ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/367
ޢަބްދުލްމަޖީދު އާދަމް ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، 2016/HC-A/367
Abdhulmajeedhu Adam v. Prosecutor General's Office 2016/HC-A/367 (2016/HC-A/367, High Court of the Maldives, 31 August 2016)
ޢަބްދުލްމަޖީދު އާދަމް ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
މުޖުތަމަޢުގެ ސަލާމަތަށްޓަކައި ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
އެއްޖިންސުން ޖިންސީ ގުޅުން ހިންގާކަމުގެ މަޢުލޫމާތު ލިބިގެން ކްރިމިނަލް ކޯޓުގެ ހައްޔަރުކުރުމުގެ އަމުރެއްގެ ދަށުން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޤާނޫނާ ޚިލާފަށް ހޯދި ހެކީގެ މައްޗަށް ބުރަވެ ބަންދުގެ މުއްދަތު އިތުރުކުރި ކަމަށާއި، ޤާނޫނުލްއުޤޫބާތަށް ގެނައި އިސްލާހުގެ ދަށުން ސަސްޕެންޑްވެފައިވާ ޤާނޫނެއްގެ ދަށުން ތުހުމަތުކޮށްފައިވާތީ 2010/SC-A/19 އާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ބަންދުގެ މުއްދަތު އިތުރުކުރި ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރު ޤާއިމް
ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމާއި 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވިފައިވާކަމާއި، ތުހުމަތުކުރެވުނު ކުށަކީ ކުށެއްކަމާއި، ކުށުގެ ޠަބީޢަތާއި ނުރައްކާތެރިކަމާއި ހެކި ޤަރީނާއަށް ބަލާއިރު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތުމުން ބަންދުގެ އަމުރު ޤާނޫނާ ޚިލާފު ނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެއްޖިންސުން ޖިންސީ ގުޅުން ހިންގުމަކީ ކުށެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ތުހުމަތު ކުރެވޭ ކުށުގެ ތަބީޢަތަށާއި، ކުޑަބޮޑުމިނަށާއި، ކުށުގެ ނުރައްކާތެރިކަމާއި، ހުށަހެޅިފައިވާ ހެކި ޤަރީނާގެ މައްޗަށް ރިޢާޔަތްކުރާއިރު، ތުހުމަތުކުރެވުނު ކުށުގެ ސަބަބުން އެމީހެއްގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭނަމަ، ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށްކަމުގައި ބެލެވެން ނެތް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިސްލާހު ގެނައުމުގެ ޤާނޫނުގެ މާއްދާއެއްގެ (ބ) (އިސްލާހުގެ ނަންބަރާއި މާއްދާގެ ނަންބަރު ކިޔޭކަށް ނެތް) (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ޖިންސީ ކުށުގެ ޤާނޫނު (ޤާނޫނު ނަންބަރު ކިޔޭކަށް ނެތް) (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2010/SC-A/19 (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް