ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/02
ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ވ. އިބްރާހީމް ނާޞިރު، 2020/HC-A/02
Umar Zahir Abdhusamadhu v. Ibrahim Naasiru 2020/HC-A/02 (2020/HC-A/02, High Court of the Maldives, 14 November 2021)
ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ވ. އިބްރާހީމް ނާޞިރު
މައިގަނޑު ސުވާލު
މައްސަލަ މުވައްކިލު އެދޭ ގޮތަށް ނިމިއްޖެނަމަ ދޭން އެއްބަސްވި ވަކީލު ފީގެ ތެރެއިން އެޑްވާންސްކޮށް ދިން ފައިސާ، މައްސަލަ އެގޮތަށް ނުނިމުމުން ވަކީލު އަނބުރާ ދޭންޖެހޭތޯ، އަދި ކުރީގެ ހައިކޯޓު ޙުކުމުގައި ސާބިތުވި ދަރަނި ކަނޑައިގެން ސިވިލް ކޯޓުން ނިންމީ ރަނގަޅަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ހައިކޯޓު ޙުކުމެއްގައި ކަނޑައަޅާފައިވާ ކަންކަމާމެދު ދެން އިތުރު ޖަދަލެއް ނުކުރެވޭނެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 24).
- މައްސަލަ މުވައްކިލު އެދޭ ގޮތަށް ނިމިއްޖެނަމަ ދިނުމަށް އެއްބަސްވާ ވަކީލު ފީއަކީ، މައްސަލަ އެގޮތަށް ނުނިމުނުނަމަ ނަގައިނުދެވޭ ފައިސާއެކެވެ؛ އެ ފީގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާއަކީވެސް ވަކީލަށް ލިބިދެވޭނެ ފައިސާއެއް ނޫންކަމުން، އެ ފައިސާ ވަކީލު މުވައްކިލަށް އަނބުރާ ރައްދުކުރަންޖެހޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20).
- ހައިކޯޓު ޙުކުމެއްގައި ސާބިތުވި ޢަދަދެއް ދެފަރާތުންވެސް ސުޕްރީމް ކޯޓުގައި ޠަޢުނުނުކުރާނަމަ، އެ ޢަދަދަކީ ކަނޑައެޅި ނިޔާގެ ބާރުގެ ދަށުން ދޭންޖެހޭ ޢަދަދެކެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21).
- ޙުކުމެއްގެ ދަރަނި ކުރިން ޚަލާޞްކޮށްފައިވާކަމަށް ބުނާ ބުނުމަށް ހެއްކެއް ހުށަނާޅާނަމަ އެ ބުނުން ޤަބޫލެއް ނުކުރެވޭ؛ އަދި ފައިސާ ދެފަހަރަށް ކެނޑިފައިވާނަމަ އެއީ އިސްތިއުނާފުގެ ތެރެއިން ބެލޭނެ ކަމެއް ނޫން، އެކަން ބަލަންޖެހޭނީ ދަށުކޯޓަށް އަލުން ހުށަހަޅައިގެންނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-23).
- ކޮންމެ މައްސަލައަކީވެސް އެމައްސަލައެއްގެ ޒާތުގައި ވަކި މައްސަލައެއް ކަމުން، ވަށައިގެންވާ ކަންކަމަށް ބަލާފައިނުވާކަމަށް ބުނާނަމަ ބަލާފައިނުވާ ކަމަކީ ކޮބައިކަން ބަޔާންކޮށްދޭންޖެހޭނެ ކަމާއި، ވަށައިގެންވާ ކަންކަން ކިޔައިދޭންޖެހޭނީ އެމައްސަލައަކާ ގުޅިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24).
ޝަހީދު ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ދަފްތަރު ނަންބަރު 3578، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު (އައި.ޑީ. ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 2867 / އިބްރާހީމް ނާޞިރު (އައި.ޑީ.ކާރޑް ނަންބަރު:034588A) އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއާއި އިބްރާހީމް ނާޞިރާއި ދެމެދު 3 ސެޕްޓެންބަރު 2006 ގައި އެއްބަސްވުމެއް ވެވުނެވެ. މިއެއްބަސްވުމަކީ މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ޤަޟިއްޔާގައި އިބްރާހީމް ނާޞިރާއި އިތުރު ދެފަރާތެއްގެ ވަކީލެއްގެ ޙައިޘިއްޔަތުން ޤާނޫނީ މައްސަކަތްކޮށްދިނުމަށ ވެފައިވް އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ދަށުން މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ޤަޟިއްޔާގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ކޮށްދީފައިވާ ޤާނޫނީ މައްސަކަތަށ އެމަސައްކަތް ނިމެންދެން ކޮންމެ މަހަކު މަހު މުސާރައެއްގެ ގޮތުގައި -/500،2ރ. (ދެހާސް ފަސް ސަތޭކަ ރުފިޔާ) ދިނުމަށާއި އަދި އެމައްސަލަ އިބްރާހީމް ނާޞިރު އެދެވޭ ގޮތަކަށް ނިމިއްޖެނަމަ -/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދިނުމަށް އެއްބަސްވެފައިވެއެވެ.
3މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ޤަޟިއްޔާއާއި ގުޅިގެން އިބްރާހީމް ނާޞިރާއި ޢު މަރު ޒާހރި ޢަބްދުއްޞަމަދު އާއި ދެމެދު 03 ސެޕްޓެންބަރު 2006 ގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ފައިސާ ހޯދުމަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާކުރިއެވެ. އެމައްސަލަ މަދަނީ ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 1900/MC/2007 ޤަޟިއްޔާއިންނެވެ.
4އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދގު ފަރާތުން ދަޢުވާކޮށްފައިވަނީ، ޢުމަރު ޒާހިރު ޢަބްދުއްޞަމަދއާ އިބްރާހީމް ނާޞިރާއި ދެމެދު 03 ސެޕްޓެންބަރު 2006 ގައި ވެވުނު އެއްބަސްވުމުގެ 01 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މަސައްކަތް ކުރަމުންދާ ދުވަސްވަރު ކޮންމެ މަހަކު -/500،2ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ)ގެ ރޭޓުން، 2007 ފެބްރުވަރީ މަހުން ފެށިގެން 2007 އޮގަސްޓް މަހުގެ ނިޔަލށަ ނުދީވާކަމަށް ބުނާ -/500،17ރ. (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ) އާއި މިއެއްބަސްވުމުގެ 01 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މަސައްކަތް ނިމުމުން ދޭން އެއްބަސްވެފައިވާ ކަމަށްބުނާ -/150,000ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާއި އެކު ޖުމްލަ -/167,500ރ (އެއްލައްކަ ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ ރުފިޔާ) އިބްރާހީމް ނާޞިރު ދީފައިނުވާކަމަށްބުނެ، އެފައިސާ ހޯދުމަށެވެ.
5މަދަނީ ކޯޓުގެ ނަންބަރު 1900/MC/2007 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ކުޅަ ދަޢުވާއަކީ ޤާނޫނީ ވަކީލަކާއި މުވައްކިލަކާއ ދެމެދި ހިނގާފައިވާ މުޢާމަލާތަކާއި ގުޅިގެން ލިބެންޖެހޭ ފީ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮވެފައި، ވަކާލާތު ކުރުމާބެހޭ ޤަވާޢިދުގެ 5.4 ގައި ޢުމަރު ޒާހިރު ޢަބްދުއްސަމަދު ވ އިބްރާހީމް ނާޞިރު A/43-HC/2008 ދހކ ޤަޟިއްޔާގެ ފާހަގަކުރެވުނު ކަންކަމުގެ 2 ވަނަ ނުކުތާ. ބުނާފަދަ އެއްބަސްވުމެއް، އިބްރާހީމް ނާޞިރާއި، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އާއި ދެމެދު އެއްބަސްވެ ސޮއިކޮށްފައިނުވާކަމަށް ބައްލަވައި، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ދަޢުވާކޮށްފައިވާ ފައިސާއަކީ އިބްރާހީމް ނާޞިރުގެ އަތުން ނަގައިދެވެން އޮތް ފައިސާއެއްނޫންކަމަށް ކަނޑައަޅައެވެ. މަދަނީ ކޯޓުގެ ނަންބަރު 1900/MC/2007 ޤަޟިއްޔާ އިސްތިއުނާފުކުރުން
6މަދަނީ ކޯޓުގެ ނަންބަރު 1900/MC/2007 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއިމެދު ހިތްހަމަ ނުޖެހިގެން އެމައްސަލަ ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފުކުރިއެވެ. އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު 2008/HC-A/43 ޤަޟިއްޔާއިން އެމައްސަލަ ބެލުނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/43-HC/2008 ޤަޟިއްޔާ
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/43-HC/2008 ޤަޟިއްޔާގައި މަދަނީ ކޯޓުގެ ނަންބަރު 1900/MC/2007 ޤަޟިއްޔާގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ކުޅަ ދަޢުވާ މައުޟޫޢީ ގޮތުން ބެލެވިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
8މީގެ އިތުރުން މަދަނީ ކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ އަލުން ބަލައިދިނުމަށް އެދި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅައިފިނަމަ އެމައްސަލަ "ދިވެހިރާއްޖޭގެ ވަކާލާތު ކުރާ ވަކީލުންގެ ޤަވާއިދު" ގެ 5.4 ގައި ބުނާފަ ދަ އެއްބަސްވުމެއް ޢުމަރު ޒާހިރު ޢަބްދުއްޞަމަދާއި، އިބްރާހީމް ޢުމަރު ޒާހިރު ޢަބްދުއްސަމަދު ވ އިބްރާހީމް ނާޞިރީ A/43-HC/2008 ދހކ ޤަޟިއްޔާގެ ފާހަގަކުރެވުނު ކަންކަމުގެ (ޅ) . ނާޞިރާއ ދެމެދި ވެވިފައިވާކަނ ޝަރީޢަތަށް ސާބިތުވާތީ، އެއަސާސްގެ މައްޗަށް ބިނާކޮށް އެމައްސަލަ ބ ލައި، ހައިކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ އަލީގައި މަޢުޞޫއީގޮތުން ބަލައި، އެދެމީހުންގެ ދެމެދުގައި އެއްބަސްވިގޮތްކަމަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ބުނާގޮތަކީ، "ދިވެހިރާއްޖޭ ގެ ވަކާލާތު ކުރާ ވަކީލުންގެ ޤަވާއިދު" ގ 5.3 ގެ ދަށުން ބަޔާންކުރެވިފައިވާ (ހ)، (ށ)، (ނ) ގައި ބަޔާންކުރެވިފައިވާ މިންގަޑުތަކުންކުރެ މިންގަޑަކަށް ފެތޭ އެއްބަސްވުމެއްތޯ ބަލައި، އެއެއްބަސްވި ގޮތްކަމަށް ބުނާ ގޮތަކީ އެއިން އަކުރެއްގައި ބަޔާންކުރެވިފައިވާ މިންގަޑަކާއި އެއްގޮތްވާ ގޮތަކަށްވާނަމަ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް، އެދަޢުވާގެ މައުޟޫޢު ބައްލަވައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރައްވަން ޖެހޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. ހައިކޯޓުގެ ނަންބަރު A/43-HC/2008 ޤަޟިއްޔާއާއި ގުޅިގެން ޢުމަރު ޒު ހ ރ ޢަބްދުއްޞަމަދު އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން.
9ސިވިލް ކޯޓުގެ ނަންބަރު 2011/C-Cv/1746 ޤަޟިއްޔާއަކީ ހައިކޯޓުގެ ނަންބަރު A/43-HC/2008 ޤަޟިއްޔާއިންކޮށްފައިވާ ޙުކުމާއި ގުޅިގެން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
10މިމައްސަލައިގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ގެ ފަރާތުން ދަޢުވާކޮށްފައިވަނީ ޢުމަރު ޒާހިރު ޢަބްދުއްޞަމަދާ އ، […] އިބްރާހީމާ ނާޞިރާއި ދެމެދު 3 ސެޕްޓެންބަރު 2006 ގައި ވެވުނު އެއްބަސްވުމުގެ ދަށުން މަދަނީ ކޯޓުގައި ހިނގާ ނިމިފައިވާ ނަންބަރު 1265/MC/2006 ޤަޟިއްޔާގައި އިބްރާހީމް ނާޞިރާއި އިތުރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/43-HC/2008 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ 82 ޖުލައި 2009 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 11 އޮގަސްޓް 2011 ގައި ދެފަރާތެއްގެ ވަކީލެއްގެ ޙައިޘިއްޔަތުން ކޮށްދީފައިވާ ޤާނޫނީ މަސައްކަތަށް، މަސައްކަތްކުރި ދުވަސްތަކުގައި އިބްރާހީމް ނާޞިރު ޢުމަރު ޒާހިރު ޢަބްދުއްޞަމަދަށް ދޭންޖެހޭ -/17,500ރ (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ) އާއި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ޙަވާލުކުރެވުނު މަސައްކަތް ނުވަތަ ނަންބަރު 1265/MC/2006 ޤަޟިއްޔާ މަދަނީ ކޯޓުން ނިންމުމުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އަށް ދޭން އެއްބަސްވި -/150,000ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާއި އެކުޖުމްލަ -/167,500ރ (އެއްލައްކަ ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ ރުފިޔާ) މިއަދާއި ހަމައަށް ނުދީވާތީ މިފައިސާ އިބްރާހީމް ނާޞިރުގެ އަތުން ހޯދުމަށެވެ.
11މިޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ދަޢުވާ ސާބިތުކުރެވޭވަރުގެ ކާފީ ހެއްކާއި ޤަރީނާ ޝަރީޢަތަށް ހުށަހެޅިފައި ނުވާތީ، މި ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައެވެ. ސިވިލް ކޯޓުގެ ނަންބަރު 2011/C-Cv/1746 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތއުނާފުކުރުނި
12ސިވިލް ކޯޓުގެ އިސްވެ ދެންނެވުނު ނިންމުމާއި މެދު ހިތްހަމަނުޖެހިގެ ން ޢުމަރު ޒާހިރު ޢަބްދުއްޞަމަދގު ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރ A/346-HC/2015 ޤަޟިއްޔާއިން އެމައްސަލަ ބެލުނެވެ.
13ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު A346-HC/2015 ޤަޟިއްޔާއިން އާ މައްސަލަ މަޢުޟޫއީ ގޮތުން ބައްލަވައި ޙުކުމު ކުރައްވާފައިވަނީ ؛ " ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1746 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފަ އިވާ ޙުކުމް އިސްތިއުނާފުކުރުމަށް މމ.ޙާއްސަ ދަފްތަރު ނަންބަރު 5378 / ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބެލިއިރު، ސިވިލް ކޯޓު ގެ ނަންބަރު C/2011-Cv/1746 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްވެއްޖެކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ވިޔަފާރިއާބެހޭ ބަޔަށް ދައުވާއާއި މައްސަލަ ހުށަހަޅާ ފޯމުގެ 6 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/6174 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު މމ.ޙާއްސަ ދަފްތަރު ނަންބަރު 5378 / ޢުމަރު ޒާހިރު ޢަބްދުއްޞަމަދާ އ އިސްތިއުނާފު ރައްދުވާ […] / އިބްރާހީމް ނާޞިރު އާއި ދެމެދު 03 ސެޕްޓެމްބަރ 2006 ވަނަ ދުވަހު ވެވުނު ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކޮށްދިނުމުގ އެއްބަސްވުމުގެ ދަށުން މަހު މުސާރައިގެ ގޮތުގައި މަހަކު -/00,52ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ރޭޓުން 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2007 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ދައްކަންޖެހޭ -/17,500ރ (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ) އަކީ […] އިބްރާހީމް ނާޞިރުގެ ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދައްދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ މމ.ޙާއްސަ ދަފްތަރު ނަންބަރު 5378، ޢުމަރު ޒާހިރު ޢަބްދުއްޞަމަދއަށު ލިބިދިނުމުގެ ގޮތުން މިއަދު 03 ޖޫން 2018 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި -/17,500ރ (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ) ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާޞް ކުރުމަށް […] އިބްރާހީމް ނާޞިރއަށު އަންގައި މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/346-HC/2015 ޤަޟިއްޔާ ގެ ޙުކުމަށް ބަލާއިރު، އެޙުކުމް ބިނާކޮށްފައިވާނީ؛ .141- މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ޤަޟިއްޔާއާއި ގުޅިގެން ޢުމަރު ޒާހިރު ޢަބްދުއްޞަމަދާ އ އިބްރާހީމް ނާސި ރާދެމެދު "ދިވެހިރާއްޖޭގައި ވަކާލާތުކުރި ވަކީލުންގެ ޤަވާއިދު" ގެ 5.4 ގައި ބުނެފައިވާފަދަ ވަކީލު މުވައްކިލު އެއްބަސްވުމެއްގައި ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައި އޮންނަކަން. .241- އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ފީއެއް ކަނޑައަޅާފައިވާކަމާއި، މިގޮތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދާއި މަސައްކަތް ހަވާލުކޮށް ނިމެންދެން މަހު މުސާރައެއްގެ ގޮތުގައި -/2,500ރ. (ދެހާސް ފަސް ސަތޭކަ ރުފިޔާ) ކަނޑައަޅާފައިވާކަން. އަދި މިރޭޓުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ކޮށްފައިވާ މަސައްކަތަށް 2007 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް -/500،17ރ. (ސަތާރަހާސް ފައްސަތޭކަ ރުފިޔާ) އަކީ އިބްރާހީމް ނާޞިރުގެ ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދައްކަންޖެހޭ ފައި ސާކަނ މަދަން މިންގަނޑުތަކުން ޘާބިތުވާކަމަށް. .341- ހުށަހެޅުނު ހެކިންގެ ހެކިބަހަށް ބަލާއިރު، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އާއި އިބްރާހީމް ނާޞިރުއ ދެމެދާ ވެވުނު އެއްބަސްވުން ވެފައިވަނީ އިބްރާހީމް ނާޞިރު އެދެވޭ ގޮތަށް ނިމިއްޖެނަމަ -/000،130ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) ދޭގޮތަށް ކަމާއި، މިފައިސާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި -/30,000ރ. (ތިރީސްހާސް ރުފިޔާ) އަކީ އިބްރާހީމް ނާޞިރުގެ އަތުން ޢުމަރު ޒާހިރުއަށް ދީފައިވާ ފައިސާކަން ހެކިންގެ ހެކިބަހުން ސާބިތުވާކަން. .441- ބާކީ -/000،100ރ. (އެއްލައްކަ ރުފިޔާ) ދައްކަން އެއްބަސްވެފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ޤަޟިއްޔާ އިބްރާހީމް ނާޞިރު އެދެވޭ ގޮތަށް ނިމިފައިވާނަމަކަމަށްކަން. މިޤަޟިއްޔާ އިބްރާހީމް ނާޞިރު އެދެވޭގޮތަށް ނިމިފައިނުވާތީ މިފައިސާއަކީ ނަގައިދެވޭނެ ފައިސާއެއްނޫންކަން. މިސަބަބުތަކުގެ މައްޗަށްކަން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/346-HC/2015 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން އިބްރާހީމް ނާޞިރު ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުން
15ދިވެހިރާއްޖޭގ ހައިކޯޓުގެ އިސްވެ ދެންނެވުނު ޤަޟިއްޔާގައި ޙުކުމް ކުރުމާއި ގުޅިގެން، އެޙުކުމުގައި އިބްރާހީމް ނާޞިރާއި ޢުމަރު ޒާހިރު ޢަބްދުއްޞަމަދާއ ދެމެދި ވެފައިވާ ވަކީލް އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ ފީގެ ތެރެއިން އިބްރާހީމް ނާޞިރު އެޑްވާންސްގެ ގޮތުގައި -/000،30ރ. (ތިރީސްހާސް ރުފިޔާ) ދައްކާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށް ކަނޑައަޅާފައިވާތީ، މިފައިސާ ޢު މަރު ޒާހިރު ޢަބްދުއްޞަމަދގު އަތުން ހޯދުމަށް އިބްރާހީމް ނާޞިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. މިދަޢުވާ ހުށަހަޅަމުން އިބްރާހީމް ނާޞިރުގެ ފަރާތުން އެދިފައިވަނީ؛ "މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ގެ ޤަޟިއްޔާގައި އަޅުގަނޑުގެ ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދުކޮށްދޭ ޤާނޫނީ މަސައްކަތްތަކަށް އަގުދިނުމަށް ހަމަޖެއްސިއިރު، އަޅުގަނޑު އެދޭ ގޮތަށް މައްސަލަ ނިމިއްޖެނަމަ ދިނުމަށް ހަމަޖެއްސި -/000،130ރ. (އެއްލައްކަ ތިރީސްހާސް) ރުފިޔާގެ ތެރެއިން އެޑްވާންސްކޮށްދެވިފައިވ ފައިސާ އަނބުރާ ދައްކަންޖެހޭގޮތް މެދުވެރިވެފައިވާކަމަށް ކަނޑައަޅުއްވައި ދެއްވައި، އެ -/000،30ރ. (ތިރީސްހާސް ރުފިޔާ) ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އެއްފަހަރާ އަޅުގަނޑަށް ދެއްކުމަށް ޙުކުމްކޮށް ދެއްވުން އެދެމެވެ." މިފަދައިންނެވެ. އަދި މިމައްސަލަ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވެއެ ވެ. ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އިސްތިއުނާފުކުރެވިފައި މިވަނީ ސިވިލް ކޯޓުގެ މިޤަޟިއްޔ އެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
16ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3893 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ޤަޟިއްޔާގައި ދަފްތަރު ނަންބަރު ރސ 2867، އިބްރާހީމް ނާޞިރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ގެ ފަރާތުން ދަފްތަރު ނަންބަރު 5378، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކޮށްދޭ ޤާނޫނީ މަސައްކަތުގެ އަގަ ދިނުމުގެ ގޮތުން އިބްރާހީމް ނާޞިރު އެޑްވާންސްގެ ގޮތުގައި ދީފައިވާ -/30،000ރ. (ތިރީސްހާސް ރުފިޔާ) ގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/346-HC/2015 ޤަޟިއްޔާ އިން ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް އިބްރާހީމް ނާޞިރު ދައްކަންޖެހި ނުދައްކައިވާ -/17،500ރ. (ސަތާރަހާސް ފައްސަތޭކަ ރުފިޔާ) އުނިކުރުމުން ބާކީވާ -/500،12ރ. (ބާރަހާސް ފައްސަތޭކަ ރުފިޔާ) އަކީ ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އިބްރާހީމް ނާޞިރުއަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، . ސިވިލް ކޯޓަށް އިބްރާހީމް ނާޞިރުގެ ފަރާތުން ދައުވާ ހުށަހަޅާފައިވަނީ 20 ސެޕްޓެންބަރު 2018 ގައި. އެމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާއިން އިބްރާހީމް ނާސިރުގެ ފަރާތުން ސިވިލް ކޯޓަށް ދައުވާ ހުށަހެޅި ފޯމުގެ 12 ވަނަ ނަންބަރު ބުނެވިދިޔަ -/500،12ރ. (ބާރަހާސް ފައްސަތޭކަ ރުފިޔާ) އިބްރާހީމް ނާޞިރުއަށް ލިބިދިނުމުގެ ގޮތުން 21 އޮކޓޯބަރް 2019 މި ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:
17ސިވިލ ކޯޓުގް ނަންބަރު C/2018-Cv/3893 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން ތިރިގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން ހުށަހަޅާފައިވާ ނުކުތާތކަ ކ:
1.17 ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާ ނިންމެވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/346-HC/2015 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލްތަކަށ ހަމަތަކަށް ބެލުމެއްނެތި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.17 ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާއަކީ އިހުމާލުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ދަޢުވާއެއްކަން ދަޢުވާ ފޯމުގެ ދަޢުވާގެ ބާވަތަށް ބެލުމުން އެނގޭއިރު، ދަޢުވާގެ ބާވަތާއި ދަޢުވާގެ ޞީޣާއާއި ގުޅުމެއް ނުވާއިރު މިކަންކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.17 ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާއަކީ މަދަނީ މައްސަލައެއްކަމަށް މަދަނީ މައްސަލަތައް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނީ މައްސަލައިގެ ވަށައިގެންވާ އެއްމެހާކަންކަމަށް ބެލުމަށްފަހު ބޮޑަށް ބުރަވެވޭ އުޞޫލަށްކަމަށ ވީނަމަވެސް ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާގައި މިއުސޫލަށް ބައްލަވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4.17 ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާގެ ފާހަގަކުރެއްވި ނުކުތާތަކުގެ ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ބަޔާންތަކުގައި ދައްކާފައިވާ ވާހަކަތާއި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކާއި ސިވިލް ކޯޓުގެ ޤަޟިއްޔާއަށް ރިޢާޔަތްކުރައްވާފައިނުވުމާއ ދަޢުވި ނަފީކުރުމަށް ހުށަހެޅި ލިޔުންތަކުގައިވާ ވާހަކަތައް އޮޅުވާލާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5.17 ފަސްވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާ ބައްލަވައި ނިންމެވުމުގައި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި އަދި އެމާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 02 ވަނަ ނަންބަރާއި 03 ވަނަ ނަންބަރާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
6.17 ހަވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާ ނިންމެވުމުގައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު)ގެ 03 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7.17 ހަތްވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ އ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
18މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެ ވެއެވެ. ހައިކޯޓުގެ ނަންބަރު A/346-HC/2015 ޤަޟިއްޔާއިން ނަގައިދެވޭނާ ފައިސާއެއް ނޫންކަމަށް ނިންމި ފައިސާ:
19ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާ ނިންމިއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/346-HC/2015 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ބުނެފައިވަނީ އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އިބްރާހީމް ނާޞިރަށ ފައިސާއެއް ދޭންޖެހޭކަމަށް ކަނޑައަޅާފައި ނުވާކަމަށެވެ. މިނުކުތާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:A/346-HC/2015 ޤަޟިއްޔާގެ "(ބ) ގައި ހަތްވަނަ ކަމަކީ" މިހެން ބަޔާންކޮށް ފާހަގަ ކޮށްފައިވެއެވެ؛ " ... މިމައްސަލައިގައި ޢުމަރު ޒާހިރު ޢަބް ދުއްޞަމަދުގެފަރާތުން ހޯދުމަށް އެދިފައިވާ މަހަކު -/2,500ރ. (ދެހާސް ފައްސަތޭކަ ރުފިޔާ)ގެ ރޭޓުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދޭންޖެހޭ ފައިސާގެ ތެރެއިން 2007 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން 2007 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ދައްކަންޖެހޭ -/17،500ރ (ސަތރަހާސާ ފަސްސަތޭކަ ރުފިޔާ) އަކީ އިބްރާހމީ ނާޞިރުގެ ފަރާތުން ޢުމަރު ޒާހިރު ޢު ބަދުއްޞަމަދުއަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުތަކުން ޘާބިތުވާކަމާއި، މިނުކުތާގައ ")ބ(" ޖަހާފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް ބެލެވެއެވެ. ސަބަބަކީ، އެޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ 9 ވަނަ ޞަޕްޙާގައި "(ބ) ފަސްވަނަކަމަކީ" މިހެން ބަޔާން ކޮށް، 10 ވަނަ ޞަފްޙާގައި "(ޅ) ހަވަނަ ކަމަކީ" މިހެން ބަޔާން ކޮށް އޭގެ ފަހުން، 13 ވަނަ ޞަފްޙާ ގައި އަނެއްކާވެސް "(ބ) ހަތްވަނަ ކަމަކީ" މިހެން ލިޔެފައި އޮތުމެވެ. ވީމާ ހަތްވަނަކަމީ މިހެން އޮތްތާގައި އޮންނަންވާނީ "(ބ)" ގެ ބަދަލުގައި "(ކ)" ކމަށަ ބަލަންޖެހެއެވެ. ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން ހޯދުމަށް އެދިފައިވާ -/150،000ރ (އެއްލައްކ ފަންސާސްހާސް ރުފިޔާ) އަކީ އޭނާއަށް ދޭންޖެހޭ ފައިސާއެއްތޯ ބަލާއިރު، މިމައްސަލައިގެ ހުށަހެޅުނު ހެކިންގެ ތެރެއިން މުޙައްމަދު ޙުސައިން އާއި އަޙްމަދު އބްރާހި މްގީ ފަރާތުން އެއްބަސްވުން ވެވިފައިވަނީ މައްސަލަ އެދެވޭ ގޮތަކަށް ނިމިއްޖެނަމަ -/130،000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) ކަމަށް ބުނެފައިވާކަމާއި، އެޑްވާންސްގެ ގޮތުގައި ދީފައިވާ -/30،000ރ. (ތިރީސްހާސް ރުފިޔާ) އަކީ މުޅި މައްސަލައިގެ އުޖޫރައިން ދޭގޮތަށް ދީފައިވާ ފައިސާކަމާއި، މި -/30،000ރ. )ތިރީސްހާސް ރުފިޔާ) ވަނީ އިބްރާހީމް ނާޞރުގި ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދަށް ދައްކާ ޚަލާޞްކޮށްފައިވާކަން ހެކިންގެ ހެކިބަހަށް ބެލުމުން އެނގެން އޮތްއި ރ، އެފައިސާ ޢުމަރު ޒާހިރު ޢަބް ދުއްޞަމަދުއަށ ލިބިފައިވާކަމަށް އެފަރާތުން ބުނެފައިވާކަމާއި، ޢުމަރު ޒާހިރާ ޢަބްދުއްޞަމަދުއަށް އިބްރާހީމް ނާޞިރުގެ ފަރާތުން -/100،000ރ (އެއްލައްކަ ރުފިޔާ) ދައްކންޖެހޭނަ އެމައްސަލަ އެދެވޭގޮތަކަށް ނިމިއްޖެނަމަކަމާއި، މަދަނީ ކޯޓުގެ ނަންބަރު 1265/MC/2006 ޤަޟއްޔި ނިމިފައިވަނީ އިބްރާހީމް ނާޞިރު އެދޭގޮތަށްނޫންކަމުން މިފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަނާ އެނގެން އޮންނަކަމެވެ."
20ޕްރިސިޑެންސް 1ޕްރިސިޑެންސް 2ހައިކޯޓުގެ ނަންބަރު:A/346-HC/2015 ޤަޟިއްޔާއަކީ މިހާރު ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޤަޟިއްޔާއެކެވެ. އެޤަޟިއްޔާގެ އިސްވެ ދެންނެވުނު ފާހަގަކުރި ނުކުތާގައި އޮތީ މައިގަނޑު ދެކަމެކެވެ. ފުރަތަމަ ކަމަކީ -/17،500ރ. (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ) އަކީ އިބްރާހީމް ނާޞިރު ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާކަމަށް ކަނޑއެޅަ އެޅުމެވެ. ދެވަނަ ކަމަކީ، -/130,000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) އަކީ ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ވަކާލާތުކޮށްދިން މައްސަލައިގައި އިބްރާހީމް ނާޞިރު އެދޭގޮތަށް މައްސަލަ ނިމިއްޖެނަމަ، ދޭންބުނި ފައިސާއެއް ކަމަށެވެ. މިފައިސާގެ ތެރެއިން -/000،30ރ (ތިރީސްހާސް ރުފިޔާ) ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ލިބިފައިވާ ކަމެވެ. ނަމަވެސް ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ވަކާލާތުކޮށްދިން މައްސަލަ ނިމިފައިވަނީ އިބްރާހީމް ނާޞިރު އެދޭގޮތަށް ނޫންކަމަށްވާތީ، -/130,000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި -/30،000ރ (ތިރީސްހާސް ރުފިޔާ) އުނިކޮށް ބާކީ އޮތް -/000،100ރ (އެއްލައްކަ ތިރީސްހާސް ރުފިޔާ) އަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަމެވެ. ޢުމަރެ ޒާހިރު ޢަބްދުއްޞަމަދު ވަކާލާތު ކުރު މައްސަލއަ ގައި -/000،130ރ (އެއްލައްކަ ތިރީސްހާސް ރުފިޔާ) ނަގައިދޭންޖެހެނީ އެމައްސަލަ އިބްރާހީމް ނާޞި ރ އެދު ގޮތަށް ނިމިއްޖެނަމަ ކަމަށްވާއިރު، އެމައްސަލަ ނިމުނީ އިބްރާހީމް ނާޞިރު އެދޭ ގޮތަށް ނޫންކަމާމެދު ބަހުޘެއް ނެތެވެ. ހައިކޯޓުގެ ނަންބަރު:A/346-HC/2015 ޤަޟިއްޔާގެ ޙުކުމް ކުރިއިރު، ބަޔާންވެދިޔަ -/130,000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) ގެ ތެރެއިން -/000،30ރ (ތިރީސްހާސް ރުފިޔާ) އޮތީ އެޑްވާންސްގެ ގޮތުގައި ދީފައެވެ. އެހެންވެ، އެޤަޟިއްޔާގައި ނަގައިދެވޭނެ ފައިސާއެއް ނޫންކމަށަ ބުނެފައިވަނީ -/000،130ރ (އެއްލައްކަ ތިރީސްހާސް ރުފިޔާ) ގެ ތެރެއިން ނުދީ އޮތް -/000،100ރ (އެއްލައްކަ ރުފިޔާ) އެވެ. އެޑްވާންސްގެގޮތުގައި ދީފައި އޮތްކަން ސާބިތުވި -/000،30ރ (ތިރީސްހާސް ރުފިޔާ) ނަގައިދެވޭނެ ތަނެއް ނެތްކަމަށް ބަޔާންކޮށްފައި ނެތީ، އެފައިސާ ދީފައިވާތީއެވެ. ޖުމްލަކޮށް -/000،130ރ (އެއްލައްކަ ތިރީސްހާސް ރުފިޔާ) އަކީ އިބްރާހީމް ނާޞިރު އެދޭ ގޮތަށް މައްސަލަ ނިމުމުން ނަގައިދޭވޭ ގޮތަށް އޮތް ފައިސާއެއް ކަން އެނގޭއިރު، އެފައިސާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި -/000،30ރ (ތިރީސްހާސް ރުފިޔާ) އަކީ އެޑްވާންސްގެ ގޮތުގައި ދީފައި އޮތަސް ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ލިބިދެވޭނެ ފައިސާއެއް ނޫނެވެ. ވީމާ އެ -/000،30ރ (ތިރީސްހާސް ރުފިޔާ) އަކީ އަނބުރާ ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ރައްދު ކުރަންޖެހޭ ފައިސާއެއްކަން އޮޅުމެއް ނެތެވެ. އެހެންވެ، ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3893 ޤަޟިއްޔާ ގައި "...އިބްރާހީ މ ނާޞިރު އެދޭ ގޮތަށް މައްސަލަ ނިމިއްޖެނަމަ ދިނުމަށް އެއްބަސްވި -/000،130ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ) ތެރެއިން އެޑްވާންސްކޮށް ދިން -/30،000ރ (ތިރީސްހާސް ރުފިޔާ) އަކީ އަނބުރާ ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އިބްރާހީމް ނާޞިރުއަށް ދޭންޖެހޭ ފައިސާކަން އެނގެން އޮންނަ އޮތުމެވެ." މިފައިނ ބަޔާން ކޮށްފައިވަނީ ރނަ ގަޅަށެވެ. ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ވަކާލާތު ކޮށް ދިން މައްސަލައަކީ މަދަނީ ކޯޓުގެ ނަންބަރު: 1265/MC/2006 ޤަޟިއްޔާއެވެ. މިއީ "ބްލޫޕިޖަން ޔޮޓް" ގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެވެ. އެމައްސަލަ ނިމިފައިވަނީ އިބްރާހީމް ނާޞީރ އެދު ގޮތަށް ނޫންކަމަށްވާތީ، ހައިކޯޓުގައި އިސްތިއުނާފުކުރެވި ހައިކޯޓުގެ ނަންބަރު: A/162-HC/2007 ޤަޟިއްޔާއިން ބަލާފައިވެއެވެ. އަދި ހައިކޯޓުގެ ނިންމުމާއިމެދު ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓަށް އިސްތިއުނާފްކުރެވި އެކޯޓުގެ ނަންބަރު:A/35-SC/2009 ޤަޟިއްޔާއިން ބަލައި ނިންމާފައިވެއެވެ. ހައިކޯޓުގެ ނަންބަރު:A/346-HC/2015 ޤަޟިއްޔާއިން ސާބިތުވާ -/500،17ރ:
21ޕްރިސިޑެންސް 3ޕްރިސިޑެންސް 4ހައިކޯޓުގެ ނަންބަރު:A/346-HC/2015 ޤަޟިއްޔގައާ -/500،17ރ (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ) އަކީ އިބްރާހީމް ނާޞިރުގެ ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ބަޔާންކޮށްފައި ވެއެވެ. މިޢަދަދަކީ އިބްރާހީމް ނާޞިރު އަދި ޢުމަރު ޒާހިރު ޢަބދުއްޞަމަދުވެސް އިންކާރުކޮށް ޖަދަލެއްކޮށ ސުޕްރީމް ކޯޓުގައި ޠަޢުނު ކުރި ޢަދަދެއް ނޫނެވެ. ވީމާ، މިޢަދަދަކީ ކަނޑައެޅި ނިޔާގެ ބާރުގެ ދަށުން އިބްރާހީމް ނާޞި ރުގެ ފަރާތުން ޢުމަރު ޒާހިރު ޢަބދުއްޞަމަދަށް ދޭންޖެހޭ ޢަދަދެއް ކަމާމެދު ބަހުޘެއް ނެތެވެ. މި ޢަދަދަށް ފައިސާ ހޯދުމަށް ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައެއް ހުށަހަޅައި ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/1095 ޤަޟިއްޔާއިން ބަލައި، -/500،17ރ (ސަތާރަހާސް ފަސް ސަތޭކަ ރުފިޔާ)ގެ ދަރަނި، އިބްރާހީމް ނާޞިރުގެ ފަރާތުން ޚަލާޞްކޮށްފައިވާކަމަށް އިބްރާހީމް ނާޞިރު ބުނެއެވެ. ނަމަވެސް އެކަން ކަށަވަރު ކުރުމަށް އިބްރާހީމް ނާޞިރުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/1095 ޤަޟިއްޔާ ނުވަތަ ދަރަނި ދައްކާ ޚަލާޞްކުރި ގޮތުގެ ލިޔުމެއް ނަމަވެސް މިކޯޓަށް ހުށަހަޅާފައެއް ނެތެވެ.
22ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3893 ޤަޟިއްޔާގެ ޙުކުމް 21 އޮކްޓޫބަރު 2019 ގައި ކުރިއިރު، ބަޔާންވެދިޔަ ގޮތަށް -/500،17ރ (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ)ގެ ދަރަނި އޮތީ ޚަލާޞްކޮށްފައި ކަމަށް ވާނަމަ، އެޤަޟިއްޔާ ނިންމިއިރު، އިބްރާހީމް ނާޞިރު އެޑްވާންސްގެ ގޮތުގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދީފައިވާ -/30،000ރ (ތިރީސްހާސް ރުފިޔާ) ގެ ތެރެއިން އިބްރާހީމް ނާޞިރު، ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދައްކަން ސާބިތުވި -/500،17ރ (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ) އުނިކޮށް ޙުކުމް ކުރުމަކީ އިބްރާހީމް ނާޞިރުގެ އަތުން ދެފަހަރަށް އެފައިސާ ކެނޑިގެން ދިޔަ ކަމެއްކަމަށް ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ކަމަށް ވާނެއެވެ. ނަމަވެސަ ކުރިން ބުނިހެން އިބްރާހީމް ނާޞިރުގެ ފަރާތުން ދަރަނި ޚަލާޞްކުރި ކަމުގެ ހެއްކެއް މިކޯޓަށް ހުށަހަޅާފައެއްނެތެވެ. އަދި އެދަރަނި ޚަލާޞްކުރިނަމަ ޚަލާޞްކުރީ ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3893 ޤަޟިއްޔާގެ ޙުކުމް ކުރުމުގެ ކުރިންކަމެއ ނުވަތް ނޫންކަމެއް އެނގޭނެ ގޮތެއްވެސް ނެތެވެ.
23އިސްތިއުނާފުކުރެވިމިވާ ޤަޟިއްޔާގައި އިބްރާހީމް ނާޞިރު ހޯދުމަށް އެދިފައިވާ -/000،30ރ. (ތިރީސްހާސް ރުފިޔާ) އަކީ އަނބުރާ ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އިބްރާހީމް ނާޞިރުއަ ށ ލިބެންޖެހޭ ފައިސާއެއްކަން ސާފުކޮށް އެނގެން އޮވެއެވެ. އަދި މިފައިސާގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: A/346-HC/2015 ޤަޟިއްޔާގައި އިބްރާހީމް ނާޞިރުގެ ފަރާތުން ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ -/17,500ރ. (ސ ތާރަހާސް ރުފިޔާ) އުނިކޮށް ބާކީވާ -/500،12ރ (ބާރަހާސް ފަސްސަތޭކަ ރުފިޔާ) އަކީ ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އިބްރާހީމް ނާޞިރުއަށް ދައްކަންޖެހޭ ފައިސާކަމަށް އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު : C/2018-Cv/3893 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ރަނގަޅަށެވެ. އިސްތިއުނާފު ރައްދުވާ ފ ރާތުން، ބަޔާންކުރި ފަދައިން، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު: C/2019-Cv/1095 ޙުކުމް ތަންފީޛު ކުރުމުގެ ޤަޟިއްޔާ އާއި ގުޅިގެން،-/17,500ރ. (ސަތާރަހާސް ފަސްސަތޭކަ ރުފިޔާ)ގެ ދަރަނި، ކުރިން ޙަލާޞްކޮށްފައިއޮވެ، ދެ ފަހަރަށް މިފައިސާ އިބްރާހީމް ނާޞިރުގެ އަތުން އުނިވެފައިވާނަމަ، އެކަމަކީ މިޤަޟިއްޔާގެ ތެރެއިން ބެލިދާނެ މައްސަލައެއް ނޫނެވެ. އެކަން ބަލަންޖެހޭނީ އަލުން ދަށުކޯޓަށް ހުށަހަޅައިގެންނެވެ.
24ޕްރިސިޑެންސް 5ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ ފަރާތުން އިސްތިއުނާފު ކުރަމުން ހުށަހެޅި އެހެން ނުކުތާތަކުގައި ބަޔާންކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3893 ޤަޟިއްޔާ ނިންމިއިރު، ހައިކޯޓުގެ ނަންބަރު: A/346-HC/2015 ޤަޟިއްޔާގެ ރިޕޯޓަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާފައި ނެތް ކަމަށެވެ. އަދި މަދަނީ މައްސަލައެއް ނިންމުމުގައި ބަލަންޖެހޭ ވަށައިގެންވާ ކަންކަމަށް ބަލާފައި ނެތް ކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3893 ޤަޟިއްޔާއަކީ އޮޅުވާލުމާއި މަކަރުވެރިކަމާއ ޙަޤީޤަތާއި ޚިލާފު ލިޔުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދަޢުވާއެއް ކަމަށެވެ. މިކަންކަމުގެ މައްޗަށް ބަލާއިރު، ހައިކޯޓުގެ ނަންބަރު: A/346-HC/2015 ޤަޟިއްޔާގެ ރިޕޯޓުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާފައި ނުވަނީ ކޮންކަމެއްކަން ބަޔާންކޮށްދެވިފައެއް ނެތެވެ. އަދި މަދަނީ މައްސަލައެއް ނިންމުމުގައި ބަލަންޖެހޭ މައްސަލައި ގެ ވަށައިގެންވާ ކަންކަމަކީ ކޮބަ އިކަނ ބުނެދީފައެއް ނެތެވެ. ކޮންމެ މައްސަލައަކީވެސް އެމައްސަލައެއްގެ ޒާތުގައި ވަކި މައްސަލައެކެވެ. އެހެންކަމުން، ވަށައިގެންވާ ކަންކަން ކިޔައިދޭންޖެހޭނީ އެމައްސަލައަކާއި ގުޅިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ބަލާއިރު، ޢުމަރު ޒާހިރު ޢަބދުއްޞަމަދް އަށު އިބްރާހީމް ނާޞިރު މަސައްކަތް ޙަވާލު ކުރީ މަދަނީ ކޯޓުގެ ނަންބަރު:1265/MC/2006 ޤަޟިއްޔާ އާއި ގުޅިގެން، އިބްރާހީމް ނާޞީރުއާ އަދި އިތުރު ދެފަރާތެއް ކޯޓުގައި ތަމްސީލު ކުރުމަށެވެ. މަދަނީ ކޯޓުގައި ހިންގި ބަޔާންވެދިޔަ ޤަޟިއްޔާ އިބްރާހީމް ނާޞިރު އެދޭ ގޮތަށް ނިމިއްޖެނަމަ ދޭން އެއްބަސްވެފައިވާ ފައިސާއަކީ -/130,000ރ. (އެއްލައްކަ ތިރީސް ހާސްރުފިޔާ) ކަން ހައިކޯޓުގެ ނަންބަރު:A/346-HC/2015 ޤަޟިއްޔާއިން ވަނީ ކަނޑައެޅިފައެވެ. އެކަމަށް އިތުރު ޖަދަލެއް ދެން ކުރާނެ ތަނެއް ނެތެވެ. އެޑްވާންސްގެ ގޮތުގައި ޢުމަރު ޒާހިރު ޢަބްދުއްޞަމަދު އަށް ދީފައިވަނީ އެ -/130,000ރ. (އެއްލައްކަ ތިރީސްހާސް ރުފިޔާ)ގެ ތެރެއިން -/000،30ރ (ތިރީސްހާސް ރުފިޔާ) ކަންވެސް ހައިކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާގައިވަނީ ކަނޑައަޅާފައެވެ. އެކަމަށްވެސް ޖަދަލެއް ދެން ކުރާނެ ތަނެއް ނެތެވެ. ވީމާ ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/3893 ޤަޟިއްޔާ ނިންމުމުގައި މިކަންކަމަށް ބަލާފައިވާކަން އެނގޭތީ، މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ ތެރެއިން ބަލަންޖެހޭ ކަންކަމަށް ބަލާފައިވާކަން ސާފުކޮށް ދެނެ ގަނެވެއެވެ.
25ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ : C/2018-Cv/3893 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ބުރައެއް ނުވެވެއެވެ.
- ހައިކޯޓުގެ ނަންބަރު 2015/HC-A/346 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2008/HC-A/43 ޤަޟިއްޔާ (މައްސަލައިގެ ފަސްމަންޒަރު)
- ހައިކޯޓުގެ ނަންބަރު 2007/HC-A/162 ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/35 ޤަޟިއްޔާ (ވަކާލާތުކުރި މައްސަލަ ނިމުނު ގޮތް ދެނެގަތުމަށް)
- ބެންޗު
- މުޙައްމަދު ނިޔާޒް، ހާތިފް ޙިލްމީ، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް