ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/657
އަޙްމަދު އަނީސް ވ. ލ. ހިތަދޫ ކައުންސިލް އިދާރާ، 2019/HC-A/657
Ahmed Anees v. L. Hithadhoo Council Office 2019/HC-A/657 (2019/HC-A/657, High Court of the Maldives, 6 February 2022)
އަޙްމަދު އަނީސް ވ. ލ. ހިތަދޫ ކައުންސިލް އިދާރާ
މައިގަނޑު ސުވާލު
ކައުންސިލުން ދަނޑުވެރިކަމަށް ކުއްޔަށް ދިން ބިމުގެ ކުލި ނުދެއްކި މައްސަލައެއްގައި، މެޖިސްޓްރޭޓް ކޯޓުން ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީ، ޝަރީޢަތުގެ ބަޔާން މަޙްޟަރުކުރުމުގައި ގޯސްކޮށް، އަދި އެއްބަސްވުމުގެ 10 ވަނަ މާއްދާ ވަކި ފަރާތަކަށް މަންފާވާ ގޮތަށް މާނަކޮށް ޙުކުމްކުރިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11-12) ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6.0 ގެ 228 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ މަޙްޟަރުކޮށް ސޮއިކުރުވައި އިނގިލީގެ ނިޝާން ޖައްސަންޖެހެއެވެ؛ ބަޔާނުގައި ސޮއިކުރުމުގެ ކުރިން އުނިވެފައިވާ ބައެއް ފާހަގަކުރުމުގެ ފުރުޞަތު އޮތް ފަރާތަކުން، މަޖުބޫރުކަމެއް ސާބިތުނުވާ ޙާލަތެއްގައި ބަޔާނުގައި ސޮއިކޮށް ފިންގަރޕްރިންޓް ޖަހާފައިވާނަމަ، ބަޔާނުން ބައެއް އުނިކުރެވިފައިވާކަމަށް ބުނުމަކުން އެ މާއްދާއާ ޚިލާފަށް މައްސަލަ ނިންމިކަމަށް ނުބެލެވޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16) މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންގެ ދައުރަކީ އިޖާބީ ދައުރެކެވެ؛ ސާބިތުކުރުމުގެ ޙައްޤު ޚަޞްމުންނަށް ލިބިގެންވާއިރު، ޤާނޫނު ހުއްދަކުރާ ހެކިތަކާއި ދަލީލު ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ފަހިކޮށްދޭންވާނެއެވެ؛ އެ ހެކި ވަޒަންކޮށް ސައްޙަކަން ތަޤްދީރުކުރުމަކީ ކޯޓުގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17) ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދިންކަމަށް ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ކޯޓުގެ މަޙްޟަރު ބަޔާންތަކުން ފެންނަން އޮތް ޙަޤީޤަތްތައް ނަފީ ނުކުރެވޭނެއެވެ؛ ދަޢުވާ ލިބުނު ފަރާތް ދިފާޢުގައި ހެކި ހުށަހެޅުމަށް އެދިފައިވާކަން ބަޔާނުން ނުފެންނަނަމަ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ (ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން) އާއި 42 ވަނަ މާއްދާ (އިންޞާފުވެރި ޝަރީޢަތުގެ ޙައްޤު) އާ ޚިލާފަށް މައްސަލަ ނިންމިކަމަށް ނުބެލެވޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19) އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކުމަކީ ކުލީގެ އެއްބަސްވުންތަކުގެ ޖައުހަރީ ކަމެކެވެ؛ ވިދިވިދިގެން 3 މަސް ކުލި ނުދައްކައިފިނަމަ އެއްބަސްވުން ބާޠިލުކޮށް ބިން ނެގޭނެކަމަށް އެއްބަސްވުމުގައި ވީނަމަވެސް، އެ މުއްދަތަށްފަހުވެސް ކުއްޔަށް ހިފި ފަރާތް ބިން ބޭނުންކޮށްފިނަމަ، ބިން ވަކިކުރުމާ ހަމައަށް ހިނގި މުއްދަތުގެ ކުލި ދައްކަންޖެހެއެވެ؛ މިގޮތަށް ނިންމުމަކީ އެއްބަސްވުމުގެ މާއްދާ ވަކި ފަރާތަކަށް މަންފާވާ ގޮތަށް މާނަކުރުމެއް ނޫނެވެ.
ފަނޑިޔާރު ޙުސައިން މަޒީދު ތާއީދު ކުރެއެވެ. މައްސަލައިގެ ތަޢާރުފު:
1މިއީ، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު ގ ނަންބަރ 61/O11C/2019 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ލ.ހިތަދޫ/ ވެލީގެ، އަޙްމަދު އަނީސް )އައިޑީ(ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކް ޓުގައ އިސްތިއުނާފުކުރުމުނ ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާއެވެ. މައްސަލައިގައި ކަންހިނގާފައިވާގޮތް:
3ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު ESMS/404/2016/49)-(AGR)404 އިއުލާނާއ ގުޅިގެނި ލ. ހިތަދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އިދާރާ ހިންގި ބިން ދަނޑުވެރިކަން ކުރުމަށް ކައުންސިލް އިން ދޫކުރިއެވެ.
4ހައްދުންމަތީ ހިތަދޫ ކައުންސިލްގެ ނަންބަރު -ESMS/INDIV/2017/15(AGR)404 )17 ފެބްރުވަރީ 2017( އެއްބަސްވުގެ ދަށުން ކޮންމެ މީލާދީ މަހަކަށް 1000/- )އެއްހާސް( ރުފިޔާގެ ކުއްޔަށް 6 )ހީއެއަ ( އަހަރު ދުވަހަށް ލ. ހިތަދޫ ވެލަގެ އަޙްމަދު އަނީސް އާއި ބިން ޙވާލުކޮށްފައިވެއެވެ.
5އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާކަމަށް ބުނެ، އެއްބެ ސްވުމުގެ ދަށުން ހިނގާ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާ ހޯދުމަށް އެދި ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އަޙްމަދު އަނީސްގެ މައްޗަށް ދަޢުވާކުރިއެވެ. ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާ
6ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 61/O11C/2019 ޤަޟިއްޔާއަށް ބަލާއިރު، މިއީ، ހައްދުއްމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރ -ESMS/404/2016/49(AGR)404 އިޢުލާނާއި ގުޅިގެން ލ.ހިތަދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އިދާރާ ހިންގި ބިން ދަނޑުވެރިކަނ ކުރުމަށް ކައުންސިލްގެ ނަންބަރ -ESMS/INDVI/2017/15(AGR)404 )17 ފެބުރުވަރީ 2017 ( އެއްބަސްވުމާއި އެއްގޮތަށް ކޮންމެ މީލާދީ މަހަކަށް -/000،1ރ )އެ އހާސް( ރުފިޔާގެ ކުއްޔަށް 6 )ހައެއް( އަހަރު ދުވަހަށް ލ.ހިތަދޫ/ ވެލީގެ އަޙްމަދު އަނީސް އާއި ޙަވާލުކޮށް، 2018 ސެޕްޓެންބަރު މަހުން ފެށިގެން 2019 ސްޕްޓާ ނ ބަރު މަހާއި ހަމައަށް ހިނގާފައިވާ 13 )ތޭރަ( މަސްދުވަހަށްވާ 13,000/-ރ )ތޭރަހާސް( ރުފިޔާ އާއި އެއްބަސްވުމުގައިވާގޮތަށް ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ މަހު -/15ރ. )ފަނަރަ( ރުފިޔާ އާއި 2 ވަނަ މހަ -/25ރ )ފަންސަވީސް( ރުފިޔާ އާއި 3 ވަނަ މަހު -/50ރ )ފަންސާސް( ރުފިޔާ އާއި 4 ވަނަ މަހުންފެށިގެން ކޮންމެ މަހަކަށް -/100ރ ) އެއްސަތޭކަ( ރުފިޔޭ އާއެކު ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ -/990ރ )ނުވަސަތޭކަ ނުވަދިހަ( ރުފިޔާ އާއެކު ޖުމްލަ -/13990 ރ )ތޭރަހާސް ނުވަސަތޭކަ ނުވަދިހ ( ރުފިޔާ ހޯދުމަށް އެދި ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ފަރާތުނ ހުށަހެޅުމުން ބެލެވުނު މައްސަލައެކެވެ. ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް:
7ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 61/O11C/2019 ޤަޟިއްޔާ ނިންމާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މ އްޗަށް ރިޢާޔަތްކުރާއިރު ހައްދުނު މަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރ )-ESMS/INDIV/2017/49(AGR)404 15 ޑިސެންބަރު 2016 އިޢުލާނާއި ގުޅިގެން ލ.ހިތަދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އިދާރާ ހިންގި ބިން ދަނޑުވެރިކަނ ކުރުމަށް ކައުންސިލްގެ ނަންބަރ -ESMS/INDVI/2017/15(AGR)404 )07 ފެބުރުވަރީ 2017( އެއްބަސްވުމާއި އެއްގޮތަށް ކޮންމެ މީލާދީ މަހަކަށް -/000،1ރ )އެންހާސް( ރުފިޔާގެ ކުއްޔަށް 6 )ހައެއް( އަހަރު ދުވަހަށް ލ.ހިތަދޫ/ ވެލީގެ އަޙްމަދު އަނީސް އާއި ޙަވާލުކޮށް، 2018 ސެޕްޓެމްބަރ މަހުންފެށިގެނ 2019 ސެޕްޓެމްބަރު މަހާއި ހަމައަށް ހިނގާފައިވާ 13 )ތޭރަ( މަސްދުވަހަށްވާ 13000/-ރ )ތޭރަހާސް( ރުފިޔާ އާއި އެއްބަސްވުމުގައިވާގޮތަށް ކުލި ނުދެއްކުމުގެ ސަބަބް ނ ޖޫރިމަނާގެ ގޮތުގައި ފުރަތަމަމަށ -/15ރ. )ފަނަރަ( ރުފިޔާ އާއި 2 ވަނަ މަހު -/25ރ )ފަންސަވީސް( ރުފިޔާ އާއި 3 ވަނަ މަހު -/50ރ )ފަންސާސް( ރުފިޔާ އާއި 4 ވަނަ މަހުން ފެށިގެން ކޮންމެ މަހަކަށް -/100ރ )އެއި ސަތޭކަ( ރުފިޔާ އއ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ -/990 ރ )ނުވަސަތޭކަ ނުވަދިހަ( ރުފިޔާ އާ އ އެކުޖުމްލ -/13990ރ )ތޭރަހާސް ނުވަސަތޭކަ ނުވަދިހަ( ރުފިޔި ހޯދުމަށް އެދި ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ މ ޤަޟިއްޔާގައ، ހައްދުނު މަތް ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރ -ESMS/INDIV/2017/15(AGR)404 )07 ފެބުރުވަރީ 2017( އެއްބަސްވުމުގެ )5( ވަން ނަންބަރުގެ )ނ( އާއި )ރ( ބަޔާންކޮށްފައިވަނީ ފުރަތަމަ މަހަށް -/15 ރ ދެވަނަ މަހަށް -/25ރ ތިންވަނަ މަހަށް -/50 ރ ކަމަށާއި 4 ވަނަ މަހަށް -/100ރ. )އެއްސަތޭކަ( ރުފިޔާ ކަމަށާއި އަދި 4 މަސްދުވަހަށް ވުރެނ އިތުރަށް ހިނގާ މުއްދަތުގައި ޖޫރިމަނާ ކުރެވޭނެ ޢަދަދެއް އަދި ޖޫރިމަނާ ކުރެވޭނެކަންވެސް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީ، 4 ވަނީ މަހަށްވުރެނ އިތުރަށް ހިނގާފައިވާ މުއްދަތުގެ ޖޫރިމަނާ ފައި ސާއަކ ލ.ހިތަދޫ ވެލިގޭ، އަޙްމަދު އަނީސްގެ ފަރާތުނ ދައްކަންޖެހޭ ފައިސާ ނޫންކަމަށް ކަމަށާއީ މިހާރު ދައްކަންޖެހޭ ފައިސާގެ ޖުމްލައަކ -/13190ރ )ތޭރަހާސް އެއްސަތޭކަ ނުވަދިހަ( ރުފިޔާ ކަމަށާއި، މި ފައިސާ ދެއްކުމަށް ލ.ހިތަދޫ ވެލީގަ، އަޙްމަދު އަނީސްއިންކާރު ކުރިނަމަވެސް ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރ ESMS/INDVI/2017/15-(AGR)404 އެއްބަސްވުމުގެ )10 ( ވަނަ ނަންބަރުގެ )ހ( )ށ( )ނ( )ރ( އަކް ޖައުހަރީ މާއްދާތަކެއޫ ނޫންކަމަށާއި އެ މާއްދާތަކަކީ އިޚްތިޔާރީ މާއްދާތަކެއްކަނ ޝަރީޢަތަށް ސާބިތުވާތީ، ހައްދުންމު ތ ހިތަދަ ކައުންސިލްގެ އިދާރާގެ ނަންބަރ 404-CA/INDIV/2019/24 ސިޓީއިން ލ.ހިތަދޫ ވެލީގެއަޙްމަދު އަނީސްގެ ކިބައިން ބިނިވަކިކުރުމާ އ ހަމައަށް ކުލި ނުދައްކާ ހިނގާފައިވާ 13 )ތޭރަ( މަސްދުވަހުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައިވާ -/13190ރ )ތޭރަހާސް އެއްސަތޭކަ ނުވަދިހަ( ރުފިޔާގެ ތެރެއިން، 10 އޮކްޓޯބަރު 2019 މ ދުވަހު، ހަތަރު މަސްދުވަހުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި -/4190 ރ )ހަތަރުހާސް އެއްސަތޭކަ ނުވަދިހަ( ރުފިޔާ އަޙްމަދު އަނީސްގެ ފަރާތުން ކައުންސިލްގެ އިދާރާއަށް ދައްކާފައިވާތީ މިހާރު ނުދެއްކި ބާކީ ހުރި -/9000 ރ )ނުވަހާސް( ރުފިޔާ އަކީ އަޙްމަދު އަނީސްގެ ފަރާތުން ހައްދުންމަތީ ކައުންސިލްގެ އިދާރާއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މިއަދު، 15 އޮކްޓޯބަރު 2019 ވަނަ ދުވަހުން ފެށިގެން ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން -/2250ރ )ދ ހާސް ދުއިސައްތަ ފަންސާސް( ރުފިޔާގެ ރޭޓުން 4 މްސްދުވްހުގަ ތެރޭގައި މި ފައިސާ ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާއަށިލިބި ދިނުމަށް މި ކޯޓަށް ދައްކައި ޚަލާސްކުރުމަށް ލ.ހިތަދޫ ވެލީގެ އަޙްމަދު އަނީސްއަށް އަންގައި މި ޤަޟިއްޔާ ނިންމީމެ ވެ. " އިސްތިއުނާފީ ނުކުތާތައް:
5. ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 61/O11C/2019 ޤަޟިއްޔާ އެ ކޯޓުނ ނިންމާފައިވަނަޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފެ ށްކަމަށ ބުން އެމައްސަލ އިސްތިއުނާފު ކުރުމަށް އެދި ލ.ހިތަދޫ/ ވާލީގެ، އަޙްމަދު އަނީސްގެ ފަރާތުން އެ ޤަޟިއްޔި އިސްތިއުނާފުކުރުމަށް އަންނަނިވްނުކތާތައ ފާހަގަކޮށް އެ ނުކުތަ ތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
5.1 ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި ޚިލާފަށް މައްސަލަ ނިންމާފައިވުންކަމަށް ބުނީ ހުށަހެޅި ނުކުތާއެވެ.
5.2 ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5.3 ހުއްދުއްމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 61/O11C/2019 ޤަޟިއްޔާ ނިންމުމުގައި ދަޢު ވާކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުގ 10 ވަނަ މާޢްދާ، އެއްބަސްވުމުގެ ވަކި ފަރާތަކަށް މަންފާކުރަނިވިގޮތަކަށ ކޯޓުން މާނަކޮށް މައްސަލް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5.4 ޝަރީޢަތް ކުރުމުގެ ގވާއިދަ 6.0 ގެ 228 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި ޚިލާފަށް މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8ދީ ވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާއާ ގުޅިގެންހައްދުންމަތެ ހިތަދޫ މެޖިސްޓްރޭޓް ކޯޓު ގ ނަންބަރ 61/O11C/2019 ޤަޟިއްޔާގެ ޝަރީޢަތާ ނިމުން ގޮތުގު ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކ ގުޅިގެން ދެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
9އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާއަށް ބަލާއިރު، އާ ޤަޟިއްޔާއަކީ ހައްދުއްމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރާއި -ESMS/404/2016/49(AGR)404 އިޢުލާނާއި ގުޅިގެން ލ.ހިތަދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އިދާރާ ހިންގި ބިން ދަނޑުވެރިކަނ ކުރުމަށް ކައުންސިލްގެ ނަންބަރ -ESMS/INDVI/2017/15(AGR)404 )07 ފެބުރުވަރީ 2017( އެއްބަސްވުމާއި އެއްގޮތަށް ކޮންމެ މީލާދީ މަހަކަށް -/1،000 ރ )އެއްހާސް( ރުފިޔާގެ ކުއްޔަށް 6 )ހައެއް( އަހަރު ދުވަހަށް ލ.ހިތަދޫ/ ވެލީގެ އަޙްމަދު އަނީސް އާއި ޙަވާލުކޮށް، 2018 ސެޕްޓެންބަރު މަހުންފެށިގެން 2019 ސެޕްޓެމްބަރު މަހާއި ހަމައަށް ހިނގާފައިވާ މުއްދަތުގައި އެއްބަސްވުމުގައިވާގޮތަށް ކުލި ނުދެއްކުމުގެ ސަބަބުނ އަރާފައިވެ ރުފިޔާ ހޯދުމަށް އެދި ހައްދު އްމަތު ހިތަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅުމުން ބެލެވުނު މައްސަލައެއްކެވެ.
10އެ ޤަޟިއްޔާގައި ކޮށްފައިވް ޙުކުމަށް ބަލާއިރު، ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާއިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ހައްދުއްމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު -ESMS/INDVI/2017/15(AGR)404 )07 ފެބުރުވަރީ 2017( އެއްބަސްވުމުގެ 5 ވަނަ ނަންބަރުގެ )ނ( އާއި )ރ( ބަޔާންކޮށްފައިވަނީ ފުރަތަމަ މަހަށް -/15ރ ދެވަނަ މަހަށް -/25 ރ ތިންވަނަ މަހަށް -/50ރ ހަތަރުވަނަ މަހަށް -/100ރ. )އެއްސަތޭކަ( ރުފިޔާ ކަމަށާއި އަދި 4 މަސްދުވަހަށް ވުރެނ އިތުރަށް ހިނގާ މުއްދަތުގައި ޖޫރިމަނާ ކުރެވޭނެ ޢަދަދެއް އަދި ޖޫރިމަނާ ކުރެވޭނެކަންވެސް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީ، 4 މަސް ދުވަހަށް ވުރެންއިތުރަށ ހިންގާ މަސްތަކުގައި ޖޫރިމަނާކުރެވޭނެ ޢަދަދެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީ، 4 ވަނަ މަހަށްވުރެ އިތުރަށް ހިނގާފައިވާ މަސްތަކުގައި ޖޫރިމަނާ ފައިސާއކައަޙްމަދު އ ނީސްގެ ފަރާތުން ދައްކަންޖެހޭ ފައިސއެއާ ނޫންކަމަށް ކަނޑައަޅައް އަޙްމަދ އަނީސް ދައްކަންޖެހޭ ފައިސާ ޖުމްލައަކ 9000/- ރ )ނުވަހާސް( ރުފިޔާ ދެއްކުމަށް އަމުރު ކޮށްފައިވާކަން އެނގެއެވެ.
11ޕްރިސިޑެންސް 1ޝަރީޢަތްކުރުމާއަ ބެހޭގޮތުނި ހެދިފައިވުގ ވާއިދ 6.0ގެ 228 ވަން މާއްދާގައި ބަޔާންކޮށްފައިވަނީ، ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ މަޙުޟަރުކުރެވިފައި ހުރުމަކީ ކޮންމެހެން ބޭނުންކަމެއްކަމަށ ވުމާއެކު މިގޮތަށް މަޙުޟަރުކުރެވިފައި ނެތުމުން އަލުން އެޤަޟިއްޔާގެ ބެލުމުގައި ހަމަނުޖެހޭ މައްސަލަތައް މެދުވެރިވަމުންދާތ ދަޢުވާކުރީ ފަރާތާއި، ދަޢުވާ ލިބޭ ފަރާތާއި ހެކިން ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ މަޙުޟަރުކޮށް އެމަޖިލީހުގައި އެމީހުންގެ ސޮއިކުރަވައި، އިނގިލީގެ ނިޝާން ޖަހަމުން ގެންދަންވާނެކަމަށެވެ.
12އސްތިއުނާފި ކުރެވިފައިމިވާ މިވާ މައްސަލައަ އަށް ބަލާއިރު، 10 އޮކްޓބަރޯ 2019 ވަނަ ދުވަހު ޝަރީޢަތުގެ މަޖްލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި، އިސްތިއުނާފުކުރ ފަރާތަށް ބަޔާން ކިޔާލާނެ ވަގުތނުދިސޮއިކުރަން އެންގުމުން އެ ބަޔާނުގައި ސޮއިކޮށްފައިވާކަމަށަ އާ، ޝަރީޢަތުގެ މަޖްލިސްގައ ދެއްކި ވާހަކައިން ބައެއް އުނިކުރެވިފައިވާކަނ އެނގުން މައްސަލީ އިސްތިއުނާފުކުރުމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނީ ބުނުމަށް ބަލާއިރު، އިސްތިއުނާފުކުރެވިފައިވާ ޤަޟް އްޔާއާއި ގުޅިގެނި ޝަރީޢަތުގެ އަޑުއެހުމެއް 10 އޮކްޓބަރޯ 2019 ވަނަ ދުވަހު ބޭއްވިފައި ވާކަމާއި، އެ ދުވަހުގެ އަޑުއެހުމުގެ ޝަރީޢަތުގެ މަޖްލީހުގައި އަޙްމަދް އަނީސްގެ ފަރާތުން ދައްކާފައިވް ވާހަކަތަކުގައި އަނީސް ސޮއިކޮށް އިނގީލިގެ ނިޝާން ޖަހާފައިވާކަމާއި، އަދި އަޙްމަދު އަނީސް ދައްކާފައިވާ ވާހަކަތައް މަޙުޟަރުކުރެވިފައި ވާކަން އިސްތިއުނާފަ ކުރުމަށު ހުށަހަޅާފައިވް ލިޔުންތަކުންނާއި އިސްތިއުނާފުކުރާ ފަރާތުންނާއ އިސްތިއުނާފުރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖްލީހިގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ. 10 އޮކްޓބަރޯ 2019 ޝަރީޢަތުގެ މަޖްލިސްގައި ދައްކާފައިވާ ވާހަކަތަކުން ބައެއް އުނިކޮށްފައިވާކަމަށް އަޙްމަދު އަނީސްގެ ފަރާތުން ބުނާނަމަވެސް، ބަޔާނުން ބައެއް އުނިވެފައިވާނަމަ އެކަންކަމަކީ ދަށު ކޯޓުގް ބަޔާނުގައި ސޮއިކުރުމުގެ ކުރިން އަޙްމަދު އަނީސް އަށް ފާހަގަކުރުމުގެ ފުރުޞަތު އޮތްކަމެއްކަމަށް އެނގޭތި އާއި، އަދި އެ ބަޔާނުގައި އަޙްމަދު އަނީސް ސޮއިކޮށް ފިންގަރޕްރިންޓް ޖަހާފައިވަނީ އެއްވެސް މަޖްބޫރުކަމެއ އޮވެގެންކަމަށް ޝަރީޢަތަށް ޘާބިތުނުވާތީ، ހައްދުންމް ތ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމާފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ބައެއް ވާހަކަތައް މަޙްޟަރުނުކޮށް ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގެ ވާއިދުގ 6.0 ގެ 228 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި ޚިލާފަށް ކަމަށް ޤަބޫލުނުކުރެވެއެވެ.
13އިސްތިއުނާފ ކުރެވިފައިމިވާ ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި އަދި ސްޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔ އާއާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިފަނީ، އިސްތިއުނާފު ކުރެވިފައިމިވާ ޤަޟިއްޔާގެ ފުރަތަމަ އަޑުއެހުން 10 އޮކްޓބަރޯ 2019 ވަނަ ދުވަހު ގާތްގަނޑަކަށް 4 މިނެޓުގެ ވަގުތަކަށް ބޭއްވުމަށްފަހު، އަޙްމަދ އާނީސ އަށް ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުސަތާއި، ޖަވާބުދު ރީވުމުގ ފުރުޞަތު ދިނުމާނުލައި 15 އޮކްޓބަރޯ 2019 ވަނަ ދުވަހު މައްސަލައިގެ ޙުކުމް ކޮށްފައިވާތީކަމަށް އަޙްމަދު އަނީސްގެ ފަރާތުން ބުނެފައިވެއެވެ.
14ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗް ށ ޤާނޫން ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަ ވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރި ކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސ ޙައްޤެއްކަމަށް ބަޔާންކޮށްފައިވެއެވެ.
15ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބުނަލެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑް އެހުމެއްގައި، އިންސާފެ ނ ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށ ދިވެހިރާއްޖޭގެ ޤނޫނުއަސާސީގ 42 ވަނަ މާއްދާގެ )ހ( ގައި ބަޔާންވެގެންވާ ކަމެވެ.
16ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި އެކޯޓުން ފާހަގަކުރައްވާފައިވާ ފަދައިން، މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންގެ ދައުރަކީ އިޖާބީ ދައުރެއްކަމާއި، މިގޮތުން ސާބިތުކުރުމުގެ ހައްޤު އަބަދުވެސް ޚަޞްމުންނަށް ލިބިގެންވާކަމާއި، ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދ ލީލުތައް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަސްމުންނަށް ފަހިކޮށްދޭންވާނެކަމާއި، އަދި ހަމަ އެ މޭރުމުން އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤުޟުކޮށް އިދިކޮޅު ސާބިތުކުރުމުގެ ހައްޤު އަނެއް ޚަޞްމަށް ލިބިގެންވާކަމާއި، އަދ ދަޢުވާގެ ޚަޞްމެ ނ ހުށަހަޅް ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތުދެވި، ޝަރީޢަތުގެ މަޖިލިހަށް އެ ހުށަހެޅުމަށްފަހު، އެ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް އޭގެ ސައްޙަކަން ތަޤްދީރުކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭކަމެއްކަމަށ ބަޔާންކުރައްވާފައިވއެވެ.
17ޕްރިސިޑެންސް 3ދަށު ކޯޓުން މި މައްސަލަ ނިންމުމުގައިއަޙްމަދު އ ނީސ އަށް ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުސަތާއި، ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީކަމަށް ފާހަގަކޮށްފައިވާތީ، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ އެންމެހާ މަޙްޟަރު ބަޔާންތަކަށް ބަލީ އިރު، އިސްތިއުނާފ ކުރެވިފައި މިވާ މައްސަލަ ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 06 އޮކްޓބަރޯ 2019 ވަނަ ދުވަހުކަމާއި، އެޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފުރަތަމަ ބޭއްވިފައިވަނީ 10 އޮކްޓބަރޯ 2019 ވަނަ ދުވަހު ކަމާއި، އެ މަޖިލީހުގައި އަޙްމަދު އ ނީސްގެ ފަރާތުން ދީފައިވާ ބަޔާނަށް ބަލާއިރު، އެދުވަހު އަޙްމަދްއނީސްގެ މައްޗަށ ކުރެވުނީ ދަޢުވާއަށް ޖަވާބުދެރާ ވި ފައިވާކަމާއި، އަދ މަތީގައި ބަޔާންކުރައްވާފައިވާ ފަދައިން 10 އޮކްޓބަރޯ 2019 ވަނަދުވަހުގ ޝަރް ޢަތުގެ މަޖްލީހުގައި އަޙްމަދު އަނީސްގެ ދީފައިވާ ބަޔާނުގައި އަޙްމަދ އަނީސް ސޮއިކޮށް ފިންގަރޕްރިންޓާ ޖަހާފައިވާކަމަށ އެނގެން އޮތްއިރު، އެ އަޙްމަދު އަނީސްގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ދިފާއުގައި ހެކިން ހުށަހަޅައި، ހެކިން ހާޒިރކުރުމުގް ފުރުސަތިކަށަ އެދިފައިވާކަން އެ ބަޔާނަށް ބެލުމުން އެނގެން ނެތެވެ. އެހެންކަމުން، ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީކަމަށް، ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ކޯޓުގެ މަޙްޟަރު ބަޔާންތަކުން ފެންނަން އޮތް ޙަޤީޤަތްތައް ނަފީކުރެވެން ނޯންނާނެކަމާއި، ކޯޓުގެ މަޙްޟަރް ބަޔާންތަކުގައި ކޯޓުން ޢަމަލުކޮށްފައިވާގޮތް ސާފުކޮށް އެނގެނަ އޮތުމުން، ހެކި ހުށަހެޅުމުގެ ފުރުސަތު ނުދެއްވާ، ހެކިބަސް ނެގުމެއްނެތި، މައްސަލަ ނިންމަފައިވާކަނ ބެލެވެން ނެތެވެ. އެހެންކަމުން އިސްތިއުނާފެ ކުރެވިފައިމިވާ ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި އަދި ސްޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާ އާއި ޚިލާފަށް ކަމަކަށް ނުދެކެމެވެ.
18ހައްދުއްމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 61/O11C/2019 ޤަޟިއްޔާ ނިންމުމުގައި ދަޢުވާކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުގ 10 ވަން މާޢްދާ އަކީ އެއްބަސްވުމުގެ ވަކި ފަރާތަކަށް މަންފާކުރަނިވިގޮތަކަށ ކޯޓުން މާނަކޮށް މައްސަލް ނިންމާފައިވުންކަމަށ ބުނީ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު، އިސްތިއުނަފުކުރާ ފަރާތުން ފާހަގަކޮށްފައިވަނ އެއްބަސްވުމުގެ 10 ވަނީ މާއްދާއަކީ އެއްބަސްވުން ނިމުމަކަށް ގެނައުން ނުވަތަ ބާޠިލްކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާއެކެވެ. އެ މާއްދާގައިވަނީ […] އެއްބަސްވުމުގެ މުއްދަތު ހަމަވުން ށ. މަސައްކަތް ހަވލުކުރެވިފައިވ ފަރާތާ ނިޔާވުން. ނ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބިމުގެ ވެރިފަރާތުން އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންވެއްޖެނަމަ އެވަގުތު ކޮށްފައިވާ މަސައްކަތެއްގެ ޝަރުޢީ ހަމައަގ މަސައްކަތު ކުރިފަރާތަށް ދީނިންމަންވާނެއެވެ. ރ. ވިދިވިދިގެން 3 މަސްދުވަހު ފައިސަ ނުދަށްކައިފިނަމަ )1( މަސްދުވަހުގެ ނޯޓިސްދީ އެތަން ކައުންސިލްއަށް ނެގޭނެއެވެ. މިފަދައިންނެވެ.
19ޕްރިސިޑެންސް 4އެއްބަސްވުމާ އެއްގޮތަށް ކުއްޔަށް ހިފާފައިވާ ތަނަށް ދައްކަންޖެހޭ ކުލި ދެއްކުމަކީ ކުލީގެ އެއްބަސްވުންތަކުގައި ޖައުހަރީ ކަމެކެވެ. އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ދެފަރާތުގެ ދެމެދުގައި ހަދާފައިވާ އެއްބަސްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގ 10 ވަނި މާއް ދާގެ )ރ( ގައި ގައި ބަޔާންކުރައްވާފައިވާ ގޮތުން ވިދިވިދިގެން 3 )ތިނެއް( މަސް ދުވަހު ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލް ކުރެވިދާނެކަން އެނގެން އޮވެއެވެ. މި އަސާސްގެ މައްޗަށް ބަލާއިރު، އިސްތިއުނާފުރެވިފައި މިވާ މައްސަލާގައި އަޙްމަދު އަނީސްގެ ފަރާތި ނ ކުއްޔަށް ހިފި ތަން ކުލި ދެއްކުމަކާނުލައި ސެޕްޓެންބަރު 2018 އިން ފެށިގެންސެޕްޓެންބަރު 2019ގެ ނިޔަލަށް 13 )ތޭރަ( މަސްދުވަހު ބޭނުންކޮށްފައިވާކަން 06 އޮކްޓބަރޯ 2019 ގައް ހިތަދޫ ކައުންސިލްގެ ފަރާތުން ޢަބްދުއްރަޙީމް ޙުސައިން ދީފައިވާ ފުރަތަމަ ބަޔާން )ދަޢުވާ ހުށަހެޅި ބަޔާން( ގައި އެނގެން އޮވެއެވެ. މ ހާލަތުގައި ކުލި ނުދައްކައި ވިދިވިދިގެން 03 މަސް ދުވަހަށްވުރެ ގިނަވުމުން، އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ ބިން އަޙްމަދު އަނީސްގެ ކިބައިން ނެގޭނެކަމަށާއި، އެއްބަސްވުން ބާޠިލްވެފައިވާކަމަށް އަޙްމަދް އަނީސް ބުނިނަމަވެސް، ވިދިވިދިގެން 03 )ތިނެއް( މަސްދުވަހުގެ ފަހުންވެސް އެ ބިން އަޙްމަދު އަނީސް ބޭނުންކޮށްފައިވާކަން އެނގެން އޮންނައިރު، އަޙްމަދު އަނީސްގެ ކިބައިން ބިން ވަކިކުރުމާއި ހަމައަށް ކުލި ނުދައްކާ ހިނގާފައިވާ 13 )ތޭރަ( މަސްދުވަހުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި 13190/- )ތޭރަހާސް އެއްސަތޭކަ ނުވަދިހަ( ރުފިޔާގެ ތެރެއިން، 10 އޮކްޓބަރޯ 2019 ދުވަހު، ހަތަރު މަސްދުވަހުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި 4190/-ރ )ހަތަރުހާސް އެއްސަތޭކަ ނުވަދިހަ( ރުފިޔާ އަޙްމަދު އަނީސްގެ ފަރާތުން ކައުންސިލްގެ އިދާރާއަށް ދައްކާފައިވާތީ، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލަ ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރުމާ ހަމައަށް ނުދެއްކިވާ ބާކީހރ 9000/-ރ )ނުވަހާސް( ރުފިޔާއަކީ އަޙްމަދު އަނީސްގެ ފަރާތުނ ދައްކަންޖެހޭ ފައިސާ އެއްކަމަށްހައްދުންމތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުނެ ޙުކުމް ކޮށްފައިވަނީ، އެއްބަސްވުމުގ 10 ވަނަ މައްދާ ވަކި ފަރާތަކަށް މަންފާކުރަން ވިގޮތަކަށި މާނަކޮށްގެންކމަށ ނުބެލެވެއެވެ. ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު CA/INDIV/2019/15-404 ސިޓީ )09 ޖުލައި 2019( ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 404-CA/INDIV/2019/18 ސިޓީ )01 އޮގަސްޓް 2019( ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 404-CA/INDIV/2019/24 ސިޓީ )01 އޮކްޓބަރޯ 2019(
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6.0 ގެ 228 ވަނަ މާއްދާގެ 1 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ 2010/SC-A/02
- ސުޕްރީމް ކޯޓުގެ 2011/SC-A/36 (އިސްތިއުނާފީ ނުކުތާގައި ޙަވާލާދީފައި)
- ބެންޗު
- ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް