ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/226
ޢަލީ ސިފާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2023/HC-A/226
Ali Sifaam v. Prosecutor General 2023/HC-A/226 (2023/HC-A/226, High Court of the Maldives, 29 July 2024)
ޢަލީ ސިފާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގެ (ށ) އަށް ދަށުކޯޓު ރުޖޫޢަވުމުން، އަދަބު ކަނޑައަޅަންޖެހޭނީ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ ދަށުންތޯ، ނުވަތަ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާ ތަޠުބީޤުކޮށް އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން 25 އަހަރުގެ ޖަލު އަދަބު ކަނޑައެޅުމުގައި ގޯހެއް ހެދިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) (ކުށުގެ ޢަމަލު) އާއި (ބ) (އެ ކުށުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން) ކިޔަންވާނީ ވަކިވަކިން ނޫން، އެއް ރޮއްޖަކުން ވިޔެވިފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ؛ ވަކިވަކިން ކިޔުމަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުގެ މަޤްޞަދާއި އޮނިގަނޑަށް ގޮންޖެހުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ޚާއްޞަ ޖިނާއީ ޤާނޫނެއްގައި "ބައިވެރިވުން" ވަކިން މާނަކޮށްފައި ނުވިޔަސް، މައި ކުށުގެ ޢަމަލާއި އެކީގައި ކިޔުމުން އޭގެ މާނަ ފަހުމްވާނެއެވެ؛ ބައިވެރިވުމުގެ އުންސުރުތައް ޢާންމު ޤާނޫނުން ސާބިތުކުރަން ޖެހޭ ކަމަށް ބެލުމަކީ ޚާއްޞަ ޤާނޫނުގެ މަޤްޞަދާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުން ބައިވެރިވުމުގެ ކުށް ސާބިތުވާންޖެހެނީ ގަސްތުގައި މީހަކު މެރުމުގެ ޢާންމު މާއްދީ އުންސުރުތަކާއެކު ތުހުމަތުކުރެވޭ މީހާ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވިކަމާއި، ހަމަލާ ދިނީ ތޫނު އެއްޗެއް ބޭނުންކޮށްގެންކަމާއި، ހަމަލާދިން މީހާއާއި ބައިވެރިވި މީހާގެ ނިޔަތަކީ މަރާލުމުގެ ގަސްދުކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގެ ދަށުން، ވަކި ޢިބާރާތެއްގެ މާނަ ދެނެގަތުމަށް އެހެން ޤާނޫނެއްގައި އެ ޢިބާރާތް ބޭނުންކޮށްފައިވާ ގޮތް މާނަކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަކީ ޤާނޫނީ ނިޒާމު ތަންދޭ ކަމެކެވެ؛ އެހެން ޤާނޫނެއްގެ މާއްދާއަކަށް މާނަކުރުމުގެ ވަސީލަތެއްގެ ގޮތުގައި ރުޖޫޢަވުމަކުން ކުށް ސާބިތުކުރެވެނީ އެ މާއްދާގެ ދަށުން ކަމަކަށް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-31)
- ކުށުގެ ރުކުންތައް ޚާއްޞަ ޤާނޫނާއި ޤާނޫނުލްޢުޤޫބާތު ދެ ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަވާނަމަވެސް އިސްކަންދޭންޖެހޭނީ ޚާއްޞަ ޤާނޫނަށެވެ؛ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާ އާއި 23 ވަނަ މާއްދާގެ ދަށުން، އެ ޤާނޫނުގެ ދަށުން ރުކުންތައް ފުރިހަމަވާ ކުށަކަށް އަދަބު ދެވޭނީ އެ ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-35)
- ޖިނާއީ ޢާންމު ޤާނޫނެއް އޮއްވާ ވަކި ޢަމަލެއް ޚާއްޞަ ޤާނޫނަކުން ތަޖްރީމްކުރަނީ އެ ޢަމަލުގެ ޙައްސާސްކަން އިތުރުވާތީ ކަމަށާއި، ޚާއްޞަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަން އެ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒުކުރުން ލާޒިމުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤުކޮށް، ބައިވެރިވުމުގެ ކުށަށް 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަދަބު ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-39)
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)، (ށ)، (ބ)، (ނ)، (ޅ)
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 23 ވަނަ މާއްދާ
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 30 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ސ) ގެ 2
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު)
- ސުޕްރީމް ކޯޓު: މުޙައްމަދު ނަޖާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (42 ވަނަ ނުކުތާ؛ ދަށުކޯޓުން ޙަވާލާދީފައިވާ)
- ސުޕްރީމް ކޯޓު: އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޝާހް
- ސުޕްރީމް ކޯޓު: މަފްޠޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
- ސުޕްރީމް ކޯޓު: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން
- 2017/SC-A/16
- 2021/SC-A/50
- 2021/SC-A/79
- 2021/SC-A/12 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ)
- 2021/SC-A/13 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސް ސަލާމް)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް