ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/47
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރަކްޗަރ ވ. ފާޠިމަތު ޝަރީފާ، 2024/HC-A/47
Ministry of Construction and Infrastructure v. Fathimath Shareefaa 2024/HC-A/47 (2024/HC-A/47, High Court of the Maldives, 8 July 2025)
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރަކްޗަރ ވ. ފާޠިމަތު ޝަރީފާ
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ދައުލަތުން ގުދަން ބޭނުންކުރި މުއްދަތަށް ބޮޑުކުރި ކުލި ދައްކަން ދަށުކޯޓުން ކުރި ނިންމުމަކީ، އެއްބަސްވުމަށް ޟިމްނީ ގޮތުން އިޞްލާޙު ގެނެސްފައިވާކަމަށް ކަނޑައެޅުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 11.29 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ؛ އަދި ދަށުކޯޓުގައި ނުނަގާ އައު ބަހުސެއް އިސްތިއުނާފީ މަރުޙަލާގައި ނެގޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓުގައި މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ ނަމަވެސް ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ނުލިބުނު ހެކި އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅުމަށް ހުރަހެއް ނެތެވެ (ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45)
- ދަށު މަރުޙަލާގައި ވާހަކަދެއްކުމުގެ ފުރުޞަތު ލިބި ހުށަނާޅާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެއެވެ؛ ދަށު މަރުޙަލާގައި ނުދެކެވޭ ވާހަކަތަކަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަކީ ކޯޓުތަކުގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ، ސަބަބަކީ އިސްތިއުނާފު ބިނާވެފައިވަނީ ދަށު މަރުޙަލާގެ ގޯސް ރަނގަޅުކުރުމަށްކަމުގައިވާތީއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46–47)
- އައު ޤާނޫނީ ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ބަލައިގަނެވޭނީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއްނަމަ، ނުވަތަ ޙުކުމާ ސީދާ ގުޅުމެއްވާ ނުކުތާއެއްނަމަ، ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއްނަމައެވެ (ސުޕްރީމް ކޯޓުގެ 2019/SC-A/57). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48)
- ދަށުކޯޓުގައި ނެގި ދިފާޢު (ޟިމްނީ އެއްބަސްވުމެއް އޮތްކަން) އިސްތިއުނާފީ މަރުޙަލާގައި ބަދަލުކޮށް، އިސްތިސްނާ ޙާލަތެއް ދައްކާނުލާ ނަގާ އައު ބަހުސް (ދައުލަތާއެކު ޟިމްނީ އެއްބަސްވުމެއް ނުވެވޭނެކަން) ބަލައެއް ނުގަނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49)
- ދަށުކޯޓުގެ ނިންމުމުގައި ނެތް ކަމެއް (ޟިމްނީ އިޞްލާޙެއް ގެނެވިފައިވާކަން) ކަނޑައަޅާފައިވާކަމަށް ބުނާ ފަރާތުން، އެ ނިންމުން އެގޮތަށް ތަރުޖަމާކުރި ގޮތާއި އެ ދޭހައަށް ވާޞިލުވި ގޮތް ބުނެދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 57)
- ކުލީގެ ކޮންޓްރެކްޓެއް ނިމުމަށްފަހުވެސް ކުއްޔަށްހިފި ފަރާތުން ތަން ބޭނުންކުރަމުން ގެންދާނަމަ، ތަން ހުސްކޮށް ވެރިފަރާތާ ޙަވާލުކުރާ ތާރީޚާ ހަމައަށް ކުލި ދައްކަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައިވާ އުޞޫލަށް ބިނާކޮށް ކުލި ކަނޑައެޅުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 11.29 ވަނަ މާއްދާ ތަޠުބީޤުވާ ކަމެއް ނޫނެވެ؛ އެއީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54–58)
1މިއީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓެ)މީގެ ފަހުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު( ގ ނަންބަރު 77/Q10C/2020 ޤަޟިއްޔާ،އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދޭ ދައުލަތް / މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "މިނިސްޓްރީ"( ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މާ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ ގދ. ތިނަދޫ، ޕެރިސް، ފާޠިމަތު ޝަރީފު)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ފާޠިމަތު ޝަރީފާ"( ގެ މައްޗަށެވެ.
3މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ފާޠިމަތު ޝަރީފާއާ ދެމެދު 14 ފެބުރުއަރީ 2017 ގައި ނަންބަރ -PISI/IND/2017/30(AGR)138 "އަމިއްލަ ފަރާތްތަކާއެކު ވެވޭ އެއްބަސްވުން" ވެފައިވެއެވެ. މ މައްސަލައިގައި ހިމެނި އެއްބަސްވުން ފާޠިމަތު ޝަރީފާއާއެކު ޤާއިމުކުރެވިފައިވަނީ )ދައުލަތުގެ ފަރާތުން( މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަމުގައިވީނަމަވެސް، އެއަށްފަހު މި މިނިސްޓްރީގެ ނަން ބަދަލުވެފައިވެއެވެ. މިގޮތުން މި މައްސަލަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނުއިރު، މި މިނިސްޓްރީއަށް ދެވިފައިވާ ނަމަކީ މިނިސްޓްރީ އޮފް ނެޝަނަލް، ޕްލޭނިންގ، ހައުސިންގ އިންފްރާސްޓްރަކްޗަރެއެވެ. އެހެނަސް، މި އިސްތިއުނާފި ހުށަހެޅުނުއިރު، މި މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުވެފައެވެ. އަދ އިސްތިއުނާފު ފޯމުގައި ވަނީ މި ނަމެވެ.
4މި އެއްބަސްވުމަކީ އޮވަރސީސް އިންފްރާސްޓްރަކްޗަރ އެލަޔަންސ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރާއަށް ގެންދިޔަ ހައުސިންގ މަޝްރޫޢުގެ ތެރެއިން ގދ. ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 )ސަތޭކަ( ހައުސިންގ ޔުނިޓް އެޅުމަށް އެރަށަށް ގެންގޮސްފައިވާ މެޓީރިއަލްސް ރައްކާކުރުމަށްޓަކައ ފާޠިމަތު ޝަރީފާގެ ގެ، ޕެރިސް ގެއިން ގުދަނެއް 15 މާރިޗު 2016 އިން ފެށިގެން 01 )އެކެއް( އަހަރުގެ މުއްދަތަށް ކޮންޓްރެކްޓަރ ހިފާފައިވަނިކޮށް، މި މަޝްރޫޢު ޓަރމިނޭޓްވެ، 2016 ސެޕްޓެންބަރުންފެށިގެން، މި ގުދަނުގެ ކުލި މިނިސްޓްރީގެ ފަރާތުނ ދެއްކުމަށް އެއްބަސްވެ، އިތުރު
01 )އެކެއް( އަހަރުގެ މުއްދަތަށް ގުދަން ކުއްޔަށް ހިފުމަށް ފާޠިމަތު ޝަރީފާއާއި މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.
5މި އެއްބަސްވުމުގެ މުއްދަތަކީ 14 ފެބުރުއަރީ 2017 އިން ފެށިގެން 01 )އެކެއް( އަހަރު ދުވަހުގެ މުއްދަތުކަމާއި، ތަނުގެ ކުއްޔަކީ ކޮންމެ މީލާދީ މަހަކަށް -/4,500ރ. )ހަތަރުހަސް ފަސްސަތޭކަ ރުފިޔާ( ކަން މި އެއްބަސްވުމުން އެނގެއެވެ.
603 ޖުލައި 2019 ގައި ފާޠިމަތު ޝަރީފު،މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައިވަނީ ފާޠިމަތު ޝަރީފާއާއި މިނިސްޓްރީއާ ދެމެދު ވެފައިވާ ނަންބަރ -PISI/IND/2017/30(AGR)138 އެއްބަސްވުން 14 ފެބުރުއަރީ 2018 ގައި ހަމަވެފައިވާކަމަށާއި، އެތައް ފަހަރެއްގެ މަތިން އެއްބަސްވުން އާކުރުމަށ ނުވަތް ގުދަން ހުސްކުރުމަށް އެދިފައިވީނަމަވެސް، އައު އެއްބަސްވުމެއް ހެދުމެއްނެތ އަދި ތަން ހުސްކުރުމެއްނެތ އަދި ކުލި ދިނުމެއްނެތި ދަނީ ކުރިއަށްކަމަށާއި، އެހެންކަމުން އެއްބަސްވުން ހްމަވ ދުވަހުން ފެށިގެން ތަނުގެ ކުއްޔަށާބަދަލުގެނައުމަށް ނިންމާކަމަށއި، މގޮތުނި 14 ފެބުރުއަރީ 2018 އިން ފެށިގެން ތަނުގެ ކުއްޔަކީ -/7,500ރ. )ހަތްހާސް ފަސްސަތޭކަ ރުފިޔާ( ކަމުގައެވެ. "އަމިއްލަ ފަރާތްތަކާއެކު ވެވޭ އެއްބަސްވުން"ގެ 3.1 ވަނަ މާއްދާ "އަމިއްލަ ފަރާތްތަކާއެކު ވެވޭ އެއްބަސްވުން"ގެ 5 ވަނަ މާއްދާއާއި، 4.1 ވަނަ މާއްދާ
7އެއަ ށްފަހު، 22 ޖުލައި 2019 ގައި ފާޠިމަތު ޝަރީފާ،މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައިވަނީ ސިމެންތި ގުދަން އެއްގޮތަކަށްވެސް ހުޅުވުމެއްނެތި ހުންނަތ 07 )ހަތެއް( އަހަރުވެފައިވުމުގެ ސަބަބުން ގުދަނުގެ ވަށާ ފާރުތައްވަނީ ރެނދުލާ ފަޅަފަޅައިގެން ގޮސްފައިކަމަށާއި، މިހެންވުމުގެ ސަބަބުން ގުދަނާއި އިންވެގެން ދެން ހެދިފައިވާ ގުދަންތަކާއި ފިހާރަ ކުއްޔަށދެވިފައިނުވާކަމަށާއި، އެހެންކަމުން، މި ގުދަން މިގޮތަށް ހުރުމުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލާއި، އެއްބަސްވުން ހަމަވެ އިތުރަށް ހިނގާ ދުވަސްތަކަށް ކުއްޔަށް ގެންނަ ބަދަލާއިއެކު، ހުރިހާ ފައިސާއއް ދައްކައި، 01 )އެކެއް( މަސްދުވަހުގެ ތެރޭގައި އިމާރާތް ހުސްކޮށްދިނުމަށް އެދޭ ކަމުގައެވެ.
8އެއަށްފަހު، 23 ސެޕްޓެންބަރު 2019 ގައު ފާޠިމަތު ޝަރީފާ، މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައި ވަނީ ގުދަނުގެ ކުއްޔަށް ބަދަލާގެނެސ އެއްބަސްވުން އައު ކޮށްދިނުމަށް ތަކުރާރުކޮށް އެދިފައިވާކަމަށާއި، އަދި އެއްގޮތަކަށްވެސް އެތަން ނުހުޅުވައި ހުންނަތ 07 )ހަތެއް( އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ވާހަކަވެސް ތަކުރާރުކޮށް މިނިސްޓްރީއަށް އަންގާފައިވާކަމަށާއި، އެހެންކަމުން، އެއްބަސްވުން ހަމަވެ ހިނގާ ދުވަސްތަކަށް މަހަކަށް -/7,000ރ. ) ހަތްހާސް ރުފިޔު( ގެ ރޭޓުން ކުލި ދެއްކުމަށްފަހު، ތަން ހުސްކޮށް އިމާރާތަށް ލިބިފައިވާ ބަދަލު ލިބިދިނުމަށް އެދޭ ކަމުގައެވެ.
925 ސެޕްޓެންބަރު 2019 ގައި މިނިސްޓްރީއިން ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ ސިޓީގައިވަނީ ގދ. ތިނަދޫ ޕެރިސް ގޭގައި ހަދާފައިވާ ގުދަނެއް މިނިސްޓްރީގެ ފަރާތުނ ކުއްޔަށްހިފައި، އެ ގުދަނަށް މިނިސްޓްރީގެ މުދާ ވައްދާފައިވީނަމަވެސް އެ ޕްރޮޖެކްޓް ކުރިއަށްނުދާތީއާއި، އެއްބަސްވުމުގް މުއްދަތު ހަމަވެފައިވާތީ، އެ ގުދަން ކައުންސިލް މެދުވެރިކޮށް ހުސްކުރަން ބޭނުންވާކަމަށާއި، މި ގުދަން ސާފުކޮށް މިނިސްޓްރީއަށް އަންގައިދިނުމަށެވެ.
10އެއަށްފަހު ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއިން އެ ގުދަން ހުސްކުރުމުގެ މަސައްކަތް ފެށިކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.
11ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއިން މިނިސްޓްރީއަށް 11 މާރިޗް 2020 ގައި ފޮނުވާފައިވާ ސިޓީގައި މިނިސްޓްރީއިން އެދިފައިވާ ފަދައިން ގދ. ތިނަދޫ ޕެރާސްގޭގައި މިނިސްޓްރީގެ ފަރާތުނ ކުއްޔަށް ހިފާފައިވ ގުދަން ހުސްކޮށް ސާފުކުރެވުނުކަމަށާއި، އެހެނަސް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ގޭގެ ވެރިފަރާތުން ހުރަސްއެޅުމާއި ގުޅިގެން އެކަން ނުކުރެވިވާކަން އަންގާފައިވެއެވެ.
12އިސްވެ ބަޔާނކޮށްފައިވްހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާގެ ސިޓީއަށް މިނީސްޓްރީއިނި ޖަވާބެއްދީފައިނުވާތ، ތަނުގެ ތަޅުދަނޑި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރިކަމުގައި ބަޔާންކޮށް، 30 ޑިސެންބަރު 2020 ގައި ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވެއެވެ.
1314 ފެބުރުއަރީ 2017 ގައި ގދ. ތިނަދޫ، […] ގައ ހުރި ގުދަނެއް ކުއްޔަށް ހިފުމަށް ފާޠިމަތު ޝަރީފާއާއި މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވާ 02 )ދޭއް( އަހަރު ދުވަސް ފާއިތުވުމަށްފަހުވެސް އެ ގުދަން ޙަވާލުކޮށްފައިނުވާކަމަށާއި، ފާއިތުވި 02 )ދޭއް( އަހަރު ދުވަހުގެ ކުލީގެ ގޮތުގައަ ލިބެންޖެހި ފައިސާ ނުލިބި އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް އެ ގުދަން ބޭނުންކުރަމުންދާކަމަށާއި، ގުދަން ރެނދުލައި ހްލާކުވެ ބޮލަށް ވެއްޓޭވަރުވެފައިވަތީ އެ ގުދަނާއި އިންވެގެން ހުރި ގުދަންވެސ ކުއްޔަށް ދެވިފައިނުވާކަމށާއި،އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް އެއްބަސްވުން އާ ނުކުރުމުގެ ސަބަބުން އެ ގުދަނުގެ ކުއްޔަށް ބަދަލުގެނެވިފައިނުވާކަމަށާއް،މިކަމުގެ ސަބަބުނ ލިބުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މިނިސްޓްރީއަށް ރައޫދުވާގޮތަށް ފާޠިމަތު ޝަރީފް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ދަޢުވާއެއް ހުށަހަޅާފައިވެއެވެ. ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރގާ 15 ޑިސެންބަރު 2019 ގެ ފެކްސް މެސެޖާއި، 06 ޖަނަވަރީ 2002 ގެ އެ އިދަރާގެ އިޢުލާން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 77/Q10C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ދަޢުވާގެ ޚުލާޞާ
14މި ދަޢުވާ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާގެ ގޮތުގައެވެ.
15ދަޢުވާއަށް ޖަވާބުދާރީވަމުން މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ފާޠިމަތުޝަރީފާގެ ފަރާތުނ ހުށަހަޅާފައވާ ދަޢުވާއަށް އިންކާރުކުރާކަމަށއި، 14 ފެބުރުއަރީ 2017 ގައި ގދ. ޕެރިސް ގޭގައި ހުރި ގުދަނެއ ކުއްޔަށް ހިފުމަށް ފާޠިމަތު ޝަރީފާއ މިނިސްޓްރީއާ ދެމެދާ ވެވުނު އެއްބަސްވުމުގެ މއްދަތ 13 ފެބުރުއަރީ 2018 ގައި ހަމަވެފައިވާކަމަށއި، 11 މާރިޗް 2020 އީ ހަމައަށް މިނިސްޓްރީން އެ ގުދަން ބޭނުންކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ކުރީގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޟިމްނީ ގޮތުން އެއްބަސްވެގެންކަމަށާއި، އެ މުއްދަތުގެ ކުލި އެއްބަސްވުމުގ 4.1 ވަނަ މައްދާއާއި 10.3 ވަނަ މާއްދާއާ އެއްގޮތަށް ކޮންމެ މަހަކު -/4,500ރ. )ހަތަރުހާސް ފަސްސަތޭކަ ރުފިޔް ( ގެ ރޭޓުން ދައްކަން އެއްބަސްވާކަމަށާއި، އެހެންނަމަވެސް ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ބޮޑު ކުއްޔެއް ނަގައިދިނުމަށާއި، އެއްބަސްވުމުގެ 6.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ތަން މަރާމާތުކުރެވުނ މަސައްކަތަށް ދަޢުވާކުރާ ފަރާތުން ހުރަސްއަޅާފައިވތީ،އެހެންކަމުން އެ ގުދަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި، ޖެހިގެން ހުރި ގުދަން ކުއްޔަށް ނުދެވުމުގ ޒިންމާ ނަގަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.
16ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ،
16.1. ފާޠިމަތު ޝަރީފާއ ދައުލަތާ ދެމެދާ ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ގުދަން ބޭނުންކޮށްފައިވާ މުއްދަތަށް ހިނގާފައިވާ ކުލީގެ ފައިސާގެ ގޮތުގައުމެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ގައިވާ ތާވަލުގައިވާ ގޮތަށް ކުލީގެ ގޮތުގައި އެކުޖުމްލަ 133,416/67ރ. )އެއްލައްކަ ތިރީސްތިންހާސް ހަތަރު ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި( އާއި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 77/Q10C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ "ދަޢުވާއަށް ޖަވާބުދާރީވެފައިވާ ގޮތް"
16.2. ބުނެވިދިޔަ ގުދަނުގެ މަރާމާތުގެ އަގުގެ ގޮތުގައި 5,000/-ރ. )ފަސްހާސް ރުފިޔާ( އާއެކު ޖުމްލަ 138,416/67ރ. )އެއްލައްކަ ތިރީސް އަށްޑިހަ ހާސް ހަތަރު ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި( ފާޠިމަތު ޝަރީފއަށ ލިބިދިނުމުގެ ގޮތުން 31 ޑިސެންބަރު 2023 އިން ފެށިގެން 02 )ދޭއް( މަސްދުވަހުގެ ތެރޭގައި މިފައިސާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ދައުލަތަށް އަންގައި،
16.3. ކުއްޔަށް ދީފައިވާ ގުދަނާއި އިންވެގެން ހުރި ގުދަން ކުއްޔަށް ނުދެވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭ ތަނެއް ނެތްކަމުގައެވެ.
17ފާޠިމަތު ޝަރީފާއ ދައުލަތާ ދެމެދާ ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ގުދަން ބޭނުންކޮށްފައިވާ މުއްދަތަށް ހިނގާފައިވާ ކުލީގެ ފައިސާގެ ގޮތުގައި ޖުމްލަ 133,416/67 ރ. )އެއްލައްކ ތިރީސްތިންހާސް ހަތަރު ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި( ނަގައިދިނުމުގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަންނަނިވި ކަންކަމަށް ނަޒަރުކޮށްފައިވެއެވެ.
17.1. މި މައްސަލައިގައި އިމާރާތް ތަނުގެ ވެރިފަރާތާއި ޙަވާލުކުރިކަމަށް އުފެދިފައިވާ ބަހުސަށް ބަލާއިރު، ތަން ހުސްކުރިކަން ދަޢުވާކުރާ ފަރާތަށް އެނގފައްއޮތްކަމށަ އަދި ތަން ހުސްކުރި ތާރީޚް )11 މާރިޗް 2020( އިންފެށިގެން ތަނުގެ މަރާމާތުގެ މަސައްކަތް ހުއްޓުވާފައިވަނީ ދަޢުވާކުރާ ފަރާތުންކަމަށްވެފައި، އެކަން ހުށަހެޅުހެކިތަކުން ސާބިތުވާތީއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/26 މެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ)މީގެ ފަހުން "މެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ" ޤަޟިއްޔާ( ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން ތަން ހުސްކުރިކަން އެނގޭ ތާރީޚނ ފެށިގެން ތަނުގެ އަތުވެރިކަން އޮތްފަރާތަކަށްވާނީ ތަނުގެ ވެރިފަރާތްކަމަށްވާތީ، 11 މާރިޗް 2020 ފަހުން ތަނުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ދަޢުވާކުރާ ފަރާތުން އެދިފައިވާ ފައިސާއަކީ ދަޢުވްރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުރަވެވޭކަނ.
17.2. ދެ ފަރާތެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު އިމާރާތް ބޭނުންކުރި މުއްދަތުގައި ކުލީގެ ރޭޓްއ މެދާ އުފެދިފައިވާ ބަހުސްއަށް ބަލާއިރު، ކުއްޔަށްދިނުމުގެ އެއްބަސްވުމުގ
10.3 ގައި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއަށް ބަދަލެއް ގެނެވޭނީ އެކަމަށްޓަކައި ދެ ފަރާތުން ލިޔުމުން އެއްބަސްވާ ގޮތެއްގެމަތިންކަމަށްވެފައި، މި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، މ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މައްޗަށް އޮތް އިލްތިޒާމް ހަމަވެފައވާކަނ.
17.3. އިމާރާތް ފަހުން ބޭނުންކުރަމުންދިޔައ ދީ ފަރާތުގެ ދެމެދު ޟިމްނީ އެއްބަސްވުމެއްގެ ދަށުންކަމަށްވެފައި، ކުލި ބޮޑުކުރުމާއ ގުޅި ގޮތުން ދަޢުވާކުރާ ފަރާތުނ 02 )ދޭއް( ގޮތަކަށް ހުށަހަޅާފައިވާކަނ އެ ފަރާތުން ހުށަހަޅާފައިވިސިޓީތަކަށ ބެލުމުން އެނގޭއިރު، އަދި މިސިޓީތަކުގައި ދަޢުވާކުރާ ފަރާތުން އެދިފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީޚުން ފެށިގެން ކުލި ބޮޑުކުރުމަށްކަމަށްވެފައި، އެއްބަސްވުމަކިއީޖާބއްޤަބޫލު އޭގައި ފުރިހަމަވާންޖެހޭ އެއްޗަކަށްވާއިރު، މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ދެ ފަރާތުނާދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދަޢުވާ ރައްދުވްފަރާތުން ފާހަގަކޮށްފައިވާ ފަދައިން ދަޢުވާކުރާ ފަރާތާ ދެމެދު ކުލި ބޮޑުކުރުމ ގުޅިގެން ލިޔެކިޔުމުން އެއްބަސްވުމަކަށް އާދެވިފައިނުވާކަމާއި، އަދި ޝަރީޢަތުގައިވެސް ދެ ފަރާތް ދެމެދު މި ނުކުތާގެ މައްޗަށް އެއްބަސްވުމަކަށް އާދެވިފައިނުވާކަނ.
17.4. ދަޢުވާކުރާ ފަރާތުން 03 ޖުލައި 2019 ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް، އަދި ދެ ފަރާތުންވެސް އެއްބަސްވެފައިވާގޮތަށް ދެ ފަރާތް ދެމެދު ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނ 14 ފެބުރުއަރީ 2018 ގައިކަމާއި، އޭގެ ކުރިން އެތަނުގެ ކުއްޔަކީ -/4,500ރ . )ހަތަރުހާސ ފަސްސަތޭކަ ރުފިޔާ( ކަމާއި، އެ ދުވަހުން ފެށިގެން ތަނުގެ ކުލި ބޮޑުކުރުމަށް ދަޢުވާކުރާ ފަރާތުނ ބޭނުންވާ -/7,500ރ. )ހަތްހާސް ފަސްސަތޭކަ ރުފިޔާ( އަށް ކަމާއި، އެހެންނަމަވެސް މިކަން ބަޔާންކޮށް ސިޓީ ފޮނުވާފައިވަނ 03 ޖުލައި 2019 ގައި ކަމަށްވާތީ، 14 ފެބުރުއަރީ 2018 އިން ފެށިގެން 03 ޖުލައި 2019 މ ތާރީޚްއާ ހަމައަށް ތަނުގެ ކުލި ބޮޑުކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން.
17.5. އެއްބަސްވުން އައު ކުރުމަށް ތަފާތު އެކިފަހަރުމަތިން ދަޢުވާކުރާ ފަރާތުން އެދިފައިވާއިރު ދެ ފަރާތުން ދެއްކީ ވާހަކަތަކާއި ހުށަހަޅާފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު، ދަޢުވާކުރާ ފަރާތުން އެދިފައިވާ ކުލ ނެގުމުގައި އަންނަނިވި ފަދައިން ޢަމަލުކުރެވިދާނެކަމަށް ޝަރީޢަތަށް ބުރަވެވޭކަނ. ތާރީޙް ރޭޓް މުއްދަތު ޖުމްލަ 14 ފެބުރުއަރީ 2018 އިން 4,500/-ރ. )ހަތަރުހާސް 01 އަހަރާއު 04 މަހާއި 18 74,700/-ރ. ފެށިގެން 03 ޖުލައި 2019 ފަސްސަތޭކަ ރުފިޔާ( ދުވަސް 03 ޖުލައި 2019 އިން 7,500/-ރ. )ހަތްހާސް 02 މަހާއި 19 ދުވަސް 19,750/-ރ. ފެށިގެން )ދަޢުވާކުރާ ފަސްސަތޭކަ ރުފިޔާ( ފަރާތުނ 03 ޖުލައި 2019 ފޮނުވާފައިވާ ސިޓީއާ ގުޅިގެން( އިން ފެށިގެން 22 ސެޕްޓެންބަރު 2019 23 ސެޕްޓެންބަރު އިން 7,000/-ރ. )ހަތްހާސް 05 މަހާއި 17 ދުވަސް 38,966/67ރ. ފެށިގެން )ދަޢުވާކުރާ ރުފިޔާ( ފަރާތުނ 23 ސެޕްޓެންބަރު 2019 ފޮނުވާފައިވާ ސިޓީއާ ގުޅިގެން( އިން ފެށިގެން ތަން ހުސްކުރި 11 މާރިޗު 2020 އެކު ޖުމްލަ: )އެއްލައްކަ ތެއްތިރީސްހާސް ހަތަރުސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތްލާރި( 133,416/67ރ.
18ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ ދައުލަތުން ހުށަހަޅާފައިވަނީ 01 )އެކެއް( ނުކުތާއެވެ.
19މގޮތުނި ހުށަހެޅް ނުކުތާއަކު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގުނިންމުމުގައ ދައުލަތާއި ފާޠިމަތު ޝަރީފާއ ދެމެދާ 14 ފެބުރުއަރީ 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ 4.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުލީގެ އަދަދު ބަދަލުކުރުމަށް ދައުލަތުން ޟިމްނީ ގޮތުން އެއްބަސްވެފައިވާކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"( ގ 4 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2017/R-20 )ދައުލަތުގެ މާލިއްޔަތު ގަވާއިދު( )މީގެ ފަހުން "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"( ގެ 11.29 ވަނަ މާއްދާގެ )ކ( އާ ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގ 10.3 ވަނަ މާއްދާއާ ޚިލާފަށްކަމުގައެވެ.
20ދައުލަތުން ހުށަހަޅާފައިއިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުނ ބުނެފައިވަނުގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ފާޠިމަތު ޝަރީފާއާއި މިނިސްޓްރީއާ ދެމެދު 14 ފެބުރުއަރީ 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގ 4.1 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކުއްޔަށް ބަދަލެއް ގެނައުމަށް ދައުލަތުނ ޟިމްނީގޮތުން އެއްބަސްވެފައިވާކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާތީ، ދައުލަތުން އިސްތިއުނާފުކޮށްފައިވަނ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގެ އެ ބައި ކަމުގައެވެ.
21ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތުގެ އިތުރަށް ދައުލަތުން ގުދަން 11 މާރިޗް 2020 އާ ހަމައަށް ބޭނުންކޮށްފައިވާތީ، 14 ފެބުރުއަރީ 2018 އިން 11 މާރިޗް 2020 އާ ހަމައަށް -/4,500ރ. ) ހަތަރުހސްފަސްސަތޭކަ ރުފިޔާ( ގެ ރޭޓުން ކުލި ދެއްކުމަށް ދައުލަތުން އިޢުތިރާޟުނުކުރާކަން ފާހަގަކުރާކަމުގައެވެ.
22އެހެނަސް، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 10.3 ވަނަ މާއްދާއަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.29 ވަނަ މާއްދާއަށް ޙަވާލާދީ، ދެ ފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުލީގެ އަގަށް ބަދަލެއް އައިސްފައިވާކަމަށް ދައުލަތުން އިންކާރުކޮށްފައިވާކަމުގައެވެ.
23ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އާންމު އުޞޫލުން ދެ ފަރާތް ދެމެދު ވެވޭ އެއްބަސްވުންތަކަކީ ވަކި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ކަމުގައި ނުވިނަމަވެސް، ވަކި ޤާނޫނެއްގައި އެއްބަސްވުނ ވަކް ގޮތަކަށް އޮތުން ލާޒިމުކުރާނަމަ، އެއްބަސްވުން އކުލަވާލަންވާނީ އެ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތާއި އެ ޤާނޫނުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމާއެކު ކަމުގައެވެ.
24ދުއުލަތާއެކުވާ އެއްބަސްވުންތަކަކީ ވަކި ގޮތަކަށް ޤާއިމުކުރަންޖެހޭ އެއްބަސްވުންތަކެއްކަން ޤާނޫނު ނަންބަރ 2006/3 )ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު( )މީގެ ފަހުން "ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު"( ގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން ލާޒިމުކުރާއިރު، މި ގަވާއިދުގެ 11.29 ވަނަ މާއްދާގެ )ކ( ގައި ދައުލަތުން ކުއްޔަށް ހިފަންވާނީ،އެ އެއްޗެއް ނުވަތަ ތަނެއް ކުއްޔަށް ހިފުމަށް ދެ ފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމުގައި ބަޔާންކުރާކަމުގައެވެ. މިގޮތުން 14 ފެބުރުއަރީ 2017 ގައި އެއްބަސްވުމެއް ސޮއިކުރިކަމަށާއި، މި އެއްބަސްވުމުގެ 10.3 ވަނަ މާއްދާގައި އެއްބަސްވުމަށް ބަދަލެއް ގެނެވޭނީ އެކަމަށްޓަކައި ދެ ފަރާތުން ލިޔުމުން އެއްބަސްވާގޮތުގ މަތިން ކަމުގައި ބަޔާންކުރާ ކަމުގައެވެ.
25ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ކުލީގެ އަގަށް ބަދަލެއް އައިސްފައިވާކަމަށް ކަނޑައަޅާފައިވާ ސަބަބަކީ، 03 ޖުލައި 2019 އާއި 23 ސެޕްޓެންބަރު 2019 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން ކުލި މަތިކުރުމަށް ހުށަހަޅާފައިވާ ސިޓީތަކުގެ މައްޗަށް ކަމަށްވާއިރު، މި ހުށަހެޅުން އެއްބަސްވުމެއްގ ގޮތުގައެ ދެ ފަރާތުން ލިޔުމަށް ތިރިކޮށްފައިނުވާއިރު، އެ ސިޓީތައް ފޮނުވާފައިވާ އޮތ އޮތުމުގެ މައްޗަށް އެކަނި ބިނާކޮށް، ދައުލތުގ މާލިއްޔަތުގެ ގަވާއިދާއި ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އިޞްލާޙެއް ގެނައުމަކާ ނުލައި، އަގަށް ބަދަލެއް އައިސްފައިވާ ގޮތް އެ ނިންމުމުގައި ތަފްޞީލުކޮށްފައިނުވާކަމުގައެވެ.
26ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޤަޟިއްޔާގައިކަނޑައަޅާފައިވާ އުޞޫލުގެ އަލީގައި، ހަމައެކަނި ސިޓީއެއް ފޮނުވުމުގެ މައްޗަށް އެކަނި ބިނާކޮށް، އަދި ދައުލަތުގެ ސިޓީއަކަށް ޖަވާބު ނުދިނުމަކީ، އެ އަގަށް ދައުލަތުން ރުހި އެއްބަސްވިކަމަށް ބެލެވޭނެ ކަމެއް ނޫންކަމުގައެވެ.
27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލްޤަޟިއްޔާގައި، ދައުލަތަށް ނިސްބަތްވާ އިދާރާއަކުން ފައިސާއާބެހޭ މުޢާމަލާތް ކުރަންޖެހޭނީ، ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ ތެރެއިން ކަމަށް ފާހަގަކުރުމުގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިދައުލަތާއިއެކު ކުއްޔަށް ދިނުމަށްވާ މުޢާމަލާތުތަކ ގުޅިގެނާ ލިޔުމުން އެއްބަސްވުމެއް އޮތުން ލާޒިމުކޮށްފައިވާކަމުގައެވެ. ދައުލަތާއި އެކި ފަރާތްތަކާއެކު ޟިމްނީ ގޮތުން އެއްބަސްވުމެއް ޤާއިމުނުކުރެވޭނެކަމާއި، ދައުލަތާއިއެކު އެއްބަސްވުމެއް ސޮއިކޮށްފައިވާނަމަ އެ އެއްބަސްވުމަށް ޟިމްނީ ގޮތުން އިޞްލާޙެއް ނުގެނެވޭނެކަން އެނގޭކަމުގައެވެ.
28އެހެންކަމުން، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގައި 03 ޖުލައި 2019 އިން ފެށިގެން 11 މާރިޗް 2020 އާ ހަމައަށް ދައުލަތާއި އިސްތިއުނާފު ރައްދުވެފަރާތ ދެމެދާ ސޮއިކޮށްފައިވާ އެއްބަސްވުމުގ 4.1 ވަނަ މާއްދާއަށް އިޞްލާޙެއް ޟިމްނީ ގޮތުން ގެނެސްފައިވާކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި އެއިރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.29 ވަނަ މާއްދާއާއި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 10.3 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ.
29މި މައްސަލައިގައި ދައުލަތުންއެދިފައިވަނީގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ދައުލަތާއި ފާޠިމަތު ޝަރީފާއ ދެމެދާ 14 ފެބުރުއަރީ 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގ 4.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުލީގެ އެދަދު ބަދަލުކުރުމަށް ދައުލަތުން ޟިމްނީ ގޮތުނ އެއްބަސްވެފައިވާކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ އާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 11.29 ވަނަ މާއްދާއާ ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސވުމުގް 10.3 ވަނަ މާއްދާއާ ޚިލާފަށްކުމަށް ކަނޑައެޅުމާއެކު،ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ނިމުމަކަށް އައުމަށްފަހު ދައުލަތުން އެ އެއްބަސްވުމުގެ ދަށުން ދައުލަތް ޙަވާލުކުރެވުނު ގުދަން ބޭނުންކޮށްފައިވާ މުއްދަތަށް )14 ފެބުރުއަރީ 2019 އިން 11 މާރިޗު 2020( ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ކުލީގެ އަގަކީ 4,500/-ރ. )ހަތަރުހާސް ފަސްސަތޭކަ ރުފިޔާ( ކަމަށް ކަނޑައަޅައިދިނުމަށާއި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 77/Q10C/2020 ޤަޟިއްޔާގެ ޙުކުމުގައި ކުއްޔާ ގުޅޭ ގޮތުންގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުނ ނިންމާފައިވާ ނިންމުން ބާޠިލުކޮށް އެ މޭރުމުން ފައިޞަލާކުރަނިވި ޙުކުމެއްކޮށްދިނުމަށެވެ.
30ދީއުލަތނ ހުށަހަޅާފައިވް އިސްތިއުނާފު ނުކުތާގެ ރައްދުގައި ފާޠިމަތުޝަރީފާގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް 26 ޖަނަވަރީ 2021 ގައި ދައުލަތުން ހުށަހެޅި ފުރަތަމަ ބަޔާނުގެ 1.4 ގައި ޟިމްނީ އެއްބަސްވުމެއް އޮތްކަމަށް ވަކާލާތުކުރިކަމަށާއި، އެހެނަސް، ފާޠިމަތު ޝަރީފާގެ ފަރާތުން އެއިރު ބުނެފައިވާނީ އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން ކުއްޔާބެހޭގޮތުނ އެއްވެސ ވާހަކައެއް ދައްކާފައިނުވާތީއާއި، މުއްދަތު ހަމަވި އެއްބަސްވުމުގައިވާ ކުލިވެސް ދައްކާފައިނުވުމުގެ ސަބަބުން ކުރީގެ އެއްބަސްވުން ޟިމްނީގޮތުންވެސް ދެމިގެންނުދާނެކމުގައެވެ. އަދ އިމާރާތުގެ ކުލި ނުދައްކާތީ، މިނިސްޓްރީގެ އެކި ފަރާތްތަކާއި ބައްދަލުކޮށްގެންވެސ އެއްވެސް އަލިމަގެއ ނުފެނުމުން ކޯޓަށް މައްސަލަ ހުށަހެޅީކަމުގައެވެ.
31ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމުމުގައިވެސް ކުއްޔާއި ގުޅޭ ގޮތުން ކުރީގެއެއްބަސްވުނ ދެމިގެންދާނެކަމަށް ނިންމާފައިވާ ކަމަކަށް ނުފެންނަކަމަށާއި، އެ ކޯޓުންކުލ ކަނޑައެޅި އިމާރާތުގެ ވެރި ފަރާތުން ކުއްޔަށް ހިފި ފަރާތަށް ފޮނުވާފައިވާ ސިޓީތަކުގައިވާ ކުއްޔަށް ރިޢާޔަތްކޮށްގެންކަނ އެނގޭކަމުގައެވެ. އެހެންކަމުން، އެތަނުގައި އިސްތިއުނާފެއް ކުރަންޖެހޭ ނިންމުމެއް ނެތްކަން ފާހަގަކުރާކަމުގައެވެ.
3220 މާރިޗް 2020 ގައި އިމާރާތް ވެރިފަރާތާ ހަވާލުވެފައިވާކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުމަށް އިންކާރުކުރާކަމަށާއި، ސަބަބަކީ ތަޅުދަނޑި އޮތީ ދައުލަތުގެ ބެލުމުގެ ދަށުގައިކަމަށްވާތީއާއި، އަދާހަމައަށްވެސ މިނިސްޓްރީން ނުވަތް މިނިސްޓްރީން ހަމަޖެއްސީ ފަރތަކުންވެސ އިމާރާތް ހަވާލުކޮށްފައިނުވާކަމުގައެވެ. އިމާރާތް ހަވާލުކުރުމަށް އަނގަބަހުންވެސ ނުވަތް ލިޔުމަކުންވެސް އަންގާފައިނުވާކަމުގައެވެ.ކަން މިހެން އޮތްނަމަވެސް ދައުލަތާއި ދެކޮޅަށް އިސްތިއުނާފުކޮށް ޙައްޤު ހޯދުމަށް އުޅުމުގެ ޤާބިލުކަމެއް ނެތްކަމުގައެވެ.
33ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތާމެދު ހިތްހަމަނުޖެހިގެން ދައުލަތުން އިސްތިއުނާފުކުރި ހަމައެކަނި ސަބަބެއްކަމަށް ދައުލަތުން ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ތަން ހަވާލުނުކޮށް ގިނަ ދުވަސްވުމުން ފާޠިމަތު ޝަރީފާގެ ފަރާތުން ހުށަހެޅިކުލީގެ މިންވަރު ދެއްކުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމާ ހިތްހަމަނުޖެހިގެންކަމަށާއި، ދައުލަތުން ވަކާލާތުކުރި މާލިއްޔަތ ގަވާއިދު އެއްގޮތަށް ލިޔުމުން އެއްބަސްވުމެއް ހެދުމުގެ ބާރުވެސް އޮތީ މިނިސްޓްރީގައި ކަމަށްވުމާއިއެކު، އެފަދަ އެއްބަސްވުމެއް ންހަދާ އޮތުމަކީ އިމާރާތް ބޭނުންކުރި މުއްދަތަށް ހުށަހެޅި ކުލި ދެއްކުމަށް އުޒުރަކަށް ވެގެންނުވާނެ ކަމުގައެވެ.
34އެއްބަސްވުން ހަމަވި ފަހުން މިނިސްޓްރީން ކުލި ނުދައްކާތީ، މިނިސްޓްރީއަށް ގުޅައިގެންވެސް އެކަމަށް އަލިމަގެއް ނުފެނުމުން، އެއްބަސްވުން ހަމަވި ފަހުން އެތަނުގެ ކުލި ބޮޑުކުރުމަށް ސިޓީއެއް ހުށަހެޅުމުން، އެ ސިޓީއަށް ޖަވާބެއް ނުދީ އޮތުމަކީ، އެ ފަރާތުން ޒިންމާ ނަގަންޖެހޭ ކަމެއް ކަމުގައެވެ.
35އިސްތިއުނާފު ރައްދުވާފާޠިމަތ ޝަރީފު އެދިފައިވަނީ މިހާރުވެސް އިމާރާތުގެ ތަޅުދަނޑި އޮތީ ކުއްޔަށް ހިފި ފަރާތުގެ ހަވާލުގައ ކަމަށި ވުމާއެކު އިމާރާތް ފާޠިމަތު ޝަރީފާއާ ޙަވާލުކުރެވޭ ދުވަހާއި ހަމުއަށ މަހަކު -/7,000ރ.)ހަތްހސ ރުފިޔާ( ގ ރޭޓުން ކުލި ނަގައި ދިނުމަށެވެ. ނުވަތަ ފަނޑިޔރަށާ ފެންނަ އިންސާފުވެރި ނިންމުމެއް ނިންމައި ދިނުމަށެވެ.
36ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ކުލި ކަނޑައަޅާފައިވަނީ މިނިސްޓްރީގެ ފަރާތުން އެ ގުދަން ބޭނުންކުރި މުއްދަތަށް )11 މާރިޗް 2020 ގެ ނިޔަލަށް( ކްމުގައިވާއިރު، މި އިސްތިއުނާފުގައަ އެދޭ ގޮތުގައި ފާޠިމަތު ޝަރީފާގެ ފަރާތުން އެދޭ އެދުން )އެހެނީ، އިމާރާތުގެ ތަޅުދަނޑި އޮތީ ކުއްޔަށް ހިފި ފަރާތުގެ ހަވާލުގައ ކަމަށި ވުމާއެކު އިމާރާތް ފާޠިމަތު ޝަރީފާއާ ޙަވާލުކުރްވޭ ދުވަހާއި ހަމަޔަށް ކުލި ލިބިދިނުނަ( އިސްތިއުނާފުކުރިތޯ ފާޠިމަތު ޝަރީފާއާ ޝަރީޢަތުގެ އަޑުއެހުމުގައި ސުވާލުކުރުމުން، އެކަން އިސްތިއުނާފުކޮށްފައިނުވާ ކަމުގައި ފާޠިމަތު ޝަރީފާގެ ފަރާތުން ބުނެފައިވެއެވެ. އަދި ހަމައެއާއެކު، ދަށު ކޯޓުން ނިންމި އަގަށް އެއްބަސްވާކަމުގައި ފާޠިމަތު ޝަރީފާ ބުނެފައިވެއެވެ.
37ދައުލަތުނަ ކޮށްފައިވް އިސްތިއުނާފުގެ ތެރެއިން ދައުލަތުން މި އިސްތިއުނާފުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދައުލަތާއި އެކި ފަރާތްތަކާއެކު ޟިމްނީ ގޮތުން އެއްބަސްވުމެއް ޤާއިމުނުކުރެވޭނެކުމަށާއި، ދައުލަތާއިއެކ އެއްބަސްވުމެއް ސޮއިކޮށްފައިވާނަމަ އެ އެއްބަސްވުމަށް ޟިމްނީ ގޮތުން އިޞްލާޙެއް ނުގެނެވޭނެކަން އެނގޭއިރު،ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔއިނާ 03 ޖުލައި 2019 އިން މިފަދައިން ފާޠިމަތު ޝަރީފާގެ ފަރާތުން ބުނެފައިވަނީ މި އިސްތިއުނާފާއި ގުޅިގެން މިކޯޓުގައ 16 ޖޫން 2025 ގައި ބޭއްވި އަޑުއެހުމުގައެވެ. ފެށިގެން 11 މާރިޗް 2020 އާ ހަމައަށް ދައުލަތާއި އިސްތިއުނާފު ރައްދުވެފަރާތ ދެމެދާ ސޮއިކޮށްފައިވާ އެއްބަސްވުމުގ 4.1 ވަނަ މާއްދާއަށް އިޞްލާޙެއް ޟިމްނީ ގޮތުން ގެނެސްފައިވާކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި އެއިރުޢެމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.29 ވަނަ މާއްދާއާއި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 10.3 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ.
38ދައުލަތުން މި ބުނާ ބުނުމުގެ މައްޗަށް،އިސްތިއުނާފަށް ދިން ރައްދުގައި ފާޠިމަތު ޝަރީފާގެ ފަރާތުނ ބުނެފައިވަނީ، ގދ. ތިނަދޫ މެޖިސެޓިރޭޓ ކޯޓުން މައްސަލް ނިންމުމުގައި ކުއްޔާއި ގުޅޭ ގޮތުން ކުރީގެ އެއްބަސްވުން ޟިމްނީގޮތުން ދެމިގެންދާނެކަމަށް ނިންމާފައިވާ ކަމަށް ނުދެކޭކަމަށާއި، ކޯޓުން ކުލި ކަނޑައެޅީ ފާޠިމަތު ޝަރީފާގެ ފަރާތުން ފޮނުވާފައިވާ ސިޓީތަކުގައިވާ އަދަދަށް ރިޢާޔަތްކޮށްގެން ކަމުގައެވެ.
39މ ރައްދުގެ އަލީގައި،ދައުލަތުގެ މައްޗަށް ފާޠިމަތު ޝަރީފާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުޅަ ދަޢުވާއ ގުޅިގެނާ ދައުލަތުން ޖަވާބުދާރީވި ގޮތާއި، އަދެދެ ފަރާތްދެމެދު ވެފައިވާ އެއްބަސްވުމުގ މުއްދަތު ހަމަވުމަށްފަހު ގުދަން ބޭނުންކޮށްފައިވާ މުއްދަތަށް ކުލީގެ މިންވަރު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާ ގޮތުގެ މައްޗަށް ބެލުން މުހިންމު ކަމުގައި ދެކެމެވެ.
40މި މައްސަލައިގައި ފާޅުވާ އެއް ޙަޤީޤަތަކީ، މިނިސްޓްރީއާއި ފާޠިމަތު ޝަރީފާއާ ދެމެދު 14 ފެބުރުއަރީ 2017 ގައި ވެފައިވާ ނަންބަރު -PISI/IND/2017/30(AGR)138 "އަމިއްލަ ފަރާތްތަކާއެކު ވެވޭ އެއްބަސްވުން" އޭގެ 01 )އެކެއް( އަހަރު ފަހުން ނިމުމަކަށް އައި ނަމަވެސް، އޭގެ ފަހުންވެސް މިނިސްޓްރީއިން އެ ގުދަން ބޭނުންކުރަމުން ދިޔަ ކަމެވެ.ފާޅުވާ އަނެއް ޙަޤީޤަތަކީ، ދައުލަތުން އެ ގުދަން 11 މާރިޗް 2020ގެ ނިޔަލަށް ބޭނުންކޮށްފައިވާކަމަށް ދައުލަތުން ބުނާ ބުނުމެވެ.
41ދައުލަތުން މި އިސްތިއުނާފުގެ މަރުޙަލާގައި،ދައުލަތާއި އެކި ފަރާތްތަކާއެކު ޟިމްނީ ގޮތުން އެއްބަސްވުމެއް ޤާއިމުނުކުރެވޭނެކަމށާއި، ދައުލަތާއިއެކު އެއްބަސްވުމެއް ސޮއިކޮށްފައިވާނަމަ އެ އެއްބަސްވުމަށް ޟިމްނީ ގޮތުން އިޞްލާޙެއް ނުގެނެވޭނެކަމުގައ މި މަރު ޙަލާގައ ބުނިނަމަވެސް، ދައުލަތުން ދަށު ކޯޓުގައި ބަހުސްކޮށްފައިވަނީ މި މޭރުމަކުންނެއްނޫނެވެ.
42ފިޠިމަތ ޝަރީފު ކުޅަ ދަޢުވާއަށް ޖަވާބުދެމުން ދައުލަތުން ބުނެފައިވަނީފާޠިމަތު ޝަރީފާއާއ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން 13 ފެބުރުއަރީ 2018 ގައި ހަމަވެފައިވީނަމަވެސް، އެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ކުއްޔަށް ހިފި ގުދަން 11 މާރިޗް 2020 ގެ ނިޔަލަށް ބޭނުންކޮށްފައިވަނީ ކުރީގެ ވެފައިވާ އެއްބަސްވުމް އެއްގޮތަށް ދެ ފަރާތުން ޟިމްނީގޮތުން އެއްބަސްވެގެން ކަމުގައެވެ.އަދި ހަމަމިއާއެކު، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޙަވާލާދީ، ދައުލަތުން ބުނެފައިވަނީ އެ ބާބުގެ 11.29 ވަން މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެވޭ އެއްބަސްވުމެއްގެ ދަށުން މެނުވީ ކުލީގެ މިންވަރު ބަދަލުކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.
43މީގެ އިތުރުން،ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގައި ދައުލަތުން ހުށަހަޅާފައިވާ ބަޔާންތަކުގައި އަންނަނިވި ފަދައިންދައުލަތުން ބުނެފައިވކަނ އެނގެން އެބަ އޮތެވެ.
43.1. މިނިސްޓްރީން 11 މާރިޗް 2020 އ ހަމައަށް ގުދަން ބޭނުންކޮށްފައިވުމުން، ކޮންޓްރެކްޓާބެހޭ އާންމު އުޞޫލުގެ މައްޗަށް ބަލާއިރު، ދެ ފަރާތް ދެމެދު ޢަމަލުކޮށްފައިވާ ގޮތަށް ބިނާކޮށް ގުދަން ފާޠިމަތު ޝަރީފާއްހް ވާލުކުރަންދެނ އެއްބަސްވުން ޟިމްނީގޮތުން ދެމިގެން ގޮސްފައިވާކަން ދައުލަތުން ފާހަގަކުރާކަނ
43.2. މިނިސްޓްރީއާއި ފާޠިމަތު ޝަރީފާއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީޚް ކަމުގައިވާ 13 ފެބުރުއަރީ 2018 އިން ފެށިގެން ގުދަން ހުސްކޮށް ފާޠިމަތު ޝަރީފާއާ ޙަވާލުކުރި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، ދައުލަތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ދައުލަތުން ހުށަހަޅް ޖަވާބު"ގ 6 ވަނަ ނުކުތާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، ދައުލަތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ދައުލަތުން ހުށަހަޅް ޖަވާބު"ގ 7.6 ވަނަ ނުކުތާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، 26 ޖަނަވަރީ 2021 ގައި "ދިވެހި ދައުލަތުން ހުށަހަޅާ ފުރަތަމަ ބަޔާން"ގ 1.4 ވަނަ ނުކުތާ ދުވަސް ކަމުގައިވާ 11 މާރިޗް 2020 ގެ ނިޔަލަށް އިތުރު 25 )ފަންސަވީސް( މަހަށް ދެ ފަރާތް ދެމެދު އެ އެއްބަސްވުން ދެމިގެން ގޮސްފައިވާކަމށާއި،އެ މުއްދަތުގައި ދައުލަތުން ދައްކަންޖެހޭ ކުލި އެއްބަސްވުމުގ 4.1 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކޮންމެ މީލާދީ މަހަކަށް 4,500/-ރ. )ހަތަރުހާސް ފަސްސަތޭކަ ރުފިޔާ( ތަނުގެ ކުލީގެ ގޮތުގައި ފާޠިމަތު ޝަރީފާއަށް ލިބިދޭންޖެހޭކަން
43.3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާއަށް ޙަވާލާދީ، އެއްބަސްވުން ނިމުމަށްފަހު، ގުދަންބޭނުންކޮށްފައިވެތީ، އެ ތަން ބޭނުންކުރި މުއްދަތަށް އެއްބަސްވުމުގ 4.1 ވަން މާއްދާގަ ދަށުން، ބަދަލެއްގެ ގޮތުގައި ނެގޭނެ ޢަދަދަކީ މަހަކަށް -4,500/ރ. )ހަތަރުހާ ސ ފަސްސަތޭކަ ރުފިޔާ( ކަން
43.4. ދައުލަތގު މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްބަސްވުމެއް ދެ ފަރާތް ދެމެދު ސޮއިކޮށްފައިނުވާތީ، ދައުލަތުން ކުއްޔަށް ނެގި ގުދަނުގެ ކުލީގެ އަގަށް ބަދަލެއް ގެނައުމާ ގުޅޭ އެއްބަސްވުމެއް ޤާއިމުކޮށްފައިނުވާކަމށާއި، އެ ގުދަން ޙަވާލުކުރި ތާރީޚާއި ހަމައަށް ކުލީގެ ގޮތުގައި މަހަކަށް ދައްކަންޖެހޭ އަދަދަކީ -4,500/ރ. )ހަތަރުހާ ސ ފަސްސަތޭކަ ރުފިޔާ( ކަން
43.5. 13 ފެބުރުއަރީ 2018 އިނާ ފެށިގެން ގުދަން ހުސްކޮށް ފާޠިމަތު ޝަރީފާއާ ގުދަން ޙަވާލުކުރި ދުވަސްކަމުގައިވާ 11 މާރިޗް 2020 ގެ ނިޔަލަށް 25 )ފަންސަވިސް( މަހަށް، ދައުލަތުން އެ ގުދަން ބޭނުންކުރަމުން ގޮސްފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ މެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި މި ޙާލަތުގައި، ކުލި ދެއްކުމުގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، 26 ޖަނަވަރީ 2021 ގައި "ދިވެހި ދައުލަތުން ހުށަހަޅް ފުރަތަމަ ބަޔާން"ގ ފަހެ ޕެރެގްރާފު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، 01 ނޮވެންބަރު 2021 ގައި "ދިވެހި ދައުލަތުން ހުށަހަޅާ ދެވަނަ ބަޔާން"ގ 2.2 ވަނަ ނުކުތާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، 04 އޮގަސްޓް 2022 ގައި "ދިވެހި ދައުލަތުގެ ފަރާތުން ހުށަހަޅާ ޚުލާޞާ ބަޔާން"ގ 2 ވަނަ ނުކުތާ ޢަމަލުކުރަންޖެހޭ އުޞޫލަށް ރިޢާޔަތްކޮށް، އެ ގުދަނުގެ ކުލީގެ ރޭޓް ކަމަށްވާ 4,500/-ރ. )ހަތަރުހާސް ފަސްސަތޭކަ ރުފިޔާ( ތްނުގ ކުލީގެ ގޮތުގައި ފާޠިމަތު ޝަރީފާއަށ ލިބިދެވޭކަން
44އިސްވެ ބަޔާންކޮށްފައިވަނީ ދައުލަތުގެ ފަރާތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ޟިމްނީ އެއްބަސްވުމާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކެވެ. ސާފުކޮށް ފެންނަން އޮތް ފަދައިން،ދައުލަތުގެ ފަރާތުން ފާޠިމަތު ޝަރީފާ ކުޅަ ދަޢުވާއަށް ދިން ޖަވާބުގައި ދެ ފަރާތް ދެމެދު ވެފައިވްއެއްބަސްވުމުގ ދަށުން މިނިސްޓްރީން ކުއްޔަށް ހިފި ގުދަން 11 މާރިޗް 2020 ގ ނިޔަލަށް ބޭނުންކޮށްފައިވަނީ ކުރީގެ އެއްބަސްވުމް އެއްގޮތަށް ދެ ފަރާތުނ ޟިމްނީގޮތުން އެއްބަސްވެގެން ކަމުގައި ޖަވާބު ދީފައިވާހިނދު، ދައުލަތުނަ މި އިސްތިއުނާފުގެ މަރާޙުލާގައި، ދައުލަތާއި އެކި ފަރާތްތަކާއެކު ޟިމްނީ ގޮތުން އެއްބަސްވުމެއް ޤާއިމުނުކުރެވޭނެކަމަށ ބުން ބުނުމާއި ގުޅޭ ގޮތުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
45ޕްރިސިޑެންސް 1ހޫއިކޯޓުގައ މައްސަލި ބެލުމުގެ އާންމު އޞު ލަކީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން މައްސަލަ ހިންގައި،ފައިސަލާކުރުމެވެ. އެހެނަސް، ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރްޙުލާގައި ހުށަހެޅުމަށް ހުރަހެއްނެތެވެ. މިކަނުޤާނޫނ ނަންބަރ 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ( )މީގެ ފަހުން "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު"( ގ 32 ވަނަ މާއްދާގެ )ހ( އަދި )ށ( ގައި ބަޔާންކުރެއެވެ.
46ޕްރިސިޑެންސް 2ދަށު މަރުޙަލާގައި ފާހަގަކޮށް، ވާހަކަދެއްކުމުގެ ފުރުޞަތު ލިބި، ދަށު މަރުޙަލާގައި ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށީ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓިމައްސަލއިގައަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ. އަދި މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފައިވެއެވެ. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، 04 އޮގަސްޓް 2022 ގައް "ދިވެހި ދައުލަތުގެ ފަރާތުން ހުށަހަޅާ ޚުލާޞާ ބަޔާން"ގ ފަހެ ޕެރެގްރާފު މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ )ހ( އަދި )ށ( ގައިވެސް ބަޔާންކުރެއެވެ.
47ދަށު މަރުޙަލާގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީނުކުތާއެއްގ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަށް ފުރުޞަތު ދިނުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. އެހެނ އިސްތިއުނާފީ މަރުޙަލާތައް ބިނާވަނީ އެއަށް ވުރެ ދަށު މަރުޙަލާއިނ ގޯހެއް ހަދާފައިވާނަމަ އެކަން ރަނގަޅުކުރުމަށެކަމަށްވާއިރު، ކޮންމެ އިސްތިއުނާފ މަރުޙަލާއެއްގައި އައު ވާހަކަ ދެކެވި އައު ޤާނޫނީ ބަހުސްތައް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ތަސައްވަރުކުރެވިފައިވާ އިސްތިއުނާފީ ނިޒާމްގެ މަޤްޞަދު ހާސިލުނުވާނެތީއެވެ.
48ޕްރިސިޑެންސް 3ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރިނަމަވެސް،އައު ޤާނޫނު ނުކުތާއެއް ބަލައިގަނެވިދާނެ ޙާލަތްތައް، ނުވަތަ އައު ޤާނޫނީ ބަހުސްއަކަށް ފުރުޞަތު ހުޅުވާލެވިދާނެ ޙާލަތްތައް ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ކަޕޫރްﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެއާ ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފުޤްއިމުކުރުމަށްޓަކައ ކޮންމެހެނާ ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ، ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއެއްނަމައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 )މޯލްޑިވްސ މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ( ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 )ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް( ޤަޟިއްޔގާ 10 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 )ކަޕޫރު ޔޫސުފު ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް( ޤަޟިއްޔާއިން ގާއިމުކޮށްފައިވާ މި އުޞޫލު އޭގެ ފަހުން އެ ކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/77 )އޯޝަނ ހަރވެސްޓް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޢަފޫރު( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/107 )މޯލްޑިވްސް އިންލޭންކް ރެވެނިއު އޮތޯރިޓީ )މީރާ( ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/106 )މޯލްޑިވްސް އިންލޭންކް ރެވެނިއު އޮތޯރިޓީ )މީރާ( ވ. މައިނަރ އިންޓަނޭޝަނަލް )ލަބުއާން( ލިމިޓެޑް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގް ނަންބަރ 2022/SC-A/12 )ސްޓޭޓ ބޭންކް އޮފް އިންޑިޔާ ވ. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/89 )ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް ވ. ޙަބީބް ބޭންކް ލިމިޓެޑް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/40 )ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/60 )ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑްއާއި އިތުރު 3 ފަރާތެއް ވ. މޮއިޝަސ ކޮމާޝަލް ބޭންކް މިލިޓެޑް( ޤަޟިއްޔއާއާ، ދިވެހިރާއްޖޭގެ
49ޕްރިސިޑެންސް 4ބަޔާންކުރަނިވި ކަންކަމަށް ބަލާއިރު، މި އިސްތިއުނާފުގައި ދައުލަތުން އުފައްދީއިސްވެ ބަޔާންކުރަނިވި ބަހުސަކީ އެ ބީދައިންދަށު މަރުޙަލާގައި ދައުލަތުން ކޮށްފައިވާ ބަހުސަކަށްނުވާއިރު، އަދި ދަށު ކޯޓގު މަރުޙަލާގައުދައުލަތުން ނެގި ދަފްޢިމިމަރުޙަލާގައިބަދަލުކޮށްފައިވާކަނ ދައުލަތުން ދައްކާފައިވާ ވާހަކަތަކުން ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮތްއިރު، މ ދަފޢް ބަދަލުވި ގޮތެއް އަދި އޭގެ އަސީ ސެއާ ދައުލަތުން ބަޔާންކޮށްދފައެއްނުވެއެވެ. ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ކަޕޫރްﷲ ޔޫސުފް ވ. މޯލްޑިވްސ ކަސްޓަމްސް ސަރވިސެޤަޟިއްޔާގައި ބަޔާންކޮށްފައިވާ އިސްތިސްނާ ޙާލަތެއް މި މައްސަލައިގައި އޮތްކަން ދައުލަތުގެ ފަރާތަށު ބުނެދެވިފައިނުވާއިރު،ދައުލަތުން މި އިސްތިއުނާފުގެ މަރިޙް ލާގައި ދައުލަތާއި އެކި ފަރާތްތަކާއެކު ޟިމްނީ ގޮތުން އެއްބަސްވުމެއް ޤާއިމުނުކުރެވޭނެކަމަށ ބުން އުފައްދާ އައު ބަހުސް މި މަހައްލުގައި ބަލައިގަންނަންޖެހޭ ޙާލަތެއް އޮތްކަމުގައި ނުދެކެމެވެ.
50ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔއިނާ 03 ޖުލައި 2019 އިން ފެށިގެން 11 މާރިޗް 2020 އާ ހަމައަށް ދައުލަތާއި ފާޠިމަތު ޝަރީފާއ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ
4.1 ވަނަ މާއްދާއަށް އިޞްލާޙެއް ޟިމްނީ ގޮތުން ގެނެސްފައިވާކަމަށްގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާކަމަށް ދައުލަތުން ބުނާ ބުނުމަށް ފާޠިމަތު ޝަރީފާ އިންކާރުކުރެއެވެ. މ ޙާލަތުގައި،ދައުލަތާއި ފާޠިމަތު ޝަރީފާއ ދެމެދާ ސޮއިކޮށްފައިވާ އެއްބަސްވުމަށް އިޞްލާޙެއް ޟިމްނީގޮތުނ ގެނެސްފައިވާކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވޭތޯ ބެލުން މުހންމެވެ. އެހެނީ، މި އިސްތިއުނާފްދައުލަތުން ގުޅުވާލަނީ، ދައުލަތާއި ފާޠިމަތު ޝަރީފާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސް ވުމަށް އިޞްލާޙެއް ޟިމްނީގޮތުން ގެނެސްފައިވާކަމަށް ދަށު ކޯޓުނ ކަނޑައަޅާފައިވާކަމަށ ބަލައިގެންކަމުގައިވާތީއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/53 )ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަންސްޕޮޓް ޓުއަރސް ލިމިޓެޑް( ޤަޟިއްޔާގައި ތަޠުބީޤުކޮށްފައިވެއެވެ.
51ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ބަލާއިރު، އެ ކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާއާ ޙަވާލާދީފައިވެއެވެ.
52ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދައުލަތުންވެސް މި ޤަޟިއްޔާއ ޙަވާލާދީފައިވާ ތަނާ ފެނެއެވެ. އެކަން ފާހަގަވަނީ، ދައުލަތުން ދަށް ކޯޓުގައު ދަޢުވާއަށް ޖަވާބުދާރީވުމަށްފަހު ހުށަހަޅާފައިވާ އެހެނިހެން ބަޔާންތަކުންނެވެ.
53މި ޤަޟިއްޔާއާ ޙަވާލާދީ ދައުލަތުން ބުނެފައިވަނީފާޠިމަތު ޝަރީފާއާއި މިނިސްޓްރީއާ ދެމެދު ގުދަން ކުއްޔަށ ހިފުމަށް ވެފައިވް އެއްބަސްވުން ނިމުމަކަށް އައި ނަމަވެސް، މިނިސްޓްރީން އެ ގުދަން ބޭނުންކުރަމުން ގޮސްފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާމެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި މި ޙާލަތުގައި، ކުލި ދެއްކުމުގައި ޢަމަލުކުރަންޖެހޭ އުޞޫލަށް ރިޢާޔަތްކޮށް، ގުދަން ހުސްކޮށް ފާޠިމަތު ޝަރީފާއާ ގުދަން ޙަވާލުކުރި ތާރީޚާއި )11 މާރިޗް 2020( ހަމައަށް އެ ގުދަނުގެ ކުލީގެ ރޭޓް ކަމަށްވާ 4,500/-ރ.)ހަތަރުހާސް ފަސްސަތޭކަ ރުފިޔާ( ތަނުގެ ކުލީގެ ގޮތުގައި ފާޠިމަތު ޝަރީފާއަށ ލިބިދޭންޖެހޭކަމުގައ ދެކި ކަމުގައެވެ.
54ޕްރިސިޑެންސް 6ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ މެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔްއާ ޙަވާލާދީ ފާހަގަކޮށްފައިވަނީ،ކޮންޓްރެކްޓް ނިމުމަކަށް އައުމަށްފަހު، ނުވަތަ ކޮންޓްރެކްޓް ބާޠިލުކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސިސަބަބަކާހެދިތަނެއްގެ ތަޅުދަނޑި ޙަވާލުނުކުރިނަމަވެސް، ތަނެއް ދޫކޮށްލާ ހިސާބުން ތަނުގެ އަތުގެ ވެރިކަން އޮތް ފަރާތަކަށްވާނީ، ތަނުގެ ވެރި ފަރާތްކަމާއި، ހަމައެއާއެކު، ތަން ކުއްޔަށް ހިފާ ފަރާތުގެ މުދާ އެތަނުގައި ހުރިނަމަ ތަން ހުސްކުރާ ތާރީޚާ ހަމައަށް ކުލި ދައްކަންޖެހޭނެކަމުގައެވެ. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، 01 ނޮވެންބަރު 2021 ގައި "ދިވެހި ދައުލަތުން ހުށަހަޅާ ދެވަނަ ބަޔާން"ގ 2.2 ވަނަ ނުކުތާއާއި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/Q10C/2020 ޤަޟިއްޔާއާ ގުޅިގެން، 04 އޮގަސްޓް 2022 ގައި "ދިވެހި ދައުލަތުގެ ފަރާތުން ހުށަހަޅާ ޚުލާޞާ ބަޔާން"ގ ފަހެ ޕެރެގްރާފް
55މ މައްސަލައިގައި އިމާރާތް ތަނުގެ ވެރިފަރާތާއި ޙަވާލުކުރިކަމަށް އުފެދިފައިވާ ބަހުސްގައި،ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގ މެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔެއާ ޙަވާލާދީ، ތަން ހުސްކުރިކަން އެނގޭ ތާރީޚުން ފެށިގެން ތަނުގެ އަތުގެ ވެރިކަން އޮތް ފަރާތަކަށްވާނީ ތަނުގެ ވެރިފަރާތްކަމުގައިވާތީ، 11 މާރިޗް 2020 ގެ ފަހުން ތަނުގެ ކުލި ދައްކަންނުޖެހޭކަމަށް ބުރަވެވޭކަމަށ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވެއެވެ.
56ދެ ފަރާތެ ދެމެދް ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު އިމާރާތްބޭނުންކުރި މުއްދަތުގެ ކުލީގެ ރޭޓްއ ގުޅާ ގޮތުން އުފެދިފައިވާ ބަހުސްގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އަންނަނިވި ކަންކަން ދެނެގަނެވެއެވެ.
56.1. ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 10.3 ގައި އެއްބަސްވުމަށް ބަދަލެއް ގެނެވޭނީ އެކަމަށް ދެ ފަރާތުންވެސް ލިޔުމުން އެއްބަސްވާ ގޮތެއްގެ މަތިން ކަމުގައިވާއިރު، މްއެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ފާހަގަކޮށް، މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މައްޗަށް އޮތ އިލްތިޒާމް ހަމަވެފައިވާކަމުގައި ބަޔާންކޮށްފައިވާތީ، މިނިސްޓްރީއާއި ފާޠިމަތު ޝަރީފާއ ދެމެދާ ވެފައިވާ އެއްބަސްވުނ 14 ފެބުރުއަރީ 2018 ގައި ނިމުމަކަށް އައިސްފައިވާކަން އެ ނިންމުމުގައި ބަޔާންކޮށްފައިވާކަނ
56.2. އެމާރާތ ބޭނުންކުރަމުން ދިޔައީ ޟިމްނީ އެއްބަސްވުމެއް ގާދަށުނ ކަމުގައް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގް ނިންމުމުގައި ބަޔާންކުރިނަމަވެސް، އެ ނިންމުމުގައި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މައްޗަށް އޮތް އިލްތިޒާމް ހަމަވެފައިވާކަމުގައ ދެކި އެކަނި އެފަދައިން ކަނޑައަޅާފައިވާހިނދު،އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު އެ އެއްބަސްވުމުގެ ތެރެއިން އުފަންވާ އިލްތިޒާމްތައް ދަމަހައްޓާފައިނުވާކަންއެ ނިންމުމުން އެނގެން އޮތަތީ، ބާޠިލުވެފައިވާ އެއްބަސްވުމުގ 10.3 ވަނަ މާއްދާގެ ދަށުން އުފެދޭ އިލްތިޒާމަކީ އެހިނދު އަދާކުރަންޖެހޭފަދަ ގޮތަކަށް އޮތް އިލްތިޒާމެއްނޫންކަނ
56.3. އެއްބަސްވުމަކީ އޭގެ ޒާތުން އީޖާބއްޤަބޫލު ފުރިހަމަވާންޖެހޭ އެއްޗެއް ކަމާއި، މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި، ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ކުލި ބޮޑުކުރުމާއ ގުޅިގެނި އެއްބަސްވުމަށް އާދެވިފައިނުވާކަމށާއި، އަދި ޝަރީޢަތުގައިވެސް އެނުކުތާގެ މައްޗަށް އެއްބަސްވުމަކަށް އާދެފައިނުވްތީ، އެއްބަސްވުން ނިމުމަކަށް އައި ދުވަހުން ފެށިގެން ކުލި ބޮޑުކުރުމަށް ފާޠިމަތު ޝަރީފާ ބޭނުންވި ނަމަވެސް އެކަން އެފަދައިން ކުރެވޭނެ ހަމައެއް ނެތްކަން ނިންމުމުގައި ބަޔާންކުރާކަނ
56.4. ފާޠިމަތު ޝަރީފާގެ ފަރާތުން ކުލީގެ އަދަދު ބޮޑުކުރުމަށް އެދުނު ތާރީޚާއި، އަދި އެދުނު އަދަދަށް ކުލި ބޮޑުކުރެވޭނެކަމަށް ބުރަވެވޭކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބިނާކޮށްފައިވަނީ، މިނިސްޓްރީގެ ފަރާތުން ވަކި އެއްޗެއް ނާންގައް،އެ ގުދަން ބޭނުންކުރަމުންދާ ދިޔުމާއި، އެއްބަސްވުން އައު ކުރުމަށް ފާޠިމަތު ޝަރީފާގެ ފަރާތުންއެކި ފަހަރުމަތިން އެދި، އެކަމަށް މިނިސްޓްރީގެ ފަރާތުން އިޖާބަދީފައިނުވާތީ އެކަމުގެ މައްޗަށްކަން އެ ނިންމުމުން އެނގޭކަން
56.5. ކުލީގެ މިންވަރު ކަނޑައަޅާފައިވަނީމިނިސްޓްރީއާއި ފާޠިމަތު ޝަރީފއާދެމެދު ވެފައިވާ އެއްބަސްވުން ދެމިއޮތްކަމުގައި ބަލައިގެންކަމުގައިނުވާއިރު، ކުލީގެ މިންވަރު ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގްމެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައިވާ ފަދައިން ކޮންޓްރެކްޓް ނިމުމަކަށް އައުމަށްފަހު، އެތަން މިނިސްޓްރީން ބޭނުންކުރަމުންދާތީ، އެކަމުގެ މައްޗަށް ބިނާކޮށްގެންކަން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގ ނިންމުމުގެ 14 ވަނަ ނުކުތާއާއި، 18 ވަން ނުކުތަ އެކުއެކީގައި ކިޔުމުން އެނގެނެ އޮތަތީ،މި ޙާލަތަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި އެއިރުޢެމލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.29 ވަނަ މާއްދާ ތަޠުބީޤުވެގެންދާ ގޮތެއް ދައުލަތަށް ބުނެދެވިފައިނުވާކަނ
57ޕްރިސިޑެންސް 5ދައުލަތާއި ފާޠިމަތު ޝަރީފާއ ދެމެދާ ސޮއިކޮށްފައިވާ އެއްބަސްވުމަށް އިޞްލާޙެއް ޟިމްނީގޮތުން ގެނެސްފައިވާކަމަށް ގދ. ތިނަދާމެޖިސްޓްރޭޓ ކޯޓުން ކަނޑައަޅްއި އެފަދައިން އެ ޤަޟިއްޔ ފައިސަލާކޮށްފައިވާކަން އެ ނިންމުމުން ފެންނަން ނެތްއިރު، އެފަދައިންއެ ކޯޓުން ނިންމާފައިވާކަން ދައުލަތުން ތަރުޖަމާކުރި ގޮތެއް، އަދި އެ ދޭހައަށް ވާސިލުވި ގޮތެއް ދައުލަތަށް ބުނެދެވިފައެއްނުވެއެވެ.
58ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަށް ބަލާއިރުވެސް، ކުލީގެ ފައިސާ ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގްމެރީޑިއަމ ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައިވާ ފަދައިން ކޮންޓްރެކްޓް ނިމުމަކަށް އައުމަށްފަހު، އެތަންމިނިސްޓްރީނ ބޭނުންކުރަމުންދާތީ، އެކަމުގެ މައްޗަށް ބިނާކޮށްގެންކަމުގައިވާއިރު، މި ނިންމުނިޤާނޫނާ ޚިލާފުވެފައިވާ ގޮތެއް، ނުވަތަ މި އުޞޫލު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ހެދިފައިވާ ކުށެއް ދައުލަތުން މ އިސްތިއުނާފުގައި ބުނެދެވިފައިވާކަމުގައި ނުދެކެމެވެ.
59އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބިނާކޮށް،ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 77/Q10C/2020 ޤިޟިއްޔާއިސްތިއުނާފުކުރުމަށް އެދްދައުލަތް / މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުންހުށަހަޅާފައްވާ ނުކުތާތަކުގެ މައްޗަށ ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅަން ފެނެއެވެ.
60ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
61ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
62މާ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އނެ ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) ގެ 11.29 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އަދި (ށ)
- ހައިކޯޓުގެ 2014/HC-A/83 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ)؛ ސުޕްރީމް ކޯޓުގެ 2017/SC-A/41
- ސުޕްރީމް ކޯޓުގެ 2019/SC-A/57 (ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)، ޕެރ. 10
- ސުޕްރީމް ކޯޓުގެ 2021/SC-A/66 (މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ)
- ސުޕްރީމް ކޯޓުގެ 2021/SC-A/77، 2021/SC-A/107، 2021/SC-A/106، 2022/SC-A/12، 2021/SC-A/89، 2021/SC-A/40، 2022/SC-A/60، 2024/SC-A/53 (2019/SC-A/57 ގެ އުޞޫލު ތަޠުބީޤުކުރި ޤަޟިއްޔާތައް)
- ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާ
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް