ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/230
މޫސާ ފަތުހީ ވ. ޢަބްދުއްޣަފޫރު ޙާމިދު، 2023/HC-A/230
Moosa Fathuhee v. Abdhughafooru Hamid 2023/HC-A/230 (2023/HC-A/230, High Court of the Maldives, 29 April 2024)
މޫސާ ފަތުހީ ވ. ޢަބްދުއްޣަފޫރު ޙާމިދު
މައިގަނޑު ސުވާލު
ބިމާއި ޢިމާރާތުގެ މިލްކުވެރިކަމާ ބެހޭ މައުޟޫޢީ ދަޢުވާއެއްގައި، އެ މުދަލުން ލިބޭ އާމްދަނީ ކޯޓަށް ޖަމާކުރުމަށް އަންގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، މައުޟޫޢީ ދަޢުވާގައި އެ ފަރުވާއަށް ނޭދުނު ކަމުގައި ވިޔަސް 242 (ނ) ގެ ދަށުން ނެރެވިދާނެތޯއާއި، މުދަލުން ތަޞައްރުފުކުރުން ހުއްޓުވުމުގެ އަމުރަށް އެދުނުއިރު އެފިޑެވިޓް ހުށަނޭޅުމުން އަމުރަށް އެދުނީ ގޯސްކޮށްތޯއާއި، މަޞްލަޙަތު ޙިމާޔަތްކުރާ ފަރާތެއް ތަމްޞީލުކުރުމާ ބެހޭ ނުކުތާ މި މަރުޙަލާގައި ބެލެވޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ ވަގުތީ އަމުރު ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މައުޟޫޢީ ދަޢުވާގައި އެދިފައިވާ ފަރުވާތަކާ ގުޅުންހުރި ޙައްޤެއް ރައްކާތެރިކުރުމަށް، މައުޟޫޢީ ދަޢުވާގައި ވަކިން އެދިފައި ނުވިނަމަވެސް، ވަގުތީ ފަރުވާއެއްގެ ގޮތުގައި ވަގުތީ އަމުރެއް ނެރުމުގެ ފުރުޞަތު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ނ) ފަހިކޮށްދެއެވެ. އެހެން ނޫންނަމަ އެ މާއްދާ ޢަމަލުނުކުރެވޭ މާއްދާއަކަށް ވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 22)
- މުދަލެއްގެ މިލްކުވެރިކަން ލިބިއްޖެކަމަށް ކަނޑައެޅިއްޖެނަމަ އެ ތަނުން ލިބޭ މަންފާ ލިބިގަތުމުގެ ޙައްޤުވެސް އެ ޙައްޤާއެކު ނަގުލުވާތީ، މިލްކުވެރިކަމާ ބެހޭ ދަޢުވާއެއްގައި އެ މުދަލުން ލިބޭ އާމްދަނީ ކޯޓަށް ޖަމާކުރުމަށް ވަގުތީ އަމުރުން އެންގުމަކީ 242 (ނ) އާ ޚިލާފު ކަމެއް ނޫނެވެ. ޚާއްޞަކޮށް، މުދަލުން ލިބޭ އާމްދަނީ ދަޢުވާލިބޭ ފަރާތަށް ލިބެންޖެހޭ ސަބަބެއް ފެންނާން ނެތް ހާލަތުގައި އެ އެންގުމުން އޭނާގެ ޙައްޤަށް އުނިކަމެއް ނާދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 23)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 337 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅުމަކާއެކު އެފިޑެވިޓް ހުށަހެޅުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިދީފައިވާތީ، ހާލަތު ވަޒަންކޮށް ކުރާ ކަމެއްގެ ގޮތުގައި ކޯޓުން އަންގާނެއެވެ. އެހެންކަމުން، އެފިޑެވިޓަކާ ނުލައި ވަގުތީ އަމުރަކަށް އެދި ހުށަހެޅުމަކީ، އެ އަމުރަށް އެދުނީ ގޯސްކޮށްކަމަށް ނިންމިދާނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، 28، 29)
- ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުމެއް ޚަޞްމާ ޙިއްޞާކުރުމަށްފަހު އެ ލިޔުމުގެ ޞައްޙަކަމާ މެދު ސުވާލު ނުއުފައްދާހާ ހިނދަކު އޭގެ ޞައްޙަކަން ޚަޞްމު ޤަބޫލުކުރާ ކަމުގައި 341 (ހ) ގެ ދަށުން ބެލެވޭތީ، ސުޕްރީމް ކޯޓުގެ ޙުކުމެއް ފަދަ ލިޔުމަކީ އެފިޑެވިޓެއް މެދުވެރިކޮށް ހެކިބަސް އަދާކުރަންޖެހޭ ލިޔުމެއް ނޫނެވެ. ކޯޓުގެ ޙުކުމަކުން ޙައްޤެއް އޮތްކަން ސާފުކޮށް އެނގެން އޮތްނަމަ، އެ މުދަލުގެ މައްޗަށް ވަގުތީ އަމުރަކަށް އެދުމުގައި 337 (ހ) (2) ގައި ބުނާ އެފިޑެވިޓް ހުށަހަޅަން ލާޒިމުވާ ހާލަތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 31)
- އިސްތިއުނާފުކުރެވުނު ވަގުތީ އަމުރުގައި ގޮތެއް ކަނޑައަޅާފައިނުވާ، މައުޟޫޢީ މައްސަލާގެ އެހެން މަރުޙަލާއެއްގައި ނިންމާފައިވާ ނުކުތާއަކާ މެދު، ދަށުކޯޓުގެ ސަބަބުތަކާއި ތަފްޞީލު ނެތި، ވަގުތީ އަމުރުގެ އިސްތިއުނާފުގައި ގޮތެއް ކަނޑައެޅޭނެކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32، 35)
- ރަނގަޅުކުރުމުގެ ފުރުޞަތު އޮތް އިޖުރާއީ ޢައިބެއްނަމަ، އެކަން ރަނގަޅުކުރުމާއެކު މައްސަލަ ކުރިއަށް ގެންދެވިދާނެއެވެ. މައްސަލައިގެ މައުޟޫޢަށް އަސަރުނުކުރާ އިޖުރާއީ ޢައިބަކާ މެދު (މަޞްލަޙަތު ޙިމާޔަތްކުރާ ފަރާތެއް ޙާޟިރުވުން) ވަގުތީ އަމުރުގެ އިސްތިއުނާފުގައި ގޮތެއް ނިންމަންޖެހޭކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34)
1މިއީ ސިވިލް ކޯޓުގެ ނަންބަރު B7/VA/2023/03-144 ވަގުތީ އަމުރު ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި ކ.މާލެ، […] / މޫސާ ފަތުޙީ ގެ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މޫސާ ފަތުޙީ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ.މާލެ، […] / ޢަބދުލްޣަފޫރް ޙާމިދު ( މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢަބްދުލްޣަފޫރު ޙާމިދު") އެވެ.
2އަލްމަރުޙޫމް ޙާމިދު އިބްރާހީމްގެ ނަމުގައި […] އެވެ ކިޔާ ބަންޑާރަ ގޯއްޗަށް ހަދާފައިވާ ރަޖިސްޓްރީ ބާޠިލްކޮށް، މިނިސްޓްރީ އޮފް ޖަސްޓިސް/ މަރކަންޓައިލް ޑިވިޝަނުން (މިހާރު މާލު ސިޓީ ކައުންސިލް) މޫސާ ފަތުޙީގެ ނަމުގައި […] އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ހަދާދީފައިވަނީ، މުދަލުގެ މިލްކުވެރިކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ކަމަށްވާތީ އާއި، […] އެވެ ކިޔާ ގޯތީގެ ހަދާދީފައިވާ ކަމަށްބުނާ ރަޖިސްޓްރީ އަކީ، ވަގުތީ ރަޖިސްޓްރީ އެއްކަމަށް، މޫސާ ފަތުޙީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، މޫސާ ފަތުޙީގެ ނަމުގައި […] ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ ބާޠިލްކޮށް، ރަޖިސްޓްރީގެ އަޞްލަށް ރުޖޫޢަކޮށްދީ، […] ގޯތީގައިވާ މުދަލުގެ މިލްކުވެރިކަމާމެދު، ގޮތެއް ކަނޑައަޅައި، މަރުޙޫމް ޙާމިދު އިބްރާހީމްގެ ނަމަށް ރަޖިސްޓްރީ ބަދަލުކޮށްދީ، މަރުޙޫމްގެ ތަރިކަ ވާރިޘުންގެ މެދުގައި ބެހުމަށް ބޭނުންވާ މުދަލުގެ މިލްކުވެރިކަން ޘާބިތުކޮށްދީ، ރަޖިސްޓްރީ އެ މަރުޙޫމް (ޙާމިދު އިބްރާހީމް) ގެ ވާރިޘުންނާ ޙަވާލުކޮށް ދިނުމަށް، އަންގައި އަމުރުކޮށް ދިނުމަށް އެދި މާލެ ސިޓީ ކައުންސިލާއި، މޫސާ ފަތުޙީގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
3ދަޢުވާކުރާ ފަރާތުން މި ދަޢުވާއާ ގުޅިގެން މަޢުޟޫޢީ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވެއެވެ. ވަގުތީ އަމުރަކަށް އެދިފައިވަނީ، […] އެވެ ކިޔާ ގޯއްޗަށް ހަދާދީފައިވާ ވަގުތީ ރަޖިސްޓްރީ ބާޠިލްކޮށް، މުދަލުގެ މިލްކުވެރިކަމާމެދު ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން، […] އެވެ ކިޔާ ގޯތީގައިވާ މުދާ ރަހުނުކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، އެ މުދަލުގެ އެއްވެސް ތަޞައްރަފެއް ނުކުރުމަށާއި، އެމުދާ ކުއްޔަށްދީގެން އަދި އެނޫންވެސް ސިފައެއްގައި ނަމަވެސް އެ މުދަލުން ލިބެމުންދާ އާމްދަނީ ކޯޓަށް ޖަމާކުރުމަށް، މޫސާ ފަތުޙީ އަށް އަންގައި، އަމުރުކޮށް ދިނުމަށް އެދިއެވެ. ހަމައެހެންމެ، މި ވަގުތީ އަމުރު ނެރެދިނުމަށް އެދިފައިވަނީ، މޫސާ ފަތުޙީގެ ޙާޟިރުގައިކަން، ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ފޯމުން އެނގެން އޮވެއެވެ.
4އެގޮތުން މައުޟޫއީ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1618/Cv-C/2023 ޤަޟިއްޔާއިންނެވެ. އިސްތިއުނާފުކުރެވިފައިމިވަނީ މައުޟޫއީ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅުމުން، ސިވިލް ކޯޓުން ނެރެފައިވާ އެކޯޓުގެ ނަންބަރު 144/B7/VA/2023/03 ވަގުތީ އަމުރެވެ. ސިވިލް ކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމު ސިވިލް ކޯޓުގެ ވަގުތީ އަމުރު ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
5ސިވިލް ކޯޓަށް ހުށަހެޅި ވަގުތީ އަމުރުގައި، އަމުރު ނެރުމަށް ނިންމާފައިވާ ސަބަބތަކުގު ގޮތުގައި ބަޔާންކޮށްފައިވަނީ؛
1.5. ސިވިލް ކޯޓުގެ ނަންބަރު 1618/Cv-C/2023 ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/25 ޤަޟިއްޔާގައި، […] ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރިކަމާމެދު ދަޢުވާކުރަން ބޭނުންނަމަ، އެ ޙައްޤު ޙާމިދު އިބްރާހީމްގެ ވާރިޘުންނަށް އޮތްކަމަށް ކަނޑައަޅާފައި އޮންނަކަމާއި، މި ދަޢުވާކޮށްފައިވާ […] ޢަބްދުލްޣަފޫރު ޙާމިދުއަކީ، އަލްމަރުޙޫމް ޙާމިދު އިބްރާހީމްގެ ވާރިޘެއްކަނ ސިވިލް ކޯޓުގް ނަންބަރު 2181/Cv-C/2012 ޤަޟިއްޔާއިން އެނގެން އޮތުން،
2.5. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގައި "ވަގުތީ އަމުރުގެ ގޮތުގައި އަންނަނިވި ބާވަތުގެ އަމުރުތައް ކޯޓަށް ނެރެވިދާނެ ކަމަށް ބަޔާންކޮށް، މި އަކުރުގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރާއި އަދި 3 ވަނަ ނަންބަރުގައިވާ ކަންކަމުގެ ކަމެއް ކުރުމަށް ނެރޭ ވަގުތީ އަމުރެއް؛ ނެރެވިދާނެކަމަށް ބަޔާންކޮށް، 3 ވަނަ ނަނބަރުގް 6 ދަށުންނާއި،(ށ) ގެ (6) ގައި "މުދަލަކުން ތަޞައްރަފުކުރުން ހުއްޓުވުމުގެ އަމުރެއް؛ " ނެރުމަށް އެދެވިދާނެކަން އެނގެން އޮތުން،
3.5. ވަގުތީ އަމުރު ނެރުމުގައި ކޯޓުތަކުން ބަލަންޖެހޭ ޝަރުޠުތަކެއް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވހިނދު، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތްލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވޭތޯ ބަލާއިރު، މި ދަޢުވާ ހުށަހަޅާފައިވަނީ ޢަބްދުލްޣަފޫރު ޙާމިދުއަކީ، މަރުޙޫމް ޙާމިދު އިބްރާހީމްގެ ވާރިޘެއްކަ ން، ސިވިލް ކޯޓުގެ ނަންބަރު 2181/Cv-C/2012 ޤަޟިއްޔާއިން އެނގެން އޮންނަކަމާއި، ދިވެހިރާއްޖގޭ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/25 ޤަޟިއްޔާގައި މިފަދަ ދަޢުވާއެއް ކުރުމުގެ ޙައްޤު ޙާމިދު އިބްރާހީމްގެ ވާރިޘުންނަށް އޮތްކަމަށް ކަނޑައަޅުއްވާފައި އޮތް އޮތުމުން، މަރުޙޫމް ޙާމިދު އިބްރާހީމްގެ ހުރިހާ ވާރިޘުން އެކުގައި ނުވަތަ ވަކި ވާރިޘަކަށްވެސް ދަޢުވާ ކުރެވިދާނެކަން އެނގެން އޮތުމުން، އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މއ ޟު އ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައި އޮތްކަން،
4.5. […] އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރަހުނުކޮށް، ވަގުތީ އަމުރު ރައްދުވާ ފަރާތުން ލޯނެއް ނަގާފައި އޮންނަކަން، ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ބަހުންނާއި، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، ލޯނަށް ދައްކަންޖެހޭ ފައިސާ ވަގުތް އަމުރު ރައްދުވާ ފަރާތުން ބަރާބަރަށް ދައްކަމުންދާ ކަމަށާއި، ނަމަވެސް ވަގުތީ އަމުރު ރައްދުވާ ފަރާތުން ލޯނު ނަގާފައިވަނީ، […] ކިޔާ ގޯއްޗާއި ޢިމާރާތަކީ، ވަގުތީ އަމުރު ރައްދުވާ ފަރާތުގެ މިލްކު ތަންތަން ކަމަށް ބެލެވިގެންކަމަށް މައްސަލާގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު ބެލެވެން އޮންނަކަމާއި، […] އެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރި ކަމުގެ މައްޗަށް ދަޢުވާ ކުރުމުގެ ޙައްޤު، ޝަރުޢީ ގޮތުން އެއްވެސް މަރުޙަލާއަކުން، މަރުޙޫމް ޙާމިދު އިބްރާހީމްގެ ވާރިޘުންނަށް ލިބިދީފައިނުވާއިރުކަމާއި، […] އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތައް ރަހުނުކޮށް ވަގުތީ އަމުރު ރައްދުވާ ފަރާތުން ލޯނު ނެގިފަހުން، އެ މުދަލުގެ މައްޗަށް ދަޢުވާކުރުމުގަ ޙައްޤު މަރުޙޫމް ޙާމިދު އިބްރާހީމްގެ ވާރިޘުންނަށް ލިބިދީފައިވުމުން، ލޯނުގެ ފައިސާ ނުދައްކާ ލނޯ ޑިފޯލްޓް ވެދާނެ ކަމުގެ އިޙްތިމާލު އޮތްކަމަށް ބެލެވޭތީ، ލޯނު ޑިފޯލްޓްވެ، ރަހުނު ވިއްކާލަންޖެހޭ ހިސާބަކަށް ހިނގައްޖެނަމަ، އެކަމަކީ މަރުޙޫމް ޙާމިދު އިބްރާހީމްގެ ވާރިޘުންނަށް އިޢާދަ ނުކުރެވޭ ގެއްލުމަކާ ކުރިމަތިލާން ޖެހދާނެ ކަމެއްކަމަށް ބެލެވެން އޮތުން،
5.5. […] ހަދާފައިވާ ޢިމާރާތް ކުއްޔަށްދީގެން ނުވަތަ އެނޫންވެސް ގޮތަކަށް އެމުދަލުން އާމްދަނީ އެއް ލިބެމުންދާނަމަ، އެ އާމްދަނީއަކީ، މިދަޢުވާގައި ބަޔާންކޮށްފައިވާ މުދަލުން ލިބެމުންދާ އާމްދަނީއެއް ކަމުގައިވާނަމަ، އެތަނުންލިބޭ އާމްދަނީ ހޯއްދުމަށް މި ދަޢުވާގައި އެދިފައި ނުވިނަމަވެސް ވަގުތީ އަމުރުގެ ޒަރިއްޔާއިން، އެ އާމްދަނީއެއް ނެގިދާނެކަމަށ މަދަން އިޖުރއާ ތުގެ ޤާނޫނުގަ 242 ވަނަ މާއްދާގެ (ނ) އިން އެނގެން އޮތުމުން، […] ހަދާފައިވާ ޢިމާރާތް ކުއްޔަށް ދީގެން ނުވަތަ އެނޫންގޮތަކަށް އެމުދަލުން ލިބެމުންދާ އާމްދަނީ ކޯޓަށް ޖަމާކުރުމަށް މޫސާ ފަތުޙީއަށް އަންގައި ވަގުތީ އަމުރެއް ނެރެދިއުމަށ ޤާނޫން ގޮތުން ހުރަހެއް ނެތް ކަން އެނގެން އޮތުން،
6.5. ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އަލްމަރުޙޫމް ޙާމިދު އިބްރާހީމްގެ ވާރިޘެއްކަނ ސިވިލް ކޯޓުގެ ނަންބަރު 2181/Cv-C/2012 ޤަޟިއްޔާއިން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/25 ޤަޟިއްޔާގައި […] ގޯއްޗާއި، އެ ގޯތގީ އިވަ ޢިމާރާތްތަކުގެ މިލްކުވެރިކަމާމެދު ދަޢުވާކުރަން ބޭނުންވާނަމަ، އެ ޙައްޤު ޙާމިދު އިބްރާހީމްގެ ވާރިޘުންނަށް އޮތްކަމަށް ކަނޑައަޅުއްވާފައިވުމުން، […] ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކުގީ މިލްކުވެރިކަމުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއެއްކަން ދަޢުވާގެ ސީޣާ ނުވަތަ ޚުލާޞާއިން އެނގެން އޮތުމުން، އަމުރަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ވަގުތީ އަމުރަށް އެދޭ ފަރާތަށް ލިބިފައިވުން، މިފަދައިންނެވެ.
6ސިވިލް ކޯޓުގެ ނަންބަރު 144/B7/VA/2023/03 ވަގުތީ އަމުރުގައި ކަނޑައަޅުއްވާފައިވަނީ އަންނނިވި ފަދައަ ންނެވެ. "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1618/Cv-C/2023 ޤަޟިއްޔާގައި ޙުކުމްކޮށް ނިމެންދެން، […] އެވެ ކިޔާ ގޯތީގެ މުދާ ރަހުނުކޮށް ނަގާފައިވާ ލޯނުގެ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދެއްކުމަށާއި، ލޯނުގެ ފައިސާ ދެއްކުން ފިޔަވައި، އެ މުދަލުން އެއްވެސް ތަޞައްރަފެއް ނުކުރުމަށާއި، އެމުދާ ކުއްޔަށްދީގެން ނުވަތަ އެނޫންވެސް ސިފައެއްގައި ނަމަވެސް އެ މުދަލުން ލިބޭ އާމްދަނީ އިން ކޮންމެ މަހަކުވެސް ލޯނަށް ދައްކަންޖެހޭ ފައިސާ ކެނޑުމަށްފަހު ބާކީ ހުރިނަމަ ހުރި ފައިސާ (އާމްދަނީ) އެއް، ސިވިލް ކޯޓަށް ޖަމާކުރަމުން ގެންދިއުމަށް، ދަޢުވާލިބޭ މޫސާ ފަތުޙީގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ." މިފަދައިންނެވެ.
7ސިވިލް ކޯޓުގެ ނަންބަރު 144/B7/VA/2023/03 ވަގުތީ އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތަށް ނޫންކަމަށްބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ 03 (ތިނެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.7. ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 1618/Cv-C/2023 މައްސަލައިގައި ނެރެދެއްވާފައިވާ ނަންބަރު 144/B7/VA/2023/03 ވަގުތީ އަމުރު ނެރެދެއްވުމުގައި ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާ ތަޠުބީޤު ކުރައްވާފައިވަނީ ވަގުތީ އަމުރު ނެރުއްވުމާ ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ.އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ މާނަކުރުމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
2.7. ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 1618/Cv-C/2023 މައްސަލައިގައި ވަގުތީ އަމުރަށް އެދުނު ފަރާތުން ވަގުތީ އަމުރަށް އެދިފައިވަނީ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 244 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
3.7. ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 1618/Cv-C/2023 މައްސަލައިގައި ވަގުތީ އަމުރަށް އެދުނު ފަރާތް ތަމްޞީލުކުރ ފަރާތާ ސިވިލް ކޯޓުން ޤަބޫލުކުރައްވާފައިވަނީ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރއާ ތުގެ ޤާނޫނު) ގ 79 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފާ ރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގައި އެބާބުގައ ބުނި ވަގުތާ އަމުރަކީ އެއީ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދާއިދިނުމުގައ ނުވަތި ވަގުތީ ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރޭ ވަގުތީ ފަރުވާގެ އަމުރެއްކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން […] ކިޔާ ގޯތީގެ މުދާ ކުއްޔަށްދީގެން އަދި އެނޫންވެސް ސިފައެއްގައި ނަމަވެސް އެ މުދަލުން ލިބެމުންދާ އާމްދަނީ ކޯޓަށް ޖަމާކުރުމަށަ މޫސާ ފަތޙުއަށް އަންގާ އަމުރުކޮށްދިނުމަށް އެދިފައިވާއިރު، އެ ފައިސާއަކީ ވަގުތީ އަމުރަށް އެދުނު ފަރާތަށް ޙައްޤުވާ ފައިސާކަމަށް ކަނޑައަޅާދިނުމަށް މައުޟޫއީ ދައުވާގައި އެދިފައިނުވާތީ، އެކަމާއި ގުޅިގެން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް އިސްތިއުނާފުކުރާ ފަރާތަށް ނުފެންނަކަމަށެވެ. ދައުވާކުރާ ފަރާތުން އެދޭގޮތަށް މައްސަލަ ނިމުނުކަމުގައިވިޔަސ އެތަނަށް ލިބް ފައިސާ އެ ވާރިސުންނަށް ޙަވާލުކުރުމުގެ ބާރު ކޯޓށަ ލިބިގެންނުވާކަމަށެވެ. ހަމައެފަދައިން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި، ޝަރީޢަތުން ހުށަހެޅޭ މައްސަލައެއް ނިންމުމުގައި ޙަސްމަކ އެދިފައިވު ފަރުވާއާއި ތަފާތު ފަރުވާއެއް ނުވަތަ ޙަސްމަކ އެދު ފަރުވާގެ އިތުރުން އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަމުގައެވެ. އެހެންކަމުން، ކޯޓުން މައްސަލަ ނިންމުމުގައި މަދަނީ އިޖުރާއަތުގެ މުޅި ޤާނޫނަށާއި، އަދި ކޯޓު ތަކުން ނިންމާފައިވާ ނިންމުންތަކަކަށް ރިޢާޔަތްކުރެވިފައނުވާކަމަށެވެ. އެގޮތުން، ދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު މައްސަލއިގައަ ބަޔާންކޮށްފައިވާ ފަދައިން، މާއްދާ ނުވަތަ ޤާނޫނު ކިޔާންވާނީ އެއް ރޮއްޖަކުން އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން މި އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާނަމަ މަދަނީ އިޖުރާއަތު ޤާނޫނުގެ 242 ވަނަ މާއްދގާ (ނ) އަށް ރިޢާޔަތްކޮށް އެފަދަ އަމުރެއް ނެރެވިދާނެކަމަށް ނުދެކޭކަމަށެވެ.
9އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ވަގުތީ އަމުރު ނެރެފައިވަނީ، މައުޟޫއީ މައްސަލައިގައި އެދިފައިވާ ފަރުވާގއަ ކަނި އެނގެން އޮތުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާ ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ކަމުގައިވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/25 ޤަޟިއްޔާގައި ފާހަގަކޮށްފައިވާގޮތުން، އުސޫލުތަކާއި ހަމަތަކުން ބޭރުން […] ވަގުތީ ރަޖިސްޓްރީއެއްގެ މައްޗަށް ރަހުނުކޮށްފައި އޮތްއޮތުމުންވެސް މފަދި އަމުރއެ ނެރުމުގެ މުހިއްމުކަން އެނގޭކަމަށެވެ.
10އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، އެފިޑެވިޓް ހުށަހަޅަންޖެހޭ ޙާލަތްތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 337 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާއިރު، މުދަލުން ތަޞައްރުފުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދޭނަމަ އެކަމާ ގުޅޭ ހެކި، އެފިޑެވިޓެއް މެދުވެރިކޮށް ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވީނަމަވެސް ސިވިލް ކޯޓަށް ވަގުތީ އަމުރަކަށް އެދުނު ފޯމާއެކު ހެކީގެ ގޮތުގައި އެފިޑެވިޓް ހުށަހަޅފައިނުވާކަމަށެވެ. އެހެންކަމުން އެ އިލްތިޒާމު ފުރިހަމަނުވާ ހުށަހެޅުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު ނިޔާކުރާ ގޮތުން ބާޠިލް ހުށަހެޅުމެއްކަމަށެވެ.
11އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/25 ޤަޟިއްޔާއަކީ ކިތާބީ ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ ވަޞީލަތެއްކަމުން ޝަފަހީ ހެކި ދެން އިތުރަށް ހުށަހެޅަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
12އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، ވަގުތީ އަމުރަށް އެދުނު ފަރާތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 80 ވަނަ މައްދާގެ (ހ) އާ ހަވާލާދީ ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި، ތަމްސީލުކުރުމަށް އެހެން ފަރާތެއް، ހަމަޖެއްސުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު ތަން ދޭކަމެއް ނޫންކަމުން، ޢަބްދުލްޣަފޫރު ޙާމިދުގެ ބަދަލުގައި ނުވަތަ އޭނާ ތަމްޞީލުކުރުމުގެ ފުރުޞަތު ސިވިލް ކޯޓުން ދީފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށެވެ.
13އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ބަދަލުގައި މީހުން ހަމަޖެއްސުމުގެ އުސޫލަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު ނުދަންނަ އުސޫލެއްކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 80 ވަނަ މައްދާގެ (ހ) އިން ބަދަލުގައި ތަމްސީލުކުރުމުގެ ފުރުސަތު ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނުމަކީ ބުރަދަނެއްނެތް ވާހަކަތަކެއްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
14އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު B7/VA/2023/03-144 ވަގުތީ އަމުރަކީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނ) އާއި ޚިލާފަށް ނެރެދީފައިވާ ވަގުތީ އަމުރެއްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ އަމުރު ބާޠިލްކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
15އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު B13/VN/2023/02-144 ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވއަދެއވްމަށެވެ. ފާހަގަކުރެވުނު ނުކުތާތައް: އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަޙަތު ހިމާޔަތްކޮށްދޭ ފަރާތެއްގެ ގޮތުގައި ޒުމރް ޢަބްދުލްޣަފޫރު ބަލައިގަތުމަށް ނިންމުން:
16އިސްތިއުނާފު ރައްދުވާ ފަރާތަކީ، ސިވިލް ކޯޓުގައި ހިނގަމުންދާ މއ ޟު އ މައްސަލާގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަޙަތު ހިމާޔަތްކުރުމުގެ ގޮތުން، ބައިވެރިވަމުންދ ފަރާތާ ކަމަށްވެފައި، ހުށަހެޅިފައިވާ ލިޔުންތަކާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުން ޒުމްރާ ޢަބްދުލްޣަފޫރުއަށް ދީފައިވާ ޕަވަރ އޮފް އެޓާރނީއެއް ހިމެނޭއިރު، އަދި ޒުމްރާ ޢަބްދުލްޣަފޫރަކ އިސްތިއުނާފީ ރައްދުވު ފަރާތުގާ ދަރިއެއްކަން އެނގެން އޮންނައިރު، އިސްތިއުނާފު ރައްދުވާ ފަރާތަކީ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ވެފައިވާ ފަރާތެއްކަން އެނގެން އޮތުމުން، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، އުމުރުން ދުވަސްވީ މީހަކަށްވީތީ، ޚާއޞް ރައްކާތެރިކަން ލިބިދޭންޖެހޭ މީހަކަށްވާއިރު، އެފަރާތުގެ މަސްލަހަތުގައި ކޯޓަށް ހާޒިރުވާ ފަރާތާއި ފުށުއަރާ މަސްލަހަތެއް މި މައްސަލައިގެ ތެރޭގައި އޮތްކަމަށް ފާހަގަކުރެވިފައިނުވާތީއާއި، ދަރިއެއްގެ ހައިސިއްޔަތުން މަސްލަހަތު ހިމާޔަތްކޮށް، ޕަވަރ އޮފް އެޓާރނީއެއްގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ބަސްބުނުމުގެ ބާރު ލިބިދީފައިވާއިރު، އެފަދަ މަސްލަޙަތެއް އޮތް އެހެން ފަރާތަކުން އެކަމަށް އިޢުތިރާޟުކޮށް ކޯޓަށް ހުށަހަޅާފައިނުވާތީއާއި، މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަޙަތު ހިމާޔަތްކުރާ މީހެއްގެ ޙައިސިއްޔަތުން ޝަރީޢަތްތަކުގައި ބައިވެރިވެ، ޕަވަރ އޮފް އެޓަރނީގެ ދަށުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަޙަތާއި އެއްކޮޅަށް، މަސްލަޙަތު ފުށޫ ނާރާނެގޮތަށް، އިސްތިއުނާފު ރައްދުވާ ފަރާތް ތަމްސީލުކުރުމަށް ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމައި، އެކަން ޚުލާސާގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި އިޢުލާންކޮށްފައިވާނެއެވެ. މަދަނީ އިޖުރއާ ތުގެ ޤާނޫނުގެ 242 ވަނަ މާއްދާ ތަޠުބީޤުކުރިގޮތް ގޯސްކަމަށް ބުނާބުނުން:
17މަދަނީ އިޖުރއާ ތުގެ ޤާނޫނުގަ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 242 (ނ) ވަގުތީ އަމުރެއް މެދުވެރިކޮށް ވަގުތީ ފަރުވާގެ ގޮތުގައި ނަގައިދިނުމަށް އެދޭ ބާވަތުގެ ފަރުވާއެއް މައުޟޫ އީ ދައުވާގައި އެދިފައިނުވިނަމަވެސް، އެ ފަރުވާއެއް ވަގުތީ ފަރުވާއެއްގެ ގޮތުގައި ކޯޓަށް ނަގައިދެވިދާނެއެވެ .
18މި މާއްދާއާ ޙަވާލާދީ، […] ހަދާފައިވާ އިމާރާތް ކުއްޔަށްދީގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ މުދަލުން ލިބެމުންދާ އާމްދަނީ (ފައިސާ) ކޯޓަށް ޖަމާކުރުމަށް އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އަމުރެއް ނެރެދީފައިވާއިރު، އެ ފައިސާއަކީ ވަގުތީ އަމުރަށް އެދުނު ފަރާތަށް ޙައްޤުވާ ފައިސާކަމަށް ކަނޑައަޅާދިނުމަށް މައުޟޫއީ ދައުވާގައި އެދިފައިނުވާތީ، އެކަމާއި ގުޅިގެން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް އިސްތިއުނާފުކުރާ ފަރާތަށް ނުފެންނަކަމަށް ބަޔާންކޮށްފައިވެއެވެ.
19ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ބަލާއިރު، "އެ އާމްދަނީއަކީ، މިދަޢުވާގައި ބަޔާންކޮށްފައިވާ މުދަލުން ލިބެމުންދާ އާމްދަނީއެއް ކަމުގައިވާނަމަ، އެތަނުން ލިބޭ އާމްދަނީ ހޯދުމަށް ދައުވާގައި އެދިފައި ނުވިނަމަވެސް، ވަގުތީ އަމުރެއްގެ ޒަރީޢާއިން، އެ އާމްދަނީއެއް ނެގިދާނެ" ކަން އެ މާއްދާއިން އެނގޭކަމުގައި ބަޔާންކޮށްފައިވެއެވެ.
20މި މައްސަލައަށް ބަލާއިރު، މި މައްސަލައިގެ ހާލަތު އަދި މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، އެއީ މި މާއްދާގެ ދަށުން އަމުރެއް ނެރުމުގައި ރިޢާޔަތް ކުރެވިދާނެކަމެއްކަމުގައި ބުރަވެވެއެވެ.
21ޕްރިސިޑެންސް 1ޕްރިސިޑެންސް 2އެގޮތުން، […] ގޯއްޗާއި، އެ ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަމާމެދު ދަޢުވާކުރަން ބޭނުންވާނަމަ، އެޙައްޤު ޙާމިދު އިބްރާހީމްގެ ވާރިޘުންނަށް އޮތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ ޤަޟިއްޔާއިން ޙުކުމްކޮށްފައިވުމުން، އެ ޙައްޤު ލިބިގަތުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، ފެންނާންހުރި ޙަޤީގަތްތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަން ލިބިއްޖެކަމަށް ކަނޑައެޅިއްޖެނަމަ، އެ ޙައްޤާއި އެކު އެތަނުން މަންފާ ހޯދައި، އަދި އެތަނުން ލިބެމުންދާ މަންފާ ލިބިގަތުމުގެ ޙައްޤަކީވެސް ނަގުލުވެގެންދާނެ ޙައްޤެއްކަން އެނގޭއިރު، އފަދެ ޙައްޤެއް ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ ގޮތުން، މައުޟޫއީ މައްސަލާގައި ވަކިން އެދިފައިނުވިނަމަވެސް، ވަގުތީ އަމުރަކުން، އެފަދަ ގުޅިފައިވާ ޙައްޤެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އެޅިދާނެކަމުގައި ދެކެމެވެ.
22އެހެންނޫންނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ނ) ގެ ބާރުކެނޑި، އެއީ ރަމްޒީ ނުވަތަ ޢަމަލުނުކުރެވޭ މާއްދާއެއްކަމުގައި ވެދާނެއެވެ. އެހެނީ، އެމާއްދާއަކީ، މއ ޟޫއު މައްސަލާގައި އެދިފައިވާ ފަރުވާތަކަށް ބަލައި، އެއާ ގުޅުންހުރި ޙައްޤެއް ރައްކާތެރިކުރުމުގެ ގޮތުން، ވަގުތީ ފަރުވާއެއްގެ ގޮތުގައި ވަގުތީ އަމުރެއް ނެރުމުގެ ފުރުސަތު ފަހިކޮށްދޭ މާއްދާއަކަށްވާތީއެވެ.
23އެހެންކަމު ން، މޫސާ ފަތުޙގެ ފަރާތުން، ޙާމިދު އިބްރާހީމް ބެލިކަމަށް ކަނޑައަޅައި، ދިވެހރާއްޖޭގި ހައިކޯޓުގެ ނަންބަރު 2/04-A-2015/HC ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު، 2018/SC-A/25 ޤަޟިއްޔާއިން ބާތިލުކޮށްފައިވހިނދާ، […] ގޯއްޗާއި، އެ ގޯތީގައިވާ އިމާރާތްތަކުން ލިބޭ އާމްދަނީ، މޫސާ ފަތުޙީގ ބެލުމުގެ ދަށުގައި ހުންނަންޖެހޭ ނުވަތަ މޫސާ ފަތުޙީއަށް ލިބެންޖެހޭ ސަބަބެއް މިހާރު އޮތްކަމަށް ފެންނާން ނެތްހިނދު، އެތަނުން ލިބޭ މަންފާ ނުވަތަ ފައިސާ ކޯޓަށް ޖަމާކުރަން އެންގުމަކުން، އެކަމުގެ ސަބަބުން މޫސާ ފަތުޙީގެ ޙައްޤަކަށް އުނިކަމެއް އަންނާނެކަމަށް ނުފެނެއެވެ. އަދި މިނޫންގޮތަކަށް މިކަން ބާއްވައިފިނަމަ، މިއީ ނުރަނގަޅު މަންފާއެއް ލިބިދެވިދާނެ ފުރުސަތަކަށް ވެދާނެހިނދު، އެތަނުން ލިބެ އާމްދަނީ ކޯޓަށް ޖަމާކުރުމަށް އެންގުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކޮށްފައިވާ އަމުރެއްކަމުގައި ބުރަނުވެވެއެވެ. އަމުރަށް އެދިފައިވަނީ މަދަނީ އިޖުރއާ ތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްތޯ ބެލުން:
24މަދަނީ އިޖުރއާ ތުގެ ޤާނޫނުގަ 244 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 244 (ނ) ފައިސާއިން ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ނުވަތަ ބަލައި ފާސްކުރުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. އެނޫން ބާވަތުގެ ވަގުތީ އަމުރަށް އެދެންވާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާ އެކުގައެވެ.
25ހަމަ އެފަދައިން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 429 ވަނަ މާއްދާގައި "އެފިޑެވިޓް" މާނަކޮށްފައިވަނީ "ހެކިބަސްދޭ މީހާ ހުވައި މަތީގައިހުރެ ލިޔުމުން ދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާން " ކަމުގައެވެ. އަދި ހަމައެފަދައިން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 338 ވަނަ މާއްދާގައި "އެފިޑެވިޓް އޮންނަންވީ ގޮތް" ބަޔާންކޮ ށްދީފައިވަނީ އަންނަނިވި ފަދައިންނެވެ. 338 (ހ) އެފިޑެވިޓެއް ދޭ ފަރާތަކުން އެ އެފިޑެވިޓްގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އޭނާއަށް އެނގިފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމާއި، އޭނާއަށް ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމާއި، އޭނާއަށް ޤަބޫލުކުރެވޭ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަން ވަކިން އެނގޭނެ ގޮތަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ މަޢުލޫމާތެއް ނުވަތަ ޤަބޫލުކުރުމެއް ބިނާކޮށްފައިވާ މަސްދަރުތައްވެސް ބަޔާންކޮށްފައި އޮން ނަންވާނެއެވެ.
26މި ބަޔާންކުރެވުނު މާއްދާތަކުގެ އިތުރުން، މަދަނީ އިޖުރާއަތުގެ 337 ވަނަ މާއްދާއަށް ބަލާއިރު، އެފިޑެވިޓް ހުށަހަޅަންޖެހޭ ހާލަތްތައް ނުވަތަ 244 ގެ (ނ)ގައި ބަޔާންކުރި ހާލަތްތައް ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން، އެފިޑެވިޓް ހުށަހަޅަންޖެހޭ އާންމު 2 ހާލަތެއް ބަޔާންކޮށްދީފައިވެއެވެ. އެއީ؛
1. ހެކި ހުށަހަޅަންޖެހޭނީ ހުވާމަތީގައި ކަމަށް އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވުން؛ އަދި
2. ބަލައި ފާސްކުރުމުގެ އަމުރަކަށް ނުވަތަ މުދަލުން ތަޞައްރުފުކުރުން ހުއްޓުވުމުގެ އަމުރަކަށް ނުވަތަ އެއްވެސް ފަރާތެއްގެ ބިމަކަށް އެހެން ފަރާތަކުން ވަނުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވުން. މިއެވެ.
27ޕްރިސިޑެންސް 3ހަމައެފަދައިން، 337 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ހެކި ހުށަހަޅަންޖެހޭ ކަމަށް ޚަސްމަކަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެއްވެސް ހެއްކެއް ހުށަހެޅޭނީ އެފިޑެވިޓް މެދުވެރިކޮށް ކަމަށް، ކަނޑައަޅައިދިނުމަށް އެދުމުގެ ފުރުސަތު ޚަސްމުންނަށް ލިބިދީފައިވުމުން، އެގޮތަށް ކަނޑައެޅިގެން ދިއުމާހަމައަށް އާންމު އުސޫލުން، އެފަދަ ހެކި އެފިޑެވިޓާ ނުލައި ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވާކަން އެނގެން އޮވެއެވެ.
28ހަމަ އެފަދައިން، އެމާއްދާގެ (ނ) އަށް ބަލާއިރު، ޚަސްމެއްގެ ފަރާތުން ހުށަހަޅުމެއް ހުށަހެޅުމުން، އެ ހުށަހެޅުމާއެކު ހުށަހެޅިފައިވާ، ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ ދަޢުވާގެ ލިޔެކިޔުންތަކުގެ ބަދަލުގައި ނުވަތަ އެ ލިޔުންތަކުގެ އިތުރުން ހެކީގެ ގޮތުގައި އެފިޑެވިޓް ހުށަހެޅުމަށް ކޯޓަށް އެންގިދާނެކަމަށް ބަޔާންކޮށްފައިވުމުން، އާންމު އުސޫލުން އެފިޑެވިޓާނުލައިވެސ ހުށަހެޅުމެއް ހުށަހެޅިދާނެކަމާއި، އަދި އެ ހުށަހެޅުމަކާއި، ގުޅިގެން، އެހެން ޚަސްމުންގެ ފަރާތުން ބަޔާންކުރާ ކަންކަމަށްބަލައި، އެފިޑެވިޓެއް ހުށަހެޅުމަށް އެނގުމަށް ކޯޓަށް އެންގިދާނެކަނ އެނގެން އޮތުމުން، މިފަދަ މައްސަލަތަކުގައި، އެންމެ ފުރަތަމަވެސް ލާޒިމުވާ ގޮތަކީ، އެފިޑެވިޓާއެކު ހުށަހެޅުންކަމަށ ނުވަތް އެނޫންގޮތަކަށް ހުށަނޭޅޭނެކަމަށް ކަނޑައެޅުމަކީ ރަނގަޅުގޮތެއް ކަމުގައި ނުދެކެމެވެ. ހަމައެފަދައިން، ހުށަހެޅުމެއް ނުވަތަ އަމުރަކަށް އެދޭ ހާލަތްތަކުގައި އެފިޑެވިޓަކާއި ނުލައި ހުށަހެޅުމަކީ، އެފަދަ އަމުރަކަށް އެދުނީ ގޯސްކޮށްކަމަށް ނިންމިދާނެ ސަބަބެއްކަމުގައި ނުދެކެމެވެ. އެގޮތުން، އެފަދަ ހުށަހަޅު މަކާއެކު އެފިޑެވިޓް ހުށަހަޅަންޖެހޭކަމަށް ކޯޓަށް ފެނިއްޖެނަމަ، ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ ދަޢުވާގެ ލިޔެކިޔުންތަކުގެ ބަދަލުގައި ނުވަތަ އެ ލިޔުންތަކުގެ އިތުރުން ހެކީގެ ގޮތުގައި އެފަދަ އެފިޑެވިޓެއް ހުށަހެޅުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިދީފައިވާތީއެވެ.
29އެހެނީ އެފިޑެވިޓް ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދުމުގެ ފުރުސަތު އަދި އެފިޑެވިޓް ހުށަހެޅުމަށް އެންގުމުގެ ފުރުސަތު ކޯޓަށް ލިބިދީފައިވަނީ ހާލަތު ވަޒަންކޮށް ކުރާ ކަމެއްގެ ގޮތުގައި ކަމުގައި ދެކެމެވެ. އެގޮތުން މި މައްސަލައަށް ބަލާއިރު، އަމުރަކަށް އެދުނުއިރު، ހެއްކެއްގެ ގޮތުގައި އަދި ލިޔުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ ޤަޟިއްޔާކަން އެނގެން އޮންނައިރު، އެއީ އިތުރު އެފިޑެވިޓެއް ހުށަހަޅަން އަންގަންޖެހޭފަދަ ހާލަތެއް ކަމުގައި ނުދެކެމެވެ. އެހެނީ، ބެލުން ޝަރުތުކޮށް ދިންގޮތަށް، އެ ޝަރުޠާއެއްގޮތަށ ބަލާފައިނުވާކަމަށް ކަނޑައެޅުމާއެކު، […] ގޯއްޗާއި، އެ ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަމާމެދު ދަޢުވާކުރަން ބޭނުންވާނަމަ، އެޙައްޤު ޙާމިދު އިބްރާހީމްގެ ވާރިޘުންނަށް އޮތްކަމަށް އެޤަޟިއްޔާގައި ކަނޑައަޅައި ޙުކުމްކޮށްފައިވާތީއެވެ.
30ޕްރިސިޑެންސް 4މިފަދަ ހާލަތުގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މިފަދަ ލިޔުމެއް، މައްސަލައިގެ ޚަސްމަކާ ޙިއްސާކުރުމަށްފަހު، ޝަރީޢަތުގައި އެ ލިޔުމުގެ ޞައްޙަކަމާމެދު ސުވާލު ނުއުފައްދާހާ ހިނދަކު، އެ ލިޔުމުގެ ޞައްޙަކަން އެ ޚަ ސމަކް ޤަބޫލުކުރާ ކަމުގައި ބެލެވޭނެކަން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 341 (ހ) އިން އެނގެން އޮތުމުން، މިފަދަ ލިޔުމަކީ، އެފިޑެވިޓެއް ހުށަހަޅައި، މީހަކު އެލިޔުމުގެ މައްޗަށް ހެކިބަސްއަދާކުރަންޖެހޭފަދަ ލިޔުމެއްކަމުގައި ޤަބޫލުނުކުރެވޭހިނދު، އެފަދަ އެފިޑެވިޓެއް ހުށަހަޅާފައި ނެތުމަކީ، އަމުރަށް އެދުނީ ގޯސްކޮށްކަމަށް ކަނޑައެޅިދާނެ ސަބަބެއްކަމުގައި ނުދެކެމެވެ.
31އަދި ހަމައެފަދައިން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 337 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި، ބަލައި ފާސްކުރުމުގެ އަމުރަކަށް ނުވަތަ މުދަލުން ތަޞައްރުފުކުރުން ހުއްޓުވުމުގެ އަމުރަކަށް ނުވަތަ އެއްވެސް ފަރާތެއްގެ ބިމަކަށް އެހެން ފަރާތަކުން ވަނުމުގެ އަމުރަކަށް އެދި ހުށަހަޅާ ހެކިތައް ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށްކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި މައްސަލައަށްބަލާއިރު، މަޢުޟޫޢީ ދަޢުވާގައި ހިމެނޭ، އަދި ވަގުތީ އަމުރުގައި ހިމެނޭ މުދަލަކީ، އެމުދަލުގެ މައްޗަށް ދައުވާކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ ޤަޟިއްޔާއިން، ޢަބްދުލްޣަފޫރު ޙާމިދގު ވާރިޘުންނަށް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދީފައިވާ މުދަލެއްކަން އެނގެން އޮތްހިނދު، އެމީހެއްގެ ޙައްޤެއް އެކުލެވޭ މުދަލެއްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދޭ ހާލަތުގައި، އެފަދަ ޙައްޤެއް އޮތްކަން ސާފުކޮށް އެނގެން އޮތްނަމަ، އިތުރު ހެކި، އަދި ހެކި ހުށަހެޅުމުގެ ގޮތުން އެފިޑެވިޓް ހުށަހަޅަން ލާޒިމުވާނެ ހާލަތު އޮންނާނެކަމުގައި ނުދެކެމެވެ. ވަގުތީ އަމުރަށް އެދުނު ފަރާތް ތަމްޞީލުކުރާ ފަރާތް ސިވިލް ކޯޓުން ޤަބޫލުކުރައްވާފައިވަނީ މަދަނީ އިޖުރއާ ތުގެ ޤާނޫނުގެ 79 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނި ބުނުން:
32ޕްރިސިޑެންސް 5މި ނުކުތާ އިސްތިއުނާފު ކޮށްފައިވީނަ މަވެސް، މިނުކުތާގެ މައްޗަށް ދަށުކޯޓުން ނިންމާފައިވާ ނިންމުމެއް ފެންނާކަށްނެތެވެ. އަދި ސިވިލް ކޯޓުގެ ވަގުތީ އަމުރު ނެރުމުގައި މި ނުކުތާއާމެދު ބަހުސްކޮށް، އެ އަމުރުގައި ގޮތެއް ކަނޑައަޅާފައިނުވުމުން، މިއީ ވަގުތީ އަމުރު ނެރުމުގައި ގޮތް ކަނޑައަޅާފައިވާ ކަމަކަށްވުރެ ބޮޑަށް ސިވިލް ކޯޓުގައި ހިނގަމުންދާ މއ ޟު އ މައްސަލާގައި، އެހެން މަރހުލާއެއ ނުވަތް އެހެން އަޑުއެހުމެއްގައި ގޮތެއް ކަނޑައެޅިފައިވާ ކަމެއްކަމުގައި ޤަބޫލުކުރެވެއެވެ.
33މި ނުކުތާގެ ތަފްސީލުގައި ޖުމްލަގޮތެއްގައި، ޚަސްމުން ތަމްސީލުކުރުމަށް ކޯޓަށް ހާޟިރުވެވޭނީ ޤާނޫނީ ވަކީލުންނަށްކަމުގައި ދެކޭކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ފަނޑިޔާރުންގެ ފަރާތުން، ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން، އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލުންގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަދަލުގައި މިހާރު ޙާޟިރުވާ ޒުމްރާ ޢަބްދުލްޣަފޫރު ޙާޟިރުވުމަކީ، އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވީނަމަވެސް، އެއީ، އިޖުރާއީ އައިބެއްކަމަށާއި، އަދި އެއީ ފަހުން ރަނގަޅު ކުރެވިދާނެ ކަމެއްކަމަށާއި، އަދި އެކަމުގެ ސަބަބުން، މައްސަލައިގެ މއ ޟޫއަށު ސީދާ އސަ ރ ނ ކުރާނެކަމަށް ބުނެފައިވެއެވެ.
34ޕްރިސިޑެންސް 6އިޖުރާއީ އައިބެއްކަމުގައި ބަޔާންކޮށްފައިވާ ކަމަކުން، މައްސަލައިގެ މއ ޟޫއަށު އަސަރު ނުކުރާނެކަމަށާއި، އެއީ ރަނގަޅު ކުރެވިދާނެ އިޖުރާއަތެއްކަމުގައި އެނުކުތާ ހުށަހެޅި ފަރާތުން ބުނެފައިވާ ހާލަތުގައި، އެއީ އިޖުރާއަތަކާ ޚިލާފަށް ކުރެވިފައިވާކަމެއްނަމަ، "އ ޚިލާފުވެ އިޖުރާއަތަކީ ރަނގަޅުކުރުމުގެ ފުރުސަތު އޮތް އ ޖުރާއަތެއްނަމަ، އެކަން ރަނގަޅުކުރުމާއެކު އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެ" ކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލދި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އެނގެން އޮތުމުން، އިތުރަށް އެފަދަ އިޖުރާއީ އައިބަކާމެދު، މި މައްސަލައިގެ ތެރެއިން މިހިނދަށް ގޮތެއް ނިންމަންޖެހޭކަމުގައި ބުރަނުވެވެއެވެ.
35މީގެ އިތުރުން، މި ނުކުތާގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަން ބަލާއިރު، މިއީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުމުގައި ގޮތް ކަނޑައަޅާފައިވާ ނުކުތާއެއްކަން އެނގެންނެތި، މއ ޟު އ މައްސަލައިގައި މި ނުކުތާގައި ގޮތް ކަނޑައަޅާފައިވާ ޤާނޫނީ ސަބަބުތަކާއި، ތަފްސީލުތައް ބުނެދީފައިނުވާއިރު، އެފަދަ އެއްވެސް ކަމެއް ބެލުމެއް ނެތި، މި މަރުޙަލާގައި މި ނުކުތާއާމެދު ގޮތެއް ކަނޑައެޅިދާނެކަމުގައި ނުބެލެވެއެވެ.
36އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު B7/VA/2023/03-144 ވަގުތީ އަމުރަކީ މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް ނެރެދީފައިވާ ވަގުތީ އަމުރެއްކަމަށް ކަނޑައެޅެން ނެތުމުން، ސިވިލް ކޯޓުގެ ސިވިލް ކޯޓުގެ ނަންބަރު B7/VA/2023/03-144 ވަގުތީ އަމުރު ބާތިލުކުރާނެ ނަތެއ ނެތްކަމަށް ކަނޑައަޅައް މައްސަލި ނިންމަން ފެނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު، 108,109,110A/-2020/SC ޤަޟިއްޔާ
37ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
38ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
39މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާ، ޚާއްޞަކޮށް (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 244 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 337 ވަނަ މާއްދާ ((ހ) (2)، (ށ)، (ނ))
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 338 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 341 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 429 ވަނަ މާއްދާ (އެފިޑެވިޓްގެ މާނަ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 79 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/25 (ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108، 109، 110 (ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް