ސައިޓޭޝަން ކޮޕީ ކުރުމަށް
[2026] SC 20
ސިބްކޯ ޕްރައިވެޓް ލިމިޓެޑް ވ. މަރްޔަމް ނިޝާނާ، [2026] SC 20 (2024/SC-A/32)
Sibkoa Private Limited v. Mariyam Nishaanaa [2026] SC 20 (2024/SC-A/32, Supreme Court of the Maldives, 28 June 2026)
ސިބްކޯ ޕްރައިވެޓް ލިމިޓެޑް ވ. މަރްޔަމް ނިޝާނާ
މައިގަނޑު ސުވާލު
އިޤްތިޞާދީ ސަބަބުތަކާ ގުޅިގެން (ރިޑަންޑަންސީ) މުވައްޒަފަކު ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4 ވަނަ މާއްދާގެ ޙާލަތްތައް މެދުވެރިވެފައިވާކަން ސާބިތު ނުވާކަމަށާއި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނުވާކަމަށް ހައިކޯޓުން ނިންމީ ރަނގަޅަށްތޯ؛ އަދި ހައިކޯޓުގައި އިސްތިއުނާފު ނުކުރި ބަދަލާބެހޭ ނުކުތާ ސުޕްރީމް ކޯޓުން ބެލޭނެތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20) ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ހުއްޓާލަން ޖެހުމާއި، ހިންގުމަށް ގެންނަ ބަދަލާއި، މާލީ ޙާލަތު ދަށްވުމާ ގުޅިގެން މަޤާމެއް އުނިކުރަން ޖެހިގެން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެ ނަމަވެސް، އެގޮތަށް ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމާއި ވަކި މުވައްޒަފަކު ވަކިކުރުމުގެ ނިޔަތުގައި ނޫންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23–24) ވިޔަފާރިއެއް ހުއްޓާލުމުގެ ސަބަބުން ވަކިކުރާނަމަ، ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން އުނިކުރާ މަޤާމަކީ ހުއްޓާލި ވިޔަފާރީގައި ސީދާ ޝާމިލުވާ މަޤާމެއް، ނުވަތަ ނުސީދާ ނަމަ މަޤާމުގެ ޒިންމާތަކުގެ 50% އަށްވުރެ ނުމަދު ނިސްބަތެއް ހުއްޓާލި ވިޔަފާރިއާ ގުޅޭ މަޤާމެއް ކަމުގައި ވާންވާނެއެވެ؛ ހުއްޓާލި އައުޓްލެޓްގައި މަސައްކަތް ނުކުރާ މުވައްޒަފަކަށް މިކަން ސާބިތު ނުވެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25–26) ހިންގުމަށް ބަދަލު ގެނައުމުގެ ސަބަބުން ވަކިކުރުމަކީ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން އުނިކުރި މަޤާމުތައް 12 މަސް ދުވަހުގެ ތެރޭގައި އަލުން ނުއުފައްދާ ޙާލަތެވެ؛ އަދި ބޯޑު ރިޒޮލިއުޝަނާ އެއްގޮތަށް އޮނިގަނޑު މުރާޖަޢާކޮށްފައިވާކަމާއި، އުނިކުރަން ކަނޑައެޅި މަޤާމުތައް ހޮވީ ކޮން އުސޫލަކުންކަން ނޭނގޭނަމަ މި ޙާލަތް ސާބިތު ނުވެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27–28) މާލީ ޙާލަތު ދަށްވުމުގެ ސަބަބުން ވަކިކުރުމުގައި ގަވާއިދުގެ 4 ވަނަ މާއްދާގެ (ޅ) އާއި (ކ) ގެ ބޭނުމަށް ވަޒީފާދޭ ފަރާތުގެ މާލީ ޙާލަތު ސާބިތުކޮށްދެވޭނީ އެ ކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ތިންވަނަ ފަރާތަކުން ތައްޔާރުކުރާ ރިޕޯޓަކުންނެވެ؛ މާލީ ޙާލަތު ދަށްވެފައިވާ ކަމަށް ކުންފުނީގެ ބޯޑު ރިޒޮލިއުޝަނުގައި ބަޔާންކޮށްފައި އޮތުމުން ނުފުދޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31–32) ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަކީ ވަކިކުރީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވުމެވެ (ސަންލޭންޑް ޓްރެވަލް ވ. އަންޖަލީން މޭރީ ނާޒިއު)؛ އިޤްތިޞާދީ ސަބަބުތަކުން ވަކިކުރާއިރު 21 ވަނަ މާއްދާގެ (ނ) އާއި ގަވާއިދުގެ 4 ވަނަ މާއްދާގެ ޙާލަތްތައް މެދުވެރިވިކަން ސާބިތުނުވާނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވި ކަމަށް ނުބެލެވޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33–38) އިޤްތިޞާދީ ސަބަބުތަކުން ވަކިކުރުމުގައި ނޯޓިސް ދިނުމަކުން ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުމަކުން އެކަނި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުވެއެވެ؛ ވަކިކުރުމުގެ ކުރިން ސަބަބާއި ވަކިކުރުން ހުއްޓުވުމަށް/މަދުކުރުމަށް އަޅާ ފިޔަވަޅުތައް މުވައްޒަފުންނަށް އަންގަންވާނެއެވެ (21 ވަނަ މާއްދާގެ (ނ))، ގަވާއިދުގެ 6 ވަނަ މާއްދާގެ ފިޔަވަޅުތައް އަޅަންވާނެއެވެ، އަދި 7 ވަނަ މާއްދާގެ ދަށުން ވަކިކުރާ މުވައްޒަފުން ހޮވާނެ އުސޫލެއް ކަނޑައަޅައި 5 ވަނަ މާއްދާގެ ގޮތުގެ މަތިން އަންގައި، ކޮންމެ މުވައްޒަފަކު ހޮވުނު ގޮތް ޙިއްސާކުރަންވާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39–40) ޓްރައިބިއުނަލުން ނިންމި ބައެއް (ވަޒީފާއަށް ރުޖޫޢަކުރުމާއި ބަދަލު) ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާނަމަ، ހައިކޯޓުން ގޮތެއް ނިންމާފައިނުވާ އެފަދަ ކަމަކާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ އިސްތިއުނާފީ އުސޫލުތަކާ އެއްގޮތްވާ ކަމެއް ނޫނެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ)، (ރ) އަދި (ޅ)
- ގަވާއިދު ނަންބަރު 2021/R-63 (ވަޒީފާއާބެހޭ ޢާންމު ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ)، (ށ)، (ރ)، (ޅ)، (ކ)
- ވަޒީފާއާބެހޭ ޢާންމު ގަވާއިދުގެ 5 ވަނަ މާއްދާ، 6 ވަނަ މާއްދާ، 7 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)
- ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު 2017/SC-A/44 (ޕެރ. 9)
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން 2018/SC-A/49
- ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) 2019/SC-A/27
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޑރ. މުޙައްމަދު އިބްރާހީމް، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް