ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-A/63
ޝެލްބީންސް ޕްރައިވެޓް ލިމިޓެޑް ވ. އަނުޝްކާ އޭން ބޮރަލެއްސާ، 2026/HC-A/63
Shelbeens Private Limited v. Anushkaa Eyn Boralesaa 2026/HC-A/63 (2026/HC-A/63, High Court of the Maldives, 23 April 2026)
ޝެލްބީންސް ޕްރައިވެޓް ލިމިޓެޑް ވ. އަނުޝްކާ އޭން ބޮރަލެއްސާ
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިބްތިދާއީ އަޑުއެހުމެއްގައި ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ހިމެނޭ މަހުލަރު ބަޔާނަކީ އިސްތިއުނާފުކުރެވޭނެ ނިންމުމެއްތޯ.
ނިންމި ގޮތް
އިޖުރާއީ އިޢުތިރާޟު ބަލައިގަނެ، އިސްތިއުނާފު ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގެ ދަށުން މަތީ މަރުޙަލާގެ ކޯޓަކަށް އިސްތިއުނާފުކުރެވޭނީ ޙުކުމްތަކާއި، ކޯޓު އަމުރުތަކާއި އެނޫންވެސް ނިންމުންތަކާއި، ވަގުތީ އަމުރުތަކާއި، ޙުކުމް ތަންފީޒުކުރާ ކޯޓަކުން ނިންމާ ނިންމުންތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- މަހުލަރު ބަޔާނަކީ ޝަރީޢަތް ހިނގި ގޮތް ބަޔާންކުރުމަށް އިދާރީ ބޭނުމަށް ތައްޔާރުކުރާ ލިޔުމެއް ކަމުން، އޭގެ ޒާތުގައި ފަނޑިޔާރެއްގެ ނިންމުމެއް ނޫނެވެ؛ އެހެންކަމުން 280 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ލިޔުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) ގެ 2 ގެ ދަށުން، އިބްތިދާއީ ބައްދަލުވުމުގައި ލިޔުމެއް ބަލައިނުގަތުމަށް ނިންމައިފިނަމަ އެ މަޢުލޫމާތު ލިޔުން ހުށަހެޅި ފަރާތަށް ދޭންވާނެއެވެ؛ އަދި ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ލިޔުމުން ދޫކުރުމަށް ފަރާތަކުން އެދިއްޖެނަމަ ޓްރައިބިއުނަލުން އެ ނިންމުން ލިޔުމުން ދޫކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24–25)
- ހެކި ބަލައިނުގަތުމަށް ނިންމި ސަބަބުތައް ބަޔާންކޮށް ނިންމި މެންބަރު ސޮއިކޮށް ޝަކުލިއްޔާތުތައް ފުރިހަމަކޮށް ދޫކުރާ ލިޔުމަކީ އިސްތިއުނާފުކުރެވޭނެ ނިންމުމެކެވެ (2024/HC-A/248). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- 280 ވަނަ މާއްދާގައިވާ ނިންމުމެއް ނޫން މަހުލަރު ބަޔާނަކަށް ބިނާކޮށް ހުށަހަޅާ އިސްތިއުނާފު، 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) ގެ ދަށުން ބާޠިލުކުރެވޭނެއެވެ؛ މިގޮތަށް ބާޠިލުކުރާއިރު އިޖުރާއީ އިޢުތިރާޟުގެ އެހެން ނުކުތާތަކާމެދު (މުއްދަތު ފަދަ) ގޮތެއް ކަނޑައަޅަން ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26–27)
• ނިންމި ކޯޓު : ވަޒީފާއާބެހޭ ޓްރައިބިއުނަލް • ބާވަތް: ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން • ހުށަހެޅުނު ތާރީޚް: 14 މެއި 2025 • ނިމުނު ތާރީޚް: 22 އޮކްޓޫބަރު 2025 އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވި ފަރާތް ޝެލް ބީންސ ޕްރައިވެޓް ލިމިޓެޑް އަނޫޝްކ އޭނާ ބޮރަލެއްސާ ވަކީލް: އަލްއުސްތާޛު އަހްމަދު މުރާދު، މަޒްލާން އެންޑް ވަކީލް: އަލްއުސްތާޛު މުޙައްމަދު ޒާހިރު، ވިޝާމް ޒާހިރު މުރާދު ލޯ އެސޯސިއޭޓްސް އެންޑް ކޯ އެލް.އެލް.ޕީ މަދަނީ – އިޖުރާއި އިއުތިރާޒް – މަދަނީ އިޖުރާއަތުގެ ގާނޫނުގެ 028 ވަނަ މާއްދާ – އިސްތިއުނާފުކުރެވޭނެ ނިންމުންތައް – މަހުލަރު ބަޔާން އިސްތިއުނާފުކުރުމާ ގުޅޭ ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރ އ ޔު، މި ރައުޔަށް ފަނޑިޔާރާ މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ތާއީދު ކުރައްވައެވެ.
1ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 110/VTR/2025 މައްސަލަ (މީގެ ފަހުން "ވަޒީފާއާބެހޭ ޓްރައިބއުނަލަށި ހުށަހެޅް މައްސަލަ") އކަ އަނޫޝްކ އޭނާ ބޮރަލެއްސާ / ސްރީލަންކާ (މީގެ ފަހުން " އަނޫޝްކ އޭނާ ބޮރަލެއްސ)" ޝެލްބީންސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޝެލްބީންސް") ގއ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އަނޫޝްކ އޭނާ ބޮރަލެއްސާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅާދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ނުވަތަ ވަޒީފާ އަލުން އަނބުރާ އިއާދަކޮށްދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ. މި ގަޒިއްޔާއަކީ އެ މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ޝެލްބީންސްއިން ހުށަހެޅި ބައެއް ހެކި ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން އެ ކުންފުނިން އެ ނިންމުން އިސްތިއުނާފްކުރުމަށް ހުށަހެޅުމުން ބަލަމުންދާ މައްސަލައެކެވެ. މި މައްސަލަ މި ކޯޓުގައި ބަލަމުންދަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-A/36 ގަޒިއްޔާއިންނެވެ. މި މައްސަލަ ހުށަހެޅުމުން، އިސްތިއުނާފީ މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދި އިޖުރާއީ އިއުތިރާޒެއް އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހެޅިއެވެ. މި ނިންމުމަކީ އެ އިޖުރާއީ އިއުތިރާޒާ ގުޅިގެން ނިންމާ ނިންމުމެވެ. ޕާސްޕޯޓް ނަންބަރު: ރަޖިސްޓްރޭޝަން ނަންބަރު: 1064/2014-C ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުހަލާ
22008 ވަނަ އަހަރުން ފެށިގެން ޝެލްބީންސްގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގމާ އަނޫޝްކާ އޭން ބޮރަލެއްސާ އަދާކުރަމުންދޔި އެވެ. 14 ފެބްރުއަރީ 2025 ގައި އަނޫޝްކ އޭނާ ބޮރަލެއްސާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބަޔާންކޮށް ޝެލްބީންސްއިން އީމެއިލއެއް ކުރިކަމަށް އަނޫޝްކ އޭނާ ބޮރަލެއްސާ ބުނެއެވެ.
3އަނޫޝްކ އޭނާ ބޮރަލެއްސާ ވަޒީފާއިން ވަކިކުރުމުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅާދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ނުވަތަ ވަޒީފާ އަލުން އަނބުރާ އިއާދަކޮށްދިނުމަށް އެދި ޝެލްބީންސްއަށ ރައްދުވް ގޮތަށާ ވަޒީފާއާބެހް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
4ވަޒިފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައާ ގުޅިގެން 22 އޮކްޓޫބަރު 2025 ދުވަހު ބޭއްވުނު އަޑުއެހުމުގައި (އިބްތިދާއީ އަޑުއެހުން) ދެފަރާތުން ހުށަހަޅާފައިވާ ކިތާބީ އަދި ޝަފަހީ ހެކި ބަލައިގަތުމާމެދު ގޮތެއް ކަނޑައެޅިއެވެ. އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހެޅި ހެކި ލިސްޓުގައިވާ ހުރިހާ ހެއްކެއް ބަލައިގަތުމަށް ނިންމާ، ޝެލްބީންސއިން ހުށަހެޅި ކިތާބީ ހެކީގެ ތެރެއިން އެގްޒިބިޓް 1 އަދި 2 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމާއި، އެގްޒެބިޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ އަނޫޝްކ އޭނާ ބޮރަލެއްސގެ ލިންކްޑާ އިން ޕްރޮފައިލް ގެ ކޮޕީ ބަލައިނުގަތުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިއެވެ. 22 އޮކްޓޫބަރު 2025 ގައި އެ މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބޭއްވި އަޑުއެހުމުގައި މި ދެންނެވުނު ހެކިތައް ބަލައިނުގަންނަން ނިންމިކަމަށް މައްސަލަ ބެއްލެވި މެންބަރު ބަޔާންކޮށްފައިވާކަން މި މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލނު ދޫކޮށްފައިވާ މަހުލަރު ބަޔާންތަކުން އެނގެއެވެ. ނަމަވެސް، އެފަދައިން ނިންމި ނިންމުމެއް ވަކި ލިޔުމެއްގެ ގޮތުގައި މައްސަލައިގެ ބައިވެރިންނަށް ދޫކޮށްފައެއް ނުވެއެވެ. އެ ނިންމުން ލިޔުމެއްގެ ގޮތުގައި ދެ ފަރާތު ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުން، ޝެލްބީންސްގެ ފަރާތުން އަނުޝްކާއަށް 26 ސެޕްޓެމްބަރ 2024 ގައި ދޫކުރި ރިފަރަންސް ސިޓީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމުގެ 7.3.1 ވަނަ ނުކުތާ ފޯރުކޮށްދިނުމަށް އެދި ޝެލްބީންސްއިނ ވަޒީފާއާބެހް ޓްރައިބިއުނަލްގައި ލިޔުމުން އެދިފައި ވީނަމަވެސް، އެ ފަދަ ލިޔުމެއް ދޫކޮށްފައި ނުވާކަން މައްސަލައާ ގުޅޭ ލިޔެކިޔުންތަކުން އެނގެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުން
5ވަޒީފާއާބެހޭ ޓްރައިބިއުނަލށ ހުށަހެޅް މައްސަލައަ ގުޅިގެން 22 އޮކްޓޫބަރު 2025 ގައި ބޭއްވި އަޑުއެހުމުގައި ޝެލްބީންސްއިން ހުށަހެޅި ހެކި ބަލައިނުގަތުމަށް ނިންމާފައިވަން ގާނޫނީ ހަމަތަކާ އެއްގތަށ ނޫންކަމަށް ބުނޮ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޝެލްބީންސއިން ހުށަހަޅާފައިވަނީ އަންނަނިވި 2 (ދޭއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.5- ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޝެލްބީންސއިން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެގްޒިބިޓް 1، 2 އަދި އެގްޒިބިޓް 4 ބަލައިނުގަތުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ހެއްކާބެހޭ ގާނޫނު ގެ 65 ވަނަ މާއްދާ އާއި 66 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް) ގަޒިއްޔާގައި ގާނޫނު މާނަކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލާ ހލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ؛
2.5- ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޝެލްބީންސއިން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެގްޒިބިޓް 1، 2 އަދި އެގްޒިބިޓް 4 ބަލައިނުގަތުމަށް ވަޒީފާއާބެހޭޓްރައިބިއުނަލުން ނިންމެވި ސަބަބު ސާފުކޮށް ބަޔާންކޮށްދީފައިނުވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ޚލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ. ގާނޫނު ނަންބަރު 2022/11 [2021] SC 79 އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރޒާ
6މި މައްސަލަ ދިވެހިރާއް ޖޭގެ ހައިކޯޓުގައި ކުރިޔަށް ގެންދެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައ ދެއްވުމަށް އެދި، މަދަނީ އިޖުރާއަތުގެ ގނޫނުގާ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) ވަނަ ނަންބަރާއި ހަވާލާދީ އަނޫޝްކ އޭނާ ބޮރަލެއްސާ އިޖުރާއީ އާއި ތިރާޒެއު ހުށަހެޅިއެވެ.
7މި އިޖުރާއީ އއިތިރާޒުގައި އަނޫޝްކ އޭނާ ބޮރަލެއްސާ މައިގަނޑު ގޮތެއްގައި ތިން ކަމެއް ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ، ޝެލްބީންސއިން އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަކީ ކޮބައިކަން ސާފު ނުވާކަމާއި އެ ނިންމުމުގެ ސުމާރު ނަންބަރު ނުވަތަ އެ ނިންމުން ނިސްބަތްވާ ލިޔުމުގެ ނަންބަރަކީ ކޮބައިކަން ސާފު ނުވާކަމަށެވެ.
8ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ޝެލްބީންސއިން މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވި ފަހުން ކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން 22 އޮކްޓޫބަރު 2025 ގައި ނިންމާފައިވާއިރު މަދަނީ އިޖުރާއަތުގެ 283 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ނިންމުން އިސްތިއުނާފުކުރަންޖެހޭނީ، އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމަށާއި، ބުނެވުނު މުއްދަތު ހަމަވާ ތާރީޚަކީ 32 ނޮވެންބަރު 2025 ކަމަށެވެ. އެހެންނަމަވެސް، ޝެލްބީންސއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކޮށްފައިވަނީ އެ މުއްދަތު ފާއިތުވި ފަހުން 14 ޑިސެންބަރު 2025 ގައި ކަމަށެވެ. އަދި، މަދަނީ އިޖުރާއަތުގެ ގނޫނުގާ 283 ވަނަ މާއްދާގެ (ށ) ގައި ދަށުން ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޝަރުއީ ތ އަނޫޝްކާ އޭން ބޮރަލެއްސާ 23 މާރިޗް 2026 ވަނަ ދުވަހު އިޖުރާއީ ބަޔާން ހުށަހަޅާފައިވޭ. އޭގެ ފަހުން، ކޯޓުގެ އިދާރީ އޮޅުމަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް 08 މާރިޗް 2026 ދުވަހު ފޮނުވިފައިވަނ އިސްތިއުނާފީ ފޯމުގެ އިސްލާހު ނުކޮށް އޮތް ސެޓއް. 25 މާރިޗް 2026 ވަނަ ދުވަހު އެކަން ކޯޓުގެ ސަމާލުކަމަށް އައުމުން އިސްލާހު ކުރެވުނު ފޯމު އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވުނު. އަދި އެ ފޯމު ފޮނުވުމުން، 23 މާރިޗް 2026 ގައި ފޮނުވި އިޖުރާއީ އިއުތިރާޒަށް އިސްލާހު ގެންނަން އެދި ފުރުސަތަކަށް އެދުމުން އެ ފުރުސަތު ދެވުނު. އަދި 29 މާރިޗް 2026 ވަނަ ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތުން އިޖުރާއީ އިއުތިރާޒް އިސްލާހުކުރުމަށްފަހު ހުށަހެޅި. އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވަނީ 22 ނޮވެންބަރު 2025 ގައި. މިއީ ސަރުކާރު ބަންދު ދުވަހެއްކަމުނ ދެން ހުށަހަޅަންޖެހޭނީ އެންމެ އަވަހަށް ސަރުކާރު ހުޅުވޭ ދުވަހު. އެއީ 23 ނޮވެންބަރު 2025 ގައި. ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކޮށްފައި ނުވާނަމަ، މުއްދަތު ގުނަން ފަށާނީ ޝަރީއަތ ނިމުން ގޮތުގު ރިޕޯޓު ހަވާލުކުރާ ތާރީޚނު ފެށިގެން ކަމަށް ބަޔާންކޮށްފައިވާއިރު، ޝެލްބީންސްއަށ ބަޔާންތައް ލިބުނީ 13 ނޮވެންބަރު 2025 ގައި ކަމަށާއި، އޭރު އަދި އިސްތިއުނާފު ކުރުމުގެ މުއްދަތު ފާއިތުވެފައި ނުވާކަމަށާއި، މި ހާލަތުގައި މަދަނީ އިޖުރާއަތުގެ 283 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިސްތިސްނާއީ ހާލަތު ވެސް އުފަން ނުވާކަމަށެވެ.
9ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 283 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ "އަމިއްލަ ބާރަ ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެން" އިސްތިއުނާފީ މުއްދަތުގައި އިސްތިއުނާފު ނުކުރެވނުކަނު ސާބިތުކޮށްދޭންޖެހޭނީ ޝެލްބީންސްއިން ކަމަށްވާއިރު އެކަން ސާބިތުކޮށްދިނުމުގައި ޝެލްބީންސއިން އިހުމާލުވެފައިވާކަމަށެވެ.
10މި ދެންނެވުނު ސަބަބުތަކަށް ރިއާޔަތްކޮށް މި މައްސަލަ ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 283 ވަނަ މާއްދާގެ (ހ) އަދި 285 ވަނަ މާއްދާގެ (ރ) އާއި ޚލާފަށްކަމަށި ކަނޑައަޅާދެއްވައި، މަދަނީ އިޖުރާއަތުގެ ގނޫނުގާ 287 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (i) އަށް ރާއި ޔަތްކޮށް، ޝެލްބީންސއިން ހުށަހަޅާފައިވް އިސްތިއުނާފު ބތާ ލްކޮށްދެއްވައި، ގާނޫނީ ވަކީލުންނަށް އަނޫޝްކާ އޭން ބޮރަލެއްސާ ހަރަދުކުރ ފައިސި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގާދެއްވުމަށް އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހަޅާފައިވެއެވެ.
11އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހަޅާފައިވާ އިޖުރާއީ އއިތިރާޒްގެ ފުރަތަމަ ނުކުތާގެ ޖަވާބުގައި ޝެލްބީންސއިން ބުނެފައިވަނީ ޝެލްބީންސްއިނ އިސްތިއުނާފުކުރުމަށް އެދް ހުށަހަޅާފައިވި ވަކި ނިންމުމެއް ސާފުނުވާކަމަށް އަނޫޝްކ އޭނާ ބޮރަލެއްސާ ބުނެފައި ވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޝެލްބީންސއިން ހުށަހެޅް ކިތާބީ ހެކީގެ ތެރެއިން އެގްޒިބިޓް 1، 2 އަދި 4 ގެ ގޮތުގައި ހުށަހަޅާފައިވާ ހެކިތައް ބަލައިނގަތު މަށް ނިންމާފައިވަނު 22 އޮކްޓޫބަރު 2025 ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ކަމަށެވެ. އަދި އެ ނިންމުން ލިޔުމުން ހޯދުމަށް ޝެލްބީންސއިން އެދިފައި ވީނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެފަދައިން ނިންމުމެއް ދީފައި ނުވާކަމަށާއި، އެ ދުވަހުގެ މަހުލަރު ބަޔާންތައް ޝެލްބީންސްއާ ހިއްސާކޮށްފައިވަނީ 13 ނޮވެންބަރު 2025 ގައި ކަމަށެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހެއްކާ ގުޅިގެން ނިންމާފައިވާ ނިންމުންއިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ބުނެވުނު މަހުލަރު ބަޔާނަށް ބިނާކޮށްގެންކަމަށާއި، އިސްތިއުނާފު ފޯމުގައި އިސްތިއުނާފުކުރެވޭ ވަކި ނިންމުމެއްގެ ރިފަރެންސް ނަންބަރެއެ ބަޔާންކޮށްފައި ނުވަނީ އެފަދަ ރެފަރެންސް ނަންބަރެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޝެލްބީންސްއާ ހިއްސާކޮށްފައި ނުވާތީކަމަށެވެ. ނަމަވެސް، ޝެލްބީންސއިން އިސްތިއުނާފު ފޯމުގެ 4 ވަނަ ނަންބަރުގައި އިސްތިއުނާފުކުރާ ނިންމުމަކީ ކޮބައިކަން ވަރަށް ސާފުކޮށް ތަފްސީލްކޮށް ބަޔާންކޮށްފައި ވާނެކަމަށެވެ.
12އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހެޅި އިޖުރާއީ އިއުތިރާޒްގެ ދެވަނަ ނުކުތާގެ ޖަވާބުގައި ޝެލްބީންސްއިން ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި އިސްތިއުނާފު މުއްދަތު ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ކުރުމަށް ހުށަހެޅޭނެ މުއްދަތު ގުނަން ފަށާނީ އިސްތިއުނާފުކރެވު ނިންމުން ލިޔުމުން ލިބުމުންކަނ މަދަން އިޖުރާއަތުގެ ގާނޫނުގެ 283 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް ބެލުމުން އެނގެން އޮންނަކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 280 ވަނަ މާއްދާ، 283 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)، 285 ވަނަ މާއްދާގެ (ށ) އަދި (ނ) އަދި 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ii އާއި މަދަނީ އިޖުރާއަތުގެ ގާނޫނުގެ ސައްބީސްވަނަ ބާބުގައި ހިމެނޭ މާއްދާތައް އެކުއެކީގައި ކިޔުމުން އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ލިޔުމުން ލިބުމުން، އެ ނިންމުން ހިމެނޭ ލިޔުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާ ބިނާކޮށްގެންކމަށައި، އިސްތިއުނާފު ހުށަހެޅުމުގެ މުއްދަތު ގުނަން ފަށާނީ އިސްތިއުނާފުކުރެވޭ ނިންމުން ލިޔުމުން ލިބުމުންކަނ ސާފުކޮށް އެނގެން އޮންނަކަމަށެވެ. މައްސަލައާ ގުޅިގެން ހުށަހެޅޭ ލިޔުމެއް ބަލައިނުގަތުމަށް ނިންމާ ހާލަތުގައި ބަލައިނުގަތުމަށް ނިންމޭ ލިޔެކިޔުންތަކުގެ މައުލޫމާތު އެ ލިޔެކިޔުން ހުށަހެޅި ފަރާތަށް ދޭންވާނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށެވެ. 22 އޮކްޓބަރޫ 2025 ވަނަ ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ޝެލްބީނސް އިން ހުށަހެޅް ހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ލިޔުމުން ލިބިފައިނުވާތީ، އެ ނިންމުން ހޯދުމަށް 23 އޮކްޓޫބަރު 2025 ގައި ލިޔުމުން އެދިފައިވާނެކަމަށެވެ. ޝެލްބީންސްއިން ފޮނުވި ސިޓީއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޖަވާބުދީފައި ނުވާތީ 9 ނޮވެންބަރު 2025 ގައި އަލުން އެ ނިންމުން ހޯދުމަށް އެދިފައި ވީނަމަވެސް އެ ސިޓީއަށް ވެސް ޓްރައިބިއުނަލުން ޖަވާބެއް ދީފައި ނުވާކަމަށެވެ. އަދި، ހެކިބަލައިގަތުމ ގުޅިގެނާ ނިންމް ނިންމުނި ވަކް ނިންމުމެއްގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޝެލްބީންސްއަށް ހިއްސާކޮށްފައި ނުވާކަމަށާއި، އެދުވަހުގެ މަހްލަރު ބަޔާންތައް ޝެލްބީންސްއާ ހިއްސާކޮށްފައިވަނީ 13 ނޮވެންބަރު 2025 ގައިކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ އެ ނިންމުން ޝެލްބީންސްއަށ ލިބުން ތާރީޚުން ފެށިގެން ކަމަށާއި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 283 ވަނަ މާއްދާގެ ( ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާނީ 14 ޑިސެންބަރު 2025 ގައިކަމަށެވެ.
13އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހެޅި އިޖުރާއީ އިއުތިރާޒްގައ ބަޔާންކުރި ގޮތަށާ މުއްދަތް ގުނާކަމަށްވާނަމަ ޝެލްބީންސްގެ އިސްތިއުނާފީ ހައްގު ހަނިވެގެންދާނެކަމަށާއި، އޭރުން ޝެލްބީންސްއަށް ބުނެވުނު ނިންމުން އިސްތިއުނާފުކުރުމަށް ލިބޭނީ އެއްމެ 9 (ނުވައެއް) ދުވަސްކަމަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 283 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް ބެލުމުން ވެސް، އަޑުއިވޭ އިވުމެއްގެ މައްޗަށް އިސްތިއުނާފު ބިނާކުރުމަކީ މަދަނީ އިޖުރާއަތު ތަސައްވަރުކުރާކަމެއް ނޫންކަމަށާއި މަދަނީ އިޖުރާއަތު ތަސައްވަރު ކުރަނީ ލިޔުމުގެ މައްޗަށް ބިނާކޮށް މި ބާވަތުގެ ނިންމުންތައް އިސްތިއުނާކުރުމަށް ހުށަހެޅުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ލިބިދިނުންކަނ އެނގޭކަމަށް ޝެލްބީންސްއިން ރައްދުގައި ބަޔާންކޮށްފައި ވެއެވެ.
14އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހެޅި އިޖުރާއީ އިއުތިރާޒްގެ ތިންވަނަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ ޝެލްބީންސއިން ވަޒީފާއާބެހް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައިކަމަށާއި، އިސްތިއުނާފީ މައްސަލަ ހުށަހެޅުން ލަސްވެގެން ގޮސްފައިނުވާކަމަށެވެ.
15އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިއާޔަތްކޮށް ޝެލްބީންސއިން އެދިފައިވަނީ، މި މައްސަލައަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި، މަދަނީ އިޖުރާއަތުގެ 285 ވަނަ މާއްދާއާ އެއްގޮތަށް ހުށަހެޅިފައިވާ މައްސަލައެއްކަމަށް ކަނޑައަޅާދީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 287 (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޝެލްބީންސއިން ހުށަހެޅް އިސްތިއުނާފި ބތާލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާދެއްވުމަށެވެ.
16މަދަނީ އިޖުރާއަތުގެ ގނޫނުގާ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހަވާލާދީ މި މައްސަލަ ބާތިލްކަމަށ ކަނޑައަޅައިދިނުމަށް އަނޫޝްކ އޭނާ ބޮރަލެއްސާ އެދިފައިވެއެވެ. މަދަނީ އިޖުރާއަތުގެ ގާނޫނގު 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ އަންނަވި ގޮތަށެވެ. އިސްތިއުނާފީ މައްސަލައާމެދު 287. (ހ) އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅާފައިވާކަން ނުވަތަ އިސްތިއުނާފުރައްދުވާފަރާތުން އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅާފައިވަނިކޮށް އިތުރު އެދެވިދާނެކަންކަން އިސްތިއުނާފު މައްސަލައެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އިސްތިއުނާފުރައްދުވާ ފަރާތުން ކޯޓުގައި އެދެވިދާނެއެވެ. (2) އަންނަނިވި ޙާލަތްތަކުގައި އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރުމަށް؛ i. އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންނުވާ ފަރާތަކުން އިސްތިއުނާފު ހުށަހަޅާފައިވުން ނުވަތަ މިޤާނޫނުގެ 285 ވަނަ މާއްދާއާ ޚިލާފަށް އިސްތިއުނާފު ހުށަހަޅާފައިވުން.
17މަދަނީ އިޖުރާއަތުގެ ގާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އިސްތިއުނާފުގެ މައްސަލަ ބތާ ލްކުރުމަށ އެދް އިސްތިއުނާފި ރައްދުވު ފަރާތުން އެދެވިދާނެ ކަންތައްތައް ބަޔާންކޮށްފައިވާއިރު، އެނަންބަރުގެ (i) ގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ގނޫނުގާ 285 ވަނަ މާއްދާއާ ޚިލާފަށް އިސްތިއުނާފު ހުށަހަޅާފައިވުން ހިމެނިފައިވެއެވެ.
18އިސްތިއުނާފީ މައްސަލަ ބާތިލްކަމަށް ކަނޑަ އަޅައިދިނުމަށް އެދި ހުށަހެޅުމުގައި އަނޫޝްކ އޭނާ ބޮރަލެއްސާ ހަވާލާދެނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 285 ވަނަ މާއްދާގެ (ށ) އަދި (ރ) އަށެވެ. މި މާއްދާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފު ހުށަހަޅަންވީ ގޮތް 528. (ށ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ ހުށަހެޅުމުގައި، އިސްތިއުނާފު ބިނާކޮށްފައިވާ ނުކުތާތަކާއި އޭގެ ޤާނޫނީ ސަބަބުތަކާއި، އެފަރާތުން އެދެނީ ޙުކުމް ބާޠިލުކުރަންކަން ނުވަތަ ޙުކުމް އިސްލާޙުކުރަންކަން ބަޔާންކުރަންވާނެއެވެ. އަދި މައްސަލަ ބެލި ކޯޓުގެ ނަމާއި، މައްސަލައިގެ ޚަސްމުންނާއި ޙުކުމް ކުރެވުނު ތާރީޚު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ރ) އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމުގެ މުއްދަތުގެ ކުރިންނެވެ.
19ބުނެވުނު މާއްދާއާ ހަވާލާދީ ހުށަހަޅާފައިވާ އިޖުރއާ އާއި ތިރު ޒާ މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ޝެލްބީންސއިން އިސްތިއުނާފަށް ހުށަހަޅާފައިވް މައްސަލައިގާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސީދާ ނިންމުމަކީ ކޮބައިކަން ސާފުނުވާކަމުގެ މައްޗަށާއި، އިސްތިއުނާފުކޮށްފައިވ ނިންމުމަކާ އިސްތިއުނާފީ މުއްދަތު ފާއިތުވުމަށްފަހު ހުށަހަޅާފައިވާ އިސްތިއުނާފެއްކަމަށ ބުން އެކަމުގެ މައްޗަށެވެ. އިސްތިއުނާފުކުރެވިފައިވަނީ ކޮން ނިންމުމެއްކަން ސާފުނުވުން
20މި ނުކުތާގައި އަނޫޝްކ އޭނާ ބޮރަލެއްސާގެ މައިގަނޑު ބަހުސކަ ޝެލްބީންސއިން އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ ކޮބައިކަން ސާފުނުވުމެވެ. އަދި އެ ނިންމުމުގެ ސުމާރ ނަންބަރު ނުވަތު އެ ނިންމުން ނިސްބަތްވާ ލިޔުމުގެ ނަންބަރަކީ ކޮބައިކަން ސާފުނުވުމުވެ.
21ޝެލްބީންސް އިން ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލށ ހުށަހެޅުން މައްސަލައަ ގުޅިގެން 22 އޮކްޓޫބަރު 2025 ވަނަ ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަހުލަރު ބަޔާނެކެވެ. އިސްތިއުނާފް ފޯމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޝެލްބީންސއިން އިސްތިއުނާފުކޮށްފައިވަނީ 22 އޮކްޓޫބަރު 2025 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭއވް އބްތިދާއި އަޑުއެހުމުގައި އެކުންފުނިނ ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި އެގްޒިބިޓް 1، 2 އަދި 4 ބަލައިނުގަތުމަށް ނިންމުން ނިންމުން ކަމަށެވެ. މި ނިންމުން ލިޔުމުން ހިއްސާކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ތަކުރާރުކޮށް އެދުމުންވެސް ހިއްސާކޮށްފައި ނުވާކަމަށާއި، 13 އޮކްޓޫބަރު 2025 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ކުންފުންޏާ ހިއްސާކޮށްފައިވަނީ އެ ދުވަހުގެ މަހުލަރު ބަޔާންކަމަށެވެ. އެހެންކަމުން، ޝެލްބީންސއިން މި ކޯޓުގައި އިސްތިއުނާފުކުރުމށް ހުށަހަޅާފައިވަނަ 22 އޮކްޓޫބަރު 2025 ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މހުލަރަ ބަޔާނކަމަށެވް.
22ޕްރިސިޑެންސް 1އަނޫޝްކ އޭނާ ބޮރަލެއްސ ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒް ގުޅިގެނާ ގޮތެއް ކަނޑައަޅަންޖެހޭ ފުރަތަމަ ސުވާލަކީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ދޫކުރާ މަހުލަރު ބަޔާނއެ އިސްތިއުނާފު ކުރެވިދާނެތޯއެވެ. މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކުރެވިދާނ ބާވަތުގެ ނިންމުންތައް މަދަނީ އިޖުރާއަތުގެ ގާނޫނުގެ 280 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، "އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މައްސަލަތަކުގައި ކޯޓުތަކުން ނިންމާ އަންނަނިވި ނިންމުންތައް، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ނިންމުމެއް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. (1) ހުކުމްތަކާއި، ކޯޓު އަމުރުތަކާއި އެ ނޫންވެސް ނިންމުންތައް؛ (2) ވަގުތީ އަމުރު؛ (3) ހުކުމް ތަންފީޒުކުރާ ކޯޓަކުން ނިންމާ ނިންމުންތައް ".
23ޕްރިސިޑެންސް 2ޝަރީއަތުގައި ދެކެވޭ ވާހަކަތައް އަކުރުން އަކުރަށް ބަޔާންކުރާ މަހުލަރު ބަޔާންތަކަކީ ޝަރީއަތް ހިނގި ގޮތް ބަޔާންކޮށްދިނުމަށް ތައްޔާރުކުރެވޭ ލިޔުންތަކެކެވެ. މަހުލަރު ބަޔާންތަކަކީ އެ މައްޗަށް ބިނާވާ އޭގެ ޒާތުގައި ފަނޑިޔާރެއްގެ ނިންމުމެއް ނޫނެވެ. އެއީ އިދާރީ ބޭނުމަށް ތައްޔާރުކުރެވޭ ލިޔުންތަކެކެވެ. މަހުލަރު ބަޔާންތަކުގެ ތަބީއަތާއި ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ޝަކުލިއްޔާތުތަކެއް ފުރިހަމަކުރުމަށްފަހު ނިންމާ ނިންމުމަކާ ތަފާތެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 280 ވަނަ މާއްދާއަށް ރިއާޔަތްކުރުމުން މަތީ މަރުހަލާ ކޯޓެއްގައި އިސްތިއުނާފްކުރެވިދާނެ ނިންމުންތައް ސަރީހަކޮށް ބަޔާންކޮށްފައިވާއިރު، އެ ނިންމުންތަކުގެ ތެރޭގައި ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލްގެ މަހުލަރު ބަޔާންތަކަކީ އެ ލިޔުމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފްކުރެވިދާނެ ނިންމުމެއް ނޫންކަން ސާފުކޮށް ފެންނާން އެބައޮތެވެ. އެހެންކަމުން، މި ސުވާލުގެ ޖަވާބު މަދަނީ އިޖުރާއަތުގެ ގާނޫނުގެ 280 ވަނަ މާއްދާއިން ސާފުކޮށް ލިބެއ އޮތް ހިނދު، މަހުލަރު ބަޔާންތކަކ މަތީ މަރުހަލާ ކޯޓެއްގައި އިސްތިއުނާފްކުރެވިދާނެ ފަދަ ލިޔުމެއް ނޫންކަން އެނގެއެވެ.
24ޕްރިސިޑެންސް 3މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބޭއްވި އިބްތިދާއީ ބައްދަލުވުމުގައި ޝެލްބީންސްއިނ ހުށަހެޅް ހެކި ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ލިޔުމުން ދޫކުރުމަށް އެދިފައިވީ ނަމަވެސް، އެފަދައިން ލިޔުމުން އެ ނިންމުން ޝެލްބީންސްއަށް ދޫކޮށްފައި ނުވާކަން މައްސަލައިގެ ލިޔެކިޔުންތަކުން އެނގެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ގެ ގަވާއިދު ނަންބަރު 14-2022/R 31 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި އިބްތިދާއީ ބައްދަލުވުމުގައި މައްސަލައާ ގުޅުމެއްނތެ ލިޔުމެއް ބަލައިނުގަތުމަށް ނިންމައިފިނަމަ އެ މައުލޫމާތު އެ ލިޔުމެއް ހުށަހެޅިފަރާތަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ މައުލޫމާތު ހިއްސާކުރުމަށް ވަކި ގޮތެއް މި މާއްދާގައި ބަޔާންކޮށްފައި ނެތް ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މީގެ ކުރިން ނިންމާފައި ހުރި ބައެއް ނިންމުންތަކަށް ބަލާއިރު، ސިޓީއަކުން އެ ނިންމުން މައްސަލައިގެ ބައިވެރިންނާ ހިއްސާކޮށްފައިވާކަން އެނގެއެވެ. ޝެލްބީންސއިން މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުމާއެކު، ޓްރައިބިއުނަލްގެ އެއްވެސް ނިންމުމެއް ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހެކި ބަލައިގަތުމާގުޅޭ ގޮތުން ވަކި ނިންމުމެއް ނިންމާފައިވޭތޯ އެފަދަ ނިންމުމެއް ޝެލްބީންސްއާ ހިއްސާކޮށްފައިވޭތޯ އެއާ ހިއްސާކޮށްފައި ނުވާނަމަ ހިއްސާކޮށްފައި ނުވާ ސަބަބު އޮޅުންފިލުވުމަށްޓަކައި ހައިކޯޓުގެ ރަޖިސްޓްރަރ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގެ ޖަވާބގު އ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ހެކި ބަލައިނުގުތަމަށް ނިންމި ނިންމުމަކީ ވަކި ނިންމުމެއްގެ ގޮތުގައި ލިޔުމުން ދީފައިވާ ނިންމުމެއް ނޫންކަމާއި ވަޒީފާއާބެހޭ އަޑުއެހުންތަކުގައި މެންބަރުން ނިންމާ ނިންމުންތައް ވަކި ލިޔުމެއް ނުވަތަ ނިންމުމެއްގެ ގޮތުގައި އާންމު އުސޫލުން ހިއްސާކުރެވިގެން ނުދާކަމާއި، އިސްތިއުނާފުކުރެވިފައިމިވ މައްސަލައިގައި ހިއްސާކުރެވިފައިވަނީ އެ ދުވަހު ބޭއްވުނު އަޑުއެހުމުގެ މަހުލރަ ބަޔާންކަމަށް ބުނެ ލިޔުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޖަވާބުދީފައި ވެއެވެ.
25ޕްރިސިޑެންސް 4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އަޑުއެހުންތަކުގައި މެންބަރުން ނިންމާ ނިންމުންތައް ވަކި ލިޔުމެއް ނުވަތަ ނިންމުމެއްގެ ގޮތުގައި އާންމުން އުސޫލުން ހިއްސާކުރެވިގެންނުދާކަމަށ ބަޔާންކޮށް މި ކޯޓަށް ސިޓީ ފޮނުވާފައި ވީނަމަވެސް، މިއީ އެ ޓްރައިބިއުނަލުން އާއްމު އުސޫލުން ކަންކުރަމުންދ ގޮތާ ނޫންކަން ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/248 ގަޒިއްޔާއިން އެނގޭ ގޮތުގައި ހެކި ބަލައިނުތުމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމި ނިންމުން ލިޔުމުން ދޫކުރުމަށް މައްސަލައިގެ ބައިވެރިއެއް އެދުމުން އެ ނިންމުން ސިޓީއަކުން ހިއްސާކޮށްފައިވާކަން އެނގޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު CR/200/2026/1-95 ސިޓީ (10 ފެބްރުއަރީ 2026) ޝެލްބީންސްގެ ވަކީލުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 23 އޮކްޓޫބަރު 2025 އަދި 09 ނޮވެންބަރު 2025 ގައި ފޮނުވި ސިޓީ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200/95/2026/1 ސިޓީ ހައިކޯޓުގެ އާމިނަތު ނަޝްވާ ޙަމީދު ވ. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް ގަޒިއްޔާއާ ގުޅިގެން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒާމެދު ނިންމާފައިވާ ނިންމުމަށް ބެލުމުން އެނގެއެވެ. އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އާމިނަތު ނަޝްވާ ޙަމީދު ހުށަހެޅި މައްސަލައިގައި އޭނާގެ ފަރާތުން ހުށަހެޅި ހެކި ބަލައިނުގަތުމަށް ނިންމުމުން، އެ ނިންމުން ލިޔުމުން ދޫކުރުމަށް އެދުމުން، ސިޓީއަކުން އެ ނިންމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދޫކޮށްފައިވެއެވެ. އެ ސިޓީއަކީ އިސްތިއުނާފުކުރެވޭނެ ލިޔުމެއް ނޫންކަމަށް ބަޔާންކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން އިޖުރާއީ އިއުތިރާޒެއް ހުށަހެޅުމުން، އެ މައްސަލައިގައި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ، އެ ސިޓީގައި ހެކި ބަލައިނުގަތުމަށް ނިންމި ސަބަބުތައް ބަޔާންކޮށް އެ ނިންމުން ނިންމި މެންބަރު ސޮއިކުރައްވައި، އެފަދަ ނިންމުމެއްގައި ފުރިހަމަވާންޖެހޭ ޝަކުލިއްޔާތުތައް ފުރިހަމަކޮށްފައިވާތީ، އެ ނިންމުން އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. މި ނިންމުމަށް ބެލުމުންވެސް އެނގިގެންދާ ހަގީގަތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އަމަލުކުރަމުންދާ އުސޫލައް ބަލާއިރު، ހެކި ބަލައިނުގަތުމަށް ނިންމާ ނިންމުން ލިޔުމުން ފޯރުކޮށްދިނުމަށް އެދޭ ހާލަތުގައި އެ ލިޔުން ދޫކުރކަމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ޝެލްބީންސްއިން އެ ނިންމުން ލިޔުމުން ފޯރުކޮށްދިނުމަށް އެދުމުން، އެ ނިންމުން ލިޔުމުން ހިއްސާކޮށްފައި އޮންނަންވާނެކަމަށް ފެނެއެވެ. އ ދ، އެފަދައިން ލިޔުމުން އެ ނިންމުން ދޫކުރުމަށް އެދެފިނަމަ މައްސަލައިގެ ބައިވެރިންނަށް އެ ލިޔުން ދޫކުރަންވާނެކަމާމެދު ބަހުސެއް ނެތެވެ.
26ޕްރިސިޑެންސް 5މި ދެންނެވުނު ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލައިގެ މަހުލަރު ބަޔާންތައް އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވަނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 280 ވަނަ މާއްދާއާ ޚިލާފަށްކަމަށް ގަބޫލުކުރެވެއެވެ. އަދި، މި ލިޔުންތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ އިސްތިއުނާފް ކުރެވިދާނެކަމަށް ނުފެންނާތީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 852 ވަނަ މާއްދާއާއި 287 ވަނަ މާއްދާއާ ހަވާލާދީ އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒު ބަލައިގަންނަށް ފެނެއެވެ. މި މައްސަލައަކީ ޝެލްބީންސްއިނ ހުށަހަޅާފައިވް ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅިދާނެ އިސްތިއުނާފެއް ނޫންކަމަށް ފެންނަ ހިނދު، އަދި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (i) އާ ހަވާލާދީ މި އިސްތިއުނާފީ މައްސަލަ ބާތިލްކަމަށ ކަނޑައެޅުމަށް އަހުރެންނަށް ފެންނަ ހިނދު، އަނޫޝްކ އޭނާ ބޮރަލެއްސާ ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒުގެ ދެވަނަ އަދި ތިންވަނަ ނުކުތާއާމެދު ގޮތެއް ކަނޑައަޅަން ނުޖެހޭކަމަށް ނިންމަން ފެނެއެވެ.
27އިސްވެ ފާހަގަކުރި ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލށ ހުށަހެޅް މައްސަލައިގައި ހެކަ ބަލައިނުގަތުމަށް ނިންމި ދުވަހުގެ މަހުލަރު ބަޔާންތަކަކީ މަދަނީ އިޖުރާއަތުގެ 280 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ނިންމުމެއްކަމަށް ނުވާތީ، މި އިސްތިއުނާފު ކުރިއަށް ގެންދަންޖެހޭ ގާނޫނީ ހަމައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. ވީމާ، ޝެލްބީންސއިން ހުށަހަޅާފައިވް އިސްތިއުނާފު ބާތލްކުރިންޖެހޭކަމުގައި އަހުރެން ދެކެމެވެ.
28މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް އަހުރެނ ތާޢީދު ކުރަމެވެ.
29މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް އަހުރެނ ތާޢީދު ކުރަމެވެ.
30މި ގަޒއްޔި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، އެ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހައްގު މިމައްސަލައިގ ހަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ގަޒިއްޔާގައި ނިންމުން ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި މިނިންމުން ނިމުނުގޮތުގެ ރިޕޯޓު ހަސްމުންނަށް ހވާލުކޮށްފައަ ނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ނިންމުން ނިމުނުގޮތުގެ ރިޕޯޓު ހަސްމުންނާ ހަވާލުކުރާ ތާރީޚެވެ. ނަމަވެސް، ނިންމުން ނިމުނުގޮތުގެ ހުލާސާއަށް ބިނާކޮށް ވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާ (އެކްސްޓްރެކްޓުގައި '852')
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާ (ފަރާތުގެ އިޢުތިރާޟުގައި)
- ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 31 ވަނަ މާއްދާގެ (ނ) ގެ 2
- ހައިކޯޓުގެ ނަންބަރު 2024/HC-A/248 (އާމިނަތު ނަޝްވާ ޙަމީދު ވ. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް) ގައި އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު މުރާދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޒާހިރު، ވިޝާމް ޒާހިރު މުރާދު ލޯ އެސޯސިއޭޓްސް އެންޑް ކޯ އެލް.އެލް.ޕީ
- ބެންޗު
- އިސްމާޢީލް ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- އިސްމާޢީލް ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް