ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/08
އެންޓި ކޮރަޕްޝަން ކޮމިޝަން ވ. ދިވެހި ފުލުހުންގެ ޚިދުމަތް، 2024/HC-A/08
Enti Korapshan Commission v. Maldives Police Service 2024/HC-A/08 (2024/HC-A/08, High Court of the Maldives, 27 January 2025)
އެންޓި ކޮރަޕްޝަން ކޮމިޝަން ވ. ދިވެހި ފުލުހުންގެ ޚިދުމަތް
މައިގަނޑު ސުވާލު
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލުމަށް ދިން އެންގުމާ ގުޅޭ މައުޟޫޢީ މައްސަލައެއްގެ ތެރެއިން އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނުނެރެ ނިންމީ ސަބަބުތައް ބަޔާންކޮށް ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯއާއި، އިސްތިއުނާފީ މަރުޙަލާއިން ވަގުތީ އަމުރެއް ނެރެދޭންޖެހޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، ވަގުތީ އަމުރު ނުނެރެ
ކަނޑައެޅުނު އުޞޫލުތައް
- ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ނެކްސްބިޒް ޤަޟިއްޔާގެ ޝަރުޠުތައް ބަޔާންކޮށްލުމަކުން ނުފުދޭނެއެވެ؛ ކޮންމެ ޝަރުޠަކަށް ވަކިވަކިން ބަލައި، އެ ޝަރުޠު ފުރިހަމަވާކަން ނުވަތަ ނުވާކަން ބަޔާންކުރުމުގައި އެކަށީގެންވާ ތަފްޞީލު ފަނޑިޔާރުގެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- ފަނޑިޔާރުގެ ނިންމުމަށް ވާޞިލުވި ސަބަބުތައް ބަޔާންނުކުރާނަމަ ދަށު ކޯޓުގެ ނިންމުން ރަނގަޅުތޯ އިސްތިއުނާފީ މަރުޙަލާގައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ؛ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ)(5) އާއި (ށ) ގެ ދަށުން ވަގުތީ އަމުރާމެދު ނިންމާ ނިންމުންތަކުގައިވެސް ސަބަބުތައް ތަފްޞީލުކޮށް ބަޔާންކުރަންވާނެއެވެ؛ މިއީ އިންޞާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤު ކަށަވަރުކުރުމަށް މުހިންމު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- މައުޟޫޢީ މައްސަލައެއްގެ ތެރެއިން އެދޭ ވަގުތީ އަމުރެއްގައި، މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަކާމެދު، އެ މައުޟޫޢަށް އަސަރުކުރާނެ ގޮތަށް ގޮތެއް ކަނޑައެޅިގެން ނުވާނެއެވެ؛ ކޮމިޝަނުގެ ސިޓީއަށް ޢަމަލުނުކުރުމަކީ ތަޙްޤީޤުކުރުމުގެ ބާރަށް ހުރަސްއެޅޭ ކަމެއް ނޫންކަމަށް ވަގުތީ އަމުރުގައި ކަނޑައެޅުމަކީ އެފަދަ ނުކުތާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33-37)
- ވަގުތީ އަމުރެއް ނެރުމަށް (1) ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވުން (fumus boni iuris)، (2) ވަގުތީ އަމުރަކާ ނުލައި މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވާނެ ނުރައްކަލެއް އޮތުން (periculum in mora)، (3) އެދޭ ފަރާތަށް އެފަދަ އަމުރަކަށް އެދުމުގެ ސިފަ ލިބިގެންވުން ފުރިހަމަވާންޖެހޭނެއެވެ (2012/SC-A/21 ނެކްސްބިޒް). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 39-41)
- fumus boni iuris ބަލާއިރު، ޙައްޤު ހިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް އޮތުމާއި، ހުށަހަޅާ ވާޤިޢާތަކަކީ އެފަދަ ޙައްޤެއްގެ އިޙްތިމާލު ޤާއިމުކުރެވޭ ކާފީ ވާޤިޢާތަކަކަށްވުން ބަލާނީ މައުޟޫޢީ މައްސަލައިގެ މިންގަނޑަށްވުރެ ލުއިކޮށް މަތިމަތިންނެވެ؛ މި މައްސަލައިގައި އެ ޙާލަތު ޤާއިމުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-44)
- ވަގުތީ އަމުރަށް އެދޭ ފަރާތުން އަމުރު ނުނެރެފިނަމަ ލިބޭނެ ގެއްލުން އެކަށީގެންވާ ގޮތެއްގައި ބަޔާންނުކޮށް، ފާހަގަކުރާ ކަންކަމަކީ މައުޟޫޢީ ދަޢުވާގައި ނިންމަންޖެހޭ ނުކުތާތަކަކަށްވާނަމަ، އަދި ހުއްޓުވަން އެދޭ ކަންކަން ތަންފީޛުވެ ނިމިފައިވާއިރު އަމުރަކުން ނިކުންނާނެ ނަތީޖާއެއް ދައްކައިނުދޭނަމަ، ވަގުތީ އަމުރެއް ނެރެދެވޭނެ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 45-50)
1މިއީ ސިވިލް ކޯޓުގެ ނަންބަރު B7/VN/2023/03-144 ވަގުތީ އަމުރާމެދު ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނގް (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ " އެންޓި-ކޮރަޕްޝަން ކޮމިޝަން") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތކަ މާލެ، ދިވެހި ފުލުހުންގެ ޚިދުމަތް (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދިވެހި ދައުލަތް)" އެވެ.
2ދިވެހި ފުލުހުންގެ ޚިދުމަތުން އެ ޙިދުމަތުގެ އިސްވެރިންގެ ތެރެއިން ބައެއް އިސްވެރިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، އެ ޚިދުމަތުގެ ވަކި މ ވައްޒަފުނ ތަކަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ގޮތުން، މަޤާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާތީ، އެ މައްސަލަ ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލާގެ ތަޙްޤީޤު ކޮމިޝަނުން ފަށައި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާއިންނާއި، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ އަދި 22 ވަނަ މާއްދާއިން އެ ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި، ލިބިފައިވާ ބާރުގެ ދަށުން ކޮމިޝަނުން ވަކިގޮތެއް އަންގަންދެން، ދިވެހި ފުލުހުންގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން މަޑުޖައްސާލުމަށް އެ ކޮމިޝަނުގެ ނަންބަރު ES/171/2023/62-123 (22 އޮކްޓޯބަރު 2023) ސިޓީން އަންގާފައިވީނަމަވެސް އެ އެންގުމަކީ، ކޮމިޝަނަށް ލިބިދޭ ޤާނޫނީ ބާރުތަކުގެ ދާއިރާއިން ބޭރުން އަންގާފައިވާ އެންގުމެއް ކަމަށާއި، އަދި އެ އެންގުމުގެ މައްޗަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަމަލުކުރަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށްބުނެ، ދިވެހެ ފުލުހުންގެ ޚދުމަތުނި އަމަލުކޮށްފައި ނުވަނީ ކޮމިޝަނުގެ ޤާނޫނީ ޒިންމާއާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ކަމުގައިވާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޢަމަލު ކުރުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު 3714/Cv-C/2023 ޤަޟިއްޔާއެވެ.
3ހަމަ އެފަދައިން، ބަޔާންވެދިޔަ ސިވިލް ކޯޓުގެ މައުޟޫއީ މައްސަލައިގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން، ނުވަތަ ފައިޞަލާކުރަނިވި ޙުކުމެއް ކުރެވެންދެން، ކޮމިޝަންގެ ES/171/2023/62-123 (22 އޮކްޓޯބަރު 2023) ސިޓީން އަންގާފައިވާ އެންގުމާއި ޚިލާފަށް، ދިވެހި ފުލުހުންގެ ޙިދުމަތުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދީފައިވާތީ، އެކަން ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރިއަށް ނުގެންދިއުމަށާއި، މަޤާމުގެ ކުރިއެރުން ލިބެންޖެހޭ ފަރާތްތަކަށް އެފަދަ ކުރިއެރުމެއް ލިބިގެން ތިންވަނަ ފަރާތެއްގެ ޙައްޤު އުފެދިދާނެ އެއްވެސްކަމެއް ނުކުރުމަށާއި، އެފަދަ ކަމެއް ކުރުމަށް ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށާއި، އެކަމާ ގުޅިގެން އިތުރު އެއްވެސް މަސައްކަތެއް ނުކުރުމަށާއި، މި މައްސަލާގައި ޝަރީޢަތުންކުރ ޙުކުމާ ތަންފީޒުކުރުމަށް ހުރަސް އެޅިދާނެ ފަދަ ނުވަތަ މަޤްސަދު ގެއްލިދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޙިދުމަތުގެ މައްޗަށް އަމުރުކޮށްދިނުމަށްއެދި ވަގުތީ އަމުރަކަށް އެދި މައުޟޫއީ ޤަޟިއްޔާގެ ތެރެއިން އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވެއެވެ.
4އިސްތިއުނާފުކުރެވިފައިމިވަނީ މައުޟޫއީ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅުމުން، އެ އަމުރާއިމެދު ސިވިލް ކޯޓުން ނިންމި ގޮތެވެ. ސިވިލް ކޯޓުގެ ނަންބަރު 3714/Cv-C/2023 ސިވިލް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމިގޮތް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
5ސިވިލް ކޯޓަށް ހުށަހެޅި "ވަގުތީ އަމުރާމެދު ނިންމިގޮތް" ސަބަބެއްގެ ގޮތުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައިވެއެވެ.
1.5 ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 244 ވަނަ މާއްދާގެ
(ރ) ގައި ވަގުތީ އަމުރަށް އެދޭ ފަރާތުން "ކޯޓު އަމުރު އޮންނަން އެދޭގޮތް ބަޔާންކުރާ ލިޔުން" އާއި އެ ލިޔުމުގެ ސޮފްޓް ކޮޕީ ހުށަހަޅަންވާނެކަން ބަޔާންކޮށްފައިވީނަމަވެސް ވަގުތީ އަމުރަށް އެދޭ ފަރާތުން އެ ލިޔުމުގެ ސޮފްޓް ކޮޕީ ކޯޓަށް ހުށަހަޅާފައިނުވާކަން.
2.5 އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ES/171/2023/62-123 (22 އޮކްޓޯބަރު 2023) ސިޓީއަށް ވަގުތީ އަމުރު ރައްދުވާ ފަރާތުން އަމަލު ނުކުރުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުން ދީފައިވާ ތަޙްޤީޤުކުރުމުގެ ބާރަށް ހުރަސް އެޅިގެންދާނެކަމަށް ނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް އޮސްޓްރޭލިއާ ވ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ) ޤަޟިއްޔާގައި، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ޢާންމު ތިން ޝަރުޠު، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިވެފައިނުވާކަމަށެވެ.
6ސިވިލް ކޯޓު ގެ ނަންބަރު B7/VN/2023/03-144 ވަގުތީ އަމުރުގައި ކަނޑައަޅފައިވަނާ ؛ "ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،ވަގުތީ އަމުރަށް އެދޭ ފަރާތުން މި ވަގުތީ އަމުރު ނެރެދިނުމަށް އެދިފައިވާ ގޮތަށް، ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމުގައި ކަނޑައަޅައިފީމެވެ. މިފަދައިންނެވެ.
7ސިވިލް ކޯޓގު ނަންބަރު B7/VN/2023/03-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ 03 (ތިނެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.7 ފުރަތަމަ ނުކުތާއަކާ : މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް، ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 3714/Cv-C/2023 ޤަޟިއްޔާއާ ގުޅިގެން، އެ ކޯޓުން ނިންމާފައިވާ ނަންބަރު B7/VN/2023/03-144 ވަގުތީ އަމުރާމެދު ނިންމި ގޮތުގައި، ކޮމިޝަނުން އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ޤާނޫނު މާނަކުރުމުގައި ގެންގުޅޭ ހަމަތަކާއި ޚިލާފަށް އަދި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ މިބާވަތުގެ މައްސަލަތަކުގައި ރިޢާޔަތް ކޮށްފައިވާ ކަންކަމަށާއި އެ ނުކުތާއާ ގުޅިގެން ކޮމިޝަނުން ދައްކާފައިވާ ވާހަކަތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނު ނަންބަރު 2010/12 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ މާއްދާއާ ޤާނޫނުއަސާސީގެ ޚިލާފަށްކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
2.7 ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު B7/VN/2023/03-144 ވަގުތީ އަމުރާ މެދު ނިންމިގޮތުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 240 ވަނަ މާއްދާއާ ޚިލާފަށް ކޮމިޝަނުން އެދިފައިވާގޮތަށް ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާ ސަބަބު ބަޔާންކޮށްދީފައިނުވާތީ، އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއް މަދަނީ އިޖުރާއަތުގެ ޤާނނޫ ގ 240 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ މަފްހޫމާ ޚިލާފަށް ނިންމާފައި ނިންމުމަކަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.7 ތިންވަނަ ނުކުތާއަކީ: މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާއިރު، މިވަގުތީ އަމުރާ ގުޅޭ މައުޟޫއީ މައްސަލަ ސިވިލް ކޯޓުގައި އޮއްވާ، އެ މައްސަލައަށް އަސަރުކުރާނެގޮތަކަށް ވަގުތީ އަމުރެއް ނުނެރެވޭނެކަމށަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރ މެނޭޖްމަންޓާ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު B7/VN/2023/03-144 ވަގުތީ އަމުރާ މެދު ގޮތެއް ނިންމާފައިވަނީ، މައުޟޫއީ މައްސަލާގައި ހިމެނޭ ހައްޤުތައް ކޮމިޝަނަށް ނަފީވާގޮތަށް، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އިން ކޮމިޝަނަށް ލިބޭ ބާރުތައް ނެތި، ކޮމިޝަނާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނޭ ގޮތަށް އަދި ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަ ނ، ވަގުތީ އަމުރަށް އެދޭ ފޯމު ގެ ވަގުތީ އަމުރަށް އެދޭ ސަބަބުތަކުގެ ދަށުން ހިމަނާފައިވާ ނުކުތާތަކުގައި ވަގުތީ އަމުރު ނުނެރެފިނަމަ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފްސީލުތައް ވަރަށް ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްފައި ވީނަމަވެސް، ސިވިލް ކޯޓުން ނިންމި ވަގުތީ އަމުރާމެދު ނިންމި ގޮތުގައި އިސްވެ ބުނެވުނު ނުކުތާތަކަށް ރިޢާޔަތްކޮށްފައިނުވުމަކީ މިޙާލަތުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އޙމީ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރެވޭނެ ފަދަ ޙާލަތެއް މި މައްސަލައިގައި އޮތްކަމަށް ކޮމިޝަނުން ދެކޭ ކަމަށެވެ.
9ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސ ބިޒް ވ. އެންޓި- ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއިން ކަނޑައަޅާފައިވާ 3 ޝަރުތު، އެންޓި-ކޮރަޕްޝަން ކޮމިޝަން ހުށަހަޅާފައިވާ "ވަގުތީ އަމުރަށް އެދޭ ފޯމު" ގައި ފުރިހަމަވާކަމަށެވެ. އަދި މީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަން ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ބަޔަކު ކުރާކަމަށް ތުހުމަތުކުރެވޭނަމަ އެ މައްސަލައެއް ތަޤްޤީޤުކުރުމާއި އަދި ކޮމިޝަނުން ތަޙްޤީޤުކުރާ ކަންތަ އްތަކާއ ގުޅިގެނި އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް ދައުލަތުގެ އިދާރާތަކަށާއި އަމިއްލަ ފަރާތްތަކަށް ހުށަހަޅާއ ސާފުކުރުމާއި އެންގުންތައް އެންގުމުގެ ބާރު ލިބިގެންވާކަން ކޮމިޝަންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށެވެ.
10އެންޓި -ކޮރަޕްޝަން ކޮމިޝަން ޤާނޫނުގެ 22 ވަނަ މއްދާގައާ (ވ) ގައި ކޮމިޝަނަށް މެމްބަރުންނަށް ނުވަތަ މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުން މައްސަލަ ބަލައި ތަޙުޤީޤުކުރުމުގެ ބާރު، ޖިނާއީ އިޖުރާއަތާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުނުވާ ގޮތުގެމަތިން ކޮމިޝަނުގެ މެމްބަރުންނަށް ލިބިދީފައިވާއިރު، ޖިނއާ އިޖުރާތުގެ ޤާނޫނުން ކަނޑައެޅިގެން މޠުލަޤުކޮށ ކޮމިޝަނުން ދައުލަތުގެ އިދާރާއަކަށް އެންގުމެއް މަނާ ނުކުރާހާ ހިނދަކު، އެފަދަ އެންގުމެއް އެންގުމުގެ ސީދާ ބާރާއި، ނުސީދާ ބާރު އެންޓި- ކޮރަޕްޝަން ކޮމިޝަން ލިބިގެންވާކަމަށެވެ.
11ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/76 ޤަޟިއްޔާއިން ތަޙްޤީޤުކުރުމަކީ ކަމެއްގެ ހަޤީޤަތް ހޯދަންކުރާ ހުރިހާކަމެއްކަމަށާއި، އެގޮތުން އެކަމަކާ ގުޅިގެން ބަލާ ހުރިހާ ބެލުމކާއަ، ކުރާ ހުރިހާ ދިރާސާއެއް ތަޙްޤީޤުކުރުމުގެ މާނައިގެ ތެރޭގައި ހިމެނޭއިރު، ތަޙްޤީޤު 2022/SC-A/51 ޤަޟިއްޔާގެ 15 ވަނަ ނުކުތާ 2012/SC-A/21 މަރުޙަލާގައި ކުރަންޖެހޭ އެހެނިހެން ކަންކަން ހިމެނޭކަން އެނގެން އޮތުމުން އެންޓި- ކޮރަޕްޝަން ކޮމިޝަން ގެންދާ ތަޙްޤީޤުތަކ ގުޅިގެނާ އެންޓި-ކޮރަޕްޝަން ކޮމިޝަން ޤާނޫނުގެ 22 ވަނަ މާއްދާގެ
(ފ) އިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އިތުރު ބާރުތައް ކޮމިޝަނަށް ބޭނުންކުރެވިދާނެކަމަށެވެ.
12ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި- ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 2158/Cv-C/2011 ޤަޟިއްޔާ ތާއިދުކޮށްފައިވުމުން ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލަތަކާ ގުޅިގެން ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާކަމަށެވެ. ދިވެހިންގ ފުލުހުންގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަންގެ މައްސަލައެއް ތަޙުޤީޤުކުރުމުގެ މަރުޙަލާގައި ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން މަޑުޖައްސާލުމަށް ކޮމިޝަންގެ ނަންބަރު ES/171/2023/62-123 (22 އޮކްޓޯބަރު 2023) ސިޓީއިން އަންގާފައިވަނިކޮށް އެ އެންގުމާއި ޚިލާފަށް އަމަލުކޮށްފައިވާ ޙާލަތެއްގައިއެ އެންގުން ތަންފީޒުކުރުން ގޮތުން ކުރަންޖެހޭ ކަންކަން ކުރު މަށްޓަކައި، ވަގުތީ އަމުރަކަށް އެދުމުގައި ކޮމިޝަނުން ޙިމާޔާތްކުރަންޖެހޭނ ޤާނޫނެ މަރުކަޒެއް ނެތްކަމަށް ބުނެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ކޮމިޝަނުން ނުދެކޭކަމަށެވެ.
13އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވް މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާކަމަށެވެ. އެގޮތުން އެންޓި- ކޮރަޕްޝަން ކޮމިޝަނަކީ މި މައްސަލައިގެ އިސްތިއުނާފުކުރާ ފަރާތަކަށްވާތީ އާއި ވަގުތީ އަމުރަކަށް އެދުމުގައި ކޮމިޝަނުން ހިމާޔަތްކުރަންޖެހޭ ޤާނޫނީ މަރުކަޒެއް އޮތަތީ،އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނުނެރެދީފިނަމަ، ތަދާރުކުނުކުރެވޭފަދަ ގެއްލުމެއްވާނެތީ، ވަގުތީ އަމުރަކަށް އެދުމުގެ ސިފަތު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާކަމަށެވެ.
14އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ B7/VN/2023/03-144 ވަގުތީ އަމުރާ މެދު ގޮތެއް ނިންމާފައިވާ ނިންމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 240 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ކޮން ސަބަބެއްގެ މައްޗަށް ބިނާކޮށްކަމަށް ވަގުތީ އަމުރާމެދު ނިންމިގޮތުނ އެނގެން ނެތްކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން މިގޮތަށް ނިންމުމުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤުން މަޙްރޫމްވެފައިވާކަމަށެވެ. އެގޮތުން އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ ޙައްޤުގެ މައިގަނޑު އުންސުރަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އިންސާފުވެރި ޝަރީޢަތެއް ޤާއިމުކުރުމަށްޓަކައި ފަނޑިޔާރު އެ ޙުކުމަށް ވާސިލްވި ސަބަބުތައް ބަޔާންކޮށްފައި ނެތުމަކީ އެއީ ޞައްޙަ ޝަރީޢަތެއްކަމަށް ނުބެލެވޭނެކަން ސުޕްރީމް ކޯޓުން ނިންމާފައިވާ އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން ޤަޟިއްޔާގައިވެސް ބަޔާންކޮށްފައިވާކަމަށެވެ.
15އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ، ކޮމިޝަންގެ ނަންބަރު ES/171/2023/62-123 (22 އޮކްޓޯބަރު 2023) ސިޓީއަށް ވަގުތީ އަމުރު ރައްދުވާ ފަރާތުން އަމަލުނުކުރުމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޤާނޫނުން ދީފައިވޫ ތަޙްޤީޤުކުރުމަށް ހުރަސް އެޅިދާނެކަމެއްކަމަށ ނުވާކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރ މެނޭޖްމަންޓާ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ މައުޟޫއީ މައްސަލައަށް އަސަރުކުރާނެގޮތަކަށް ވަގުތީ އަމުރެއް ނުނެރުމުގެ އުޞޫލާ ޚިލާފަށްކަމަށެވެ. 2020/SC-A/100 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާ
16އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައެއް މުވައްޒަފުންނަށް މަޤާމުގެނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިއިދީ އަމިއްލައަށް މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިސާ ހޯދަން އުޅެކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާއިރު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން މި ކަން ހުއްޓުވުމުގެ ބޭނުމުގައި ކޮމިޝަންގެ ނަންބަރު ES/171/2023/62-123 (22 އޮކްޓޯބަރު 2023) ސިޓީ އިން މިފަދަ އެންގުންތައް އެންގުމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެންގިދާނެ އެންގުންކަމށަ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/26 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، އެފަދަ އެންގުންތަކަށް އަމަލުނުކުރުމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ތަޙްޤީޤުކުރުމުގެ ބާރަށް ހުރަސް އެޅިދާނެކަމަކަށ ނުވާކަމަށް މި މަރުޙަލާގައި ކަނޑައެޅިދާނެކަމެއ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނުދެކޭކަމަށެވެ.
17އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބާރުހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަރާތްތަކށަ އަންގަންޖެހޭ އެންގުންތައް އެންގުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު 21 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 202 ވަނަ މާއްދާއިން އެނގެން އޮތްއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނު 22 ވަނަ މާއްދާއިން ކޮމިޝަނަށް ދީފައިވާ ބާރުތައް ގައިދުވާނެގޮތަށް އަދި ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) 17 ވަނަ މާއްދާއާ ޚިލާފަށް އެ ޤާނޫނެއް އެކުލަވާލި މަޤްސަދު ހާސިލުނުވާނެގޮތަކަށް އެ ޤާނޫނު މާނަކުރެވިގެނ ނުވާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނުދެކޭކަމަށެވެ. އަދި މިފދައިނަ ޤާނޫނު މާނަކުރަންޖެހިއްޖެނަމަ ނަތީޖާއަކަށްވާނީ، ކޮމިޝަނުގެ ޤާނޫނާއި ދިވެހިޖުމްހޫރިއްޔާގެ ދުސްތޫރުކަމުގައިވާ ޤާނޫނުއަސާސީގަވެސް ބާރު ކެނޑިގެން ދިއުންކަމަށްވާތީ، ވަގުތީ އަމުރުގައި ކޮމިޝަންގެ ނަންބަރު ES/171/2023/62-123 (22 އޮކްޓޯބަރު 2023) ސިޓީއަށް އަމަލުނުކުރުމަށ އޮތް ބައި ބާޠިލްކުރުމަށް އެދޭކަމަށެވެ.
18އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ B7/VN/2023/03-144 ވަގުތީ އަމުރާ މެދު ގޮތެއް ނިންމިގޮތުގައި އަމުރު ނުނެރުމަށް ނިންމާފައިވާ ސަބަބުތައް ބަޔާންކޮށްފައިނުވާތީ، އެ ނިންމުން ބާޠިލްކޮށްދެއްވައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ އިސްވެރިންގެ ތެރެއިން ބަޔަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން، މަޤާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެ މައްސަލައިގެ ތަޙްޤީޤަށް ހުރަސްއެޅިދާނެ އެންމެހާ ކަންކަން ހުއްޓުވުމުގެ ގޮތުން، ދިވެހިރާއްޖގޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާއާ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނު) ގެ ޤާނޫނު 21 އަދި 22 ވަނަ މާއްދާއިން އެންޓި- ކޮރަޕްޝަން ކޮމިޝަނަށް ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި ބާރުގެ ދަށުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލުމަށް 2023 އޮކްޓބަރޯ 22 ވަނަ ދުވަހު އަންގާފައިވާ އެންގުމަށް ދިވެހި ފުލުހުން ޙިދުމަތުގެ ފަރާތުން އަމަލުކުރުމަކީ ޤާނޫނީގޮތުން ލާޒިމްކަމެއް ކަމުގައި ކަނޑައަޅުއްވާދެއްވައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު -123 ES/171/2023/62 (22 އޮކްޓޯބަރު 2023) ސިޓީން އަންގާފައިވާ އެންގުމާއި ޚިލާފަށް، މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަޤާމުގެ ކުރިއެރުންދީފައިވާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަކިގޮތެއް އަންގަންދެން އެކަން ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށްދެއްވައި ވަގުތީ އަމުރެއް ނެރެދެއްވުމށެވެ.
19އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު B7/VN/2023/03-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި- ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ ތަޠްބީޤުކޮށްފައިވާކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ބުނެފައިވާ 03 ޝަރުޠު ފުރިހަމަވެފައިނުވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި- ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބުނާފަދަ ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްތޯ ބަލާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާ އެންގުން އެންގުމުގެ ބާރު އެ ކޮމިޝަނަށް ލިބިދީފައިވަނީ ކޮމިޝަނުގެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާއިން ކަމަށް ކޮމިޝަނުން ބަޔާންކޮށްފައިވީ ނަމަވެސް އެ ދެ މާއްދާއަށް ބ ލާއިރު، ވަކި ކަމެއް ކުރުން ހުއްޓުވުމަށް އެއްވެސް ފަރާތެއްގެ މައްޗަށް އަމުރު ކުރުމުގެ މަސްއޫލިއްޔަތެއް ނުވަތަ ބާރެއް އެ ކޮމިޝަނަށް ލިބިގެންވާކަމަށެވެ. އަދި އެންޓި -ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުން އަންގާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނނުގޫ 21 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކޮން މަސްއޫލިއްޔަތެއް އަދާކުރުމަށްކަންވެސް އަދި އެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ލިބިދޭ ކޮން ބާރެއްގެ ދަށުން ކަމެއްވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވް ވަގުތާ އަމުރަށް އެދޭ ފޯމުގައި ބަޔާންކޮށްފައިނުވާކަމަށެވެ.
20މި މައްސަލައިގައި ދިވެހި ފުލުހުންގެ ޕްރޮމޯޝަން ދިނުމުގެ އެންމެހައި އިޖުރާއަތެއް ނިމިފައިވާކަމަށެވެ. އަދި ޕްރޮމޯޝަން ދިނުމަށްފަހު ވަގުތީ އަމުރެއް ނެރެދެއްވައިފިނަމަ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވާ ގެއްލުންތައް ލިބުމުން ބަރީއަ ކޮށްދޭނެ ގޮތެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސާފުކޮށްދީފައިނުވާކަމަށެވެ.
21އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރެދީފައިނުވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި- ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް އެ ހުށަހެޅުމުގައި ފުރިހަމަ ނުވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 244 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ނުވަތީކަން އެ ވަގުތީ އަމުރާމެދު ނިންމި ގޮތުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
22އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމައިރ މެނޭޖްމެންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން ދެފަރާތުގެ މަޞްލަޙަތަށް ބަލައި Balance of Convenience ގެ ޓެސްޓުގެ ތަޠްބީޤު ކުރަންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާތީ، އިސްތިއުނާފުކުރެވިފައިވާ ވަގުތީ އަމުރާމެދު ނިންމި ނިންމުމަށްވެސް މި ޓެސްޓް ތަޠުބީޤުކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ފުލުހުންނަށް ޕްރޮމޯޝަން ދީ ނިމިފައިވަނިކޮށް، އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރު މެދުވެރިކޮށް ހުއްޓުވަން އެދެނީ ކޮން ކަމެއް ކަން ސާފުނުވާއިރު، ވަގުތީ އަމުރާ ގުޅޭގޮތުން އެއްވެސް ވަގުތީ ފިޔަވަޅެއް އަޅައިފިނަމަ އެކަމުގެ ސަބަބުން ޕްރޮމޯޝަން ލިބިފައިވާ އެންމެހައި ފުލުހުންނާއި ޕްރޮމޯޝަން ޝަރުޠު ހަމަވާ އެންމެހައި ފުލުހުންނަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ އިޙްތިމާލު އޮވެމެ، މިފަދަ ޙާލަތެއްގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ދައުލަތުން އުފުލަންޖެހޭ ކަމަށެވެ. އެހެންކަމުން މިނުކުތާއަކީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވިދާނެ ނުކުތާއެއް ކަމަށް ދައުލަތުން ނުދެކޭކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/101 ޤަޟިއްޔާ އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
23ދިވެހިރާއްޖޭގެ ހައިކޯޓުގެނަންބަރު 2024/HC-A/08 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ ސިވިލް ކޯޓުގެ ނަންބަރު B7/VN/2023/03-144 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 3714/Cv-C/2023 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން ނިންމާފައިވާ ވަގުތީ އަމުރާމެދު ނިންމި ގޮތަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. ފާހަގަކުރެވޭ ކަންތައްތައް ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާބުނުން
24ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، މައްސަލައިގެ ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކާއި، އަދި މަތީމަރުހަލާގ ނިންމުންތަކުގެ އަލީގައި ދަށު ކޯޓުގެ ފަނޑިޔާރަށް ފާހަގަކުރެވުނު ކަންކަން ބަޔާންކޮށްފައިވަނީ، އެ ނިންމުމުގެ 4 ވަނަ ނުކުތާގައެވެ.
25އެގޮތުން، އެ ނުކުތާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ވަގުތީ އަމުރެއް ނެރުމުގެ ބާރު ކޯޓަށް އޮންނަކަމުގައެވެ.
26ޕްރިސިޑެންސް 4އެ ނުކުތާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، މި މައްސަލާގައި ވަގުތީއަމުރަށ އެދުން އިރު، "ކޯޓު އަމުރު އޮންނަން އެދޭގޮތް ބަޔާންކުރާ ލިޔުން" ހުށަހަޅާފައިނުވާކަމުގައެވެ. ހަމައެހެންމެ (ނ) ގައި ބަޔާންކޮށްފައިވަނީ، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމި ކޯޓުގް ނެކްސްބިޒް މައްސަލާގައި ކަމަށާއި، އެއީ؛
26.1. ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މަޢުޟޫއީ ހައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި،
26.2. ވަގުތީ އަމުރަކާނުލަ އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި،
26.3. ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައްސިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
27އެ ނުކުތާގެ (ރ) ގައި ބަޔާންކޮށްފައިވަނީ،
1.27. އެންޓި ކޮރަޕްޝަން ކޮމިޝަންއަކީ، އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ ޢަމަލަކަށް މަގުފަހިވާގޮތަށ ކަމެއް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅިއްޖެނަމަ، އެކަމެއް ތަހުޤީޤުކޮށް، އެކަމުގައި އެފަރާތަކުން ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށްފަހު، އެ ތަހުޤީޤަކުން ލިބުނު ހެކިތަކުގެ މައްޗަށް ބަލައި، އެފަރާތްތަކާ ދެކޮޅަށް ޝަރީޢަތް ހިންގުމަށްޓަކައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ ފަރާތްކަން، އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާއިން އެނގެން އޮންނަކަމަށެވެ.
2.27. ހަމައެހެންމެ، ވަގުތީ އަމުރަށް އެދޭ ފަރާތުން ފޮނުވާފައިވާ ސިޓީއަށް ވަގުތީ އަމުރު ރައްދުވާ ފަރާތުން އަމަލުނުކުރުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނުން ލިބިދީފައިވާ ތަހުޤީޤުކުރުމުގެ ބާރަށް ހުރަސްއެޅިގެންދާނެ ކަމަކަށް ނުވާތީ، ދިވެހިއްރާއްޖޭގެ ސުޕްރީމްކޯޓުގެ ނެކްސްބިޒް މައްސަލާގައި ކަނޑައަޅުއްވާފައިވާ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ތިން ޝަރުތު، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަނުވާކަން އެނގެން އޮންނަކަމަށެވެ.
28ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، އަހުރެންނަށް ފެންނާންއޮތީ، އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް ނުފެންނަކަމަށް ނިންމާފައިވަނީ، ވަގުތީ އަމުރަށް އެދޭ ފަރާތުން ފޮނުވާފައިވާ ސިޓީއަށް އަމަލުނުކުރުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނުން ލިބިދީފައިވާ ތަހުޤީޤުކުރުމުގެ ބާރަށް ހުރަސްއެޅިގެންދާނެ ކަމަކަށް ނުވާތީ، ނެކްސްބިޒް މައްސަލާގައި ކަނޑައަޅުއްވާފައިވާ ތިން ޝަރުތު، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަނުވތާ ކަމެވެ.
29މާނައަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މަޢުޟޫއީ ހައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެގެންނުވާކަމއި، ވަގުތީ އަމުރަކާނުލާ އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް ނެތުމެވެ. ހަމައެހެންމެ، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިނުވުމެވެ.
30ޕްރިސިޑެންސް 1އެހެންނަމަވެސް، ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަނުވާކަމަށް ކަނޑައަޅާފައިވަނީ ކޮން ސަބަބެއްގެ މައްޗަށްކަން ދެނެގަނެވެންނެތެވެ. އެހެނީ އެ ޝަރުތުތައް ފުރިހަމަނުވާކަމަށް ބެލެވޭ ސަބަބުތަކަކީ ކޮބައކަމެއި ފަނޑިޔާރު ބަޔާންކޮށްދީފައިނުވެއެވެ. ވަގުތީ އަމުރަކާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭ ޝަރުތުތަކަކީ ކޮބައިކަން ބަޔާންކޮށްލުމަކުން އަދި ނުފުދެއެވެ. އެ ޝަރުތުތަކަށ ވަކިވަކިން ބަލައި، އެފަދަ ޝަރުތެއް ނުވަތަ ޝަރުތުތަކެއް ފުރިހަމަވާކަން ނުވަތަ ނުވާކަން ބަޔާންކުރުމުގައި އެކަށީގެންވާ ތަފްސީލުތަކެއް ފަނޑިޔާރުގެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ.
31ޕްރިސިޑެންސް 2އެހެންނޫންނަމަ، ދަށު ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަންވެސ ނުވަތް ނޫންކަންވެސް އިސްތިއުނާފީ މަރުހަލާގައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ. ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ނުކުތާތައް ދެނެނުގަނެވި، އެފަދަ ނިންމުމަކަށް ތާޢީދުކުރެވޭނެ ތަނެއްވެސް ނޯންނާނެއެވެ. މިސަބަބަށްޓަކައި، މަތީ މަރުހަލާގެ އެތަކެއް ޤަޟިއްޔާއެއްގައި، ފަނޑިޔާރުގެ ނިންމުމަށް ވާސިލުވުމުގައި އެކަށީގެންވާ ތަފްސީލުދޭންޖެހޭކަމަށް ބަޔާންކޮށްފައިވއެވެ. ހަމައެފަދައިން، މިސާލަކަށް: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ (SC 30 [2020]) މައްސަލައަކާމެދު ގޮތެއް ކަނޑައަޅާހިނދު، ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށްފައި އޮންނަންޖެހޭނެކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި އެމާއްދާގެ (ށ) ގައި ބަޔާންވެގެންވާއިރު، މިފަދަ ވަގުތީ އަމުރާމެދު ނިންމާ ނިންމުންތަކގައިވެސް އ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ. މިއީ އިންސާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤު ކަށަވަރުކުރުމަށް މުހިންމު ހައްޤެއްވެސް މެއެވެ.
32ނެކްސްބިޒް މައްސަލާގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަނުވާކަމަށް ބަޔާންކުރުމުގެ އިތުރުން، ދަށު ކޯޓުގެ ނިންމުމުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު "ވަގުތީ އަމުރަށް އެދޭ ފަރާތުން ފޮނުވާފައިވާ ސިޓީއަށް އަމަލުނުކުރުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނުން ލިބިދީފައިވާ ތަހުޤީޤުކުރުމުގެ ބާރަށް ހުރަސްއެޅިގެންދާނެ ކަމަކަށް ނުވާތީ" ކަމުގައި ފާހަގަކޮށްފައިވެއެވެ.
33ޕްރިސިޑެންސް 3ކުރިންވެސް ބަޔާންކުރެވުނު ފަދައިން، މި މައްސަލައަކީ މަޢުޟޫޢީ މައްސަލައެއްގެ ތެރެއިން އެދުނު ވަގުތީ އަމުރެއް ކަމުގައިވީހި ނދު، މަޢުޟޫއީ މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭކަމަކާމެދު، ވަގުތީ އަމުރުގައި ގޮތެއް ކަނޑައެޅިގެންނުވާނެއެވެ.
34މި މައްސަލައާގުޅޭ މަޢުޟޫއީ މައްސަލައިގައި، ދައުވާކުރާ ފަރާތުގެ މައިގަނޑު ބަހުސަކީ، ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި، މި މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަންއިން އަންގާފއިވާފަދަ އެންގުންތައަ އެންގުމުގެ ބާރު ލިބިގެންވާކަމުގައި ބަލަންޖެހޭކަމުގައި ބުނާ ބުނުމެވެ.
35ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި، އެ މަޢުޟޫއަށް އަސަރުކުރާނެގޮތަށ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެއެވެ. އެހެންކަމުން، "ވަގުތީ އަމުރަށް އެދޭ ފަރާތުން ފޮނުވާފައިވާ ސިޓީއަށް އަމަލުނުކުރުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނުން ލިބިދީފައިވާ ތަހުޤީޤުކުރުމުގެ ބާރަށް ހުރަސްއެޅިގެންދާނެ ކަމަކަށް ނުވާތީ" ކަމަށް ކަނޑައެޅުމަކީ މި މަރުހަލާގައި ގޮތެއް ކަނޑައެޅިފައި އޮންނަންޖެހޭ ނުކުތާއެއްކަމުގައި ނުދެކެމެވެ.
36އެހެނީ، މަޢުޟޫއީ މައްސަލާގައި، ގޮތް ކަނޑައެޅިގެންދާނެ މުހިންމު ނުކުތާއެއްކަމުގައި އެކަން ވެގެންދާނެތީއެވެ.
37ބަޔާންވެދިޔަ ކަންކަމަށްބަލާއިރު، ދަށު ކޯޓުގެ ނިންމުމަކީ، އެކަށީގެންވާ މިންވަރަށް، އެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށްފައިވާ، އަދި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައިވާކަން އެނގޭފަދަ ނިންމުމެއް ކަމުގައި ނުދެކެމެވެ. ހަމައެފަދައިން، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވާ ސިޓީއަށް ޢަމަލުނުކުރުމަކީ، އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނުން ލިބިދޭ ތަހުޤީޤުކުރުމުގެ ބާރަށް ހުރަސްއެޅިގެންދާނެ ކަމެއް ނޫންކަމަށް ކަނޑައަޅާފައިވާވުމަކީ، އަސްލު މައްސަލައިގެ މަޢުޟޫއަށް އަސަރުކުރާ ފަދައިން ނިންމާފައިވާ ނުކުތާއެއްކަމުގައި ދެކެމެވެ. އިސްތިއުނާފީ މަރުޙަލާއިން އަމުރެއް ނެރުމަށް އެދިފައިވުން
38މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން، ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާހިނދު، ވަގުތީ އަމުރެއް ނެރުމަށް ބޭނުންވާ ސަބަބުތަކާގުޅިގެން ސުވާލުކުރުމުން، އެފަދަ އަމުރަކަށް އެދި ހުށަހަޅާފައިވަނީ، ޕޮރޮމޯޝަންއ ގުޅިގެނާ ތަރުތީބުވެގެން އަންނަ ކަންކަން ހުއްޓުވައިދިނުމށްކަން، އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ވަގުތީ އަމުރަށް އެދޭ ފޯމަށް ބެލުމުން އެނގެއެވެ.
39ބަޔާންވެދިޔަ ފަދައިން މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން، ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާހިނދު، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް މި މައްސަލާގައި ފުރިހަމަވޭތޯ އަންނަނިވި ކަންކަމުގެ އަލީގައި ބަލާލެވިފައިވާނެއެވެ.
40ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން (Fumus boni iuris) ގެ ހާލަތު މި މައްސަލާގައި އޮތްތޯ ބެލުން:
41ޕްރިސިޑެންސް 5ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު އޮތްކަން ދެނެގަނެވޭނީ އެމައްސަލައިގެ ވާޤިއާތަކުންނެވެ. އެހެންކަމުން އެފަދަ އިޙްތިމާލެއް ދައްކުވައިދޭފަދަ ވާޤިޢާތަކެއް މައްސަލާގައި ހުށަހެޅިފައިވޭތޯ ވަޒަންކޮށް ދެނެގަންނަން ޖެހެއެވެ. އެކަންކަން ދެނެގަނެވޭނެފަދަ ހަރުދަނާ ހުށަހެޅުމެއް އަމުރަށް އެދޭފަރާތުން ހުށަހަޅާފައި އޮންނަންވާނެއެވެ. އެގޮތުން ބަލާއިރު، ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް އޮތްތޯ ބެލުމަށްޓަކައި، ދެކަމެއް ސާފުވެ ޖަވާބުލިބެންޖެހޭކަމަށް ނެކްސްބިޒް މައްސަލާގައި ކަނޑައަޅާފައިވެއެވެ. އެއީ؛
1.41. ހުށަހެޅިފައިވާ މައްސަލައިގެ މަޢުޟޫއާއ ގުޅި ހައްޤު ނުވަތަ ޤާނޫނީ މަރުކަޒު ހިމާޔަތްކުރާ ޤާނޫނީ ޤާއިދާ (legal rule) އެއް އޮތުން.
1.1.41. މި މައްސަލައަށް ބަލާއިރު، ހުށަހެޅިފައިވާ މައުޟޫއީ މައްސަލައަކީ ޤާނޫނުއަސާސގީ 202 ވަނަ މާއްދާއާއި އެންޓި- ކޮރަޕްޝަން ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާއިން ކޮމިޝަންއަށް ލިބިދީފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކަށް ބަލާއިރު، ވަގުތީ އަމުރަށް އެދޭ ފަރާތުން ފޮނުވާފައިވާ ސިޓީއަށް އަމަލުކުރުމަކީ، އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމު ކަމެއްކަމުގައި ކަނޑައަޅައިދިނމަށު އެދް އެމައުޟޫގައ ހުށަހަޅާފައިވި މައްސަލައެކެވެ.
2.1.41. ވަގުތީ އަމުރާމެދު ގޮތެއް ނިންމާހިނދު، ކަންކަން ވަޒަންކުރާނީ މައުޟޫއީ މައްސަލާގައި ނިންމާ މިންގަނޑަށްވުރެ ލުއިކޮށް، ވަގުތީ އަމުރާމެދު ގޮތެއް ނިންމައިދިނުމަށް އެދި ހުށަހަޅާފައިވާ ކަންކަމަށް މަތިމަތިން ބަލައިގެންކަމާއި، އަދި އެފަދައިން ވަޒަންކުރާއިރު، ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު: A/21-SC/2012 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު: A/21-SC/2012 ޤަޟިއްޔާގެ، ފާހަގަކުރެވުނު ނުކުތަތަކުގެ 4 ވަނަ ނަންބަރުގެ (ހ) ކަންކަމުން، ދައުވާކުރާ ފަރާތުގެ ދައުވާއާ އެއްކޮޅަށް ހުށަހެޅިފައިވާ އަދި މައްސަލާގައި ދައުވާކުރާ ފަރާތުން އެދޭގޮތަށް މައްސަލަ ނިންމުމަށް ބޭނުންކުރެވިދާނެ ޤާނޫނީ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވާނަމަ، އެފަދަ ޤާނޫނީ ޤާއިދާއެއް ހިމާޔަތްކުރަންޖެހޭކަމަށް ބުރަވެވިދާނެއެވެ.
3.1.41. އަދި ހަމައެފަދައިން، މި އިސްތިއުނާފާގުޅޭ މަޢުޟޫޢީ މައްސަލައަކީ ދަށުކޯޓުގައި މިހާރުވެސް ކުރިއަށް ގެނދް މައްސަލައަކަށްވމަކީ މި ނުކުތާއަށު އިތުރަށް ބާރުލިބިދޭކަމެއްކަމުގައި ފާހަގަކުރެވެއެވެ.
2.41. ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާޢިޢު (facts) ތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ވާކަމުގެ އިޙްތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަކަށް ވުން.
42މި މައްސަލާގައި ވަގުތީ އަމުރަކަށް އެދި އިސްތިއުނާފ ކުރް ފަރާތުން ހުށަހަޅާފައިވަނީ، މައުޟޫއީ މައްސަލާގައި ބަޔާންކޮށްފައިވާ ސީޓީއަށް ޢަމަލުކޮށްފައިނުވާތީ، އެކަން ހިނގައިދިޔަ ގޮތެވެ. އަދި ހަމައެފަދައިން އެސީޓީ ނުވަތަ އެންގުމަށް ތަބާވާންޖެހޭކަމަށް ފެންނަ ޤާނޫނީ ނުކުތާތަކެވެ.
43ހަމައެފަދައިން، އެ ސިޓީއަށް ޢަމަލުކޮށްފައިނުވާތީ، އެ ސިޓީގައިވާ ކަންކަމުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާކަން އެނގެއެވެ.
44މި ބަޔާންކުރެވުނު ކަންކަމުގެ އަލީގައި، ފަނޑިޔާރަށް ދެނެގަނެވޭ މިންވަރަށް، މި މައްސަލައާއި ގުޅޭ މަޢުޟޫއީ މައްސަލަ ކާމިޔާބުވުމުގެ އިހްތިމާލު އޮތް މިންވަރު ބުނެދޭންޖެހެއެވެ. މި މައްސަލައަށް ބަލާއިރު، ޤާނޫނީ މަރުކަޒު ހިމާޔަތްކުރާ ޤާނޫނީ ޤާއިދާ (legal rule) އެއް ހުށަހަޅައިދެވިފައިވުމާއި، އަދި މައްސަލައިގައި ކަންހިނގާދިޔަ ގޮތްކަމަށް ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ބަޔާންކުރެވުނު ޤާނޫނީ މަރުކަޒު ހިމާޔަތްކުރާ ޤާނޫނީ ޤާއިދާ (rule legal) އާއި ތަޢާރުޟުވާ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު: A/21-SC/2012 ޤަޟިއްޔާގެ، ފާހަގަކުރެވުނު ނުކުތަތަކުގެ 4 ވަނަ ނަންބަރުގެ (ހ) ހިނގައިގޮސްފައިވާކަން ދެނެގަނެވޭހިނދު، ޤާނޫނގޮތުނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން (Fumus boni iuris) ގެ ހާލަތު މި މައްސަލާގައި ޤާއިމުވެގެންވާކަމުގައި ދެކެމެވެ.
45ޕްރިސިޑެންސް 6ވަގުތީ އަމުރު ނެރުމަކާނުލ އަޞްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora)؛
46ވަގުތީ އަމުރަށް އެދޭ ފޯމަށް ބަލާއިރު، މި ނުކުތާއާގުޅޭގޮތުން ފާހަގަކޮށްފައިވަނީ، ކޮމިޝަންގެ އެންގުމަކަށް ޢަމަލުނުކުރުމުގެ ސަބަބުން، ކޮމިޝަންގެ ޤާނޫނީ ބާރު ކެނޑިގެން ގޮސްދާނެ ވާހަކައެވެ. އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާނުކުރެވިދާނެ ހާލަތެއް ދިމާވެދާނެކަމުގައެވެ. އެގޮތުން ވަގުތީ އަމުރަށް އެދޭފޯމަށް ބަލާއިރު، އެ ފޯމުގެ "ވަގުތީ އަމުރު ނުނެރެފިނަމަ، އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފްސީލު" މި މަޢުޟޫގެ ދަށުން 6 (ހައެއް) ނުކުތާ ބަޔާންކޮށްފައިވާއިރު، ފުރަތަމަ ނުކުތއާއާ 2 ވަނަ ނުކުތާތާއި 5 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، ކޮމިޝަންގެ އެންގުންތަކަށް ގޮންޖެހުމުގެ ނަތީޖާއަކަށްވާނީ، ކޮމިޝަންގެ ބާރުކެނޑި، ޤާނޫނުއަސާސީގެ ބާރުކެނޑުން ކަމުގައެވެ. ހަމައެހެންމެ 3 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، ކޮމިޝަނަށް ލިބިފައިވާ ބާރުތައް ކިޔައި މާނަކުރަންވާނީ މުޅި ޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤްސަދުގެ ފުޅާ އިމުގެ ތެރއިނެ ކޮމިޝަން އުފެއްދި މަޤްސަދު ހާސިލުވާނެގޮތަށް ކަމުގައެވެ. ހަމައެހެންމެ، 4 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، ކޮމިޝަންގެ ބާރު ކެނޑުމުގެ ނަތީޖާއަކަށްވާނީ ތަހުޤީޤު އިދާރާއެއް ނެތިގެން ދިއުންކަމުގައެވެ. އަދި 6 ވަނަ ނުކުތާތަގައި ބަޔާންކޮށްފައިވަނީ، ކޮމިޝަނުގެ ތަހުޤީޤު ނުނިމެނީސް ކުރިއެރުން ދިނުމަކީ، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުމަށް ކޮމިޝަނަށް އޮތް މަސްއޫލިއްޔަތަށް ބުރޫއަރާނެ ކަމެއްކަމުގައެވެ.
47އެހެންނަމަވެސް، އިސްތިއުފުކުރާ ފަރާތުން ވަގުތީ އަމުރާގުޅޭގޮތުނ ބަޔާންކޮށްފައިވް އިސްވާ ދިޔަ ނުކުތާތަކަކީ މި މައްސަލައިގެ މަޢުޟޫޢީ ދައުވާގައި ގޮތެއް ކަނޑައަޅަން ހުރި ނުކުތާތަކެވެ. އެހެނީ، މައުޟޫޢީ މައްސަލާގައި އެދިފައިވަނީ، މި މައްސަލާގައި އަންގާފައިވާފަދަ އެންގުމެއް، އެންގުމުގެ ބާރު ކޮމިޝަނަށް އޮތްތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށެވެ.
48އެހެންކަމުން، މި މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވީނަމަވެސް، ވަގުތީ އަމުރު ނުނެރެފިނަމަ، އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދެވިފައިނުވާތީއާއި، އެ މަޢުޟޫގައި ފާހަގަކޮށްފައިވާ ކަންކަމަކީ، މަޢުޟޫޢީ ދައުވާގައި ގޮތެއް ކަނޑައަޅަންއޮތ ނުކުތާއަށް ވާސިލުވުމަށްޓަކައި ވަޒަންކުރަންޖެހޭ ނުކުތާތަކެއްކަމުގައި ވީހިނދު، އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އަލީގައި، އެދިފައިވާފަދަ ވަގުތީ އަމުރެއް، މިހިނދަށް ނެރެދެވެން އޮތްކަމުގައި ނުދެކެމެވެ.
49މީގެއިތުރުން، މިހާރު މައްސަލައިގެ ހާލަތު ދެނެގަނެ، ވަގުތީ އަމުރަކުން ހާސިލުކުރަން ބޭނުންވަނީ ކޮންކަމެއްތޯ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން، މި މައްސަލާގައި އިސްތިއުނާފު ކުރާ ފަރާތުން ބޭނުންވީ، ތަހުޤީޤުކުރެވެމުންދ މައްސަލާ ވަކިގޮތަކަށް ނިމެންދެން ޕްރޮމޯޝަން ދިނުން ހުއްޓާލުމަށްކަމަށާއި، އެހެންނަމަވެސް މިހާރު، އެ ޕްރޮމޯޝަންއާގުޅިގެން ތަރުތީބުވެ އިންތިޒާމްކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަވެފައިވާކަމަށާއި، އެގޮތުން ޕްރޮމޯޝަން ދެވުނު ފަރާތްތަކަށް މިހާރު އެ ފައިސާ ހިމެނޭގޮތުން މުސާރަވެސް ދެވެމުންއަނނަކަން ފާހަގަކޮށްފައިވެއެވެ.
50ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، މި މައްސަލާގައި އިސްތިއުނާފު ކުރާ ފަރާތުން ވަގުތީ އަމުރަށް އެދޭ ފޯމުގައި އެދިފައިވާފަދައިން، ޕްރޮމޯޝަންއާ ގުޅިގެން އެކަން ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރިއަށް ނުގެންދިއުމަށާއި މަޤާމުގެ ކުރިއެރުން ލިބެންނުޖެހޭ ފަރާތަކަށް އެފަދަ ކުރިއެރުމެއް ލިބިގެން ތިން ވަނަ ފަރާތެއްގެ ހައްޤު އުފެދިދާނެ އެއްވެސްކަމެއް ނުކުރުމަށާއި އެފަދަކަމެއް ކުރުމަށް ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށާއި އެކަމާގުޅޭ އިތުރު އެއްވެސް މަސައްކަތެއް ނުކުރުމަށް އަމުރުކުރުމަށް އެދިފައިވީނަމަވެސް، މިހާރު އެކަންކަން ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާކަންކަން އިންތިޒާމްކުރެވި ނިމިފައިވާކަން އެނގެން އޮތްއިރު، އެކަމާގުޅިގެން އިތުރު އެއްވެސް ކަމެއް ނުކުރުމަށް އެންގުމަކުން ނިކުންނާނެ ނަތީޖާއެއް އޮތްކަން އެނގޭފަދަ ތަފްސީލެއް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިނުވެއެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދައިން، ކުރިއަށް އަޅަންހުރި ފިޔަވަޅުތައް އެޅުން ހުއްޓާލުމަށް މިހިނދަށް ނޭންގުމަކުން، އިސްތިއުނާފު ކުރާ ފަރާތަށް މިހާރު ލިބޭނެ ގެއްލުމަކީ ކޮބައިކަމެއް ބަޔާންކޮށްދީފައިނުވެއެވެ.
51މަތީގައި ބަޔާންވެދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށް؛
1.51. ސިވިލް ކޯޓުގެ ނިންމުމަކީ، އެނިންމުމަށް ވާސިލުވި ސަބަބުތައް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައިވާ ނިންމުމަކަށް ނުވާތީއާއި، އަދި އެ ނިންމުން ނިންމުމުގައި އަސްލު މައްސަލައިގެ މަޢުޟޫއަށް އަސަރުކުރާނެ ނުކުތާއަކާމެދު ގޮތެއް ކަނޑައަޅާފައިވާހިނދު، ސިވިލް ކޯޓުގެ ނިންމުން ބާތިލުކޮށް،
2.51. އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފަދައިން، އިސްތިއުނާފީ މަރުހަލާއިން، ވަގުތީ އަމުރެއް ނެރެދިނުމަށް ބެލިއިރު، ވަގުތީ އަމުރު ނުނެރެފިނަމަ، އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފްސީލު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިނުވާތީއާއި، މި މަޢުޟޫގައި ބަޔާންކޮށްފައިވާ ކަންކަމަކީ އަސްލު މައްސަލައިގެ މަޢުޟއުގައޫ ގޮތްކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއްކަމުން، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް މިހިނދަށް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމަން ފެނެއެވެ.
52ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
53ފނޑިޔާރަ މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
54މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 261 ވަނަ މާއްދާގެ (ހ) ގެ (5) އަދި (ށ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 240، 242 އަދި 244 ވަނަ މާއްދާ (ވަގުތީ އަމުރު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (އިންޞާފުވެރި ޝަރީޢަތް)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 21 އަދި 22 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ ([2020] SC 30)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް