ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/52
އަޙްމަދު ޝިޔާމް ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)، 2021/HC-A/52
Ahmed Shiyam v. State (Maldives Police Service) 2021/HC-A/52 (2021/HC-A/52, High Court of the Maldives, 16 April 2026)
އަޙްމަދު ޝިޔާމް ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
މައިގަނޑު ސުވާލު
ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ ނިންމުން ކޯޓުން ރިވިއު ކުރާއިރު، އެކަށީގެންވާ ސަބަބެއް ސާބިތުކުރުމުގެ ބުރަ ދައުލަތުން އުފުލާފައިވޭތޯ؛ އަދި ދަޢުވާކުރި ފަރާތުގެ ހެކިތަކާއި ހެކިން ހާޒިރުނުކުރުމާމެދު ސަބަބު ބަޔާންނުކޮށް ދަށުކޯޓުން މައްސަލަ ނިންމުން ޤާނޫނާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ވަޒީފާއިން ވަކިކުރި ނިންމުން ބާޠިލުކޮށް، މުސާރައާއި ޢިނާޔަތްތައް ލިބެންޖެހޭ ކަމަށް ކަނޑައެޅި
ކަނޑައެޅުނު އުޞޫލުތައް
- ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކުރި މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، ކޯޓުން ފުރަތަމަ ބަލަންވާނީ ބޯޑުގެ ނިންމުން ބިނާވާ އެކަށޭނަ ހެއްކެއް އެވަގުތު ބޯޑުގެ ކުރިމަތީގައި އޮތްތޯއެވެ؛ ދެވަނައަށް، ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަޤީޤަތް ދެނެގަތުމަށް ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙުޤީޤެއް ކޮށްފައިވޭތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 23)
- ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލަތަކުގައި، ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދިން ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 32)
- ވަޒީފާއިން ވަކިކުރުން ގޯސްކަމަށް އެދޭ މައްސަލަތަކުގައި، ނިންމުން ބިނާކުރި އަސާސްތަކާއި ރިޢާޔަތްކުރެވުނު ހެކިތައް ކޯޓަށް ހުށަހަޅައި ނިންމުން ދިފާޢުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެ ހެކި ޤަރީނާ ހުށަނާޅާނަމަ، ބޯޑަށް ބުރަވެވުނު ހެކިތައް ބޯޑުގެ ކުރިމަތީގައި އޮތްތޯ ފަނޑިޔާރަށް ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ؛ މި ބުރަ އުފުލުމަކީ ދަށުކޯޓުގައި ބަހުސްކުރެވުނު ކަމެއްކަމާ ނުގުޅެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 22، 26)
- އިސްތިއުނާފީ މައްސަލަތައް ކުރިއަށް ގެންދެވެނީ ދަށުކޯޓުގައި ދެއްކި ވާހަކަތަކާއި ހުށަހެޅި ލިޔުންތަކުގެ މައްޗަށް ކަމަށާއި، އައު ހެކި ހުށަހެޅުމުގެ ފުރުޞަތު ލިބެނީ ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެއްކެއްނަމައެވެ؛ އައު ހެއްކެއް ބަލައިގަތުމަށް އެދި ހުށަހެޅުމެއް ނެތްނަމަ، ފަނޑިޔާރުންގެ އެދުމަށް ފޮނުވި ލިޔުންތަކަކީ އައު ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ލިޔުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24، 25)
- ޚަޞްމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކިން، ނުވަތަ ހުށަހަޅާ ހެއްކަކަށް ފަނޑިޔާރު ރިޢާޔަތްނުކުރަން ނިންމާނަމަ، އެ ސަބަބު ތަފްސީލުކޮށް ފާހަގަކުރަންވާނެއެވެ؛ ނުކުރާނަމަ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރެވުނު ގޮތެއް ނިންމުމުން ނޭނގޭތީ، އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28، 29، 30)
- ޤާނޫނު ހުއްދަކުރާ ހެކިތަކާއި ދަލީލުތައް ވަޒަންކޮށް ޞައްޙަކަން ތަޤްދީރުކުރުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނަމަވެސް، ހެކި ހުށަހެޅުމުގެ ޙައްޤު ހަމަހަމަކަމާއެކު ޚަޞްމުންނަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2197 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ތ. ވިލުފުށި / ދޫރެސް، އަޙްމަދު ޝިޔާމް (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް") ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސް (މީގެ ފަހުން "ދިވެހި ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") ގެ މައްޗަށެވެ.
2އަޙްމަދު ޝިޔާމް އަކީ 05 އޮގަސްޓް 2001 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގައި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެކެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމުގައި ހުއްޓާ، އަޙްމަދު ޝިޔާމް އަދާކުރަމުންދިޔަ ވަޒީފާއިން 26 މެއި 4120 ގައި ވަކިކޮށްފައިވެއެވެ. އެގޮތުން އަހްމަދު ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ އަޙްމަދު ޝިޔާމް، ނޯތް ސެންޓަރަލ ޕޮލިސް ޑިވިޝަން ކޮމާންޑަރެއްގ ގޮތުގައެ ހުރި މަޤާމގު ނުފޫޒު ބޭނުންކޮށް ޤާނޫނާއި ގަވާއިދާ ޚިލާފު ޢމަލުތަކެއަ ކޮށްފައިވާކަމަށް ތުހުމަތުކުރެވި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް އެ މައްސަލަ ހުށަހެޅުމުން، އަޙްމަދު ޝިޔާމް ވަޒީފާއިން ސަސްޕެންޑް ކުރުމަށްފަހު ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމުމާ ގުޅިގެންނެވެ. އައިޑީވަޒީފާއިން ވަކިކކުރިކަން އަންގާ ލިޔުން171/VKL/2014/63 ވަޒީފާއިން ވަކިކކުރިކަން އަންގާ ލިޔުން171/VKL/2014/63
3އެގޮތުން ވަޒީފާއިން ވަކިކުރި އިރު ޙަވާލާދީފައިވަނީ "ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ
(ށ) އާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ
(ހ) ގެ 1 ވަނަ ނަންބަރުގެ އިތުރުން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު ގެ 8 ވަނަ މާއްދާގެ (ކ) އަށް ކަން ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުން އެނގެން އޮވެއެވެ.
4އަޙްމަދު ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކާއި، އުޞޫލުތަކާއި އަދި ގަވާއިދުތަކާއި ޚިލާފަށްކަމަށް ކަނޑައަޅދިނާ މަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ނުކުތުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި، ޢނާޔަތްތަކުގެ ގޮތުގައި 2019 ގެ މެއި މަހުގެ ނިޔަލަށް ލިބެންޖެހޭ 1,495,000.00ރ. (އެއްމިލިޔަން ހަތަރުލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ) ހޯދުމަށް އެދި އަޙްމަދު ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
5އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2197 ޤަޟިއްޔާއިންނެވެ.
6ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2197 ޤަޟިއްޔާ ކޯޓުން ނިންމާފައިވަނީ: "އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިޔުންތަކާއި ކަމާގުޅޭ ޤާނޫނުތަކަށް ރިޢާޔަތްކށޮ ބަލާއިރު، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ނ) އާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ، ދަޢުވާކުރާ ތ.ވިލުފުށި / ދޫރެސް، އަޙްމަދު ޝިޔާމް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކކުރިކަން އަންގާ ލިޔުން 171/VKL/2014/63 ވަޒީފާއިން ވަކިކޮށްފައިވަނީ، އަޙްމަދު ޝިޔާމް، ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 13,8,7,6,2,1 މި މާއްދާތަކާއި ޚިލާފު ޢަމަލުތަކެއް ކޮށްފައިވާ ކަމަށް އިދާރީ މިންގަނޑުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވެގެން، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުންކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، ދަޢުވާކުރާ އަޙްމަދު ޝިޔާމް އެދިފައިވާ ގޮތަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަޙްމަދު ޝިޔާމް އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަ ކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި ޢިނާޔތްތައަ ދިނުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޝަރީޢަތުން އަންގައި އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
7ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/2197 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އަޙްމަދު ޝިޔާމްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
1.7 މި ބާވަތުގެ މައްސަލަތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ފަނޑިޔާރު މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2.7 މުޅި މައްސަލައަށް ބެލުމުން އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޖިނާއީ ތުހުމަތުތަކެއްގެ މައްޗަށްކަން އެނގޭއިރު، ޖިނާއީ ޢަދުލުގެ ނިޒާމުން ވަކިގޮތެއް ކަނޑައެޅުމަކާއިނުލައި، އަދި ޖިނާއީ ކުށް ސާބިތުކުރުމުގެ އުޞޫލުތަކާއި މިންގަނޑުތަކާއި، ޤާނޫނާއި ގަވާއިދާއި ޚިލާފަށް އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވީނަމަވެސ ފަނޑިޔާރް އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.8 އިސްތިއުނާފު ކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ބަޔާންތަކަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވުމާއި، އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ހެކިންގެ ބަހެއް ޝަރީޢަތުން ހޯދުމަކާ ނުލައި ހަމައެކަނި ދައުވާލިބޭ (މޯލްޑިވްސ ޕޮލިސް ސަރވިސް) ގެ ބަހުގެ މައްޗަށް ބުރަވެ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.7 އިޖުރާއީ އަދުލުވެރިކަމާއި މައުޟޫއީ އަދުލުވެރިކަން ޤާއިމްވެފައިނުވާކަނ ފާޅުކަން ބޮޑުކޮށް އެނގެން އޮތް ޙާލަތެއްގައި އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ ޢދުލުވެރިކަނަ ޤާއިމުވެފައިވާކަމަށްބުނ މައްސަލެ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފު ކުރު ފަރާތުން ބުނެފައިވަނީ، ޑިސިޕްލިނރަ ނުވަތަ އިދާރީ ގޮތުން ފުލުހެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ދަށުން އެފަރާތް ވަޒީފާއިން ވަކިކުރަން ނިންމުންފަދަ ނިންމުންތައް ތަންފީޒުކުރުމުގެ ކުރިން އެފަދަ ނިންމުންތަކާމެދ ކޮމިޝަނަރު އޮފް ޕޮލިސްއާ މަޝްވަރާކޮށް އެފަދަ ނިންމުމެއް ތަންފީޒުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ފެންނަކަމުގެ ލިޔުމެއް މިނިސްޓަރަށް ހުށަހަޅަންޖެހޭ ކަމާއި، މިފަދަ ލިޔުމެއް އޮތްތޯ ބެލުމަކީ ފަނޑިޔާރު ކުރަންޖެހޭ ކަމެއްކަން ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/55 ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ ކަމަށާއި، ނަމަވެސް އެކަމަށް މި މައްސަލައިގައި ބަލާފައި ނުވާކަމަށެވެ.
9ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، ޖިނާއީ ތުހުމަތުތަކާއ ގުޅިގެނި ފުލުހަކު ވަޒީފާއިން ވަކިކުރުމާއިމެދު ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ވަނީ "ޖިނާއީ ކުށެއް ސާބިތުވެގެން ޙުކުމެއް ކުރުމުން" ވަޒީފާއިން ވަކިކުރުން ކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، ކުރެވިފައިވަނީ ޖިނާއީ ތުހުމަތަކަށްވެފައި، ހިނގުން ޖިނާއީ ތ ހުގީގަ އެ ކަމުގައިވީހިނދު، ޖިނާއީ ދަޢުވާއެއް ނުކޮށް، ޖިނާއީ ޙުކުމެއް ނެތި އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށްކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަމީދު ވ.މޯލްޑިވްސ ޕޮލިސް ސަރވިސް ޤަޟިއްޔާ
10ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ބަޔާންތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ތުޙުމަތުތަކެއް ކުރު މުން އެކަމުން ދިފާޢުވުމަށްޓަކައި ސިވިލް ކޯޓަށް އިސްތިއުނާފު ކުރާ ފަރާތުން 07 (ހަތެއް) ހެކިން ހުށަހަޅާފައިވާކަމަށާއި، ނަމަވެސް މިއިން އެއްވެސް ފަރާތެއްގެ ހެކިބަހެއް ޝަރީޢަތުން ހޯދުމަކާ ނުލައި ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުގެ މައްޗަށް ބުރަވެ މައްސަލަ ނިންމަވާފައިވާކަމަށެވެ.
11ހަތަރުވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފެއްގެ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ ބަލަންޖެހޭ ކަންކަން ކަނޑައަޅާފައިވާ ކަމަށާއި، އަދި އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގެ ތހުގީގަށާއި ހޯދާފައިވާ ހެކިތަކަށާއި ކުރެވިފައިވާ ތުހުމަތުތަކަށް ބަލާއިރު ކުރެވިފައިވަނީ ޖިނާއީ ތުހުމަތުތަކެއް ކަމުގައިވާތީ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރެވިފައި ވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ ގޮތނު ޙުކުމެއް އައުމުންކަމަށުނވާތީ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާކަމަށެވެ. އަދި މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/38 ޤަޟިއްޔާގައި ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތުން ލާޒިމްވެގެންވާ ކަމެއްކަމަށް ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުން ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބެލެވޭނީ އެންމެ ކުޑަމިނުން އެ ފުލުހަކު ވަކިކުރުމުގެ ކުރިނު ވަޒީފާއިން ވަކިކުރި ސަބަބުތައް އޭރަކު ދެވެން ހުންނަ ތަފުސީލާއެކުއެފުލުހަކަށް އެންގުމަށްފަހު، އެކަންކަމާމެދު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ މައްސަލަތައް ބަލާ ބޯޑުން ނުވަތަ ކޮމިޓީއިން އެފުލުހަކަށް އެބޯޑުގެ ނުވަތަ ކޮމިޓީ ގެ ކުރިމައްޗަށް ހާޒިރުވެހުރ އެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭކަމަށެވެ. ނަމަވެސް މިފަދައިން ބަޔާންކޮށްފައި ވީނަމަވެސް އިސްތިއުނާފު ކުރާ ފަރާތަށް އެފަދަ އެއްވެސް ލިޔުމެއް ޙަވާލުކޮށްފައިނުވާކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 25 ވަނަ މާއްދާގެ
(ށ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކޮށްފިނަމަ ލިޔުމުން އެކަން އަންގަންވާނެކަން ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ޤަޟިއްޔާގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއަ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
12އިސްތިއުނާފު ކުރާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 2197/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމަކަށްވާތީއާއި، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގް 6 ވަނަ މާއްދާގެ (ނ) އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، ޚިލާފަށް ކަމުގައިވާތީއާއި، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކމާއަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްގެންކަމުގައިނުވާތީ އެ ޙުކުމް ބާޠިލްކޮށް، ވަޒީފާގެ މުއްދަތު ގުޅުވައިދިނުމާއިއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމާއެކު ވަޒީފާ އިއާދަ ކޮށްދިނުމަށްއެދޭކަމަށެވެ.
13އިސްތިއުނާފީ ނުކުތާތަކުގެ ފުރަތަމަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ޑިސިޕްލިނަރީ ނުވަތަ އިދާރީ ގޮތުން ފުލުހެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ދަށުން އެފަރާތެއް ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުންތައް ތަންފީޒުކުރުމުގެ ކުރިން އެފަދަ ނިންމުންތަކާމެދު ކޮމިޝަނަރ އޮފް ޕޮލިސް އާއި މަޝްވަރާކޮށް އެނިންމުމެއް ތަންފީޒީ ކުރު މަށް ކޮމިޝަނަރ ފެންނަ ލިޔުމެއު މިނިސްޓަރަށް ހުށަހަޅަންޖެހޭނެކަމާއި، އަދި މިފަދަ ލިޔުމެއް އޮތްތޯ ބެލުމަކީ ފަނޑިޔާރު ކުރަންޖެހޭ ކަމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ހަމީދު ވ. މޯލްޑިވްސް ޕޮލިސް ސަރވިސް ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް އެ ޤަޟިއްޔާގައި އެފަދަ ލިޔުމެއް އޮތްތޯ ބެލުމަކީ ފަނޑިޔާރުގެ އިސްނެގުމުގެ މަތިން ކުރަންޖެހޭނެ ކަމެއްކަމަށް ކަނޑައަޅާފައިނުވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރުޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވި އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާއިރު އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކޮން އޞުލެއްކަމެއް އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންކޮށްފައިނުވާކަމަށެވެ. އަދި މީގެ އިތުރުން ދައުލަތުގެ ފަރާތުން އިޖުރާއީ ގޮތުން ފާހަގަކޮށްފައިވާކަންކަމަށް ބަލާއިރު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) 32 ވަނަ މާއްދާގައި (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފއިވަ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމޓި ޑެ ވ. މަޝޭ އިންވެސްޓްމަންޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާގައި ފާހަގަކޮށްފައިވާ ކަމަކަށް ނުވެފައި އަދި ކުރިން ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއެއް ކަމުގައި ނުވާތީ ސުޕްރީމް ކޯޓުން އެނުކުތާތައް ބަލައިނުގަތުމަށް ނިންމާފައިވާކަމަށެވެ. ހުށަހެޅިފައިމިވާ މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފީ ފޯމުގެ
8.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނުކުތާއަކީ، ސިވިލް ކޯޓުގައި ނަގާފައިވާ ދިފާޢެއް ނޫންކަމުން، އަދި ސިވިލް ކޯޓުގައި އެއްވެސް ވަރަކަށް ބަހުސްކުރެވފައިވި ނުކުތާއެއް ކަމަށް ނުވާތީ މި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެވޭނެ އިސްތިއުނާފީ ނުކުތާއެއް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. އަދި މިނުކުތާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 9A/4-2018/SC ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/133 މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން ނިންމި ގޮތުގެ ރިޕޯޓު ގެ 11 އަދި 12 ވަނަ ނުކުތާ ވަކިކޮ ށފައިވަން ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކޮމިޝަނަރ އޮފް ޕޮލިސްގެ އެންޑޯސްމަންޓާއެކު މިނިސްޓަރުގެ ނިންމެވުމާއެކު ކަމަށެވެ.
14އިސްތިއުނާފީ ނުކުތާތަކުގެ ދެވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލި ޑިސިޕްލިނަރީ އަދި އިދާރީ މައްސަލައެއް އެ ބޯޑަށް ސާބިތުވުމާ ގުޅިގެންކަމާއި އެއީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއް ސާބިތުވެގެން ވޒީފާއިނަ ވަކިކުރި ވަކިކުރުމެއް ނޫން ކަމަށެވެ. އަދި ފުލުހެއްގެ މައްޗަށް ޖިނާއީ ކުށަކާއި ގުޅިގެން ހިންގޭ ތހުގީގަ އްގައެ ކަމެއް ސާބިތުވާނަމަ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް އެ ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ ބާރު ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވާކަމަށެވެ.
15އިސްތިއުނާފީ ނުކުތާތަކުގެ ތިންވަނަނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުން ބެލި ޤަޟިއްޔާގައި ކިތާބީ ހެކިތަކުން ސާބިތުވާންހުރި ކަންކަން އެ ހެކިތަކުން ސާބިތުވާންއޮތްއިރު، އަދި މި މައްސަލަ ސިވިލް ކޯޓުން ބެލުމުގައި އިސްތިއުނާފު ކުރާ ފަރާތާ ދެކޮޅަށް ފުލުހުންގެޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު ހެކިތަކާއި ދިފާއުތައް ވަޒަންކޮށްފައިވާކަން އެނގޭއިރު، އެ ހެކިތައް ޝަފަހީ ހެކިތަކުންނަފީނުކުރެވޭނެކަމަށް ބެލެވޭ ޙާލަތުގައި ޝަފަހީ ހެކިން ހޒާ ރ ކުރުމެއްނެތި މައްސަލައިގެ ޙުކުމާ ހަމައަށް ވާސިލްވުމަކީ މައްސަލަ ބލަ ޤޟީންނާށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއް ކަމަށާއި،ޝަފަހީ ހެކިން ހޒާ ރުނުކުރުމަށް ނިންމި ފ އިވާ ނިންމުމަކަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ނޫންކަމަށެވެ. އަދި މިނުކުތާ އިތުރަށް ތަފސުލުކުރަމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ހެކި ވަޒަންކުރުމާއި، ހެކި މާނަ ކުރުމުގައި ޚިލާފުވެފައިވަނީ ކޮން ގޮތަކަށްކަން އިސްތިއުނާފު ކުރާ ފަރާތުން އެއްވެސް މިންވަރަކަށް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދީފައިނުވާކަމަށާއި، އަދި ސިވިލް ކޯޓުން ހެކި ވަޒަންކޮށްފައިވާ ގޮތާއި މާނަކޮށްދީފައިވާގޮތާއި މާނަކޮށްފައިވާގޮތުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަމާއި، އެކަމުން ނިކުންނާނެ ނުރަނގަޅު ޤާނޫނީ ނަތީޖާއަކީ ކޮބައިކަން އެއްވެސް މިންވަރަކަށް ބަޔާންކޮށްދީފައިނުވާކަމަށާއި، އެހެންކަމުން މިއީ ސުޕްރީމް ކޯޓުގެ ނަންބަރު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ވަޙީދު، މުސާ ވަޙީދު ޤަޟިއްޔާއަށް ރިޢާޔަތްކޮށް ބަލައިގަނެވޭނެ އިސްތިއުނާފީ ނުކުތާއެއް ނޫންކަމަށެވެ.
16އިސްތިއުނާފީ ނުކުތާތަކުގެ ހަތަރުވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތހުގީގަކޮށް، ނަގާފައިވާ ބަޔާންތައް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައި އޮންނަކަމާއި، ޑިސިޕްލިނަރީ ބޯޑުން އަޙްމަދު ޝިޔާމް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުމުގައި އެ މައްސަލައާ ގުޅިގެން ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާފައިވާ ބަޔާންތަކަށާއި، އެހެނިހެން ހެކިތަކަށް ރިޢާޔަތްކޮށް އަޙްމަދު ޝިޔާމްގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންތައްތަކަކީ ފުލުހުނގް ކޯޑް އޮފް ކޮންޑަކްޓް 1،2،6،7،8 އަދި 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފު ޢަމަލުތަކެއް ކަމުގައިވާތީ، އަޙްމަދު ޝިޔާމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށެވެ. މީގެ އިތުރުން އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދީފައިވާ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) އަކީ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބަލާއިރު އިޖރު އާ ޢަދުލުވެރިކަން ޤާއިމކުރް މަށް އިޖު ރ އާ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. މީގެ ސަބަބެއް ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނަނީ އެއީ އެ ބޯޑުން މައްސަލަ ބަލައި ނިންމުމަށްފަހު އެ ނިންމި ނިންމުން އިސްތިއުނާފު ކުރާ ފަރާތަށް ލިޔުމުން އަންގަންވާނެކަން ބަޔާންކޮށްފައި އޮންނަ އޮތުމެއްކަމަށާއި، ބަހުސްގެ ބޭނުމަށް ލިޔުމުން ޑިސިޕްލިނަރީ ބޯޑަށް ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަށްފަހު ވަޒީފާއިން ވަކިކުރިކަން އިދާރީގޮތުން އަންގާފައި ނެތުމަކީ އިޖރާއު ޢދުލުވެރިކަނަ ޤާއިމުވެފައިނެތްކަމަށް ނުބެލެވޭނެކަމެއ ކަމަށް ދައުލަތުން ދެކޭކަމަށެވެ.
17އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ ސިވލ ކޯޓުގް ނަންބަރު 2197/Cv-C/2019 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށްވާތީ، އެ ޙުކުމް ބާޠިލްކުރާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަމަށް ކަނޑައަޅއަ ދިނުމަށާއި، އެމޭރުމުން ފައިޞަލާ ކުރަނިވި ޙުކުމެއް ކޮށްދނުމަށި އެދް ކަމަށެވެ.
18ޕްރިސިޑެންސް 1ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، ފުރަތަމަ، ކޯޓުން ބަލަންވާނީ އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑށަ ބުރަވެވުން ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްތޯ ނުވަތަ ނޫންތޯއެވެ. ދެވަނަ ކަމަކަށް ކޯޓުން ބަލަންވާނީ ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތހުގަ ގެއީ ކޮށްފައިވޭތޯއެވެ.
19ޕްރިސިޑެންސް 2ވަޒީފާއިން ވަކިކުރާމ ގުޅިގެނާ ހުށަހެޅް މައްސަލަތަކުގައި، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދިން ފަރާތުގެ ޒިންމާއަކަށްވާއިރު، މި މައްސަލއިގައަ އިސްތިއުނާފި ކުރު ފަރާތާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުމަކީ އެފަދަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަން ބަޔާންކޮށްދީ އެ ނިންމުން ކޯޓުގައި ދިފާޢު ކުރުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޒިންމާއެކެވެ.
20އެހެންނަމަވެސް، މި މައްސަލައަށް ބަލާއިރު، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގޭނެ ހެކި ދައުލަތުގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް ޤަޟިއްޔާ (2019/SC-A/17) ގެ 21 ވަނަ ނުކުތާ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ، އެއީ ދަށު ކޯޓުގައި ބަހުސް ކުރެވިފައިވާ ކަމެއް ނޫންކަމަށާއި، ދަށު ކޯޓަށް ހެކި ހުށަހެޅިފައިނުވަނީ އެހެންވެ ކަމަށެވެ.
21ޕްރިސިޑެންސް 3ދައުލަތުން މިފަދައިން ފާހަގަކޮށްފައިވީނަމަވެސް، ވަޒީފާއިން ވަކިކުރި ކުރުން ގޯސްކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ މިފަދަ މައްސަލަތަކުގައި، ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބިނާކުރި އަސާސްތައް ރަނގަޅުކަމަށް ދައުލަތަށް ފެންނަނަމަ އެކަން ކޯޓަށް ހުށަހަޅައި، ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި ރިޢާޔަތްކުރެވުނު ހެކިތަކަކީ ކޮބައިކަން ބުނެދީ އެނިންމުން ދިފާޢު ކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ދައުލަތުން އެ ނިންމުން ދިފޢާކޮށް، އެ ނިންމުން ބިނާކޮށްފައިވާ ހެކި ޤރީނަ ހުށަނާޅާނަމަ، އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ނުވަތަ ހަމަ ހަގީގަތުގައިވެސ އެފަދް ނިންމުމެއް ނިންމުމަށް ބޯޑަށް ބުރަވެވުނު ހެކިތައް އެ ބޯޑުގެ ކުރިމަތީގައި އޮތްތޯ، އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ.
22ހަމައެހެންމެ، ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައިވާކަން ފަނޑިޔާރު ދެނެގަންނާނެ ގޮތެއްވެސް ނޯންނާނެއެވެ.
23ބަޔާންކުރެވުނު ދެކަމަކީ، މިފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުމުން އެންމެ އަސާސީ ކަމެއްގެ ގޮތުގައި ކޯޓުން ބަލަންޖެހޭ ދެކަންތައްކަން، ކުރިން ހަވާލާދެވުނު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް ޤަޟިއްޔާގައި އެކޯޓުން ފާހަގަކޮށްފައިވެއެވެ.
24ޕްރިސިޑެންސް 4މީގެއިތުރުން، މި ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔަހިނދު، މި މައްސަލަ ކުރިން ބަލަމުންދިޔަ ފަނޑިޔާރުންގެ އެދުމުގެ މަތީން، އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔުންތަކެއް ފޮނުވާފައިވާކަން އެނގެން އޮތްނަމަވެސް، އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމުގއަ އައި ހެކީގެ ގޮތުގައި އެއްވެސް ހެއްކެއް ބަލައިގަތުމަށްއެދ މި މައްސަލައިގައި ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ، އައު ހެކި މި މަރުހަލާގައި ބަލައިގަނެވިދާނެކަމުގައި ނުދެކެމެވެ.
25އެހެނީ، އިސްތިއުނާފީ މައްސަލަތަކަކީ ދަށު ކޯޓުގައި ހިންގުނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ކުރިއަށް ގެންދެވޭ މައްސަލަތަކަކަށް ވާއިރު، މި މަރުހަލާގައި އައު ހެކި ހުށަހެޅުމުގެ ފުރުޞަތު ލިބިދެނީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރޞު ތ ލިބިފައިނުވާ ހެއްކެއް ކަމުގައި ވެގެންނެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ. 32 (ހ) ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ .
26ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ވަޒީފާއިން ވަކިކުރެވިފައިވަނީ ރަނގަޅަށްކަން އަދި ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގޭނެ ހެކި ޤަރީނާ ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިނުވުމުން، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރަން ނިންމުމުގައި، ބޯޑުގެ ނިންމުން ބިނާކޮށްފައިވަނީ އެކަށީގެންވާ ހެކިތައް އެ ބޯޑުގެ ކުރިމަތީގައި ހަގީގަތުގައިވެސް ހުރެގެންކަން، ނުވަތަ އެފަދަ ސަބަބެއް އޮތްތޯ ބެލުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއ ކޮށްފައިވާކަން ދައުލަތަށް މި މައްސަލއިގައަ ބަޔާންކޮށްދެވިފައި ނުވެއެވެ. އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތކާމެދަ ދަށުކޯޓުން ނިންމިގތޮ
27އިސްތިއުނާފު ކުރާ ފަރާތުން އެފަރާތުގެ ދޢަ ވާ ސާބިތުކުރުމަށްޓަކައި ސިވިލް ކޯޓަށް 07 (ހަތެއް) ހެކިން ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިތއަ ބަލައިގަތުމާއި އަދި އެ ހެކިން ހާޒިރުކުރުމާމެދ ފަނޑިޔާރު ނިންމެވިގޮތްވެސް ދަށުކޯޓުގެ ރިޕޯޓުގައި ބަޔާންކޮށްފައިނުވެއެވެ.
28ޕްރިސިޑެންސް 5ޕްރިސިޑެންސް 6މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންނަށް ލިބިގެންވާ ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ޙައްޤު ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި ޚަޞްމުންނަށް ލިބިގެންވއިރާ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅޭ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ވޒަންކޮށަ އޭގެ ޞައްޙަކަން ތަޤްދީރުކުރުމަކީ މައްސަލައިގެ ފަނޑިޔާރުންގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ބަޔާންކުރެއެވެ. އަދި ހެކި ހާޒި ރުކުރުމ ގުޅާ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުގައިވާ އުޞޫލުތަކަށް ބަލާއރި ޚަޞްމުން ހާޒިރުކުރުމަށް އެދޭ ހެކިން ހާޒިރުނުކުރުމަށް ނިންމާ ޙާލަތްތަކުގައި އެކަމުގެ ސަބަބު ތަފްސީލުކޮށް ބަޔާންކުރަންޖެހނޭ ކަމުގައި ސުޕްރީމް ކޯޓުގެ އެކި މައްސަލަތަކުގައި ބަޔާންކޮށްފައިވެއެވެ.
29މައްސަލައެއްގެ ޚަ ޞަމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކިން، ނުވަތަ ޚޞަ މުން ހުށަހަޅާ އެއްވެސް ހެއްކަކަށް ފަނޑިޔާރު ރިޢާޔަތްނކުރަނު ނިންމާނަމަ، އެ ސަބަބު ފާހަގަކުރަންވާނެއެވެ. މީގެ ބޭނުމަކީ ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންވެސ ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމަށް އިސްކަންދޭންޖެހޭތީއެވެ. އެހެންނޫންނަމަ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލއަ ގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރެވުނު ގޮތެއް އެ ނިންމުމުން އެނގެން ނޯންނާނެއެވެ. އެފަދަ ހާލަތްތަކުގައި، އެފަދަ ނިންމުމަކީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރެވިގެން ނިންމާފައިވާ ނިންމުމެއްކަމުގައިވެސް ބުނުމުގެ ޖާގަކުޑަވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 އަދި އެކޯޓުގެ ނަންބަރު 2020/SC-A/98 ޤަޟިއްޔާ . ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟއްޔާގި 45 ވަނަ ނުކުތާ.
30ބަޔާންވެދިޔަ އެންމެހާ ކަންކަމަށް ރ ޢޔަތްކުރާއިރު، މައްސަލއިގައަ އިސްތިއުނާފި ކުރު ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް އެކަށީގެންވާ ގޮތެއްގައި ބުރަދަންދީފައި ނުވާއިރު، އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިތައް ބަލައިގަތުމާއި އަދި އެ ހެކިން ހާޒިރުކުރުމާމެދު ފަނޑިޔާރު ނިންމެވިގޮތްވެސް ދަށުކޯޓުގެ ރިޕޯޓުގައި ބަޔާންކޮށްފައި ނެތުމުން، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިވާ ކަމުގައި ބެލެވެން ނެތުމުންނާއި، އަދި އެކަމުގެ ތަފުސީލު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ބަޔާންކޮށްފައިނުވާ ކަމުގައި ކަނޑައަޅަން ފެނެއެވެ.
31ހަމައެހެންމެ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަން ސާބިތުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ ރަނގަޅަށްކަން އަދި ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގޭނެ ހެކި ޤަރީނާއެއް ނުވަތަ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް ޑިސިޕްލިނަރީ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއ ކޮށްފައިވާކަން އެނގޭނެ ހެއްކެއް ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅައި، ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވާ ނިންމުމެއްކަން ދަށު ކޯޓަށް ދައްކުވައިދީފައިނެތީހެވެ.
32ވީމާ، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ހަމަތަކުގެ މަތީންކަން ސާބިތުކޮށްދިނުމަކީ އުޞޫލެއްގެ ގޮތުން ވަޒީފާ ދިން ފަރާތުން އުފުލަންޖެހޭނެ ބުރައެއް ކަމަށް ވީހިނދު، މި މައްސަލއިގައަ އިސްތިއުނާފި ކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާ ނޫނީ ހަމަތަކާ އެއްގޮތަށްކަން ވަޒީފާ ދިން ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ، އިސްތިއުނާފު ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ބޠާ ލ ކަމުގައި ކަނޑައަޅައި އިސްތިއުނާފު ކުރާ ފަރާތަކީ، އިސްތިއުނާފު ފޯމުގައި އިސްތިއުނާފު ކުރާ ފަރާތުން ކަނޑައަޅައިދިނުމަށް އެދިފައިވާ ފަދައިން، އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، ވަޒީފާއަށް އަނބުރާ ނިކުތުމާ ހަމައަށް އެފަރާތަށް ލިބންޖެހެ މުސާރައާއި ޢިނާޔަތްތައް ލިބެންޖެހޭ ފަރާތެއް ކަމުގައި ކަނޑައަޅައި، އެގޮތުގެ މަތީން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމަން ފެނެއެވެ.
33ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
34ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
35މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ 2019/SC-A/17 (މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް)
- ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (ފުޓްނޯޓުގައި 2010/SC-A/02)
- ސުޕްރީމް ކޯޓުގެ 2017/SC-A/26 (ޕެރ. 45) އަދި 2020/SC-A/98
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޠާހާ މުޙައްމަދު، ޢަލީ ސަޢީދު، އަޙްމަދު ނާޡި މް ޢަބްދުއްސައްތާރ ލިޓިގެންޓްސް އެލް.އެލް.ޕީ، ލޯ ކްރާފްޓް ލޯ ފަރމް ލލޕ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އީމާން މުޙައްމަދު ރަޝީދު، އީމާނު ހާނީ، ޝިއުތު މުޙައްމަދު ވަޙީދު، ނަޙުޒާ ރަޝީދު، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް