ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/381
ޢަލީ ޝަރީފް ވ. ޢާއިޝަތު ޒުނައިރާ، އަދި މުޙައްމަދު ޝަރީފު، 2019/HC-A/381
Ali Shareef v. Aishath Zunairaa، and Mohamed Shareef 2019/HC-A/381 (2019/HC-A/381, High Court of the Maldives, 17 November 2025)
ޢަލީ ޝަރީފް ވ. ޢާއިޝަތު ޒުނައިރާ، އަދި މުޙައްމަދު ޝަރީފު
މައިގަނޑު ސުވާލު
އެއްބަނޑު އެއްބަފާ ތިން މީހުން ގުޅިގެން ގަތް ކަމަށް ބުނާ ބޯޓެއް އެކަކުގެ ނަމުގައި ރަޖިސްޓްރީވެފައިވާއިރު، ރަޖިސްޓްރީއަކީ މިލްކުވެރިކަމުގެ ޤަޠުޢީ ހެއްކެއްތޯއާއި، ހެކި ވަޒަންކުރިގޮތް ބަޔާންނުކޮށް ދަޢުވާ ސާބިތުވާކަމަށް ނިންމުމާއި، ރަހުނު ލިބިގަތް ބޭންކުގެ ބަސް ނުހޯދައި ރަޖިސްޓްރީ ބާޠިލުކުރުމަކީ ޞައްޙަ ކަމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، ބޭންކުގެ ބަސް ހޯދައި ހެކި އަލުން ވަޒަންކޮށް ގޮތް ކަނޑައެޅުމަށް ދަށުކޯޓަށް ތަޙުވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- މުދަލެއްގެ ރަޖިސްޓްރީ ވަކި ފަރާތެއްގެ ނަމުގައި އޮތުމުން އެ ފަރާތަކީ މިލްކުވެރިޔާ ކަމަށް ޤާނޫނީ އިފްތިރާޟެއް އުފެދޭނަމަވެސް، އެއީ އެހެން ގޮތަކަށް އޮތްކަން ސާބިތުކޮށްދިނުމުގެ އިޙްތިމާލު އޮންނަ އިފްތިރާޟެކެވެ؛ ރަޖިސްޓްރީއަކީ މިލްކުވެރިކަމުގެ ޕްރިމާ ފޭޝީ ހެއްކެއް ކަމުގައި ވިޔަސް ހުރިހާ ޙާލަތެއްގައި ޤަޠުޢީ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33-34، 38)
- މުދަލެއް ގަތުމަށް ގިނަ ފަރާތްތަކުން ފައިސާ ހޭދަކޮށްފައިވާނަމަ ނުވަތަ މިލްކުވެރިކަން ހިއްސާކުރަން އެއްބަސްވެފައިވާނަމަ، ރަޖިސްޓްރީގައި ކޮންމެ ނަމެއް އޮތަސް އެއްބަސްވުމެއް ނުވަތަ ޓްރަސްޓެއް އޮތުމުގެ އިޙްތިމާލު ބެލެވިދާނެއެވެ؛ މިލްކުވެރިކަމާ ނުވަތަ އެއްބަސްވުމާ ޚިލާފުވުމާ ގުޅޭ ދަޢުވާތަކުގައި ހަމައެކަނި ރަޖިސްޓްރީއަށް ނޫން، މުޅި މުޢާމަލާތުގެ ޖައުހަރަށް ބަލަންޖެހޭނެއެވެ؛ މަކަރާއި ޙީލަތުގެ ވަސީލަތަކަށް ރަޖިސްޓްރީ ބޭނުންކުރުމުގެ ހުއްދަ ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36، 38-39)
- ޤާނޫނަކުން ލިޔުމުން އެއްބަސްވުން އޮތުން ލާޒިމުނުކުރާ ހިނދަކު، ޤާނޫނު ހުއްދަކުރާ އެހެން ގޮތަކަށް (އަނގަބަހުން) ވެވޭ އެއްބަސްވުންތަކަކީވެސް ތަންފީޒުކުރެވޭނެ އެއްބަސްވުންތަކެވެ؛ އެ ވާޤިޢާ ސާބިތުކުރުމަށް ޝަފަހީ އަދި ކިތާބީ ހެކި ބަލައިގަނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- ދަޢުވާ ސާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ. ދަޢުވާ ސާބިތުވާކަމަށް ނިންމާއިރު ދަށުކޯޓުން ހެކި ވަޒަންކުރި ގޮތް، ވަކިވަކި ހެކިތަކަށް ދިން ބުރަދަން، ހެކީގައިވާ ފުށުއެރުންތަކަށް ޢަމަލުކުރި ގޮތާއި މަދަނީ މިންގަނޑުން ދަޢުވާ ސާބިތުވާ ގޮތް ސަބަބާއެކު ބަޔާންނުކޮށްފިނަމަ، އެ ނިންމުން ދެމެހެއްޓޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45-46، 48-49)
- ތިންވަނަ ފަރާތެއްގެ ޙައްޤުތަކާއި މަޞްލަޙަތު އެކުލެވޭ މައްސަލައެއްގައި (މިސާލަކަށް ރަހުނު ލިބިގަތް ބޭންކު)، އެ ފަރާތަށް ނޯޓިސްދީ ބަސްބުނުމުގެ ފުރުޞަތު ނުދީ ރަހުނުކުރެވިފައިވާ މުދަލެއްގެ ރަޖިސްޓްރީ ބާޠިލުކުރުމަކީ ނެޗުރަލް ޖަސްޓިސްގެ އަސާސީ އުޞޫލުތަކާ ފުށުއަރާ، ދެމެހެއްޓެން ނެތް ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50-51)
1މިއީ، ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 28/O2C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ލ.ދަނބިދޫ/ ގުލްފާމުގެ، ޢަލީ ޝަރީފު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތު ތަކަކީ، ލ.ދަނބިދޫ/ ގުލްފާމުގެ، 3 2 ޢާއިޝަތު ޒުނައިރާ އަދި ލ.ދަނބިދޫ/ ގުލްފާމުގެ، މުޙައްމަދު ޝަރީފު އެވެ.
2މި މައްސަލައިގައި ކަންހިނގާފައިވާގޮތް ކަމަށް ބުނެ ދަށުކޯޓަށް ހުށހެޅަ ދަޢުވި ފޯމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.
1.2 ދ.ކުޑަހުވަދޫ/ ބީޗްހެވަން، އިބްރާހީމް ރަޝީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، "ނިޔާމަ" ބޯޓު ގަތުމަށް އިބްރާހީމް ރަޝީދުއާ ވާހަކަ ދައްކާފައިވަނީ ޢަލީ ޝަރީފްކަން އަދި ޢަލީ ޝަރީފް އެ ބޯޓުގެ ވާހަކަ ދެއްކުމަށްޓަކައި ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފްގެ ފަރާތުން ފޮނުވަންޖެހުނީ، ޢަލީ ޝަރީފް އެއިރު ވަޒީފާ އަދާކުރަމުން ދިޔައީ ދ.ކުޑަހުވަދޫ ޑޮމެސްޓިކ އެއަރޕޯޓް ހެދުމުގެ މަސއްކަތުގައަ އެރަށުގައި ކަމަށްވުމުންކަން.
2.2 "ނިޔާމަ" ބޯޓު ގަތުމުގެ މުޢާމަލާތް ހިންގުމަށްޓަކައި ވިއްކާފަރާތާއި ގަންނަ ފަރާތުގެ މެދުގައި ވާހަކަ ދައްކާ ނިމުމުން، ވިއްކާފަރާތުގެ އަތުން ބޯޓާއި ޙަވާލުވުމަށް ގަންނަ ފަރާތުން ދިޔައީ ޢާއިޝަތު ޒުނައިރާގެ ފިރިމީހާ މުޙައްމަދު ޢަބްދުﷲ، ހިލިހިލާގެ އާއި ބޯޓުގެ މިލްކުވެރި ކަމުގައި އެއްވަރަކަށް ހިއްސާވާ ދެފަރާތްކަމުގައވ މުޙައްމަދާ ޝަރީފު އާއް ޢަލީ ޝަރީފްކަނި. އައިޑީއައިޑީއައިޑީކާޑު ނަންބަރު […]
32 "ނިޔާމަ" ބޯޓު ގަނެ ބޯޓާއި ޙަވާލުވުމަށް ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފް އާއި ދެފަރާތުން ދިޔައީ ލ.ކަލައިދގައ ދުއްވި ލޯންޗެއް ލ.ދަނބިދޫ އަށް ގެނެސް އެ ލޯންޗުން ދ.ކުޑަހުވަދޫއަށް ގޮސްގެންކމާ އަދ އެ ލޯންޗު ކުއްޔަށް ހިފާފައިވަނީ ޢާއިޝަތު ޒުނައިރާ ނަގުދުފައިސާއިން -12000/ (ބާރަހަސް ރުފިޔާ) ދީ ގެންކަން.
42 ރަޖިސްޓްރީ ނަންބަރު M-8 04-P1564A "ނިޔާމަ" އެވެ ކިޔާ ލަކުޑިން ބަނދެފައިވާ ބޯޓު ގަނެފައިވަނީ -1500000/ (އެއްމިލިއަން ފަސްލައްކަ ރުފިޔާ) އަށްކަމާއި، ވިއްކާފަރާތަށް ފައިސާ އަދާކުރުމަށްޓަކައި ބޯޓު ރަހުނުކޮށްގެނ މުޢާމަލާތް ކުރިއަށް ގެންދިޔުމަށްޓަކައި، އެ ބޯޓުގެ ރަޖިސްޓްރީ ބޭންކއެ ގައް ރަހުނުކުރުމަށްފަހު، ލޯނެއް ލިބޭނީ އެކައުންޓުގައި -450000/ (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) ހުރުމުނކަން.
52 އެގޮތުން އެކަމަށް ބޭނުންވާ -450000/ (ހަތަރުލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) ހޯދާފައިވާނީ، ޢާއިޝަތު ޒުނައިރާ ބޯޓުގައި އެއްވަރަކަށް ހިއްސާވާ ގޮތަށް ކަމަށާއި، މިގޮތުން ޢާއިޝަތު ޒުނައިރާ މީހެއްގެ އަތުން ދަރަންޏަށް ނެގި -20000/ (ވިހިހާސް ރުފިޔާ) އާއި ޢާއިޝަތު ޒުނައިރާގެ ބައްޕަ ޢަބްދުﷲ ޤާސިމްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލ.ދަނބިދޫ ގުލްފާމުގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ރަހުނުކޮށްގެން -200000/ (ދެލައްކަ ރުފިޔާ) ނެގުމުގެ އިތުރުން ބޯޓުގައި އެއްވަރަކަށް ހިއްސާވާ އަނެއި ހިއްސާދާރު ކަމުގައިވާ ލ.ދަނބިދޫ ގުލްފާމުގެ މުޙައްމަދު ޝަރީފްގެ އަނބިމީހާ ލ.ދަނބިދޫ/ ހިޔާވަހި ޢާއިޝަތު ޒިމްނާގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލ.ދަނބިދޫ ހިޔާވަހި އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާވެސް ރަހުނުކޮށްގެން -200000/ (ދެލައްކަ ރުފިޔާ) ނެގުމަށްފަހު، އެކުޖުމްލަ -420000/ (ހަތަރުލައްކަ ވިހިހާސް ރުފިޔާ) ބޭންކް މެދުވެރިކޮށް އެ ބޯޓު ވިއްކި ފަރާތާއި ޙަވާލުކުރުމުގެ އިންތިޒާމް ހަމަޖެއްސީ ބޯޓުގެ އަނެއް ހިއްސާދާރު ޢަލީ ޝަރީފް މެދުވެރިކޮށްގެންކަން.
62 ބޯޓު ވިއްކި ފަރާތަށް ފައިސާ އަދާކުރުމަށްފަހު ބޯޓުން ލިބޭ މަންފާއަކުން ޢާއިޝަތު ޒުނައިރާ މީހެއްގެ އަތުން ދަރަންޏަށް ނަގާފައިވާ -20000/ (ވިހިހާސް ރުފިޔާ) އާއި ލ.ދަނބިދޫ ގުލްފާމުގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައި އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ރަހުނުކޮށްގެން ނަގާފައިވާ -200000/ (ދެލައްކަ ރުފިޔާ) ގެ ލޯނާއި ލ.ދަނބިދޫ/ ހިޔާވަހި އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ރަހުނުކޮށްގެން ނަގާފައިވާ -200000/ (ދެލައްކަ ރުފިޔާ) ގެ ލޯނު ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް މިބޯޓުގެ ޙިއްސާވާ ތިންފަރާތުގެ މެދުގައި މަޝްވަރާކުރެވުނު ގޮތަށް އަވަހަށް މާލެ ދަތުރުތައް ބޯޓުގައި ފެށުމަށްޓަކައި ދ.ކުޑަހުވަދޫ އިން ފުރައިގެން މާލެއަށް ދިޔުމަށްފަހު، މާލެއިން އަނބުރާ ރަށަށް އައީކަން.
72 "ނިޔާމަ" ބޯޓު ގަނެގެން ފުރަތަމަ މާލެއަށް ކުރި ދަތުރުގައިވެސް ބޯޓުގެ ތިން ހއްސާދާރުންގި މަޤްޞަދާއި އެއްގޮތަށް ތިން ހއްސާދިރުނ ވެސް ޢަމަލް ކުރަމުންދިޔައީ ލޯނުފައިސާ ވީ އެންމެ އަވަހަކަށް އަދާކޮށް ނިންމުމަށް ކަމުގައިވާތީ، ގިނަ މުވައްޒަފުން ބޯޓުގައި ގެންގުޅުމުގެ ބަދލުގައަ ބޯޓގު ފަޅުވެރިއެއްގެ ގޮތުގައި ޢާއިޝަތު ޒުނައިރާގެ ފަރާތުން ފިރިހެން ދަރިންކަމުގައިވާ، މ ސ ސުހައިލް އާއި ޙުސައިން ސާލިމް އަދި ބޯޓުގެ ކޭޝިއަރެއްގ ގޮތުގައެ އަނެއް ހިއްސާދާރު ކަމުގައިވާ މުޙައްމަދު ޝަރީފްއާ ތިންމީހުން ޢަމަލީ ގޮތުން މަސައްކަތްކޮށް ބޯޓުގައި ދަތުރުކޮށް ހަދާފައިވާކމާއަ ބޯޓުގެ ފައިސާ ބެލެހެއްޓުމާއި ކޭޝއަރު ކަމުގެ މަޤާމާއި މުޙައްމަދު ޝަރީފް ޙަވާލުވެފައިވަނީ ވެސް ޢާއިޝަތު ޒުނައިރާ އާއި ޢަ ލީ ޝަރީފް އާއި ދެމީހުންގެ ލަފަޔާއި އިރުޝާދާއެކު މަޝްވަރާގެ ރިވެތި އުޞޫލުގެ މަތިންކަން.
82 ފުރަތަމަ ދތުރުނ ލިބުން ފައިސާއިން ޚަރަދަ ކަނޑައި ބާކީވ ފައިސާއިން ބޯޓުގެ ޑެގު ފައބި ރުކޮށް ބޯޓުގެ އެހެނިހެން މަރާމާތު ކުރެވުނީވެސް ބޯޓުގެ ތިން ހިއްސާދާރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުކަން.
92 ބޯޓުގެ ދެވަނަ ދަތުރަށް މާލެ ދިޔުމުން، ބޯޓުގެ ފައިސާ ބެލެހެއްޓުން ކޭޝިއަރު ކަމގު މަޤާމުގައި ހުރި މުޙައްމަދު ޝަރީފް އެކަހެރިކޮށް، އެއިރު ބޯޓު ގެ ކެޕްޓަނަކަށް ހުރި ލ.ދަނބިދޫ/ ވެލަނބލު، އިބްރާހީމް ޝަރީފް ފައިސާއާ ހަވާލުވަމުން ދިޔަކަން.
102 "ނިޔާމަ" ބޯޓުގެ ދެވަނަ ދަތުރު ނިންމާ މާލެއިން ލ.ދަނބިދޫ އަށް ދިޔަފަހުން ބޯޓުގެ ކެޕްޓަނަކަށް ހުރި ލ.ދަނބިދޫ/ ވެލަނބުލި، އިބްރާހީމް ޝަރީފް ބޯޓު އޮޕަރޭޓްކުރުމުގެ އެންމެހާ ކަންކަމާއި ޙަވާލުވެ ގޮތް ނިންމާ، ބޯޓުގެ ކަންކަމަށް އިސްވީ ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފްއަށް އެނގުމަކާނުލައ އަދި އެ ދެމީހުންގެ އިޒުނަނެތ ހަމައެކަނި ޢަލީ ޝަރީފް އަންގައިގެން ކަމާއި ބޯޓުގެ ކެޕްޓަނަކަށް އައްޔަންކޮށްފައިވާ ލ.ދަނބިދޫ/ ވެލަނބުލި، އިބްރާހީމް ޝަރީފް އަކީ ޢަލީ ޝަރީފްގެ ޅިޔަނެއްކަމާއި، އިބްރާހީމް ޝަރީފް އަށް އެ ބާރު ލިބފައިވަނި ޢަލީ ޝަރީފް އެގޮތަށް ޢަމަލު ކުރުމަށް އޭނާއަށް އަންގާފައިވުމުނ ކަމަށް ބެލެވޭކަން.
112 ބޯޓު ގަނެގެން ބޯޓުގެ ރަޖިސްޓްރީ ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފް އާއި ޢަލީ ޝަރީފްއާ މި ތިން ފަރާތުގެ ނަމަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ޙަވާލުކޮށްފައިވާނީ ޢަލީ ޝަރީފްއާ ކަމާއި އެގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ ތިން ފަރާތުގެ ނަމުގައި ނޫންކަން މި ހާދިސާ ހިނގިއިރު ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފްއާ ދެމީހުންނަށް އެނގިފައިނުވާކަމާއި އެހެނީ، މިއީ އެއްބަނޑު އެއްބަފާ ތިން ބެއިންނަށްވުމާއ އެންމި ދޮށީ ބޭބެ އަކީ ޢަލީ ޝަރީފް ކަމަށްވެފައި، ޢަލީ ޝަރީފްއަށް ވަރަށް ބޮޑަށް އިތުބާރުކޮށްފައި ރަޖިސްޓްރީ ތިންފަރާތުގެ ނަމަށް ބަދަލުކުރާނެ ކަމަށް ކުރިން ބެލެވިފައި އޮތަސް ޢާއިޝަތު ޒުނައިރާއާއި މުޙައްމަދު ޝަރީފްގެ ނަމަށް ބަދަލު ކޮށްފައިނވުމަކު ޢަލީ ޝަރިފްގެ ނިޔަތް ރަނގަޅު ނޫންކަން ދަލާލަތު ކޮށްދަ އޮޅުވާލުމެއްކަން.
122 "ނިޔާމަ" ބޯޓު ދުއްވައިގެން ފުރަތަމަ ދަތުރު ފިޔަވައި ލިބޭ ހުރިހާ ފައިދާއާއި މަންފާ ޙާޞިލް ކުރަމުންދަނީ ޢަލީ ޝަރީފްކމާއަ ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފއް ދެމީހުންނަށް ބޯޓު ދުއްވައިގެން މިހާތަނަށް ވެސް އެއްވެސް އެއްޗެއް ލިބިފައިނުވާކަން.
132 ރަހުނު ކުރެވިފައިވާ ލ.ދަނބިދޫ/ ގުލްފާމުގެ އެވެ ކިޔާ ގޯއްޗާއި ލޯ .ދަނބިދޫ/ ހިޔާވަހި އެވެ ކިޔާ ގޯތީގެ ލޯނަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ނުދައްކާކމާއަ އަދި މި ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ބޯޓުން ލިބޭ ފައިދާއަކުނ ދައްކަމުން ނުދާނަމަ ރަހުނު ވިއްކާލުމުގެ ބިރު އެބައޮތްކަން.
142 ޢާއިޝަތު ޒުނައިރާގެ ފިރިހެން ދަރިފުޅު ލ.ދަނބިދޫ/ ގުލްފާމުގެ، ޢަލީ ނިޔާޒް، ލޯނގު ބައިވެރިއެއްގެ ގޮތުގައި ހިމަނއަ ލޯނު ނަގާފައިވަނީ ވެސް ޢާއިޝަތު ޒުނައިރާގެ ހިއްސާ މި ބޯޓގު އ ހިމެނަ އަނެއް ދެބައިވެރިނ ފަދައިން އެއްވަރަކަށް އޮތުމުންކަން.
152 ލ.ދަނބިދޫ/ ހިޔާވަހި، ޢާއިޝަތު ޒިމްނާގެ ނަމުގައި ރަޖިސްޓްރިވެފައިވާ ލ.ދަނބިދޫ/ ހިޔާވަހި އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްއިން ލޯނު ނަގާފައިވަނީ ޢާއިޝަތު ޒިމްނާގެ ފިރިމީހާ ލ.ދަނބިދޫ/ ހިޔާވަހި މުޙައްމަދު ޝަރީފްގެ ހިއްސާ މި ބޯޓުގައި ހިމެނޭ އަނެއް ދހިއްސާދާރުންނާއެ އެއްވަރަށް އޮތުމުންކަން.
162 ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފްއާ ދެމީހުންގެ ފަރާތުން އެއްވެސް އިރެއްގައި މި ބޯޓުގެ މިލްކުވެރިކަން ދ ކޮށްލާފައި ނުވާހިނދު، "ނިޔާމަ" ބޓޯ ގަތުމުގެ މި ވިޔަފާރީގެ މުޢާމަލާތުގައި ބައިވެރިވި ޢަލީ ޝަރީފްގެ ނަމުގައި އެކަނި އެ ބޯޓު ރަޖިސްޓްރީކޮށްދިނުމަށް ނުވަތަ އެ ބޯޓު އޮޕަރޭޓްކުރުމުގެ އެއްވެސް ޙައްޤެއް އަނެއް ދެފަރާތުން ދީފައިނުވާނެކަން.
3. "ނިޔާމަ" ބޯޓު، ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފް އާއި ޢަލީ ޝަރީފްއާ ތިންމީހުން ހިއްސާވާ ގޮތަށް މި ތިންފަރާތުގެ މެދުގައި އެއްބަސްވެވި ތިންމީހުންގެ މަސައްކަތުން އެ ބޯޓު ގަނެ ބޯޓުގެ އަގު ދައްކާ ޚަލާސްކޮށްފައިވަނިކޮށް، ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފްއަށް އެނގުމާއި ނުލައި، އަދި މި ދެފަރާތުގެ ބަހެއް ނެތި، ހަމައެކަނި ޢަލީ ޝަރީފްގެ ނަމަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކޮށް މި ބޯޓު ދުއްވާ މި ބޯޓުން ލިބޭ މާލީ މަންފާ ޢަލީ ޝަރީފް ބޭނުންކުރަމުންދާތީ އާއި ޢަލީ ޝަރީފްގެ ނަމުގައި ހަދާފައިވާ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް ކަމުގައި ކަނޑައަޅައިދީ ބޯޓުން ލިބިފައިވާ ފައިދާގެ ނަފާއަކީ ތިންފަރާތަށް ހަމަހަމަވެގެންވާ އެއްޗެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 28/O2C/2018 ޤަޟިއްޔާގައި އެ މައްސަލަ ބަލާފައިވެއެވެ.
4. މިއީ ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 28/O2C/2018 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
5. ދ.ކުޑަހުވަދޫ/ ބީޗްހެވަނ އިބްރާހީމް ރަޝީދުގެ ނަމުގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ނަންބަރު M-04 8-P5164A "ނިޔާމަ" އެވެ ކިޔާ ލަކުޑިން ބަނދެފައިވާ ބޯޓުގެ ރަޖިސްޓްރީ، އިބްރާހީމް ރަޝީދުގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ ބީޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލުކޮށް އެ ބޯޓު ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުގައި ރަހުނުކޮށްފައިވަނިކޮށް، ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުއާއި ޢަލީ ޝަރީފުއާ ތިންމީހުން އެއްވަރަކަށް ހިއްސާވާގޮތަށް މިތިން ފަރާތުގެ މެދުގައި އެއްބަސްވެވި ތިންމީހުންގެ މަސައްކަތުން އެ ބޯޓު ގަނެ އެ ބޯޓުގެ އަގުދައްކާ ޚަލާސްކޮށްފައިވަނިކޮށް، ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުއަށް އެންގުމަކާ ނުލައި އަދި މިދެފަރާތުގެ ބަހެއް ނެތި، ހަމައެކަނި ޢަލީ ޝަރީފުގެ ނަމަށް މިބޯޓުގެ ރަޖިސްޓްރީ ބަދަލުކޮށް މިބޯޓު ދުއްވާ މިބޯޓުނ ލިބް މާލޭ މަންފާ ޢަލީ ޝަރީފު ބޭނުން ކުރަމުންދާތީ އާއި ޢަލީ ޝަރީފުގެ ނަމުގައި ހަދާފައިވާ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް ކަމުގައި ކަނޑައަޅައި ދިނުމަށާއި މިބޯޓުނ މިހާތަނަށް ލިބިފައިވާ ފައިދާގެ ނަފާއަކީ ތިންފރާތަށަ ހަމަހަމަވެގެންވާ އެއްޗެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގައި ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފު ދަޢުވާކޮށްފައިވެއެވެ.
6. "ނިޔާމަ" ބޯޓު ގަތުމަށް ޢަލީ ޝަރީފުއަށ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދެފަރާތްކަމަށްވާ، ޢާއިޝަތު ޒުނައިރާއާއި މުޙައްމަދު ޝަރީފުކަނ އެނގެން އޮތުމުން، ބޯޓު ގަނެފައިވަނީ އެ ދެފަރާތުގެ ފުރިހަމަ އެހީތެރިކަމާއި އެކުގައިކަނ ޝަރީއަތަށް ސާބިތުވާން އޮތުމުން، ޢަލީ ޝަރީފުއާއެކު ލިޔުމުން އެއްބަސްވުމެއް ނެތް ނަމަވެސް، އެ ދެފަރާތުގެ އެއްބަނޑު އެއްބަފާ އެންމެ ދޮށީ މީހާގެ ހައިސިއްޔަތުން ޢަލީ ޝަރީފުއަށ ކުރާން އިތުބާރެއް އޮންނާނެ ކަމަށާއި، ބޯޓުގެ ގަތުމަށްޓަކައި ކުރަންޖެހޭ ހޭދައިގެ ބޮޑު ނިސްބަތަކީ، ޢާއިޝަތު ޒުނައިރާއާއި މުޙައްމަދު ޝަރީފު ކޮށްފައިވާ ޚަރަދުކަމަށްވާއިރު، މިއީ އެއްވެސް މަންފާއެއް ނެތް ގޮތެއްގައި ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ އިހްތިމާލު ނެތުމުން، ބޯޓުގެ މުޢާމަލާތްތަކުން ދައުވާކުރާ ދެފަރާތް މަހުރމްކޮށްފައިވަނީ ބޯޓު ގަތުމުގެ ކަންކަން ފުރިހަމަވީ ފަހުންކަން ސާފުކޮށް އެނގެން އޮތްކަމަށާއި، ބޯޓު ގަތުމުގެ އިސް މީހެއްގެ ގޮތުގައި ޢަލީ ޝަރީފު ހުރި ނަމަވެސް، ބޯޓުގެ މިލްކުވެރިކަމާމެދު ތަޞައްރަފު ކުރުމުގެ ޙައްޤު ޢާއިޝަތު ޒުނައިރާއާއި މުޙައްމަދު ޝަރީފއަށު އޮތްކަން ހުށަހެޅިފައިވާ ހެކިތަކުން އެނގޭކަމށަ ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި، ޢަލީ ޝަރީފުގެ ފަރާތުން ބޯޓުން ލިބޭ ނަފާއިނ ބޯޓް ގަތުމަށްޓަކައި ނަގާފައިވަ ލޯނުތައް އަދާކުރަމުން ދިޔަނަމަވެސް، މިއީ ދަޢުވާކޮށްފައިވާ ފަރާތްތަކަށްވެސް ބޯޓުން ލިބޭ މަންފާ ފުރިހަމައަށް ލިބޭނަމަ އަދާކުރެވޭނެ ޒިންމާއެއްކަމަށާއި، އަދި ޢަލީ ޝަރީފުގެ ބެލުމުގެ ދަށުގައި ބޯޓު ނެތްނަމަ ލޯނުތައް ދެއްކުމުގެ ޤާބިލުކަންވެސް އޭނާގެ ކިބައިގާ ނުހުންނާނެކަމަށާއި، ބޯޓު ރަޖިސްޓްރީކޮށްފައިވަނީ، ޢާއިޝަތު ޒުނައިރާއާއި މުޙައްމަދު ޝަރީފުއަށް އޮޅުވާލައިގެންކަނ އެނގެން އޮތުމާއެކު، "ނިޔާމަ" ބޯޓަކީ ހަމައެކަނި، ޢަލީ ޝަރީފުގެ މިލްކެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެ ބޯޓަކީ، ޢާއިޝަތު ޒުނައިރާއާއި މުޙައްމަދު ޝަރީފުއާއި ޢަލީ ޝަރީފުގެ ހަމަހަމަ މުދަލެއްކަމަށް ކަނޑައަޅައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރު O-02-02-P5164 ކަނޑުގެ އުޅަނދުގެ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމަށް ކަނޑައަޅައި، ބޯޓުން ލިބިދޭ ފައިސާއާއި ގެއްލުމުގު އ ތިންފަރާތުގެ ހިއްސާ އެއްވަރަކަށ އޮތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.
7. އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.7 ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 28/O2C/2018 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/23 ޤަޟިއްޔާއާއި 2010/SC-A/02 ޤަޟިއްޔާއާއި 2010/SC-A/17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސލުތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
2.7 ނިޔާމަ ދޯނި (ރަޖިސްޓްރީ ނަންބަރު O-02 02-P5164A) އަކީ ބޭންކް އޮފް މޯލްޑިވްސް ގައި ރަހުނުކޮށްފައިވާ މުދަލެއްކަމުގައިވާއިރު، ރަހުނު ބެހެއްޓި ފަރާތުގެ ބަހެއް ނެތި، އަދި ލ.ދަނބިދޫ ގުލްފާމުގެ ޢަލީ ޝަރީފުއާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު މުދަލާ ގުޅިގެން ހަދާފައިވާ ރަހުނު އެއްބަސްވުމަށް ރިޢާޔަތްނުކޮށް، އަދި ޤާނޫނު ނަންބަރު 93/9 (ރަހުނާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 91/6 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދާގެ މަފްހޫމާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.7 ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 28/O2C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/23 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސ ލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ
8. މި މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތނު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ދެފަރާތުން އެއަށް އެއްބަސްވާ ސުވާލު ނުއުފައްދާ ބައެއް ހަޤީޤަތްތައް ހުރިކަމަށް ޢަލީ ޝަރީފްގެ ފަރާތުން ފާހަގކަ ރެއެވެ. ފުރަތަމަ ކަމަކީ، ނިޔާމަ ދޯނި ކުރިން ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގު އަތުން އެ ދޯނި ގަތުމަށްޓަކައި ކުރެވުނު ހުރިހާ މުޢާމަލާތެއްވެސް ކޮށްފައވަނި ހަމައެކަނި ދަޢުވާ ލިބޭ ޢަލީ ޝަރީފްއާ ކަމާއި މިކަން އޭރު ދޯނީގެ ރަޖިސްޓްރީ އޮތް ބީޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ވެރިފަރާތް ދ.ކުޑަހުވަދޫ/ ބީޗްހެވަނ އިބްރާހީމް ރަޝީދު، ޢަލީ ޝަރީފްއަށް ދީފައިވާ ސިޓި އީންނާއި، ޢަލީ ޝަރީފްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ކަށަވަރވާކަމެވެ. ދެވަނަ ކަމަކީ، ނިޔާމަ "ދޯނި މިހާރު" ރަޖިސްޓްރީ ކޮށްފައިވަނީ ޢަލީ ޝަރީފްގެ ނަމުގައިކަމއި، މިކަން ޓްރާންސްޕޓޯ މިނިސްޓްރީ އިން، ދ ކޮށްފައިވާ ރަޖިސްޓްރީ އިން ކަށަވަރުވާކަމާއި، އަދި ދަޢުވާކުރާ ފަރާތުން، ރަޖިސްޓްރީ މހާރި އޮތީ، ޢަލީ ޝަރީފުގެ ނަމުގައިކަމާމެދު، ސުވާލު އުފައްދާފައިވެސް ނުވާކަމާއި، ސުވާލު އުފައްދާފައިވަނީ، އެ ރަޖިސްޓްރީކުރުމަށް ވާސިލުވެފައިވާ ގޮތާއި މެދުގައިކަމަށެވެ. މިގޮތުން، ދައުވާކުރާ ފަރާތްތަކުން، ނިޔާމަ ދޯނީގެ ރަޖިސްޓްރީ ޢަލ ޝަރީފްގެ ނަން މައްޗަށް ބަދަލުކުރީ އެފަރާތްތަކަށް އޮޅުވާލައިގެން ކަމަށް ބުނާއިރު، ޢަލީ ޝަރީފް އެމީހުންނަށް އޮޅުވާލާފައިވާގޮތެއް، އޮޅުވާލުމަށް ކުރިކަމެއް ބުނެދެވިފައި ނުވާކަމަށް ޢަލީ ޝަރީފް ފާހަގަކުރެއެވެ. މިއީ ދަޢުވާކުރާ ފަރާތުން، އުފައްދާފައިވާ ދަފްޢއެ ކަމުގައިވާއިރު އެކަމެއް ސާބިތުކޮށްދިނުމުގެ ބުރަ، ނުވަތަ ޢަލީ ޝަރީފް އޮޅުވާލައިގެން، ރަޖިސްޓްރީ ކުރި ގޮތެއް ސާބިތުކޮށްދިނުމަކީ، ދައުވާކުރާ ފަރާތުގެ ޒިންމާއެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2013/SC-A/23 ޤޟަ އްޔި އަށް، ބެލުމުން އެނގޭކަމަށް ޢަލީ ޝަރީފް ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ މީހެއްގެ މުދަލެއް އެމީހެއްގެ އަތުން، ނިގުޅައިގަތުމަށްޓަކައި، ނުވަތަ މުދަލެއްގައި، އޮތް ހައްގެއް އެމީހެއްގެ އަތުން، ނިގުޅައިގަތުމަށްޓަކައި މީހަކު އޮޅުވާލުމުގެ ޢަމަލެއް ހިންގައިފިކަމުގައިވާނަމަ އެކަމަކީ، ޖިނާއީ ކުށެއްކަމާއި، މިގޮތުން، މަކަރާއި ހީލަތުން އެކަން ކޮށްފައިވނާ މ، ނުވަތަ ޓެކުމުގެ ޢަމަލަކުން އެކަން ކޮށްފައިވާނަމަ، އެކަމުގައި ޖިނާއީ ތަޙްޤީޤެއްކޮށް ޖިނާޢީ ޝަރީޢަތެއް އެކަމުގައި، ހިންގަންޖެހޭނެކަމަށް ޢަލީ ޝަރީފް ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ޢަލީ ޝަރީފް ނިޔާމަ ދޯނި، އޮޅުވާލައިގެން ރަޖިސްޓްރީ ކުރި ކަމަށް ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ޤަރީނާއެއް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމަށް ޢަލީ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
9. މައްސަލައިގައި ދެފަރާތުންވެސް އެއްބަސްވެވިފައިވާ ތިންވަނަ ކަމަކީ، ނިޔާމަ ދޯނި ގަތުމަށްޓަކައި، ހަތަރު ލައްކަ އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހޭދަވިކަމާއި، އެގޮތުން، ދޯނީގެ ފުރިހަމަ އަގަކީ، ފަނަރަ ލައްކަ ރުފިޔާކަމަށް، ދެފަރާތުންވެސް އެއްބަސްވެވިފައިވާކަމާއި، މިގޮތުން ނިޔާމަ ދޯނި ގަތުމަށްޓަކައި، ބޭނުންވާ ލޯނު ނެގުމަށްޓަކައި، ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ ބޭންކުގައި، ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭތީ، ޢަ ލީ ޝަރީފްގެވެސް ހިއްސާ އޮންނަ ލ.ދަނބިދޫ/ ގުލްފާމގު ރަހުނު ކުރުމަށްފަހު ދެ ލައްކަ ރުފިޔާ ބޭންކުން ލޯނެއްގެ ގޮތުގައި ނަގާފައިވާކަން އެނގޭކަމާއި، މީގެއިތުރުން ލ.ދަނބިދޫ ގުލްފާމުގެ މުޙައްމަދު ޝަރީފްގެ އަންހެނުން، ލ.ދަނބިދޫ/ ހިޔާވަހި، ޢާއިޝަތު ޒިމް ނަގާ ނަމުގައި ރަޖިސްޓްރީ އޮންނަ، "ހިޔާވަހިގެ" ރަހުނު ކުރުމަށްފަހު ދެ ލައްކަ ރުފިޔާ ބޭންކުން ލޯނެއްގެ ގޮތުގައި ނަގާފައިވާކަމާއި، މި ދެ ލޯނާ ބެހޭގޮތުން، ފުރަތަމަވެސް ފާހަގަކުރެވޭ ކަމަކީ، މި ދެ ލޯނަކީ ސީދާ ނިޔާމަ ދޯނި ގަތުމަށްޓަކައި ނަގާފައިވާ ލޯނެއްކަމުގައި ނުވާއިރު، މި ދެ ލޯނަކީވެސް ހައުސިންގ ލޯނެއްގެ ގޮތުގައި ނަގާފައިވާ ލޯނެއްކަމއި، މީގެއިތުރުން މި ދެ ލޯނަކީވެސް ޢަލީ ޝަރީފް ޒިންމާވާ ގޮތަށް ނަގާފައިވާ ލޯނެއްކަމަށް "ދައުވާކުރާ ދެ ފަރާތުންވެސް ބުނާއިރު، މި ލޯނަށް މިހާރުވެސް އޭނާ ފައިސާ ދައްކަމުންދާކަމަށް ޢަލީ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ އިސްވެ ދެންނެވުނު ދެ ގެ ރަހުނުކޮށްގެންވެސް ލިބިފައިވަނީ ދެ ލައްކަ ރުފިޔާކަމުގައިވީއިރު، އެ ދެ ލައްކަ ރުފިޔާ ބޭނުންކޮށްފައިވަނީ އިތުރު ލޯނެއް ނެގުމަށްޓަކައިކަން މައްސަލައިގެ ލިޔންތަކުނު ދެބަސްވުމެއް ނެތްގޮތުން ސާފުވާކަމާއި، މި ދެ ލޯނަކީ ނިޔާމަ ދޯނި ގަތުމަށްތަކައި ބޭނުންވާ ލޯނު ހަމަޖެއްސުމަށްޓަކައި، ބޭނުންކުރި ވަސީލަތއްކަމުގައެ ބެލިނަމަވެސް، "ނިޔާމަ ދޯނި ގަތުމަށް ނަގާފައިވަނީ، ފަނަރަ ލައްކަ ރުފިޔާގެ ލޯނެއްކަމާއި، އެ ލޯނާއި ގުޅިގެން ދައުވާކުރާ އެއްވެސް ފަރާތެއްގެ ނަމެއްވެސް، އެފަރާތްތަކުން އުފުލަންޖެހޭނެ ޒިންމާއެއް މަސްއ ލިއްޔަތެއްވެސް ނެތްއިރު އަދި ނިޔާމަ ދޯންޏަކީ ރަހުނުކޮށްފައިވާ ދޯންޏެއްކަމުގައިވާއިރު އެ ލޯނު ދެއްކުމުގެ ފރިހަމު ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ ހަމައެކަނި ޢަލ ޝަރީފްކަން ރހަ ނ އެއްބަސްވުމުން، ސާފުކޮށް އެނގޭކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
10. އެހެންކަމުން މި ހުރިހާ ކަމެއްގެ މައްޗަށް ނަޒަރު ހިންގާއިރު، ސާފުވާން އޮތް ހަޤީޤަތަކީ، ނިޔާމަ ދޯންޏަކީ ޢަލީ ޝަރީފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދޯންޏއްކަމާއެ، ދޯނި ގަތުމަށްޓަކައި ނަގާފައިވާ ލޯނަށް ޒިންމާވާންޖެހެނީ ހަމައެކަނި ޢަލީ ޝަރީފްކަމާއި، ދޯނި ގަތުމުގެ މުއާމަލތްކޮށްފައިވަނާ ހަމައެކަނި ޢަލ ޝަރީފްއާ ކަމާއި، ޤާނނ ގޮތުން ސަރުކާރުގެ އިދާރާއަކުން ދ ކޮށްފައިވާ ރަސްމީ ލިޔުމެއް ނުވަތަ ރަޖިސްޓރް އަކީ ޝަރީޢަތުން މިލްކުވެރިކަން ސާބިތުކުރުމުގެ މުތލަޤު ބާރު އެއަށް ލިބިފައިވާ ވސީލަތެއްކަމާއި ދައުވާކުރާ ފަރާތުން ޢަލ ޝަރީފް ރަޖިސްޓްރީ ކުރީ އޮޅުވާލައިގެންކަމަށް ބުނާއިރު، އެ ދަފްއު ޝަރީޢަތަށް ސާބިތުކޮށްދފައީ ނުވާކަމާއި، ހަމައެހެންމެ، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރޭގައި ކިތާބީ (ޑޮކިއުމަންޓަރީ) ހެއްކާއި ޝަފަވީ (އޯރަލް) ހެއްކާއީ މިދެވަސީލަތުގެ ތެރެއިން ޝަފަވީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ، ސާބތުވުމުގި ބާރުގެ ހައިޘިއްޔަތުން ބަލި ވަސލަތެއްކަމަށީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާތީ، ނިއާމަ ދޯނީގެ މިލްކުވެރިފަރާތަކީ، ހަމައެކަނި ޢަލ ޝަރީފްކަން ކަށަވަރުވެ ޔަޤީންވާކަމާއި، ނަމަވެސް، އިސްތިއުނާފުކޮށްފައިމިވާ މައްސަލައިގައި ހުކުމްކޮށްފައިވަނީ މި ނުކުތާގެ ތަފްސީލުގައި ހަވާލާދީފައިވާ މަތީ މަރުޙަލާގެ ކޯޓތަކުނު ސާފު ޢިބރާތުނާ ބަޔާންކޮށްފައިވާ އުސ ލުތަކާއި، ކަނޑައެ ޅިގެން ޚިލާފަށްކަމަށް ފާހަގަކޮށްފައިވެއެވެ.
11.މައްސަލައިގެ ނިންމުމުގައި މި ދޯންޏަކީ "... ތިން މީހުންގެ މަސައްކަތުން އެ ބޯޓު ގަނެ އެ ބޯޓުގެ އަގުދައްކާ ހަލާސްކޮށްފައިވާ" ދޯންޏެއްކަމަށް ބަޔާންކޮށްފައިވާކަމާއި، ނަމަވެސް މިއީ ޙަޤީޤަތެއް ނޫންކަމަށާއި، އަގު ދައްކާ ޚަލާސްކުރެވިފައި އަދިވެސް ނުވާއިރު، ނިޔާމަ ދޯންޏަކީ އަދިވެސް ރަހުނު ކޮށްފައިވާ މުދަލެއްކަން، ރަހުނު އެއްބަސްވުމުން ސާފުކޮށް އެނގޭކަމާއި، މިކަމަކީ ޝަރީޢަތަށް ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް ދޢުވަ ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކެއްކަމަށް ޢަލީ ޝަރީފްގެ ފަރާތުން ބުނެފައިވެއެވެ.
12. ނިޔާމަ ދޯންޏަކީ ރަހުނު ކޮށްފައިވާ ދޯންޏެއްކަމުގައިވީއިރު، ލޯނު ދައްކާ ނިމެންދެން، މިދޯންޏަކީ ޤާނ ނ ގޮތުން ބަލާއިރު ބޭންކުގެ އެއްޗަކަށްވީހިނދު، ނުވަތަ ބޭންކުގެ އިންޓްރެސްޓެއްވެސް މީގައި ހިމެނިގެންދާނެ މުދަލެއްކަމުގައިވީހިނދު، މައްސަލަ ނިންމުމުގައި ރަހުނުގެ އެއްބަސްވުމަށް ރިޢޔަތާ ނުކޮށް ބޭންކުގެ ބަހެއްވެސް ހޯދާފައިނުވާއިރު، އަދި ބޭންކުގއަ އޮތި ރަޖިސްޓްރީ އެއް ބާތިލުކަމަށް ކަނޑައެޅިއިރު، އެކަމާގުޅިގެން ދެން ނިޔާމަ ދޯނި ރަހުނުކޮށް ނަގާފައިވާ ލޯނު ދެއްކުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއްވެސް ޙުކުމްގައި ސާފުކޮށް ބަޔާންކޮށްފައި ނުވާކަމަށާއި، މިގޮތުން، ޤާނޫނު ނަންބަރު 93/9 (ރަހުނާބެހޭ ޤާނނ) ގ 8 ވަނަ މާއްދާއަށް ބެލުމުން ރަހުނު ބެހެއްޓުމަށްފަހު ލޯނު ދ ކޮށްފައިވާނަމަ، އެ ލޯނު ދައްކާ ޚަލާސްކުރެވެންދެން ރަހުނު ބެހެއްޓި ފަރާތުގެ މަސްލަހަތެއްވެސް އެ މުދަލުގައި ހިމެނޭކަން އ މާއްދާއަށް ބެލުމުން ދޭހަވާކަމާއި، ޤާނ ނ ނަންބަރު 91/6 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދައަށ ބެލުމުން މުދަލެއް ވިއްކޭނީ ނުވަތަ އެ މުދަލުގެ ވެރިފަރާތެއް ބަދަލުކުރެވޭނީ އެކަން ކުރުމުގެ ފުރިހަމަ ހައްޤު އެ މީހަކަށް ލިބިގެންކަން އެ މާއްދާއަށް ބލުމުނެ އެނގޭކަމަށް ޢަލީ ޝަރީފް ފާހަގަކޮށްފައިވެއެވެ.
13. ޢަލީ ޝަރީފްއާ ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު 08 ޖޫން 2016 ގައި ހަދާފައިވާ ނަންބަރު 33/އެމް8 ސީ/2016 ރަހުނު އެގްރީމެންޓް އަށް ބެލުމުން، މިލޯނަކީ ނިޔާމަ ދޯނި ރަހުނު ކުރުމަށްފަހު ނަގާފައިވާ ލނެއްކަމާއި، އެ ލޯނުގެ ފުރިހަމަ ޒިންމާ އާއި އެ ލޯނާގުޅޭ އެންމެހާ މަސްޢލިއްޔަތުތައް އުފުލަންޖެހޭ ފަރާތަކީ ޢަލީ ޝަރީފްކަމަށް ބަޔާންކޮށްފައިވާކަމާއި، މި އެއްބަސްވުމުގެ "އެހެނިހެން ރަހުނުތަކާއި ޗާޖުތައް މަނާކުރުން" މި ސުރުޙީގެ ދަށުން އެއްބަސްވުމުގެ 12 ވަނަ މާއްދާގައި "ބޭންކުގެ ހުއްދަ ލިޔުމުން ލިބިގެން އަދި އެ ހުއްދައާއި އެކު ކުރެވޭ ޝަރުޠުތަކާއި އެއްގޮތަށް މެނުވީ ރަހުނު ބަހައްޓާ ފަރާތުގެ މުދަލުގެ މައްޗަށް ނުވަތަ މުދަލާއި ގުޅިގެން އެއްވެސް ލިއެންއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އެއްވެސް ފްލޯޓިންގެ ޗާޖެއް އުފައްދާ، އިތުރުކޮށް ނުވަތަ އުފެއްދުމަށް ހުއްދަދިނުމުގެ ސަބަބުން ރަހުނު ބަހައްޓާ ފަރާތަށް މުދަލުގެ މައްޗަށް ލިބިދީފައިވާ ބާރު ގެއްލޭފަދަ އެއްވެސް އަމަލެއް ނުކުރާނެކަމުގެ ޔަޤީންކަންދީ އެއްބަސްވާ" ކަމަށް އަދި އެއްބަސްވުމުގެ "މަނާކުރެވިފައިވާ އެހެނިހެން ކަންތައްތައް" މިސުރުހީގެ ދަށުން އެއްބަސްވުމުގެ 14 ވަނަ މާއްދާގައި "ރަހުނު ބަހައްޓާ ފަރާތައް ލިބިދީފައިވާ މުދާ ނުވަތަ މުދަލުގެ ބައެއް ވިއްކުމުގެ ނުވަތަ ބަދަލުކުރުމުގެ ނުވަތަ ކުއްޔަށް ދިނުމުގެ ނުވަތަ އެސައިންކުރުމުގ ނުވަތެ ދަ ކޮށްލުމުގެ ބާރު ބިނާވެފައިވަނީ ރަހުނު ލިބިގަންނަ ފަރާތުގެ ހައިސިއްޔަތުން ބޭންކަށް ލިބިދީފައިވާ ޙައްޤުތަކަށް އަސަރުކުރާނެ ފަދައިން" ކަމަށާއި އަދި އެއްބަސްވުމުގެ 22 ވަނަ މާއްދާގައި ރަހުނަށް ބަހައްޓާ މުދާ، ރަހުނު ލިބިގަންނަ ފަރާތުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވަގުތުން އެފަރާތާއި ހަވާލުކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމަށް ޢަލީ ޝަރީފް ފާހަގަކޮށްފައިވެއެވެ.
14. އިނގިރޭސިވިލާތުގެ މައްސަލައެއްކަމަށްވާ، Williams and Glynn’s Bank Ltd v Boland [1980] 2 All E.R. 408; މައްސަލައަށް ބަލާއިރު، މޯގޭޖް ނުވަތަ ރަހުނުކޮށްފައިވާ މުދަލެއްގެ އިންޓަރެސްޓް ނުވަތަ މަސްލަހަތު އެންމެ ބޮޑަށް ލިބިގެންވަނީ ރަހުނު ލިބިގަނެފައިވާ ފަރާތަށްކަމަށާއި، އެހެން ފަރާތެއްގެ ހައްޤެއް ނުވަތަ މަސްލަހަތެއް އޮތްނަމަވެސް، އިސްކަންދޭންޖެހޭނީ ރަހުނު ލިބިގެންފައިވާ ފަރާތަށްކަން މި މައްސަލައިން އެނގޭކަމާއި، އެހެންކަމު ން، ލިޔެފައިވާ ރަހުނު އެއްބަސްވުމެއް ބޭންކް އޮފް މޯލްޑިވްސްއާ ޢަލީ ޝަރީފްއާ ދެމެދު ވެފައިވާއިރު، ރަހުނު އެއްބަސްވުން ބާތިލުވާފަދަ ގޮތަކަށް އިސްތިއުނާފު ކޮށްފައި މިވާ މައްސަލައިގައި ހުކުމްކޮށްފައިވާއިރު، ބޭންކުގެ ބަހެއްވެސް މިކަމުގައި ހޯދާފައި ނުވާކަމަށް ޢަލީ ޝަރީފް ފާހަގަކޮށްފައިވެއެވެ.
15. ނިޔާމަ ދޯނީގެ މިލްކުވެރިކަމާމެދު އަނގަބަހުންވިޔަސް ލިޔުމުންވިޔަސ އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި، އެއްބަސްވުމެއް ވެވިފައިވާކަމަށް ޢަލީ ޝަރީފް އިންކާރުކުރާކަމަށް ފާހަގަކޮށްފައިވެއެވެ. ވަކި ގޮތަކަށް ކޮންޓްރެކްޓެއް އޮތުން ލާޒިމް ނުވިނަމަވެސް، ޤާނޫނު ނަންބަރު 91/4 (ކޮންޓެރްކްޓާބެހޭ ޤާނޫނު) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/23 ޤަޟިއްޔާއިން ލާޒިމްކުރަނީ ކޮންމެ ސިފައެއްގައި އެއްބަސްވުމެއް އޮތްނަމަވެސް އެވާންޖެހޭނީ ސާފު ސަރީހަ އެއްބަސްވުމަކަށްކަމާއި، މިގޮތުން އެކަކަށްވުރެ ގިނަ މީހުންވެގެނ އެއްޗެއް ގަންނަނަމަ، އެ އެއްޗެއް ގަތުމުގައި އެމީހަކު ޝާމިލްވާނެ މިންވަރަކާއި، އޭގައި އެމީހެއްގެ ހިއްސާ އޮންނަ މިންވަރަކާއި، ރަހުނެއް އޮތްނަމަ އެ ރަހުނެއް ދައްކާނެ ގޮތެއް ސާފުކޮށް އެއްބަސްވެވިފައި އޮންނަންވާނެކަމާއި، ޤާނޫނު ނަންބަރު 91/4 ގެ 6 ވަނަ މާއްދާގައި އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމަށްޓަކައި ދެވޭ ދަޢުވަތަކ އެއީ ހުށަހެޅުމެއް ކަމަށް ބަލައިގެން ނުވާނެކަމާއި، ހަމަ މި މޭރުމުން މަޝްވަރާކޮށްފައިވުމަކީ ނުވަތަ އެވާހަކަ ދެކެވިފައި އޮތުމަކީވެސ އެއްބަސްވުމެއް އޮތްކަމށަ ބަލަންޖެހޭ ސަބަބެއް ނޫންކަމާއި، މި މައްސަލައިގައި އެއްބަސްވުމެއް އޮތްކަމަށް ޢަލީ ޝަރީފް އިންކާރު ކުރާއިރު، އެއްބަސްވުމެއް އޮތްކަމަށް ދަލާލަތު ކޮށްދިނުމުގެ ގޮތުން، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގައިވެސް ބޮޑެތި ފުށު އެރުންތަކެއ ހުރިކަން އެނގޭކަމަށް ޢަލީ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
16. ލ.ދަނބިދޫ/ ދެކުނުގެ، އިސްމާޢީލް އިބްރާހީމް ހެކިބަސް އަދާކުރަމުން، ބޯޓު ގަތުމަށްޓަކައި މަޝްވަރާކުރީ ޢަލީ ޝަރީފު، ލ.ދަނބިދޫ/ ގުލްފާމގު ތެރޭގައި ހުރެގެންކަމަށް، ބުނެ ހެކިބަސް އަދާކޮށްފައިވާއިރު، ލ.ދަނބިދޫ/ ގުލްފާމުގެ، އިބްރާހީމް ޝަރީފް ބުނެފައިވަނީ، ބޯޓު ގަތުމުގެ މަޝްވަރާކުރިއިރު، ޢަލީ ޝަރީފު ހުރީ މާލޭގައިކަމަށާއި، މަޝްވަރާކުރެވުނީ ގުލްފާމު ގޭގައި ކަމަށްކަން އަދި މި މައްސަލައިގައި ހެކިބަސް އަދާކުރަމުން، ލ.ދަނބިދޫ/ ހިލިހިލާގެ ފާޠިމަތު ހުސައިން ބުނެފައިވަނީ ގުލްފާމު ގޭގައި މިތިން ފަރާތް މަޝްވަރާކުރިކަމަށާއި، އަޑުއިވުނު ވާހަކައަކީ "ޢަލީ ޝަރީފް ބޮނެފިޔޭ ދޯންޏެއްގަނެފަ އޮންނާޅޭ އެދޯނި ބަލާ އުމާށޭ" ކަމަށާއި ޢަލީ ޝަރީފު މިހެނ ބުން ކޮންތާކު ހުރެގެން ކަމެއް ނޭނގޭކަމަށާއި، މީގެ އިތުރުން، މި މައްސަލައިގައި ހެކިބަސް އަދާކުރަމުން، ލ.ދަނބިދޫ/ ނރާނީގެ، ޢަލީ ޝިރުފާނ ބުނެފައިވަން ނިޔާމަ ބޯޓު ގަނެފައިވަނީ ތިން މީހުންގެ ހިއްސާވެގެންކަމަ ށ ދައުވާކުރާ ޢާއިޝަތު ޒުނައިރާގެ ފިރިމީހާ ބުނެދިންކަމަށާއި ނަމަވެސް ބޯޓުގަތުމަށ އެއްވެސް މަޝްވަރާއެއް ކުރިކަމެއް ނުވަތް އެފަދަ މަޝްވަރާއެއް ހިނގިތަނެއްގައި ނުހުންނާނެކަމަށް ބުނެފައިވާއިރު، ލ.ދަނބިދޫ/ ހިލިހިލާގެ، ޢަބްދުﷲ ރަޝީދު، ބުނެފައިވަނީ ބޯޓު ގަތުމުގެ ވާހަކަ ދެކެވުނުކަމާއި، ބޯޓު ގަންނަނީ "އެތިނ މީހުން ކާއިގެނ ބޯން އުޅެވޭނެ ފަސޭހަކަށް" ކަމާއި ތިން މީހުން ހިއްސާވާނެ މިންވަރު ނެނގޭކަމަށާއ ހަމައެކަނި އެނގެނި ދޯންޏެއް ގަތުމާބެހޭ ގޮތުން ވާހަކަ ދެކެވުނުކަންކަމަށް ބުނެފައިވާކަމާއި، މީގއިތުރުންވެސެ ހެކިން ހެކިބަހުގައި ނިޔާމަ ބޯޓު ގަތުމަށްޓަކައި އެއްބަސްވިކަމަށް ބުނާ އެއްބަސްވުމަށް އެއްބަސްވިގޮތާއި، އެއްބަސްވީ ކޮންތަނެއްގައި ތިބެގެންކަމާއި އެތަނުގައި އެއިރު ތިބީ ކޮންބައެއްކަންވެސް އޮޅޭ މިންވަރަށް ހެކިންގެ ހެކިބަހުގައި ފުށުއެރުންތައް ހުރިކަމަށް، ޢަލީ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
17މި މައްސަލަ ނިންމުމުގައި ބޯޓުގެ އަގަކީ -1500000/ރ (ފަނަރަލައްކަ ރުފިޔާ) ގެ އަގެއް ކަމުގައި ވީނަމަވެސް، އެފައިސާއަކީ ލޯނުގެ ގޮތުގައި ލިބިފައިވާ ފައިސާއަކަށްވެފައި، އަދި އެފައިސާއަކީ ބޯޓު ދުއްވައިގެން ދަތިކަމެއްނެތި އަދާކުރެވޭނެ ފައިސާއެއް ކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިވާއިރު، މިފަދައިން ޝަރީޢަތުން ރިޢާޔަތްކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަން އެނގެން ނެތްކަން ފާހަގަކުރެވޭއިރު، މިކަން ސާބިތުކުރުމަށްޓަކައި ދައުވާކުރާ ފަރާތްތަކުން އެއްވެސް ހެކި ޤަރީނާއެއް ހުށަހަޅާފައިނުވާކަމާއި، މީގެ އިތުރުން، މި މައްސަލައިގެ ޙުކުމު ގައި އަދި ބޯޓު ޢަލީ ޝަރީފުގެ ބެލުމުގެ ދަށުގައި ނެތްނަމަ، އެލޯނުތައް ދެއްކުމުގެ ޤާބިލްކަންވެސް ޢަލީ ޝަރީފުގެ ކިބައިގައި ނުހުންނާނެކަން" ކަމަށް ޝަރއަތުނީ ނިންމާފައިވަނީވެސް ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަން މައްސަލައާއެކު ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ހެކިވެރިން ޝަރީޢަތުގައި ދީފައިވާ ހެކިބަހަށް ބެލުމުން އެނގޭ ކަމަށް ޢަލީ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 28/O2C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 28/O2C/2018 ޤަޟިއްޔާ ބާޠިލްކޮށްދިނުމަށެވެ.
19ޢާއިޝަތު ޒުނައިރާގެ ފަރާތުން ފާހަގަކޮށްފައިވަނީ، އޭނާ ޢަލީ ޝަރީފްގެ އަތުން ބޯޓު އަތުލަން ބޭނުންނުވާކަމަށާއި، ނަމަވެސް، ޢާއިޝަތު ޒުނައިރާއާއި މުޙައްމަދު ޝަރީފްގެ ހިއްސާވެސް ބޯޓުގައި އޮންނަ ގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށެވެ. ލޯނު ނަގާފައިވަނީ، އޭނާގެ ދަރިފުޅު، ޢަލީ ނިޔާޒް ގެރެންޓީ ދީގެން ކަމަށާއި ލޯނު ނެގުމުގެ މަސައްކަތް ކުރީ މުޙައްމަދު ޝަރީފް ކަމަށެވެ.
20މުޙައްމަދު ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ބޯޓުގެ ކަންތަކުގައ އެންމި އިސްކޮށް މަސައްކަތްކޮށްފައިވާނީ އޭނާ ކަމަށާއި، މިކަން ކުރަން ނިންމީ ތިން މީހުން ވެގެންކަމަށާއި، ތިން މީހުން މަސައްކަތްކޮ ށްގެނ ބޯޓް ލިބުނުފަހުން، ބޭބެ (ޢަލީ ޝަރީފް)ގެ މައްޗަށް ބޯޓު ރަޖިސްޓްރީކޮށްފައި އޮތްކަން އެނގުނު ކަމަށާއި، މިހާރު ބޭނުންވަނީ، ބޭބެ (ޢަލީ ޝަރީފް) ބޭނުންވާ ގޮތަށް ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަންމަތީގައި ބާއްވަންކަމަށާއި، އެކަމާ މުޙައްމަދު ޝަރީފްގެ އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ.
21މ މައްސަލައިގައި އިސްތިއުނާފުރައްދުވި ދެފަރާތުންކުރެ އެއްވެސް ފަރާތަކުން ދަށުކޯޓުގެ ނިންމުމާމެދު ވަކިގޮތަކަށް ޢަމަލުކޮށްދިނުމަކަށް އެދިފައިނުވެއެވެ.
22މި މައްސަލައަކީ، އެކެއްގެ ބަނޑުނ އެކަކަށް އުފަންވި ތިން މީހުންގެ މެދުގައި ޖެހުނު މައްސަލައެކެވެ. މި މައްސަލައަކީ، އެ ތިންމީހުންގެ މެދުގައި ލަކުޑި ބޯޓަކާމެދ ޖެހުނު މައްސަލައެކެވެ. މި މައްސަލައަކީ، އެއްބަނޑު އެއްބަފާ ތިން މީހަކާއި، ލަކުޑިން ބަނދެފައިވާ ބޯޓަކާއި، އެ ތިންމީހުންގެ މެދުގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމެއްގެ މައްސަލައެކެވެ.
23މި މައްސަލައިގެ އެއްކޮޅުގައި ތިބީ، އެއްބަނޑު އެއްބަފާ ތިންމީހުންގެ ތެރެއިން، ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުއެވެ. އަދި އަނެއް ކޮޅުގައި ހުރީ ޢަލީ ޝަރީފެވެ.
24ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފު ބުނެފައިވަނީ، އެ ތިންމީހުނ ގުޅިގެން ބޯޓެއް ގަތުމަށް އެއްބަސްވިކަމަށެވެ. އެ ދެމީހުން ބުނެފައިވަނީ، އެ މީހުން ލޯނު ނަގައިގެން އެ ލިބުނު ފައިސާ ޢަލީ ޝަރީފުއާ ޙަވާލުކުރިކަމަށެވެ. އެ ދެމީހުން ބުނެފައިވަނީ، އެ ފައިސާ ޢަލީ ޝަރީފުއ ޙަވާލުކުރާ ބޯޓު ގަތުމަށް ބޭންކުން ބޮޑު ލޯނެއް ހޯދުމަށް މަގުފަހިކޮށްދިނުމަށްކަމަށެވެ. އެ ދެމީހުން ބުނެފައިވަނީ، ތިން މީހުންގެ ނަމުގައި އެ ބޯޓު ރަޖިސްޓްރީކުރުމަށް އެއްބަސްވިކަމަށެވެ. އެ ދެމީހުން ބުނެފައިވަނީ، އެ ބޯޓު ދުއްވައިގެން ލިބޭ ފައިދާ އެ ތިންމީހުންގެ މެދުގައި ހަމަހަމަކޮށް ބެހުމަށްވެސް އެއްބަސްވިކަމަށެވެ.
25ނަމަވެސް ކަންތައްތައް ދިޔައީ އެ ތިންމީހުން ރާވައި، ސައްލާކޮށް އެއްބަސްވިގޮތާ ޚިލާފަށްކަމަށް ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފު ބުނެފައިވެއެވެ. އެގޮތުން، އެ ތިންމީހުންގެ ނަމުގައި ރަޖިސްޓްރީކުރުމަށް އެއްބަސްވި ބޯޓު ރަޖިސްޓްރީކޮށްފައި އޮތީ ހަމައެކަނި ޢަލީ ޝަރީފުގެ ނަމުގައިކަނ ފަހުން ފަޅާއެރިކަމަށް އެ ދެމީހުން ބުނެފައިއެވެ. އަދި ފުރަތަމަ ދަތުރުގެ ފައިސާ ފިޔަވައި، އެ ބޯޓު ދުއްވައިގެން އެ ދެމީހުންނަށް އެއްޗެއް ލިބިފައިނުވާކަމަށް އެ ދެމީހުން ބުނެފައިވެއެވެ. އަދި އެ ދެމީހުން ޝަރީޢަތުގައި އެކަމުގެ ޝަކުވާ އުފުލިއެވެ.
26އެ އުފުލި ޝަކުވާއާ ގުޅިގެން ދަށުކޯޓުން، އެ މައްސަލައިގެ ޝަރީޢަތް ހިންގައި ޙުކުމްކުރިއެވެ. ޙުކުމް އައީ ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފްއާ އެއްކޮޅަށެވެ. އަދި ޢަލީ ޝަރީފްގެ ނަމުގައި އޮތް އެ ބޯޓުގެ ރަޖިސްޓްރީ ބާޠިލުކުރުމަށްވެސް އަމުރުކުރިއެވެ.
27ޢަލީ ޝަރީފް މިހާރު މި ކޯޓުގެ ކުރިމަތީގައި އެހުރީ ދަށުކޯޓުގެ އެ ޙުކުމް ރަނގަޅު ނ ންކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކުރުމަށެވެ.
28މ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން އެ ފަރާތްތައް ތަމުސީލުކުރުމަށް ޤާނނ ވަކީލަކީ ހަމަޖައްސާފައިނުވެއެވެ. އަދި އެ ފަރާތުން މި މައްސަލައިގައި އޮތް ޤާނޫނީ ބަހުސާމެދު ވަކިގޮތެއް ބަޔާންކޮށް ކަންކަން ފާހަގަކޮށްފައިވެސް ނުވެއެވެ.
29އަހުރެންނަށް ފާހަގަކުރެވޭ ގޮތުގައި މި އިސްތިއުނާފ ގުޅިގެނާ މި ކޯޓުން ޖަވާބު ދޭންޖެހޭ ސުވާލުތަކަކީ:
1.29 މުޢާމަލާތުގެ ބައިވެރިންގެ މެދުގައި އެހެން އިންތިޒާމެއް އޮތްކަން ނުވަތަ އެއްބަސްވުމެއް އޮތްކަން އަންގައިދޭ ހެކި ޝަރީޢަތަށް ހުށަހަޅާފައިވާ ޙާލަތުގައި، ބޯޓުގެ ރަޖިސްޓްރީއަކީ މިލްކުވެރިކަމުގެ ޤަޠުޢީ ހެއްކެއްގެ ގޮތުގައި ޝަރީޢަތުން ބެލޭނެތޯ؟
2.29 ހެކިތައް ވަޒަންކުރިގޮތުގެ ތަފުސީލު ސަބަބާއެކު ބަޔާންކުރުމެއް ނެތި، ދަޢުވާ ސާބިތުވާކަމަށް ދަށުކޯޓުން ނިންމި ނިންމުމުގައި ގޯހެއް އޮތްތޯ؟
3.29 ޝަފަހީ ހެއްކަކީ، ކިތާބީ ހެއްކަށްވުރެ ސާބިތުވުމުގެ ބާރުގެ ހައިސިއްޔަތުން ބަލި ވަސީލަތެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، ރަޖިސްޓްރީ ޢަލީ ޝަރީފުގެ ނަމުގައި އޮތުމުން އެ ބޯޓުގެ މިލްކުވެރި ފަރާތަކީ، ޢަލީ ޝަރީފުކަން ކަށަވަރުވެ ޔަޤީންވާކަމަށް ބެލޭނެތޯ؟
4.29 ބޭންކް އޮފް މޯލްޑިވްސްގައި އެ ބޯޓު ރަހުނު ކޮށްފައިވާއިރު، އެ ފަރާތުގެ ބަހެއް ނެތި ދަށުކޯޓުން ނިންމި ނިންމުން ދެމެހެއްޓިދާނެތޯ؟ މުޢާމަލާތުގެ ބައިވެރިންގެ މެދުގައި އެހެން އިންތިޒާމެއް އޮތްކަން ނުވަތަ އެއްބަސްވުމެއް އޮތްކަން އަންގައިދޭ ހެކި ޝަރީޢަތަށް ހުށަހަޅާފައިވާ ޙާލަތުގައި، ބޯޓުގެ ރަޖިސްޓްރީއަކީ މިލްކުވެރިކަމުގެ ޤަޠުޢީ ހެއްކެއްގެ ގޮތުގައި ޝަރީޢަތުން ބެލޭނެތޯ؟
30މ މައްސަލައިގައި އުފުލާފައިވާ އަސްލު ދަޢުވާއަށް ބަލާއިރު، ދަޢުވާކުރާ ފަރާތުގެ ދަޢުވާއަކީ، މި ތިން މީހުންގެ ނަމުގައި މި ދަޢުވާގައި ހިމެނޭ ބޯޓު ރަޖިސްޓްރީކުރުމަށާއި، އެ ބޯޓުން ލިބޭ މަންފާގައި ތިން މީހުން ހިއްސާވާގޮތަށ އަނގަބަހުން އެއްބަސްވުމަށްފަހު، އެއާ ޚިލާފަށް ޢަލީ ޝަރީފު ޢަމަލުކުރިކަމަށް ބުނެ އުފުލާފައިވާ ދަޢުވާއެއްކަން އެނގެއެވެ.
31އެހެންކަމުން، ޙަޤީޤަތުގައި، މި ޙާލަތުގައި އުފެދޭ ސުވާލަކީ، ވެވިފައިވާކަމަށް ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން ބުނާ އެއްބަސްވުމާ ޚިލާފަށް ހަމައެކަނި ޢަލީ ޝަރީފުގެ ނަމުގައި އެ ބޯޓުގެ ރަޖިސްޓްރީ އޮތް އޮތުމުގެ މައްޗަށް އުފަންވާ ސުވާލެއްކަމަށ އަހުރެންނަށް ބެލެވެއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ސުވާލަކީ ތިން މީހުންގެ ނަމުގައި އޮންނަންޖެހޭކަމަށް ދަޢުވާކުރާ ފަރާތުން ބުނާ ރަޖިސްޓްރީއެއް އެންމެ މީހެއްގެ ނަމުގައި އޮތުމުން އުފެދޭ ސުވާލެއްކަމަށ އަހުރެންނަށް ބެލެވެއެވެ. މި މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، އެ ބޯޓުގެ ރަޖިސްޓްރީ އޮތީ ޢަލީ ޝަރީފުގެ ނަމުގައިކަމާމެދު ޚަޞްމުންގެ މެދުގައި ދެބަސްވުމެއްނެތްކަން އެނގެއެވެ. އަދި އެ ރަޖިސްޓްރީއަކީ، އޭގެ ޒާތަށް ބަލާއިރު، ކަމާބެހޭ ރަސްމީ އިދާރާއިން ހަދާދީފައިވާ ރަޖިސްޓްރީއެއްކަމާމެދުވެސް ޚަޞްމުންގެ މެދުގައި ދެބަސްވުމެއް ނެތްކަން އެނގެއެވެ.
32އިސްތިއުނާފުކުރާ ޢަލީ ޝަރީފުގެ ފަރާތުން ފާހަގަކުރާ ގޮތަށް ރަޖިސްޓްރީއަކީ މިލްކުވެރިކަން ސާބިތުކުރުމުގެ މުޠުލަޤު ބާރު އޮތް އެއްޗެއްކަމުގައި ބަލާނަމަ، މި ޙާލަތުގައި، ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުގެ ދަޢުވާއަށް އިންސާފު ހޯދޭނެ އެއްވެސް ގޮތެއް އޮންނނެތޯއެވާ؟
33ޕްރިސިޑެންސް 1ރަޖިސްޓްރީއާމެދު އޮންނަ ޤާނޫނީ އިފްތިރާޟަކީ، އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ އޮތް ފަރާތަކީ އެ މުދަލެއްގެ މިލްކުވެރި ފަރާތްކަމުގައި ބެލުންކަމާމެދު އަހުރެންވެސް ދެބަހެއްނުވަމެވެ. އެހެނަސް މި ނުކުތާގައި އަހުރެންނަށް ފާހަގަވާކަމަކީ، އެ އިފްތިރާޟަކީ އެނޫންގޮތަކަށ އެކަން އޮތްކަން ސާބިތުކޮށްދިނުމުގެ އިޙްތިމާލު ޤާނޫނީ ގޮތުން އޮންނަ އިފްތިރާޟެއްކަމެ ވެ. ޢަލީ ޝަރީފުގެ ފަރާތުން ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ނިންމުމުގައިވެސް އެކަން ބަޔާންކޮށްފައިވަނީ އެ މޭރުމުންކަން އެނގެއެވެ. އެކަން އެނގެނީ، އެ ނިންމުމުގެ
(ކ) ގައި ބަޔާންކޮށްފައިވާ ޢިބާރާތުންނެވެ. އެ ޢިބާރާތުގައި ބަޔާންކޮށްފައިވަނީ ".... ޙަޤީޤަތާ ޚިލާފު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން އެހެންގޮތެއް ޝަރުޢީ އަދި ޤާނ ނ ހަމަތަކުގެމަތިން ސާބިތުނުވާހާ ހިނދަކު އޭގާ ޙުއްޖިއްޔަތު ވެއްޓިގެންނުދާނެ" ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.
34ތިލަކޮށް ބުނާނަމަ، ރަޖިސްޓްރީ އޮތީ ޢަލީ ޝަރީފުގެ ނަމުގައިކަމަށ ބުން ރަޖިސްޓްރީ ޝަރީޢަތަށް ހުށަހަޅާ ހިސާބުން ހަމައެކަނި އެ ރަޖިސްޓްރީގެ މައްޗަށް ބިނާކޮށް، މި ޙާލަތުގައި، ޢަލީ ޝަރީފާ އެއްކޮޅަށް މުޅި މައްސަލަ ނިންމައި މައްސަލައިގެ ފައިލް ލައްޕާލެވިދާނެކަމަކަށ އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.
35އެގޮތަށް އެއްބަސް ނުވެވޭ ފުރަތަމަ ސަބަބަކީ، މި ނުކުތާގައި ޢަލީ ޝަރީފުގެ ފަރާތުން ޤާނޫނީ ޙުއްޖަތުގެ ގޮތުގައި ފާހަގަކޮށްފައިވާ ސުޕްރީމް ކޯޓުގެ ނިންމުންތަކުގައިވެސް އެކަން އެގޮތަށް ބަޔާންކޮށްފައިވާކަން އެނގެން ނެތަތީއެވެ.
36ޕްރިސިޑެންސް 2އެގޮތަށް އެއްބަސްނުވެވޭ ދެވަނަ ސަބަބަކީ، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފްގެ ވާހަކައިގައި ބުނާފަދައިން އެ ދެމީހުންވެސް އެ ބޯޓު ގަތުމަށް ފައިސާ ހޭދަކޮށްފައިވާނަމަ ނުވަތަ އެ ބޯޓުގެ މިލްކުވެރިކަން ހިއްސާކުރުމަށް އެ ތިން މީހުން އެއްބަސްވެފައިވާނަމަ، ރަޖިސްޓްރީގައި ކޮންމެ ނަމެއް ލިޔެފައި އޮތްނަމަވެސް، މި ޙާލަތުގައި އެއްބަސްވުމެއް ނުވަތަ ޓްރަސްޓެއް އޮތުމުގެ އިޙްތިމާލު އޮތްކަމަށް ބެލެވުމުގެ ފުރުސަތު އޮންނާނެކަމަށް އަހުރެންނަށް ބުރަވެވޭތީއެވެ. އަދި ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީއެއް އޮންނަ އޮތުމަކީ، އޭގެ ޒާތުން އެ މުދަލަކުން މަންފާ ލިބެންޖެހޭ ފަރާތްތަކެއް، ހަމަ ޙަޤީޤަތުގައިވެސް ވާނަމަ، އެކަން މުޅިން ނަފީކުރެވޭނެކަމެއްކަމުގައި ނުބެލެވޭނެކަމަށް އަހުރެންނަށް ބުރަވެވޭތީއެވެ.
37ޕްރިސިޑެންސް 3ޤާނނަކުނ ލިޔުމުން އެއްބަސްވުން އޮތުން ލާޒިމުނުކުރާހާ ހިނދަކު، ޤާނޫނު ހުއްދަކުރާ އެނޫންގޮތަކަށް ވެވޭ އެއްބަސްވުންތަކަކީ، ޤާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އެއްބަސްވުންތަކެއްކަން އެނގެއެވެ. މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދަށުކޯޓުގައި ހިންގުނު ދަޢުވާއާ ގުޅިގެން ވާޤިޢާތަށ ސާބިތުކުރުމަށް ޝަފަހީ ހެއްކާއި ކިތާބީ ހެކި ނުވަތަ ލިޔެކިޔުންތައް ކޯޓަށް ބަލައިގަ ނ، އެ މައްޗަށް ޝަރީޢަތް ހިންގުމުގައި ދަށުކޯޓުގެ ފަނޑިޔާރު ގޯހެއް ހަދާފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
38ރަޖިސްޓްރީއަކީ، މިލްކުވެރިކަން ދަލާލަތުކޮށްދޭ ޤަޠުޢީ ހެއްކެއްކަމަށް ޢަލީ ޝަރީފްގެ ފަރާތުން ބުނިނަމަވެސް، ރަޖިސްޓްރީ އަކީ މިލްކުވެރިކަން ދަލާލަތުކޮށްދޭ ޕްރިމާ ފޭޝީ ހެކިކަމުގއިވާއިރަ، ހުރިހާ ޙާލަތެއްގައި އެއީ މިލްކުވެރިކަން ދަލާލަތުކޮށްދޭ ގަޠުޢީ ހެއްކެއްކަމުގައި ނުބެލެވޭނެކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، މިލްކުވެރިކަމުގެ ޙައްޤުތަކާ ގުޅިގެން ނުވަތަ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން މައްސަލައެއް އުފެދިއްޖެނަމަ، އިންސާފަށް ވާސިލުވުމުގައި ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނީ ހަމައެކަނި ރަޖިސްޓްރީއަށް ކަމަ ކަށް އަހުރެން ނަކަށް އެއްބަހެއް ނުވެވެއެވެ. ހަމައެކަނި ރަޖިސްޓްރީއަށް ރިޢާޔަތްކުރުމުގެ ބަދަލުގައި މުޅި މުޢާމަލާތުގެ ޖައުހަރަށް ބަލަންޖެހޭނެކަމަށް އަހުރެން ދެކެމެވެ.
39ޚާއްޞަކޮށް، އެ މުދަލެއްގެ ރަޖިސްޓްރީ އެ ފަރާތެއްގެ ނަމުގައި އޮތް ފަރާތުން އެއްބަސްވުމާ ޚިލާފަށް ނުވަތަ ޓްރަސްޓާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ދަޢުވާ ކުރެވޭ ޙާލަތްތަކުގައި މުޅި މުޢާމަލާތުގެ ޖައުހަރަށް ބެލުމަކީ ނުކޮށް ދ ކޮށްލެވޭނެ ކަމެއްކަމުގައި އަހުރެން ނުދެކެމެވެ. ޢަދާލަތުގެ ހަމައިން ބެލިނަމަވެސް، މަކަރާ ޙީލަތުގެ ވަސީލަތެއްގެ ގޮތުގައި ރަޖިސްޓްރީއެއް ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ ކުރެވިދާނެކަމެއްކަމުގައި އަހުރެން ނުދެކެމެވެ. މިފަދަ ޙާލަތްތަކުގައި ނުޙައްޤު މަންފާ ހުއްޓުވުމަށްޓަކައި އަދި ޢަދުލު އިންސާފު ޤާއިމްކުރުމަށްޓަކައި ކުރިން ފާހަގަކުރިފަދައިން މުޅި މުޢާމަލާތުގެ ޖައުހަރަށް ބަލަންޖެހޭނެކަމަށް އަހުރެންނަށް ބުރަވެވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ [2022] SC 77 ޤަޟިއްޔާގެ 23 ވަނަ ފެރެގްރާފުން ފެށިގެން 25 ވަނަ ޕެރެގްރާފްގެ ނިޔަލަށް
40އެހެންކަމުން، މި މައްސަލައިގައި މުޢާމަލާތުގެ ޙަޤީޤީ ސިފަ ބެލުމަށް ރަޖިސްޓްރޭޝަން ސެޓްފިކެޓް އެއީ މިލްކުވެރިކަމުގެ ޤަޠުޢީ ހެއްކެއްކަމުގައި ދަށުކޯޓުން ނުބެލި ނުބެލުމުގައި ޤާނޫނީ ގޮތުން ގޯހެއް އޮތްކަން އަހުރެންނަށް ފާހަގަކުރެވިފައެއްނުވެއެވެ. ހެކިތައް ވަޒަންކުރިގޮތުގެ ތަފުސީލު ސަބަބާއެކު ބަޔާންކުރުމެއް ނެތި، ދަޢުވާ ސާބިތުވާކަމަށް ދަށުކޯޓުން ނިންމި ނިންމުމުގައި ގޯހެއް އޮތްތޯ؟
41ޢަލީ ޝަރީފުގެ ފަރާތުން ފާހަގަކުރަނީ، އެ ބޯޓުގެ ރަޖިސްޓްރީ ޢަލީ ޝަރީފުގެ ނަންމައްޗަށް ބަދަލުކުރީ "އޮޅުވާލައިގެން" ކަމަށް ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން ބުނާއިރު، ޢަލީ ޝަރީފު އެ މީހުންނަށް އޮޅުވާލާފައިވާ ގޮތެއް، އޮޅުވާލުމަށް ކުރިކަމެއް ބުނެދެވިފައި ނުވާކަމަށެވެ. އޮޅުވާލިކަމަށް ބުނެ އެ ދެފަރާތުން ދައްކާފައިވާ ވާހަކައަކީ، އެ ދެފަރާތުން އުފައްދާފައިވާ ދަފްޢެއްކަމަށްވާއިރު، އެކަން ސާބިތުކޮށްދިނުމުގެ ބުރައަކީ އެ ދެފަރާތުގެ ޒިންމާއެއްކަމުގައި ބުނެ، އެކަމުގެ ޤާނޫނީ ޙުއްޖަތެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމަށް ޢަލީ ޝަރީފުގެ ފަރާތުން ޙަވާލާދީފައިވާކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
42މި މައްސަލައިގެ ވާޤިޢާތަކަށް ނަޒަރުކުރާއިރު، ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން ދަށުކޯޓުގައި އުފުލި ދަޢުވާގައި ފާހަގަކޮށްފައިވަނީ، މި ފަރާތްތަކުގެ މެދުގައި ވެވިފައިވާކަމަށ ބުން އެއްބަސްވުމާ ޚިލާފަށް ޢަލީ ޝަރީފު އޭނާގެ އަމިއްލަ ނަމުގައި އެ ބޯޓު ރަޖިސްޓްރީކުރިކުރުންކަން އެނގެއެވެ. އެހެންކަމުން، "އޮޅުވާލައިގެން"ކަމަށް ބުނެފައި އެވާ ބުނުމަކީ، ވަކިގޮތަކަށް އެއްބަސްވުމަށްފަހު އެއާ ޚިލާފަށް ޢަމަލުކުރިކަމަށް ބުނާ ބުނުންކަމުގައި އަހުރެންނަށް ބެލެވެއެވެ.
43ބުނެވިދިޔަ ފަދައިން، ވަކިގޮތަކަށް އެއްބަސްވުމަށްފަހު، އެ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރިކަން ދަށުކޯޓުގައި ދަޢުވާކުރި ފަރާތްތަކަށް ސާބިތުކޮށްދެވިފައި ވޭތޯ ބެލުމަކީ، އިންސާފަށްޓަކައި މި މައްސަލައިގައި ކޮންމެހެން ކުރަންޖެހޭ އަސާސީކަމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
44ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފުގެ ފަރާތުން އުފުލި ދަޢުވާގައި ބުނާފަދައިން، މި ތިންމީހުންގެ މެދުގައި ވަކިގޮތަކަށް އެއްބަސްވެ، އެ އެއްބަސްވިގޮތ ޚިލާފަށާ ޢަމަލުކޮށްފައިވާކަން ސާބިތުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާކަން ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ޖުމްލަކޮށް ބެލުމުން އެނގެއެވެ.
45ޕްރިސިޑެންސް 4ޢަލީ ޝަރީފުގެ ފަރާތުން، މި އިސްތިއުނާފުގައި ފާހަގަކުރި ކަންކަމަށް ބަލައި، ދަށު ކޯޓުގައި ދަޢުވާ އުފުލި ދެފަރާތްކަމުގައިވާ ޢާއިޝަތު ޒުނައިރާ އާއި މުޙައްމަދު ޝަރީފަށް އެ ދެފަރާތުގެ ދަޢުވާ ހަމަ ޙަޤީޤަތުގައިވެސް ސާބިތުކޮށްދެވިފައިވާކަން ދަށުކޯޓުގެ ރިޕޯޓުން އެނގެ ން އޮތްތޯ އަހުރެން ބެލިބެލުމުން، އެ ރިޕޯޓުގެ 12 ވަނަ ނަންބަރުގެ ދަށުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ދަށުކޯޓުގެ ފަނޑިޔާރު ހެކިތައް ވަޒަންކުރިގޮތެއް، ސާފުކޮށް އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
46އިސްތިއުނާފުކުރާ ޢަލީ ޝަރީފުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ދަޢުވާ ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެކެވެ. ދަށުކޯޓުގެ ފަނޑިޔާރަށް މި މައްސަލައިގައި ވާސިލުވެވިފައިވާ އާޚިރު ނަތީޖާއަކީ، ދައުވާ ސާބިތުވާކަމަށް ބުރަވެވުމެވެ. އެހެންނަމަވެސް، އެ ނިންމުމަށް ދަށުކޯޓުގެ ފަނޑިޔާރަށް ވާސިލުވެވުނު ގޮތެއް އަދި ސަބަބެއް އެ ނިންމުމުން އަހުރެންނަކަށް ސާފެއް ނޫނެވެ. ސަބަބަކީ، ހެކިވަޒަންކުރެވިފައި އޮތް ގޮތް ސާފުނުވާތީއެވެ. ވަކިވަކި ހެކިތަކަށް ދެވިފައިވާ ބުރަދަން ސާފުނުވާތީއެވެ. އެ ހެކިތަކުގައި ހުރި ފުށުއެރުންތައް ސާފުނުވާތީއެވެ. އެ ފުށުއެރުންތަކާއެކު ހުރިހާ ހެކިތަކަށް ޖުމްލަކޮށް ބަލައިގެން މަދަނީ މިންގަނޑުން ދަޢުވާ ސާބިތުވާގޮތެއް އެކަށީގެންވާ މިންވަރަށް ސާފުނުވާތީއެވެ. ބުނެވިދިޔަ ކަންކަން މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރަށް ބަޔާންކޮށްދެވިފައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެހެންކަމުން، ދަށުކޯޓުގެ ނިންމުމަށް ތާއީދުކޮށް އެ ނިންމުން ދެމެހެއްޓިދާނެ ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ބުރައެއްނުވެއެވެ. ޝަފަހީ ހެއްކަކީ، ކިތާބީ ހެއްކަށްވުރެ ސާބިތުވުމުގެ ބާރުގެ ހައިސިއްޔަތުން ބަލި ވަސީލަތެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާތީ، އެ ބޯޓުގެ މިލްކުވެރި ފަރާތަކީ، ޢަލީ ޝަރީފުކަން ކަށަވަރުވެ ޔަޤީންވާކަމަށް ބެލޭނެތޯ؟
47ބޯޓުގެ ރަޖިސްޓްރީ އަކީ މިލްކުވެރިކަން ސާބިތުކުރުމުގެ މުޠުލަޤު ބާރު އެއަށް ލިބިފައިވާ ވަސީލަތެއްކަމަށް ބުނާ ބުނުމާމެދު އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، އެ ނުކުތާތަކުގައި މި ސުވާލުގެ އެއްބަޔަށު ޖަވާބު ދެވިފައިވާކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ، ރަޖިސްޓްރީއާމެދު އޮންނަ އިފްތިރާޟް ބަޔާންކޮށްދެވިފައިވާތީއެވެ.
48މ މައްސަލައިގައި އޮތް ރަޖިސްޓްރީ އަކީ ކިތާބީ ހެއްކެއްކަމުގައި ވީނަމަވެސް، އަދި ދަޢުވާ އުފުލުނުއިރު ޢަލީ ޝަރީފުގެ ނަމުގައި އެ ރަޖިސްޓްރީ އޮތްނަމަވެސް، މި ދަޢުވާއަކީ ޢަލީ ޝަރީފުގެ ނަމުގައި އެ ބޯޓު ރަޖިސްޓްރީކުރުމަށް ވާސިލުވެފައިވާގޮތާމެދުގައ އޮތި ދަޢުވާއަކަށްވާތީ، މި ޙާލަތުގައި އެ ބޯޓުގެ ހަމައެކަނި މިލްކުވެރިފަރާތަކީ ޢަލީ ޝަރީފުކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ ދަށުކޯޓުގައި އުފުލުނު ދަޢުވާއާ ގުޅިގެން ހުށަހެޅުނު އެންމެހައި ކަންކަން ހެކިތަކަށް ރިޢާއަތްކޮށް އެކަށީގެންވާ ގޮތެއްގައި ވަޒަންކުރެވިގެންކަމަށް އަހުރެން ދެކެމެވެ.
49ދަށު ކޯޓުގައު އުފުލުނު ދަޢުވާއާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި ހެކި ވަޒަންކުރެވިފައި ވާކަން އެނގެން ނެތް ހިނދު، ޝަފަހީ ހެއްކަކީ، ކިތާބީ ހެއްކަށްވުރެ ސާބިތުވުމުގެ ބާރުގެ ހައިސިއްޔަތުން ބަލި ވަސީލަތެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާތީ، މި މައްސަލައިގައި ޢަލީ ޝަރީފުގެ ނަމުގައި ރަޖިސްޓްރީ އޮތް އޮތުމަށްބަލައި، ހަމައެކަނި އެ ސަބަބަށްޓަކައި، އެ ބޯޓުގެ މިލްކުވެރި ފަރާތަކީ، ޢަލީ ޝަރީފުކަން ކަށަވަރުވެ ޔަޤީންވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަށް، މި ޙާލަތުގައި، އަހުރެންނަށް އެއްބަހެއްނުވެވެއެވެ. ބޭންކް އޮފް މޯލްޑިވްސްގައި އެ ބޯޓު ރަހުނު ކޮށްފައިވާއިރު، އެ ފަރާތުގެ ބަހެއް ނެތި ދަށުކޯޓުން ނިންމި ނިންމުން ދެމެހެއްޓިދާނެތޯ؟
50ޕްރިސިޑެންސް 5މި ނުކުތާގައި ޢަލީ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވާކަންކަން އެ ފަރާތުން ފާހަގަކުރާ ފަދައިން ހުރިކަމަށް އަހުރެންނަށްވެސް އެއްބަސްވެވެއެވެ. މި ނުކުތާގައި ޢަލީ ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވާ ޤާނޫނީ ނުކުތާއަކީ ހަރުދަނާ ނުކުތާއެއްކަމަށް އަހުރެންނަށްވެސް އެއްބަސްވެވެއެވެ. އެގޮތުން، އެ ބޯޓަކީ ބޭންކް އޮފް މޯލްޑިވްސްގައި ރަހުނުކޮށްފައިވާ ބޯޓެއްކަމާމެދު ޚަޞްމުންގެ މެދުގައިވެސ ޚިލާފެއް ނެތްކަން ފާހަގަކުރެވެއެވެ. އަދި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ވެސް އެ ބޯޓަކީ ބޭންކް އޮފް މޯލްޑިވްސްގައި ރަހުނުކޮށްފައިވާ ބޯޓެއްކަން އެނގެއެވެ. ޢަލީ ޝަރީފުގެ ނަމުގައި އޮތް އެ ބޯޓުގެ ރަޖިސްޓްރީ ބާޠިލުކުރުމަށް ދަށުކޯޓުން ނިންމިއިރު، ބޭންކް އޮފް މޯލްޑިވްސްގެ ވާހަކައެއް ބަޔާންކޮށްފައިނެތެވެ. އެ ބޭންކަށް އެއްވެސް ނޯޓިސްއެއް ދިންކަންވެސް އެނގޭކަށް ނެތެވެ. އަދި އެ ބޭންކުގެ އެއްވެސް ބަހެއްވެސް އަޑުއަހައިފައި ނެތެވެ. އެ ބޭންކުގެ ޙައްޤުތަކެއް އެކުލެވޭ ކަމެއްގައި އެ ފަރާތުގެ ބަހެއްނެތި ކޯޓުން ނިންމާފައިވާ މި ނިންމުމަކީ ޖާއިޒު ނިންމުމެއްކަމުގައި އަހުރެންނަކަށްވެސް ބުރައެއްނުވެއެވެ.
51މ މައްސަލައިގައި ރަހުނުކުރެވިފައިވާ ބޯޓާމެދު އެ ބޭންކުގެ މަސްލަހަތު އޮންނާނެކަމީ ސުވާލެއްވެސް އޮތްކަމެއް ނޫނެވެ. އެހެންކަމަށްވާއިރު، އެ ބޭންކަށް ބަސްބުނުމުގެ އެއްވެސް ފުރުސަތެއް ނުދީ އެ ރަޖިސްޓްރީ ބާޠިލުކުރުމަށް ނިންމި ނިންމުމަކީ ނެޗުރަލް ޖަސްޓިސްގެ އެންމެ އަސާސީ އުސލުތަކާވެސް ފުށުއަރާ ނިންމުމެއްކަމުގައި ވީހިނދު، އެ ނިންމުން ދެމެހެއްޓިދާނެކަމަކަށް އަހުރެންނަކަށްވެސ އެއްބަހެއް ނުވެވެއެވެ. ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރު 33/M8C/2016 ރަހުނުގެ އެގްރީމެންޓް ނިންމަން ފެންނަގޮތް
52ޢަލީ ޝަރީފުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ މައްޗަށް ބިނާކޮށް ދަށުކޯޓުގެ ޙުކުމް ބާޠިލުކުރުމަށް ފެނެއެވެ. މި މައްސަލައަކީ، ބޭންކް އޮފް މޯލްޑިވްސްގެ މަޞްލަޙަތު އެކުލެވޭ މައްސަލައަކަށްވާތީ، މައްސަލައިގައި ގޮތް ކަނޑައެޅުމުގެ ކުރިން، އެ ފަރާތުގެ ބަސްހޯދަންޖެހޭނެކަމަށް ދެކެމެވެ. އަދި މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތައް އަލުން ވަޒަންކޮށް، މި ތިންމީހުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވޭތޯ އާއި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން ބަލައި، ތަފުސީލާއި ސަބަބު ބަޔާންކޮށް އަލުން ގޮތް ކަނޑައެޅުމަށް ދަށުކޓަށޯ ތަޙުވީލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
53މ މައްސަލައިގައި އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
54މ މައްސަލައިގައި އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ. ,,, ? ,,.✓'; u-,,r Y',...--4 ✓ ry-4 ,,.v ,,, '( ,~;j ' ,,, ; , F.' ~,,,.U' .,;t",,,. YAe° A ,,r• ,- o, ;,- CCO C • .,, .,,,. .,, ~ vvoJ",,-,: ✓ ,.,,..,,.-; v-rv ;,-,.,,:-_., ✓ ,,-Co• 0 ~ C O / / / / C C O XO ? , ? ,,, ( ;;,-o;;..rvi' r ,.,o1,,,-,., r r ~✓✓ /V~✓ Col" ~✓di>~ OIOZ IZZ , ?o,,, clCrc, , ,,, cc ,,, ,,, rr7'vt/rv ,,./ r A./ ,,.;:.6 A ✓ AC°r V :,;. 0 ~.,, *.,,,,.,,,,.XO/ ~ /0/C? , ,,, ,,, ,,, ,,, C iJ ,...--4o/ ,,ro/ Ao/ r ,: ~vt/rv V Ao/ ✓ Y'AC° C , 0 0 ,,o cl C ? 810Z/:JZO/ 8Z ,,,,,,. 0 ~.., ? cl C 0 C C O ,,, ,,, V,...--464>1/✓ A,,ro ✓ vrol"r Col"✓ 0 7 ,-~ 0 C 7 C C ? XC 7 ,,, 0 YAe° cco .,. ,. -.:-4,.,-,:,,,,o.r ,,.,r~ ✓ roS" 6Z ,,,. .,,,0 ~ ~ XO l 8 uv -JH /6 roz:
- ސުޕްރީމް ކޯޓު: 2013/SC-A/23 (ދަފްޢު ސާބިތުކުރުމުގެ ބުރަ - އިސްތިއުނާފުކުރި ފަރާތުން ޙަވާލާދިން)
- ސުޕްރީމް ކޯޓު: 2010/SC-A/17 (ރަޖިސްޓްރީއާ ގުޅޭ - ފުޓްނޯޓުގައި)
- ސުޕްރީމް ކޯޓު: [2022] SC 77 (ޕެރ. 23-25) - މުޢާމަލާތުގެ ޖައުހަރަށް ބެލުން
- ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރު 33/M8C/2016 ރަހުނުގެ އެގްރީމެންޓް
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް