ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/201
ޢަބްދުﷲ ޝަފީޢު ވ. އަޙްމަދު ޝަރީފް، 2020/HC-A/201
Abdhuﷲ Shafeeu v. Ahmed Shareef 2020/HC-A/201 (2020/HC-A/201, High Court of the Maldives, 26 May 2021)
ޢަބްދުﷲ ޝަފީޢު ވ. އަޙްމަދު ޝަރީފް
މައްސަލައިގެ ޚުލާޞާ
ފެމިލީ ކޯޓުން ނިންމީ ވާރިޘުންނަކީ ފިރިއާއި، އުޚްތުންގެ ދެފިރިހެންދަރިން ކަމަށްވާ ދެ ޛަވިލް އަރްޙާމު ކަމަށާއި، ތަރިކަ އެ ތިން މީހުންގެ މެދުގައި ބެހުމަށެވެ.
ނިޔާވި އަންހެނެއްގެ ތަރިކަ ބެހުމަށް އޭނާގެ ފިރި ހުށަހެޅި މައްސަލައެކެވެ. އިސްތިއުނާފުކުރި ފަރާތުގެ ބައްޕައަކީ ވާރިޘުކަން ލިބުނު ޛަވިލް އަރްޙާމަކާ އެއް ދަރަޖައެއްގައިވާ، ނިޔާވިއިރު ދުނިޔޭގައި ހުރި މީހެކެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ބައްޕައަށް ބައި ނުދިނުމަކީ ޤާނޫނުއަސާސީގެ 32 އާއި 12 (ހ) އާ ޚިލާފު ކަމަށެވެ. ރައްދުވި ފަރާތުން ބުނީ އެ މީހަކު ހުރިކަން ކުރިން ނޭނގޭ ކަމަށާއި، އެ ވާހަކައަކީ ތެދު ވާހަކަ ކަމަށާއި، އެކަމާ ދެކޮޅު ނުހަދާ ކަމަށެވެ.
މައިގަނޑު ސުވާލު
ފެމިލީ ކޯޓުން ތަރިކަ ބެހިއިރު، ނިޔާވި ފަރާތް ނިޔާވިއިރު ދުނިޔޭގައި ހުރި ޛަވިލް އަރްޙާމެއް ވާރިޘުންގެ ތެރެއިން ދޫކޮށްލެވިފައިވާ ކަމަށް ބުނާ ނުކުތާގެ ސަބަބުން ޙުކުމަށް ބަދަލު ގެންނަން ޖެހޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ނިންމި
ނިޔާވިއިރު ދުނިޔޭގައި ތިބި ޛަވިލް އަރްޙާމުންގެ ތެރޭގައި އެ މީހާ ހިމެނޭކަމާމެދު ދެފަރާތުގެ ދެބަސްވުމެއް ނެތުމުން، އެކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް އަލުން ބެލުމަށްފަހު ތަރިކައިގެ މައްސަލަ ނިންމަން ޖެހޭ ކަމަށެވެ.
ކަނޑައެޅުނު އުޞޫލު
- ނިޔާވި ފަރާތް ނިޔާވިއިރު ދުނިޔޭގައި ހުރި ޛަވިލް އަރްޙާމެއް ދަށުކޯޓުން ވާރިޘުންގެ ތެރެއިން ހިމަނާފައި ނުވާކަމާމެދު ދެފަރާތުގެ މެދުގައި ދެބަސްވުމެއް ނެތްނަމަ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް އެކަން އަލުން ބެލުމަށްފަހު ތަރިކައިގެ މައްސަލަ ނިންމަން ޖެހެއެވެ.
g ދިވެހިރާއްޖގޭ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނަންބަރު: 2020/HC-A/201 އިސްތިއުނާފުކުރި ފަރާތް: ޢަބްދުﷲ ޝަފީޢު، […] ކ. މާލެ އިސްތިއުނާފު ރައްދުވި ފަރާތް: އަޙްމަދު ޝަރީފު، ހ. […]، ކ. މާލެ މައްސަލައިގެ ބާވަތް: ތަރިކަ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޙުސައިން މަޒީދު ފަނޑިޔާރު ޢަބްދު ﷲ ޙަމީދު ފަނޑިޔާރުފާ ޠމަތު ފަރްހީޒާ 31 ޝައްވާލ 3113 ނިމުނު ތާރީޚް: 26 މޭ 3323 33 ޞަފަރ 3113 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 އޮކްޓޫބަރު 3232 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 1559/Fm-C/2018 ނިންމި ތަން: ފެމިލީ ކޯޓު ބާވަތް: ތަރިކަ ހުށަހެޅުނު ތާރީޚް: 23 އޮގަސްޓު 3232 ނިމުނު ތާރީޚް: 36 ފެބުރވު ރ 3233 ފަނޑިޔާރު ޙުސައިން މަޒީދުގެ ރަޢުޔު، (މި ރަޢުޔަށް ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު ފޠާ މަތު ފަރްހީޒި ތާއީދު ކުރައވާފައި) މައްސަލައިގެ ތަޢާރަފ
3މިއީ، ފެމިލީ ކޯޓުގެ ނަންބަރު 1559/Fm-C/2018 ޤަޟިއްޔާ ނިންމާފައި ވާ ގޮތާމެދު ހިތްހަމަނުޖެހިގެން ކ. މާލެ، […] ޢަބްދުﷲ ޝަފީޢު (ދރއ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ. މާލެ […] އަޙްމަދު ޝަރީފު (ދރއ ކާޑު ނަންބަރު: […]) އެވެ.
3. ފެމިލީ ކޯޓުގެ ނަންބަރު 1559/Fm-C/2018 ޤަޟިއްޔާ ގައި ހުށަހެޅުނު މައްސަލައަކީ ކ.މާލެ، […] ސަކީނާ ޢަބްދުﷲ 32 ޖޫން 3232 ގައި ނިޔާވެފައިވާތީ، އެމަރްޙޫމާގެ ތަރިކަ ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށް އެދި އެމަރްޙޫމާގެ ފިރި، ކ. މާލެ، […] އަޙްމަދު ޝަރީފް ހުށަހެޅި މައްސަލައެވެ.
2ފެމިލީ ކޯޓުގެ ނަންބަރު 1559/Fm-C/2018 ޤަޟިއްޔާ ގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، މާލެ، […] ސަކީނާ ޢަބްދުﷲ (އައިޑީކާޑު ނަންބަރ: ) 32 ޖޫން 3232 ގައި ނިޔާވެފައިވާކަމާއި، މަރްޙޫމާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ހުރީ ފަރުޟުން ބައިލިބޭ އެމަރްޙޫމާ ނިޔާވިއރ ހުރު ފިރި މާލެ، […] . ފެމިލީ ކޯޓުގެ ނަންބަރު 1559/Fm-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު. އަޙްމަދު ޝަރީފު ކަމާއި، ފަރުޟުންނާއި ޢަޞަބަތުގ ގޮތުނެ ބައިލިބ އިތުރު އެއްވެސް މީހަކުނެތްކަމާއި، މަރްޙޫމާގެ ޛަވިލް އަރްޙާމުންގެ ގޮތާ ގައިތިބީ މަރްޙޫމާއާއި އެއްބަނޑު ދެއުޚްތުންގެ ދެފިރިހެންދަރިން ކަމުގައިވާ […] އިބްރާހީމާ ޚަލީލް އާއް […] އަޙްމަދު ރޒި ކަން ހެކިންނާއި ވާރިޘުންގެ ބަހުން އެނގެން އޮންނަކަމާއި، މަރްޙޫމާގެ ތަރިކައިގައި ހިމެނިގެންވަނީ އެމަރްޙޫމާ ހިމެނިގެން ދެމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެ ކިޔާ އަމިއްލަ ގޯތީގައިވާ ބިމާއި، އެބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލުން މަރްޙޫމާއަށް އޮތް 222 އަކަފޫޓުގެ ބައިގައިވާ އަމިއްލަ ބިމާއި އިމާރާތްތަކާއި ނުއުފުލޭ މުދާކަމާއި، މިތަރިކަ ވާރިޘުންގެ މެދުގައި ތަރިކައިގެ އުސޫލުން ހަމަޖެއްސުމުން، އަލްމަރުޙޫމ ސަކީނާ ޢަބްދުﷲގެ ތަރިކައިން ފަރުޟުން ބައިލިބޭ މަރްޙޫމގާ ފިރި އަޙްމަދު ޝަރީފް އާއި މަރްޙޫމާގެ ޛަވިލް އަރްޙާމުންގެ ގޮތުގައިތިބި މަރްޙޫމާއާއި އެއްބަނޑު ދެއުޚްތުންގެ ދެފިރިހެންދަރީން ކަމުގައިވާ އިބްރާހީމް ޚަލީލް އާއި އަޙްމަދު ރިޒާއާއިއެކު ތަރިކައިން ބައިލިބޭ ތިންމީހުންގެ މެދުގައި ތަރިކައިގެ އުސޫލުން ބެހުމުން މިތަރިކަ ބެހެނީ 1 ބަޔަށް ކަމާއި، އެގޮތުން މަރްޙޫމާގެ ފިރި އަޙްމަދު ޝަރީފުއަށް ފަރުޟުން 1/3ބައި ދެންތިބި 3 ޒަ ވިލްއަރްހާމުނ ކުރް ކޮންމެ މީހަކަށް 1/3ބައި ލިބިގެންވާކަން ޝަރީޢަތަށް ސާބިތު ވާކަމަށް ކަނޑައަޅައި، ބުނެވިދިޔަ ގޮތުގެ މައްޗަށް މަރްޙޫމ ސަކީނާ ޢަބްދުﷲ ހިމެނިގެން ދެމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އަމިއްލަ ގޯތީން މަރްޙޫމާއަށް ލިބިފައިވި 222 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ ނުއުފެލޭ މުދާލުގެ 1/3ބައި އަޙްމަދު ޝަރީފްއަށް އަދި އިބްރާހީމް ޚަލީލްއާއި، އަޙްމަދު ރިޒާއާއި ދެމީހުންކުރ ކޮންމެ މީހަކަށް މަރްޙޫމާއަށް ލިބިފައިވާ 222 އަކަފޫޓުގެ އަމިއްލަ ބިމާއި ނުއުފުލޭ މުދާލުގެ 1/3ބައި ލިބި މިލްކުވެގެންވާކަމަށް ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީ އެވެ." އިސްތިއުނާފީ ނުކުތާތައް
1. ފެމިލީ ކޯޓުގެ ނަންބަރު 1559/Fm-C/2018 ޤަޟިއްޔާ ނ ންމފައާ ވަނި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢަބްދުﷲ ޝަފީޢގު ފަރާތުން 23 (ދއް) ނުކުތޭ . ފެމިލީ ކޯޓުގެ ނަންބަރު 1559/Fm-C/2018 ޤަޟިއްޔާގައި ޙުކުމް. ހުށަހަޅައި، އެ ނުކުތާ ތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތައް ތިރީގައި މިވަނީއެވެ. ފުރަތަމަ ނުކުތާ އަކީ: ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައިވާ ޤނޫނުގާ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބުމުގެ ޙައްޤު މަޙްރޫމު ވާގޮތަށް، ދަށުކޯޓުން މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާން ވެގެންވާ، މުދައު ހޯދު މާއި، މުދައު މިލްކުކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތް ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް އޮންނަ އޮތުމުން މަޙްރޫމް ވާގޮތަށް ދަށުކޯޓުން މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
5އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޢަބްދުﷲ ޝަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ އަލްމަރްޙޫމާ ސަކީނާ ޢަބްދުﷲ ގެ ތަރިކައިން އެމަރްޙޫމާގެ ޒަވިލް އަރްޙާމުންގެ ތެރެއިން އަޙްމަދު ރޒި އަށް ބައި ލިބިފައިވާއިރު، އަޙްމަދު ރިޒާއާ އެއްދަރަޖައެއްގައިވާ ޢަބްދުﷲ ޝަފީޢު ގެ ބައްޕަ، ޙުސައިން ޔޫސުފް އެއިރު ދުނިޔޭގައި ހުރިނަމަވެސް ޙުސައިން ޔޫސުފްއަށް އެ ތަރިކައިން ބައެއް ދީފައިނުވާކަމަށެވެ. އެގޮތުން ޙުސައިން ޔޫސުފް އަކީ އަޙްމަދު ރިޒާއާ އެއްބަނޑު އެއްބަފާ މީހެއްކަމަށެވެ. ވީމާ މިކަމަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއާއި 12 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއް ކަމަށެވެ. ޖަވާބުގައި އިސްތިއުނާފު ރައްދުވާ އަޙްމަދު ޝަރީފު ގެ ފަރާތުން ބުނެފައިވަނީ، މަރްޙޫމ ސަކީނާ ޢަބްދުﷲ ނިޔާވިއިރު އަޙްމަދު ރިޒާގެ އެއްބަނޑު އެއްބަފާ މީހަކު ދުނިޔޭގައި ހުރިކަން ކުރިން އެނގިފައިނުވާކަމަށެވެ. އަދި ދަށުކޯޓުގައި މައްސަލަ ހިނގިއިރުވެސް އެކަން އެނގިފައިނުވާކަމަށެވެ. ނަމަވެސް މިހާރު ހޯދުނު މަޢުލޫމާތުން ޙުސައިން ޔޫސުފް އަކީ އަޙްމަދު ރިޒގާ އެއްބަނޑު އެއްބަފާ މީހެއްކަމަށާއި، މަރްޙޫމ ސކީނަ ޢަބްދް ﷲ ނިޔާވިއިރު ޙުސައިން ޔޫސުފްދުނިޔޭގައ ހުރިކަން އެނގު ފައިވާކަމަށެވެ. އެހެންކަމުން ޙުސައިން ޔޫސުފްއާ ގުޅޭގޮތުން ޢަބްދުﷲ ޝެފީޢ ދިވެހިރާއްޖޭގ ހައިކޯޓުގައި ދައްކާފައިވަނީ ތެދު ވާހަކަ ކަމަށާއި އެކަމާ ދެކޮޅުނަހަދާކަމަށެވެ.
6ދަށުކޯޓުން މައްސަލަ ނިންމިއިރު ފާހަގަކޮށްފައިވަނީ މަރްޙޫމ ސަކީނާ ޢަބްދުﷲ ގެ ވާރިޘުންގެ ގޮތުގައި، އެމަރްޙޫމާ ނިޔާވިއިރު ދުނިޔޭގައި ހުރީ ފަރުޟުން ބައިލިބޭ އެމަރްޙޫމގާ ފިރި އަޙްމަދު ޝަރީފު ކަމާއި، ފަރުޟުންނާއި ޢަޞަބަތުގ ގޮތުނެ ބައިލިބޭ އިތުރު އެއްވެސް މީހަކު ނެތްކަމާއި، މަރްޙޫމާގެ ޛަވިލް އަރްޙާމުންގެ ގޮތުގައިތިބީ މަރްޙޫމާއާއި އެއްބަނޑު ދެއުޚްތުންގެ ދެފިރިހެންދަރިން ކަމުގައިވާ އިބްރާހީމް ޚަލީލް އާއި އަޙްމަދު ރިޒާކަން ހެކިންނާއި ވާރިޘުންގެ ބަހުން އެނގެން އޮންނަކަމަށެވެ. އަދި މިގޮތުން އެމަރްޙޫމާގެ ތަރިކަ ބަހާފައިވަނީވެސް މި 2 މީހުންގެ މެދުގައެވެ.
3ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަބްދުﷲ ޝަފީޢު އާއި އަޙްމަދު ޝަރީފް ދައްކާފައިވާ ވާހަކަތކަށަ ބެލުމުން، ސަކީނާ ޢަބްދު ﷲ ނިޔާވިއިރު އެމަރްޙޫމާގެ ޒަވިލްއަރްޙާމުންގެ ގޮތުގައި ދުނިޔޭގައި ތިބި ފަރާތްތަކުގެ ތެރޭގައި ޙުސައިން ޔޫސުފް ވެސް ހިމެނޭކމުގައި ބުނެފައިވާކަން އެނގެއެވެ. މިކަމާމެދު ދެފަރާތުގެ މެދުގައި ދެބަސްވުމެއް ނެތެވެ. އެހެންކަމުން މިކަން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގު ތަށް އަލުނޮ ބެލުމަށްފަހު މަރްޙޫމ ސަކީނާ ޢަބްދުﷲ ގެ ތަރިކައިގެ މައްސަލަ ނިންމަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ. ވީމާ، ފެމިލީ ކޯޓުގެ ނަންބަރ 1559/Fm-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ޝަފީޢގު ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
- ޤާނޫނުއަސާސީގެ 32 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ (ހ)
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް