ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-N-A/012
އަޙްމަދު ޢަލީ ވ. ޖަމީލާ ޙުސައިން، 2020/HC-N-A/012
Ahmed Ali v. Jameelaa Hussain 2020/HC-N-A/012 (2020/HC-N-A/012, High Court of the Maldives, 3 March 2021)
އަޙްމަދު ޢަލީ ވ. ޖަމީލާ ޙުސައިން
މައްސަލައިގެ ޚުލާޞާ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން، ގޯތީގެ އަދި އޭގައި ހުރި ތަންތަނާއި ތަކެތީގެ މިލްކުވެރިޔަކީ ކަނބުރު މުޙައްމަދު ކަމުގައި ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި ޙުކުމްކުރި.
ކުޅުދުއްފުށީ ބަންޑާރަ ގޯއްޗެއްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއްގައި ސުޕްރީމް ކޯޓުގެ 2012/SC-A/03 ޤަޟިއްޔާއިން މެޖިސްޓްރޭޓް ކޯޓުގެ 160/B12C/2006 އާއި ހައިކޯޓުގެ 2009/HC-A/91 ޙުކުމްތައް ބާޠިލުކޮށް، މިލްކުވެރިކަމުގެ މައްސަލަ ވަކި ޤަޟިއްޔާއަކުން ފުރަތަމަ މަރުޙަލާގެ ކޯޓުން ބެލުމަށް ޙުކުމްކުރި. ދެން ޖަމީލާ ޙުސައިން ހުށަހެޅި މައްސަލަ ބެލީ ކުރީގެ ޤަޟިއްޔާގައި ޙުކުމްކުރި ހަމަ އެ ފަނޑިޔާރު.
އިސްތިއުނާފުކުރި ފަރާތުން ބުނީ، އަލުން ބެލުމަށް ފޮނުވި މައްސަލަ ކުރިން ބެލި ފަނޑިޔާރު ބެލުމަކީ އިސްތިޤުރާރުވެފައިވާ އުޞޫލުތަކާ ޚިލާފު ކަމަށާއި، ހެކި ނެތި، ރަޖިސްޓްރީއަށް ރިޢާޔަތްނުކޮށް، ހެއްކާބެހޭ ޤާނޫނާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ސާބިޤާތަކާ ޚިލާފަށް ނިންމާފައިވާ ކަމަށް.
މައިގަނޑު ސުވާލު
ސުޕްރީމް ކޯޓުން ކުރީގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވި މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް، ކުރިން އެ މައުޟޫޢުގައި ޙުކުމްކުރި ހަމަ އެ ފަނޑިޔާރު ބައްލަވައި ނިންމެވުމަކީ ޤާނޫނާ އެއްގޮތްވާ ކަމެއްތޯ.
ނިންމި ގޮތް
އަލުން ބެލުމަށް ފޮނުވި (ކުރިން ބެލި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު ބެލުމަށް)
ކޯޓުތަކުގެ ޤާނޫނުގެ 19 (ރ) އާއި 47 (ނ) ގެ ދަށުން އަލުން ބަލާ މައްސަލަ ކުރިން ޙުކުމްކުރި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު ބަލަންޖެހޭތީ، ފުރަތަމަ ނުކުތާ ބަލައިގަނެ، އެހެން ނުކުތާތަކަށް ރިޢާޔަތްނުކޮށް، އެހެން ފަނޑިޔާރަކު ބެލުމަށް ތަޙްވީލުކުރަން ނިންމި.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) އާއި 47 ވަނަ މާއްދާގެ (ނ) ގެ ދަށުން، މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވާ މައްސަލައެއް ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު ނުވަތަ ނިޔާވެރިއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- އެގޮތަށް ޢަމަލުކުރަންޖެހޭ ސަބަބަކީ، ކުރިން މައްސަލަ ބެލި ފަނޑިޔާރު އެ މައްސަލައިގައި ވަކި ގޮތަކަށް ބުރަވެފައިވާތީ، އަލުން ބަލާއިރު އެންމެ ޢަދުލުވެރިކޮށް ފައިޞަލާ ނުކުރެވިދާނެތީއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- އެއް މައުޟޫޢެއްގައި ބެލި ދެ ޤަޟިއްޔާއެއްގެ ތެރެއިން، ކުރީގެ ޤަޟިއްޔާގައި ޙުކުމްކުރި ފަނޑިޔާރު އަލުން ބަލާ ޤަޟިއްޔާ ބައްލަވައި ޙުކުމްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމުގައި އިސްތިޤުރާރުވެފައިވާ އުޞޫލުތަކާ ޚިލާފަށް ބެލިފައިވާ ޤަޟިއްޔާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- މިފަދަ ޙާލަތެއްގައި މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް، ކުރިން ބެލި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު ބެލުމަށް، އެ ކޯޓަށް ތަޙްވީލުކުރަންވާނެއެވެ؛ އަދި މައުޟޫޢާ ގުޅޭ އެހެން އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރުމެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9، 10)
1މިއީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 300/B12C/2017 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހދ.ކުޅުދުއްފުށީ/ ފުރުއްމާގެ، އަޙްމަދު ޢަލީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދނުމަށ އެދް ދިވެހިރާއްޖޭގެ ހައިކޯޓަށި ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހދ.ކުޅުދުއްފުށީ/ އޮޕޭރާހައުސް، ޖަމީލާ ޙސު އިން އެވެ. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތް
3އިސްތިއުނާފް މިކުރެވޭ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 300/B12C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މިއީ ހދ.ކުޅުދުއްފުށީ ކޯޓުގެ ނަންބަރު: 160/B12C/2006 ޤަޟިއްޔާގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2009/HC-A/91 ޤަޟިއްޔާގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނޫންކަމަށްވާތީ، އެދް ޙުކުމް ބާޠިލުކޮށް ހދ. ކުޅުދުއްފުށީ ފުރުއްމާގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރކަމުގ މައްސަލެ ވަކި ޤަޟިއްޔާއަކުން ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ފުރަތަމަ މަރުޙަލާގެ ކޯޓުން ބަލައި ނިންމުމަށާއި އޭގެ ފަހުގައި ތަރިކައިގެ ވާރިޘުން ހުށަހަޅައިފިނަމަ ތަރިކައިގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ދިވެހިރާއްޖޭގެ ހައިކޯޓް/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 2012/SC-A/03 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާތީ، ހދ.ކުޅުދުއްފުށީ ފުރުއްމާގެ ކިޔާ ބަންޑާރަ ގޯތީގެ މިލްކުވެރިކަން ސާބި ތުކުރުމަށ އެދް ހދ. ކުޅުދުއްފުށި / އޮޕޭރާހަ އުސ ޖަމީލް ޙުސައިން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
4އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، ހދ.ކުޅުދުއްފުށީ/ ފުރުއްމާގެ، ކިޔާ ބަންޑާރަ ގޯތީގެ މިލްކުވެރިކަމާއި މެދާ ހުށަހެޅުނު މި މައްސަލައިގެ ޝަރީޢަތަށް ލިބިފައިހުރި ރަސްމީ ލިޔުންތަކަށާއި ފުރުއްމާގެ، ކިޔެ ގެއާއި ބެހޭގޮތުން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ކޯޓުގ ނަންބަރ 2012/SC-A/03 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށާއި، މައްސަލަ އާއި ގުޅިގެން ޝަރީޢަތަށް ނެގިފައިވާ ހެކިންގެ ހެކިބަހުގެ މައްޗަށާއި، ގުޅިފައިހުރި ކަންކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ނަޒަރުކޮށް ބެލި ހިނދު މި ކޯޓުގެ ނަންބަރު B12MC/266/2011/794 (29 ސެޕްޓެންބަރު 2011) މެސެޖާއ ގުޅިގެނި ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ފޮނުވާފައިވާ 266/B12MC/2011/483 (04 އޮކްޓބަރޯ 2011) ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ފުރުއްމާގެ ގޯތި ދޫކުރެވުނު ފަރާތެއް އެނގެ ން ނެތްކަމަށް ބަޔާންކޮށްފައިވާކަމާއި، އެ ގޯތީގެ ރަޖިސްޓްރީ އެންމެފަހުން ހައްދަވާ ދެއްވާފައިވަނީ ހދ.ކުޅުދުއްފުށި / ފުރުއްމާގެ އަލްމަރުޙޫމް ޢަލީ ޙުސައިންގެ ނަމުގައި ކަމާއި، މި ގޮތަށް ރަޖިސްޓްރީ ހައްދަވާ ދެއްވާފައިވަނީ ޝަރުޢީ އެއްވެސް ޙުކުމަކާއި ގުޅިގެން ކަން އެ އިދާރާއިން އެނގެން ނެތްކަމާއި، އަދި ގޯތި ހަވާލުކުރާ ފޮތުންވެސް އެ ގޯތި ހަވާލުކުރި ފަރާތެއް އެނގެން ނެތްކަމާއި، އަދި އެ ދުވަސްވަރު ދޫކުރެވުނު އެ ގޯއްޗާއި އިންވެގެން ހުރި އެހެން ގޯތިތައް ޙަވާލުކުރެވިފައިވާ ގޮތުގެ ރިކޯޑެއްވެސ ނެތްކަން އެނގެން އޮންނަކަމާއި، ހދ.ކުޅުދުއްފުށި ފުރުއްމާގެ ގޯތީގެ މައްސަލައިގައި މިނިސްޓްރީ އޮފް އެޓޯލް ޑިވެލޮޕްމަންޓް އިން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައިވާ މުހިއްމު ކަންކަމަށް ބަލާއިރު، 2006 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓް/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 އޮކްޓބަރޯ މަހުގެތެރޭގައި ކުޅުދުއްފުށީ އޮފީހަށް ޖަމީލާ ޙުސައިންގެ ފަރާތުން ފުރުއްމާގެއަކ އޭނާގެ މަންމަ ޚަދީއްޖާ މުޙައްމަދުގެ ގެއެއްކަމަށ ބުން މައްސަލައެއް ހުށަހަޅާފައި ވާކަމާއި، އެއީ އެ ފަރާތުން ހެކިން ހުށަހެޅުމުން ހެކިންގެ ބަޔާން ނަގާފައިވާ މައްސަލައެއްކަމާއި، ހެކިންގެ ގޮތުގައްބަޔާން ނެގިފައިވާ އެ ދުވަސްވަރު ކަތީބުންގ ގޮތުގައެ ތިއްބެވި މުޙައްމަދ އިޤްބާލ އާއު ޢަބްދުލްޙަކީމާޢަލީގެ ބަޔާނުގައްވ ގޮތުނ 1997 ގައް އަތޮޅު އޮފީހުން އަތޮޅު ރަށްރަށުގެ ގޯތި ގެދޮރު ރަޖިސްޓްރީ ކޮށްދެއްވުމަށް އަތޮޅުތެރޭން ނެންގެވި ޓީމެއ ކުޅުދުއްފުއްޓަށެ ވަޑައިގެން ގޭގޭގެ ރަޖިސްޓްރީގައި އިސްމީހެއްކަމަށް ޖަހާފައިވާ މީހާ އެއް އިމާރާތުގެ ގޯތީގީ ވެރިޔާކަމަށ ބެލެވިގެން ޢަލީ ޙުސައިން ފުރުއްމާގޭގެ ރަޖިސްޓްރީގައި ޖަހާފައިވަނީކަމާއި، އެ ގޮތަށް ފާހަގަކޮށް މުޅި ރަށުގެ ރަޖިސްޓްރީ ފޮތްތައް ހެދިފައިވަނ ތަރިކައިގެ މައްސަލަ ހުށަނޭޅި ނިންމާ ނުލެވ ހުރި ގޯތިގެދޮރު ހުރިކަމުގައިވިޔަސް ރަޖިސްޓްރީ ވަގުތުން ފުރިހަމަކޮށްދިނުމަށް، އައިޑެންޓިޓީ ކާޑު ހެއްދުމަށް އައި ޓީމުން އެދިގެންކަމާއި، އަދ އެ ގޯތީގެ ރަޖިސްޓްރީ ހައްދާދީފައ ވަނި މަތީގައި ބަޔާންކުރެވުނު އޮޅުންތަކުގ ސަބަބުންކަމާއި، އެހެންކަމުން ހެކިންގެ ބަޔާންތަކަށާއި، މިނިސްޓްރީ އޮފް އެޓޯލްސ ޑިވެލޮޕްމަންޓްގެ މަތީގައި ބަޔާންވެދިޔަ ރިޕޯޓަށާއި ރަށުކައުންސިލްގެ(ކުރީގެ ރަށު އޮފީހުން) ފެންނަނ ހުރް ލިޔުންތަކަށާއި، ޖަމީލާ ޙުސައިން އާއި އަޙްމަދު ޢަލީގެ ވާހަކަތަކުގެ މައްޗަށާއި އޭރު ކަންކަން ހިނގަމުން އައިސްފައިވާ ޢުރުފީ (އާދަކާދައިގެ) ހަމަތަކަށް ޝަރީޢަތުން ރިޢާޔަތްކުރުމުން، މިލްކުވެރިކަން ބަދަލުކުރުމުގެ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މ ތިން ފުރުއްމާގޭގެ މިލްކުވެރިކަން މަރްޙޫމް ޢަލީ ޙުސައިންއަށ ބަދަލުކުރެވިފައިނުވާކަމާއި، ފުރުއްމާގޭ ޢަލީ ޙުސައިން ނިޔައުވިފަހުން ފުރުއްމާގެ ރަޖިސްޓްރީ ޢަލީ ހުސައިންގެ ނަމަށްބަދަލުކުރެވިފައިވާކަނ ރަށް އޮފީހުގެ ލިޔުމަކުން އެނގެން އޮތްނަމަވެސް ޢަލީ ޙުސައިނެގެ ނަމަށީ އޭގޯތި ބަދަލުކުރެވިފައ ވަނި މީހުންގެ ތަރިކަ ހިމެނޭ ފަދަ ބަންޑާރަ ގޯތި މީހުންނަށް ދޫކުރެވޭ އުޞޫލުން ޢަލީ ޙުސައިންއަށް އެ ގޯތި ދޫކުރެވިފައިވާތީ ނޫންކަމާއި، ޢަލީ ޙުސައިންގެ ނަމަށް އެގޭގެ ރަޖިސްޓްރީ ބަދަލުކުރެވިފައިވަނ ދިވެހިރާއްޖޭގެ ހައިކޯޓް/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 ޢަލީ ޙުސައިން ނިޔައުވިފަހުން ކަމާއި، އަދި ރަޖިސްޓްރީ ބަދަލުކުރެވިފައ ވަނި އެގޭގައި އުޅޭ މީހުންގެ އައިޑެންޓިޓީ ކާޑު ހެދުމުގެ ބޭނުމުގައި ކަމާއި، އެއްވެސް އިރެއްގައި ޢަލ ޙުސައިންއަށް އެ ގޭގީ މިލްކުވެރިކަން ބަދަލުކުރެވިފައާވާތީ ނޫންކަން އެނގެން އޮތަތީ ހދ.ކުޅުދުއްފުށި / ފުރުއްމްގެ، ކިޔު ގޯތީގައި އޭރުހުރި އެނުމެހައ ތަންތަނާއި ތަކެތީގެ، މިލްކުވެރި ފަރާތަކީ ހދ.ކުޅުދުއްފުށި / ފުރުއްމާގެ، ކަނބުރު މުޙައްމަދ، ކަމުގައި ޝަރީޢަތަށް ސާބިތުވެފައިވާކަމުގައި ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިން ޙުކުމްކޮށްފައިވކަން އާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
5އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 300/B12C/2017 ޤަޟިއްޔާ ގައި ޙުކުމްކުރުމާއި ގުޅިގެން ހދ.ކުޅުދުއްފުށީ/ ފުރުއްމާގެ، އަޙްމަދު ޢަލީގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި 06 (ހައެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ؛
5.1. ކުރިން މައްސަލަ ބެއްލެވި ޤާޟީ، ތަޙްވީލުކުރެވުނު މައްސަލަ ދެވަނަ ފަހަރަށް ބައްލަވައި، މަތީ މަރުޙަލާގެ ކޯޓުތަކުން ދަށު މަރުޙަލާގެ ކޯޓުތަކަށް ތަޙުވީލުކުރާ މައްސަލަތަކުގައި، އިސްތިޤުރާރުވެ ޢަމަލުކުރެވެމުންދާ އުޞޫލުތަކާ ޚިލާފަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 300/B12C/2017 ޤަޟިއްޔާ ބައްލަވއަ ޙުކުމް ކުރައްވާފައިވުން
5.2. ހދ.ކުޅުދުއްފުށީ ފުރުއްމާގެ އެވެ ކިޔުނު ގޯއްޗަކީ އަލްމަރްޙޫމް ކަނބުރު މުޙައްމަދުގެ ގޯއްޗެއްކަން އެނގޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ޝަރީޢަތަށް ހުށަހެޅިފައިވެސް ނެތި، ޤާނޫނު ނަންބަރު 67/24 ދިވެހިރާއްޖޭގެ ހައިކޯޓް/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 (ހެއްކާބެހޭ ޤާނޫނު) ގެ5 ވަނަ މާއްދާއާ ޚިލާފަށް އަދި ޝަރީޢަތުގެ ކުރެ މަތީގައި ކަމެއް ސާބިތްކުރުމުގ އެންމެ ޢާއްމު އުޞޫލުތަކާ ވެސް ޚިލާފަށް މައްސަލަ ނިންމާފައިވުން.
5.3. ހދ.ކުޅުއްދުއްފުށީ ފުރުއްމާގެ އެވެ ކިޔުނު ގޯތީގެ ޞައްޙަ ރަޖިސްޓްރީން އެ ގޯއްޗަކީ އަލްމަރުޙޫމް ޢަލީ ޙުސައިންގެ ގޯއްޗެއްކަން އެނގެން އޮންނައިރު، އެ ރަޖިސްޓްރީއަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރެއްވުމެއުނު ތ ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގް ނަންބަރ 2010/SC-A/17 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވުން.
5.4. މައްސަލަ ނިންމެވުމުގައި ހދ. އަތޮޅު އޮފީހުގެ ނަންބަރު 12/97/307-/Bގއ. ޢިމާރާތާއި ގތީގޯ ރަޖިސްޓްރީއަށް ރިޢާޔަތްނުކޮށް މައްސަލާގއަ ޙުކުމްކުރުން ތަބްރީރުކުރުމުގ ގޮތުނެ ފާހަގަކޮށްފައިވާ ކަންކަމަކީ ސަލާމަތް ބުއްދިއ ފުށުއަރާ ޤާނޫނާއި ޚިލާފު ސަބަބުތަކެއްކަމުގައިވާތީ، އެ ނިންމުމަކީ ޤާނޫނު ނަންބަރު 67/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމުގައިވުން
5.5. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 300/B12C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ، ތަންފީޛުކުރުން ޤާނޫނީގޮތުން މުސްތަޙީލު ޙުކުމެއްކަމުގައިވުން.
5.6. މިލްކިވެރިކަން ސބިތުކުރުމުގައާ ކަމާގުޅޭ ރަސްމީ ލިޔުން ނެތިއްޖެކަމަށް ބަލާ ޙާލަތުގައި ވެސް ޝަރީޢަތުން ރިޢާޔަތްކުރަމުންދާ ސާބިތުކުރުމުގެ ވަޞީލަތްތަކަށާއި ޢަދުލު އިންސާފުގެ މަބާދީތަކަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމާފައިވުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/173 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2014/HC-A/113 ޤޟިއްޔާގައަ ޤާއިމުކޮށްފައިވާ މބާވަތުގި މައްސަލަތަކުގައި ޢަމަލުކުރެވޭ އޞުލުތަކ ޚިލާފަށާ މައްސަލަ ނިންމަވާފައިވުން. ދިވެހިރާއްޖޭގެ ހައިކޯޓް/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައަ
6ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 300/B12C/2017 ޤަޟިއްޔާ އަކީ، އެ ކޯޓުގެ ނަންބަރު: 160/B12C/2006 ޤަޟިއްޔާގެ ޙުކުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2009/HC-A/91 ޤަޟިއްޔާގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނޫންކަމަށް ކަނޑައަޅައި، ފުރަތަމަ މަރުޙލާގަ ކޯޓަކށަ އެ މައްސަލަ ކަމާއިބެހޭ ފަރާތަކުން ހުށަހަޅައިފިނަމަ، އެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުގެ ނަންބަރު: 2012/SC-A/03 ޤަޟިއްޔއިނާ ޙުކުމް ކުރުމުން ބެލުނު ޤަޟިއްޔާއެއްކަން އެ ޤަޟިއްޔާއަށް ބެލުމުން އެނގެއެވެ. ސުޕްރީމް ކޯޓުގު ޤަޟިއްޔާގައި "އިސްވެދިޔަ ސަބަބުތައް އެހެން ހ ރުމާއެކު، ހދ.ކުޅުދުއްފުށީ ފުރުއްމާގެ އަޙްމަދ ޢަލީ އާއި ޖަމީލާ ޙުސައިންގެ ފަރާތުނު17 ނޮވެންބަރު 2015 ވަނަ ދުވަހު ބޭއްވުން ދިވެހިރާއްޖޭގެ ސެޕްރީމ ކޯޓުގް ޝަރީޢަތުގެ މަޖިލީހުގައި ފުރުއްމާގެއަކީ އަޙްމަދު ޢަލީގ ބައްޕަ ޢަލީ ޙުސައިންއާއި ޖަމީލާ ޙުސައިންއާއި ދ ބެއިންގެ ބީއްޕަ އަލްމަރްޙޫމް ޙުސައިން ޢަލގެ ގެއެއްކަމަށް ދީފައިވާ ބަޔާނުގެ މައްޗަށާއި، މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ހދ.ކުޅުދުއްފުށީ ފުރުއްމާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޭގައިވ ޢިމާރާތްތަކާ ވަޅުފަދަ ތަކެތީގެ މިލްކުވެރިކަން ސާބިތުކުރުމުގައި ޝަރްޢީ އަދި ޤާނޫނީ ގޮތުން ޚިލާފު އުފެދޭ ފަދަ ސުވާލުތަކެއް އުފެދިފައިވާކަން ފާހަގަކުރެވިފައިވާތީ ހދ.ކުޅުދުއްފުށީ ނަންބަރު: 160/B12C/2006 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ނަންބަރު: 2009/HC-A/91 ޤަޟިއްޔާގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނޫންކަމަށްވާތީ، އެ ދެ ޙުކުމް ބާޠިލްކޮށް، ހދ.ކުޅުދުއްފުށީ ފުރުއްމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަމުގެ މައްސަލަ، ވަކި ޤަޟިއްޔާއަކުން ވަކި މައްސަލައެއްގެ ގޮތުގައި، ކަމާބެހޭ ފުރަތަމަ މަރުޙަލާގެ ކޯޓުން ބަލައި ސުޕްރީމް ކޯޓުގެ ނަންބަރު: 2012/SC-A/03 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓް/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 ނިންމުމަށާއި އޭގެ ފަހުގައި،އ ތަރިކައިގެ ވާރިޘުން ހުށަހަޅަ އިފިނަމަ، ތަރިކައިގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ނިންމުމަށް މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ." ޙުކުމްކޮށްފައިވެ ކަނާ އެނގެއެވެ.
7ޕްރިސިޑެންސް 1ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގައި " މި ޤާނޫނުގެ18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ފަނޑިޔާރުން ނުހިމެނޭ މަޖިލީހަކުންނެވެ." ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެ ޤާނޫނު 47 ވަނަ މާއްދާގެ (ނ) ގައި "މި ޤާނޫނުގެ 46 ވަނަ މާޢްދާގެ (ށ) ގައިވާ ގޮތުގެމަތިން އަލުން ބެލުމަށް ހައިކޯޓުން ތަޙްވީލުކުރާ މައްސަލަތައް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާ ނޫން އެހެން ފަނޑިޔާރަކު ނުވަތަ ނިޔާވެރިއެކެވެ". ބަޔާންކޮށްފައިވެއެވެ. ބަޔާންވެދިޔަ ޤާނޫނުގެ މާއްދާތަކަށް ބެލުމުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ދށަ ކޯޓަށު އަލުން ބލުމަށެ އަންގާ މައްސަލައެއް ބަލަންވާނީ އެ މައްސަލައެއް ކުރިން ބެލި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރެއްކަނ ސާފުކޮށް އެނގެން އޮވެއެވެ. އެހެން އެގޮތަށް ޢަމަލުކުރަންޖެހޭ ސަބަބަކީ ކުރިން އެ މައްސަލަ ބެލި ފަނޑިޔާރު އެ މައްސަލާގައި ވަކި ގޮތަކަށް ބުރަވެފައިވާތީ، އަލުން އެ މައްސަލު ބަލާއިރު އެންމެ އަދުލުވެރިކޮށް އ މައްސަލާގައި ފައިޞލަ ނުކުރެވިދާނެތީއެވެ.
8ޕްރިސިޑެންސް 3ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 160/B12C/2006 ޤަޟިއްޔާއާއި، ނަންބަރު: 300/B12C/2017 ޤަޟިއްޔާ އަށް ބެލުމުން މިދ ޤަޟިއްޔާއަކީ ވެސް އެއް މައުޟޫޢެއްގައި ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ދިވެހިރާއްޖޭގެ ހައިކޯޓް/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790 ބެލިފައިވާ ދެޤަޟިއްޔާކަނ އެނގެން އޮންނައިރު، އިސްތިއުނާފކުރެވޭ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 300/B12C/2017 ޤަޟިއްޔާ ބަލައި ޙުކުމްކޮށްފައިވަނީ، އެ ކޯޓުގެ ނަންބަރު: 160/B12C/2006 ޤަޟިއްޔާގެ ޙުކުމްކށްފައިވޮ ފަނޑިޔާރުކަން އެ ޤަޟިއްޔާތަކަށް ބެލުމުން އެނގެން އޮތުމުން، މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމުގައި އިސްތިޤުރާރުވެފައިވާ އުޞޫލުތަކާ ޚިލާފަށް ބެލިފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮވެއެވެ.
9ޕްރިސިޑެންސް 4އެހެންކަމުން އިސްވެ ފާހަގަކުރެވުނު ކަންކަން އެ ގޮތުގެ މަތީނ ހުރުމުން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 300/B12C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއަށް ރިޢާޔަތްކޮށް މި މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި އެ ކޯޓަށް ތަޙްވީލްކުރުމަށާއި، އަދި އެ މައްސަލަ ބެލި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު މި މައްސަލާގައި ގޮތެއް ކަނޑައަޅަންޖެހޭކަމަށް އަހުރެން ދެކެމެވެ.
10މި މައްސަލާގައި މި ކޯޓަށް އިސްތިއުނާފުކުރި ނުކުތާތަކުގެ 2، 3، 4، 5 އަދި 6 ވަނަ ނުކުތާއަށް ރިޢާޔަތްކުރެވފައި ނުވާނެވ. އެހެނީ މި މައްސަލަ ދަށެ ކޯޓުގައު ބަލާފައިވަނީ ކުރިން މި މަޢުޟޫގެ ދަށުން ބެލި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 160/B12C/2006 ޤަޟިއްޔާގައި ޙުކުމް ކުރި ފަނޑިޔާރާ ކަމަށް ވާތީ، އެ މައްސަލަ އަލުން ބަލައި މައުޟޫއާމެދު ގޮތެއް ކަނޑައަޅަން ޖެހޭނީ ކުރިން މައްސަލަ ބެލި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރެއްކަމަށ ޤާނޫން ހަމަތަކުން އެނގެން އޮންނާތީއެވެ. ދިވެހިރާއްޖޭގެ ހައިކޯޓް/ އުތުރު ގޮފި. ނޮދަނ އޮފީސް ކޮމްޕްލެކްސް، ފުރަތަމަ ފަންގިފިލާ، ހދ.ކުޅުދުއްފުށި/ ދިވެހިރާއްޖެ، ފޯނު: 6528790
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާއި 19 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) އާއި 47 ވަނަ މާއްދާގެ (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/03
- ބެންޗު
- ޙުސައިން ޝަހީދު، ހާތިފް ޙިލްމީ، ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް