ ކަމަށް ސިވިލް ކޯޓުން މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް އަންގާފައިވާކަންވެސް މިލިޔުންތަކުން އެނގެއެވެ.
20ޕްރިސިޑެންސް 2ދަށު ކޯޓުން ޢަލީ އެމަރު ބަންދުގައި ބަހައްޓައިގެން ޝަރީޢަތަށް ޙާޟިރުކުރުމަށް ނެރެފައިވާ ނަންބަރު H1MC/2019/02 "ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު" ގައި ބަޔާންކޮށްފައިވަނީ، ޢަލީ އުމަރު އަކީ، ދަށު ކޯޓުގެ މައްސަލައަށް ޙާޟިރުވުމަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން އެއަމުރަށް ޙާޟިރު ވެފައިނުވާ މީހެއް ކަމުގައެވެ. އެހެން ނަމަވެސް މައްސަލައިގައި އެއްވެސް ހިސާބަކުން ޢަލީ އުމަރަށް ޙާޟިރުވުމުގެ އަމުރު ރައްދުވެފައިވާކަން އެނގެން ނެތެވެ. ދަށު ކޯޓުގެ މައްސަލައިގެ ލިޔެކިޔުންތަކަށް ބެލުމުނަ ކޯޓަށް ޙާޟިރުވުމުގެ އަމުރު ތަތްކުރެވިފައިވާ އެޑްރަހަކީ "މ.ހާދޫ" ކަމަށް ބެލެވޭއިރު، ޢަލީ އުމަރު ދިރިއުޅެމުންގޮސްފައިވަނީ […] ގައި ކަން ލިޔެކިޔުންތަކަށް ސިވިލް ކޯޓުގެ ނަންބަރު 624/IS/2019 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" (02 އޭޕްރީލް 2019) ސިވިލް ކޯޓުގެ ނަންބަރު 747/IS/2019 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" (22 އޭޕްރީލް 2019) އަދި 8IS/2019/74 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" (22 އޭޕްރީލް 2019) މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A/2019/38-H1C-EF ( 09 މެއި 2019) ފެކްސް މެސެޖް ސިވިލް ކޯޓުގެ ނަންބަރު 1970/IS/2019-144/ (23 ޖޫން 2019) "އިއުލާން" މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު "ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމު" އާއި 9 މާރިޗް 2020 ގއ ޢަލީ އުމަރު ގެ ފަރާތުން މާލެއަތޮޅު ކާށިދޫ ކޯޓަށް އެޑްރެސްކޮށްފައިވާ ސިޓީ ބެލުމުން އެނގެއެވެ. އެހެންކަމުން، މިމައްސަލައިގައި ޢަލީ އުމަރު ބަންދުކޮށްގެން ކޯޓަށް ޙާޟރުކުރުމަށި ނިންމާފައިވަނީ އެންމެ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
21ޕްރިސިޑެންސް 3އެހެންނަމަވެސް، ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމުގެ ސަބަބުން ދަށު ކޯޓުގެ ނިންމނު ބާޠިލްކުރަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ވެސް ނުފެންނާތީ ދަށު ކޯޓުން ޢަމަލުކޮށްފައިވާ މިއިޖުރާއަތުގެ ސަބަބުން އެކޯޓުގެ ނިންމުން ބާޠިލްކުރެވިދާނެކަމުގައި ނުދެކެމެވެ.
22ޕްރިސިޑެންސް 5މިއިސްތިއުނާފުގައި ކޮންޓްރެޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއަށް ޙަވާލާދީ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓުގެ ބައިވެރިން އެނޫންގޮތަކަށް އެއްބަސްވެފައި ނުވާނަމަ ޢަމަލުކުރަންވާނީ އެކަށީގެންވާ އަވަސް މުއްދަތުގެ ތެރޭގައި ކަމަށް އެމާއްދާގައި ބަޔާންކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މުޢާމަލާތް ފުރިހަމަވެފައިނުވާކަމަށެވެ.
23މައްސަލައިގައ ހިމެނި ލިޔެކިޔުންތަކަށް ބަލާއިރު، އެއްބަސްވުމުގައި ސޮއިކުރެވުނުއިރު (01 ފެބްރުއަރީ 2014) ވެސް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާކަމަށް ބަޔާންކޮށްފައިވާއިރު، މިކަމާމެދު އިސްތިއުނާފު ކުރާ ފަރާތުން އިންކާރެއް ނުކުރެއެވެ. ތަން (ގޯތި) އަމިއްލަ ކުރުމަށް ދައްކަންޖެހޭ ފައިސާވެސް ދައްކާފައިވާކަމ މެދާ އިންކާރެއް ނެތްކަން 13 ނޮވެމްބަރ 2019 ގައި ޢަލީ އުމަރުގެ ފަރާތުން މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގެއެވެ. ބިމުގެ އަގުގެ ބާކީ ފައިސާ ދިނުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލާޒިމުވެފައިވަނީ، ގޯތީގެ ރަޖިސްޓްރީ ބަދަލުވުމް ނ ކަން އެއްބަސްވުމުގު 3 ވަނަ މާއްދާއިން އެނގެއެވެ. އެހެންކަމުން، ކޮންޓްރެކްޓްގައިވާ ކޮން ޝަރުޠަކާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެގެން އެކަމަށް މިކޯޓުގެ 7 ޖޫން 2023 މަޙްޟަރު ބަޔާން ޤާނޫނު ނަންބަރު 4/91 ޝަރީޢަތުން ރިއާޔަތްނުކޮށްގެން ކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން އުފައްދާފައިވާ ބަހުޘް ސާފެއް ނޫނެވެ.
24މިމައްސަލައިގައި މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 3 ފަހަރެއްގެ މަތިން ދީފައިވާ ބަޔާނުގައިވެސް ޢަލީ އުމަރުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދައުވާއަކީ ތެދު ދައުވާއެއް ކަމަށާއި، މިވަގުތު ގޯތި ވިއްކެން ނެތުމުންނާއި ފައިސާގެ ކަންތައް މިހާތަނަށް އައިއިރުވެސް ނިމިފައިނުވާތީ އެއްބަސްވުން ބާޠިލްކުރަން ބޭނުންވާކަމަށެވެ.
25ދަށު ކޯޓުގު ރިޕޯޓަށް ބަލާއިރު ދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް އޮތް ކަމާއި، އެއްބަސްވުން އެހެން ގޮތަކަށް ބަދަލުވާނެ ފަދަ އެހެން ދަލީލެއް ނެތް ކަމަށާއި، އެއްބަސްވުން ބާޠިލްކުރެވޭނެ ފަދަ ޚިލާފެއް ސާބިތުކޮށްދެވިފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ކަންތައްތަކަށް ރިޢޔަތްނުކުރުނާ
26މިމުޢާމަލާތް ހިނގާފައިވާ ގޮތް ބަޔާންކޮށް މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ސިޓީތަކެއް ފޮނުވާފައިވާކަމަށާއި، ޝަރީޢަތުން އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށާ ޢަލީ އުމަރުގެ ފަރާތުން މިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ފާހަގަކުރެއެވެ. މިމައްސަލައާ ގުޅިގެން ޢަލީ އުމަރުގެ ފަރާތުން ގިނަ ގުނަ ސިޓީތަކެއް މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވެއެވެ. އެގޮތުން 09 މާރިޗް 2020 ގެ ތާރިޚުގައި 09 ސިޓއެއީ ލިޔެފައިވާކަމަށް ބެލެވޭއިރު، ތާރީޚް ނޭނގޭ ގިނަ ސިޓީތަކެއް ވެސް ހުށަހަޅާފައިވެއެވެ. މިސިޓީތަކުގައި ގިނަ ވާހަކަތަކެއް ބަޔާންކުރެވިފައިވާއިރު، ދެފަރާތުގެ ދެމެދުގައި ވާހަކަ ދެކެވުނީ ދެގޯއްޗެއް ގަނެވިއްކުމަށްކަމަށާއި، އެއް ގޯތީގެ މުޢާމަލާތް ނިމުމަށް ފަހު އަނެއް ގޯތީގެ މުޢާމަލާތް ކުރިއަށް ދާގޮތަށް މަޝްވަރާކުރެވުނުކަން ދަންނާނެ މހުންތަކެއީ ނަމާއެކު ބަޔާންކޮށްފައިވެއެވެ. އަދި، ކޯޓުން މީހަކު ނުފެނިގެނނާއް ޢަބްދުﷲ ޖާބިރުގެ ފަރާތުން މީހަކު ނުފެނިގެން ވިއްކުމުގެ މުޢާމަލާތް ދަށު ކޯޓުގެ ރިޕޯޓުގެ 6 އަދި 7 ވަނަ ޕެރެގްރާފް ލަސްވީ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، އެއްބަސްވުމާއެކު، ގޯތި ބެލެހެއްޓުމުގެ މަސައްކަތއާ މުސާރަވެރިއެއްގެ ގޮތުގައި ޙަ ވާލުވިކަމަށާއި މުވައްޒަފުން ގެންގުޅުނު ކަމަށާއި އެމުވައްޒަފުންނާއި މުސާރަ ލިބެންޖެހޭ ކަމަށާއި ތަނަށް ގެއްލުން ވެފައިވާކަން ފާހަގަކޮށްފައިވެއެވެ. މިސިޓީތަކަށް ބަލާއިރު، ޢަލީ އުމަރުގެ މައިގަނޑު ޝަކުވާއަކީ ވިއްކުމަށް އެއްބަސްވީ ދެގޯތި -400,000/ރ. (ހަތަރު ލައްކަ) ރުފިޔާގެ އަގަށްކަމެވެ. ނަމަވެސް، ދެފަރާތުގެ ދެމެދުގައި ލިޔުމުން އޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ -200,000/ރ. (ދެލައްކަ) ރުފިޔާގެ އަގަށް އެއް ގޯތި ގަނެވިއްކުމަށް އެއްބަސްވާކަމަށެވެ. ޢަލީ އުމަރުގެ ވާހަކައިންވެސް ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވުނީ ފުރަތަމަ 1 (އެއް) ގޯތީގެ މުއާމަލާތް ނިމުމުން 2 (ދެވަނަ) ގޯތީގެ މުއާމަލާތް ކުރާ ގޮތަށް ކަން އެނގެއެވެ.
27ޕްރިސިޑެންސް 6ޤާނޫނީ ވަކީލެއްގެ އެހީތެރިކަމެއް ނެތި ހުށަހަޅާފައިވާ ކަމަށް ބެލެވޭ މިސިޓީތަކާ ގުޅިގެން ޢަލީ އުމަރގު ފަރާތުން މިކޯޓުގައި އުފައްދަން އުޅޭ ބަހުޘަކީ ކޮބައިކަން އިނގޭކަށް ނެތެވެ. މިމައްސަލަ ދަށު ކޯޓުގައި ހިނގިއިރު ޢަލީ އުމަރުގެ ފަރާތުން ޤާނޫނީ ވަކީލެއް 14 ސެޕްޓެމްބަރު 2020 ގައި ޢައްޔަންކުރެވިފައިވާއިރު، މައްސަލައިގެ ޙުމުކް އިއްވި މަޖިލީހުގައި މިވަކީލު ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް، ޢަލީ އުމަރުގެ ފަރާތުން އުފައްދަން ޤަސްދު ކުރާ ބަހުޘު ސާފުވާގޮތަށް ދަށު ކޯޓުގައި ހުށަހަޅާފައިވާކަން އެނގެން ނެތް އިރު، މިއިސްތިއުނާފުގައި ވެސް އެބަހުޘަކީ ކޮބައިކަން އަދި އެކަމަށް ރިޢާޔަތްކުރުމުން އަންނާނެ ނަތީޖާއެއް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައިވާކަމުގައި ނުދެކެމެވެ. ވަކިން ޚާއްސަކޮށް މިސިޓީތަކުގައި ބަޔާންކޮށްފައިހުރި ކަންކަމުގެ ތެރެއިން ޙާޟރުކުރަނި ޖެހެނީ ކޮން ކޮން ހެކިންތަކެއ ކޮންކަމެއް ސާބިތުކުރުމަށްކަމާއި އެކަމުގެ ނަތީޖާ ބަޔާންކޮށްދީފައިނުވެއެވެ. ދަފްތަރު ނަންބަރު ރސ13410 މުޙައްމަދު ރާޣިބު އަޙްމަދުގެ ފަރާތުން މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް 14 ސެޕްޓެމްބަރު 2020 ގައި ހުށަހެޅި ފޯމް.
28އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ 07/H1C/2019 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް އަހުރެންނަށް ފެނެއެވެ.
29ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
30ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
31މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދުގެ 6، 10، 17 (ށ)، 28، 29 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ފައިސަލް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ސީ.އެލް.އޭ ޕާރޓްނާރސް އެލް.އެލް.ޕީ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް