ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/068
މުޢާވިޔަތު މުޙައްމަދު ވ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، 2021/HC-A/068
Muaaviyathu Mohamed v. Dhivehiraajeyge Qaumee Yunivarsitee 2021/HC-A/068 (2021/HC-A/068, High Court of the Maldives, 29 April 2021)
މުޢާވިޔަތު މުޙައްމަދު ވ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމީ، ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމަށްފަހު އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާތީ ސިވިލް ކޯޓަށް އިޚްތިޞާޞް ނެތްކަމަށް ބުނެ ދަޢުވާ ފޯމު އަނބުރާ ރައްދުކުރުމަށެވެ. އިސްޤާޟީ ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކުރެއްވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ މަޤާމުގައި ހުރި އިސްތިއުނާފުކުރި ފަރާތް، ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމާ ގުޅިގެން 21 އޮގަސްޓު 2019 ގައި ވަޒީފާއިން ވަކިކުރުމުން، އެއީ ޔުނިވަރސިޓީގެ ސިޔާސަތާއި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ޚިލާފު ކަމަށް ބުނެ، ސީނިއަރ ލެކްޗަރަރ މަޤާމެއް ހަމަޖައްސައިދިނުމަށް އެދި 30 ނޮވެންބަރު 2020 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ނިންމުމުން ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ދަޢުވާކުރުމަށް ލިބިދޭ ޙައްޤުން މަޙްރޫމްވާ ކަމަށާއި، ހައިކޯޓުގެ 2009/HC-A/203 ގައި ކަނޑައެޅި އުޞޫލާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއިން 4 ވަނަ ބާބުން އިސްތިސްނާކުރެވިފައިވާ (ހިންގުމުގެ އިސްމަޤާމެއްގައި ހުރި) މުވައްޒަފަކު، ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ކުރިން ވަޒީފާއިން ވަކިކުރި މައްސަލަ، އިޞްލާޙު ގެނެވުމަށްފަހު ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވޭތޯ، ނުވަތަ އެއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއްތޯ.
ނިންމި ގޮތް
ސިވިލް ކޯޓުގެ ނިންމުން ބަދަލުކޮށް، މައްސަލައަކީ ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައެޅި
6 ވަނަ އިޞްލާޙު ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެކަމަށް އެ ޤާނޫނުގައި ބުނެފައި ނުވާތީ، ވަކިކުރި ވަގުތު ސިވިލް ކޯޓަށް އޮތް އިޚްތިޞާޞް ދެމިއޮންނަކަމަށާއި، އެނޫން ގޮތަކަށް ބެލުމުން 3 މަސްދުވަހުގެ މުއްދަތު ހަމަވެފައިވާ އިސްތިއުނާފުކުރި ފަރާތަށް އިންސާފު ހޯދުމުގެ ދޮރު ބަންދުވާނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނާ ފަރާތްތަކަކީ (ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުން ހިމެނޭ) އެ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާކުރެވިފައިވާ ފަރާތްތަކަކަށް ވާތީ، 6 ވަނަ އިޞްލާޙުގެ ކުރިން އެފަދަ މީހަކު ވަޒީފާއިން ވަކިކުރުމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ނުލިބި، އެ މައްސަލަތައް ބަލަމުން ގެންދިޔައީ ސިވިލް ކޯޓުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.4)
- ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމާއެކު 34 ވަނަ މާއްދާގައި ބުނާ ފަރާތްތަކަށް އިސްތިސްނާ ލިބެނީ 32، 37 އަދި 38 ވަނަ މާއްދާތަކަށް ކަމުން، 28 ވަނަ މާއްދާ އިސްތިސްނާ ނުކުރެވި، އެފަދަ ފަރާތްތަކުގެ ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ދިޔައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.5)
- ޤާނޫނަކީ ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗެކެވެ. ޤާނޫނުގައި ޞަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ، ފަހުން ހަދާ ޤާނޫނެއްގެ މަންފާ ނުވަތަ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގާނެއެވެ (ރަޖުޢީކޮށް ޤާނޫނު ތަޠުބީޤު ނުކުރުމުގެ ޢާންމު އުޞޫލު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.6، 5.7، 5.9)
- ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގައި، އޭގެ ކުރިން އުފެދިފައިވާ ވަޒީފާގެ މައްސަލަތަކަށް އެ އިޞްލާޙު ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެކަމަށް ބަޔާންކޮށްފައި ނުވާތީ، އިޞްލާޙުގެ ކުރިން ވަޒީފާއިން ވަކިކުރެވުނު، 4 ވަނަ ބާބުން އިސްތިސްނާކުރެވިފައިވާ ފަރާތެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.11، 5.15)
- އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ކުރިން ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުން ލާޒިމްނުކުރާއިރު، ޓްރައިބިއުނަލަށް 3 މަސްދުވަހުގެ މުއްދަތު ލާޒިމްކުރާތީ، އިޞްލާޙު ރަޖުޢީކޮށް ތަޠުބީޤުކޮށް ސިވިލް ކޯޓުގެ އިޚްތިޞާޞް ނެތްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އިންސާފު ހޯދުމަށް އޮތް ދޮރު ބަންދުވުމާއި އެ ބުރަ ފަރުދު އުފުލަންޖެހުން ކަމުން، އެގޮތަށް ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.12-5.14)
- އިންސާފު ހޯދުމަށްޓަކައި ޝަކުވާ ހުށަހެޅޭނެ ދޮރު ބަންދުވާ ގޮތް މެދުވެރިވާ ޙާލަތުގައި، އިންސާފު ޤާއިމުކުރުމަށް ކޯޓުތަކުގެ ދޮރު ހުޅުވާލަން ޖެހޭނެއެވެ (2009/HC-A/203 ގެ މައިގަނޑު ހަމަ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.8، 5.10)
ތާއީދުކުރައްވައެވެ . މައްސަލައިގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 03/Cv-C(A)/2021 "ރ ޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް " ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި […] / މާލެ، މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެ ވެ . ކަން ހިނގާފައިވާ ގޮތް: 2- މުޢާވިޔަތު މުޙައްމަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ މަޤާމު ގައި ހުއްޓައި ޤާނޫނު ނަންބަރު 2019/7 )ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް 2ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ( ތަސްދީ ޤު ކުރުމާ ގުޅިގެން 21 އޮގަސްޓު 2019 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ]ޔުނިވަރސިޓީ މުވައްޒަފުން، މުއްދަތު ކަނޑައަޅާފައިވާ ޔުނިވަރސިޓީގެ މަޤާމަކަށް ޢައްޔަން ކުރެވޭ ޙާ ލަތުގައި މުއްދަތު ކަނޑައަޅާފައިވާ ޔުނިވަރސިޓީގެ މަޤާމެއް ނިމުމުން، ނުވަތަ އުވުމުން އެނބުރި ޔުނިވަރސިޓީއާ ގުޅުން [ މި ސިޔާސަތާ ޚިލާފަށް އަދި ޤާނޫނުއަސާސީގެ 17ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ އެ މައްސަލަ ބަލައިދިނުމަށް މުޢާވިޔަތު މުޙައްމަދު ގެފަރާތުން ސިވިލް ކޯޓަށް )އެ ކޯޓުގެ އެންޓްރީ ނަންބަރު 2020/4024 ފޯމުން( މައްސަލަ 2020 ނޮވެންބަރު 30ވަނަ ދުވަހު ހުށަހެޅުމުން، އެ މައްސަލަ 2020 ޑިސެންބަރު 13ވަނަ ދުވަހު ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމަވާފައިވަނީ އެ މައްސަލައަކީ ސިވިލް ކޯޓުގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމުގައި ނުވާތީ ދަޢުވާ ފޯމް އަނބުރާ ރައްދުކޮށެވެ . ސިވިލް ކޯޓުގެ ނަންބަރު 58D(RN)/2020/-144 "ރަޖިސްޓްރާރގެ ނިންމުން " 3- ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ރަނގަޅުނޫންކަމަށް ބުނެ އެ ނިންމުން އަލުން ބަލައިދިނުމަށް އެދި 2020 ޑިސެންބަރު 21ވަނަ ދުވަހު މުޢާވިޔަތު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގެ އިސްޤާޟީއަށް ހުށަހެޅިއެވެ . ސިވިލް ކޯޓުގެ އިސްޤާޟީ ނިންމަވާފައިވަނީ ރަޖިސްޓްރާރގެ ނިންމުން އެ ނޫން ގޮތަކަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައި ރަޖިސްޓްރާރގެ ނިންމުން ތާއީދުކުރައްވައެވެ . މިއީ އިސްޤާޟީގެ އެ ނިންމުން މުޢާވިޔަތު މުޙައްމަދުގެ ފަރާތުން އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެކެވެ . އިސްތިއުނާފީ ނުކުތާ ތައު: 4- ސިވިލް ކޯޓުގެ ނަންބަރު 03/Cv-C(A)/2021 ]ރަޖިސްޓް ރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް [ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން އަންނަނިވި 02 )ދޭއް( ނުކުތާ ފާހަގަކޮށް އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ގޮތުން ހުށަހަޅާފައިވާ : ފުރަތަމަ ނުކުތާއަކީ : ސިވިލް ކޯޓުގެ ނަންބަރު 03/Cv-C(A)/2021 ]ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް[ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 65ވަނަ މާއްދާއިން ލިބިދޭ ޙައްލު ހޯދު މަށްޓަކައި ދަޢުވާކުރުމަށް ލިބިދީފައިވާ އަސާސީ ޙައްޤުން މަޙްރޫމް ވާގޮތަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދޭ ފޯމުން މުޢާވިޔަތު މުޙައްމަދު ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ]ރަޖިސްޓްރާގެ ނިންމުން އަލުން ބަލައި ނިންމިގޮތް[ ނިންމާފައިވަނީ ހައިކޯޓުގެ ނަންބަރު 2009/HC-A/203 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ނަންބަރު C(A)/2021-Cv/03 ]ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް[ ފާހަގަކުރެވުނު ނުކުތާތައް : 5- ސިވިލް ކޯޓުގެ ނަންބަރު 03/Cv-C(A)/2021 ]ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް [ އަށާއި، އެ ނިންމުން އިސްތިއުނާފު ކުރުމަށް މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަށާ އ، އެނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .
5.1- މުޢާވިޔަތު މުޙައްމަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ މަޤާމުގައި ހުއްޓައި ޤާނޫނު ނަންބަރު 2019/7 )ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް 2ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ( ތަސްދީގުކުރުމާ ގުޅިގެން 21 އޮގަސްޓު 2019 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ]ޔުނިވަރސިޓީ މުވައް ޒަފުން، މުއްދަތު ކަނޑައަޅާފައިވާ ޔުނިވަރސިޓީގެ މަޤާމަކަށް ޢައްޔަން ކުރެވޭ ޙާލަތުގައި މުއްދަތު ކަނޑައަޅާފައިވާ ޔުނިވަރސިޓީގެ މަޤާމެއް ނިމުމުން، ނުވަތަ އުވުމުން އެނބުރި ޔުނިވަރސިޓީއާ ގުޅުން [ މި ސިޔާސަތާ ޚިލާފަށް އަދި ޤާނޫނުއަސާސީގެ 17ވަނަ މާއްދާއާ ޚިލާފަށް ތ ފާތުކޮށްގެން ކަމަށް ކަނޑަޅައިދިނުމަށާއި؛ ޔުނިވަރސިޓީގެ ވަޒީފާގެ އޮނިގަނޑުގެ ތެރެއިން މުޢާވިޔަތު މުޙައްމަދަށ ޙައްޤުވާ ވަޒީފާއަކީ ސީނިއަރ ލެކްޗަރާރ ފެންވަރުގެ މަޤާމުގެ ވަޒީފާއެއް ކަމަށްވާތީ ޔުނިވަރސިޓީގެ ވަޒީފާގެ އޮނިގަނޑުގެ ތެރެއިން މުޢާވިޔަތު މުޙައްމަދަށް ޙައްޤުވާ ސީނިއަރ ލެކްޗަރާރ ފެންވަރުގެ މަޤާމެއް ހަމަޖައްސައިދިނުމަށް އަމުރުކޮށްދިނުމަށާއި؛ މުޢާވިޔަތު މުޙައްމަދަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށް ކަނޑައަޅައިދީ މުޢާވިޔަތު މުޙައްމަދަށް ޙައްޤުވާ ސީނިއަރ ލެކްޗަރާރ ފެންވަރުގެ ވަޒީފާއާ މުސާރައާއި އިނާޔަތްތައް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މުޢާވިޔަތު މުޙައްމަދަށް ހަމަޖައްސައިދިނުމަށް އެދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މައްޗަށް އަންގައި އަމުރުކޮށް ދިނުމަށް އެދި 30 ނޮވެންބަރު 2020ގައި މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ .
5.2- މުޢާވިޔަތު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެހެން ޤާނޫނަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުން އިސްތިސްނާކޮށްފައިވާ ދާއިރާގެ ވަޒީފާ ގެ މައްސަލައަކަށް ނުވާތީ، އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއް ނޫންކަމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާރ ކަނޑަޅައި، މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން ހުށަހެޅި މައްސަލައިގެ ދަޢުވާ ފޯމު އަނބުރާ ރައްދުކުރިއެވެ . ދަޢުވާ ފޯމު އަނބުރާ ރައްދުކޮށްފައިވަނީ، ވަޒީފާގެ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށްއެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 2ވަނަ ނަންބަރުގެ )ހ( ގައި ބަޔާންކޮށްފައިވާ ފަދަ އިން އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާކުރެވިފައިވާ ދާއިރާތަކާއި ފަރާތްތަކުގެ ވަޒީފާގެ މައްސަލަތައް ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 34ވަނަ މާއްދާއިން ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލައެއް ބެލުން އިސްތިސްނާކުރެވުނު ދާއިރާތަކާއި ފަރާތްތަކުގެ ވަޒީފާގެ މައްސަލަތައް ބެލުން މިހާރު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުން އިސްތިސްނާކުރެވިގެން ނުވާކަން އެ ޤާނޫ ނަށް 6ވަނަ އިޞްލާޙް ގެނެވުނު ނަންބަރު 2020/22 ޤާނޫނަށް ބެލުމުން އެނގެން އޮތުމުންނާއި؛ އެހެން ޤާނޫނަކުން އިސްތިސްނާކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާއާ ގުޅޭ އެންމެހާ ވަޒީފާގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދެވެނީ ޤާނޫނު ނަންބަރު 2008/2 ގެ 28ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަން އެނގެން އޮންނާތީކަމަށް ބަޔާންކޮށެވެ .
5.3- ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން ސިވިލް ކޯޓުގެ އިސްޤާޟީއަށް ހުށަހެޅުމުން އިސްޤާޟީ ނިންމަވާފައިވަނީ ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކުރައްވައެވެ .
5.4- ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 34ވަނަ މާއްދާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުން އިސްތިސްނާކުރެވިފައިވާ ފަރާތްތައް ބަޔާންކޮށްދޭ މާއްދާއެކެވެ . އެ ގޮތުން އެ މާއްދާގައި ބުނާ ފަރާތްތައް، މިސާލަކަށް ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ މީހުންނާއި، ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތްކުރާ މީހުންނަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 04ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކުން އިސްތިސްނާ ލިބިގެންވާ ފަރާތްތަކެއްކަން އެ މާއްދާ އޮތްގޮތަށް ބެލުމުން އެނގެއެވެ . ބުނެވުނު އިސްތިސްނާ ލިބިގެންވާ ފަރާތްތަކުގެ ތެރޭގައި ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންވެސް ހިމެނެއެވެ . އެ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 4ވަނަ ބާބުން އިސްތިސްނާ ކޮށްފައި އޮތް އޮތުމުގެ ނަތީޖާއެއްގެ ގޮތުން އެ ފަދަ މީހަކު ވަޒީފާއިން ވަކިކޮށްގެން އެ ކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭގޮތެއް ނުވެއެވެ . އަދި އެ ފަދަ މީހަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިކަމުގައިވިޔަސް އެ ފަދަ މައްސަލައެއް އެ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިސާސް ނެތްކަމުގައި ކަނޑައަޅައެވެ . އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނަށް 6ވަނަ އިސްލާޙު ގެނައުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 34ވަނަ މާއްދާއިން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް، ވަޒީފާއިން ވަކިކޮށްފިނަމަ އެ ކަމުގެ ޝަކުވާ ހުށަހެޅުމުން އެ މައްސަލަތައް ބަލަމުން ގެންދިއައީ ސިވިލް ކޯޓުންނެވެ .
5.5- ވަޒީފާއާބެހޭ ޤާނޫނުގެ 34ވަނަ މާއްދާ އޮތް ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެ މާއްދާއިން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ސިވިލް ކޯޓުން ބަލައިގަނެ އެ ކޯޓުން ބަލާ މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ދަނިކޮށް، 22 ސެޕްޓެ ން ބަރު 2020 މި ތާރީޚުގައި ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6ވަނަ އިސްލާޙަށް ޢަމަލުކުރަން ފެށުނެވެ . ޤާނޫނު ނަންބަރު 2020/02 ން ޤާނޫނު ނަންބަރު 2008/02 )ވަޒީފާއާބެހޭ ޤާނޫނު ( އަށް ގެނެވުނު 6ވަނަ އިސްލާޙުގައި ބުނާ ގޮތުން، އެ ޤާނޫނުގެ 4ވަނަ ބާބުގެ ތެރޭގައި ހިމެނޭ މާއްދާތަކުން ވަޒީފާއިން ވަކިކުރުމުން އެ ކަމުގެ ޙައްލު ހޯދުމަށް ވަޒީފާއަކުން ވަކިކުރި ތާރީޚުން ފެށިގެން 03 މަސްދުވަހުގެތެރޭގައ އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބޭކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ހިމެނެނީ ވަޒީފާއާބެހޭ ޤާނޫނުގައި ހިމެނޭ ބާބުތަކުގެ ތެރެއިން 04 ވަނަ ބާބުގައެވެ. ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 9 ވަނަ މާއްދާ. ވަޒީފާއާބެހޭ ޤާނޫނުގެ 34ވަނަ މާއްދާގައި ބުނާ ފަރާތްތަކަށް އިސްތިސްނާ ލިބިގެންވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 32ވަނަ މާއްދާއާއި 37ވަނަ މާއްދާ އަދި 38ވަނަ މާއްދާއަށެވެ . އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނަށް ފަހުން ގެނެވުނު އިސްލާޙުގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 28ވަނަ މާއްދާ އިސްތިސްނާ ކުރެވިފައި ނެތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 34ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، ފަހުން ގެނެވުނު އިސްލާޙުގެ ދަށުން ލިބިގެން ދިޔައެވެ .
5.6- ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އަށް 6ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގައި، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އެ ޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ހިނގާނެކަމަށް ބަޔާން ކޮށްފައެއްނުވެއެވެ . ޤާނޫނުގައި ބުނާ ގޮތުން، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6ވަނަ އިސްލާޙުގެ 13ވަނަ މާއްދާ ފިޔަވައި ދެންހުރި މާއްދާތަކަށް ޢަމަލު ކުރަން ފަށާނީ، އެ އިސްލާޙު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ .
5.7- ޤާނޫނަކީ، ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗެކެވެ . ޤާނޫނުގައި، އެ ޤާނޫނަކީ ކުރިއަށް ހިނގާނެ އެއްޗެއްކަމަށް ބަޔާންކޮށްފައިނެތްނަމަ، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނެ އެއްޗަކަށް އެ ޤާނޫނު ނުވުމަކީ ޤާނޫނު މާނަކުރުމުގައި ޤަބޫލު ކުރެވެން އޮންނަ ހަމައެކެވެ . ހަމަ އެ ގޮތަށް ޤާނޫނެއް ހިންގަން ފަށާނީ ވަކި ދުވަހަކުން ކަމަށް ބަޔާން ކޮށް ފައިވާނަމަ، އެ ޤާނޫނެއް ހިނގަން ފަށާނީ، އެދުވަހުގެ ކުރީދުވަސް ނިމޭ ހިސާބުންކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބެލުމުން އެނގެއެވެ . މީގެ އިތުރުން ޤާނޫނުގައި ޞަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެން ފަރާތަކަށް ލިބިގެން ނުވާނެކަމަށާއި ނުވަތަ އުފުލަންނުޖެހޭކަމަށާއި، ވަކި ޙާލަތެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއިގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނެއްގެ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް 6ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫ ނުގެ 28ވަނަ ނަންބަރު . ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގެ 12 ވަނަ މާއްދާގެ )ބ.( ބުނެވުނު ޤާނޫނުގެ 18 ވަނަ މާއްދާ. އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގުމަކީ )retrospective application of law( ޢާ ން މ އުޞޫލެއްކަން ސާފުވާކަމަށާއި، އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނީ ނިޒާމުތަކުގައިވެސް އިސްތިޤްރާރުވެފައިވާ އ ޞލެއްކަމަށާއި މި އުޞޫ ލަށް ދިވެހިރާއްޖޭގެ ޖ މުހޫރިއްޔާގެ ޤާނޫނުއަސާސީގެ 19ވަނަ މާއްދާއިން އިތުރު ބާރުވެރިކަމެއް ދޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/41-SC/2014 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ .
5.8- ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2009/HC-A/203 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އަށް ޢަމަލުކުރަން ފެށުނު ތާރީޚާއި އެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެދި އެ ޓްރައިބިއުނަލުން ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާ ދެމެދު އުފެދިފައިވާ ވަޒީފާ އާބެހޭ މައްސަލަތަކުގައި ޢަމަލު ކުރާނެ ގޮތެއް ކަނޑައެޅިގެން ދިޔަ ޤަޟިއްޔާއެކެވެ . ބުނެވުނު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އެއް އ ޞޫލަ ކ، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާނެތީ އެ ތާރީޚުގެ ކުރިން އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންދަނީ ކަމާބެހޭ ކޯޓުތަކަށް ކަމެވެ . މީގެ އިތުރުން ބުނެވުނު ޤަޟިއްޔާގައި ކަނޑައެޅުނު ދެވަނަ އުޞޫލަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނުއިރު އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން 3 މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކުގައި، އިންސާފު ޤާއިމުކުރުމުގެ އިޚްތިސާސް ޝަރުޢީ ކޯޓުތަކަށް ލިބި އޮންނާނެކަމެވެ.
5.9- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި، ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގުމަކީ law) of application retrospective( ޢާންމު އުޞޫލެއްކަން ސާފުވާކަމަށް
2015/SC-A/08 ޤަޟިއްޔާގައިވެސް ފާހަގަ ކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/203-HC/2009 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 3ވަނަ ނަންބަރުގެ )ހ( ބުނެވުނު ރިޕޯޓުގެ 3ވަނަ ނަންބަރުގެ )ށ( ބަޔާންކުރުމަށްފަހު، ޤާނޫނުގައި ޞަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެން ފަރާތަކަށް ލިބިގެން ނުވާނެކަމަށް ނުވަތަ އުފުލަން ނުޖެހޭކަމަށް ބަޔާންކޮށްފައި ވެއެވެ .
5.10- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/203 ޤޟިއްޔަ ނިންމެވުމުގައި ބިނާކޮށްފައިވާ މައިގަނޑު ހަމައަކީ، އިންސާފު ހޯދުމަށްޓަކައި ޝަކުވާ ހުށަހެޅޭނެ ދޮރު ބަންދުވާގޮތް މެދުވެރިވާ ޙާލަތުގައި، އިންސާފު ޤާއިމުކުރުމަށް ކޯޓު ތަކުގެ ދޮރު ހުޅުވާލަންޖެ ހޭކަން ބަޔާންކުރުމެވެ .
5.11- މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ވަޒީފާ އާބެހޭ ޤާނޫނަށް ގެނެވުނު 6ވަނަ އިސްލާޙުގައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އުފެދިފައިވާ ވަޒީފާގެ މައްސަލަތަކަށް ފަހުން ގެނެވުނު އިސްލާޙު، ރަޖުޢީކޮށް ތަޠުބީޤު ކުރެވޭނެކަމަށް ބަޔާންކޮށްފައެއްނުވެއެވެ . މުޢާވިޔަތު މުޙައްމަދު އަދާކުރަމުން ދިޔަ ވަޒީފާގެ ބާވަތުން އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިއިރު، އނާއަ ކ ވަޒީފާއާބެހޭ ޤާނޫނުގެ 4ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ ފަރާތެއްކަމުން އެ މައްސަލަ ބެލުމުގެ އިޚްތިސާސް އޭރު ލިބި އޮތީ ސިވިލް ކޯޓަށެވެ .
5.12- ވަޒީފާއާބެހޭ ޤާނޫނުގެ 4ވަނަ ބާބުން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކަކީ، ކުރިން ޢަމަލު ކުރަމުންދިޔަ އޞު ލުތަކުގެ މައްޗަށް ބަލާއިރު،އެ މައްސަލައެއް ވަކި މުއްދަތެއްގެ ތެރޭގައި ކޯޓަށް ހުށަހެޅުން ޤާނޫނަކުން ލާޒިމް ކޮށްފައިވާ ބާވަތުގެ މައްސަލަތަކެއް ނޫނެވެ . އެއާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅަންޖެހޭނަމަ އެފަދަ މައްސަލައެއް ހުށަހަޅަން ވަޒީފާއާބެހޭ ޤާނޫނުން ލާޒިމް ކުރާ ވަކި މުއްދަ ތެއް އޮވެއެވެ . ވަޒީފާއާބެހޭ ޤާނޫނަށް 6ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރި. އެއީ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 މަސް ދުވަހުގެ ތެރޭގައެވެ . އެ ނޫންގޮތަކަށް ހުށަހެޅޭ މައްސަލައެއް ބަލައިގަނެ މައްސަލަ ހިންގުމުގެ އިޚްތި ޞާ ޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާކަން ވަޒީފާއާބެހޭ ޤާނޫނަށް ބެލުމުން އެނގެއެވެ .
5.13- ވަޒީފާއާބެހޭ ޤާނޫނަށް 6ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ފާސްވުމާ އެކު، އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާގެ މައްސަލަތަކުގެ ގޮތުގައި ހިމެނޭ، ހިންގުމުގެ އިސްމަޤާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކަކީވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެ މައްސަލަތަކެއްކަމުގައި ބަލަންޖެހުމުގެ އެއް ނަތީޖާއަކަށްވާނީ، އެ ފަދަ ފަރާތެއް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަވެސް، ވަޒީފާއިން ވަކިކުރިތާ ތިން މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޖެހުމެވެ . އަދި އެ ކަމުގެ ދެވަނަ ނަތީޖާއަކަށްވާނީ ވަޒީފާއާބެހޭ ޤާނޫނުގައި ބުނާ ތިން މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެފަދަ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ތަނަވަސް ވެފައި ނެތްފަރާތްތަކަށް އިންސާފު ހޯދުމަށް އޮތް ދޮރު ބަންދުވުމެވެ . އެ ފަދަ ކަމެއް މެދުވެރިވުމަކީ، ޤާނޫނަށް ގެނެވުނު އިސްލާޙެއް ރަޖުޢީކޮށް ތ ޠު ބީޤުކުރުމުގެ ސަބަބުން އެ ކަމުގެ ބުރަ އެ ކަން ރައްދުވާ ފަރާތް ތަކުން އުފުލަ ންޖެހުމެވެ .
5.14- މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު މުޢާވިޔަތު މުޙައްމަދަށް މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޤާނޫނު ލާޒިމްކުރާ 3 )ތިނެއް( މަސްދުވަސް ދެން ލިބޭނެ ގޮތެއް ނެތެވެ . ވަޒީފާއާބެހޭ ޤާނޫނު ލާޒިމްކުރަނީ ވަޒީފާއިން ވަކިކުރިތާ 3 )ތިނެއް ( މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން ކަމުގައިވާތީ އެފަދަ ފުރުސަތެއް މުޢާވިޔަތު މުޙައްމަދަށް ލިބޭނެ ގޮތަކީ ކޮބައިކަން އެނގޭކަށްނެތެވެ . މިއީ އެ ކަމުގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނުން ފަރުވާދީފައި އޮތްކަމެއް ނޫނެވެ . އެހެންކަމުން، މުޢާވިޔަތު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅ މައްސަލައަކީ އެ ކޯޓުގެ އިޚްތިސާސްނެތ މައްސަލައެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކަށްވާނީ އިންސާފު ހޯދުމަށް މުޢާވިޔަތު މުޙައްމަދަށް އޮތް ފުރުސަތު އެކުގައި ބަންދުވުމެވެ . އެ ފަދަ ކަމެއް މެދުވެރިވާ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙު ވަޒީފާއާބެހޭ ޤާނޫނުގެ 28ވަނަ މާއްދާގައި ބުނަނީ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށވެ . ރަޖުޢީކޮށް ތ ޠު ބީޤު ކުރެވޭ ކުރުމަކީ މުޢާވިޔަތު މުޙައްމަދު އުފުލަންޖެހޭ ބުރައެކެވެ . އެ ފަދަ ބުރައެއް އުފުލަންޖެހޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6ވަނަ އިސްލާޙު މުޢާވިޔަތު މުޙައްމަދު ގެ މައްޗަށް ތަޠުބީޤު ނުކުރެވުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ރަޖުޢީކޮށް ޤާނޫނު ތަޠުބީޤު ކުރުމުގައި ކަނޑައަޅާފައިވާ މަފްހޫމެވެ .
5.15- ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، ސިވިލް ކޯޓުން ބެލުމުގެ އިޚްތި ޞާ ޞް ލިބިގެންނުވާކަމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމަވައި، އެ މައްސަލައިގެ ދަޢުވާ ފޯމު އަނބުރާ ރައްދުކުރި ކުރުމަށް ތާއީދުކުރައްވާ ސިވިލް ކޯޓުގެ އިސްޤާޟީ ނިންމަވާފައި ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަ ށާއި، އެ މައްސަލައަކީ، ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅަން ޖެހޭކަމަށް ދެކެމެވެ .
5.16- މި ބަޔާން ކުރެވުނު ޤާނޫނީ އެންމެހައި ނުކުތާތަކާއި ހަމަތައް މި މައްސަލައިގައި ހިމެނޭ ވާޤިޢާތަކާއި ދާދި އެއްގޮތް ވާޤިޢާތަކެއް ހިމެނޭ މި ކޯޓުގެ ނަންބަރު 2020/HC-A/307 ޤަޟިއްޔާއާއި، ނަންބަރު 2021/HC-A/10 ޤަޟިއްޔާގެ ނިންމުމުގައި ވެސް ފާހަގަކުރެވިފައިވެއެވެ . ވީމާ، ސިވިލް ކޯޓުގެ ނަންބަރު 03/Cv-C(A)/2021 ]ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް [ އިސްތިއުނާފު ކުރުމަށް މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް، އ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް ފެނެއެވެ . ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ އެންޓްރީ ނަންބަރު 2020/4024 ފޯމުން […] / މާލެ، މުޢާވިޔަތު މުޙައްމަދު ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެ މައްސަލަ މުޢާވިޔަތު N0 N ..__:r:u -< ..__\000 I C)'li"\II"' ot.;"\II"' Rl'""'li '"' \~\l'"C)'\ "'li'" ,, ,\\ ,,"\ ot._1\~''li C)\\8.)~~ C)\ ot.;"\~~ :~'" '"C)'li "'\ 'li·~ 'li\ 'li\ :\\'\\..... "' L '"' ot._''li ot._"'~ ,, C)'li ""' "\ '" ""' ot.;"\''I:.. ':". "' '"' "&.J~~\'\""' :I C)'li~\"~' ''I:.. o'li'''"' '"01., ,..._"'li,.., \~ 'li\ \\ '\\ \~'\!\ ..,,l.. ....,, 'li\ '\I \\ 1 "' l.. "0.."'\ C)\~~~0'\1\~"'\ ~~ 1\~C)'\1\~1\ \~,, ~~C)'li ''"' \~ ,.'li ~ l . "' \ \ - \. "'\ \1 "\''I:.. ':". "'\ \ -· ~'\C)~ "\,,, ':\ "\ . \l \ \~ ..,,\ '\~'\ ~ N ..,,l.. '\~ \~'li· · "-'"\,r~~~ \\ "'"' $ r- ·1 ;~~ 0 N"' •\~:\•'IJ·~ .,'",,:\\ ",!\'" .)~~~ .,,,....,.._('""') ..,.,"'\,. 0~• "' t.. ,,~~ .."~"" ~~\,, ..,~'IJ·~ .,\\-~' . 1 ·-_g o~'\l o,'" .::..8 @):.c Ob · ·~ o/J 0 ;:lt:: ~ ;;.8 ~0;:l t::bl)~ ~ > .\'\ H
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، 28، 32، 34، 37 އަދި 38 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2020 (ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ އަދި 28 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އަދި 18 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 7/2019 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ
- 2014/SC-A/41
- 2015/SC-A/08
- 2009/HC-A/203
- 2020/HC-A/307
- 2021/HC-A/10
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް