ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/138
ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ޢާއިޝަތު ވަޙީދާ، 2025/HC-A/138
Vailet Holdings Private Limited v. Aishath Vaheedhaa 2025/HC-A/138 (2025/HC-A/138, High Court of the Maldives, 24 December 2025)
ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ޢާއިޝަތު ވަޙީދާ
މައިގަނޑު ސުވާލު
ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކުރަން ނުވަތަ ބަދަލުކުރަން (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ) ހުށަހެޅުމުން، ޙުކުމް ބައިބައިކޮށް އެއްބައި ޤާއިމުކޮށް އަނެއްބަޔަށް ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ދެވޭތޯއާއި، އެފަދަ ހުށަހެޅުމެއްގައި ހެކި ވަޒަންކުރަންވީ މިންގަނޑަކީ ކޮބައިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުމާއި ޙުކުމް ބާޠިލު، ސެޓް-އެސައިޑް ހުށަހެޅުމާމެދު އަލުން ނިންމުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ބަލަނީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް ކޮށްފައިވަނީ ރަނގަޅަށްތޯއާއި، އެ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭފަދަ ޙާލަތެއް އޮތްތޯ މި ދެކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
- 124 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙުކުމް ބާޠިލުކުރަން ހުށަހަޅާ ފަރާތުން، 116 ވަނަ މާއްދާގައިވާފަދަ ޣައިރު ހާޒިރުގައި ޙުކުމްކޮށްގެން ނުވާނެ ޙާލަތެއް އޮތްކަން ދައްކަންޖެހޭނެއެވެ؛ އިޖުރާއީ ކަންކަން ހުށަހެޅުން އެކަނި ފުދޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37-38)
- 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއްގައި، ދިފާޢު ހުށަހަޅާފައި ނުވަނީ ކޮން ސަބަބަކާހުރެކަން ބަޔާންކޮށްދީފައި ނުވުމަކީ، (ށ) ގައިވާ އެހެން ކަންކަން އެއްފަރާތްކޮށް އެންމެ ފުރަތަމަ ބަލަންޖެހޭ ކަމެއް ނޫނެވެ؛ ޑިފޯލްޓްވި ސަބަބު ޚާއްޞަކޮށް ބަލަންޖެހޭނީ (ށ) ގެ (2) ގެ ދަށުންނެވެ. (ޓްރޭޑްނެޓް މައްސަލަ ތަބާކޮށް، ޕެރ. 51-52)
- 124 ވަނަ މާއްދާގެ (ށ) ގެ (1) ގެ "ދައުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބު" ގެ މާނައަކީ ޤާނޫނީ ސަބަބުތައް އެކުލެވޭ، ޚިޔާލެއްގެ މައްޗަށް ބިނާނުވާ ބަހުސްކުރެވޭނެ ދިފާޢެއް (triable issue / real prospect of success) އޮތުމެވެ؛ މި މަރުޙަލާގައި ދިފާޢު ސާބިތުކޮށް ދައްކަން ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54-55)
- ޙުކުމް ބާޠިލުކުރަން އެދޭ ހުށަހެޅުމެއްގައި ހެކި ވަޒަންކުރަނީ ހަމައެކަނި ޙުކުމް ބާޠިލުކުރަންޖެހޭ ސަބަބެއް އޮތްތޯ ދެނެގަތުމަށެވެ؛ ހެކި މައުޟޫޢީގޮތުން ވަޒަންކޮށް އެ ހެކިތަކުން ނިކުންނަ ނަތީޖާ ބަޔާންކުރުމާއި، ޣައިރު ހާޒިރުގައި ކުރި ޙުކުމުގެ ބަޔަކަށް ބާރުދިނުމަކީ މި މަރުޙަލާގައި ކުރެވޭނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 55-60)
- ޣައިރު ހާޒިރުގައި ކުރާ ޙުކުމަކީ (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 އަދި 112 ވަނަ މާއްދާ) ޝަރީޢަތް ހިންގުމަކާ ނުލައި، ދައުވާއަށް ރައްދު ނުދިނުމުގެ މައްޗަށް ނިންމާ އިދާރީ އަދި އިޖުރާއީ ނަތީޖާއެއް ކަމުން، އެއީ ވަކިވަކި ނުކުރެވޭނެ އެކަތިގަނޑެއްގެ ނިންމުމެކެވެ؛ އެހެންކަމުން އާންމު އުޞޫލެއްގެ ގޮތުން، ބާޠިލުކުރަންޖެހޭކަމަށް ބުރަވެވިއްޖެނަމަ މުޅި ޙުކުމް އެކުގައި ބާޠިލުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62-66)
- ޙުކުމް "ބަދަލު" ކުރުމަކީ، ކުށެއް ނުވަތަ އޮޅުމެއް ފާޅުކަންބޮޑުކޮށް ފެންނަ ޙާލަތުގައި ގެނެވޭ ޓެކްނިކަލް ކަރެކްޝަނެއް ނުވަތަ އެޑްޖަސްޓްމަންޓެކެވެ؛ އެއީ މައުޟޫޢީގޮތުން އަލުން ވަޒަންކުރުމެއް، ޝަރީޢަތެއް ހިންގުމެއް، ނުވަތަ ޒިންމާ (liability) އާ މެދު އައު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 67-70)
- ސެޓް-އެސައިޑް ހުށަހެޅުމާމެދު ނިންމާ ފަނޑިޔާރުގެ ދައުރު ނިމެނީ ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމުމުންނެވެ؛ މައްސަލަ މައުޟޫޢީގޮތުން ބެލުމަކީ އެ ހުށަހެޅުމުގެ ދާއިރާއެއް ނޫނެވެ. ސަބަބު ހުރިނަމަ ޙުކުމް ބާޠިލުކޮށް ދައުވާއަށް ރައްދުދިނުމުގެ ފުރުޞަތު ދޭންޖެހޭކަމަށް ސިވިލް ކޯޓުގެ 2025-CVC-1589 ގައި ކަނޑައެޅި އުޞޫލަކީ ހަރުދަނާ އުޞޫލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 74-75)
- ޣައިރު ހާޒިރުގައި ކުރި ޙުކުމުގެ ބައެއް އަލުން ވަޒަންކުރަންޖެހޭކަމަށް ފަނޑިޔާރަށް ބުރަވެވިއްޖެނަމަ، އޭގެ މާނައަކީ މުޅި ޙުކުމް ބާޠިލުކުރަންޖެހޭ ހުށަހެޅުމެއް އޮތުމެވެ؛ ޙުކުމުގެ އެއްބައި ރަނގަޅުކަމަށް ކަނޑައަޅައި އަނެއްބަޔަށް ދިފާޢުގެ ފުރުޞަތު ދިނުމަކީ ރަނގަޅު އުޞޫލެއް ނޫނެވެ، އަދި އެ ފުރުޞަތުގައި ދިފާޢު ނުހުށަހެޅުމުގެ މައްޗަށް ކުރާ ޙުކުމަކީ ނުރަނގަޅު އިޖުރާއަތެއްގެ ނަތީޖާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 80-83)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2024/2025/01-B3/HB/2932-144 "ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް އެދި ވައިލެޓް ހޯލްޑިންގސ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ވައިލެޓް ހޯލްޑިންގްސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ )ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ އިސްތިއުނާފެވެ.
2މި ގަޒިއްޔާގެ އިސްތިއުނާފު ރައްދުވަނީ، މާލެ / ރޯޒްގާރޑްން، ޢާއިޝަތު ވަޙީދާ (މީގެ ފަހުން "ޢާއިޝަތު ވަޙީދާ" ނުވަތަ "އިސްތިއުނާފު ރައްދުފަރާތް" ކަމަށް ބުނެފައިވާ) ގެ މައްޗަށެވެ.
3އިސްތިއުނާފު ރައްދުވާ ޢާއިޝަތު ވަޙީދާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ […] އެވެ ކިޔާ ގޯތި ޢިމާރާތްކޮށް ނިންމުމަށާއި އަދި އެފަދައިން ޢިމާރާތްކޮށް ނިންމުމުގެ މުޤާބިލުގައި ގޯތީގައި ކުރެވޭޢިމާރާތ ވައިލެޓް ހޯލްޑިންގްސް އަށް ދިގުމުއްދަތަކަށް އިތުރު ކުއްޔެއް ނުވަތަ މަންފާއަކާ ނުލައި ދިނުމަށް އެއްބަސްވެ 20 އޮކްޓޫބަރު 2021 ގައި ޢާއިޝަތު ވަޙީދާ އާއި ވައިލެޓް ހޯލްޑިންގްއާއ ދެމެދި ނަންބަރު (AGR)02/VLH/2021 އެއްބަސްވުން ވެފައިވެއެވެ.
4އެ ގޯތީގައި 10 ބުރީގެ ފައުންޑޭޝަންއާއި، ބޭސްމަންޓާއި، ގްރައުންޑް ފުލޯގެ އިތުރުން 03 ފަންގިފިލާ ޢިމާރާތްކޮށް މީލާދީ ގޮތުން 01 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވައިލެޓް ހޯލްޑިންގްސް އިން އެއްބަސްވެފައިވެއެވެ. ރަޖިސްޓަރީ ނަންބަރު: 09052018-Cނަންބަރު (AGR)02/VLH/2021) ގެ ތަޢާރަފް އބމ އބމ ގެ 02 ވަނަ މާއްދާ ގެ (ހ)
5އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ގޯތި ޢާއިޝަތު ވަޙީދާއާ ޙަވާލުކޮށްފައިނުވާތީއާއި އެއްބަސްވުމާ އެއްގޮތަށް ޢިމާރާތް ނިންމައި ޙަވާލުކުރެވިފައި ނުވާތީ، 01 މޭ 2024 އިން ފެށިގެން އެ އެއްބަސްވުން ބާތިލު ކުރެވިފައިވާކަން ޢާއިޝަތު ވަޙީދާގެ ފަރާތުން ވައިލެޓް ހޯލްޑިންގސްއަށް 01 މޭ 2024 ގައި އެންގިއެވެ.
6އެއްބަސްވުން ބާތިލުކުރިކަމަށް ޢާއިޝަތު ވަޙީ ދާގެ ފަރާތުން އެންގުމުން، އެއްބަސްވުމަށް ޢަމަލުކުރުމަށް ޢާއިޝަތު ވަޙީދާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި 27 މޭ 2024 ގައި ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް ވައިލެޓް ހޯލްޑިންގްސް ފަރާތުން އެދުނެވެ. އެ ވަގުތީ އަމުރާ ގުޅޭގޮތުން ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1354 ގަޒިއްޔާގައި 06 ޖޫން 2024 ގައި ނިންމީ، ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތްކަމުގައެވެ.
7އޭގެފަހުން، ޢާއިޝަތު ވަޙީދާގެ ފަރާތުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް އެ އެއްބަސްވުމަކީ ސިޓީގައިވާ ތާރީޚގައު ބާތިލުވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެއްބަސްވުމާއި އެއްގޮތަށް […] ގޯތި ޢިމާރާތްކޮށް ނިންމުމަށްފަހު ޢާއިޝަތު ވަޙީދާއާ ޙަވާލުކޮށްފައި ނުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި މައްސަލަ ކޯޓަށް ހުށަހެޅުމާއި އެހެނިހެން ކަންކަމަށް ޤާނޫނީ ވަކީލެއް އައްޔަންކުރަންޖެހުމުން ޚަރަދުވި ފައިސާ ހޯދުމަށް އެދި ޢާއިޝަތު ވަޙީދާގެ ފަރާތުން ވައިލެޓް ހޯލްޑިންގސްއަށް ދައުވާ ރައްދުވާ ގޮތަށް ސިވލ ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާއިންނެވެ.
8އެ މައްސަލައާ ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގެ ދަށުން ފޮނުވަންޖެހޭ ފޯމުތައް ވައިލެޓް ހޯލްޑިންގްސް އަށް 13 ޖޫން 2024 ގައި ސިވިލް ކޯޓުން ރައްދުކުރުމުން، ދައުވާ ފޯމާ ޙަވާލުވީކަން އަންގާ ލިޔުން ހުށަހަޅައި ދައުވާގެ ދިފާއު ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްދިނުމަށް 01 މޭ 2024 ތާރީޚުގައި ޢާއިޝަތު ވަހީދާގެ ފަރާތުން ވައިލެޓް ހޯލްޑިންގސްއަށް ފޮނުވި ސިޓީ . ވައިލެޓް ހޯލްޑިންގސްގެ ފަރާތުން އެދުނެވެ. ދައުވާ ފޯމާ ޙަވާލުވީކަން އަންގާ ލިޔުން ހުށަހެޅުމާއެކު ދައުވާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވާނަމަ، ދައުވާގެ ލިޔުން ދައުވާލިބޭ ފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި ދިފާއު ހުށަހަޅަންވާނެ ކަމަށް ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 63 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާތީ ލިޔުންތައް ޙަވާލުކުރި ތާރީހު ކަމަށްވާ 13 ޖޫން 2024 ވަނަ ދުވަހުން ފެށިގެން 28 (އަށާވީސް) ދުވަސް ހަމަވެ، ދިފާއު ހުށަހަޅަންޖެހޭ ތާރީޚަކީ 14 ޖުލައި 2024 ކަމަށާއި، އިދާރީ އޮޅުމަކުން 23 ޖޫން 2024 އިން ފެށިގެން މުއްދަތު އިތުރުކޮށް ދެވިފައިވާ ކަމަށް 26 ޖޫން 2024 ގައި ވައިލެޓް ހޯލްޑިންގސ އަށް ސިވިލް ކޯޓުން އެންގިއެވެ. މުއްދަތު ހަމަވާ ތާރީހު އޮޅުން ފިލުވައިދިނުމަށް ވައިލެޓް ހޯލްޑިންގސްގެ ފަރާތުން އީމެއިލް އިން އެދުމުން އެ އީމެއިލްގެ ޖަވާބުގައި 21 ޖުލައި 2024 ވަނަ ދުވަހަށް މުއްދަތު ހަމަވާން ކަމަށެ މައްސަލް ބެލި ސެކްޝަނުން ވައިލެޓް ހޯލްޑިންގސ އަށް ޖަވާބު ދިނެވެ.
9ދިފާއު ހުށަހެޅުމަށް 21 ޖުލައި 2024 އަށް ސިވިލް ކޯޓުން ފުރުސަތު ދިން ނަމަވެސް ވައިލެޓް ހޯލްޑިންގްސްއިން ދިފާއު ހުށަހެޅުމުގެ ބަދަލުގައި، 21 ޖުލައި 2024 ދުވަހުގެ 14:03 ގައި ސިވިލް ކޯޓުގެ ނަންބަރު 3 'ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟްކުރާ ފޯމު' ހުށަހެޅިއެވެ.
10ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟްކުރާ ފޯމު ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށްކަމުގައިވާތީއާއ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އހިތިޞާޞްއާމެދު އިޢުތިރޒާކޮށްފައި ނުވާތީ، އެ ދައުވާއާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް ކޯޓަށް ލިބިގެންވާކަމަށް ވައިލެޓް ހޯލްޑިންގސ އިން ޤަބޫލުކޮށްފައިވާ ކަމަށް ބަލަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ. ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 2.2 އަދި 2.3
11ހަމައެހެންމެ، ދައުވާ ފޯމާ ޙަވާލުވުމަށްފަހު މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިއިރުވެސް، ދައުވާއަށް ރައްދު ހުށަހަޅާފައިނުވާތީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 102 ވަނަ މާއްދާގެ ދަށުން ދައުވާއަށް ރައްދު ދީފައި ނުވާކަށ ބަލަންޖެހޭކަމަށް ކަނޑައަޅައި، އެ ދައުވާ އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ގޮތެއް ހުށަހެޅުމަށް ސިވިލް ކޯޓުން ޢާއިޝަތު ވަޙީދާއަށް އެންގުމުން، އެ ގަޒިއްޔާގައި ޣައިރު ހާޒިރުގައި ހުކުމްކޮށ ދިނުމަށް ޢާއިޝަތު ވަޙީދާގެ ފަރާތުން އެދުނެވެ. ވައިލެޓް ހޯލްޑިންގސްގެ ޣައިރު ހާޒިރުގައި ކުރި އެ ޙުކުމުގައި ކަނޑައަޅާފައިވަނީ އަންނަނިވި ފަދައިންނެވެ.
1.11 އެއްބަސްވުން ބާތިލުކުރުމަށް ނިންމައި ޢާއިޝަތު ވަޙީދާގެ ފަރާތުން އެންގި އެންގުމަކީ އެއްބަސްވުމާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް،
2.11 ޢާއިޝަތު ވަޙީދާ އާއި ވައިލެޓް ހޯލްޑިންގްސް އާއި ދެމެދު ވެފައިވާ ނަންބަރު AGR)02/VLH/2021) އެއްބަސްވުން 2024 މޭ 01 ވަނަ ދުވަހު ބާތިލުވެފައިވާ ކަމަށް،
3.11 ޢާއިޝަތު ވަޙީދާ […] ގެއިން ބޭރުގައި ކުއްޔަށް އުޅެންޖެހުމުން ކުލީގެ ގޮތުގައި ހަރަދުކޮށްފައިވާ - /740,000ރ. (ހަތްލައްކަ ސާޅީސްހާސް ރުފިޔާ) އަކީ ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން ޢާއިޝަތު ވަޙީދާއަށް ދޭންޖެހޭ ފައިސާ ކަމަށް،
4.11 އެއްބަސްވުމާ އެއްގޮތަށް […] ގޯތީގައި ޢިމާރާކޮށް ނިންމައި ޢާއިޝަތު ވަޙީދާއާ ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުނުކުރެވުމުން ޢާއިޝަތު ވަޙީދާއަށ ލިބޭނެކަމަށް ލަފާކުރެވޭ ނަމަވެސް ނުލިބި ގެއްލުންވި މިންވަރު ކަމުގައި ބުނާ -/874,000ރ. (އަށްލައްކަ ހަތްދިހަ ހަތަރުހާސް ރުފިޔާ) އަކީ ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން ޢާއިޝަތު ވަޙީދާއަށް ދޭންޖެހޭ ފައިސާ ކަމަށް،
5.11 އެއްބަސްވުމާ އެއްގޮތަށް […] ގޯތީގައި ޢިމާރާކޮށް ނިންމައި ޢާއިޝަތު ވަޙީދާއާ ޙަވާލުކުރިނަމަ ބާކީ ފްލޯރ ތައް ލޯނު ފައިނޭންސް މެދުވެރިކޮށް ހަދައި ނިންމައި އެފްލޯރތަކުން ޢާއިޝަތު ވަޙީދާއަށް ކުލީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ -/966,000 (ނުވަލައްކަ ފަސްދޮޅަސް ހަހާސް ރުފިޔާ) އަކީވައިލެޓް ހޯލްޑިންގްސްގެ ފަރާތުން ޢާއިޝަތު ވަޙީދާއަށް ދޭންޖެހޭ ފައިސާ ކަމަށް؛
6.11 […] ގޯތީގައި ޢިމާރާތްކުރުމަށްޓަކައި ތަން ހުސްކުރުމުގެ ކުރިން ކުލީގެ ގޮތުގައި ލިބެމުންދިޔަ ފައިސާ، އެއްބަސްވުމާ އެއްގޮތަށް ޢިމާރާތް ހުސްކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި -/682,000ރ. (ހަލައްކަ އަށްޑިހަ ދެހާސް ރުފިޔާ) އަކީ ވައިލެޓް ހޯލްޑިންގް ސްގެ ފަރާތުން ޢާއިޝަތު ވަޙީދާއަށް ދޭންޖެހޭ ފައިސާ ކަމަށް،
7.11 އެއްބަސްވެވުނު ފްލޯރތަކުގައި ނުނިންމައިހުރި މަސައްކަތް ނިންމުމަށް އިތުރަށް ހަރަދު ކުރަންޖެހޭނެކަމަށް ލަފާކުރެވޭ -/ 2453,800ރ.(ދެމިލިއަން ހަތަރުލައްކަ ފަންސާސް ތިންހާސް އަށްސަތޭކަ ރުފިޔާ) އަކީ ވައިލެޓް ހޯލްޑިންގސްގެ ފަރާތުން ޢާއިޝަތު ވަޙީދާއަށް ދޭންޖެހޭ ފައިސާ ކަމަށް،
8.11 އެއްބަސްވުމާ އެއްގޮތަށް ޢިމާރާތް ނިންމައި ވައިލެޓް ހޯލްޑިންގސ އިން ޢާއިޝަތު ވަޙީދާއ ޙަވާލާ ނުކުރެވުމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ދިމާވި މައްސަލަތަކާ ގުޅިގެން ވައިލެޓް ހޯލްޑިންގ އިން ޢާއިޝަތު ވަޙީދާއަށް ދެމުން އައި ފައިސާގެ އެއީ ނުދީ ހުއްޓާލުމުން ކޯޓު މަރުޙަލާ ނިމި ޢާއިޝަތު ވަޙީދާއަށް އިތުރު ގޮތެއް ފެންނަންދެން ބޭރުގައި ކުއްޔަށް އުޅެން ޖެހުމުގެ ސަބަބުން ކުލި ދެއްކުމުގެ ގޮތުން އިތުރަށް ހޯދަންޖެހޭނެ ކަމަށް ލަފާކުރާ -/104,000ރ. (އެއްލައްކަ ހަތަރުހާސް ރުފިޔާ) އަކީ ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން ޢާއިޝަތު ވަޙީދާއަށް ދޭންޖެހޭ ފައިސާ ކަމަށް،
9.11 އާއިޝަތު ވަޙީދާގެ ފަރާތުން ޤާ ނޫނީ މައްސައްކަތަށް ޚަރަދުކުރި -/25000ރ. (ފަންސަވީސްހާސް ރުފިޔާ) އަކީ ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން ޢާއިޝަތު ވަޙީދާއަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، ބުނެވުނު އެންމެހައި ފައިސާއާ އެކު ޖުމްލަ -/5,844,800ރ. (ފަސްމިލިއަން އަށްލައްކަ ސާޅީސް ހަތަރުހާސް އަށްސަތޭކަ ރުފިޔާ) 2024 ސެޕްޓެންބަރު 10 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވައިލެޓްހޯލްޑިންގސްއަށް، ވައިލެޓް ހޯލްޑިންގްސްގެ ޣައިރު ހާޒިރުގައި ހުކުމްކޮށް، އެގޮތުގެ މަތީން އެގަޒިއްޔާ ނިންމާފައިވެއެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ޣައިރު ހާޒިރުގައި ކުރި ހުކުމް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ބާތިލުކޮށްދިނުމަށ އެދް ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ އެ މައްސަލަ ބަލާފައިވަނީ، ސިވިލްކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައެވެ. ވައިލެޓް ހޯލްޑިންގްގެ ފަރާތުން " ޣައިރު ހާޒިރުގައި ކުރި ޙުކުމް ބާޠިލުކުރަން ނުވަތަ ބަދަލުކުރަން އެދޭފޯމު" ހުށަހަޅާފައިވަނީ 16 ސެޕްޓެންބަރު 2024 ގައި .
12ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގެ ހުކުމް މުރާޖައާކޮށް، 19 މާރިޗު 2025 ދުވަހު ނިންމި އެ ކޯޓުގެ ނަންބަރު 2024/2025/01-B3/HB/2932-144 "ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. " އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލައި، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ކަނޑައަޅާފައިވާ ފަރުވާތަކ ގުޅިގެނާ އަންނަނިވި ކަންކަން ކަނޑައަޅައިފީމެވެ.
1. ދެފަރާތުގެ ދެމެދު ވެފައިވާ ނަންބަރު AGR)02/VLH/2021) އެއްބަސްވުމާއި ވައިލެޓް ހޯލްޑިންގްސް އިން ޚިލާފުވެފައިވާތީ، އެއްބަސްވުން ބާތިލުކުރުމަށް ނިންމައި ޢާއިޝާތު ވަޙީދާގެ ފަރާތުން އެންގި އެންގުމަކީ، އެއްބަސްވުމާއި އެއްގޮތަށް އަންގާފައިވާ އެންގުމެއްކަމުގައި ކަނޑައަޅައި، ދެފަރާތުގެ ދެމެދުގައިވެފައިވާ ނަންބަރު AGR)02/VLH/2021) 01 މެއި 2024 މިދުވަހު ބާތިލުވެފައިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުން ބަދަލުކުރާނެ ނުވަތަ ބާތިލުކުރާނެ ސަބަބެއް ނެތެވެ.
2. ގެއްލުމުގެ ބަދަލާމެދު ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ހުށަހެޅި ކަންކަމުގެ ތެރެއިން ޤާނޫނީ ވަކީލުގާ ޚަރަދު ފިޔަވާ، ބާކީ ނުކުތާތަކަކީ އެ ނުކުތާތައް ވަޒަންކުރުމުގެ ބޭނުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ދިފާއު ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭ ކަންތައްތަކެއްކަމުގައި ބެލެވެން އޮތުމާއެކު، ހަމަ އެކަނި އެނުކުތާތަކަށް ދިފާއު ހުށަހެޅުމުގެ ފުރުސަތު ދީ ގޮތެއް ކަނޑައެޅުމުގެ ބޭނުމަށް، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ވައިލެޓް ހޯލްޑިންގްސްއިން ޢާއިޝަތު ވަޙީދާއަށ ދެއްކުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ޤާ ނޫނީ ވަކީލަށް ޚަރަދުގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައިވާ -/25,000ރ (ފަންސަވީސްހާސް ރުފިޔާ) ފިޔަވާ ބާކީ ފައިސާއަކީ އެ ނުކުތާތަކާމެދު މި ގަޒިއްޔާގައި ގޮތެއް ކަނޑައެޅުމާއި ހަމައަށް، ނުވަތަ ކޯޓުން އިތުރު ގޮތެއް އަންގަންދެން، ވައިލެޓް ހޯލްޑިގްސއިން ޢާއިޝަތު ވަޙީދާއަށް މިވަގުތު ދައްކަން ނުޖެހޭ ފައިސާކަމުގައި ކަނޑައަޅައިފީމެވެ.
3. ގެއްލުމުގެ ބަދަލާ ގުޅިގެން ވައިލެޓް ހޯލްޑިންގސ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅް ދިފާއު 14 (ސާދަ) ދުވަހުގެ ތެރޭގައި ހުށަހެޅުމުގެ ގޮތުން 06 އެޕްރީލު 2025 މި ދުވަހުގެ 14:00 ގެ ނިޔަލަށް b3@civilcourt.gov.mv އަށް ދިފާއު ހުށަހަޅަންޖެހޭނެކަމުގައި ކަނޑައަޅައިފީމެވެ.
4. ގެއްލުމުގެ ބަދަލާ ގުޅޭ ނުކުތާތަކަށް ގޮތެއް ކަނޑައެޅުމުގެ ބޭނުމަށް، މައްސަލަ ކުރިއަށް ގެންދާނީ ދައުވާ ކުރާ ފަރާތަކީ ޢާއިޝަތު ވަޙީދާކަމާއި، ދައުވާ ރައްދުވާ ފަރާތަކީ ވައިލެޓް ހޯލްޑިންގްސް ކަމުގައި ބަލައިގެންނެވެ.
5. ދައުވާގެ ދިފާއު ހުށަހެޅުމުން، ދިފާއުގެ ރައްދު، އަދި ދިފާއުގ ރައްދުގެ ޖަވާބު ހުށަހެޅުމުގެ ފުރުސަތު ޚަޞްމުންނަށް ދެވޭނެއެވެ. އޭގެ ފަހުން މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ހިއްސާކުރެވޭނެއެވެ."
13އިސްތިއުނާފަށް ހުށަހެޅިފައި މިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް އެދި ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާއިން ހުކުމް މުރާޖައާކޮށް، 19 މާރިޗު 2025 ގައިސިވިލ ކޯޓުން ނިންމް ނަންބަރު 2024/2025/01-B3/HB/2932-144 'ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމި ގޮތް ' އެވެ.
14ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2932 ގަޒިއްޔާގައި އެ ކޯޓުން ނިންމި ނަންބަރު 2024/2025/01-B3/HB/2932-144 'ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިނމް ގޮތް' އިސްތިއުނާފު ކުރުމަށް އެދި ވައިލެޓް ހޯލްޑިންގސްގް ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ނުކުތާއެވެ.
1.14 ސިވިލް ކޯޓުގެ ނަންބަރު 2024-CVC-2932 ގަޒިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނަންބަރު 2024/2025/01-B3/HB/2932-144 "ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" މި ސުރުޚީގެ 1 ވަނަ ނަންބަރުގައި، ޢާއިޝަތު ވަޙީދާ އާއި ވައިލެޓް ހޯލްޑިންގްސް އާ ދެމެދު ވެފައިވާ ނަންބަރު AGR)02/VLH/2021) އެއްބަސްވުން 01 މޭ 2024 ވަނަ ދުވަހު ބާތިލުވެފައިވ ކަމަށާ ސިވިލް ކޯޓުގް ނަންބަރު 2024-CVC-1456 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލުކުރާނެ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމާއި، 2 ވަނަ ނަންބަރުގައި ޤާނޫނީ ވަކީލާ ޚރަދަ ނަގައިދިނުމަށް ނިންމާފައިވާ ނިންމުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބަދަލު ކުރުމަށް ނުވަތަ ބާތިލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ވުމާއި، ހުކުމް ބަދަލުކުރުމަށް ނުވަތަ ހުކުމް ބާތިލުކުރުމަށ ހުށަހެޅް ދައުވާއަކީ އެއްބަސްވުން ބާތިލު ކުރުމަށާއި، ގެއްލުމުގެ ބަދަލު ލިބިގަތުމަށް އެދި ހުށަހެޅި މައްސަލައަކަށްވާއިރު، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ދެބައިކޮށް، ޙުކުމުގެ އެއްބައި ރަނގަޅު ކަމަށް އަދި ޙުކުމުގެ އަނެއް ބައި ގޯސް ކަމަށް ކަނޑައަޅާފައިވަނީ އެ މާއްދާގެ މަގުސަދު ގެއްލޭގޮތަށް ކަމުގައިވުމާއި، މި މަރުޙަލާގައި މިފަދައިން ކަނޑައެޅުމުގައި މައްސަލަ ނިންމައި ހެކިވަޒަންކޮށްފައިވާ މިންގަނޑަކީ މައުލޫއީ މައްސަލައެއް ބެލުމުގައި ހެކި ވަޒަންކުރާ މިންގަނޑުން ކަމަށްވެފައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑާ ޚލާފަށި ހެއްކަށް މައުލޫއީ ގޮތުން ބަލައި ވާގިއާތަކަށާއި ހެކިތަކަށް ބުރަދަންދީ މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
15އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1456 ގަޒިއްޔާގައި ޣައިރު ހާޒިރުގައިކޮށްފައިވާ ހުކުމް ބާތިލު ކުރަންޖެހޭ ކަމަށް ބުނެ އަންނަނި ސަބަބުތައް ފާހަގަކުރާ ކަމަށެވެ.
1.15މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ)ގެ ދަށުން ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަން މި މައްސަލއިގައަ ފުރިހަމަ ވެފައި ނުވާކަމަށެވެ.
2.15 މި މައްސަލައިގައި ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށ އެދް ޢާއިޝަތު ވަޙީދާގެ ފަރާތުން ދެ ފޯމެއް ހުށަހަޅާފައިވާ ކަމަށާއި، އެއީ، ސިވިލް ކޯޓުގެ ފޯމު 26 (ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދޭ ފޯމު) އަދި ފޯމު 31 (ކޯޓުއަމުރަށ އެދް ފޯމު) ކަމަށެވެ.
3.15މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 އަދި 118 ވަނަ މާއްދާއަށް ބަލާއިރު، ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދެވޭނެ ދެ އިޖުރާއަތެއް ބަޔާންކުރާ ކަމަށާއި، އެގޮތުން ފުރަތަމަ އިޖުރާތަކީ ފައިސާ ހިމެނޭ ދައުވާއެއް ނަމަ ފޯމު 26 (ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށ އެދް ފޯމު) މެދުވެރިކޮށް ހުށަހެޅުންކަމަށާއި، އަދި ފައިސާގެ އިތުރުން، އެހެން ފަރުވާތަކެއ ހޯދުމަށް އެދިފައިވާ ދައުވާއެއްނަމަ ފޯމު 31 (ކޯޓުއަމުރަށ އެދް ފޯމު)ގެ ދަށުން ކޯޓު އަމުރެއް މެދުވެރިކޮށް ހުށަހެޅުން ކަމަށާއި، ފޯމު 26 މެދުވެރިކޮށް ހުށަހަޅާނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން، އެފޯމާ އެއްގޮތަށް ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދެވޭނީ ފައިސާގެ ފަރުވާތައް ފިޔަވައި ދައުވާގައި ހޯދުމަށް އެދިފައިވާ އެހެނިހެން ފަރުވާތައް ދޫކޮށްލުމުންކަމަށާއި، ފޯމު 26 ގެ ދަށުން ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް އެދެވޭނީ ހަމައެކަނި ފައިސާ ހިމެނޭ ފަރުވާތައް އެކަނި ކަމަށާއި، އެނޫން ފަރުވާ ހިމެނޭނަމަ އެ ފޯމުން ހުށަހަޅާ ހާލަތުގައި ދައުވާގައި އެދިފައިވާ އެހެން ފަރުވާތައް ދޫކޮށްލާކަން ބަޔާންކުރަންވާނެ ކަމަށާއި އެކަން ބަޔާންކޮށްފައި ނުވާނަމަ އެ ޙާލަތަކީ ޢައިރު ހާޒިރުގައި ހުކުމްކުރުމަށް ޝަރުތުހަމަވާ ހާލަތެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. މިމައްސަލައިގައި ޢައިރު ހާޒިރުގައި ހުކުމްކުރުމަށ އެދް އިސްތިއުނާފި ރައްދުވު ފަރާތުން ހުށަހެޅި ދެ ފޯމުގައި ވެސް ފާހަގަކޮށްފައިވަނީ އެއްކަންތައްތަކެއް ކަމަށެވެ.
4.15ދައުވާ ފޯމުގައި ސީޣާ އަދި އެދޭގޮތުގައި މި ދެފަރާތުގެ ދެމެދު ވެފައިވާ ނަންބަރު AGR)02/VLH/2021) އެއްބަސްވުމަކީ 30 އެޕްރީލް 2024 ގައި ބާތިލުވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާއިރު، ދައުވާ ފޯމު އިސްލާޙު ކުރުމެއް ނެތި ފޯމު 26 ގެ ދަށުން ހުށަހެޅި ހުށަހެޅުމާއި ފޯމު 31 ގެ ދަށުން ހުށަހެޅި ހުށަހެޅުމުގައި ދައުވާ އެ މައްޗަށް ބިނާވާ މުޅި އަސާސް ބަދަލު ކުރުމަށްފަހު، ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދޭ ފޯމުގައި ދައުވާ ފޯމުގައި އެދިފައިވާ ފަރުވާ ބަދަލު ކުރުމަށްފަހު އެއްބަސްވުން ބާތިލުކޮށްފައިވަނީ 01 މޭ 2024 ގައި ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާ ކަމަށާއި، މިކަމަކީ ޣައިރު ހާޒިރުގައި ހުކުމްކުރުމުގެ އިޖުރާއަތާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށެވެ. އެފަދައިން ދައުވާ ބަދަލުކޮށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ނުކުރެވޭނެކަމަށެވެ. އަދި ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށ އެދުން އިޖުރާތުގެ ތެރެއިން ހުކުމްކޮށްފައިވަނީ ކޮން އިޖުރާއަތަކުން ސާފުވާން ނެތްކަމަށާއި، ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހެޅި ދެ ހުށަހެޅުމުގައި ދައުވާގެ ސީޣާ އާއި އެދޭ ފަރުވާ ބަދަލުކޮށް ހުށަހަޅަފައިވުމުން މިޙާލަތަކީ ހާޒިރުގައި ހުކުމްކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވެގެން ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މައްސަލައެއްކަމަށް ބެލެވެން ނެތްކަމަށާއި އެހެންކަމުން މިހާލަތުގައި ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގެ ހުކުމް ބާތިލުކުރުމަކ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން އެ ހުކުމް ރައްދުވި ފަރާތުގެ ޙައްޤެއްކަމަށް ފާހަގަކުރާކަމަށެވެ.
5.15ސިވިލ ކޯޓުގް ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ކުރި ދައުވާ ބިނާކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ 30 އެޕްރީލް 2024 ގައި ލިޔުމުން (ސިޓީ އެއް ފޮނުވައިގެން) ބާތިލުކޮށްފައިވާ އެއްބަސްވުމެއް ބުނެކަމަށާއި، ދައުވާގައި އެދިފައިވަނީ 30 އެޕްރީލް 2024 ގައި ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ އެއްބަސްވުން ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ. މި ދައުވާގައި އެންމެ އަސާސީ ކަމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަކީ ދައުވާގެ ސީޣާ އަދި އެދޭގޮތުގައި ބަޔާންކޮށްފައިވާ ފަދައިން 30 އެޕްރިލް 2024 ގައި ސިޓީ އެއް ފޮނުވާފައިވޭތޯ އާއި އެ ސިޓީގައި ސާފު ޢިބާރާތުން އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް ބަޔާންކޮށްފައިވޭތޯ ބެލުންކަމަށާއި، ނަމަވެސް 30 އެޕްރީލް 2024 ގައި ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިހެއް މައްސަލައިގެ ލިޔުންތަކަށް ބަލާއިރު ނެތްކަމަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާއަށް ބަލާއިރު ދައުވާގައި އެދުނު ފަރުވާ މިހާލަތުގައި ނަގައި ނުދެވޭނެ ކަމަށެވެ. ދައުވާގައި ހިމެނޭ ކަމެއް ބަދަލުކުރުމަށް އެދޭނަމަ އަމަލުކުރަންޖެހޭނ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 23 ވަނަ ބާބުގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށް ދައުވާފޯމު އަނބުރާ ގެންދިއުމަށް ހުށަހަޅައި އެކަމަށް ޝަރީއަތުން ހުއްދަ ދިނުމުންކަމަށެވެ. މި މައްސަލައިގައި އެފަދައިން ޢަމަލުކޮށްފައި ނުވާކަމަށެވެ. އަދި ދައުވާފޯމު އިސްލާޙުކުރުމުގެ ހުއްދައަށް އެދިފައި ނުވާކަމަށާއި އެހެންކަމުން އެދިފައިވާ ފަރުވާ ޝަރީއަތުން ނަގައިދެވޭނެކަމަށް ނުދެކޭކަމަށެވެ. މިސަބަބުތަކަށްޓަކައ ބެލި ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގެ ހުކުމް ބަދަލު ނުވަތަ ބާތިލުކުރަންޖެހޭ ކަމަށް ދެކޭކަމަށެވެ.
6.15އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނާ ބުނުމާއި އެއްބަސްވުމުގެ މުއްދަތު ގުނަނީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށާއި، އެއްބަސްވުން މާނަކުރާއިރު، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ޤާނޫނު ކިޔަންވާނީ އެއްރޮއްޖަކުން ލިޔެވިފައިވާ ގޮތުގެ މަތިންކަމަށާއި އެގޮތުން އެއްބަސްވުމުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަން ވާނީ މުޅި އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމާއި މަގުސަދު ފުޅާ އިމުގެ ތެރޭގައި ކަމަށެވެ.
7.15މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މަގުސދަކަ ހަމައެކަނި ޢިމާރާތްކުރުން ނޫންކަމަށާއި، މި އެއްބަސްވުމުގައި ދެބައެއ ހިމެން ކަމަށާއި، މި އެއްބަސްވުމުގެ މަގުސަދަކީ އިމާރާތް ޑިވެލޮޕް ކުރުމާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރުން ކަމަށާއި، ޑިވެލޮޕަރއަށް އެ ލިބޭ ފްލޯރތަކާއި ގުޅޭގޮތުން ވެސް ހައްގުތަކެއް ބަޔާންކުރާކަމަށެވެ.
8.15 ދައުވާގައި މި ހިމެނޭ މައިގަނޑު ޝަކުވާ މި ބިނާވަނީ ދެފަރާތުގެ ދެމެދުގައި ވެފައި އޮތް އެއްބަސްވުމުގައި 6 ވަނަމާއްދާގެ (ނ)ގެ މައްޗަށް ކަމަށާއި، އެ މާއްދާއަކީ ދައުވާ ކުރި ފަރާތަށް ލިބޭ ފްލޯތައް ބަޔާންކުރާ މާއްދާ ކަމަށާއި، އެ ފްލޯރ ހަވާލުކުރަންޖެހޭ މުއްދަތަކީ 12 (ބާރަ) މަސް ދުވަސް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
9.15ގޭގެ ވެރިފަރާތާ ޙަވާލުކުރަން ޖެހޭ މުއްދަތު ހަމަވެފައި ވޭތޯ ބަލާއިރުގައި ފުރަތަމަ ބަލަން ޖެހެނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5.1 ވަނަ މާއްދާއަށް ކަމަށާއި، އެ މާއްދާގައި ބަޔާންކުރަނީ ޢމާރާތުގި މަސައްކަތް ކުރާނީ އެނެކްސް 2 ގައި ބަޔާންކޮށްފައިވާ ވޯކް ޝެޑިއުލްއާ އެއްގޮތަށް ކަމަށެވެ. ދެފަރާތު ދެމެދުގައި އެފަދަ ވޯކް ޝެޑިއުލްއެއްގައި ސޮއިކޮށް މިމައްސަލައިގައި އެފަދަ ވޯކް ޝެޑިއުލްއެއް އެކުލަވާލާފައި ނުވާ ކަމަށާއި، ހަމަ އެގޮތަށް މިމަސައްކަތް ކުރިއަށް ގެންދިޔައީވެސ އެފަދް ވޯކް ޝެޑިއުލްއަކާއި އެއްގޮތަކަށް ނޫންކަން މިމައްސަލައިގައި ހުށަހެޅިފައި ހުރި ވާގިޢާތަކާއި ވަށައިގެންވާ ކަންކަމަށް ބެލުމުން ސާފުވާކަމަށެވެ. އެހެންވީމާ 12 މަސް ދުވަހުގެ މަސައްކަތް ކުރާނެ ތާވަލެއް ނެތްއިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނެ ގޮތެއް އޮންނާނެ ކަމަށް ނުދެކޭކަމަށެވެ.
10.15 މުއްދަތު ގުނުމުގައި ދެވަނައަށް ބަލަން މި ޖެހެނީ ޢިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޢިމާރަތް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ނަގަންޖެހޭ ހުއްދަތަކާއި ޤާނޫނާއި ގަވާއިދުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭކަންކަން ފުރިހަމަކުރުމަށްފަހު މަސައްކަތް ފެށުނު ތާރޚީ ބެލުމަށް ކަމަށާއި، މި މައްސަލައިގައި ޤާނޫނާއި ގަވައިދުގެ ތެރެއިން ރަސްމީ ގޮތެއްގައި މަސައްކަތް ފެށުނު ތާރީޚަކީ 08 ސެޕްޓެންބަރު 2022 ކަމަށާއި އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން މުއްދަތު ގުނާނަމަ ޢިމާރާތްކޮށް ނިންމަންޖެހޭނީ 20 އޮކްޓޫބަރު 2021 އިން ފެށިގެން 20 އޮކްޓޫބަރު 2022ގެ ނިޔަލަށް ކަމަށާއި، ޤާނޫނާއި ގަވައިދުގެ ތެރެއިން ރަސްމީ ގޮތެއްގައި މަސައްކަތް ފެށުނު ތާރީޚަށް ބަލާނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނާ ބުނުމުގައި އަސާސެއް ނެތްކަމަށެވެ.
11.15 މުއްދަތު ގުނުމުގައި ތިންވަނައަށް ބަލަންޖެހޭނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބުނާފަދައިން ގޭގެވެރިފަރާތުނ މަސައްކަތަށް ހުރަސް އަޅާފައިވޭތޯ ކަމަށެވެ. އެގޮތުން ބަލާއިރު، 08 ސެޕްޓެންބަރު 2022 ގައި ތަނުގައި މަސައްކަތް ފެށުނު ދުވަހުން ފެށިގެން ތަފާތު އެކި ފަހަރުމަތިން އިސްތިއުނާފު ރައްދުވާ ފަރާތުން ދިޔައީ ތަނުގައި ޢިމާރާތްކުރުމަށް ހުރަސް އަޅަމުންކަމަށާއި، އެގޮތުން އެކި ދުވަސްމަތިން ތަނުގައި ތަޅު އަޅުވައ ތަނުގައި މަސައްކަތްކުރުމަށް ހުރަސް އަޅާފައިވާ ކަމަށާއި، މިކަމާ ގުޅޭ ހެކިތައް ހުށަހަޅާފައިވާނެކަމަށެވެ. ހުރަސް އަޅަމުން ދިޔައީ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބުނާ -/16000ރ (ސޯޅަ ހާސް) ރުފިޔާ އެފަރާތުން ބުނާ ތާރީހުގައި ނުދޭކަމަށް ބުނެ ކަމަށާއި ނަމަވެސް އެމާއްދާގައި ވަކި މަހެއްގެ ވަކި ދުވަހެއްކުރިނ ފައިސް ދިނުމަށާ ކަނޑައަޅާފައި ނުވާކަމަށެވެ.
12.15 މިކަންކަން މިހެން ހުރުމުން، އިމާރާތްކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބެލުމުގައި އެއްބަސްވުމުގައި ހިމެނޭ އެންމެހައި މާއްދާތަކަށް ބަލައި އެކަން ވަޒަންކޮށް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށަ ކަނޑައެޅޭނެ ގާނޫނީ ހަމައެއް ނެތްކަމަށާއި، މިކަންކަމަކީ ގާނޫނީ ގޮތުން ބަހުސެއް އޮތް އަދި އެކަމާމެދު މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައިގެން މެނުވީ ގޮތެއް ކަނޑައެޅޭނެ ކަންކަމެއް ނޫންކަމަށެވެ.
13.15 ބަހުސްގެ ބޭނުމަށް ބެލިނަމަވެސް އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ) ދަށުން އެއްބަސްވުމުގައި މުއްދަތު އިތުރު ކުރަނީ ދެފަރާތުން ލިޔުމުން އެއްބަސްވާ ގޮތެއްގެ މައްޗަށްކަމަށާއި އޭގައި ދެފަރާތުން ސޮއިކޮށް ފިންގާ ޕްރިންޓް ޖަހާ ވާހަކައެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން މުއްދަތާ ގުޅޭގޮތުން ވަކި ގޮތެއް އެއްބަސްވެފައިވާކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭކަމަށެވެ.
14.15 ވުމާއެކު މިކަންކަމަށް ބަލާއިރު އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ނިންމޭނެ ޤާނޫނާ ހަމައެއް ނެތްކަމަށާއި، އެއްބަސްވުމުގައި މުއްދަތު ގުނުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބުނުމަކީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއް ނޫންކަމަށާއި، މިއީ ދައުވާ ދިފާއުކޮށް ކާމިޔާބު ކުރެވޭނެ ކަމުގެ މައްޗަށް ހުށަހެޅޭ ހަރުދަނާ ޤާ ނޫނީ ނުކުތާ ތަކެއްކަމަށާއި މިކަންކަމުގެ މައްޗަށް ބަލާއިރު މިއީ، ޣައިރު ހާޒިރުގައި ކުރާ ހުކުމް ބާތިލުކުރެވޭނެ ހާލަތެއްކަމަށެވެ.
15.15 މިމައްސަލައިގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ފަރުވާތައް ނަގައިދެވޭނެ އަސާސެއް އޮތްކަމަށް ނުދެކޭތީ އެކަންކަން ވެސް ހުށަހަޅާފައިވާނެ ކަމަށާއި، އެ ގެއްލުންތައް ވަޒަންކޮށް އެގެއްލުންތައް ހިސާބުކުރި ގޮތެއްވެސް ނޭގޭ ކަމަށާއި، ހުށަހަޅާފައިވަނީ ހަމަ އެފަރާތަށް ލަފާކުރެވޭ އެހެންނަމަވެސް ލިބިދާނެ ކަމަށް އެފަރާތަށް އަންދާޒާ ކުރެވޭ ނުވަތަ އެފަރާތަށް އަމިއްލަ ޚިޔާލީ އަދަދުތަކެއް ކަމަށެވެ.
1615 ހަމަ އެ ގޮތަށް ގާނޫނީ މަސައްކަތަށް ޚަރަދުވި -/25000ރ. (ފަންސަވީސ ހާސް ރުފިޔާ) ވެސް ނަގައިދިނުމަށް ކަނޑައަޅާފައވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 25 ވަނަ ބާބުގައި ބަޔާންކޮށްފައި އޮތްގޮތުން ޝަރީޢަތުގެ ޚަރަދަކީ އޭގެ ޒާތުގައި މައްސަލައެއް ނާކާމިޔާބު ވާ ހާލަތުގައި ނަގައިދެވޭނެ ފައިސާއެއް ކަމަށެވެ. މި މައްސަލައަށް ބަލާއިރު، ދިފާއު ހުށަހަޅައިގެން މައުލޫޢީގޮތުނ މައްސަލް ބެލި މަރުހަލާގައި އެއްވެސް ހާލަތެއްގައި ނާކާމިޔާބވު ނޫންކަމަށާއި މި ހާލަތުގައި މިއީ ޝަރީޢތުގަ ޚަރަދު ނެގޭނެ ހާލަތެއް ނޫންކަމަށެވެ.
1715 ސީރިއަސް ޚިލާފެއް ނެތި އެއްބަސްވުން ބާތލުކުރެވޭނި ހާލަތެއް ނެތްކަމަށއާ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުލަވާލާފައިވާ ބީ.އޯކިއު އާއި ތަނުގެ ނުނިމި ހުރި މަސައްކަތަށް ބަލާއިރު، މަސައްކަތުގެ 80 އިން ސައްތައަށް ވުރެ ބޮޑުބައެއް ނިންމާފައިވާއިރު މި ހާލަތުގައި އެއްބަސްވުން ބާތިލުކުރުމަކީ ސީރިއަސް ޚިލާފެއްކަމުގައި ކަނޑައެޅޭނެކަމަށް ނުދެކޭކަމަށެވެ.
1815 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި އޮންނަނީ ހެކިތަކެއް ހުށަހެޅުމާއި އަދި ދިފާއުކުރެވިދާނެ ހަގީގީ ސަބަބުތަކެއް ދެއްކުން ކަމަށާއި، އެކަން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާނެ ކަމަށެވެ.
1915 މަދަނީ އިޖުރާއަތުގެ ޤާނުނުގެ 124 ވަނަ މާއްދާގެ (ހ)ގެދަށުން ބަލަންޖެހޭނީ ދިފާޢެއް އޮތްކަމުގެ މައްޗަށް އެކަނި ކަމަށާއި، ދިފާޢެއް އޮތްތޯބެލުމުގައ މައްސަލައިގައި ވާގިޢާތަކަށާއި ހެކިތަކުގެ އެންމެ ފުނަށް ފީނައިގެން އާންމު އިޖުރާއަތުން ކޮށްފައި އޮތް ހުކުމެއްގެ ސައްޚަކަން ބެލުމުގެ މިންގަނޑުން ހެކި ވަޒަންކޮށް ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.
2015 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަށުން މި މައްސަލައިގައި ދިފާއުތަކެއް އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެއްބަސްވުމުގެ މުއްދަތު ހަމަވި ކަމަށް ބުނާ ބުނުން ރަނގަޅު ނޫންކަމާއިގޭގެ ވެރި ފަރާތުން ތަނުގެ އިމާރާތުގެ މަސައްކަތަށް ހުރަސް އަޅާފައިވާ އޮތްކަމަށް ވެސް ހެކިތަކާއެކު ހުށަހަޅާފައިވާނެ ކަމަށާއި، މުއްދަތު ހަމަވެފައި އޮތްކަމާ މެދުގައިވެސް ގާނޫނީގޮތުން ބަހުސްއެއ އޮތް އިރު މިއީ މައުލޫޢީ ގޮތުން އެކަން ބަލައިގެން މެނުވީ ގޮތް ކަނޑައެޅޭނެ ކަމެއް ނޫން ކަމަށެވެ. މި މައްސަލައިގެ ހެކި ވަޒަންކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނގު 124 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާ ހިލާފަށް ކަމަށެވެ.
16. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ؛
1.16 ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނަންބަރު 2024/2025/01-B3/HB/2932-144 'ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް' ގެ 1 ވަނަ ނަންބަރުގައި "ދެފަރާތުގެ ދެމެދު ވެފައިވާ ނަންބަރު (AGR)VLH/2021/02އެއްބަސްވުމާއި ވައިލެޓް ހޯލްޑިންގްސް އިން ހިލާފުވެފައިވާތީ، އެއްބަސްވުން ބާތިލުކުރުމަށް ނިންމައި ޢާއިޝަތު ވަޙީދާގެ ފަރާތުން އެންގި އެންގުމަކީ، އެއްބަސްވުމާއި އެއްގޮތަށް އަންގާފައިވާ އެންގުމެއްކަމުގައި ކަނޑައަޅައި، ދެފަރާތުގެ ދެމެދުގައިވެފައިވާ ނަންބަރު (AGR)02/VLH/2021 އެއްބަސްވުން 01 މޭ 2024 މި ދުވަހު ބާތިލުވެފައިވ ކަމަށާ ސިވިލް ކޯޓުގް ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުން ބަދަލު ކުރާނެ ނުވަތަ ބާތިލުކުރާނެ ސަބަބެއް ނެތެވެ." މިފަދައިން ކަނޑައަޅައި ނިންމާފައިވާ ނިންމުން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުން؛
2.16 ސިވިލް ކޯޓުގެ ނަންބަރު ނަންބަރު 2024-C-Cv-2932 ގަޒިއްޔާގައި އެކޯޓުން ނިންމާފައިވާ ނަންބަރު 2024/2025/01-B3/HB/2932-144 "ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ގެ 2 ވަނަ ނަންބަރުގައި ގާނޫނީ ވަކީލުގެ ހަރަދުގެ ފައިސާ ނަގައިދެވޭނެ ކަމަށް ނިންމާފައިވާ ނިންމުން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުން؛
3.16 ސިވިލް ކޯޓުގެ 2024-CCV-1456 ގަޒިއްޔާގެ ބަދަލު ކުރުމަށް ނުވަތަ ބާތިލުކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް ބަދަލު ކުރަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ ސަބަބުތަކެއް ހުރުމުން އިސްތިއުނާފުކުރާ ފަރާތަށް ހުކުމް އެކުގައި ދިފާއުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، ސިވިލް ކޯޓުގެ ނަންބަރު 2025-CVC-1517 ގަޒިއްޔާގެ ޙުކުމުގެ ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން ބަލަމުންގެންދ މައްސަލާ އެކުގައި ހިންގުމަށް އެބައި ތަޙްވީލުކޮށްދެއްވައި މިގޮތުގެމަތިން ހުކުމް ކޮށްދެއްވައި މައްސަލަ ނިންމަވައިދެއްވުމަށް އެދޭކަމަށެވެ.
17. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހިލާފު ނެތް ވާގިއާތަކެއް އެބަހުރި ކަމަށާއި، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތް ކުރުމުގެ މުއްދަތަކީ 12 (ބާރަ) މަސް ދުވަސް ކަމާއި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް އެގްރީމެންޓް ޓަރމިނޭޓ ކުރުމަށް ޓަކައި ނޯޓިސް ފޮނުވި ކަމާމެދު ދެފަރތުގާ މެދުގައި ޚިލާފެއް ނެތްކަމަށާއި އެއްބަސްވުމުގައި ލިޔެފައި އޮތް މުއްދަތުގެ ތެރޭގައި މަސއްކަތ ކޮށް ނިމިފައަ ނުވި ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތްކަމަށާއި ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ދިފާއު/ ރައްދު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށހަޅަ ފައިނުވާ ކަމާމެދު ވެސް މި މައްސަލައިގެ ބަހުސެއް ނެތްކަމަށެވެ.
18. އެ ގަޒިއްޔާގައި ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ، އެ މައްސަލައިގެ ޖަވާބު ހުށަހެޅުމަށް މަދަނީ އިޖުރާއަތު ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ދިފާޢެއް ހުށަހަޅާފައި ނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް އެދި ހުށަހެޅުމާއި ގުޅިގެން ކަމަށާއި، އެ ގަޒިއްޔާއ ގުޅިގެނާ ނެރެފައިވާ ވަގުތީ އަމުރާ ގުޅިގެން އޭގެ ކުރިން ބޭއްވުނު އަޑުއެހުންތަކުގައި ވެސް ވައިލެޓް ހޯލްޑިންގސ އިން ގާނޫނީ ވަކީލުންޢައްޔަންކޮށ އެހިސާބުން ފެށިގެންވެސް ގާނޫނީ ވަކީލުން ތަމްސީލުކޮށްފައިވާ ކަމަށެވެ.
19. ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތަށް ދައުވާއިނ ދިފާއުވުމަށް ދައުވާގެ ދިފާއު ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމަށާއި އެފަރާތުން އިންކާރުވެސ ހުށަހެޅް ކަމަށާއި ޣައިރު ހާޒިރުގައި ކުރި ހުކުމް މުރާޖާޢާކުރުމަށ ހުށަހެޅް ސަބަބު ތަފާތު ކަމަށެވެ.
20. ދިފާއު ހުށަނާޅައި، އިސްތިއުނާފުކުރާ ފަރާތުން 21 ޖުލައި 2024 ގެ ރަސްމީ ގަޑި ނިމުނު ފަހުން އެ މައްސަލައަށް އިސްތިއުނާފުކުރާ ފަރާތުން އައްޔަންކުރި ގާނޫނީ ވަކީލުން މެދުވެރިކޮށް ހުށަހަޅާފައިވަނީ 'ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޟް ކުރާ ފޯމު' ކަމަށާއި، މިފޯމު ހުށަހަޅާފައިވަނީ އިޚްތިޞާޞްއާމެދު ސުވާލު އުފައްދުމަށ ކަނޑައަޅާފައިވް މުއްދަތާ ހަމަވީ ފަހުން ކަމަށާއި، އެފޯމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެއީ ދައުވާގެ ދިފާއުގެ ގޮތުގައިވެސް އެފަރާތުން ފާހަނގަކުރާ ކަންކަންކަމުގައި މާނަ ކުރެވޭ ކަމަށެވެ.
21ނަމަވެސް ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކުރުމަށ ހުށަހެޅް ހުށަހެޅުމުގައި ދައުވާ ދިފާއުކުރެވިދާނެ ސަބަބުތަކެއް ކަމަށް ބުނެ ހުށަހެޅި ސަބަބުތަކުގެ ތެރޭގައިވެސް އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބުނާ އިޖުރާއަތު ފުރިހަމަ ނުކުރާކަމުގެ ހުށަހެޅުމެއް ނެތްކަމަށެވެ. މުރާޖައާ ކުރުމަށް ހުށަހެޅި މައްސަލައާ ހިސާބުން ފާހަގަކުރަނީ އައު ދިފާޢެއްކަމަށާއ މިއި ކޯޓުން ބަލައިގަންނަންޖެހޭ ފަދަ ހުށަހެޅުންތަކެއް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހުރިހާ ލިޔުންތަކަކީވެސް ދިފާއު ހުށަހެޅުމުގެ މުއްދަތުގައި ވުޖޫދުގައި ހުރި އަދި އެފަރާތުގެ އަތުގައި ހުރި ލިޔުންތަކެއްކަމަށާއި އެ މުއްދަތުގައި އެ ލިޔުންތަކާއެކު ޖަވާބު ހުށަނޭޅި އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި، އަދި މުއްދަތު ހަމަވީފަހުން ފުރަތަމަ މައްސަލައިގައި އިއުތިރާޒް ކުރާކަމަށް ބުނެ ދައުވާއަށް އިންކާރުކުރާ ސަބަބުތަކެއްކަމަށް ބުނެ ދެއްކި ސަބަބުތައް ބަދަލުކޮށް މުރާޖައާކުރުމަށް އައު ހުށަހެޅުންތަކެއް ހުށަހެޅުމުން ކޯޓުން އެ ހުށަހެޅުން ބަލަންޖެހޭނވެސީ ޝައްކުގެ ނަޒރަކުންކަމުގައަ އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ.
22ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގޒިއަ ޔްގައި ދައުވާއަށް ރައްދު ނުދެވުނު އެކަށީގެންވާ ސަބަބެއް ވައިލެޓް ހޯލްޑިންގސ އަށް ދެއްކިފް އ ނުވާކަމަށާއި، […] އާ ގުޅޭ މައްސަލައިގައި އެންމެ ފުރަތަމަ ކޯޓަށް މައްސަލައެއް ހުށަހެޅީވެސްއިސްތިއުނާފކުރާ ފަރާތުންކަމަށާއި، 1 މޭ 2024 ގައި އެއްބަސްވުން ބާތިލުކުރިކަމުގެ ނޯޓިސް ފޮނުވުމުން، ވަގުތީ އަމުރަކަށް އެދި އެފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުމަށް ބަލާއިރުވެސް، ވައިލެޓް ހޯލްޑިންގްސް އަށް […] ގޭގައި ޢިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެފަރާތަށް ޙައްޤު ލިބިގެންވާކަމަށް ދެކޭ ސަބަބުތައް ބަޔާންކޮށްފައިވާކަމަށާއި، އަދި ސިވިލް ކޯޓަށް ހުށަހަޅަން ގަސްދުކުރާ ދައުވާއަކީ 1 މޭ 2024 ގެ ނޯޓިސްއާ ގުޅޭ ދައުވާއެއްކަމަށްވެސ ބަޔާންކޮށްފައިވް ކަމަށާއި، ސިވިލް ކޯޓުން އެ މައްސަލައިގައި ގޮތް ނިންމި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރުވެސް އެފަރާތުން އިޢުތިރާޒްކުރާ ކަންކަމަކީ ކޮބައިކަން އެނގޭކަމަށެވެ ނަމަވެސް އެއިން އެއްވެސް ކަމެއް ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456ގަޒިއްޔާއަށް ދައުވާއަށް ޖަވާބު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި އަދި މުއްދަތު ހަމަވުމަށްފަހުވެސް ކޯޓަށް ހުށަހަޅާފައިނުވާކަމަށާއި އެފަދައިން ހުށަނޭޅުނު މަޤުބޫލު ސަބަބެއްވެސް މުރާޖައާކުރުމަށް ހުށަހެޅި މައްސަލައިގައި ވެސް ބަޔާންކޮށްފައި ނުވާކަމަށެވެ.
23ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނަންބަރު 2024/2025/01-B3/HB/2932-144 'ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް' ނިންމުމުގައި ހެކި ވަޒަންކުރުމުގައި ނުވަތަ ހެއްކަށް ބުރަދަން ދިނުމުގައި ގޯހެއް ހަދާފައިވާ ކަމަށް މި އިސްތިއުނާފުގައި ވެސް ފާހަގަކޮށްފައިނުވާކަމަށާއި، ޣައިރު ޙާޒިރުގައ ކުރި ހުކުމް ބާތިލުކުރުމަށ ނުވަތް ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކޯޓުން ނިންމި ނިންމުމުގެ 20 ވަނަ ޕެރެގްރާފުން ފެށިގެން 22 ވަނަ ޕެރެގްރާފަށް ޣައިރު ޙާޒިރުގައި ގޮތެއް ނިންމުމަށް ދެ ފޯމު ހުށަހަޅާފައި އޮތުމާ ގުޅޭގޮތުން ހުށަހެޅި ނުކުތާއަށް ފަނޑިޔާރު ގޮތް ނިންމާފައިވާ ކަމަށާއި އެ ނުކުތާގައި ހުށަހެޅި ކަމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކުރަންޖެހޭ ނުވަތަ ދިފާއުކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމެއް ނޫންކަމަށްވެސް ކަނޑައަޅާފައިވާކަމަށާއިހާއްސަގޮތެއްގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ(2) ނަންބަރު ގައި ބަޔާންކުރާ ހާލަތެއް މި މައްސަލާގައި ނެތްކަމަށާއި އެނިންމުމުގައި ގާނޫނީ އެއްވެސް ގޯހެއް ނެތްކަމަށެވެ.
24އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނިންމުމުގައި، ޣައިރު ޙާޒިރުގައ ކުރި ޙުކުމުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ނިންމާފައިވާ ބަޔަށް ދިފާއު ހުށަހެޅުމުގެ ފުރުސަތު ވައިލެޓް ހޯލްޑިންގްސް އަށް ދިނުމަށް ކަނޑައަޅާފައިވާ ކަމަށާއި ޙުކުމުގެ އެ ބަޔަކީ އެފަރާތުންވެސް އިސްތަ އިނާފުކޮށްފައިވާ ބައެއްނޫން ކަމަށާއި އެހެންކަމުން އެއީ މި އިސްތިއުނާފުގެ ބޭނުމަށް ބަހުސްކުރަންޖެހޭ ބައެއްވެސް ނޫންކަމަށެވެ.
25އައިރު ޙާޒިރުގައިކޮށްފައިވާ ހުކު މ މުރާޖައާކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކާ އެފަރާތުން ހެކިކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށް އެކަންކަން ވަޒަންކޮށްފައިވާ ކަމަށާއި އެކަމުގައި ބަހުސެއްނެތް ކަމަށެވެ.
26އިސްތިއުނާފު ކުރާ ފަރާތުން ސުވާލު އުފައްދަނީ އެއްބަސްވުމުގެ މުއްދަތު ގުނި ގޮތާ ގުޅޭގޮތުން ސިވިލް ކޯޓުގެ ރިޕޯޓުގެ 28 އިން 38 އަށް ފާހަގަކޮށްފައިވާ ކަންކަމުގައި މައްސަލައިގެ މައުލޫއަށް ފީނައިގެން ޝަރީޢަތުން ހެކިތަކާއި ވާގިއާތަކުގެ މައްޗަށް ހެކިވަޒަންކޮށްގެނ ގޮތެއް ނިންމާފައިވަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ތަސައްވުރުކުރ ގޮތާ ހިލާފަށްކަމަށ ބުން ފާހަގަކުރާ ކުރުން ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން މިފަދައިން ފާހަގަކުރި ނަމަވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތަށް ފެތޭނަމަ ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކުރުން ލާޒިމްވާނެކަމަށެވެ. ނަމަވެސް އެއާ ހިލާފަށް އެ މާއްދާގެ (ށ) ގައި ވަނީ ޣައިރު ޙާޒިރުގައިކުރި ހުކުމް ބާތިލުކުރުން ނުވަތަ ބަދަލުކުރުން ފަނޑިޔާރަށް އިޚްތިޔާރު ލިބޭ ހާލަތެއް ކަމަށާއި މި ހާލަތުގައި ހުށަހަޅާފައިވާ ހުށަހެޅުމާއި އެ ހުށަހެޅުމާއެކު ހުށަހަޅާފައިވާ ހެކި ވަޒަންނުކޮށް ފަނޑިޔާރަށް ގޮތް ނިންމޭނެ ހަމައެއްނެތް ކަމަށާއި އެފަދައިން ނިންމުން ވާނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާވެސް ހިލާފުކަމެއް ކަމަށެވެ.
27ޝަރީއަތުގައި ނަގައިދިނުމަށް އެދުނު ފަރުވާ ނަގައިނުދެވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގެ ދައުވާފޯމާއި ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށްއެދި ހުށަހަޅާފައިވާ ފޯމުގައި އެއްބަސްވުން ބާތިލުވާ ތާރީހުކަމަށް ލިޔެފައިވާ ތާރީހުގައި 01 (އެކެއް) ދުވަހުގެ ތަފާތެއް ލިޔެވިފައިވަނީ ދައުވާ ކޯޓަށް ހުށަހެޅުމުގައި ލިޔެވިފައިވާ ލިޔުމުގެ ކުށަކުން ކަމަށާއި، ޝަރީއަތަށް އޮޅުވާލުމުގެ ބޭނުމުގައި ނުވަތަ އެފަދަ ނިޔަތެއްގައި ގަސްތުގައި ކޮށްފައިވާ ކަމެއްނޫން ކަމަށެވެ. މިކަމަކީ އޭގެ ސަބަބުން ދައުވާލިބޭ ފަރާތަށް އެއްވެސް އޮޅުމެއް އަރައި ދައުވާ ދިފާއުކުރުމަށް ހުރަސްއެޅި ވާގިއާތައް އޮޅުނު ހާލަތެއްވެސް ނޫންކަމަށާއި އަދި މިއީ އޭގެ ސަބަބުން ކޯޓުގެ ނިންމުމަށް އަސަރުކުރާ ނުވަތަ ހުކުމް ބަދަލުވާ ސަބަބެއްވެސް ނޫން ކަމަށެވެ. އެއްބަސްވުން ބާތިލުކޮށްފައިވަނީ ޢާއިޝަތު ވަޙީދާގެ ފަރާތުން ލިޔުމުން އަންގައިގެންކަން އެނގެން އޮތުމާއި ސިވިލް ކޯޓުގެ ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ނެރެފައިވާ ވަގުތީ އަމުރުތަކުގައިވެސް އެއްބަސްވުން ބާތިލުކުރި ތާރޚީ ގެ ގޮތުގައި ވެސް ވަނީ 01 މޭ 2024 ކަމަށް ވާތީ މިއީ ދެފަރާތަށްވެސް ސާފުކޮށް އެނގެން އޮތް ތާރީހެއްކަމަށެވެ.
28ވައިލެޓް ހޯލްޑިންގް ސްގެ ފަރާތުން އެންމެ ފުރަތަމަ ވަގުތީ އަމުރަށް އެދި ހުށަހެޅި މައްސަލައިގައި އެފަރާތުން ހުށަހެޅި ވަގުތީ އަމުރު ފޯމުގައި ވެސް ބަޔާންކޮށްފައިވަނީ އެއްބަސްވުން ބާތިލުކުރިކަން އަންގައި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ތާރީޚެވެ. އެހެންކަމުން މިއީ ވައިލެޓް ހޯލްޑިންގ ސްއަށް އަދ ޝަރީއަތަށްވެސް އޮޅިފައިވާ ތާރީޚެއް ނޫނެވެ. އަދި މިއީ މައްސަލައިގައި މުޅިން އައު ވާޤިއާއެއް އުފަންކޮށ ހުށަހެޅުމެއް ވެސް ނޫންކަމަށާއި، އަދި މިއީ އޭގެ ޒާތުގައި ދައުވާ ބަދަލުކުރުމެއްވެސް ނޫނެވެ. ސަބަބަކީ މި މައްސަލައިގައި އެދިފައިވާ ފަރުވާތަކުގެ ތެރެއިން މައިގަނޑު އެއްކަމަކީ އެއްބަސްވުމާ ވައިލެޓް ހޯލްޑިންގްސް އިން ޚލާފުވިކަމަށި ކަނޑައަޅައިދިނުމާއި އޭގެ ސަބަބުން އެއްބަސްވުން ބާތިލުވިކަމަށ ކަނޑައަޅައިދިނުން ކަމަށެވެ.
29ވައި ލެޓ ހޯލްޑިންގްސްގެ ފަރާތުން މުރާޖައާކުރުމަށް ސިވިލް ކޯޓަށް ހުށަހަޅި ފޯމުގައި އަދި އިސްތިޢުނާފު ފޯމުގައިވެސް މަސައްކަތުގެ %80 (އަށްޑިހަ އިންސައްތަ) ނިމިފައިވާކަމަށް ބުނެފައިވީނަމަވެސް، ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން ސިވިލް ކޯޓަށް މުރާޖައާކޮށްދިނުމަށް ހުށަހެޅި ފޯމާއެކު ހުށަހަޅާފައިވާ ފޮޓޯތަކުން އެކަނިވެސް މަސައްކަތުގެ %80 (އަށްޑިހަ އިންސައްތަ) ނިމިފައި ނުވާކަން އެނގޭކަމަށެވެ.
30އިސްތިއުނާފު ކުރާ ފަރާތުން މި އިސްތިއުނާފުގައި އެދިފައިވާ ފަރުވާ ނަގައިދެވޭނެ ހަމައެއްނެތްކަމަށެވެ. އިސްތިއުނާފު ހުށަހަޅާފައިވާ ތާރީޚަކީ 19 އޭޕްރީލް 2025 ކަމަށްވެފައި، އިސްތިޢުނާފް ހުށަހެޅިތާ 11 ދުވަސް ފަހުން ސިވިލް ކޯޓަށް ހުށަހަޅައި އަދި އޭގެ މާ ފަހުގެ ތާރީހެއްގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ގޒައްޔާއެއްގެ ނަންބަރު ހިމަނައި ހައިކޯޓުގައި އެދޭ ފަރުވާއެއްގެ ގޮތުގައި ފޯމުގެ
9.3 ގައި އެކަން ހިމަނާފައިވީނަމަވެސް އެފަދައިން އިސްތިއުނާފު ފޯމުގެ ފަރުވާއެއްގެ ގޮތުގައި އިތުރުކޮށް ހުށަހެޅޭނެ ހމައެއަ އޮތްކަމުގައި އިސްތއުނާފި ރައްދުވު ފަރާތުން ނުދެކޭ ކަމަށާއި މިއީ އިސްތިއުނާފު ހުށަހެޅުމަށްފަހު އިސްތިޢުނާފީ އިތުރު ނުކުތާތައް ހުށަހެޅުން ފަދަކަމެއް ކަމަށެވެ.
31މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ޣައިރު ހާޒިރުގައި ކުރެވޭ ހުކުމް ބާތިލުކުރުމަށްޓަކައި ހުށަހެޅުމުގެ ފުރުސަތު ދައުވާލިބޭ ފަރާތަށް ލިބިދީފައިވީނަމަވެސް އެއީ އިމެއްނެތި ލިބިދީފައިވާ ފުރުސަތެއް ނޫންކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވނ މާއްދާގަ (ށ) ގައަ އ...." ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރެވިދާނެއެވެ" މިފަދައިން އޮތުމުން އެއީ ކޯޓަށް ލާޒިމްކަމެއް ނޫންކަމާއި ނަމަވެސް އިޚްތިޔާރެއްކަން އެނގޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
32އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ؛
1.32 ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 2024/2025/01-B3/HB/2932-144 ނިންމުމުގެ ގެ 1 ނިންމަފައިވާ ނިންމުން ބާތިލުކުރަންޖެހޭ ހާލަތެއް ނެތްކަމުގައި ކަނޑައަޅާދިނުމަށާއި،
2.32ސިވިލްކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 2024/2025/01-B3/HB/2932-144 ނިންމުމުގެ ގެ 1 ވަނަ ނަންބަރުގައި ޝަރީއަތުގެ ހަރަދުގެ ފައިސާ ނަގައިދެވޭނެކަމަށް ނިންމާފައިވާ ނިންމުން ބާތިލުކުރަންޖެހޭ ހާލަތެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށާއި،
3.32ސިވިލ ކޯޓުގް ނަންބަރު 2024-CCV-1456 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް ދިފާއު ކުރުމަށް ފުރުސަތު ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 2025-CVC-1517 ގަޒިއްޔާގެ ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ބަލަމުންދާ މައްސަލަ އެކުގައި ހިންގުމަށް އެބައި ތަހުވލުކުރަންޖެހީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދނުމަށއި،
4.32ސިވިލްކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 2024/2025/01-B3/HB/2932-144 ނިންމުމުގެ 2 ވަނަ ނަންބަރުގައި ނިންމާފައިވާ ނިންމުން އިސްތިއުނާކުރުމަށ ހުށަހަޅާފައިވް މައްސަލާގައި އިސްތިއުނާފުރައްދުވާ ފަރާތުން ޝަރީއަތުގެ ހަރަދުގ ގޮތުގައެ ގާނޫނީ ވަކީލުންނަށް މިހާތަނަށް ހަރަދުކޮށްފައިވާ-/25,000ރ. (ފަންސަވީސ ހާސް ރުފިޔާ) އާއި އިސްތިއުނާފީ މި މައްސަލއިގައަ އެކި ޖުމްލަ ހަރަދުކުރަންޖެހޭ -/50,500ރ. (ފަންސާސ ހާސް ފައްސަތޭކަ ރުހިޔާ) އިސްތިއުނާފު ރައްދުވާ ފަރާތަށް ދެއްކުމަށް އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އަންގާ އަމުރުކޮށްދނުމަށި އެދޭކަމަށެވެ.
33އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ މައިގަނޑު ބަހުސް ބިނާކޮށްފައިވަނީ އަންނަނިވި ނުކުތާތަކުގެ މައްޗަށް ކަމުގައި ދެކެމެވެ.
1.33. ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން، އެކަމާމެދު ގޮތް ނިންމުމުގައި ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބައިބައިކޮށް ވަކިވަކި ބައިތަކާމެދ ގޮތު ނިންމާފައިވުމުގެ މައްޗަށާއި، އަދި
2.33. ބަޔާންވެދިޔަ ފަދައިން އެއް ބަޔަށް ގޮތް ނިންމުމުގައި ހުށަހެޅުނު ހެކިތައް ވަޒަންކޮށްފައިވާ މިންވަރުގެ މައްޗަށެވެ.
34ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން، ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބައިބައިކޮށް، ވަކިވަކި ބައިތަކާމެދ ގޮތު ނިންމިދާނެތޯ ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
35"ޣައިރު ހާޒިރުގައި ކުރާ ހުކުމް" ބާތިލުކުރުމާއި ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައެވެ. އެ މާއްދާގައިވާ އިބާރާތް ތިރީގައި ނަކަލުކޮށްފައި އެވަނީއެވެ. 124 (ހ) "ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް ކޮށްފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައި ރަނގަޅަށް ނޫން ކަމުގައިވާނަމަ، އެ ހުކުމްކުރި ކޯޓުން އެ ހުކުމް ބާތިލުކުރަންވާނެއެވެ. (1) ދައުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަނޭޅުމުގެ ސަބަބުން ޣައިރު ހާޒިރުގައި ހުކުމްކުރާ ހާލަތުގައި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވެފައިނުވުން؛ (2) ދިފާއު ހުށަނޭޅުމުގެ ސަބަބުން ޣައިރު ހާޒިރުގައި ހުކުމްކުރާ ހާލަތުގައި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ (ށ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވެފައިނުވުން؛ (3) ހުކުމް ކުރުމުގެ ކުރިން ދައުވާކުރާ ފަރާތުން ކޮށްފައިވާ ދައުވާއިން އެދިފައިވާ ކަންކަން، ދައުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވުން." )ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިޢާޔަތްކޮށް، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރެވިދާނެއެވެ. (1) ދައުވާލިބޭ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުން؛ ނުވަތަ (2) ހުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ ނުވަތަ ދައުވާ ދިފާއުކުރުމަށް ދައުވާލިބޭ ފަރާތަށް ފުރުސަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުކުމް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ހުކުމް ބާތިލުކުރަނ ހުށަހެޅް ފަރާތުން ހުށަހަޅާފައިވާ އަވަސްމިން ހިމެނެއެވެ."
36ޕްރިސިޑެންސް 1ބަޔާންވެދިޔަ މާއްދާގެ އިބާރާތްތަކަށް ބަލާއިރު، އެ މާއްދާގެ ދަށުން ބަލަނީ ދެ ކަމެކެވެ. އެއީ ؛
1.36. ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް ކޮށްފައިވަނީ ރަނގަޅަށްތޯއާއި،
2.36. އެ ހުކުމް ބަދަލު ކުރަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭފަދަ ހާލަތެއް އޮތްތޯއެވެ.
37ޕްރިސިޑެންސް 2އެގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ)ގެ ދަށުން ހުކުމް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށ އެދް ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކޮށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވަނީ، މި ނުކުތާއާ ގުޅިގެން ހުށަހަޅާފައިވަނީ އިޖުރާއީ ކަންތައްތަކެއް ކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގައިވާފަދަ، ޣައިރު ހާޒިރުގައި ހުކުމް ކޮށްގެންނުވާނެ ހާލަތެއް މި ނުކުތާގައި ހުށަހަޅާފައި ނުވާކަމުގައެވެ.
38ހަމައެހެންމެ، މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރުވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގައިވާފަދަ، ޣައިރު ހާޒިރުގައި ހުކުމް ކޮށްގެންނުވާނެ ހާލަތެއް އޮތްކަމުގެ މައްޗަށް މި ނުކުތާގައި އެއްވެސް ކަމެއް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. އެހެންކަމުން، ދަށުކޯޓުގެ ނިންމުން ގާނޫނާ ހިލާފުވާގޮތެއް މި ނުކުތާގައި ބަޔާންކޮށްދެވިފައވ ކަމަށާ ނުދި ކ މެވެ.
39މި މައްސަލާގައި ހުކުމް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަކީ މަދަނީ އިޖުރާއަތުގެ 124 ވަނަ މާއްދާގެ (ހ) އާއި (ށ) ހިމެނޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައިވާހިނދު، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުކުމް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށ އެދް ހުށަހެޅި ހުށަހެޅުމާމެދު ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
40އިސްތިއުނާފު ކުރެވިފައިވާ ނިންމުމަށް ބަލާއިރު، މި ނުކުތާއާ ގުޅިގެން ފަނޑިޔާރު ހަވާލާދީފައިވަނީ، ސިވިލް ކޯޓުގެ 'ޓްރޭޑްނެޓް މައްސަލަ' އަށެވެ. އެގޮތުން، އެ މައްސަލައާ ހަވާލާދީ، ދަށު ކޯޓުގެ ނިންމުމުގެ 10 ވަނަ ނުކުތާއާއި 11 ވަނަ ނުކުތާގައި ފަނޑިޔާރު އަންނަނިވި ފަދައިން ފާހަގަކޮށްފައިވެއެވެ. " 10. ޓްރޭޑްނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް (2024-CVC-922) ޤަޟިއްޔާގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ނިންމާ ނިންމުމަކީ ފަނޑިޔާރުގެ އިޚްތިޔާރުގައި އޮތްކަމެއްކަމުގައި، ފާހަގަކޮށް، އެކަން ބަލައި ވަޒަންކުރުމުގައި، ކޯޓަށް މައްސަލަ ހުށަހެޅި އަވަސްމިނާއި، މައްސަލައަށް ރައްދު ލިބުނު މުއްދަތުގައި، ރައްދު ނުދެވުނު ސަބަބަކީ އެކަށީގެންވާ ސަބަބެއްތޯ ބަލަންވާނެކަމާއި، އެފަދަ ސަބަބެއް އޮތްނަމަ، ދަޢުވާ ދިފާޢު ކުރެވިދާނެ ސަބަބުތަކެއް ހުރުން ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ އެހެން ސަބަބެއް އޮތްތޯ ބެލުން ހިމެނޭނެކަން ފާހަގަކޮށްފައިވެއެވެ. (13 ވަނަ ޕެރެގްރާފު) މިފަދައިން ބަލާބެލުމުގައި ރައްދު ދީފައިނުވަނީ، ދިމާވި އެކަށީގެންވާ ސަބަބަކުންތޯ ބެލުމުގައި، އެސަބަބަކީ އަމިއްލަ ބާރު ނުފޯރުވޭ ސަބަބެއް ކަމުގައިވާނަމަ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުން ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ އެހެން ސަބަބެއް އޮތްތޯ ބެލުމަށްފަހު ނޫނީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލުކުރަން . ސިވިލްކޯޓުގެ ޓްރޭޑްނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް (2024-CVC-922) ގަޒިއްޔާ ހުށަހެޅި ހުށަހެޅުން ކޯޓުން ބަލައިގަނެ ކުރިއަށް ގެންދިއުމަކީ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހުޅުވިގެންދާ ދޮރެއްކަމަށ ވެގެން ހިނގައިދާނެކަން އިސްވެ ބުނެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
11. ޓްރޭޑްނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ދަޢުވާއަށް ރައްދު ނުދެވުނު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ދަޢުވާއަށް ރައްދު ދީފައި ނުވަނީ މައްސަލައާ ހަވާލުވި ފަރާތުން ދަޢުވާގެ ރައްދު ހުށަހަޅާފައި ނުވާތީ ކަމަށާއި، ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައްސަލައާ ހަވާލުވި ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރިތޯ ކަށަވަރުކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައިވާކަން އެނގޭ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށާއި، އެފަދަ ލިޔުންތަކަކީ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރަން ހުށަހަޅާއިރު، ހުށަހަޅަންޖެހޭނެ ލިޔުންތަކެއް ކަމާއި، ދިފާޢު ހުށަނޭޅުނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ބުނެދެވިފައި ނުވާތީ، ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިތޯ ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ދިފާޢު ކުރަން ފުރުސަތު ދޭންޖެހޭ އެހެން ސަބަބެއް އޮތްތޯ ބަލަން ޖެހޭނެކަމަށް ނުދެކޭކަމަށެވެ."
41ޓްރޭޑްނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް (2024-CVC-922) ގަޒިއްޔާއަށް ބަލާއިރު، ދައުވާ ދިފާއު ކުރެވިދާނެ ސަބަބުތަކެއް ހުރުން ނުވަތަ ހުކުމް ބަދަލުކުރަންޖެހޭ ސަބަބުތަކެއް އޮތްތޯ ބަލަންޖެހެނީ، މައްސަލައަށް ރައްދު ދިނުމަށް ލިބުނު މުއްދަތުގައި ރައްދު ނުދެވުނު ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވާނަމަ ކަމާއި، އަދި ހަމައެހެންމެ ދިފާއު ހުށަނޭޅުނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ބުނެދެވިފައި ނުވާނަމަ، ދައުވާ ދިފާއު ކުރެވިދާނެ ސަބަބުތަކެއް ހުރުން ނުވަތަ ހުކުމް ބަދަލުކުރަންޖެހޭ ސަބަބުތަކެއް އޮތްތޯ ބަލަން ނުޖެހޭކަމަށް ކަނޑައަޅާފައިވާކަމުގައި ބަޔާންކޮށްފައިވެއެވެ.
42ޓްރޭޑްނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް (2024-CVC-922) ގަޒިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވި، މިހާރު ގޮތެއް ކަނޑައެޅިފައިވާ ގަޒިއްޔާއެއްކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 'ޓްރޭޑްނެޓް މައްސަލަ' އަށް ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) ދިވެހިރާއްޖޭގެ ހައިކޯޓުގެ 'ޓްރޭޑްނެޓް މައްސަލަ'
43ދިވެހިރާއްޖޭގެ ހައިކޯޓުގެ 'ޓްރޭޑްނެޓް މައްސަލަ' ނިމިފައިވަނީ، ދައުވާ ދިފާއު ކުރެވިދާނެ ސަބަބުތަކެއް ހުރުން ނުވަތަ ހުކުމް ބަދަލުކުރަންޖެހޭ ސަބަބުތަކެއް އޮތްތޯ ބަލަންޖެހެނީ، މައްސަލައަށް ރައްދު ދިނުމަށް ލިބުނު މުއްދަތުގައި ރައްދު ނުދެވުނު ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވާނަމަކަމަށ ދަށް ކޯޓުން ކަނޑައަޅާފައިވާވުނ ބާތިލުކޮށް އަލުން އެ މައްސަލާގައި ގޮތެއް ކަނޑައެޅުމަށް އަންގައި އެގޮތުގެ މަތީންނެވެ.
44'ޓްރޭޑްނެޓް މައްސަލަ' ގައި ރިޔާސަތު ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގައި ޖުމްލަގޮތެއްގައި ބަޔާންކޮށްފައިވަނީވެސް ދައުވާ ދިފާއު ކުރެވިދާނެ ސަބަބުތަކެއް ހުރިތޯ ނުވަތަ ހުކުމް ބަދަލުކުރަންޖެހޭ ސަބަބުތަކެއް އޮތްތޯ ބަލަންޖެހެނީ، މައްސަލައަށް ރައްދު ދިނުމަށް ލިބުނު މުއްދަތުގައި ރައްދު ނުދެވުނު ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވާނަމަކަމަށ ދަށް ކޯޓުނު ކަނޑައަޅާފައިވާއިރު، އެއީ ބަލަންޖެހޭ ސަބަބެއްކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ނޫންކަމުގައެވެ.
45ހަމައެހެންމެ، އެ މައްސަލާގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކާއި، (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުންތައް ފަރަގުކޮށްފައިވެއެވެ. އެގޮތުން؛
46އެ މައްސަލައިގެ 32 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ "މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ
(ށ) ގެ (1) ވަނަ ނަންބަރުގައިވާ ބަޔާންކުރާ ދައުވާލިބޭ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް (real prospect of success) އޮތްތޯ ބެލުން އިނގިރޭސިވިލާތުގެ The Civil Procedure Rules 1998 ބިނާވަނީ، ރޫލްސް (1)(a) 13.3 އަށެވެ. މި ހާލަތުގެ ތެރެއިން، ދައުވާ ދިފާއުކުރުމުގައި ދައުވާލިބޭ ފަރާތުން ކާމިޔާބުވާނެ ސަބަބެއް އޮތްކަން ދައްކުވައިދޭންޖެހޭނެއެވެ. މި މިންގަނޑުގެ ތެރޭގައި ދައުވާލިބޭ ފަރާތުގެ ދަފްޢު ސާބިތުކޮށްދީ، ދައުވާ ކާމިޔާބުވާނެކަމީ، މި މަރުޙަލާގައި ދައުވާލިބޭ ފަރާތުން ދައްކުވައިދޭންޖެހޭ ކަމެއްނޫނެވެ. އެހެނަސް، . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) ދައުވާލިބޭ ފަރާތަށް ބަހުސްކުރެވޭނެ ދަފްޢެއް އޮތްކަމާއި issue) (triable، އަދި އެ ފަރާތުގެ ދިފާޢަކީ ޚިޔާލެއްގެ މައްޗަށް ބިނާވާ ދިފާޢެއްނޫންކަން މި މަރުޙަލާގައި ދައުވާލިބޭ ފަރާތުން ހާމަކޮށްދޭންޖެހޭނެއެވެ. މި މަރުޙަލާގައި "ޙަޤީޤީ ސަބަބު"ގެ މާނައަކީ ދައުވާ ދިފާއުކުރުމުގައި، ގާނޫނީ ސަބަބު އެކުލެވުމެވެ. އަދި އެކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަތް ސަބަބު އެކަށީގެންވުމެވެ. އެހެންކަމުން، މި މަރުޙަލާގައި ބަލައި ބެލުމަކީ، ގާނޫނީ ސަބަބުތައް އެކުލެވޭ ބަހުސްކުރެވޭނެ ދިފާޢެއް އޮތުމެވެ." މިފަދައިންނެވެ.
47ހަމައެހެންމެ، އެ މައްސަލައިގެ 33 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ "މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމަކީ، އިނގިރޭސިވިލާތުގެ The Civil Procedure 1998 Rules ގެ ރޫލްސް (1)(b) 13.3 ގައި ބަޔާންކުރާ ކަންކަމެވެ. އެއީ ހުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ ކަމަށް ކޯޓަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކުގެމައްޗަށް ބިނާވާ ކަންކަމެވެ. މިކަމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ހުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ދައްކަންޖެހޭނެކަމާއި، އަދި އެ ސަބަބަކީ ހަރުދަނާ އަދި ބަލައިގަނެވޭނެފަދަ ސަބަބަކަށް ވާންޖެހޭނެކަން އެ ނިންމުންތަކުން އެނގެއެވެ. މީގެ ތެރޭގައި، ދަޢުވާގެ ދިފާއު ހުށަހެޅިފައިނުވަނީ ނުވަތަ ޑިފޯލްޓްވެފައިވަނީ އަމިއްލަ ބާރުނުފޯރާފަދަ ސަބަބެއް މެދުވެރިވެގެން ކަމަށްވުމާއި، މިސާލަކަށް މުޢާމަލާތުކުރުމުގައި އޮޅުންއަރާފައިވުމާއި، ޞިއްހ ސަބަބީ ފަދަ ސަބަބުތަކަކީ ބަލައިގަނެވޭނެ (genuine excusable reasons) ސަބަބުތައް ކަމުގައި ކަނޑައަޅާފައިވެއެވެ. މިކަމުގެ ތަފްޞީލު ޝަރީއަތަށް ހާމަކުރުން މުހިންމެވެ. އަދި އެ ސަބަބުގެ ތެރޭގައި ޝަރީއަތަށް އޮޅުވާލުމުގެ ނުވަތަ އަމުރަށް ކިޔަމަންނުވުމުގެ ގަސްދެއް އޮވެގެންނުވާނެއެވެ." މިފަދައިންނެވެ.
48މިކަމުން ދޭހަކޮށްދެނީ، ޑިފޯލްޓްވެފައިވާ ސަބަބުތައް ބަޔާންކޮށްދޭންޖެހުންފަދަ، އެކަށީގެންވާ ސަބަބުތަކެއް ހުށަހެޅުމަކީ، ޚާއްސަކޮށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަލަންޖެހޭ ކަމެއްކަމެވެ. މީގެއިތުރުން، އެއީ އެ މާއްދާގެ (ށ) ގައި އަހަންމިއްޔަތުކަން ދީފައިވާ އެހެނިހެން ކަންކަން އެއްފަރާތްކޮށް، އެންމެ ފުރަތަމައިނުންވެސް ބަލަންޖެހޭ ނުވަތަ ވަޒަންކުރަންޖެހޭ ކަމެއް ކަމުގައި ނުދެކޭކަމަށްވެސ ފަނޑިޔާރް ބަޔާންކޮށްފައިވެއެވެ. މިކަން، . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް ) މައްސަލާގައި ފަނޑިޔާރު ހުޒައިފާ މުޙައްމަދުގެ ރައުޔުގެ 32 ވަނަ ޕެރެގްރާފް 'ޓްރޭޑްނެޓް މައްސަލަ' އިގެ 40 ވަނަ ނުކުތާގައިވެސް ފަނޑިޔާރު ހުޒައިފާ މުޙައްމަދު ބަޔާންކޮށްދީފައިވެއެވެ. އެ ނުކުތާގައިވާ އިބާރާތް ތިރީގައި ނަކަލުކޮށްފައި އެވަނީއެވެ. "ސިވިލް ކޯޓުގެ ނިންމުމުގައި ދަޢުވާ ދިފާޢު ހުށަހެޅިފައިނުވާ ސަބަބަށް އަހަންމިއްޔަތުކަން ދީފައިވެއެވެ. މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޚާއްޞަކޮށް، އެ މާއްދާގެ (2) ވަނަ ނަންބަރުގެ ދަށުން ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްތޯބެލުމުގައި ބެލިދާނެކަމެއް ކަމުގައި ދެކުނުނަމަވެސް، އެއީ އެ މާއްދާގެ (ށ) ގައި އަހަންމިއްޔަތުކަން ދީފައިވާ އެހެނިހެން ކަންކަން އެއްފަރާތްކޮށް، އެންމެ ފުރަތަމައިނުންވެސް ބަލަންޖެހޭ ނުވަތަ ވަޒަންކުރަންޖެހޭ ކަމެއް ކަމުގައި ނުދެކެމެވެ ."
49ހަމައެހެންމެ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި ބަލަންޖެހޭކަންކަން ބަޔާންކުރަމުން، "މި މާއްދާއަށް ބިނާކޮށް، ހުށަހަޅާ ހުށަހެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ ދެ ކަމެއްވެއެވެ. އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައުވާލިބޭ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތްތޯ، ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ހުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ ނުވަތަ ދައުވާ ދިފާއުކުރުމަށް ދައުވާލިބޭ ފަރާތަށް ފުރުސަތު ދޭންޖެހޭ ކޯޓަށް ޤަބޫލުކުރެވޭފަދަ އެހެން އެކަށީގެންވާ ސަބަބެއް އޮތްތޯއެވެ. އިސްވެ ފާހަގަކޮށްފައިވާ ފަދައިން، ދައުވާއަށް ޖަވާބުދާރީވާންޖެހޭ މުއްދަތުގައި، ދައުވާގެ ދިފާއު ހުށަހަޅާފައިނުވަނީ ކޮން ސަބަބެއް މެދުވެރިވެގެންކަން، އަދި އެކަމާ ގުޅޭ ގޮތުން އެކަށީގެންވާ ރައްދެއްދީފައިވޭތޯ ބަލަންޖެހޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކަން ހިނގާފައިވާ ގޮތް ވަޒަންކުރާހިނދު ކަމުގައި ދެކެމެވެ." މިފަދައިން ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ.
50މިފަދައިން ބަޔާންކުރުމަށްފަހު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތައްކަމުގައި އެ ފަރާތުން ދެކޭ ސަބަބުތަކާއި، އަދި ދައުވާ ދިފާއުކުރުމަށް ދައުވާލިބޭ ފަރާތަށް ފުރުސަތު ދޭންޖެހޭ ސަބަބުތައް ހުށަހަޅާފައިވާއިރު، އެކަން އެއްވެސް މިންވަރަކަށް ސިވިލް . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) ކޯޓުން ވަޒަންކޮށްފައި ނުވުމުން އެކަންކަމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތްތަކުގެ އަލީގައި ވަޒަންކުރަންޖެހޭނެ ޙާލަތްތަކެއްކަމަށ ބަޔާންކޮށް އެކަމާގުޅޭ ނިންމުމެއް ނިންމަންޖެހޭކަމަށް ފަނޑިޔާރު ކަނޑައަޅާފައިވެއެވެ.
51އެގޮތުން، 'ޓްރޭޑްނެޓް މައްސަލަ' ގައި ރިޔާސަތު ފަނޑިޔާރުގެ ރައުޔަށާއި، ފަނޑިޔާރު ހުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކޮށްފައިވުމުން އޭގެން ނިކުންނާނެ ނަތީޖާއަކީ؛
1.51. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއްގައި، ދައުވާއަށް ޖަވާބުދާރީވާންޖެހޭ މުއްދަތުގައި، ދައުވާގެ ދިފާއު ހުށަހަޅާފައިނުވަނީ ކޮން ސަބަބެއް މެދުވެރިވެގެންކަން ބަޔާންކޮށްދީފައިނުވުމަކީ، ހަމައެކަނި އެ ސަބަބަށް ރިޢާޔަތްކޮށް، އެ މާއްދާގެ
(ށ) ގައި އަހަންމިއްޔަތުކަން ދީފައިވާ އެހެނިހެން ކަންކަން އެއްފަރާތްކޮށް، އެންމެ ފުރަތަމައިނުންވެސް ބަލަންޖެހޭ ނުވަތަ ވަޒަންކުރަންޖެހޭ ކަމެއް ކަމުގައި ނުވުމެވެ.
2.51. ހަމައެހެންމެ، ދައުވާ ދިފާއު ކުރެވިދާނެ ސަބަބުތަކެއް ހުރިތޯ ނުވަތަ ހުކުމް ބަދަލުކުރަންޖެހޭ ސަބަބުތަކެއް އޮތްތޯ ބަލަންޖެހެނީ މައްސަލައަށް ރައްދު ދިނުމަށް ލިބުނު މުއްދަތުގައި ރައްދު ނުދެވުނު ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވާނަމަކަމަށ ދަށް ކޯޓުނު ކަނޑައަޅާފައިވާއިރު، އެއީ ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގައި ބަޔާންކޮށްފައިވާ ފަދައިން، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ނޫންކަމާއި، އެހެންނަމަވެސް، ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގައި ބަޔާންކޮށްފައިވާ ފަދައިން އެހެން ބައެއް ޖުރިސްޑިކްޝަންސް ތަކުގައި އަދި ހާއްސަކޮށް، އިނގިރޭސިވިލާތުގައި، ޑިފޯލްޓްވެފައިވާ ސަބަބުތައް ބަޔާންކޮށްދޭންޖެހުންފަދަ، އެކަށީގެންވާ ސަބަބުތަކެއް ހުށަހެޅުމަކީ، ހާއްސަކޮށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަޔާންކޮށްފައިވާ ހާލަތުގެ ދަށުން ބަލަންޖެހޭ ކަމެއްކަމުގައި ވުމެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް)
52ކޮންމެއަކަސް، ދައުވާއަށް ޖަވާބުދާރީވާންޖެހޭ މުއްދަތުގައި ދައުވާގެ ދިފާއު ހުށަހަޅާފައިނުވަނީ ކޮން ސަބަބެއް މެދުވެރިވެގެންކަން ބަޔާންކޮށްދީފައިނުވުމަކީ، އެ މާއްދާގެ (ށ) ގައި އަހަންމިއްޔަތުކަން ދީފައިވާ އެހެނިހެން ކަންކަން އެއްފަރާތްކޮށް، އެންމެ ފުރަތަމައިނުންވެސް ބަލަންޖެހޭ ނުވަތަ ވަޒަންކުރަންޖެހޭ ކަމެއް ކަމުގައި 'ޓްރޭޑްނެޓް މައްސަލަ' ގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާކަމަށް އިސްތިއުނާފު ކުރެވިފައިމިވާ ނިންމުމުގައި ބަޔާންކުރުމަށްފަހުނަމަވެސ ނުވަތް އެހެން ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ނަމަވެސް އިސްތިއުނާފު ކުރެވިފައިވާ ނިންމުން މި ނުކުތާގައި ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން 'ޓްރޭޑްނެޓް މައްސަލަ' އިގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށްކަން، އެ ނިންމުމުގެ 10 ވަނަ ނުކުތާއިން ފެށިގެން 19 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުން ދެނެގަނެވެއެވެ. ޚއްސަކޮށާ 18 ވަނަ ނުކުތާއާއި 19 ވަނަ ނުކުތާއިން އެކަން އިތުރަށް ސާފުވެއެވެ. އެގޮތުން، ދައުވާއަށް ރައްދު ނުދެވުމުގައި އެކަށީގެންވާ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައިނުވާކަމަށް ކަނޑައެޅުމަށްފަހު، ދައުވާ ދިފާއު ކުރެވިދާނެ ހަގީގީ ސަބަބުތަކެއް ހުރިތޯ ބެލުމަށް ނިންމާފައިވާކަން، އެ ނިންމުމުގެ 19 ވަނަ ނުކުތާއަށް ބެލުމުން އެނގެއެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 'ޓްރޭޑްނެޓް މައްސަލަ' އިގައިވެސް ކަންކުރަނ ބުނެފައިވް މަގެވެ.
53އެހެންނަމަވެސް، ބަޔާންވެ ދިޔަ ފަދައިން، ހުކުމް ބަދަލުކުރަން ނުވަތަ ބާތިލުކުރަނ އެދް ހުށަހަޅާފައިވާ ހުށަހެޅުމުގައިވާ ހެކި ވަޒަންކޮށް، އިސްތިއުނާފު ކުރެވިފައިމިވާ ނިންމުން ނިންމާފައިވާހިނދު، އިސްތިއުނާފު ކުރާ ފަރާތުން އުފައްދާފައިވާ ބަހުސަކީ، އިސްތިއުނާފު ކުރެވިފައިމިވާ ނިންމުމުގައި ހެކި ވަޒަންކޮށްފައިވާ މިންގަނޑު ގޯސްކަމުގެ މައްޗަށެވެ. ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން، ހެކި ވަޒަންކުރުން . ސިވިލް ކޯޓުގެ ނަންބަރު 2024-CVC-922 (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް)
54ޕްރިސިޑެންސް 4އިސްވެ ހަވާލާދެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ 'ޓްރޭޑްނެޓް މައްސަލަ' ގައި، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން، ހެކި ވަޒަންކުރަންޖެހޭ މިންގަނޑާގުޅޭގޮތުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
1.54. "މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ބަޔާންކުރާ ދައުވާލިބޭ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް success) of prospect (real އޮތްތޯ ބެލުން އިނގިރޭސިވިލާތުގެ The Civil Procedure Rules 1998 ބިނާވަނީ، ރޫލްސް 13.3 (1)(a) އަށެވެ. މި ހާލަތުގެ ތެރެއިން، ދައުވާ ދިފާއުކުރުމުގައި ދައުވާލިބޭ ފަރާތުން ކާމިޔާބުވާނެ ސަބަބެއް އޮތްކަން ދައްކުވައިދޭންޖެހޭނެއެވެ. މި މިންގަނޑުގެ ތެރޭގައި ދައުވާލިބޭ ފަރާތުގެ ދަފްޢު ސާބިތުކޮށްދީ، ދައުވާ ކާމިޔާބުވާނެކަމީ، މި މަރުޙަލާގައި ދައުވާލިބޭ ފަރާތުން ދައްކުވައިދޭންޖެހޭ ކަމެއްނޫނެވެ. އެހެނަސް، ދައުވާލިބޭ ފަރާތަށް ބަހުސްކުރެވޭނެ ދަފްޢެއް އޮތްކަމާއި (triable issue)، އަދި އެ ފަރާތުގެ ދިފާޢަކީ ޚިޔާލެއްގެ މައްޗަށް ބިނާވާ ދިފާޢެއްނޫންކަން މި މަރުޙަލާގައި ދައުވާލިބޭ ފަރާތުން ހާމަކޮށްދޭންޖެހޭނެއެވެ. މި މަރުޙަލާގައި "ޙަޤީޤީ ސަބަބު"ގެ މާނައަކީ ދައުވާ ދިފާއުކުރުމުގައި، ގާނޫނީ ސަބަބު އެކުލެވުމެވެ. އަދި އެކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަތް ސަބަބު އެކަށީގެންވުމެވެ. އެހެންކަމުން، މި މަރުޙަލާގައި ބަލައި ބެލުމަކީ، ގާނޫނީ ސަބަބުތައް އެކުލެވޭ ބަހުސްކުރެވޭނެ ދިފާޢެއް އޮތުމެވެ."
55ޕްރިސިޑެންސް 5ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ހުކުމް ބަދަލުކުރަން ނުވަތަ ބާތިލުކުރަނ އެދް ހުށަހަޅާ ހުށަހެޅުމެއްގައި ހިމެނޭ ހެކިތައް ވަޒަންކޮށް، މައުލޫއީގޮތުން ބަލައި އެ ހެކިތަކުން ނިކުންނަ ނަތީޖާ ބަޔާންކޮށްދިނުމަކީ މި މަރުހަލާގައި ކުރެވޭނެކަމެއް ނޫނެވެ. ހުށަހެޅިފައިވާ ކަންކަމުން ގާނޫނީ ސަބަބުތައް އެކުލެވޭ އަދި ބަހުސްކުރެވޭނެ ދިފާޢެއް އޮތްކަން ދެނެގަނެވޭނަމަ ފުދެއެވެ. އެ ސަބަބުތަކާއި، އެސަބަބުތަކުގެ މައްޗަށް ހުށަހަޅާފައިވާ ހެކިތައް ވަޒަންކޮށް، އެ ހެކިތަކުން ނިކުންނަ ނަތީޖާއަކީ ކޮބައިކަން ބަޔާން ކުރާނީ މައްސަލަ މައުލޫއީގޮތުން ބެލުމުގައެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) މައްސަލާގައި ފަނޑިޔާރު ހުޒައިފާ މުޙައްމަދުގެ ރައުޔުގެ 32 ވަނަ ޕެރެގްރާފް
56އެހެންނަމަވެސް އިސްތިއުނާފު ކުރެވިފައިވާ ނިންމުމަށް ބަލާއިރު، ހުށަހެޅުނު ހެކިތައް ވަޒަންކޮށް، އެހެކިތަކުން ނިކުންނާނެ ޤާނޫނީ ނަތީޖާއަކީ ކޮބައިކަން ބަޔާންކުރުމަކީ، މި ފަދަ ހުށަހެޅުންތަކުގެ ދާއިރާއެއް ނޫނެވެ. އެހެންނަމަވެސް، ދަށު ކޯޓުގެ ނިންމުމުގެ "އެއްބަސްވުމުގެ މުއްދަތާމެދު ހުށަހެޅި 26 25 ކަންކަން" މި މައުލޫއާއި، "އެއްބަސްވުން ބާތިލުކުރެވޭނެ ގޮތާމެދު ހުށަހެޅުނު ކަންކަން" މި މައުލޫއާއި، "ގެއްލުމުގެ ބަދަލާ ގުޅޭ" މި މައުލޫގެ ދަށުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ދެފަރާތުން ހުށަހަޅާފައިވާ އެންމެހާ ކަންކަން ވަޒަންކޮށް، އެކަންކަމުން ނިކުންނާނެ ޤާނޫނީ ނަތީޖާތަކަށް ބަލައި، މައުލޫއީ މައްސަލައެއްގައި ހެކި ގަރީނ ވަޒަންކުރާ މިންވަރަށް، އެކަންކަމުން ފަނޑިޔާރަށް އާދެވިފައިވާ ނަތީޖާއަކީ ކޮބައިކަން ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްދީފައިވެއެވެ.
57ބަޔާންވެދިޔަ ފަދައިން، ހެކި ވަޒަންކުރަނީ ކޮން ނަތީޖާއެއް ހާސިލުކުރަންކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ހެކި ވަޒަންކޮށްގެން ދެނެގަންނަންޖެހޭ ނަތީޖާއަކީ، ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް އޮތްތޯއެވެ. އެފަދައިން ހެކިތަކުގައި އަލީގައި ބާތިލު ކުރަންޖެހޭކަމަށް ބުރަވެވިއްޖެނަމަ، ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކަމަށް ކަނޑައަޅާނީއެވެ. އެހެންނަމަވެސް، އެ ހެކިތައް ވަޒަންކޮށް، މައުލޫއީގޮތުނ މައްސަލް ބަލައިގެން ނިކުންނާނެ ނަތީޖާ ބަޔާންކޮށްދިނުމެއް ނެތެވެ. އެއްބަސްވުމުގެ މުއްދަތާގުޅޭ ގޮތުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެއްބަސްވުމުގެ މުއްދަތަށް ބަލަދުގެނެވޭނެކަމަށް ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާއި، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގައި ދެފަރާތުން އަމަލުކޮށްފައިވާ ގޮތާއި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަސައްކަތް ފެށިފައިވާ އަސްލު ތާރީހަކީ ކޮބައިކަން ކަނޑައެޅުމުގައި ބެލިދާނެ ކަންކަމަކީ ކޮބައިކަމާއި، އެކަންކަމުގައި ދެފަރާތުން އެ ކަމުގައި ކޮށްފައިވާ މުއާމަލާތުތަކަށްބަލައި، އެކަމުގެ އަލީގައި ފަނޑިޔާރަށް ވާސިލުވެވުނު ގާނޫނީ ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްދީފައިވެއެވެ . އެއްބަސްވުން ބާތިލުކުރެވޭނެ ގޮތާމެދު ހުށަހެޅުނު ކަންކަމަށް ބަލާއިރު، ކޮންޓްރެކްޓްގެ މައިގަނޑު ޒިންމާތަކަކީ ކޮބައިކަން ކަނޑައަޅައި، އެ ޒިންމާތަކާ ހިލާފުވެއްޖެނަމަ ކޮންޓްރެކްޓާބެހޭ ގާނޫނުގެ އަލީގައި އަންނާނެ ނަތީޖާއަކީ ކޮބައިކަމާއި، އަދި ހަމައެހެންމެ އެއްބަސްވުމުގެ ދަށުން މަސައްކަތުގެ ތަފްސީލާއި ބާކީ ނުކޮށް ހުރި މަސައްކަތުގެ ތަފްސީލު ހެކިތަކުން ހުށަހަޅާފައިނުވާއިރު، ބީއޯކިއުގެ އަދަދަށް ބަލައި، ކުރެވުނު ހަރަދާއި ނުކޮށް ބާކީ އޮތް ހަރަދަކީ، އާދަޔާ ހިލާފަށް ބޮޑަށް ޒިންމާ އަދާކޮށްފައި އޮތްކަމަށް ބުރަވެވިދާނެ ސަބަބެއް ނޫންކަމަށާއި، އެކަންކަމަށް ބަލައި، އެއްބަސްވުން ބާތިލުކުރާއިރު ބީއޯކިއުގައިވާ ފައިސާ ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީނަމަވެސް، އެއްބަސްވުމާ ހިލާފުވެފައިވާ ހާލަތުގައި ބީއޯކިއުގެ ފައިސާ ދައްކަންޖެހޭނެކަމަށް ބެލެވޭ ހަމައެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ . ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް އެދުނުއިރު، އާއިޝަތު ވަޙީދާގެ ފަރާތުން ގެއްލުމުގެ ބަދަލު ހިސާބު ކުރިގޮތާއި އެކަމުގެ ތަފްސީލާ މެދު އެއްވެސް ކަމެއް ބަޔާންކޮށްފައިނުވާކަމަށާއި، ވަކީލުފީއަކީ ކޯޓުން ހިސާބުކޮށް މައުލޫއީ ކަންކަމާ ވަކިން ނިންމާ ނުކުތާއެއްކަމުގައިވުމުން، އެ ފައިސާގެ އަދަދު ބަދަލުކުރާނެ ތަނެއް ނެތްކަމަށާއި، އެހެންނަމަވެސް، ދެން ހުރި ގެއްލުމުގެ ބަދަލާގުޅޭ ކަންކަމަކީ، ބޭއިންސާފު ނަތީޖާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަންތައްތަކެއްކަމުން، އެއީ ވަޒަންކުރަންޖެހޭ ނުކުތާތަކެއް ކަމުގައި ކަނޑައަޅާފައިވެއެވެ .
58މިހާލަތުގައި ފަނޑިޔާރުގެ ކުރިމައްޗަށް، ދައުވާ ދިފާއު ކުރެވިދާނެ ސަބަބުތަކެއް ހުށަހެޅުމުން، އެ ކަންކަމުގެ އަލީގައި، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމުގެ ބަޔަކަށް ބާރުދިނުމެއ ނުވަތް ތާއީދު ކުރުމެއްވެސް ނެތެވެ. ސަބަބަކީ އެއީ ދައުވާއަށް ޖަވާބުދާރިވެފައިވާ ދައުވާއެއް ކަމުގައި ނުވާތީއެވެ. ދެނެގަންނަންޖެހޭހާވެސް ކަމަކީ، ގާނޫނީ ސަބަބުތައް އެކުލެވޭ ބަހުސްކުރެވިދާނެފަދަ ދިފާއެއް އޮތްކަމެވެ. އެކަން ދެނެގަނެވިއްޖެނަމަ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލުކުރަންޖެހޭ މިންވަރަށް ވާސިލު ވެވުނީއެވެ.
59މި މައްސަލައިގައ ދަށު ކޯޓުގެ ނިންމުމުގި 50 ވަނަ ނުކުތާގެ (ށ) އިން ފެށިގެން އެ ނުކުތާގެ (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ދަށު ކޯޓުން ކުރިން ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާ ކަންތައްތަކެއް އަލުން ވަޒަންކޮށް ގޮތް ކަނޑައަޅަންޖެހޭކަމަށް ދަށު ކޯޓުގެ ފަނޑިޔާރަށް ބުރަވެވިފައިވާކަން އެ ނުކުތާތަކުގައި ބަޔާންކޮށްފައިވުމުން، ގާނޫނީ ސަބަބުތައް އެކުލެވޭ ބަހުސްކުރެވިދާނެފަދަ ދިފާއެއް އޮތްކަމުގެ މައްޗަށް ބުރަވެވޭފަދަ ހެކި މި މައްސަލައިގައި ހުށަހެޅިފައިވާކަމަށ ފަނޑިޔާރަށް ބުރަވެވިފައިވާކަން ދެނެގަނެވެއެވެ. އެހެންކަމުން، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލުކުރަންޖެހޭ މިންވަރަށް ވާސިލުވެވިފައިވާކަނ އެކަމުން ދެނެގަނެވެއެވެ.
60ބަޔާންވެދިޔަ ނުކުތާތަކާމެދު ގޮތް ކަނޑައެޅުމުގައި، ދަށު ކޯޓުން އެ ހުށަހެޅުމުގައިވާ ހެކިތައް ވަޒަންކޮށް އެ ހެކިތަކުން ފަނޑިޔާރަށް ވާސިލުވެވުނު ނަތިޖާ ބަޔާންކޮށް އެ ނުކުތާތަކާމެދު ގޮތް ކަނޑައަޅާފައިވާހިނދު، ދަށު ކޯޓުން ހެކި ވަޒަންކޮށްފައިވަނީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން ހެކި ވަޒަންކުރަންޖެހޭ މިންގަނޑު ނޫންކަން އެނގެން އޮންނަހިނދު، އެ ނުކުތާތަކާމެދު ނިންމާފައިވާގޮތް ރަނގަޅު ނޫން ކަމުގައި ދެކެމެވެ. ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން، ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބައިބައި ކުރުމާއި، އެ ހުކުމުގެ ވަކިވަކި ބައިތަކަށް، ވަކިވަކިން ގޮތް ކަނޑައެޅުން
61މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން، އެންމެ ފުރަތަމަ ކަމަކަށް ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ ކޮބައިކަމާއި އޭގެ ތަބީއަތަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.
62ޕްރިސިޑެންސް 6މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 112 ވަނަ މާއްދާ އަށް ބަލާއިރު، "ޣައިރު ހާޒިރުގައި ކުރާ ހުކުމް" އަކީ، ދައުވާލިބޭ ފަރާތުން ދައުވާއާ ޙަވާލުވުމަށްފަހު، ދައުވާގެ ދިފާޢެއް ހުށަހަޅާފައިނުވާތީ، މައްސަލައިގެ ޝަރީއަތް ހިންގުމަކާ ނުލައި، ދައުވާލިބޭ ފަރާތާ ދެކޮޅަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ކުރާ ހުކުމެއްކަން ދެނެގަނެވެއެވެ.
63އެހެންކަމުން، "ޣައިރު ހާޒިރުގައި ކުރާ ހުކުމް" ކުރާހިނދު، އެ މައްސަލައަކީ ދައުވާލިބޭ ފަރާތުން ޖަވާބުދާރީ ވެފައި އޮންނާނެ މައްސަލައެއް ނޫންކަމުން، "ޣައިރު ހާޒިރުގައި ކުރާ ހުކުމް" އަކީ އިދާރީ އަދި އިޖުރާއީ ކަމެއްގެ ނަތީޖާއެވެ.
64އެއީ، މައްސަލައިގެ ހަގީގަތްތަކަށް ބަލައި އަދި ގާނޫނީ ނުކުތާތަކުން ދޭހައެއް ނެރެ، މައްސަލައިގެ ހެކި ވަޒަންކޮށް މައުލޫއީގޮތުނ ބަލް ނިންމާ ނިންމުމެއް ނޫނެވެ. އެއީ، ދައުވާއެއް ހުށަހެޅުނުކަމުގެ މައްޗަށާއި، އެ ދައުވާއަށް ޖަވާބުދާރީވެފައި ނުވާކަމުގެ މައްޗަށް، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުވާލިބޭ ފަރާތާ ދެކޮޅަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ނިންމާ އެއް ނިންމުމެވެ. އެއީ، ވަކިވަކި ނުކުތާތައް ފަނޑިޔާރު ވަޒަންކޮށް ނިންމާ ވަކިވަކި ނިންމުންތަކެއް ނޫނެވެ. މުޅި ނިންމުމަކީ، ހެކިތައް ވަޒަން ނުކޮށް، ދައުވާލިބޭ ފަރާތަކުން އެ ދައުވާއަށް ރައްދު ދީފައިނުވާތީ އެކަމުގެ މައްޗަށް، އިޖުރާއީ އަދި އިދާރީ ނަޒަރިއްޔާއަކުނ ފަނޑިޔާރް ނިންމު ނިންމުމެކެވެ. އެއީ ވަކިވަކި ގާނޫނީ . "ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް" ކަމަށް ބުނެފައިވަނީ، "މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއްގެ ލިޔެކިޔުމާ ދަޢުވާލިބޭ ފަރާތުން ޙަވާލުވުމަށްފަހު، ދަޢުވާއަށް ރައްދުދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ރައްދުދީފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމް" . "މި ބާބުގެ ބޭނުމަށްޓަކައި "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބުނެފައި އެވަނީ، ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ." ނުކުތާތަކުގެ މައްޗަށް ބަލައި ފަނޑިޔާރުގެ ހޯދުންތަކެއްގެ މައްޗަށް ބިނާވާ ނިންމުމެއް ނޫންކަމުގައިވާތީއެވެ. މުޅި ނިންމުން ބިނާވަނީ އިޖުރާއީ އެއްނަތީޖާއެއްގެ މައްޗަށެވެ.
65އެހެންކަމުން، އެފަދަ ހުކުމެއް ބަދަލު ކުރުމަށް ނުވަތަ ބާތިލު ކުރުމަށް ހުށަހެޅިއްޖެނަމަ، ނިންމާ ނިންމުން ވާންޖެހޭނީ އާންމު އުސޫލަކުން މުޅި ނިންމުމާމެދު ނިންމޭ ނިންމުމެއް ކަމުގައެވެ. ސަބަބަކީ، ކުރިންވެސް ބަޔާންކުރެވުނު ފަދައިން، އެއީ ދައުވާލިބޭ ފަރާތަކުން އެ ދައުވާއަށް ރައްދު ދީފައިނުވުމުގެ މައްޗަށް ބިނާކޮށް، ނިންމާފައިވާ އިދާރީ އަދި އިޖުރާއީ ނަތީޖާއަކާގުޅޭ ނިންމުމަކަށް ވާތީއެވެ. އެހެންކަމުން، އެއީ އެ ނިންމުމުގައިވާ ކަންކަން ވަކިވަކި ނުކުރޭވެނެ ނިންމުމެކެވެ. ހުށަހެޅޭ މައްސަލައެއްގެ އެއްބަޔަށް ޑިފޯލްޓް ވެއްޖެކަމަށ ކަނޑައަޅައް އަނެއް ބަޔަށް ޑިފޯލްޑް ނުވާކމަށްވެސަ ކަނޑަނޭޅޭނެ ފަދައިން، މުޅި އެ ނިންމުން އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައެވެ.
66ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން، އާންމު އުސޫލުން، އެ ހުކުމް ބާތިލުކުރަންޖެހޭކަމަށް ބުރަވެވިއްޖެނަމަ، ކޯޓުން ކުރި ހުކުމް އެކުގައި ބާތިލުވާނެއެވެ. ކޯޓުން ކުރިން ކުރި ހުކުމް ބަދަލު ކުރުން ހުކުމް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް ހުށަހެޅުން އާދަޔާ ހިލާފަށް (މިސާލަކަށް: 4 ނުވަތަ 5 އަހަރު ) ލަސްވެފައިވާ ހާލަތްތަކުގައި އެ ހުށަހެޅުމުގެ ދާއިރާއަށް ބަލާއިރު، ކޯޓުން ކުރިން ކުރި ހުކުމުގައި ގާނޫނީގޮތުން ޒިންމާވާންޖެހޭކަމަށް ކަނޑައެޅި ކަނޑައެޅުން (މިސާލަކަށް: ކޮންޓްރެކްޓަކާ ހިލާފުވެފައިވާކަން ) (Liability) އާ ގުޅޭގޮތުން ހުށަހެޅުމެއް ހުށަހަޅާފައިނުވާނަމަ، އަދި ހުށަހެޅުމުގެ ދާއިރާއަކީ، ކަނޑައެޅުނު ގާނޫނީ ޒިންމާގެ ދަށުން ކުރަންޖެހޭ ކަމަކާގުޅޭ ގޮތުން ކަނޑައެޅި ކަނޑައެޅުން އެކަނި ނަމަ (މިސާލަކަށް: ދޭންޖެހޭ ބަދަލުގެ މިންވަރު )، އެހާލަތުގައި ހަމައެކަނި އެ ހުށަހެޅުނު މިންވަރު ބާތިލުކުރެވިދާނެއެވެ . ނަމަވެސް މި މައްސަލާގައި އެފަދަ ހާލަތެއް އޮތްކަމުގެ މައްޗަށް ބުރައެއް ނުވެވެއެވެ . ހަމައެހެންމެ، މި މައްސަލާގައި ހުށަހެޅި ހުށަހެޅުމުގައި، ހުކުމުގައި ގާނޫނީގޮތުން ޒިންމާވާންޖެހޭކަމަށް ކަނޑައެޅި ކަނޑައެޅުން (Liability) ހިމެނެއެވެ.
67ޕްރިސިޑެންސް 7ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅުމުން، ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކުރަންޖެހޭފަދަ ހާލަތެއް ނެތްކަމަށް ފަނޑިޔާރަށް ބުރަވެވޭ ހާލަތުގައި، ކޯޓުން ކުރިން ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް އޮތްކަމަށް ފަނޑިޔާރަށް ގަބޫލު ކުރެވިއްޖެނަމަ، ބަދަލު ގެނައުމަށް ނިންމާނީއެވެ.
68ކޯޓުން ކުރިން ކުރި ހުކުމަށް ބަދަލުގެނައުމުގެ މާނައަކީ، މައުލޫއަށް ފީނައިގެން، ހުށަހެޅިފައި ހުރި ހެކިތަކުން ނިކުންނަ ނަތީޖާތަކަށް ބުރަވެ، ފަނޑިޔާރުގެ ހޯދުންތަކުގެ އަލީގައި ގޮތެއް ނިންމުމެއް ނޫނެވެ.
69ހަމައެހެންމެ، ހުކުމް ބަދަލު ކުރުމުގެ ތެރޭގައި އަލުން އެ މައްސަލައިގެ ޝަރީއަތެއްކޮށް ގޮތެއް ކަނޑައެޅުމާއި، އަދި ދެފަރާތުގެ ދެމެދުގައި ބަހުސް އުފެދޭގޮތަށް ހުންނަ ކަންކަމާމެދު ގޮތް ކަނޑައެޅުމެއް ނުހިމެނެއެވެ. އައު ހޯދުންތަކާއި ހެކިތައް ބަލައިގަނެ، އެ ހެކިތައް ވަޒަންކޮށް، ގާނޫނީގޮތުނ ޒިންމާވާންޖެހޭކަމަށް ކަނޑައެޅި ކަނޑައެޅުން ނުވަތަ Liability އާ މެދު އައު ނިންމުންތަކެއް ނިންމުން ނުހިމެނެއެވެ. އެއެ ކޯޓުން ކުރިން ކުރި Deault Judgement އަށް ބާރުދީ ކަމަށްވިޔަށް އަދި ނުވިޔަސް މެއެވެ. ސަބަބަކީ، ސެޓް-އެސައިޑް ނުވަތް ވޭރިއޭޝަން އެޕްލިކޭޝަންއަކީ އިޖުރާއީ ކަމަކަށްވާތީއެވެ. އަދި އެއީ މައުލޫއީގޮތުން ބަލައި ކުރާ ކަމަކަށް ނުވާތީއެވެ.
70އެހެންކަމުން، ހުކުމް "ބަދަލު" ކުރުމަކީ، ޓެކްނިކަލް ކަރެކްޝަންއެއ ނުވަތް އެޑްޖަސްޓްމަންޓެއް ކަމުގައި ބުނެވިދާނެއެވެ. އެއީ އަލުން ކަމެއް އިވެލުއޭޓް ކުރުމެއް ނޫނެވެ. އަދި މިފަދަ "ބަދަލު" ގެނެވޭނީ، އެއީ ކުށެއްކަން ނުވަތަ އޮޅުމެއްކަނ ނުވަތް އޮޅުމަކުން ނުހިމެނި އޮތް ކަމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮންނަ ހާލަތުގައެވެ.
71މި މައްސަލައަށް ބަލާއިރު، ދަށު ކޯޓުގެ ނިންމުމުގެ "އެދިފައިވާ ފަރުވާ ނޫނާ ފަރުވާއެއް ނަގައިދިންކަމަށް ފާހަގަކުރި ނުކުތާ" މި ސުރުހީގެ ދަށުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ މިގޮތުގެ މަތީން ހައްލުދެވިދާނެފަދަ ކަންތައްތަކެއްކަމުގައި ދެކެމެވެ.
72ބަޔާންވެދިޔަ ގޮތަށް، ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކުރުމަށ ނުވަތް ބަދަލުކުރުމަށް ނިންމައި، ބާތިލު ކުރުމުން ނުވަތަ ބަދަލު ކުރުމުން، ނުވަތަ އެފަދަ ހާލަތެއް ނެތްނަމަ ބާތިލުކުރަންޖެހޭ ހާލަތެއް ނެތްކަމަށް ކަނޑައެޅުމުން، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށ ހުށަހެޅް ހުށަހެޅުމާމެދު (ސެޓް އެސައިޑް އެޕްލިކޭޝަންއާމެދު) ގޮތް ކަނޑައަޅައި ނިމުނީއެވެ.
73މި މައްސަލާގައި ދަށު ކޯޓުގެ ނިންމުމުގެ 50 ވަނަ ނުކުތާގެ (ށ) އިން ފެށިގެން އެ ނުކުތާގެ (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ދަށު ކޯޓުން ކުރިން ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާ ކަންތައްތަކެއް އަލުން ވަޒަންކޮށް ގޮތް ކަނޑައަޅަންޖެހޭކަމަށް ދަށު ކޯޓުގެ ފަނޑިޔާރަށް ބުރަވެވިފައިވާކަން އެ ނުކުތާތަކުގައި ބަޔާންކޮށްފައިވާއިރު، ހުށަހެޅިފައިވާ ހުށަހެޅުމުގެ ތެރެއިން، އެ ނުކުތާތައް އަލުން ވަޒަންކުރުމަށްޓަކައި ދިފާއު ހުށަހެޅުމުގެ ފުރުސަތުދީ، ގަޒިއްޔާއެއް ހިންގާނެ ގޮތަށް މައުލޫއީ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން، އިސްތިއުނާފު ކުރެވިފައިވާ ނިންމުމުގެ "ނިންމިގޮތް" މި މައުލޫގެ ދަށުން ބަޔާންކޮށްފައިވާ 3، 4 އަދި 5 ވަނަ ނުކުތާއިން ދޭހަވެއެވެ.
74ޕްރިސިޑެންސް 8އެހެންނަމަވެސް، ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރުމަށ ނުވަތް ބަދަލުކުރުމަށް އެދި ފަނޑިޔާރަށް ހުށަހެޅޭ ހުށަހެޅުމަކީ، ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށްދިނުމެވެ. ނުވަތަ ބާތިލުކުރުމަށް ނުފެންނަ ހާތުގައި، ހުކުމުގައި ކުށެއް އޮތްކަން ނުވަތަ އޮޅުމެއް އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތްނަމަ އެމިންވަރަށް ކޯޓުން ކުރިން ކޮށްފައިވާ ހުކުމަށް ބަދަލު ގެނައުމެވެ. މިފަދައިން ގޮތެއް ނިންމުމުން ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ގޮތް ނިންމި ފަނޑިޔާރުގެ ދައުރު ނިމުމަކަށް އަންނާނެއެވެ. އެ ކަންކަމާމެދު ގޮތް ކަނޑައެޅުމުން އެ ފަނޑިޔާރަށް ހުށަހެޅުނު ހުށަހެޅުމާމެދު ގޮތް ކަނޑައަޅާ ނިމުނީއެވެ. ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ގޮތް ނިންމަން ހަވާލުވުމުން، އެ ފަނޑިޔާރާ ހަވާލުކުރެވެނީ، ހުށަހެޅޭ އޕްލިކޭޝެނގް ދާއިރާގެ ތެރެއިން އެ ނިންމުމާމެދު ގޮތެއް ކަނޑައަޅައިދިނުމަށެވެ. މައުލޫއީ ގޮތުން އެ މައްސަލައެއް ބެލުމަށް ހަވާލެއް ނުކުރެވެއެވެ.
75ސިވިލް ކޯޓުގެ ބައެއް ނިންމުންތަކަށް ބަލާއިރު، ޣައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި ހުށަހަޅަނީ ހުށަހެޅުމެއް (Application) ކަމާއި، ދައުވާއެއް ނޫންކަމުގައިވާތީ، އެ ހުށަހެޅުމުގެ ތެރެއިން، ކޯޓުން ކުރިން ކޮށްފައިވާ ހުކުމް މުރާޖައާކުރުމަށް ނިންމައި، ކުރީގެ ގަޒިއްޔާއިން ހުށަހެޅުނު ދައުވާ ދިފާއުކުރުމުގެ ފުރުސަތުދީ ދައުވާއެއްގެ ޝަރީއަތް ހިންގާ ބީދައިން ޓްރެކް ކަނޑައަޅައިގެން މައްސަލަ ހިންގުމަށް ފުރުސަތުދީ، ހިންގުމަށް ބަލާއިރު، ހުށަހެޅުން ހުށަހެޅި ފަރާތަކީ ކުރީގެ ގަޒިއްޔާގައި ދައުވާލިބުނު ފަރާތްކަމާއި، އަދި ހުށަހެޅުން ރައްދުވާ ފަރާތަކީ ކުރީ ގަޒިއްޔާގެ ދައުވާކުރި ފަރާތްކަމުގައިވާއިރު، މިފަދަ ހުށަހެޅުމެއްގެ ތެރެއިން މައުޟޫއީ ދައުވާގެ ދިފާއު ހުށަހެޅުމަށް ފުރުސަތުދީ ހިންގުމަކީ އިޖުރާއަތު އޮޅުން ބޮޅުންވެދާނެކަމެއްކަމަށާއި، އެހެންކަމުނަ ހުށަހެޅުމަށް ބަލާއިރު މައުޟޫއީ ދައުވާގެ ދިފާއު ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭ ސަބަބެއް ނުވަތަ މިނޫންވެސް ދައުވާ ދިފާއު ކުރެވިދާނެ ހަގީގީ ސަބަބުތަކެއް ހުށަހަޅާފައިވާނަމަ، ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، ދައުވާއަށް ރައްދު ދިނުމުގެ ފުރުސަތުދޭންޖެހޭކަމަށް ކަނޑައަޅައި، ހުށަހެޅުމާމެދު ގޮތް ނިންމަންޖެހޭކަމުގައި ބަޔާންކޮށް، ސިވިލް ކޯޓުގެ ނަންބަރު 2025-CVC-1589 ގަޒިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުސޫލަކީ މިފަދަ މައްސަލަތަކުގައި އަމަލުކުރުމަށް ބެލިދާނެ ހަރުދަނާ އުސޫލެއްކަމަށް ފެނެއެވެ.
76އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށ އެދް ހުށަހެޅި ހުށަހެޅުން ވަޒަންކޮށް، ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. (ހ.) އެއްބަސްވުން ބާތިލުވެފައިވާކމަށ ކަނޑައަޅާފައިވް ކަނޑައެޅުން ބަދަލު ކުރާނެ ނުވަތަ ބާތިލުކުރާނެ ސަބަބެއް ނެތެވެ. އަދި (ށ.) ދައުވާގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލުތަކުގެ ތެރެއިން ގާނޫނީ ވަކީލުގެ ޚރަދަ ފިޔަވާ ބާކީ ބަޔަކީ ކޯޓުން ވަޒަންކުރަންޖެހޭ ކަންތައްތަކެއް ކަމުގައިވާތީ، އެ ނުކުތާތައް ވަޒަންކުރުމުގެ ބޭނުމަށް އެ ނުކުތާތަކަށް ދައުވާގެ ދިފާއު ހުށަހެޅުމުގެ ފުރުސަތު ދޭންޖެހެއެވެ. މިފަދައިންނެވެ.
77އިސްވެދިޔަ ނުކުތާތަކުގެ ތެރެއިން، (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަނޑައެޅުމަށްޓަކައި ފަނޑިޔާރު ވަޒަންކުރި ކަންކަމަށް ބަލާއިރު، އެއްބަސްވުމުގެމުއްދަތު ގުނާނެގޮތާއި، އެއްބަސްވުމުގެ މުއްދަތަށް ބަދަލު ގެނެވޭނެގޮތާއި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާގުޅޭގޮތުނ ދެފަރާތުން ކޮށްފައިވާ މުއާމަލާތުތަކަށ ރިއާޔަތްކުރުމުން ނިކުންނާނެކަމަށް ބެލެވޭ ޤާނޫނާ ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
78ހެކި ވަޒަންކުރުމުގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ހުރި ވަކިވަކި ހެކިތަކަށް ބަލައި، އެ ހެކިތައް ވަޒަންކޮށް، އެ ހެކިތަކުން ނިކުންނަ ނަތީޖާ ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްދީފައިވެއެވެ. އެހެންނަމަވެސް މިއީ، މި މަރުހަލާގައި މިކަން ކުރަންޖެހޭ ގޮތް ނޫންކަން އިސްވެ ހަވާލާދެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ 'ޓްރޭޑްނެޓް މައްސަލަ' އިގެ، 32 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮވެއެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/184-2024/CH (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް)
79ހަމައެހެންމެ، ދަށު ކޯޓުގެ ފަނޑިޔާރަށް ވާސިލު ވެވުނު ނަތީޖާ ބަޔާންކޮށްދީ، އެ ނިންމުމުގެ 51 ވަނަ ޕެރެގްރާފްގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާލުމުން، ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމުގެ ބައެއް އަލުން ވަޒަންކޮށް ގޮތެއް ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރަށް ބުރަވެވިފައިވއިރު، އެ ނުކުތާތައް ވަޒަންކުރުމުގެ ބޭނުމަށް އެ ނުކުތާތަކަށް (ހުށަހެޅިފައިވާ ހުށަހެޅުމުގެ ތެރެއިން) ދައުވާގެ ދިފާއު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމައި، ދިފާއު ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅައި، އެ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމުގެ ބޭނުމަށް ދައުވާލިބޭ ފަރާތާއި ދައުވާކުރާ ފަރާތް ބަދަލުކޮށް (ހުށަހެޅުން ހުށަހެޅި ފަރާތަކީ ދައުވާލިބޭ ފަރާތްކަމަށް އަދި ހުށަހެޅުން ރައްދުވާ ފަރާތަކީ ދައުވާކުރާ ފަރާތްކަމަށް) ދިފާއު ހުށަހެޅުމުން، ދިފާއުގެ ރައްދު އަދި ދިފާއުގެ ރައްދުގެ ޖަވާބު ހުށަހަޅަން ފުރުސަތު ދެވޭނެކަން އަންގައި މައްސަލައެއްގެ ގޮތުގައި އެ ހުށަހެޅުން ކުރިއަށް ގެންދަން ނިންމާފައިވާކަން އެނގެއެވެ.
80ޕްރިސިޑެންސް 9ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބާތިލުކުރުމަށ ނިންމް ނިންމުމަކީ، އިޖުރާއީ ނަތީޖާއެއްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ކުރުމުގައި ބަލާ މިންގަނޑުން މަތިމަތީން ބަލާ މިންގަނޑުން ނިންމާ ނިންމުމަކަށްވެފައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް އެ މިންގަނޑު ބަލާއިރު އޮތްކަމަށް ނުވަތަ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމުގެ ބައެއް އަލުން ވަޒަންކޮށް ގޮތެއް ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރަށް ބުރަވެވިއްޖެނަމަ، އޭގެ މާނައަކީ ޣައިރު ހާޒިރުގައި ކޮށްފައިވާ މުޅި ހުކުމް ބާތިލު ކުރަންޖެހޭފަދަ ހުށަހެޅުމެއް އޮތީއެވެ. އެ ހިސާބުން، ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބާތިލުކޮށް އެ ހުށަހެޅުމާމެދު ގޮތް ނިންމަން ޖެހެއެވެ.
81މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައިވާ ނިންމުމުގައި، ކޯޓުން ކުރިން ކުރި ހުކުމުގެ ބައެއް ރަނގަޅުކަމަށް ނިންމުމާއެކު، ކޯޓުން ކުރިން ކުރި ހުކުމުގެ އަނެއްބަޔަށް ދިފާއު ހުށަހެޅުމަށް ފުރުސަތު ދޭންޖެހޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވި އެގޮތުގެ މަތިން ދިފާއު ހުށަހެޅުމަށް ފުރުސަތުދީ، ނިންމުމެއް ނިންމާފައިވާއިރު (އިސްތިއުނާފު ކުރެވިފައިވާ ނިންމުން) އެ ނިންމުމުން ދިން ފުރުސަތުގައި އިސްތިއުނާފު ކުރާ ފަރާތުން ދިފާއު ހުށަހަޅާފައިނުވުމުގެ މައްޗަށް ދަށު ކޯޓުން ބަލަމުންއައި ގަޒިއްޔާ ނިންމައި ހުކުމެއް ކޮށްފައިވާކަން މައްސަލައާއެކު ހުށަހަޅާފައިވާ ލިޔުންތަކުން އެނގެއެވެ.
82ކުރިން ބަޔާންވެދިޔަ ފަދައިން، ހުކުމެއް ބަދަލު ކުރުމަށް ނުވަތަ ބާތިލު ކުރުމަށް ހުށަހެޅިއްޖެނަމަ، ނިންމާ ނިންމުން ވާންޖެހޭނީ އާންމު އުސޫލަކުން މުޅި ނިންމުމާމެދު ނިންމޭ އެއް ނިންމުމެއް ކަމުގައިވާހިނދު، ދަށު ކޯޓުން ސެޓް އެސައިޑް އެޕްލިކޭޝަންއާމެދ ގޮތު ނިންމުމުގައި، ހުށަހެޅުނު ހެކިތައް ވަޒަންކޮށް، އެހެކިތަކުން ނިކުންނަ ގާނޫނީ ނަތީޖާތަކުގެ އަލީގައި ކޯޓުން ކުރިން ކުރި ހުކުމުގެ ބައެއް ރަނގަޅުކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ ގާނޫނީ އުސޫލުތަކާއި އެއްގޮތް ރަނގަޅު ނިންމުމެއް ކަމުގައި ނުދެކެމެވެ. ހަމައެހެންމެ، ދައުވާގެ އެއްބައި ދިފާއު ކުރަން ފުރުސަތު ދޭންޖެހޭކަމަށް ބަލައި، އެބަޔަކަށް ދިފާއު ހުށަހަޅަން ފުރުސަތު ދިނުމަކީ ވެސް ރަނގަޅު އުސޫލަކުން ކުރެވިފައިވާ ކަމެއްކަމުގައި ނުދެކެމެވެ. ހަމައެހެންމެ، ދިފާއު ހުށަހަޅަން ދިން ފުރުސަތުގައި ދިފާއު ހުށަހަޅާފައި ނުވުމުގެ މައްޗަށް، ގަޒިއްޔާ ނިންމައި ހުކުމް ކޮށްފައިވަނީ، ކޯޓުން ކުރިން ކުރި ހުކުމް ބައިބައި ކޮށް، ކޯޓުން ކުރިން ކުރި ހުކުމްގެ އެއްބައި ރަނގަޅުކަމަށް ކަނޑައަޅައި، އަނެއްބަޔަށް ދިފާއު ހުށަހަޅަންޖެހޭކަމަށް ނިންމި ނިންމުމުގެ ނަތީޖާއިން ކަމުގައިވާހިނދު، އެއީ ކޯޓުން ކުރިން ކުރި ހުކުމް ބައިބައިކޮށް ގޮތް ކަނޑައެޅުމުގެ ސަބަބުން ވާސިލު ވެވިފައިވާ ނުރަނގަޅު ނަތީޖާއެއް ކަމުގައި ދެކެމެވެ. ރަނގަޅު އުސޫލަކަށްވީހީ، ދަށު ކޯޓުން ކުރިން ކުރި ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް އޮތްކަން ދެނެގަނެވިއްޖެނަމަ، އެފަދައިން ކަނޑައަޅައި ފަނޑިޔާރަށް ހުށަހެޅުނު އެޕްލިކޭޝަންއާމެދު ގޮތް ނިންމުމެވެ. އަދި އެ ނިންމުމުން އެ ގަޒިއްޔާވެސް ބަންދު ކުރުމެވެ. ނިންމަން ފެންނަގޮތް:
83ބަޔާންކުރެވުނު އެންމެހާ ކަންކަމަށް ރިއާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނަންބަރު 2024/2025/01-B3/HB/2932-144 "ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ބާތިލުކުރުމާއެކު، އެ ނިންމުމުން ދިފާއު ހުށަހެޅުމަށް ފުރުސަތުދީ ދެވުނު ފުރުސަތުގައި ދިފާއު ހުށަހަޅާފައި ނުވުމުގެ މައްޗަށް، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާ ނިންމައި ކޮށްފައިވާ ހުކުމަކީވެސް ނުރަނގަޅު އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެ ވާސިލުވެވިފައިވާ ނަތީޖާއެއް ކަމުގައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާ ނިންމައި ކޮށްފައިވާ ހުކުމް ބާތިލުކޮށް، މި މައްސަލާގައި ބަޔާންވެދިޔަ އުސޫލުތަކަށް ރިއާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާއިން ހުށަހެޅިފައިވާ ސެޓް އެސައިޑް އެޕްލިކޭޝަންއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އަންގައި، މި މައްސަލަ ދަށު ކޯޓަށް ތަހުވީލުކުރަން ފެނެއެވެ.
84މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއީދުކުރަމެވެ.
85މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއީދުކުރަމެވެ. އސްތިއުނާފުކުރުމުގ އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
86މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ހުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވުނު އެންމެހާ ކަންކަމަށް ރިއާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނަންބަރު 2024/2025/01-B3/HB/2932-144 "ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ބާތިލުކަމަށް ކަނޑައަޅައި، އިސްތިއުނާފު ކުރެވިފައިވާ ނިންމުމުން ދިފާއު ހުށަހެޅުމަށް ފުރުސަތުދީ، ދެވުނު ފުރުސަތުގައި ދިފާއު ހުށަހަޅާފައި ނުވުމުގެ މައްޗަށް، ސިވިލް ކޯޓުގެ ނަންބަރު 2024-CCV-2932 ގަޒިއްޔާ ނިންމައި ކޮށްފައިވާ ހުކުމަކީ ނުރަނގަޅު އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެ ވާސިލުވެވިފައިވާ ނަތީޖާއެއް ކަމުގައިވާތީ، ސިވިލް ކޯޓުގެ ނަންބަރު ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ . މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 124 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާ އަދި 116 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ އަދި 112 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- ހައިކޯޓުގެ 2024/HC-A/184 (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް)
- ސިވިލް ކޯޓުގެ 2024-CVC-922 (ޓްރޭޑްނެޓް މޯލްޑިވްސް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް)
- ސިވިލް ކޯޓުގެ 2025-CVC-1589
- އިނގިރޭސިވިލާތުގެ The Civil Procedure Rules 1998، ރޫލް 13.3(1)(a) އަދި (b) (ޓްރޭޑްނެޓް މައްސަލައިން ނަކަލުކޮށް)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް