ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/217
ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ޢާއިޝަތު ވަޙީދާ، 2024/HC-A/217
Vailet Holdings Private Limited v. Aishath Vaheedhaa 2024/HC-A/217 (2024/HC-A/217, High Court of the Maldives, 11 December 2024)
ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ޢާއިޝަތު ވަޙީދާ
މައިގަނޑު ސުވާލު
ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ބާޠިލް/ބަދަލުކުރުމަށް ހުށަހެޅުމުން، އެ ހުށަހެޅުމާމެދު ގޮތެއް ނިންމަންދެން ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުން ދެކޮޅު ހެދީ ރަނގަޅަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް މުރާޖަޢާކުރުމަށް ހުށަހެޅުމަކީ އޭގެ ޒާތުގައި އެ ޙުކުމް ތަންފީޛުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫނެވެ. ޙުކުމް ތަންފީޛު ފަސްކުރަން އެދޭނަމަ، ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިޙްތިމާލު އޮތްކަން ވާޤިޢާތަކުން ސާބިތުކޮށްދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42–44)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގައި މި ޙާލަތުގައި ޙުކުމް ތަންފީޛު ފަސްކުރުމުގެ އުޞޫލު ބަޔާންކޮށްފައިނުވާތީ، އެ ޤާނޫނުގެ އަސްލެއްކަމުގައި ބަލާފައިވާ The Civil Procedure Rules 1998 (83.7(4)، 40.8A) އަށް ބަލާއިރު، ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް މުރާޖަޢާކުރުމަށް ހުށަހެޅިއްޖެނަމަ، މުރާޖަޢާގެ ނިންމުމުގެ ކުރިންނާއި އެ ނިންމުމާއެކުވެސް ޙުކުމް ތަންފީޛު ފަސްކުރުމުގެ އަމުރެއް ނެރުމަކީ ކޯޓަށް އޮތް އިޚްތިޔާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33–40، ޝަނީޒް އަދި މަޒީދު)
- ޣައިރު ޙާޟިރުގައި ކުރި ޙުކުމެއްގެ ތަންފީޛު ފަސްކުރުމަށް އެދޭ ފަރާތުން ފަނޑިޔާރަށް ކޮންވިންސްވާ މިންވަރަށް ދެކަމެއް ސާބިތުކޮށްދޭންޖެހޭނެއެވެ: (1) މުރާޖަޢާގެ ނަތީޖާއިން ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިޙްތިމާލު އޮތްކަމާއި ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަން؛ (2) ތަންފީޛު ފަސްނުކޮށްފިނަމަ ބޭއިންސާފެއް ނުވަތަ އިޢާދަނުކުރެވޭ ގެއްލުމެއް ކުރިމަތިވެދާނެކަމާއި، ބެލެންސް އޮފް ކޮންވީނިއަންސަށް ބަލާއިރު ގެއްލުން ބޮޑީ އަމުރަށް އެދޭ ފަރާތަށްކަން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41، 44)
- ޙުކުމް ބަދަލުވުމުގެ އިޙްތިމާލު ދެނެގަތުމުގައި ވަގުތީ އަމުރަށް އެދުނު މަރުޙަލާއަށް ރިޢާޔަތްކުރަންވާނެއެވެ. ވަގުތީ އަމުރުގެ ފޯމާއި ޙުކުމް ބާޠިލްކުރުމަށް ހުށަހެޅި ފޯމުގައިވާ ލިޔުންތަކަށް ބަލައި އެފަދަ ސަބަބެއް ދެނެގަނެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45–46)
- ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިޙްތިމާލު ދައްކުވައިދޭ ވާޤިޢާތަކެއް ހުށަހަޅާފައިނުވާނަމަ، ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބެއް ނެތްކަމަށް ދޭހަވާތީ، ޙުކުމް ތަންފީޛުވުމުން އިޢާދަނުކުރެވޭ ގެއްލުމެއް ލިބިދާނެކަމަށް ބެލުމުގެ ފުރުޞަތެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49–51)
- އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ބޭރުގެ ޤަޟިއްޔާތަކަކީ (Denton v TH White، Thorn plc v MacDonald ފަދަ) މައްސަލައިގެ މައުޟޫޢާ ގުޅުމެއް ނެތް (sanctions ބާޠިލްކުރުމާއި ޣައިރު ޙާޟިރު ޙުކުމް މުރާޖަޢާކުރާ މިންގަނޑާ ބެހޭ) ޤަޟިއްޔާތަކެއް ނަމަ، އެ ޤަޟިއްޔާތަކަށް ބިނާކޮށް ތަންފީޛު ފަސްކުރުމުގެ ސުވާލަށް ޖަވާބެއް ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24–32)
- (ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ވަކި ރައުޔު:) ޙުކުމެއްގެ ތަންފީޛީ ބާރު ޙުކުމްކުރާ ތާރީޚުން ފެށިގެން ހިނގާނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 364 ވަނަ މާއްދާ ބަލާއިރު ޙުކުމެއްގެ ތަންފީޛު ފަސްކުރެވޭނީ މަތީ މަރުޙަލާގެ ކޯޓަކުން އަމުރުކޮށްގެން، ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާ ޙާލަތެއްގައެވެ. ކޯޓުތަކަށް ލިބިގެންވާ ތަޤްދީރީ ބާރު (inherent powers) ޤާނޫނާ ފުށުއަރާ ގޮތަކަށް ބޭނުންނުކުރެވޭނެ ހިނދު، ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް މުރާޖަޢާކުރަން ހުށަހެޅުމުން ދަށުކޯޓަށް ތަންފީޛު ފަސްކުރުމުގެ ބާރެއް ނުލިބޭނެއެވެ؛ ބޭރުގެ ޤައުމެއްގައި ކަންކުރާ ގޮތަކީ ދިވެހި ޤާނޫނު ދޫކޮށްލެވޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 56–61)
މައްސަލައިގެ ތަޢާރުފު:
1މިއީ ސިވިލް ކޯޓުގެ ނަންބަރު B3/VN/2024/03-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާ ގެ އިސްތިއުނާފު ރައްދުވަނީ މާލެ، […] / ޢާއިޝަތު ވަޙީދާ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް " ޢާއިޝަތު ވަޙީދާ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") ގެ މައްޗަށެވެ.
3[…] ގާރޑްން ނަމަކަށްކިޔާ ބަންޑާރަ ގޯތީގައި 10 ބުރީގެ ފައުންޑޭޝަންއަކާއި، ބޭސްމަންޓާއި، ގްރައުންޑް ފްލޯގެ އިތުރު 3 ފަންގިފިލާ އިމާރާތްކުރުމަށްޓަކައި ވައިލެޓް ހޯލްޑިންގްސް އާއި ޢާއިޝަތު ވަޙީދާ ދެމެދު 20 އޮކްޓޯބަރު 2021 އެއްބަސްވުމެއް ވެފައިވެއެވެ.
4އިސްވެ ބުނެވުނު ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން 1 އަހަރު ދުވަހުގެ ތެރޭގައި ވައިލެޓް ހޯލްޑިންގްސްގެ ފަރާތުން އިމާރާތުގެ މަސައްކަތް ނިމިފައިނުވާތީ، ލިޔުމުން ނޯޓިސް ފޮނުވައި ޢާއިޝަތު ވަޙީދާގެ ފަރާތުން އެއްބަސްވުން ބާޠިލްކޮށްފައިވެއެވެ. ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުން (AGR)02/VLH/2021 30 އޭޕްރީލް 2024 ގައި ޢާއިޝަތު ވަޙީދާގެ ފަރާތުން ވައިލެޓް ހޯލްޑިންގްސްއަށް ފޮނުވާފައިވާ ސިޓީ
5ޢާއިޝަތު ވަޙީދާގެ ފަރާތުން އެއްބަސްވުން ބާޠިލްކުރިކަން އަންގައި ފޮނުވި ނޯޓިސްއާ ގުޅިގެން ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވެއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރެއް ނެރެ ނުދިނުމަށެވެ.
6އަދި އޭގެ ފަހުން […] އެވެ ކިޔާ ގޯތި ޢިމާރާތް ކުރުމަށް ޢާއިޝަތު ވަޙީދާ އާއި ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓާޑާއ ދެމެދި ވެވުނު ނަންބަރު )(AGR)02/VLH/2021 އެއްބަސްވުމާ އެއްގޮތަށް ގޯތި އިމާރާތްކޮށް ނިންމައި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިގޯތި ޢާއިޝަތު ވަޙީދާއާ ޙަވާލުކޮށްފައިނުވުމުން، ޙަވާލާދެވިފައިވާ އެއްބަސްވުން ބާޠިލް ކުރުމަށްފަހު 2024 އޭޕްރީލް 30 ވަނަ ދުވަހު ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް، އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅައި ދިނުމަށާއި،އެއްބަސްވުމާއި އެއްގޮތަށް […] ގޯތި އިމާރާތްކޮށް ނިންމުމަށްފަހު ޢާއިޝަތު ވަޙީދާއާ ހަވާލުކޮށްފައި ނުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި މައްސަލަ ކޯޓަށް ހުށަހެޅުމާއި އެހެނިހެން ކަންކަމަށް ޤާނޫނީ ވަކީލެއް އައްޔަންކުރަންޖެހުމުން ޚަރަދުވި ފައިސާ ހޯދުމަށް އެދި ދައުވާއެއް ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ ތެރެއިން ޢާއިޝަތު ވަޙީދާގެ ފަރާތުން ވައިލެޓް ހޯލްޑިންގްސް މައްޗަށް ވަގުތީ 6 5 އަމުރަކަށް އެދި ހުށަހަޅާފައިވީ ނަމަވެސް މި ޤަޟިއްޔާގެ ތެރެއިން ވަގުތީ އަމުރެއް ނުނެރުމަށް ނިންމާފައިވެއެވެ.
7އަދި އޭގެ ފަހުން ސިވިiލ ކޯޓުގް ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގެ ތެރެއިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ޢާއިޝަތު ވަޙީދާގެ ފަރާތުން ހުށަހެޅުމުން 28 ޖުލައި 2024 ގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމަށް ނިންމާފައިވެއެވެ. އަދި އިސްވެ ބުނެވުނު އެއްވެސް ވަގުތީ އަމުރެއް އިސްތިއުނާފުކުރެވިފައިނުވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1354/Cv-C/2024 ޤަޟިއްޔާއިން ނެރެފައިވާ ވަގުތީ އަމުރު ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޤަޟިއްޔާ ސިވލ ކޯޓުގް ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގެ ތެރެއިން ވަގުތީ އަމުރާމެދު ނިންމި ގޮތް B16/VN/2024/03-144 (15 ޖޫން 2024)
8ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގައި ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށް އެދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ ސިވިލްކޯޓުގެ ނަންބަރ 2932/Cv-C/2024 ޤަޟިއްޔާއެވެ. އިސްތިއުނާފުކުރެވިފައިމިވަނީ އެ ކޯޓުގެ ނަންބަރު 2932/Cv-C/2024 ޤަޟިއްޔާގެ މައުޟޫއީ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅުމުން، އެއަމުރާމެދު ސިވިލް ކޯޓުން ނިންމި ގޮތެވެ.
9ސިވިލް ކޯޓުގެ ނަންބަރު B3/VN/2024/03-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމަވާފައިވަނީ އަންނަނިވި ފަދައިންނެވެ. "އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލައި، ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ނެރުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.
10ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރާމެދު ސިވިލްކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދޭންޖެހޭތަނެއް ނެތްކަމުގައެވެ. އެފަދައިން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.
1.10. ޣައިރު ހާޟިރުގައި ނިންމި ނިންމުން ބަދަލު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވާ ގޮތަށް ޙުކުމް ތަންފީޛުކުރުން ފަސްކޮށްފިނަމަ، ދަޢުވާއަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައްދު ނުދީގެން، ޣައިރު ޙާޟިރުގައި ގޮތެއް ނިންމި ނިންމުމަށް އަމަލުކުރުން މިވަގުތަށް ނުޖެހޭނެކަން،
2.10.ޣައިރު ހާޟިރުގައި ކުރާ ޙުކުމަކީ، އެ ޙުކުމް ބަދަލުކުރަން ނުވަތަ ބާޠިލްކުރުމަށް ހުށަހެޅި ސަބަބަށް ބަލައި ތަންފީޛުކުރުން މަޑުޖައްސާލެވޭނެ ނިންމުމެއް ނޫންކަން، ޣައިރު ޙާޟިރުގައިކުރާ ޙުކުމް ބާޠިލްކުރަން ނުވަތަ ބާޠިލްކުރުމަށް ހުށަހަޅާ މައްސަލައެއްގެ ތެރެއިން ޣައިރު ޙާޟިރުގައި ނިންމި ނިންމުން ތަންފީޛުކުރުން ފަސްކުރަން އެދޭނަމަ ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިޙްތިމާލު އޮތްކަން ވާޤިޔާތްތަކުން ސާބިތުކޮށްދޭންޖެހޭނެކަން،
3.10.ޣައިރު ހާޟިރުގައި ނިންމާ ނިންމުން ބަދަލު ކުރުމަށް ނުވަތަ ބާޠިލްކުރުމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި މިފަދަ ވަގުތީ އަމުރެއް ނެރުމުގެ ބަލަންޖެހޭ "ޙުކުމް ބަދަލް ނުވަތު ބާޠިލްވުމުގެ އިޙްތިމާލު އޮތްކަން އެ ވާޤިޔާއިން ސާބިތުވީކަމުގައި ބެލެވިދާނެކަމަށެވެ.
11ސިވިލް ކޯޓުގެ ނަންބަރު B3/VN/2024/03-144 " ވަގުތީ އަމުރާމެދު ނިންމި ގޮތް" ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
1.11.ސިވިލ ކޯޓުގް ނަންބަރު 2932/Cv-C/2024 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ ނަންބަރު B3/VN/2024/03-144 (26 ސެޕްޓެމްބަރު 2024) "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ނިންމާފައިވާ ނިންމުމަކީ ފާޅުކަންބޮޑު ގޮތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/177 (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވ. ސަދަން އެންޓަރ ޕްރައިސެސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ ޙުކުމާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވުމާއި، އެ ޤަޟިއްޔާގައި ކަނޑައަޅާފައި ނެތް ކަންކަން އެޤަޟިއްޔާއަށް ވައްދައިގެން އެ ޤަޟިއްޔާ މާނަކޮށްފައވުމާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ބޭނުން ކެނޑޭގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގެ ޙުކުމާ ބާތިލު ކުރަންޖެހޭނެކަމަށެވެ. ސަބަބެއްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މި މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކަށްވީ ނަމަވެސް، މި މައްސަލައިގައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަ ކުރަންޖެހޭކަންކަން ފުރިހަމަ ކޮށްފައިނުވާކަމަށެވެ. މިގޮތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައިވުމުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، ޣައިރު ހާޟިރުގައި ޙުކުމް ކުރުމުގެ ދެ އިޖުރާތެއް މަދަނީ އިޖުރާތު ޤާނޫނުގެ 117 ވަނަ މާއްދާއާއި 118 ވަނަ މާއްދާގައިވކަމަށާ ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން މި ޙާލަތުގައި ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޙުކުމް ބާޠިލްކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނުނުގެ 124 ވަނަ މާއްދާގެ ދަށުން އެ ޙުކުމް ރައްދުވާ ފަރާތުގެ ޙައްޤެއް ކަމަށެވެ.
13އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ އިތުރަށް ތަފްޞީލު ކުރަމުން ބުނެފައިވަނީ، މަދަނީ އިޖުރާއަތު ޤާނޫނުގެ 39 ވަނަ މާއްދާއަށް ބަލާއިރު ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަސްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް ނުވަތަ ޚަސްމަކު އެދުނު ފަރުވާގެ އިތުރު އެހެން ފަރުވާއެއް ދިނުމަށް ކަނޑައެޅިގެންނުވާކަމަށް ބަޔާންކޮށްފައި އޮތުމުން، ދައުވާކުރާ ފަރާތުން ސިޓީއެއް ފޮނުވައި އެއްބަސްވުން ބާޠިލްކުރިކަމަށް ބުނެފައިވީނަމަވެސް، ދައުވާކުރާ ފަރާތުން ފޮނުވާފައިވާ ޓާރމިނޭޝަން ނެތްނަމަ، ދައުވާކުރާ ފަރާތުން ޝަރީޢަތުގައި ނަގައިދިނުމަށް އެދުނު ފަރުވާ ނަގައި ނުދެވޭނެކަން އެ ޤާނޫނުގައި ބަޔާނކޮށްފައިވް ކަމަށެވެ. އަދި އިމާރާތްކުރުމުގެ މުއްދަތު ހަމަވެފައިވާކަމަށް ބެލުމުގައި އެއްބަސްވުމުގައި ހިމެނޭ އެންމެހައި މާއްދާތށަ ބަލައި، އެކަން ވަޒަންކޮށް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއްނެތްކަމަށެވެ. އަދި މިކަންކަމަކީ ޤާނޫނީ ގޮތުން ބަހުސެއް އޮތް އަދި އެކަމާމެދު މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައިގެން މެނުވީ ގޮތެއް ކަނޑައެޅޭނެ ކަންކަމެއް ނޫންކަމަށެވެ.
14އިސްތިއުނާފްކުރާ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/177 ޤަޟިއްޔާއަށް ހަވާލާދީ، އެ ކޯޓުން ޣައިރު ޙާޟިރުގައިކުރި ހުކުމުގެ މުރާޖާޢާކުރިއަށް ދާނަމަ ޙުކުމަށް އަމަލުކުރަންޖެހޭ ފަރާތްތަށާއި އެހެން ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެ ޙުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ދަށުކޯޓުން ނެރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރުގައި އެދިފައިވާގޮތަށ ސިވިލް ކޯޓުގް ނަންބަރު 2024-CVC-1456 ޙުކުމް ބާޠިލްކުރުމަށް އެދު ހުށަހަޅާފައިވާ މައްސަލައާމެދު ޝަރީޢތުނަ ވަކް ގޮތެއް ނިންމުމަ ގ ކުރިން ޙުކުމް ތަންފީޛު ކުރުން މަޑުޖައްސާލުމުގެ ގޮތުން ޙުކުމް ތަންފީޛު ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވާނެކަމާއި އިސްތިއުނާފުރައްދުވ ފަރާތުގާ މައްޗަށް އެ އަމުރު ނެރުމަކާނުލައި އާންމު އިޖުރާއަތުގެ ތެރެއިން މައްސަލަ ކުރިއަށް ގެންގޮސްފިނަމަ ދަށު ކޯޓަށް ހުށަހެޅިފައިވާ ހުށަހެޅުމުގެ މަޤްޞަދު ގެއްލި، ތަންފީޛް ކުރަންޖެހޭ ޙުކުމެއް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތަންފީޛުކުރެވި އެކަމުގެ ސަބަބުން އިޢާދަނުކުރެވޭ ގެއްލުންތަކާކުރިމަތިލާން ޖެހޭނެކަމަށް އެފަރާތުން ފާހަގަކުރެއެވެ.
15ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/177 ޤަޟިއްޔާގައި ޤާނޫނުގައި ބަޔާންވެގެންނުވި ނަމަވެސް، އަދި އެއްވެސް ފަރާތަކުން ކޯޓުގައި އެދިފައނުވި ނަމަވެސް، މުރާޖަޢާގައި ވަކި ގޮތެއް ނިމެންދެން، އެ ކޯޓުން ކުރި ޣައިރުޙާޟިރުގެ ޙުކުމަށް ޢަމަލުކުރަން އެހިނދަށް އޮންނަންވާނީ މަޑުޖެހިފައިކަމަށާއި، އެގޮތުން ޣައިރު ޙާޟިރުގައިކުރި ޙުކުމުގެ މުރާޖަޢާ ކުރިއަށްދާނަމަ ޙުކުމަށް ޢަމަލުކުރަންޖެހޭ ފަރާތްތަކަށާއި އެހެން ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެ ޙުކުމަށް ޢަމަލުކުރުން ފަސްކުރުމުގެ އަމުރެއް ދަށު ކޯޓުން ނެރެވިދާނެ ކަމަށް ބަޔާންކޮށްފައިވާކަމއާ ހުށަހެޅިފައިމިވާ މައްސަލާގައިވެސް އޮތް ޙާލަތަކީ އިސްވެ ދެންނެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާފަދައިން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ތަންފީޛުކުރުން މަޑުޖެހިފައި އޮންނަންޖެހޭ ޙާލަތެއްކަމަށް އިސްތިއުނާފުކުރާފަރާތުން ފާހަގަކޮށްފައިވެއެވެ.
16ސިވިލ ކޯޓުގް ނަންބަރު ކޯޓުގެ ނަންބަރު 2932/Cv-C/2024 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނަންބަރު B3/VN/2024/03-144 (26 ސެޕްޓެމްބަރު 2024) " ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވާ ނިންމުމަކީ ފާޅުކަންބޮޑު ގޮތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/177 (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓް ވ. ސަދަން އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާއާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ބޭނުން ކެނޑޭގޮތަށް ނިންމާފައިވާ ނ ންމުމެއ ކަމުގައް ކަނޑައަޅައި، ބުނެވިދިޔަ ނިންމުން ބާޠިލްކޮށްދެއްވައި، ސިވިލް ކޯޓުގެ ނަންބަރު 2932/Cv-C/2024 ޤަޟިއްޔާގައި ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައިގައި ޝަރީޢަތުން މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަންދެން ނުވަތަ ކޯޓުން އެނޫން ގޮތަކަށް އަންގަންދެން، ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގެ ޙުކުމަށް އަމަލު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅއެ ނޭޅުމަށާއި، ބުނެވިދިޔަ ޙުކުމާ ގުޅިގެން […] ކިޔާ ގޯތި ޙަވާކުރުމަށާއި، ތަޅުދަނޑިތަކާއި އަދި އެނޫންވެސް ތަކެތި ޙަވާލކު ރުމަށް އަންގައި އިސްތިއުނާފު ރައްދުވާ ފަރާތުން 11 ސެޕްޓެމްބަރު 4202 ގައި ފޮނުވާފައިވާ ސިޓީއަށް އަމަލުކުރުން ފަސްކުރުމަށާއި، ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން މިނޫންވެސް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ
17އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެ ނުދިނުމަށް ނިންމަވާފައިވަނީ ވައިލޓެ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަގުތެ އަމުރަށް އެދި ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
18އެގޮތުން އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނިންމމުގު 35 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވަނީ ޣައިރު ޙާޟިރުގައި ކުރާ ޙުކުމަކީ އެ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލްކުރުމަށް ހުށަހެޅި އެ ސަބަބަށްޓަކައި އެ ޙުކުމް މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ޙުކުމް ބަދަލު ކުރަންޖެހޭ ސަބަބު ވާޤިޔާތަކުން ސާބިތުކޮށްކޮށްދޭންޖެހޭކަމަށ ބަޔާންކޮށްފައިވީނަމަވެސް އެފަދް އިޙްތިމާލެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރެވިފައިމިވާ ނިންމުމަކީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ނިންމުމެއް ނޫންކަމަށެވެ. ސަބަބެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ މައުޟޫއީ މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 2932/Cv-C/2024 ޤަޟިއްޔާގައި ކަން ހިނގާފައިވާގޮތަށާއި، އެ މައްސަލައިގެ މައުޟޫއާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެންމެހައި ހުށަހެޅުންތައް އިސްތިއުނާފު ފޯމުގައި ހައިކޯޓަށް ހުށަހަޅާފައިވާއިރު، މިކޯޓުގެ މަރުޙަލާގައި އިސްތިއުނާފު ފޯމުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމާމެދު ގޮތެއް ނިންމައިފިނަމަ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ހައިކޯޓުން ދަށު ކޯޓުގެ މިހާރު ހިނގަމުންދާ މައްސަލައަށް އަސަރުކުރާ ފަދަ ގޮތަކަށް ގޮތް ކަނޑައެޅުން ކަމުގައިވެދާނެކަމެއްކަމަށެވެ. އަދި ޣައިރު ހާޒިރުގައި ކުރި ޙުކުމް ބާޠިލްކުރުމަށް ސިވިލް ކޯޓުން ނިންމާ ޙާލަތުގައި ޙިމާޔަތްކުރެވޭނީ ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މަސްލަހަތު އެކަނި ކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން 124 ވަނަ މާއްދާގެ (ށ) ގައި"... ޙުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާޠިލްކުރެވިދާނެއެވެ." މިފަދައިން އޮތުމުން އެއީ ކޯޓަށް ލާޒިމްކަމެއް ނޫންކަމާއި ނަމަވެސް އިޚްތިޔާރެއްކަމަށެވެ.
19ހަމައެހެންމެ، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ 03 ޝަރުތުވެސް މި މައްސަލައިގައި ފުރިހަމަވެފައިނުވާ ހާލަތުގައިކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަނެ ޓް ސަރވިސް(މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ތަޠުބީޤުކުރަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ޤަބޫލުކޮށް ސިވިލް ކޯޓުގެ މަރުޙަލާ އެފަދައިން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގައި ދެފަރާތުގެ ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެއްބަސްވުމުގެ ބަޔާންކުރާ މުއްދަތަށް އިމާރާތްކުރުމުގެ މަސައްކަތް ވައިލެޓް ހޯލްޑިންގްސް އިން ފުރިހަމަކޮށްފައިނުވާއިރު، އަދި އެއްބަސްވުމާއި އެއްގޮތަށް ދޭންޖެހޭ ކުލި ގަވާއިދުން ދައްކަމުން ގޮސްފައިނުވާއިރު، އެއްބަސްވުމާއި އެއްގޮތަށް ފައިސާނުދީ އިމާރާތް ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ބެލުމުގެ ދަށުގައި ބަހައްޓައި ބާޠިލްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދާކަމަށެވެ. އަދި އެއްބަސްވެ މާއި އެއްގޮތަށް އިމާރާތް ކޮށްފައިނުވާތީ، ޢާއިޝަތު ވަޙީދާ މިހާރު ދިރިއުޅެމުންދަނީ އެކި ތަންތަނުގައި ކުއްޔަށް ހިފައިގެންކަމަ ށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން އެއްބަސްވުން ބާޠިލކްރުމުންވެސ އެއްބަސްވުން ދެމެހެއްޓުމަކީ އިސްތިއުނާފުކުރާ ފަރާތަށެ މުޠުލަޤަށް އޮތް ޙައްޤެއްކަމުގައި ނުވާތީ، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައިވެސް އެއްބަސްވު ނ އަލުން ކުރިއަށް ގެންދިޔުމުގެ ޙައްޤު ނުލިބޭ ކަމަށާއި، މި މައްސަލައިގެ އަމުރު ނެރުމުގައި ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ތަޠުބީޤުކުރާއިރު، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރުއްވައިފިނަމަ ބޮޑު ގެއްލުމެއް ލިބޭނީ ޢާއިޝަތު ވަޙީދާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
20މި މައްސަލައިގައި ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުން އެކުގައި ހުއްޓުވުމަކީ އަދުލު އިންސާފަށް އެންމެ ރައްކާތެރިގޮތ ކަމަށް ނުވާތީއާއި، އަދި ބަހުސްގެ ބޭނުމަށްޓަކައި ސިވިލް ކޯޓުގެ ނަންބަރު 1456/Cv-C/2024 ޤަޟިއްޔާގެ ޙުކުމް މުރާޖައާކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލައި ސިވިލް ކޯޓުން ނިންމާ ނިންމުމުގެ ނަތީޖާއަކަށްވާނީ ނުވަތަ މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައިވެސް އެ ޙުކުމް އެއްގޮތަށް ދެމެހެއްޓުމަކީވެސ އޮތް ފުރުސަތެއްކަމަށްވެފައި، އަދި އެ ޙުކުމް މުރާޖަޢާކޮށް އަލުން މައްސަލަ މައުޟޫއީ ގޮތުން ހިންގައި ކޯޓުން ނިމޭއިރު ޢާއިޝަތު ވަޙީދާ އެދިފައިވާ ފަރުވާ އަނެއްކާވެސް ކޯޓުން ނަގައިދިނުމުގެ ފުރުސަތު އޮތުމުން، މި ޙާލަތުގައި ވައިލެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އެދިފައިވާގޮތަށް ސިވިލް ކޯޓުގެ ނަންބަރު B3/VN/2024/03-144 ވަގުތީ އަމުރާމެދު ނިންމި ގޮތް" ބާޠިލުކުރަންޖެހޭ ޙާލަތެއް ނެތްކަމުގައި ކަނޑައަޅުއްވައިދެއްވައި، ސިވިލް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމިގޮތް ބާޠިލްކޮށް ވަގުތީ އަމުރެއް ނެރެންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާ ޙާލަތުގައިވެސް މި މައްސަލައިގައި މިހާރު އޮތް ޙާލަތަށްވުރެ ގޯސް ޙާލަތަކަށް ނުދާނެ ގޮތަށް ހާލަތު ދެމެހެއްޓުމަށް (maintain status quo) އަމުރެއް މެނުވީ ނެރެނުދެވޭނެކަމަށް ކަނޑައަޅުއްވާއިދެއްވުމަށާއި، ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓުން ތަޙުވީލުކޮށްދެއްވުމަށް އެދޭކަމަށެވެ.
21މި މައްސަލައިގެ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ޖަވާބުދޭންޖެހޭ ނުކުތާއަކީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް މުރާޖަޢާ ކުރުމަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައިގައި ކޮށްފައިވާ ޙުކުމް ތަންފީޒުކުރަން ފަސްކުރަންޖެހޭތޯއެވެ.
22މި މައްސަލައަށް ބަލާއިރު، ޙުކުމް ތަންފީޒުކުރުން ފަސްކުރަން އެދޭނަމަ، ޙުކުމް ބަދަލު ނުވަތަ ބާތިލުވުމުގެ އިޙްތިމާލު އޮތްކަން ވާޤިއާތަކުން ސާބިތުކޮށްދޭންޖެހޭނެކަމަށާއި، އެފަދައިން ވާޤިއާއިން ސާބިތުވީކަމުގައި ބެލެވޭނީ، ޣައިރު ހާޒިރުގައި ނިންމާ ނިންމުން ބަދަލު ކުރުމަށް ނުވަތަ ބާޠިލުކުރުމަށް ކޯޓުން ކަނޑައަޅާ ހާލަތުގައިކަމުގައި ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ.
23ހަމައެހެންމެ، އެފަދަ ވާޤިއެއް މި މައްސަލާގައި ހުށަހަޅާފައިނުވާކަމަށާއި، މި މައްސަލާގައި އަމުރަށް އެދި ހުށަހަޅާފައިވަނީ، އޮޓޮމެޓިކް ޕްރޮސެސްއެއްގެ ގޮތުގައި ބަލައިގެން ކަމުގައި ދަށުކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ.
24ޕްރިސިޑެންސް 6އިސްތިއުނާފު ކުރާ ފަރާތުން، މި މައްސަލައާއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، and Denton others v TH White Ltd އާއި، Decadent Vapours Ltd v Bevan and others އަދި others and Davies v Ltd TDS Utilise މި މައްސަލަތައް ރިފަރެންސްގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
25ބަޔާންކުރެވުނު މައްސަލަތަކަކީ، ހިނގަމުންދާ މައްސަލައަކާ ގުޅިގެން، އަދަބެއްގެ ގޮތުގައި ފިޔަވަޅެއް (Sanctions) އަޅާފައިވާ ހާލަތެއްގައި އެފަދަ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށް އެދިފައިވާނަމަ، ކޯޓުތަކުން އެކަންކަމުގައި ރިޢާޔަތްކޮށް ބެލިދާނެ މިންގަނޑުތަކެއް ބަޔާންކޮށްދފައިވާ މައްސަލަތަކެކެވެ.
26އެއީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް މުރާޖަޢާ ކުރުމަށް ހުށަހަޅާފައިވާ ހަލާތުގައި، އެޙުކުމަކާ ގުޅޭގޮތުން ހުކުމްތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމުގައި ޢަމަލުކުރެވިދާނެގޮތްތައް ބަޔާންކޮށްފައިވާ މައްސަލަތަކެއް ނޫނެވެ.
27އެގޮތުން، އެ މައްސަލަތަކުގައި ޖުމްލަގޮތެއްގައި ކަނޑައަޅާފައިވަނީ އެފަދަ ފިޔަވަޅެއް (Sanctions) އަޅާފައިވަނިކޮށް، އެފިޔަވަޅު ބާތިލުކޮށްދިނުމަށ އެދް ހުށަހަޅި ހުށަހެޅުންތަކުގައި، ތްރީ ސްޓޭޖް ޓެސްޓެއް ކޯޓުތަކުން ހެދިދާނެކަމަށާއި، އެއީ؛
1.27. އެކުރި ޢަމަލކަ ކިހާވަރެއްގެ ބޮޑު ކަމެއްތޯއާއި، އެކަމުން ކޮށްފައިވާ އަސަރަކީ ކޮބައިކަން ބެލުން: )Seriousness or Significance( (މިސާލަކަށް، އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ ޢަމަލެއްތޯ ނުވަތަ އެކަމުގެ ސަބަބުން މައްސަލަ ލަސްވެފައިވެތޯ މިފަދަ ކަންކަމެވެ).
2.27. އެކަން ބުނެދީފައިވާގޮތަށް ބަލާއިރު، އެއީ އެކަށީގެންވާ ރަނގަޅު ސަބަބެއް އޮވެގެން ނުވަތަ އެކަށީގެންވާ ސަބަބެއް މެދުވެރިގެން ދިމާވެފައިވާ ހާލަތެއްތޯ ބެލުން : (Justification)
3.27. އެފަދަ ފިޔަވަޅެއް ބާތިލުކުރުމަށް ނިންމުމަކީ، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢަމަލުކުރުމަށް އޮންނަ ޒިންމާ ނެގެހެއްޓުމާއެކ އަދުލު އިންސާފު ލިބުނު ކަށަވަރުކުރުމުގެ ގޮތުން، އެންމެ އިންސާފުވެރި ގޮތްކަމަށް ބެލެވޭތީ( : Proportionality) މިއެވެ.
28ބަޔާންވެދިޔަ Denton Principles ތަކަކީ، The civil procedure Rules 1998 ގެ 3.9 relief )from sanctions) ގެ ދަށުން، The civil procedure Rules 1998 ގައި ނުވަތަ ޕްރެކްޓިސް ޑައިރެކްޝަންއެއްގައި، ނުވަތަ ކޯޓު އަމުރެއްގައި ބަޔާންކޮށްފައިވާގޮތަށް ވަކިކަމެއް ނުކުރުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅެއް ބާތިލުކޮށްދިނުމަށ އެދް ހުށަހަޅި ހުށަހެޅުންތަކުގައި ބަލަންޖެހޭ މިންގަނޑުތައް ބަޔާންކޮށްދޭ އުސޫލުތަކެކެވެ.
29މި މައްސަލައަށް އެ އުސޫލުތައް ތަތްބީޤުކުރާނަމަ ބަލަންޖެހޭނީ، ޣައިރު ހާޒިގައި ކޮށްފައިވާ ޙުކުމަކީ، ހަމަހަޤީގަތުގައިވެސް، އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ސީރިއަސް އަދި ސިގްނިފިކެންޓް ޢަމަލެއްގެ ނަތީޖާތޯއާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ ޢަމަލަކީ، އެކަށީގެންވާ ސަބަބެއް ނުވަތަ އުޒުރެއް ބުނެދެވިފައިވާ ޢަމަލެއްތޯއާއި، އަދި އަމަލުގެ މައްޗަށް ޣައިރު ހާޒިރުގައި ޙުކުމެއް ކުރުމަކީ އެންމެ އެކަށީގެންވާ ފިޔަވަޅުތޯއެވެ. އެހެންނަމަވެސް އެއީ މި މިފަދަ މައްސަލަތަކުގެ މަޢުޟޫއެއް ނޫނެވެ.
30ހަމައެފަދައިން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ and MacDonald v plc Thorn [1999] another އަށް ބަލާއިރު، އެ މައްސަލައަކީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް މުރާޖަޢާކުރުމުގައި، އެކަށީގެންވާ ދިފާއެއ އޮތްކަމަށް ބެލިދާނެ ސަބަބުތަކެއްގެ ގޮތުގައި ކަނޑައެޅިދާނެ ބައެއް ކަންކަން ބަޔާންކުރާ މައްސަލައެކެވެ. އަދި ހާއްސަކޮށް، ވަކިމުއްދަތެއްގައި ހުށަހަޅަން އޮންނަ ލިޔުމެއް އެ މުއްދަތު ފާއިތުވެދިޔަފަހުނ ހުށަހަޅް ހާލަތުގައި، އެފަދަ ކަންކަން މިނެކިރައި، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމުގައި އެފަދަ ކަންކަން ބެލިދާނެ މިންގަޑުތައް އެ މައްސަލާގައި ބަޔާންކުރެއެވެ.
31އެހެންނަމަވެސް، އިސްތިއުނާފުކުރެވިފައިވާ މި މައްސަލައަކީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް މުރާޖަޢާކުރި ގޮތް ގޯސްވެގެން ނުވަތަ، މުރާޖަޢާ ނުކުރުމަށް ނިންމައިގެން ހުށަހެޅިފައިވާ އިސްތިއުނާފެއް ނޫނެވެ. މި މައްސަލައަކީ މުރާޖަޢާ ކުރަން ހުށަހެޅުނު މައްސަލައެއްގެ ތެރެއިން ވަގުތީ ފަރުވާއެއްގެ ގޮތުގައި، ޙުކުމްތަންފީޒުކުރަން ފަސްކޮށްދިނުމުގެ އަމުރަކަށް އެދުމުން، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅާފައިވާތީ ކޮށްފައިވާ އިސްތިއުނާފެކެވެ.
32ބަޔާންވެދިޔަ ކަންކަމަށްބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު މައްސަލަތަކަކީ، މި މައްސަލައިގެ މަޢުޟޫއާ ގުޅުންހުރި މައްސަލަތަކެއް ކަމުގައި ނުދެކެމެވެ.
33ޕްރިސިޑެންސް 2ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް މުރާޖަޢާ ކުރުމަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައިގައި ކޮށްފައިވާ ޙުކުމް ތަންފީޒުކުރަން ފަސްކުރަންޖެހޭނެކަމަށ މަދަން އިޖުރާއަތުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިނުވާހިނދު، މިކަމުގައި އެހެން ޤައުމުތަކުން ޢަމަލުކުރަމުން އަންނަގޮތ ބަލައިލުން މުހިންމުކަމުގައި ދެކެމެވެ.
34އެގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނު އެކުލަވާލުމުގައ އަސްލެއްކަމުގައި ބަލާފައިވާ civil The procedure Rules 1998 އަށް ބަލާއިރު، މި Rules ގެ 83.7 ގެ (4) ވަނަ ނުކުތާއަށް ބަލާއިރު، 2 ހާލަތެއް މެދުވެރިވެއްޖެކަން ދައްކުވައިދީފިނަމަ، ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެނގިދާނެއެވެ.
1.34. އާދަޔާޚިލާފް ހާލަތެއް ދިމާވެފައިވުމުގެ ސަބަބުން، އެހިނދަށް ޙުކުމް ތަންފީޒުކުރުމަކީ، ބޭއިންސާފެއް ކުރިމަތިވެދާނެ ހާލަތެއްކަމުގައި ބެލެވޭފަދަ ކަމެއް އޮތުން
2.34. ޙުކުމުގައި ދެއްކުމަށް އަންގާފައިވާ ފައިސާ ދެއްކުމުގެ ޤާބިލުކަން ނެތުން
351998 The civil procedure Rules ގެ 40.8 ގެ (A) އަށް ބަލާއިރު، ޣައިރު ހާޒިރުގައި ކުރާ ޙުކުމެއް މުރާޖަޢާކުރުމަށް ހުށަހަޅާހިނދު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދޭނަމަ، އެފަދަ އަމުރަކަށް އެދެންވާނެކަމަށާއި، އަދި އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް، ޙުކުމް ތަންފީޒުކުރުން ފަސްކުރުމަކީ، އެ މައްސަލާގައި އެންމެ އިންސާފުވެރިގޮތްކަމަށ ފަނޑިޔާރަށް ފެނިއްޖެނަމަ، އަދި އެ ޙުކުމް ތަންފީޒުކުރުމުގެ ސަބަބުން ބޭއިންސާފެއް ކުރިމަތިވެދާނެކަމެއްކަމަށ ފަނޑިޔާރަށް ބުރަވެވިއްޖެނަމަ އެފަދަ އަމުރެއް ނެރެވިދާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. )83.7( Writs of control and warrants – power to stay execution or grant other relief (4) If the court is satisfied that— (a) there are special circumstances which render it inexpedient to enforce the judgment or order; or (b) the applicant is unable from any reason to pay the money, (40.8A) Stay of execution and other relief Without prejudice to rule 83.7(1), a party against whom a judgment has been given or an order made may apply to the court for— (a) a stay of execution of the judgment or order; or (b) other relief,
36އެހެންކަމުން، އިސްވެ ބަޔާންކުރެވުނު 1998 The civil procedure Rules ގެ މާއްދާތަކަށް ބަލާއިރު، ޣައިރު ހާޒިރުގައި ކުރާ ޙުކުމެއް މުރާޖަޢާކުރުމަށް ހުށަހަޅާހިނދު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދިއްޖެނަމަ، ޙުކުމަށް ޢަމަލުކުރުން ފަސްކުރުމުގެ އަމުރެއް، ނެރެވިދާނެ ކަމުގައި ދެކެމެވެ. ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުނެރުން:
37ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެވިދާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެކަމާގުޅޭ އުސޫލުތަކެއް ނުވަތަ އިޖުރާއަތުތަކެއް މަދަނި އިޖުރާއަތުގެ ޤާނޫނު ގައި ނެތްހިނދު، މަދަނީ އިޖުރާއަތުގެ ޤާނޫނު އެކުލަވާލުމުގައ އަސްލެއްކަމުގައި ބަލާފައިވާ civil The procedure Rules 1998 އަށް ޢަމަލުކުރުމައި ކަންކުރަމުން އަންނަގޮތ ބަލާލުން މުހިންމުކަމުގައި ދެކެމެވެ.
38އެގޮތުން، ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކަށް ބަލާއިރު އަންނަނިވި މައްސަލަ ފާހަގަކުރެވެއެވެ. Sewing Machine Rentals Ltd v Wilson & Another [1976] .38.1
1.1.38. މި މައްސަލާގައި، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް މުރާޖަޢާކުރަން ހުށަހެޅުމާއެކު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް، އެދިފައިވެއެވެ.
2.1.38. ހަމައެހެންމެ، މި މައްސަލާގައި ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމާމެދު ގޮތެއް ނިންމުމުގެ ކުރީން، އެދިފައިވާ ފަދައިން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފައިވެއެވެ.
3.1.38. އަމުރު ނެރުން ބިނާކޮށްފައިވަނީ، ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުމުގެ މައްޗަށާއި، ޙުކުމް މުރާޖަޢާކުރުމާމެދ ގޮތެއު ނިންމުމުގެ ކުރީން، ޙުކުމް ތަންފީޒުކޮށްފިނަމަ on the ground of matters which have occurred since the date of the judgment or order, and the court may by order grant such relief, and on such terms, as it thinks just. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ބޭއިންސާފެއް ނުވަތަ އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެކަމަށް ބެލެވޭ ސަބަބުތަކެއް ހުރުމުގެ މައްޗަށެވެ.
4.1.38. އެގޮތުން، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމަށް ކޯޓުން ނިންމާފައިވަނީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމާމެދ ގޮތެއު ނިންމުމާ ހަމައަށް status quoދެމެހެއްޓުމުގެ ގޮތުންނެވެ. އަދި މައްސަލަ ހުށަހެޅި ފަރާތުގެ މަސްލަޙަތު ހިމާޔަތްކުރުމުގެ ގޮތުން، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމާމެދ ގޮތެއު ނިންމުމުގެ ކުރީން، ޙުކުމް ތަންފީޒުކޮށް ނިންމުމުން ދިމާވެދާނެ ބޭއިންސާފަކުން އެއްކިބާ ކުރުވުމުގެ ގޮތުންނެވެ.
39The civil procedure Rules 1998 އާއި ދާދި އެއްގޮތް އިޖުރާއަތެއް ކަމަށްވާ Supreme Court 2022 Rules Procedure Civil Jamaica of ގެ ދަށުން ނިންމާފައިވާ ބައެއް މައްސަލަތަކަށް ބަލާއިރު & Another [1976] Machine Rentals Ltd v Wilson Sewing މައްސަލައާ ޙަވާލާދީ، ހަމަ މިއުސޫލު، ޖަމައިކާގ ކޯޓެ އޮފް އެޕީލްއިން ނިންމާފައިވާ v. Marlon Anika Brown (2022) Pennicooke މައްސަލައިގައއްޔާއި، ޖަމައިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ Steve Douglas v. Patrica Armstrong (2021) މައްސަލާގައިވެސް ތަތުބީގުކޮށްފައިވެއެވެ.
40އެހެންކަމުން، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމަށް ހުށަހެޅިފައިވާނަމަ، އެ ޙުކުމް މުރާޖަޢާކުރުމާމެދ ގޮތެއު ނިންމާފައިނުވާ ހަލާތުގައްޔާއި، އަދި ޙުކުމް މުރާޖަޢާކޮށް ނިންމާ ނިންމުމާއި އެކުގައިވެސް، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމަކީ، ކޯޓަށް އޮތް އިޚްތިޔާރެއް ކަމުގައި ދެކެމެވެ.
41ޕްރިސިޑެންސް 3ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، އެފަދަ އަމުރަކަށް އެދޭ ފަރާތުން، ދެކަމެއް ފަނޑިޔާރަށް ކޮންވިންސްވާ މިންވަރަށް ސާބިތުކޮށްދޭންޖެހެއެވެ. އެއީ؛
1.41. ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމަށް ހުށަހަޅާފައިވާ ހުށަހެޅު މުގެ ނަތީޖާއިން ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިހްތިމާލު އޮތްކަމާއި، ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަން.
2.41. ޙުކުމް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ، ބޭއިންސާފެއް ނުވަތަ އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެކަން އަދި ބޭލެންސ އޮފް ކޮންވީނިއަންސަށް ރިޢާޔަތްކުރާއިރު، އެފަދަ ގެއްލުން ބޮޑީ އަމުރަށް އެދޭ ފަރާތަށްކަން.
42ޕްރިސިޑެންސް 1މި މައްސަލާގައި ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު، ޣައިރު ހާޒިރުގައި ކުރާ ޙުކުމަކީ، އެ ޙުކުމް ބަދަލުކުރަން ނުވަތަ ބާޠިލުކުރުމަށް ހުށަހެޅީތީ، އެ ސަބަބަށް ބަލައި ތަންފީޒުކުރުން މަޑުޖައްސާލެވޭނެ ނިންމުމެއް ނޫންކަމަށާއި، ޣައިރު ހާޒިރުގައި ކުރާ ޙުކުމު ބަދަލުކުރަން ނުވަތް ބާޠިލުކުރަން ހުށަހަޅާ މައްސަލައެއްގެ ތެރެއިން، ޣައިރު ހާޒިރުގައި ނިންމި ނިންމުން، ތަންފީޒުކުރުން ފަސްކުރަން އެދޭނަމަ، ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިހްތިމާލު އޮތްކަން ވާޤިއާތަކުން ސާބިތުކޮށްދޭންޖެހޭނެކަމަށާއި އެހެންނަމަވެސް، އެފަދަ ވާޤިއާއެއް ހުށަހަޅާފައިނުވާކަމަށާއި، މި ވަގުތީ އަމުރުގެ ހުށަހެޅުމަކީ، އެއީ އޮޓަމެޓިކް ޕްރޮސެސްއެއްގެ ގޮތުގައި ބަލައިގެން ހުށަހެޅި ހުށަހެޅުމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
43ހަމައެހެންމެ، ޣައިރު ހާޒިރުގައި ނިންމާ ނިންމުން ބަދަލު ނުވަތަ ބާޠިލުކުރުމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި މިފަދަ ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭ "ޙުކުމް ބަދަލް ނުވަތު ބާޠިލުވުމުގެ އިހްތިމާލު އޮތްކަން އެ ވާޤިއާއިން ސާބިތުވީކަމުގައި" ބެލެވިދާނެކަމުގައި ކަނޑައަޅާފައިވެއެވެ.
44ދަށު ކޯޓުން ކަނޑައަޅާފައިވާ ކަންކަމަށް ބަލާއިރު، ޣައިރު ހާޒިރުގައި ނިންމާ ނިންމުން ބަދަލު ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ މައްސަލައެއްގެ ތެރެއިން، ޣައިރު ހާޒިރުގައި ނިންމި ނިންމުން ތަންފީޒުކުރުން ފަސްކުރަން އެދޭނަމަ، ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިހްތިމާލު އޮތްކަން ވާޤިއާތަކުން ސާބިތުކޮށްދޭންޖެހޭނެކަމީ އަހުރެންވެސް އެއްބަސްވާކަމެކެވެ. ހަމައެއާއި އެކުގައި، ޙުކުމް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ، ދިމާވެދާނެ ބޭއިންސާފެއް ނުވަތަ އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެކަން ދައްކުވައިދޭ ސަބަބުތަކެއް ހުށަހެޅިފައި ވެސް ހުންނަންވާނެއެވެ.
45ޕްރިސިޑެންސް 4ހަމައެހެންމެ، ޙުކުމް ބަދަލުވުމުގެ އިޙްތިމާލު ދެނެގަތުމުގައި، ވަގުތީ އަމުރަށް އެދިފައިވާ މަރުހަލާއަށް ރިޢާޔަތްކުރަންވާނެކަމުގައި ދެކެމެވެ. އެގޮތުން، ޣައިރު ހާޒިރުގައި ނިންމާ ނިންމުން ބަދަލު ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ މައްސަލައާއިއެކ ނުވަތު އެ މައްސަލަ ކުރިއަށްދަނިކޮށް، ޣައިރު ހާޒިރުގައި ނިންމި ނިންމުން ތަންފީޒުކުރުން ފަސްކުރަން އެދި، ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިހްތިމާލު އޮތްކަން ދައްކުވައިދޭ ސަބަބުތަކެއް ހުށަހެޅިފައިވާނަމަ، އަދި އެއީ ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއްތޯ ދެނެގަތުމުގައި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދި ހުށަހަޅާފައިވާ ފޯމުގައިވާ ސަބަބުތަކަށާއި، އަދި ޣައިރު ހާޒިރުގައި ނިންމާ ނިންމުން ބަދަލު ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާފައިވާ ފޯމުގައިވާ ލިޔުންތައްކަށް ރިޢާޔަތްކޮށް، އެފަދަ ސަބަބެއްތޯ ދެނެގަނެވިދާނެއެވެ.
46އަދި ހަމައެފަދައިން، ޙުކުމް ތަންފީޒުކުރަން ފަސްކުރުމުގެ އަމުރަށް އެދި ހުށަހަޅާފައިވާ ފޯމުގައިވާ ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، ޙުކުމް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ، ދިމާވެދާނެ ބޭއިންސާފެއް ނުވަތަ އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެކަން ދައްކުވައިދޭ ސަބަބުތަކެއް ހުރިކަން ދެނެގަނެވިދާނެއެވެ.
47އެހެންނަމަވެސް، ޣައިރު ހާޒިރުގައި ނިންމި ނިންމުން ތަންފީޒުކުރުން ފަސްކުރަން އެދިފައިވާއިރު، ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިހްތިމާލު އޮތްކަން ދައްކުވައިދޭ ވާޤިއާތަކެއް މި މައްސަލާގައި ހުށަހަޅާފައިނުވާކަމަށް ދަށު ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވާއިރު، އެއީ އިސްތިއުނާފު ކުރެވިފައިވާ ނުކުތާއެއް ނޫންކަމުން، އެ ނުކުތާ އިތުރަށް ދިރާސާކޮށް، އެކަމުގައި ގޮތް ކަނޑައަޅަންޖެހޭކަމުގައި ނުދެކެމެވެ.
48އޭގެ އިތުރުން، ޙުކުމް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ، ދިމާވެދާނެ ބޭއިންސާފެއް ނުވަތަ އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެކަން ދައްކުވައިދޭ ސަބަބުތަކެއް ހުށަހެޅިފައިވޭތޯ ބަލާއިރު، "ވަގުތީ އަމުރަށް އެދޭ ފޯމު" ގެ "ވަގުތީ އަމުރު ނެރުމަކާނުލ އަސްލާ މަޢުޟޫޢު ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން" މި މަޢުޟޫގެ ދަށުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، "އިމާރާތުގެ ތަޅުދަނޑި ޙަވާލުކުރުމަށް އަންގައި ވަގުތީ އަމުރު ރައްދުވާ ފަރާތުން 11 ސެޕްޓެމްބަރ 2024 ގައި ސިޓީއެއް ފޮނުވައި، ޙުކުމް ތަންފީޒުކުރުމުގެ ކަންކަން އަމިއްލަ އިސްނެގުމަށް ފަށާފައިވާތީ، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމަކާނުލައި އާންމު އިޖުރާއަތުގެ ތެރެއިން މައްސަލަ ކުރިއަށް ގެންގޮސްފި ކަމަށްވާނަމަ ޙުކުމް ބާތިލުކުރުމަށ ހުށަހަޅާފައިވް ހުށަހެޅުމުގެ މަޤްސަދު ގެއްލި، އަދި ތަންފީޒުކުރަން ނުޖެހޭ ޙުކުމެއް ތަންފީޒުކުރެވި ވަގުތީ އަމުރަށް އެދޭ ފަރާތަށް އެކަމުގެ ސަބަބުން އިއާދަނުކުރެވޭ ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމެއް" ކމުގައަ ބަޔާންކޮށްފައިވެއެވެ.
49ޕްރިސިޑެންސް 5ބަޔާންކުރެވުނު ފަދައިން، ގެއްލުންތަކެއް ވެދާނެކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، ޣައިރު ހާޒިރުގައި ނިންމާ ނިންމުން ބަދަލު ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ މައްސަލައާއި އެކު ނުވަތަ އެ މައްސަލަ ކުރިއަށްދަނިކޮށް، ޣައިރު ހާޒިރުގައި ނިންމި ނިންމުން ތަންފީޒުކުރުން ފަސްކުރަން އެދޭނަމަ، ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިހްތިމާލު އޮތްކަން ދައްކުވައިދޭ ވާޤިއާތަކެއް ހުށަހަޅާފައިނެތްނަމަ، އިއާދަނުކުރެވޭނެ ގެއްލުމެއް ޙުކުމުގެ ސަބަބުން ލިބިދާނެކަމަށް ބެލުމުގެ ފުރުސަތެއް އޮންނާނެކަމުގައި ނުދެކެމެވެ.
50އެހެނީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް ބަދަލު ނުވަތަ ބާޠިލުވުމުގެ އިހްތިމާލު އޮތްކަން ދައްކުވައިދޭ ވާޤިއާތަކެއް ހުށަހަޅާފައިނެތްނަމަ، އެކަމުން ދޭހަވަނީ ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ފެންނަން ނެތުމެވެ. އެހެންކަމުން، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ، ރަނގަޅު ޙުކުމެއްކަމުގައި ބެލުމުގެ ފުރުސަތު ބޮޑުކަމުގައި މިހާލަތުގައި ބެލެވިދާނެކަމުގައި ދެކެމެވެ.
51މިފަދަ ހާލަތެއްގައި، ކޯޓަކުން ކޮށްފައިވާ ޙުކުމެއް ތަންފީޒުވުމުން ނިކުންނާނެ ނަތީޖާއަކީ، ނުރަނގަޅު ނުވަތަ އިޢާދަ ނުކުރެވޭ ގެއްލުމެއް ކަމުގައި މިހިނދަށް ބެލެވިދާނެކަމުގައި ނުދެކެމެވެ. މައްސަލަ ނިންމަން ފެންނަގޮތް:
52ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، ދަށު ކޯޓުގެ ނިންމުން ބަދަލު ނުވަތަ ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
53މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.
54މި މައްސަލާގައި އިސްތިއުނާފީ ބަހުސް ބިނާވެފައި ވަނީ، ޣައިރުހާޒިރުގައި ކޮށްފައިވާ ހުކުމެއް ބާތިލުކުރުމަށް ހުށަހަޅާފައިވާ ހާލަތެއްގައި، އެ ހުށަހެޅުމާމެދު ގޮތެއް ނިމެންދެން، ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދުމުން އެގޮތުގެ މަތިން އަމުރު ނެރެދީފައި ނުވާތީ އެކަމުގެ މައްޗަށެވެ. މި ބަހުސަށް ވަނުމުގެ ކުރިނަ ޖަވާބު ހޯދަން ޖެހޭ އެންމެ އިސް ސުވާލަކީ، ޣައިރުހާޒިރުގައ ކުރި ހުކުމް ބާތިލުކުރުމަށ ނުވަތް ބަދަލުކުރުމަށް ހުށަހަޅާ ހާލަތުގައި، އެ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިމެންދެން، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރުމުގެ ގާނޫނީ ބާރު ކޯޓަށް ލިބިގެންވޭތޯއާމެދުގައވެ.
55ސާފުކޮށް އެނގެން އޮތް ހަގީގަތަކީ، ޣައިރުހާޒިރުގައ ކުރި ހުކުމް ބާތިލުކުރުމަށ ނުވަތް ބަދަލުކުރުމަށް ހުށަހަޅާ ހާލަތުގައި، އެ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިމެންދެން، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރެވިދާނެކަމަށ މަދަން އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާކަމެވެ.
56ޕްރިސިޑެންސް 7ވެރިވެދާނެ ހަމަ ކޮންމެ ހާލަތަކަށްމެ އިޖުރާއީ ގާނޫނުތަކުން މަގުދައްކައިދިނުމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ކުޅަދާނަ ކަމަކަށް ނުވާނެއެވެ. ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައި ނުހުންނަ ކަންކަމުގައި، އަދުލުއިންސާފުގެ ހާޖަތަށްޓަކައި (Ex debito justitiae) އަދި ސަރިޔަތުގެ ނިޒާމު ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި، ކޯޓުތަކަށް ތަގުދީރީ ބާރުތަކެއް (inherent powers) ލިބިގެންވާކަމަށް ދެކެން ޖެހެނީ މިހެންވެއެވެ. އެހެނަސް މި ފަދައިން ލިބޭ ބާރަކީ އެއްވެސް ހާލެއްގައި ގާނޫނުގައި ކަނޑައަޅާފައިވާ ކަމަކާ ފުށުއަރާ ނުވަތަ އެފަދަ ކަމަކާ ޚިލާފުވެވޭ ނުވަތަ އެ ފަދަ ކަމެއް ދޫކޮށްލެވޭ ގޮތަކަށް ބޭނުން ކުރެވޭނެ ބާރެއް ނޫންކަން ދަންނާން ޖެހެއެވެ.
57ޝަރުޢީ ކޯޓުން ކުރާ ހުކުމެއްގ އެންމެ މުހިންމު ސިފަޔަކީ އޭގައިވާ ތަންފީޒީ ބާރެވެ. ކޯޓުގެ ނިންމުމެއްގެ ބާރު ނުކެނޑޭހައި ހިނދަކު، އެންމެހައި ފަރާތްތަކުން އެ މައްޗަށް އަމަލުކުރުން ލާޒިމެވެ. އުސޫލެއްގެ ގޮތުން، ހުކުމުގެ ތަންފީޒީ ބާރު އެ ހުކުމެއް ކުރާ ތާރީހުގައި ހިނގަން ފަށާނެއެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 266 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވަނީ، ހުކުމެއް އިސްލާހުކުރަނ ހުށަހަޅް ހާލަތުގައި ވެސް އެ ހުކުމުގެ ތަންފީޒު ފަސްވެގެން ނުދާނެ ކަމަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 281 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ، ދަށު ކޯޓުގެ ހުކުމެއް އިސްތިއުނާފަށް ހުށަހެޅި ކަމުގައި ވިޔަސް، އެ ހުކުމް ތަންފީޒު ފަސްވެގެން ނުދާނެ ކަމަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 294 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، ނިހާއީ ހުކުމެއް މުރާޖައާކުރުމަށް ހުށަހެޅި ކަމުގައި ވިޔަސް، އެ ހުކުމުގެ ތަންފީޒު ފަސްވެގެން ނުދާނެ ކަމަށެވެ. މި މާއްދާތަކުން އެނގޭ ކަމަކީ ހުކުމުގެ ތަންފީޒީ ބާރު ދެމެހެއްޓުމަށް ގާނޫނުން ދީފައިވާ އަހައްމިއްޔަތެވެ. އަދި ހުކުމަށް ބަދަލުއަތުވެދާނެ ހުށަހެޅުމެއްގެ މައްޗަށް ކޯޓުގައި ސަރިޔަތެއ ހިންގަން ފެށުމަކީ، ހުކުމުގެ ތަންފީޒީ ބާރު ހިފެހެއްޓުމަށް ކޯޓަށް އޭގެ ޒާތުގައި ވެސް ބާރު ލިބިގެންދާ ހާލަތެއްކަމަށް ގާނޫނުގެ އަންދާޒާގައި ނެތްކަމެވެ. ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު)ގެ 77 ވަނަ މާއްދއިނާ މިކަން ދޭހަވާ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 263 ގެ (ހ)
58އެހެނީ، ކޯޓުގެ ނިޔާއެއްގެ ބާރު ކެނޑޭގޮތަށް ގޮތަށް ވަގުތީ ގޮތުން ވިޔަސް ކޯޓަށް އެއްވެސް ގޮތެއް ނިންމޭނީ، ކޮންމެހެން އޮތް ޖާއިޒު މުހުތާދަކަށޓަކައި، ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ހާލަތެއްގައި، ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ. ގާނޫނުން ހުއްދަކުރާ މިންގަނޑެއްގައި އެ މިންވަރަކަށް މެނުވީ ހުކުމަކަށް އަސަރުކުރާ ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ކޯޓަށް ކަމުގައި ވިޔަސް ލިބިގެން ވާނެ ކަމަކަށް އަހުރެންނަށް ނުފެނެއެވެ.
59އަނެއްކޮޅުން، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 364 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައި ވަނީ، "ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނުވަތަ ހައިކޯޓުން ކޮށްފައިވާ ޙުކުމެއް ނުވަތަ ޙުކުމެއްގެ ބައެއް ތަންފީޛުކުރުން ފަސްކުރެވޭނީ، އެ ޙުކުމް ނުވަތަ ޙުކުމުގެ ބައެއް ތަންފީޛުކުރުން ފަސްކުރުމަށް މަތީ މަރުޙަލާގެ ކޯޓަކުން އަމުރުކޮށްފި ހިނދެއްގައި އެކަންޏެވެ." މި ފަދައިންނެވެ. ހުކުމެއް ނުވަތަ ހުކުމެއްގެ ބައެއް ތަންފީޒުކުރުން ފަސްކުރެވޭނެ ގޮތަކީ ކޮބައިކަން މި މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައި އެ ވަނީއެވެ. އެއީ މަތީ މަރުހަލާގެ ކޯޓަކުން އަމުރުކުރުމެވެ. މި މާއްދާގެ ނައްސުގައި ".... ތަންފީޛުކުރުން ފަސްކުރުމަށް މަތީ މަރުޙަލާގެ ކޯޓަކުން އަމުރުކޮށްފި ހިނދެއްގައި އެކަންޏެވެ. " އޮތުމުން އެނގެނީ މި މާއްދާގައި ބަޔާންކޮށްފައި އެ ވަނީ، ހުކުމެއް ނުވަތަ ހުކުމެއްގެ ބައެއް ތަންފީޒުކުރުން ފަސްކުރެވޭނެ ހަމައެކަނި ގޮތް ކަމެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު ގެ 3 ވަނަ މާއްދާގައި އާންމު މާނައަށް ބެލމުގު އުސޫލު ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރުމުގައި، ވަކި ކަމެއް އެ ގާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ އިބާރާތް ނުވަތަ ޖުމުލައިން ދޭހަވާ އާންމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދޭން ވާނެ ކަމަށެވެ. އަދި އެ މާއްދާގެ ގާނޫނު ނަންބަރު: 2011/4
(ނ) ގައި ބަޔާންކޮށްފައި ވަނީ، ބަހެއް، ނުވަތަ އިބާރާތެއް، ނުވަތަ ޖުމުލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށެވެ. ވީމާ، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ އެހެން ވެސް ގާނޫނެއްގައި، ހުކުމް ތަންފީޒުކުރުން ފަސްކުރެވިދާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތެއް ފިޔަވައި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 364 ވަނަ މާއްދާގެ ސާފު ނައްސުގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ކުރެވިދާނެ ކަމަށް ބެލެވޭނޭ ގާނޫނީ ހަމައެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
60މިސާލަކަށް، ނިހާއީ ހުކުމް މުރާޖައާކުރުމަށް ހުށަހަޅާ ހާލަތުގައި، އެކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން، ހުކުމް ތަންފީޒުކުރުން ފަސްކުރެވިދާނ ކަމަށެ މަދަން އިޖުރާއަތުގެ ގާނޫނުގެ 294 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. މާނައަކީ، ޣައިރުހާޒިރުގައ ކުރި ހުކުމް ބާތިލުކުރުމަށ ނުވަތް ބަދަލުކުރުމަށް ހުށަހަޅާ ހާލަތުގައި، އެ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިމެންދެން، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރެވިދާނެކަމަށ މަދަން އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވަނީ، އިސްތިއުނާފު ކުރާ ހާލަތް ފިޔަވައި އެހެން ހާލަތެއްގައި ވެސް ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރު ކުރަން ޖެހޭ ހާލަތެއް މެދުވެރިދާނެކަމަށް ގާނޫނު ހަދާ މަޖިލީހަށް ނޭނގިގެނ ނޫން ކަމެވެ. އެ ގޮތަށް ބަޔާންކޮށްފައި ނުވަނީ ވަކި މަގުސަދެއްގައި ސަބަބެއް އޮވެގެން ކަމަށް ބަލަން ޖެހެއެވެ.
61ދުނިޔޭގެ އެހެން ގައުމެއްގެ ގާނޫނީ ނިޒާމުގައި ވަކިގޮތަކަށް ކަންކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ފަނޑިޔާރުން ނިންމުންތައް ނިންމުމުގައި އަމަލުކުރަން ޖެހެނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ކަމުގައި ވީހިނދު، ގާނޫނީ ގިއުގަނޑުނ ބޭރުން އެއްވެސް ނިންމުމަކަށް ވާސިލުވުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެން ނުވެއެވެ. ފަނޑިޔާރުންނަށްމެ ލިބިގެންވާ ބާރުތައް ހިފެހެއްޓިފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަކާއި މިންގަނޑެއްގ އިނެ މަތީގައެވެ.
62މި ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ބަލާއިރު، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި ނިންމި ނިންމުމަށް ބަދަލު ގެންނަން ސަބަބެއް އޮތް ކަމަށް އަހުރެންނަށް ނުފެނެއެވެ.
63މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 142 އާއި، ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ގާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) ގައި މި ފަދައިން ކަނޑައަޅާފައިވޭ. . ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ . . މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 124 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 117 އާއި 118 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުގެ ހުށަހެޅުމުގައި)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 263 (ހ)، 266 (ނ)، 281 (ހ)، 294 (ހ) އަދި (ށ)، 364 ވަނަ މާއްދާ (ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ)
- ގާނޫނުއަސާސީގެ 142 ވަނަ މާއްދާ؛ ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 (ހ)
- The Civil Procedure Rules 1998 (UK) – rule 83.7(4)، rule 40.8A، rule 3.9
- ހައިކޯޓުގެ 2023/HC-A/177 (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވ. ސަދަން އެންޓަރޕްރައިސަސް) – އިސްތިއުނާފުކުރި ފަރާތުން ހަވާލާދިން
- Sewing Machine Rentals Ltd v Wilson & Another [1976]
- Anika Brown v. Marlon Pennicooke (2022) (Court of Appeal, Jamaica)؛ Steve Douglas v. Patrica Armstrong (2021) (Supreme Court, Jamaica)
- Denton and others v TH White Ltd؛ Decadent Vapours Ltd v Bevan and others؛ Utilise TDS Ltd v Davies and others؛ Thorn plc v MacDonald and another [1999] (ގުޅުމެއް ނެތްކަމަށް ކަނޑައެޅި)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ސަޢީދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އިބްރާހީމް ޝަމީލް
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޢަބްދުލްމާނިޢު ޙުސައިން