ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/533
ޝަމްސް ޕވޓ ލޓޑ ވ. ނެކްސްޓް ގްރޫޕް ޕވޓ ލޓޑ، 2019/HC-A/533
Shams Pvt Ltd v. Nekst Group Pvt Ltd 2019/HC-A/533 (2019/HC-A/533, High Court of the Maldives, 29 March 2021)
ޝަމްސް ޕވޓ ލޓޑ ވ. ނެކްސްޓް ގްރޫޕް ޕވޓ ލޓޑ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކުލީގެ ގޮތުގައި US$70,862.01 އާއި ޖޫރިމަނާގެ ގޮތުގައި US$25,000 ޖުމްލަ US$95,862.01 ނުވަތަ އޭގެ ރުފިޔާ 3 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރިއެވެ.
ނެކްސްޓް ގްރޫޕުން 'ބްލޫ ލެގޫން' ސަފާރީ އުޅަނދު ޝަމްސްއަށް މަހަކު US$15,680 އަށް ކުއްޔަށް ދީ، 2016 ގެ ބައެއް މަސްތަކުގެ ކުލި ނުދެއްކުމުން ކުއްޔާއި ޖޫރިމަނާ ހޯދުމަށް ދަޢުވާކުރިއެވެ؛ ޝަމްސްއިން މުޢާމަލާތުގެ އަޞްލަށް އިންކާރުކުރިއެވެ.
ޝަމްސްއިން ބުނީ ދެ ކުންފުންޏަށްވެސް ބޭރު ފައިސާގެ ލައިސަންސް ނެތްކަމާއި، އުޅަނދަކީ ނެކްސްޓް ގްރޫޕްގެ މިލްކެއް ނޫންކަމާއި، ލިޔުންތައް ފޯޖުކޮށްފައިވާކަމާއި، ފަތުރުވެރިކަމުގެ ލައިސަންސެއް ނެތްކަމެވެ.
މައިގަނޑު ސުވާލު
ސަފާރީ އުޅަނދެއްގެ ކުލި ނުދެއްކުމުން ދަށުކޯޓުން ކުއްޔާއި ޖޫރިމަނާ ދައްކަން ކުރި ޙުކުމް، ބޭރު ފައިސާގެ ލައިސަންސް ނެތުމާއި، ކުއްޔަށްދިން ފަރާތަކީ މިލްކުވެރިޔާ ނޫންކަމާއި، އިންވޮއިސްތައް ފޯޖުކޮށްފައިވާކަމަށް ބުނާ ދިފާޢުތަކަށް ބަލާއިރު ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފީ ނުކުތާތައް ރައްދުކޮށްފައި (ނިންމުމުގެ ޢިބާރާތް ލިޔުމުގައި ނެތް)
ޝަމްސްގެ ދިފާޢުތައް އޭގެ އިންކާރާ ތަޢާރުޟުވެ، ކުލީގެ މުޢާމަލާތުގައި މިލްކުވެރިކަން ބޭނުން ނުވެ، ފޯޖުކުރިކަން ސާބިތުނުކުރެވި، އިންވޮއިސްތަކާއި ޕޭމަންޓް ޝީޓާ ޝަމްސްގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް ސިއްކަ ޖަހާފައިވާތީ ދަރަނި ޤަބޫލުކުރާކަން ސާބިތުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުޢާމަލާތެއްގެ އަޞްލަށް އިންކާރުކޮށް އެއީ އެނގިފައިނުވާ މުޢާމަލާތެއްކަމަށް ބުނާ ފަރާތަކަށް، އެ މުޢާމަލާތުގެ ތަފްޞީލާމެދު (ފައިސާގެ ބާވަތް ފަދަ) ވާހަކަ ދެއްކުމަކީ އޭނާގެ އިންކާރާ ތަޢާރުޟުވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11-13)
- ކުލި ދައްކަން އެއްބަސްވީ ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއަކުން ކަމަށްވެފައި އެއީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ކަމަކަށް ނުވިޔަސް، އެކަމުގެ ސަބަބުން މުޅި މުޢާމަލާތު އަޞްލުން ބާޠިލެއް ނުވެ، އެއީ ބާޠިލުކުރެވިދާނެ މުޢާމަލާތަކަށް ވެއެވެ؛ މުދާ ބޭނުންކުރުމަށްފަހު ކުލި ދައްކާ ހިސާބުން ބޭރު ފައިސާގެ ދިފާޢު ނަގައިގެން މުޅި މުޢާމަލާތު ބާޠިލުކުރުމަކީ އަނެއް ފަރާތަށް ބޮޑު ބޭއިންސާފެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ވިއްކުމާއި ދިނުމާއި ޢާރިޔާއާ ތަފާތުކޮށް، ކުލީގެ މުޢާމަލާތުގައި މިލްކުވެރިޔާ ނޫން ފަރާތަކަށްވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް މުދަލެއް ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރެވިދާނެއެވެ؛ ކުލި ދައްކާ ހިސާބުން ކުއްޔަށް ދިނީ މިލްކުވެރިޔާ ނޫންކަމަށް ބުނާ ސުވާލު ކުރިމަތިވާންޖެހޭނީ މިލްކުވެރި ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއަކީ ކިތާބީ ހެކީގެ ޞައްޙަކަން ކަނޑައަޅާ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ނޫނެވެ؛ ލިޔުމެއް ނުވަތަ ސޮއި ފާހަގަކުރުމުގެ އިޖުރާއަތަށް ދަށުކޯޓުގައި އެދިފައި ނުވާނަމަ، ހެކި ބެލުމަށް ނުބަލައިގެން ކޮށްފައިވާ ޙުކުމެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ލިޔުމެއް ފޯޖުކޮށްފައިވާކަމަށް ހަމައެކަނި ބުނުމަކުން ލިޔުމުގެ ޞައްޙަކަން ނަފީނުވެއެވެ؛ އެ ތުހުމަތު ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށް ސާބިތުކުރުމަކީ ސުވާލު އުފައްދާ ފަރާތުގެ ޒިންމާއެވެ؛ އިދިކޮޅު ސާބިތުނުކުރެވޭހާ ހިނދަކު ލިޔުމުގެ ޞައްޙަކަން ދެމިއޮންނާނެއެވެ. 'ވެދާނެ' ކަމަށް ސުވާލު އުފެއްދުމަކުން އެ ޒިންމާއިން ބަރީއަ ނުވެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 22)
- ޔުނިފޯމް ޕްރޮސެސްއަކުން އުފައްދާ ލިޔުންތަކުގެ ތެރެއިން ކޮންމެ ލިޔުމަކީ އަނެއް ލިޔުމުގެ އަސްލެއްކަމުގައި ބެލެވޭނެ ނަމަވެސް، އެއް އަސްލަކުން ހަދާ ކޮޕީތަކަކީ އަސްލެއްގެ ގޮތުގައި ނުބެލެވޭނެއެވެ؛ ނަމަވެސް ސާނަވީ ހެއްކާމެދު ދަށުކޯޓުގައި ސުވާލު ނުއުފައްދާނަމަ، އެކަން ހައިކޯޓުގައި ބަޙުޘުގެ ނުކުތާއަކަށް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- އިންވޮއިސްތަކާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަވާލުވެ ސޮއިކޮށް ސިއްކަ ޖަހައި، ކޯޓަށް މައްސަލަ ހުށަހަޅަންދެން އެއާމެދު އިޢުތިރާޟެއް ނުކުރާނަމަ، އެއީ އެ ކުންފުނިން ޤަބޫލުކޮށްފައިވާ ލިޔުންތަކެއްކަމަށް ބުރަވެ، ދަޢުވާ ސާބިތުކުރުމަށް ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-24)
- ލައިސަންސެއް ނެތުމަކީ ފަރާތެއް މުޢާމަލާތެއްގެ ތެރެއަށް ނުވަންނަކަމުގެ ދަލީލެއް ނޫނެވެ؛ ލައިސަންސް ނެތި މުޢާމަލާތު ކޮށްފިނަމަ އެއީ އެ ފަރާތުން ކުރި ޤާނޫނާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2250 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޝަމްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން ޝަމްސް ކަމުގައި ބަޔާންކުރެވޭ) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުމަށް ހަމަޖެހުނު މިކޯޓުގެ ނަންބަރު A/79-HC/2018 ޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށް 17 ސެޕްޓެމްބަރ 2019 ދުވަހުގެ 11:00 އަށް ޙާޟިރުވުމަށް ފޮނުވުނު ނަންބަ ރ: 2B2/CHT/2019/413-95 (29 އޮގަސްޓް 2019) އަމުރުގައިވާ ގަޑިއަށް މިމައްސަލަ އިސްތިއުނާފުކުރި ޝަމްސް ތަމްސީލު ކުރާނެ އެއްވެސް ފަރާތެއް ހައިކޯޓަށް ޙާޟިރުވެފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލްކުރުމުން އެމައްސަލަ އަލުން ޝަމްސގް ފަރާތުން އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން ނެކްސްޓް ގްރޫޕް ކަމުގައި ބަޔާން ކުރެވޭ) އެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
2ސިވިލް ކޯޓުގެ ނަންބަރު: 6C/201-Cv/2250 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ ރަޖިސްޓްރޭޝަން ނަންބަރު :0002/2015-C ރަޖިސްޓްރޭޝަން ނަންބަރު :658/2015-C "ދެންފަހެ، އިސްވެބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ދަޢުވާލިބޭ ޝަމްސ ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާކުރާ ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން "ބްލޫ ލެގޫން" އެވެކިޔާ ސަފާރީ އުޅަނދު ކުއްޔަށް ހިފައި، 2016 ވަނަ އަހަރުގެ އެޕްރީލް މަހާއި، މެއި މަހާއި، ޖޫން މަހާއި، ޖުލައި މަހާއި، އަދި އޮގަސްޓް މަހުގައި ބޭނުންކުރުމުގެ ސަބަބުން އުޅަނދުގެ މިމަސްތަކުގ ކުލީގެ ގޮތުގައި US$70,862.01 (ހަތްދިހަހާސް އަށްސަތޭކަ ފަސްދޮޅަސްދޭއް އެމެރިކާ ޑޮލަރު އެއް ސެންޓް) އާއި ކުލީގެ ފައިސާ އަދާކުރަންޖެހޭ މުއްދަތުގައި ދަޢުވާލިބޭ ފަރާތުން އެފައިސާ އަދާކޮށްފައިނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި US$25,000.00 (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) އާއެކު ޖުމްލަ US$95,862.01 (ނުވަދިހަ ފަސްހާސް އަށްސަތޭކަ ފަސްދޮޅަސް ދޭއް އެމެރިކާ ޑޮލަރު އެއް ސެންޓް) އަކީ ދަޢުވާލިބޭ ޝަމްސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކުރާ ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުބާކަމަށް ކަނޑައަޅައި، މިފައިސާ ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 658/2007-C( އަށް ލިބިދިނުމުގެ ގޮތުން ބުނެވުނު US$95,862.01 (ނުވަދިހަ ފަސްހާސް އަށްސަތޭކަ ފަސްދޮޅަސް ދޭ އެމެރިކާ ޑޮލަރު އެއް ސެންޓް) ނުވަތަ މި ޢަދަދަށް ދިވެހި ފައިސާއިންޖެހޭ މިންވަރު 29 އޮގަސްޓް 2017 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ފައިސާގެ މިންވަރަށްވުރެ މަދުނޫން ޢަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު ޝަމްސ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0002/2015-C) އަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:
3ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2250 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޝަމްސްގެ ފަރާތުން ތިރިގައިވާ ނުކުތާތަށް ހުށަހަޅާ އެނުކުތާ ތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.3 ސިވިލް ކޯޓު ނަންބަރު 6C/201-Cv/2250 ޤަޟިއްޔާގައި ދަޢުވާ ކުރާފަރާތާއި ދަޢުވާލިބޭ ފަރާތުންކުރެ ފަރާތެއްގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތްކަން ސާބިތުވާވަރުގެ ކިތާބީ ހެކި ހުށަހަޅާފައިވަނިކޮށް އެކަމަށް ރިޢާޔަތްކުރުމަކާއި ނުލާ ބޭރު ފައިސާ ދެއްކުމަށް ދައުވާލިބޭ ފަރާތުގެ މައްޗަށް ޙުކުމް ކުރައްވާފައިވަނީ ބޭރުފައިސާ ގަނެ ވިއްކުމުގެ ގަވާއިދާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.3 އިސްތިއުނާފ ރައްދުވު ފަރާތުން ދަޢުވާކޮށްފައިވަނީ ސަފާރީ އުޅަނދެއް ކުއްޔަށްދީގެން ކުލި ނުދައްކައިގެން ކަމަށްވީއިރު، ދަޢުވާލިބޭ ފަރާތުން އެބުނާ އުޅަނދަކީ އެފަދަ އެއްބަސްވުމެއްގެ ދަށުން އެބުނާ ތާރީޚްގައި ކުއްޔަށް ދިނުމުގެ ޙައްޤު ލިބިފައިވާ އުޅަނދެއް ނޫންކަމާއި، އެއީ ދަޢުވާކުރާ ފަރާތުގެ މިލްކުގައިވާ އުޅަނދެއް ނޫންކަން އެނގޭފަދަ ކިތާބީ ހެކި ހުށަހަޅާފައިވަނިކޮށް ކޯޓުގައި ހިނގަމުންދާ ތާރީޚްގައި ސޮއިކޮށްގެނ ޝަރީޢަތަށް ލިޔުން ހުށަހަޅާފައިވާއިރު، ކުއްޔަށްދިން ދުވަސްވަރާއި އިންވޮއިސް ފޮނުވި ދުވަސްވަރު އުޅަނދު ކުއްޔަށް ދިނުމުގެ އެއްވެސް ޙައްޤެއް ނެތް އެހެން ފަރާތެއްގެ އުޅަނދެއްގެ މައްޗަށް ޝަރީޢަތަށް މައްސަލަ ހުށަހެޅިކަން ސާފުކޮށް ފެންނަން އޮތްއިރު އެކަންކަމަށް ރިޢާޔަތް ކުރުމަކާއި ނުލައި ޙުކުމް ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.3 ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2250 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްސް ތަކަކީ ފޯޖުކޮށްފައިވާކަމަށް ބެލެވޭ ޑޮކިއުމަންޓްސް ތަކެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނިކޮށ އެކަންކަމަށް ރިޢާޔަތް ކުރުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
43 ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2250 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި ދަޢުވާލިބޭ ފަރާތަކީ ކުންފުންޏެއް ކަމަށްވާއިރު، އެކުންފުނިން އެއްވެސް އިރެއްގައި ފަތުރުވެރިކަމުގެ އުޅަނދެއް ދުއްވާ ހިންގުމުގެ އެއްވެސް ލައިސެންސ އެއް ނަގާފައިނުވާ ކަމަށާއި އަދި އެއްވެސް ވިޔަފާރިއެއް ކުރުމުގެ ހުއްދަ ދީފައިނުވާކަން ސަރުކާރުގެ ކަމާއިބެހޭ އިދާރާ ތަކުގެ ލިޔުންތަކުން އެނގެން އޮތްއިރު، އަދި ދަޢުވާލިބޭ ފަރާތުން އެފަދަ މުޢާމަލާތެއް ހިންގިކަމަށް އިންކާރުކޮށްފައިވަނިކޮށް ދަޢުވާކުރާ ފަރާތުން މިއިން އެއްވެސްކަމަކަށް ޖަވާބުދާރީ ކުރުވުމުމަކާއި ނުލާ ހަމައެކަނި އ ންވޮއިސ ތަކެއް ހުރިކަމަށްބުނެ މިއިން ކަމަކަށް ރިޢާޔަތްކުރުމަކާނުލައި ޙުކުމްކޮށްފައިވާއިރު، ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގައި ޤާނޫނު ހުއްދަ ނުކުރާ ކޮންޓްރެކްޓްތަކަކީ ބާޠިލް ކޮންޓްރެކްޓްތަކެއ ކަމަށް ބުން އަސާސްތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
53 އިސްތިއުނާފު ރައްދުވާ ފަރާތުން ކ ށްފައިވ ދަޢުވާއަކާ އިންވޮއިސްތަކަކުން ލިބެންޖެހޭ ފައިސާތަކެއް ވާކަމަށްބުނ ކޮށްފައިވެ ދަޢުވާއަކަށްވާއިރު، އެއިންވޮއިސ ތަކަށް ދަޢުވާލިބޭ ފަރާތުން ސާފުކޮށް އިންކާރުކޮށް އެއިންވޮއިސްތަކަކީ އުފެއްދުންތެރ އެއި ދުވަހެއްގައި ޕްރިންޓްކޮށްފައިވާ އަދި އެއްވަގުތެއްގައި ސޮއިތައްވެސ ކޮށްފައިވް ކަމަށާ ބެލެވޭ އިންވޮއިސްތަކެއްކަމަށް ބުނެފައިވާއިރު، ޝަރީޢަތުން ދަޢުވާލިބޭ ފަރާތުން ނަގާ ދަފްޢު ނަފީކުރުމަށް ދަޢުވާކުރާ ފަރާތް ޖަވާބުދާރީ ކުރުވުމަކާނުލ މައްސަލާ ނިންމާފައިވަނީ ޝަރީޢަތްކުރުމާއިބެހޭ ގަވާއިދާއި އަދި ޤާނޫނުއަސާސީގެ ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބަޔާންކުރާ ނައްސުތަކާއި މުޅިން ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
63 ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2250 ޤަޟިއްޔާގެ މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޑޮކިއުމެންޓް ތަކަކީ އޭގެ ޞައްޙަކަމާއިމެދ ޝައްކު އުފެދޭ ފޯޖުކޮށްފައިވާކަމަށް ބެލެވޭ ޑޮކިއުމަންޓްސ ތަކެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނިކޮށް އަދި އެޑޮކިއުމަންޓްސް ތަކާއިމެދ ސުވާލު އުފައްދާފައިވަނިކޮށް އެކަންތަކަށް ބެލުމެއްނެތި ކޮށްފައިވާ ޙުކުމަކީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާއާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
4. ނެކްސްޓް ގްރޫޕގް ފަރާތުން "ބްލޫ ލެގޫން" އެވެ ކިޔާ ސަފާރީ އުޅަނދު 01 ނޮވެންބަރު 2015 ން 01 ސެޕްޓެންބަރު 2016 ގެ ނިޔަލަށް ކޮންމެ މީލާދީ މަހަކަށް US$15,680.00 (ފަނަރަހާސް ހަސަތޭކަ އަށްޑިހަ އެމެރިކާ ޑޮލަރު) އަށް ޝަމްސްއަށ ކުއްޔަށް ދީފައިވާ ކަމަށް ބުނެފައިވެއެވެ .
5. ނެކްސްޓް ގްރޫޕް ގެ ފަރާތުން ޝަމްސއްށް ފޮނުވި އިން ވ އިސްތަކުގެ ތެރެއިން، 2015 ނޮވެންބަރު، ޑިސެންބަރު، 2016 ޖަނަވަރީ، ފެބުރުވަރީ މަހުގެ އިންވޮއިސްތަކަށް އެ އްކޮށ ފައިސް ދައްކާފައިވާ ކަމަށާ ނެކްސްޓް ގްރޫޕް އިން ބުނެއެވެ. އަދި 2016 އޭޕްރީލް މަހުގެ އިންވޮއިސްގެ އެއްބަޔަށްވާ ފައިސާ، 7537.99$US (ހަތްހާސް ފައްސަތޭކަ ތިރީސް ހަތް އެމެރިކާ ޑޮލަރު ނުވަދިހަ ނުވަ ސެންޓް) ދައްކާފައިވާކަމަށް ނެކްސްޓް ގްރޫޕުން ބުނެއެވެ. ނަމަވެސް، 2016 ވަނަ އަހަރުގެ މެއި، ޖޫން، ޖުލައި އަދި އޮގަސްޓް މަހުގެ އިންވޮއިސްތަކަށް އެއްވެސް ވަރަކަށް ފައިސާ ދައްކާފައި ނުވާކަމަށްބުނެ، ނެކްސްޓް ގްރޫޕްގެ ފަރާތުން ކުއްޔަށް ދޫކުރި "ބްލޫ ލެގޫން" އެވެ ކިޔާ އުޅަނދު ޝަމްސ އިން ކުއްޔަށް ހިފައިގެން ބޭނުންކޮށްފައިވާ މަސްތަކަށް ދޭންޖެހޭ މަހު ކުލީގެ ގޮތުގައި މިހާތަނަށް ދޭންޖެހި ނުދީވާ US$70,862.01 (ހަތްދިހަހާސް އަށްސަތޭކަ ފަސްދޮޅަސްދޭއް އެމެރިކާ ޑޮލަރު އެއް ސެންޓް ) އާއި މިފައިސާ ދައްކަން އެއްބަސްވެފައިވާ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ތެރެއިން US$25,000.00 (ފަންސަވީސްހާސް އެމެރިކާ ޑޮލަރު) އާއި އެކު ޖުމްލަ US$95,862.01 (ނުވަދިހަ ފަސް ހާސް އަށްސަތޭކަ . ސިވިލް ކޯޓުގެ ދައުވާ ފޯމްގެ 8.1 އަދި 8.2 ވަނަ ނުކުތާ . ( އިންވޮއިސް އަށް ބެލުމުން، ކުއްޔަކީ 000.00،14$ ކަމާއި ޖީ.އެސް.ޓީ %12 އަށް $1680.00 އެކުޖުމްލަ 15680.00$ ކަން އެނގެއެވެ.) . ސިވިލް ކޯޓުގެ ދައުވާ ފޯމްގެ 8.3 ވަނަ ނުކުތާ ފަސްދޮޅަސް ދޭއް އެމެރިކާ ޑޮލަރު އެއް ސެންޓް) ހޯދުމަށް އެދި ނެކްސްޓް ގްރޫޕްގެ ފަރާތުން ޝަމްސްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
6. ނެކްސްޓް ގްރޫޕްގެ ފަރާތުން ޝަމްސްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަސްލަށް ޝަމްސ އިން އިންކާރުކޮށް "ބްލޫ ލެގޫން" ކިޔާ އުޅަނދެއް ކުއްޔަށް ހިފާފައި ނުވާނެ ކަމަށާއި، މިމުޢާމަލާތަކީ އެނގިފައވި މުޢާމަލާތެއް ނޫންކަމަށް ޝަމްސުގެ ފަރާތުން ބުނެފައިވެއެވެ.
7ޝަމްޝގެ ފަރާތުނު ނެކްސްޓް ގްރޫޕް އަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާނެކަމަށާއި އެއް ވެސް ފަރާތަކުން ޝަމްސްގެ ނަމުގައި ނެކްސްޓް ގްރޫޕްއަށް ފައިސާއެއް ދައްކާފައިވާނަމަ، އެއީ އެކުންފުންޏަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫންކަމަށް ބުނެފައިއެވެ.
8ނެކްސްޓް ގްރޫޕްގެ ފަރާތުން ޝަމްސްއަ ށ ފޮނުވާފައިވާ އިންވޮއިސްތައް ލިބިފައި ނުވާކަމަށް ބުނެ ޝަމްސްގެ ފަރާތުން އެކަމަށްވެސް އިންކާރު ކުރެއެވެ. އަދި މިއިންވޮއިސްތަކުގެ ޞައްޙަކަމާމެދު ސުވާލު އ އްފައްދާފައިވެއެވެ.
9މީގެ އިތުރުން، އިންވޮއިސްތައް ހަދާފައިވަނީ ޑޮލަރުންކަމަށްބުނެ، ޑޮލަރުން މުޢާމަލާތް ކުރެވޭނީ ފޮރިންގ އެކްސްޗޭންޖް ލައިސަންސް އޮންނަ ފަރާތްތަކަށް ކަމަށާއި، ނެކްސްޓް ގްރޫޕާއި ޝަމްސް އާ މި ދެ ކުންފުންޏަކީވެސް ބޭރުފައިސާ ގަނެވިއްކުމުގެ މުޢާމަލާތު ކުރުމުގެ ހުއްދަ އޮތް ކުންފުނިތަކެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި ނެކްސްޓް ގްރޫޕް ގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސްޓޭޓްމަންޓްއަކީ ޝަމްސގް އެކައުންޓެއް ނޫންކަމަށާއި، އެއްވެސް ބާވަތެއްގެ ފައިސާގެ އެކައުންޓެއް އެއްވެސް ބޭންކެއްގައި އެކުންފުނިން ހުޅުވާފައިނުވާނެކަމުގެ ހެކި އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާނެކަމަށެވެ. . ޝަމްސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމަކީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ނަންބަރު 057/2017-MIB/OP (05 ފބްރުއަރެ 2017) ސިޓީއެވެ. މިސިޓީގައި އެބޭންކުގައި ޝަމްސ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެއްވެސް އެކައުންޓެއް އެބޭންކްގައި ނެތްކަމަށް ބުނެފައިވެއެވެ. ފާހަގަކުރެވުނު ކަންކަން:
10ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/2250 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޝަމްސގު ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަށާއި، އެނުކުތާ ތަކާ ގުޅިގެން މައްސަލައި ގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
11ޕްރިސިޑެންސް 1އިސްތިއުނާފު ކުރެވިފައި ވ މައްސަލައިގާ އަޞްލަށް ޝަމްސުގެ ފަރާތުން އިންކާރުކޮށް "ބުލޫ ލެގޫން" ކިޔާ ސަފާރީ އުޅަނދު ކުއްޔަށް ހިފާފައި ނުވާނެކަމަށްބުނެ މިމުޢާމަލާތަކީ އެކުންފުންޏަށް އެނގޭ މުޢާމަލާތެއް ނޫންކަމަށް ދަށު ކޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން މައްސަލައިގެ އަޞްލަށް އިންކާރުކޮށް އެމައްސަލައިގެ ވާޤީއާއަކީ އެނގިފައިވާ ކަމެއް ނޫންކަމަށް ބުނުމާއެކު އެ ވާޤިއާގެ މައްޗަށް އިތުރަށް ދެއްކޭނެ ވާހަކައެއް އ ވެދާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ އެކަމާއި ގުޅޭ ގޮތުން އަމުދުން ޚަބަރު ނޭނގޭ ކަމެއްގެ ވާހަކަ އެމީހަކަށް ދެއްކޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން، މިޤަޟިއްޔާ ދަށުކޯޓުގައި ހިނގިއިރު، މިމުޢާމަލާތ ސާބިތު ކުރުމަށު ދަށު ކޯޓަށް ނެކްސްޓް ގްރޫޕުން ހުށަހެޅި ހެކިތައް ނަފީކުރަން ޝަމްސްގެ ފަރާތުން މަސައްކަތް ކުރިކުރުމުން، މިދަޢުވާގެ އަޞްލަށް އިންކާރުކޮށް މިމުޢާމަލާތަކީ އެނގިފައިވާ މުޢާމަލާތެއް ނޫން ކަމަށް ޝަމްސްގެ ފަރާތުން ބުން ބުނުމާއި ޝަމްސްގެ ފަރާތުން ކިޔައިދޭ ކިޔައިދިނުމާއި ތަޢާރުޟުވެއެވެ.
12ނެކްސްޓް ގްރޫޕް އާއި ޝަމްސާ އާ މިދެ ކުންފުނިންކުރެ ކުންފުންޏެއްގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތްކަމަށްބުނެ ޝަމްސްގެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، މިއީ ކޮންކަމެއް ނަފީކުރަން ދެއްކި ވާހަކައެއްކަން އެނގޭކަށް ނެތެވެ. އެހެނީ، މިމުޢާމަލާތަކީ ޝަމްސްގެ ފަރާތުން އަޞްލަށް އިންކާރުކޮށް މިއީ އެނގިފައި ނުވާ މުޢާމަލާތެއް ކަމަށް ބުނެއެވެ. އެނގިފައިނުވާ މުޢާމަލާތަކައި ގުޅިގެން، އެމުޢާމަލާތް ކުރެވުނު ޑޮލަރުންތޯ ނުވަތަ ރުފިޔާއިންތޯ ސުވާލު އުފައްދާކަށްވެސް ނޭނގޭނެއެވެ. ސަބަބަކީ ޝަމްސްގެ ގާތުގައި މިއީ ނުއުފަންނަ މ ޢާމަލާތެކެވެ.
13ޕްރިސިޑެންސް 2މިއިން ދެނެގަނެވޭ ކަމަކީ، އިސްތިއުނާފުކުރާ މައްސަލައިގައި ބަޔާންކުރާ މުޢާމަލާތަކީ ހިނގާފައިވާ މުޢާމަލާތެއް ކަމާއި ނަމަވެސް މިމުޢާމަލާތުގެ ވާޤިޔާ ބަޔާންކުރުމުގައި ޝަމްސް ގެ ކިބައިގައި އެހެން ރިވާޔަތެއ ވަން ކަމެވެ. އެހެންކަމުން، ޝަމްސްގެ ފަރތުނާ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކާއި ދެބައިމީހުނ ހުށަހެޅް އެންމެހައި ލިޔުންތަކަށް ބެލުމުން، ޝަމްސް ގެ ފަރާތުން ޝަރީޢަތަށް ކަންހިނގިގޮތް ހާމަނުކުރަނ އުޅޭކަން ދެން ގަނެވެއެވެ. ދަށު ކޯޓުގައި ދަޢުވާ ކުރި ނެކްސްޓް ގްރޫޕް އާއި ދަށު ކޯޓުގައި ދަޢުވާ ލިބުނު ޝަމްސް އާ މިދެކުންފުނީގައި ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮތްތޯ ނުވަތަ ނެތްތޯ އެއީ މި ދަޢުވާގައި ބަޔާންކުރާ މުޢާމަލާތާއި ގުޅިގެން މިޤަޟިއްޔާގައި ބަލަންޖެހޭ ކަމެއް ނޫނެވެ. ބަލަންޖެހޭ ކަމަކީ ނެކްސްޓް ގުރޫޕް ގެ ފަރާތުން "ބުލޫ ލެގޫން" ކިޔާ ސަފާރީ އުޅަނދު ޝަމްސް އަށް ކުއްޔަށް ދޫކުރިތޯ ނުވަތަ ނޫންތޯއެވެ. އަދި ދެފަރާތުން އެއްބަސްވި ކުލި ދައްކަމުން ދޭތޯއެވެ؟ ދެފަރާތުން ކުލި ދައްކަން އެއްބަސްވީ ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއަކުން ކަމަށްވެފައި، އަދި އެކަމަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދު ބޔާންކުރަ ގޮތުނާ ކުރެވޭނެ ކަމަކަށް ނުވާނަމަ، އެކަމުގެ ސަބަބުން މުޅި މިމުޢާމަލާތ އަޞްލުން ބާޠިލެއް ނުވާނެއެވެ. އެފަދަ މުޢާމަލާތެއް ވާނީ ބާޠިލު ކުރެވިދާނެ މުޢާމަލާތަށެވެ. އެގޮތް ކަނޑައަޅާނީ ދެފަރާތުން މުޢާމަލާތު ކުރި ގޮތުގެ މައްޗަށް ބުރަވެއެވެ. ސަފާރީ އުޅަ ނދެއ ކުއްޔަށް ހިފުމަށްފަހު އޭގެ ބޭނުން ކޮށްފައި އެއަށްފަހު ކުލި ދައްކަންޖެހޭ ހިސާބުން ބޭރު ފައިސާއިން މުޢާމަލާތު ކުރުން ޤާނޫނުން މަނާކަމަށް ބުނެ އެދިފާޢުގެ މައްޗަށް ބިނާކޮށް މުޅި މުޢާމަލާތު އެކުގައި ބާޠިލު ކުރަންވެއްޖެނަމަ، އެކަމުގެ ސަބަބުން މުޢާމަލާތުގެ އަނެއް ފަރާތަށް ބޮޑު ބޭއިންޞާފަކަށ ވެގެން ދާނެއެވެ. ދިވެހިރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުން ކުރަންޖެހިއްޖެނަމަ، އެކަން ހައްލު ކުރެވޭނެ ގޮތް އެބައޮތެއެވެ. އެހެންކަމުން، ބޭރުފައިސާ ގެނެވިއްކުމުގެ ލައިސަންސް ނެތްކަމަށް ބުނެ މުޅި މުޢާމަލާތު އަޞްލުން ބާޠިލު ކުރުމަށް ޝަމްސް އިން ދެއްކި ވާހަކަތަކަކީ ޤާނޫނީ ގޮތުން ރަނގަޅު ވާހަކަތަކެއް ނޫނެވެ. މިގޮތުން ބަލާއިރު އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޙުކުމް މަނިޓަރީ ޤަވާއިދުގެ 5 ވަނަ މާއްދާ. ކޮށްފައިވަނީ US$95,862.01 (ނުވަދިހަ ފަސްހާސް އަށްސަތޭކަ ފަސްދޮޅަސް ދޭއް އެމެރިކާ ޑޮލަރު އެއް ސެންޓް) މިއަދަދ ނުވަތު މިޢަދަދަށް ދިވެހި ފައިސާއިންޖެހޭ މިންވަރު ދެއްކުމަށްކަން އެނގެން އޮތުމުން އިސްތިއުނާފުކުރާ ފަރާތުން މިނުކުތާގެ ދަށުން ބޭރު ފައިސާ ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޙުކުމް ކޮށްފައިވާކަމަށް ބުނެފައިވަނި ރަނގަޅަށްނޫންކަން އެނގެއެވެ.
14ޕްރިސިޑެންސް 3މިޤަޟިއްޔާގައި ބަޔާން ކުރާ "ބުލޫ ލެގޫން" އެވެ ކިޔާ ސަފާރީ އުޅަނދަކީ ނެކްސްޓް ގްރޫޕް ގެ މިލްކުގައިވާ އުޅަނދެއް ނޫންކަމާއި، އެހެންކަމުން، އެއުޅަނދު ކުއްޔަށް ދިނުމުގެ ޙައްޤު ނެކްސްޓް ގްރޫޕއް ށ ލިބިގެން ނުވާކަމަށްބުނެ ޝަމްސްގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހެޅިއެވެ. ވިއްކުމާއި ދިނުމާއި ޢާރިޔާ ފަދަ މުޢާމަލާތް ތަކާއި ޚިލާފަށް ކުލީގެ މުޢާމަލާތަކީ މުޅިން ތަފާތު މުޢާމަލާތެކެވެ. ދިނުމާއި ވިއްކުމުގައި އެމުޢާމަލާތް ކުރެވު މުދަލަކީ ދޭ މީހާ ނުވަތަ ވިއްކާ މީހާގެ މިލްކުކަމުގައި ވާންޖެހެއެވެ. ޢާރިޔާއަކީ ތަބައްރުޢުގެ މުޢާމަލާތެއްކަމަށްވުމާއިއެކު އަޞްލުވެރިޔާގެ އިޛުނައެއްނެތި ތިންވަނަ ފަރާތަކަށް އެއެއްޗެއ ބޭނުން ކުރަން ދިނުން ޞައްޙައެއް ނުވާނެއެވެ. މިއާ ޚިލާފަށް ކުއްޔަށްދިނުމުގެ މުޢާމަލާތުގައި ހުއްދަ މަންފާއެއް ހާޞިލ ކުރުމާއިއެކު މުދަލުގެ ވެރިފަރާތަށް އޭގެ ބަދަލެއް ދެވެއެވެ. މިގޮތުން، ކުއްޔަށް ނަގާ މީހާއަށް އެމުދަލުން މަންފާ ހޯދުމަށްޓަކައި ތިންވަނަ ފަރާތަކަށް ދިނުން ހުއްދަވާ ގޮތަށް ކުލީގެ މުޢާމަލާތް ކުރެވޭނެއެވެ. އެހެންކަމުން، އެމުދަލެއްގެ މިލްކުވެރިޔާއަށް ނުވަތަ އެމުދަލުގެ މިލްކުވެރިޔާ ކަމުގައި ނުވާ ފަރާތަކަށްވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެމުދަލެއް އެހެން ފަރާތަކަށް ކުއްޔަށް ދޫކުރެވިދާނެއެވެ. ވީމާ، މުދަލުގެ އަސްލު މިލްކުވެރި ޔާއަތުނ އެމުދަލެއް ކުއްޔަށް ނެގުމަށްފަހު ދެފަރާތުން އެއްބަސްވެފައިވާ ގޮތެއްގެ މަތިން، ތިންވަނަ ފަރާތަކަށް އެމުދާ ކުއްޔަށް ދޫކޮށް މަންފާ ހޯދި ދާނެއެވެ. ޢާރިޔާއަކީ އެއެއްޗެއްގެ އަޞްލު ގޮތުގައި ބޭއްވޭފަދަ އެއްޗަކުން މަންފާ ލިބިގަތުމަށްފަހު އަނބުރާ އޭގެ ވެރިފަރާތަށް ރައްދު ކުރެވޭ ގޮތަށް އެހެން މީހަކަށް ދޭ ދިނުމެކެވެ. ޤާނޫނުނަންބަރު: 68/9 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) 1ވަނަ މާއްދާގަ (ހ) އާއި ޤާނޫނު ނަންބަރު: 91/6 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 2، 4 އަދި 7 ވަނަ މާއްދާ.
15"ބުލޫ ލެގޫން " ސަފާރީ އުޅަދަކީ ނެކް ސ ޓް ގްރޫޕްގެ މިލްކުގައިވާ އުޅަނދެއް ނޫންކަމަށްބުނެ ޝަމްސްގެ ފަރާތުން އުފައްދާ ސުވާލަކީ އެފަދަ އެއްބަސްވުމަކަށް ވަނުމުގެ ކުރިން އުފެއްދުން ޖާއިޒު ސުވާލެކެވެ. އެހެނީ މިމުޢާމަލާތ ކުރެވުނު އިރު، "ބުލޫ ލެގޫން" ސަފާރީ އަކީ ކާކުގެ އުޅަނދެއްތޯ އާއި އެ އުޅަނދު ކުއްޔަށް ދޫކުރުމުގެ ޙައްޤު އޮތްތޯ ނެކްސްޓް ގްރޫޕުގެ ފަރާތުން އަހައި ސާފު ކުރުމަކީ ޝަމްސްއަށް ކުރެވިދާނެ އަދި އެކަން އެހެ ން ކުރުން ބުއްދި ވެރި ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް މުޢާމަލާތުގެ ފަހުން ކުލި ދައްކާ ހިސާބަށް ދިއުމުން، ކުއްޔަށްދިނީ ނެކްސްޓް ގްރޫޕްގެ މިލްކެއް ނޫންކަމަށްބުނެ ކުރެވޭ ސުވާލަކީ ޝަމްސްގެ ފަރާތުން ކުރަންޖެހޭ ސުވާލެއް ނޫނެވެ. އެސުވާލު ކުރިމަތިވާންޖެހޭނީ "ބުލޫ ލެގޫން"ގެ މިލްކުވެރި ފަރާތުންނެވެ. ނެކްސްޓް ގްރޫޕް އާއި "ބުލޫ ލެގޫން" ސަފާރީ އުޅަނދުގެ ވެރިފަރާތްކަމުގައިވާ "ޑްރީމް ސަފާރީ ޕްރައިވެޓް ލިމިޓެޑް" އާ ދެމެދު އެފަދަ ސުވާލެއް އޮތްނަމަ އެކަން ޙައްލު ކުރާނީ އެދެފަރާތުންނެވެ. މިމައްސަލައާއި ގުޅިގެން، ޑްރީމް ސަފާރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، 28 އޮގަސްޓް 2017 ގައި ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީން އެނގޭ ގޮތުގައި "ބުލޫ ލެގޫން" އެވެ ކިޔާ ސަފާރީ އުޅަނދު (ރަޖިސްޓްރީ ނަންބަރު: 10 (10T)-C6082 A) ވަނީ 25 ނޮވެމްބަރު 2015 އިން ފެށިގެން 31 އޮގަސްޓް 2016 ގެ ނިޔަލަށް ނެކް ސ ޓް ގްރޫޕް އ ށ ކުއްޔަށް ދީފައެވެ. އެހެންކަމުން، "ބުލޫ ލެގޫން" އެވެ ކިޔާ ސަފާރީ އުޅަދަކީ ނެކްސްޓް ގްރޫޕް އަށް ކުއްޔަށް ދޫކުރުމުގެ އެއްވެސް ޙައްޤެއް ނެތް އުޅަނދެއްކަމަށްބުނެ ޝަމްސގް ފަރާތުން ދައްކާ ވާހަކައަކީ ކުލީގެ މުޢާމަލާތްތަކާއި ގުޅޭ އަސާސީ ހަމަތަކާއި ޚިލާފު ވާހަކައެއްކަން އެނގެއެވެ.
16އިސްތިއުނާފު ކުރާ ޝަމްސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން، 3، 5 އަދި 6 ވަނަ ނަންބަރުގައި ބަޔާންކުރަނީ އެއްވާހަކަ ތަކެކެވެ. އެއީ އިސްތިއުނާފު ރައްދުވާ ނެކްސްޓް ގްރޫޕްގެ ފަރާތުން ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ޑޮކިއުމެންޓްތަކަކީ ފޯޖް ކޮށްފައިވާ ޑޮކިއުމެންޓްތަކެއްކަމަށްބުނެ ދައްކާފައިވާ ވާހަކަތަކެވެ.
17ޕްރިސިޑެންސް 4އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޑޮކި އުމެންޓްތަކުގެ ޞައްޙަކަމާއިމެދު ޝައްކު އުފައްދާ ފޯޖުކޮށްފައިކަމަށް ބެލެވޭ ޑޮކިއުމަންޓްސ ތަކެއްކަމަށް ފާހަގަކޮށްފައިވަނިކޮށް އެކަންތަކަށް ބެލުމެއްނެތި ކޮށްފައިވާ ޙުކުމަކީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާއާއި ޚިލާފު ޙުކުމެއްކަމަށް ޝަމްސްގެ ފަރާތުން ބުނެ އެވެ. ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާއަކީ ކިތާބީ ހެކީގެ ޞައްޙަކަން ކަނޑައަޅާނެ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ނޫނެވެ. ކިތާބީ ހެއްކާބެހޭ ގޮތު ން ހެއްކާބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ އަސާސީ ހަމައަކީ ހެއްކެއް ކަމުގައި ހަމަ އެލިޔުމެއް )primary evidence( ބަލައިގަތުމެވެ . ނަމަވެސް އޭގެ ބަދަލުގައި އެހެން ހެކި )secondary evidence( ޤަބޫލު ކުރެވޭނެ ކަމާއި އެފަދަ ހެކި ޤަބޫލު ކުރެވޭނެ ގޮތް އެ ޤާނޫނުން އެނގެއެވެ. ހަމައެހެންމެ، ޝަރީޢަތުގެ މަޖިލީހުން ވަކި މީހެއްގެ ލިޔުން ނުވަތަ ސޮއި ބަލައި ފާހަގަ ކުރަން ޖެހިއްޖެ ހިނދެއްގައި ޢަމަލު ކުރާނެ އިޖުރާއަތުގެވެސް ހެއްކާބެހޭ ޤާނޫނު ނ ފެންނާން އޮވެއެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލައާއި ގުޅި ގެން ހެއްކާ ބެހޭ ޤާނޫނުގައި ބަޔާންކުރެވިފައިވާ އިސްވެދެންނެވި އެއްވެސް އިޖުރާއަތަކަށް ޢަމަ ލުކޮށް ދިނުމަށް ދަށު ކޯޓު ގައި ޝަމްސްގެ ފަރާތުން އެދިފައެއް ނެތެވެ.
18ޕްރިސިޑެންސް 5އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ ދަޢުވާ ގައި ހުށަހަޅާފައިވާ އިންވޮއިސްތަކަކީ އުފެއްދުންތެރި އެއް ދުވަހެއްގައި ޕްރިންޓްކޮށްފައިވާ އަދި އެއްވަގުތެއްގައި ސޮއިތައްވެސ ކޮށްފައިވް ކަމަށާ ބެލެވޭ އިންވޮއިސްތަކެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ހަމައެކަނި ބުނާ ބުނުމަކީ އެފަދަ ލިޔުމެއްގެ ޞައްޙަކަން ނަފީވެގެން ދާނެ ސަބަބެއް ނޫނެވެ. އެފަދަ ތުހުމަތެއް އުފެއްދުމާއިއެކު އެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ މިންވަރަށް ސާބިތު ކޮށްދިނުމަކީ އެސުވާލު އުފައްދާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ. އެހެންކަމުން، އެލިޔުންތަކުގެ އިދިކޮޅު ޘާބިތު ނުކޮށްދެވޭހާ ހިނދަކު އެލިޔުންތަކުގެ ޞައްޙކަނަ އެގޮތުގައި ދެމި އޮންނާނެއެވެ . ޤާނޫނު ނަންބަރު: 76/24 (ހެއްކާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާ. . މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ ރީތިރަށ ރިސޯޓް (2013) 23 ދސކ
19އިސްތިއުނާފު ރައްދުވާ ފަރާތުން، ދަޢުވާ ޘާބިތުކުރުމަށްޓަކައި ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކި ތަކަކީ އެކުންފުނީގެ ފަރާތުން ޝަމްސްއަށް ފޮނުވާފައިވާ 5 އިންވޮއިސްގެ ކޮޕީއާއި، "ބްލޫ ލެގޫން" އެވެ ކިޔާ ސަފާރީ އުޅަނދުގެ ކުލީގެ މުޢާމަލާތާއި ގުޅޭ ސްޓޭޓްމަންޓްއާއި، ޝަމްސްގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓްއާއި، ޝަމްސް އިން ކުލީގެ ފައިސާ ދެއްކުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ޖަމަޢުކޮށްފައިވާ ޑިޕޮސިޓް ސްލިޕްތަކާއި، ޑްރީމްސް ސަފާރީ ޕްރައިވެޓް ލިމިޓެޑްގެ ބޯރޑް ރިޒޮލިޔުޝަނ އާއް އަދި ޝަމްސް ކުންފުނީގެ ޕްރޮފައިލްއެވެ.
20މިމައްސަލާގައި ދަޢުވާ ޘާބިތުކުރުމަށް ނެކްސްޓް ގްރޫޕްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން "ބްލޫ ލެގޫން" އެވެ ކިޔުނު ސަފާރީ އުޅަނދަކީ ކުރިން ބަޔާން ކުރިހެން، ޑްރީމްސް ސަފާރީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެކެވެ. މިއުޅަނދުވަނީ 25 ނޮވެންބަރު 2015 އިން ފެށިގެން 31 އޮގަސްޓް 2016 އަށް ނެކްސްޓް ގްރޫޕްއަށް ކުއްޔަށްދީފައިކަން ޑްރީމް ސަފާރީނ ޕްރައިވެޓް ލިމިޓެޑުން ފޮނުވި ކުރިން ބަޔާންކުރި ސިޓީންނއާ އެކުންފުނިން 09 ފެބުރުވަރީ 2017 ގައި އެކަން ކަށަވަރު ކޮށްދިނުމަށް ފާސްކޮށްފައިވާ ބޯޑް ރިޒޮލިއުޝަނުން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މިރިޒޮލިޔުޝަ ންއަކީ މާފަހުގެ ތާރީޙެއްގައި ފާސްކޮށްފައިވާ ރިޒޮލިޔުޝަންއެއް ކަމަށްވާތީ މިރިޒޮލިޔުޝަން ބަލައިނުގަނެވޭނެ ކަމަށެވެ. ނަމަވެސް ޑްރީމް ސަފާރީ ޕްރައިވެޓް ލިމިޓެޑްގެ ބަޔާންވެދިޔަ ބޯޑު ރިޒޮލިއުޝަން ޝަމްސް އިން ޤަބޫލު ކުރުމާއި ނުކުރުމަކީ ހުށަހެޅިފައިވާ އިސްތިއުނާފީ ދަޢުވާއަށް އޭގެ އަސަރެއް ކުރާނެ ކަމެއް ނޫނެވެ. ސަބަބަކީ، މިރިޒޮލިއުޝަނުގެ ބޭނުމަކީ ނެކްސްޓް ގްރޫޕް އާއި ޝަމްސް އާ ދެމެދު ކުރެވުނު މުޢާމަލާތުގެ ޞައްޙަކަން ކަނޑައެޅުމެއް ނޫނެވެ. އެރިޒޮލިއު ޝަންގެ ބޭނުމަކީ ނެކްސްޓް ގްރޫޕް އާއި ޑްރީމް ސަފާރީ ޕްރައިވެޓް ލިމިޓެޑް އެ ދެމެދާ ކުރެވުނު މުޢާމަލާތު . ރަޖިސްޓްރީ ކޮށްފައިވަނީ 20 ޖަނަވަރީ 2004 ގައިކަމާއި، ރަޖިސްޓްރީ ނަންބަރަކީ )T-10 02-C6082A234 (-TAV ކަމާއި، މިއުޅަނދު ހިންގާފަރާތަކީ ޑްރީމް ސަފާރީ ޕްރައިވެޓް ލިމިޓެޑްކަމާއި، ލައިސަންސް މުއްދަތަކީ 21 ޑިސެމްބަރު 2014 އިން 27 މެއި 2017 ގެ ނިޔަލަށްކަން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު QAR/PRIV/2017/155-88 (18 ޖަނަވަރީ 2017) ސިޓީގައި ފާހަގަކޮށްފައިވެއެވެ. . ޑްރީމްސް ސަފާރީ ޕްރައިވެޓް ލިމިޓެޑްގެ ބޯރޑް ރިޒޮލިޔުޝަން . މިބޯޑް ރިޒޮލިޔުޝަންގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑިރެކްޓަރ، ކޮމްޕެނީ ސެކްރެޓަރީ ސޮއިކޮށް އަދި ކޮމްޕެނީ ސޯލް ޖަހާފައިވެއެވެ. އެގޮތުގައި އޮތްކަން ބަޔާން ކޮށްދިނުމެވެ. އެހެންކަމުން، ޝަމްސް އިން އެރިޒޮލިއުޝަނ ޤަބޫލް ނުކުރުމަކީ ނެކްސްޓް ގްރޫޕް އާއި ޑްރީމް ސަފާރީ ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ކުރެވުނު ކަމަށް އެދެފަރާތުން ބަޔާންކުރާ މުޢާމަލާތް ނަފީވާނެ ސަބަބެއް ނޫނެވެ.
21ޕްރިސިޑެންސް 6ދަޢުވާ ޘާބިތުކުރުމަށް ދަޢުވާކުރި ފަރާތުން ހުށަހަޅާފައިވާ 5 އިންވޮއިސްއަކީ ސާނަވީ ހެކި ކަމަށް ވެގެން އެކަމުގެ ސުވާލެއް ޝަމްސް އިން ނުއުފައްދައެވެ. ސުވާލު އުފައްދަނީ އެއްޕެޓާނަކަށ އެއްގޮތަށް އެއް ތާރީޚެއްގައި އިން ވޮއިސްތައ ހުރުމުން ކުރެވޭ ތުހުމެއްގެ މައްޗަށެވެ. ކިތާބީ ހެކިތަކުގެ ތެރެއިން، ޔުނިފޯމް ޕްރޮސެސްއަކުން އުފައްދާ އެތަކެއް ލިޔުމަކީ އެއިން ކޮންމެ ލިޔުމެއްގައި ބަޔާންކުރާ ވާހަކައެއް ސާބިތު ކުރުމުގައި އެއިން ކޮންމެ ލިޔުމެއް އޭގެ އަނެއް ލިޔުމުގެ އަސްލެއް ކަމުގައި ބެލެވޭނެ ލިޔުމެކެވެ. ނަމަވެސް އެއް އަސްލަކުން ހަދާފައިވާ އެތަކެއް ކޮޕީނަމަ އެކޮޕީ ތަކަކީ އަޞްލު ލިޔުމުގައި ބަޔާންކުރާ ކަންތައް ސާބިތު ކުރުމުގައި އަސްލެއް ކަމުގައި ނުބެލެވޭނެއެވެ. މިމައްސަލައިގެ ދަށު ކޯޓުގެ ފައިލުގައިވާ ލިޔުންތަކަށް ބެލުމުން، ހުށަހެޅި ލިޔުންތަކަކީ އޭގެ އަސްލުކަނ އެނގޭކަށް ނެތެވެ. ނަމަވެސް އެއީ ދަށު ކޯޓުގައި ޝަމްސްގެ ފަރާތުން އުފެއްދި ސުވާލެއް ނޫނެވެ. އަދި މިކޯޓުގައިވެސް އެސުވާލު އުފައްދާފައެއް ނެތެވެ.
22ޕްރިސިޑެންސް 7ދަށު ކޯޓުނު ފާހަގަ ކޮށްފައިވާ ފަދައިން، ބަޔާންވެދިޔަ އިންވޮއިސްތަކުގެ ތިރީގައި މިމުޢާމަލާތުގެ ޝަރުޠުތަކުގެ ގޮތުގައި ކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ. އެގޭ ތެރޭގައި އިންވޮއިސްގައިވާ ފައިސާ ދައްކަން ކަނޑައެޅިފައިވާ ދުވަހަށް ފައިސާ ނުދައްކާނަމަ %0.5 (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ގެ ޖޫރިމަނާއެއް ނެގިދާނެކަމާއި، އިންވޮއިސްގައި އެއްވެސް މައްސަލައެއް އޮތްނަމަ 48 ގަޑިއިރު ތެރޭގައި އަންގަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިންވޮއިސްގެ އެންމެ ތިރީގައި އިންވޮއިސް ލިބުމުން އެހަވާލުވާ ފަރާތެއްގެ ނަންޖަހައި ސޮއިކޮށް ތާރީޚްޖެހުމަށް ހުސްތަން ދޫކޮށްފައިވާއިރު، އެ އިންވޮއިސްތަކާއި ޙަވާލވު އެ ހުސްތަން ފުރާފައިވަނީ ޙަސަން ޞަބާޙް ކިޔާ މީހެއްކަން ބެލެވެން އޮވެއެވެ. އެ އިންވޮއިސްތަކާއި ޙަސަން ޞަބާޙް ޙަވާލުވެ ސޮއިކޮށް، އޭގެ ތިރީގައި ތާރީޚް ޖަހައި އަދި އޭގެ ތިރީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު )( ޖަހާ ފައި ވެއެވެ. ޙަސަން ޞަބާޙަކީ ޝަމްސްގެ މެނޭޖިންގ ޑިރެކްޓަރެވެ. އެއީ ބަޔާންވެދިޔަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުނ އެނގެން އޮތްގޮތުގައި ރ.އަލިފުށީ، ޝަހީދާމަންޒިލ ޙަސަން ޞަބާޙް އެވެ. މި އިންވޮއިސްތަކާއި ޙަސަން ޞަބާޙް ޙަވާލުވެފައިވަނީ ޝަމްސް ގެ ފަރާތުންކަން ދަލާލަތު ކުރަނީ ޙަސަން ޞަބާޙް ސޮއިކުރި ތަނުގެ ތަންކޮޅެއް ތިރީގައި ޝަމްސގް ސިއްކަ ޖަހާފައިވާތީއެވެ. އިސްތިއުނާފުކުރާ ފަރާތުން، އެ ސިއްކައާމެދު އުފައްދާ ސުވާލުތައް ކަމުގައިވާ އެއީ ފޯޖް ސިއްކައެއްކަށް ވެދާނެ ކަމާއި މިޒަމާނުގައި އެފަދަ ސިއްކައެއް އުފެއްދުމަކީ ކުރެވިދާނެކަމެއްކަމާއި މިއުޞޫލުން ދެއްކި ވާހަކަތަކަކީ އްކަނ އެހެނެ ބުން ސުވާލު އުފެއްދި ފަރާތުން ޝަރީއަތަށް ޤަބޫލުކުރެވޭ މިންވަރަށް ސާބިތު ކޮށްދޭންޖެހޭނެ ކަމެކެވެ. އެކަން ބަލަމުންދާކަމަށް ޝަމްސްގެ ފަރާތުން ހުށަހެޅި ބަޔާނުގައި ބުނެފައި އޮތްނަމަވެސް އެކަން ބަލައި ނިކުނން ނަތީޖާއެއް ކޯޓަށް އަންގާފައެއް ނެތެވެ. ވީމާ، ހަމަ ވެދާނެ ކަމެކޭބުނެ ސުވާލު އުފެއްދުމަކުން އެކަމުގެ ޒިންމާއިން ބަރީޢަ ނުވެވެއެވެ.
23ބަޔާންވެދިޔަ އިންވޮއިސްތަކާއި ޝަމްސުގެ ފަރާތުން ހަވާލުވުމަށްފަހު އެއިންވޮއިސްތަކުގައިވާ އެއްވެސް ތަފްޞީލަކާމެދު ހިތްހަމަނުޖެހިގެން، ނެކްސްޓް ގްރޫޕްގެ ފަރާތުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާއި ހަމައަށް، ޝަމްސްގެ ފަރާތުން ސުވާލު އުފައްދާ އެއްވެސް މައްސަލައެއް ޖައްސާފައެއް ނެތެވެ. ވީމާ، ފެންނަ ން ހުރި ޙަޤީޤަތްތަކަށް ބެލުމުން މިއިންވޮއިސްތަކަކީ ޝަމްސް ގެ ފަރާތުން ޤަބޫލުކޮށްފައިވާ ލިޔުންތަކެ އ ކަމަށް ބުރަވެއެވެ. އަދި މި އިންވޮއިސްތަކަކީ، ނެކްސްޓް ގްރޫޕގް ފަރާތުން ކުޅަ ދަޢުވާ ޘާ ބިތުކުރުމުގައި ކިތާބީ ހެކި ތަކެއްގެ ގޮތުގައި ޤާނޫނީ ގޮތުން ބަލައިގަނެ ރިޢާޔަތް ކުރެވޭނެ ލިޔުން ތަކެކެވެ. . މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޝަމްސ ޕްރައިވެޓް ލިމިޓެޑްގެ ކޮޕްމެނީ ޕްރޮފައިލް އިންފޯރމޭޝަން ޝީޓް.
24ޝަމްސް އިން ނެކްސްޓް ގްރޫޕް އަށް "ބްލޫ ލެގޫން" އެވެ ކިޔުނު އުޅަނދުގެ ކުލި ދައްކަމުން ދިޔަ ގޮތް ބަޔާންކޮށް ނެކްސްޓް ގްރޫޕް އިން ހުށަހަޅާފައިވާ "ބްލޫ ލެގޫން" ސަފާރީ ރެންޓް ޕޭމަންޓް ޝީޓް އަށް ބަލާއިރު، މިލިޔުމަކީ ނެކްސްޓް ގްރޫޕްގެ ފަރާތުން އެކުންފުނީގެ ސްޓޭޕް އާއެކު އެކުންފުނީގެ ލެޓަރ ހެޑްގަ އ ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މިލިޔުމުގައި ފައިސާ ދައްކަމުން ދިޔަ ގޮތާއި، ތާރީޚްތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން މިހާތަނަށް ޖުމްލަ ދައްކާފައިވަނީ US$85,937.99 (އަށްޑިހަ ފަސްހާސް ނުވަސަތޭކަ ތިރީސް ހަތް އެމެރިކާ ޑޮލަރު ނުވަދިހަ ނުވަ ސެންޓް) ކަމަށް ބަޔާންކޮށްފައިވާއިރު، ޝަމްސްގެ ފަރާތުން ނުދައްކާ US$70,862.01 (ހަތްދިހަ ހާސް އަށްސަތޭކަ ފަސްދޮޅަސް ދެ އެމެރިކާ ޑޮލަރު ސުމެއް އެކެއް ސެންޓް) އޮތްކަމަށް ބަޔާންކޮށްފައިވެއެވެ. މިލިޔުމަކީ ޝަމްސްއަށް ފޮނުވާފައިވާ ލިޔުމެއްކަންވެސް މިލިޔުމަށ ބެލުމުން އެނގެއެވެ. އެހެ ނ، 21 އޮގަސްޓް 2016 ގައި މި ލިޔުމާއި ޝަމްސްގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޞަބާޙް ޙަވާލުވެ ސޮއިކޮށް އަދި ކުންފުނީގެ ތަތްގަޑު ޖަހާފައިވެއެވެ. ނެކްސްޓް ގްރޫޕްއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާވާ ޖުމްލަ ޢަދަދަކީ US$70,862.01 (ހަ ތްދިހަ ހާސް އަށްސަތޭކަ ފަސްދޮޅަސް ދެ އެމެރިކާ ޑޮލަރު ސުމެއް އެކެއް ސެންޓް) ކަމުގައި ލިޔެފައި އޮއްވައި މިލިޔުމުގައި ޝަމްސުގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް ކުންފުނީގެ ސްޓޭޕް ޖަހާފައިވުމުން، މިފައިސާ އަކީ އެކުންފުނީގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ޤަބޫލުކުރާކަން އެނގެއެވެ.
25ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ނަންބަރު 200-40000688-01-9901 އެކައުންޓް ސްޓޭޓްމަންޓއަށް ބަލާއިރު، މިސްޓޭޓްމަޓްގައި އިންވަރޑް ކްލިއަރިންގ ޗެކްތަކެއް ޑެބިޓްކޮށްފައިވާކަން އެނގެއެވެ. އަދި މިސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ ޗެކްތަކުގެ ނަންބަރާއި، ޢަދަދުތައް ނެކްސްޓް ގްރޫޕް އިން ހުށަހަޅާފައިވާ "ބްލޫ ލެގޫން" ސަފާރީ ރެންޓް ޕޭމަންޓް ޝީޓް ގައި ބަޔާންކޮށްފައިވާ ޗެކް ނަންބަރާއި ޢަދަދުތަކާއި ދިމާވެއެވެ.
26ޝަމްސް ގެ ނަމުގައި އެއްވެސް އެކައުންޓެއް އެއްވެސް ބޭންކެއްގައި ނޯންނާނެކަމަށް ބުނެ އިސްތިއުނާފުކުރާ ޝަމްސުގެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، ބަޔާންވެދިޔަ ސްޓޭޓްމަންޓްގެ އެކައުންޓް ނަމަކަށް ލިޔެފައިވަނީ "ޝަމްސް" އެވެ. އެޑްރެހަ ކަށް ލިޔެފައިވަނީ ރ.އަލިފުށި، […] އެވެ. ރ.އަލިފުށި، […] އަކީ ޙަސަން ޞަބާޙްގެ ދާއިމީ އެޑްރެސްކަން އޭނާގެ އައި.ޑީ.ކާރޑްއަށ ބެލުމުން އެނގެއެވެ. ދަށު ކޯޓުން މިކަން ބޭންކަށް ލިޔެގެން ސާފުކޮށްފައިވެއެވެ. އެކައުންޓް ނަމުގައި "ޝަމްސް" ލިޔެފައިވާ އެކައުންޓަކީ ޝަމްސް ގެ މެނޭޖިން ގ ޑިރެކްޓަރ ރ.އަލިފުށި، […] ޙަސަން ޞަބާޙް އޭނާގެ އަމިއްލަ ނަމުގައި ހިންގާ ސޯލް ޕްރޮޕްރައިޓަރޝިޕްގެ އެކައުންޓެއްކަން އެނގެއެވެ. އެހެންކަމުން، ޝަމްސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިޞިއްޔަތުން ޙަސަން ޞަބާޙް މުޢާމަލާތު ކުރުމުގައި އޭނާގެ އަމިއްލަ ވިޔަފާރީގެ އެކައުންޓް ބޭނުންކޮށް އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް ޝަރީޢަތަށް ޤަބޫލު ކުރެވެއެވެ.
27ޕްރިސިޑެންސް 8އިސްތިއުނާފުކުރާ ޝަމްސު ޕްރައިވެޓް ލިމިޓެޑަކީ އެއްވެސް އިރެއްގައި ފަތުރުވެރިކަމުގެ އުޅަނދެއް ދުއްވާ ހިންގުމުގެ އެއްވެސް ލައިސަންސް އެއް ނަގާފައިނުވާ ފަރާތެއްކަމަށް ބުނެ ދެއްކި ވާހަކަތަކަށް ބަލާއިރު، ޝަމްސުގެ ފަރާތުން ފަތުރުވެރިކަމުގެ އުޅަނދެއް ދުއްވާ ހިންގުމުގެ ލައިސަންސެއް ނަގާފައި ނެތުމަކީ އެފަދަ މުޢާމަލާތެއްގެ ތެރެއަށް އެކުންފުނިން ނުވަންނަ ކަމުގެ ދަލީލެއް ނޫނެވެ. ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވަނީ، ނެކްސްޓް ގްރޫޕް އާއި ޝަމްސް އާ ދެމެދު "ބްލޫ ލެގޫން" އެވެ ކިޔުނު އުޅަނދު ކުލީގެ މުޢާމަލާތެއްގެ ދަށުން ކުއްޔަށް ދޫކޮށް ކުއްޔަށް ހިފައި، ބައެއް މަސްތަކުގައ ދައްކަންޖެހި ކުލި ދައްކާފައިވާ ކަމެވެ. އިސްތިއުނާފުކުރެވިމިވާ މައްސަލާގައި ނެކްސްޓް ގްރޫޕް އާއި ޝަމްސްއާ ދެމެދު "ބްލޫ ލެގޫން" އެވެ ކިޔުނު ސަފާރީ އުޅަނދު ކުއްޔަށް ދިނުމާއި ގުޅޭ މުޢާމަލާތު ކޮށްފައިވަނީ ޤާނޫނީ ގޮތުން އެފަދަ މުޢާމަލާތެއް ކުރުމުގެ ލައިސަންސް ނެތިކަމަށްވާނަމަ އެކަން ވެގެންދާނީ ޝަމްސްގެ ފަރާތުން ކުޅަ ޤާނޫނާ ޚިލާފު ކަމަކަށެވެ. އެކަމަކީ އެކަން ހިނގާފައިވާ ގޮތް ބަލައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ނަންބަރު MIB/LEGAL/2017/541 (24 އޮގަސްޓް 2017) ސިޓީ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ)
- މަނިޓަރީ ޤަވާއިދުގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 2، 4 އަދި 7 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ އަދި 6 ވަނަ މާއްދާ
- މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ ރީތިރަށް ރިސޯޓް (2013) 23 ދސކ
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް