ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/38
އަޙްމަދު އިބްރާހީމް ވ. އަޙްމަދު ޝަމީމް، 2016/HC-A/38
Ahmed Ibrahim v. Ahmed Shameem 2016/HC-A/38 (2016/HC-A/38, High Court of the Maldives, 11 April 2019)
އަޙްމަދު އިބްރާހީމް ވ. އަޙްމަދު ޝަމީމް
މައްސަލައިގެ ޚުލާޞާ
ފެމިލީ ކޯޓުން، ތަރިކައިގެ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ހަތަރު ވާރިޘުންގެ މެދުގައި ހަމަހަމައަށް ބަހައި ކޮންމެ މީހަކަށް 1/4 ބައި މިލްކުވެއްޖެކަމަށް ޙުކުމްކުރި.
2010 ގައި ނިޔާވި މަރުޙޫމާގެ ތަރިކައިގައިވާ ބަންޑާރަ ގޯއްޗެއްގެ ބައިގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ހަ ވާރިޘުންގެ މެދުގައި ބެހުމަށް ހުށަހެޅި މައްސަލައެއް؛ ދެ ވާރިޘުން އެމީހުންގެ ބައި އެހެން ހަތަރު ވާރިޘުންނަށް ހަދިޔާކޮށްފައިވި.
އިސްތިއުނާފުކުރި ފަރާތުން ބުނީ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަށް 25/2015 އިން ގެނެވުނު ބަދަލާ ގުޅިގެން ވާރިޘުން ނިންމަންޖެހޭ ނިންމުންތައް ނިންމައި ހާމަކުރުމުގެ ފުރުޞަތު ނުދީ ޙުކުމްކުރި ކަމަށް.
މައިގަނޑު ސުވާލު
ބިމާބެހޭ ޤާނޫނަށް ގެނެވުނު 5 ވަނަ އިޞްލާޙުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަށް ގެނެވުނު ބަދަލާ ގުޅިގެން ވާރިޘުންނަށް ނިންމުމެއް ނިންމުމުގެ ފުރުޞަތު ނުދީ ތަރިކަ ބެހުމުގެ ޙުކުމް ކުރުމުން ޙުކުމަށް ބަދަލު ގެންނަން ޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އިޞްލާޙު ބާރުގައި ހުއްޓައި ވާރިޘުންގެ ބަސް ނުހޯދުމުގެ ނުކުތާ ޤަބޫލުކުރެވުނު ނަމަވެސް، ހައިކޯޓުގައި ސުވާލުކުރުމުން ވާރިޘުން ކުރީގެ ނިންމުމުގައި ދެމިހުރުމުން ވަގުތު ދިން ނަމަވެސް ނިންމުމަށް ބަދަލު ނާންނާނެކަމަށް.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 25/2015 (ބިމާބެހޭ ޤާނޫނަށް 5 ވަނަ އިޞްލާޙު) ގެ ކުރިން ބަންޑާރަ ގޯއްޗެއް ތަރިކައިގެ އުޞޫލުން ބަހާއިރު ވާރިޘަކަށް ޖެހޭ ބައި 600 އަކަފޫޓަށްވުރެ ކުޑަނަމަ ބިމުން ނުލިބުނު ނަމަވެސް، 2015 އޮގަސްޓް 27 ން ފެށިގެން ބާރުގައިވާ އެ އިޞްލާޙާ ގުޅިގެން އެ ޝަރުޠު ނެތްކަމަށާއި، ގޯތި ވަކި ގޯތިތަކަކަށް ބައިކޮށް ވަރިސުންގެ ނަމުގައި ނުވަތަ ވަކިވަކި ރަޖިސްޓްރީ ހަދައިދެވިދާނެއެވެ. (ނުކުތާ 3.2، 3.3)
- އެ އިޞްލާޙަކީ ތަރިކައިގެ އުޞޫލުން ލިބޭ ފަރާތްތަކަށް ޤާނޫނުން ދިން ލުޔެއް ކަމުން، އެ ލުޔާ ގުޅިގެން ވާރިޘުންގެ ނިންމުމަށް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ވާރިޘުންގެ ބަސް ހޯދުމަކީ ހުރިހާ ވާރިޘުންގެ މަޞްލަޙަތަށް ބަލާއިރު ކުރަންޖެހޭ ކަމެކެވެ. (ނުކުތާ 3.3)
- ދަށުކޯޓުން ވާރިޘުންގެ ބަސް ނުހޯދި ނިންމި ނަމަވެސް، ހައިކޯޓުގައި ވާރިޘުންނާ ސުވާލުކުރުމުން އެމީހުންގެ ކުރީގެ ނިންމުމަށް ބަދަލެއް ނާންނާނެކަން އެނގޭނަމަ، އެ ސަބަބުން ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަން ނުޖެހެއެވެ. (ނުކުތާ 3.3)
- ކޯޓަށް ޙާޟިރުވުމުގެ އަމުރާ ޙަވާލުވި ފަރާތެއް މަޤުބޫލު ޢުޛުރެއް ނެތި ޙާޟިރުނުވެއްޖެނަމަ، ހައިކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ހ) ގެ ދަށުން އެފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވިދާނެއެވެ. (ނުކުތާ 3.4)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 25/2015 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު)
- ހައިކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ހ)
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޙަސަން ޢަލީ، މުޙައްމަދު ނިޔާޒު
- ޚިލާފު ރައުޔު
- ނެތް