ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/207
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ވ. ނެތް، 2022/HC-A/207
Ureedhoo Maldives Public Limited Company v. Not specified 2022/HC-A/207 (2022/HC-A/207, High Court of the Maldives, 5 June 2023)
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ވ. ނެތް
މައިގަނޑު ސުވާލު
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ތަންފީޛުކުރުމަށް ސިވިލް ކޯޓުން ކުރި ޙުކުމުގައިވާ ފައިސާ މީރާއިން ކޯޓަށް ދައްކައި ޚަލާޞްކުރުމަށްފަހު، މީރާއިން ހަމަ އެ އަދަދު ޓެކްސް ކްލިއަރެންސްގެ ގޮތުގައި އުރީދޫއިން ހޯދި ކަމަށް ބުނެ، އަލުން ޙުކުމް ތަންފީޛުކުރުމަށް އެދުނު ހުށަހެޅުން ބަލައިނުގަތް ރަޖިސްޓްރާރގެ ނިންމުމަށް ސިވިލް ކޯޓުން ތާއީދުކުރުން ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޛުކުރުމަށް އެދޭ ޙުކުމް ތަންފީޛުކުރުމާ ގުޅޭ ކަންކަން އެކަނި ކަމަށާއި، ތަންފީޛުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެއެވެ (ސުޕްރީމް ކޯޓުގެ 2019/SC-A/07 ޤަޟިއްޔާގައި ކަނޑައެޅި އުޞޫލު).
- ޙުކުމުގައި ދައްކަން އަމުރުކުރި ފައިސާ ކޯޓަށް ދައްކައި ޚަލާޞްކޮށްފައިވާކަން ކޯޓުގެ ސާބިތު ދަރަނި ރިކޯޑުން ލިޔުމުން އެނގެން އޮތްނަމަ، އެ ޙުކުމް ތަންފީޛުކުރުން ނިމުމަކަށް އައިސްފައިވާ ކަމަށް ބެލެވޭނެއެވެ.
- ތަންފީޛުކުރުމުގެ މައްސަލަ ނިމުމަށްފަހު މެދުވެރިވި ޙާލަތަކަށް ބިނާކޮށް (ޙުކުމް ތަންފީޛުކުރުމަށް ދެއްކި ފައިސާ ފަރާތެއްގެ އަތުން އެހެން ގޮތަކަށް ހޯދިކަމަށް ބުނެ) އަލުން ތަންފީޛުކުރުމަށް އެދުމަކީ މައުޟޫޢީ މައްސަލަ އަލުން ހުޅުވައި ބެލުމަށް އެދުމެއް ކަމުން، އެކަން ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގެ ތެރެއިން ކުރެވޭނެ ކަމެއް ނޫނެވެ.
- އެފަދަ ފައިސާއަކީ އަނބުރާ ރައްދުކުރަންޖެހޭ ފައިސާއެއް ކަމަށް ފަރާތަކުން ދެކޭނަމަ، އެ ފައިސާ ހޯދުމަށް ވަކިން ދަޢުވާކުރުމުގެ ފުރުޞަތު އެ ފަރާތަށް ލިބިގެންވެއެވެ.
g ދިވެހިރާއްޖގޭ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނަންބަރު: 2022/HC-A/207 އިސްތިއުނާފުކުރި ފަރާތް: އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އިސްތިއުނާފު ރައްދުވި ފަރާތް: ނެތް މައްސަލައިގެ ބާވަތް: ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު ޙުސައިން ޝަހީދު ފަނޑިޔާރު ފާޠިމަތު ފަރްހީޒާ 36 ޛުލްޤައިދ 3111 ނިމުނު ތާރީޚް: 25 ޖޫން 3232 31 ޛުލްޙިއްޖާ 3112 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 33 ޖުލައި 3233 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: C(A)/2021-24/Cv ނިންމި ތަން: ސިވިލް ކޯޓް ބާވަތް: ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް ހުށަހެޅުނު ތާރީޚް: 31 ނޮވެންބަރު 3233 ނިމުނު ތާރީޚް: 32 ޖަނަވަރީ 3233 އިސްތިއުނާފު ފަރާތް އިސްތިއުނާފު ރައްދުވާ ފަރާތް އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ނެތް ވަކީލު: ޢާއިޝަތު ހައިފާ މަދަނީ- ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ގޮތް– ޙުކުމް ތަންފީޒުކުރުނާ– ޙުކުމް ތަންފީޒުކުރުމުގެ ދާއިރާ ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު: މައްސަލައިގެ ތަޢާރަފު:
3މިއީ، ސިވިލް ކޯޓުގެ ނަންބަރު C(A)/2021-24/Cv "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (މީގެ ފަހުން "އުރީދޫ" ކަމަށް ބުނެފައި) ގެ ފަރާތުން އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެކެވެ.
3. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT މައްސަލައިގެ ނިންމުމާ އެއްގޮތަށް އުރީދޫ އަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓް (މީގެ ފަހުން "މީރާ" ކަމަށް ބުނެފައި) އިން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަމަށް ބުނެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލައިގެ ނިންމުން ތަންފީޛުކުރުމަށު އެދި އުރީދޫގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ސިވިލް ކޯޓގު ނަންބަރު 2611/Cv-C/2021 ޤަޟިއްޔާއިން ބެލިއެވެ. އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަވި ފަދައިންނެވެ . "ދެންފަހެ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT ނިންމުމާއި އެއްގޮތަށް އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު: 633/2004-C) އަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދައްކަންޖެހޭ -17,123,412/ރ. (ސަތާރަ މިލިއަން އެއްލައްކަ ތޭވީސްހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)ގެ ތެރެއިން -14,064,225/ރ. (ސާދަ މިލިއަން ފަސްދޮޅަސް ހަތަރު ހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ) ދައްކާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި، ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، ބުނެވުނު ފައިސާގެ ތެރެއިން މިހާރު ނުދެއްކި ބާކީވާ ރެޖިސްޓްރޭޝަން ނަންބަރު: 633/2014-C ސިވިލް ކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާ 3,059,187/-ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ) އަކީ ވެސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް ރައްދުކޮށްދޭންޖެހޭ ފައިސާއެއްކަން ބުނެވުނު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT ނިންމުމުންނާ އ، މި ނިންމުމަށް ބަލަދެއް ގެންނަންޖެހޭތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/353 ޤަޟިއްޔާއިން އެނގެން އޮތަތީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT ނިންމުމާއި އެއްގޮތަށް މޯލްޑިވްސް އިންލަންޑް ރެވެނިއި އޮތޯރިޓީން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް ރައްދުކޮށްދޭންޖެހޭ ފައިސާއިން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް ރައްދުކޮށްފައިނުވާ -3,059,187/ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ،) އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް ލިބިދިނުމަށްޓަކައި، މިއަދު (33 ސެޕްޓެންބަރު 3233) ން ފެށިގެން މަސްހަމަކޮށް 23 (އެކެއް) މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް އަންގައި ޙުކުމްކޮށްފީމެވެ."
2ބުނެވުނު ޙުކުމާއެއްގޮތަށް މީރާގެ ފަރާތުން ޢަމަލުކޮށްފައިނުވާކަމަށް ބުނެ، އެ ޙުކުމް ތަންފީޛކުރުމަށު އެދި އުރީދޫގެ ފަރާތުން އަނެއްކާވެސް ސިވިލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ނަންބަރު 21/187D(RN)/20-144 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމިއެވެ. އެ ނިންމުމުގައި ބަޔާންކޮށްފައިވަނީ؛ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓުން ކުރާ ޙުކުމްތަކުގެ ތެރޭގައި މަދަނީ ބައިތަކާއި، އަދި ސިވިލް ކޯޓުން ކުރާ ޙުކުމްތައީ35 ފެބުރުވަރީ 3235މި ތާރީޚުން ފެށިގެން ތަންފީޛު ކުރެވުމުން އަންނަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/04/SC (31 ޖަނަވަރީ 3235) ސަރކިއުލަރ ގައިވާގޮތުގެ މައްޗަށް ކޯޓުގެ އިސްނެގުމުގެ މަތިންނެވެ. މިގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT ނިންމުން ތަންފީޛުކުރުމުގެ ގޮތުން ސިވިލް ކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާ ހ ންގާފައިވާކަނ އެނގެން އޮންނަކަމާއި އެގޮތުން އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ 33 ސެޕްޓެމްބަރު 3233 މތާރީޚުގައިކަނި އެމައްސަލައިގެ ޙކުމަށު ބެލުމުން އެނގެއެވެ. ވީމ އިސްވާ ދެންނެވުނ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓެ ގެ ސަރކިއުލަރ އާއި ސިވިލް ކޯޓުގެ އުޞޫލުގައު ވާ ގޮތުގެ މައްޗަށް ޢަމަލުކުރަން ބަލާއިރުގައި ސިވިލް ކޯޓުގެ ނަންބަރ 2611/Cv-C/2021 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ 35 ފެބުރުވަރީ 3235 މި ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައި ކަމުގައިވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT ނިންމުން ކޯޓު ން އިސްވެ ތަންފީޛަށް ފަށާ ފޯމު ފުރިހަމަކުރެވިފައިވެއެވެ. އިސްވެ ތަންފީޛަށް ފަށާ ފޯމުގައި ހިމެނޭ ދަރަނީގެ މަޢުލޫމާތު ފުރިހަމަކޮށް ބެލިބެލުމުންނާއި، މިކޯޓުގެ ސާބިތު ދަރަނި ރިކޯޑު ފޮތް ނަންބަރު 154 ގެ 263 ނަންބަރު ޞަފްޙާއަށ ބެލުމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރ W/2015/001-CA-TAT ނިންމުމުގައި ބަޔާންކުރާ ދަރަނި ދައްކާ ޚަލާސްކޮށްފައިވާކަނ އެނގެން އޮވެއެވެ. މަތީގައި ބަޔާންވެދިޔަ ކަންތައްތަކުގެ މައްޗަށް ބަލައި، ޙުކުމް ތަންފީޛުކުރުމަށް ޙުކުމް ތަންފީޛުކުރުމާއ ބެހި ޑިވިޜަނަށް މި ފޯމުގެ ފޮނުވެނީ ނެތްކަމުގައި ނިންމީއެވެ ". މިފަދައިންނެވެ.
1. ސިވިލް ކޯޓުގެ ނަންބަރު D(RN)/2021/187-144 "ރަޖިސްޓްރާރގެ ނިންމުން" ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން އަލުން ބަލައިދިނުމަށް އެދި އުރީދޫގެ ފަރާތުން ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C(A)/2021-24/Cv މައްސަލައިންނެވެ. އެ މައްސަލައިގައި ނިންމާފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ގޮތުގެ މައްޗަށް އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރ TAT-CA-W/2015/001 ނިންމުމުގައިވާ ގޮތުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ -3,059,187/ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތެއް) ރުފިޔާގެ މި ފައިސާ ދެއްކުމަށް މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިތީ (މީރާ)ގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޛުކޮށްދިނުމަށް އެދިފައި އޮންނަ އެބައި ތަންފީޛުވެފައިވާތީ އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ފަށާނެތަނެއް ނެތްކަމަށް މިކޯޓުގެ ނަންބަރު: D(RN)/2021/187-144 (36 ނޮވެންބަރު 3233) ރަޖިސްޓްރާރގެ ނިންމުމުން ރަޖިސްޓްރާރ ނިންމާފައިވާ އެ ނިންމުމުގެ ސިވިލް ކޯޓުގެ ނަންބަރު D(RN)/2021/187-144 ރަޖިސްޓްރާރގެ ނިންމުން އެބަޔަށް ތާއީދުކޮށް، އެ ދަޢުވާގައި ހިމެނޭ އުރީދޫ މޯލްޑިވްސ ޕަބްލިކް ލިމިޓެޑް ކޮމްޕެނީއިނ 3233 އާއި 3232އ ދެމެދާ މުއްދަތުގައި ޖމްލ -3,059,187/ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތެއް) ރުފިޔާ ދައްކާފައިނުވާތީ އެފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާއާއި އިންޓްރސްޓެ ހުރިކަމަށް ބުން ޓެކްސް ކްލިއަރެންސް ދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދެ ކޮޅުހަދާފައިވުމުން އެކަމުގެ މައްޗަށް އުފައްދާ ޚުސޫމާތެއްގެ މިބައި ވަކި މުޢުޟޫއީ ދަޢުވާއެއްގެ ގޮތުގައި އެދަޢުވާ ހުށަހެޅުމަށް ހަމަޖެހިފައިވާ ޞީޢާގެ ފޯމަކުން ހުށަހަޅައިފިނަމަ އެ މައްސަލައެއް މިކޯޓަށް ބަލައިގަތުމަށް ކަނޑައަޅައިފީމެވެ". މިފަދައިންނެވެ.
5ސިވިލް ސިވިލް ކޯޓުގެ ނަންބަރު C(A)/2021-24/Cv "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށ ބުން އެ ނިންމުން އިސްތިއުނާފުކުރުމަށް އުރީދޫގެ ފަރާތުން ހުށަހެޅި ނުކުތާތައް ތިރީގައި އެވަނީއެވެ.
5.3- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT މައްސަލައިގެ ނިންމުން ތަންފީޒުވެފައިކަމަށ ސިވިލް ކޯޓުގް ރަޖިސްޓްރީ ނިންމާ ނިންމުނި ރަނގަޅުކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ) ވ. މައުރޫފާ އަބޫބަކުރު މައްސަލަ ގައި ޙުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ކަނޑައަޅުއްވާފައިވ އުސޫލުތަކާ ޚިލާފަށާ ކަމަށް ބުން ހުށަހެޅި ނުކުތާ،
5.3- ޓެކްސް އެޕީލް ޓްރައިބިނަލްގެ ނަންބަރު W/2015/001-CA-TAT މައްސަލައިގެ ނިންމުން ތަން ފީޒުވެފައިކަމަށ ސިވިލް ކޯޓުގް ރަޖިސްޓްރީ ނިންމާ ނިންމުނި ރަނގަޅުކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާއާ އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 55 ވަން މާއްދާގަ (ށ) އާ ޚިލާފަށް ކޯޓާއި ޓްރައިބިއުނަލްގެ ނިހާއީ ނިންމުމަށް ތަބާވާން ނުޖެހޭގޮތަށ ނިންމާފައި އޮތް ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ؛
5.2- ޓެކްސް އެޕީލް ޓްރައިބިނަލްގެ ނަންބަރު W/2015/001-CA-TAT މައްސަލައިގެ ނިންމުން ތަންފީޒުވެފައިކަމަށ ސިވިލް ކޯޓުގް ރަޖިސްޓްރީ ނިންމާ ނިންމުނި ރަނގަޅުކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ތަންފީޒު ނުވާކަން ސާބިތުކުރުމަށް ދެއްކި ވާހަކަތައް އަދި ހުށަހެޅި ހެއްކަށް ރިޢާޔަތް ކުރުމެއްނެތި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ) ގެ (3) އާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާ ނުކުތާ،
5.1- ރަޖިސްޓްރާ އަލުން ބައްލަވައި ނިންމެވި އިރު، " އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް ޓެކްސް ކްލިއަރަންސ ދިނުމަށް މީރާއިން ދެކޮޅުހދާފައިވުމުން، އެކަމުގަ މައްޗަށް އުފައްދާ ޚުސޫމާތް ވަކި މައުޟޫޢީ ދަޢުވާއެއްގެ ގޮތުގައި އެދަޢުވާ ހުށަހެޅުމަށް ހަމަޖެހިފައިވާ ސީޣާގެ ފޯމަކުން ހުށަހަޅައިފިނަމަ އެ މައްސަލައެއް ސިވިލް ކޯޓުން ބަލައިގަތުމަށް" ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ކަނޑައަޅުއްވާފައިވާ ރެސް ޖުޑިކާޓާގެ މަބްދަޢުގެ އުސޫލުތަކާ ޚިލާފަށް އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަދި (ނ) އާ ޚިލާފަ ށ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި ދެއްކި ވާހަކތައަ
6އިސްތިއުނާފު ކުރެވިފައިވާ މައްސަލައާއި ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 001W/2015/-CA-TAT އިން ބެލި މައްސަލައެއްކަ މާއި، އެ މައްސަލައިން އުރީދއަށޫ -17,123,412/ރ (ސަތާރަ މިލިއަން އެއްލައްކަ ތޭވީސް ހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ ( ދައްކަން މީރާގެ މައްޗަށް އެންގިކަމަށެވެ. އަދި މި ނިންމަށ ހައިކޯޓުގް ނަންބަރު 2019/HC-A/353 ޤަޟިއްޔާއިން ތާއީދުކުރުމުން އުރީދޫގެ ފަރާތުން މައްސަލަ ތަންފީޒުކުރުމަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅިކަމަށެވެ. އެގޮތުން އެ ކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާއިން ޙުކުމް ތަންފީޒު މައްސަލަ ބެލިގެންދިޔަކަމަށެވެ. އަދި މި މައްސަލަ ކުރިއަށްދިޔައިރު، މީރާއިން ބަޔާނެއް ހުށަހެޅި ކަމަށާއި، އެ ބަޔާނުގައި މީރާގައި އިން ބުނެފައިވަނީ -17,123,412/ރ (ސަތާރަ މިލިއަން އެއްލައްކަ ތޭވީސްހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ( ގެ ތެރެއިން -3,059,187/ރ (ތިންމިލިއަން ފަންސާސްނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ރުފިޔާއަކީ މީރާއިން ދައްކަންޖެހޭ އަދަދެއް ނޫންކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާއިން ޙުކުމްކުރީ 22 ދުވަހުގެ ތެރޭގައި -17,123,412/ރ (ސަތާރަ މިލިއަން އެއްލައްކަ ތޭވީސްހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ( މިރާއިނ އުރީދޫއަށް ދައްކަންޖެހޭކަމަށެވެ.
3ބުނެވުނު 22 ދުވަހުގެ ތެރޭގައި އުރީދޫގެ ފަރާތުން ބިޑެއް ހުށަހެޅުމަށް ބޭނުންވެގެން ލިޔުމުން އެކަން މީރާއަށް އެންގުމުން އުރީދއިނޫ ދައްކަންޖެހޭ ޓެކްސްތަކެއ ހުރިކަމަށް ބުން މިރާއިން statement of dues އެއް އުރީދޫ އަށް ފޮނުވާފައިވާކަމަށާއި، މި dues of statement އަކީ އިސްވެ ފާހަގަކުރި ޓްރައިބިއުނަލްގެ ނަންބަރު 001W/2015/-CA-TAT މައްސަލައިން ބެލި އޮޑިޓް މުއްދަތަށް ނިސްބަތްވާ ސްޓޭޓްމެންޓްއެއްކަމަށާއި، އޭގެ ދަށުން -3,059,187/ރ (ތިން މިލިއަން ފަންސާސް ނުވަ ހާސް އެއް ސަތޭކަ އަށްޑިހަ ހަތެއް) މީރާއަށް ދައްކަންޖެހޭކަމަށް މިރާއިން އެންގިކަމަށެވެ.
1. ސިވިލް ކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާ އިން މީރާގެ މައްޗަށް ދައްކަން އަމުރުކުރި -17,123,412/ރ (ސަތާރަ މިލިއަން އެއްލައްކަ ތޭވީސްހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ( ގެ ތެރެއިން މީރާއިން 31 މިލިއަން ރުފިޔާ ދެއްކި ކަމަށާއި، ބާކީ -3,059,187/ރ (ތިން މިލިއަން ފަންސާސް ނުވަ ހާސް އެއް ސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ނުދައްކާއޮތް ކަމަށާއި، މި ފައިސާ ނުދައްކާ އޮވެ، އުރީދޫ އިން ޓެކްސް ކްލިއަރެންސް ހިފަހައްޓާ ހަމަ އެ އަދަދަށް އުރީދޫގެ ފަރާތުން ޓެކްސް ކްލިއަރެންސްގ ގޮތުގައެ ދައްކަން މީރާއިން އެންގިކަމަށެވެ. އެގޮތުން ބިޑް ހުށަހެޅުމަށްޓަކައި، މީރާއަށް ސިޓީއެއް ފޮނުވި ކަމަށާއި، އެ ސިޓީގައި އުރީދޫގެ ފަރާތުން މި ފައިސާ ދައްކަން tpayment under protes ގައި ތަޢުނުކުރާ ޙާލުގައި ކަމަށާއި، މި ފައިސާ ހޯދުމަށް އަޅަންޖެހޭ ހުރިހާ ޤާނޫނީ ފިޔަވަޅެއް އަޅާނެކަމަށް އެންގި ކަމަށެވެ.
3. ދެން މީރާއިން ޓެކްސް ކްލިއަރެންސްގ ގޮތުގައެ އުރީދޫ އިން ދެއްކި -3,059,187/ރ (ތިން މިލިއަން ފަންސާސް ނުވަ ހާސް އެއް ސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރީކަމަށް އުރީދޫ އިން ބުނެއެވެ. އަދި މިރާއިނ މިގޮތަށް ޢަމަލުކުރުމުން ސވިލ ކޯޓުގް ނަންބަރ 2611/Cv-C/2021 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މީރާއިން ޢަމަލުކުރި ކަމަށް އުރީދޫ އިން ޤަބޫލުނުކުރާ ކަމަށާއި، މީރާއިން އުރީދޫ އަށް ދައްކަން އެންގި -3,059,187/ރ (ތިން މިލިއަން ފަންސާސް ނުވަ ހާސް އެއް ސަތޭކަ އަށްޑިހަ ހަތް ރުފިޔާ)އަކީ އެއްވެސް އޮޑިޓެއް ނުކުރައްވާ ދައްކަންޖެހޭ ކަމަށް އެންގި ފައިސާކަމަށާއި، މި ފައިސާއަކީ 3233 އައި 3232 އާއި ދޭތެރޭގއަ STGގެ ގޮތުގއަ ދައްކަން ޖެހޭކަމަށް މީރާއިން ބުނާ އަދަދެއްކަމަށާއި، މީރާއިން އަދަދު ކަނޑައަޅުއްވާ އުޞޫލު އޮންނައިރު އެ އުޞޫލުން ބޭރުން އަނެއްކާ އެތައް އަހަރުތަކެއް ފަހުން ނިމިފއަ އޮންނަ ކަމަކާ ގުޅިގެން އަދަދެއް ނުހިމނޭކަމަށާއި، އެފަދައިން ޢަމަލުކުރުމަކީ މިރާއަށް ލިބިގެންވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުންކަމުގައި އުރީދޫ އިން ޤަބޫލުކުރާ ކަމަށެވެ.
32އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި އުރީދޫގެ ފަރާތުން އެދޭގޮތް ކަމުގައި ބަޔާންކޮށްފައިވަނީ؛
32.3- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT މައްސަލައިގެ ނިންމުމަކީ ނިހާއީ އެމައްޗަށް އަމަލުކުރަންޖެހޭ އަދި އެއްވެސް ފަރާތަކަށް ބަދަލު ނުގެނެވޭނެ ނިންމުމެއް ކަމުގައި ކަނޑައަޅުއްވައި؛
32.3- ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގައިވެސ ނިންމުމެއް ތަންފީޒުވީކަމުގައިވާނީ ފައިސާގެ މައްސަލައެއްނަމަ ފައިސާ ލިބުމުން ކަމާއި، މި މައްސަލައިގައި މީރާއިން ވަނީ ތަންފީޒުކުރުމަށް ކޯޓަށް ދެއްކި ފައިސާ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ގެ ކިބައިން އޭގެ ކުރިން އަތުލާފައިކަމުގައި ކަނޑައަޅުއްވައި، މިއީ ކޯޓުގެ ހުރުމަތް ކެނޑުމާއި، ކޯޓު ޕްރޮސެސް އެބިއުސްކޮށް މީރާގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއްކަމާއި އެފަދަ ކަންކަމަށް ޖާގަ ނުދެވޭނެކަމުގައި ކަނޑައަޅުއްވައި؛
32.2- ޤާނޫނާ އެއްގޮތަށް ޓެކްސް މުއްދަތެއްގެ އޮޑިޓްކޮށް ކަނޑައެޅޭގޮތް ކޯޓު މަރުހަލާއިން ނިމުމުން ދެން މީރާއަށް ބަދަލު ނުކުރެވޭނެކަމާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT މައްސަލަ ނިސްބަތްވާ މުއްދަތުގެ ހިސާބުތައް އޭގެ އަހަރުތަކެއް ފަހުން ބަދަލުކޮށް މައްސަލައިގެ ނިންމުން ތަންފީޒު ކުރުން ނަފީވާ އަމަލެއް ހިނގާފައި އޮތްކަން ރަޖިސްޓްރާގެ ނިންމުން އަލުން ބެލުމަށް ހުށަހެޅި އެޕްލިކޭޝަނާއ ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ފާޅުކނަ ބޮޑުކަން ފެންނަން އޮތްކަމުގައި ކަނޑައަޅުއްވައި؛
32.1- މި ޚުސޫމާތަކީ އަލުން ސިވިލް ކޯޓަށް ބަލައިގަނެ ކުރިއަށް ގެންދިޔުމުގެ އިޚްތިޞާޞް އޮތް މައްސަލައެއްނޫންކަމަށާއި، މި މައްސަލަ ސިވިލް ކޯޓަށްވިޔަސ ޓެކްސް އެޕީލް ޓްރައިބިއުނަލަށްވިޔަސް ހުށަހެޅުމުން ވެގެންދާނީ ނިހާއީ ޙުކުމް ކޮށްފައި އޮތްކަމެއް އަލުން ހުޅުވައިގެނ ބެލުން ކަމަށް ކަނޑައަޅުއްވައި އެއީ ރެސް ޖުޑިކާޓާގެ މަބްދަޢުޢާ ޚިލާފް ކަމެއް ކަމުގައި ކަނޑައަޅުއްވައި؛
32.5- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު W/2015/001-CA-TAT މައްސަލައިގެ ޙުކުމް ތަންފީޒުވެފައި ނުވާކަމާއި، އެނިންމުން ތަންފީޒުކުރުމަށް ސިވިލް ކޯޓަށް އަންގައި. ނިހާއި ނިންމުންތަކާއި ހުކުމްތަކުގެ ބާރު ކެނޑޭ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ކުރާނަމަ އެކަމެއް ހުއްޓުވުގެ ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުގެ މައްޗަށް ހުކުމް ކޮށްދެއްވައި މައްސަލަ ނިންމަވާދެއްވުމަށެވެ.
33ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، އުރީދޫގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރާއިރު، އުރީދޫގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާގެ ޙުކުމާއެއްގޮތަށް މީރާގެ ފަރާތުން ޢަމަލުކޮށްފައިނުވާކަމަށް ބުނެ، އަލުން އެ ޙުކުމް ތަންފީޛުކުރުމަށް އެދު އެވެ.
33. ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ސިވިލް ކޯޓުން ބެލި އެކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާގެ މީރާގެ މައްޗަށް އެންގީ -3,059,187/ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެ އްސަތޭކ އަށްޑިހަ ހަތް ރުފިޔާ) ދެއްކުމަށެވެ. އަދި އެޙުކުމާ އެއްގޮތަށް މީރާގެ ފަރާތުން ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން ސިވިލްކޯޓުގެ ސާބިތު ދަރަނި ރިކޯޑު ފޮތް ނަންބަރު 154ގެ 263 ނަންބަރު ޞަފްޙާއަށް ބެލުން އެނގެންއޮތްކަނ އެކޯޓުން ބުނެފައިވެއެވެ. އެހެންކަމުން ލިޔުންތައް ދައްކާ ގޮތުން މީރާގެ ފަރާތުން އެވަނީ އެފަރާތުން ދައްކަންޖެހޭ ފައިސާއެއް ދައްކާ ޚަލާސްކށް ނިންމާފައެވެ.
32. ނަމަވެސް އުރީދޫގެ ފަރާތުން ފާހަގަކުރިކަނ ކަމަށް ބަލާއިރް އެފަރާތުން އަލުން ޙުކުމް ތަންފީޒު މައްސަލަ ބަލައިދިނުމަށް އެދޭ ސަބަބު ކަމުގައި ބުނެފައިވަނީ މީރާގެ ފަރާތުން ދައްކަންޖެހި ނުދައްކާވާ -3,059,187/ ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ) އުރީދޫއަށް ދައްކަންޖެހޭ ކަމަށް މީރާއިން ޤަބޫލުނުކުރާކަމަށް މީރާއިން ބުނެފައިވާކަމަށާއި، މި ފައިސާ ދައްކަން ސިވިލް ކޯޓުން އެންގި މުއްދަތުގެ ތެރޭގައި މީރާއިން ހަމަ އެ އަދަދު ޓެކްސް ކްލިއަރެންސްގ ގޮތުގައެ އުރީދޫއިން މީރާއަށް ދައްކަންޖެހޭ ކަމަށް އަންގާފައިވާކަމަށާއި، ނަމަވެސް މި ފައިސާއަކީ 3233 އެއާ 3232 އާއި ދޭތެރޭގއަ STG ގެ ގޮތުގއަ ދައްކަން ޖެހޭކަމަށް މީރާއިން ބުނާ އަދަދެއްކަމަށާއި، މިއީ އައު އޮޑިޓެއްކޮށްގެން ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައެޅި އަދަދެއްނޫންކަމަށާއި މި ފައިސާ އުރީދޫއިން ދައްކަންޖެހުނު ސަބަބަކީ އެފަދައިން ޓެކްސް ކްލިއަރ ނުކޮށް އުރީދޫއަށް ބިޑް ހުށަނޭޅޭތީކަމުގައިއާއި، ޓެކްސް ކްލިއަރެންސްގެ ގޮތުގައި -3,059,187/ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ފައިސާ މީރާއަށް ދެއްކުމުން، އެ ފައިސާ މީރާއިން ސިވިލް ކޯޓުގެ ނަންބަރު 2611/Cv-C/2021 ޤަޟިއްޔާގެ ދަށުން ސިވިލް ކޯޓަށް ދެއްކީ ކަމަށެވެ. މިފަދައިން މީރާއިން ސިވިލް ކޯޓަށް ފައިސާ ދެއްކި ނަމަވެސް އެއީ ޙުކުމް ތަންފީޒުކުރުން ފުރިހަމަވީ ކަމަށް ނުބެލެވޭނެކަމަށެވެ. މީރާއިން އަދިވެސް އުރީދޫއަށް ނުދައްކާ -3,059,187/ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ)ވާކަމަށް އުރީދޫއިން ޤަބޫލުކުރާކަމަށެވެ.
31. އެހެންކަމުން މިހާރު އުރީދޫގެ ފަރާތުން ހުށަހެޅި މައްސަލައިގެ މައިގަނޑު ޝަކުވާއަކީ މީރާއިން ސިވިލް ކޯޓަށް އަދާކުރި ފައިސާއަކީ ނިމިފައިވާ އޮޑިޓް ޕީރިއަޑްއެއްގެ ދަށުން ދައްކަންޖެހޭކަމަށް މީރާއިން ކަނޑައެޅި އަދަދެއްކަމަށާއި، އެ ފައިސާ އުރީދޫ އަތުން ހޯދުމަށްފަހު މީރާއިން އަނބުރާ ތަންފީޒު މައްސަލައިގެ ތެރެއިން އެ ފައިސާ އަދާކުރި ނަމަވެސް އަދިވެސް -3,059,187/ރ. (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ) މީރާގެ ފަރާތުން އުރީދޫއަށް ނުދައްކާ އޮތްކަމަށެވެ.
35ސުޕްރީމް ކޯޓުން ނިންމާފައިވާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ވ މަޢުރޫފާ އަބޫބަކުރު މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވަނީ "ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކަނި ކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެކަމަށެވެ".
36އިސްތިއުނާފުކުރެވިފައިވާ މައްސަލައަށް ބަލާއިރު، އުރީދޫ އިން ބުނާ ޙާލަތު މެދުވެރިވެފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 2611/Cv-C/2021 ޤަޟިއްޔާއިން ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ނިންމނު ފަހުންނެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 އެހެންކަމުން އުރީދޫއިން އެދިފައިވާ ގޮތަށް އަލުން ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ބަލާ ކަމުގައިވަނީނަމަ ޖެހޭނެ އަލުން މައުޟޫޢީ މައްސަލަ ހުޅުވައި ބެލުމަށެވެ. ނަމަވެސް މިއީ ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގެ ތެރެއިން ކުރެވޭނެ ކަމެއްނޫނެވެ.
33. އެހެންކަމުން، ސިވިލް ކޯޓުގެ 2611/Cv-C/2021 ޤަޟިއްޔާއިން މީރާގެ މައްޗަށް ދައްކަން އަމުރު ކުރި ފައިސާ އެފަރާތުން ދައްކާ ޚަލާސްކޮށްފައިވާކަނ ލިޔުމުން އެނގެންއޮންނަކަމނު ސިވިލް ކޯޓުގެ 2611/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ތަންފީޒު މިހާރު ނިމުމަކަށް އައިސްފައިވާތީއާއި، އުރީދޫއިން އަލުން އެ މައްސަލަ ބަލައި ދިނުމަށް އެދިފައިވީނަމަވެސް އެފަދައިން މައްސަލަ ބަލާ ކަމުގައިވަނީނަމަ ޖެހޭނީ އަލުން މައުޟޫޢީ މައްސަލަ ހުޅުވައި ބަލާށެވެ. ނަމަވެސް މިއީ ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގެ ތެރެއިން ކުރެވޭނެ ކަމެއްނޫންކަމުން މިމައްސަލައަކ އިތުރަށް ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމުގައި އަހުރެން ނުދެކެމެވެ.
31. ނަމަވެސް އުރީދޫގެ ފަރާތުން ޓެކްސް ކްލިއަރެންސްގ ގޮތުގައެ މީރާއަށް ދެއްކި -,059,187/3ރ (ތިން މިލިއަން ފަންސާސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ) އަކީ މީރާއިން އަނބުރާ އުރީދޫއަށް ރައްދުކުރަންޖެހޭ ފައިސާކަމަށް އުރީދޫއިން ޤަބޫލުކުރެވޭ ނަމަ އެ ފައިސާ ހޯދުމަށް ވަކިން ދަޢުވާކުރުމުގެ ފުރުސަތު އުރީދޫއަށް އޮތްކަމުގައި ދެކެމެވެ.
33. އިސް ވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު C(A)/2021-24/Cv "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ގޮތް" އަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތްކަމުގައި އަހުރެން ދެކެމެވެ.
32. އަހުރެން ފަނޑިޔާރު މުޙައްމަދު ފައިޞަލް ރައުޔަށް ތާއީދުކުރަމެވެ.
33. އަހުރެން ފަނޑިޔާރު މުޙައްމަދު ފައިޞަލް ރައުޔަށި ތާއީދުކުރަމެވެ.
33. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 22 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފާށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 311 ވ ނ މާއްދާގަ (ހ) ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 311 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 311 ވަނަ މާއްދާގެ (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ (ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު)
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް