ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/324
ޢުމަރު މޫސާ ވ. ޢަލީ ދާއޫދު، 2022/HC-A/324
Umar Moosa v. Ali Dhaaoodhu 2022/HC-A/324 (2022/HC-A/324, High Court of the Maldives, 24 August 2026)
ޢުމަރު މޫސާ ވ. ޢަލީ ދާއޫދު
މައިގަނޑު ސުވާލު
ޚުލާޞާ ބަޔާނާއެކު ހުށަހެޅި، ދެ ފަރާތުގެ ނުސްޚާތަކުގައި ތަފާތު ހުރި ލިޔުމުން އޮތް އެއްބަސްވުމެއް ދަށުކޯޓުން ބަލައިނުގަތުމަކީ ކިތާބީ ހެކި ބަލައިގަތުމުގެ އުޞޫލުތަކާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯއާއި، ހެކިތަކަށް ރިޢާޔަތްކުރި ގޮތް ހެއްކާބެހޭ ޤާނޫނުގެ 1 އަދި 5 ވަނަ މާއްދާއާ ޚިލާފުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ މުޙައްމަދު މުޞްތަފާ) ގައި ބަޔާންކުރާ ކިތާބީ މުސްތަނަދުތަކުގެ ބުރަދަނާ ބެހޭ އުޞޫލަކީ ކިތާބީ ހެއްކަށް ބުރަދަން ދިނުމުގައި ޢަމަލުކުރާ ޢާންމު އުޞޫލެކެވެ؛ އޭގެ ސަބަބުން ޚަޞްމުން ހުށަހަޅާ ކޮންމެ ކިތާބީ ހެއްކެއް ބަލައިގަނެ ބުރަދަން ދިނުން ޝަރީޢަތަށް ލާޒިމުވާ ކަމަށް ކޯޓު ނުބަލާފައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19، 26-27)
- ޚުލާޞާ ބަޔާނަކީ ހެކި ހުށަހަޅައި ނިމުމަށްފަހު މުޅި މައްސަލަ ޚުލާޞާކޮށް ވާހަކަދެއްކުމަށް ޚަޞްމުންނަށް ލިބޭ އެންމެ ފަހު ފުރުޞަތެވެ؛ ޚުލާޞާ ބަޔާނަށްފަހު ހެކި ހުށަހެޅުމުގެ ފުރުޞަތު ދެވެނީ ނާދިރު ޙާލަތެއްގައެވެ (ސުޕްރީމް ކޯޓުގެ [2021] SC 102 މަޢާނާ މުޙައްމަދު ވ އިބްރާހީމް މުޢިއްޒު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-23)
- އިސްތިއުނާފީ މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާ ނިމުމަށްފަހު އައު ހެކި ބަލައިގަނެވޭނީ، (1) ދަށު މަރުޙަލާގައި އެކަށީގެންވާ މަސައްކަތްކޮށްގެން ވެސް ނުލިބުން (Non-availability)، (2) މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ނުފޫޒެއް ފޯރުވުން (Relevance)، އަދި (3) ޞައްޙަކަމާމެދު ސުވާލު ނުއުފެދުން (Credibility) ފުރިހަމަވާނަމައެވެ (ސުޕްރީމް ކޯޓުގެ 2013/SC-A/20 އާމިނަތު ނާޒްލީ ވ ސީގޭޓް). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
- ޚުލާޞާ ބަޔާނާއެކު ހުށަހަޅާ ލިޔުމެއް އެކަށީގެންވާ މަސައްކަތްކޮށްގެން ކުރިން ނުލިބުނުކަން ބަޔާންކޮށްދީފައި ނުވާއިރު، އަދި ދެ ފަރާތުން ހުށަހެޅި ނުސްޚާތަކުގައި ބޮޑެތި ތަފާތުތައް ހުރެ އަސްލު ހުށަނާޅާތީ ޞައްޙަކަމާމެދު ފާޅުކަން ބޮޑުކޮށް ސުވާލު އުފެދޭނަމަ، އެ ލިޔުން ބަލައިނުގަތުމަކީ ރަނގަޅު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26.6، 27)
- ދަށުކޯޓުގެ ނިންމުމުގެ ވަކި ބިންގާއެއް (ގެއްލުން ސާބިތުނުވުން) އިސްތިއުނާފުގައި ތަޢުނުކޮށްފައި ނުވާނަމަ، އެހެން ނުކުތާއެއް ގޯސްކަމަށް ކަނޑައެޅުނަސް މައްސަލައިގެ ނިންމުމަށް ބަދަލެއް ނާދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
- ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގެ ދަށުން ހެކިވެރިޔަކު ޝަރީޢަތަށް ދޭ ކޮންމެ ބަޔާނަކީ ހެއްކެވެ؛ 5 ވަނަ މާއްދާގެ ދަށުން ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް ލާޒިމުކުރާ ކަމެއްގައި ހެއްކަކީ އެ ލިޔުމެވެ، ނަމަވެސް ޤަބޫލުކުރެވޭ ޢުޛުރަކާހުރެ ލިޔުން ނެތްނަމަ އެހެން ހެކި ޤަބޫލުކުރެވޭނެއެވެ. ދަށުކޯޓުން ހެކިބަސް ނަގައި މަދަނީ މިންގަނޑުން ވަޒަންކޮށް ނިންމާފައިވާނަމަ، މި މާއްދާތަކާ ޚިލާފުވިކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 32-33)
1މިއީ ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4/D3C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެމް. ޔޫ. އެމް ކާޕެންޓްރީ ނުވަތަ […] ކ.މާލެ ޢުމަރު މޫސާ )މީގެ ފަހުން " ޢުމަރު މޫސާ" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް"( އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ މިކޯޓުގެ ނަންބަރު 2022/HC-A/324 (2022/HC-N-A/09) ޤާޟިއްޔަގެޝަރީޢަތ ނިމުން ގޮތެވި.އެމް.ޔޫ.އެމް ކާޕެންޓްރްއަކީ ޢުމަރު މޫސާގެ ނަމުގައްރަޖިސްޓަރީކޮށްފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕ ވިޔަފާރިއެކެވެ.
2މިޤަޟިއްޔާގައ އިސްތިއުނާފި ރައްދުވު ފަރާތަކީ، ހިޔާވަހި އެލްމިނިއަމޫނުވަތަހިޔާވަހި، ނ.ލަންދޫ ޢަލީ ދާއޫދު )މީގެ ފަހުން "ޢަލީ ދާއޫދު " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އެވެ.ހިޔާވަހި އެލްމިނިއަމީ އަކީ ޢަލީ ދާއޫދުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕް ވިޔަފާރިއެކެވެ.
3މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުނު އިރު އިސްތިއުނާފު ކުރާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ޢުމަރު މޫސާއެވެ. އަދި، ރައްދުވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ،ޢަލ ދާއޫދެވެ. އިސްތިއުނާފު ކުރެވޭ ދަށު ކޯޓުގެ ލިޔެކިޔުންތަކަށް ބެލުމުން މައްސަލައަކީ، އިސްވެ ބުނެވުނު ދެ ސޯލް ޕްރޮޕްރައިޓަރޝިޕެޚަސްމުންގ ގޮތުގައި ހިމެނޭ ގޮތަށް ހުށަހެޅިފައިވާ ދައުވާއެއް ކަމުގައިވާތީ، އަމިއްލަ ސަރޓފިކޭޓ އޮފް ރަޖިސްޓްރޭޝަން ނަންބަރު: 1355/2015-SP ސަރޓިފިކޭޓ އޮފް ރަޖިސްޓްރޭޝަން ނަންބަރު: 1544/20216-SP ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށްރިޢޔަތްކޮށ މައްސަލަ ހިންގިފައިވަނސޯލް ޕްރޮޕްރައިޓަރޝިޕް އަދި ވެރިފަރާތް ހިމެނޭގޮތަށެވެ.
4އިސްތިއުނާފު ކުރެވޭ ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 4/D3C/2020 ޤަޟިއްޔާ އަކީ އިސްތިއުނާދ ރައްދުވު ޢަލީ ދާއޫދުގެ ފަރާތުނ އިސްތިއުނާފު ކުރާ ޢުމަރު މޫސާގެ މައްޗަށް ހުށަހެޅ މައްސަލައެކެވެ.
4.1. ދަށުކޯޓަށްމައްސަލަ ހުށަހޅެ ފޯމުގައި ފާހަގަކޮށްފައިވަނީ،ނ.ކެނދިކުޅުދޫ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލުގެ އެލްމިނިއަމް ދޮރާއި، ފެންލައިޓްތައް، ދީފައިވާ ކުރެހުމާއި އެއްގޮތަށް ޖަހާ ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ހިޔާވަހި އެލުމިނިއަމް، ނ.ލަންދޫ، ހިޔާވަހި ޢަލީ ދާއޫދު )މަސައްކަތް ކުރް ފަރާތް( އަށް ޙިވާލާކުރެވުނކަމަށާއީ،މިމަސައްކަތް އެފަރާތާއި ޙަވާލުކޮށްފައިވަނ އެމް.ޔޫ.އެމް ކާޕެންޓްރީ ނ.ކެނދިކުޅުދޫ، […] ޢުމަރު މޫސާ )މަސައްކަތް ޙަވާލުކުރާ ފަރާތް( ކަމަށެވެ.އަދ މ މިޕްރޮޖެކްޓްގެ އަގަކީ، 459,223/-ރ. )ހަތަރުލައްކަ ފަންސާސް ނުވަހާސް ދުއިސައްތަ ތޭވީސް( ކަމަށެވެ.
5ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 150,000/-ރ. )އެއްލައްކަ ފަންސާސްހާސް( ޢަލީ ދައާދަށް ލިބިފައިވާކަމަށާއި، ނަމަވެސް މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމުމުން ދޭން އެއްބަސްވި 150,000/-ރ. )އެއްލައްކަ ފަންސާސްހާސް( ގ ތެރެއިން ޢަލީ ދާއޫދަށް ލިބިފައިވަނީ 100,000/-ރ.)އެއްލައްކަ ރުފިޔާ( ކަމަށާއި، އަދި ޖުމްލަ އަގުގެ ތެރެއިން ލިބިފައި ނުވަނީ 209,223/-ރ. )ދެލައްކަ ނުވަހާސް ދުއިސައްތަ ތޭވީސް( ކަމަށް ޢަލީ ދާއޫދު ފާހަގކޮށްފައިވެއެވެ.
6އެއްބަސްވުމާއި އެއްގޮތަށްލިބެންޖެހޭ ފައިސާއާއި ޢަލީ ދާއޫދުގެ ފަރާތުން ޢުމަރު މޫސާއަށް ދީފައިވާ ޑޭޓެޑް ޗެކާއި އަދި ފައިސާ ނުލިބުމުން ފޫނުބެއްދޭ ވަރުގެ މާލީ ގެއްލުން ވެފައިވާތީ، މިގެއްލުމުގެ ބަދަލުވެސ ޝަރީޢަތުން ނަގައިދިނުން އެދިފައިވެއެވެ.
7ޢަލީ ދާޢޫދުގެ ފަރާތުން ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދއަ ވާގައި އެދިފައިވަނީ އަންނަނިވި ފަދައިންނެވެ.
7.1. ނުލިބިވާ 209,223/-ރ. )ދެލައްކަ ނުވަހާސް ދުއިސައްތަ ތޭވީސް( 03 މަސްދުވަހަށް ބަހާލައިގެން މަހަކު 69,741/-ރ. )ފަސްދޮޅަސ ނުވަހާސް ހަތްސަތޭކަ ސާޅީސް އެއް ރުފިޔާ( ޝަރީޢަތުން ނަގައިދިނުމަށް؛
7.2. ލިބުނު ގެއްލުމުގެ ގޮތުގައިވާ ފައިސާ 43,176/-ރ. )ސާޅީސ ތިންހާސް އެއްސަތޭކަ ހަތްދިހަ ހަ ރުފިޔާ( 01 މަސްދުވަހުގެ ތެރޭގައި ނައިދިނުން؛ މިއެވެ.
8ޢަލީ ދާއޫދުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ރައްދުގައި ޢުމަރު މުސާގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، ދިއ ވާ ސާފު ނޫންކަމަށާއު،ދ އަވާއަށް އިންކާރު ކުރާ ކަމަށެވެ. އެގޮތުން ދެ ކަމެއް ފާހަގަކުރެވޭ ކަމަށާއި، އެއީ، ޢަލީ ދާއޫދުގެ ފަރާތުން ގެއްލުމުގެ ބަލުގ ގޮތުގައެ ހޯދުމަށް އެދުނު ފައިސާ ހިސާބު ކުރެވިފައިވާ ގ ތ ސާފުނޫންކަމަށާއި، ދއް ވާކުރަނީ ލިޔެފައިވާ އެއްބަސްވުމެއްގެ މައްޗަށ ކަމުގައިވާނަމަ އެއެއްބަސްވުން ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭނެކަމަށާއި، އޯރަލް އެއްބަސްވުމެއްނަމ އެއްބަސްވިގޮތ ނުވަތް އެއްބަސްވުމެއް އޮތްކަން ހެކިންގެ ހެކިބަހުން ސާބިތުކޮށްދޭންޖެހޭނެކަމަށެވެ.
9ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރ 4/D3C/2020 ޤަޟިއްޔާގައި ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. " އިސްވެ ބަޔާންވެދިޔަ ވާހަކައާއި ޝަރީޢަތަށް ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލާ ވިސްނުމަށްފަހު ނ.ލަންދޫ ހިޔާވަހި އެލްމިނިއަމް ޢަލީ ދާއޫދު ނ.ލަންދޫ ހިޔާވަހި ގެ ފަރާތުން އެމްޔޫއެމް ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ޢަލީ ދާއޫދުގެ ފަރާތުން ހުށަހެޅި ދއަ ވާ ފޯމުގެ "ދައުވާ ނުވަތާ މައްސަލަ ހުށަހަޅަ ފަރާތުން އެދޭގޮތް" ދަށު ކޯޓުގެ ރިޕޯޓުގެ 5 އަދި 6 ކާޕެންޓްރީ […] ކ.މާލެޢަމަރު މޫސާގެ މައްޗަށް ކޮށްފައިވާ މަސައްކަތާއި މުދަލާ ޚިދުމަތުގެ އަގު ހޯދުމަށް ކޮށްފައިވާ ދ އާވާގައ އަދި ނ.ކެނދިކުޅުދޫގައި ޢިމާރާތް ކޮށްފައިވާ ނ.ކެނދިކުޅުދޫ ސްކޫލްގެ މަލްޓިޕާޕަސ ހޯލުގައި ހަރުކުރި އެލްމިނިއަމް ދޮރުތަކުގެ އަގުކަމުގައި ދެފަރާތުގެ ވާހަކައިން އެއްބަސްވެފައިވާ 459223/- )ހަތަރު ލައްކަ ފަންސާސް ނުވަހާސް ދުއިސައްތަ ތޭވީސް ރުފިޔާ( ގެ ތެރެއިން މިހާހިސާބަށް ޢަލީ ދާއޫދު އަށް ލިބިފައިވާކަމަށް އިއުތިރާފުވެފައިވ 250000/- ރުފިޔާ ކެނޑުމުން ބާކީ އޮންނަ 209223/- )ދެލައްކަ ނުވަހާސް ދުއިސައްތަ ތޭވީސް( ރުފިޔާ އަކީ މަސައްކަތް ފުރިހަމައަށް ނިމުމުން ލިބެންޖެހޭ އެއްޗެއްކަމަށް ވާއިރު ދާއީ ވ ކުރާ ފަރާތާއި އެފަރާތުގެ ހެކިންގެ ހެކިބަހުންވެސް މަސައްކަތް ފުރިހަމައަށް ނުނިމޭކަމާއި، ނިމިފައވަނި މަސައްކަތުގެ 98% ކަން ސާބިތުވާތީ މިހާރު ނުލިބިވާކަމަށް ދއަ ވާގައިވ 209223/-ރ )ދެލައްކަ ނުވަހާސް ދުއިސައްތަ ތޭވީސް( ރުފިޔާ އިން މިހާރު ނުނިމިވާ މަސައްކަތުގެ 2% އަށްވާ 4184.46ރ )ހަތަރުހާސް އެއްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ސާޅިސް ހަ ލާރި( ކެނޑުމަށްފަހު ބާކީވ 205038.54 )ދެލައްކަ ފަންސާސްހާސ ތިރީސް އަށް ރުފިޔް ފަންސާސް ހަތަރުލާރި( އެމްޔޫއެމް ކާޕެންޓްރީގެ ފަރާތުން ޢަލީ ދާއޫދަށ ލިބެންޖެހޭ ކަމަށް ކަނޑައަޅާ މިފައިސ 6 )ހައެއް( މަސްދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫ ޢަދަދެއް ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އެމްޔޫއެމް ކާޕެންޓްރީ ޢުމަރު މޫސާއަށް އަންގާ ޢަލީ ދާއޫދު އަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއް ކަމުގައި ބުނާ ޢަދަދަކީ މިމަސައްކަތް ގުޅިގެނާ ލިބުނު ގެއްލުމެއްކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިވ ނުވާކަމަށާ ކަނޑައަޅް އެމްޔޫއެމް ކާޕާންޓްރީ ޢުމަރު މޫސާގެ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލަކީ ދެފަރާތުން ވެފައިވާ އެގްރީމެންޓްގެ ދަށުން ހޯދުމަށް އެދިފައިވާ ބަދަލެއްކަމުގައި ބުނާއިރު އެފަދަސ އްޙަ އެގްރީމެންޓެއް ދެފަރާތުންކުރެ އެއްފަރާތުންވެސް ހުށަހަޅާފައި ނުވުމުން މިބަދަލަކީވެސް ނަގައިދެވިދާނެ ބަދަލެއް ކަމަށް ޝަރީޢަތުން ނުދެކޭކަމަށާއި ޢަލީ ދާއޫދު ގެ ފަރާތުން އެމްޔޫއެމ ކާޕެންޓްރީގ އެކުންފުނީގެ މެނޭޖަރގެ ގޮތުގައެ ހުރި އެކާޕެންޓްރީގެ މެނޭޖަރ އަޙްމަދު ފައިޞަލް އާއި ޙަވާލުކުރި ޑޭޓެޑް ޗެކް )ބީއެމްއެލް ނަންބަރު: 000004( އަކީ ރައްކާތެރިކަމާއެކު ޢުމަރު މޫސާގެ އަތުގައި ބާއްވާފައިވާ އަމާނާތެއްކަމުގައިވާތީ މިބުނާ ޑޭޓެޑް ޗެކަކީ މަސައްކަތް ނިމުމުން ޙަވާލުކުރަންޖެހޭ އެއްޗެއްކަމުގައި ޢަލީ ދާއޫދުގ އިޢުތިރާފުން ސާބިތުވާތީ މިޗެކް އަމާނާތްތެރިކަމާއެކު ޢަލީ ދާއޫދާ ޙަވާލުކުރުމަކީ ދީނަ ގޮތުން ބަލާއިރުވެސް ޢުމަރު މޫސާގެ ވާޖިބެއްކަން ހަދާންކޮށްދީ މިޗެކ ވަކް މުއްދް ތެއްގައި ޢަލީ ދާއޫދާ ޙަވާލުކޮށްދިނުމަށް އަންގާނެ ތަނެއް ނެތްކަމާއި އެހެންނަމަވެސް މިޗެކަށ ފައިސް ދޫނުކޮށް ހިފަހައްޓާ މިހާރުން މިހާރަށްވެސ ސަސްޕެންޑް ކޮށްދިނުމަށ ބޭންކް އޮފް މޯލްޑިވްސް ގައް އެދެވިދާނެކަން ޢަލީ ދާއޫދަށް އަންގައި މިގޮތުގެ މައްޗަށ ޙުކުމްކޮށްފީމެވެ."
10ނ.ކެނދިކޅުދު މެޖިސްޓްރޭޓް ކޯޓުގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވ ކަންކަން ފާހަގަކުރެވެއެވެ.
10.1. ދެފަރާތުން ލިޔެ ޢަމަލުކުރަންވާ އެއްބަސްވުމެއް ނެތް ނަމަވެސް ދެފަރާތުގެ ވާހަކައާއި ހުށަހަޅާފައިވާ ހެކިން ހެކިބަހުންދެފަރާތުގެ ދެމެދުގައި މަސައްކަތާ ގުޅެ އެއްބަސްވުމެއް ވެވިފައިވާކަނ ؛
10.2. ޢުމަރު މޫސާގެ ޚުލާސާ ބަޔާނުގައި މަސައްކަތުގެ އަގު ދެއްކުމަށް 2 ޖުލައި 2018 ގައި އެއްބަސްވުމެއްވެފައިވާކަމަށް ޢުމަރު މޫސާ ޤަބޫލުކުރާކަމަށް ލިޔެ ސޮއިކޮށް ފިންގަރޕްރިންޓް ޖަހާފައިވާ ކިބާތީ ޑޮކިއުމެންޓެއް ހުށަހަޅާފައި އޮތުމުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމައ ވެފައިވާކަން ސާފުކަމަށާއް އަދި ޚިލާފު އުފެދެނީ މ ސައްކަތ ނިމުނުތޯ ނުވަތަ ނޫންތޯ ކަމާމެދު އާއި އަދި މަސައްކަތުގެ އަގު އަދި މުއްދަތާމެދުގައި ކަމަށާއި، މަސައްކަތް ނުނިމޭކަމް ށ ޢުމަރު މޫސާ އިއުތިރާފްވާކަން އަދީމަސައްކަތ ނިންމަން އޮންނަ މުއްދަތަކީ 60 ދުވަސް ކަމުގައި ޢަލީ ދާއޫދު އެއްބަސްވާކަން؛
10.3. ޢަލީ ދާއޫ ދުގެ ފަރާތުން ދއްވާއާއެކު ފުރިހަމަ ނުވާ އެއްބަސްވުމެއް ހުށަހަޅާފައިވާކަމާއި، ދެފަރާތުން އެއްބަސްވެ ލިޔެފައިވާ އެއްބަސްވުމެއް ނެތްކަމުގައި މައްސަލަ ފެށީންސުރެނ ޢުމަރު މޫސާ ބުނެފައިވާކަމާއި ނަމަވެސް ޚުލާސާ ބަޔާނާއެކު އެއްބަސްވުމެއް އޮތްކަމަށް ބުނެ ހުށަހެޅި އެއްބަސްވުމަށް ބަލާއިރު، ދެ އެއްބަސްވުމުގައި ތަފާތު ބޮޑު މާއްދާތަކެއް ހިމެނޭތ ދެ އެއްބަސްވުން ކޯޓަށް ބަލައި ނުގަންނަކަނ؛ ދަށު ކޯޓު ރިޕޯޓުގެ 14 ވަނަ ނުކުތާ.
10.4. މަސައްކަތުގެ އަގުގެ ތެރެއިން ނުލިބިވަނީ 250,000/-ރ.)ދެލައްކަ ފަންސާސްހާސް( ކަން ޢަލީ ދާ އްދުގެ އިޢުތިރާފުން އެނގޭތީ މިއީ ހިނގާފައިވާ މުޢާމަލް ތެއްގެ ތެރެއިން ލިބިދީފައިވާ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަން؛
10.5.މަސައްކަތް ނިމިފައިވަނީ 80% ކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަން؛
10.6. ގެއްލުންތަކެއް ވެފައިވާކަމަށް ބުނެ އަދަދުތަކެއް ޖަހާފައިވާއިރު، ގެއްލުން ކުޑަކުރުމަށް އެއްވެސ ފަރާތަކުން އަޅާފައިވާ ފިޔަވަޅެއް/ ކޮށްފައިވާ މަސައްކަތެއް ސާބިތުކޮށްދެވިފައ ނުވާއިރު ހަމައެކަނި އަދަދުތަކެއްޖަހާ ގެއްލުންވިކަމަށް ބުނުމަކީ ގެއްލުމުގެ ބަދަލު ނަގއިދެވިދާނެ ކަމެއްކަމަށް ނުދެކޭކަނ؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތތާ ކާއި ދެފަރާތުގެ ވާހަކަ:
11ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 4/D3C/2020 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ އަދ ޤާނޫނި އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޢުމަރު މޫސާގެ ފަރާތުން އެޤަޟިއްޔ އިސްތިއުނާފުކުރުމަށް އެދި އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތެތަކިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅ؛
11.1. ފުރަތަމަ ނުކުތާއަކީ، ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4/D3C/2020 ދުވަހު ވެފައިވާ އެއްބަސްވުން ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅު◌މުނު ދަށް ކޯޓުގު ފަނޑިޔާރު ބަލައިނުގަތުމަށް ނިންމާފައިވަން،ކިތާބީ ދަލީލުތއަ ބަލައިގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އބޙ ގެ 18 ދަށު ކޯޓުގެ ރިޕޯޓުގެ 19 ވަނަ ނުކުތާ. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ޤާނޫނީ އުޞޫލާއި ޤާނޫނު ނަންބަރ 13/2010 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.2. ދެވަނަ ނުކުތާއަކީ، ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4/D3C/2020 ދުވަހު ވެފައިވާ ސައަ ޙްއެއްބަސްވުނ ކޯޓަށް ހުށަހެޅުމުން ދަށް ކޯޓުގު ފަނޑިޔާރު ބަލައިނުގަތުމަށް ނިންމާފައިވަނީ ޢުމަރު މޫސާއަށް ލިބިދީފައިވަނީ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ހަނިވާގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.3. ތިންވަނަ ނުކުތާއަކީ ؛ ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4/D3C/2020 ވެފައިވާ އެއްބަސްވުން ބަލައިނުގަނެ ސ އްޙަ އެއްބަސްވުމެއް އޮވެމެ،ޢަލީ ދާއޫދިގެ މަސްލަޙަތަށް ވަކިން ޙާއްޞަކޮށ ރިޢާޔަތް ކުރައްވާފައި ވާކަމަށާއި، އަދ ޢެމަރު މޫސގީވާހަކަތަކަށް އެކަށީގެންވާ ވަރަށް ރިޢާޔަތްކޮށްފައި ނުވުމާއި، އަދި ޢުމަރު މޫސާގެ އަތުން މަސައްކަތް ގެއްލިފައިވަނ ޢަލީ ދާއޫދުގެ ސަބަބުން ކަމަށްވެފައި، ކިތާބީ ހެކި ބަލައިނުގަތުމަށް ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ޢުމަރު މޫސާގެ ފަރާތުން ފާހަގަކޮށްފައިވަނީ،ޢުމަރު މޫސާގެ ފަރާތުން ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅ 02 ޖުލައި 2018 ދުވަހު ވެފައިވާ އެއްބަސްވުމަކީ، ސ އޙަ އެއްބަސްވުމެއް ނޫންކަމަށް ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ 2010/SC-A/02 ޤަޟިއްޔާގައި ކިތާބީ ހެކި ބަލައިގަތުމާ ގުޅޭ އުޞޫލުތަކާ ޚިލާފަށްކަމަށެވެ. އަދި ޢުމުރު މޫސާގެ ފަރާތުން ހުށަހެޅި އެއްބަސްވުމަކީ އަމިއްލައަށް ތައްޔާރުކޮށްފައިވާ އެއްބަސްވުން ކަމުގައި ވީނަމަވެސް އެއީ އެއްބަސްވުން ބަލައިގަތުމަށް އޮތް ހުރަހެއް ނޫންކަމަށާއި، އަދި އެއީ ފުރިހަމަ ނޫން ކިތާބީ ހެއްކެއްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމްއެއެއްބަސްވުމުގައ ހުރި ކަންކަންސާބިތުކުރުމަށ އެހެނިހެން ހެކި ހުށަހެޅުމަށް ފުރުސަތު ދޭންޖެހޭނެކަން ސުޕްރީމް ކޯޓުގ ނަންބަރު 2010/SC-A/02 ނިންމުމުނ އެނގެން އޮތްނަމަވެސް، އެފުރުސަތު ޢުމަރު މޫސާއަށް ދީފައިނުވާކަމަށެވެ.އަދ އެއްބަސްވުމުގައި ބުނެފައިވާ ކަންތައްތަކުގައި ޢުމަރު މޫސާ ޘާބިތުކޮށްދޭން ބޭނުންވާ ކަންކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތްކަމުގައި ދަށު ކޯޓުން ބުނެފައިވާއިރު، އެ އެއްބަސްވުމަކީ ކުރެވުނު މަސައްކަތް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވް އެއްބަސްވުމެއްކަން އިނގެން އޮތްއިރު، އަދި އެކަނ ސާބިތުކުރުމަށް އޯރަލް ހެކި ހުށަހަޅާފައިވާއިރު، ހެކިބަހަށް ނުބަލައެ،އޮތ އެއްޗެއް އެއް ނެތީ އެއްޗެއް ކަމަށް ބަލައި ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ހުށަހެޅިފައިވ ހެކާ ޤަރީނާއަށް ރިޢާޔަތިނުކޮށްކަމަށެވެ.ޢުމަރު މޫސާގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތަކީ، ކަމެއް އޮތް ގޮތް ނުވަތަ ކަމެއްގެ ޙަޤީޤަތް ޘާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ކަމުގައިވީއިރު، އެފަރާތްތަކަކީ އެކައުންޓިންގ ދާއިރާއިން ޕްރޮފެޝަނަލުންނަށް ނުވުމަކީ އެފަރާތްތަކުގެ ހެކިބަސް ބަލައިގަތުން މަނާކުރެވޭނެ ސަބަބެއް ނޫންކަން ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއިން އިނގޭ ކަމަށެވެ.އަދ އެއްބަސްވުމުގި މާއްދާތަކަށް ބެލުމެއް ނެތި ޢަލީ ދާއޫދުގެ ވާހަކަތަކަށާއި، ޢަލީ ދާއޫދުގެ ފަރާތުން ހުށަހަޅާފައިވް ޝަފަހީ ހެކިންގެ ހެކިބަހަށް ރިޢާޔަތް ކުރައްވާފައިވަނީ އިންސާފުވެރި ހަމައަކުން ނޫންކަމަށެވެ. އަދި މީގެ އިތުރުން ހެކިންގެ ހެކިބަހުގައި ފުށުއެރުނާތަކެއް ވާކަމަށާއި، މިގޮތުން ޢަލ ދިއްދުގެ ފަރާތުން ހުށަހެޅ ހެކިނެދެގޮތަށ ހެކިބަސް ދީފައިވާއިރު، މިކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުމުން، ޢުމަރު މޫސާ އަށް ޤާނޫނުއަސާސީން ލިބިދޭ އިންސާފުވެރިކަމާއެކު ޝަރީޢަތް ކުރުމުގެ ޙައްޤު ގެއްލޭކަމަށެވެ.
13އިސްތިއުނާފ ރައްދުވު ފަރާތުން ރައްދުގައި ބުނެފައިވަނީ،އެއްބަސްވުމެއް ހެދިކަމާއި ނަމަވެސް ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ނެތްކަމުގައި ޢަލީ ދާއޫދުގެ ފަރާތުން ދަށުކޯޓުގައި ބުނެފައިވާއިރު، ހަމަ އެފަދައިން އެފަދަ އެއްބަސްވުމެއްގައި ޢުމަރު މޫސާވެސް ސޮއިކޮށްފައި ނުވާކަމުގައި ތަކުރާރުކޮށް ބުނެފައިވާކަމަށެވެ.ނަމަވެސް މައްސަލް ފެށުނީއްސުރެންވެސ ދެފަރާތުން އެއްބަސްވެފައިވާ އެގްރީމެންޓެއް ނެތްކަމުގައި ބުނަމުންއައިސ މައްސަލައިގް އަޑުއެހުންތައް ނިންމާލުމަށްފަހު ޢުމަރު މޫސާގެ ފަރާތުން ހުށަހެޅި ޚުލާސާ ބަޔާނާއެކު ޢުމަރު މޫސާގެ ފަރާތުންވެސް އެއްބަސްވުމެއް އޮތްކަމަށް ބުނެ އެއްބަސްވުމެއް ހިމަނައިފައިވުމުނ ޝަރީޢަތް ކުރުމާބެހޭ އުޞޫލުތަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދަ ހެޔޮ ނިޔަތުގައި ޢުމަރު މޫސާގެ ފަރާތުން މިދއޫވާއާއ ގުޅިގެނި ޢަމަލުކޮށްފައި ނުވާކަން ފާހަގަވާކަމަށެވެ.އެހެންކަމުން ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 4/D3C/2020 ޤަޟިއްޔާގައި ޚުލާސާ ބަޔާން އިއްވުމުގެ މަރުޙަލާގައި ހުށަހަޅާފައިވާ 02 ޖުލައި 2018 ވަނަ ދުވަހު ވެފައިވާ އެއްބަސްވުން ދަށުކޯޓުން ބަލައިނުގަތުމަށް ނިންމފައިވަނާ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައެޅޭނެ ޖާގައެއް ނެތްކަމަށް ޢަލީ ދާއޫދު ޤަބްލުކުރާކަމަށެވެ. ސަބަބަކީ މައްސަލައިގެ އަޑުއެހުންތައް ނިމުމަށްފަހު ޚުލާސާ ބަޔާން އިއްވުމަށް ދެވޭ ފުރުސަތަކީ ޝަރީޢަތަށް ކިތާބީ ދަލީލުތައް ނުވަތަ ހެކި ހުށަހެޅުމަށް ދެވޭ ފުރުސަތެއް ނޫންކަން ހެއްކާބެހޭ ޤާނޫނާއި ޝަރީޢަތްކުރުމުގައި ޢަމަލުކުރެވޭ ހެއްކާބެހޭ އުޞޫލުތަކުން އެނގެން އޮންނަކަމަށެވެ. އެދޭ ގޮތް:
14އިސްތިއުނާފ ކުރު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
14.1. ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 4/D3C/2020 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން ޖެހޭކަމަށް ކަނޑައަޅައިދީ؛
14.2. ޢުމަރު މޫސާގެ ފަރާތުން ޢަލީ ދާއޫދަށް ދައްކަންޖެހޭ ފައިސާއަކީ ޢަލީ ދާއޫދަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައިދީ؛
14.3. ޢުމަރު މޫސާގެ ފަރާތުން ޢަލީ ދާއޫދަށް ދައްކަންޖެހޭ އެންމެހާ ފައިސާ މިމައްސަލައިގެ ހައިކޯޓުގެ ޤަޟިއްޔާއިން ވަކިގޮތެއް ކަނޑައަޅަންދެން ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 4/D3C/2020 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ އެއްވެސ ޢަމަލެއް ނުކުރުމަށް އަމުރުކޮށް ދިނުމަށް ކަނޑައަޅައި ދިނުން، މިއެވެ.
15އިސްތިއުނާފ ރައްދުވު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ،އިސްތިއުނާފ ރައްދުވު ފަރާތުނ ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ރިޢާޔަތް ކޮށްދެއްވައު ން.ކެނދިކުޅުދޫ މެޖިސްޓްރޭޓުކޯޓުގެ ނަންބަރ 4/D3C/2020 ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށ ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
16މިއިސްތިއުނާފުގެ ފުރަތަމަ ދެނުކުތާގައުއުފެދިފައިވާ މައިގަނޑު ޚސޫމާތަކާ،މިމައްސަލައިގައި ޚުލާސާ ބަޔާނާއެކު ޢުމަރު މޫސގެ ފަރާތުންހުށަހެޅި ލިޔުމުން އޮތް އެއްބަސްވުން ބަލައިގަނެ ބުރަދަނެއް ނުދިނުމަށް ޝަރީޢަތުން ނިންމާފައިވާތީ،އެނިންމުމަށް ތައުނުކޮށު އުފައްދާ ޚްސޫމާތެކެވެ. މގޮތުނި މިހެކި ބަލައިނުގަތުމަށް ނިންމާފައިވަން،ކިތާބީ ދަލީލުތާއަބަލައިގަތުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އ ޞްލާ ޚިލާފަށް އުދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ގެއްލޭގޮތަށާ އިސްތިއުނާފރައްދުވި ފަރާތުގެ ޙައްޤަށް އެކަނި ރ ޢް ޔަތްކޮށްކަމަށ އިސްތިއުނާފު ކުރާ ފަރާތުނ ފާހަގަކޮށްފައިވެއެވެ.
17އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޢީ މަރު މޫސގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރާ ކަމަކީ، މިމައްސަލައިގައި އެފަރާތުން ހުށަހެޅި ކިތާބީ ހެކި ބަލައިނުގަތުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާއާ ޚިލާފަށް ކަމަށެވެ. އެގޮތުން، އެޤަޟިއްޔާގައި އަމިއްލަ އަތުން ލިޔެފައިވާކިތާބީ މުސްތަނަދު ތަކަކީ ކިތާބީ ހެކގެގޮތުގައި ބަލައިގަތުމަށ ކޯޓަށް ބަލައިގަނެވޭނެ ހެއްކެއް ކަމަށް ބަޔާންކޮށްފައިވާއިރު،މިމައްސަލައިގައި އިސްތިއުނާފ ކުރު ފަރާތުން ހުށަހެޅި ލިޔުމުން އޮތް އެއްބަސްވުން ބަލައިނުގަތީ މިއްޞލ ޚިލާފަށާ ކަމަށެވެ.
18ޕްރިސިޑެންސް 1އިސްތިއުނާފ ކުރު ފަރާތުން، ޙަވާލާދޭ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ)ބ( އަދި )ޅ( ގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. )ބ( މަދަނީ މުޢާމަލާތްތައް ޡާބިތުކުރުމުގެ ވަސީލަތްތަކުގެތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ މުސްތަނަދު )written instrument( ކަމާއި، މިފަދަ މުސްތަނަދުތަކުގެ ތެރެއިން މުޢާމަލާތުގެ ބައިވެރިންގެ މެދުގައި އެ މުޢާމަލާތެއް ޡާބިތުކުރުމަށްޓަކާ އެކުލަވާލެވޭ "ޚާއްޞަ" މުސްތަނަދަކީ ދެވައްތަރެއްގެ ޙުއްޖަތް ޤާއިމުކުރެވޭ އެއްޗެއްކަމާއި، ފުރަތަމަ ޙުއްޖަތަކީ މުސްތަނަދުގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާހިނދަކު އެ މުސްތަނަދަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ދީފައިވާ މުސްތަނަދެއްކަމުގައި ޤާއިމުވާ ޙުއްޖަތްކަމާއި، ދެވަނަ ޙުއްޖަތަކީ އެ މުސްތަނަދުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢު )Facts( ތަކަކީ އޭގެ އިދިކޮޅު ޡާބިތު ނުކޮށްދެވޭހާހިނދަކުސއްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތްކަން އެނގެން އޮންނަކަމެވެ . )ޅ( ހަވަނަ ކަމަކީ، އިސްވެދިޔަގޮތުގެ މަތިން ޚަޞްމުންގެ މެދުގައި މުޢާމަލާތްތައް ޘާބިތުކުރުމަށްޓަކާ އެކުލަވާލެވޭ ޚާއްޞަ ކިތާބީ މުސްތަނަދަކީ ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ކިތާބީ ދަލީލު )evidence documentary( ތަކުގެ ތެރޭގައި ހިމެނޭ ދަލީލު ކަމާއި، ޢާންމު އުޞޫލެއްގ ގޮތުނެ އެފަދް ކިތާބީ ދަލީލަކުން ޡާބިތުވާ ކަމަކާއި ޚިލާފަށް ކަމެއް ޡާބިތުކުރެވޭނީ ހަމަ އެފަދަ ކިތާބީ ދަލީލަކުން ކަމުގައި އޮންނަ އޮތުމަކީ އިސްތިސްނާއެއް ނެތި އޮންނަ އުޞޫލެއް ނޫންކަމާއި، މިގޮތުން އެ ޚީޞްމެއްގެ މައްޗަށް ދަލީލު ޤާއިމުކުރަން ބޭނުންވާ ޚަޞްމުގެ އަމިއްލަ އަތުން ލިޔެފައިވާ، ޡާބިތުކުރަން ބޭނުންވާ މައްސަލައާއި ގުޅޭ ލިޔުމަކީ- ޡަބިތުކުރުމަށްޓަކާ އެކުލަވާލެވޭ ޚާއްޞަ މުސްތަނަދަކަށް ނުވާނަމަ- އޭގެ ޒާތުގައި ފުރިހަމަ ކިތާބީ ދަލީލެއް ނޫންކަމުގައި ވިއަސް، އެފަދަ ލިއުމަކުން ދއުވާގެ ޚަޞްމަކު ޡާބިތުކުރަން ބޭނުންވާ ކަމެއް ޡާބިތުވުމުގެ އިޙުތިމާލު އޮންނާތީ، އެފަދަ ފުރިހަމަނޫން ކިތާބީ ދަލީލަކީ ހެކިންގެ ހެކިބަހުންނާއި ޤަރީނާއިން ފުރިހަމަ ކުރެވިދާނެ ދަލީލެއްކަން ކުރިއަރާފައިވާ ޖުރިސްޑިކްޝަންތަކުން ޢަމަލުކުރާ މަދަނީ މައްސަލަތައް ޡާބިތުކރުމުގ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
19ސޕްރީމު ކޯޓުގް މިނިންމމަކުކިތާބީ ހެއްކަށް ޝަރީޢަތުން ބުރަދަން ދިނުމުގައި ޢަމަލުކުރެވޭ ޢާންމު އާޞީލު ބަޔާންކުރުނިންމުމެކެވެ. ސުވާލަކޫމިއެޞަ ލުގެ ސަބަބުން މައްސަލައިގާޚ ސްމުނ ހުށަހަޅް ކިތާބީ ކޮންމެ ހެއްކެއް ބަލައިގަނެ ބުރަދަން ދިނުމަށް ޝަރީޢަތަށް ލާޒިމުވޭތޯއެވެ.
20އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ފަދައިން ދަށު ކޯޓުގެ ނިންމުމުގެ 16 އަދި 17 ވަނަ ޕެރެގްރާފުން މިއެއްބަސްވުން ބަލައިނުގަތުމަށް ޝަރީޢަތުން ނިންމި މައިގަނޑު ސަބަބު ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޝަރީޢަތުން ފާހަގަކޮށްފައިވަނ،ޢަލީ ދާއޫދުގެ ފަރާތުނު ދއް ވާއާއެކ ފުރިހަމަ ނުވާ އެއްބަސްވުމެއް ހުށަހަޅާފައިވާކަމާއި، ދެފަރާތުން އެއްބަސްވެ ލިޔެފައިވާ އެއްބަސްވުމެއް ހުށަހަޅާފައިނުވާކަމަށް މައްސަލަ ފެށީންސުރެން ޢުމަރު މޫސާ ބުނެފައިވާކަމާއި،ނަމަވެސް ޚުލާސާ ބަޔާނާއެކު އެއްބަސްވުމެއް އޮތްކަމަށް ބުނެ ހުށަހެޅި އެއްބަސްވުމަށް ބަލާއިރު، ދެ އެއްބަސްވުމުގައ ތަފާތު ބޮޑު މާއްދާތަކެއް ހިމެނޭތީ 02 އެއްބަސްވުން ކޯޓަށް ބަލައި ނުގަންނަކަމަށެވެ. އެހެންކަމުން މިއެއްބަސްވުން ބަލައިނުގަނިބުރަދަނ ނުދިނުމަށް ޝަރީޢަތުން މައިގަނޑު ގޮތެއްގައި ނިންމި ސަބަބަކީ އެއްބަސްވުން ހުށަހެޅުނު ވަގުތާއި މައްސަލަ ހިނގަމުން ދިޔައިރު ކަން ހިނގާފައިވާ ގޮތް ކަމުގައި ބެލެވެއެވެ.
21ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަޢާނާ މުޙައްމަދ ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު 4 ފަރާތެއް ޤަޟިއްޔާގެފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރަގ ރުއިޔގައު،ޚުލާސާ ބަޔާނުގައި ހެކިން ހުށަހެޅުމާ ގުޅޭ އީ ޞލުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނ، ޚުލާސާ ބަޔާނަކީ މައްސަލައެއް ކޯޓަށް ހުށަހަޅައި، އެކަމާ ގުޅޭ ވާގިއާތައް ސާބިތުކުރުމަށް ކިތާބީ ނުވަތަ ޝަފަހީ ހެކި ހުށަހަޅައި، މައްސަލައިގެ ޚަޞްމުން އެއް ފަރާތް އަނެއް ފަރާތާ ކުރިމަތިކުރާ ޖަދަލުތައ ތައުނުކޮށް ބަހުސްކޮށް ނިމުމުން، ކޮންމެ ޚަސް މެއްވެސް އެ ޚް ސ މެއްގެ ނަޒަރުން ޝަރީޢަތަށް ހުށަހެޅިފައިހުރި ހެކިތަކުން ދަ ށ ކޯޓުގު ރިޕޯޓުގެ 17 ވަނަ ނުކުތާ. [2021] SC 102 ފަނޑިޔާރު ބުރަދަންދޭންވ މުހިންމީ ހެކިތަކާއި، ރޢިޔަތްކުރަންޖެހޭ ޤާނޫނީ ނުކުތާތަކަކީ ކޮބައިކަމާއި، އެ ޚަސްމު ވަކާލާތުކުރާ ކަންކަމަށް ހުށަހެޅިފައިހުރި ހެއްކާއި ޤާނޫނު ބާރުދޭގޮތާއި، އަދި އެ ޚަމާސ އެއްކޮޅަށ މައްސަލް ނިމެންވީ ކީއްވެގެންކަން ފަނޑިޔާރު އިގްތިނާއ )convince( ކުރުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުޞަތއްކަމަށެވެ.
22އަދި، "ޚުލާސާ ބަޔާން" ގެ ލަފްޒީ މާނައިން ދޭހަވްފަދައިން، އެ ބަޔާނަކީ، މައްސަލައެއްގައި ހުށަހަޅަންހުރ ހެކި ހުށަހަޅައި ނިމުމަށްފަހު، މުޅި މައްސަލައާ ގުޅޭގޮތުން ޚުލާސާކޮށް ވާހަކަ ދެއްކުމަށް ދެވޭ އެންމެ ފަހު ފުރުސަތުކަމަށއި، ދީމިޤްރާތީ މުޖްތަމައުތަކުގައިވެސް، ކްލޯސިންގ ސްޓޭޓްމަންޓް ނުވަތަ ކްލޯސިންގ އާގިޔުމަންޓ ނުވަތް ސަމޭޝަނ ނުވަތް މީނޫންވެސ އެހެން ނަމެއް ކިޔަސް، ޝަރޫޢަތެއް ނިންމާލުމުގެ ކުރިން ހެކިން ހުށަހަޅަން ފުރުޞަތު ދިނުމަކީ އޮންނަ ޢާންމު އ ޞލެއ ނޫންކަމަށް އެޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
23ހަމަ އެފަދައިން، ދިވެހިރާއްޖޭގައިވެސް ޢަމަލުކުރެވޭ އ ޞުލަށް ރ ޢޔަތްކުރުމަށްފަހ، ސުޕްރީމް ކޯޓުން މިޤަޟިއްޔާގައި އިތުރަށް ފާހަގަކޮށްފައިވަނީ،ދިވެހިރާއްޖޭގެ އެކި ކޯޓުތަކުގައި މިހައިތަނަށް ޢަމަލުކުރަމުން އައި ޢާންމު އޞލަކީ، ޚުލާސާ ބަޔާނަކީމައްސަލައިގެ ޙުކުމް ކުރުމުގެ ކުރިއަށް މައްސަލައިގް ޚާސިމުނ ވާހަކް ދެއްކުމަށްލިބޭ އެންމެ ފަހު ފުރުސަތަށްވުމއުޚުލާސާ ބަޔާނެއްގެ ފަހަށް މައްސަލައެއްގައި ހެކިން ހުށަހެޅުމަށް ޝަރީޢަތުން ފުރުސަތު ދީފައިވާނަމަ، އެއީ ނާދިރު ޙލަތެއްގައިކމަށެވެ.
24ޕްރިސިޑެންސް 3ޝަރުޢީ ޢާންމު އިޖުރާއަތްތަކަށް އިސްތިސަނާތަކެއް ހުރެއެވެ. މިސާލަކަށް، އިސްތިއުނާފީ މަރިޙްލާގައ މައްސަލަ ހިނގަމުން ދަނީ ދަށުކޯޓަށް ހުށަހެޅުނު ހެކި ޤަރީނާ އަދި ދަފްޢަކީ އަސާސްކަމަށް ބަލައިގެންނެވެ.އެހެންނަމަވެސް،ދަށު ކޯޓަށު ހުށަހެޅިފައިނުވާ ހެއްކެއް ނުވަތަ ކަމެއް، އިސްތިއުނާފ ކޯޓަށް ހުށަހެޅް އިސްތިސްނާ އުޞޫލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އާމިނަތު ނާޒްލީ ވ. ސީގޭޓް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު )ޤާނޫނު ނަންބަރު 22/2010( ގެ 32 ވަނަ މާއްދް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެ އުޞޫލުގައި ބުނާގޮތުން އެ ހެއްކެއްގައި ތިންއުނަސަރެއް ފުރިހަމަވާންޖެހެއެވެ. ފުރަތަމީއުންސުރކާ،އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުން ދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެން ވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުނ )Non-availability(، ދެވަނައުންސާރަކީ އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުނ މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން )Relevance( އަދި ތިންވަނަ އުންސަރަކީ އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގްސައާޙކަމާމެދުގައި ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން )Credibility( މިއެވެ.
25އިސްތިއުނާފީ ކޯޓަށް އައު ހެކި ހުށަހެޅުމަށް ޤާނޫނީ އާޞުލުތައް ތަންދޭއިރު، ހިނގަމުންދާ މައްސަލައެއްގައި ޝަރީޢަތުގެ މަރަޙ ލާ ނިމޭ ފަހުން އައު ހެކި ވުޖޫދުވެއްޖެނަމާ،އެހެކި ބަލައިގަނެވޭނެ އިސްތިސްނިޙުލަތްތައް ހުންނާނެއެވެ. އޭގެ ތެރޭގައި ދަށުމަރުޙަލާގައި ހިނގަމުން ދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެން ވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވމާއި، އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް އޭގެ ސަބަބުން އެ މައްސަލައިގެ މައުޟައުށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވމާއ )Relevance، ( އަދި އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގްސައި ޙކަމާމެދުގައ ސުވާލު އުފެދިފައިނުވާ ފަދަ ހެއްކެއް ކަމުގައި ވާންޖެހެއެވެ.
26ޕްރިސިޑެންސް 4މިއިޞުލުތައ މިމައްސަލައަށް ތަޠްބީޤުކުރުމަށްޓަކައ ސުވާލު އުފެދިފައިވާ އެއްބަސްވުން ޝަރީޢަތަށް ހުށަހެޅިފައިވާ ގޮތަށް ބަލައިލާނަމެވެ.
26.1. ފުރަތަމަކަމަކަށް، މައްސަލައިގެ ދައުވާ ފޯމު ހުށަހެޅުމުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތް ކަމަށް ބަޔާންކޮށެ "މަސައްކަތުގެ އެއްބަސްވުން" މިނަމުގައި އޮތް ލިޔުމެއްގު ކޮޕީއެއްޢަލީ ދާއޫދގެ ފަރާތުން ދައުވާ ފޯމާއެކު ހުށަހަޅާފައިވެއެވ. މިއެއްބަސްވުމުގައ )ކޮޕީއެއް( ހިޔާވަހި އެލުމިނިއަމްގަ ތައްގަނޑު ޖަހާފައިވެއެވެ. އެހެންނަމވެސ އެއްވެސް ފަރާތެއްގެ ސޮއެއް ނެތެވެ.
26.2. މިމައްސަލައާ ގުޅިގެން 07 އޮކްޓޯބަރު 2020 ގައި ޢަލީ ދާއޫދުގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުގައިމިމަސައްކަތުގ އެގްރީމަންޓްގެ އަސްލުވ ޙަސަން ޒަޢީމްގެ އަތުގައި ކަމަށާއި އަސްލު ޝަރީޢަތުން ހޯދައިދިނުމަށް އެދިފައިވެއެވެ.އަދި މިފަރާތް ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާކަމާއި އެފަރާތް ހުށަހަޅަން އެގްރީމަންޓް ތައްޔާރުކުރިކަމާއ، ސޮއިކުރިކަމާއި،ޑޭޓެޑް ޗެކެއްގައ ސޮއިކުރިކަމާއި ފައިސާ ދިންމިންވަރާއ މަސައްކަތްކުރިކަމާއި މަސައްކަތް ނިންމިކަން ސާބިތުކޮށްދިނުމަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 22 ނޮވެންބަރު 2020 ގައި ޢަލީ ދިއާދުގެ ފަރާތުން ދީފައިވާ ބަޔާނުގައި ޢުމަރު މޫސާގެ ބަހުންވެސް ދެފަރި ތިގެ ދެމެދުގައި މުޢާމަލާތެއް އޮތްކަން އެނގޭކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށާއި،އެއްބަސްވުމުގައި ސޮއިކޮށްފައި ނެތުމަކީ އެއްބަސްވުމެއް ނެތުން ނޫންކަމަށް ފާހަގަކޮށްފައިވެއެވެ.
26.3. މިދައުވާ ކުރިއަށް ގެންދެވިދާނެ ކަމަށް ނުދެކޭކަމަށް ބުނެޢުމަރު މޫސގެ ފަރާތުންލިޔުމުނ އިޖުރާއީ އިއުތިރާޟެއ ހުށަހަޅާފައިވެއެވެ.އެގޮތުން ޢުމަރު މޫސާގެ ފަރާތުން ފާހަގަކޮށްފައިވަނ، މައްސަލައާއެކު ހުށަހަޅާފައިވަނީ ސޮއިނުކޮށްވާ އެއްބަސްވުމެއް ކަމަށާއި، 07 އޮކްޓޯބަރު 2020 ގައި ޢަލީ ދާއޫދު ދަށުކޯޓަށް ދިން ބަޔާން 22 ނޮވެންބަރު 2020 ގައި ޢަލީ ދާއޫދުދަށު ކޯޓަށް ދިން ބަޔާނާ 12 ޑިސެންބަރު 2020 ގައި ހިޔާވަހި އެލުމިނިއަމްގެ ފަރާތުން ހުށަހެޅި ބަޔާން އަދި 26 ޖަނަވަރީ 2021 ގައި ޢުމަރު މޫސާގެ ފަރާތުން ދަށް ކޯޓަށު ދިން ބަޔނ 12 ޑިސެންބަރު 2020 ގެ ބަޔާނުގެ 1.2 ވަނަ ޕެރެގްރާފް ސައްޙަކަމެއް ނެތުއެއްބަސްވުމެއްގެ މައްޗަށް ހުށަހެޅިފައިވާ މިދެއެ ވާ ކުރިއަށް ގެންދެވިދާނެ ކަމަށް ނުދެކޭކަމަށެވެ.
26.4. މިމައްސަލައިގައި އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން އެނގޭނީ، މައްސަލީ ކުރިއަށް ގެންދިއުމުން ކަމަށް ފެންނާތީ، މައްސަލައިގައި ޖަވާބު ހުށަހެޅުމަށް އިސްތިއުނާފު ކުރާ ފަރާތަށް އެންގިފައިވާކަނ މައްސަލައިގް ލިޔެކިޔުންތަކުން އެނގެއެވެ.
26.5. ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެވިފައިވާކަމަށް އިއުތިރާފުވެޢުމަރު މޫސްގ ފަރާތުނ އެއްބަސްވުން ޝަރީޢަތަށް ހުށަހަޅާފައިވަނީ، މައްސަލައިގެޚ ލާސާ ބަޔާނުގެ ގޮތުގައި 30 ޖަނަވަރީ 2022 ގައި ހުށަހެޅި ލިޔުމާއެކު ކަން ފާހަގަކުރެވެއެވެ. އަދި،ޚު ލާސާ ބަޔާނުގެ
1.22 ވަނަ ނުކުތާގައިމައްސަލައިގެ ޝަރީޢަތް ހިނގަމުން ދިޔައިރު، އެއްބަސްވުންޢްމަރ މޫސާގެ އަތުގައި ނެތިގެން ކުރެވުނު މަސައްކަތުން އެއްބަސްވުން ފެނުނީ މައްސަލައިގެ އަޑުއެހުންތައް ވެސް ނިންމާލި ފަހުން ކަމުގައި ފާހަގަކޮށްފައިވެއެވެ.
26.6. އިސްތިއުނާފު ކުރު ފަރާތުން ދަށު ކޯޓުގިޚެ ލާސާ ބަޔާނުގައި ހުށަހެޅި މިހެކް)އެއްބަސްވުން( އޭގެ ކުރިން ހުށަނޭޅުނު ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނ، މިމައްސަލަ ހިނގަމުން ދިޔައިރު، އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސްއެއްބަސްވުން ފެނިފައިނުވާކަމަށް ބަޔާންކޮށެވެ. މުޅި މައްސަލައިގައި ފެށުނީއްސުރެ އިސްތިއުނާފު ކުރާ ފަރާތުން ދަށު މަރާޙީލާގައި ކޮށްފައިވާ މައިގަނޑު އިއުތިރާޒަކ، މި އެއްބަސްވުން ހުށަހެޅިފައިނެތުމުނ ކުރަމުން އައި އިއުތިރާޒެކެވެ. އެއްބަސްވުން ހުށަހެޅުމުގެ ޒިންމާއަކު،އިސްތިއުނާފ ރައްދުވު ފަރާތުގާ ޒިންމާއެއް ކަމަށް ތަކުރާރުކޮށް ބަޔާންކުރަމުން ދިޔައިރު، މިފަދައިން ލިޔުމުން ސޮއިކުރެވިފައިވާ އެއްބަސްވުމެއް " މިކޯޓުގެ ނަންބަރު 4/D3C/2020 ޤަޟިއްޔާގައ ހިޔާވަހި އެލުމިނިއަމްގެ ފަރާތުން ހުށަހެޅި މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް ނ.ކެނދިކުޅުދޫ އެވިލާ ޢުމަރު މޫސާގެ މައްޗަށް ކުރި ދައުވާގައި ދައުވާލިބޭ ފަރާތުން އިޖްރާއީ ނުގުތާތަކެއްކަމަށް ފާހަގަކުރި ނުގުތު ތަކާމެދ ކޯޓުނު ކަނޑައެޅި ގޮތް" މިސުރޚީގައ އޮތި ލިޔުން ޢުމަރު މޫސާގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ޚުލާސާ ބަޔާން - 30 ޖެނުއަރީ 2022 ވާނެކަމަށާއި، އެހެންނަމަވެސް އެއްބަސްވުން ފެނިފައިނުވަނީ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. އެހެންކަމުނ، އެކަށީގެންވާ މަސައްކަތެއް ކޮށްގެން ނުލިބިފައިވާ ލިޔުމެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ދަށުކޯޓުގައި ބަޔާންކޮށްދެވިފައިވާ ކަމުގައި ނުދެކެމެވެ.
27މިމައްސަލައިގއަ އިސްތިއުނާފި ކުރު ފަރާތުންނާއި ރައްދުވާ ފަރާތުން އެއްބަސްވމުގ ގޮތުގައި ދެލިޔުމެއް ހުށަހަޅާފައިވާއިރު، ދެލިޔުމުގައ ބޮޑެތި ފަރަޤުތަކެއް )ޚާއްސަކޮށް އެއްބަސްވުމުގް 7 ވަނަ މާއްދާގައި މަސައްކަތުގެ އަގު އަދާކުރުން ލަސްވިޙާލަތުގައާމަސައްކަތް ޙަވާލުކުރާ ފަރާތުން ޖޫރިމަނާ ދެއްކުމާ ގުޅު މާއްދޢ މަރު މޫސާގެ ފަރާތުން ހުށަހެޅި އެއްބަސްވުމުގައި އުނިވެފައިވުން( ހުރިކަނ ދަށް ކޯޓުން ފާހަގަކޮށްފައިވާއިރު، ދެފަރާތުން ކުރެ ފަރާތަކުން ވެސް އެއްވެސް އެއްބަސްވުމެއްގެ އަސްލު ދަށު މަރެޙލާގައި ހުށަހަޅާފައިނުވާކަން ދެފަރާތުގެ ބަހުން އެނގެއެވެ. އެހެންކަމުން،ދަށު ކޯޓުން ބަލައިނުގަތުމަށް ނިންމާފައިވާ މިއެއްބަސްވުމުގަސއްޙު ކަމާމެދު ފާޅުކަން ބޮޑު ގޮތެއްގައި ސުވާލު އުފެދޭ ކަމުގައި ދެކެމެވެ.
28ޕްރިސިޑެންސް 5މުއެއްބަސްވި ނ ބަލައިގަތުމުން އިސްތިއުނާފު ކުރާ ފަރާތަށް ލިބެން އޮތް މަންފާއަކީ އެއްބަސްވުމުގ ދަށުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އުފައްދާ ބަހުޘެކެވެ. ސުވާލު އުފެދިފައިވާ މިލިޔުން ބަލައިނުގަތުމަށ ދަށް ކޯޓުނު ނިންމިއިރު، ސުވާލު އުފެދިފައިވާ އެއްބަސްވުމުގައި ހިމެނޭ ގެއްލުމުގެ ބަދަލު މާއްދާއާމެދ ދަށު ކޯޓުނު ދެކޭ ގޮތް އެކޯޓުން ފާހަގަކޮށްފައިވެއެވެ. އެގޮތުން،ދަށު ކޯޓުގެ ނިންމުމުގެ 20 ވަނަ ޕެރެގްރާފްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެޙަ ސަނޢ ލީމަނިކު ވ. އަޙްމަދު 26 25 ޖަނާޙު ޤަޟިއްޔާއާއި އަދި ގ ލޭފ މުޙައްމަދު ވ. އާދަމް ޙަލީމް ޤަޟިއްޔާއަށްޙު ވާލާދް ގެއްލނ ކުޑަ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ސާބިތުކޮށްދެވިފައި ނުވާކަމަށާއި،ގެއްލުންވާ ކަމަށި ހަމައެކަނި ބުނާ ބުނުމަކުން ބަދަލު ނަގައިދެވިދާނެ ކަމަށް ނުފެންނަ ކަމަށް ބަޔާންކޮށްފައިވެއެވެ. ދަށު ކޯޓުގ [2021] SC 50 މިނިންމުމަށް މިއިސްތިއުނާފުގައި ތައުނުކުރެވިފައިނުވާއިރު،އިސްތިއުނާފީ ނުކުތާތަކަށް ބަލައި މިނިންމުން ގޯސް ކަމަށް ކަނޑއެޅިނަމަވެސ މައްސަލައިގް ނިންމުމަށް ބަދަލެއް އަންނާނެ ކަމުގައި ނުބެލެވެއެވެ.
29އިސްތިއުނާފީ ތިންވަނަ ނުކުތާ ގައި އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނ، އިސްތިއުނާފު ކުރު ފަރާތުގާ އަތުން މަސައްކަތް ގެއްލިފައި ވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަބަބުން ކަމަށްވެފައި ކިތާބީ ހެކި ބަލައިނުގަތުމަށް ނިންމާފައި ވަނީ ޤާނޫނު ނަންބަރ 24/76 )ހެއްކާބެހޭ ޤާނޫނުގެ( ގ 1 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
30ޕްރިސިޑެންސް 6ހެއްކާބެހޭ ޤާނޫނގު 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކަމެއްގެޙަޤީޤިތާ ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހަކަށް ދިނުން އެމަޖިލިސް ހުއްދަކުރާ ނުވަތަ ހެކިވެރެއީ އްގެ ކިބައިން ޝަރީޢަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ، ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެއް ކަމަށެވެ.މިފަދަ ކޮންމެ ބަޔާނަކ ޝަފަހީ )އޯރަލް( ހެއްކއ ކަމަށެވެ. ހެއްކާބެހޭ ޤާނޫނު ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނ، ޝަރީޢތުނަ ނުވަތް ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމެއް ނެތުނެޤި ބޫލުކުރެވޭ ފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތު ވާނަމަ އޭގެ ބަދަލުގައި އެހެން ހެކެޤ ބޫލު ކުރެވޭނކަމަށެވެ.
31ޢުމަރު މޫސާގެ ފަރާތުން ހުށަހެޅިއިސްތިއުނާފު ފޯމުގައި ލިޔުމުން ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރގައޭ ފާހަގަކޮށްފައިވަން،އެފަރާތުންހެކިންގ ގޮތުގައެ ހުށަހަޅާފައިވި ފަރާތަކީ، ކަމެއް އޮތް ގޮތް ނުވަތަ ކަމެއްގެ ޙަޤީޤަތް ޘާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ކަމުގައިވީއިރު، އެފަރާތްތަކަކީ އެކައުންޓިންގ ދާއިރާއިން ޕްރޮފެޝަނަލުންނަށް ނުވުމަކީ އެފަރާތްތަކުގެ ހެކިބަސް ބަލައިގަތުން މަނާކުރެވޭނީ ސަބަބެއް ނޫންކަން ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއިން އިނގޭ ކަމަށެވެ. އަދި އެއްބަސްވުމުގެ މާއްދާތަކަށް ބެލުމެއް ނެތި ޢަލީ ދާއޫދުގެ ވާހަކަތަކަށާއި، ޢަލީ ދާއޫދުގެ ފަރާތުނ ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަހަށް ރިޢާޔަތް ކުރައްވާފައިވަނީ،އިންސާފުވެރި ހަމައަކުން ނޫންކަމަށެވެ. އަދި މީގެ އިތުރުން ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ވާކަމަށާއި، މިގޮތުން ޢަލ ދައި ދުގެ ފަރާތުން ހުށަހެޅި ހެކިން ދެގޮތަށް ހެކިބަސް ދީފައިވާއިރު، މިކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައވާކަމަށެވެ.
32މިމައްސަލައިގައި ދަށު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު،ޢީމަރު މޫސާގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަކ މަސައްކަތްނިމިފައިނުވާކަނ ސާބިތުކުރުމަށް ހުށަހެޅް ހެކިންނެވެ. މިހެކިންގެ ހެކިބަސް ޝަރީޢަތުން ނަގައި ހެކިބަހާމެދު ޝަރީޢަތުން ދެކޭ ގޮތް ފާހަގަކޮށްފައިވެއެވެ. އެގޮތުން،ހެކިންގެ ހެކިބަހުނ މަސައްކަތުން ނުނިމި ހުރީ ކިތައް ޕަސެންޓްކަން މިހެކިވެރިންނަށ ބުނެދޭން އެނގޭކަމަށް ޝަރީޢަތަށް ބުރަނުވެވޭކަމަށާއ، ޢަލީ ދާއެދޫ ގެފަރާތުން ހުށަހެޅި ހެކިންގެ ބަހުން މސައްކަތުގަ 98 ޕަސެންޓް ނިމިފައިވާކަމާއި، އަދިޢުމަރު މޫސގެ ބަހުން ވެސް މަސައްކަތުގެ 80 އަށް ވުރެ ބޮޑު ޕަސެންޓެއ ނިމިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. ޝަރީޢަތުގް މިފާހަގަކުރުމުނ މަދަން މިންގަނޑނު ބަލާއިރު،މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ޝަރީޢަތަށް ބުރަވެވުނުއިރު، ނުނިމި ހުރި މިންވަރު ސާބިތުނުވާކަމަށް ޝަރެ ޢެތަށ ބުރަވެވުން ކަމުގައި ބެލެވވެއެވ.
33އެހެންކަމުން، އިސްތިއުނާފި ކުރު ފަރާތުން ހުށަހެޅި ހެކިތަކަށ ޝަރީޢަތުން ރ ޢްޔަތްކޮށްފައިވކަނ އެނގެނެ އޮތުމުން، ޝަރީޢަތުގެ މިނިންމުން ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއާއި ނުވަތަ 5 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެ އުފައްދާ މިބަހުޘ ސާފުވާ ކަމުގައި ނުދެކެމެވެ.
34އިސްވ ބަޔާންކުރެ ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 4/D3C/2020 ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
35ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެނ ތާއީދީ ކުރަމެވެ.
36ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
37މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ(
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 1 އަދި 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ (ފުޓްނޯޓު)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ މުޙައްމަދު މުޞްތަފާ)
- ސުޕްރީމް ކޯޓުގެ [2021] SC 102 (މަޢާނާ މުޙައްމަދު ވ އިބްރާހީމް މުޢިއްޒު އަދި އިތުރު 4 ފަރާތް)
- ސުޕްރީމް ކޯޓުގެ 2013/SC-A/20 (އާމިނަތު ނާޒްލީ ވ ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ [2021] SC 50 (ޙަސަން ޢަލީމަނިކު ވ އަޙްމަދު ޖަނާޙު) އަދި 2014/SC-A/43 (ގަލޭފާ މުޙައްމަދު ވ އާދަމް ޙަލީމް) — ދަށުކޯޓުން ހަވާލާދީފައި
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ދުރާތަ ލޯ ފަރމް
- ބެންޗު
- ފާޠިމަތު ފަރްހީޒާ، އިބްރާހީމް މާހިރު، އިސްމާޢީލް ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: އިބްރާހީމް މާހިރު، އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް