ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/333
ޢަލީ އާދަމް ވ. ފޯވޭ މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް، 2014/HC-A/333
Ali Adam v. Foavey Maldives Paraivet Limited 2014/HC-A/333 (2014/HC-A/333, High Court of the Maldives, 1 November 2016)
ޢަލީ އާދަމް ވ. ފޯވޭ މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، އެއްބަސްވުން ބާޠިލުވެއްޖެކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، އެއްބަސްވުމާ ޢަލީ އާދަމް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ މާއްދާތަކަށް ޙުރުމަތްތެރިވުމަށް އަންގައި، ގެއްލުމުގެ ބަދަލު ވަކި ޤަޟިއްޔާއަކުން ހޯދިދާނެކަމަށް ޙުކުމްކުރިއެވެ.
ޢަލީ އާދަމް ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓެއް ކުއްޔަށް ދިން އެއްބަސްވުމުގައި ކުލި ކޮންމެ މަހެއްގެ 7 ގެ ކުރިން ދައްކަންޖެހޭނެކަމަށާއި، ލަސްވާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ދައްކަންޖެހޭނެކަމަށާއި، ކުލި ނުދައްކާތާ 30 ދުވަސް ވެއްޖެނަމަ ތަން ޙަވާލުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. 2011 އޯގަސްޓް މަހުގެ ކުލި ދައްކަން ދިޔައިރު ޢަލީ އާދަމް ކުލި ބަލައިނުގަނެ އެއްބަސްވުން ބާޠިލުވީކަމަށް ބުނުމުން ކުންފުނިން ސިވިލް ކޯޓަށް ދަޢުވާކުރިއެވެ.
ޢަލީ އާދަމް ބުނީ ކުންފުނިން ކުލި ގެނައީ މަދުން ކަމަށާއި، ހުށަހެޅި ހެކި ކޯޓުން ނުބަލާކަމަށާއި، މަހުން މަހަށް ކުލި ނުދައްކާ ކޮންމެ ފަހަރަކީ އެއްބަސްވުމާ ޚިލާފުވުމެއްކަމަށް 2011/HC-A/132 ގައިވާ އުޞޫލު ތަޠުބީޤުނުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށެވެ.
މައިގަނޑު ސުވާލު
އެޕާޓްމަންޓެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ މުއްދަތުގައި ކުލި ނުދެއްކުމުން އެއްބަސްވުން ބާޠިލުވީތޯއާއި، ކުލި މަދުން ގެނައިކަމަށް ބުނާ ބުނުން ސާބިތުވޭތޯއާއި، 2011/HC-A/132 ގައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކުލި ދައްކަން ގެންދިޔަ ފައިސާ މަދުކަމަށް ސާބިތުނުވެއެވެ. ކުންފުނިން ފައިސާ ޙަވާލުކުރަން މަސައްކަތްކޮށް، 30 ދުވަހުގެ މުއްދަތު ހަމަނުވަނީސް މައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ، 2011/HC-A/132 ގައިވާ ގޮތަށް ކުލި ދައްކަންޖެހޭކަމަށް ނުބެލެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުލި ދައްކަން ގެންދިޔަ ޢަދަދާ ގުޅޭގޮތުން ކުއްޔަށް ދިން ފަރާތުން އެއްވެސް ހެއްކަކާ ސުވާލުކޮށްފައިވާކަން އެނގެން ނެތުމުގެ އިތުރުން، ކުލި ދެއްކުމަށް ގެންދިޔަ ފައިސާ ގުނާ އެ ޢަދަދު އެފަރާތުން ބަލާފައިވެސް ނުވާކަން އެނގެން އޮތުމުން، ކުލި ދެއްކުމަށް ފައިސާ ގެންގޮސްފައިވަނީ މަދުންކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ކުއްޔަށް ހިފި ފަރާތުން ކުއްޔަށް ދިން ފަރާތާ ފައިސާ ޙަވާލުކުރަން މަސައްކަތްކޮށްފައިވާއިރު، ކުއްޔަށް ދިން ފަރާތުން ކުއްޔާ ޙަވާލުނުވެ އެގްރީމެންޓް ބާޠިލްކަމަށް ބުނެފައިވާތީއާއި، ކުލި ނުދައްކައި 30 ދުވަސް ފާއިތުވެއްޖެނަމަ އެގްރީމެންޓް ބާޠިލްވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެ މުއްދަތު ހަމަނުވަނީސް ދެފަރާތް ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން މައްސަލަ ކޯޓަށް ހުށަހަޅާފައިވާނަމަ، ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ހައިކޯޓުގެ ނަންބަރު 2011/HC-A/132 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް ކުލި ދައްކަންޖެހޭކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- 2011/HC-A/132
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް