ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/028
މުޙައްމަދު ނަސީމް ވ. ޢަލީ މޫސާ، 2021/HC-A/028
Mohamed Naseem v. Ali Moosa 2021/HC-A/028 (2021/HC-A/028, High Court of the Maldives, 14 July 2026)
މުޙައްމަދު ނަސީމް ވ. ޢަލީ މޫސާ
މައިގަނޑު ސުވާލު
ޢިމާރާތްކޮށް ވަކި މުއްދަތަކަށް ބޭނުންކުރުމުގެ އެއްބަސްވުމެއްގެ މުއްދަތު ހަމަވުމަށްފަހު އިތުރު 4 އަހަރަށް އެޑްވާންސް ކުލި ދައްކައިގެން ކުއްޔަށް ދިން ތަން މުއްދަތު ހަމަވުމުގެ ކުރިން އަތުލުމުން، ކުއްޔަށް ހިފި ފަރާތަށް ނަގައިދެވޭނީ ކޮން ބަދަލެއްތޯ؛ ކުރީގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައިވާ ބަދަލުގެ އުޞޫލު ފަހުގެ މުޢާމަލާތަށް ތަޠުބީޤުވާނީ ކިހިނެއްތޯ، އަދި އުއްމީދުކުރާ މަންފާ (ކުލި) ގެއްލުމުގެ ބަދަލުގައި ނަގައިދެވޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ އެޑްވާންސް ކުލީގެ ގޮތުގައި ދެއްކި -/200,000ރ. އަނބުރާ ދިނުމަށް އިސްތިއުނާފުކުރި ފަރާތަށް އެންގި
ކަނޑައެޅުނު އުޞޫލުތައް
- ކުއްޔާ ގުޅޭ މައްސަލައެއް ބަލާއިރު އެންމެ ފުރަތަމަ ދެނެގަންނަންޖެހެނީ ދެފަރާތުގެ މުޢާމަލާތުގެ ޒާތެވެ؛ އެއީ ޢާންމު އުޞޫލުން ކުއްޔަށް ނެގުމެއްތޯ، ނުވަތަ ޢިމާރާތްކުރުމުގެ މުޤާބިލުގައި ވަކި މުއްދަތަކަށް ތަން ބޭނުންކުރަން ލިބުމުގެ މުޢާމަލާތެއްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ފަހުން ކުރެވުނު މުޢާމަލާތަކަށް ވަކި ލިޔުމުން އެއްބަސްވުމެއް ނެތް ނަމަވެސް، ކުރީގެ ލިޔުމުން ވެވުނު އެއްބަސްވުމުގެ އުޞޫލުތައް އެ މުޢާމަލާތަށް ހިންގުމަށް ދެފަރާތުން އެއްބަސްވެފައިވާނަމަ، ފަހުގެ މުޢާމަލާތަށް ތަޠުބީޤުކުރެވޭނީ އެ އުޞޫލުތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23–25)
- އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި ނަގައިދޭނެ ބަދަލު ދެފަރާތުން އެއްބަސްވުމުގައި ކުރިއާލާ ކަނޑައަޅާފައިވާނަމަ، އެއީ އެ ޙާލަތުގައި ޢަމަލުކުރާނެ ހަމައެކަނި ގޮތެވެ؛ އޭގެ ބޭރުން އުއްމީދުކުރާ މަންފާ (Expectation Damages) ގެ ގޮތުގައި ބަދަލު ނަގައިދިނުމަކީ ކޮންޓްރެކްޓުގެ މިނިވަންކަމުގެ އަސާސާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37–38، 42)
- ގެއްލުމުގެ ބަދަލާ ގުޅޭގޮތުން އެއްބަސްވުމުގައި ވަކި ގޮތެއް ކަނޑައަޅާފައި ނެތްނަމަ، ޢާންމު އުޞޫލުތަކަށް ރިޢާޔަތްކޮށް އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ކިބައިން ބަދަލު ނަގައިދިނުމަށް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43)
- ޢިމާރާތްކުރުމުގެ މުޤާބިލުގައި ތަން ބޭނުންކުރުމަށް ކަނޑައެޅި މުއްދަތު ފުރިހަމައަށް ބޭނުންކުރަން ލިބުމުން އެ މުޢާމަލާތު ނިމުމަކަށް އަންނާތީ، ޢިމާރާތްކުރަން ކުރި ޚަރަދު އަނބުރާ ނަގައިނުދެވޭނެއެވެ؛ ފަހުން އެޑްވާންސް ކުލި ދައްކައިގެން އިތުރުކުރި މުއްދަތު ބާޠިލުކުރުމުން ރައްދުކުރަންޖެހޭނީ އެޑްވާންސް ފައިސާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32–35)
- އެއްބަސްވުމުގައިވާ ބަދަލުގެ އުޞޫލާ އެއްގޮތަށް އެޑްވާންސް ފައިސާ ރައްދުނުކޮށް އެއްބަސްވުން ބާޠިލުކޮށްފިނަމަ، ތަން ބޭނުންކުރި މުއްދަތަށް ނިސްބަތުން ކުލި އުނިނުކޮށް އެޑްވާންސް ފައިސާގެ ޖުމްލަ ޢަދަދު ރައްދުކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36، 39)
- އެއްބަސްވުމުގެ ދަށުން ތަން މެއިންޓެއިންކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެވެ؛ ނަމަވެސް މަރާމާތުކުރުމަށް އެކަށީގެންވާ މުއްދަތެއް ނުދީ ތަން ހުސްކުރަން އަންގައި، އިހުމާލަކާ ގުޅޭ ޝަކުވާއެއް ކުރިން ކޮށްފައި ނެތް ޙާލަތުގައި، ނުކުރެވިހުރި މަރާމާތަށް ކުއްޔަށް ހިފި ފަރާތް ޒިންމާނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44–49)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/881 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މާލެ. […] މުޙައްމަދު ނަސީމް (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ "މުޙައްމަދު ނަސީމް)"ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހއ. އިހަވަންދޫ/ ދަނބުގެ، ޢަލީ މޫސާ (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޢަލީ މޫސާ)" އެވެ.
3[…] އެވެ ކިޔާ ގޯތީގެ މުޙައްމަދު ނަސީމަށްވާ ބައި ގައި ޢިމާރާތެއް ހަދައިގެން އެ ޢިމާރާތުގެ ބޭނުން ހިފުމަށްޓަކައި، މުޙައްމަދު ނަސީމްއާއި ޢަލީ މޫސާއާ ދެމެދު 30 މެއި 2004 ގައި އެއްބަސްވުމެއް ވިއެވެ.
4ޢަލީ މޫސާގެ އަމިއްލަ ޚަރަދުގައި 03 (ތިނެއް) ބުރިއަށް ކުރެވޭ އެ ޢިމާރާތް 01 އޕްރީލެ 2004 އިން 30 ސެޕްޓެންބަރު 2009 އަށް 18 (އަށާރަ) މަސް ތެރޭގައި ހަދައި ނިންމުމަށާއި އެއްބަސްވުމުގެ މުޤާބިލުގައި، 09 އަހަރާއި 11 މަހަށް (01 އޮކްޓޫބަރު 2005 އިން 31 އޮގަސްޓް 2015) އަށް އެއިމާރާތ ބޭނުންކުރުމަށް ޢަލީ މުސާއަށ ދިނުމަށް އެއްބަސްވެ އެ ޢިމާރާތުގެ ގްރައުންޑް ފުލޯރ އާއި ދެވަނަ ފުލޯރ ޢަލީ މޫސާއަށް ދޫކޮށްފައިވެއެވެ. 30މޭ 2004 ގައި މުޙައްމަދު ނަސީމްއާއި ޢަލީ މޫސާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 01 ވަނަ މާއްދާ 30 މޭ 2004 ގައި މުޙައްމަދު ނަސީމްއާއި ޢަލީ މޫސާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 02 ވަނަ މާއްދާ
5އެއްބަސްވުމުގެ ދަށުން ޢަލީ މޫސާގެ ފަރާތުން ގޭގެ ވެރިފަރާތަށް، ޢިމާރާތްކުރުމަށް ގޭގެ ވެރިފަރާތުން ކޮށްފައިވާ ޚަރަދަށްވާ -/25000ރ. (ފަސްސަވީސ ހާސް ރުފިޔާ) ދޭންޖެހޭ ކަމަށާއި އެފައިސާ ޢިމާރާތް ކުރަންފެށުމުގެ ކުރިން ގޯތީގެ ވެރިފަރާތަށް އެއްފަހަރާ ދިނުމަށް އެއްބަސްވެފައިވެއެވެ.
6އެއްބަސްވުމުގ މުއްދަތުގެ ތެރޭގައި ގޭގެ މެއިންޓެނަންސް ރަނގަޅަށް ބެލެހެއްޓުމަށް ޢަލީ މޫސގާ މައްޗަށް އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ލާޒިމު ކޮށްފައިވެއެވެ. އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުންދާހާ ހިނދަކު އެއްބަސްވުން ބާޠިލުކޮށް އަދި ކުއްޔަށް ހިފާފަރާތ ތަނުން ނެރުމުގެ އެއްވެސް އިޚުތިޔާރެއް ގޭގެ ވެރިފަރާތައް ލިބިގެން ނުވާކަމަށާއި، އަދި އެއްވެސް ސަބަބަކާ ހުރެ އެއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފާފައިވާ ތަނުން ނުކުންނަން ޖެހިއްޖެނަމަ ނުވަތަތަން ވަކިކުރަން ޖެހިއްޖެނަމަ ނެރެވޭނީ ނުވަތަ ތަން ވަކިކުރެވޭނީ އެ އެއްބަސްވުމުގެ ދަށނު ޢިމާރާތް ހަދަން ކުރެވުނު ހުރިހައި ޚަރަދަކާއި އެޑްވާންސްގެ ގޮތުގައި ދެވުނު ފައިސާ އެއްފަހަރާ ކުއްޔަށް ހިފާފަރާތަށް ދިނުމަށް ފަހުގައި ކަމާއި މިނޫން ގޮތަކަށް މެނުވީ ކުއްޔަށް ހިފާފަރާތ އެތަނުން ނުނެރެވޭނެ ކަމށާއަ އަދި އެއްބަސްވުން ބޠިލާ ނުކުރެވޭނެ ކަމަށް އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
7ޢަލީ މޫސާއަށް އެ ޢިމާރާތް ބޭނުންކުރުމަށް ދެފަރާތުން އެއްބަސްވި 09 އަހަރާއި 11 މަހަށް (01 އޮކްޓޫބަރު 2005 އިން 31 އޮގަސްޓް 2015) ގެ މުއްދަތު ހަމަވުމުން، އިތުރު 04 (ހަތަރު) އަހަރަށް (31 އޮގަސްޓް 2019 އަށް) އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެ އިތުރު ކުރި 04 އަހަރު ދުވަހުގެ ކުލީގެ ގޮތުގައި އެޑްވާންސްކޮށް ޢަ ލީ މޫސާގެ ފަރާތުން މުޙައްމަދު ނަސީމަށް -/200,000ރ. (ދެލައްކަ) ރުފިޔަ ދީފައިވެއެވެ.
8އެއްބަސްވުމުގެ ދަށުން އަލީ މޫސާއަށް ޙަވާލުކޮށްފައިވާ ފްލޯރ ތަކުގެ ތެރެއނި ގްރައުންޑް ފުލޯރ 01 ޖަނަވަރީ 2015 އިން 31 އޮގަސްޓް 2019 އިގެ ނިޔަލަށް މާލެ ދަފްތަރު ރސ 9554، މުޙައްމަދު 30 މޭ 2004 ގައި މުޙައްމަދު ނަސީމްއާއި ޢަލީ މޫސާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 03 އަދި 07 ވަނަ މާއްދާ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަން ސަބިތުވާކަމަށ ސިވިލް ކޯޓުގް ނަންބަރު C/2016-122/CV ޤަޟިއްޔާގައި ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/57 ޤަޟިއްޔާގައި ތާއިދުކޮށްފައި ޝަފީޤަށް މަހަކު -/16000ރ. އަށް ކުއްޔަށް ދޫކުރިއެވެ. އަދި ދެވަނަ ފުލޯރ 01 ޖަނަވަރީ 2013 އިން 31 އޮގަސްޓް 2019 އަށް ހއ. ތަކަންދޫ/ ސޯސަންގެ ޢަލީ ނަޢީމްއަށް މަހަކު -/12000ރ (ބާރަހާސް ރުފިޔާ) އަށް ކުއްޔަށް ދޫކުރިއެވެ.
9ޢަލީ މޫސާއާ ޙަވާލުކޮށްފައިވާ ފްލޯރ ތައް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުޙައްމަދު ނަސީމް އަތުލިއެވެ. އެގތޮ ނ ޖަނަވަރީ 2016 ގައި ގްރައުންޑް ފުލޯރ އަދި ދެވަނަ ފުލޯރ ކުއްޔަށް ދޫކޮށްފައިވާ ފަރާތް އެތަނުން ނެރެ މެއި 2016 ގައި މުޙައްމަދު ނަސީމު އެތަންތަން އަތުލާފައިވެއެވެ.
10އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ޢަލީ މޫސާއާ ޙަވާލުކޮށްފައިވާ ފްލޯރ ތައް އެއްބަސްވުމާ ޚިލާފަށް އަތުލާފައިވާތީ، އެ ދެ ފުލޯރ ކުއްޔަށްދީގެން ލިބެންޖެހޭ -1,191,500/ރ. (އެއްލިޔަން އެއްލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ރުފިޔާ) އާއި، އެއްބަސްވުމާ މުޙައްމަދު ނަސީމު ޚިލާފުވުމުގެ ސަބަބުން ޢަލީ މޫސާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި -38,500/ރ. (ތިރީސް އަށްހާސް ފަސްސަތޭކަ ރުފިޔާ) ހޯދުމަށް އެދި ޢަލީ މޫސާގެ ފަރާތުން ދަޢުވާކުރިއެވެ.
11މިއީ އެ ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/881 ޤަޟިއްޔާ އިން ބެލި މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ނަސީމުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެވެ.
12ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/881 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ހއ. އިހަވަންދޫ ދަނބުގެ ޢަލީ މޫސާއާއި […] މުޙައްމަދް ނަސީމްއާއި ދެމެދު 29 މެއި 2004 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން […] އެވެކިޔުނު ގޯތީގައި ދަޢުވާލިބޭ މުޙައްމަދު ނަސީމަށް ހަމަޖެހިފައިވާ ބައިގައި ޢަލީ މޫސާ ޢިމާރާތެއް ހަދައިގެން އެ ޢިމާރާތުގެ ބޭނުންހިފުމަށްޓަކައި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ 09 އަހަރާއި 11 މަސްދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ޢަލީ މޫސާއަށް ކުއްޔަށްދީފައިވާ ފްލޯރތައް (ޢިމާރާތުގެ ގްރައުންޑް ފްލޯރއާއި، 2 ވަނަ ފްލޯރ) އިތުރު 04 އަހަރުދުވަހުގެ މުއްދަތަށް ޢަލީ މޫސާއަށް ކުއްޔަށްދިނުމަށް މި ދެފަރާތުގެދެމެދު އެއްބަސްވެފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ޢަލީ މޫސާ ބޭނުންކުރަމުންދިޔަ […] އެވެކިޔާގޭގައި ޢަލީ މޫސާ ހަދާފައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯރއާއި، 2 ވަނަ ފްލޯރ ކުއްޔަށްދިން މުއްދަތަށް އިތުރުކުރެވުނު 04 އަހަރު ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާއާއި ޚިލާފަށް ދަޢުވާކުރާ ޢަލީ މޫސާގެ ނުރުހުމުގައި 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޢިމާރާތުގެ ގްރައުންޑް ފްލޯރ، އަދި 2016 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި ޢިމާރާތުގެ 02 (ދޭއް) ވަނަ ފްލޯރ ދަޢުވާލިބޭ މުޙައްމަދު ނަސީމުގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމާއި، ބަޔާންވެދިޔަ ފްލޯރތައް މުޙައްމަދު ނަސީމްގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެޢިމާރާތުގެ ގްރައުންޑް ފްލޯރ މަހަކަށް -/16,000ރ. (ސޯޅަހާސް ރުފިޔާ) އަށް، އަދި ޢިމާރާތުގެ 02 ވަނަ ފްލޯރ މަހަކަށް -/12,500ރ. (ބާރަހާސް ފަސްސަތޭކަ ރުފިޔާ) އަށް ކުއްޔަށްދީގެން ޢަލީ މޫސާއަށް މަންފާ ލިބެމުންދިޔަކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކު ދަޢުވާލިބޭ މުޙައްމަދު ނަސީމްގެ ބެލުމުގެދަށަށް ޢިމާރާތުގެ ގްރައުންޑް ފްލޯރ ގެންދިޔަ މަސްކަމުގައިވާ 2016 ވަނައަހަރުގެ ޖެނުއަރީމަހުން ފެށިގެން މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީޚު ކަމުގައިވާ 31 އޯގަސްޓް 2019 ގެ ނިޔަލަށް ވޭތުވެފައިވާ 03 އަހަރާއި 08 މަސްދުވަހަށް މީލާދީ ކޮންމެ މަހަކަށް -/16,000ރ. (ސޯޅަހާސް ރުފިޔާ) ގެ ރޭޓުންޖެހޭ -/704,000ރ. (ހަތްލައްކަ ހަތަރުހާސް ރުފިޔާ) އާއި، ޢިމާރާތުގެ 02 ވަނަ ފްލޯރ މުޙައްމަދު ނަސީމުގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްކަމުގައިވާ 2016 ވަނަ އަހަރުގެ މެއި މަހުން ފެށިގެން މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވީ ތާރީޚު ކަމުގައިވާ 31 އޯގަސްޓް 2019 ގެ ނިޔަލަށް ވޭތުވެފައިވާ 03 އަހަރާއި 03 މަސްދުވަހަށް މީލާދީ ކޮންމެ މަހަކަށް -/12,500ރ. (ބާރަހާސް ފަސްސަތޭކަ ރުފިޔާ) ރޭޓުނޖެހް - /487,500ރ. (ހަތަރުލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ ރުފިޔާ) އާއި އެކު ޖުމްލަ -/1,191,500ރ. (އެއްމިލިޔަން އެއްލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ރުފިޔާ) އަކީ މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ޢަލީ މޫސާއަށް ކުއްޔަށްދީފައިވާ ތަންތަން އެއްބަސްވުމާއި ޚިލާފަށް މުޙައްމަދު ނަސީމްގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ސަބަބުން ޢަލީ މޫސާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި […] މުޙައްމަދް ނަސީމުގެ ފަރާތުން […] ދަނބުގެ ޢަލީ މޫސާއަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ ޢަލީ މޫސާއަށް ލިބިދިނުމުގެ ގޮތުން 27 އޮކްޓ ބަރް 2020 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް މީލާދީ 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް […] މުޙައްމަދް ނަސީމްއަށް އަންގާ ޙުކުމްކޮށްފީމެވ".
13ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/881 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ނަސީމުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި، އެ ނުކުތާތައް ތަފުސީލުކޮށްފައިވެއެވެ.
1.13 ފުރަތަމަ ނުކުތާއަކީ، އެގްރީމެންޓުގައި ބަޔާންވެފައިވާ ގޮތް ފިޔަވާ އެހެންގޮތަކަށް ބަދަލަށް އެދުމާއި ޢަލީ މޫސާގެ ފަރާތުން ގެއްލުމުގެ ބަދަލަށް އެދުނު ޙާލަތު ނުވަތަ އެހެން ފަރާތަކަށް ބޮޑުއަގުގައި ކުއްޔަށްދީގެން މަންފާ ހޯދުމުގެ ޙާލަތަކީ ކޮންޓްރެކްޓުގެ 12 ވަނަ މާއްދާގެ ދަށުން ހުއްދަކޮށްފައިވާ ބޭނުމަކަށް ނުވާކަމަށް؛
2.13 ދެވަނަ ނުކުތާއަކީ، އެގްރީމެންޓުގެ ދަށުން ތަން ބޭނުންކުރަން ނުލިބުނު މުއްދަތަކީ ޙުސޫމަތުގެ ސަބަބުން އަދި ޝަރީޢަތުގައި މައްސަލަ ހިންގުމުގެ ސަބަބުން ފާއިތުވެފައިވާ މުއްދެއް ކަމުގައިވާތީ، އެ މުއްދަތަށް ކޮށްފައިވާ ޚަރަދަށްވުރެ އެތައް ތަނެއް ބޮޑު ޢަދަދެއް ގެއްލުނު މަންފާގެ ގޮތުގައި ބަދަލުގެ ގޮތުން ނަގާދިފައިވަނ ޤާނޫނީ ހަމައަކުން ނޫންކަމަށް؛
3.13 ތިންވަނަ ނުކުތާއަކީ، ޢަލީ މޫސާގެ ފަރާތުން އެގްރީމެންޓާއި އެއްގޮތަށް ފުރިހަމައަށް ޢަމަލުކުރިކަން ސާބިތުކޮށްދެވިފައި ނުވާހިނދު، އަދި އެގްރީމެންޓާ ޚިލާފުވެ އިހުމާލުވެފައިވާ އެތައް ކަމެއް ހުރިކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅާފައިވާ ހިނދު އެކަންކަމަށް ރިޢާޔަތްކުރުމަކާއި ނުލައި ހަމައެކަނި ޢަލީ މޫސާގެ ފަރާތުން ތަން ބޭނުންކުރަން ނުލިބި އޮތް އޮތުމުގެ މައްޗަށް ބަލައި ޙުކުމްކޮށްފައިވާ ކަމަށެވެ.
14އިސްތިއުނާފީ ނުކުތާތާކ ގުޅިގެނާ އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1.14 ގެއްލުމުގެ ބަދަލަށް އެދިފައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ ގޮތާ ޚިލާފަށްކަމަށާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ކޮން ފައިސާއެއްކަން އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށާއި، އެ މާއްދާއަށް ބަލާއިރު އެފަރާތައް ގެއްލުމުގެ ގޮތުގައި އެދެވޭނީ ޢިމާރާތް ހަދަން ކުރި ޚަރަދަކާއި އެޑްވާންސްގެ ގޮތުގައި ދެވުނު ފައިސާ ކަމަށެވެ. ޢިމާރާތްކުރުމަށް ޚަރަދުވި ފައިސާ ފުރަތަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ހަމައަށް ވާނީ ހަމަވެފައި ކަމަށެވެ. އެހެންކަމުން އެފަރާތަށް ދޭންޖޭހޭނީ ޢިމާރާތްކުރުމަށް ދިޔަ ޚަރަދާއި އެޑްވާންސް ފައިސާ ހިސާބުކޮށް ޢިމާރާތް ބޭނުންކުރި މުއްދަތުން ގެއްލުމަށްފަހު ބޭނުން ނުކުރެވިވާ މުއްދަތުގެ ފައިސާކަމަށެވެ.
2.14 އެގްރީމެންޓުގެ ދަށުން ތަން ބޭނުންކުރަން ނުލިބުނު މުއްދަތަކީ، މި މައްސަލައި ޚުޞޫމަތުގެ ސަބަބުން އަދި ޝަރީޢަތުގައި މައްސަލަ ހިނގުމުގެ ސަބަބުން ފާއިތުވެފައިވާ މުއްދެއް ކަމަށާއި، ޚުޞޫމަތުގެ މުއްދަތު ގެއްލުމުގެ ބަދަލު ދިނުމުގައި ނުގުނުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިސްތިޤުރާރުވެފައިވާ އުޞޫލެއް ކަމަށާއި ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/07 ޤަޟިއްޔާގައި އެ އުޞޫލު ދަމަހައްޓާފައިވާ ކަމަށެވެ. އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ބެލި މައްސަލއިގައަ ހައިކޯޓުން ޙުކުމްކުރުމުން ޢމާރާތި ހޯދުމަށް މަސައްކަތްނުކޮށް އެއްބަސްވުމުން ފާއިތުވި މުއްދަތާއި ކުރިއަށް އޮތް މުއްދަތުގެ ކުލި ހޯދުމަށް ޢަލީ މޫސާގެ ފަރާތުން ދަޢުވާކޮށްފައިވަނީ އެއްބަސްވުމުގެ މަޤުޞަދާއި ދެފަރާތުން އެއްބަސްވުމަށް ޢަމަލުކުރުމަށް އޮންނަ ޒިންމާއާ ޚިލާފަށްކަމަށެވެ
3.14 އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ޢަލީ މޫސާގެ މައްޗަށް އޮތް ޒިންމާތަކެއް ވާކަމަށާއި އެއްބަސްވުމާ އެއްގޮތަށް އެފަރާތުން ޢަމަލުކޮށްފައި ނުވާކަމަށާއި، ޢަލީ މޫސާގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެ އިހުމާލުވެފައިވާ އެތައް ކަމެއް ހުރިކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅާފައިވީ ނަމަވެސް އެކަންކަމަށް ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ.
15އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/881 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ކޮށްފައިވަނީ ކަމާބެހޭ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށްގެން ކަމުގައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/881 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް ކަމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ
16އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1.16 އެއްބަސްވުމުގެ 10 ވަނަ މާއްދާއަކީ އެއްވެސް އިރެއްގައި އެއްބަސްވުމުގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތެއް އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެކަމާ ގުޅިގެން އުފެދިގެން އަންނަ ހާލަތެއްގައި، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ކިބައިން ބަދަލު ނަގައިދެވޭނެ އުޞޫލެއް ކަނޑައަޅާ ބަޔާންކޮށްފައިވާ މާއްދާއެއް ނޫންކަމަށާއި، އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ގޮތަކީ ކޮބައިކަން ބުނެވުނު މާއްދާގައި އަދި އެއްބަސްވުމުގެ އެހެން މާއްދާއެއްގައި ވެސް ބަޔާންކޮށްފައި ނުވާކަމަށެވެ.
2.16 އެއްބަސްވުމާއެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކުރަމުންދާހާ ހިނދކަ ކުއްޔަށް ހިފާފައިވާ ތަނުން އިސްތިއުނާފުރައްދުވ ފަރާތާ ނެރުމުގެ އިޚުތިޔާރެއް އިސްތިއުނާފުކުރާ ފަރާތަށް ލިބިގެން ނުވާކަން އެއްބަސްވުމުގެ 10 ވަނަ މާއްދާއިން އެނގޭކަމަށާއި، އެއްބަސްވުމުގެ މުއްދަތު އިތުރު 04 އަހަރަށް އިތުރުކޮށްފައި ނުވާކަމަށްބުނެ އިސްތިއުނާފު ރައްދުވާ ފަރާތަށް ދޫކޮށްފައިވާ ފުލޯތައް އިސްތިއުނާފު ކުރާ ފަރާތުގެ އަތުން އަތުލާފައިވަނީ އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައި ނުވަނީސް، އެއްބަސްވުމާ އެއްގޮތަށް ޒިންމާ އަދާކުރަމުން ދަނިކޮށް ކަމަށެވެ. މި މައްސަލައިގައި ނަގއަ ދިނުމަށި އެދިފައިވާ ބަދަލަކީ އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޢަލީ މޫސާއަށް ސީދާ ލިބުނު ގެއްލުން ކަމަށެވެ.
3.16 އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/57 ޤޟިއްޔާއިނަ ބެލި މައްސަލަ ނިމުމުން ތަން ހޯދުމަށް މަސަތްކަތްކޮށްފައިވ ނުވާކަމަށާ ބަޔާންކޮށްފައިވަނީ ކަނޑައެޅިގެން ކަންހިގާފައިވާ ގޮތާ ޚިލފަށާ ކަމަށެވެ. ހައިކޯޓުގެ ޤަޟިއްޔާއިން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ކަނޑައެޅުމުންވެސ ތަން ޙަވާލުކޮށްފައިނުވާކަމަށާއި ތަން ޙަވާލުކުރުމަށް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން އެދުމުން މައްސަލައިގެ ޝަރީޢަތުގެ ހުރިހާ މަރުހަލާއެއް ނުނިމޭކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ތަން ޙަވާލުކޮށްފައި ނުވާކަމަށެވެ.
4.16 ހުސޫމަތުގެ މުއްދަތު ގެއްލުމުގެ ބަދަލު ދިނުމުގައި ނުގުނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/07 ޤަޟިއްޔާއާ ޙަވާލާދީ ފާހަގަކޮށްފައިވަނީ އެޤަޟިއްޔ ގެ ނިންމުން އޮޅާ ގޮތަށް ކަމަށެވެ. އެ ޤަޟިއްޔާގެ ފާހަގަކޮށްފައިވާ ނުކުތާތަކުގެ ފަސްވަނަ ނުކުތާގައި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުން ތަންފީޒުނުކުރެވުމގު ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ އަދުލުވެރި ބަދަލެއް ހޯދުމަށް އެދުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންނާއި ކޮންޓްރެކްޓާބެހޭ ޢާންމު އުޞޫލުތަކުގެ މަތިން ލިބިގެންވާ ހައްޤެއްކަމަށ ކަނޑައަޅާފައިވް ކަމަށެވެ.
5.16 ކުއްޔަށް ދިން ތަން އަތުލާފައިވަނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް މަތިކޮށްފައިވާ ޢިމާރާތުގެ މެއިންޓެނެންސް ބެހެއްޓުމުގެ ޒިންމާ އަދާކޮށްފައި ނުވުމުގެ ސަބަބުން ނޫންކަން މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކާއި އަދި އެ ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭނެކަމަށާއި މެއިންޓެނެންސްގެ ވާހަކައަކީ އެއްބަސްވުން ބާޠިލުކުރުމަށްފަހު އޭގެ މާފަހުން އުފަންކުރުވައިގެން އުޅޭ ވާހަކައެއްކަމަށެވެ.
6.16 އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިން ކޯޓަށް ހޒާރުކޮށ ހެކިބަސް ނެގުން ނަމަވެސް ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާއި ޚިލާފަށް ކުއްޔަށްހިފާ ފަރާތުގެ އަތުން ތަން އަތުލާފައިވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިނުވާތީކަމަށ ބުން ބުނުމާއިއަދި އެއީ އެއްބަސްވުމާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ސާބިތުވެފައިވާވުމަށ އެއްވެސް ބަދަލެއް އަންނާނެކަމަށް ނުފެންނަ ކަމަށެވެ.
17އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 2019C/-Cv/881 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށާއި، އެ ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅަދިނުމަށް ކަމަށެވެ.
18ޕްރިސިޑެންސް 1މި މައްސަލައަށް ބަލާއިރު އެންމެ ފުރަތަމަ ދެނެގަންނަންޖެހެނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ މުޢާމަލާތުގެ ޒާތަށެވެ. އެއީ ޢިމާރާތެއް ނުވަތަ ޢިމާރާތުގެ ބައެއް، އާންމު އޞުލުނ ކުއްޔަށް ނެގުމުގެ މުޢާމަލާތެއްތޯ ނުވަތަ ތަނެއް ކުއްޔަށް ނަގައިގެން އެތަން ޢިމާރާތްކުރުމުގެ މުޢާމަލާތެއްތޯ ނުވަތަ މިއީ ޢިމާރާތްކުރުމުގެ މޤުބިލުގައ ވަކި މުއްދަތަކަށް ތަން ބޭނުންކުރަން ލިބުމުގެ މުޢާމަލާތެއްތޯ ދެނެގެންނަންޖެހެއެވެ.
19އެގޮތުން ބަލާއިރު ދެފަރާތުގެ ދެމެދުގައި އެންމެ ފުރަތަމަ އެއްބަސްވުމެއް ވެފައިވަނީ 2004 ވަނަ އަހަރުއެވެ. އެއީ […] ކިޔް ގޯތީގައި ޢިމާރާތެއްކޮށް، އެ ޢިމާރާތުގެ ގްރައުންޑް ފްލޯރ އާއި ދެވަނަ ފްލޯރ 09 އަހަރާއި 11 މަސްދުވަހަށް އެތަން ޢމާރާތްކުރ ފަރާތުގާ މަންފާއަށް ބޭނުންކުރަނި ލިބޭގޮތަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެކެވެ. ބަޔާންވެދިޔަ މުއްދަތަށް ތަން ބޭނުންކުރުމުގެ ފުރުޞަތު ޢިމާރާތްކުރި ފަރާތަށް ލިބިފައިވެއެވެ. އެކަމުގައި ދެފަރާތުގެ ދެމެދުގައި އެއްވެސް ބަހުސެއް ނެތެވެ.
20ބަޔާންވެދިޔަ މުއްދަތު ހަމަވުމަށްފަހު، އިތުރު 04 އަހަރުގެ މުއްދަތަށް އެ ފްލޯރތަށް އަނެއްކާވެސް ކުއްޔަށް ދިނުމަށް ދެފަރާތުން އެއްބަސްވިއެވެ. އަދި އެ މުއްދަތަށްވާ ޖުމްލަ ކުލީގެ ގޮތުގައި -/200000ރ.(ދެލައްކަ) ރުފިޔާ ކަނޑައަޅައި، އެ ފައިސާ ޢިމާރާތް ކުއްޔަށް ދޭ ފަރާތަށް ލިބިދީފައިވެސް ވެއެވެ. މިކަމުގައިވެސް މިހާރު ބަހުސެއް ނެތެވެ.
21ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ފުރަތަމަ ކުރެވުނު މުޢާމަލާތަކީ، ތަން އިމާރާތް ކުރުމަށާއި، އެ ޢިމާރާތް ކުރުމަށް ޚަރަދުވި ފައިސާގެ މުޤާބިލުގައި އެތަނުން މަންފާ ހާސިލުކުރުމުގެ ފުރުޞަތު، އެތަން ޢިމާރާތްކުރި ފަރާތަށް ލިބިދިނުމުގެ ގޮތުން ވެވުނު މުޢާމަލާތެކެވެ. އެކަމަށް މުއްދަތު ކަނޑައެޅިފައިވަނީ، މުޤާބިލު، މަންފާ އަދ ޢމާރާތްކުރުމުގި ޚަރަދަށް ދާނެ މިންވަރު ދެނެގަނެ، އެގޮތުގެ މަތީންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެއެވެ.
22ދެވަނަ މުޢާމަލާތަކީ، ބަޔާންވެދިޔަ މަންފާ ހާސިލުކުރުމުގެ މުއްދަތު ފާއިތުވިފަހުން، އެތަން އިތުރު 04 އަހަރަށް ކުއްޔަށް ދިނުމުގެ ގޮތުން ވެފައިވާ މުޢާމަލާތާ ކެވެ. އެއީ ކުރިން (ޢިމާރާތްކުރުމުގެ މޢުމަލާތ) ޢިމާރާތް ކުއްޔަށް ދީގެން ލިބެމުން އައި މަންފާ ދެމެހެއްޓުމުގެ ގޮތުން ކޮށްފައިވާ އިންވެސްޓެއް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. . 31 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯ ރެކޯޑިންގްގެ، 041:04: އިސްތިއުނާފު ކުރި ފަރާތުން ދެއްކި ވާހަކައާއި 09:401: އިން ފެށިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތައް. . 31 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ފަރާތުން ކުރެވުނު ސުވާލުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ. ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯ ރެކޯޑިންގްގެ، 55:091: . 31 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ފަރާތުން ކުރެވުނު ސުވާލުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ. ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯ ރެކޯޑިންގްގެ، 151:10:
23ޕްރިސިޑެންސް 2ދެފަރާތުގެ ދެމެދުގައި ވެފައިވާ ބަޔާންވެދިޔަ ދެ މ ޢމަލާތަށާ ބަލާއިރު، ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވަނީ އެއް އެއްބަސްވުމެވެ. އެއީ ފުރަތަމަ މުއާމަލާތާ ގުޅިގެން، ޢމާރާތި ކުރުމަށާއި، ޢިމާރާތް ކުރުމުގެ މުޤާބިލުގައި ވަކި މުއްދަތަކަށް ތަން ބޭނުންކުރެވޭނެ ގޮތަށް ދެފަރާތުން ވެފައިވާ އެއްބަސްވުމެކެވެ. ދެވަނަ މުޢާމަލާތަށް ލިޔުމުން ވަކި އެއްބަސްވުމެއް ވެފައި ނުވެއެވެ. އެހެންނަމަވެސް، ފަހުން ކުއްޔަށް ނެގުމުގެ ގޮތުން އިތުރުކުރެވުނު މުއްދަތަށްވާ ފައިސާ ޙަވާލުކުރުމުގެ ގޮތުން އެކަމަށް ލިޔުމެއް ތައްޔާރުކޮށްފައިވެއެވެ. ދެ މުޢާމަލާތާ ގުޅިގެން ލިޔުމުން ވަކި އެއްބަސްވުމެއް ވެފައި ނުވިނަމަވެސް، ފަހުން ކުރެވުނު މުޢާމަލާތުގެ މައްޗަށް ފުރަތަމަ ވެވުނު އެއްބަސްވުމުގެ އުޞޫލތު އ ހިންގުމަށް ދެފަރާތުންވެސް އެއްބަސްވކަމާއާ، އެއީ އެ މުއާމަލާތުގައި ދެފަރާތުން ގަސްތުކުރިގޮތްކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި ދެއްކި ވާހަކަތަކުން ސާފުވެއެވެ.
24އެހެންކަމުން، މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ މުޢާމަލާތް (ފަހުން އެއްބަސްވެވުނު ގޮތް) އަކީ، ޢންމާ އޞުލުނ ކުއްޔަށް ދިނުމަށް ވެފައިވް މުޢމަލާތެއްކަނާ ސާފެވެ. އެ މުޢމަލާތުގާ މުއްދަތެއް ކަމުގައި ކަނޑައެޅިފައިވަނީ 4 (ހަތަރެއް) އަހަރެވެ. ކުލީގެ ގޮތުގައި އެއްބަސްވެފައިވނަ -/200000ރ. (ދެލައްކަ) ރުފިޔާ އަށެވެ. އެ ފައިސާ ވަނީ އެޑްވާންސްކޮށް ޢިމާރާތުގެ ވެރިފަރާތާ ޙަވާލުކުރެވިފައެވެ.
25މި މުޢާމަލާތު (ފަހުން ވެވުނު އެއްބަސްވުން) ގައިވެސް ތަޠުބީގުކުރެވޭނީ، އެންމެ ފުރަތަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ މުޢާމަލާތުގެ ދަށުން (އިމާރާތްކޮށް، ތަނުގެ މަންފާ ހާސިލުކުރުން) އަށް ވެވުނު . 31 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯ ރެކޯޑިންގްގެ، 45:00:45 އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކައާއި 10:061: އިން ފެށިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތައް. އެއްބަސްވމުގައިވު އޞު ލުތައޫ ކަމާމެދު ދެފަރާތުގެ މެދުގައި ބަހުސެއް ނެތްކަން، މަތީގައި ބަޔާންވެދިޔަގޮތަށ ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލައާގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ސާފުވެއެވެ. އެހެންކަމުން، މި ނުކުތާއަށްފަހު މި ރިޕޯޓުގައި އެއްބަސްވމަށު ޙަވާލާދީފައި އެވަނީ، ތަން ޢމާރާތްކޮށި ތަނުގެ މަންފާ ހާސިލުކުރުމަށް ވެވުނު އެއްބަސްވމުގައިވު އޞު ލުތަކަށް ޙަވާލާދީ، އެ އުޞޫލުތައް، ފަހުން ކުރެވުނު މުޢާމަލާތުގެ މައްޗަށް ހިންގުމުގެ ގޮތުންނެވެ.
26ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، އެންމެ ފުރަތަމަ ކުރެވުނު މުޢާމަލާތާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުން ނިމުމކަށަ ގެނެވޭނެކަމަށ ކަނޑައަޅާފައިވް ގޮތްތަކާއި، އެފަދަ ޙާލަތްތަކުގައި ބަދަލު ނަގައިދެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ގޮތަށް ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ.
27އެއްބަސްވުމުގެ 10، 11 އަދި 12 ވަނަ މާއްދާ ތިރީގައި ނަކަލުކޮށްފައި އެވަނީއެވެ. އެއްބަސްވުމުގެ ކޮންމެގޮތަކުންވިއސަ މި އެގްރީމެންޓާއިއެއްގޮތަށް އަމަލުކުރަމުންދާހާހިދަކު މި އެގްރީމެންޓް ބާތިލްކޮށް އަދި ކުއްޔަށް 10 ވަނަ ހިފާފަރާތ ތަނުން ނެރުމުގެ އެއްވެސް އިހްތިޔާރެއް ކުއްޔައްދޭ ފަރާތަށް ލިބިގެނެއްނުވެއެވެ. އަދި އެއްވެސް މާއްދާ: ސަބަބަކާހުރެ މިއެގްރީމެންޓްގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފާފަރާތ ތަނުން ނިކުންނަން ޖެހިއްޖެނަމަ ނުވަތަ ތަން ވަކިކުރަން ޖެހިއްޖެނަމަ ނެރެވެނީ ނުވަތަ ތަން ވަކިކުރެވޭނީ މިއެގްރީމެންޓްގެ ދަށުން އިމާރާތް ހަދަން ކުރެވުނު ހުރިހަ ހަރަދަކާއި އެޑްވާންސްގެ ގޮތުގައި ދެވުނު ފައިސާ އެއްފަހރަ ކުއްޔަށް ހިފާފަރާތަށް ދިނުމަށް ފަހުގައެވެ. އެއްވެސް ހާލެއްގައި މި ނޫންގޮތަކުން މެނުވީ ކުއްޔަށް ހިފާފަރާތް މިތަނަކުން ނުނެރެވޭނެއެވެ. އަދި އެގްރީމެންޓްވެސް ބާތިލެއް ނުކުރެވޭނެއެވެ. އެއްބަސްވުމުގެ މި އެގްރީމެންޓްގެ މުއްދަތުގެ ތެރޭގައި ގެ ޢިމާރާތް ކުރާ ފަރާތުން ގޭގެ މެއިންޓެނެންސ ރަނގަޅަށް ބަލަހައްޓަން 11 ވަނަ ޖެހޭނެއެވެ. މާއްދާ: އެއްބަސްވުމުގެ މި އެގްރީމެންޓްގެ މުއްދަތުގެ ތެރޭގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގަވާއިދާއި ޤާނޫނާއި ހިލާފްނުވާގޮތަށް 12 ވަނަ ކުއްޔަށް ހިފާފަރާތުން ކުރަން ބޭނުންވާ ކޮންމެ ކަމެއް ޢިމާރާތާއި ގޯތީގެ ތެރޭގައި ކުރުމުގެ ފުރިހަމަ އިހްތިޔާރު މާއްދާ: ކުއްޔަށް ހިފާފަރާތަށް ލިބިގެންވެއެވެ. މިސާލަކަށް: ވިޔަފާރިހިންގުން، ގުދަންކުރުން، އިސްތިހާރުކުރުންފަދަ މިނޫންވެސް ގާނޫނާއި ގަވާއިދު ހުއްދަކުރާ ކޮންމެ ކަމެއް ކުރެވިދާނެއެވެ.
28އެއްބަސްވުމުގެ 10 ވަނަ މާއްދާއަށް ބެލުމުން، އެއްބަސްވުން ބާޠިލުކުރެވޭނީ ނުވަތަ ތަނުން ނެރެވޭނީ ޢިމާރާތްކުރަން ކުރި ޚަރަދާއި އެޑްވާންސް ފައިސާ އަނބުރާ ދިނުމަށްފަހުގައެއެވެ. އެ މާއްދާއާ ޚިލާފަށް، އެ މާއްދާގައި ބަޔާންކުރާ ޚަރަދާއި އެޑްވާންސް ފައިސާ ނުދީ އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި، ބަދަލު ނަގައިދޭނެ އެހެންގޮތެއް އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީ، އެ މާއްދާގައި އެ ބަޔާންކުރާ ޚަރަދާއި އެޑްވާންސް ފައިސާއަކީ، އެ މާއްދާއާ ޚިލާފަށް އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައިވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ޚަރަދާއި ފައިސާކަމުގައި ބެލެވެއެވެ.
29އެހެންނަމަވެސް، މި މައްސަލައިގައި ފެންނާންއޮތް ހަގީގަތަކީ، ފަހުން ކުރެވުނު މުޢާމަލާތުގެ ދަށުން ކުއްޔަށް ނެގުނު 4 (ހަތަރެއް) އަހަރަށް ތަން ބޭނުންކުރަން އިސްތިއުނާފު ރައްދުވާ ފަރާތަށް ނުލިބި، އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ފައިސާއެއް އެ ފަރާތަށް ދިނުމެއްނެތި، އިސްތިއުނާފު ކުރާ ފަރާތުން އެ މުޢާމަލާތް ބާ ޠިލުކޮށްފައިވާކަމެވެ.
30އެހެންކަމުން މި ޙާލަތުގައި، ފަހުގެ މުޢާމަލާތް ބާޠިލުކުރި ގޮތުގެ މައްޗަށް، ފުރަތަމަ ކުރެވުނު މުޢާމަލާތާ ގުޅޭ އެއްބަސްވުމުގެ 10 ވަނަ މާއްދގައާ ބަޔާންކޮށްފައިވާ އުޞޫލު، ޢަދުލުވެރި މިންގަނޑަކުން، ޢަދުލުއިންސާފުގެ ހަމަތަކާއެކު ތަޠުބީޤުކުރުމުން، ދޭންޖެހޭ ފައިސއެއާ އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ.
31އެއްބަސްވުމުގެ 10 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި، ދެ ބާވަތެއްގެ ފައިސާގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެއީ، ޢިމާރާތްކުރަން ކުރި ޚަރަދާއި، އެޑްވާސްން ގެ ގޮތުގައި ދީފައިވާ ފައިސާއެވެ. އެފައިސާ ދޭންޖެހޭކަމަށް ކަނޑައަޅާފައިވަނީ އެކީ އެއްފަހަރާއެވެ. އެހެންކަމުން ފަހުގެ މުޢާމަލާތުގެ މައްޗަށް އެ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ތަޠުބީޤުކުރުމުން، ދޭންޖެހޭނީ ކޮން ފައިސާއެއްކަން ދެނެގަންނަން ޖެހެއެވެ.
32ޕްރިސިޑެންސް 5އެގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން (ޢިމާރާތްކޮށް، ތަނުގެ މަންފާ ހާސިލުކުރުން)ގެ މުއްދަތެއްގެ ގޮތުގައި 09 އަހަރާއި 11 މަސްދުވަސް ބަޔާންކުރެވިފައި އެވަނީ، ޢި މާރާތްކުރުމަށ ދާން ޚަރަދާއި، އެ މުޢާމަލާތުގެ މުޤާބިލާއި، ތަނުން ލިބޭނެ މަންފާއަށް ބަލައިގެންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތަށް، އެ މުއްދަތަށް ތަން ބޭނުންކޮށް މަންފާ ހާސިލުކުރަން ލިބުނު ކަމާމެދު އެއްވެސް ބަހުސެއް ނެތްއިރު، ތަން ބޭނުންކުރަން ލިބި، އެ މުއްދަތު ހަމަވުމުން، އަމިއްލަ ޚަރަދުގައި ޢމާރާތްކުރުމުގި މުޤބިލުގައާ އަދި މަންފާއެއްގެ ގޮތުގައި، އެތަނުން އަންދާޒާކުރި މިންވަރު އިސްތިއުނާފު ރައްދުވާ ފަރާތަށް އެވަނީ ލިބިފައެވެ. އެހެންކަމުން ފުރަތަމަ މޢު މަލާތާ (ޢިމާރާތްކޮށް، ތަނުގެ މަންފާ ހާސިލުކުރުން) އެ ހިސާބުން އެވަނީ ނިމުމަކަށް އައިސްފައެވެ.
33މި ޙލަތުގައާ ފުރަތަމަ މުޢާމަލާތުގެ މުއްދަތު ހަމަވުމުން، ޢި މާރާތްކުރަނ ކުރް ޚަރަދު އަނބުރާ ދޭންޖެހޭނެ ކަމުގައި ނުދެކެމެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ފަހުން އިތުރުކުރީ، ތަނުން ކުރިން ލިބެމުންއައި މަންފާ އެގޮތުގެ މަތީން (ޢިމާރާތްކުރުގެ މުޤާބިލުގައި) އިތުރު ކުރުމަށް ނަމަ މިކަން ތަފާތުވީހެވެ. އެހެންނަމަވެސް ފެންނާން އޮތް ހަގީގަތަކީ، އެއްބަސްވުމުގެ މުއްދަތު އިތުރުކުރީ އިތުރު އިންވެސްޓެއްކޮށްގެން، ތަނުން ލިބެމުންއައި މަންފާ ދެމެހެއްޓުމަށެވެ. އެހެންގޮތަކަށް ބުނާނަމަ، ފަހުން އިތުރުކުރެވުނު މުއްދަތަކީ އެ މުއްދަތަށް ތަން ކުއްޔަށް ނަގައި، އެ ކުއްޔަށްވާ ފައިސާގެ ގޮތުގައި ދެފަރާތުން އެއްބަސްވި ޢަދަދު އެޑްވާންސްގެ ގޮތުގައި ދެއްކުމަށްފަހު އިތުރު ކުރެވުނު މުއްދަތެކެވެ. އެއީ، ފުރަތަމަ އެއްބަސްވެވުނު ގޮތަށް، ޢިމާރާތްކުރުމުގެ މުޤބިލުގައާ ތަން ބޭނުންކުރުމަށް އެކަނި އިތުރު ކުރެވުނު މުއްދަތެއްނަމަ، އތުރި ކުރެވުނު މުއްދަތަށް ކުލީގެ ގޮތުގައި ވަކި މިންވަރެއް ކަނޑައެޅިފައި ނޯންނާނެއެވެ. ހަމައެކަނި އިތުރު ކުރެވުނީހީ މުއްދަތެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ފަރާތުން ކުރެވުނު ސުވާލުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ. ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯ ރެކޯޑިންގްގެ، 1:10:15
34އެގޮތުން، ކުރިން ބަޔާންވެދިޔަ ފަދައިން، ޢިމާރާތްކޮށް، އެކަމުގެ މުޤބިލުގައާ ތަނުން މަންފާ ހާސިލުކުރުމަށް ދެފަރާތުން އެއްބަސްވެ ކަނޑައެޅުނު މުއްދަތު ހަމަވަންދެން ތަން ބޭނުން ކުރެވިފައިވުމުންނާއި، މިހާރު ޚުޞޫމަތު އުފެދިފައިވަނީ، ފަހުން ކުރެވުނު މުޢާމަލާތުގެ ދަށުން ކުއްޔަށް ނެގުނު 4 (ހަތަރެއް) އަހަރަށް ތަން ބޭނުންކުރަން ނުލިބުންކަން އެނގޭއިރު، މިޙާލަތުގައި (އިމާރާތްކޮށް، ތަނުގެ މަންފާ ހާސިލުކުރުމުގެ މުޢާމަލާތުގެ ދަށުން) ޢމާރާތްކުރަނި ޚރަދުކުރަ ފައިސާ ނަގައިނުދެވޭނެއެވެ. އެއީ، ލިޔުމުން ވަކި އެއްބަސްވުމެއް ހަދައިގެން ފުރަތަމަ ކުރެވުނު މުޢމާލަތަށާ އެ އެއްބަސްވުމުގައި ކަނޑައެޅި މުއްދަތު ނިމި، އެ މުއްދަތަށް ތަން ބޭނުންކޮށް ތަނުން މަންފާ ހާސިލުކުރަން ލިބިފައިވުމުން އެ މުއާމަލާތު ނިމުމަކަށް އައިސްފައިވާތީއެވެ. އެއްބަސްވުމުގައި ކަނޑައެޅުނު މުއްދަތަށް ތަނުން މަންފާ ހާސިލުކުރަން ލިބިފައިވުމުން، ފުރަތަމަ މުޢާމަލާތާ ގުޅިގެން، އެ މުޢމަލާ ތުގެ މުޤާބިލުގައި މަންފާ ހާސިލުކުރަން ދެ ފަރާތުން އެއްބަސްވުމުގައި ކަނޑައެޅި މުއްދަތު ނިމުމަށް އަންނާނެއެވެ. މީގެ އިތުރުން، ފުރަތަމަ މުޢާމަލާތުގައި ކަނޑައެޅުނާ މުޤާބިލު (ތަން ޢިމާރާތް ކުރީތީ، ތަން ބޭނުންކޮށްގެން މަންފާ ހާސިލުކުރުން)ގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި، އެ މުއްދަތަށްފަހު ތަން ބޭނުންކުރަން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވަނީ ކުލީގެ އުޞޫލުން (ތަން ކުއްޔަށްނަގާ ޖުމްލަ މުއްދަތަށްވާ ފައިސާ އެޑްވާންސްކޮށް ދައްކައިގެން) ކަމުގައިވީހިނދު، މި ހާލަތުގައި އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ވ އުޞޫލާ ފަހުގެ މުޢާމަލާތަށް ތަޠުބީޤުކުރުމުން މިހާރު ނަގައިދެވޭނީ، ފަހުގެ މުޢމަލާތާއާ ގުޅިގެން އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވާ ފައިސާއެއް ވާނަމަ އެ މިންވަރެވެ.
35ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާސްން ފައިސާގެ ގޮތުގައި ދައްކާފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވަނީ 4 (ހަތަރެއް) އަހަރުގެ ކުއްޔަށްވާ -/200,000ރ. (ދެލައްކަ) ރުފިޔާއެވެ. އެހެންކަމުން، އެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފު ކުރާ ފަރާތުން އެ މުޢާމަލާތް ބާޠިލުކުރާ ޙާލަތުގައި، އެފައިސާ އަނބުރާ ރައްދު ކުރަންޖެހޭނެ ކަމުގައި ދެކެމެވެ.
36ޕްރިސިޑެންސް 6ހަމައެހެންމެ، އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް އުނިކުރެވިދާނެތޯ ބަލާއިރު، ޢާންމު އުޞޫލަކުން، ތަން ބޭނުންކުރެވުނު މުއްދަތަށް ނިސްބަތުން ކުއްޔަށްޖެހޭ މިންވަރު އުނިކުރެވުނު ނަމަވެސް، މި މައްސަލައަށް ބަލާއިރު، އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ރައްދުކުރާއިރު، އެއިން އެއްވެސް މިންވަރެއް އުނިކުރެވިދާނެ ކަމަށް ނުދެކެމެވެ. އެއީ މި ޙާލަތުގައިވެސް ތަޠުބީޤުކުރަންޖެހެނީ، ކުރީގެ މުޢާމަލާތާ ގުޅިގެން ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުކަމުގައި ވީހިނދު، ފަހުގެ މުޢާމަލާތް ބާޠިލުކޮށްފައިވަނީ އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ގަނޑުކޮށް އެއްފަހަރާ އެޑްވާންސް ފައިސާ ރައްދުކޮށްދީފައި ނޫންކަމުން، މި ޙލަތުގައާ އެފައިސާގެ ޖުމްލަ ޢަދަދު އެކުގައި ރައްދުކުރަނަ ޖެހޭކަމުގައި ފެންނާތީއެވެ.
37ޕްރިސިޑެންސް 3ގެއްލުމުގެ ބަދަލަށް އެދޭ ހާލަތުގައި ދެފަރާތުގެ ދެމެދުގައި ކުރެވުނު ފުރަތަމަ މުޢާމަލާތާ ގުޅިގެން ވެފައިވާ އެއްބަސްވުމުގައި، ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވޭތޯ ބަލާއިރު، މުއްދަތު ހަމަވުމުގެ ކުރިން ތަނުން ނެރެފިނަމަ ބަދަލުގެ ގޮތުގައި ދޭންޖެހެނީ "ޢި މާރާތ ހަދަން ކުރި ޚަރަދާއި އެޑްވާންސް ފައިސ" އެކަނި ކަމަށް ސަރީހަކޮށް އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެއީ، އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާޠިލުކުރާނަމަ ޢަމަލުކުރަންޖެހޭގޮތްކަމަށް ނުވަތަ ބަދަލު ނަގައިދެވޭނެ ގޮތްކަމަށް ދެފަރާތުން އެއްބަސްވެ ކުރިއާލާ ކަނޑައަޅާފައިވާ ގޮތެވެ. އެހެންކަމުން، އެ އެއްބަސްވުމުގެ 10 ވަނަ މާއްދާއަކީ ގެއްލުމުގެ ބަދަލު ނަގައިދޭނެ ގޮތަކާ ގުޅޭގޮތުން ދެފަރާތުން ކުރިއާލާ އެއްބަސްވެފައިވާ މާއްދާއެއްކަމުގައި ބުނެވިދާނެއެވެ.
38ބަޔާންވެދިޔަފަދައިން އެ އެއްބަސްވުމުގައި ބަދަލު ނަގައިދޭނެ ވަކި ގޮތެއް ކަނޑައަޅާފައި އޮއްވައި، އެއީ އެއްބަސްވުން ބާޠިލުކުރާ ޙލަތުގައާ ޢަމަލުކުރުމަށް ދެފަރާތުން އެއްބަސްވެ ކަނޑައަޅާފައިވާ ހަމައެކަނި ގޮތްކަމަށްވާއިރު، އެއްބަސްވުމުން ބޭރުން "އުއްމީދުކުރާ މަންފާ Damages) "(Expectation ގެ ގޮތުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ ކޮންޓްރެކްޓުގެ މިނިވަންކަމުގެ އަސާސާ ހިލާފު ކަމެކެވެ. އެހެނީ ކޮންޓްރެކްޓަކަށް ވަންނައިރު، އެ ކޮންޓްރެކްޓް ބާޠިލުކުރެވި ޙލަތުގައާ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން، އެ ދެފަރާތުން އެއްބަސްވާ ގޮތެއް އޮތްނަމަ، އެކަމެއް އެގޮތަށް ބަޔާންކުރުމަކީ އެއްބަސްވުމުގެ ބައިވެރިންނަށް އޮތް އިޚުތިޔާރެކެވެ. މިނިވަންކަމެކެވެ. އެގޮތުން މި މައްސަލއަ ގައި އެއްބަސްވުން ބާޠިލުކުރާ ޙލަތުގައާ ޢަމަލުކުރާނެގޮތް ދެފަރާތުގެ އުޚު ތިޔާރުގައި އެވަނީ ކަނޑައަޅާފައެވެ. އެއީ، ޢިމާރާތްކުރުމަށް ޚަރަދުވި ފައިސާއާއި އެޑްވާންސްގެ ގޮތުގައި ފައިސާއެއް ދީފައިވާނަމަ އެ ފައިސާ އަނބުރާ ރައްދުކޮށްދިނުމެވެ. އިތުރު ކަމެއް ނެތެވެ. އެހެންކަމުން، ފަހުގެ މުޢާމަލާތުގެ މައްޗަށްވެސް ތަޠުބީޤުކުރަންޖެހެނީ ހަމަ މި އުޞޫލެވެ. ގެއްލުމުގެ ބަދަލު ނެގުމާ ގުޅޭގޮތުން އެއްބަސްވުމުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނެތްނަމަ، މިބަހުސް ތަފާތުވީހެވެ.
39ކުރިން ކުރެވުނު މުޢާމަލާތާ ގުޅޭ އެއްބަސްވުމުގެ 10 ވަނަ މާއްދގައާ ބަޔާންކޮށްފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރުމުން، އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ރައްދުކުރަންޖެހޭއިރު، އަދި އެއިން އެއްވެސް މިންވަރެއް އުނިކުރެވިދާނެކަމަށް ބެލެވެންނެތހިނދު، ފަހުން ކުރެވުނު މުޢާމަލާތް ބާޠިލުކުރި ދުވަހާ ހަމައަށް، ތަން ބޭނުންކުރަން ލިބުނު ދުވަސްތަކަކީ، އަދި އެދުވަސްތަކަށް ތަން ބޭނުންކޮށްގެން ލިބުނު ކޮންމެ މަންފާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދޭ ބަދަލެއް / މަންފާއެއް ކަމުގައި ބެލުމުގެ ފުރޞު ތ އެބައޮތެވެ. އެގޮތުން މި މައްސަލައަށް ބަލާއިރު، އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވަނީ 4 (ހަތަރެއް) އަހަރުގެ ކުއްޔަށްވ -/200,000ރ. (ދެލައްކަ) ރުފިޔާ އެވެ. އެހެންކަމުން، 4 (ހަތަރެއް) އަހަރުގެ ތެރެއިން، ތަން ބޭނުންކުރަން ލިބުނު މުއްދަތަކީ، އެ ދުވަސްތަކަށް ޢމާރާތި ބޭނުންކޮށްގެން މަންފާ ހާސިލުކުރުމުގެ މުއްދަތު ލިބިފައިވާ މުއްދަތެކެވެ. މީގެއިތުރުން، ތަން ބޭނުންކުރި މުއްދަތަށް ނިސްބަތުންޖެހޭ ކުލީގެ މިންވަރަކީ، އެޑްވާންސް ފައިސާއިން ކެނޑިދާނެ ފައިސާކަމުގައި ނުވުމަކީ، އެ މުއްދަތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާ މާލީ މަންފާއެކެވެ. އެހެންކަމުން މި ޙލަތުގައާ އިސްތިއުނާފި ރައްދުވު ފަރތަށާ ލިބިފައިއެވަނީ މި މައްސަލައަށް ބަލާއިރު އެކަށީގެންވާ ބަދަލެއް ކަމުގައި އަހުރެން ދެކެމެވެ.
40އެހެންނަމަވެސް މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެހެން ފަރާތަކަށް ތަން ކުއްޔަށް ދީގެން ލިބޭނެ ކަމަށް ބެލެވޭ ފައިދާ ހޯދުމަށް ދަށު ކޯޓުގައި އެދިފައިވެއެވެ.
41ދެ ފަރާތުގެ ދެމެދު ކުރިން ވެވުނު މުޢާމަލާތާ ގުޅޭ އެއްބަސްވުމުގެ 12 ވަނަ މާއްދާގައި، ތަނުގައި ކުރެވޭނެ ކަންކަން (ވިޔަފާރި، ގުދަން، އިސްތިހާރު) ބަޔާންކޮށްފައި އޮތް ނަމަވެސް، "ސަބް-ލީސް" ކުރުން ނުވަތަ އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ އެއްބަސްވުން ވީއިރު، ދެފަރާތުން އެކަމަށް އެއްބަސްވެ ސާފުކޮށް އެ އެއްބަސްވުމުގައި ބަޔާންކުރި ކަމެއް ނޫނެވެ. އެހެންނަމަވެސް، މިއީ އެ އެއްބަސްވުމުން މަނާކޮށްފައިވާކަމަކަށވެސް ނުވާހިނދު، ފަހުން ކުރެވުނު މުޢާމަލާތް ބާޠލުކުރެވުނުއިރި ސަބްލީސް ކޮށްފައި ހުރެދާނެއެވެ. އަދި އެއީ މައްސަލައެއްވެސް ނޫނެވެ.
42އެހެންނަމަވެސް، ދެފަރާތުގެ ދެމެދުގައި ލިޔުމުން ކޮންޓްރެކްޓެއް އޮންނަ ޙާލަތުގައި، ކޮންޓްރެކްޓާ ޚިލާފުވުމުން ލިބޭ ބަދަލަކީ އެއާ ޚިލާފުވެއްޖެނަމަ ނަގައިދެވިދާނެ ބަދަލެއްކަން ކޮންޓްރެކްޓް ކުރި އިރު ދެފަރާތަށް އެނގެންޖެހޭނެއެވެ. ކުރިންވެސް ބަޔާންވެދިޔަ ފަދައިން، އެއްބަސްވުން ބާޠިލުކުރެވި ޙާލަތެއްގައި، ދެފަރާތުން ޢަމަލުކުރަންޖެހޭ ގޮތް އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ދެފަރާތުގެ ރުހުމާއި، އިޚުތިޔާރާއި މިނިވަންކަމުގައި ބަޔާންކޮށްފައިވާއިރު، ތަނުން ލިބެމުން އައި މަންފާއަކީ އެފަދަ ޙާލަތެއްގައި ހޯދޭނެގޮތަށް، ނުވަތަ ޒިންމާވާން ޖެހޭގޮތަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމެއް ނޫނެވެ. ދެފަރާތުން ރުހި އިޚުތިޔާރުކުރީ، އެހާތަނަށް ޢިމާރާތްކުރުމަށް ޚަރަދުވި ފައިސާއާއި، އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ ރައްދުކުރުމުން އެކަން ނިމުމަކަށް އަންނާނެކަމަށެވެ. އެހެންކަމުން، ހުއްދަ ކޮންމެ ކަމަކުން އެ މުއްދަތުގައި މަންފާ ލިބިދާނެކަމަށް ބެލިނަމަވެސް، އެއްބަސްވުމުގެ މުއްދަތުގައި އެފަދައިން ކުއްޔަށް ދީގެން ލިބޭނެ ކަމަށް ބެލެވޭ މަންފާއަކީ މި އުސޫލުން ނަގައިދެވޭނެ އެއްޗެއް ކަމުގައި ނުވާހިނދު، ފަހުގެ މުޢާމަލާތުގެ މައްޗަށްވެސް ހިނގާނީ ހަމަ މި އުޞޫލެވެ.
43ޕްރިސިޑެންސް 4މީގެއިތުރުން އެއްބަސްވުމުގައި، އެއްބަސްވުން ނިމުމަކަށް ގެނެވޭ ޙލަތުގައާ ޢމަލުކުރާނަ ވަކިގޮތެއް ބަޔާންކޮށްފައި ނެތްނަމަ، ޢާންމު އުޞޫލުން މިފަދަ ކަންކަމުގައި ޢަމަލުކުރާ ގޮތްތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ކިބައިން ބަދަލު ނަގައިދިނުމަށް ކަނޑައެޅިދާނެއެވެ. ނަމަވެސް މި މައްސަލއަ ގައި ކުރިން ބަޔާންވެދިޔަފަދައިން އެއްބަސްވުމުގައި ވަކިގޮތެއް އެކަމަށް ކަނޑައަޅާފައިވެއެވެ. އަދި ފަހުގެ މުޢާމަލާތުގެ މައްޗަށްވެސް އެ އުޞޫލުތައް ހިންގުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ. ތަނުގެ މެއިންޓެނެންސް:
44ޕްރިސިޑެންސް 7ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ތަން މެއިންޓެއިން ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ.
45ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އިތުރަށް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވެގެން ނަމަވެސް، ޢިމާރާތް ދޫކޮށްލާ ހާލަތުގައި، އެތަން ހުންނަންޖެހޭނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މެއިންޓެއިން ކުރެވިފައެވެ.
46އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ތަން މެއިންޓެއިނ ކޮށްފައް ނުވާނަމަ ނުވަތަ އެކަމުގައި އެ ފަރާތުގެ އިހުމާލު އޮތްކަން ހެކިންގެ ބަހުން އެނގެން އޮތްނަމަ، އެކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކޯޓުން ގޮތް ނިންމުމަކީ އިންސާފުވެރި ގޮތަކަށް ނުވެދާނެއެވެ. އަދި ތަނަށް ގެއްލުން ވެފައިވާކަން އެނގޭނެ ހެކި ހުށަހަޅާފައިވާނަމަ އެ ޙާލަތުގައި، އެކަމަށް ހިނގާނެ ޚަރަދަކީ ތަނަ ކުއްޔަށް ހިފާ ފަރާތުގެ ކިބައިން ޢިމާރާތުގެ ވެރިފަރާތަށް ލިބިދެވޭނެ ފައިސާއި އްކަމުގައިވެސް ވެދާނެއެވެ.
47މި މައްސަލައަށް ބަލާއިރު، ފަހުން ކުރެވުނު މުޢާމަލާތާ ގުޅިގެން ޢިމާރާތް އަނބުރާ އަތުލާފައިވަނީ، ކުރީގެ މުޢާމަލާތާ ގުޅޭ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީން، ދޭންޖެހޭ އެޑްވާންސް ފައިސާ އަނބުރާ ދީފައެއް ނޫނެވެ. އަދި ފަހުން ކުރެވުނު މުޢާމަލާތް ބާޠިލުކޮށްފައިވަނީ ދެ ފަރާތުން އެކަމަށް ރުހި އެއްބަސްވެގެނެއްވެސް ނޫނެވެ. މި ޙާލަތުގައި، ތަން ދޫކޮށްލާ ހިނދެއްގައި ތަނުގައި އެހިނދަށް ކުރަންޖެހިފައިހުރި މަރާމާތުތައ ކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ފުރޞު ތ ލިބިފައިވާ މިންވަރަކީވެސް ރިޢާޔަތް ކުރެވެންޖެހޭ ކަމެކެވެ.
48މި މައްސަލއަ ގައި ކަނި ހިނގާފައިވާ ގޮތަށް ބަލާއިރު، ފަހުގެ މޢު މަލާ ތުގެ ދަށުން ތަން ބޭނުންކުރަމުންދަނިކޮށް 13 މެއި 2016 ގައި، 20 މެއި 2016 އަށް ތަންހުސްކުރުމަށް އަންގާފައިވާކަން އެނގެއެވެ. މިއީ، ތަން ދޫކޮށްލާއިރު މަރާމާތު ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ނުދެކެމެވެ. މީގެ އިތުރުން، މަރާމތ ކުރުމަށު ބަލާއިރު، ފުރަތަމަ މާ ޢު މަލާތާ ގުޅިގެންވެސް، އަދި ދެވަނަ މުޢާމަލާތާ ގުޅިގެންވެސް ތަން މަރާމާތު ނުކުރުމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތުން ކޮށްފައިވާ ޝަކުވާއެއް ފެންނާކަށް ނެތެވެ.
49އެހެންކަމުން، މަރާމާތުގެ ވާހަކައަކީ، ކުރީގެ މުޢާމަލާތާ ގުޅޭ އެއްބަސްވުމުގެ 10 ވަނަ މާއްދާގައިވާ އުޞޫލާ ޚލާފަށި ފަހުގެ މުޢާމަލާތް ބާޠިލުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން އެކަމުގައި ދަށު ކޯޓަށް ދިއުމުން، އެ މުޢާމަލާތް ބާޠިލުކުރެވިދާނެފަދަ ސަބަބެއް ދެއްކުމުގެ ގޮތުން، އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކައެއް ކަމުގައި ބެލެވޭހިނދު، މި ޙލަތުގައާ ނުކުރެވިހުރި މަރާމާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތް ޒިންމާކުރުވިދާނެކަމުގައި ނުދެކެމެވެ.
50ދަށު ކޯޓުގެ ޙުކުމަށް ބަލާއިރު، ފަހުގެ މުޢާމަލާތާ ގުޅިގެން މުޙައްމަދު ނަސީމުގެ ބެލުމުގެ ދަށަށް ޢަލީ މޫސާ ބޭނުން ކުރަމުންދިޔަ ފްލޯރ ތައް ގެންދިޔަ މަހުން ފެށިގެން، އެ މުޢާމަލާތާ ގުޅޭ ކުލީގެ މުއްދަތު ހަމަވާ ތާރޚީ ހަމައަށް، ޖުމްލަ -/1,191,500ރ. (އެއްމިލިޔަން އެއްލައްކަ ނުވަދިހަ އެއްހާސް ފަސްސަތޭކަ ރުފިޔާ)، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މުޙައްމަދު ނަސީމުގެ ފަރާތުން ޢަލީ މޫސާއަށް ދޭންޖެހޭ ފައިސާއެއްކަން ސާބިތުވެއްޖެކަމަށް ކަނޑައަޅާފައިވާއިރު، ޢިމާރާތް ކުއްޔަށް ދިނުމުން ލިބޭނެ ކުލި ނަގައިދީފައިވަނީ، ކުރީގެ މުޢާމަލާތާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ އުޞޫލުތަކާއި، އަދި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެފައިވާ ޙލަތުގައާ ޢމަލުކުރެވޭނަ ޤާނޫނާ އުޞޫލުތަކާ ރިޢާޔަތްކޮށްގެން ކަމުގައި ބެލެވެން ނެތެވެ.
51އެހެނީ، މުޙައްމަދު ނަސީމާއި ޢަލީ މޫސާއާއި ދެމެދު ކުރިން ވެފައިވާ މުޢާމަލާތާ ގުޅޭ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ތަޠުބީޤުކުރުމުން، ޢަލީ މޫސާއަށް މި ޙލަތުގައާ ލިބިދެވޭނީ، 4 (ހަތަރެއް) އަހަރަށްވާ ކުލީގެ ގޮތުގައި އެޑްވާންސްކޮށް ދައްކާފައިވާ -/200,000ރ. (ދެލައްކަ) ރުފިޔާ އެވެ. ނިންމަން ފެންނަގޮތް:
52ބަޔާންވެދިޔަ ކަންކަމަށް ރ ޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 881/Cv-C/2019 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެފައިވާ ހާލަތުގައި އަދި އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުޞޫލުތައް ފަހުން ކުރާ މުޢާމަލާތުގެ މައްޗަށް ހިންގުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ޙާލަތުގައި ޢަމަލުކުރެވޭނެ ޤާނޫނީ އާ ޞު ލުތޫ ކުގެ މައްޗަށާއި، އަދި ދެފަރާތުގެ ދެމެދުގައި ކުރިން ވެވުނު މުޢާމަލާތާ ގުޅޭ އެއްބަސްވުމުގައިވާ އުޞޫލުތައް ފަހުގެ މުޢާމަލާތުގެ މައްޗަށް ތަޠުބީޤުކުރުމުން ނުކުންނާނެ ނަތީޖގާ މައްޗަށް ރޢިޔަތްކޮށްގެނ ކަމުގައް ބެލެވެން ނެތަތީ، ސިވިލް ކޯޓުގެ ނަންބަރު 881/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ކުރީގެ މުޢާމަލާތާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށް، ފަހުގެ މުޢާމަލާތާ ގުޅިގެން 04 (ހަތަރެއް) އަހަރު ދުވަހުގެ ކުލީގެ ގޮތުގައި އެޑްވާންސްކޮށް ޢަ ލީ މޫސާގެ ފަރާތުން މުޙައްމަދު ނަސީމަށް ދީފައިވާ -/200,000ރ. (ދެލައްކަ) ރުފިޔާ އަނބުރާ ރައްދުކުރުމަށް މުޙައްމަދު ނަސީމަށް އަންގައި، މި މައްސަލަ ނިންމަން ފެނެއެވެ. އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު:
53މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދުކުރަމެވެ.
54މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތއީދާ ކުރަމެވެ.
55ޙުކުމް ކުރެވޭ ތާރީ ޚން ފެށިގެނު 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު އިބްރާހީމް މާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ފަނޑިޔާރު އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް