ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/123
ޔުދްރާ ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިޔުކޭޝަން)، 2025/HC-A/123
Yudhra v. State of Maldives (Ministry of Education) 2025/HC-A/123 (2025/HC-A/123, High Court of the Maldives, 26 January 2026)
ޔުދްރާ ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިޔުކޭޝަން)
މައިގަނޑު ސުވާލު
2023 ވަނަ އަހަރުގެ ސަރކިއުލަރާ އެއްގޮތަށް ބޭބީ ނަރސަރީއަށް ވައްދާފައިވާ ކުއްޖަކު، 2024 ވަނަ އަހަރުގެ ސަރކިއުލަރުގައި ކަނޑައެޅި ޢުމުރުފުރާ ހަމަނުވާތީ ނަރސަރީއަށް ބަދަލުނުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމުމަކީ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އުޞޫލާއި، ޤާނޫނު ރަޖުޢީކޮށް ނުހިންގުމުގެ އުޞޫލާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ؛ އަދި ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއަކީ ހަމައެކަނި ޢާއްމު މާއްދާއެއްކަމަށް ބަލައި، ތަޢުލީމުގެ ޤާނޫނު އެއާ ވަކިކޮށް މާނަކުރުމުން ސިވިލް ކޯޓު ކުށްވެރިވެފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަނާއި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާއާ ޚިލާފުވެފައި ނުވާކަމަށް ކަނޑައަޅައި، ކުއްޖާގެ ގުރޭޑާމެދު މިނިސްޓްރީން އަލުން ވަޒަންކޮށް ގޮތެއް ނިންމަން ކަނޑައެޅި
ކަނޑައެޅުނު އުޞޫލުތައް
- ޖުޑީޝަލް ރިވިއުގެ މައްސަލަތައް ބިނާވެފައިވަނީ ޠަބީޢީ އަދާލަތުގެ މައްޗަށެވެ؛ ޙައްޤަކަށް އަސަރުކުރާ އިދާރީ ނިންމުންތަކަށް ޠަބީޢީ އަދާލަތުގެ އުޞޫލުތައް ހިނގާއިރު، އިދާރީ ފިޔަވަޅުގައި އިންޞާފުވެރިވާނެކަމަށް އުންމީދުކުރުމުގެ (ލެޖިޓިމޭޓް އެކްސްޕެކްޓޭޝަން) މަފްހޫމް ދިވެހިރާއްޖޭގައި އުފަންވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ތެރެއިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 121-122)
- ލެޖިޓިމޭޓް އެކްސްޕެކްޓޭޝަނަކީ ވަކިގޮތަކަށް ކަންވާނެކަމުގެ ކަށަވަރުކުރުމެއް ނޫނެވެ؛ އެ މަފްހޫމުން އައު ޙައްޤެއް އުފަންނުވެއެވެ؛ އުންމީދެއްގެ މަންފާ ލިބުމަށް ޤާނޫނުގައި ސާފު ޞަރީޙަ އިޖުރާއަތެއް ނުވަތަ މަގު ބުނެދީފައި އޮތުމާއި، އެ އިޖުރާއަތު ފުރިހަމަކޮށްފައިވުން ލާޒިމުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 123-126، ކޯސްޓްލައިން <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/koastlain_investmants_private_limited_v_maldives_inland_revenue_authority_2021_SC_A_96/"><bdi class="salj-latin" dir="ltr">2021/SC-A/96</bdi></a>)
- ޢާއްމު މަޞްލަޙަތު، ސިޔާސަތަށް އަންނަ ބަދަލު، ޤާނޫނީ ހައިސިއްޔަތެއް ނެތް އުންމީދު، އަދި ކަމާބެހޭ ޤާނޫނެއް ވުޖޫދުވުމަކީ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އިސްތިސްނާތަކެވެ؛ ފާސްކޮށްފައިވާ ޤާނޫނަކީ އުންމީދަށްވުރެ މަތިވާ ކަމެއް ކަމުން، ޤާނޫނުގައި ވަކިގޮތެއް ބަޔާންކޮށްފައިވާ ޙާލަތުގައި އުންމީދު ނަފީވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 127، 133، ކްރައުން ކޮމްޕެނީ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/kraun_company_private_limited_v_not_specified_2023_HC_A_157/"><bdi class="salj-latin" dir="ltr">2023/HC-A/157</bdi></a>)
- ތަޢުލީމުގެ ޤާނޫނުގެ 12، 31 އަދި 47 ވަނަ މާއްދާގެ (ވ) އާއި (މ) އަށް އެކުއެކީ ބަލާއިރު، ރަސްމީ ތަޢުލީމުގެ ނިޒާމު ފެށެނީ ޢުމުރުން 4 އަހަރުގައެވެ؛ ބޭބީ ނަރސަރީއާއި ނަރސަރީއަކީ ރަސްމީ ތަޢުލީމުގެ މަރުޙަލާއެއް ނޫނެވެ؛ ދިރާސީ އަހަރު ފެށޭ ތާރީޚާއި ރަސްމީ ނިޒާމުގެ ބޭރުގެ މަރުޙަލާތަކުގެ ޢުމުރުފުރާ ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 134-139)
- ޢުމުރުން 4 އަހަރު ނުފުރޭ ކުއްޖަކަށް ރަސްމީ ތަޢުލީމަށް (އެލް.ކޭ.ޖީ) ވަނުމުގެ، އަދި 3 އަހަރު ނުފުރޭ ކުއްޖަކަށް ނަރސަރީއަށް ވަނުމުގެ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަނެއް ޤާނޫނީގޮތުން އުފަންނުވާތީ، މިނިސްޓްރީގެ ޢަމަލަކީ އެ އުޞޫލާއި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައިވާ ޙައްޤު ހަނިވާގޮތަށް ކުރި ޢަމަލެއްކަމަށް ނުބެލެވެއެވެ؛ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ ޙައްޤެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 137، 140-143)
- އިސްތިއުނާފުކުރާ ފަރާތް ބޭނުންވާ ނަތީޖާ ނުނުކުތުމަކީ ދަށުކޯޓުން ހެއްކަށް ރިޢާޔަތްނުކުރުމެއް ކަމަށް ނުބެލެވެއެވެ؛ ދަށުކޯޓުން ޙުކުމްކުރުމުގެ ކުރިން ކުއްޖާ ސްކޫލުން ޝަރުޠުތަކާއެކު ނަރސަރީއަށް ބަދަލުކޮށްފައިވާތީ، އެ ފަރުވާއަށް އިތުރު އަމުރެއް ކުރަންޖެހޭ ޙާލަތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 129، 144-147)
- ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއަކީ ހަމައެކަނި ޢާއްމު މާއްދާއެއްކަމަށް ނުބެލެވެއެވެ؛ ޤާނޫނުއަސާސީގެ 35، 18، 68 އަދި 69 ވަނަ މާއްދާއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ މުޢާހަދާގެ (3، 5، 28، 29 ވަނަ މާއްދާ) އަލީގައި، ތަޢުލީމުގެ ޤާނޫނުގެ މާއްދާތައް ތަރުޖަމާކުރަންވާނީ ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ އުޞޫލުތަކާ އެކުއެކީގައެވެ؛ އެއާ ވަކިކޮށް ތަޢުލީމުގެ ޤާނޫނު މާނަކުރުމަކީ ނުރަނގަޅު ޤާނޫނީ އަސާސެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 153-168)
- ކުއްޖާގެ ޚާއްޞަ ޙާލަތާއި ބަދަލުވަމުންދާ ޤާބިލުކަމަށް ރިޢާޔަތްކޮށް ތަޢުލީމު ބައްޓަންކުރުމުގެ ޒިންމާ ދައުލަތުގެ މައްޗަށް އޮވެއެވެ؛ ކުއްޖާގެ އެސެސްމަންޓުތައް ހުށަހަޅާފައިވާއިރު ހަމައެކަނި ޠަބީޢީ ޢުމުރަށް ބަލައިގެން ގޮތް ނިންމުމަކީ މުޢާހަދާގެ 29 ވަނަ މާއްދާއާ އެއްގޮތްވާ ޢަމަލެއް ނޫނެވެ؛ ޢުމުރަށްވުރެ ޤާބިލު ކުދިން ވަޒަންކުރާނެ އެއްހަމަ ސިޔާސަތެއް މިނިސްޓްރީން ޤާއިމުކުރަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 170-173)
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2434 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، xxxxxxxxxxxxxx، ޔުދްރާ xxxxxxxxxx (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޔުދްރާ"ކަމަށް ބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (މީގެފަހުން "މިނިސްޓްރީ" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"ކަމަށް ބުނެފައިވާ) އެވެ.
2އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ކަމުގައިވާ ××××××××××××××× (މީގެފަހުން "ކުއްޖާ" ނުވަތަ "އިސްތިއުނާފުކުރ ފަރާތުގާ ދަރުފުޅު"ކަމަށް ބުނެފައިވާ) އަކީ، 2023 ވަނަ ދިރާސީ އަހަރު، xxxxxx xxxxx (މީގެފަހުން "ކުއްޖާގެ ސްކޫލް"ކަމަށް ބުނެފައިވާ)ގ ޕްލޭ ސްކޫލަށް ވައްދާފައިވާ ކުއްޖެއްކަމަށވެ. އަދި އޭރު މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް 2023 ވަނަ ދިރާސ އަހަރީ ފުރިހަމަ ކޮށްފައިވާކަމަށެވެ. 2023 ވަނަ އަހަރުގެ ދިރާސ އަހަރީ ފަށާފައިވަނީ 06 އޮގަސްޓު 2023 ދުވަހުއެވެ.
3މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު E/CIR/2023/08-22 (17 އޭޕްރީލް 2023) ސަރކިއުލަރ (މީގެފަހުން "ސަރކިއުލަރ-1-"ކަމަށް ބުނެފައިވާ)ގައި، 2023-2024 ވަނަ އަހަރު ދަރިވަރުން ވައްދާ ޢމުރުފުރާތަކުގު ތެރެއިން ބޭބީ ރނަ ސަރީއަށް ވަދެވޭނީ 2023 ވަނަ އަހަރުގެ ޖުލައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ xxxxxxx. 31 އަށް 2 (ދޭއް) އަހަރުފުރި 3 (ތިނެއް) އަހަރު ނުފުރޭ ކުދިންނަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ އުފަން ތާރީޚަކީ 13 ޖުލައި 2021 ކަމަށްވާއިރު، 2023 ވަނަ އަހަރު ކުއްޖާ މަދަރުސާއަށް ވައްދާފައިވަނީ ސަރކިއުލަރ-1- ގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށްކަމަށެވެ.
42023 ވަނަ އަހަރު ސަރުކާރު ބަދަލުވުމަށްފަހު، 2024 ވަނަ އަހަރުގެ ދިރާސ އަހަރަކީ މެއި 2024 އިން ޑިސެމްބަރ 2024 އެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު E/CIR/2024/06-22 (30 ޖަނަވަރީ 2024" )2024 ވަނަ ދިރާސ އަހަރީ ސްކޫލުތަކަށ ކުދިން ވެއްދުމާގުޅޭ" ސަރކިއުލަރ (މީގެފަހުން "ސަރކިއުލަރ-2-"ކަމަށް ބުނެފައިވާ) ގައި، ކުދިން ނަރސަރީއަށް ވެއްދޭނީ 31 ޑިސެމްބަރ 2023 އަށް 3 (ތިނެއް) އަހަރު ފުރި، 4 (ހަތަރެއް) އަހަރު ނުފުރޭ ކުދިންކަމަށް ކަނޑައަޅާފައިވެއެވެ.
5ސަރކިއުލަރ-2- ނެރުމާގުޅިގެން، ކުދިން ގުރޭޑްތަކަށް ބަދަލުވާ ޢުމުރުފުރާތައް ކަނޑައަޅައި، ބެލެނިވެރިންނ މަޢުލޫމާތާ ޙިއްޞާކޮށްފައި ވާކަމަށެވެ.
62023 ވަނަ ދިރާސ އަހަރީ ނިމިފައިވަނީ 13 ޖޫން 2024 ގައެވެ. 2024 ވަނަ ދިރާސީ އަހަރު 26 މެއި 2024 ދުވަހު ފެށޭއިރު، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަށް 3 (ތިނެއް) އަހަރު ނުފުރޭތީ، ސަރކިއުލަރ-1- ގައިވާ ގޮތުގެމަތިން ރނަ ސަރީއަށް ޕްރޮމޯޓު ނުވާނެކަމަށް ބެލެވުނެވެ. ނަތީޖާއަކީ، ކުއްޖާ ފުރިހަމަކޮށްފައިވާ މަރުޙަލާ ރިޕީޓު ކުރަންޖެހުމެވެ.
7މިނިސްޓްރީގެ ސަރކިއުލަރ-1-އާއި ސްކޫލްގެ އެންގުމާ ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުގެ ކަންބޮޑުވުންތައ ޙިއްޞާކޮށް ދިރާސީ އަހަރަށްގެނައި ބަދަލުގެ ސަބަބުން ކުދިން ރިޕީޓުނުކޮށް މައްސަލައަށް ޙައްލެއް ލިބިދިނުމަށްއެދި 05 ފެބްރުއަރީ 2024 ދުވަހު އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީއަށް ސިޓީއެއްފޮނުވިއެވެ. 2024 ވަނަ އަހަރުގެ މާރޗް މަހއާހަމައަށ ދިޔައިރުވެސް އެ ސިޓީއަށް ޖަބާވެއް ލިބިފައިނުވާތީ، މިނިސްޓްރީގެ ޕޮލިސީ ޑިވިޝަންގެ ޑިރެކްޓި ރ ޖެނެރަލް، ޑރ. އާސިފް އިސްތއުނާފި ކުރު ފަރާތަށް ފޯނުން ގުޅުއްވައި، މިނިސްޓްރީގެ ޕޮލިސީގެ ސަބަބުން ކުއްޖާ އެއްވެސް ގރޭޑެއްގައި ރިޕު ޓީވާން ނުޖެހޭނެ ކަމަށާއި، ސަރކިއުލަރގެ މަޤުޞަދަކީ މިހާރު ސްކޫލް ސިސްޓަމްގައިހުރި އެއްވެސް ދަރިވަރަކު ރިޕީޓުވާން ނުޖެހުންކަމަށާއި، މިނިސްޓްރީގެ ޖަވާބު ހަފތާއެއްގެ ތެރޭގައި ލިޔުމުން ދޭނެކަމަށާއި، އެ ލިޔުނު ސްކޫލަށް ހުށަހެޅުމުން ދަރިފުޅު ޕްލޭ ސްކޫލްގައި ރިޕީޓުކުރަނ ނުޖެހޭނެކަމަށް ވިދާޅުވެފައވާކަމަށި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
8އިސްތިއުނާފުކުރާ ފަރާތުގެ 05 ފެބްރުއަރީ 2024 ދުވަހުގެ ޝަކުވާ ސިޓީގައިވާ މައިގަނޑު ނުކުތާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.8. "2024-2023 މަދަރުސާއަށް ވެއްދުން"ގެ ނަމުގައި ނެރެފައިވާ ސަރކިއުލަރގެ ނަތީޖާތައް ތަޙައްމަލު ކުރަންޖެހެނީ ވިދިގެންއަންނަ ދިރާސީ އަހަރުގެ ދަރިވަރުން ކަމަށްވެފައި، އެ ކުދިންނަކީ މަދަރުސާއަށް ވައްދާފައވި ކުދިންކަމަށްވާއިރު، އެ ސަރކިއުލަރއަކީ މަދަރުސީ ނިޒާމުގެ ތެރޭގައި ތިބިކުދިންގެ މައްޗަށް ތަޠުބީޤުކުރެވޭނެ ނިންމުމެއްކަން ނުވަތަ ނޫންކަން ސާފުނުވާކަމަށް.
2.8. މައިންބަފައިން ގެ ފަރާތުން މަދަރުސީ ނިޒާމަށް ކުދިން ވައްދަނ ޒިމްނީ އެއްބަސްވުމެއްގެ ދަށުންކަމަށްވާއިރު، ކުދިން މަދަރުސާއަށް ވެއްދުމަށްފަހު، ތަޢުލީމީ މަރުޙަލާ ފެންވަރާއެކު ފުރިހަމަކުރުމުން، އެއާޖެހިގެންއޮންނަ މަރުޙަލާއަށް ކުދިން ބަދަލުވާނެކަމަށް މައިންބަފައިން ތަޞައްވުރު ކުރާކަމަށެވެ. މަދަރުސީ ތަޢުލީމުގެ ޢުމުރު ފުރާއަށްވުރެ ހަގުކޮށް ކުދިންވައްދާ މައިންބަފައިންނަށް، ކުއްޖާ ރިޕީޓު ކުރަންޖެހޭކަން ދުރާލައި އެނގޭނެކަމަށް.
3.8. ދައުލަތުގެ އިދާރީ ނިންމުމަކީ، މައިންބަފައިންނަށް މާލީގޮތުން އަސަރުކޮށް، ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމާއި ތަޢުލީމީ ކުރިއެރުމަށް ހުރަސްއެޅޭގޮތަށް، ރަޖުޢީކޮށް ތަޠުބީޤުކުރެވޭ ނިންމުމަކަށް ވެގެންނުވާނެކަމަށް.
4.8. ކުއްޖާއަކީ މިނިސްޓްރީގެ ސަރކިއުލަރ-1- ގައިވާގޮތުގެމަތިން މަދަރުސާއަށް ވައްދާފައިވާ ކުއްޖެއްކަމަށާއި، ދިރާސީ އަހަރަށް ގެނައިބަދަލަކ ތަޢުލީމީ ނިޒާމުގެތެރެއަށް މިހާރު ވަދެފައިވާ ކުދިންގެ މައްޗަށް ތަޠުބީޤު ނުކުރެވޭނެ އުޞޫލެއްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށް.
5.8. ސަރކިއުލަރއާއި ނިޒާމުގެ ޔަޤީންކަން ނެތުމުގެ ސަބަބުން، ގ ރޭޑ އެކަކަށް ދާހިސާބުން އަނެއްކާވެސް ސިޔާސަތަށ ބަދަލެއް އައުމުގެ ކަންބޮޑުވުން އޮތްކަމަށާއި، ސިޔާސަތަކީ މީހުންގެ ޙާލަތު ރަނގަޅުކޮށް، ކަންކަން އިތުރަށް ސާފުވާ، ޔަޤީންކަން ލިބިދޭ ކުރިއެރުމަކަށް ވާންވާނެކަމަށް ދެކޭކަމަށް.
6.8. ކުއްޖާ ޕްލޭ ސްކޫލަށް ވައްދާފައިވަނީ ޢަމަލުކުރެވޭ އުޞޫލާ އެއްގޮތަށް، ޢުމުރު ހަމަވެގެންކަމަށާއި، އެގޮތުގެމަތިން ދިރާސީ އަހަރެއް ފުރިހަމަ ކޮށްފައިވާއިރު، ކުއްޖާ ރިޕީޓު ކުރަންޖެހުމަކީ އިދާރީ ފިޔަވަޅެއް ރަޖުޢީކޮށް ތަޠުބީޤުކުރުންކަމަށް.
7.8. ނިޒާމުގެ ޙާލަތުތަކުގެ ސަބަބުން މިހާރު މެދުވެރިވެފައިވާ ޙާލަތަށް ރިޢާޔަތް ކޮށްދިނުމަށާއި، ނިޒާމުގެތެރޭގައި މިހާރު ތިބިކުދިނ ދެންއޮތް މަރުޙަލާއަށް ބަދަލުކޮށްދިނުމަށާއި، ތަޢުލީމީ ނިޒާމަށް އަލަށްވަންނަ ކުދިންގެ މައްޗަށް ޢުމުރު ހަމަވުމުގެ ޝަރުޠު ލާޒިމުކޮށްދެއްވައި، ކުދިންނަށް އެންމެ މަޞްލަޙަތު ރަނގަޅުގޮތް މައިންބަފައިން އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލިބިދިނުމަށް އެދޭކަމަށް.
9ބުނެވިދިޔަ ސިޓީއަށް ޖަވާބެއް ދއްވުންއެދެ 25 ފެބްރުއަރީ 2024 އަދި 20 މާރޗް 2024 ދުވަހު އީ-މެއިލް ކޮށްފައިވެއެވެ. އަދި އެއަށްފަހު، 25 އޭޕްރިލް 2024 ތާރީޚުގައި، މިނިސްޓްރީގެ ނަންބަރު -22 SA/INDIV/2024/372 ސިޓީއިން ދެއްވާފައިވާ ޖަވާބަކީ، 2024 ވަނަ އަހަރު މެއި 26 ގައިފަށާ ދިރާސީ އަހަރަށް ފައުންޑޭޝަން ސްޓޭޖުގެ ލެވެލްތަކަށާއި ގރޭޑު 1 އަށް ދަރިވަރުން ވެއްދުމަށް، މިނިސްޓްރީން ކަނޑައަޅާފައިވާ ޢމުރުފުރާގެ މުއްދަތަށް ދަރިވަރުގު ޢުމުރު ހަމަނުވާތީ، 2024 ވަނަ އަހަރު މެއި 26 ގައިފަށާ ދިރާސ އަހަރީ ކުއްޖާ ރނަ ސަރީއަށް ބަދަލުކުރެވެން ނެތްކަމަށެވެ.
10މިނިސްޓްރީއާއެކ ދެކެވުނު ވާހަކަތަކުގައި ދެމުންދިޔަ ޖަވާބާ ޚިލާފަށް ލިޔުމުން ޖަވާބު ދެއްވާފައިވާތީ، މައްސަލައަށް ޙއްލެއަ ހޯދުމަށްޓަކައި، ކުއްޖާގެ ޢމުރަކު 2 (ދޭއް) އަހަރާއި 10 (ދިހައެއް) މަސް ކަމުގައިވީނަމަވެސް، 3 (ތިނެއް) އަހަރުގެ ކުއްޖެއްގެ ޤާ ބިލުކަންހުރި ކުއްޖެއްކަން ސައިކޮލޮޖިކަލް އެސެސްމަންޓުން އެނގޭއިރު، ގިރޭޑް ރިޕީޓު ކުރަންޖެހުމުގެ ސަބަބުން ކުއްޖާ ހެދިބޮޑުވުމަށްހުރި ހުރަސްތަކާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުގެ ކަންބޮޑުވުންތައް، ވަކީލުން މެދުވެރިކޮށް ނަންބަރު -IS 184-24-1-YAL0524 (01 ޖޫން 2024) ސިޓީގައި ތަފުޞީލުކޮށް، މިނިސްޓްރީގެ ނިންމުން މުރާޖަޢާކުރުމަށް އެދިފައިވެއެވެ. އެ ސީޓީއަށް މިނިސްޓްރީގެ ނަންބަރު E/INDIV/2024/926-22 (11 ޖޫން 2024) ސިޓީއިން، ކުދިން ސްކޫލަށް ވައްދާފައިވަނީ ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު)ގައި ކަނޑައަޅާފައިވާ ޢު މުރ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ކުދިންވެސް އޮނު ގެނުމުގެ ޙައްޤު ކަށަވަރުވާ ގޮތަށްކަމަށާއި، އިސްތިއުނާފުކުރާ ފަރާތާއި އެޑޔިކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑޔިކޭޝަން ޑރ. އަޙްމަދު މުޙައްމަދު، ވަކިވަކިން ބައްދަލުކޮށް ކުދިން ސްކޫލަށް ވެއްދުމުގައި މިނިސްޓްރީ އޮފް އެޑޔިކޭޝަނުން ޢަމަލުކުރާ ސިޔާސަތުތައް ވަރަށް ތަފުޞީލުކޮށް ޙިއްޞާކޮށްފައި ވާކަމަށްބުނެ، ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޢާޞިފް ރަޝީދު ސޮއިކޮށް، ޖަވާބު ދެއްވާފައިވެއެވެ.
11މިނިސްޓްރީއާ ވާހަކަދައްކައި، އަދި ލިޔުމުން ހުށަހަޅައިގެން ޙައްލު ނުލިބުމުން، 2024 ވަނަ އަހަރުގެ ސަރކިއުލަރއާ ގުޅިގެން ކުއްޖާ ޕްލޭ ސްކޫލްގައި ރިޕީޓކުރުމަށ މިނިސްޓްރީއިން ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އިމުގެތެރެއިން އަޅާފައިވާ އިދާރީ ފިޔަވަޅެއް ނޫންކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ހުށަހަޅާފައިވެއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ. މީގެފަހުން "ތަޢުލީމުގެ ޤާނޫނު"ކަމަށްބުނެފައިވާ.
12އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޖުޑީޝަލް ރިވިއު މައްސަލައިގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކުރަމެވެ.
13ސަރކިއުލަރ-2-ގައިވާ ޢިބާރާތާ މާނަކޮށްފައިވަނީ އެ ސަރކިއުލަރގެ މަޤްޞަދާ ޚިލާފަށު ކަމަށެވެ. އެގޮތުން، ސަރކިއުލަރ ނެރުމުގެ މަޤުޞަދަކީ ސްކޫލްތަކަށ ކުދިން ވެއްދުމާއި އެއްސްކޫލުނ އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގައި، 2024 ގެ ދިރާސ އަހަރީ ޢަމަލުކުރާނެ އުޞޫލު ކަނޑައެޅުންކަން، އެ ސަރކިއުލަރގައި ބަޔާންކޮށްފައި ވީނަމަވެސް، އަދި ކުއްޖާއަކީ އެއިން އެއްވެސް ޙާލަތަކަށްފެތޭ ދަރިވަރަކަށްނުވާއިރު، އަދި އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރިގރޭޑްގައު ރިޕީޓު ނުކުރާނެކަމަށާއި، ރިޕީޓު ކުރެވޭނީ ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅުމުން، އެކަމަށް މިނިސްޓްރީއިން ލިޔުމުން ހުއްދަ ދިނުމުންކަމަށް ސާފުކޮށް ސަރކިއުލަރ-2-ގައި ބަޔާންކޮށްފައި އޮތްނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން އެދިފައިނުވަނސީ ކުއްޖާ ރިޕީޓކުރުމަށ މިނިސްޓްރީން ނިންމާފައިވާކަމަށެވެ.
14މިނިސްޓްރީގެ ނިންމުން ޤާނޫނު ރަޖުޢީކޮށް ތަޠބީޤުނުކުރުމުގެ އުޞޫލާ ޚިލާފވު ކަމަށެވެ. ކުއްޖާ އަކާ 2023 ވަނަ އަހަރު ޢަމަލުކުރުމަށް މިނިސްޓްރީން އިޢުލާނުކުރި އުޞޫލާ އެއްގޮތަށް މަދަރުސީ ނިޒާމަށް ވައްދާފައިވާ ދަރިވަރެއްކަމަށްވެފައި، އޭގެމާފަހުން ޢާއްމުކުރި ސަރކިއުލަރއެއްގެ ދަށުން، ކުއްޖާ އެއްގރޭޑުނު އަނެއްގރޭޑަށު ބަދަލު ނުވެވޭނެކަމަށް ކަނޑައަޅުއްވާފައިވަނީ ބުނެވިދިޔަ ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށެވެ.
15މިނިސްޓްރީގެ ނިންމުން ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާ ޚިލާ ފކަމަށެވެ. އެގޮތުން، ކުޑަކުދިންގެ ޤާނޫނުގު 8 ވަނަ މާއްދާގެ (ހ)ގައި، ކުއްޖާގެކަމެއް ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްކަމށާއި، އެ މާއްދާގެ (ށ)ގައަ ކުއްޖާގެ މީގެފަހުން "ކުޑަކުދިންގެ ޤާނޫނު"ކަމަށްބުނެފައިވާ. މަޞްލަޙަތަށް އިސްކަންދިނުމުގައި ކޮންމެ ނިންމުމެއް ނިންމަންވާނީ އެކުއްޖަކުހުރި ޙާލަތަށާއި ޢއާ މ މިންގަނޑު ތަކުގެތެރެއިން ކުއްޖާއަށްލިބިދޭ އުނގެނުމުގެ ޙައްޤުވެސް ހިމެނޭހެން، ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު ކޮންމެ ކުއްޖެއްގެ މައްސަލައެއް ވަކިވަކިންކަމުގައި ބަޔާންކޮށްފައި
16މިނިސްޓްރީގެ ނިންމުމުގައި ތަޢުލީމުގެ ޤާނޫނުގެ މާއްދާތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. ދިވެހިރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤު އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ފަރާތްތަކަށް ކަށަވަރު ކޮށްދީފައިވާއިރު، އަދި ހުރިހާކުދިން ޝާމިލުވާނެހެން ޕްރީސްކޫލްގެ ތަޢުލީމުނ ފެށިގެން ތަޢުލީމު އުނގެނޭނެ އެންމެހައި ވަޞީލަތްތައް ޤާއިމުކޮށްދިނުމުގެ ޒިއްމާ ދައުލަތަށް މަތިކޮށްފައިވާއިރު، މި ޙާލަތުގައި މިނިސްޓްރީގެ ނިންމުމުގެ ސަބަބުން، ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)، (ނ) އަދި އެ ޤާނޫނުގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤު ގެއްލިފައިވާކަމަށެވެ.
17ތިރީގައި ބަޔާންކޮށްފައިވާ ފަރުވާތައް ލިބިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވެއެވެ.
1.17. ސަރކިއުލަރ-2-ގައި ނަރސަރީއަށް ކުދިން ވެއްދުމުގައި ކަނޑައަޅާފައިވާ ޢމުރުފުރާގު ޝަރުޠުތައް ކުއްޖާގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީ ތަޢުލީމުގެ ޤާނޫނާއި، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ)އާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް.
2.17. ސަރކިއުލަރ-2-ގައި ހިމެނޭ އުޞޫލަކީ، 30 ޖަނަވރަ 2024 ގެކުރިނ ސްކޫލް ނިޒާމުގެ ތެރޭގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން އެއްސްކޫލުން އަނެއްސްކޫލަށް ބަދަލުވާ ދަރިވަރުން ފިޔަވައި، އެހެން ދަރިވަރުންގެ މައްޗަށް ތަޠުބީޤުކުރެވޭނެ އުޞޫލެއް ނޫންކަމުގައި ކަނޑައަޅައިދިނުމަށް.
3.17. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު SA/INDIV/2024/372-22 ސިޓީ އާއި -22 E/INDIV/2024/926 ސިޓީގައި، 2024 ވަނަ އަހަރު ކުއްޖާ ނަރސަރީއަށް ބަދަލު ނުކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ، ބާޠިލު ނިންމެވުމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، އެ ނިންމުން މުރާޖަޢާ ނުކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު E/INDIV/2024/926-22 ސިޓީގައި ނިންމަވާފައިވާ ނިންމެވުމވުނެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ބާޠިލު ކޮށްދެއްވުމަށް.
4.17. އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު، ހިނގަމުންދާ 2024 ވަނަ އަހަރުގެ ދިރާސ އަހަރީ ޕްލޭ ސްކޫލް ލެވެލްއިން ނަރސަރީގައި ކިޔެވުމުގެ ފުރޞު ތ ލިބެންޖެހޭކަމަށް، އަދި އޭގެފަހުން އުނގެނުމުގެ ފެންވަރު ބެލުމުގެ މިންގަނޑުތަކާ އެއްގޮތަށް އެއްގުރޭޑުން އަނެއްގރޭޑަށް އަހަރުނު އަހަރަށް ޕްރޮމޯޓުވުމުގެ ފުރުޞަތު ލިބެންޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް.
18އިސްތިއުނާފުކުރާ ފަރާތުގެ ދަޢުވާއާ ގުޅިގެން، ދައުލަތުގެ ފަރާތުން ހުށަހެޅި ޖަވާބުގައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
19ޕްލޭ ސްކޫލާއި ނަރސަރީއަކ ރަސްމީ ތަޢުލީމުގެ ތެރޭގައިހިމެނޭ ދެ މަރުޙަލާކަމުގައި ނުވިނަމަވެސް، ތަޢުލީމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހު، އެ ދެ މަރުޙަލާއަށް ކިޔަވައިދޭ ތަންތަން ހިންގޭކަމަށާއި، ތަޢުލީމުގެ ޤާނޫނުގެ ދަށުން ޕްރީސްކޫލަށް ވަދެވޭ ޢުމުރުފުރާއަކީ 4 (ހަތަރެއް) އަހަރުކަމަށއާ، އަދި ފަށާތަޢުލީމަށް ވަދެވޭ ޢުމުރުފުރާއަކީ 6 (ހައެއް) މީގެފަހުން "ޤާނޫނުއަސާސީ"ކަމަށްބުނެފައިވާ. އަހަރުކަމަށްވާތީ، އިސްތިއުނާފުކުރާ އެދޭގޮތަށް މިނިސްޓްރީއިން ޢުމުރު ކަނޑައަޅާ އުޞޫލު މާނަކޮށްފިނަމަ، ކުއްޖާ 5 (ފަހެއް) އަހަރުފުރި 6 (ހައެއް) އަހަރު ވުމުގެކުރިން، ގރޭޑު 1 އަށް ވައްދަން ޖެހޭނެކަމަށެވެ.
202024 ވަނަ އަހަރުގެ ސަރކިއުލަރގެ ދަށުން، އަދި 2023 ވަނަ ދިރާސ އަހަރީ ކުދިން ވެއްދުމަށް މިނިސްޓްރީއިން ޢއާ މުކުރި ސަރކިއުލަރގެ ދަށުންވެސް، 31 ޑިސެމްބަރު 2023 އަށް ކުއްޖާއަށް 3 (ތިނެއް) އަހަރު ނުފުރޭކަމށާއި، އެހެންކަމުން ނަރސަރީއަށް ޕްރޮމޯޓު ކުރެވޭނެ ހަމައެއްނެތްކަމަށެވެ.
21ދައުލަތުގެ ފަރާތުނު ތަޢުލީމގު ޤާނޫނެ ޚިލާފުވެފައި ނުވާކަމަށާއި، 2024 ވަނަ އަހަރުގެ ސަރކިއުލަރއަކީ، ޤާނޫނުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެދަށުން އެކުލަވާލާފައިވާ އުޞޫލެއްކަމށަ އާ، އެ އުޞޫލު ހުރިހާ ފަރާތެއްގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭނީ ހަމަހަމަވެގެންވާ ގޮތެއްގެމަތިންކަމަށއާ، އިސްތއުނާފި ކުރު ފަރާތުން އެދޭގޮތަށް ކުއްޖާ ޕްރޮމޯޓު ކޮށްދީފިނަމަ، ކުއްޖާ ނަރސަރީ ނިންމުމަށްފަހު، ޢމުރުފުރު ހަމަނުވުމުގެ ސަބަބުން އެލް.ކޭ.ޖއަށީ ނުވަދެ މަޑުކުރަންޖެހޭނެތީ، ކުއްޖާ ޕްރޮމޯޓކުރުމުގު ބަދަލުގައި ކުއްޖާގެ މޞަ ލަޙަތަށް އެންމެރަނގަޅގު ތަކީ، ޕްލޭ ސްކޫލުގައި ރިޕީޓުކުރުން ކަމުގައިވާތީ، އިސްތއުނާފި ކުރު ފަރާތުން އެދިފައިވާފަރުވާ ނަގައިދެވޭނެކަމަށް ނުދެކޭކަމަށެވެ.
22ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާން ކޮށްފައިއެވަނީއެވެ.
23މި މައްސަލައިގެ ވާޤިޢާތަކުގައި ފާހަގަކޮށްފައިވާ ކަންކަން ހިނގާފައިވާގޮތްކަމާމެދު އިސްތއުނާފި ކުރު ފަރާތުން ހުށަހަޅާފައިވާ ކަންކަމާމެދު ސުވާލު އުފައްދާފައި ނުވާކަމަށާއި، އެހެންކަމުން ޖުމްލަ ގޮތެއްގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ، ޤާނޫނާ ޚިލާފަށް އެއްވެސްކަމެއް ހިނގާފައިވާކަން ނުވަތަ ނޫންކަމާމެދުކަމާއި، އަދި އޭގެނަތީޖާއެއްގ ގޮތުނެ އިސްތިއުނާފުކުރި ފަރާތުން އެދިފައިވާ ފަރުވާތަކަކީ ނަގައިދެވޭނެ ފަރުވާތަކެއްކަނ ނުވަތް ނޫންކންކަމަށެވެ.
24ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ޖުޑިޝަލް ރިވިއުގެ ދަޢުވާއެއްކަމާއި، އެ ބާވަތުގެ މައްސަލަތަކުގައި ރިޢާޔަތް ކުރަންޖެހޭކަންކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް(އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012/SC-A/21)ޤަޟިއްޔާއާއި، އެ ކޯޓުގެ ރޮޒައިނާ އާދަމް އާއި އަޙްމަދު މަޙްލޫފް ވ. ދައުލަތް (2009/SC-A/13) ޤަޟިއްޔާގައި ކަނޑައަޅާފައި ވާކަމަށާއި، އެގޮތުން ބަލަންޖެހޭނީ އުނިކަންލިބުނު ޙައްޤާގުޅޭ އިދާރީ ފިޔަވަޅު އަޅާފައިވަނީ ޤާނޫނީ އިމުގެތެރެއިންތޯ ނުވަތަ ނޫންތޯކަމާއި، އަދި އެ ފިޔަވަޅުގެ ސަބަބުން، ކުއްޖާގެ އެއްވެސް ޙައްޤަކަށް އުނިކަން އައިސްފައިވޭތޯކަމަށެވެ.
25ސަރކިއުލަރ-1-އާއި ސަރކިއުލަރ-2-އަށް ބެލުމުންވެސް، ކަޓްއޯފ ތާރީޚަށް ކުއްޖާގެ ޢމުރުފުރު ހަމަނުވާކަމާއި، އުޞޫލު ތަޠުބީޤު ކޮށްފައިވަނީ ރަޖުޢީކޮށްތޯ ބަލާއިރު، އެ އުޞޫލަކީ ހުރިހާ ފަރާތްތަކުގެ މައްޗަށް ޢާއްމުވެގެންވާގޮތަށް ގެނެސްފައިވާ ބަދަލެއްކަމަށާއި، އެ ކަމުގައި އެއްވެސް ފަރާތަކާމެދު ތަފާތުކުރުމެއް އޮތްކަން އެނގެން ނެތްކަމަށެވެ.
26އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު، އެ ކުއްޖާގެ ސްކޫލަށް ވެއްދިއިރުވެސް، ކަނޑައެޅިފައިވާ ޢމުރުފުރު ހަމަނުވާނަމަ ރިޕީޓކުރަނު ޖެހިދާނެކަން ކުރިއާލައި އަންގާފައިވާކަން، އަންޑަރއޭޖް އެގްރީމަންޓށަ ބެލުމުން އެނގެން އޮތުމުން، ރިޕީޓުކުރުމުގެ ވާހަކައަކީ ކުރިއާލއަ އެންގުމެއްނެތި، އަލަށްއުފަންވެފައިވާ ކަމެއްކަމުގައި ބަލާނެތަނެއް ނެތްކަމަށެވެ. އެހެންކަމުން، ކުއްޖާއަށް ގެއްލިފައިވާ ޙައްޤަކީ ދައުލަތުން ތަޢުލީމުގެ ޤާނޫނުގެ 57 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނޫނުގެ 14 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މަޖުބޫރު ތަޢުލީމު ލާޒިމުވާ ޢުމުރުފުރާ ކަމުގައިވާ 4 (ހަތަރެއް) އަހަރާ އެއްގޮތަށް ޢަމަލުކުރުމުގެ ސަބަބުން ދިމާވެފައިވާ ކަމެއްކަމަށެވެ.
27ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ވާހަކައަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްއޮތް ޢާއްމު މާއްދާއެއްކަމަށާއި، ސަރކިއުލަރ ތަކުގައި މިނިސްޓްރީއިން ޢު މުރުފުރާ ކަނޑައަޅާފައިވަނީ، ތަޢުލީމުގެ ޤާނޫނު ތަންފީޒު ކުރުމުގެގޮތުން، އެ މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިންކަމަށެވެ.
28އިސްތިއުނާފުކުރާ ފަރާތުން އެދޭފަރުވާ ދެވޭނީ، ޤާނޫނުގައި ބުނެފައިވާ ޢމުރުފުރާއަށް ނުފެތޭގޮތަށް ޢަމަލު ކޮށްގެންކަމަށާއި، އަދި އެގޮތަށް ޕްރޮމޯޓެކުރި ނަމަވެސް، ކޮންމެވެސް އެއްހިސާބަކުން ރަސްމީ ތަޢުލީމުގެ ޢުމުރުފުރާއަށް ނުފެތޭތީ، ކުއްޖާ ރިޕީޓކުރަނު ޖެހޭނެކަމަށާއި، ދެވަނަ ގޮތަކީ ވަކިދިރާސީ އަހަރެއް ކުއްޖާއަށް ނުވަތަ ވަކިކުދިންތަކަކަށް ހިންގުންކަމަށއާ، ފުރަތަމަގޮތަކީ ޤާނޫނަށް ޢަމަލުކުރުމުން އެއްކިބާވާ ކަމެއްކަމަށާއި، ދެވަނަގޮތަކީ ޢަމަލީގޮތުން ކުރެވޭނެކަމެއްކަމުގައި ނުވާނެކަމަށެވެ.
29ޚުޞޫމަތު އުފެދިފައިވާ ސަރކިއުލަރގައިއޮތީ އެންމެންގެ މައްޗަށް ޢާއްމުކޮށްފައިއޮތް އުޞޫލެއް ކަމުގައިވާތީ، މިއީ ޤާނޫނެއްގައި ބަޔާންކޮށްފައިއޮތ މަޞްލަޙަތެއް ޤާއިމުކުރުމުގެގޮތުން ޤާނޫނުން ބާރުލިބިގެން ޢާއްމޮށްފައިވާ ސަރކިއުލަރއަކަށްވާތީ، މި ޙާލަތަށް ރަޖުޢީކޮށް ޤާނޫނު ތަޠުބީޤު ނުކުރުމުގެ އުޞޫލު ތަޠުބީޤުކޮށްގެން ކުރިއަށްދެވޭނެ ޙާލަތެއް އޮތްކަމުގައި ނުދެކޭކަމަށެވެ.
30އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުން ނިންމަވފައިވާގޮތާ ތިރީގައި އެވަނީއެވެ. "ދެންފަހެ، ××××××××،ޔުދްރާxx ××××××)xxxxxxx( ގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ދައުލަތް) ގެ މައްޗަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ މި މައްސަލައިގައި، ހުށަހަޅާފައިވާ ދަޢުވާއަށާއި، މައްސަލައިގެ ވާޤިޢާތަކަށާއި، މައްސަލައާ ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށާއި އެ ހުށަހެޅުންތަކުގެ އަލީގައި ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު E/CIR/2024/06-22 (30 ޖަނަވަރީ 2024) "2024 ވަނަ އަހަރު ދިރާސ އަހަރީ ކުދިން ސްކޫލަށް ވެއްދުމާ ގުޅޭ" ސަރކިއުލަރއަކީ އެ މިނިސްޓްރީ އަށް ތަޢުލީމުގެ ޤާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ތަރަހައިގެ ތެރެއިން އެކުލަވާލައި ޢާންމުކޮށްފައިވާ އުޞޫލަކަށްވާތީ، މި ސަރކިއުލަރ ދަޢުވާކުރާ ފަރާތުގެ ދަރިފުޅުގެ މައްޗަށް ތަޠުބީޤުކުރުމުގައި ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އަދި
(ނ) އާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (6) އަދި (7) އަދި އެ ޤާނޫނުގެ 7، 9 އަދި 12 ވަނަ މާއްދާއާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނު ގެ ފަރާތުން ޚިލާފުވެފައި ނުވާކަމަށް ކަނޑައަޅައި، އޭގެ ނަތީޖާއެއްގެ ގޮތުން މި މައްސަލައިގައި ނަގައިދިނުމަށް އެދިފައިވާ އެއްވެސް ފަރުވާއަކީ ނަގައިދެވޭނެ ފަރުވާއެއް ނޫންކަމުގައި ކަނޑައަޅައި، މިގޮތުގެމަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
31ސިވިލް ކޯޓނު ނިންމިގޮތަކ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާޚިލާފު ނިންމުމެއް ކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 5 (ފަހެއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވި ނުކުތާގެ ތަފޞު ލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
32ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ، ދައުލަތުގެ ފަރާތުން ޢއާމުކޮށްފައިވާ "2023-2024 ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭ" ސަރކިއުލަރއާއި، "2024 ވަނަ ދިރާސ އަހަރީ ސްކޫލުތަކަށް ކުދިން ވެއްދުމާގުޅޭ" ސަރކިއުލަރއަކީ ސްކޫލުތަކަށ ކުދިން ވެއްދުމާއި، އެއްސްކޫލުން އަނެއްސްކޫލަށް ކުދިން ބަދަލުކުރުމުގައި ޢަމަލުކުރަންޖެހޭ ސަރކިއުލަރ ތަކެއްކަމަށް ސާފުކޮށް އެ ސަރކިއުލަރ ތަކުގައި ބަޔާން ކޮށްފައިވާއިރު، އަދި އެ ސަރކިއުލަރ ތަޠބީޤުކުރުމުގައި އެކިސްކޫލްތަކުގައި ކިޔަވުމުންދާ ދަރިވަރުންނަށް ވަކިގޮތަކަށް ޢަމަލުކުރުމަށް ދައުލަތުން އަންގާފައިވާކަން ސާބިތުކުރުމަށް އެކަށީގެންވާ ހކިހުށަހަޅާފައެ ވީނަމަވެސް، އިސްތއި ނުފކުރ ފަރާތުގާ ދަރިފުޅު އެއްގު ރޭޑުން އަނެއްގުރޭޑަށް ބަދަލުކުރުމުގައި ދައުލަތުން އެ ސަރކިއުލަރތަކާ ޙަވާލާދީފައިވަނީ ރަނގަޅަށްކަމަށް ކަނޑައަޅުއްވާފައިވަނީ، ސަރކިއުލަރތައް އެކުލަވާލާފައިވާ މަޤުޞަދުތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި، އަދި ހުށަހަޅާފައިވާ ހެކިތައް އެކަށީގެންވާ މިންވަރަށް ވަޒަންކުރެއްވުމެއް ނެތކަމަށާއި، އެ ނިންމެވުމަކީ މަތީމަރުޙަލާގެ ކޯޓުތަކުން ބަލައިގަނެފައިވާ legitimate expectation ގެ އުޞޫލާޚިލާފު، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ)އާއި ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)އިން އިސްތިއުނާފުކުރ ފަރާތުގާ ދަރިފުޅަށް ލިބިދޭ ޙައްޤު ހަނިވާގޮތަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށެވެ.
33އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ބޭބީ ރނަ ސަރީއިން ރނަ ސަރީއަށ ބަދަލް ނުކުރެވޭނެކަމަށް މިނިސްޓްރީއާއި ސްކޫލުން ނިންމާފައިވަނީ ސަރކިއުލަރ-2- އަށް ރިޢާޔަތްކޮށް ކަމަށްވާއިރު، ސަރކިއުލަރ- 2-އަކީ އަލަށް މަދަރުސީ ނިޒާމަށް ވަންނަކުދިންގެ މައްޗަށް ތަޠުބީޤު ކުރެވެންޖެހޭ އުޞޫލެއްކަމަށެވެ. ކުއްޖއަކާ 2023 ވަނަ އަހަރުގެ ސަރކިއުލަރ-1-ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަދަރުސާއަށް ވައްދާފައިވާ ކުއްޖެއްކަމަށެވެ.
34ސަރކިއުލަރ-2-ގައި، ޢާއްމު އުޞޫލަކީ އެއްވެސް ދަރިވަރަކު ހުރިގުރޭޑުގައި ރިޕީޓު ނުކުރުންކަމަށާއި، ދަރިވަރަކު ރިޕީޓުކުރަން ބެލެނިވެރިޔަކު އެދޭނަމަ، އެކަންކުރެވޭނީ ސްކޫލު މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅުމުން މިނިސްޓްރީއިން ލިޔުމުން ހުއްދަ ދިނުމުންކަމަށް ބުނެފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ރިޕީޓުކުރުމަށް އެދިފައިނުވާކަމަށެވެ. އެހެންކަމުން، ކުއްޖާ ރިފީޓުކުރުމަށް މިނިސްޓްރީއިން ނިންމަވާފައިވަނީ މިނިސްޓްރީގެ ސަރކިއުލާގައި ބަޔާންކޮށްފައިވާގޮތާ ޚިލާފަށްކަމަށެވެ.
35އިސްތިއުނާފުކުރާ ފަރާތުން ޝަކުވާކުރާ ޙާލަތު މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ، 2023 ވަނަ އަހަރު ދިރާސީ އަހަރު އޮގަސްޓުމަހު ފެށުމަށް ކަނޑައަޅައި، މިނިސްޓްރީގަ ސަރކިއުލަރ-1- ގައިވާ ގޮތުގެމަތިން 2023-2024 ވަނަ ދިރާސ އަހަރީ ކުދިން މަދަރުސީ ނިޒާމަށް ވެއްދުމަށ ކަނޑައަޅާފައިވް ޢުމުރުފުރާއާ އެއްގޮތަށް ކުއްޖާ ވައްދާފައިވަނިކޮށް، ވެރިކަން ބަދަލުވުމަށްފަހު، ދައުލަތުގެ ސިޔާސަތު ބަދަލުކޮށް، 2025- 0242 ވަނަ ދިރާސީއަހަރު ކިޔެވުންފަށާ ދުވަސްވަރު، އޮގަސްޓުމަހުން ޑިސެމްބަރމަހަށް ބަދަލުކުރުންކަމަށު އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މިއީ، ކުރިން ސަރކިއުލަރ-1-ގައި ޖުލައި 31 އަށް ޢުމުރު ހަމަވާގޮތަށް ނިޒާމުގައި ކަނޑައަޅައި ވައްދާފައިވާ ކުއްޖަކު، ކުއްލިއަކަށް ޑިސެމްބަރ 31 އަށް ތަޢުލީމުގެ މަރުޙަލާގެ ޢުމުރު ހަމަވުމަށް ލާޒިމުކުރުމުގެ ސަބަބުން އުފަންވާ މައްސަލަތައްކަމަށެވެ.
36ދައުލަތުން ދިރާސީ އަހަރުފަށާ ތާރީޚުތަކަށް 2023 އަދި 2024 ގައި ބޮޑުބަދަލެއް ގެނެސްފައިވާއިރު، ދައުލަތުން ޢަމަލުކުރަމުންދިޔަ ސިޔާސަތާއި ސަރކިއުލަރ-1- އާއެއްގޮތަށް 2023 ވަނަ އަހަރު މަދަރުސީ ނިޒާމަށް ވައްދާފައިވާ ކުއްޖެއްގެ މައްޗަށް، ދައުލަތުގެ ސިޔާސަތަށްގެނައި ބަދަލުގެ ސަބަބުން ކުއްޖާ ހުންނަންޖެހޭ މަދަރުސީ ނިޒާމުގެ މަރުޙަލާ ބަދަލުކޮށް، ކުއްޖާ ފުރިހަމަކޮށްފައިވާ މަރުޙަލާއެއް ރިޕީޓުކުރަން ޖެހިފައިވާކަމަށެވެ. އަދި މިގޮތަށް ރިޕީޓުކުރުން މެދުވެރިވީ ދައުލަތުގެ ސިޔާސަތު ރަޖުޢީކޮށް ތަޠުބީޤުކުރުމުގެ ސަބަބުންކަމަށވާއިރް، ދައުލަތުން ކުއްޖާ ރިޕީޓު ކުރަންޖެހޭކަމަށް ނިންމެވުމުގައި އެކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އެގޮތުގެމަތިން ދައުލަތަށް ޢަމަލު ކުރެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ނުދެކޭކަމަށެވެ.
37ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ)ގެ ދަށުން އަދި ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން، ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ޙައްޤަކީ އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއްނެތި އުނގެނުމުގެ ފުރުޞަތު ލިބުމުގެ ޙައްޤުކަމަށެވެ. މި މައްސަލައިގައި ދައުލަތުން ޢަމަލު ކޮށްފައިވާގޮތުން އަދި މި މައްސަލައިގައި ދަށުކޯޓުން ނިންމެވި ނިންމެވުމުގެ ސަބަބުން، އިސްތިއުނާފުކުރި ފަރާތުގާ ދރިފުޅަށަ ކަށަވަރުކޮށްދޭ، އެއްވެސް ތަފާތުކުރުމެއްނެތި ތަޢުލީމު އުނގެނުމުގެ ޙައްޤަށް އުނިކަން އައިސްފައިވާކަމަށެވެ.
38ދިވެހިރާއްޖޭގައި ޒަމާންތަކަ ށ ޢަމަލުކުރި ދިރާސީ އަހަރުފަށާ ދުވަސްވަރު ބަދަލުކޮށް، 2023 ވަނަ އަހަރުގެ ދިރާސ އަހަރީ އޮގަސްޓުމަހު ފެށުމަށް ނިންމާފައިވަނީ، ކުރިއަށްއޮތްތަނުގައި ދިރާސ އަހަރީ އެގޮތުގެމަތިން ކުރިއަށް ގެންދިޔުމަށްކަމަށް ބެލެވިފައިވާއިރު، ދައުލަތުން ދިރާސީ އަހަރުފަށާ ދުވަސްވަރު ކުރިންއޮތްގޮތަށް ބަދަލުކޮށް، ތަޢުލީމީ މަރުޙަލާގެ ޢުމުރުފުރާތައް ޑިސެމްބަރ 31 ގައި ހަމަވާގޮތަށް ރުޖޫޢަކުރިނަމަވެސް، ދައުލަތުން ކަނޑައެޅި އުޞޫލާ އެއްގޮތަށް މަދަރުސީ ނިޒާމަށް ވައްދާފައިވާ ކުއްޖަކާމެދު ދައުލަތުން ޢަމަލު ކުރާނެގޮތާމެދ އިސްތިއުނާފުކުރު ފަރާތުގެ legitimate expectation ނުވަތަ އުންމީދުގެ މަޙައްލެއް އުފަންވެފައިވާކަމަށެވެ.
39expectation Legitimate ނުވަތަ އނުމީދުގެ މަޙައްލެއް އުފަންވުމުގެ އުޞޫލަކީ އިންޞާފުވެރިކަމާއެކު ޢަމަލު ކުރެވޭނެކަމަށް އުން މީދުކުރުމުގެ އުޞޫލުކަމަށެވެ. މި އުޞޫލުގެ އެންމެއަސާސީ އެއްކަމަކީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޤާނޫނު ހިންގުމުގައި ކޮންމެ މީހަކުވެސް ހަމަހަމަ ވެގެންވުމުގެ އުޞޫލާ އެއްގޮތަށް، އެންމެންގެ މައްޗަށް އެ ޤާނޫނު އެއްގޮތަކަށް ތަންފީޒުވެގެން ދިއުމަށް އުންމީދު ކުރެވުންކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯސްޓްލައިން އިވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ A/96)-(2021/SC (މީގެފަހުން "ކޯސްޓްލައިން މައްސަލަ"ކަމަށްބުނެފައިވާ) ޤަޟިއްޔާގައި، އެފަދަ އުންމީދެއްގެ މަންފާލިބުމުގައި ޢާއްމުގޮތެއްގައި ފުރިހަމަ ވާންޖެހޭ ދެ ޝަރުޠަކީ؛ ޢަމަލުކުރަންޖެހޭ ސާފު ޞަރީޙަ އިޖުރާއަތެއް ޤާނޫނުގައި ބަޔާންވެފައި އޮތުމާއި، ޤާނޫނުގައިވާ އިޖުރާއަތު ފުރިހަމަ ކޮށްފައިވުން ނުވަތަ ޤާނޫނު ދައްކާފައިވާމަގުން ހިނގާފައިވުން ކަމުގައެވެ.
40އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު މަދަރުސީ ނިޒާމަށް ވައްދާފައިވަނީ ދައުލަތުން ޢާއްމުކުރި ސަރކިއުލަރއާ އެއްގޮތަށް ކަމަށްވެފައި، ރިޕީޓުކުރުމަކީ ޢާއްމު އުޞޫލުކަމުގައި ނުވާއިރު، މިނިސްޓްރީން ކަނޑައެޅި އުޞޫލުތަކާ އެއްގޮތަށް ސްކޫލަށް ވައްދާފައިވާ ދަރިވަރަކު، އުނގެނުމުގެ ފެންވަރު ދަށްވެގެންމެނުވީ، އެ ދަރިވަރަކު ފުރިހަމަކޮށްފައިވާ މަރުޙަލާ ރިޕީޓުކުރަން ނުޖެހުމާއި، ފުރިހަމަކުރި މަރުޙަލާއާ ޖެހިގެން ދެންއޮތް މަރުޙަލާއަށް ދަރިވަރު ޕްރޮމޯޓުވާނެކަމަށް އުނމީދް ކުރުމުގު މަޙައްލެއް އިސްތިއުނާފުކުރާ ފަރާތުގެކިބައިގައި ޤއާމުވެފައިވާކަމަށެވެ.
41މި މައްސަލައިގައި، 2023 ވަނަ އަހަރުގެ ސަރކިއުލަރއާއި 2024 ވަނަ އަހަރުގެ ސަރކިއުލަރ މިނިސްޓްރީއިން ތަޠުބީޤު ކޮށްފައިވަނީ، ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ، އެ ސަރކިއުލަރތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށު އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރެއްވުމެއްނެތި، ދައުލަތުގެ ސިޔާސަތަށްގެނައި ބަދަލުތަކުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ރިޕީޓު ނުކުރުމަށް އނުމީދުކުރުމުގެ މަޙައްލާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ)އާއި (ށ)އިން ލިބިދީފައިވާ ޙައްޤަކަށް އުނިކަން އަންނަގޮތަށް، އަދި ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ޙައްޤަށް އުނިކަން އަންނަގޮތަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
42ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، "2024 ވަނަ ދިރާސ އަހަރީ ސްކޫލުތަކަށ ކުދިން ވެއްދުމާ ގުޅޭ" ސަރކިއުލަރ-2-އަކީ ޤާނޫނެއްގައި ބަޔާންކޮށްފައިއޮތ މަޞްލަޙަތެއް ޤާއިމު ކުރުމުގެގޮތުން، ޤާނޫނީ ބާރުލިބިގެން އެންމެނަށް ހަމަހަމަކަމާއެކު ހިނގާނެގޮތަށް ޢއާމުކޮށްފައިވާ ސަރކިއުލަރއަކަށްވާތީ، ދައުލަތުގެ ނިންމުމަކީ ޤާނޫނު މާޟީއަށް ނުހިނގުމުގެ އުޞޫލު retroactivity-(principle of non of law) އާޚިލާފު ނިންމުމެއް ނޫންކަމަށް ކަނޑައަޅާފައިވަނީ، ތަޢުލީމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ
(ހ)އާއި، ކުޑަކުދިނގް ޤާނޫނުގެ 8 ވަނަ މާއްދާއިން އިސްތިއުނާފުކުރ ފަރާތުގާ ދަރިފުޅާ ގުޅޭގޮތުން ދައުލަތާ ޝަރުޢީ ކޯޓުތަކަށް މަތިކޮށްފައިވާ ޒއިމާތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ ( 2018/SC-A/25) (މީގެފަހުން "ޢަބްދުލްޣަފޫރު މައްސަލަ"ކަމަށްބުނެފައިވާ) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަމްޢޫން އާދަމް އަދި އިތުރު 2 ފަރާތެއް ވ. ދައުލަތް (މޯލްޑިވްސ ކޮލިފިކޭޝަންސް އޮތޯރިޓީ) (2023/HC-A/152) (މީގެފަހުން "ޝަމްޢޫން އާދަމް މައްސަލަ"ކަމަށްބުނެފައިވާ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނު ރަޖޢީކޮށު ނުހިނގުމުގެ އުޞޫލާ ޚިލާފަށްކަމަށްވުމުން، ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފު ނިންމުމެއް ކަމުގައެވެ.
43ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ ރަޖޢީކޮށ ޤާނޫން ތަޠުބީޤުނުކުރުމުގެ މަބްދު އ ނުވަތަ law the of retroactivity-non of principle އަކީ ކޮބައިކަން ތަފުޞީލު ކޮށްދެއްވަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަމްޢޫން އާދަމް މައްސަލައިގައި ބަޔންކޮށާ ފައިވަނީ، މަދަނީ ޤާނޫނެއްގައި ޞަރީހަބަހުން މާޟީގައި ހިނގާފައިވާކަމެއްގެ މައްޗަށް، އެ ޤާނޫނު ތަޠުބީޤު ނުކުރެވޭނެކަމަށް ބަޔާންކޮށްފައި ނުވާނަމަ، ޢއާ މ އުޞޫލަކީ އެ ޤާނޫނަކީ އެ ޤާނޫނަކަށް ޢަމަލުކުރަން ފެށުމުގެކުރިން މާޟީގައި ހިނގައިދިޔަ ހާދިސާއެއްގެ މައްޗަށް ނުވަތަ ވާޤިޢާއެއްގެ މައްޗަށް ނުވަތަ ކުރެވުނު މުޢާމަލާތެއްގެ މައްޗަށް އެ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ނުކުރެވު ންކަމަށެވެ. އަދި މި ޤާނޫނީ ޢާއްމު މަބްދއަ އަކު އުޞޫލެއްގެގޮތުން ހުރިހާ ބާވަތެއްގެ ޤާނޫނީ ޤާޢިދާތަކުގެ މައްޗަށް ހިނގާނެ މަބްދައެއްކަމަށ ސުޕްރީމް ކޯޓުގެ ޢަބްދުލްޣަފޫރު މައްސަލައިގައި ބަޔާންކޮށްފައި ވާކަމަށެވެ.
44ދަށުކޯޓުގައި އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަކީ، ކުއްޖާއަކީ ދައުލަތުން އެކަށައެޅި އުޞޫލާ އެއްގޮތަށް ތަޢުލީމީ ނިޒާމުގެ ތެރޭގައިހުރި ކުއްޖަކަށްވާއިރު، އޭގެފަހުން ދައުލަތުގެ ސަރކިއުލަރ-2-ގައި ކުދިންވެއްދުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުޞޫލުތަކެއް، ނިޒާމުގެ ތެރޭގައިހުރި ކުއްޖެއްގެ މައްޗަށް ޢަމަލުކޮށްފައިވަނީ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ނުކުރުމުގެ އުޞޫލާ ޚިލާފަށްކަމަށެވެ. އެ ހުށަހެޅުމާ ގުޅޭގޮތުން ދަށުކޯޓގު ޝަރީޢަތް ނިމުނުގޮތުގެ 3.5.6.18 ވަނަ ނުކުތާގައި، ޚުޞޫމަތު އުފެދިފައިވާ ސަރކިއުލަރގައިއޮތީ އެންމެންގެ މއްޗަށަ ޢއާ މުކޮށްފައިއޮތް އުޞޫލެއް ކަމުގައިވާތީއާއި، އަދި އެއީ ޤާނޫނެއްގައި ބަޔާން ކޮށްފައިއޮތ މަޞްލަޙަތެއް ޤާއިމު ކުރުމުގެގޮތުނ ޤާނޫން ބާރުލިބިގެން ޢއާމުކޮށްފައިވާ ސަރކިއުލަރއަކަށްވާތީ، މި ޙާލަތަށް ރަޖުޢީކޮށް ޤާނޫނު ތަޠުބީޤު ނުކުރުމުގެ އުޞޫލު ތަޠުބީޤުކޮށްގެން ކުރިއަށްދެވޭނެ ޙާލަތެއް އޮތްކަމަށް ޝަރީޢަތުން ނުދެކޭކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ.
45ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ނުކުރުމުގެ އުޞޫލާ ގުޅުންހުރި ބުނެވިދިޔަ މަތީމަރުޙަލާގެ ނިންމުންތަކުގައި، ޢާއްމު މަޞްލަޙަތެއް ޤާއިމުކުރުމުގެގޮތުން އެކަށައަޅާ އުޞޫލެއް، އެ އުޞޫލު ކަނޑައެޅުމުގެ ކުރިއަށް ހިނގާފައިވާކަމެއްގެ މައްޗަށް ތަޠުބީޤު ކުރެވިދާނެ އެއްވެސްހަމައެއް ބަޔާންކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެއާޚިލާފަށް، ވަކިކަމަކަށް އުޞޫލެއް ހަދާނަމަ، އުޞޫލު އެކުލަވާލާ ފަރާތުން، އުޞޫލަށް ޢަމަލުކުރަންޖެހޭ ފަރާތްތަކުގެ ޢާއްމު މަޞްލަޙަތާއި ޚާއްޞަ މަޞްލަޙަތަށް ރިޢާޔަތްކުރަން ޖެހޭނެކަމަށާއި، އުޞޫލެއް އެކުލަވާލެވޭނީ ޤާނޫނީގޮތުން ލިބިގެންވާ އިޚްތިޔާރުގެ ތެރެއިންކަމަށެވެ.
46އެގޮތުން، ތަޢުލީމުގެ ޤާނޫނުގެ ދަށުން، ތަޢުލީމީ ދާއިރާއާގުޅޭ އެންމެހައިކަންކަން ރާވައި، ހިންގައި، ބެލެހެއްޓުމާއި، އެ ކަންކަމާގުޅޭ ގަވާއިދުތަކާއި، އުޞޫލުތައް އެކުލަވާލުމުގެ ބާރު މިނިސްޓްރީއަށް ލިބިދިން ނަމަވެސް، އެއީ އެއްވެސް އިމެއްނެތި ލިބިދީފައިވާ ބާރެއްނޫންކަމަށެވެ. އެނުކުތާއާ ގުޅުވައި، އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައި ފާހަގަކޮށްފައިވާނީ، ތަޢުލީމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ)ގެ ދަށުން އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ އެންމެނަށް ތަޢުލީމު ކަށަވަރުކޮށްދިނުމުގައި، ހުރިހާ ކުދިން ޝާމިލުވާނެ ގޮތެއްގެމަތިން ހުރިހާ ލެވެލްއެއްގެ ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި، އެކަށީގެންވާ ވަޞީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ޒއިމ ދައުލަތާ މަތިކޮށްފައިވާއިރު، މިފަދައިން ނިންމަނީ ކުޑަކުއްޖެއްގެ މޞަ ލަޙަތް ހިމެނޭކަމއްގައެ ކަމުގައިވާނަމަ، އެކަމެއްނިންމުމުގައި އެންމެއިސްކަމެއް ދޭންވާނީ އެ ކުއްޖާގެ މޞަ ލަޙަތު ޙިމާޔަތް ކުރުމަށްކަމަށް، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާކަމަށެވެ.
47މި މައްސަލައިގައި މިނިސްޓްރީގެ ސަރކިއުލަރގެ ދަށުން ޢުމުރުފުރާ ހަމަނުވާކަމަށް ބަޔާންކޮށް، ކުއްޖާ ހިމެނޭހެން ބައެއްދަރިވަރުން ޕްރޮމޯޓު ކޮށްދެވެންނެތްކަމަށ މިނިސްޓްރީއިން ނިންމިއިރު، މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ޚާއޞް މަޞްލަޙަތަށް ނުވަތަ ޚާއޞް ޙާލަތަށް މިނިސްޓްރީއިން ބަލާފައި ނުވާކަމަށެވެ. އަދި އެކަންސާބިތުވާ އެންމެބޮޑު ހެއްކަކީ، މި ޚޞޫމުތުގައިހިމެނޭ ކަންކަން ޝަރުޢީ ކޯޓަށް ހުށަހެޅުމުގެ ކުރިއަށް، އިސްތއި ނާފުކުރާ ފަރާތުން އަމިއްލައަށް އަދި ޤާނޫނީ ވަކީލުން މެދުވެރިކޮށްވެސް މިނިސްޓްރީއަށް ހުށަހަޅައި ޙައްލެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ކުއްޖާއާގުޅޭ މަޢުލޫމާތު ހޯދުމަށްއެދި މިނިސްޓްރީއިން ކުއްޖާގެ ސްކޫލުގައި އެދިފައިވަނީ މި މައްސަލަ ޝަރީޢަތަށް ހުށަހެޅުނު ފަހުންކަން، ސްކޫލްއިން އިސްތިއުނާފކުރު ފަރާތަށް 20 ނޮވެމްބަރު 2024 ދުވަހު ފޮނުވި އީ-މެއިލްއަށް (ޑޮކިއުމަންޓް 16-YAL) ބެލުމުން އެނގޭތީކަމަށެވެ. މިފަދައިން ކަންހިނގާފައިވާއިރު، ކުއްޖާގެ މައްޗަށް ސަރކިއުލަރ- 2- ހިންގޭނެކަމަށ މިނިސްޓްރީއިން ކަނޑައަޅާފައިވަނީ، ޤާނޫނު ރަޖޢީކޮށު ތަޠުބީޤު ނުކުރުމުގެ އުޞޫލާ ޚިލާފަށް، އަދި ކުއްޖާގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ދައުލަތާ މަތިކޮށްފައިވާ ޒިއްމާއާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
48މި މައްސަލައިގައި، ކުއްޖާއަކީ މިނިސްޓްރީން ކަނޑައެޅި އުޞޫލާ އެއްގޮތަށް ސްކޫލުގައި އެންރޯލްވެފައިވާ ދަރިވަރެއްކަން އެނގެއެވެ. އަދިހަމައެއާއެކު، 2023 ވަނަ އަހަރު ކުއްޖާ ސްކޫލަށް ވެއްދިއިރު ޢަމަލުކުރި ދިރާސ އަހަރީ ފެށުމާއި ކަޓްއޯފް ތާރީޚުތަކަށް 2024 ވަނަ އަހަރު ބަދަލުގެނައުމަށްފަހު، ފަހުން އެކުލަވާލި އުޞޫލު، ސްކޫލުގައި ކިޔަވަމުންދާ ކުއްޖެއްގެ މައްޗަށް ތަޠުބީޤު ކުރެވޭނެކަމާމެދު އުފެދިފައިވާ ސުވާލަކީ އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގެ ދާއިރާގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ. ނަމަވެސް، އެ ނުކުތާއަށް ދަށުކޯޓުން ގޮތްކަނޑައެޅުއްވުމުގައި ކުއްޖާގެ ޚާއްޞަ ޙާލަތަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށެވެ.
49ބުނެވިދިޔަ ގޮތުގެމަތިން ކުއްޖާގެ ޚާއްޞަ ޙާލަތަށް ރިޢާޔަތް ކުރައްވާފައިނުވާއިރު، ކުއްޖާހުރި ޚާއޞް ޙާލަތު، އެކަމުގެ ވަށައިގެންވާ އެންމެހައި ކަންކަމާއި، މިނިސްޓްރީގެ ކުރީގެ ސަރކިއުލަރ-1-އާއި، މިނިސްޓްރީއާ އިސްތިއުނާފުކުރާ ފަރާތާދެމެދު ބަދަލުކުރެވުނު ސިޓީތަކާއި، މިނިސްޓްރީއިން އެހެންކުދިން ޕްރޮމޯޓު ކޮށްދިނުމުގައި ނިންމާފައިވާ ނިންމުންތަކާއި، ކުއްޖާގެ ސައިކޮލިޖިކަލ އެސެސްމެންޓް ރިޕޯޓާއި، އެ ރިޕޯޓުގައި ހުރި ރިކޮމެންޑޭޝަންތަކަށާއި، ޕްރޮގްރެސް ރިޕޯޓްތަކާއި، މި ހުރިހާ ހެކިތަކުން ކުއްޖާގެ ޚާއްސަޙާލަތު ވަޒަންކުރެވެން އޮތްނަމަވެސް، އެކަމަށް ކޯޓުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށެވެ.
50މި މައްސަލައިގައި ދަށުކޯޓުން ގޮތްނިންމަވާފައިވަނީ ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުނުކުރުމުގެ އުޞޫލާއި، މަތީމަރުޙަލާގެ ނިންމުންތަކާ ޚިލާފަށްކަމަށްވާތީ، މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
51ތިންވަނަ އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފުކުރ ފަރާތުގާ ދަރިފުޅު ސްކޫލަށް ވެއްދިއިރުވެސް ކަނޑައަޅާފައިވާ ޢުމުރުފުރާ ހަމަނުވާނަމަ ރިޕީޓުކުރަން ޖެހިދާނެކަން ކުރިއާލައި އަންގާފައިވާކަމަށް "xxxxxxxxxxxxxxxxxxxxxx ޕްރީސްކޫލް އަންޑަރއޭޖް އެންރޯލްމަންޓް ފޯމު"އާ ޙަވާލާދީ، ރިޕީޓު ކުރަންޖެހުމުގެ ވާހަކައަކީ ކުރިއާލައި އެންގުމެއްނެތި އަލަށްއުފަންވެފައިވާ ކަމެއްކަމުގައި ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، މައްސަލައިގައި އަންޑަރއޭޖް އެންރޯލްމެންޓް ފޯމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީގެ ނިންމުމާ ގުޅިގެން އިސްތިއުނާފުކުރ ފަރާތުގާ ދަރިފުޅުގެ ކިޔެވުނ ކުރިއަށް ގެންދިޔުމަށް އެހެންގޮތެއް ނެތިގެންކަމާއި، އަދި މިނިސްޓްރީއިން އެހެންގޮތަކަށް ނިންމައިފިނަމަ ޕްރޮމޯޓު ކޮށްދެވޭނެކަން ސްކޫލުންވެސ އަންގާފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާންއޮތްއިރު، ހުށަހެޅުނު އެންމެހައި ލިޔެކިޔުންތަކާއި، ޝަރީޢަތުގައި ހުށަހެޅުނު ކަންކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނ) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)އާއި، އަދި ހެކި ވަޒަންކުރެއްވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން (2018/SC-A/49) (މީގެފަހުން "ޖާބިރު ޢަބްދުއްރަޙްމާން މައްސަލަ"ކަމަށްބުނެފައިވާ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ.
52ބުނެވިދިޔަ ނުކުތާގެ ތަފުޞީލުގައި، ކުއްޖާ ޕްލޭ ސްކޫލަށް ވައްދާފައިވަނީ 30 މެއި 2023 ދުވަހުކަން އެޑްމިޝަނ ފޯމުން އެނގޭކަމަށާއި، 2024 ވަނަ އަހަރު ކުއްޖާ ޕްރީސްކޫލަށް ވައްދާފައިވަނީ އަލަށް މީގެފަހުން "ފަނޑިޔާރުންގެ ޤާނޫނު"ކަމަށްބުނެފައިވާ. ނޫންކަމަށާއި، " xxxxxxxxxxxxxxxxxxxxxxx ޕރީސްކޫލް އަންޑަރއޭޖް އެންރޯލްމަންޓް ފޯމު"އާއް އަންޑަރއޭޖް އެގްރީމަންޓަކީ، ކުއްޖާ ނަރސަރީއަށް ޕްރޮމޯޓު ނުކުރުމަށް މިނިސްޓްރީން ނިންމުމާ ގުޅިގެން، ޤާނޫނީ މަރުޙަލާ ކުރިއަށް ދާއިރުވެސް ކުއްޖާގެ ކިޔެވުމުގެ ޙައްޤު ނުގެއްލި ކުރިއަށް ގެންދިޔުމަށްޓަކައި، އެހެންގޮތެއް ނެތުމުގެ ސަބަބުން ވެފައިވާ އެއްބަސް ވުމެއްކަން، މައްސަލައިގެ ލިޔުންތަކަށް ބެލުމުން ސާފުވާއިރު، ދަށުކޯޓުން އެ ހެކިތަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށެވެ.
53އެގޮތުން، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން، އިސްތިއުނާފުކުރާ ފަރާތުން 21 މެއި 2024 ދުވަހު ސްކޫލަށް ފޮނުވި އީ-މެއިލއާއި، 20 ނޮވެމްބަރ 2024 ދުވަހު ސްކޫލުން އިސްތިއުނާފުކުރާ ފަރާތަށް ފޮނުވި އީ-މެއިލަށް ބެލުމުން، ކުއްޖާ ނަރސަރީއަށް ޕްރޮމޯޓު ކޮށްނުދިނުމަށް ނިންމިނިންމުން ތަޢުނުކުރުމުގެ މަރުޙަލާ ކުރިއަށްދާއިރު، އަންޑަރއޭޖް އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ، އެ އެގްރީމަންޓުގައި ސޮއިނުކުރާނަމަ ނަރސަރީގައި ކިޔެވުމުގެ ފުރުޞަތު ސްކޫލުން ނުދޭތީކަން ސާފުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
54އިސްތިއުނާފުކުރާ ފަރާތުން އަންޑަރއޭޖް އެގްރީމަންޓުގައި ސޮއިކުރުމަށް މެދުވެރިވި ސަބަބަކީ، ޝަރުޢީ މަރުޙަލާއިން ބޭރުން ކުއްޖާ ނަރސަރީއަށް ނުވެއްދުންކަމަށެވެ. އަދިމި މައްސަލައިގެ ވާޤިޢާތަކަށާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްތެރިކަން ދިނުމާއެކު ދަށުކޯޓުން ހެކިވަޒަން ކުރެއްވިނަމަ، މި ޙާލަތުގައި ނަރސަރީއަށް ވެއްދުމުގެ ބޭނުމަށް އަންޑަރއޭޖ އެގްރީމަންޓެއް ފުރިހަމަކުރަން މެދުވެރިވެފައިވުމަކީ، ކުރިއާލައި ރިޕީޓު ކުރަންޖެހޭކަން އެނގިފައި އޮތުންކަމަށް ދަށުކޯޓުން ދޭހަނުކުރެވޭނެ ކަމަށެވެ. މި ޙާލަތުގައި ދަށުކޯޓުން ހެކިވަޒަނު ކުރައްވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ)ގެ (1) ވަނަ ނަންބަރުގައި ހެކިޤަރީނާއަށ ރިޢާޔަތް ކުރުމަށް ބަޔާންކޮށްފައިވް އުޞޫލާއި، ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށްކަމަށެވެ. އެހެންކަމުން، އެ ނިންމެވުމަކީ ޤާނޫނާ އެއްގޮތް ނިންމެވުމެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
55ހަތަރުވަނަ އިސްތިއުނާފީ ނުކުތާއަކީ، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާ ގައި ބަޔާންވެގެންވާ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ވާހަކައަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްއޮތް ޢއާ މ މާއްދާއެއްކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، އެ މާއްދާގައި ބަޔާންކުރާ ވަކިވަކި ކުދިންނާގުޅޭ ކަންކަން ނިންމުމުގައި އެއިން ކޮންމެކުއްޖެއްގެ ވަކިމަޞްލަޙަތަށް ރިޢާޔަތް ކުރަންވާނެކަމަށް އޮތްއޮތުމާ ކަނޑައެޅިގެން ޚިލާފަށް، އަދި އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ)އާ ޚިލާފަށްކަމަށްވުމާއި، އެ ޤާނޫނުގެ 8 ވަނަ މާއްދާގެ
(ހ) މާނަކޮށްފައިވަނީ އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)އާއި (ށ)އ ޚިލާފަށާ އަދި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 6 ވަނަ މާއްދާއާ ޚިލާފަށް ޤާނޫނު މާނަކުރައްވައިކަމަށެވެ.
56މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގައި، ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދުތައް މާނަކުރުމުގައި ގެންގުޅޭނެ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، އެ ޤާނޫނު 6 ވަނަ މާއްދާގައި ޤާނޫނުގެ މަޤުޞަދަށް ބެލުމުގެ އުޞޫލު ތަފުޞީލު ކޮށްދީފައިވާކަމަށެވެ. އެގޮތުން، ޤާނޫނުގެ ވަކިބަހެއ ނުވަތް ޢިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލުމުގެ ބަދަލުގައި ބަލަންވާނީ، އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤޞަދަށްބަލައު، އެ މަޤުޞަދު ދެނެގަތުމަށްފަހު، އެ މަޤްޞަދު އެއްގޮތްވާ ގޮތުގެމަތިން، އަދި އެ މަޤުޞަދު ދިރުވައި އާލާކުރެވޭނެ ގޮތުގެމަތިން މާނަކރުމަށު ކަމުގައް ބަޔާންކުރާ ކަމަށެވެ.
57އެހެން ޤާނޫނުތަކެކޭ އެއްފަދައިން، ކުޑަކުދިންގެ ޤާނޫނުގެ މަޤުޞަދުތައް، އެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަމަށެވެ. އެގޮތުން، އެ މާއްދާގެ (ށ)ގައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި، މައިންބަފައިންނާއި، މީގެފަހުން "މާނަކުރުމުގެ ހަމަތަކުގެ ޤާނޫނު"ކަމަށްބުނެފައިވާ. ބެލެނިވެރިންނާއި، މުޖުތަމަޢއު އާ، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒއިމ ކަނޑައެޅުމަކާ އެ ޤާނޫނުގެ މަޤުޞަދުކަމަށް ހިމަނާފައިވކަމަށެވެ.
58ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި، ކޮންމެ ކުޑަކުއްޖެއްގެވެސް މަޞްލަޙަތައް އިސްކަން ލިބިގެންވާކަމަށް ބަޔާންކުރާއިރު، އެ މާއްދާގެ (ހ)ގައި، ދައުލަތުގެ އިދާރާތަކުންވިޔަސް ނުވަތަ ޝަރުޢީ ކޯޓުތަކުންވިޔަސ ނުވަތް ރައްޔިތުންގެ މަޖިލީހުންވިޔަސ ނުވަތް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސ ނުވަތް ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެއިސްކަމެއް ދޭންވާނީ، އެ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އޭގެއިތުރުން، އެ ޤާނޫނުގެ 8 ވަނަ މާއްދާ ހިމެނޭހެން، ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ އެންމެހައި ޙައްޤުތއަ ކުޑަކުއްޖަކަށް ލިބިދިނުމުގައި، ޤާނޫނު ކިޔަންވާނީ، އެ ކުއްޖާގެ މަޞްލަޙަތަށް އންމެފައިދާވެ ގޮތަށްކަމަށް، އެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމަށެވެ.
59މި މައްސަލައިގައި، އިސްތިއުނާފކުރު ފަރާތުން ދަށުކޯޓުގެ ހުށަހެޅުމުގައި، ކުއްޖާއާ ގުޅިގެން މިނިސްޓްރީއިން ގޮތްނިންމުމުގައި، އެ ކުއްޖާގެ ޚާއްޞަ މަޞްލަޙަތަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެގޮތުން، ތިންވަނަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން، މި ޚުޞޫމަތު ޝަރުޢީ ކޯޓަށް ހުށަހެޅުމުގެ ކުރިއަށް އަދި ކުއްޖާ ޕްރޮމޯޓު ނުކުރުމަށް މިނިސްޓްރީއިން ނިންމުމުގެކުރިއަށް، މިނިސްޓްރީގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅާގުޅޭ އެއްވެސް ލިޔެކިއުމެއް އަދި މަޢުލޫމާތެއް ހޯދުމަށް ކުއްޖާއުޅޭ ސްކޫލްގައި އެދިފައިނުވާކަން ބަޔާންކޮށްފައި ވާކަމަށެވެ. އަދި މިނިސްޓްރީގެ ނިންމެވުމަށްފަހު، ދަރިފުޅަށް އެންމެފައިދާވާނެ ގޮތަކީކޮބައިކަން ދެނެގަތުމަށާއި، ނަރސަރީއަށް ޕްރޮމޯޓުވުމަށް ކުއްޖާގެ ޤާބިލުކަން ހުރިތޯ ދެނެގަތުމަށއި، ޕްލޭ ސްކޫލުގައި ރިޕީޓު ވެއްޖެނަމަ ކުއްޖާއަށްލިބޭނެ ގެއްލުންތަކަކީ ކޮބައިތޯ ވަޒަންކުރުމގު ބޭނުމަށް އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް އެދިގެން ހަދާފައިވާ އެސެސްމަންޓު ރިޕޯޓަކާއި، ކުއްޖާ ޙާޟިރުވާ އެހެނިހެން ކ ލާސްތަކުގެ ފަރާތުން ދަރިފުޅުގެ ޕްރޮގްރެސްއާ ގުޅޭގޮތުން ދީފައިވާ ރިޕޯޓުތައްވެސް ޝަރީޢަތަށް ހުށަހަޅައި، އެ ރިޕޯޓްތަކާ ޙަވާލާދީ ކުއްޖާއަށް އެންމެ ފައިދާހުރިގޮތަކީ ޕްރޮމޯޓުވުންކަމަށް ބަޔާންކޮށްފައި ވާނެކަމަށެވެ. އަދި ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއާ ޙަވާލާދީ، ކޮންމެ ކުޑަކުއްޖަކީވެސް ޚާއްސަ ޙާލަތެއްގައިހުރި، ޚާއްސަ ކުއްޖެއްކަމާއި، މި މައްސަލައިގައިވާ ކުއްޖއަކީވެސާ އެހެން ކުދިންނާތަފާތު ޚާއޞް ކުއްޖެއްކަމުން، ކުއްޖާގެ ޚާއޞް ޙާލަތަށް ރިޢާޔަތްކޮށް، ކުއްޖާ ޕްރޮމޯޓުކުރަނ ޖެހޭކަމަށް ނިންމައިދިނުމަށް އެދިފައިވާނެކަމަށެވެ.
60ބުނެވިދިޔަ ހުށަހެޅުންތަކާ ގުޅިގެން، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންވެގެންވާ ކުއްޖާގެ މަޞްލަޙަތު ޙިމާތްކުރުމުގެ ވާހަކައަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްއޮތް ޢާއްމު މާއްދާއެއްކަމަށާއި، ތަޢުލީމުގެ ޤާނޫނުގައި ބަޔާންކުރާ ލާޒިމު ތަޢުލީމު ދިނުމުގެ ޢުމުރަކީ 4 (ހަތަރެއް) އަހަރު ކަމުގައި ކަނޑައަޅާފައިވާ ޤާނޫނީ ނައްޞަކީ، ކުދިންގެ ތަޢުލީމާގުޅޭ މަޞްލަޙަތު ޤާއިމުކުރުމަށްޓަކައި އެކަށައަޅާފައިވާ ތަޢުލީމުގެ މައުޟޫޢުގެ މައްޗަށް ތަޠުބީޤުކުރެވޭނެ ޚާއު ޞް މއްދާއެއާކަމަށ ސިވިލް ކޯޓުން ނިންމަވާފައިވާކަމަށެވެ.
61ކުޑަކުދިންގެ ޤާނޫނު މާނަކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑު ބަޔާންކޮށްފައޮތީ، އެ ޤާނޫނުގެ 3 ވަނަ މާއްދާގއިކަމަށާއި، އެ މާއްދާގެ (ހ)ގައި ޤާނޫނި މާނަކުރަންވާނީ ޤާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލުތަކ އެއްގޮތްވާ ގޮތުގެމަތިން، އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ)ގައި، ޤާނޫނުގައިވާ ކަންކަން ތަޠުބީޤުކުރުމުގައި، މުޢާހަދާތަކުގެ އިތުރުން އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށއުފެދިފައިވް، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތައް ނަގަހައްޓަން ވާނެކަމަށް ބަޔާން ކޮށްފައި ވާކަމަށެވެ.
62ބުނެވިދިޔަ މާއްދާތަކަށް ބަލާއިރު، ކުޑަކުދިންގެ ޤާނޫނަކީ، ޤާނޫނުއަސާސީއާއި، އޭގެދަށުން ހަދާ ޤާނޫނުތަކާއި، އުޞޫލުތަކުގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަ ދާތަކުނ ކުޑަކުދިންނަށް ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް، އޭގެއެންމެ ފުޅާމިނުގައި، އެއްވެސް އުނިކަމެއްނެތި، ރައްކާތެރިކަމާއެކު ލިބިދޭކަން ކަށަވަރުކޮށްދޭ ޤާނޫ ނެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
63ތަޢުލީމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކުގެ ތެރެއިން، ތަޢުލީމުގެ ޙައްޤު ކަށަވަރުކޮށްދޭ ޤާނޫނކަމަށެވެ. އަދ އެ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤު މާނަކުރުމުގައި ރިޢާޔަތް ކުރަންޖެހޭނީ ކުޑަކުދިންގެ ޤާނޫނުގެ ދަށުން ކުއްޖަކަށް ޙައްޤުލިބިދޭ މިންވަރަށްކަމަށެވެ. ކޮންމެ ކުއްޖަކީ، ޚާއޞް ކުއްޖަކަށްވީ ހިނދު، ކުޑަކުދިންގެ ޤާނޫނު 8 ވަނަ މާއްދާގައިއޮތީ، އެއިންކޮންމެ ކުއްޖަކާގުޅޭކަމެއް ނިންމަންވާނީ، އެ ކުއްޖާހުރި ޚާއޞް ޙާލަތަށް ރިޢާޔަތް ކޮށްގެންކަމަށެވެ. އެހެންކަމުން، ވަކިވަކި ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ ކޮންމެ ކަމެއްގައިވެސް، އެ ކުއްޖކަ ހުރި ޚާއު ޞް ޙާލަތަށް ރިޢާޔަތްކުރެވުމަކީ އެ ޤާނޫނުން ކޮންމެ ކުއްޖަކަށްމެ ކަށަވަރުކޮށްދޭ ޙައްޤއްކަމަށެވެ.
64އެހެންކަމުން، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤަކީ، ކުދިންގެ ޚާއޞް މަޞްލަޙަތއެއޮތ މާއްދާއެއް ނޫންކަމަށާއި، އެއީ ކުދިންގެ ޢއާމ މަޞްލަޙަތު ޙިމާޔަތްކުރުމާ ގުޅޭގޮތުންއޮތް މާއްދާއެއްކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ، މާނަކުރުމުގެ ހަމަތަކުގެ ޤާނޫނާއި، އެ ޤާނޫނުގެ 34 ވަނަ މާއްދާއާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާކަމަށެވެ.
65ފަސްވަނަ އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފުކުރ ފަރާތުގާ ދަރިފުޅު ޕްރޮމޯޓު ކޮށްނުދިނުމަށް މިނިސްޓްރީއިން ބުނެފައިވާ ވާހަކަތަކާ ޚިލާފަށް، މިނިސްޓްރީއިން ޢަމަލުކޮށްފައިވާކަން ޝަރީޢަތަށް ހުށަހެޅުނު ހެކިތަކުން ސާފުކޮށް އެނގެންއޮތްއިރު، އަދި މިނިސްޓްރީގެ ނިންމުމުގެ ސަބަބުން އިސްތިއުނާފުކުރ ފަރާތުގާ ދަރިފުޅު ރިޕީޓުކުރަންޖެހި، އެކަމުގެ ސަބަބުން އެކުއްޖާގެ ޙައްޤުތަކަށް އުނިކަން އަންނާނެކަމާއި އެކުއްޖާއަށް މޞަލަޙަތު ބޮޑުގޮތަކީ ޕްރޮމޯޓުވުމަށް ފުރުޞަތު ދިނުންކަން، ސައިކޮލޮޖިކަލް އެސެސްމެންޓު ރިޕޯޓާއި، ސްކޫލުގެ ޕްރޮގްރެސް ރިޕޯޓު އަދި އެހެން ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮތްއިރު، އެކަމަށް އެއްވެސް ބުރަދަނެއް ދެއްވުމެއްނެތި ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (1)އާއި، ހެކި ވަޒަންކުރެއްވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް، އަދި ފަނޑިޔާރު އެ ހެކިތަކަށް ރިޢާޔަތް ނުކުރެއްވ ނުވަތި ބުރަދަން ނުދެއްވި ސަބަބެއްވެސް ބަޔާންކުރެއްވުމަކާ ނުލައިކަމަށްވުމުން، ސިވިލް ކޯޓުގެ އެ ނިންމެވުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން A/100)-(2020/SC (މީގެފަހުން "އަޙްމަދު އިސްމާޢީލް މައްސަލަ"ކަމަށްބުނެފައިވާ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަނޑިޔާރުގެ ނިންމުމަށް ވާސިލްވުމުގައި ސަބަބު ބަޔާންކުރުމުގެ އުޞޫލާ ޚިލާފު ނިންމެވުމެއްކަމުގައިވާތީ، އެ ނިންމެވުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފު ނިންމުމެއްކަމަ ށެވެ.
66ބުނެވިދިޔަ ނުކުތާއާ ގުޅިގެން މައްސަލައިގައި ކަންހިނގާފައިވާގޮތް ތަކުރާރުކޮށްފައިވެއެވެ. އަދި މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ، މިނިސްޓްރީއިން ކުއްޖާ ނަރސަރީއަށް ޕްރޮމޯޓު ނުކުރުމަށް ނިންމުމުން، ޕްރޮމޯޓު ނުކުރުމުގެ ސަބަބުން ކުއްޖގާ ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެކަން އެނގޭނެ ލިޔުންތައް ހުށަހަޅާފައިވާއިރު، އެ ލިޔުންތަކަށް ރިޢާޔަތްކޮށް ހެކިވަޒަން ކުރައްވާފައިވަނީ ޤާއިމުވެފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށާއި، އަދި އެ ނިންމުމަށް ވިސާ ލުވިގޮތި ބަޔާންކޮށްފައިނުވުމެވެ.
67އެގޮތުން، ދަޢުވާއެއް ސާބިތުކުރުމުގެ ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ރިޢާޔަތް ކުރަންޖެހޭއިރު، ދަށުކޯޓުގެ ނިންމެވުމަށް ވާސިލުވުމުގައި ކުއްޖާގެ ޙާލަތާގުޅޭގޮތުނ ހުށަހަޅާފައިވް ލިޔުންތަކާއި، އެ ލިޔުންތަކާ ގުޅުވައި، އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ސިވިލް ކޯޓުގެ ނިންމެވުމުގައި ޙަވާލާދީފައި ނުވުމުގެ އިތުރުން، އެކަންކަމަށް ބުރަދަން ދެއްވާފައި ނުވާކަމަށެވެ. އޭގެއިތުރުން، މިނިސްޓްރީން ކަނޑައަޅާފައިވާ ކަޓްއޯފް ތާރީޚުތަކުގެ ފަހުންވެސް، އެކި ދަރިވަރުން އެކި މަރުޙަލާތަކުގައި ޕްރޮމޯޓުވުމުގެ ފުރުޞަތު މިނިސްޓްރީން ދީފައިވާކަން ލިޔުންތަކުން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކެމަށެވެ. އަދި ސަރކިއުލަރގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް މިނިސްޓްރއީނ ބައެއް ކުދިންނަށް އެހެން މަރުޙަލާ ތަކަށްވިޔަސް ޕްރޮމޯޓުވުމުގެ ފުރުޞަތު ދީފައިވާކަން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
68އެހެންކަމުން، ދަށު ކޯޓުގެ ނިންމުމަކީ ހެކި ވަޒަންކުރުމާއި، ހެއްކަށް ރިޢާޔަތްކުރުމާ ގުޅޭގޮތުން މަތީމަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ)އ ޚިލާފަށާ ނިންމަވާފައިވ ނިންމެވާ މެއުކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާކަމަށެވެ.
69ޝަރީޢަތުންކުރި ސުވާލތަކަށު އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ޖަވާބާ ގުޅިގެން އިތުރަށް ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައިއެވަނީއެވެ.
1.69. އިސްތިއުނާފު ރައްދުވާ ފަރާތާ ކުރެވުނު ސުވާލުތަކާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ކަންކަން ފާހަގަކުރުމަށް ފުރުޞަތު އަރުވާފައިވެއެވެ. އެގޮތުން، 2302 އިން 4202 އަށް ދައުލަތުން ނެރެފައިވާ ސަރކިއުލަރތަކުގައި މަޢުލޫމާތަށްޓަކައި ދައުލަތުން ކަންކަން ބަޔާންކޮށްފައި ނުވާކަމަށާއި، 2025 އަދި 2026 ވަނަ އަހަރުގެ ސަރކިއުލަރގައި ބޭބީ ނަރސަރީއާއި ނަރސަރީއަކީ މަދަރުސީ ތަޢުލީމުގައި ހިމެނޭބައެއް ނޫންކަމަށާއި، އެ މަރުޙަލާގެ ޢުމުރުފުރާ ބަޔާންކޮށްފައިވަނީ އެލް.ކޭ.ޖީއަށް ކުދިންވެއްދުމުގައި ބެލެނިވެރިންގެ މަޢުލޫމާތަށްކަމަށާއި، އެއީ އޭރު މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާތީކަމަށް ޤަބޫލު ކުރެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
2.69. ކުއްޖާއަކީ ރަސްމީ ތަޢުލީމުގެ ނިޒާމުގައިހުރި ކުއްޖކަށަނުވާތީ ޕްރޮމޯޓުކުރަން ނުޖެހޭކަމަށް ދައުލަތުން މިހާރު ވިދާޅުވާއިރު، އެހެންކަމަށްވާނަމަ އިސްތިއުނާފުކުރާ ފަރާތުން ފޮނުވިސިޓީއަށް މިނިސްޓްރީން ދެއްވަންވާނީ އެޖަވާބުކަމަށާއި، އަދި އެކަމާމެދު އިތުރަށް ކުރެވޭނެކަމެއް ނެތްކަމަށކަމަށް، ދެކޭކަމަށް ބުނެފައިވެއެވެ. އެއާޚިލާފަށް މިނިސްޓްރީން ދެއްވިޖަވާބަކީ އެލް.ކޭ.ޖީ.އަށް ވަނުމަށްޓަކައ ސަރކިއުލަރގައި ބަޔާންކޮށްފައިވާ ޢުމުރު ހަމަނުވާކަމަށެވެ. އަދި މިހާރު މިނިސްޓްރީން ވދާޅުވަނި 2024 ވަނަ އަހަރުގެ ސަރކިއުލަރ-2-ގައި ބަޔންކޮށްފައާ އޮތްގޮތުންވެސް އެލް.ކޭ.ޖީއަށް ވަނުމަށްޓަކައި ކުރިއަށްއޮތ އަހަރަށް ޢުމުރުފުރާ ހަމަނުވާނެކަމަށެވެ.
3.69. ޤާނޫނުގައި އިސްތިސްނާއެއް ނެތްކަމަށް ދައުލަތުން ތަކުރާރުކޮށް ވިދާޅުވެފައިވާއިރު، ޤާނޫނުގައިއޮތީ ޑެފިނީޝަންއެއް ކަމަށާއި، ޤާނޫނުގައިވަނީ ޢުމުރުން 4 (ހަތަރެއް) އަހަރުން ފެށިގެން 16 (ސޯޅަ) އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތަޢުލީމު ލާޒިމުވާ ކުއްޖެއްކަމަށެވެ. ޤާނޫނުގައި އެނޫން އިސްތިސްނާއެއް ނުދެވޭނެކަމަށް ބަޔާންކޮށްފައި ނުވާކަމަށާއި، އެހައި ރެސްޓްރިކްޓިވްކޮށް މާނަކުރެވޭނެކަމަށ ނުދެކޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެއީ، ޤާނޫނުއަސާސއިނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ދައުލަތުގެ މައްޗަށްއޮންނަ ޒއިމާއާއެކުއެކީގައި، އެ ޤާނޫނު ކިޔައިފިނަމަ، އެނޫންގޮތަކަށް ދައުލަތުން މާނަކުރަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކެމަށެވެ.
4.69. ނިޒާމުގެ ތެރޭގައި މިހާރު އިސްތިސްނާއެއް ނެތްކަމަށް ދައުލަތުން ބުނާއިރު، ޕަބްލިކް ޑޮމޭނުން ފެންނަންހުރި މަޢުލޫމާތުތަކަށް ބަލާއިރު، 17 ސެޕްޓެންބަރު 2023 ދުވަހު މިހާރު ނޫހުގައި، ޢުމުރުން 12 އަހަރުގެ ރަޔާން އޭލަވަލްއަށ ކިޔަވަން ފަށައިފިކަމަށްބުނާ ޚަބަރެއް ލިޔެފައި ވާކަމަށާއި، ދައުލަތުން ހުށަހަޅުއްވާގޮތަށް ރަސްމީ ނިޒާމުގެ ތެރެއިން އެކަން ކުރައްވާކަމަށް ވާނަމަ، އެ ފުރުޞަތެއް ނޯންނާނެ ކަމަށާއި، މިއީ ނިޒާމުގެ ތެރެއިން ޢަމަލު ކުރެވެމުންދާ ގޮތެއްކަން ޕަބްލިކް ޑޮމެއިންއިން ފެންނަންހުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ކަންކަން މިހެން ހުރިކަން އެނގޭކަމަށާއި، މި މައްސަލައިގައި ފަނޑިޔާރުންގެ ކުރިމައްޗަށް ތަކުރާރުކޮށް ގެންނަސުވާލަކީ، 2023 ވަނަ އަހަރުގެ ނިޒާމުގައި ބަޔާންކޮށްފައި އޮތްގޮތަށް ސްކޫލަށް ވެއްދި ކުއްޖަކަށްވާއިރު، ޖެހިގެން އަންނައަހަރު ދެންއޮތް ގުރޭޑަށް ކުއްޖާ ޕްރޮމޯޓުވުމަށް ކުއްޖާގެ މަންމަ އުންމީދުކުރާކަމަށެވެ.
70މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.70. އިސްތިއުނާފުކުރާ ފަރާތުގެ އެއްޤާނޫނީ ބަހުސަކީ، 2023 ވަނަ އހަރަ މަދަރުސާއަށް ކުއްޖާ ވައްދާފައިވުމުން، ކުއްޖާގެ ގުރޭޑް ބަދަލުވުމުގެ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއެއް އޮންނާނެކަމަށް ދެކޭއިރު، މިސާލަކަށް، ކުއްޖާ ގުރޭޑް 1 (އެކެއް)އަށް ވައްދަންޖެހޭއިރ ޢުމުރު ހަމަނުވާނަމަ ޤާނޫނުގައި ކަނޑައަޅާފައިއޮތް އަމުރަކާ ފުށުއަރާ ޙާލަތުގައި، ލެޖިޓިމޭޓް އެކްސްޕެކްޓޭޝަން ތަޠުބީޤުކުރާނީ ކިހިނެތްތޯ ޝަރީޢަތުން ސުވާލުކޮށްފައިވެއެވެ. ޖަވާބުގައި، ސަރކިއުލަރ-1-ގެ ދަށުން، 2023 ވަނަ އަހަރު ސްކޫލަށް ވައްދާއިރު ބޭބީ ރނަ ސަރީއަށް މި ވައްދަނީ 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 2 (ދޭއް) އަހަރު ފުރިގން ކަމަށާއި، އޭގެމާނައަކީ މަދަރުސާއަށް ވެއްދުމަށްފަހު މަރުޙަލާއެއް ފުރިހަމަކުރުމުން ދެންއޮންނަ މަރުޙަލާއަށް ބަދަލުވާނެކަމަށް ސަރކިއުލަރގައި ބަޔާން ކޮށްފައިވުމުން، އެއަށްފަހު ދިރާސ އަހަރީ ބަދަލުވުމުގެ ސަބަބުން ކުއްޖާ އަލުން މަދަރުސާއަށ ވަންނަން ނުޖެހޭއިރު، ވައްދާފައިވާ ކުއްޖަކު ދެންއޮތް މަރުޙަލާއަށް ބަދަލުކުރަމުން ގެންދަންޖެހޭނެކަމަށ ދެކޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މާނައަކީ އެއްފަހަރު އިޢުލާނުކުރުމަކ ޕޮލިސީ ޑިސިޝަނ ބަދަލުކުރުމަށް ހުރަސްއަޅާ ކަމެއްކަމަށް ދެކެނީތޯ ޝަރީޢަތުން ސުވާލުކުރުމުން، އެހެން ނޫންކަމަށާއި، ކުދިންގެ މައްޗަށް އެ ކުދިންނަށް ބުރަވާގޮތަށް، އެ ކުދިންނަށް ކުރިއަށްދޔިމަށް ހުރަސްއެޅޭގޮތަކަށ އުޞޫލުތައް ތަޠުބީޤު ނުކުރެވޭނެކަމަށާއި، އުޞޫލު ހިންގަންވާނީ އަލަށްވަންނަ ކުދިންގެ މައްޗަށްކަމަށާއި، ކުއްޖާއަކީ 2023 ވަނަ އަހަރުގެ ސަރކިއުލަރ-1-އާ އެއްގޮތަށް ޢުމުރުފުރާ ހަމަވެގެން މަދަރުސާއަށް ވައްދާފައިވާ ކުއްޖަކަށްވުމުން، މައިންބަފައިން އެ ކުއްޖާ ސްކޫލަށް ވައްދާފައިވަނީ އޭރުޢަމަލު ކުރަމުންދިޔަ އުޞޫލާ އެއްގޮތަށް ކަމަށްވުމުން، 2024 ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާއިރު، 2023 ވަނަ އަހަރު ވައްދާފައިވާ ކުއްޖަކަށް 31 ޑިސެމްބަރ 2024 އަށް، 3 (ތިނެއް) އަހަރު ނުފުރޭނެކަމަށާއި، މި ގޮތަށް ކަޓްއޯފްޑޭޓް ބަދަލުކުރުމަކީ އިންޞާފުވެރި ގޮތެއްނޫންކަމަށާއި، މިނިސްޓްރއަށީ މިގޮތަށް ޢަމަލުކުރެވޭނެކަމަށް ނުދެކޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބުދީފައިވެއެވެ.
2.70. ކުއްޖާ މިހާރުހުރީ ކޮންގރޭޑެއްގައިތު ޝަރީޢަތުން ސުވާލުކުރުމުން، ނަރސަރީގައި ރިޕީޓު ކޮށްފައިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
71އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "1- ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2343 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ކަނޑައަޅުއްވައިދެއްވައި އެ ނިންމުން ބާޠިލްކޮށްދެއްވމަށު؛ 2- ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2343 ޤަޟިއްޔާ އިސްތިޢުނާފްކުރުމަށ ހުށަހަޅާފައިވް މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ފައިޞަލާކުރަނިވި ޙުކުމެއްކުރުމާ ހަމައަށް އިސްތިޢުނާފްކުރ ފަރާތުގާ ދަރިފުޅު 2025 ވަނަ އަހަރުގެ ދިރާސ އަހަރީ އެލްކޭޖީ (ޖޭކޭޖީ) ގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް؛ 3- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 22/CIR/2024/06-E ސަރކިއުލަރ (2024 ވަނަ ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމާ ގުޅޭ) ގައި ނަރސަރީއަށް ކުދިން ވެއްދުމުގައި ކަނޑައަޅާފައިވާ އުމުރުފުރާގެ ޝަރުޠުތައް އިސްތިޢުނާފްކުރާ ފަރާތުގެ ދަރިފުޅުގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީ ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށް؛ 4- ނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 22/CIR/2024/06-E ސަރކިއުލަރ (2024 ވަނަ ދިރާސީ އަހަރު ސްކޫލުތަކަށ ކުދިން ވެއްދުމާ ގުޅޭ) ގައި ހިމެނޭ އުޞޫލަކީ 30 ޖެނުއަރީ 2024 ގެ ކުރިން ސްކޫލް ނިޒާމުގެ ތެރޭގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާ ދަރިވަރުން ފިޔަވައި، އެހެން ދަރިވަރުންގެ މައްޗަށް ތަތުބީޤު ކުރެވޭނެ އުޞޫލެއް ނޫންކަމުގައި ކަނޑައަޅައި ދެއްވުމަށާއި؛ 5- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު SA/INDIV/2024/372-22 ސިޓީ އާއި E/INDIV/2024/926-22 ސިޓީގައި ×× 2024 ވަނަ އަހަރު ނަރސަރީއަށް ބަދަލުނުކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ ބާޠިލު ނިންމެވުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި އެ ނިންމުން މުރާޖަޢާނުކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު E/INDIV/2024/926-22 ސިޓީގައި ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމުގައި ކަނޑައަޅުއްވައިދެއްވައި އެ ނިންމުން ބާޠިލްކޮށްދެއްވުމަށް؛ 6- އިސްތިއުނާފކުރު ފަރާތުގެ ދަރިފުޅު އެންމެ ފަހުން އުނގެނުމުގެ ފެންވަރު ބެލުމުގެ މިންގަނޑުތަކާ އެއްގޮތަށް އެއް ގްރޭޑުން އަނެއް ގްރޭޑަށް އަހަރުން އަހަރަށް ޕްރޮމޯޓްވުމުގެ ފުރުސަތު ލިބެންޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް؛ 7- ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2343 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ތަފްޞީލީ ރިޕޯޓާއި، މައްސަލައިގެ ބޭއްވުނު ޝަރީޢަތުގެ 2 އަޑުއެހުމުގެ ރިކޯޑިންގ އަދި މަޙްޟަރު ބަޔާން ސިވިލް ކޯޓުން މިހާތަނަށްވެސް ލިބިފައިނުވާތީ، އެ ލިޔެކިޔުންތައް ލިބުމުން އިސްތިޢުނާފީ އިތުރު ނުކުތާތަކެއް ހުށަހަޅަންޖެހޭނަމ ނުވަތަ އިސްތިޢުނާފ ފޯމަށް އިސްލާޙެއް ގެންނަންޖެހޭނަމަ އެ ފަދައިން ބަދަލު ގެނައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް؛ " މިފަދައިންނެވެ.
72މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ނުކުތާތަކުގެ ޖަވާބުގައާއި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފު ނުކުތާތަކަށް ދައުލަތުން އިންކާރުކޮށްފައިވެއެވެ.
73ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ)އަށް ބަލާއިރު، އެ ޤާނޫނގު ދަށުން ރަސްމީ ތަޢުލީމަކީ، ޤައުމީ މަންހަޖަށް ކިޔަވައިދޭ ޕްރީސްކޫލް (އެލް.ކޭ.ޖ- ޔޫ.ކޭ.ޖީ) ތަޢުލީމާއި، ފަށާ ތަޢުލީމު (ގރޭޑު 1 އިން ފެށިގެން ގރޭޑު 6)އާއި، ޘާނަވީ ތަޢުލީމު (ގރޭޑު 7 އިން ފެށިގެން ގރޭޑު 10)ކަން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި ބުނެވިދިޔަ ތަޢުލީމުގެ ހަރުފަތްތަކަށް ވަކޢި މުރު ފުރާތކެއަ، ތަޢުލީމުގެ ޤާނޫނުގައި ކަނޑައަޅާފައިވާއިރު، ޕްރީސްކޫލު ތަޢުލީމަކީ ޢމުރުނު 4 (ހަތަރު) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ ކުދިންނަށްދޭ ތަޢުލީމުކަމަށް ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ)އަށް ބެލުމުން އެނގޭކަމަށެވެ. ބޭބީ ނަރސަރީ އަދި ނަރސަރީ (ދެ މަރުޙަލާ އެއްކޮށް ކިޔާނަމަ ޕުލް ސްކޫލް)ގެ ކިޔެވުމަކީ ބައެއް ސްކޫލްތަކުނ ކުދިންނަށް ފަހިކޮށްދީފައިވާ ފުރުޞަތެއްކަމަށެވެ.
74ތަޢުލީމުގެ ޤާނޫނު ތަންފީޒީ ކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅައި ތަންފީޒީ ކުރުމަކު އެ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީގެ ޒިއްމާއެއް ކަމުގައިވާއިރު، ކޮންމެ ދިރާސީ އއައަހަރަކ ގުޅިގެނާ ކުދިން ސްކޫލަށް ވެއްދުމާއި ކުދިން ޕްރޮމޯޓު ކުރުމާގުޅޭގޮތުން މިނިސްޓްރީގެ ފަރާތުން ސަރކިއުލަރތައް ނެރޭކަމަށެވެ. އެބީދައިން މިނިސްޓްރީގެ ފަރާތުން 2023 ވަނަ އަހަރު މިނިސްޓްރީގެ ނަންބަރު E/CIR/2023/08-22 ސަރކިއުލަރ، އަދި 2024 ވަނަ އަހަރު މިނިސްޓްރީގެ ނަންބަރު E/CIR/2024/06-22 ސަރކިއުލަރ އަދި 2025 އަހަރު މިނިސްޓްރީގެ ނަންބަރު -22 E/CIR/2024/31 "2025 އަހަރުގެ ދިރާސ އަހަރީ ސްކޫލަށް ކުދިން ވެއްދުމާ ގުޅޭ" ސަރކިއުލަރ ނެރެފައިވާކަމަށެވެ.
75މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓު ގައި އިސްތިއުނާފު ކުރެވުނުއިރު ވުޖޫދުގައިއޮތް އަދި އެއަށް ޢަމަލު ކުރެވެމުންދާ ސަރކިއުލަރއަކީ، ތަޢުލީމުގެ ޤާނޫނުގެ ދަށުން 2025 ވަނަ އަހަރު ކުދިން ސްކޫލަށް ވެއްދުމާ ގުޅޭގޮތުން ނެރެފައިވާ މިނިސްޓްރީގެ ނަންބަރު E/CIR/2024/31-22 "2025 އަހަރުގެ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާ ގުޅޭ" ސަރކިއުލަރކަމަށެވެ.
76މި މައްސަލައިގައިވާ ޙުޞޫމަތު ސިވިލް ކޯޓަށް ހުށަހެޅިއިރު، ކުއްޖާ ކިޔަވަމުންދިޔއަ ތަޢުލީމުގެ ޤާނޫނުގެ ދަށުން ތަޢުލީމު ލާޒިމުވާ ޕްރީސްކޫލުގެ ހަރުފަތް ފެށުމުގެކުރީގެ މަރުޙަލާއެއް ކަމުގައިވާ ބބޭ ނރސަރަ އަދި ނރސަރަ ގައިކަމަށެވެ. ބޭބީ ނަރސަރީއނި ނަރސަރީއިން ޕްރޮމޯޓު ވުމަށްފަހު ދެންކުދިން ޕްރޮމޯޓުވާނީ ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަސްމީ ތަޢުލީމުގެ ތެރެއިން ޕްރީސްކޫލް މަރުޙަލާއަށްކަމަށެވެ.
77ތަޢުލީމުގެ ޤާނޫނަށް ބަލާއިރު، ޕްރީސްކޫލަށް ދެވޭނީ 4 (ހަތަރެއް) އަހަރު ފުރިފައިވާ ކުދިންނަށްކަމަށް ބަޔާން ކޮށްފައިވުމުން، ޕްލޭ ސްކޫލަށް ވަންނަކުދިންނަށ އެއްވެސް ހުއްޓުމެއްނެތި، އެ ކުދިންގެ ތަޢުލީމު ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓްރީއިން ދަނީ ބޭބީ ނރސަރީ އަދި ނ ރސަރީއަށަ ވަންނަ ކުދިންގެ ޢމުރުފުރާވެސު ރެގިއުލޭޓް ކުރަމުންކަމަށ ދައުލަތުން ބުނެފައިވެއެވެ. އެގޮތުގެމަތިން ރެގިއުލޭޓުކުރާ މަޤުޞަދަކީ، ކުއްޖާ ޢުމުރުން ހަގުކޮށް ނަރސަރީއަށް ވެއްދުމުގެ ސަބަބުން ޕްރީސްކޫލްގެ ޢުމުރުފުރާ ކަމުގައި ޤާނޫނުގައި ބަޔާންކުރާ 4 (ހަތަރެއް) އަހަރު ފުރިހަމަނުވެ، އޭގެ ސަބަބުން ކުއްޖާ ޕްރީސްކޫލަށް ޕްރޮމޯޓް ނުކުރެވި، ރނަ ސަރީގައި ކުއްޖާ ރިޕީޓު ކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވިޔަ ނުދިނުންކަމަށެވެ.
78މިނިސްޓްރީގެ ފަރާތުން މިފަދަ އުޞޫލެއް ކަނޑައަޅާފައިއޮތް ނަމަވެސް، ބައެއް ބެލެނިވެރިންގެ އެދުމުގެ މަތިން، ޤާނޫނުގައި ބަޔާންކުރާ އިސްވެ ދެންނެވުނު ޢު މުރުފުރ ފުރިހަމަނުވާ ކުދިންވެސް، ސްކޫލްތަކުގެ ބޭބީ ނަރސަރީއަށާއި ނރސަރީއަށަ ވައްދަމުންދާކަމަށ ދައުލަތުން ބުނެފައިވެއެވެ. އެގޮތުން، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަކީވެސް "އަނޑަރއޭޖް އެންރޯލްމަންޓު ފޯމް"އެއް މެދުވެރިކޮށް ބޭބީ ނރސަރީއިން ނަރސަރީއަށް ޕްރޮމޯޓަ ކޮށްފައިވު ކުއްޖއްކަމަށެވެ.
79ބުނެވިދިޔަ "އަނޑަރއޭޖް އެންރޯލްމަންޓު ފޯމް"ގައި ސޮއިކުރުމަށްފަހު، ކަނޑައަޅާފައިވާ ޢުމުރަށްވުރެ ހަގުކޮށް ކުއްޖާ ސްކޫލަށް ވެއްދޭނީ ހަމައެކަނި ޕްލޭ ސްކޫލް އަދި ނަރސަރީއަށް ކަމަށާއި، އެލް.ކޭ.ޖީއަށް ވައްދާ ޢުމުރުކަމުގައިވާ 4 (ހަތަރެއް) އަހަރު ހަމަނުވާނަމަ، ކުއްޖާ ރިޕީޓު ކުރަންޖެހޭކަން ބަޔާންކޮށްފައި ވާނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ބޭބީ ނަރސަރީއިނ ނަރސަރީއަށް ޕްރޮމޯޓު ކޮށްފައިވަނީ އިސްވެ ބަޔާންކުރެވުނު ކަންކަން އެނގިހުރެ، އެ ފޯމުގައި ސޮއިކުރުމަށް ފަހުގައިކަމަށެވެ.
80އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ސްކޫލަށް ވެއްދިއިރުވެސް ގުރޭޑް ބަދަލުވުމުގައި ޢުމުރުފުރާއަށ ބަދަލެއް އައިސްދާނެކަމާއި، އަދި 2024 ގައި އިސްތިއުނާފުކުރާ ފަރާތުން ސޮއިކޮށްފައިވާ "އަނޑަރއޭޖް އެންރޯލްމަންޓު ފޯމް"އިން ކުއްޖާގެ ޢމުރުފުރު ހަމަނުވާނަމަ ރިޕީޓު ކުރަންޖެހޭކަމަކީ އެފަރާތަށް ދުރާލއަ އެނގޭކަމެއްކަމަށެވެ.
81މި ޙާލަތުގައި، ތަޢުލީމުގެ ހަރުފަތްތަކަށް ތަޢުލީމުގެ ޤާނޫނުގައި ވަކިޢުމުރުފުރާތަކެއް ކަނޑައެޅިފައިވާއިރު، ތަޢުލީމީ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތު ތަންފީޒުކުރުމަށް، ތަޢުލީމުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއިން މިނިސްޓްރީއަށް ބާރުލިބިދީފއަ ވާކަމަށެވެ. އަދި މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެދަށުން އެކުލަވާލާފައިވާ ސަރކިއުލަރތައް ތަޢުލީމުގެ ޤާނޫނަށް ރީޢާޔަތްނުކޮށް، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާގޮތަށް އެ ސަރކިއުލަރތައް މާނަކުރެވޭނެ ޤާނޫނީހަމައެއް ނެތްކަމަށް ދައުލަތުން
82ކޮވިޑް -19ގ ބަލިމަޑުކަމުގެ ސަބަބުން ދިރާސ އަހަރީ ފެށޭތާރީޚަށް އައިބަދަލާ ގުޅިގެން، ދިރާސީ އަހަރު އަލުން ޖަނަވަރީގައި ފެށުމަށްޓަކައ ކަނޑައެޅި ސިޔާސަތު ހާސިލުކުރުމަށްޓަކައި، 2023 އިން ފެށިގެން ކޮންމެ ދިރާސީ އަހަރެއް ފަށާތާރީޚު މިނިސްޓްރީއިންއައީ އަހަރުގެ ކުރީކޮޅަށް ޖައްސަމުންކަމަށެވެ. ހަމައެއާއެކު، ދިރާސ އަހަރީ ފަށާތާރީޚާ ގުޅިފައިވާ، ކުދިން ސްކޫލަށްވައްދާ ޢުމުރުފުރާ ފުރިހަމަވާ ތާރީޚުކަމަށް ބަލާ އެންމެފަހު ތާރީޚު ނުވަތަ ކަޓއްފްޑޭޓްވެސް މިނިސްޓްރީއިންއައީ އަހަރުގެ ކުރިއަށް ޖައްސަމުންކަމަށ ދައުލަތުން ބުނެފައިވެއެވެ. މިފަދައިން ދިރާސ އަހަރީ ބަދަލު ކޮށްފައިވުމާމެދު އިސްތިއުނާފުކުރާ ފަރާތުން ތަޢުނުކޮށްފައި ނުވާއިރު، އެ ބަދަލު ތަންފީޒު ކުރުމަށްއަޅާ ފިޔަވަޅުތައް ތަޢުނުކުރުމަކީ ޤާނޫނީގޮތުން ހަމަޖެހޭކަމެއް ނޫންންކަމަށް ދެކޭކަމަށެވެ.
83ދައުލަތުން ޢަމަލު ކޮށްފައވާގޮތުނި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ)އާއި، ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުއްޖާއަށް ކަށަވަރުކޮށްދީފައިވާ އެއްވެސް ތަފާތުކުރުމެއްނެތި ތަޢުލީމު އުނގެނުމުގެ ޙައްޤަށް އުނިކަން އައިސްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ އަޑުއެހުމުގައި މިނިސްޓްރީގެ ފަރާތުން 14 ނޮވެންބަރު 2024 ދުވަހު ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ފޮނުވާފައިވާ އީ-މެއިލެއްގައި، 2024 ވަނަ އަހަރު އެލް.ކޭ. ޖީ އަދި ޔޫ.ކޭ. ޖީ ފުރިހަމަކުރާ ހުރިހާ ދަރިވަރުން 2025 ވަނަ އަހރަ ގރޭޑު ބަދަލުކުރުމަށް އަންގާފައވުމުންކަނި ފާހަގަކޮށްފައި ވާނެކަމަށާއި، މިނިސްޓްރީގެ އެ އީ-މެއިލްގައި މިނިސްޓްރީން ބަޔާންކުރާ ޤާނޫނުގައިބުނ ޢުމުރުފުރާ ހަމަވޭތޯ ނުވަތަ ނޫންތޯ ބެލުމަށް އަންގާފައި ނުވާކަމުގެ މައްޗަށްކަމަށެވެ. އެއީ، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަށް ކުރިމަތިކުރުވާފައިވާ ޙާލަތާއި މުޅިންއިދިކޮޅަށް، މިނިސްޓްރީން ކަންކޮށްފައިވާ ޙާލަތެއްކަމަށް ޝަކުވާކޮށްފައި
84އިސްތިއުނާފުކުރާ ފަރާތުން ބުނެވިދިޔަ ޝަކުވާއާ ގުޅުވައި ޙަވާލާދީފައިވާ ލިޔުންތަކަކީ، ސިވިލް ކޯޓުގެ ހެކި ހާމަކުރުމުގެ މަރުޙަލާ 11 ޑިސެމްބަރ 2024 ދުވަހު ހަމަވުމަށްފަހު، ސިވިލް ކޯޓުގައި ޝަރީޢަތުގެ އަޑުއެހުން 23 ޖަނަވަރީ 2025 ދުވަހު އޮތްއިރު، 22 ޖަނަވަރީ 2025 ގެ 22:54 ގައި އީ-މެއިލްގެ ޒަރިއްޔާއިން ކޯޓަށް އަދި ދައުލަތަށް ފޮނުވާފައިވާ ލިޔުންތަކެއް ކަމުގައިވާތީ، އެ ލިޔުންތަކަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ގޮތެއކަނޑައެޅުމަށް ރިޢާޔަތްކުރެވޭނެ ލިޔުންތަކެއް ނޫންކަމަށް ދައުލަތުން ބުނެފައިވެއެވެ.
85ދިވެހިރާއްޖޭގެ ހައިކޯޓުގެ މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އަދި އިތުރު 4 ފަރާތެއް -2019/HC )A/25) ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުން މައްސަލައެއްގެ ވާޤިޢާތައް ޤާއިމު ކުރުމުގެގޮތުން ހެކި ހުށަހެޅުމަށް އެދިފައިވަނީ އެ މައްސަލައިގެ ޚުލާޞާ ބަޔާނާއެކުގައި ކަމުގައިވާތީ، އެކަންކަމަށް ރިޢާޔަތް ކޮށްފައިނުވަނީ ރަނގަޅަށްކަމަށާއި، ޚުލާޞާ ބަޔާނަކީ އަލަށްހެކި ހުށަހެޅުމަށްއޮންނަ ފުރުޞަތެއް ނޫންކަމަށާއި، އެހެންނަމަވެސް، ކުރިން ޝަރީޢަތުގައި ބަލާފައިވާ ހެކިތަކުގެ މައްޗަށާއި އަޑުއެހުންތަކުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށްބަލައި އެކަންކަމުގެ މައްޗަށް ޚުލާޞާކޮށް ބަސްބުނުމަށް އޮންނަ ފުރުޞަތެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ. އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ މައިގަނޑު ބަހުސް (ޚުލާޞާ ބަޔާން) 26 ޑިސެމްބަރ 2024 ދުވަހު ބަދަލުކޮށްފައިވާއިރު، އެ މަރުޙަލާގައިވެސް އެ ހެއްކާ ގުޅޭގޮތުން އެއްވެސްކަމެއް ބަޔާންކޮށްފައި ނުވުމުން، އެ ހެކިތަކަށް ރީޢާޔަތ ކުރެވޭނެކަމަށް ނުދެކޭކަމަށެވެ.
86ބުނެވިދިޔަ ހެކި ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ޙާލަތުގައި، ދައުލަތުން ރިޢާޔަތް ކޮށްދިނުމަށްއެދޭ ކަންކަން ތަފުޞީލުކޮށްފައިވެއެވެ. އެގޮތުން، މައްސަލައިގައި ކަންހިނގާފައިވާގޮތަށް ޙަވާލާދީ، މިނިސްޓްރއިނީ ޢަމަލުކޮށްފައިވަނީ ޤާނޫނާއެއްގޮތަށް ކަމަށްވާއިރު، އެ އީ-މެއިލްއިންވެސް އެއްވެސް ކުއްޖަކު ޢުމުރު ހަމަނުވަނސި ޕްރޮމޯޓ ނުކުރާކަން އެނގޭއިރު، މިއީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާގޮތަށް ޤާނޫނުއަސާސީގެ 36 ވަނަ މާއްދގާ (ހ)އާއި، ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ
(ހ) ގެ ދަށުން އެފަރާތުގެ ދަރިފުޅަށް ކަށަވަރުކޮށްދީފައިވާ އެއްވެސް ތަފާތުކުރުމެއްނެތި ތަޢުލީމު އުނގެނުމުގެ ޙައްޤަށް އުނިކަންއަންނަ ކަމެއްނޫންކމަށަ ދައުލަތުން ދެކޭކެކަމަށް ބުނެފައިވެއެވެ.
87އިސްތިއުނާފު ފޯމުގެ 3.1.8 ވަނަ ނުކުތާގައި ހުށަހަޅާފައިވނަ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ ބަހުސްކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯސޓަލައިން މައްސަލއަށަ ޙަވާލާދީ، ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގައި ފުރހަމަވާންޖެހިނީ 2 (ދޭއް) ޝަރުޠުކަމަށެވެ. ފުރަތަމަކަމަކީ، ޢަމަލުކުރަންޖެހޭ ސާފު ޞަރީޙަ އިޖުރާތެއް ޤާނޫނުގައި ބަޔާންވެފައި އޮތންކަމަށެވެ. ދެވަނަކަމަކީ، ޤާނޫނުގައިވާ އިޖުރާއަތު ފުރިހަމަކޮށްފައިވުނ ނުވަތް ޤާނޫނަ ދައްކާފައިވާމަގުން ހިނގާފައިވުން ކަމަށެވެ. އަދި، އެ އުޞޫލުގެ އެންމެއަސާސީ އެއްކަމަކީ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޤާނޫނު ހިންގުމުގައި ކޮންމެ މީހަކުވެސް ހަމަހަމަ ވެގެންވުމުގެ އުޞޫލާ އެއްގޮތަށް، އެންމެންގެ މައްޗަށް އެ ޤާނޫނު އެއްގޮތަކަށް ތަންފީޒުވެގެނ ދިޔުމަށް އުންމީދުކުރުންކަމށެވެ.
88ދައުލަތުން ދަށު ކޯޓާއި އަދި އިސްތިއުނާފުގެ ޖަވާބު ފޯމުގައި ފާހަގަކޮށްފައިވާ ފަދައިން، ބޭބީ ރނަ ސަރީއާއި ރނަ ސަރީއަކ ރަސްމީ ތަޢުލީމު ނޫންކަމަށެވެ. އަދި އެ ދެ މަރުޙަލާ ފުރިހަމަ ކޮށްފައިވުމަކީ ކުއްޖަކު ރަސްމީ ތަޢުލީމަށް ވެއްދުމުގެ ޝަރުޠއްވެސެ ނޫންކަމަށެވެ. ޤާނޫނުގައި ޕްރީސްކޫލަށް ވަދެވޭނީ 4 (ހަތަރެއް) އަހަރު ފުރުމުންކަމަށް އެ ޤާނޫނުގެ ޞަރީޙަ ނައްސުން އެނގެން އޮންނައިރު، ކުއްޖާ ނުރަސްމީ ތަޢުލީމު ފުރިހަމަކުރުމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ޢުމުރު ހަމަނުވަނީސް ރަސްމީ ތަޢުލީމަށް ވަދެވޭނެކަމަށް ހީކުރުމަކީ އެކަމަށް ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއެއް އުފަންވާނެކަމެއް ނޫންކަމަށް
89ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ)ގައި ޕްރީސްކޫލުގެ ޢމުރުފުރާއަކު 4 (ހަތަރު) އަހަރުކަމަށް ބަޔާންކޮށްފައިވާއިރު، އަދި ތަޢުލީމުގެ ސިޔާސަތު ތަންފީޒީ ކުރުމަށް ނެރެފައިވާ ސަރކިއުލަރ ތަކުގައިވެސު އެ ޢުމުރުފުރާ ބަޔާންކޮށް، ޢުމުރު ހަމަވާނެކަމަށް ބަލާނެ ތާރީޚުތައް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާޢަތާ ޚިލާފަށް ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއެއް އުފަން ނުވާނެކަމަށެވެ.
90ސްކޫލްތަކަށް ކުދިންވެއްދުމާ ގުޅޭގޮތުން މިނިސްޓްރީން ޢއާމުކުރާ ސަރކިއުލަރތަކަކީ، ކުރިއަށްއޮންނަ އައުދިރާސީ އަހަރަށް އަމާޒުކޮށްގެންނެރޭ، އަދި ކޮންމެއަހަރަކު ބަދަލުވާ ސަރކިއުލަރތަކެއް ކަމަށެވެ. ދިރާސީ އައުއަހަރާއެއްކޮށް ބަދަލުވަމުންދާ ސަރކިއުލަރއަކަށް އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވުމަކީ، ކުއްޖާ ޤާނޫނާ ޚިލާފަށް ޕްރޮމޯޓު ކޮށްދިނުމުގެ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއެއް އުފަންކުރުވާ ޙާލަތެއް ނޫންކަމަށް ދައުލަތުން ދެކޭކެމަށެވެ.
91މިނިސްޓްރީ ން 14 ނޮވެންބަރު 2024 ދުވަހު ދިވެހިރާއްޖޭގެ ސްކޫލުތަކަށް ފޮނުވާފައިވާ އީ-މެއިލްގައި، އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރުން، 2025 ވަނަ އަހަރު ޕްރޮމޯޓު ކުރުމަށް އަންގާފައިވާތީ، އެ އެންގުމުގެދަށުން އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަށް، އެހެން ކުދިންނަކޭ އެއްފަދައިން އެ ބެނެފިޓް ލިބެންވާނެކަމަށް ބަޔާން ކޮށްފައިވާއިރު، މިނިސްޓްރީގެ އީ-މެއިލް ނިސްބަތްވަނީ ރަސްމީ ތަޢުލީމުގެ ތެރޭގައިތިބި ދަރިވަރުންނަށް ކަމުގައިވާތީ، އެ އީ-މެއިލްއަކީ، ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއެއް އޮތްކަމަށް ކަނޑައެޅުމަށް، އިސްތިއުނާފުކުރާ ފަރާތަށް ބަރޯސާވެވޭނެ އީ -މެއިލްއެއް ނޫންކަމަށެވެ.
92އެހެންކަމުން، ސިވިލް ކޯޓު ން ނިންމަވާފައިވަނީ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އުޞޫލާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ)އާއި ތަޢުލީމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް ނޫންކމަށަ ދައުލަތުން ދެކޭކަމަށެވެ.
93ތަޢުލީމުގެ ޤާނޫނުގައި ތަޢުލީމުގެ އެކިހަރުފަތްތަކަށް ޢމުރުފުރާތު އ ކަނޑައަޅާފައިވާއިރު، އެ ޢުމުރުފުރާތައް ކަނޑައަޅާފައިވަނީ އެއްހަމައަކުން ހުރިހާކުދިންގެ މަޞްލަޙަތު ޙމާޔަތްކުރެވޭނި ފަދައަކުން ކުދިންގެ ތަޢުލީމުގެ ޙައްޤު ޙިމާޔަތް ކުރުމަށިކަމަށެވެ. ޕްރީސްކޫލުނ ފެށިގެން ގައިދުކުރެވިފައިވާ ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރޭގައި ކަނޑައަޅާފައިވާ ވަކި ކަރިކިއުލަމ ނުވަތް މަންޙަޖު ތައްޔާރުކޮށްފައިވަނީ، އެ ކުދިންގެ ޢުމުރުފުރާއާ ގުޅޭގޮތަށްކަމަށެވެ. އެހެނީ، ކުޑަކުދިންގެ ކޮގްނިޓިވް ފަންކްޝަންތަކަށް އެއްއަހަރުން އަނެއްއަހަރަށް އަދި އެއްމަހުން އަނެއްމަހަށްވެސް ބޮޑެތިބަދަލުތައް އަންނައިރު، ޤާނޫނުގައި ވަކިޢމުރު ފުރާތަކެއް ކަނޑައަޅާފައިވަނީ، އެ އެންމެހއަ ކަންކަމަށް ރިޢާޔަތް ކޮށްކަމަށ ދައުލަތުން ބުނެފައިވެއެވެ.
94ތަޢުލީމުގެ ޤާނޫނުގައި ތަޢުލީމުގެ ހަރުފަތްތަކަށް ޢުމުރުފުރާ ކަނޑައަޅާފައިވާއިރު، ކުއްޖަކާ ގުޅިގެން ތައްޔާރުކުރެވޭ އެސެސްމަންޓަކަށް ބުރަދަންދީ، އެއީ ޚއްޞާ ޙާލަތެއްކަމަށްބަލައި އެއަށްބިނާކޮށް ކުއްޖާ ޕްރޮމޯޓު ކުރުމަކީ ތަޢުލީމުގެ ޤާނޫނު ދަންނަކަމެއް ނޫންކަމަށެވެ. އެހެނީ ޤާނޫނުގައި ޢމުރުފުރު ކަނޑައަޅާފައިވާއިރު، އެ ޢމުރުފުރު circumvent ކުރުމަށްފަހު އެސެސްމަންޓެއްގައި ބަޔާންކުރާ އެއްޗަކަށް ބުރަދަންދނަމޭ، ކުއްޖާ 2 (ދޭއް) އަހަރުގައިވެސް އެލް.ކޭ.ޖީއަށް ޕްރޮމޯޓް ކުރެވިދާނކަމަށެވެ. ނަމަވެސް އެފަދައިން ޢަމަލުކުރުން ވެގެންދާނީ، ތަޢުލީމުގެ ޤާނޫނއާ އެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސިޔާސަތުތަކާ ޚިލާފަށްކުރެވޭ ކަމެއްކަމަށް ދައުލަތުން ދެކޭކަމަށެވެ.
952023 ވަނަ އަހަރުން ފެށިގެން ތަޢުލީމުގެ ސިޔާސަތަށް ގެނައިބަދަލު ތަންފީޒީ ކުރުމުގެގޮތުން ކޮންމެ އަހަރެއްގެ ދިރާސ އަހަރީ ފެށޭތާރީޚު، އަހަރުގެ ކުރިއަށް މިނިސްޓްރީގެ ފަރާތުން ބަދަލުކުރަމުން އައިސްފައިވާކަމަށެވެ. އޭގެބޭނުމަކީ ދިރާސ އަހަރީ ފެށޭތާރީޚު އަހަރުގެ ކުރީކޮޅަށް، ޖަނަވަރީއަށް ބަދަލު ކުރުންކަމަށެވެ. އެގޮތުގެމަތިން ދިރާސީ އަހަރުފަށާ ތާރީޚާއި ތަޢުލީމުގެ އެކިމަރުޙަލާތަކަށ ކުދިން ވެއްދުމުގެ ޢުމުރުފުރާ ހަމަވާންޖެހޭ ތާރީޚުތައް ބަދަލުވަމުން އައިސްފައިވާކަމަށެވެ.
96ދިރާސީ އަހަރަށް ބަދަލު ގެނައުމަކީ މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށާއި، ދިރާސީ އަހަރަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ޢުމުރު ހަމަނުވުމުގެ ސަބަބުން، ރަސްމީ ތަޢުލީމުގެ ނިޒާމުގެ ކޮންމެވެސް އެއްމަރުޙަލާއެއްގައި ރިޕީޓު ކުރަންޖެހޭކަމަށް ސިވިލް ކޯޓުގެ ނިންމެވުމުގައި ބަޔާންކޮށްފައި ވާކަމަށެވެ.
97ކޮންމެ ދިރާސީ އައުއަހަރަކ ގުޅިގެނާ ބުނެވިދިޔަ ގޮތުގެމަތިން ސަރކިއުލަރތައް ނެރެމުންދާއިރު، އިސްތިއުނާފުކުރާ ފަރާތުން އެކަން ތަޢުނުކޮށްފައި ނުވާއިރު، އެފަދަ ބަދަލުތައް ތަންފީޒު ކުރުމުގެގޮތުން އަޅާފިޔަވަޅުތައް ތަޢުނުކުރުމަކީ ޤާނޫނީގޮތުން ހަމަޖެހޭކަމެއްކަމަށ ދައުލަތުން ނުދެކޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާގޮތަށ ސަރކިއުލަރއަށް ޢަމަލުކުރުމަކީ ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ކުރުންކަމަށް ބަލާނަމަ، ދިރާސީ އަހަރު ފެށޭ ތާރީޚުފަދަ ތަޢުލީމުގެ ނިޒާމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް މިނިސްޓްރީއަށް ތަޢުލީމުގެ ޤނޫނުގާ 12 ވަނަ މާއްދާ އަދި 13 ވަނަ މާއްދާއިން ލިބިދީފައިވބާރު ބޭނުނާ ނުކުރެވޭނެކަމަށެވެ.
98މީގެއިތުރުން، ޕްލޭ ސްކޫލްގެ މަރުޙަލާއަކީ ރަސްމީ ތަޢުލީމުގެ މަރުޙަލާއެއް ނޫންކަމަށެވެ. ނުރަސްމީ ތަޢުލީމުގެ މަރުޙަލާގައިހުރި ކުއްޖެއްގެ މައްޗަށް ތަޠުބީޤުކޮށްފައިވާ ސަރކިއުލަރ-1-ގެ އުޞޫލުގެ ސަބަބުން، އެ ތާރީޚުގެ ފަހަށްއައިސްފައިވާ އުޞޫލުތައް އެއްފަރާތް ކުރުމަށްފަހު، އަދި ތަޢުލީމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޢމުރުފުރާއަށް ރިޢާޔަތު ކުރުމެއްނެތި، އެ ކުއްޖކަ ރަސްމީ ތަޢުލީމަށް ޕްރޮމޯޓް ވާނެކަމަށް ބުނުމަކީ ޤާނޫނީގޮތުން ހަމަޖެހޭކަމެއް ނޫންކަމަށެވެ.
99އެހެންކަމުން، ސިވިލް ކޯޓުގެ ނިންމެވުމަކީ ޤާނޫނު މާޟީއަށް ނުހިންގުމުގެ އުޞޫލާ ޚިލާފަށް އަދި ތަޢުލީމުގެ ޤާނނުގޫ 9 ވަނަ މާއްދާގެ (ހ)އާއި، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ނޫންކަމަށް ދައުލަތުން ދެކޭކަމަށެވެ.
100މި މައްސަލައިގައި ކަންހިނގާފައި ވާގޮތަށްބަލާއިރު، ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ 28 އޮގަސްޓު 2024 ދުވަހު ކަމަށްވާއިރު، އިސްތިއުނާފުކުރާ ފަރާތުން underage enrollment form ގައި ސޮއިކޮށްފައިވަނީ 21 މެއި 2024 ދުވަހުކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރުވެސް އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ނަރސަރީއަށް ޕްރޮމޯޓު ކޮށްފައިވާއިރު، ސިވިލް ކޯޓުގެ ދަޢުވާ ފޯމުގައި އެ ވާޤީޢާ ހާމަކޮށްފައި ނުވާކަމަށެވެ.
101އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި އެދުނު ފަރުވާއަކީ "ދަޢުވާކުރާ ފަރާތުގެ ދަރިފުޅު ހިނގަމުންދާ 2024 އަހަރުގެ ދިރާސީ އަހަރު ޕްލޭ ސްކޫލް ލެވެލްއިން ނަރސަރީގައި ކިޔެވުމުގެ ފުރުޞަތު ލިބެންޖެހޭކަމަށް، އަދި އޭގެފަހުން އުނގެނުމުގެ ފެންވަރުބެލުމުގެ މިންގަނޑުތަކާ އެއްގޮތަށް އެއްގރޭޑުނު އަނެއް ގރޭޑަށު އަހަރުން އަހަރަށް ޕްރޮމޯޓުވުމުގެ ފުރުޞަތު ލިބެންޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުނ" ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން form enrollment underage ގައި ސޮއިކޮށްފައިވަނީ އެހެންގޮތެއް ނެތިގެންކަމަށް ބުނެފައިވާއިރު، އެ ފޯމަކީ އިސްތިއުނާފުކުރާ ފަރާތަށް ޚާއްޞަފޯމެއް ނޫންކަމަށެވެ. އަދި އެ ފޯމުގެ ބޭނުމަކީ ނުރަސްމީ ތަޢުލީމުގެ މަރުޙަލާ ތަކުގައިތިބި ޢުމުރުފުރާ ހަމަނުވާކުދިން އެއްމަރުޙަލާއިން އަނެއް މަރުޙަލާއަށް ބަދަލު ކުރުންކަމަށެވެ. އެއީ ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ
(މ)ގައިވނަ ރަސްމީ ތަޢުލީމުގެ މަރުޙަލާއެއްކަމަށް ނުވުމުން، އެ ފޯމުގައިވާގޮތަށް ޕްރޮމޯޓު ކުރެވޭނެކަމަށް
102އިސްތިއުނާފުކުރާ ފަރާތުގެ ތިންވަނަ ނުކުތާގައި ޙަވާލާދީފައިވާ ސިވިލް ކޯޓުގެ ނިންމެވުން ނިންމަވާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (1)އާއި، ހެކި ވަޒަންކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖާބިރު ޢަބްދުއްރަޙްމާން މައްސަލއަ ގައި ކަނޑައަޅުއްވާފައިވާ އޞު ލ ޚިލާފަށްކަމަށް ދައުލަތުން ނުދެކޭކަމަށެވެ.
103ސިވިލް ކޯޓުން ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވަނީ، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ)އާ ޚިލާފަށް، އަދި މނަކުރުމުގާ ހަމަތަކުގެ ޤާނޫނގު 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ދައުލަތުން ނުދެކޭކަމަށެވެ.
104ޤާނޫނުއަސާސީގައި ބަޔާކޮށްފައިވާ ކުޑަކުދިންގެ ޙައްޤުތައް ތަފުޞީލު ކޮށްފައިވަނީ، ކުޑަކުދިންގެ ޤާނޫނުގއަ ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުނގެނުމުގެ ޙައްޤުގެ ވާހަކަ ކުޑަކުދިންގެ ޙައްޤތަކުގު ޤާނޫނުގައި ބަޔާން ކޮށްފައިވީނަމަވެސް، ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަޢުލީމުގެ ޙައްޤު ލިބިދެވޭގޮތު، ތަފޞު ލ ކޮށްދީފައިވަނީ ތަޢުލީމުގެ ޤާނޫނގައު ކަމަށެވެ.
105ކުޑަކުދިންގެ ޤާނޫނގު 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ވާހަކައަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްއޮތް ޢާއްމު މާއްދާއެއްކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، އެ މާއްދާގައި ބަޔާންކުރާ ވަކިވަކި ކުދިންނާގުޅޭ ކަންކަން ނިންމުމުގައި ކޮންމެ ކުއްޖެއްގެ ވަކިމޞްލަޙަ ތަށ ރިޢާޔަތް ކުރަންވާނެކަމަށް އޮތްއޮތުމާއި، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ)އާ ޚިލާފަށްނޫންކަމަށް
106ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ޙާލަތަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެފައިވާއިރު، ކުޑަކުދިންގެ ޤާނނާއޫ އެ ޤާނޫނުގެ މާއްދާތައްވެސް ކިޔަންވާނީ، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހައްޤުތަކުގެ ތެރެއިންކަމަށާއި، ވަކިޙައްޤަކަށ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާނަމަ، އެ ޤާނޫނަކާވެސް ޚިލާފުނުވާގޮތަށް، އެ ޤާނޫނަކާވެސް އެކުއެކީގައިކަން ދައުލަތުން
107ކުޑަކުދިންގެ ޤާނޫނުގެ ގެ 3 ވަނަ މާއްދާގެ (ހ)ގައި، އެ ޤާނޫނު މާނަކުރަންވާނީ، ޤާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލުތަކ އެއްގޮތްވާ ގޮތުގެމަތިން، އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންކަމށް ބުނެފައިވާކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން މާނަކުރުމުގައާއި ތަޠުބީޤުކުރުމުގައި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްތަކާއި، އެނޫންވެސް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައ ބަޔާންކުރި އޞު ލުތަކާއި، އިންސާނީ ޝަރަފާއ ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އޞު ލުތައް ނަގަހައްޓަންވާނޫކަމަށެވެ.
108މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މަޤްޞަދަށް ބެލުމުގެ އ ޞުލަކީ، ކަނޑައެޅިގެން ވަކި ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލުމުގެ ބަދަލުގައި، އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤްޞަދަށް ބަލައި، އ މަޤުޞަދު ދެނެގަތުމަށްފަހު، އެ މަޤުޞަދާ އެއްގޮތްވާގޮތުގެމަތިން، އަދި އެ މަޤްޞަދު ދިރުވައި އާލާކުރެވޭނު ގޮތުގެމަތިން، އެ ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް މާނަކުރުން ކަމުގައެވެ.
109ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކުއިޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން -(2021/SC A/79) (މީގެފަހުން "މުޙައްމަދު އަމީން މައްސަލަ"ކަމަށްބުނެފައިވާ) ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި، ޚާއޞް ޤާނޫނަކާއި ޢާއްމު ޤާނޫނެއް އެއްތަންވެ އޮންނަ ޙާލަތުގައި އަދި ޚާއޞް ޤާނޫނުގައި އޮންނަ އިޖުރާއަތަކީ އުނދަގޫ އިޖުރއާތެއ ނަމަވެސް ޢަމަލުކުރަންޖެހޭނީ ޚާއޞް ޤާނޫނަށްކަމަށް ބަޔާންކޮށްފައި
110ތަޢުލީމުގެ ޤާނޫނަކީ ކުޑަކުދިންގެ ޤާނޫނުގެ ފަހުން ތޞަދީޤުކޮށ ޢަމަލުކުރަން ފަށާފައިވާ ޚާއޞް ޤާނޫނއްކަމަށެވެ. ތަޢުލީމުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި އެ ޤާނޫނުގެ މަޤުޞަދު ބަޔާން ކޮށްފައިވާއިރު، އެމާއްދާގެ (ހ)ގައި ޤާނޫނުއަސާސީއަށާއި، އިސްލާމް ދީނަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެނޫންވެސް ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކޮށް، އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުން އެ ޤާނޫނުގެ މަޤުޞަދުގެ ތެރޭގައި ހިމެނިފައިވާކމަށ ދައުލަތުން ބުނެފައިވެއެވެ.
111ތަޢުލީމުގެ ޤާނޫނުގައި ތަޢުލީމުގެ އެކި ހަރުފަތްތަކަށް ޢމުރުފުރާތަށް ކަނޑައަޅާފައިވާއިރު، އ ޢމުރުފުރާތައު ކަނޑައަޅާފައިވަނީ އެއްހަމައަކުން ހުރިހާ ކުދިންގެ މަޞްލަޙަތު ޙމާޔަތްކުރެވޭނި ފަދައަކުން ކުދިންގެ ތަޢުލީމުގެ ޙައްޤު ޙިމާޔަތް ކުރުމަށެވެ.
112ޕްރީސްކޫލުން ފެށިގެން ޤައިދުކުރެވިފައިވާ ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރޭގައި ކަނޑައަޅާފައިވާ ވަކި ކަރިކިއުލަމ ނުވަތް މަންޙަޖު ތައްޔާރުކޮށްފައިވަނީ، އެކިޢުމުރުފުރާގައި ކުއްޖާގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތަކަށް ރިޢާޔަތް ކޮށްގެންކަމަށެވެ. ޤާނޫނުގައި ވަކޢިމުރު ފުރާތަކެއް ކަނޑައަޅާފައިވަނީ އެ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ކަމުގައިވާއިރު، އެސެސްމަންޓް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކުއްޖާ ޕްރޮމޯޓް ކުރުމަކީ ތަޢުލީމުގެ ޤާނޫނު ދަންނަ އިޖުރާޢަތެއް ނޫންކަމަށެވެ.
113ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސ އެސެސްމަންޓް ހެދުމުގެ ފުރުޞަތު އޮތްއިރު، އެސެސްމަންޓަކީ ޚއާ ޞް ޙާލަތެއްކަމަށް ބަލައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ޢުމުރުފުރާ އެއްފަރާތްކޮށް ކުދިން ޕްރޮމޯޓް ކުރާނަމަ، އޭގެ ނަތީޖާއަކަށްވާނީ ކުދިންނަށް ތަޢުލީމު އެންމެމުހއިމުވާ ދަނޑިވަޅު ކަމުގައިވާ ޕްރީސްކޫލްފަދަ ފޯރމެޓިވް އަހަރުތަކުގައި، އެކުދިން ތަފާތުއެކި ޢު މުރުފުރައިގެ ކުދިންނާއެކު ކިޔަވަން ޖހުންކަމަށެވެ.
114އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅާ ގުޅިގެން ތައްޔާރުކުރެވުނު އެސެސްމަންޓަށް ރިޢާޔަތްކޮށް އެ ކުއްޖާ ޕްރޮމޯޓ ކުރުމަށް އެދޭއިރު، ތަޢުލީމުގެ ޤާނޫނުގެ ދަށނު އުފައްދާފައިވާ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ޤއިދަ ކުރެވިފައިވާކަމެއް، އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް circumvent ކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކމަށ ދައުލަތުން ދެކޭކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެސެސްމަންޓު ރިޕޯޓަށް ރިޢާޔަތްކުރެވޭނެ ޙާލަތެއްއޮވެމެ، އެ ރިޕޯޓަށް ރިޢާޔަތް ކުރާއިރު، އެ ރިޕޯޓުގެ އެއްވެސް ތަނެއްގައި ކުއްޖާ ޕްރޮމޯޓު ކުރަންޖެހޭކަމަށް ބަޔާން ކޮށްފައިނުވާކަމަށެވެ. އެއާޚިލާފަށް، އެ ރިޕޯޓުގައިވަނީ ކުއްޖާއަށް އެޑްވާންސްޑް ލަރނިންގ މެޓީރިއަލް ފޯރުކޮށްދީ ކުއްޖާ early education program އަކަށް ވެއްދުމަށް ރިކޮމެންޑުކުރާ ވާހަކކަމަށެވެ. މިއީ، އެއްވެސް ޙާލަތެއްގައި ތަޢުލީމުގެ ޤާނޫނުގެ ދަށުން އެއްގރޭޑުނު އަނެއް ގރޭޑަށު ޢުމުރު ހަމަވުމުގެކުރިނު، ކުއްޖާ ބަދަލު ކުރެވޭނެކަމަށް ނުވަތަ ބަދަލުކުރުމަށް ދީފައިވާ ރެކޮމެންޑޭޝަނެއް ނޫންކަމަށް ދައުލަތުން ދެކޭކަމަށެވެ.
115މި މައްސަލައިގެ ދަށުކޯޓުގެ ނިންމުމަށް ބެލުމުން، މިނިސްޓްރީއާއި އިސްތިއުނާފުކުރާ ފަރާތާ ދެމެދު ދެކެވުނު ވާހަކަތަކަށާއި، ދެފަރާތުގެ ދެމެދުގައި ކުރެވުނު މުޢާމަލާތްތަކަށް ރީޢާޔަތް ކޮށްފައިވާކަން އެނގޭކަމަށް
116މިނިސްޓްރީގެ ފަރާތުން، ކުއްޖާ ރނަ ސަރީއަށް ޕްރޮމޯޓު ކޮށްދޭނކަމަށ ފޯނުން ގުޅުމުން ބުނެފައިވާކަމަށާއި، އެކަމަށް އެއްވެސް ވަރަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާއިރު، އިސްތިއުނާފުކުރާ ފަރާތުން އެހެން ބުނާބުނުން ފިޔަވައި، އެކަން ސާބިތުކޮށްދޭނެ އެއްވެސް ލިޔުމެއް އެފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާކަމަށެވެ. ކުއްޖާއާ އެއްޙަލާތެއްގައިތިބި އެހެންކުދިން ޕްރޮމޯޓު ކޮށްދީފައިވާކަން ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހެކި ހުށަހެޅިކަމަށް ބަޔާން ކޮށްފައިވީނަމަވެސް، އިސްތިއުނާފުގެ ޖަވާބުގެ 4.1.17 ވަނަ ނުކުތާގައިވާ ކަންކަން ތަކުރާރު ކުރާކަމަށެވެ. އެގޮތުން، އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ އިޖުރާޢަތުގެ ބޭރުން ހުށަހަޅާފައިވާ ލިޔުމަކަށް ސިވިލް ކޯޓުން ގޮތްނިންމވަފައި ނުވާކަމަށް ބުނުމަކީ، ޤާނޫނީ ބުރަދަނެއްހުރި ވާހަކައެއް ނޫންކަމަށް ދައުލަތުން
117އެހެންކަމުން، ސިވިލް ކޯޓުގެ ނިންމުން ކިޔުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބުރަދަން ދެއްވާފައިވާކަމަށް ދައުލަތުންދެކޭތީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ)ގެ (1)އާއި، ހެކި ވަޒަން ކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރމީ ކޯޓުގެ ޖާބިރު ޢަބްދުއްރަޙްމާން މައްސަލއިގައަ ކަނޑައަޅާފައިވި އޞު ލާ ޚިލާފޫ ށ މައްސަލް ނިންމަވާފައިވާކަމަށް ދައުލަތުން ނުދެކޭކަމަށެވެ. އަދި ދަށުކޯޓުގެ ނިންމުން ކިޔާލުމުން، ފަނޑިޔާރު އެ ނިންމުމަށް ވާސިލުވި ސަބަބުތައް އެނގެން އޮތުމުން، ސިވިލް ކޯޓުގެ އެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ނިންމެވުމެއްކަމަށް، އަދި އެ ނިންމެވުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފު ނިންމުމެއް ބެލެވޭނެކަމަށް ދައުލަތުން ނުދެކޭކަމަށެވެ.
118މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.118. މި ރާއްޖޭގައި މިހާރުއޮތް ނިޒާމުގެތެރޭގައި، ކުއްޖާއަކީ ކިތަންމެ ތޫނުފިލި ކުއްޖެއްކަމަށް ވީނަމަވެސް، ޢުމުރުފުރާ ހަމަނުވާނަމަ، ޑަބަލް ޕްރޮމޯޝަނެއް ކުރީޒަމާނުގައި ދެމުންއައިގޮތަށް މިހާރު ނުދޭނެތޯ ޝަރީޢަތުން ސުވާލުކުރުމުން، އެހެންކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
2.118. މަދަރުސާއަށް މިހާރު ވައްދާފައިވާ ކުއްޖަކު، ނަރސަރީކަމުގައި ވީނަމަވެސް، އެ ކުއްޖަކު އެލް.ކޭ.ޖީއަށ ދިޔުން ބިނާވަނީ ހަމައެކަނި ޢުމުރަށްތޯ ސުވާލުކުރުމުން، ނަރސަރީއިން އެލް.ކޭ.ޖީ.އަށް ދިޔުމަށް ބޭނުންވާނ ޢުމުރު އެކަނިކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
3.118. ސަރކިއުލަރގައި ނަރސަރީގެ ވާހަކަ އޮންނަނީ ކީއްވެގެންތޯ ޝަރީޢަތުން ސުވާލުކުރުމުން، އެއީ ގައިޑަންސްއެއްގ ގޮތުގައެ ދީފައިވާ އިރުޝާދެއްކަމަށް މިނިސްޓްރީގެ ފަރާތުން ޖަވާބު
4.118. މައްސަލަޖެހިގެން މިއުޅޭ ސަރކިއުލަރގެ އެންމެފަހު ޕެރެގްރާފު ގައި، މިނިސްޓްރީން ޢާއްމު އުޞޫލުން ޢަމަލުކުރާ ގޮތުގެމަތިން، އެއްވެސް ދަރިވަރަކުހުރި ގރޭޑެއްގައި ރިޕީޓު ނުކުރާނެކަމަށް އޮންނަ ނުކުތާގައި އެބުނަނީ ކީކޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ޕޮއިންޓުގައިވަނީ ރަސްމީ މަދަރުސީ ނިޒާމުގެ ތެރޭގައިހުރި ދަރިވަރަކު، ނިޒާމުގެ ތެރޭގައި ޢުމުރާ އެއްގޮތަށް ކުރިއަށް ދާނެކަމަށާއި، އެލް.ކޭ.ޖީއަށް ވައްދާފައިވަނީ ކަޓްއޯފް ޑޭޓްގައި ކަމަށްވާނަމަ، ނިޒާމުގެ ތެރޭގައި ކުއްޖާ ރިޕީޓު ނުކުރާނެކަމަށް މިނިސްޓްރީން ޖަވާބު ދެއްވާފައިވެއެވެ. އަދި ދަރިވަރުހުރީ ނިޒާމުގެ ތެރޭގައި ނޫންތޯ ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، ނަރސަރީ އަދި ބޭބީ ނަރސަރީއަކީ މަދަރުސީ ތަޢުލީމުގެ ނިޒާމު ނޫންކަމަށް މިނިސްޓްރީން ޖަވާބު ދެއްވާފއިވެއެވެ.
5.118. ނިޒާމުން ބޭރުން ސަރކިއުލަރއިނ ކުދިން ރެގިއުލޭޓް ކުރަނީ ކިހިނެއްތޯއާއި، އެބާރު މިނިސްޓްރީއަށް ލިބެނީ ކިހިނެއްތޯ ޝަރީޢަތުން ސުވާލު ކުރުމުން، މަދަރުސީ ތަޢުލީމުގެ ނިޒާމުގެބޭރު ބައެއްތަންތަން، ބޭބީ ނަރސަރީ އަދި ނަރސަރީ އަދި ޕްލޭ ސްކޫލާއި ޤުރުއާން ކުލާހާއި މިހެންހުންނަ ތަންތަންވެސް މޮނިޓަރ ނުވަތަ ރެގިއުލޭޓުކުރުނ އަދިވެސް މި އޮންނަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުގައިކަމަށްވާތީ، އެއީ ގައިޑަންސްއެއްކަމަށް މިނިސްޓްރީގެ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
6.118. ސަރކިއުލަރގެ ހެޑިންގައި އޮންނަނީ ސްކޫލުތަކަށ ކުދިން ވެއްދުމާގުޅއެވެ. ދެން އެންމެފަހު ޕޮއިންޓުގައ މި ބަޔާންކުރަނީ ސްކޫލުތަކަށް، ހަމަ މި ސަރކިއުލަރގެ ތެރެއިން، ރނަ ސަރީގެ އޭޖު ކެޓަރގަރީވެސް ކަނޑައަޅާކަމާއި، އެއަށްފަހު އެންމެފަހު ޕޮއިންޓެއްގައ މި އޮންނަނީ ނިޒާމުގެ ތެރޭގައިތިބި ކުދިންނަކަށް ރިޕީޓެއް ނުކުރެވޭނެކަމަށެވެ. ރިޕީޓު ކުރެވެނީ ބެލނިވެރިޔެ އެދިއްޖެ ޙާލަތެއްގައި، އެކަން ސްކޫލު މެދުވެރިކޮށް ހުށަހެޅުމުންކަމަށެވެ. ދެން މިނިސްޓްރީން ލިޔުމުން ހުއްދަ ދެއްވީމަކަމަށެވެ. އެހެންކަމުން، ކީއްވެގެންތޯ ނިޒާމުގެ ތެރޭގައިހުރި ކުއްޖަކު ރިޕީޓުކުރުމާ ގުޅޭގޮތުން ދައުލަތުން ބަހެއްބުނަން، އަދި ޚާއްޞަކޮށް، ހުށަހަޅުއްވާފައިވާގޮތަށް ރެގިއުލޭޓުނުކުރާ ކެޓަރގަރީގެ ދަރިވަރެކޭ ދަރިވަރަކީ ބުނާއިރު، އެ އޮތޯރިޓީ ލިބެނީ ކިހިނެތްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ޕޮއިންޓުގައި ބޮޑަށް ނިސްބަތް ކުރަނީ ރނަ ސަރީ އަދި ބޭބީ ރނަ ސަރީއަށް ވުރެބޮޑަށް، ކުރީގައި އެލް.ކޭ.ޖީއަށް ވަދެފައިތިބި ދަރިވަރުންގެ ތެރޭގައި، ޢުމުރު ހަގުކޮށް އޭރުނިޒާމުގެ ތެރެއަށް ވަދެފައިތިބި ކުދިންކަމަށ މިނިސްޓްރީން ޖަވާބު ދެއްވާފައިވެއެވެ. އެތަނުގައި ގުރޭޑް މާނަކުރައްވަނީ އެލް.ކޭ.ޖީއަށްވުރެ މަތިންކަން އެނގެނީ، ނުވަތަ ސަރކިއުލަރކިޔާ ޢާއްމު ރައްޔިތަކަށް، އެކަން އެނގޭނީ ކިހިނެއްތޯ ޝަރީޢަތުން އިތުރަށް ސުވާލު ކުރުމުން، ޤާނޫނުން މިނިސްޓްރީއަށް ރެގިއުލޭޓު ކުރުމުގެބާރު ލިބިފައިވުމާއި، މިހާރު ޢަމަލުކުރާގޮތާއި މިނިސްޓްރީން ތަފުޞީލު ކޮށްފައިވާއިރު، ޝަރީޢަތުގެ ސުވާލަށް ޖަވާބު ދެއްވާފައިނުވެއެވެ.
7.118. މި މައްސަލައިގައި ކުއްޖާ ރިޕީޓުކުރަން ނިންމިއިރު، ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓަކަށް ބިނާކޮށް، ނޫނިއްޔާ އެޑޔިކޭޝަނަލް ބެކގް ރައުންޑަކަށ ބިނާކޮށް ނިންމިފު އިވަ ނިންމުމެއް ނޫނތް ޝަރީޢަތުން ސުވާލުކުރުމުން، ރަނގަޅަށް ކަމަށާއި، ތަޢުލީމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޢުމުރުފުރާ ހަމަނުވާތީ ކުއްޖާ ރިޕީޓ ކުރުމަށު ނިންމާފައިވާކަމަށް ދައުލަތުން ޖަވާބު
8.118. މާނައަކީ، ރާއްޖޭގެ ތަޢުލީމުގެ ނިޒާމު އޮތްގޮތުން މިހާރކަނެތޭ ފުރުޞަތެއް، މިސާލަކަށް އެސެސްމެންޓެއް ހެދިގެން، ނޫނއްޔި އެޑޔިކޭޝަނަލް ކޮލިފިކޭޝަނެއްގ ނިޒާމުގެ ތެރެއިން ތޫނުފިލި ކުއްޖަކަށް މަތީތަޢުލީމު ލިބުމުގެ ފުރުޞަތނެތްތޯއާއި، ޤާނޫނުގައި އެކަމަށް ތަނެއް ނުދެއޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ރަނގަޅަށްކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
9.118. ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (މ) މާނަކުރަންވީގޮތަކީ އެއީތޯ ޝަރީޢަތުން ސުވާލުކުރުމުން، ގރޭޑު ބަދަލުކުރުމުގެ ކޮންސެޕްޓެއް ޤާނޫނުގައި އެގޮތަށް ބަޔާންކޮށްފައިނުވާ ކަމަށާއި، އެހެންނަމަވެސް ކުއްޖަކު ވަކިޚާއްޞަ ޙާލަތްތަކެއްގައި އެޑިޝަނަލް ސަޕޯޓު ބޭނުންވާނަމަ، އެ ގުރޭޑްގައި ހުރެގެން އެ ސަޕޯޓު ދިނުމަކީ ޤާނޫނުން ރިކޮގްނައިޒް ކުރާކަމެއްކަމަށާއި، އެހެންނަމަވެސް ޤާނޫނުގައި އިސްތިސްނާއެއް ނެތްކަމަށް ދައުލަތުން ޖަވާބު
10.118.ދައުލަތުން ތަޞައްވުރު ކުރާގޮތުގައި، މިހާރު ނިޒާމުގެ ތެރެއަށް ވައްދާފައިހުރި ކުއްޖެއްގެ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއަކަށް ވާންވާނީ ކޮބައިތޯއާއި، ޖަވާބު ދެއްވުމުގައި ނިޒާމު ފެށެނީ އެލް.ކޭ.ޖީއިން ފެށޭގޮތަށް ބައްޓަން ނުކުރެއްވުމަށް އިރުޝާދުދީ، ޝަރީޢަތުން ސުވާލުކުރުމުން، ސުޕްރީމް ކޯޓގު ކޯސްޓްލައިން މައްސަލައިގައިވާ އ ޞޫލަކީ، ޤާނޫނުން ވަކިމަގެއް ދައްކާފައިވާ ޙާލަތުގައި އެނޫން ޕޮޒިޝަންއެއް ނުނެގޭނެކަމަށާއި، ޤާނޫނުގައި ވަކިގޮތެއް ބަޔާންކޮށްފައިވާ ޙާލަތުގައި ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއެއް އުފަން ނުކުރެވޭނެކަމަށާއި، ސަރކިއުލަރ ކިޔަންޖެހޭނީ ޤާނޫނާ އެކުގައިކަމަށ ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
11.118.ދައުލަތު ޤަބޫލކުރައްވާ ގޮތުގައު ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި މި އޮންނަ ޚާއްޞަ ރައްކާތެރިކަން ކުދިންނަށް ލިބުމުގއާއަ ކުއްޖާއާމެދު ޢަމަލުކުރުމުގައި، ތަޢުލީމުގެ ޤާނޫނުގައިވާ ޢުމުރުފުރާއަކީ ޤަޢިދެއްކަމަށް ބައްލަވަނީތޯ ޝަރީޢަތުން ސުވާލުކުރުމުން، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި ކުޑަކުދިންގެ ޤާނޫނުގައިވަނީ ކުއްޖާގެ މަޞްލަޙަތު އިސްކުރުމަށް ކަމަށާއި، ތަޢުލީމުގެ ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން، ކުއްޖާގެ އެކެޑަމިކް ޕަރފޯމަންސްއަށް ބަލައި ގރޭޑު ޖަމްޕުކުރުމުގެ ފުރުޞަތު ލިބިދީފައިވާކަމަށާއި، ޤާނޫނަށްފަހު ޢަމަލު ކުރަންޖެހޭނީ ޤާނޫނުގައިވާ ގޮތަށްކަމަށް، ދައުލަތުން ދެކޭކަމަށް ޖަވާބު ދެއްވާފައިވެއެވެ. ސުވާލަކީ، ދައުލަތުން މިހާރު ޤަބޫލުކުރައްވ ގޮތުގައާ ވެއްޖިއްޔާ، ތަޢުލީމުގެ ޤާނޫނުން އަސާސީ ޙައްޤު ޤައިދުކުރަނީކަމަށްތޯ ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، ތަޢުލީމުގެ ޤާނޫނުން އަސާސީ ޙައްޤު ޤައިދުކުރާކަމަށް ދައުލަތުން ނުދެކޭކަމަށް ޖަވާބު ދެއްވާފައިވެއެވެ.
12.118.މައްސަލަ ޖެހުނީ ބޭބީ ރނަ ސަރީން ރނަ ސަރީއަށް ޕްރޮމޯޓ ކުރުމުގު ތެރޭގައތޯއާއި، މި މައްސަލައިގއޮތެ ޚުޞޫމތަ އުފެދިގނެ އުޅެނީ 4 (ހަތަރެއް) އަހަރުން ފެށިގެން ޕްރޮމޯޓު ކުރަންޖެހޭ ސްޓޭޖުގައި ނޫންތޯ ޝަރީޢަތުން ސުވާލުކުރުމުން، ޤާނޫނުގެ ދަށުން ގަވާއިދެއް ހަދާފައިވެސް ނެތްކަމަށާއި، އެސެސްމަންޓެއް ހެދުމަށްފަހު ކުދިންގެ ގުރޭޑް ބަދަލުކުރާނަމަ ފްލަޑް ގޭޓެއް ހުޅުވިގެންދާނެކަމަށ ދައުލަތުން ދެކޭކަމަށް ބުނުމުގެ އިތުރުން، ދައުލަތުގެ ހުށަހެޅުމުގައިވާ މައިގަނޑު ކަންކަން ތަކުރާރު ކޮށްފައިވެއެވެ.
119އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. " ބަޔާނވެދިޔް ކަންކަން އެހެންހުރުމުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި، ސިވިލް ކޯޓުގެ ނަންބަރު -2434 2024-CVC ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، ވެވަޑައިގެންނެވި އެނމް އަވަސް ފުރުޞަތެއްގެ ތެރޭގައި މި މައްސަލަ ނިންމަވައިދެއްވުމަށް ދައުލަތުގެ ފަރާތުން އެދެމެވެ ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
120މި މައްސަލައިގައި ޝަރީޢަތުން ޖަވާބުދޭންޖެހޭ ސުވާލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.120. އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު އެއްގރޭޑުނ އަނެއް ގުރޭޑަށް ބަދަލުކުރުމުގައި ދައުލަތުން ޢަމަލުކޮށްފައިވަނީ "ލެޖިޓިމޭޓް އެކްސްޕެކްޓޭޝަން"ގެ އުޞޫލާ ޚިލާފަށްތޯއާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުއްޖާއަށްލިބޭ ޙައްޤު ހަނިވާގޮތަށްތޯ؟
2.120. ސަރކިއުލަރ-2- މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ނުރަނގަޅު އުޞޫލެއްގެ މައްޗަށްތޯ؟
3.120. މައްސަލައިގެ ވާޤީޢާތައް އެކަށައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖާބިރު ޢަބްދުއްރަޙްމާން މައްސަލއަ އާ، އަޙްމަދު އިސްމާޢީލް މައްސަލައިގައިވާ އުޞޫލަ ޚިލާފަށްތޯ؟
4.120. ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 34 ވަނަ މާއްދާގައިވާ ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތް ކުރުމުގެ ވާހަކައަކީ، ޢާއްމު މާއްދާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްތޯ؟ އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު އެއްގރޭޑުން އަނެއު ގުރޭޑަށް ބަދަލުކުރުމުގައި ދައުލަތުން ޢަމަލުކޮށްފައިވަނީ "ލެޖިޓިމޭޓް އެކްސްޕެކްޓޭޝަން"ގެ އުޞޫލާ ޚިލާފަށްތޯއާއި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ)ގެ ދަށުން، ކުއްޖާއަށްލިބޭ ޙައްޤު ހަނިވާގޮތަށްތޯ؟
121ޕްރިސިޑެންސް 1ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި، އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ޢަދުލު އިންޞާފުގެ ހަމަތަކާއެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަންކުރެވުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަމަށާއި، އިދާރީ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅިސަބަބު ލިޔުމުން ލިބުމުގެ ޙައްޤު އެ މީހަކަށް ލިބިގެނވާކަމަށާއި، އެފަދް ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް، ނުވަތަ މުޖތަމަޢުގު ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެ ކަމުން ސީދާގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބުނެފައިވެއެވެ.
122ޖުޑީޝަލް ރިވިއުގެ މައްސަލަތައް ހުށަހެޅުން ބިނާވެފައިވަނީ ޠަބީޢީ އަދާލަތުން ލިބިދޭޙައްޤާއި އެ ޙައްޤާ ގުޅުންހުރި ޤާނޫނީ މަފްހޫމުތަކުގެ މައްޗަށެވެ. އިދާރީ ފިޔަވަޅުގެ ސަބަބުން ޙައްޤަކަށް އަސަރުކުރާ ނިންމުންތަކުގެ މައްޗަށް ޠަބީޢީ އަދާލަތުގެ އުޞޫލުތައް ހިނގާނެއެވެ. ސަބަބުވެރިކަމާއެކު ޢަމަލުކުރުމަކީ ރަނގަޅު އިދާރީ ހިންގުމަށް މުހިއްމު ކަމަކަށްވާއިރު، އިދާރީ ފިޔަވަޅު އެޅުމުގައި އިންޞާފުވެރި ވާނެކަމަށް އުންމީދުކުރުމުގެ އަސާސް ބިނާވެފައިވަނީ، ޤާނޫނުގެ ޙުކޫމަތުގެ މަފުހޫމުގެ ފުޅާމާނއަގެ ތެރޭގެއެވެ. އެގޮތުން، ޤާނޫނު ހިންގުމުގައި ކަންހިނގާނެމަގު ކުރިއައިލައި ތަސައްވުރުކުރަން އެނގުމާއި، ކަންއޮންނާނެގޮތުގެ ޔަޤީންކަމާއި، ޢާއްމުންނާމެދު ސަރުކާރަކުނ ޢަމަލުކުރާނެގޮތް ދުރާލައި އެނގުން އޭގެތެރޭގައި ހިމެނެއެވެ. ބުނެވިދިޔަ މަފްހޫމުތައް ދިވެހިރާއްޖޭގައި އުފަންވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ތެރެއިންކަމަށް ދެކެމެވެ.
123ޕްރިސިޑެންސް 2އިދާރީ ފިޔަވަޅު އެޅުމުގައި އިންޞާފުވެރިވާނެކަމަށް އ ނމީދުކޮށްގެން ތިބުމުގެ މ ޙައްލެއ ނުވަތް ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ ޤާނޫނީ މަފްހޫމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯސްޓްލައިން މައްސަލއިގައަ ބަލައިގެންފައިވާ ޤާނޫނީ އުޞޫލެކެވެ. އުނމީދުކުރުމުގް މަޙައްލެއް ޤާނޫނީގޮތުން އޮތުމަކީ ވަކިގޮތަކަށް ކަންވާނެކަމަށް ދުށުންނޫންކަމާއި، އެ އުޞޫލު ބިނާވަނީ ޤާނޫނުގެ ޙުކޫމަތު ހިންގުމުގައި، ސަރުކާރުން ޢާއްމުންނާމެދު ކަންކުރުމުގައި، އެއްހަމައަކުން އަދި އެއްގޮތަކަށް އަބަދުވެސް ޢަމަލުކުރާނެކަމުގެ ޔަޤީންކަމުގެ މައްޗަށެވެ. 8 th MP Jain & SN Jain, Principles of Administrative Law (7 Ed., LexiNexis, 2020) p 289.
124ޖުޑީޝަލް ރިވިއުގެ މައްސަލައެއްގެ ތެރެއިން އުންމީދުކުރުމުގެ މަޙައްލެއް ވުޖޫދުވެފައިވާކަމުގެ ދަޢުވާއެއް އުފުލިދާނެއެވެ. އެ ޙާލަތުގައި ޤާނޫނީ ބިނާއެއްއޮތް ތަންފީޒުކުރެވޭ ޙައްޤެއް އޮންނަންވާނެއެވެ. އުންމީދުކުރުމުގެ މޙައްލުގ މަފްހޫމުގެ ތެރެއިން އައުޙައްޤެއް އުފަންނުވެއެވެ. އަދި ލިބިފައިވާ ޙައްޤެއް ރައްކާތެރިކޮށް ސަލާމަތްވުން ބިނާވަނީ ފާސްކޮށްފައިވާ ޤާނޫނުގެ މާއްދާތަކުގެ މައްޗަށެވެ. އުނމީދުގް މަޙައްލުގެ މަންފާ ލިބިދެވޭނީ، ޢަމަލުކުރާ އުޞޫލަކީ ޢާއްމުކޮށް ކަންކުރެވޭގޮތްކަން އެނގޭނަމައެވެ. ފާއިތުވިތަނުގައި ސަރުކާރުން ޢާއްމުކޮށް ވަކިގޮތަކަށް ޢަމަލުކޮށްފައި އޮތުމަކީ އުންމީދުކުރުމުގެ މަޙައްލެއް އުފަންވެ، ޙާލަތަށް ރިޢާޔަތްކޮށް އެ މަފްހޫމުގެ މަންފާލިބުގެ ފުރުޞަތު ލިބިދާނެ ޢަމަލެކެވެ.
125އިނގިރޭސިވިލާތުގައި، ސަރުކާރުން ޢަމަލުކުރަމުންދިޔަ ސިޔާސަތތައު ބަދަލުކުރުމުގެ ބާރުގެތެރެއަށް، އުންމީދުކުރުމުގެ މަޙައްލާގުޅޭ އުޞޫލާ ގުޅުވައި ކޯޓަށް ވަދެވޭނެ ޙާލަތަކީ، އެ ބަދަލުގައި ފާޅުކަންބޮޑު ގޮތެއްގައި ޢާއްމު މަޞްލަޙަތައް ގެއްލުންވާނެކަން އެނގޭ ޙާލަތުގައެވެ. އަދި ޙާލަތަށް އަންނަ ބަދަލާއެކު ދައުލަތުގެ ސިޔާސަތު ބަދަލުވުމުގެ ފުރުޞަތު އޮންނާނެކަމާއި، އެގެތެރޭގައި ސަރުކާރަށް އަންނަބަދަލު ހިމެނޭކަމަށް ބަލަންޖެހޭނެ ކަމަށާއި، އެފަދަ ސިޔާސަތުގެ ބަދަލު ގެނައުމަކީ ޤާނޫނީގޮތުން ދުސްތޫރީ ނިޒާމު ބައްޓަން ވެފައިވާގޮތްކަމަށ ބަލަންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ.
126ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯސްޓްލައިން މައްސަލއިގަ 35 ވަނަ ނުކުތާގައި، އުންމީދެއްގެ މަންފާ ލިބުމުގައި ފުރިހަމަވާންޖެހޭ ދެ ޝަރުޠެއްވާކަމަށް ބަޔާންކޮށްފައިވެއެވެ. ފުރަތަމަ ޝަރުޠަކީ، ޤާނޫނުގައި ސާފު ޞަރީޙަ އިޖުރާއަތެއް ނުވަތަ ކުރިއަށްދާނެ ސާފުމަގު ބުނެދީފައި އޮތުމެވެ. ދެވަނަ ޝަރުޠަކީ، ޤާނޫނުގައިވާ އިޖުރާއަތު ފުރިހަމަކޮށްފައި ނުވަތަ ޤާނޫނުން ދައްކާފައިވާ މަގުން ހިނގާފައިވުމެވެ. ދެ 9 th MP Jain & SN Jain, Principles of Administrative Law (7 Ed., LexiNexis, 2020) pp 289-290. Hughes v. Deptt. Health and Social Security [1985] AC 776 ޝަރުޠު ފުރިހަމަވާނަމަ ޤާނޫނާ އެއްގޮތަށް ޢަމަލުކުރެވެން ޖެހޭނެކަމަށް އުންމީދުކުރުމުގެ މަޙައްލެއް އުފަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
127ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ހައިކޯޓުގެ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެކްސް ޕާޓޭ) (2023/HC-A/157) (މީގެފަހުން "ކްރައުން ކޮމްޕެނީ މައްސަލަ"ކަމަށްބުނެފައިވާ) ޤަޟިއްޔާގައި، ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގެ 54 ވަނަ ނުކުތާގައި، ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އުޞޫލު ބަލައިގަނެފައިވަނީ، ޢާއްމު އިދާރާއަކުން (އެކަމުގެ ބާރުލިބިފައިވާ ފަރާތަކުން) ކޮށްފައިވާ ސާފު އަދި އޮޅު މެއްނެތް ވައުދަކަށް ނުވަތަ ހުށަހެޅުމަކަށް ނުވަތަ ޢަމަލަކަށް ބަރޯސާވެ، އެކަމުގެ މައްޗަށް އުންމީދެއްކޮށް، އެ އުންމީދަށް ބަރޯސާވުމުގެ ނުވަތަ އިތުބާރާ ކޮށްގެންކުޅަ ޢަމަލެއްގެ ނަތީޖާއެއްގެގޮތުނ ގެއްލުމެއް ވެފައިވާނަމކަމަށަ ބަޔާންކޮށްފައިވެއެވެ. އަދި އެ ރަޢުޔުގެ 55 ވަނަ ނުކުތާގައި، އެ އުޞޫލު ތަޠުބީޤުކުރުމުގެ އިސްތިސްނާތަކުގެ ތެރޭގައި، އެ އުންމީދު އެއްފަރާތްކުރުމަކީ ޢާއްމު މަޞްލަޙަތު ކަމުގައިވުމާއި، ސިޔާސަތަށ ބަދަލް އައުމާއި، އުންމީދަކ ޤާނޫނީ ހައިސިއްޔަތެއްނެތް އުންމީދަކަށްވުމާއި، ކަމާގުޅޭ ޤާނޫނެއް ވުޖޫދުވުމާއި، ޤާނޫނަށްގެނެވޭ ބަދަލުތައް ހިމެނޭކަމަށު ބަޔާންކޮށްފައިވެއެވެ. އަދި އެ ކަންކަމުގެ މައްޗަށްއޮތް އެއްޙަޤީޤަތަކީ، ފާސްކުރެވޭ ޤާނޫނެއް މިފަދަ އުންމީދަކަށްވުރެ މަތިވާނެކަމާއި (statutory obligation)، އެ ޤާނޫނުން އެ އުންމީދު ނަފީވެގެންދާނެކމަށާއި، ހަމައެއާއެކު ޤާނޫނީ ބާރުލިބިދީފައިވާ އިދާރާއަކުން ޤާނޫނީ އިމުގެތެރެއިން ނިންމާ ނިންމުންތައް އިސްކުރަން ޖެހޭނކަމަށެ ބަޔާންކޮށްފައިވެއެވެ.
128ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2434 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މައްސަލައިގައިވާ މައިގަނޑު ޝަކުވާއަކީ، މިނިސްޓްރީގެ ސަރކިއުލަރ-2-ގައި، ބޭބީ ނަރސަރީއިން R v Inland Revenue Commissioners ex parte MFK Underwritings Agents Ltd [1990] 1 WLR 1545 Attorney General of Hong King v Ng Yuen Shin [1983] 2 AV 629 R v North and East Devon Health Authority, ex parte Coughlan [2001] QB 213 R (Bancoult) v Secretary of State for Foreign and Commonwelath Affairs (No 2) [2008] UKHL 61 – the doctrine cannot be invoked to invalidate primary legislation or prerogative powers exercised in accordance with the law . ނަރސަރީއަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ކަޓްއޯފް ތާރީޚުގައި، ކުއްޖާއަކީ ނަރސަރީއަށް ބަދަލުވުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޢުމުރު ހަމަނުވާ ކުއްޖަކަށްވުމުގެ ސަބަބުން، ކުއްޖާ ބޭބީ ނަރސަރީގައި ރިޕީޓު ކުރަންޖެހިފައިވަނީ އުންމީދުކުރުމުގެ މަޙައްލެއްގައި ހުރިކަމަށް ބެލެވޭއިރު، އެ އުޞޫލާ ޚިލާފަށްކަމަށެވެ.
129ޕްރިސިޑެންސް 6މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2434 ޤަޟިއްޔާގެ ދަޢުވާ ފޯމުގައިވާ ތާރީޚަކީ 07 އޮގަސްޓު 2024 ދުވަސްކަމަށްވާއިރު، އެ މައްސަލަ ރަސްޖިޓަރީ ކޮށްފައިވާ ތާރީޚަކީ 28 އޮގަސްޓު 2024 ދުވަހުއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ކުއްޖާގެ ސްކޫލަށް ހުށަހަޅާފައިވާ އަންޑަރއޭޖް އެންރޯލްމަންޓު ފޯމުގައި އިސްތިއުނާފުކުރާ ފަރާތުން ސޮއިކޮށްފައިވަނީ 21 މެއި 2024 ދުވަހުކަމަށް ލިޔުންތަކުން ދައްކައެވެ. ކަންމިހެން އޮތްއިރު، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ބޭބީ ނަރސަރއީނ ނަރސަރީއަށް ބަދަލުކުރުމަށް އެދި ފައިވުމުން، ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދަނިކޮށް، ކުއްޖާ ކިޔަވަމުންދާ މަދަރުސާގެ ފަރާތުން، ޝަރުޠުތަކަކާއެކު ކުއްޖާ ނަރސަރީއަށް ބަދަލުވުމަށް ފުރުޞަތު ދީފައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2434 ޤަޟިއްޔާގައި، ކުއްޖާ ބޭބީ ނަރސަރީއިނ ނަރސަރީއަށް ބަދަލުކޮށްދިނުމަށް ކޯޓުން އިތުރަށް އަމުރު ކުރަންޖެހޭފަދަ ޙާލަތެއް އެހިނދު އޮތްކަމަކަށް ނުދެކެމެވެ.
130ދެންއޮތް ސުވާލަކީ، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގއަ އެދިފައިވާ ފަރުވާއަށް ވާސިލުވުމަށްޓަކައި ހުށަހަޅާފައިވާ ޤާނޫނީ ބަހުސާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާރު ގޮތްކަނޑައަޅަންޖެހޭ ކަންކަމަކީ ކޮބައިތޯއެވެ. އެގޮތުން، އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގެ ތެރޭގައި، މި ނިންމުމުގެ 120 ވަނަ ނުކުތާގައިވާ ސުވާލަށް މި ކޯޓުން ގޮތެއްކަނޑައެޅުން މި ޙާލަތުގައި މުހިއްމުކަމަށް ދެކެމެވެ.
131މި މައްސަލައިގައި ދެފަރާތުގެ ބަހުސްތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ހުށަހެޅުމަކީ، ކުއްޖާއަކީ މިނިސްޓްރީން ޢާއްމުކުރި އިޢުލާނަކާ އެއްގޮތަށް 2023 ވަނަ އަހަރު މަދަރުސާއަށް ވައްދާފައިވާ ކުއްޖެއްކަމަށާއި، 2024 ވަނަ އަހަރު ދިރާސީ އަހަރުފެށޭ ތާރީޚަށް ބަދަލު ގެނައުމުގެ ސަބަބުން މިނިސްޓރީގް ސަރކިއުލަރ-2-އިން ކުއްޖާ ގުރު ޑޭ ބަދަލުވުމަށް ފުރިހަމަވާންޖެހޭ ޢުމުރުފުރާއަކީ އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ މައްޗަށް ޢަމަލުކުރެވޭނެ އުޞޫލެއް ނޫންކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަކީ، މިނިސްޓރް ގ ސަރކިއުލަރ-1-ގައި ޙަވާލާދީފައިވާ ނިޒާމުގެ ތެރޭގައިހުރި ކުއްޖަކަށްވާއިރު، ތަޢުލީމުގެ އެއްހަރުފަތުން އަނެއްހަރުފަތަށް ބަދަލުވުމުގެ ޙައްޤުގެ ތެރެއިން، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަކީވެސް އެއްމަރުޙަލާ ފުރިހަމަ ކުރުމަށްފަހު އަނެއްމަރުޙަލާއަށް ބަދަލުވުމުގެ އނުމީދުގެ މަޙައްލެއްގައި ހުރިކުއްޖެއްކަމަށެވެ.
132އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުންތަކަށް ދައުލަތުން އިންކާރު ކޮފައިވެއެވެ. ދައުލަތުގެ މައިގަނޑު ދިފާޢުއަކީ، ކުއްޖާއަކީ ރަސްމީ ތަޢުލީމުގެ ނިޒާމުގެތެރޭގައި ހުރިކުއްޖެއް ނޫންކަމަށާއި، ތަޢުލީމުގެ ޤާނޫނުގައި ތަޢުލީމުގެ އެކިހަރުފަތްތަކަށް ވަނުމަށްޓަކައި، ޤާނޫނުގައި ޢުމުރުފުރާތަކެއް ކަނޑައަޅާފައިވާއިރު، ވަކިހަރުފަތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ޢުމުރު ހަމަނުވާކުއްޖަކަށް، ޤާނޫނުގައި ބަޔާންކޮށްފައިވާ ޢުމުރު ހަމަވުމުގެކުރިން، ވަކހަރުފަތި ކަށް ބަދަލުވުމުގެ އުންމީދުގެ މަޙައްލެއް އުފަންވާނެ ޤާނޫނީހަމައެއް ނެތްކަމަށެވެ.
133މި ނިންމުމުގެ ނުކުތާ 121 އިން 721 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަންކަނާ މި މައްސަލައަށް ތަޠުބީޤުކުރާއިރު، އުންމީދުގެ މަޙައްލެއް އުފަންވުމަކ ޠަބީޢީ އަދާލަތުގެ ޙައްޤަކަށްވފައެ، އެފަދަ ޙައްޤެއް އުފަންވުމަކީ ޤާނޫނީގޮތުން ސަބަބުވެރި އުންމީދަކަށް ވާންޖެހެއެވެ. އަދި ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންގެ އުޞޫލާ ގުޅޭގޮތުން ކްރައުން ކޮމްޕެނީ މައްސަލއިގައިވަ އިސްތިސްނާއަށް ރިޢާޔަތްކުރުމުން، ފާސްކޮށްފައިވާ ޤާނޫނަކީ އުންމީދުގެ މޙައްލެއ ޤާނޫނީގޮތުން އުފަންވުމަށް ހުރަސްއަޅާ އެއްސަބަބުކަން އެނގެއެވެ. އަދި އެ ޙާލަތުގައި އުންމީދު ނަފީވާކަމަށް ބަލަންޖެހެއެވެ.
134ޕްރިސިޑެންސް 4ތަޢުލީމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި، ޤާނޫނގައިވ އުޞޫލާ ޚިލާފުނުވާ އަދާ ޤާނޫނުގު މަޤުޞަދުތައް ހާސިލުވާނެ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ތަޢުލީމުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރުކަމަށާއި، މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރާނީ މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާ ތަކުންކަމަށް ބުނެފައިވެއެވެ.
135ދިރާސީ އަހަރުފެށޭ ތާރީޚު ކަނޑައެޅުމަކީ، ތަޢުލީމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށް މި ޙާލަތުގައި ބަލަންޖެހެއެވެ. އަދި އެބާރަކީ މިނިސްޓްރީއަށް ލިބިގެންނުވާ ބާރެއްކަމުގެ މައްޗަށް ވާހަކަދައްކައި، މިނިސްޓްރީއިން ދިރާސ އަހަރީ ކަނޑައެޅުމުގައި ޤާނޫނީ އުޞޫލަކާ ޚިލާފުވެފައިވާކަމުގ ޤާނޫނެ ބަހުސެއް، އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ހުށަހަޅާފައިނުވެއެވެ.
136ތަޢުލީމުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި، ދިވެހިރާއްޖޭގައި އަމިއްލަ ސްކޫލްތަކާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް ހިންގަންވާނީ، އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުންހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުކަމަށް ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަކީ ސަރުކާރު މަދަރުސާއެއްގައިހުރި ކުއްޖަކަށްނުވާއިރު، ސަރުކާރު މަދަރުސާ ފިޔަވައި، އެހެން މަދަރުސާތައް ހިންގަންޖެހެނީ މިނިސްޓްރީގެ ގަވާއިދުތަކާ އެއްގޮތަށް ކަމުގައިވާއިރު، ކުއްޖާ ތަޢުލީމު ހާސިލުކުރާ މަދަރުސާއިން ޢަމަލުކޮށްފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލަކާ ޚިލާފަށްކަމުގެ ބަހުސެއްވެސް އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިނުވެއެވެ. އެހެންކަމުން، ސިޔާސަތު ކަނޑައެޅުމަށް ސަރުކާރަށް ލިބިގެންވާ ޤާނޫނީ ބާރާމެދު ދެފަރާތުގެ މެދުގައިވެސް ޚިލާފެއްނެތްކަމަށް ބަލަންޖެހެއެވެ.
137ޕްރިސިޑެންސް 5މި މައްސަލައިގައި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ)ގެ ދަށުން، ކުއްޖާއަށްލިބޭ ޙައްޤު ހަނިވެފައިވޭތޯ ބަލާއިރު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)ގައި، ޤާނޫނުއަސާސީގެ 2 ދެވަނަ ބާބުގައި ހިމެނޭ އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށް ބުނެފައިވެއެވެ.
138ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ވ)ގައި، "މަދުރަސީ ތަޢުލީމު"ކަމަށް ބުނެފައިވަނީ، ޕްރީސްކޫލް، ޕްރައިމަރީ، ޘާނަވީ އަދި މަތީޘާނަވ ތަޢުލީމީ ކަމަށްވާއިރު، އެ މާއްދާގެ (މ)ގައި، "ޕްރީސްކޫލް ތަޢުލީމު"ކަމަށް ބުނެފައިވަނީ، ފަށާ ތަޢުލީމުގެ ކުރިއަށް، ޢުމުރުން 4 (ހަތަރެއް) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ ކުދިންނަށްދެވޭ ތަޢުލީމުގެ މަރުޙަލއަށެވެ.
139ތަޢުލީމުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި، 31 ވަނަ މާއްދާއާއި، 47 ވަނަ މާއްދާގެ (ވ) އަދި (މ)އަށް އެކުއެކީގައި ރިޢާޔަތްކުރާއިރު، ރަސްމީ ތަޢުލީމުގެ ނިޒާމު ފެށެނީ ޢުމުރުން 4 (ހަތަރެއް) އހަރުގައިކަމާއި، ބޭބީ ނަރސަރީއާއި ނަރސަރއަކީ ރަސްމީ ތަޢުލީމުގެ މަރުޙަލާއެއް ނޫންކަން އެނގޭއިރު، ރަސްމީ ތަޢުލީމުގެ ބޭރުންދެވޭ މަދަރުސީ ތަޢުލީމުގެ އުޞޫލުތއަ ކަނޑައެޅުމުގެބާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ބަލަންޖެހެއެވެ.
140ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކުގެ އަލީގައި އެނގޭ ފުރަތަމަކަމަކީ، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަކީ 2023 ވަނަ އަހަރު މިނިސްޓްރީއިން ޢާއްމުކުރި ސަރކިއުލަރއާ އެއްގޮތަށް މަދަރުސީ ނިޒާމުގައިހުރި ކުއްޖެއްތޯ ބަލާއިރު، ކުއްޖާހުރީ ނަރސަރީގައިކަމަށް ވީނަމަވެސް، ކުއްޖާއަށް ޢުމުރުން 4 (ހަތަރެއް) އަހަރު ފުރިފައިނުވާތީ، ކުއްޖާއަކީ ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ވ)ގައި، "މަދުރަސީ ތަޢުލީމު"ގެ ނިޒާމުގެ ތެރޭގައިހުރި ކުއްޖެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެ ނެތްކަމެވެ. ދެވަނަކަމަކީ، ދިރާސީ އަހަރުފެށޭ ތާރީޚު ކޮންމެގޮތަކަށް މިނިސްޓްރީން ކަނޑައެޅިކަމުގައި ވީނަމަވެސް، 2023 އަދި 2024 ވަނަ އަހަރުގައި، މިނިސްޓްރީން ޢަމަލުކޮށްފައިވާ އަދި ޢަމަލުކުރަމުންދިޔަ ޢުމުރުފުރާގެ ހަމައަކީ، ބޭބީ ނަރސަރީއަށް ވަނުމުގެ ޢުމުރަކީ 2 އަހަރުފުރި 3 އަހަރު ނުފުރުންކަމާއި، ނަރސަރީއަށް ވަނުމުގެ ޢުމުރަކީ 3 އަހަރުފުރި 4 އަހަރު ނުފުރުމވެ. މި ސިޔާސަތާއި އިރުޝާދަށ ބަދަލެއް އައިސްފައިނުވެއެވެ. ރަސްމީ ތަޢުލީމުގެ ނިޒާމުގެ ބޭރުގައިވާ ބޭބީ ނަރސަރީ އަދި ނަރސަރީގެ ޢުމުރުފުރާތައް ކަނޑައެޅުމަކީ، ތަޢުލީމުގެ ޤާނޫނުގެ ތެރެއިން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދާއިރާއިންބޭރު ޢަމަލެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ވަކާލާތުކޮށް، އެފަދަ ޤާނޫނީ ބަހުސެއް އުފައްދާފައިނުވެއެވެ.
141ދެންއޮތް ސުވާލަކީ، މިނިސްޓްރީން ދިރާސީ އަހަރަށް ބަދަލު ގެނައުމުގެ ސަބަބުން، ޕްރީސްކޫލްގެ ކުރީގެ ތަޢުލީމުގެ މަރުޙަލާއާ ގުޅޭގޮތުން ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުގެސަބަބުން، އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީގެ މައްޗަށްއޮތް ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއާ ނުވަތަ އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީގެ މައްޗަށްއޮތް އުންމީދުގެ މަޙައްލު ޚިލާފަށާ މިނިސްޓްރީން ޢަމަލު ކޮށްފައިވޭތޯއެވެ. އުންމީދުގެ މަޙައްލެއް އުފަންވުމުގެ އިސްތިސްނާގެ ތެރޭގައި ޤާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައިވުމުގެ އުޞޫލަށް ރިޢާޔަތްކުރާއިރު، ރަސްމީ ތަޢުލީމުގެ ނިޒާމު ގެ ތެރެއިން އެލް.ކޭ.ޖީއަށް ވަނުމަށްޓަކައި، ޢުމުރުން 4 (ހަތަރެއް) އަހަރު ނުފުރޭ އެއްވެސް ކުއްޖަކަށް އުންމީދުކުރުމުގެ މަޙައްލެއް ޤާނޫނުން އުފަންވެގެން ނުވާނެކަން އެނގެއެވެ. އަދި މި އުޞޫލު ނަރސަރީއަށް ކުއްޖާ ވަނުމުގެ ޢުމުރުފުރާއަށް ޤިޔާޞްކޮށް ތަޠުބީޤުކުރާއިރު، މިނިސްޓްރީން އަބަދުވެސް ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަކީ، ނަރސަރީއަށް ވަދެވޭނީ 3 (ތިނެއް) އަހަރު ފުރިފައިވާ ކުއްޖަކަށް ވުމުންކަމުގައިވެފައި، 3 (ތިނެއް) އަހަރު ފުރިފައިނުވާ ކުއްޖަކަށް ނަރސަރީއަށް ވަދެވޭނެކަމަށ ލެޖިޓިމޭޓް އެކްސްޕެކްޓޭޝަންއެއ ނުވަތް އުންމީދުކުރުމުގެ މަޙައްލެއް ޤާނޫނީގޮތުން އުފަންވާކަމަށް ބެލެވޭނހަމައެއް އޮތްކަމަކަށ ނުދެކެމެވެ.
142ބުނެވިދިޔަ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު -CVC-2434 2024 ޤަޟިއްޔާއިންބެލި މައްސަލަ، އިސްތިއުނާފުކުރާ ފަރާތުން 28 އޮގަސްޓު 2024 ދުވަހު އެ ކޯޓަށް ހުށަހަޅައި، ކުއްޖާ ބޭބީ ނަރސަރީއިނ ނަރސަރީއަށް ބަދަލުކުރުމަށް އަމުރް ކޮށްދިނުމަށް އެދިފައިވާއިރު، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއިރު ކުއްޖާއަށް 3 (ތިނެއް) އަހަރު ފުރިފައިނުވުމުން، އިސްތިއުނާފުކުރާ ފަރާތަކީ އުންމީދުކުރުމުގެ މަޙައްލާގުޅޭ އިސްތިސްނާއެއް ކަމުގައިވާ، ޤާނޫނުގައި ވަކިގޮތަކަށް ބަޔާންކޮށްފައިވުމުގެ އިސްތިސްނާހިނގާ، އުންމީދު ކުރުމުގެ މަޙައްލުގ ޤާނޫނެ ހައިސިއްޔަތެއްނެތް، އަދި އެފަދަ އުންމީދު ޤާނޫނީގޮތުން އެއްފަރާތް ކުރެވިދާނެ ޙާލަތެއްގައިހުރި ފަރުދެއކަމަށް ދެކެމެވެ.
143އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު އެއްގުރޭޑުނ އަނެއް ގރޭޑަށު ބަދަލުކުރުމުގައި ދައުލަތުން ޢަމަލުކޮށްފައިވަނީ "ލެޖިޓިމޭޓް އެކްސްޕެކްޓޭޝަން"ގެ އުޞޫލާ ޚިލާފަށް، އަދި ޤާނޫނުއަސާސީގް 36 ވަނަ މާއްދާގައިވާ ޙައްޤު ހަނިވާގޮތަށްކަމަށް މި ޙާލަތުގައި ޤާނޫނީގޮތުން ބެލެވޭނެކަމަށް ނުދެކެމެވެ.
144އިސްތިއުނާފުކުރާ ފަރާތު ން ހުށަހެޅި ފޯމުގައި، މައްސަލައިގެ ވާޤިޢާތަކާ ގުޅުވައި ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކާ ޙަވާލާދީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފުކަމަށް ހުށަހަޅާފައިވާ ކަންކަމުން ފައުޅުވާކަމަށް މިނިންމުމުގެ 120.2 އަދި 120.3 ވަނަ ނުކުތާގައިވާ ސުވާލަށް، ރިޢާޔަތްކުރާއިރު، މި ޚުޞޫމަތުގެ މައްސަލަ ދަށުކޯޓަށް ހުށަހެޅުމުގެ ކުރިން، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ބޭބީ ނަރސަރީއިން ނަރސަރީއަށް ޚުދު އިސްތިއުނާފުކުރާ ފަރާތުގެ ޢަމަލެއްގެ ތެރެއިން ބަދަލުކޮށްފައވުމުން، ސިވިލް ކޯޓުން ޙުކުމް ކުރެއްވުމުގެކުރިން، މައްސަލައިގެ ވަޤިޢީ ޙަޤީޤަތަށް ބަދަލު އައިސްފައިވާ ކަން އެނގެއެވެ.
145އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ، ދެވަނަ، ތިންވަނަ އަދި ފަސްވަނަ އިސްތިއުނާފީ ނުކުތާގައި، ޙަވާލާދީފައިވާ ވަކިވަކި ވާޤިޢީ ކަންކަމާ ގުޅޭގޮތުން، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2434 "ޤަޟިއްޔާ ނިމުނުގޮތް"ގެ ނުކުތާ 3.5.5 އިން 3.5.6.18 އަށް ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކޮށްފައިވާކަމަށް ބުރަވެވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ކަންކަމާއި ލިޔުންތަކުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފުކުރާ ފަރާތނު ނުކުންނާނެކަމަށްދެކޭ ނަތީޖާއެއް ނުނުކުތުމަކީ، މައްސަލަ ބައްލަވާ ފަނޑިޔާރު ހެއްކަށް ރިޢާޔަތް ނުކުރެއްވުންކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއްކަމަށް ނުދެކެމެވެ. އެހެނީ، މި މައްސަލައިގައި އުންމީދުކުރުމުގެ މަޙައްލެއް ނެތްކަމަށާއި އަދި ޤާނޫނު ރަޖުޢީކޮށް ތަޠުބީޤުކޮށްފައި ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލަންޖެހޭފަދަ ޙާލަތެއް ނެތްކަމަށްދކޭތީއެވެ.
146އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވާ އެއްފަރުވާއަކީ، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ބޭބީ ނަރސަރީން ނަރސަރީއަށް ބަދަލުކުރުން ކަމަށްވާއިރު، މި ނިންމުމުގެ 112 އިން 143 ވަނަ ނުކުތއަށާ ބަޔާންކޮށްފައިވް ކަންކަނާ އެގޮތުގެމަތިން ހުރުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާގޮތަށް އެ ވާޤިޢާތައް އެގޮތުގެމަތިން ޤާއިމުވާކަމަށް މި ކޯޓުން ކަނޑއެޅިއްޖަ ޙާލަތުގައިވެސް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ގޮތުގެމަތިން ލެޖިޓިމޭޓް އެކްސްޕެކްޓޭޝަން ނުވަތަ އުންމީދުކުރުމުގެ މަޙައްލެއް، ނުވަތަ އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާގެ ނަތީޖާއަށް އެނުކުތާގެ ސަބަބުން ބަދަލެއް އަންނަގޮތެއް، އިސްތިއުނާފުކުރާ ފަރާތަށް ސާފުކޮށްދެވިފައި ވާކަމަށްނުދެކެމެވެ.
147އެހެންކަމުން، މައްސަލައިގއަ ދަށުކޯޓުން ޙުކުމް ކުރުމުގެކުރިން އައިސްފައިވާ ވާޤިޢީ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ނުކުތާ 2 އަދި 3 ގައިވާ ކަންކަމަށް، ދަށުކޯޓުގެ ފަނޑިޔާރު ރިޢާޔަތްތެރިކަން ނުދެއްވުމުގެ މައްޗަށްބިނާކޮށް، އަޙްމަދު އިސްމާޢީލް މައްސަލއިގައިވާފަދަ ޙާލަތެއް އުފަންވެފައިވާކަމަށް ބެލެވޭފަދަ ޤާނޫނީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް މި ޙާލަތުގައި ދެއްކިފައިވާކަމަށް ނުދެކެމެވެ. ކުޑަކުދިންގެ ޙައްޤުތަކުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 34 ވަނަ މާއްދާގައިވާ ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތް ކުރުމުގެ ވާހަކައަކީ، ޢާއްމު މާއްދާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްތޯ؟
148ޤާނނުއަސާސީގޫ 35 ވަނަ މާއްދާގައި، ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެއްކަމަށާއި، އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސްގޮތަކުން ހާނީއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސްގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިޤްތިޞާދީ، އިޖްތިމާޢީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ޙާޞިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ.
149ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއްނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި، ފަށާ ތަޢުލީމާއި މެދުމަދުރަސ ތަޢުލީމީ ދައުލަތުން ހިލޭފޯރުކޮށްދޭން ވާނެކަމަށާއި، ކުދީންނަށް ފަށާ ތަޢުލީމާއި މެދުމަދުރަސ ތަޢުލީމީ ދިނުމަކީ އެ ކުދީންގެ މައިންބަފައިންނާއި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއްކަމަށާއި، އަދި މަތީތަޢުލީމު އުނގެނުމުގެ ފުރުޞަތު އެންމެހައި ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވައިލެވިފައި އޮންނާން ވާނެކަމަށާއި، ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއެޅުމަށާއި، އިސްލާމްދީނަށް ލޯބިޖެއްސުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށާއި، ޢާއްމުކޮށް އެންމެންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެކަމަށް ބުނެފައިވެއެވެ. ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ކުޑަކުއްޖަކަށްވީތީ ލިބިގެންވާ ޙައްޤުތަކާއި އެކުއެކީގައި، ކުޑަކުދިންނަށް އުނގެނުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
150ކުޑަކުދިންގެ ޤާނޫނުގެ 1 ވަނަ މާއްދާގައި، އެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެގޮތުން ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކާއި، އެކުދިންނާ މަތިކުރެވިގެންވާ ޒއިމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން ޢާއިލާއާއި، ޖަމާޢަތާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށްއޮތް ޒއިމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އޞު ލުތައޫ ކަނޑައެޅުމުގެ ޤާނޫނެ އްކަމަށް ބުނެފައިވެއެވެ. އަދި އެ ޤާނޫނުގެ މަޤުޞަދުގެ ތެރޭގައި، ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނމާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިއްމާ ކަނޑައެޅުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.
151ކުޑަކުދިންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި، އެ ޤާނޫނުގއަ ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް، އެއްވެސް ތަފާތުކުރުމަކާ ނުލައި ކޮންމެ ކުއްޖަކަށްމެ ލިބިގެންވާކަމަށާއި، ކޮންމެ ކުއްޖަކީ، އެކުއްޖެއްގެ ބަދަލުވަމުންދާ ޤާބިލިއްޔަތަށް ބިނާކޮށް، އެ ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ހޯދުމުގެ ޙައްޤު ލިބިގެންވާ ކުއްޖެއްކަމަށާއި، އެ ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ކުއްޖާއަށް ލިބިދިނުމުގައި، ކުއްޖާގެ ބަދަލުވަމުންދާ ޤާބިލިއްޔަތަށް ބިނާކޮށް، އެކުއްޖާއަށް އެކަށީގެންވާ ލަފައާއި އިރުޝާދުދިނުމަކީ އެކުއްޖާގެ ބެލެނިވެރިންގެ ޒއިމާއއެ ކަމަށް ބުނެފައިވެއެވެ.
152ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ކަމަށާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސ ގޮތެއް ނިންމަންވާނީ، އެކުއްޖަކު ހުރިޙާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ވަކިކަމަކާ ގުޅޭގޮތުން ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރިގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަނޑައަޅަންވާނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޢާއްމު މިންގަނޑުތަކަށް ރިޢާޔަތް ކުރުމަށްފަހުކަމަށް ބުނެފައިވެއެވެ.
153ޕްރިސިޑެންސް 7ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، ކުޑަކުދިންގެ ތެރެއިން ޅަފަތުގެ ކުދިންނަށް ޢާއިލާއާއި، ޖަމާޢަތާއި، ދައުލަތުގެ ފަރާތުން ޚާއްޞައެހީއާއި ރައްކާތެރިކަން ލިބިދިނުމުގެ އަސާސީ ޙައްޤު ކަށަވަރު ކޮށްދީފައިވާއިރު، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖެއިން ތ ޞަދީގުކޮށްފައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ ދަށުން އެކުލަވާލާފައިވާ ލިޔުންތަކަކީ ކުޑަކުދިންގެ އަސާސީ ޙައްޤުތަކާއި، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަފްހޫމްތައް ތަރުޖަމާކުރުމުގެ ވަސީލަތެއްގެގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެވެ. އެގޮތުން، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ކުޑަކުއްޖާގެ މަޞްލަޙަތު ތަރުޖަމާ ކުރުމަށްޓަކައި، "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ 11 ފެބްރުއަރީ 1991 ދުވަހު .
8. (ހ) ދައުލަތުގެ އިދާރާތަކުންވިޔަސ ނުވަތް ޝަރުޢީ ކޯޓުތަކުންވިޔަސ ނުވަތް ރައްޔިތުންގެ މަޖިލީހުންވިޔަސ ނުވަތް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސ ނުވަތް ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށެވެ.
(ށ) ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސ ގޮތެއް ނިންމަންވާނީ، އެކުއްޖަކ ހުރު ޙާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންނެވެ. އެގޮތުން، އެއްވެސް ފަރާތަކުން ވަކި ކަމަކާ ގުޅޭގޮތުން ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަނޑައަޅަންވާނީ އަންނަނިވި ޢާންމު މިންގަނޑުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. (1) ކުއްޖާ އެކަމާމެދު ދެކޭ ގޮތް؛ (2) ކުއްޖާގެ އަމިއްލަވަންތަކަން ؛ (3) ކުއްޖާ ޢާއިލީ މާޙައުލެއްގައި ދެމިހުރުމުގެ މުހިންމުކަމާއި ޢާއިލާގެ މެންބަރުންނާ ކުއްޖާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން؛ (4) ކުއްޖާއަށް ލިބެންޖެހޭ އަޅާލުމާއި، ރައްކާތެރިކަމާއި، ސަލާމަތްތެރިކަން ؛ (5) ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ޙައްޤު ؛ (6) ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ޙައްޤު؛ (7) ކުއްޖާގެ އިޖްތިމާޢީ ނުވަތަ އެނޫންވެސް ޙާލަތު.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޢާންމު މިންގަނޑުތަކުގެ ތެރެއިން ވަކި މިންގަނޑަކަށް ނުވަތަ މިންގަނޑުތަކަކަށ ބުރަދަން ދިނުމުގައި ބަލަންވާނީ، އެއިން ކޮންމެ މިންގަނޑެއް، އެކުއްޖާގެ ޙާލަތާ ގުޅޭ މިންވަރަކަށް ރިޢާޔަތްކުރުމަށްފަހު، އެ ޙާލަތަކާގުޅޭ ނިސްބަތަކަށެވެ. އެހެންނަމަވެސް، އެ ޙާލަތުގައިވެސް، އެ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ޢާންމު މަޤްޞަދަށް ރިޢާޔަތްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޢާންމު މިންގަނޑުތަކުގެ އިތުރުންވެސް، އަދި އެ ޢާންމު މިންގަނޑުތަކާ ތަޢާރުޟުނުވާނެ ފަދައަކުން، ކުއްޖާ ހުރި ޙާލަތަށް ބިނާކޮށް، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް މުހިންމު އެހެން ކަންކަމަށްވެސް ރިޢާޔަތްކުރަންވާނެއެވެ . ދަށުން އުފައްދާފައިވާ "ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗިލްޑްރަން"އިން ބަލައިގެންފައިވާ ޖެނެރަލް 18 17 ކޮމެންޓާއި ކުޑަކުދިންގެ އުނގެނުމުގެ ޙައްޤާގުޅޭ ޖެނެރަލް ކޮމެންޓަކީ އެހީއެކެވެ.
154ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ 3 ވަނަ މާއްދާގައި، ކުޑަކުދިންނާ ގުޅުންހުރި އެންމެހައި ކަމެއްގައި، ކުއްޖާގެ މަޞްލަޙަތައް އިސްކަންދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބުނެވިދިޔަ މުޢހާ ދާގަ 5 ވަނަ މާއްދާގައި، ކުއްޖާގެ ބަދަލުވަމުންއަންނަ ޤާބިލިއްޔަތު އެއްގޮތްވާ ގޮތުގެމަތިން، ކުއްޖާގެ ޙައްޤުތައް ބޭނުންކުރުމުގައި، އެކަށީގެންވާ މަގުދައްކައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުއްޖާގެ މައިންބަފައިންގެ ކިބައިގައިވާ ޒިއްމާތަކާއި، ޙައްޤުތަކާއި މަސްއޫލިއްޔަތަށް ދައުލަތުން އިޙުތިރާމު ކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
155"ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ގެ 28 ވަނަ މާއްދާގައި، އުނގެނުމުގެ ޙައްޤު ކުއްޖާއަށް ލިބިގެންވާކަން ބަލައިގަނެ، އެ ޙައްޤު ލިބިދިނުން ކުރިއެރުވުމަށްޓަކައ އަދި ހަމަހަމަ ފުރުޞަތު ލިބިދިނުމުގެ ގޮތުން، ހުރިހާ ކުދިންނަށް ހިލޭ ޕްރައިމަރީ އެޑިޔުކޭޝަން ލިބިދިނުން މަޖުބޫރުކޮށް، ސާނަވީ ތަޢުލީމުގެ ބާވަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ހތި ވަރުދޭނ ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މުޢާހަދާގެ 29 ވަނަ މާއްދާގައި، ކުޑަކުދިންގެ އުނގެނުމުގެ ޙައްޤުގެ މިސްރާބަކަށް ވާންވާނީ، ކުއްޖާގެ ޝަޚުޞިއްޔަތާއި، ހުނަރާއި، ނަފުސާނީ އަދި ޖިސްމާނީ ޤާބިލުކަމުގެ އެންމެމަތީ މިންގަނޑު Committee of the Rights of Children, General Comment no. 14 (2013) on the right of the child to have his or her best interests taken as a primary consideration (art. 3, para 1), CRC/C/GC/14, 29 May 2013, at pp 11 to 18. Committee of the Rights of Children, General Comment no. 1 (2001) on the aims of education (art. 29, para 1 to 14), CRC/GC/2001/1, 17 April 2001, at pp 2 to 5. State Parties shall respect the responsibilities, rights and duties of parents or, where applicable, the members of the extended family or community as provided for by local custom, legal guradians or other persons legally responsible for the child, to provide, in a manner consistent with the evolving capacities of the child, appropriate direction and guidence in the exercise by the child of the rights recognized in the present convention. States Parties recognize the right of the child to education, and with a view to achieving this right progressively and on the basis of equal opportunity, they shalll, in particular: (a) Make primary education compulsory and available free to all; (b) Encourage the development of different forms of secondary education, including general and vocational education, make them available and accessible to every child, and take appropriate measures such as introduction of free education and offering financial assistance in case of need; (c) Make hugher education accessible to all on the basis of capacity by every appropriate means; ހސާލުކުރުންކަމަށް ބުނެފައިވެއެވެ. އަދި 29 ވަނަ މާއްދާގެ އެއްވެސް ބައެއް ނުވަތަ 28 ވަނަ މާއްދާ ތަރުޖަމާކުރުމުގައި، ޢާއްމުންނާއި ޖަމާޢަތްތަކުން އުނގެނުމުގެ މަރުކަޒުތައް ބިނާކުރުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް މާނަކޮށްގެން ނުވާނެކަމަށާއި، 29 ވަނަ މާއްދާގެ ޕެރެގްރާފު 1 ގައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެފަދަ ތަނެއްގައި ހުންނަންވާނެކަމަށް ކަނޑައަޅާ އެންމެ ދަށްމިންގަނޑަށް ތަބާވާންޖެހޭނެކަމަށ ދައުލަތަށް ކަނޑައެޅިދާނެކަމަށް ބުނެފައިވެއެވެ.
156"ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ 29 ވަނަ މާއްދާއަށް ބަލާއިރު، ކުއްޖާގެ ޖަމާޢަތީ ޙައްޤުގެ ތެރޭގައި ކުއްޖާގެ ތަބީޢީ ޤާބިލުކަމާ އެއްމިންވަރަކަށް، ހެދިބޮޑުވުމުގ ޙައްޤުތަކުގެ އިތުރުން، ތަޢުލީމުގެ ޙައްޤުވެސް ލިބެންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ. އަދި ތަޢުލީމގު މަޤުޞަދުގެ ތެރޭގައި، ކުއްޖާގެ އެންމެމަތީ ޤާބިލުކަމަށް ވަށާޖެހގޮތަށޭ ވާސިލުވުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރުމަށާއި، ކުއްޖާގެ އަމިއްލަވަންތަކަމާއި ގުޅުންތައ އިތުރަށް ފައުޅުކުރުމާއި، މުޖުތަމަޢުއާއި މާހައުލާއި ކުއްޖާ ގުޅުވައިދިނުނ ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ތަޢލު މ ވާންވާނީ، ކުއްޖާއާ ގުޅިފައިވާ، ކުޑަކުދިންނާ ރައްޓެހ އަދި ބާރުވެރިކުރުވާ ކަމެއްގެގޮތުގައި ކަމަށާއި، މި ޙާލަތުގައި ތަޢުލީމަކީ ރަސްމީ ނިޒާމުގެ ތަޢުލީމުގެ އިތުރުން، ދިރިއުޅުމުގެ ތަޖުރިބާއާއި އުނގެނުމުގެ ތެރެއިން ކުއްޖާގެ އަމިއްލަވަންތަކަމާއ ހުނަރާއި ޤާބިލުކަން ތަރައްޤީކޮށް، ހިތްހަމަޖެހޭ ދިރިއުޅުމެއް މުޖުތަމަޢުގައި އުޅުމަށް މަގުކޮށައިދޭ ކަމަކަށްކަމަށް ބުނެފައިވެއެވެ. State parties agree that the educationn of the shall be directed to: (a) The development of the child’s personality, talents and mental and physical abilities to their fullest potential; No part of the present article or article 28 shall be construed so as to interfere with the liberty of individuals and bodies to establish and direct educational institutions, subject always to the observance of the principle set forth in paragraph 1 of the present article and to the requirements that the education given in such institutions shall conform to such minimun standards as may be laid down by the State.
157މީގެއިތުރުން، އުނގެނުމުގައި އެކިކުދިންގެ ތަފާތު ޤާބިލިއްޔަތަށް ރިޢާޔަތްކޮށް، ކުދިންގެ ތަފާތުތަކަށް އިޙުތިރާމުކޮށް، މަޝްވަރާކުރެވިގެން ކުއްޖާގެ ތަޢުލީމު ބައްޓަންކުރުމަށް ބާރުއަޅާފައިވެއެވެ. ކުޑަކުދިންގެ ޙައްޤުތަކަކީ އެކުދިންނާ ވަކިނުކުރެވޭނެ ޙައްޤެއްކަމަށާއި، ކުއްޖާއާ ގުޅުންހުރި ކަންކަމުގައި މައިންބަފައިންގެ ރަޢުޔަށް އިޙުތިރާމުކުރުމުގެ މުހިއްމުކަން ބަޔާންކޮށްފައިވެއެވެ. އަދި މަދަރުސާގެއޮޅި ގިރާކުރުމާއެކު ކުޑަކުދިންގެ އިންސާނީ ޙައްޤުތައް ނުގެއްލޭނެކަމަށާއި، ތަޢުލީމު ދިނުމުގައި ކުއްޖާގެ ކަރާމާތަށް އިޙުތިރާމު ކުރުމާއެކު، މަދަރުސާ މާހައުލުގައި އުފާވެރިކަމާއެކު ބައިވެރިވުމަށް މަގުފަހިކޮށް، ކުޑަކުދިންނަށް ލިބިގެންވް އެންމެހައި ޙައްޤުތައް އެކުއެކީގައި ލިބިދެވުމަށް ބާރުއަޅކަމަށް ބަލަންޖާ ހެކަމަށ ބަޔާން ކޮށްފައިވެއެވެ.
158"ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ 28 އަދި 29 ވަނަ މާއްދާ ތަރުޖަމާ ކުރުމާގުޅޭގޮތުން ބަޔާންކޮށްފައިވާ ބުނެވިދިޔަ ކަންކަމަށް ބަލާއިރު، ކޮންމެ ކުއްޖެއްގެ ޠަބިއްޔަތާއި، އަމިއްލަވަންތަކަމާއި ޤާބިލިއްޔަތާއި، ޝައުޤުވެރިވާ ކަންކަމާއި ހުނަރަށް ރިޢާޔަތްކުރަނިވި، އަދި ކޮންމެ ކުއްޖަކަށްވެސް ޚާއްޞަވެގެންވާ ސިފަތަކަށް ފަރުވާތެރިވެފައިވާ ތޢުލީމުގ ނިޒާމެއްގެ ތެރެއިން، ކުޑަކުދިން އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބާރުއަޅާފައިވެއެވެ. އަދި ތަޢުލީމުގެ ނިޒާމުގެ އެންމެބޮޑު މަޤުޞަދަކީ ކުއްޖާގެ އުނގެނުމުގެ މަރުޙަލާތައް ވަށާޖެހޭގޮތަށް ބައްޓަން ކުރުންކަމަށާއި، ހަމައެކަނި މަޢުލޫމާތު ހޯދުމާއި، އެކަށީގެންނުވާ މިންވަރަށް މަސައްކަތް ޙަވާލުކުރުމަކީ ބައެއްކުދިންގެ ހެދިބޮޑުވުމަށް ހުރަހަކަށްވެދާނެ ކަމެއްކަމަށް ރިޢާޔަތްކޮށް، ކޮންމެ ކުއްޖެއްގެ ޤާބީލުކަން އެންމެމަތީ ދަރަޖައަށް ގެންދިޔުމަށާއި، ކުޑަކުދިންނާ ރައްޓެހި، ކޮންމެކުއްޖަކު މޯޓިވޭޓްކޮށް އިންސްޕަޔަރކުރާ، ކުއްޖާގެ CRC/GC/2001/1, 17 April 2001, at pp 2 to 3. ބަދަލުވަމުންދާ ޤާބިލިއްޔަތަށް ބައްޓަން ކުރަނިވި، މަދަރުސާ މާހައުލެއް ޤާއިމުކުރުމަށް ބައިނަލްޢަޤްވާމީ ޒިއްމާތަކުން ބާރުއަޅާފައިވެއެވެ.
159"ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ތަރުޖަމާކުރުމުގެ އެހީގައި ބަޔާންކޮށްފައިވާ ބުނެވިދިޔަ ކަންކަމަށް ރިޢާޔަތް ކުރުމުން، ކުޑަކުދިންގެ ތަޢުލީމާ ގުޅުންހުރި ކަންކަމުގައި ކުއްޖާގެ މަޞްލަޙަތަށް ޖުމްލަކޮށް ރިޢާޔަތް ކުރަންޖެހޭނެކަމާއި، ކޮންމެ ކުއްޖެގެ ޤާބިލުކަން ބަދަލުވަމުންދާ މިންވަރަށް ރިޢާޔަތްކޮށް އެންމެމަތީ ޤާބިލިއްޔަތަށ ވާސިލުވުމަށް އެހީތެރިވެދީ، ކުދިންގެ ޚާއްޞަ ސިފަތަކަށް ތަޢުލީމުގެ ނިޒާމނު ފަރުވާތެރިވުމުގެ ޒިއްމާއެއް، އެ މުޢާހަދާގެ ދަށުން ދައުލަތުގެ މައްޗަށް އޮތްކަމަށް ދެކެމެވެ.
160"ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ތަޢުލީމުގެ ނިޒާމުގައި، ކުއްޖާގެ ޚާއްޞިއްޔަތަށް ރިޢާޔަތްކޮށް، އިތުރުއެހ ބޭނުންވީ ކުދިންނަށް މަދަރުސާ މެދުވެރިކޮށް ޚާއްޞަ ކުލާސްތައް ހިންގައި، ވަކިވަކި ކުދިންނަށް އިތުރު ސަމާލުކަންދީ، އިތުރު މުދައްރިސުންނާއެކު އެކުދިން އުނގެނުމަށް މަގުފަހިކޮށް، ތަޢުލީމުގެ އެއްހަރުފަތުން އަނެއްހަރުފަތަށް ބަދަލުކުރުމުގެ ބަދަލުގައި، ގރޭޑު ރިޕީޓުކުރުމުގެ މަޞްލަޙަތުބޮޑު ކުދިން ގެ މައިންބަފައިނާ މަޝްވަރާކޮށް، ކޮންމެ ކުއްޖެއްގެ ތަޢުލީމަކީ މައިންބަފައިނާ މަޝްވަރާކުރެވޭ، އަދި ކޮންމެ ކުއްޖަކަށް ޚާއްޞަ އުނގެނުމުގެ ތަޖުރިބާއަކަށް ހެދުމަށް ދިވެހި ދައުލަތުންވެސް މަސައްކަތްކުރާކަން މި މައްސަލައިގެ ހުށަހެޅުންތަކާއި، ތަޢުލީމުގެ ޤާނޫނގު މާއްދާތަކަށް ޖުމްލަކޮށް ބެލުމުން އެނގެއެވެ. ކުދިން އުނގެނުމަށް ހުންނަ ޝައުޤުވެރިކަން ދަމަހައްޓައި، ކުދިން ފޫހިނުވާ، އީޖާދީ ވިސްނުންތަކުގެ މައްޗަށް ބިނާވެފައިވާ ތަޢުލީމުގެ ނިޒާމެއް ބައްޓަންކުރަނ މަސައްކަތް ކުރާކަމަށްވެސް ބެލެވެއެވެ. އަދި ކުއްޖާއަކީ ތަޢުލީމު ނިޒާމުގެ މުޤައްރަރުގައިވ ކަންކަނާ ހާސިލުކުރުމުގައި ގޮންޖެހުންތަކ ކުރިމަތިލާ ކުއްޖެއްކަމަށް މަދަރުސާއަށް Committee of the Rights of Children, General Comment no. 1 (2001) on the aims of education (art. 29, para12), Committee of the Rights of Children, General Comment no. 1 (2001) on the aims of education. ފެންނަނަމަ، ނުވަތަ ކުއްޖާގެ ހެދިބޮޑުވުމުގައި ނަފުސާނީ ގޮންޖެހުންތަކެއް ހުރިނަމަ، އެކުދިންގެ ޚާއްޞިއްޔަތަށ ރިޢާޔަތްކޮށް ތަޢުލީމުގެ ނިޒާމު އކުއެޖަކަށް ޚާއްޞަވާގޮތަށް، ދައުލަތާއި އަމިއްލަ ފަރާތްތަކުން ހިންގާ މަދަރުސާތަކުގައިވެސް ބައްޓަން ކުރުމަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރެވޭކަމަށް ބުރަވެވެއެވެ.
161"ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ ކޮމިޓީއިން، ސްޕެއިންގެ ފަރާތުން ކުއްޖަކު ސްކޫލަށް ވަނަނުދިން މައްސަލައެއްގައި، އެ މައްސަލައިގައި ހިމެނޭ ކުދިންނަށް ތަޢުލީމުގެ ފުރުޞަތު ނުދިނުމަކީ ކުޑަކުއްޖެއްގެ އެންމެމަތީ ޤާބިލިއްޔަތަށ ވާސިލުވުމަށް ހުރަސްއެޅޭ ކަމެއްކަމަށބަލައި، "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ 29 ވަނަ މާއްދާގައިވާ ތަޢުލީމުގެ މަޤުޞަދުތަކާ ސްޕެއިން ޚިލާފު ވެފައިވާކަމަށް ނިންމައި، އެކުދިން ސްކޫލަށް ވެއްދުމަށް ކަނޑައަޅާފައިވެއެވެ.
162ޗެކް ރޕަބްލި ކ ގ މައްސަލައެއްގައި، މުޤައްރަރުގައި ނަސްލީ ތަފާތުކުރުން ނެތްނަމަވެސް، ރޯމާ ކުދިންނާ ގުޅޭގޮތުންހެދޭ ނަފުސާނީ ޓެސްޓެއްގެ މައްޗަށްބިނާކޮށް، ރޯމާ ކުދިންގެ ޤާބިލުކަން ވަޒަންކުރުމުގައި ނަސްލީ ތަފާތުކުރުމަށް މަގުފަހިވެފައިވުމުގެ ސަބަބުން، ޚާއްޞަ މަދަރުސާތަކުގައި އެކުދިންގެ ޢަދަދު ގިނަވެފައިވަނީ، އެ ކުދިންގެ ޙަޤީޤީ ޤާބލިއްޔަތި ޚިލާފަށްކަމަށް، ރޯމާ ކުދިންގެ ފަރާތުން ޝަކުވާއެއް ހުށަހެޅުނެވެ. ދައުލަތުގެ ހުށަހެޅުމުގައި، ކުދިން ވަޒަންކުރުމަށް ޤާއިމުކޮށްފައިވާ ނިޒާމުގައި ނަސްލީ ތަފާތުކުރުން ނެތްކަމަށާއި ކުދިން ވަންނަނީ މައިންބަފައިންގެ އިޚްތިޔާރުގެ ތެރެއިންކަމަށް ބުނމުންދާއިރަ، އެ ނިޒާމުގެ ތެރެއިންހަދާ އެސެސްމަންޓުގައި ސަބްޖެކްޓިވް ނުވަތަ ޚާއްޞަ ޓެސްޓުތަކެއް ހަދާކަމާއި، އެ ޚާއްޞއްޔަތުގި ޓެސްޓުގެ ނަތީޖާގެ ސަބަބުން، ރޯމާކުދިން ޚާއްޞަ ސްކޫލުތަކަށް ދިޔުމުގެ ފުރުޞަތު ބޮޑުވެފައިވަނީ، ތަފާތުކުރުމުގެ ތެރެއިންކަމަށާއި، ޚާއްޞަ ސްކޫލަށް ދާންޖެހުމުގެ ސަބަބުން ސާނަވީ އަދި މަތީ ތަޢުލީމުގެ A.B.A et al. v. Spain, CRC/C/91/D/118/2020 <http://Committee on the Rights of the Child - Communication Nos. 114/2020 , 116/2020, 117/2020 and 118/2020 | Statelessness Case Law Database> accessed 12 December 2025. ފުރުޞަތުތަކަށް ހުރަސްއެޅިފައި ވުމާމެދު ބަހުސްކުރެވިފައިވެއެވެ. ދައުލަތުގެ ހުށަހެޅުމުގައި، ޚާއްޞަ ސްކޫލުތކަކީ ދަށްފަންތީގެ ސްކޫލްތަކެއ ނޫންކަމަށް ވަކާލާތު ކޮށްފައިވެއެވެ. އެ މައްސަލައިގައިވާ ޝަކުވާގެ އަސާސަކީ، ނަސްލީ ތަފާތުކުރުން ނޫންކަމަށާއި، ރޯމާ ކުދިންގެ ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްތެރިކަން ދިނުމާއެކު، އެކުދިންނަށް ފަހިވާގޮތަށް ދައުލަތުން ޢަމަލު ނުކުރުމުގެ ސަބަބުން ނުސީދާގޮތުން ކުދިންނާމެދު ނަސްލީ ތަފާތުކުރުން އުފަންވެފައި ވުންކަމަށް ކޯޓުން ބުނެފައިވެއެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ތަފާސް ހިސާބުތަކަށް ބެލުމުން، ޚާއްޞަ ސްކޫލުގައިވ ރޯމާ ކުދިންގެ ޢަދަދު އާދަޔާ ޚިލާފަށް ގިނަކަމަށް ދައްކާއިރު، ޝަކުވާކުރާ ފަރާތުގެ ހުށަހެޅުމުގައިވާފަދަ ނުސީދާ ތަފާތުކުރުމުގެ ފުރުޞަތު އޮތްކަމަށް ބުރަވެވޭތީ، އެފަދައިން ނޫންކަން ސާބިތުކުރުމުގެބުރަ ދައުލަތަށް ފުރޮޅޭކަމަށް ބަޔާންކޮށްފައިވެއެވެ. އެ މައްސަލައިގައި ދައުލަތުގެ މައިގަނޑު ހުށަހެޅުމަކީ، ރޯމާކުދިން ޚާއްޞަ ސްކޫލަށް ވައްދާފައިވަނީ އެކުދިންގެ ޤާބިލިއްޔަތު ވަޒަންކުރުމަށްފަހު ޚާއްޞައެހީ ބޭނުންވާތީކަމަށެވެ. ރޯމާ ކުދިންގެ ޤާބިލުކަން ވަޒަންކުރުމުގައި އެކުދިންގެ ޚާއްޞިއްޔަތަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އެކުދިން އެސެސްކޮށްފައިވާ ގޮތުގެސަބަބުން، ސިކުނޑީގެ އުނިކަންހުންނަ ކުދިންނަށް ޚާއްޞަކޮށްފައިވާ ސްކޫލުތަކުގައި އުނގެނެން ޖެހުމުގެ ސަބަބުން، ޢާއްމު ސްކޫލުތަކުގެ މުޤައްރަރަށްވުރެ ދަށްފެންވަރުގެ މުޤައްރަރެއ އެކުދިން ކިޔަވަންޖެހިފައިވަނީ، އެކުދިންނަށް މެދުވެރިވި ޙަޤީޤީ މައްސަލަ ކަމުގައިވާ ކުދިންގެ ހެދިބޮޑުވުމުގެ ޤާބިލިއްޔަތަށްބަލައި، ކުއްޖާގެ ތަޢުލީމު ބައްޓަންކުރުމަށްއޮތް ދައުލަތުގެ މަސްއޫލިއްޔަތާ އެއްގޮތަށްކަމަށް ބެލެވެންނެތްކަމަށް، ކޯޓުން އެ މައްސަލައިގައި ކަނޑައަޅާފައިވެއެވެ.
163ދިވެހިރާއްޖޭގައި ކަންހިނގާގޮތަށް ނަޒަރުކުރާއިރު، މި ނިންމި މުގު 69.4 ވަނަ ނުކތު ގައި ބަޔާންކޮށްފައިވާ ފަދައިން، 12 އަހަރުގެ ކުއްޖަކު އޭ-ލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ދައުލަތުން ދީފައިވާއިރު، ޢާއްމު D.H. and Others v. The Czech Republic, Application no. 57325/00 (Judgment (Merits and Just Satisfaction, 13 November 2007) <http://hudoc.echr.coe.int/eng?i=001-83256> accessed 12 December 2025. އުޞޫލުން އޭ -ލެވެލްގެ ކިޔެވުން ފެށެނީ ޢުމުރުން 16 (ސޯޅަ) އަހަރު ފުރުމަށްފަހުއެވެ. ވަކިޢުމުރެއް ހަމަވުމަށްފަހު މެނުވީ އެއްމަރުޙަލާއިނ އަނެއް މަރުޙަލާއަށް ބަދަލް ކުރެވޭކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން ބުނެވިދިޔަ ޚަބަރަށް ޙަވާލާދީ ދައްކާފައިވާ ވާހަކަތަކަށް ދައުލަތުން ޖަވާބެއް ދީފައިނުވެއެވެ.
164ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި، ޕްރީސްކޫލްގެ ޢުމުރުފުރއާ ޙަވާލާދީފައިވާއިރު، ޘާނަވީ ތަޢުލީމާއި މަތީ ޘާނަވީ ތަޢުލީމު މާނަކުރުމުގައި ޙަވާލާދީފައިވަނީ ގރޭޑު އަށެވެ. ޕްރީސްކޫލްގެ ޢުމުރުފުރާ ކަމުގައިވާ 4 (ހަތަރެއް) އަހަރާއި 6 (ހައެއް) އަހަރަށްފަހު، ކުއްޖާގެ ޢުމުރަކީ ކުއްޖާގެ ގުރޭޑް ކަނޑައެޅުމަށްޓަކައި ގައިދެއްކަމަށ ޤާނޫން ދަންނަކަމަށް ނުބެލެވެއެވެ. މިއީ، ބުނެވދިޔަ ޢުމުރުނި 12 (ބާރަ) އަހަރުގެ ކުއްޖާ، ޢާއްމުކޮށް 16 (ސޯޅަ) އަހަރުގައިފަށާ ތަޢުލީމުގެ މަރުޙަލާއެއްގައި، 16 (ސޯޅަ) އަހަރުގެ ކުދިންނާއެކު ކިޔެވުމަށް ހުރަސްނޭޅުމަށް މަގުފަހިވު ޤާނޫނި ސަބަބެއްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.
165ބުނެވިދިޔަ ކަންކަމުން ފައުޅުވާ ޙަޤީޤަތަކީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ނިޒާމުގައި، ކުއްޖާއަށް އިތުރު އހީއަށެ ބޭނުންވާނަމަ އަދި ބައެއްޙާލަތުގައި ކުއްޖާގެ ޤާބިލުކަން ހުރިނެތމިންވަރަށް ރިޢާޔަތްކޮށް، ތަޢުލީމުގް އެއްހަރުފަތުން ދެންއޮންނަ ހަރުފަތަށް ބަދަލުނުކޮށް، ކުއްޖާ ރިޕީޓުކުރުމަށ ނިންމް ނިންމުމަކާ ކުއްޖާގެ ޚާއްޞަ މަޞްލަޙަތަށް ރިޢާޔަތްކޮށް ދައުލަތުންއަޅާ ފިޔަވަޅެއްކަމެވެ. ދެންއޮތް ސުވާލަކީ، ކުއްޖާގެ ޚާއްޞަ ސިފަތަކާއި ކުއްޖާގެ ޤާބިލުކަން ހުރިނެތް މިންވަރަކީ، ހަމައެކަނި ކުއްޖާ ރިޕީޓ ކުރުމުގު ބޭނުމަށް ނުވަތަ ކުއްޖާގެ ޤާބިލުކަން އެވަރެ ޖ ކުއްޖަކަށްވުރ ދަށްވެ ޙާލަތުގައި ރިޢާޔަތްކުރެވޭނެ ނުވަތަ އެ ބޭނުމަށއެކަން ރިޢާޔަތް ކުރަންޖެހޭ ކަމެއްތޯއެވެ.
166ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ލިބިދޭ ޚާއްޞަ ރައްކާތެރިކަމުގެ ޙައްޤާއި، 18 ވަނަ މާއްދާގައި އަސާސީ ޙައްޤުތައް ލިބިދިނުމުގައި ދައުލަތުގެ މައްޗަށްއޮންނަ ޒިއްމާއާއި، 68 ވަނަ ފާތިމަތު އަޖްފާން،"ޢމުރުނު 12 އަހަރުގެ ރަޔާން އޭ ލެވެލަށ ކިޔަވަން ފަށައިފި"، (news mihaaru) <https://mihaaru.com/news/125876> accessed 03 December 2025 މާއްދާގެ ދަށުން ޙައްޤުތައް މާނަކުރުމުގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މުޢާހަދާތަ ކުގައިވާ އުޞޫލުތަކަށް ޢަމަލުކުރުމާއި، 69 ވަނަ މާއްދާގެ ދަށުން ޙައްޤުތައް ފުޅާކޮށް ތަރުޖަމާ ކުރުމުގެ އުޞޫލުތަކަށް ބެލުމުން، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޢާއްމު މާއްދާއެއްކަމަށް ޤާނޫނީހަމަތަކުން ނުބެލެވޭނެކަމަށް ދެކެމެވެ. އެހެނީ، މި ނިންމުމުގެ ނުކުތާ 814 އިން 162 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހުރުމުން، ތަޢުލީމަކީ ކުއްޖާއަށް، ކުޑަކުދިންގެ ޤާނޫނާއި "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުޢާހަދާއިން ކުޑަކުދިންނަށް ލިބިގެންވާ އުނގެނުމުގެ ޙައްޤުގެ ބަޔަކަށްވެފައި، ތަޢުލީމުގެ ޤާނޫނުގައިވާ މާއްދާތައް ތަރުޖަމާކުރުމގައު ޢަމަލު ކުރަންޖެހޭނީ، ތަޢުލީމަކީކުޑަކުދިންނަށް ލިބިގެންވާ އުނގެނުމުގެ ޙައްޤުގެ ބައެއްކަމަށް ބަލައިގެން، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ އުޞޫލުތަކާ އެކުއެކީގައިކަމަށް ދެކެމެވެ.
167ތަޢުލީމުގެ ޤާނޫނަކީ ޚާއްޞަ ޤާނޫނެކެވެ. ހަމައެއާއެކު، ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކާގުޅޭ ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކަށް ޖުމްލަކޮށް ރިޢާޔަތްކުރުމުން، ކުޑަކުދިންގެ ޤާނޫނަކީ ދިވެހިރާއްޖޭގައިތިބި ހުރިހާ ކުޑަކުދިންނަށް ޚާއްޞަ ޤާނޫނެއްކަމާއި، އެ ޤާނޫނުގެ ދަށުނު ކުޑަކުއްޖަކަށްވީތ ލިބިގެންވީ ޙައްޤުތަކާއި އ ކުދިންނާ ވަކިނުކުރެވޭނެކަމަށްވެސް ބަލަންޖެހެއެވެ. ވީމާ، ކުޑަކުދިންގެ ޙައްޤުތަކުގެ ތެރެއިން ތަޢުލީމުގެ ޙައްޤާ ގުޅުންހުރި ކަންކަމުގައި، ކުޑަކުދިންގެ ޤާނޫނާއި، "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ގައިވާ އުޞޫލުތައް އެއްފަރާތްކޮށް، ތަޢުލީމުގެ ޤާނޫނުގައިވާ ކުޑަކުދިންނާ ގުޅުންހުރި މާއްދާތަކަކީ އެ ކުދިންނާވަކިކޮށް ތަރުޖަމާކުރެވޭނެ ޚާއްޞަ މާއްދާތަކެއްކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއއޮތްކަމަށް ނުދެކެމެވެ.
168އެހެންކަމުން، ދަށުކޯޓުގެ ނިންމުމުގައި ތަޢުލީމުގެ ޤާނޫނުގެ މާއްދާތައް ތަރުޖަމާކުރުމުގައި، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއާ ވަކިކޮށް، ތަޢުލީމުގެ ޤާނޫނުގެ މާއްދާތައް ތަރުޖަމާކޮށް، އެ މައްޗަށް ގޮތްނިންމަވާފައިވަނީ ނުރަނގަޅު ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްކަމަށްދެކެމެވެ.
169ދެންއޮތް ސުވާލަކީ، ދިވެހިރާއްޖޭގައިތިބި، ކުއްޖާގެ ޖިސްމާނީ ޢުމުރަށްވުރެ ތޫނުފިލި ކުދިންގެ މައްޗަށް، ޤާނޫނުގައިވާ ތަޢުލީމުގެ ހަރުފަތުގެ ޢުމުރުފުރާތައް ހަރުކަށިކޮށް ތަޠުބީޤު ކުރުމަކީ ތަޢުލީމުގެ ޤާނޫނުގެ މަޤުޞަދުތޯއެވެ.
170ޕްރިސިޑެންސް 8މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ޤާބިލުކަމުގެ އެސެސްމަންޓުތަކެއް އަމިއްލަގޮތުން ހެދުމަށްފަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މި ނިންމުމުގެ ނުކުތާ 59 އިން 65 އަށް އަދި 118.7 ވަނަ ނުކުތއިނާ 118.12 ވަނަ ނުކުތއަށާ ބަޔާންކޮށްފައިވް ކަންކަމަށް ޖުމްލަކޮށް ބެލުމުން، މިނިސްޓްރީގެ ނިންމެވުމަށް ވާސިލުވުމުގައި، "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގެ 29 ވަނަ މާއްދާގައި ކުޑަކުދިންނަށް ލިބިގެންވާ އުނގެނުމުގެ ޙައްޤާގުޅޭ އުޞޫލުތަކަށް އެކަށީގެންވާގޮތަކަށް ޢަމަލުކޮށްފައިވާކަމަށް ނުދެކެމެވެ. ސަބަބަކީ، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކުރުމުގެ ޒިއްމާ ދައުލަތުގެ މައްޗަށްއޮތުމާ އެކުއެކީގައި، އެ މުޢާހަދާގެ 29 ވަނަ މާއްދާގެދަށުން ކުއްޖާގެ އުނގެނުމުގެ ޙައްޤުގެތެރެއިން، ދައުލަތުން ކުޑަކުދިންނަށް ފޯރުކޮށްދޭ ތަޢުލީމަކީ، ކުއްޖާގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތަކާއެކުއެކީ، ކުއްޖާގެ ބަދަލުވަމުންއަންނަ ޤާބިލުކަން އެންމެމަތީ ދަރަޖައަކަށ ގެންދިޔުމަށް މަގުފަހިކުރުވަނިވި ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމުގެ ޒިއްމާއާ އެއްގޮތަށް ދައުލަތުން އެކަށީގެންވާ ގޮތެއްގެމަތިން މަސައްކަތްކުރުމުގެ ބަދަލުގައި، މި ޙާލަތުގައި، ދައުލަތުން ކުއްޖާއާމެދު ގޮތްނިންމުމުގައި ބަލާފައިވަނީ ކުއްޖާގެ ތަބީޢީ އުމުރަށް އެކަނިކަމަށް ވުމުންނެވެ. ކުއްޖާގެ ހެދިބޮޑުވުމުގެ ޠަބީޢީ ދުވެލީގެ ސަބަބުން ކުއްޖާގެ ޤާބިލުކަމަށް އައިސްފައިވާކަމަށްބެލެވޭ ކުރިއެރުންތަކަށް ނުވަތަ ކުއްޖާގެ ޢުމުރަށްވުރެ ޠަބީޢީ ތޫނުފިލިކަން އިތުރުވެފައި ވާކަމަށްބެލެވޭ މިންވަރަށް، މި ޙާލަތުގައި މިނިސްޓްރީން ރިޢާޔަތްކޮށްފައި ވާކަމަކަށް ނުބެލެވެއެވެ. "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"އާއި ކުޑަކުދިންގެ ޤާނޫނާ ގުޅޭގޮތުން މަތީގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ އަލީގައި، ކުއްޖާގެ ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްކޮށް ކުއްޖާގެ ތަޢުލީމު ބައްޓަންކުރުމުގެ ޒިއްމާއެއް ދައުލަތުގެ މައްޗަށް އޮންނާނެކަމަށް ދެކެމެވެ.
171ދެންއޮތް ސުވާލަކީ، ކުއްޖާއަކީ ތޫނުފިލި ކުއްޖެއްކަމަށް ބެލެވިގެން، މައިންބަފައިންނާއި ބެލެނިވެރިން ކުއްޖާ ޑަކްޓަރަކަށ ދައްކައިގެން ހޯދާލިޔުމެއްގެ މައްޗަށްބިނާކޮށް، މިނިސްޓްރީން ކުއްޖާގެ ގުރޭޑް ބަދަލުކުރުމުގެ އުޞޫލެއް ޤާއިމުކޮށްފިނަމަ، ތަޢުލީމުގެ ނިޒާމާއި އެ ނިޒާމުގައި ދެންތިބި އެހެން ކުޑަކުދިންނަށް ޤާނޫނުގެ ޙުކޫމަތު ހިނގުމުގެ ހަމަހަމަކަން ވަޒަންކުރާނީ ކޮންގޮތަކަށްތޯއެވެ. ޤަބޫލުކުރަންޖެހޭ އެއްޙަޤީޤަތަކީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ކުޑަ، އިޤްތިޞާދީ އަދި އެހެނިހެން ގޮތްގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށް ނުބެލެވުނު ނަމަވެސް، މި ކުޑަކުޑަ ދިވެހިރާއްޖޭގައވެސި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭފަދަ ތޫނުފިލި ޤާބިލު ކުދިންނާއި މީހުން ތިބެދާނެކަމާއި، އަދި މިހާރުވެސް ދުނިޔޭގެ ފެންވަރުގައ ފާހަގަކުރެވި ތަޢުލީމީ ޤާބިލު ކުދިން ތިބިކަމެވެ. މި ރާއްޖޭގެ ކުދިންގެ އޯލެވެލް އަދި އޭލެވަލް ނަތީޖާތއަ އެކަމަށް ހެކިވެއެވެ. އެހެންކަމުން، ކުޑަކުދިންގެ ޤާބިލުކަން އެންމެމަތީ ދަރަޖައަށް ގެންދިޔުމަށް މަސައްކަތްކުރުމަށް ދައުލަތުގެ މައްޗަށްއޮތް ޒިއްމާގެ ތެރެއިން، ތަޢުލީމީ މަރުޙަލާއެއް ފުރިހަމަ ނުކުރެވި، ރިޕީޓު ކުރަންޖެހޭ ކުދިންނަށް ޚާއްޞަ އެހީތެރިކަންދީގެނ ދެންއޮތް ތަޢުލީމުގެ ހަރުފަތަށް ކުއްޖާ ގެންދިޔުމަށް ތަޢުލީމުގެ ނިޒާމުން މަސައްކަތްކުރާ ބީދައިން، ތޫނުފިލި ކުއްޖާ ކިޔެވުންމަތިން ފޫހިކޮށްނުލައި، ކުއްޖާގެ ތޫނުފިލިކަމ އެކަށީގެންވާ ގޮންޖެހުންތައް ކުރިމަތިކުރުވަނިވި އުނގެނުމުގެ ނިޒާމެއްގެ ތެރެއިން، ކުއްޖާގެ އެނމެމަތީ ޤާބިލުކަމަށް ވާސިލުވުމަށް ސަރުކާރުން މަގުކޮށައިދޭން ޖެހޭނެކަމަށް ދެކެމެވެ.
172އެގޮތުން، ކުޑަކުދިންގެ ޠަބީޢީ ޢުމުރަށް އެކަނި ބެލުމުގެ ބަދަލުގައި، ކުޑަކުދިންގެ ޤާނޫނުގެ 8 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށްއޮތް ކުއްޖާގެ މަޞްލަޙަތު އިސްކުރުމުގެ ޒިއްމާއާއި، ކުއްޖާއަށް ލިބިގެންވާ Ahmed Rudhain, “16 Maldivian Students Shine in International O-Level Exams” (Maldives republic) <https://mvrepublic.com/news/16-maldivian-students-shine-in-international-o-level-exams/> accessed on 29 December 2025. އުނގެނުމުގެ ޙައްޤާ ގުޅުންހުރި އުޞޫލުތަކުގެ ތެރެއިން ތަޢުލީމުގެ ޤާނޫނުގެ މާއްދާތައް ތަރުޖަމާކޮށް، ތޫނުފިލ ނުވަތި ޠަބީޢީ ޢުމުރަށްވުރެ ޤާބިލުކަން އިތުރުކަމަށްބެލެވޭ މި ރާއްޖޭގެ ކުދިންނަށް، އެކުއްޖެއްގެ އެންމެމަތީ ޤާބިލުކަމަށް ވާސިލުވުމަށް މަސައްކަތްކުރެވޭނެ ނިޒާމެއް ދައުލަތުގެ ފަރާތުން މިނިސްޓްރީ މެދުވެރިކޮށް އެކަށައަޅަ ން ވާނެކަމަށްދެކެމެވެ. އަދި ކުއްޖާގެ މައިންބަފައިން އަމިއްލަ ހައިސިއްޔަތުންހަދާ ޓެސްޓުތަކަށްއެކަނި ބެލުމުގެ ބަދަލުގައި، އާދަޔާޚިލާފު ޤާބިލުކަންހުރި ކުދިންގެ ތަޢުލީމީމަގު، އެކުދިންގެ ޤަބިލުކަމުގެ ދުވެއްޔާ އެއްހަމަކުރުމަށްޓަކައި، ބުނެވިދިޔަފަދަ ޢުމުރަށްވުރެ ޤާބިލުކަން އިތުރު ކުދިންތައް ވަޒަންކުރާނެ އެއްހަމަ ސިޔާސަތުތަކަކާއި، މިންގަނޑުތަކކާއި އުޞޫލުތަކެއް، މިނިސްޓްރީން އެކުލަވާލައި އެކަށައަޅަން ޖެހޭކަމަށދެކެމެވެ. މިފަދަ ނިޒާމެއް ޤާއިމުކުރުމަށް ދިރާސާކޮށް، އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ނަގާނެކަމަށް ބެލެވޭއިރު، މި މައްސަލައިގައިވާ އުޞޫލުތަކުގެ އަލީގައި، ދިވެހިރާއްޖޭގެ ތޫނުފިލި އަދި އާދަޔާ ޚިލާފަށް ޤާބިލު ކުދިންނަށް އުޖާލާ އަދި އައުމަގެއް، ދައުލތަށްވީ އެންމެ އަވަހަކަށް ކޮށައިދޭން ޖެހޭކަމަށްދެކެމެވެ. އެއްކުއްޖަކަށް މުޅިނިޒާމު ބަދަލު ނުކުރެވމަކު ބައެއްޙާލަތުގައި ބަލައިގަންނަންޖެހޭ ޙަޤީގަތެއް ކަމުގައިވާއިރު، ހަމައެއާއެކުއެކީގައި، ޢުމުރަށްވުރެ ޠަބީޢީގޮތުން ތޫނުފިލ އަދި އިތުރު ޤާބިލުކަން ލިބިފައިވާ ތަފާތު ކުއްޖަކާއި އެކުއްޖާއާ އެއްފަދަ އެހެން ކުދިންނަށް، އެކުދިންގެ ޚާއްޞިއްޔަތަށް ރިޢާޔަތްކޮށް، އެ ކުދިންގެ މަޞްލަޙަތުވެސް ކުރިއެރުވޭނެ ނިޒާމެއް މި ރާއްޖޭގައިވެސް އޮންނަންވާނެކަމަށް ދެކެމއެވެ.
173އެހެންކަމުން، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ރިޢާޔަތް ކުރާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ޚާއްޞަ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި، އެސެސްމަންޓުތައް، މިނިސްޓްރީގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން، މި ނިންމުމުގައިވާ ކަންކަމުގެ އަލީގައި އަލުންވަޒަންކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގރޭޑާމެދު މިނިސްޓްރީން އަލުން ގޮތެއްނިންމަން ޖެހޭކަމަށް ދެކެމެވެ.
174ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން؛
175ސިވިލް ކޯޓުގެ ނަންބަރ 2024-CVC-2434 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު އެއްގުރޭޑުނ އަނެއް ގުރޭޑަށް ބަދަލުކުރުމުގައި ދައުލަތުން ޢަމަލުކޮށްފައިވަނީ "ލެޖިޓިމޭޓް އެކްސްޕެކްޓޭޝަން"ގެ އުޞޫލާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައިވާ ޙައްޤު ހަނިވާގޮތަށްކަމަށް މި ޙާލަތުގައި ޤާނޫނީގޮތުން ނުބެލެވޭކަމަށް ކަނޑައަޅައި؛ އަދި
176އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ޚާއްޞަ ޙާލަތާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމާއި، އެސެސްމަންޓުތައް، މިނިސްޓްރީގެ ކަމާބެހޭ ފަންނުވެރިންގެ ފަރާތުން، މިނިންމުމުގައިވާ ކަންކަމުގެ އަލީގައި އިންޞާފުވެރިކަމާއެކު އަލުން ވަޒަންކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު މިހާރު ހުންނަންޖެހޭ ގުރޭޑާމެދު މިނިސްޓްރީން އަލުން ގޮތެއްނިންމަންޖެހޭކަމަށ ކަނޑައަޅައް މައްސަލި ނިންމަން ފެނެއެވެ.
177މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
178މި މައްސަލައި ގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
179މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ).
- ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 36 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ތަޢުލީމުގެ ޤާނޫނުގެ 13 ވަނަ މާއްދާ
- ތަޢުލީމުގެ ޤާނޫނުގެ 31 ވަނަ މާއްދާ
- ތަޢުލީމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ވ) އަދި (މ)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 1، 3 (ހ)(ށ)، 5، 8 އަދި 34 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ 3، 5، 28 އަދި 29 ވަނަ މާއްދާ
- ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ ޖެނެރަލް ކޮމެންޓް 1 (2001) އަދި 14 (2013)
- ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2021/SC-A/96)
- ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެކްސް ޕާޓޭ) (2023/HC-A/157)
- އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން (2020/SC-A/100)
- Hughes v Department of Health and Social Security [1985] AC 776
- R v Inland Revenue Commissioners ex parte MFK Underwriting Agents Ltd [1990] 1 WLR 1545
- Attorney General of Hong Kong v Ng Yuen Shiu [1983] 2 AC 629
- R v North and East Devon Health Authority, ex parte Coughlan [2001] QB 213
- R (Bancoult) v Secretary of State for Foreign and Commonwealth Affairs (No 2) [2008] UKHL 61
- A.B.A. et al. v Spain, CRC/C/91/D/118/2020
- D.H. and Others v The Czech Republic, Application no. 57325/00 (2007)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހީމް ޝަމީލް، ރަފާޙާ ރަޝީދު، ޝަމީލް އެންޑް ކޯ އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އީމާނު ހާނީ، މުޙައްމަދު ސުދައިސް، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- ދީބާނާޒް ފަހުމީ، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް