ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/06
އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް، 2020/HC-A/06
Aimaa Construction Company Private Limited v. Fathimath Haleem 2020/HC-A/06 (2020/HC-A/06, High Court of the Maldives, 24 October 2021)
އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމުގެ މުއްދަތު (ހައިކޯޓާއި ސުޕްރީމް ކޯޓުން ކަނޑައެޅި ގޮތުގައި) 31 ޖުލައި 2015 ގައި ހަމަވުމަށްފަހު، ތަން ހުސްކޮށް ޙަވާލުކުރި ދުވަހާ ހަމައަށް ބޭނުންކުރި މުއްދަތުގެ ކުލި ކުއްޔަށް ހިފި ފަރާތުން ދައްކަން ޖެހޭތޯއާއި، ރެސް ޖުޑިކާޓާ، ޢާންމު ޚަޠައު، ޙައްޤުނޫން މަންފާ (unjust enrichment) އަދި ބާޠިލް ޝަރުޠުތަކުގެ ނަތީޖާއާ ގުޅޭ އިސްތިއުނާފީ ނުކުތާތައް ޤަބޫލުކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ތަޙުލީލުން ފެންނަގޮތުގައި)
ކަނޑައެޅުނު އުޞޫލުތައް
- ފުރަތަމަ މަރުޙަލާގެ ކޯޓުގައި ފާހަގަނުކޮށް، އިސްތިއުނާފު ކޯޓުގައި ފުރަތަމަ ފަހަރަށް އާ ކަމަކަށް ފައިޞަލާކޮށްދިނުމަށް އެދުމަކީ ސިވިލް ޕްރޮސީޖަރގެ ހަމަތަކާ ޚިލާފު ކަމެކެވެ (ސުޕްރީމް ކޯޓުގެ 2013/SC-A/44). އެހެންކަމުން ދަށުކޯޓުގައި ނުނަގާ ރެސް ޖުޑިކާޓާގެ ނުކުތާއަކީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެ ގޮތެއް ނިންމޭނެ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.2-9.4)
- އިސްތިއުނާފު ކޯޓަކުން ބާޠިލުކޮށް، އެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާ ދަށުކޯޓުގެ ޙުކުމަކަށް ޙަވާލާދީ، އެ ޙުކުމުގެ ދަށުން ޙައްޤެއް ލިބިފައިވާކަމަށް ބުނާ ބުނުމަކީ ޤާނޫނީ ގޮތުން ބަލައިގަނެ ބުރަދަނެއް ދެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10.2-10.3)
- ކުލީގެ މުއްދަތު ހަމަވުމަށްފަހު ޢިމާރާތުގެ ވެރިފަރާތުގެ ރުހުމާނުލައި އެ ތަން ބޭނުންކޮށް އިސްތިޣުލާލުކުރުމުގެ ޙައްޤު ކުއްޔަށް ހިފި ފަރާތަކަށް ނުލިބެއެވެ. މުއްދަތު ހަމަވިކަން ކޯޓުން ކަނޑައެޅީ ހަމަވި ތާރީޚުގެ ފަހުން ނަމަވެސް، ހަމަވި ތާރީޚުން ފެށިގެން ތަން ބޭނުންކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ކަމަށް ބެލެވޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11.3-11.4)
- އެއްބަސްވުން ނިމުމަށްފަހު ބޭނުންކުރި މުއްދަތަށް ކުލި ދައްކަން ޖެހުމަކީ ތަނުގެ ވެރިފަރާތަށް ޙައްޤުނޫން މަންފާއެއް (unjust enrichment) ލިބުމެއް ނޫނެވެ؛ އެ މުއްދަތަށް ކުއްޔެއްނެތި ތަން ބޭނުންކުރުމުގެ ފުރުޞަތު ދިނުމަކީ ކުއްޔަށް ހިފި ފަރާތަށް ޙައްޤުނޫން މަންފާއެއް ލިބުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.2-12.3)
- އެއްބަސްވުމުގެ ބައެއް ޝަރުޠު ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ޚިލާފުވާ މިންވަރު ބާޠިލުވުމަކީ، ވެރިފަރާތުގެ ރުހުމަކާނުލައި، އެކަށީގެންވާ ބަދަލެއް ނުދީ ޢިމާރާތް ބޭނުންކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.2)
ޙުސައިން ޝަހީދު ތާއީދުކުރއްވައެވަ . މައްސަލައިގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފރު އްދުވާ ފަރާތަކީ […] ފާޠިމަތު ޙަލީމު އެވެ . މައްސަލާގައި ކަންހިނގާފައިވާގޮތް : 2- ފާޠިމަތު ޙަލީމާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 2000 އޮގަސްޓް 31 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ […] އެވެކިޔުނު ގޯތީގައި ކުރެވިފައިވާ ޢިމާރާތުގެ ގްރަންޑް، ފަސްޓް އަދި ސެކަންޑް ފްލޯރ ކުއްޔަށްދީފައިވާ މުއްދަތުގެ 2015 ޖުލައި 31ވަނަ ދުވަހު ހަމަވުމަށްފަހު އިތުރު 20 )ވިހި ( މަސް ދުވަހު ފާޠިމަތު ޙަލީމަށް ކުލި ނުދައްކާ އެ 3 ފްލޯރ ބޭނުންކޮށްފައިވާތީ، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ން ކުލީގެ ގޮތުގައި 1,600,000/-ރ. )އެއްމިލިއަން ހަލައްކަ ރުފިޔާ ( ހޯދުމަށާއި، ޢިމާރާތުގެ އެ 3 ފްލޯރ 17 އެޕްރީލް 2017 ގައި ފާޠިމަތު ޙަލީމާ ޙަވާލުކުރިއިރު އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ނުދައްކާވާ ކަރަންޓް އަދި ފެން ބިލްތައް ފާޠިމަތު ޙަލީމް ދައްކަން ޖެހުމުން، ފާޠިމަތު ޙަލީމްގެ ފަރާތުން ދައްކާފައިވާ ބިލްތަކަށް 11,257/72ރ. )އެގާރަހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ ހަތްދިހަ ދެލާރި ( އައިމާ ރަޖިސްޓަރީ ނަންބަރު 27/91-C އައިޑީކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށާއި، އިސްވެ ބަޔާންކުރެވުނު އެއްބަސްވުމުގެ ދަށުން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ ޢިމާރާތުގެ 3 ފްލޯރ ފާޠިމަތު ޙަލީމަށް ޙަވާލުކުރިއިރު އެ ފްލޯރތައް ހުންނަންޖެހޭ ފެންވަރަށް ގެނެސް ފައިނުވާތީ، އެ ފްލޯރތައް ބޭނުންކުރެވޭ ޙާލަތަށް ގެނައުމަށް ފާޠިމަތު ޙަލީމް ޚަރަދުކޮށްފައިވާ 291,950/-ރ. )ދެލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ފަންސާސްރުފިޔާ ( އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ފާޠިމަތު ޙަލީމުގެ ފަރާތުން، 2018 ފެބްރުއަރީ 14ވަނަ ދުވަހު ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ . ފާޠިމަތު ޙަލީމުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބަލާފައިވަނީ، އެކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާ އިންނެވެ . ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 3- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ] :ދެންފަހ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، […] / މާލެ، ފާޠިމަތު ޙަލީމް އާއި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 2000 އޯގަސްޓް 31 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ކުއްޔަށްދީފައިވާ […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ގްރައުންޑް، ފަސްޓް އަދި ސެކަންޑް ފްލޯރ ކުއްޔަށްދީފައިވާ މުއްދަތު 2015 ޖުލައި 31ވަނަ ދުވަހު ހަމަވުމަށްފަހު، އިތުރު 20 )ވިހި ( މަސް ދުވަހު ދަޢުވާކުރާ ފަރާތަށް ކުލި ނުދައްކާ އެ 3 )ތިނެއް ( ފްލޯރ ބޭނުންކޮށްފައިވާތީ، އެ މުއްދަތުގެ ކުލީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ނަގައިދިނުމަށް އެދިފައިވާ 1,600,000/-ރ. )އެއްމިލިއަން ހަލައްކަ ރުފިޔާ ( އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާ ކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާވާ ފައިސާކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ތަނުގެ ކަރަންޓާއި ފެން ބިލަށްވާ 11,257/72ރ. )އެގާރަހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ ހަތްދިހަ ދެލާރި ( އަކީ ދަޢުވާލިބޭ ފަރާތުގެ އިޢްތިރާފުން ދަޢުވާކުރާ ފަރާތަށް ލިބިދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ޢިމާރާތް ޙަވާލުކުރިއިރު ޢިމާރާތް ހުންނަންޖެހޭ ފެންވަރަށް ޢިމާރާތް ގެނެސްފައިނުވާކަމަށް ބުނެ ޢިމާރާތް ބޭނުންކުރެވޭނެ ޙާލަތަށް ގެނައުމަށް ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްފައިވާކަމަށް ބުނާ 291,950/-ރ. )ދެލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ފަންސާސްރުފިޔާ ( ނަގައިދޭންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދަޢުވާކުރާ ފާޠިމަތު ޙަލީމް އަށް 1,611,257/72ރ. )އެއްމިލިއަން ހަލައްކަ އެގާރަހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ ހަތްދިހަ ދެލާރި ( ލިބިދިނުމުގެ ގޮތުން މިއަދު 2019 ޖުލައި 18ވަނަ ދުވަހުން ފެށިގެން
06 )ހައެއް ( މަސް ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބުނު އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް އަންގައި، ޙުކުމްކޮށްފީމެވެ [. މިފަދައިން ކަން އެނގެން އޮވެއެވެ . އިސްތިއުނާފަށް ހުށަހެޅުން: 4- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން 2019 ސެޕްޓެންބަރު 08ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ . އިސްތިއުނާފީ ނުކުތާ ތައު: 5- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިސްތިއުނާފު ކުރުމަށް 05 )ފަހެ އ ( ނުކުތާ ފާހަގަކޮށް އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެއީ :- ފުރަތަމަ ނުކުތާއަކީ : ކަނޑައެޅި ނިޔާގެ ބާރު ]ރެސް ޖުޑިކާޓާ[ ގެ މަބްދައާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ޝަރުޢީ ޙުކުމަކުން އައިމާއަށް ލިބިފައި އޮތް ޤާނޫނީ ރައްކާތެރިކަމުގެ މަންފާ ގެއްލޭގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ތިންވަނަ ނުކުތާއަކީ : ކޮންޓްރެކްޓާބެހޭ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ޚަޠައުގެ ބާވަތްތަކުގެ ތެރެއިން ]ޢާންމު ޚަޠައު[ގެ ޝަރުޢީ އަދި ޤާނޫނީ ފަރުވާ އައިމާއަށް ލިބިފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ހަތަރުވަނަ ނުކުތާއަކީ : ފާޠިމަތު ޙަލީމަށް ]ޙައްޤުނޫން މަންފާ [ އެއް ލިބޭގޮތަށް ފައިޞަލާކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފަސްވަނަ ނުކުތާއަކީ : ]ބާޠިލް[ ނުވަތަ ]އުފެދުމުގައިވެސް ބާޠިލް[ ކަންކަމުގެ ޤާނޫނީ ނަތީޖާއާމެދު ރިޢާޔަތްކުރައްވާފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް : 6- އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ؛
6.1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/22 ޤަޟިއްޔާއިން 07 މާރިޗު 2017 ގައި ކުރެއްވި ޙުކުމުގައި ތަނުން ނުކުތުމަށް އައިމާއަށް ދެއްވި 30 )ތިރީސް ( ދުވަހުގެ މުއްދަތު ހަމަވި ތާރީޚުން ފެށިގެންތަން ޙަވާލުކުރި ތާރީޚާ ހަމައަށް އިތުރަށް ހިނގާފައިވާ 11 )އެގާރަ ( ދުވަހަށް ފިޔަވައި، އިތުރު އެއްވެސް ކުއްޔެއް ފާތިމަތު ޙަލީމަށް އައިމާގެ ފަރާތުން ދައްކަންޖެހޭގޮތަށް ސިވިލް ކޯޓުގެ ނަންބަރު 662/Cv- C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ އެބައި ބާޠިލް ބައެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށއި، އަދި؛
6.2- ޖުމްލަ 16 )ސޯޅަ ( އަހަރުގެ މުއްދަތަށް އެއްވެސް ކުއްޔެއް ނެތި ތަން ބޭނުންކުރުމުގެ ޙައްޤު އައިމާއަށް ލިބޭގޮތަށް ދެފަރާތުން އެއްބަސްވެ، އެމުއްދަތުގެ މުޤާބިލު (consideration) ފާޠިމަތު ޙަލީމަށް ނަޤުލުކޮށް ފައިވާހިނދު، ޤާނޫނީގޮތުން ތަންފީޒުކުރުމަށް ހުރަސްއަޅާކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާއިންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC- A/22 ޤަޟިއްޔާއިން އުނި ކުރައްވާފައިވާ 01 )އެކެއް ( އަހަރަށް، އައިމާގެ އަތުން ފާޠިމަތު ޙަލީމަށް ކުލި ޙައްޤުވާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ މުއްދަތަށް ދަޢުވާކުރި ކުރުން ބާޠިލްކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ . ފާހަގަކުރެވުނު ނުކުތާތައް : 7- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަށާއި،އެނުކުތާތަކ ގުޅިގެން ދެ ފަރާތނު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
7.1- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަން ބަރު 662/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރި ފާޠިމަތު ޙަލީމް ގެ ފަރާތުން ޖުމްލަ 03 )ތިނެއް ( ކަމަކަށް އެދިފައިވެއެވެ . އެއީ؛
7.1.1- 31 ޖުލައި 2015 އިން 17 އޭޕްރީލް 2017 ގެ ނިޔަލަށް ދަޢުވާލިބޭ ފަރާތުންއެއްވެސް ކުއްޔެއް ދެއްކުމަކާނުލައި ޢި މާރީތާ ބޭނުންކޮށްފައިވާތ، ޢި މާރާތުގެ ގްރައުންޑް ފްލޯރއަށް މަހަކު -/30000ރ. )ތިރީސް ހާސް ރުފިޔާ ( ގެ ރޭޓުން، ފަސްޓް އަދި ސެކަންޑް ފްލޯރއިންކުރެ ކޮންމެ ފްލޯރ އަކަށް މަހަކު -/25,000ރ. )ފަންސަވީސް ހާސް ރުފިޔާ ( ގެ ރޭޓުން 20 )ވިހި ( މަސް ދުވަހުގެ ކުލީގެ ގޮތުގައި ޖުމްލަ 1,600,000.00/-ރ) .އެއްމިލިއަން ހަލައްކަ ރުފިޔާ ( ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ނަގައިދިނުމަށާއި،
7.1.2- 2017 އޭޕްރީލް 17 ގައި ޢިމާރާތް ދަޢުވާކުރާ ފަރާތާ ޙަވާލުކުރިއިރު ދަޢުވާލިބޭ ފަރާތުން ނުދައްކާވާ ކަރަންޓް އަދި ފެން ބިލްތަކަށްވާ 11257.72/-ރ) .އެގާރަހާސް ދުއިސައްތަ ފަންސާސް ހަތް ރުފިޔާ ހަތްދިހަ ދެ ލާރި ( ދަޢުވާލިބޭ ފަރާތުގެ ކިބައިން ދަޢުވާކުރާ ފަރާތަށް ނަގައިދިނުމަށާއި، އަދި ؛ ފާޠިމަތު ޙަލީމްގެ ފަރާތުން 14 ފެބްރުއަރީ 2018 ދުވަހު ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމްގެ 12ވަނަ ނަންބަރުގައި ބަޔާނާކޮށްފައިވާ ކަންތައްތައް .
7.1.3- ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ޢމާރާތި ޙަވާލުކުރިއިރު ޢިމާރާތް ހުންނަންޖެހޭ ފެންވަރަށް ޢިމާރާތް ގެނެސްފައިނުވާތީ، ޢިމާރާތް ބޭނުންކުރެވޭނެ ޙާލަތަށް ގެނައުމަށް ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްފައިވާ 291,950.00/-ރ) .ދެލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ( ނަގައިދިނުމަށް ކަން އެނގެން އޮވެއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކުރި ސަބަބުތައް: 8- ދަޢުވާކުރާ ފަރާތުން އެދިފައިވާ ކަންތައްތަކާއި އޭގެ ޖަވާބުގައި ދަޢުވާ ރައްދުވި ފަރާތުން ދެއްކި ވާހަކަތަކަށާއި ޝަރީޢަތަށް ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ބަލައި، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި މި ރިޕޯޓުގެ 3ވަނަ ނަންބަރުގައި ބަޔާންކުރެވުނު ގޮތުގެ މަތިން އެ ކޯޓުން ޙުކުމްކުރުމުގައި ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ .
8.1- ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާދެމެދު 2000 އޮގަސްޓް 31 ގައި ވެފައިވާ އެއްބަސްވުމުގެ ދށުނަ ދަޢުވާލިބޭ ފަރާތަށް ކުއްޔަށް ދީފައިވާ […] އެވެކިޔާ ގޯތީގައި ކުރެވިފައިވާ ޢިމާރާތުގެ ގްރައުންޑް، ފަސްޓް އަދި ސެކަންޑް ފްލޯރއަށް ކުލި ދައްކަންޖެހި ނުދައްކައިވާ މުއްދަތާމެދު މި ދަޢުވާއާ ގުޅިގެން ޚިލާފު އުފެދިފައިވާއިރު، ބުނެވިދިޔަ އެއްބަސްވުމަށް 2005 ޖަނަވަރީ 09ވަނަ ދުވަހު އ ޞް ލޙާ އ ގެނެވުނު ކަމަށާއި، މި ގެނެވުނު އިޞްލާޙާ ގުޅިގެން ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު އެއްބަސްވުމުގެ މުއްދަތާ ގުޅިގެން ޚުޞޫމަތެއް އުފެދުނުކަމާއި، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2015 ޖުލައި 31ވަނަ ދުވަހަށް ހަމަވެފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ނަންބަރު 2016/SC-A/22 ޤަޟިއްޔާއިން ކަނޑައަޅުއްވާފއަ އޮންނަކަމާއި، 2017 މާރިޗް 07ވަނަ ދުވަހުން ފެށިގެން 30 )ތިރީސް ( ދުވަހުގެ ތެރޭގައި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ތަން ހުސްކުރުމަށް އަންގަވައި މައްސަލަ ނިންމަވާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް . ދަޢުވާލިބޭ ފަރާތާއި ތަން ހުސްކޮށް ޙަވާލުކޮށްފައިވަނީ 2017 އޭޕްރީލް 17 ވަނަ ދުވަހުކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު 2000 އޮގަސްޓް 31ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2015 ޖުލައި 31 ގައި ހަމަވެފައިވާކަން އެނގެން އޮންނަކަމާއި، އަދި ތަން ހުސްކޮށް ވެރިފަރާތާ ތަން ޙަވާލުކޮށްފައިވަނީ 2017 އޭޕްރީލް 17 ވަނަ ދުވަހު ކަން ދެފަރާތުގެ ބަހުން އެނގެން އޮތުމުން، 2015 އޮގަސްޓް 1 އިން 2017 އޭޕްރީލް 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ މުއްދަތު ކަމުގައިވާ 20 )ވިހި ( މަހާއި 17 )ސަތާރަ ( ދުވަހު ތަން ހުރީ ދަޢުވާލިބޭ ފަރާތުގެ ބެލުމުގެ ދަށުގައިކަން އެނގެން އޮތުމުން މި މުއްދަތުގެ ކުއްޔަކީ، ދަޢުވާކުރާ ފަރާތަށް ޙައްޤުވާ ބަދަލެއްކަމަށާއި، އަދި ދަޢުވާކުރާ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުން ޢި މާރާތުގެ ގްރައުންޑް، ފަސްޓް އަދި ސެކަންޑް ފްލޯގެ ކުއްޔަކީ އެ ފަރާތުން ހުށަހަޅާފައިވާ ކުލީގެ ޢަދަދު ކަން ޝަރީޢަތަށް ސާބިތުވާތީ އެގޮތުގެ މަތިން 20 )ވިހި ( މަހާއި 17 )ސަތާރަ ( ދުވަހު ގެ ކުއްޔަކީ، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާވާ ފައިސާކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވާކަން އެނގެން އޮތުމުގެ މައްޗަށާއި؛
8.2- ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަނބުރާ ޢިމާރާތް ޙަވާލުކުރިއިރު ޢިމާރާތް ހުންނަންޖެހޭ ފެންވަރަށް ޢިމާރާތް ގެނެސްފައިނުވާތީ، ޢިމާރާތް ބޭނުންކުރެވޭނެ ޙާލަތަށް ގެނައުމަށް ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްފައިވާ ކަމަށްބުނާ 291,950.00/-ރ) .ދެލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ ( ގެ ބަދަލަށް ބަލާއިރު، ދަޢުވާކުރާ ފަރާތާ، ޢިމާރާތް ދަޢުވާލިބޭ ފަރާތުން ޙަވާލުކޮށްފައިވަނީ އަދި އެ ތަނަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުން ވަޒަންކޮށްފައިވަނީ ދެ ފަރާތުގެ ބެލުމުގެ ދަށުން ދެ ފަރާތުގެ ނުވަތަ ދެ ފަރާތުން ކަނޑައަޅާ ބައެއްގެ ޙާޟިރުގައިކަން އެނގެން ނެތްކަމާއި، ދަޢުވާލިބޭ ފަރާތުން ތަން ހުސް ކޮށް ތަން ދަޢުވާލިބޭ ފަރާތާ ޙަވާލުކޮށްފައި ދިޔައިރު ތަނަށް ލިބިފައިވާ ގެއްލުން ކަމަށް ބުނެ ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިން ދީފައިވާ ހެކިބަހަށް ޝަރީޢަތުން ބެލިއިރު، މި ގެއްލުންތަކަކީ ޙަޤީޤަތުގައިވެސް ދަޢުވާލިބޭ ފަރާތުން ތަނަށް ދީފައިވާ ގެއްލުންތަކެއްކަމާއި ތަން މަރާމާތުކޮށްފައިވަނީ ދަޢުވާލިބޭ ފަރާތުން ދިން ގެއްލުންތަކުގެ ސަބަބުންކަން ޝަރީޢަތަށް ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދީފައިނުވުމުގެ ސަބަބުން ދަޢުވާކުރާ ފަރާތުން ތަން މާރާމާތު ކުރުމަށް ދިޔަ ޚަރަދަ ށްވާ 291,950.00/-ރ) .ދެލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ ( ދަޢުވާލިބޭ ފަރާތުގެ ކިބައިން ނަގައިދޭންޖެހޭނެ ތަނެއް ނެތްކަމުގެ މައްޗަށާއި، އަދި؛
8.3- 2017 އޭޕްރީލް 17 ގައި ޢިމާރާތް، ދަޢުވާކުރާ ފަރާތާ ޙަވާލުކުރިއިރު ދަޢުވާލިބޭ ފަރާތުން ނުދައްކާވާ ކަރަންޓް އަދި ފެން ބިލްތަކަށްވާ 11257.72/-ރ) .އެގާރަހާސް ދުއިސައްތަ ފަންސާސް ހަތް ރުފިޔާ ހަތްދިހަ ދެ ލާރި ( ދަޢުވާލިބޭ ފަރާތުގެ ކިބައިން ދަޢުވާކުރާ ފަރާތަށް ނަގައިދިނުމަށް އެދިފައިވާއިރު ދަޢުވާލިބޭ ފަރާތުން އެ ބިލްތައް ދައްކަން އެއްބަސްވެ ފައިވާތީ، އެސަބަބުތަކުގެ މައްޗަށްކަން އެނގެން އޮވެއެވެ . އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކުރި ކުރުން : 9- ]ކަނޑައެޅި ނިޔާގެ ބާރު ]ރެސް ޖުޑިކާޓާ[ (res judicata) ގެ މަބްދައާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބުނެ [ ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރު ކުރިއިރު؛
9.1- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ]ރެސް ޖުޑިކާޓާ[ (res judicata) ގެ މަބްދައާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާއިން ތަނުގެ ކުލި ހޯދުމަށް އިސްތިއުނާފު ރައްދުވާ ފާޠިމަތު ޙަލީމް ދަޢުވާކޮށްފައިވާ ކަންކަން އެ މައްޗަށް ބިނާވެފައިވާ ވާޤިޢާ ގެ މައްޗަށް ބިނާކޮށް ހުށަހެޅުނު އެހެން މައްސަލައެއް ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާއިން މީގެ ކުރިން ބަލައި އަދި އޭގެ އިސްތިއުނާފީ ހުރިހާ މަރޙު ލާއެއް ނިމިފައިވާތީ، އަލުން ހަމަ އެކަމުގެ މައްޗަށް ދަޢުވާކުރުމީ ]ރެސް ޖުޑިކާޓާ [ ނުވަތަ ކަނޑައެޅި ނިޔާގެ ބާރު ގެއްލޭ ޙުކުމެއްކަމުގައި ދެކޭތީ އެސަބަބުގެ މައްޗަށްކަން އެނގެއެވެ .
9.2- ހަވާލާދޭ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ފާހަގަކޮށްފައިވާ ކަންތައްތަކަކީ، ސިވިލް ކޯޓުގައި އެފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކެއްނޫނެވެ . އެކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ .
9.3- ފުރަތަމަ މަރުޙަލާގެ ކޯޓުގައި އެދިފައިނުވާ އާ ކަމަކަށް ޚަޞްމުންގެ ފަރާތުން ފުރަތަމަ ފަހަރަށް އިސްތިއުނާފު ކޯޓުގައި ފައިޞަލާކޮށްދިނުމަށް އެދުމަކީ އުޞޫލެއްގެ ގޮތު ން ތަފާތު ޖުރިސްޑިކްޝަން ތަކުގައި އިސްތިޤުރާރުވެފައިވާ ސިވިލް ޕްރޮސީޖަރގެ ހަމަތަކާ ޚިލާފު ކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާކުގެ 8 ގެ )ހ( ގައި ބަޔާންކޮށްފައި ވެއެވެ .
9.4- އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ]ރެސް ޖުޑިކާޓާ [ judicata) (res ގެ މަބްދައާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއަ ކ، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ޝަރީޢަތުން ބަލައިގަނެ އެމައްޗަށް ގޮތެއް ނިންމޭނެ ނުކުތާއެއް ނޫންކަމަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ބަލަންޖެހެއެވެ . 10- ]ޝަރުޢީ ޙުކުމަކުން އައިމާއަށް ލިބިފައި އޮތް ޤާނޫނީ ރައްކާތެރިކަމުގެ މަންފާ ގެއްލޭގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް [ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނުކުތާ އަށް ބަލާއިރު؛
10.1- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ ޙުކުމަކުން އައިމާއަށް ލިބިފައި އޮތް ޤާނޫނީ ރައްކާތެރިކަމުގެ މަންފާ ގެއްލޭގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދެކޭ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފާޠިމަތު ޙަލީމްގެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކޯޓުން ބެލި ނަންބަރު 1900/Cv-C/2014 ޤަޟިއްޔާގައި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ފާޠިމަތު ޙަލީމާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، […] ކުއްޔަށްދީފައިވާ މުއްދަތު ހަމަވާ ތާރީޚަކީ، 24 މާރިޗު 2021 ކަމުގައި ކަނޑައަޅާފައިވާތީ، އެ ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ކުލީގެ ޙައްޤު ގެއްލޭގޮތަށް، ނިންމާފައިވާ ނިންމުމެއްކަމުގައި އ ފަރާތުން ދެކޭތީ އެ ސަބަބުގެ މައްޗަށް ފާހަގަކުރި ނުކުތާއެއްކަން، އެ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ .
10.2- […] / މާލެ ކުއްޔަށް ދިނުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އިސްތިއުނާފު ރައްދުވާ ފާޠިމަތު ޙަލީމު އާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން، އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މި ނުކުތާގައި ފާހަކުރާ ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ނަންބަރު 2015/HC-A/242 ޤަޟިއްޔާ އިން 24 މާރިޗު 2016 ދުވަހު ބާޠިލުކޮށް ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ޙަވާލާދޭ އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2015 ދުވަހު ހަމަވެފައިވާ ކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާ ނިންމާފައިވާއިރު، ހައިކޯޓުގެ އެ ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/22 ޤަޟިއްޔާ އިން ތާއީދުކޮށްފައިވާ ކަން އެނގެން އޮވެއެވެ .
10.3- އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1900/Cv-C/2014 ޤަޟިއްޔާއާ ޙަވާލާ ދީ އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަވާލާދޭ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ، ޤާނޫނީގޮތުން ބަލައިގަނެ ބުރަދަނެއް ދެ ވޭނެ ކަންކަމެއް ނޫންކަން އެނގެ އެވެ . 11- ކޮންޓްރެކްޓާބެހޭ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ޚަޠައު (mistake) ގެ ބާވަތްތަކުގެ ތެރެއިން ]ޢާންމު ޚަޠައު[ mistake) (common ގެ ޝަރުޢީ އަދި ޤާނޫނީ ފަރުވާ (remedy) އައިމާއަށް ލިބިފައިނުވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނުކުތާއަށް ބަލާއިރު؛
11.1- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ކޮންޓްރެކްޓާބެހޭ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ޚަޠައު (mistake) ގެ ބާވަތްތަކުގެ ތެރެއިން ]ޢާންމު ޚަޠައު [ (common mistake) ގެ ޝަރުޢީ އަދި ޤާނޫނީ ފަރުވާ (remedy) އައިމާއަށް ލިބިނުދެވޭ ގޮތަށް ކުރައްވާފައިވާ ފާޠިމަތު ޙަލީމް ވ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ ފާޠިމަތު ޙަލީމް ޙުކުމެއް ކަމަށް އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދެކޭ ސަބަބަކީ، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ފާޠިމަތު ޙަލީމާ ދެމެދު 31 އޮގަސްޓު 2000 ގައި ވެފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުން އާކުރުމަށް 09 ޖަނަވަރީ 2005 ގައި ވެފައިވާ އެއްބަސްވުމަކީ 31 އޮގަސްޓު 2000 ގައި ވެފައިވާ އެއްބަސްވުމަށް ގެނެވުނު އިޞްލާހެއްކަމަށް ހައިކޯޓުގައި ނަންބަރު 2015/HC-A/242 ޤަޟިއްޔާގައްޔާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/22 ޤަޟިއްޔާގައި ކ ނޑައަޅުއްވާފައިވުމާއެކު، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ފާޠިމަތު ޙަލީމާ ދެމެދު އޮތް މުޅި އެއްބަސްވުމަކީ 31 އޮގަސްޓު 2000 ގައި އެ ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުމަށް ބައެއް ބަދަލުތަކާއެކު ]އާކުރުމަށް [ 09 ޖަނަވަރީ 2005 ގައި އެ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ޝަރުތުތަކާއި މާއްދާތައްވެސް ހިމެނިގެންވާގޮތަށް އޮތް އެއްބަސްވުމެއްކަމުގައި މިހާރު ބަލަންޖެހޭހިނދު، މުޅި އެއްބަސްވުމަށް ތަންފީޒީ ބާރުވެރިކަން ލިބޭނެކަމަށް ޤަބޫލުކޮށްގެން، އެއްވެސް މަޖުބޫރުކަމެއް ނެތި، ދެފަރާތުގެ ރުހުމާއެކު، 01 )އެކެއް ( އަހަރުގެ މުއްދަތު އިތުރުކޮށް، މުޅި އެއްބަސްވުމުގެ މުއްދަތު 16 )ސޯޅަ( އަހަރަށް ބަދަލުކުރި ކުރުމަކީ ކޮންޓްރެކްޓާ ބެހޭ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ޚަޠައު (mistake) ގެ ބާވަތެއް ކަމަށްވާއިރު، އެ ކަމަށް ރ ޢޔަތްނުކޮށާ ދަށު ކޯޓުން މައްސަލަ ނިންމާފައިވާތީ، އެ ސަބަބުގެ މައްޗަށް ފާހަގަކުރި ނުކުތާއެއްކަން، އެ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ .
11.2- އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ފާޠިމަތު ޙަލީމާ ދެމެދު 31 އޮގަސްޓު 2000 ގައި ވެފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުން އާކުރުމަށް 09 ޖަނަވަރީ 2005 ގައި ވެފައިވާ އެއްބަސްވުމަކީ، 31 އޮގަސްޓު 2000 ގައި ވެފައިވާ އެއްބަސްވުމަށް ގެނެވުނު އިޞްލާހެއްކަމަށާ އ، އަދި ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ހަވާލާދޭ އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2015 ދުވަހު ހަމަވެފައިވާ ކަމަށް ކަނޑައަޅައި، ހައިކޯޓުގައި ނަންބަރު 2015/HC-A/242 ޤަޟިއްޔާއިން ނިންމި ނިންމުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/22 ތާއީދުކޮށްފައިވާ ކަން އެނގެން އޮވެއެވެ .
11.3- ބުނެވިދިޔަ ގޮތުގެ މަތިން، ހައިކޯޓުގައި ނަންބަރު 2015/HC-A/242 ޤަޟިއްޔާގައި ޙުކުމްކުރުމާ ގުޅިގެން، ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ފްލޯތަކުގެ ކުލީގެ މުއްދަތު ހަމަވެފައިވާކަމާއި، ކުލީގެ މުއްދަތު ހަމަވުމަށްފަހު ޢި މާރާތުގެ ވެރިފަރާތުގެ ރުހުމާ ނުލައި އެ ތަން ބޭނުންކޮށް އިސްތިޣުލާލުކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިގެން ނުވާކަމަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ބަލަންޖެހެއެވެ .
11.4- ބޙަ ޘްގެ ބޭނުމަށްޓަކައި ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ޙަވާލާދޭ އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2015 ދުވަހު ހަމަވެފައިވާ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ނަންބަރު 2015/HC-A/242 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ތާރީޚުގެ ފަހުން، 2016 މާރިޗު 24 ގައި ކަމަށްވީނަމަވެސް، ބަޔާންވެދިޔަ ގޮތުގެ މަތިން ޝަރީޢަތުން ޙުކުމް ކުރުމުން، 31 ޖުލައި 2015 އިން ފެށިގެން ހައިކޯޓުން މައްސަލަ ނިންމުމާ ހަމައަށް )24 މާރިޗު 2016( […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުން އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުއްޔަށް ހިފާފައިވާ ފްލޯތައް ބޭނުންކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ޙަވާލާދޭ އެއްބަސްވުމުގެ ދަށުން ކަމަށް ބެލެވޭނެ ހަމައެއް ނެތެވެ . 12- ފާޠިމަތު ޙަލީމަށް ]ޙައްޤުނޫން މަންފާ[ enrichment) (unjust އެއް ލިބޭގޮތަށް ފައިޞަލާކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ބަލާއިރު؛
12.1- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، އިސްތިއުނާފު ރައްދުވާ ފާޠިމަތު ޙަލީމަށް ]ޙައްޤުނޫން މަންފާ[ enrichment) (unjust އެއް ލިބޭގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެކޭ ސަބަ ބަކީ، ޖުމްލަ 16 )ސޯޅަ( އަހަރުގެ މުއްދަތަށް އެއްވެސް ކުއްޔެއް ނެތި ތަން ބޭނުންކުރުމުގެ ޙައްޤު އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބޭގޮތަށް ދެ ފަރާތުން އެއްބަސްވެ، އެ މުއްދަތުގެ މުޤާބިލު (consideration) ފާޠިމަތު ޙަލީމަށް ނަޤުލުކޮށްފައިވާހިނދު، ޤާނޫނ ގޮތުން ތަންފީޒުކުރުމަށް ހުރަސްއަޅާކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ހައިކޯޓު ގެ ނަންބަރު 2015/HC-A/242 ޤަޟިއްޔާއިންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު . 2016/SC-A/22 ޤަޟިއްޔާއިން އުނިކުރައްވާފައިވާ 01 )އެކެއް( އަހަރުގެ ]ތަޢުވީ ޟު[ ގެ ފަރުވާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބި ނުދިނުމަކީ، [no one should be benefited at another's expense] މި އުޞޫލަށް ރިޢާޔަތްކުރާއިރު، ފާޠިމަތު ޙަލީމަށް ޙައްޤު ނޫން މަންފާ އެއް ނުވަތަ ]ބޭއިންޞާފު އިތުރުވުމެއް [ (unjust enrichment) ލިބިގެންދާ އިރު، އެ 01 )އެކެއް ( އަހަރުގެ ]ތަޢު ވީ ޟް [ ގެ ފަރުވާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑށަ ލިބިދިނުމަކާ ނުލައި، އެ 01 )އެކެއް ( އަހަރަށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާޠިމަތުޙަލީމަށް ކުލި ދައްކަންޖހުމަކީ ފާޠިމަތު ޙަލީމަށް ލިބޭ ]ޙައްޤު ނޫން މަންފާ [ އެއް ކަމުގައި ދެކޭތީ އެ ސަބަބުގެ މައްޗަށް ފާހަގަކުރި ނުކުތާއެއްކަން، އެ ނުކުތާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ .
12.2- ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން، 31 ޖުލައި 2015 ގައި ނިމުމަކަށް އައިސް އޭގެ ފަހުން، ޢިމާރާތް ބޭނުންކުރި ކުރުމަށް އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާޠިމަތު ޙަލީމަށް ކުލި ދޭންޖެހުމަކީ، ފާޠިމަތު ޙަލީމަށް ލިބޭ ]ޙައްޤުނޫން މަންފާ[އެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭނަމަ، ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން، 31 ޖުލައި 2015 ގައި ނިމުމަކަށް އައިސް އޭގެ ފަހުން އެއްވެސް ކުއްޔަކާ ނުލައި އިތުރު 01 )އެކެއް ( އަހަރު އިސްތިއުނާފުކުރާ ފަރާތަށް […] ކުއްޔަށް ހިފާފައިވާ ފްލޯތައް ލިބިދެވޭނަމަ ހަމަ އޭގެ ނަތީޖާއަކީވެސް އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ]ޙައްޤުނޫން މަންފާ [އެއް ލިބުން ކަމުގައި ބެލެވޭނެކަމެ ކެވެ .
12.3- އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކު މަކީ، އިސްތިއުނާފު ރައްދުވާ ފާޠިމަތު ޙަލީމަށް ]ޙައްޤުނޫން މަންފާ[ އެއް ލިބޭގޮތަށް ކޮށްފައިވާ ޙުކުމެއްކަމުގައި ބެލެވޭނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތެވެ . 13- ]ބާޠިލް [ (void) ނުވަތަ ]އުފެދުމުގައިވެސް ބާޠިލް [ (void ab initio) ކަންކަމުގެ ޤާނޫނީ ނަތީޖާއާމެދު ރިޢާޔަ ތްކުރައްވާފައިނުވާ ކަމަށް ބުނެ[ ފާހަގަކުރި ނުކުތާއަށް ބަލާއިރު؛
13.1- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ]ބާޠިލް [ (void) ނުވަތަ ]އުފެދުމުގައިވެސް ބާޠިލް [ (void ab initio) ކަންކަމުގެ ޤާނޫނީ ނަތީޖާއާމެދު ރިޢާޔަތްކުރެ އ ވުމެއް ނެތި ނިންމާފައިވާ ނިންމުމެއްކަމަށް އިސްތިއުނާފުކުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދެކޭ ސަބަބަކީ، އެއްބަސްވުމަށް 01 )އެކެއް ( އަހަރުގެ މުއްދަތު އިތުރުކޮށް، މުޅި އެއްބަސްވުމުގެ މުއްދަތު 16 )ސޯޅަ( އަހަރަށް ބަދަލުކުރި ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވީނަމަވެސް ޤާނޫނު ހުރަސްއަޅާކަމަށް ވިދާޅުވެ، 15 )ފަނަރަ ( އަހަރަށްވުރެ އިތުރުވާ 1 )އެކެއް ( އަހަރު ދުވަހުގެ މުއްދަތަކީ ]ބާޠިލް [ މުއްދަތެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ނަންބަރު 2015/HC-A/242 ޤަޟިއްޔާއިންނާއި، ދިވެހިރާއްޖޭގ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/22 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާއިރު، އެއްބަސްވުމަށް 01 )އެކެއް ( އަހަރު ދުވަސް އިތުރުކުރި ކުރުމަކީ ]ބާޠި ލ [ (void) ގެ ޙާލަތަށް ފެތޭ ކަމެއްނަމަ، އެ މުއްދަތު އިތުރުކުރުމަށް އެއްބަސްވި ވަގުތުން ފެށިގެން އެ މިންވަރަކީ، އުފެދުމުގައިވެސް ބާޠިލު މުއްދަތެއްކަމުގައި ޙަވާލާދެވުނު ޤަޟިއްޔާތަކުގެ އަލީގައި ބަލަންޖެހޭހިނދު، އެ ޙާލަތުގައި ތަޠުބީޤުކުރަންޖެހޭ ޤާނޫނީ ނަތީޖާއަށް ސިވިލް ކޯޓު ން ބަލާފައިނުވާތީ އެ ސަބަބުގެ މައްޗަށް ފާހަގަކުރި ނުކުތާއެއްކަން، އެ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ .
13.2- އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައް ދުވާ ފަރާތާ ދެމެދު 31 އޮގަސްޓް 2000 ގައި ވެފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުމަށް އިޞްލާޙު ގެނައުމަށް 19 ޖަނަވަރީ 2005 ގައި ވެފައިވާ އެއްބަސްވުމުގެ މާއްދާގެ ބައެއް ޤާނޫނާ ޚިލާފުވުމުގެ ސަބަބުން، ޤާނޫނާ ޚިލާފުވާ މިންވަރު ބާޠިލުވުމަ ކ، އެކަމުގެ ސަބަބުންޢމާރާތުގ ވެރިފަރާތުގެ ރުހުމަކާނުލައި، އަދި އެކަށީގެންވާ ބަދަލެއް ދިނުމަކާނުލައި، ޢިމާރާތް ބޭނުންކުރުމަށް ދެއްކޭނެ ހުއްޖަތެއް ނ ނެވެ. ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ކުލީގެ މުއްދަތު ހަމަވުމަށްފަހު ޢި މާރާތުގެ ވެރިފަރާތުގެ ރުހުމާ ނުލައި އެތަން ބޭނުންކޮށް އިސްތިޣުލާލުކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ އައިމާ N0 N --0 :r:uI --<( 0 1.0 "\ ,,O\ ,,""' "&J~~ 0'\ 0~"l ""' ~'V0'\~\ .. 0.)\~~~ ""'ot._ 01.,\-H"&J O&J"0.,'\0~ ":\0"h ot._\1 0~'\O&Jol O\)(~ :-..~ \\ ~' '\\\ "' \\ "' t..~ "0.,"'\"0.,l!'\ ""'ot., "'\ 01.,~~ ~l ot.,"~~ ""' "\ll"l "\"'\ ~~ \ \1 ""'~" o'\' ,,,N0 ........----\.0 [/)u ~ NN \ "' \, '\·\~ l I ~\"'VO\ ,,""'O\ ~~ ,,'"01., "~"'i""' ,, 0'\ '' \.0\.0----N u u--- N0 ~00 "\ ,,O\ ,,""' "&J~~ 0\ ,, " L"' >I o.,,L ~ "0.,~ "0.,"'\"t..":\"t.. 01.,'"\~ \~0~l!'\ "'0'\ ,,\l 0'\"'i"). • I ""O_) "\"\ O\'" ""' "~ll"l"'\ ot._\~ot._\~ "t.."O.,"\"~O\~" ,, ,,~~ ~~"~"t.. "t.."0.."\"~ ,,\\~:\ "0.,ol' ~~ :~ ~~ "' ":\0")(~ ot._\1 ~} O&Jol O\h ~"'" '"01., "\~~~t.."'\ ol'~" 0'\ ,,,\.0\.0----N u ----u N 0 ~00"\ ,,O\ ,,""' "&J~~ o~' t..~ "' \\ L >I L ~0., \~~0.,0'\'\"~ ,,,, 0'\L ,,,"'\ 0_)~~'" ~ ~~'"0'\ ""' "~\~~~"~"t.. ~0., \~,,..._'\'\"\ O\"~~\""' 0-H"&J O&J"0., '\0~ "' "' " "''\· "' "' \\ "' ,,"&J~~\'\""' ~'V0'\~\ .. ~" 0 ,,, '"01., \~0~"t.. "'0'\ ,,\l R\ ,,,, "\\1 ~~ ~\"'VO\ ,,""'ot._ ~~ ,,'"01., "~"'i "' \\ ~' '\l "' \~ '\ \ · ~ "0.,"'\ 01.,)(~0'\"~"'i '",..._ \-H \~ ot._~ : ~~'0'\ ""' "\ '" ""' O\"\~" ':\ "' ~~ "' t.. ~ "' \~ -v, -H\t.. \\ ~ ":I.0""~"'i '\ ,,~" 0'\L "',,, \~ "' 1 t l -"' J "'i "\~" ':\ "\ ''i ~s:.o~'\~\\) ot._ "' \ "1 "\~" ':\ -H\t.. "~ "' 'i "' '\· -H\t.. <')<')-'D"<!",-.- ·.l. ~ ~ ~ 0 ~ •_\~ :\ -~.,' '~ ,- ~ -~''" .)'\"\X\ ... ," . ,, ,rrl .,·~.. Q~.,\' ' • .., ~ \"' ' IIJ ~~\,,.,~ '\J .," \ -~ ' . \ \ ' 1 · - ..g:o .~,l o., ·- <2 @)E~l) ". ·~ <.)gt ~ >E. > , t: <.) g ~0 0>E > "> '\" '
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ 2013/SC-A/44 (ފާހަގަކުރެވުނު ނުކުތާތަކުގެ 8 ގެ (ހ))
- ހައިކޯޓުގެ ޤަޟިއްޔާ 2015/HC-A/242 (ފާޠިމަތު ޙަލީމް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ 2016/SC-A/22 (އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ޙަލީމް)
- ސިވިލް ކޯޓުގެ ޤަޟިއްޔާ 1900/Cv-C/2014 (ހައިކޯޓުން ބާޠިލުކުރި)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް