ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/69
އަޙްމަދު ޙަމީދު ވ. ޒައިނަބު ޙުސައިން، 2019/HC-A/69
Ahmed Hameed v. Zainabu Hussain 2019/HC-A/69 (2019/HC-A/69, High Court of the Maldives, 6 July 2021)
އަޙްމަދު ޙަމީދު ވ. ޒައިނަބު ޙުސައިން
މައިގަނޑު ސުވާލު
ދަޢުވާ ލިބޭ ފަރާތަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުނުކޮށް، ޢާންމު އިޢުލާނެއްވެސް ނުކޮށް، އެ ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ކުރި ޙުކުމަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތް ޙުކުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބަދަލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ކޮންމެ މީހަކަށް އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި، ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި ހާމަކަމާއެކު ކަމަށް ކޯޓުން ފާހަގަކުރެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން، ޖިނާއީ ނޫން މައްސަލައެއްގައި ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ޙުކުމްކުރެވޭނީ، (1) ކޯޓަށް ޙާޟިރުވުމުގެ އަމުރު އެ ފަރާތަށް ރައްދުވުމަށްފަހު މަޤުބޫލު ޢުޛުރެއް ނެތި ޙާޟިރުނުވެއްޖެނަމަ، ނުވަތަ (2) އެ ފަރާތް އެޑްރެހުގައި ނެތި ވީތަނެއް ނޭނގޭނަމަ، ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް ރޭޑިއޯ، ޓީވީ ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތަކުން އިޢުލާންކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުނުވެއްޖެނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9–10)
- ދަޢުވާ ލިބޭ ފަރާތަށް (އަދި އެ ފަރާތުގެ ބަދަލުގައި ޙާޟިރުވުމަށް ހަމަޖައްސާފައިވާ ފަރާތަށް) ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުނުކުރެވި، ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް ޢާންމު އިޢުލާނެއްވެސް ނުކޮށް ކުރާ ޙުކުމަކީ އެ ޤަވާއިދުގެ 28 ވަނަ މާއްދާއާ ޚިލާފު ޙުކުމެއް ކަމުން އެ ޙުކުމަށް ބަދަލު ގެންނަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12–13، 15)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ […] އަޙްމަދު ޙަމީދު (އައިޑީ ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] ވެލި ޒައިނަބް ޙުސައިން (އައިޑީ އެވެ.
3އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، […] / މާލެ، ޒައިނަބް ޙުސައިންއާއި […] / މާލެ، އަޙްމަދު ޙަމީދު އާއި ދެމެދު 2015 ޑިސެމްބަރު 06 ވަނަ ދުވަހު […] ސީޒަނ ގްރައުންޑް ފްލޯރ ގައި ހަދާފައިހުރި 01 (އެކެއް) ކޮޓަރީގެ އެޕާރޓްމަންޓް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި ސޮއިކޮށް 07 (ހަތެއް) އަހަރާއި 02 (ދޭއް) މަސްދުވަހުގެ ކުލީގެ ގޮތުގައވި -/000،250ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) އެއްބަސްވުމުގައި ސޮއިކުރި ހިނދު ދަޢުވާލިބޭ ފަރާތުން ނަގައި، އެޕާޓްމަންޓު ޙަވާލުކުރުމަށްފަހު އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން އެތަން ކުއްޔަށް ދިނުމާއެކު އެތަނަށް ވަން މީހނު ނަށް އެޕާޓްމަންޓުގެ އެކި ތަންތަނުން ފެން ފައިބާތީ ނޫޅެވިގެނ ވަގުތުން ތަން ހުސްކުރަން ޖެހުމުން ދަޢުވާލިބޭ ފަރާތށަ އެކަން ރަނގަޅު ކުރަން އެންގަ މުން "ތިހެންވިއްޔާ ތަޅުދަނޑި ޙު ވާލުކޮށްލާށޭ އޭރުން ފައު ސާކޮޅ ލިބޭނޭ" މިހެން ބުނެ ތަޅި ދަނޑި ޙަވާލުކުރުމަށް ފަހުވެސް މ އަދާއި ހަމައަށް އެފައިސާ ދީފައިނުވާތީ އ ފައިސާ ދިނުމަށާއްއެކަމާއ ގުޅިގެނި ދަޢުވާކުރަނުޖެހުމުނ ޤާނޫން ވަކީލަށް ދޭންޖެހުނ -/30،000ރ. (ތިރީސްހާސް ރުފިޔާ) އެކީ އެއްފަހަރާ ދިނުމަށް ދަޢވާލިބު އަޙްމަދު ޙަމީދުގެ މައްޗަށް އަންގައި އަމުރުކޮށްދިނުން އެދް ޒައިނަބް ޙުސައިންގެ ފަރާތުން ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެކެވެ.
4އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، " ދެންފަހެ، ބުނެވިދިޔަ ކަންކް ނައެގޮތުގައި ހުރުމާއެކު، […] / މާލެ، ޒައިނަބ ޙުސައިން އާއި […] / މާލެ، އަޙްމަދު ޙަމީދުއ ދެމެދާ 2015 ޑިސެމްބަރު 06 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކާފައިވާ -/250،000ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) އަކީ އަޙްމަދު ޙަމީދުގެ ފަރާތުން ޒައިނަބ ޙުސައިންއަށް ދައްކަންޖެހި ނުދައްކާ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ ޒައިނަބ ޙުސައިންއަށް ލިބި ދިނުމުގެ ގޮތުންމިއަދ 2018 އޮކްޓބަރޯ 30 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަސް ތެރޭގައި -/000،250ރ. (ދެލައްކަ ފަންސާސްހާސް ރުފިޔާ) ސިވިލް ކޯޓަށް ދައްކާ މި ދަރަނި ޚަލާޞްކުރުމަށް […] / މާލެ، އަޙްމަދު ޙަމީދުއަށް އަންގައި، އަޙްމަދު ޙަމީދުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާ ދަށު ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ދަޢުވާއަށް އިސްތިއުނާފު ކުރާ ފަރާތުން އިންކާރު ކުރީކަމަށް ބަލައިގެންކަމަށް ޙުކުމުގައި ބަޔާންކޮށްފައިވީނަމަވެސް، މި ދަޢުވާ ސިވިލް ކޯޓުން ސާބިތކުރައްވާފައިވަނު ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބިނާވެގެން ކަމުގައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6އިސްތިއުނާފުކުރާ އަޙްމަދު ޙަމީދުގެ ޣައިރު ޙާޟިރުގައި މައްސަލާގައި ޙުކުމް ކުރައްވާފައިވަނީ "ޝަރީޢަތަށް މީހުން ޙާޟިރުކުރުމާއި ބެހޭ ޤަވާއިދު" ގެ އިޖުރާއަތުތައް ފުރިހަމަކުރުމަކާއި ނުލައި، ދިވެހި ޖުމހޫރިއްޔާގު ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ދުސްތޫރީ ޙައްޤުތައް ގެއްލޭ ގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ދެ ނުކުތާއެވެ. އެ ދެ ނުކުތާގެ ތެރެއިން 2 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ "ޝަރީޢަތަށް މީހުން ޙާޟިރުކުރުމާއު ބެހޭ ޤަވާއިދު" ގެ އިޖުރާއަތުތައް ފުރިހަމަކުރުމަކާއި ނުލައި، ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ދުސްތޫރީ ޙައްޤުތައް ގެއްލޭ ގޮތަށކަމެވެ.
8ޕްރިސިޑެންސް 1ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި "ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައް ޅުމުގައ ނުވަތި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދ މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." ބަޔާންކޮށްފައވާކަމާއ އަދި އެ މާއްދާގި (ށ) ގައި "ދިވެހިރާއްޖޭގައި ހިންގާ އެނަމެހައި ޝަރީޢަތްތަށް ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަ ކަމާއެކުގައެވ". ބަޔާންކޮށްފައިވެއެވެ.
9ޕްރިސިޑެންސް 2ކޯޓަށް މީހުން ޙާޟިރުކުމުގއި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދާގައި، "ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢި ޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާ ލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައަ ނެތި، އެމީހާ ވީތަނެއް ނޭނގޭނަމް ޣައިރް ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯ އިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާނު ކުރުމަށްފަހު އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ،ކޯޓަށް ޙާޟިރުވުމަށް އެނގުނީ ކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށ ރިޢާޔަތްކޮށް، އ މީހާގް ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ." ބަޔާންކޮށްފައިވެއެވެ .
10ބަޔާނާ ވްދިޔަ، ކޯޓަށް މީހުން ޙާޟިރުކުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދއަށާ ބެލުމުން އެނގެނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި (ޖިނާއީ މައްސަލތައަ ފިޔަވައި) ދަޢުވާ ރައްދުވާ ފަރާތް ކޯޓަށް ޙާޟިރުވުމަށް އަންގާ ފޮނުވާ ކޯޓަށް ޙާޟިރުވުމުގެ އަމުރު އެ ފަރާތަށް ރައްދުވެފައި ނުވާނަމަ، އެ ފަރާ ތ އްގި ޣައިރްޙާޟިރުގައީމައްސަލައެއް ހިންގާ ޙުކުމކުރެވޭނ، އެ ފަރާތެއްގެ ޣައިރު ޙާޟިރުގައި އެ މައްސަލައެއް ހިންގާ ޙުކުމް ކުރެވޭނެކަން އެނގޭގޮތަށް އެ ފަރާތެއް ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާންކުރުމަށްފަހު، އެ އިޢުލާނުގައި އެފަރާތް ކޯޓށަ ޙާޟިރުވުމަށް އަންގާފައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުވެފައި ނުވާނަމައެވެ.
11އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާ ގޮތަށް ބަލާއިރު،
11.1. އެ ޤަޟިއްޔާ ގެ ޝަރީޢަތެއް ބޭއްވުމަށްޓަކައި ގައި ސިވިލް ކޯޓުގެ ނަންބަރު: CR3/2017/2960-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ޙަވާލުކުރަން މަސައްކަތްކުރެވިފައިވެއެވެ. ނަމަވެސް އެ އަމުރު އިސްތިއުނާފުކުރާ ފަރާތަށް ޙަވާލުކުރެވިފައި ނުވާކަން އެނގެއެވެ. ބަޔާންވެދިޔަ އަމުރު އަޙްމަދު ޙަމީދު އުޅޭތަނެއް ނޭނގުމުގެ ސަބަބުން ޙަވާލު ކުރެވިފައިނުވެއެވެ. އެ މައްސަލއަ ގ ޝަރީޢަތެއް 26 އޮކްޓޯބަރު 2017 ގައި ބޭއްވުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުގެ އައި.ޑީ.ކާޑު ގައިވާ އެޑްރެހުގައި ސިވިލް ކޯޓުގެ ނަންބަރު: CR3/2017/4321-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ތަތްކުރެވިފައިވެއެވެ. ނަމަވެސް އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް އިސްތިއުނާފ ކުރު ފަރާތުން ޙާޟިރުވެފައި ނުވެއެވެ.
11.2. އޭގެ ފަހުން 26 ނޮވެންބަރު 2017 ގައި ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި CR3/2017/4883-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" އާއި އަޙްމަދު ޙަމީދުގެ ފަރާތުން ޙަވާލުވެފައިވެއެވެ. އެ ދުވަހުގެ ޝަރީޢަތުގެ މަޖިލީހަށް އަޙްމަދު ޙަމީދުގެ ފަރާތުން ޙާޟިރުވުމުން ދަޢު ވާގެ ޖަވާބު ހުށަހެޅުމުގެ ފުރުޞަތު ދީފައިވާކަން އެ ޤަޟިއްޔާގެ ރެކޯޑު ޝީޓަށް ބެލުމުން އެނގެއެވެ.
11.3. ސިވިލް ކޓުގޯ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހެއް 2017 ނޮވެންބަރު 28 ވަނަ ދުވަހު ބޭއްވުމަށްޓަކައި އަޙްމަދު ޙަމީދަށް CR3/2017/4984-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުކުރެވިފައިވާކަން އެނގެއެވެ. އެ އަމުރު ފޮނުވާފައިވަނ 26 ނޮވެންބަރު 2017 ގ އެވެ. އެ އަމުރު ލިބުމާއި ގުޅިގެން އަޙްމަދު ޙަމީދުގެ ފަރާތުން 27 ނޮވެންބަރު 2017 ގައި ބަދަލުގައި ކޯޓަށް ޙާޟިރުވާނެ ފަރާތެއްގެ ގޮތުގައި ގއ.ގެމަނަފުށީ/ އޯކިޑުމާގެ، އާދަމް ޒާލިފް ހަމަޖައްސާ 28 ނޮވެންބަރު 2017 ގައި ސިވިލް ކޯޓަށް ބަދަލު ހަމަޖެއްސި ކަމުގެ ފޯމު ހުށަހަޅާފައިވެއެވެ. އެދުވަހުގެ 09:08 ގައި އަޙްމަދު ޙަމީދުގެ ބަދަލު ހަމަޖައްސާފައިވާ އާދަމް ޒާލިފް ސިވިލް ކޯޓަށް ސިޓއަކުނީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުޞތަކަށަ އެދިފައވާކަނި އެ މައްސަލައާއެކު ހުށަހެޅުނު ލިޔުންތަކުން އެނގެން އޮވެއެވެ. ނަމަވެސް އެ މައްސަލައިގެ ރެކޯޑު ޝީޓުން އެނގޭ ގޮތުގައި ޖވާބުދާރީވުމަށަ އިތުރު ފުރުޞަތު ނުދިނުމަށް ނިންމާފައިވާކަން އެނގެއެވެ. އަދި އެފަރާތަށް އެކަން އެންގިކަމުގެ އެއްވެސް ލިޔުމެއް މައްސަލައިގެ ރިޕޯޓުގައި ހިމެނިފައި ނުވެއެވެ.
11.4. ސިވިލް ކޯޓުގެ ނަންބަރު C/2017-v2158/C ޤަޟިއްޔާގެ ޝަރީޢަތެއް ޝެޑިއުލް ކުރެވިފައިވަނީ 2018 ޖަނަވަރީ 07 ވަނަ ދުވަހަށެވެ. އެދުވަހު އަޙްމަދު ޙަމީދުގެ ބަދަލުގެ ގޮތުގައި ހަމަޖައްސާފައިވާ އާދަމް ޒާލިފަށ ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވާފައި ނުވެއެވެ. އެދުވަހަށ އަޙްމަދް ޙަމީދަށް ސިވިލް ކޯޓުގެ ނަންބަރު CR3/2017/5480-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުކުރެވިފައި ނުވާކަން އެނގެއެވެ. އެ އަމުރުގަ ލިޔެފައިވަނީ މި ގޭގައި އުޅެނީ ހުސް ބިދޭސީންކަމަށާއ އަދި ފޯނު ނުނަގާ ކަމަށެވެ.
11.5. އޭގެ ފަހުން ސިވިލް ކޯޓުގެ ނަންބަރ 2158/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތެއް ޝެޑިއުލްކުރެވި ފައިވަނީ 2018 ފެބުރުވަރީ 01 ވަނަ ދުވަހުއެވެ. އެދުވަހު އަޙްމަދު ޙަމީދުގެ ބަދަލުގައި ހަމަޖައްސާފައިވާ އާދަމް ޒާލިފަށ ސިވިލް ކޯޓުގް ނަންބަރު 30/58CR3/201-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުކުރެވިފައިވެއެވެ.އެދުވަހުގެ ޝަރީޢަތް ކެންސަލްވެފައިވަނ މައްސަލީ ބައްލަވާ ޤާޟީ ސަލާމުގައި ހުނނެވުމުންކަން އެ މައްސަލައިގެ ރެކޯޑު ޝީޓަށް ބެލުމުން އެނގެއެވެ.
11.6. އޭގެ ފަހުން އެ މައްސަލަ ޝެޑިއުލްކުރެވިފައިވަނީ 2018 ފެބުރުވަރީ 26 ވަނަ ދުވަހަށެވެ. ސިވިލް ކޯޓު ގެ ނަންބަރު CR3/2018/894-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" އާދަމް ޒާލިފަށް ރައްދުކުރެވިފައި ނުވެއެވެ. އެ އަމުރު ރައްދުކުރެވިފައި ނުވަނީ އާދަމް ޒާލިފް ޖަލުގައި ހުންނެވުމުން ކަމަށް އެ ޗިޓުގައި ލިޔެފައިވެއެވެ. އޭގެ ފަހުން އާދަމް ޒާލިފަށް ކޯޓަށް ޙާޟިރުވުމުގެ އަމުރެއް ފޮނުވާފައިވާކަން އެނގެން ނެތެވެ. އަދި ބަދަލު ކެންސަލްކޮށްފައިވާކަން ވެސް އެނގެން ނެތެވެ.
11.7. ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހެއް ބޭއްވުމަށްޓަކައެ 2018 މާރިޗު 21 ވަނަ ދުވަހަށް މައްސަލަ ޝެޑިއުލް ކުރެވިފައިވެއެވެ. އެ ކޯޓުގެ ނަންބަރު CR3/2018/894-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" އަޙްމަދު ޙަމީދަށް ޙަވާލުކުރެވިފައި ނުވާކަން އެނގެއެވެ. އެ އަމުރު ޙަވާލުނުކުރެވުނު ސަބަބެއްކަމަށް ލިޔެފައިވަނީ މިގޭގައި އުޅެނީ ހުސް ބޭރު މީހުންކަމާއި، އެ މީހުންނަށް މީނައްއ ބެހި އެއްވެސް މަޢުލޫމާތެއް ނޭނގޭ އަދި މި ނަންބަރަށް ގުޅުމުން ފޯނު ނުނަގާ ކަމުގައެވެ.
11.8. އޭގެ ފަހުން އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހެއް ބޭއްވުމަށްޓަކައި 2018 މާރިޗު 21 ވަނަ ދުވަހު، ސިވިލް ކޯޓގު ނަންބަރު CR3/2018/2500-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" އެގޭ ދޮރުގައި ތަތްކޮށްފައިވެއެވެ. އެ އަމުރު އަޙްމަދު ޙަމީދަށް ފެނުނުކަމެއް އެނގެން ނެތެވެ. އަދި ސިވިލް ކޯޓަށް ޙާޟިރުވެފައި ވެސް ނުވެއެވެ.
11.9. އޭގެ ފަހުން އެ ޤަޟިއްޔާގެ ޝަރީޢަތެއް ބޭއްވުމަށްޓަކައި 2018 އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ޝެޑިއުލް ކުރެވުނެވެ. އަޙްމަދު ޙަމީދުގެ ދާއިމީ އެޑްރެސް ކަމަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ […] ގޭގެ ދޮރުގައި ސިވިލް ކޯޓުގެ ނަންބަރު: CR3/2018/3030-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ތަތްކުރެވިފައި ވާކަން އެ ޤަޟިއްޔާގެ ރެކޯޑު ޝީޓުން އެނގެއެވެ.
11.10. އޭގެ ފަހުން 2018 ޖުލައި 08 ވަނަ ދުވަހަށް ތާވަލުކުރެވުނު އެ މައްސަލައިގެ އަޑުއެހުމަށް އަޙްމަދު ޙަމީދު ޙާޟިރުވުމަށް ފޮނުވުނު ސިވިލް ކޯޓުގެ ނަންބަރު: 3699/8CR3/201-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ޙވާލުކުރެވިފައަ ނުވެއެވެ. އެ ދުވަހުގެ ޝަރީޢަތުގައި ދަޢވާކުރު ފަރާތުން މައްސަލައިގެ ޚުލާޞާ ބަޔާން ހުށަހަޅާފައިވެއެވެ.
11.11. އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ޝެޑިއލު ކުރެވިފައިވަން 2018 ޖުލައި 24 ވަނަ ދުވަހުއެވެ. އެ ދުވަހަށް އަޙްމަދު ޙަމީދަށް "ކޯޓަށް ޙާޟިރުވުމުގެ އަމުރު " ފޮނުވާފައިވާކަން އެނގެން ނެތެވެ. އަދި މައްސަލައިގެ ޙުކުމްކުރުމަށްޓަކައި 30 އޮކްޓޯބަރު 2018 ގައި ބޭއްވުނު ޝަރީޢަތަށް ޙާޟިރުވުމަށް "ކޯޓަށް ޙާޟިރުވުމުގެ އަމުރު" އަޙުމަދު ޙަމީދަށް ފޮނުވާފައިވާކަން އެނގެން ނެތެވެ.
12ޕްރިސިޑެންސް 3ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އަޙްމަދު ޙަމީދުގެ ބަދަލުގައި ޙާޟިރުވާނެ ފަރާތެއްގެ ގޮތުގައި ގއ.ގެމަނަފުށި/ އޯކިޑުމާގެ، އާދަމް ޒާލިފް ޢައްޔަންކޮށްފައިވާކަން އެނގެއެވެ. އަދި މައްސަލާގައި އަޙްމަދު ޙަމީދުގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތަށް ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވިފައި ނުވާކަން އެނގެއެވެ. އޭގެފަހުން އަމުރުތައް ފޮނުވާފައިވަނީ އަޙްމަދު ޙަމީދަށެވެ. ނަމަވެސް އެއްވެސް އަމުރެއް އަޙްމަދު ޙަމީދަށް ރައްދުކުރެވިފައި ނުވާކަން އެނގެއެވެ. އަދި އަޙްމަދު ޙަމީދގު ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އާއްމުކޮށް އިޢުލާންކޮށްފައިވާކަން އެނގެން ނެތެވެ.
13ކޯޓަށް މީހުން ޙާޟިރުކުމުގަ އ ޢަމަލުކުރާނެ ގޮތުގެ ޤަވާއިދގު 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަޙްމަދު ޙަމީދުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އަޙްމަދު ޙަމީދު ސިވިލް ކޯޓުގެ ނަންބަރު CR3/2018/530-B3 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ހޯދުމަށް ރޭޑިއޯ އިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާން ކުރެވިފައިނުވާކަނ އެނގެން އޮތުމުން، އެ މައްސަލަ ނިންމާފައިވަނީ ކޯޓަށް މީހުން ޙާޟިރުކުމުގާއ ޢަމަލުކުރެ ނ ގޮތުގެ ޤަވާއިދގު 28 ވަނަ މާއްދާއާއި އެއްގޮތަށް ނޫންކަމުގައި އަހުރެން ދެކެމެވެ.
14ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފކުރުމަށު 2 (ދޭއް) ނުކުތާ ހުށަހަޅައި، އެ ނުކުތާތަކާއި ބެހޭގޮތުން އިސްތިއުނާފު ކުރާ ފަރާތުންނާއި އިސްތިއުނާފު ރައްދވު ފަރާތުން ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް މި މައްސަލައިގެ ޙުކުމަށް ވާޞިލވުމުގައް ރިޢާޔަތްކޮށްފައިވަނީ އިސްތިއުނާފުކުރުމަށް ހުށަހެޅި 2 (ދޭއް) ވަނަ ނުކުތާގެ މައްޗަށް އެކަނިއެވެ.
15އެހެންކަމުން، ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ޙަމީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ހުށަހެޅުނު އެންމެހައި ލިޔެކިއުންތަކަށާއި، ދެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގެ ޙުކުމްކޮށްފައިވަނީ ކޯޓަށް މީހުން ޙާޟިރުކުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގޮ 28 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށްވާތީ ސިވިލް ކޯޓުގެ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް އަހުރެން ދެކެމެވެ. ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވި ދިޔަ ކަންކަން ބަޔާންކުރެވުނު ގޮތުގެމަތީން ހުރުމުން، ސިވިލް ކޯޓުގ ނަންބަރ 2158/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކ.މާލެ، އަޙްމަދު ޙަމީދގު ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާ ތަކާއި ގުޅިގެން ހުށަހެޅުނު އެންމެހައި ލިޔެކިއުންތަކަށާއި، ދފަރާތުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދާ
- ބެންޗު
- ޙުސައިން ޝަހީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް