ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/39
މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ވ. ނެތް، 2024/HC-A/39
Male Hai Private Limited v. Not specified 2024/HC-A/39 (2024/HC-A/39, High Court of the Maldives, 16 September 2024)
މާލޭ ހައި ޕްރައިވެޓް ލިމިޓެޑް ވ. ނެތް
މައިގަނޑު ސުވާލު
ދަޢުވާކުރާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމަށް އެދުމުން، ދަޢުވާކުރާ ފަރާތާ ދެކޮޅަށް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަކީ ޤާނޫނާ އެއްގޮތް ކަމެއްތޯ؛ ޣައިރު ޙާޟިރުގައި ކުރާ ޙުކުމުގެ މާނަ (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 އާއި 112 ވަނަ މާއްދާ)، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ ދަށުން ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން، އަދި ދިފާޢު ހުށަހެޅުމުގެ މުއްދަތު ގުނުން ރަނގަޅުތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލު، ސިވިލް ކޯޓަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން، އެ ޤާނޫނުގެ ކޮންމެ މާއްދާއެއް ކިޔަންވާނީ ދެވަނަ ބާބުގައިވާ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތަށެވެ؛ މަފްހޫމްތަކުގެ ރަދީފުގައި ދީފައިވާ މާނައަކީ ޤާނޫނުގެ ހުރިހާ ތަނެއްގައި ބޭނުންކުރާ މާނަ ނަމަވެސް، އެ މާނަ ތަޠުބީޤު ނުކުރެވޭ ގޮތަށް ޤާނޫނުގެ ނައްޞުގައި (ސާފުބަހުން ނުވަތަ ޟިމްނީގޮތުން) ހިފެހެއްޓުމެއް ހިމެނޭނަމަ ތަފާތު މާނައެއް ދޭންޖެހިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-20)
- 21 ވަނަ މާއްދާގައި 'ޣައިރު ޙާޟިރުގައި ކުރާ ޙުކުމް' އަށް ދީފައިވާ މާނައަކީ ޢާންމު މާނައެއް ކަމުގައި ވެފައި، 'މި ބާބުގެ ބޭނުމަށްޓަކައި' ފަށާފައިވާ 112 ވަނަ މާއްދާގެ މާނައަކީ 10 ވަނަ ބާބަށް ޚާއްޞަ މާނައެއް ކަމުން (Generalia specialibus non derogant)، ދަށުކޯޓުން 21 އާއި 112 ވަނަ މާއްދާ މާނަކުރީ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ސީދާ ނުބުނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-26)
- ޤާނޫނެއްގެ އެއް މާއްދާ އަނެއް މާއްދާއާ ތަޢާރުޟުވާނަމަ، އެއް މާއްދާގެ މަޤްޞަދު އަނެއް މާއްދާގެ ސަބަބުން ނަފީނުވާ ގޮތަށް ޤާނޫނު އެއް ކަތިގަނޑެއްގެ ގޮތުގައި އެއްހަމަކޮށް ކިޔަންވާނެއެވެ (rule of harmonious construction)؛ އެހެންކަމުން، އުޞޫލެއްގެ ގޮތުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ ދަޢުވާލިބޭ ފަރާތާ، ނުވަތަ ޤާނޫނުގައިވާ މުއްދަތުތަކަށް ފަރުވާތެރިނުވި ފަރާތާ ދެކޮޅަށް ކުރާ ޙުކުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-31، 38-39)
- ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ ދަޢުވާގެ މެރިޓަށް ބަލައިގެން ކުރާ ޙުކުމެއް ނޫން، ދަޢުވާލިބޭ ފަރާތުން މުއްދަތުތަކަށް އިޖާބަ ނުދިނުމުގެ ނަތީޖާއެކެވެ؛ އެ ޙުކުމުގައި ބަލަނީ އިޖުރާއަތުތައް ފުރިހަމަވެފައިވޭތޯއެވެ. މެރިޓާއި ދިފާޢުގެ ބުރަދަނަށް ބަލަންޖެހޭ 'ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން' (summary judgment) އަކީ ތަފާތު މަފްހޫމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-33)
- 117 ވަނަ މާއްދާގެ (ހ) ގައިވާ ފަރުވާ ފިޔަވައި އެހެން ފަރުވާއަކަށް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދެވޭނީ 21 ވަނަ ބާބުގެ (ކޯޓު އަމުރު) ދަށުން ހުށަހަޅައިގެން ކަމުން، 123 ވަނަ މާއްދާގެ ދަށުން ދަޢުވާއާއި ދަޢުވާގެ ތަފްޞީލަށް ރިޢާޔަތްކުރާއިރު ކޯޓުން ބަލަންވާނީ، ދަޢުވާލިބޭ ފަރާތް ޤާނޫނީ މުއްދަތުތަކަށް ޢަމަލުނުކުރުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިދިނުން ހެޔޮވެއްޖެ ކަންތައްތަކެއްގެ ގޮތުގައެވެ؛ މިހާލަތުގައި ހެކި ވަޒަންކުރަންޖެހޭ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-37، 39-40)
- ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދެވޭނީ ދެ ޙާލަތެއްގައެވެ: ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން މުއްދަތުގައި ހުށަނާޅައިފިނަމަ، އަދި މުއްދަތުގައި ދިފާޢު ހުށަނާޅައިފިނަމައެވެ؛ މުއްދަތު ގުނި ގޮތާމެދު ދަޢުވާލިބޭ ފަރާތުން ސުވާލު އުފައްދައިފިނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ ކުރިން ފަނޑިޔާރު އެއަށް ޖަވާބު ދޭންވާނެއެވެ، ސަބަބަކީ ޙުކުމުގެ ޞައްޙަކަން ބިނާވަނީ އެކަމުގެ މައްޗަށް ކަމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-44، 51)
- މުއްދަތު ގުނުމުގައި (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 (ހ)(1) އާއި މާނަކުރުމުގެ ޤާނޫނުގެ 35 (ހ)) މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމެނޭނެއެވެ؛ 'ރަސްމީ ގަޑި' އަކީ ސަރުކާރު/ވިޔަފާރި ހުޅުވިފައިވާ ގަޑިކަމުން، ކޯޓުން ރަސްމީ ގަޑިން ބޭރުގައި އީމެއިލުން ފޮނުވާ ލިޔުމެއް ލިބުނު ދުވަހަކީ ޖެހިގެން އަންނަ ރަސްމީ ދުވަހެވެ؛ މި މައްސަލައިގައި ދިފާޢު ހުށަހެޅުމުގެ ފަހު ދުވަހަކީ 15 އޮކްޓޫބަރު 2023 ކަމުން، ދިފާޢު ހުށަހެޅީ މުއްދަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45، 53-56)
- ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފައިވަނީ ދިފާޢު މުއްދަތުގައި ހުށަހަޅާފައި ވަނިކޮށް ނަމަ، އެ ޙުކުމް ބާޠިލުކޮށް ޝަރީޢަތް ހިންގުމަށް ދަށުކޯޓަށް ތަޙުވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 64-65)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު:2023-CVC-2259 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މާލެ ހައި ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މާލެ ހައި" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އެއްވެސް ފަރާތެއް ބަޔާންކޮށްފައި ނުވެއެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2މާލެ ހައި އިން ހިންގަމުން ގެންދިޔަ މަންދު ކޮލެޖް، ކުރީގެ އެމް.އީ.އެސް ސްކޫލް ހިންގި ޢިމާރާތާއި، އެތަނުގައި ހުރި މާލެ ހައިގެ އުފުލޭ އަދި ނުއުފުލޭ އެންމެހައި މުދާ، އެކުންފުނީގެ ރުހުމެއްނެތި، އަދި ޝަރީޢަތުގެ އަމުރެއްވެސް ނެތި، މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ގަދަކަމުން އަތުލައި، އަދިވެސް ނުދީ ހިފަހައްޓާފައިވާތީ، އެ ޢިމާރާތާއި މުދާ އަނބުރާ ހޯދުމަށާއި، އަދި މިކަމުގައި ޝާމިލްވީ މީހުންނާމެދު ތަޙްޤީޤު ހިންގައިދިނުމަށ މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން އިންކާރުކުރާތީ، އެ ތަޚްޤީޤު ހިންގުމަށް އަންގައިދިނުމަށް އެދި މާލެ ހައި އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2259 ޤަޟިއްޔާއިން ރަޖިސްޓަރީ ކުރެވިފައިވެއެވެ.
3މާލެ ހައިގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން، ޤަނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "މަދަނީ އިޖުރާއަތު") ގެ 101 މާއްދާގެ ދަށުން ސިވިލް ކޯޓުން ދަޢުވާ C-1022/2010 ސިވިލް ކޯޓުގެ އިހްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު (އެންޓްރީ ނަންބަރު 2586) ފޯމު (ފޯމު 51)، ދަޢުވާ ރައްދުވު ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) އަށް 13 ޖުލައި 2023 ގައި ރައްދުކޮށް، މިލިޔުމާއި ދައުލަތުގެ ފަރާތުން ހަމަ އެދުވަހު ޙަވާލުވެފައިވެއެވެ.
4ދަޢުވާ ލިބޭ ފަރާތަށް އިޝާރާތްކުރި ލިޔުންތައް ލިބުމުން، އެލިޔުންތަކާއ ޙަވާލުވި ކަމުގެ ލިޔުން ފުރިހަމަކުރުމަށްފަހު ކޯޓުގެ އިޚުތިޞާޞްއާމެދ ސުވާލު އުފައްދަން ބޭނުންވާކަމަށްބުނ އެ ފޯމު 30 ޖުލައި 2023 ގައި ހުށަހެޅިއެވެ. އަދި ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟުކުރާ ފޯމު (ފޯމު 3) ދައުލަތުގެ ފަރާތުން 13 އޮގަސްޓް 2023 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.
5ދައުލަތުގެ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު އުފެއްދި އިޢުތިރާޟްއާމެދު ސިވިލް ކޯޓުން ގޮތެއް ނިންމާފައިވަނީ 13 ސެޕްޓެންބަރު 2023 ގައެވެ. ހަމަ އެދުވަހުގެ 17:09 ގައި އެނިންމުން ޙަސްމުންނަށް ފޮނުވާފައިވެއެވެ. މި ދަޢުވާ ރައްދުކޮށްފައިވާ ދައުލަތް (އެޓަރނީޖެނެރަލްގެ އޮފީސް) އަށް މި އީ-މެއިލް ed”“receiv ކަމަށް ބަޔާން ކޮށް އެ އޮފީހުން ޖަވާބު ދީފައިވަނީ 14 ސެޕްޓެމްބަރު 2023 ގައެވެ.
6އެ ނިންމުމާއި ގުޅިގެން މަދަނީ އިޖުރާއަތުގެ 110 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން، ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމުގެ ގޮތުން ދައުލަތުން ހުށަހަޅާފައިވާ ދަޢުވާއާ ހަވާލުވިކަން އަންގައިދޭ ލިޔުން ބާޠިލްވެފައިވާތީ، އިޝާރާތްކުރެވުނު މާއްދާގެ (މ) ގެ ދަށުން، ދައުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން 14 (ސާދަ) ދުވަހުގެ ތެރޭގައި އަލުން ހުށަހެޅުމަށް ދައުލަތަށް އ- މެއިލްގެ ޛަރީޢާއިން ސިވިލް ކޯޓުގެ ދައުވާ ފޯމު ރައްދުކުރިކަމުގެ ލިޔުން (ފޯމު ނަންބަރު 51) ސިވިލް ކޯޓުގެ ދަޢުވާ ފޯމު ހަވާލުވިކަން އަންގާ ލިޔުން (ފޯމު 2). މިލިޔުން 2 ފަހަރަށް ހުށަހަޅާފައިވާތީ ފެނެއެވެ. ފުރަތަމަ ހުށަހެޅި ލިޔުމުގައި ދައުވާ ލިބޭ ފަރާތަށް ފޯމު ލިބިފައިވާ ތާރީޚެއް ބަޔާންކޮށްފައިވާއިރު، ބަޔާންކޮށްފައިވަނީ 11 އޮގަސްޓް 2022 އެވެ. އަދި މިލިޔުމުގައި އެދޭ ގޮތުގައި "ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދަން ބޭނުން" މި ގޮޅި އަދި "ދައުވާގެ ދިފާއު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން ބޭނުން" މިގޮޅީގައި ފާހަގަ ޖަހާފައިވާތީ ފެނެއެވެ. އޭގެ ފަހުން، އަނެއްކާ ފޯމު އިސްލާހުކުރުމަށްފަހު، ދައުވާލިބޭ ފަރާތަށް ފޯމު ލިބިފައިވާ ތާރީޚުގެ ބައި އުނިކުރުމަށްފަހު، އަދި "ދައުވާގެ ދިފާއު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން ބޭނުން" މިބައިގައި ލާފައިވާ ފާހަގަވެސް އުނިކުރުމަށްފަހު، ހަމައެކަނި ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދަން ބޭނުން" ކަމަށް ބުނެ އެފޯމު ހަމަ އެދުވަހު ހުށަހަޅާފައިވެއެވެ. ސިވިލް ކޯޓުގެ "ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކުރާ ފޯމު" ފޯމު 3 ސިވިލް ކޯޓުގެ ނަންބަރު B14/IN/2023/01-144 ކޯޓުގެ އިޚްތިޞާޞާމެދު ނިންމި ގޮތް 13 ސެޕްޓެމްބަރ 2013 ގައި ސިވިލް ކޯޓުން ފޮނުވި މެއިލް. އަންގާފައިވެއެވެ. މި 14 (ސާދަ) ދުވަހުގެ މުއްދަތު ހަމަވާ ތާރީޚަކީ 01 އޮކްޓޫބަރު 2023 ކަންވެސް މިމެއިލްގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް 01 އޮކްޓބަރޯ 2023 އަދި 02 އޮކްޓބަރޯ 2023 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމާއި ގުޅިގެން، މި 14 (ސާދަ) ދުވަސް ހަމަވާ ތާރީޚަކީ 03 އޮކްޓބަރޯ 2023 ކަން ދަށު ކޯޓުގެ ނިންމުމުން އ ނ ގެން އޮވެއެވެ.
7ދައުލަތުގެ ފަރާތުން "ދައުވާ ފޯމއާ ހަވާލުވީކަން އަންގާ ލިޔުން" ހުށަހެޅި ކަން އެނގެން އޮތީ 03 އޮކްޓޫބަރު 2023 ގައެވެ. އަދި މިލިޔުމުގައި ދަޢުވާ ދިފާޢުކުރަން ބޭނުންކަމަށާއި، ދަޢވު ދިފާޢު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން ބޭނުންކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މުއްދަތު އިތުރުކޮށްދިންކަނ ނުވަތް ނޫންކަން ހުށަހެޅުނު ލިޔުންތަކުން އަދި ދަށު ކޯޓުގެ ނިންމުމުން ސާފުވާ ގޮތެއް ނުވެއެވެ.
8ދއަލަތނު ދަޢުވް ދިފާޢާ ހުށަހަޅާފައިވަނީ، 15 އޮކްޓބަރޯ 2023 ގައެވެ. މި ހުށަހެޅުމަށް ކޯޓުން ދީފައިވާ ޖަވާބުގައި ބަޔާން ކުރަނީ " ސިވިލް ކޯޓުގެ ނަންބަރު:2023-CvC-2559 ޤަޟިއްޔާ އާއި ގުޅިގެން ފޯމް 07 ހުށަހެޅުމަށް ދެވިފައިވާ 28 (އަށާވީސް) ދުވަހުގެ މުއްދަތު 12 އޮކްޓބަރޯ 2023 ވަނަ ދުވަހަށް ހަމަވެފައިވާތީ، ފޯމް 07 ސެކްޝަނުން ބަލައި ނުގަންނ ވާހަކަ ދަންނަވަމެވެ." މިފަދައިންނެވެ. އަދި މިމައްސަލައިގައި ދެން ކުރިއަށް ދިއުމަށް އެދޭގޮތް ބަޔާންކޮށް ކޯޓަށް އެކަން އެންގުމަށް 14 (ސާދަ) ދުވަހުގެ މުހުލަތެއް ދަޢުވާކުރާ މާލެ ހައި އަށް ދެވިފައިވާކަން އެންގިއެވެ. ސިވިލް ކޯޓުގެ ފަރާތުން 13 ސެޕްޓެމްބަރ 2023 ދުވަހު ދައުލަތަށް ފޮނުވި މެއިލް. ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2259 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 1.3 ވަނަ ނުކުތާ ދަޢުވާ ފޯމާ ހަވާލިވިކަން އަންގާ ލިޔުން (ފޯމު 2) 15 އޮކްޓބަރޯ 2023 ގައި އެޓަރނީޖެނެރަލްގެ އޮފީހުން ފޮނުވި މެއިލްއަށް އެދުވަހު ސިވިލް ކޯޓުން ފޮނުވާފައިވާ ޖަވާބު މެއިލް. ސިވިލް ކޯޓުން ދައުވާކުރާ ފަރާތަށް 15 އޮކްޓބަރޯ 2023 ގައި ފޮނުވި މެއިލް
9ކޯޓުގެ މިއެންގުމާއ ގުޅިގެނި މަދަން އިޖުރާއަތުގެ 141 ވަނަ މާއްދާއާއި ޙަވާލާދީ، އެޤާނޫނުގެ 117 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދެއްވުމަށްއެދި ދަޢު ވާކުރާ ފަރާތުން 16 އޮކްޓބަރޯ 2023 ގައި ކޯޓުގައި އެދުނެވެ.
10ޣައިރު ޙާޟިރުގައި ކުރުމަށް އެދޭ ޙު ކުމް އޮންނަންވީގޮތްކަމަށް، ދަޢު ވާކުރާ މާލެ ހައިގެ ފަރާތުން ބަޔާންކޮށްފައިވަނީ؛ މާލޭ ހައިގެ އަތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެމް.އީ.އެސް ކުރީގައި ހިންގި ޢިމާރާތާއި އެތަނުގައި ހުރި މާލޭ ހައިގެ މުދާ އަތުލާފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށާއި، އަދި މިޢަމަލުގެ ސަބަބުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން މާލޭ ހައިއަށް ލިބިދީފައިވާ ޙައްޤުން އެކުންފުނި މަޙްރޫމްވެފައިވާކަމަށާއި، ޢާންމުމަންފާއަކަށް ވިޔަސް، އެ ޢިމާރާތާއި އެތަ ނުގައ ހުރި މުދާ، މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭ ގޮތުން، ދައުލަތުގެ އެއްވެސް އިދާރާއަކަށް ނެގޭނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ޝަރީޢަތުން ކަނޑައަޅާ އަދުލުވެރި ބަދަލު މާލެ ހައިއަށް ދީ ޚަލާސްކޮށް އޭގެ ފަހުގައިކަމަށާއި، އިޝާރާތްކުރެވުނު ޢިމާރާތާއި، އެތަނުގައި ހުރި މާލޭ ހައިގެ އެންމެހައި މުދާ އެކުންފުންޏަށް އަނބުރާ ރައްދުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި އަމުރުކޮށް، އެއަމުރު ތަންފީޛުކުރުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒްއަށާއި ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކަށް އަންގައި އަމުރުކޮށްދެއްވުމަށާއި، މާލެ ހައިގ ބެލުމުގެ ދަށުގައި ހުރި ޢިމާރާތަށް ވަދެ، އެތަނުން އެކުންފުނި ނެރެ އެތަނުގައި ހުރި އެކުންފުނީގެ މުދާ ގަދަކަމުން އަތުލުމުގައި ޝާމިލްވީ ފުލުހުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މުވައްޒަފުން ކުޅަ ޖިނާއީ ކުށުގެ މައްސަލަ ތަޙްޤީޤުކޮށް ދަޢުވާ ކުރުމަށް ފޮނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށްދެއްވައި ޙުކުމް ކޮށްދެއްވުމަށެވެ.
11ދަޢުވާ ލިބާ ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ކުރި ޙުކުމް ގައި ބަޔާން ކުރަނީ، ދަޢުވާކުރާ މާލެ ހައިގެ ފަރާތުން އެދިފައިވާ ފަރުވާ ތަކަކީ ނަގައިދެވެން ނެތް ފަރުވާތަކެއް ކަމަށެވެ. މާލެ ހައިގެ ފަރާތުން އިސްތިއުނާފުކޮށްފައިމިވަނީ ސިވިލް ކޯޓުގެ މިނިންމުމެވެ. ސިވިލް ކޯޓުން ނިންމި ގޮތް:
12ސިވިލ ކޯޓުގް ނަންބަރު: 3202-CvC-2259 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ޝަރީޢަތުން އިސްވެ ފާހަގަކޮށްފައިވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، ދަޢުވާކުރާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު:C0122/2010) ގެ ފަރާތުން އެދިފައިވާ ސިވިލް ކޯޓުގެ "ކޯޓު އަމުރަށް އެދޭ ފޯމި" (ފޯމު 31) ފަރުވާތަކަކީ، އިސްވެ ދިޔަ ސަބަބުތަކަށްޓަކައި ނަގައިދެވެން ނެތް ފަރުވާތަކެއ ކަމުގައް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް:
13ސިވިލް ކޯޓުގެ ނަންބަރު: 2023-CvC-2259 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، މާލޭ ހައިގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅް އެނުކުތާތަކާ އާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކާ ކ؛
1.13. މައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރެއްވުމުގައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ސާބިތުވާކަމަށް ނިންމެވުމަށް ޤާނޫނު ގެ 112 ވަނަ މާއްދާ ހުރަސްއަޅާކަމަށް ބަޔާންކުރައްވާފައިވަނީ އެ ޤާނޫނުގެ 21 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި އެޤާނޫނުގެ މަޤްސަދާއި ޚިލާފަށްކަމަށް ދެކޭކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.13. ޙުކުމް ކުރުމުގައި ޤާނޫނު ގެ 123 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށާއި، މިގޮތުން އެޤާނޫނުގެ 123 ވަނަ މާއްދާގައި، ކޯޓުން ރިޢާޔަތް ކުރަންޖެހެނީ ދަޢުވާއާއި ދަޢުވގާ ތަފްޞީލުގައިވާ ކަންކަމަށް ކަމުގައި އޮތްއިރު، އެކަންކަމަށް ރިޢާޔަތްނުކޮށް، ދަޢުވާއާއެކު ހުށަހަޅާފައިވާ ބައެއް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.13. ހެއްކަށް ރިޢާޔަތްކުރުމުގައި، ހެއްކާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާއާއި 139 ވަނަ މާއްދާއާއި 144 ވަނަ މާއްދާއާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 74 (ނ) އާ ޚިލާފުވެފައިވާކަމަށާއި، މިގޮތުން ހުށަހެޅިފައިވާ ހުރިހައި ހެއްކަކަށް ރިޢާޔަތްނުކޮށް، އެންމެ ހެއްކަކަށް ރިޢާޔަތްކޮށް، އެހެކިން ފެންނަ ކަމެއްވެސް ދަޢުވާއާއި ދަޢުވާގެ ތަފްޞީލުގައިވ ކަންކަނާ ފެނޭތޯ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު). ބެލުމުގެ ބަދަލުގައި، ދަޢުވާގައި ނެތްކަމެއްގެ ވާހަކައަށް ރިޢާޔަތްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
14އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ތަފްޞާ ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.14. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞލުގައީ މައިގަނޑު ގޮތެއްގައި ޝަކުވާ ކޮށްފައިވަނީ ސިވިލް ކޯޓުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި (ޑީފޯލްޓް ޖަޖްމަންޓް) މައްސަލައިގެ ޙުކުމް ކުރިއިރު، ދަޢުވާކުރާ ފަރާތާއި ދެކޮޅަށް ޙުކުމް ކޮށްފައިވާތީ އެކަމާއި މެދުގައެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނަނީ މިޙާލަތުގައި ޑީފާ ލްޓޯ ޖަޖްމަންޓްއަކަށް ދާއިރު، ދަޢުވާކުރާ ފަރާތއާ ދެކޮޅަށް ޑީފޯލްޓް ޖަޖްމަންޓެއް ނުދެވޭނެކަމަށެވެ. މިގޮތުން ސިވިލް ކޯޓުން މަދަނީ އިޖުރާއަތުގެ 21 ވަނަ މާއްދާ އަދި 112 ވަނަ މާއްދާ މާނަކޮށްފައިވަނީ އެޤާނޫނުގެ 6 ވަނަ މާއްދާގައި އަމުރުކޮށްފައިވާ ގޮތާ ޚިލާފަށްކަމަށެވެ. އެޤާނޫނުގެ 6 ވަނަ މާއްދާ، އެޤާނޫނުގެ 112 ވަނަ މާއްދާގެ މައްޗަށް ތަޠުބީޤުކުރުމުން، "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" މާނަކުރުން، އެޤާނޫނުގެ 21 ވަނަ މާއްދާގައި ބުނެފައިވާ މަފްހޫމުން އެއްވެސް މިންވަރެއް ހަނިކުރެވޭނޭ ގޮތަކަށް 112 ވަނަ މާއްދާ މާނަ ނުކުރެވނެކަމަށެވެ. މިކަން ކަމުގެ ތަފްޞޭ ލ އިސްތިއުނާފީ ފޯމުގައީ ބަޔާންކޮށްފައިވެއެވެ.
2.14. އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމުގައި މަދަނީ އިޖުރާއަތުގެ 123 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭ ސަބަބުތަކާއި، މައްސަލަ ނިންމުމުގައި އެއްވެސް ހެއްކަކަށް ރިޢާޔަތްކުރަން ނުޖެހޭނެކަމާއި، ރިޢާޔަތް ކުރަން ޖެހޭނީ ހަމައެކަނި ދަޢުވާއާއި ދަޢުވާގެ ތަފްޞަ ލުތަކަށް ކަމަށްބުނެ ފާހަގަކުރި ސަބަބުތަކެވެ.
3.14. ތިންވަނަ ނުކުތާގެ ތަފްޞލްގައ ބުނެފައިވަނި ސިވިލް ކޯޓުން ހެއްކަށް ރިޢާޔަތްކުރުމުގައި ހެއްކާބެހީ ޤާނޫނާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 74 ވަނަ މާއްދާގެ (ނ) އާ ޚިލާފުވެފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ކަންކަމެވެ. މިގޮތުން ސިވިލް ކޯޓުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތައް ވަޒަންކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި ބައެއް ހެކި ވަޒަންކުރައްވާފައިވަނީ ދަޢުވާގެ ޞީޣާއިން ބޭރު މަޙައްލެއްގައި، ސާބިތުކުރަން ނުޖެހޭ ވާޤިޢާ އެއް ސާބިތުނުވާކަމަށް ދައްކާ، ސާބިތުކުރަންޖެހޭ ވާޤިޢާއަށް ބެލުމެއްނެތިކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
15އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: 2023-CVC-2259 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްދެއްވައި، އެޤަޟިއްޔާގައި ކޮށްދއްވުމަށ އެދުން ޣައިރު ޙާޟިރުގައެ ކުރާ ޙުކުމް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތަށް، ދަޢުވާލިބޭ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސް (ދައުލަތް) ގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާ ދެއްވައި، އެޤަޟިއްޔާގެ ދަޢުވާ ފޯމުގައި އިސްތިއުނާފުކުރު ފަރާތުން އެދިފައިވާ ކަންކނަ ކަމުގައިވާ، އިސްތިއުނާފުކުރާ ފަރާތުގެ އަތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެމް.އީ.އެސް ކުރީގައި ހިންގި ޢިމާރާތާއި އެތަނުގައި ހުރި އިސްތިއުނާފުކުރާ ފަރާތުގެ މުދާ އަތުލާފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގި ޢަމަލުގެ ސަބަބުން ޤާނޫނުއަސާސީގެ 40 (ހ) އިން އިސްތިއުނާފުކުރާ ފަރާތަށް ލިބިދީފައިވާ ޙައްޤުން މާލޭ ހައާ މަޙްރޫމް ވެފައިވާކަމަށާއި، ޢާންމު ވެގެންވާ މަންފާއަކަށް ވިޔަސް، އެ ޢިމާރާތާއި އެތަނުގައި ހުރި މުދާ، މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭ ގޮތުން، ދައުލަތުގެ އެއްވެސް އިދާރާއަކަށް ނެގޭނީ ޤާނޫނުއަސާސީގެ 40
(ށ) ގައިވާ ގޮތަށް، ޝަރީޢަތުން ކަނޑައަޅާ ޢަދުލުވެރި ބަދަލު އިސްތިއުނާފުކުރާ ފަރާތަށްދީ ޚަލާސްކޮށް އޭގެ ފަހުގައިކަމަށާއި، އެމް.އީ.އެސް ކުރީގައި ހިންގި ޢިމާރާތާއި އެތަނުގައި ހުރި އިސްތިއުނާ ފުކުރާ ފަރާތުގެ އެންމެހައި މުދައު އިސްތިއުނާފުކުރާ ފަރާތަށް އަނބުރާ ރައްދުކުރުމަށް އަމުރުކޮށްދެއްވުމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ޢިމާރާތަކަށް ވަދެ، އެތަނުން މާލޭ ހައި ނެރެ، އެތަނުގައި މި ކުށުގެ ޢަމަލު ހިންގި މީހުންގެ މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކުރުމަށް ފޮނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ މައްޗަށް އަމުރު ކޮށްދެއްވައި، މިކަންކަން މިމަގުނ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ފިނޭންސާއި ދައުލަތުގެ ކަމާގުޅޭ އެންމެހައި އިދާރާތަށް ޝާމިލްވާނޭ ގޮތުން އަމުރުކޮށްދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
16މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: 2023-CVC-2259 ޤަޟިއްޔގާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް މާލެ ހައިގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާ އާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ: މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 އަދި 112 ވަނަ މާއްދާ މާނަކުރި ގޮތާގުޅޭ:
17އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ އެއްކަމަކީ، ސިވިލް ކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނު 21 ވަނަ މާއްދާ އަދި 112 ވަނަ މާއްދާ މާނަކޮށްފައިވަނީ އެޤާނޫނުގެ 6 ވަނަ މާއްދާގައި އަމުރުކޮށްފައިވާ ގޮތާ ޚިލާފަށްކަމަށެވެ.
18ޕްރިސިޑެންސް 1މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާއަކީ "މަފްހޫމްތަކުގެ ރަދފު" ބަޔާންކުރާ ބާބުގެ ދަށުން އަންނީ މާއްދާއެކެވެ. މިބާބުގައި ބަޔާންކޮށްފައިވަނ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބޭނުންކޮށްފައިވާ ބައެއް ބަސްތަކާއި މަފްހޫމްތައް އެޤާނޫނުގައި ބޭނުންކޮށްފައިވާ ގޮތުގެ މާނަ އެވެ. 6 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ މަފްހޫމްތަކުގެ އަސާސް 6. މި ޤާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމްތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ޤާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ޤާނޫނުގެ މަޤްޞަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ޤާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ. މިފަދައިންނެވެ. ވީމާ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކޮންމެ މާއްދާއެއްވެސް ކިޔާއިރު، ކިޔާން ޖެހެނީ، ދެވަނަ ބާބުގެ ދަށުގައި ބަޔާންކުރާ މަފްހޫމްތަކަށ ހަނިކަމެއް ނާންނާނެ ގޮތަށްކަމަށް ބަލަންޖެހެއެވެ.
19ޤާނޫނެއްގައި ބޭނުންކޮށްފައިވާ ބަހެއް ނޫނީ ޖުމްލައެއްގެ މާނަ އެޤާނޫނުގެ މަފްހޫމުތަކުގެ ރަދީފުގައި ބަޔާން ކޮށްދީފައިވާނަމަ، ދެން އެބަސ ނޫން އެޖުމްލަ އެޤާނޫނުގައި ބޭނުންކޮށްފައިވާ އެހެން ކޮންމެ ތަނެއްގައި ކިޔާންވާނީ އެޤާނޫނުގައި ބަޔާންކޮށްދީފައިވާ މާނއި ގައެވެ. މިއީ އުޞޫލީ ހަމައެކެވެ.
20ނަމަވެސް، މަފްހޫމުތަކުގެ ރަދީފުގައި އެބަހަށ ނޫން ޖުމލައަށް ދީފައިވާ މާނަ، އެޤާނޫނުގެ މައިގަނޑުގައި އޮތް ބަހކަށ ނޫން ޖުމލައަށް ތަޠްބީޤް ނުކުރެވޭ ގޮތަށް ބަޔާންކޮށްފައި އޮވެއްޖެނަމަ، އެބަހަކަށް ނޫނީ އެޖުމްލައަކަށް މަފްހޫމްތަކުގެ ރަދީފުގައި ދީފައިވާ މާނައާ ތަފާތު މާނަ ކުރުމެއް ދޭންޖެހިދާނެއެވެ. އެހެންކަމުން، މަފްހޫމުތަކުގެ ރަދީފުގައ ބަޔާންކުރި މާނަ ކުރުމަކީ ޢާންމު ގޮތެއްގައި، މިދެންނެވި ހިފެހެއްޓުމުގެ މައްޗަށް ހުއްޓިގެންދާނެ މާނަ ކުރުމެވެ. މިގޮތުން، ބައެއްފަހަރު " މިމާއްދާގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ" ނުވަތަ "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ" ނުވަތަ "މިމާއްދާގެ ބޭނުމަށްޓަކައި" ނޫނީ "މިބާބުގެ ބޭނުމަށްޓަކައި" މިފަދަ ހިފެހެއްޓުންތައް އެ ޤާނޫނުގެ ނައްޞުތަކުގައި ހިމަނާފައިވާތީ ފެންނާނެއެވެ. ސާފުބަހުން މިފަދަ ހިފެހެއްޓުމެއް ބަޔާން ކޮށްފައި ނުވިނަމަވެސް، ޤާނޫނު މާނަ ކުރުމުގައި މިފަދަ ހިފެއްޓންތަކަކީ ޟިމްނީގޮތުން ދެނެގަނެވޭނު ކަންކަމެވެ.
21މަދަނީ އިޖުރާއަތުގެ ޤާނޫނގު 21 ވަނަ މާއްދާ އަކީވެސް މަފްހޫމްތަކުގެ ރަދީފުގ ބާބުގެ ދަށުގައި އޮތް މާއްދާއެކެވެ. އެމާއްދާގައި " ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" gment)d(default ju އަކީ ކޮބާކަން ބަޔާން ކޮށްދީފައިވެއެވެ. އެމާއްދާގައި އޮތީ؛ ޣައިރު ޙާޟިރުގައި ކުރާ ޙުކުމް 21. "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއްގެ ލިޔެކިޔުމާ ދަޢުވާލިބޭ ފަރާތުން ޙަވާލުވުމަށްފަހު، ދަޢުވާއަށް ރައްދުދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ރައްދުދީފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ .
22މަދަނީ އިޖުރާއަތުގެ ޤާނޫނގު 10 ވަނަ ބާބަކީ "ޣައިރު ޙާޟިރުގައިކުރާ ޙުކުމް" ކުރުމާއި ގުޅޭ ބާބެވެ. އެ ބާބުގެ ދަށުގައި ފުރަތަމަ ބަޔާންކުރާ މާއްދާއަކީ 211 ވަނަ މާއްދާއެވެ. އެމާއްދާގައިވެސް "ޣައިރު ޙާޟިރުގައިކުރާ ޙުކުމް" (default judgment) އަށް މާނައެއް ދީފައި އެބަ އޮތެވެ. އެމާއްދާގައި ބަޔާން ކުރަނީ؛ މި ބާބު ހިނގާނެ ދާއިރާ 112. މި ބާބުގެ ބޭނުމަށްޓަކައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބުނެފައި އެވަނީ، ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ .
23ޕްރިސިޑެންސް 2މަފްހޫމުތަކުގެ ރަދީފުގެ ދަށުން އަންނަ 21 ވަނަ މާއްދާގައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" އަށް ދީފައިވަ މާނާ ކުރުމާއި 10 ވަނަ ބާބުގެ ދަށުން އަންނަ 112 ވަނަ މާއްދާގައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" އަށް ދީފައިވާ މާނކުރުނަ ތަފާތެވެ. އެއްޤާނޫނެއްގައި އެއްޖުމުލަ އަކަށް ދީފައި މިވަނީ ތަފާތު ދެމާނަ ކުރުމކެވެ.
24މިދެންނެވި 112 ވަނަ މާއްދާގެ ފެށުން ފުރަތަމަވެސް ފަށާފައިވާ ޢިބާރާތަކީ "މިބާބުގެ ބޭނުމަށްޓަކައި" މި ޢިބާރާތެވެ. މި ޢިބާރާތަކީ ހަނި ކުރާ ޢިބާރާތެވެ. 211 ވަނަ މާއްދާގައި، މިބާބުގެ ބޭނުމަށްޓަކައޭ އޮތުމުން، "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" އަށް މަފްހޫމްތަކުގެ ރަދީފުގައި ދީފައިވާ މާނަ ކުރުން، 10 ވަނަ ބާބު ގެ ބޭނުމަށްޓަކައި ދެން ބޭނުން ކުރެވިދާނެ ކަމަކަށް ޤާނޫނީ ހަމައަކުން ވިސްނާއިރު ބުރައެއް ނުވވެ އެވެ. ސަބަބަކީ، މަފްހޫމްތަކުގެ ރަދީފުގެ ދަށުން 21 ވަނަ މާއްދާގައި ދީފައިވާ މާނަ ކުރުމަކީ ޢާންމު މާނަ ކުރުމެއް ކަމަށްވެފައި 10 ވަނަ ބާބުގެ ދަށުން 112 ވަނަ މާއްދާގައި ދީފައިވާ މާނަ ކުރުމަކީ އެބާބުގެ ބޭނުމަށްޓަކައި ދީފައިވާ ޚާއްޞަ މާނަ ކުރުމެއް ކަމަށް ޤާނޫނީ ހަމައިން ބެލޭނެތއެވެ.
25އެހެންކަމުން، ދަށުކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 112 ވަނަ މާއްދާ މާނަ ކޮށްފައިވަނީ އެޤާނޫނުގެ 6 ވަނަމާއްދާގައި ބަޔާންކުރާ ހަމައާ ޚިލާފަށްކަމަށް ސީދާ ކަޑައަޅައި ބުނެވޭކަށް ނެތެވެ.
26މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 112 ވަނަ މާއްދާގައި ބަޔާންކުރާ "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" އަށް ދީފައިވާ މާނަ ކުރުމަކީ، ކުރިން ބަޔާން ކުރިހެން ތަފާތު ދެ މާނަ ކުރުމެއްކަން ތިރީގައި ބަޔާން ކޮށްފައިވާ ކަންކަމުން އިތުރަށް ސާފުވެއެވެ. 21 ވަނަ މާއްދާ 112 ވަނަ މާއްދާ 1- "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކުރަންޖެހެނީ، ދަޢުވާއަށް ރައްދު 1- "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކުރަންޖެހެނީ ދަޢުވާ ގެ ދިފާޢު ދީފައި ނުވުމުންކަން. ހުށަހަޅާފައި ނުވުމުންކަން. 2- ދަޢުވާ ލިބޭ ފަރާތަށް ނޯޓިހެއް ދޭންޖެހޭކަމަށް ބަޔާނެއް ނުކުރޭ. 2- ދަޢުވާ ލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދޭން ނުޖެހޭ ކަމަށް ސާފުކޮށް 3- ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅަންޖެހޭ. ބަޔާންކުރޭ. 3- ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅާންޖޭހޭ ކަމަށް ބަޔާނެއް ނުކުރޭ. Generalia specialibus non derogant (General things do not derogate from specific things).
27މި ދެމާއްދާގެ މާނަ ކުރުމަށް ބަލާއިރު، 21 ވަނަ މާއްދާގައި އޮތް މާނަ ކުރުމުގައި ބަޔާންކުރާ "ދަޢުވާއަށް ރައްދު ދިނުން" އަދި 112 ވަނަ މާއްދާގައި ބަޔާންކުރާ "ދަޢުވާގެ ދިފާޢު" މި ޢިބާރާތްތަކަކީ މަފްހޫމްގެ ރަދީފުގައ ވަކި މާނަ ކުރުންތަކެއް ދީފައިވާ ޢިބާރާތްތަކެއް ކަމަށްވާތީ، މިދެމާއްދާގައި ބުނާނއުޅޭ ވާހަކައަކީ، އެއްވާހަކައެއ ކަމަށް ބެލިނަމަވެސް މިދެމާއްދާ އެއްހަމަކޮށް )lyharmonious( ކިޔުން އެއީ ފަސޭހަ ކަމަކަށް ނުވެއެވެ.
28ހަމައެހެންމެ، "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކުރަން ޖެހެނީ ޝަރީޢަތް ހިންގުމަކާ ނުލައި ކަމަށް 21 ވަނަ މާއްދާ އާއި 112 ވަނަ މާއްދާގައިވެސް ބަޔާންކުރެއެވެ. "ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން" އެއީވެސް މަހްފޫމުގެ ރަދީފުގައި މާނަ ކޮށްދީފައިވާ ޢިބާރާތެވެ. އެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ "ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާ، ދަޢުވާލިބޭ ފަރާތަށް ދިފާޢުކުރެވިދާނެކަމުގެ ފުރުޞަތެއް ނެތް ޙާލަތުގައި، ނުވަތަ ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް އެ ދަޢުވާ ނިމުމުގެ ފުރުޞަތެއް ނެތް ޙާލަތުގައި، މި ޤާނޫނުގެ ފަނަރަވަނަ ބާބުގައިވާ ގޮތުގެމަތިން އެ ދަޢުވާގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ލިޔެކިޔުމާއި ހެއްކަށް ބިނާކޮށް، އެ ދަޢުވާގައި ގޮތެއް ކަނޑައަޅައި ޙުކުމް ކުރުމަށެވެ." މިފަދައިންނެވެ. މި ތަޢުރީފަށ ބެލުމުން އެގެނީ، މިއީ ސަމަރީ ޖަޖްމަންޓް (summary judgment) ގެ ވާހަކަކަމެވެ. ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލައެއް ނިންމާނެ ގޮތް (summary judgment) ބަޔާން ކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 41 ވަނަ ބާބުގައެވެ. މި ޤާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާން ކުރަނީ "އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތު" އެވެ. Alternative procedure for claims (unlikely to involve a substantial dispute of fact).
29ހަމައެހެންމެ، 21 ވަނަ މާއްދާގައި ވާގޮތުން، ޣައިރު ޙާޟިރުގައި ޙުކުމް ކުރާއިރު، ދަޢުވާލިބޭ ފަރާތާއި ދެކޮޅަށް ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅަން ޖެހެއެވެ. ނަމަވެސް 112 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ދަޢުވާލިބޭ ފަރާތާއި ދެކޮޅަށް ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅަންޖެހޭނެ ކަމަކަށް ބަޔާންކޮށްފައެއް ނެތެވެ. ކޮށްފައިވާ ދަޢުވާއެއް ޝަރީޢަތް ކުރުމަކާއި ނުލައި ސާބިތުވާކަމަށް ފަނޑިޔާރަކު ކަނޑައަޅަންޖެހޭ ގޮތަށް ޤާނޫނުގައި ލިޔެފައި އޮތް އޮތުމަކީ ފަނޑިޔާރެއްގެ ނިސްބަތުން ބަލާއިރު، ނުރައްކާތެރި އަދި އައިބކަން ބޮޑު ކަމެއް ކަމުގައި ނޫނީ އަހަރެންނަކަށް ނުފެނެއެވެ. އެހެނީ ކަމެއް ނުވަތަ ޙަޤީޤަތެއް "ސާބިތުވެއްޖެ" ކަމަށް ކަނޑައެޅޭނީ ބެލުން ތަކެއް ބަލައިގެންނެވެ. "ޣައިރުޙާޟިރުގައި ކުރާ ޙުކުމް" ގެ ޠަބީއަތަކީ އެބެލުނތައް ނުބަލާ ނިންމާ ނިންމުމަކށްވުމެވެ. އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 112 ވަނަ މާއްދާގައި ބަޔާންކުރާ މާނަ ކުރުމަކީ، އެއްމާނަ ކުރުމެއް ކަމަކަށް ބުރއެއަ ނުވެވެއެވެ. ޤާނޫނެއްގެ އެއްމާއްދާ އަނެއް މާއްދާއާ ތަޢާރުޟުވުން:
30ޕްރިސިޑެންސް 3ޤާނޫނެއްގެ އެއްމާއްދާ އަނެއްމާއްދ އާ ތަޢާރުޟުވާކަމަށް ފެންނަނަމަ، ނުވަތަ ޤާނޫނުގެ އެއްމާއްދާ އެ ޤާނޫނުގެ އަނެއް ބައިތަކާއި ތަޢާރުޟުވާކަމަށް ފެންނަ ޙާލަތުގައި، އެޤާނޫނު މާނަކޮށް ތަރުޖަމާ ކުރުމުގެ ހަމައެއް އޮވެއެވެ. އެއީ، އެޤާނޫނުގެ އެ މާއްދާގެ މަޤްޞަދު އަނެއް މާއްދާގެ ސަބަބުން ނަފީވެގެން ނުދނާ ގޮތަށް އެއްހަމަކޮށް އެ ޤާނޫނު ކިޔުމެވެ. އެއީ rule of harmonious construction އެވެ. މިކިޔާ ހަމައިގެ މަތިން އެ މާއްދާތައް ކިޔައިގެން އެމާއްދާތަކަށ މާނަކުރުން ދިނުމެވެ. މިދެންނެވި ހަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/46 ޤަޟިއްޔާގެ 16 ވަނަ ނުކުތާގައި ބަޔާން ކޮށްފައވަނި އަންނަނިވި ޢިބާރާތުންނެވެ. "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބުހިފިދާނެ ތާފަތު ގޮތްތަކެއް މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ. އެއިން ކޮންމެ ގޮތަކަށް ގާނޫނެއް މާނަ ކުރުމަށް މިސްރާބު ހިފިނަމަވެސި ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިނަމަވެސް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނޫނުގެ އިބާރާތާއި އޮނިގަނޑުންކަމެވެ. އެހެންކަމުން ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަ ކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ."
31ވީމާ، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ގެ މާނަ އެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 112 ވަނަ މާއްދާގައި ދީފައިވާ ގޮތާއި އަދި އެޤާނޫނުގެ އެހެން ބައެއް މާއްދާތަކުގައި، "ޣައިރު ޙާޟިރުގައިކުރާ ޙުކުމް" ކުރާންވީ ގޮތް ބަޔާންކުރާ ގޮތާއި މިހުރިހާ ކަންކަމަށް ނަޒަރުކޮށް، "ޣައިރަ ޙާޟިރުގައި ކުރާ ޙުކުމް" ގެ ނަތީޖާއެއް ކަމަށްވާންޖެހޭނީ، އުޞޫލެއްގެ ގޮތުން އެޙުކުމަކީ ދަޢުވާލިބޭ ފަރާތާއި ދެކޮޅަށް ކުރަންޖެހޭ ޙުކުމެއް ކަމުގައި ވުމެވެ. ނޫނީ ޤާނޫނުގައި ވަކިކަމެއް ކުރަން ވަގުތު ކނަ ޑައަޅާ ބަޔާންކޮށްފައިވާ ކަންކަން ކުރުމުން އެއްކިބާވެ ވަގުތަށް ފަރުވާތެރިނުވ ފަރާތާއި ދެކޮޅަށް ކުރާ ޙުކުމެއް ކަމުގައިވުމެވެ.
32ޕްރިސިޑެންސް 4"ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" (default judgment) އާއި ކޯޓުން ކުރާ އެހެން ބައެއް ބާވަތުގެ ޙުކުމްތަކުގެ ތަފާތަކީ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ އެކުރާ ދަޢުވާގެ މައުޟޫއަށް ނުވަތަ އެ ދަޢުވާގެ ހަރުދަނާކަމާއި ބުރަދަނަށް (merit) ބަލައިގެން ނިންމާ ނިންމުއ ކަމުގައް ނުވުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ނުވަތަ ދަޢުވާގެ ރައްދެއް، ދިފާޢެއް ހުށަހަޅަން އޮތް ވަގުތު ފާއިތުވެގެން ދޔި އިރުވެސަ އެކަމަށް ދަޢުވާލިބޭ ފަރާތުން އިޖާބަ ނުދިނުމުގެ ސަބަބުން ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ އަގެވެ. އުފުލާންޖެހޭ ޒިންމާއެވެ. ވީމާ، ޣައިރު ޙާޟިރުގައިކުރާ ޙުކުމް ކުރުމުގައި ކޯޓުން ބަލަންޖެހޭ އަސާސީ ކަންކަން ބިނާވާނީ ދަޢުވާގެ މެރިޓަށް ބެލުމުގެ ބަދަލުގައި އިޖުރާއަތުތަކެއް ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްޗަށެވެ.
33މިއާ ޚިލާފަށް، "ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން" (summary judgment) އަކީ، ދަޢުވާ ނުވަތަ މައްސަލަ، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ނިމުމުގެ ފުރުޞަތެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވޭ ނުވަތަ ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިން ދަޢުވާލިބޭ ފަރާތަށް ދިފާޢުވެވިދާނެކަމުގެ ފުރުޞަތެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވޭ އަދި ޝަރީޢަތް ހިންގައިގެން ދަޢުވާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ މަޤުބޫލު ސަބަބެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވުމުން، ދަޢުވާ ކުރާ ފަރާތާ ދެކޮޅަށް ނުވަތަ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމުމަށް ކޯޓަށް ލިބިދީފައިވާ ބާރެއްގެ ދަށުން ކުރާ ޙުކުމެކެވެ. މިޙާލަތުގައި، ކޮށްފައިވާ ދަޢުވާގެ މެރިޓަށް އަދި ހުށަހަޅާފައިވާ ދިފާޢުގެ ބުރަދަނަށް ފަނޑިޔާރު ބަލަންޖެހޭކަން އެނގެއެވެ. ވީމާ ޣައިރު ޙާޟިރުގައި ކުރާ ޙުކުމް އާއި ޝަރީޢަތް ކުރުމަކާއި ނުލާއ މައްސަލި ނިންމުން އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ތަފާތު ދެ މަފްހޫމެކެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:
34އިސްތިއުނާފީ ދެވަނަ ނުކުތާގައިވެސް ބަޔާން ކުރަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ
(ހ) މާނަ ކުރިގޮތް ރނަ ގަޅު ނޫން ކަމަށެވެ.
35އިސްތިއުނާފު ކޮށފައިވް މައްސަލައިގައި، މާލެ ހައިގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ އަށާއި އެދިފައިވާ ފަރުވާތަކަށް ބަލާއިރު، މައިގަނޑު ދެކަމަކަށް އެދިފައިވާކަމަށް ފެނެއެވެ. އެއީ؛ (1) މާލެ ހައި އިން މަންދު ކޮލެޖާ ހިންގަމުން ގެންދިޔަ، ކުރީގެ އެމް.އީ.އެސް ސްކޫލް ހިންގި ޢިމާރާތާއި، އެތަނުގައި ހުރި އެ ކުންފުނީގެ އުފުލޭ އަދި ނުއުފުލޭ އެންމެހައި މުދާ، އެ ކުންފުނީގެ ރުހުމެއް ނެތި، އަދި ޝަރީޢަތުގެ އަމުރެއްވެސްނެތި މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ގަދަކަމުން އަތުލައި، އަދިވެސް ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ، އެ ޢިމާރާތާއި އެތަނުގައި ހުރި އެކުންފުނީގެ އެންމެހައި މުދާ އެކުންފުންޏަށް އަނބުރާ ރައްދުކުރުމަށް އަމުރު ކޮށްދިނުމަށް އެދި. (2)އެކަމުގައި ޝާމިލުވި މީހުންނާމެދު ތަޙްޤީޤް ހިންގައިދިނުމަށ މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން އިންކާރު ކުރާތީކަމަށް ބުނެ، އެކަމުގައި ޝާމިލުވި ފުލުހުންނާއި މިނިސްޓްރީ އޮފް ދިވެހި ފުލުހުންގެ ޚިދުމަތް. އެޑިއުކޭޝަންގެ މުވައްޒަފުން ކުޅަ ޖިނާއީ ކުށުގެ މައްސަލަ ތަޙްޤީޤުކޮށް ދަޢުވާ ކުރުމަށް ފޮނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި. އެވެ.
36ޕްރިސިޑެންސް 5އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވާ ފަރުވާއަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނގު 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާ ފިޔަވައި ތަފާތު ފަރުވާއެކެވެ. ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއްގެ ދަށުން އެފަދަ ތަފާތު ފަރުވާއަކަށް އެދެވޭނީ މަދަނީ އިޖުރާއަތުގެ 117 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، އެޤާނޫނުގެ އެކާވީސްވަނަ ބާބު "ކޯޓު އަމުރު" ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހަޅައިގެންނެވެ. އެ ޤާނޫނުގެ 123 ވަނަ މާއްދާއަކީ ކޯޓު އަމުރުގެ ދަށުން ހުށަހެޅުމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމް ކުރަން އެދޭ ޙާލަތުގައި ޢަމަލު ކުރަންޖެހޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެކެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ؛ އެކާވީސްވަނަ ބާބުގެ ދަށުން 123. (ހ) އެކާވީސްވަނަ ބާބު "ކޯޓު އަމުރު" ގެ ދަށުން ހުށަހަޅާ ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި މެދުވެރިކޮށް ޣައިރު ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން އެދޭ ޙާލަތުގައި، ޙާޟިރުގައި ކުރާ ޙުކުމާގުޅޭ ކޯޓުން ޙުކުމްކުރަންވާނީ، ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި އިތުރު ކަންކަން ދަޢުވާގެ ތަފްޞީލުތަކުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށެވެ .
37މިމައްސަލަ ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއްގެ ދަށުން ނިންމިއިރު، ދަޢުވާކުރާ މާލެ ހައިގެ ފަރާތުން ހުށަހެޅި ދަޢުވާ އާއި ދަޢުވާގެ ތަފްޞީލުތަކުގައ ބަޔާންކުރި ކަންކަމަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިވަނީ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހެޅި ފަރާތާއި ދެކޮޅަށެވެ. ނަމަވެސް، ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް ކުރުމުގައި، ކޯޓުން ހުށަހެޅިފައިވާ ދަޢުވާ އާއި ދަޢުވާގެ ތަފްޞީލަށް ބަލަންޖެހޭ ނަޒަރަކީ ދަޢުވާ ރައްދުވާ ފަރާތުން، ޤާނޫނުގައި ވަގުތު ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބު ން، ދަޢުވާއާއި ދަޢުވާގެ ތަފްޞީލުގައި ބަޔާންކުރާ ކަންކަމަކީ، ދަޢުވާކުރާ ފަރާތަށް ކޯޓުން ލިބިދިނުން ހެޔޮވެ އްޖ ކަންތައްތަކެއްގެ ގޮތުގައެ ބެލުމެވެ. "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް"ގެ މަފްހޫމަށް ރިޢާޔަތް ކުރާއިރު ކޯޓަށް ފެންނާންޖެހޭ ހެޔޮ ގޮތަކީ އެއީ ކަމަށް ދެކެމެވެ.
38ދަޢުވާއަށް ރައްދު ނުދީ ދަޢުވާ ލިބޭ ފަރާތުން ޤާނޫނުގައި ބަޔާންކުރާގޮތަށް ވަގުތު އިތުރުނުކޮށް އަދި ޤާނޫނުގައި ބަޔާންކުރާ ވަގުތުތައް ފާއިތުވގެނެ ދާއިރު ހުރެއްޖެނަމަ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ޣައިރު ޙާޟިރުގައި ޙުކުމެއް ކުރާންޖެހޭ ޙާލަތުގައި އެޙުކުމަކ ދަޢުވީ ލިބާ ފަރާތާ ދެކޮޅަށް ކުރާ ޙުކުމެއްކަން މަދަނީ އިޖުރާއަތުގެ 111 ވަނަ މާއްދާގައިވެސް ބަޔާން ކުރެއެވެ. އެމާއްދާގައި ބަޔާން ކުރަނީ؛ ދަޢުވާއަށް ރައްދުނުދިނުން 111. ދަޢުވާލިބޭ ފަރާތުން މި ޤާނޫނުގެ 102 ވަނަ މާއްދާގެ ދަށުން، ދަޢުވާއާއި، ދަޢުވާއާގުޅޭ އެހެނިހެން ލިޔެކިޔުންތަކާ ޙަވާލުވުމަށްފަހު، މި ޤާނޫނުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި، މި ޤާނޫނުގެ އެގާރަވަނަ ބާބު "ދަޢުވާއަށް އެއްބަސްވުން" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަޢުވާއަށް އެއްބަސްވެފައިނުވާނަމަ ނުވަތަ މި ޤާނޫނުގެ ބާރަވަނަ ބާބު "ދަޢުވާގެ ދިފާޢާއި ޖަވާބު " ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާނަމަ، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމައި، މި ޤާނޫނުގެ ދިހަވަނަ ބާބު "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެދެވިދާނެއެވެ .
39ކުރިން ބަޔާން ކުރިފަދައިން، މަދަނީ އިޖުރާއަތުގެ 21 ވަނަ މާއްދާ އާއި 112 ވަނަ މާއްދާ އަދި އެ ޤާނޫނުގެ 123 ވަނަ މާއްދާވެސް ކިޔާން ޖެހޭނީ އެއްރޮއްޖަކުން ވިޔެފައިފާ އެކައްޗެއްގެ ގޮތުގައި، އއެމާއްދާއިން އަނެއްމާއްދާގެ ބާރު ކެނޑިގެން ނުދާނެ ގޮތަށެވެ. ޣައިރު ޙާޟިރުގައި ޙުކުމެއް ކުރާން މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ މައިގަނޑު ސަބަބަކީ، އެޤާނޫނުގައި ވަގުތު ކަނޑައަޅައި ކުރަން ބަޔާން ކުރާ ކަންކަން ނުކޮށް، ނުވަތަ އެޤާނޫނުގައި ބަޔާންކުރާ ގޮތަށް ވަގުތު އިތުރުކުރަން ނުއެދި ދަޢުވާ ރައްދުވާ ފަރާތުން ވަގުތަށް ސަމާލުކަން ނުދީ ހުރުމެވެ. ވީމާ، މިކަމުގެ ޢިތާބު (reproach) ޙައްޤުވާންޖެހޭ ފަރާތަކީ، ދަޢުވާ ރައްދުވާ ފަރާތެވެ. ދަޢުވާކުރާ ފަރާތެއް ނ ންނެވެ. ވީމާ، މަދަނީ އިޖުރާއަތުގެ 123 ވަނަ މާއްދާ ގައި ބަޔާންކުރާ ދަޢުވާ އަށާއި ދަޢުވާގެ ތަފްޞީލަށް ރިޢާޔަތް ކުރުމާއި އަދި ކޯޓަށް ފެންނަ ގޮތަކަށް ނިންމުމުގައި ކޯޓުން ހިފާންޖެހޭ ހެޔޮ ގޮތަކީ، ދަޢުވާ ރައްދުވާ ފަރާތާއި ދެކޮޅަށް އެކަންކަން ރިޢާޔަތް ކޮށް ގޮތް ނިންމުމެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:
40އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބަޔާންކުރަނީ ހެކިތައް ވަޒަންކުރުމާއި ގުޅޭ ގޮތުން ފާހަގަކުރާ ކަންތައްތަކެވެ. އިސްތިއުނާފީ ކުރީގެ ދެކުނުތާގައި ވާހަކަ ދެކެވުނީ، "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" އާ ބެހޭ ގޮތުންނެވެ. ކުރިން ފާހަގަކުރި ގޮތަށް، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ކުރުމުގައި، ދަޢުވާގެ މެރިޓްއަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ. މިޙާލަތުގައި ހެކި ވަޒަން ކުރަންޖެހޭ ޙާލަތެއް އަންނާނެ ކަމަކަށް ނުދެކެމެވެ. ވީމާ، މިނުކުތާއަކީ، ކުރިން ބަޔާންކުރި ދެނުކުތާގެ އަލީގައި މިކޯޓުން އިތުރަށް ބަލަންޖެހޭ ނުކުތާއެއް ކަމަކަށް ނުދެކަ މ ވެ. އިސްތިއުނާފުކުރި ފަރާތުން އެދޭ ފަރުވާ:
41މިކޯޓުން ދެން ބަލަންޖެހޭ ކަމަކަށް އޮތީ، އިސްތިއުނާފުކުރާ ފަރާތުން މިކޯޓުގައި ނަގައި ދިނުމަށް އެދިފައިވާ ފަރުވާއަކީ ޣައިރު ޙާޟިރުގައި ކުރާ ޙުކުމްގެ ދަށުން ނަގައިދެވިދާނެ ފަރުވާއެއްތޯ ނުވަތަ ނޫންތޯއެވެ؟ މިކަން ބެލުމަށްޓަކައި، މިކޯޓުންވެސް ފުރަތަމަ ރުޖޫޢަވާންޖެހެނީ، ދަށު ކޯޓުން މިމައްސަލަ ހިންގިއިރު ދަޢުވާ ރައްދުވު ފަރާތުން މަދަނީ އިޖުރާއަތުގައި ބަޔާން ކުރާ ވަގުތު ކަނޑައެޅިފައިވާ އިޖުރާއަތާއި ޚިލާފުވިތޯ ނުވަތަ ނޫންތޯއެވެ. ޣައިރު ޙާޟިރުގައި ކުރާ ޙުކުމް:
42ޕްރިސިޑެންސް 6މަދަނީ އިޖުރާއަތުގެ ޤާނޫނު ބަޔާންކުރާ ގޮތުން ދެ ޙާލަތެއްގައި ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ކޮށްދިނުމަށް، ދަޢުވާކުރާ ފަރާތަށް އެދެވިދާނެއެވެ. އެއީ؛ (1)ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާއާ ޙަވާލވު ކަމުގެ ލިޔުން ހުށަހަޅަންވީ މުއްދަތާ ފާއިތުވެ ދާއިރު އެލިޔުން ހުށަހަޅާފައި ނުވުން.(defalut of acknowlegment of service) (2)ދަޢުވާއާ ޙަވާލުވާ ލިޔުން ހުށަހެޅިނަމަވެސް، ކަނޑައަޅާފައިވާ މުއްދަތުގައި ދިފާޢު ހުށަހަޅާފައި ނުވުން. (default of defence) އެވެ.
43އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި، ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން، ކަނޑައެޅިފައިވާ ތާރީޚުގައި ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހެޅިކަން ދަށު ކޯޓުގެ ނިންމުމުން ސާފުވެއެވެ. ނަމަވެސް ދަށު ކޯޓުން ބަލައި ނުގަތީ، ދަޢުވާ ލިބޭ ފަރާތުން ހުށަހެޅި ދިފާޢު (ފޯމް 07) އެވެ. ސަބަބެއްކަމަށް ބަޔާން ކޮށްފައިވަނީ، ފޯމް 07 ހުށަހަޅާން ދީފައިވާ މުއްދަތު ފާއިތުވެގެން ދިޔައިރު އެފޯމު ހުށަހަޅް ފައި ނެތްކަމަށް ކޯޓަށް ބުރަވެވުމެވެ.
44ނަމަވެސް ދަށް ކޯޓުގު ފައިލަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުން ހުށަހެޅި ސިޓީއެއްގައި، ދަށު ކޯޓުން މުއްދަތު ގުނި ގޮތާމެދު ސުވާލު އުފައްދާ ދަށު ކޯޓުން މުއްދަތު ގުނިގޮތް ރަނގަޅު ނޫންކަމަށް ތަކުރާރުކޮށް ބަޔާންކޮށް އެކަމަށް ރައްދު ދީފައިވެއެވެ. އެކަމާއި ގުޅިގެން ދަށު ކޯޓުން ބުނި އެއްޗެއް ނިންމި ގޮތެއް ފެންނާކަށް ނެތެވެ. އަހުރެން ހިތުން، ޣައިރު ޙާޟިރުގައި ޙުކުމެއް ކުރުމަށް ނިންމުމުގެ ކުރިން ދަށުކޯޓުގެ ފަނޑިޔާރު ގޮތެއް ނިންމާންޖެހޭ މުހިންމު އެއްކަމަކީ މިއީއެވެ.
45ޕްރިސިޑެންސް 7މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 424 ވަނަ މާއްދާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އެއްވެސް ކަމެއްކުރުމުގައި މުއްދަތު ގުނަންޖެހިއްޖެނަމަ ޢަމަލު ކުރަންވާނެ ގޮތް ބަޔާން ކުރެއެވެ. އެމާއްދާގެ (ހ) (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހަމައަކީ؛ " މުއްދަތެއް ކަނޑައެޅުމުގައި، ވަކި ދުވަސްތަކެއްގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ބުނެފައިވާނަމަ، އެ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެއެވެ. " މިއެވެ. މިއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު ގެ 35 ވަނަ މާއްދާގެ (ހ) ގައިވެސް ބަޔާންކުރާ ހަމައެކެވެ. މުއްދަތު ގުނުމުގައި އެމުއްދަތު ފެށޭ ދުވާހާއި އެމުއްދަތު ނިމޭ ދުވަސް ނުހިމެނޭނެ ކަމަށް ބަޔާން ކުރަނީ ފުރިހަމަ ދުވަސްތަކަކުން އެމުއްދަތު ހަމަ ކުރުމުގެ ބޭނުމަށވެ. މިމައްސަ ލައިގެ ލިޔެކިޔުން ބަދަލުކުރި ގޮތާއި ގުޅޭ:
46ދަޢުވާކުރާ ފަރާތުން މިދަޢުވާ ދަށު ކޯޓަށް ހުށަހެޅުމުން، އެދަޢުވާގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ރައްދުކޮށް، ދައުވާ ފޯމާއި ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅައި، ކޯޓުގެ އިޚްތިޞާޞްއާ ގުޅޭ ގޮތުން ދަޢުވާ ލިބޭ ފަރާތުން އުފެއްދި ސުވާލާއި ގުޅޭ ގޮތުން ކޯޓުން ގޮތެއް ނިންމާފައިވަނީ، 13 ސެޕްޓެމްބަރ 2023 ގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކާއި އެއްގޮތަށް ޢަމަލު ކުރުމުގައި މިހާހިސާބަށް ސުވާލެއް ނެތެވެ. 13 ސެޕްޓެމްބަރ 2023 ގައި، ކޯޓުގެ އިޚްތިޞާޞްއާ ގުޅޭ ގޮތުން ކޯޓުން ނިންމި ނިންމުން، ހަމަ އެދުވަހު ދަޢުވާކުރާ ފަރާތއާ ދަޢުވާލިބޭ ފަރާތަށް އީ-މެއިލް މެދުވެރިކޮށް ކޯޓުން ފޮނުވި ކަމަށް ކޯޓުން ބަޔާންކުރެއެވެ.
47އިޚްތިޞާޞްއާމެދު ދަޢުވާލިބޭ ފަރާތުން އުފެއްދި ސުވާލާއި ގުޅިގެން ކޯޓުން ނިންމިގޮތް، ދަޢުވާ ލިބޭ ފަރާތަށް ކޯޓުން އެންގި އެންގުމުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމުގެ ގޮތުން ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ، ދަޢުވާ އާއި ހަވާލުވިކަން އަންގައިދޭ ލިޔުން ބާޠިލްވެފައިވާތީ، އެމާއްދާގެ (މ) އާ ޙަވާލާދީ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުވާ ފޯމާއި ހަވާލުވިކަން އަންގައިދޭ ލިޔުން އަލުން ހުށަހެޅުމަށް ސިވިލް ކޯޓުން ދައުވާލިބޭ ފަރާތަށް އެންގިއެވެ. އަދި މި 14 (ސާދަ) ދުވަސް ހަމަވާ ތާރީޚަކީ 01 އޮކްޓޫބަރު 2023 ކަމަށް މި އީ-މެއިލްގައި ޤާނޫނު ނަންބަރު 2011/4 ސިވިލް ކޯޓުގެ ނަންބަރު B14/IN/2023/01-144 ކޯޓުގެ އިޚްތިޞާޞާމެދު ނިންމި ގޮތް 13 ސެޕްޓެންބަރު 2023 ގައި ސިވިލް ކޯޓުން ފޮނުވި މެއިލް ސިވިލް ކޯޓުގެ ފަރާތުން 13 ސެޕްޓެމްބަރ 2023 ދުވަހު ދައުލަތަށް ފޮނުވި މެއިލް. މި މެއިލްފަ ބަޔާންކޮށްފައިވެއެވެ. ނަމަވެސް ދިފާޢު ހުށަހެޅުމާގުޅޭ ގޮތުން އެއްވެސް އިރުޝާދެއް ދީފައި އޮތްކަން ފެންނާކަށް ނެތެވެ.
48ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން އަލުން ކޯޓަށް ހުށަހަޅާފައިވަނީ 03 އޮކްޓބަރޯ 2023 ގައެވެ. މިލިޔުން ހުށަހެޅި މުއްދަތާމެދު ކޯޓުން ބުނެފައިވަނީ، ޤާނޫނުގައި ބަޔާންކުރާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާއާ ޙަވާލުވި ކަމުގެ ލިޔުން ކޯޓަށް ހުށަހެޅިފައިވާ ކަމަށެވެ. ސަބަބަކީ، އޮކްޓބަރޯ 2023 ގެ 1 އަދި 2 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަސް ތަކަކަށްވެފައި، 14 (ސާދަ) ދުވަހުގެ މުއްދަތު ހަމަވާ ފަހު ދުވަސް ބަންދު ދުވަހަކާއި ދިމާވާތީ، 03 އޮކްޓބަރޯ 2023 އަކީ އެލިޔުން ހުށަހެޅުމުގެ އެންމެ ފަހު ދުވަސް ކަމަށްވާތީ ކަމަށެވެ. ދަޢުވާކުރާ ފަރާތުން ހުށަހެޅި މިލިޔުމުގައި ދަޢުވާ ދިފާޢުކުރަން ބޭނުންކަމަށާއި، ދައުވާ ދިފާޢު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން ބޭނުންކަމަށް ބަޔާންކޮށްފައިވެއެވެ.
49ދަޢުވާލިބޭ ފަރާތުން، މުއްދަތު އިތުރުކުރަން ބޭނުންކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް، އެމުއްދަތު އިތުރު ކޮށްދިންކަން އަދި އެކަމާގުޅޭ ގޮތުން ނިންމި ނިންމުމެއް ފެންނާކަށް ނެތެވެ. ނަމަވެސް 15 އޮކްޓބަރޯ 2023 ގައި ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ދިފާޢު، ފޯމު 07 އިން ހުށަހެޅުމުން ކޯޓުން އަންގާފައިވަނީ، މިދަޢުވާއި ގުޅިގެން، ދަޢުވާގެ ދިފާޢު ހުށަހެޅުމަށް އޮތް އެންމެ ދިގު މުއްދަތު 28 (އަށާވީސް) ދުވަސް، 12 އޮކްޓބަރޯ 2023 އަށް ހަމަވެފައިވާތީ، ދަޢުވާގެ ދިފާޢު (ފޯމް 07) ސެކްޝަނުން ބަލައި ނުގަންނަ ކަމަށެވެ. އަދި ދަޢުވާކުރާ ފަރާތަށް މައްސަލައިގައި ދެން ކުރިއަށް ދިޔުމަށް އެދޭގޮތް 14 (ސާދަ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެންގުމަށް އަންގާފައިވެއެވެ. ދަޢުވާ ފޯމާ ހަވާލިވިކަން އަންގާ ލިޔުން (ފޯމު 2) ދައުވާލިބޭ ފަރާތުން ހުށަހެޅި ދިފާޢު (ފޯމު 7) ސިވިލް ކޯޓުން 15 އޮކްޓޫބަރު 2023 ގައި ފޮނުވި މެއިލް. ސިވިލް ކޯޓުން 15 އޮކްޓޫބަރު 2023 ގައި ފޮނުވި މެއިލް މުއްދަތު ގުނިގޮތާއިމެދު ދަށުކޯޓުގައި ދަޢުވާ ލިބުނު ފަރާތުން އުފެއްދި ސުވާލު:
5015 އޮކްޓބަރޯ 2023 ގައި ދަޢުވާލިބޭ ފަރާތުން، ދަޢުވާގެ ދިފާޢު، ފޯމް ނަންބަރު 07 އިން ހުށަހެޅުމުން، ހަމަ އެދުވަހު ކޯޓުން ދަޢުވާ ލިބޭ ފަރާތަށް ފޮނުވި އީ-މެއިލްގައި ބަޔާން ކޮށްފައިވަނީ "....ފޯމް 07 ހުށަހެޅުމަށް ދެވިފައިވާ 28 (އަށާވީސް) ދުވަހުގެ މުއްދަތު 12 އޮކްޓބަރޯ 2023 ވަނަ ދުވަހަށް ހަމަވެފައިވާތީ، ފޯމް 07 ސެކްޝަނުން ބަލައި ނުގަންނ ވާހަކަ ދަންނަވަމެވެ." މި އީ-މެއިލް އާ ގުޅިގެން، ދަޢުވާ ލިބޭ ފަރާތުގެ ނަންބަރު:B1/144/2023/317-CLD-32 (16 އޮކްޓބަރޯ 2023) ގެ ސިޓީން، ކޯޓުން މުއްދަތު ގުނިގޮތް ރަނގަޅު ނޫންކަމަށް ސަބަބާއެކު ބަޔާންކޮށްފައި އެބަ އޮތެއެވެ. ނަމަވެސް، ފޯމް 07 ބަލައި ނުގަންނަން އިދާރީ ގޮތުން ސެކްޝަނުން ނިންމި ނިންމުމުގެ މައްޗަށް ޤާނޫނީ އަދި ޝަރުޢީ ހަމައަކުން ފަނޑިޔާރު ބަލައި ނިންމި ގޮތެއް އެނގޭކަށް ނެތެވެ.
51މިޙާލަތުގައި، ކޯޓުން މުއްދަތު ގުނިގޮތާއ ގުޅި ގޮތުން، ދަޢުވާލިބޭ ފަރާތުން އުފައްދާ ސުވާލަށް ޝަރީޢަތުން ޖަވާބު ދޭންޖެހޭކަމަށް ދެކެމެވެ. ސަބަބަކީ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބިނާކުރާ މައިގަނޑު އަސާސަކީ މަދަނީ އިޖުރާއަތުގައި މުއްދަތު ކަޑައަޅ ބަޔާންކުރާ މުއްދަތުތަކަށް ދަޢުވާ ލިބޭ ފަރާތުން އިޖާބަ ނުދިނުން ކަމަށްވާއިރު، ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް އިޖާބަ ދިންކަމަށް ބުނެ، ދަޢުވާލިބޭ ފަރާތުން އުފައްދާ ސުވާލަށް ފަނޑިޔާރު ޖަވާބެއް ނުދީ ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަކީ ޣައިރު ހާޟިރުގައި ކުރާ ޙުކުމްގެ ޞައްޙަކަން ނުވަތަ ނޫންކަން އެކަމުގެ މައްޗަށް ބިނާވެގެންދާނެ ސަބަބެއް ކަމަށް ވާތީއެވެ.
52ޣައިރު ޙާޟިރުގައި ޙުކުމެއް ކުރުމުން، ދަޢުވާލިބޭ ފަރާތަށް ޤާނޫނުން ދޭ އެއް ފަރުވާއަކީ އެޙުކުމް ބާޠިލު ކުރުމަށް ނުވަތަ ބަދަލު ކުރުމަށް އެ ކޯޓުގައި ސަބަބާއެކު އެދުމެވެ. ނަމަވެސް، މިމައްސަލައިގައި، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ކޮށްފައިވަނީ، ދަޢުވާކުރި ފަރާތާއި ދެކޮޅަށް ކަމަށްވާތީ، ދަޢުވާލިބޭ ފަރާތުން އެޙުކުމް ބާޠިލުކޮށް ދިނުމަށް ނުވަތަ ބަދަލު ކޮށްދިނުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ކޯޓުގައި އެދެންޖެހޭ ސަބަބެއް އެ ހިނދު އުފަންވެގެނެއް ނުދިޔައެވެ.
53ދަޢުވާގެ ދިފާޢު ހުށަހެޅުމަށް އޮތް 28 (އަށާވީސް) ދުވަސް މިމައްސަލައިގައި ކޯޓުން ގުނާފައިވަނީ، ކޯޓުގެ އިޚްތިޞާޞްއާމެދު ދަޢުވާލިބޭ ފަރާތުން އުފެއްދި ސުވާލާއި ގުޅިގެން ކޯޓުން ގޮތް ނިންމި ދުވަސް ކަމަށްވާ 13 ސެޕްޓެމްބަރ 2023 އެއީ ފުރަތަމަ ދުވަސް ކަމަށްބަލައި އެދުވަސް ނުހިމަނާ ޖެހިގެން އައި 14 ވަނަ ދުވަހުން ފެށިގެންކަން އެނގެއެވެ. ނަމަވެސް، ކޯޓުން އެކަން ދަޢުވާ ލިބޭ ފަރާތަށް އަންގާފައިވަނީ 13 ސެޕްޓެމްބަރު 2023 ގެ ރަސްމީ ގަޑި ނިމުނު ފަހުން، 17:09 ގައި ކަން ކޯޓުން ފޮނުވި އީ-މެއިލް އިން އެނގެއެވެ. އެހެންވެ އެއީމެއިލްއަށް ދަޢުވާލިބޭ ފަރާތުން ޖަވާބު ދީފައިވަނީ ޖެހިގެން އައި 14 ސެޕްޓެމްބަރ 2023 ގެ ރަސްމީ ގަޑީގައެވެ. އެ ޖަވާބު-މެއިލްގައި ބަޔާނި ކޮށްފައް އޮތީ “received with thanks…” މިގޮތަށެވެ.
54މިމައްސަލައިގައި މުއްދަތު ގުނުމުގައި 13 ސެޕްޓެމްބަރު 2023 އެއީ ފުރަތަމަ ދުވަސްކަމަށް ބަލައިގެން އެދުވަސް ނުހިމަނާ މުއްދަތު ގުނާނަމަ، ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ 28 (އަށާވީސް) ދުވަސް ހަމވަނީ، 11 އޮކްޓބަރޯ 2023 އަށް ކަމަށްވާތީ، އެއީ މުއްދަތު ހަމަވާ ފަހު ދުވަސް ކަމަށްވާތީ، ދިފާޢު ހުށަހަޅަންޖެހެނީ 12 އޮކްޓބަރޯ 2023 ގައެވެ. ނަމަވެސް ކޯޓުން އިޙްތިޞާޞްއ މެދާ ނިންމު ގޮތި ދަޢުވް ލިބާ ފަރާތަށް ލިބިފައިވާކަން އަންގާފައިވަނީ 14 ސެޕްޓެމްބަރު 2023 ގައި ކަމަށް ދަޢުވާ ލިބޭ ފާރާތަށ ޤަބޫލް ކުރެވޭތީ، ދަޢުވާ ލިބޭ ފަރާތުން މުއްދަތު ގުނާފައިވަނީ، އެއީ ފުރަތަމަ ދުވަސް ކަމަށް ބަލައިގެން، އެދުވަސް ނުހިމަނައެވެ. މިގޮތަށް ބެލުމުން، ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ 28 ދުވަސް ހަމަވަނީ، 12 އޮކްޓބަރޯ 2023 އަށެވެ. އަދި 12 އޮކްޓބަރޯ 2023 އަކީ، ދަޢުވާގެ ދިފާޢު ހުށަޅަންޖެހޭ ފަހު ދުވަސް ކަމަށްވާތީ، އެދުވަސް މުއްދަތު ގުނުމުގައި ނުހިމެނޭނެކަމަށް ޤާނޫނުގައި ބުނެއެވެ. ދެންޖެހިގެން އޮތް 13، 14 މިދެދުވަހަކީ ހުކުރު ހޮނިހިރު ބަންދު ދެދުވަސް ކަމަށްވާތީ، ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ ފަހު ދުވަހަކަށް ވަނީ ދާ ން ހުޅުވެ 15 އޮކްޓބަރޯ 2023 އެވެ. ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހެޅީ 15 އޮކްޓބަރޯ 2023 ގައެވެ. ވީމާ މިމައްސަލައިގައި، ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ ފަހު ދުވަހާމެދ ޖާއިޒު ސުވާލެއް ދަޢުވާ ލިބޭ ފަރާތުން އުފައްދާކަން އެނގެއެވެ.
55މައްސަލައަކާއި ގުޅިގެން ކޯޓުން ޚަޞްމުންނާއި މުޢާމަލާތްކުރުމުގައާއި، ދަޢުވާ ފޯމް ހުށަހެޅުމާއި ކޯޓަށް ފޮނުވަންޖެހޭ އެނޫންވެސް ލިޔެކިޔުންތައް ފޮނުވުމާއި، މައްސަލައާގުޅޭ އެންމެހައި ލިޔުންތައް ފޮނުވުމުގައި އީ -މެއިލް މެދުވެރިކޮށް ފޮނުވޭ އިންތިޒާމް ކޯޓުތަކުން ޤާއިމުކުރަންވާނ ކަމަށެ މަދަން އިޖުރާއަތުގެ ޤާނޫނުގެ 405 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އ- މެއިލް މެދުވެރިކޮށް، ނުވަތަ އިލެކްޓްރޯނިކް އެހެން ވަޞީލަތެއް މެދުވެރިކޮށް، ލިޔެކިޔުން ފޮނުވާ ޙާލަތުގައި މުއްދަތު ގުނުމުގެ ބޭނުމަށް ދުވަސް ބަލާނެ ގޮތއެ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާނެއް ނުކުރެވެ. އެހެނީ، ހަފްތާއަކު ހަތްދުވަސް، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު އެއީ މުއްދަތު ގުނަންޖެހޭ ގޮތްކަމަށް ބަޔާނެއް ނުކުރެއެވެ.
56ޤާނޫނު ނަންބަރު:2011/4 (މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވަނީ" ވަކި ވަގުތެއްގައި ވަކި ކަމެއް ރާއްޖޭގައި ކުރަންޖެހޭކަމަށް ބުނެފައިވާނަމަ، އެ ވަގުތު ބަލާނީ، ދިވެހިރާއްޖޭގެ ރަސްމީ ގަޑީގެ ވަގުތުގެ ގޮތުގައެވެ." މިތަނުގައި "ރަސްމީގަޑި" ކަމުގައި ބަޔާން އެކުރަނީ މިތަނުގެ ރަސްމީ ސްޓޭންޑަރޑް ޓައިމްގ ގޮތުގައެ ނުވަތި ޖީ.އެމް.ޓީއަށް ސެޓްކޮށްގެން ކަނޑައަޅާ ގަޑި ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އެއީ ސަރުކާރު ހުޅުވިފައި ހުންނަ ރަސްމީ ގަޑި ނުވަތަ އެވިޔާފާރީއެއް ހިނގާނެ ރަސްމީ ގަނޑު ކަމުގައި ނޫނީ ނުބެލެވެއެވެ. ސިވިލް ކޯޓުގެ ނަންބަރު:105-2022/R (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގ 48 ވަނަ މާއްދާގެ (ނ) ގައި ރަސްމީ ގަޑި ބަޔާން ކޮށްފައިވަނީ؛ ލިޔެކިޔުންތައް ކޯޓަށް 48. (ނ) ކޯޓަށް ހުށަހަޅާ ފޯމާއި ލިޔުންތައް އެ ދުވަހު ކޯޓަށް ހުށަހެޅި ކަމުގައި ބަލާނީ، ހުށަހެޅުން ކޯޓުގެ ރަސްމީ ދުވަހެއްގެ 14:00 ގެ ކުރިން އެ ފޯމެއް ނުވަތަ ލިޔުމެއް ފޮނުވާފައިވާނަމަ އެވެ. 14:00 ގެ ފަހުން ފޮނުވާ ފޯމު ނުވަތަ ލިޔުން ފޮނުވި ތާރީޚު ކަމުގައި ބަލާނީ، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ތާރީޚެވެ. މިފަދައިންނެވެ. މިއިން އަންގައިދޭ ކަމަކީ، 24 ގަޑިއިރު މަސައްކަތުގެ ވަގުތުގެ ގޮތުގައި މުއްދަތު ގުނުމުގެ ބޭނުމަށް ކޯޓުންވެސް ނުބަލާކަމެވެ. މިޙާލަތުގައި، ދައުލަތަށް ދަޢުވާލިބޭ މައްސަލައެއްގައި ބަންޑާރަނައިބުގެ އޮފީހަށް ކޯޓުން ފޮނުވާ ލިޔެކިޔުންތައް ކޯޓުގެ ނުރަސްމީ ގަޑީގައި ފޮނުވުމަށްފަހު، މުއްދަތު ގުނުމުގެ ބޭނުމަށް އެއީ މުއްދަތު ގުނަން ފަށަންޖެހޭ ފުރަތަމަ ދުވަސް ކަމަށް ބެލުމަކީ ދެކޮޅުޖެހޭ ހަމައެއް ކަމަކަށް ބުރައެއް ނުވވެ އެވެ. ވީމާ، 13 ސެޕްޓެމްބަރ 2023 އަކީ، ދަޢުވާގެ ދިފާޢު ހުށަހަޅަން އޮތް 28 ދުވަހުގެ މުއްދަތު ގުނަންފަށަންޖެހޭ ދުވަސްކަމަށް ބަލައިގެން، ދަށުކޯޓުން މުއްދަތު ގުނިގޮތް ރަނގަޅެއް ނޫނެވެ. މިމައްސަލައިގައި، ދައުވާލިބޭ ފަރާތުން ބަޔާން ކުރިގޮތަށް، އިޚްތިޞާޞްއާމެދު ކޯޓުން ނިންމިގޮތް ދަޢުވާ ލިބޭ ފަރާތަށް ލިބުނު ތާރީޚް ކަމަށް ބަލަންޖެހޭ ތާރީޚަކީ، 14 ސެޕްޓެމްބަރ 2023 އެވެ. ވީމާ، މުއްދަތު ގުނަންފަށާންޖެހޭ ދުވަހަކީ، 14 ސެޕްޓެމްބަރ 2023 ކަމަށްވާތީ، ދަޢުވާގެ ދިފާޢު ހުށަހަޅަން އޮތް 28 ދުވަސް ހަމަ ކުރުމުގައި 14 ސެޕްޓެމްބަރ 2023 ވަނަ ދުވަސް ހިމަނައިގެން ނުވާނެއެވެ. ދިފާޢު ހުށަހެޅީ މުއްދަތު ހަމަވިފަހުން ކަމަށް ބެލުން:
57މިމައްސަލައިގައި، ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހަޅާފައިވަނީ، އެދިފާޢު ހުށަހަޅަން ޤާނޫނުގައި ބަޔާންކުރާ 28 (އަށާވީސް) ދުވަސް ހަމަވިފަހުންކަމަށް ބަހުޘްގެ ބޭނުމަށް ބެލިނަމަވެސް، މިމައްސަލައިގައި ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ކުރަންޖެހޭ ތޯ ބަލާއިރު، އެކަން އެހެން ކުރެވިދާނެ ކަމަކަށް އަހުރެންނަކަށް ބުރައެއްނުވވެ އެވެ.
58ސަބަބަކީ، ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް ދަޢުވާލިބޭ ފަރާތުން އެދި ހުށަހެޅުމުގެ ކުރިން، ނުވަތަ ކޯޓުން ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން ދަޢުވާގެ ދިފާޢު ދަޢުވާ ލިބޭ ފަރާތުން ކޯޓަށް ހުށަހަޅާފައިވާކަން އނެ ގެން އޮތީމައެވެ. މިތަރުޖަމާއަކީ މިކަމާއި ގުޅިގެން އިނގިރޭސިވިލާތުގެ ސިވިލް އިޖުރާއަތު ތަރުޖަމާ ކުރިގޮތްވެސް މެއެވެ. ދަށު ކޯޓުތަކުން ތަފާތު ދެގޮތަކަށް މި ތަރުޖަމާ ގެންގުޅޭކަމަށްޓަކައި، މިކަން އޮތް ގޮތް ސާފުކޮށް ދިނުމަށް އިނގިރޭސި މަދަނީ އިޖުރާއަތުގެ މިބައިތަކަށް އިޞްލާޙު ގެނެވިފައިވާކަންވެސް އެނގެން އޮވެއެވެ. މަދަނީ އިޖުރާއަތުގައަ ބަޔާނި ކުރް ގޮތުން، ދަޢުވާގެ ދިފާޢު ހުށަހަޅާންޖެހޭ މުއްދަތުގައި ދިފާޢު ހުށަހަޅާފައި ނުވާނަމަ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮތީ، ދަޢުވާކުރާ ފަރާތަށެވެ. ވީމާ، ވަގުތަށް ސަމާލުކަން ދިނުމުގެ ވާޖިބު، މިޙާލަތުގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށްވެސް އެބައޮތެވެ. މިސާލަކަށް، މިމައްސަލައިގައި، ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ 28 (އަށާވީސް) ދުވަސް ހަމަވާ އެންމެ ފަހު ތާރީޚަކީ 12 އޮކްޓބަރޯ 2023 ކަމަށް ކޯޓުން ބަޔާން ކުރާއިރު، އެތާރީޚަކ ދަޢުވީ ކުރާ ފަރާތަށްވެސް ބެލޭނެ ތާރީޚެކެވެ. ސަބަބަކީ، އިޚްތިޞާޞްއާމެދު ނިންމިގޮތް، 13 ސެޕްޓެމްބަރު 2023 ގައި ދަޢުވާކުރާ ފަރާތަށްވެސް ކޯޓުން ހިއްޞާކޮށްފައިވާތިއެވެ. މިހާލަތުގައި، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ކޮށްދިނުމަށް އެދެންޖެހޭ މުއްދަތެއް ޤާނޫނުގައި ބަޔާން Clements Smith v Berrymans Lace Mawer Service Company and another [2019] EWHC 1904. އިގިރޭސިވިލާތުގެ "ދ ސިވިލް ޕްރޮސީޖަރ ރޫލްސް 1998" ގެ 12.3 ގައި ކުރިން ބަޔާން ކޮށްފައި އޮތީ؛ Conditions to be satisfied
12.3 (1) The claimant may obtain judgment in default of an acknowledgment of service only if— (a) the defendant has not filed an acknowledgment of service or a defence to the claim (or any part of the claim); and (b) the relevant time for doing so has expired. (2) The claimant may obtain judgment in default of defence only if— (a) the defendant has filed an acknowledgment of service but has not filed a defence; and (b) the relevant time for doing so has expired. ނަމަވެސް 06 އޭޕްރީލް 2020 ގައި ޢަމަލު ކުރަންފެށި އިގިރޭސިވިލާތުގެ "ދ ސިވިލް ޕްރޮސީޖަރ (އެމެންޑްމެންޑް) ރޫލް 2020" ގައި "ސިވިލް ޕްރޮސީޖަރ ރޫލްސް 1998"ގެ 12 ވަނަ ބައިގެ 12.3 އަށް ގެނެވިފައިވާ އިޞްލާޙުގައި ބަޔާން ކޮށްފައިވަނީ؛ Amendment of Part 12
3. In rule 12.3— (a) in paragraph (1), after “if” insert “at the date on which judgment is entered”; and (b) in paragraph (2) — (i) in sub-paragraph (a), after “but” insert “at the date on which judgment is entered”; and (ii) in sub-paragraph (b), after “where” insert “at the date on which judgment is entered”. މިފަދައިންނެވެ. އަދި މި ގެނެވުނު އިޞްލާޙު ގެނެވުނީ 12.3 ގައި ބަޔާން ކުރާ ޑީފައުލްޓ ޖަޖްމަންޓް ދޭންޖެހޭ ވަގުތާމެދު ދަށުކޯޓުތަކުން އެކި ގޮތަށް ޢަމަލު ކުރާތީ އެކަން ސާފުކޮށްދިނުމަށްކަމަށ ބަޔާން ކޮށްފައިވެއެވެ. އެކަން ސާފުކޮށްދެމުން ބުނެފައިވަނީ؛ “amending rule 12.3 to clarify the meaning of the rule as being that an acknowledgement of service or defence will be a bar to the entry of judgment in default so long as it is filed before judgment is entered.” މިފަދައިންނެވެ. ވީމާ، ޣައިރުޙާޟިރުގައި ކުރާ ޙުކުމެއް ކުރުމުގެ ކުރިން ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ހުށަހެޅިދާނެ ކަމާއި އަދި ދަޢުވާގެ ދިފާޢުވެސް ހުށަހެޅިދާނެކަން އެނގެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާ. ނުކުރިނަމަވެސް، ޤާނޫނުގައި ދިފާޢު ހުށަހަޅަން ބަޔާންކުރާ މުއްދަތު ހަމަވުމާއެކ ޣައިރު ޙާޟިރުގައި ޙުކުމް ކުރަން ހުށަހަޅަންޖެހޭ މުއްދަތު ފެށޭނެކަން އެނގެއެވެ. މިމައްސަލައިގައި 12 އޮކްޓބަރޯ 2023 ގައި ދަޢުވާގެ ދިފާޢު ހުށަހެޅުމުގެ މުއްދަތު ހަމަވިކަމަށ ކޯޓުން ބަޔާންކުރާއިރު، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް 15 އޮކްޓބަރޯ 2023 ގައި ދަޢުވާކުރާ ފަރާތުން ހުށަހަޅަންޖެހެއެވެ. ނަމަވެސް، ދަޢުވާކުރާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދުނީ، ކޯޓުން މިމައްސަލައިގައި ދެން ކުރިއަށްދާންވީ ގޮތެއް އަންގައިދިނުމަށް 15 އޮކްޓބަރޯ 2023 ގައި ދަޢުވާކުރާ ފަރާތުގެ ކިބައިން އެދުމުންނެވެ. ދަޢުވާކުރާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދިފައިވަނީ 16 އޮކްޓބަރޯ 2023 ގައެވެ. މިޙާލަތަށް ބަލާއިރު، ދަޢުވާގެ ދިފާޢު، ފޯމް 07 އަކުން ހުށަހެޅީ މުއްދަތު ހަމަވިތާ 03 ދުވަސް ފަހުންނެވެ. އަދި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، އެހުށަހެޅުން ހުށަހެޅުމުގެ މުއްދަތު ފެށުނުތާ 01 ދުވަސް ފަހުންނެވެ. ވީމާ، ދެފަރާތަށްވެސް މުއްދަތާ އެއްގޮތަށް ކަންކުރެވިފައި އޮތްކަމަށް ބަލަންޖެހޭ ސަބަބެއް ނެތެވެ. ވީމާ، ދަޢުވާ ލިބޭ ފަރާތުން މުއްދަތަށް ދިފާޢު ހުށަނޭޅުމާއ ދަޢުވި ކުރާ ފަރާތުން މުއްދަތުގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަށް ނޭދުމާއ މި ދެޙާލަތު މިއޮތީ ފެންނާށެވެ. ދަޢުވާ ލިބޭ ފަރާތް 03 (ތިނެއް) ދުވަސް ލަސްވެފައެވެ. ދަޢުވާކުރާ ފަރާތް 01 (އެކެއް) ދުވަސް ލަސްވެފައެވެ.
59މިޙާލަތުގައި ކޯޓުން ޢަމަލު ކުރަންޖެހޭ ގޮތަކީ، ޣައިރު ޙާޟީރުގައި ޙުކުމް ކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން އެދި ހުށަހެޅުމުގެ ކުރިން، ނުވަތަ އެފަދަ ހުށަހެޅުމެއް ހުށަހަޅައިފައި ވަނިކޮށް، ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން، ދަޢުވާލިބޭ ފަރާތުން ލަހުން ނަމަވެސް، ދަޢުވާގެ ދިފާޢު ކޯޓަށް ހުށަހަޅައިފިނަމަ، ޣައިރު ޙާޟިރުގައި ޙުކުމެއްކޮށ އެމައްސަލައެއް ކޯޓުން ނިންމާލުމަށްވުރެ ބޮޑަށް ދަޢުވާގެ ދިފާޢުއާއެކު ޝަރީޢަތް ކުރުމަށް އިސްކަން ދިނުމެވެ. ސަބަބަކީ، ލަހުންނަމަވެސް، ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން ދަޢުވާގެ ދިފާޢު ދަޢުވާ ލިބޭ ފަރާތުން ކޯޓަށް ހުށަހެޅިކަމަށް ޓަކައެވެ. އަދި އިޖުރާތު ޤާނޫނެއްގެ އެންމެ އިސްވާޖިބަކަށް ވާނީ (paramount consideration) އިޖުރާއަތު ތަކާއެކު، އަވަހަށް ޚަރަދު ކުޑަކޮށް ޝަރީޢަތްކޮށް ޢަދުލު އިންޞާފު ޤާއިމުކޮށްދިނުމެވެ. އިޖުރާއަތަކާއި ޚިލާފުވުމުން ނުވަތަ އިޖުރާއަތަކާއި އެއްގޮތަށް ކަމެއް ނުކުރުމުން، ޝަރީޢތަ ނުކޮށް މައްސަލައެއް ނިންމުމެއް ނޫނެވެ. މަދަނީ އިޖުރާއަތު ތަންފީޛުކުރުން:
60މިހާހިސާބުން ކުރަންޖެހޭ ސުވާލަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާއި އަދި ނެރެފައިވާނަމަ، ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންތަކުގެ ދަށުން ބަޔާންކުރާ އިޖުރާއީ ކަންކމަށަ ޢަމަލު ކުރެވިފައި ނުވާކަމަށް ފަނޑިޔާރު ބަލަންޖެހޭ މިންގަޑަކީ ނުވަތަ ދިގުމިނާއ ފުޅާމިނާއި ފުންމިނަކީ ކޮބާ ހެއްޔެވެ؟ އިޖުރާއަތު ތަންފީޛު ކުރެވުނު ކަމަށްވާނީ، ކިހާ ހަރުކަށި ގޮތަކަށް އިޖުރާއީ ކަންކަމަށް ޢަމަލު ކުރުވައިގެން ހެއްޔެވެ؟ އެއްވެސް ދުލެއް ނުދެވޭގޮތަށް ފަނޑިޔާރަކީ ޤާނޫނުން ދެއަތް ބަދެވިގެން އިންނަ މީހެއްޔެއެވެ؟
61މަދަނީ މައްސަލަތައް ހިންގުމުގައި އަހަރަމެންގެ ތެރޭގައި ޒަމާނުންސުރެ އަދި ބައެއް ފަހަރަށް މިހާރުވެސް ޢަމަލު ކުރެވެމުން ދާގޮތަކީ، އިޖުރާއަތު ތަކަށާއި ކޯޓުން އަންގާ އެންގުންތަކަށް އެކަމެއް ކުރަންޖެހޭ ފަރާތަކުނެ ނުވަތަ އެއެންގުމެއް ރައްދުވާ ފަރާތަކުން އޭނާއަށް ފަސޭހަވީ ގޮތަކަށް ފަސޭހަ ވަގުތެއްގައި އެކަން ކުރެވުނިއްޔާ ކުރުމެވެ. ނުކުރެވުނިއްޔާ އަނެއްކާވެސް ފުރުޞަތަކަށް އެދުމެވެ. ކޯޓުތަކުންވެސް ގިނަ ފަހަރަށް ޢަމަލު ކުރަމުންދަނީ އެއީ އދ ކަމަށަ ބަލައިގެން އެކަން އެހިސާބުން މާފުކޮށްލާފައި އަނެއްކާވެސް އަނެއް ފުރުޞަތު ދިނުމެވެ. މަދަނީ އިޖުރާއަތެއްގެ ބޭނުމަކީ މިދެންނެވހެނި ފަސޭހަ އާދަ އެއްފަރާތް ކޮށް، އުޞޫލީ ހަމަތަކެއް ތަންފީޛު ކުރުމެވެ. ވީމާ، އިޖުރާއަތުތައް ފުރިހަމައަށް ތަންފީޛު ކުރުމަށް ފަނޑިޔާރުން ބާރު އަޅަންޖެހެއެވެ.
62ނަމަވެސް، އެއްވެސް ނިޒާމެއްގައި އެކަށައަޅާފައިވާ އިޖުރާއީ ހަމަތަކަކީ، ހާނާލައި އެއްވެސް ބަދަލެއް ނުގެނެވޭނފަދަ ގޮތަކަށެ ހަދާފައިވާ އެއްޗެއް ކަމުގައި ބަލައިގެން އެނިޒާމެއް ހިންގުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. އެހެންވެ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި އެ ޤާނޫނުގެ އެންމެ އަސާސީ މަޤްޞަދުތައް ކަމަށް ބަޔާންކުރާ ކަންކަންކަމުގެ ތެރޭގައި، މައްސަލައިގައި ހިމެނޭ ފައިސާގެ ޢަދަދަށާއި، މައްސަލައިގައިގެ ޒާތާއި ބާވަތަށާއި، މައްސަލައިގެ ހިމެނޭ ޚަޞްމުންގެ ޙާލަތަށް ރިޢާޔަތްކޮށް އިންޞާފުވެރި އުސޫލަކުން މައްސަލައިގައި ޢަމަލު ކުރެވުމަކީ، ކޯޓުތަކާއި ޙަޞްމުންގ އެންމެ އިސްވާޖިބު ކަމުގައި ބަޔާން ކޮށްފައިވެއެވެ. ވީމާ، އިޖުރާއީ ގޮތުން ހެދޭ ގޯސްތައް ރަނގަޅު ކުރުމުގެ ފުރުޞަތު ދިނުމަކާއި ނުލައި ޤާނޫނު އެގޭ ޖާމިދު ގޮތުގައި ތަންފީޛު ކުރަން ހިފުމަކީ އިޖުރާއީ ޤާނޫނެއްގެ މަޤްޞަދެއްނޫނެވެ.
63މަދަނީ އިޖުރާއަތުގެ ޤާނޫނުގއ ބަޔާންކުރި އިޖުރާއަތަކަ އާ ޚިލާފުވެވިގެން، އެކަމެއް ރަނގަޅު ކުރުމަށް ކޯޓުގައި އެދުމުން، އެކަމުގެ މައްޗަށް ބަލައި، އެކަންކަން ރަނގަޅުކޮށް އިޞްލާޙު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަކީ ކޯޓަށް ކުރެވިދާނެ ކަމެއް ކމަކަށ އަހުރެންނަށް ބުރަވަ ވެ އެވެ. މިގޮތުން ބަލާއިރު؛
1.63. އިޖުރާއަތާއި ޚިލާފުވިކަމަށް ބަޔާންކުރާ ކަމަކީ، އޭގެ ޒާތުގައި ކަމެކޭ ހީނުވާ ޒާތުގެ ކުޑަ ކަމެއް ކަމުގައިވާނަމަ، އެކަމުގެ މައްޗަށް ބަލައި އެކަން ރަނގަޅު ކުރުމަށް ކޯޓަށް ފުރުޞަތު ދެވިދާނެއެވެ. މިގޮތުން އިޖުރާއަތާއި ޚިލާފުވެފައިވާކަމަށް ބަޔާން ކުރާ ކަމަކީ، ކިހާ ސީރިއަސް ޒާތުގެ ކަމެއްތޯ ނުވަތަ އެއީ ކހީ މުހިންމު ކަމެއްތޯ ބަލާއިރު، އެއީ އެފަދަ ސީރިއަސް ކަމެއް ނުވަތަ މުހިންމު ކަމެއް، އޭގައި ނެތްކަމަށް ކޯޓަށް ބުރަވެވޭނަމަ، އުޞޫލެއްގެ ގޮތުން އެއިޖުރާއަތު ރނަ ގަޅު ކޮށލުމަށް ފުރުޞަތު ދެވިދާނެއެވެ.
2.63. އިޖުރާއަތާއި ޚިލާފުވިކަމަށް ބަޔާން ކުރާ ކަމަކީ، އޭގެ ޒާތުގައި ކުޑަކަމެއް ނޫންނަމަވެސް، އެ އިޖުރާއަތާއި ޚިލާފުވވުނެ ކީއްވެގެނކަމާއް އެހެންދިމާވި ސަބަބު ކޯޓުން ސާފުކުރަން ޖެހޭކަމަށް ދެކެމވެ. އެކަން އެހެން ދިމާވުމުގައި އެކަށީގެންވާ ރެނގަޅ މަޤުބޫލު ހަރުދަނާ “de minimis non curat lex” (The law is not concerned with trifle). ސަބަބެއް އެބަ އޮތް ކަން ބަޔާންކޮށްދެވިއްޖެނަމަ، އެޚިލާފުވި އިޖުރާއަތު ރނަ ގަޅުކޮށް ޢަމަލު ކުރުމަށް ފުރުޞަތު ދެވިދާނެއެވެ.
3.63. ހަމައެހެންމެ، ކޮންމެ މައްސަލައެއްގެވެސް ޒާތާއި ބާވަތާއި އެމައްސަލައެއްގެ ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ކޯޓުން ބަލައި ވަޒަންކޮށް، އިޖުރާއަތާއި އެއްގޮތަށް ޢަމަލު ކުރުވުމުގެ ބޭނުން އޮތް މިންވަރަށް އެމައްސަލައަކާމެދު އިންޞާފުން ކަންކުރެވުމާއެކު، އެމައްސަލައެއް އަވަހަށް ޚަރަދު ކުޑަކޮށް ނިންމުމުގެ މައްޗަށްވެސް ބުރަދަން ދޭންޖެއެވެ. ހަމައެކަނި އިޖުރާއަތަކަށް ޢަމަލު ނުކުރވުނެ ބުނެ މައްސަލައެއްގައި ޝަރީޢަތް ނުކޮށް އެމައްސަލައެއް ނިންމާލުމާއ ނުވަތި ކޯޓުނަ އެމައްސަލައެއް ބޭރުކޮށްލުމާއި މިފިޔަވަޅު ތަކަކީ، އިންޞާފުވެރިކަމާއެކު އެމައްސަލައެއް އަވަހަށް ޚަރަދު ކުޑަކޮށް ނިންމުމަށް އޮތް ވާޖިބާ ޚިލާފުވެވޭނެ ކަމެކެވެ. ވީމާ، އިޖުރާއަތާއި އެއްގޮތަށް ކަންކުރުމަށް ހިފަހައްޓާ މިންވަރަށް ޢަދުލު އިންޞާފު ޤާއިމު ކޮށްދިނުމުގެ މައްޗަށްވެސް ފަނޑިޔާރު ވިސްނާން ޖެހޭ ކަމަށް ދެކެމެވެ.
64ޕްރިސިޑެންސް 8އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި، ދިފާޢު ހުށަހެޅުމަށް އޮތް 28 (އަށާވީސް) ދުވަހުގެ މުއްދަތު ހަމަވެގެން، އެދިފާޢު ސެކްޝަނުން ބަލައިނުގަތުމަށް ނިންމުމާއި ގުޅިގެން، އެމުއްދަތު ގުނިގޮތާއިމެދު ދަޢުވާލިބޭ ފަރާތުން ހުށަހެޅި ހުށަހެޅުމުގެމައްޗަށ ފަނޑިޔާރް ބަލައި ގޮތެއް ނުނިންމައެވެ. ހުށަހެޅިފައިވާ މައްސަލައަކީ، އޭގެ ޒާތުގައި ޝަރީޢަތް ހންގާންޖެހި ޒާތުގެ ޖަވާބު ލިބެންޖެހޭ ސީރިއަސް ނުކުތާތަކެއް ހިމެނޭ މައްސަލައެއްކަން ހުށަހެޅުނު ދަޢުވާ ފޯމުން ސާފުކޮށް އެނގެން އޮވެއެވެ. ވީމާ ދިފާޢު ހުށަހެޅުމުގެ މުއްދަތު ހަމަވެއްޖެކަމަށްކަމަށް ބުނެ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކުން، ދަޢުވާ ކުރާ ފަރާތާއި ދެކޮޅަށް މިމައްސަލަ ޙުކުމްކޮށް ނިންމާލުމުން، އެއްވެސް ފަރާތަކަށް އިންޞާފެއް ލިބުނުކަމަކަށ ބެލެވޭކަށް ނެތެވެ. މައްސަލަ ނިންމުން:
65ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އަހުރެންނަށް ބުރަވެވެނީ، މިމައްސަލައިގައި، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ކޮށްފައިވަނީ، ދަޢުވާ ދިފާޢު ހުށަހަޅަންޖެހޭ މުއްދަތުގައި އެދިފާޢު ހުށަހަޅާފައި ވަނިކޮށް ކަމަށްވާތީ، އާއި އަދި އެމުއްދަތުގެ ތެރޭގައި އެދިފާޢު ހުށަހެޅިފައި ނެތްކަމަށް ބަހުޘްގެ ބޭނުމަށް ބެލިނަމަވެސް، ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން ދަޢުވާ ގެ ދިފާޢު ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ ކަމަށްޓަކައި، މިދަޢުވާއަކީ ދަޢުވާގެ ދިފާޢު ހުށަހެޅި ހިސާބުން ފެށިގެން، ޝަރީޢަތް ކޮށްގެން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2259 ޤަޟިއްޔާގައި ކޮށްފައިވާ ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލުކޮށް މިމައްސަލައިގެ ޝަރީޢަތް ހިންގުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރަންޖެހޭ ކަމަށެވެ. ފނޑިޔާރަ ޙަސަނު ޝަފީޢުގެ ރައުޔު:
66މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2259 ޤަޟިއްޔާގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (މީގެ ފަހުން ޤާނޫނު ކަމަށް ބަޔާންކޮށްފައިވާ) ގެ ދަށުން ޣައިރު ޙާޟިރުގައިކުރާ ޙުކުމެއް ކޮށްދިނުމަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދުމުން، އެ ހުށަހެޅުމާމެދު ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމުން ބެލެވޭ މައްސަލައެކެވެ.
67އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވަނީ 03 (ތިނެއް) ނުކުތާކަން އެނގެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ:
1.67.މައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ސާބިތުވާކަމަށް ނިންމުމަށް ޤާނޫނުގެ 112 ވަނަ މާއްދާ ހުރަސްއަޅާކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނުގެ 21 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި ޤާނޫނުގެ މަޤްޞަދާ ޚިލާފަށްކަމަށް ބުނާ ބުނުން؛ އަދި
2.67.ޙުކުމްކުރުމުގައި ޤާނޫނުގެ 123 ވަނަ މާއްދާއާ ޚިލާފްވެފައިވާކަމަށާއި، މިގޮތުން، ޤާނޫނުގެ 123 ވަނަ މާއްދާގައި ކޯޓުން ރިޢާޔަތްކުރަންޖެހޭނީ ދަޢުވާއާއި ދަޢުވާގެ ތަފުޞީލުގައިވާ ކަންކަމަށް ކަމުގައި އޮތްއިރު، އެކަންކަމަށް ރިޢާޔަތްނުކޮށް ދަޢުވާއާއެކު ހުށަހަޅާފައިވާ ބައެއް ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަމަށް ބުނާ ބުނުން؛ އަދި
3.67.ހެއްކަށް ރިޢާޔަތްކުރުމުގައި، ހެއްކާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާއާއި 139 ވަނަ މާއްދާއާއި 144 ވަނަ މާއްދާއާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 74 ވަނަ މާއްދާގެ (ނ) އާ ޚިލާފުވެފައިވާކަމަށާއި، މިގޮތުން ހުށަހެޅިފައިވާ ހުރިހާ ހެއްކަކަށް ރިޢާޔަތްނުކޮށް، އެންމެ ހެއްކަކަށް ރިޢާޔަތްކޮށް، އެ ހެކިން ފެންނަ ކަމެއްވެސް ދަޢުވާއާއި ދަޢުވާގެ ތަފުޞީލުގައިވ ކަންކަނާ ފެނޭތޯ ބެލުމުގެ ބަދަލުގައި، ދަޢުވާގައި ނެތްކަމެއްގެ ވާހަކައަށް ރިޢާޔަތްކޮށްފައިވުންކަމަށ ބުން ބުނުންކަން ފާހަގަކުރެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ: މައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ސާބިތުވާކަމަށް ނިންމުމަށް ޤާނޫނުގެ 112 ވަނަ މާއްދާ ހުރަސްއަޅާކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނުގެ 21 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި ޤާނޫނުގެ މަޤްޞަދާ ޚިލާފަށްކަމަށް ބުނާ ބުނުން؛
68މި ނުކުތާއާ ގުޅިގެން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވަނީ މި ނުކުތާގައި 02 (ދޭއް) ސުވާލެއް އޮތްކަމަށެވެ. އެގޮތުން،ފުރަތަމަ ސުވާލަކީ ދަށު ކޯޓުން ޤާނޫނުގެ 112 ވަނަ މާއްދާ މާނަކޮށްފައިވަނީ ޤާނޫނުގެ 6 ވަނަ މާއްދާގައި ލާޒިމްކޮށްފައިވާގޮތަށް، ޤާނޫނުގެ 21 ވަނަ މާއްދާގެ މަފްހޫމުގައިތޯ ނުވަތަ އެ މަފްހޫމް ހަނިކޮށްގެންތޯ އޮތް ސުވާލުކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.
69ބުނެވިދިޔަ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އަހުރެން ފުރަތަމަ މި ބަލަނީ ދަށު ކޯޓުން ޤާނޫނުގެ 112 ވަނަ މާއްދާ މާނަކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާބުނުމުގެ މައްޗަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ އެ ބުނުމުގެ މައްޗަށް ބެލުމުން ޤާނޫނުގެ 112 ވަނަ މާއްދާ ވަކިގޮތަކަށް ދަށު ކޯޓުން މާނަކޮށްފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
70މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ބުނާ ބުނުމާ ޚިލާފަށް، ދަށު ކޯޓުން ކޮށްފައި އޮތްކަމަށް ފެންނަން އޮތްހައިވެސް ކަމަކީ ޤާނޫނުގެ 21 ވަނަ މާއްދާގައި "ޣައިރު ޙާޟިރުގައި ކުރާ ހުކުމް" އަކީ ކޮބައިކަން ބުނެދީފައިވާގޮތް ބަޔާންކުރުމާއި، ޤާނޫނުގެ 112 ވަނަ މާއްދާގައި "ޣައިރު ޙާޟިރުގައި ކުރާ ހުކުމް" އަކީ ކޮބައިކަން ބުނެދީފައިވާގޮތް ބަޔާންކުރުމާއި އަދި އެއާވިދިގެން އެ ދެމާއްދާގައިވާ ތަފާތު ބަޔާންކުރިކުރުންކަން އަހުރެން އިޙްތިރާމާއެކު ފާހަގަކުރަމެވެ.
71އެހެންކަމުން، ޙަޤީޤަތުގައި ދަށުކޯޓުގެ ފަނޑިޔާރު ވަކިގޮތަކަށް މާނަކޮށްފައިވެސްނެތް މާއްދާއެއް، ފަނޑިޔާރު މާނަކޮށްފައި އޮތްކަމަށް ބުނެ އެކަމާމެދު އިސްތިއުނާފުގައި ބަހުސެއްކުރެވިދާނެ ޖާގައެއް އޮތްކަމަކަށް އަހުރެންނުދެކެމެވެ.
72ދެވަނަ ސުވާލަކީ، ދަޢުވާގެ ދިފާޢެއް ހުށަނޭޅުމުގެ ސަބަބުން، ޣައިރު ޙާޟިރުގައިކުރާ ޙުކުމެއް ދަޢުވާކުރާ ފަރާތާ ދެކޮޅަށް، ދަޢުވާލިބޭ ފަރާތް ދަޢުވާއިން ބަރީއަވާނޭގޮތަށް ކުރުމުގެ ފުރުސަތު 112 ވަނަ އިން ކޯޓަށް ލިބިދީފައިވޭތޯ އުފައްދާ ސުވާލެއްކަން އެނގެއެވެ. ނަމަވެސް، ދަށު ކޯޓުގެ ފަނޑިޔާރު އެފަދަ ނިންމުމެއް ނިންމާފައިވާކަމެއ އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
73މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ބުނާ ބުނުމާ ޚިލާފަށް، ދަށު ކޯޓުގެ ފަނޑިޔާރު މި މައްސަލައިގައި ނިންމާފައި އޮތީ ދަޢު ވާކުރާ ފަރާތުން އެދުނު ފަރުވތައާ ނަގައިދެވެން ނެތްކަމަށް ނިންމާފައި އޮތް އޮތުމެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައި އޮތީ ދަޢުވާކުރާ ފަރާތުން އެދުނުފަދައިން ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް ކޮށްދެވެން ނެތްކަމަށެވެ.
74އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ސިފަކުރ ގޮތަށާ ޣައިރު ޙާޟިރުގައިކުރާ ޙުކުމެއް ދަޢުވާކުރާ ފަރާތާ ދެކޮޅަށް، ދަޢުވާލިބޭ ފަރާތް ދަޢުވާއިން ބަރީއަވާނޭގޮތަށް މި މައްސަލައިގައި ކޮށްފައިވާތީއެއް ނުފެނެއެވެ. އަހުރެން އެގޮތަށް މި ދެކޭ ސަބަބަކީ، މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ފަރުވާތަކަކީ ނަގައިދެވެން ނެތް ފަރުވާތަކެއްކަމަށް، އެ ނިންމުމުގައި ކަނޑައަޅައިފައި އޮތް ނަމަވެސް، މައުޟޫއީ މައްސަލަ އެ ކޯޓުން ބޭރުކޮށްފައި އޮތްކަން އެ ނިންމުމުން އެނގެން ނެތަތީ އެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ: ޙުކުމްކުރުމުގައި ޤާނޫނުގެ 123 ވަނަ މާއްދާއާ ޚިލާފްވެފައިވާކަމަށާއި، މިގޮތުން، ޤާނޫނުގެ 123 ވަނަ މާއްދާގައި ކޯޓުން ރިޢާޔަތްކުރަންޖެހޭނީ ދަޢުވާއާއި ދަޢުވާގެ ތަފުޞީލުގައިވާ ކަންކަމަށް ކަމުގައި އޮތްއިރު، އެކަންކަމަށް ރިޢާޔަތްނުކޮށް ދަޢުވާއާއެކު ހުށަހަޅާފައިވާ ބައެއް ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަމަށް ބުނާ ބުނުން؛
75މ ނުކުތާގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކުރަނީ ދަށު ކޯޓުން ޤާނޫނުގެ 123 ވަނަ މާއްދާއާ ޚިލާފްވެފައިވާކަމަށެވެ. މިގޮތުން، ޤާނޫނުގެ 123 ވަނަ މާއްދާގައި ކޯޓުން ރިޢާޔަތްކުރަންޖެހޭނީ ދަޢުވާއާއި ދަޢުވާގެ ތަފުޞީލުގައިވާ ކަންކަމަށް ކަމުގައި އޮތްއިރު، އެކަންކަމަށް ރިޢާޔަތްނުކޮށް ދަޢުވާއާއެކު ހުށަހަޅާފައިވާ ބައެއް ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަމަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކުރެއެވެ.
76ދަށު ކޯޓުގު ނިންމުމަށް ބެލުމުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން ހެއްކަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. އެހެންނަމަވެސް، އެ މަރުޙަލާގައި ކުރަންޖެހޭކަމަކީ، ހެއްކަށް ރިޢާޔަތްކުރުންނޫންކަމާއި، ކުރަންޖެހޭހައިވެސް ކަމަކީ ދަޢުވާއާއި ދަޢުވާގެ ތަފުޞީލުގައ ބަޔާންކުރި ކަންކަމަށް ރިޢާޔަތްކުރުންކަން ޤނޫނުގާ 123 ވަނަ މާއްދާއިން ސާފުކޮށް އެނގެއެވެ. ދަޢުވާއާއި ދަޢުވާގެ ތަފުޞީލުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކުރުމުގެ ގޮތުން އެއްވެސް މިންވަރަކަށް ހެއްކައް ރިޢާޔަތްކުރަންޖެހޭކަމަށް ޤާނޫނު ހަދާ މަޖިލިހަށް ފެނުނުނަމަހީ، އެކަން އެގޮތަށް ބަޔާންނުކޮށް ދޫކޮށްލނެކަމަކަށާ އަހުރެންނަކަށް ނުބެލެވެއެވެ.
77ޤާނޫނުގެ 123 ވަނަ މާއްދާގައި ކޯޓުން ރިޢާޔަތްކުރަންޖެހޭނީ ދަޢުވާއާއި ދަޢުވާގެ ތަފުޞީލުގައިވާ ކަންކަމަށް ކަމުގައި ބަޔާންކޮށްފައި އޮތްއިރު، ހެއްކަށް ރިޢާޔަތްކޮށްގެން ގޮތް ކަނޑައަޅާނަމަ، ގޮތް ކަނޑައެޅިގެން އެ ދަނީ ޤާނޫނުގައި ރިޢާޔަތްކުރަންޖެހޭނެކަމަށް ބަޔާންކޮ ށްފައ ނެތި ކަމަކަށް ރިޢާޔަތްކުރެވިގެންކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ. އެ މާއްދާގައި ބަޔާންވެފައި ނެތް ކަމަކަށް ރިޢާޔަތްކުރާނަމަ، އެ ރިޢާޔަތްކުރި ޤާނޫނީ އަސާސެއް ނުވަތަ ޤާނޫނީ ހަމައެއް އެނގެން އޮންނަންވާނެކަމަށް އަހުރެން ދެކެމެވެ. ދަށު ކޯޓުގެ ނިންމުމުގައި އެކަން އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެކަން އެނގެން ނެތީސް، އެނިންމުމަކީ ޖާއިޒު ނިންމުމެއްކަމުގައި ބަލައި އެ ނިންމުމަށް ތާއީދުކުރެވިދާނެކަމަކަށ އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
78އެހެންކަމުން، ހެއްކަށް ރިޢާޔަތްކޮށްގެން ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރާ ފަދައިން ޤާނޫނުގެ 123 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް އަހުރެންނަށް މި މައްސަލައިގައި އެއްބަސްވެވެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ: ހެއްކަށް ރިޢާޔަތްކުރުމުގައި، ހެއްކާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާއާއި 139 ވަނަ މާއްދާއާއި 144 ވަނަ މާއްދާއާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 74 ވަނަ މާއްދާގެ (ނ) އާ ޚިލާފުވެފައިވާކަމަށާއި، މިގޮތުން ހުށަހެޅިފައިވާ ހުރިހާ ހެއްކަކަށް ރިޢާޔަތްނުކޮށް، އެންމެ ހެއްކަކަށް ރިޢާޔަތްކޮށް، އެ ހެކިން ފެންނަ ކަމެއްވެސް ދަޢުވާއާއި ދަޢުވާގެ ތަފުޞީލުގައިވ ކަންކަނާ ފެނޭތޯ ބެލުމުގެ ބަދަލުގައި، ދަޢުވާގައި ނެތްކަމެއްގެ ވާހަކައަށް ރިޢާ ޔަތްކޮށްފައިވުންކަމަށ ބުން ބުނުން؛
79މ ނުކުތާގައި މާލޭ ހައި ޕްރައިވެޓް ލިމިޓްޑުން ފާހަގަކޮށްފައިވަނީ ހެއްކަށް ރިޢާޔަތްކުރުމުގައި، ހެއްކާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާއާއި 139 ވަނަ މާއްދާއާއި 144 ވަނަ މާއްދާއާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 74 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ދަށު ކޯޓުން ޢަމަލުކޮށްފައިވާކަމަށެވެ.
80އިސްތިއުނާފީ ދެވަނަ ނުކުތާގައި މި މައްސަލައިގައި ހެއްކަށް ރިޢާޔަތްކުރިކުރުނ ޤާނޫން އެއްގޮތްކަމަށް ނުފެންނަކަމަށް އަހުރެންގެ ރައުޔުގައި ބަޔާންކޮށްފައިވާތީ، މި ނުކުތާއާމެދު ގޮތް ކަނޑައަޅަންޖެހޭނެކަމަށް އަހުރެން ނުދެކެމެވެ.
81މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު،މ ރައުޔުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، މަދަނީ އިޖުރާއަތުގެ ޤާނޫގައިވާ ހަމަތަކުގެ މަތިން އަލުން އެ ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
82މި މައްސަލާގައި ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔުގެ 57 ވަނަ ނުކުތާއިން ފެށިގެން 63 ނުކުތާގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަމާއި އަދި މައްސަލަ ނިންމަން ފެންނަގޮތް ބަޔާންކޮށްފައިވާ 65 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ؛ ...[އަދި އެމުއްދަތުގެ ތެރޭގައި އެދިފާޢު ހުށަހެޅިފައި ނެތްކަމަށް ބަހުޘްގެ ބޭނުމަށް ބެލިނަމަވެސް، ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން ދަޢުވާގެ ދިފާޢު ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ ކަމަށްޓަކައި، މިދަޢުވާއަކީ ދަޢުވާގެ ދިފާޢު ހުށަހެޅި ހިސާބުން ފެށިގެން، ޝަރީޢަތް ކޮށްގެން ގޮތެއް ކަނޑައަޅންޖެހަ މައްސަލައެއް ކަމަށްވާތީ،]... މި ބައި ފިޔަވައި، ދެން މި މައްސަލާގައި ފަނޑިޔާރު މުޙައްމަދު ނިޔާޒު ފާހަގަކޮށްފައިވާ ކަންކަމަށާއި އަދި ނިންމުމަށް އަހުރެން ތާއިދު ކުރަމެވެ.
83މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 5، 6، 21، 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ވ) އަދި (މ)، 111، 112، 117 ވަނަ މާއްދާގެ (ހ) އަދި (ށ)، 123 ވަނަ މާއްދާގެ (ހ)، 124، 405 ވަނަ މާއްދާ، 424 ވަނަ މާއްދާގެ (ހ) ގެ (1)؛ 10 ވަނަ ބާބު، 21 ވަނަ ބާބު
- ޤާނޫނު ނަންބަރު 4/2011 (މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) އަދި (ރ)
- ސިވިލް ކޯޓުގެ ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 48 ވަނަ މާއްދާގެ (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާ (16 ވަނަ ނުކުތާ)
- Generalia specialibus non derogant؛ rule of harmonious construction
- (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގެ ޕެރ. 57-63 ގައި އެކަނި:) England, Civil Procedure Rules 1998 r.12.3 އަދި Civil Procedure (Amendment) Rules 2020؛ Clements Smith v Berrymans Lace Mawer Service Company [2019] EWHC 1904؛ de minimis non curat lex
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް