ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/024
ޕްރިމިއަރ ޕްރޮޕަރޓީ ޕވޓ ލޓޑ ވ. މުޙައްމަދު އިބްރާހީމް މަނިކު، 2019/HC-A/024
Primiar Propartee Pvt Ltd v. Mohamed Ibrahim Maniku 2019/HC-A/024 (2019/HC-A/024, High Court of the Maldives, 11 March 2021)
ޕްރިމިއަރ ޕްރޮޕަރޓީ ޕވޓ ލޓޑ ވ. މުޙައްމަދު އިބްރާހީމް މަނިކު
މައްސަލައިގެ ޚުލާޞާ
ކުންފުނިން ޢިމާރާތް ކުރަން ނުފަށައި ކުލި ނުދައްކައި އެއްބަސްވުމާ ޚިލާފުވެފައިވާތީ، ބިމުގެ ވެރިފަރާތަށް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އެންގޭނެ ތަނެއް ނެތްކަމަށާއި އެހެން ފަރާތަކާ ކުރި މުޢާމަލާތްތައް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ބިމުގެ ވެރިފަރާތާއި ކުންފުންޏާ ދެމެދު ހުޅުމާލޭގެ ގޯތި 25 އަހަރަށް ޢިމާރާތްކުރާ ގޮތަށް ކުއްޔަށް ދިނުމަށް 2015 ގައި އެއްބަސްވެ، ފުރަތަމަ އަހަރުގެ ކުލި 192,000 ރުފިޔާ ބިމުގެ ވެރިފަރާތަށް ލިބުނެވެ. ބިމުގެ ވެރިފަރާތުން ގޯތި އެހެން ފަރާތަކަށް ކުއްޔަށްދީފައިވާތީ ކުންފުނިން ދަޢުވާކުރިއެވެ.
ކުންފުނިން ބުނީ ޢިމާރާތްކުރަން ދީފައިވާ އަހަރަކީ ކުލި ނުދައްކާ އަހަރަކަށްވާތީ ދައްކާފައިވާ ކުލި އެ އަހަރަށް ބެލުން ގޯސްކަމަށާއި، އެއްބަސްވުމުގެ 15 ވަނަ މާއްދާއިން ޢިމާރާތް ނުކުރުމަކީ ބާޠިލުކުރެވޭ ސަބަބެއް ނޫންކަމަށާއި، ބިމުގެ ވެރިފަރާތުގެ ޢަމަލަކީ މަކަރާއި ޙީލަތުން ކުރި ބާޠިލު މުޢާމަލާތެއް ކަމަށެވެ. ބިމުގެ ވެރިފަރާތުން ބުނީ ޢިމާރާތް ނުކޮށް ކުލި ނުދައްކައި އެއްބަސްވުމާ ޚިލާފުވީ ކުންފުނިކަމަށެވެ.
މައިގަނޑު ސުވާލު
ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމަށް ދީފައިވާ މުއްދަތު ފެށޭ ތާރީޚާއި، ކުއްޔަށް ހިފި ފަރާތުން ޢިމާރާތް ނުކޮށް ކުލި ނުދެއްކުމަކީ އެއްބަސްވުމާ ޚިލާފުވުމެއްތޯ، އަދި އެ ސަބަބުން ބިމުގެ ވެރިފަރާތުން އެހެން ފަރާތަކާ ކުރި މުޢާމަލާތްތައް ބާޠިލުކުރަން ޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ނިންމުމުގެ ބައި ކިޔަން ނުއެނގޭ؛ ތަޙުލީލުން ދައްކާގޮތް)
ކުރެހުން ފާސްވި 27 ޑިސެންބަރު 2015 އިން ފެށިގެން ޢިމާރާތްކުރުމުގެ މުއްދަތު ހަމަވިއިރު މަސައްކަތް ފަށާފައި ނުވާތީއާއި، ދައްކާފައިވާ ކުލި ބެލެވޭނީ 2016-2017 ގެ ކުލި ކަމުގައި ކަމަށާއި އޭގެ ފަހުން ކުލި ދައްކާކަމުގެ ދަލީލެއް ނެތުމުން، ކުލި ނުދެއްކުމަކީ ޖައުހަރީ ޚިލާފުވުމެއްކަމަށާއި ހުއްދަ ހޯދުމުގެ ޒިންމާ ކުންފުނީގެ މައްޗަށް އޮތްކަމަށް ކޯޓުން ފާހަގަކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމުގައި ޢިމާރާތްކުރުމަށް ދެވޭ މުއްދަތު ގުނަން ފަށާނީ ކުރެހުމުގެ ހުއްދަ ލިބޭ ދުވަހުން ކަމަށް ބަޔާންކޮށްފައިވާނަމަ، އެ މުއްދަތު ފެށޭނީ ކުރެހުން ފާސްކޮށްދިން ތާރީޚުންނެވެ؛ ޢިމާރާތްކުރުމަށް ދެވޭ މުއްދަތުގައި ކުއްޔެއް ނުހިނގާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4-4.6)
- އެއްބަސްވުމުގައި ޢިމާރާތްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވިއިރުވެސް ކުއްޔަށް ހިފި ފަރާތުން ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައިނުވުމަކީ އެއްބަސްވުމާ ޚިލާފުވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.7)
- ފުރަތަމަ އަހަރުގެ ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާ ބެލެވޭނީ ޢިމާރާތްކުރުމުގެ މުއްދަތު ހަމަވުމުން ފެށޭ ފުރަތަމަ ކުލި އަހަރުގެ ކުލީގެ ގޮތުގައެވެ؛ އޭގެ ފަހުން ހިނގި ދުވަސްތަކަށް ކުލި ދައްކާފައިވާކަން އެނގޭނެ ދަލީލެއް ކުއްޔަށް ހިފި ފަރާތުން ހުށަނާޅާނަމަ، ކުލި ދައްކާފައިވާ ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.8)
- އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކުމަކީ ބިން ކުއްޔަށް ދިނުމުގެ މިފަދަ އެއްބަސްވުންތަކުގެ ޖައުހަރީ އަދި އަސާސީ ކަމެކެވެ. ކުލި ނުދެއްކުމަކީ އެއްބަސްވުމުގެ ޖައުހަރީ ކަމަކާ ޚިލާފުވުމެވެ. ޖައުހަރީ ކަމަކާ ޚިލާފުވުމަކީ އެއްބަސްވުން ބާޠިލުކުރުން ޖާއިޒު ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.8)
- ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމުގެ ބާރު ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން ބިމުގެ ވެރިފަރާތުން ކުއްޔަށް ހިފި ފަރާތަށް ދީފައިވާނަމަ، ހުއްދަތައް ހޯދުމުގެ ޒިންމާ އުފުލަންޖެހޭނީ ކުއްޔަށް ހިފި ފަރާތެވެ؛ އަދި ބިމުގެ ވެރިފަރާތުން ފޯރުކޮށްދޭންޖެހޭ ލިޔުމެއް ފޯރުކޮށްނުދީ އޮތްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.9)
ޝަހީދު ތާއީދުކުރައްވައެވެ . ދަޢުވާގެ ޚުލާޞާ : 1- މިއީ، […] / މާލެ، މުޙައްމަދު އިބްރާހީމް މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޢިމާރާތްކުރާ ގޮތަށް 25 )ފަންސަވީސް ( އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު 08 ޑިސެންބަރު 2015 ގައި އެއްބަސްވުމެއްވެވި އެ އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި 1,92,000/- )އެއްލައްކަ ނުވަދިހަ ދެހާސް ( ރުފިޔާ މުޙައްމަދު އިބްރާހީމް މަނިކު ނެގުމަށްފަހު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް މުޙައްމަދު އިބްރާހީމް މަނިކު ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތި އެހެން ފަރާތަކަށް ކުއްޔަށްދީ އެ ގޯތީގައި ޢިމާރާތްކުރަމުންދާތީ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާ އިމުޙައްމަދު އިބްރާހީމް މަނިކު ދެމެދު 08 ޑިސެންބަރު 2015 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މުޙައްމަދު އިބްރާހީމް މަނިކުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށާއި، ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތި ކުއްޔަށް ދިނުމަށް އެހެން ފަރާތްތަކާއެކު މުޙައްމަދު އިބްރާހީމް މަނިކު ކޮށްފައިވާ އެންމެހާ އެގްރީމެންޓްތަކާއި، މުޢާމަލާތްތަކަކީ ބާޠިލު ކަންކަން ކަމުގައި ކަނޑައަޅައިދިނުމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މުޙައްމަދު އިބްރާހީމް މަނިކު ގެ މައްޗަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ހުށަހެޅުމުން އެ ޑިވިޜަނުން ބައްލަވާފައިވާ ނަންބަރު 157/Cv-C-HD/2017 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މުޙައްމަދު އިބްރާހީމް މަނިކު، […] / މާލެ އެ ވެ. ދަށު ކޯޓުން މައްސަލަ ނިންމިގޮތް: 2- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 157/Cv-C-HD/2017 ޤަޟި އްޔާ ގައި ޙުކުމްކުރައްވާފައިވަނީ : ]ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި […] މުޙައްމަދު އިބްރާހީމް މަނިކުއާއި ދެމެދު 08 ޑިސެމްބަރު 2015 މި ތާރީޚުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީ ގައި ކުރަން ލާޒިމުކޮށްފައިވާ އެ ގޯތީގައި ކުރަންޖެހޭ އިމާރާތް އެއްބަސްވުމުގައިވާ މުއްދަތުގައި ކުރަން ނުފަށައި އަދި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކާ މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކޮށް އެ ޚިލާފުވުން މަތީ ދެމިތިއްބައި މި އެއްބަސްވުމާއި އެއްގޮތަށް […] މުޙައްމަދު އިބްރާހީމް މަނިކުއަށް އަމަލުކުރުމަކަށް އަދި މި ގޯއްޗާއި ގުޅޭގޮތުން ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ނޫން ފަރާތަކާއި އެކު މުޙައްމަދު އިބްރާހީމް މަނިކު ކޮށްފައިވާ މުޢާމަލާތްތައް ބާޠިލްކަމަށް ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމްކޮށްފީމެވެ [. މިފަދައިން ކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާ ތައު: 3- ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން ގެ ނަންބަރު 157/Cv-C-HD/2017 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން އިސްތިއުނާފު ކުރުމަށް 04 )ހަތަރެ އ ( ނުކުތާ ފާހަގަކޮށް އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެއީ :- ފުރަތަމަ ނުކުތާއަކީ : ޕްރިމިއަރ ޕްރޮޕަޓީ އާއި […] މުޙައްމަދު އިބްރާހީމް މަނިކުއާ ދެމެދު 08 ޑިސެންބަރު 2015 މި ތާރީޚުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމަށް ދީފައިވާ 01 )އެކެއް ( އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ޢި މާރާތްކޮށްފައި ނުވާތީ، ޢިމާރާތްކުރުމަށް ގުނޭ މުއްދަތުކަމަށްވާ 01 )އެކެއް ( އަހަރު ދުވަހުގެ ކުލި ދައްކަން ނުޖެހޭ އަހަރެއްކަމުގައި އެއްބަސްވުމުގައި ބަޔާންވެގެންވުމަކީ ޢި މާރާތްނުކޮށް އަދި ކުލިވެސް ނުދައްކާ ދެމިތިބުމަށް ބަޔާންވެގެންވާ މާއްދާއެއް ނޫން ކަމަށާއި ޕްރިމިއަރ ޕްރޮޕަޓީގެ ފަރާ ތުން ދައްކާފައިވާ ކުލީގެ ފައިސާ ބެލެވޭނީ އެއްބަސްވުމުގައި ސޮއިކޮށް ޢިމާރާތްކުރުމަށް ނުފަށާ ވޭތުވި ފުރަތަމަ އަހަރަށް ދައްކާފައިވާ ކުލީގެ ފައިސާގެ ގޮތުގައި ކަމާއި އޭގެ ފަހުން ޢިމާރާތް ކުރަން ނުފަށާ މިހނގާދާ މި ދުވަސްތަކަށް މިހާތަނަށް ދައްކަންޖެހޭ ކުލި ދައްކާ ފައި ވާކަމަށް ބެލެ ވޭނެ ހެއްކެއް ހުށަހެޅިފައި ނުވުމުން ކުލި ދައްކާފައިވާކަމުގައި ބެލެވެންނެތްކަމަށް ކަނޑައަޅުއްވާފައި އޮންނަ އޮތުމަކީ، ޤާނޫނުއަސާސީގެ 42ވަނަ މާއްދާގައި ބުނާފަދަ ޢަދުލުވެރި ނިންމުމެއް ނޫންކަމާއި އަދި ޤާނޫނު ނަންބަރު : 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު ( ގެ 20ވަނަ މާއްދާއާ ޚިލާފަށް ކަނޑައަޅުއްވާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ޕްރިމިއަރ ޕްރޮޕަޓީ އާއި […] މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢި މާރާތްކުރަން ދީފައިވާ 01 )އެކެއް ( އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ޢިމާރާތްކޮށް ނުނިމުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ޙުއްޖަތެއް ނޫންކަމަށް އެއްބަސްވުމުގެ 15ވަނަ މާއްދާގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ ޢި މާރާތްކުރަން ދީފައިވާ އެއް އަހަރު ދުވަހުގެ ތެރޭ ގައި ޢި މާރާތްކުރަން ނުފެށުމުގެ ސަބަބުން އެއްބަސްވުން ބާޠިލުކުރާކުރުމުގެ ޙު އްޖަތަކަށް ނުބެލެވޭނެ ކަމަށް ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން މާނަކޮށް ދެކޭގޮތް ރަގަނޅުކަމުގައި ބެލެވެން ނެތްކަމަށް ކަނޑައަޅުއްވާފައި އޮންނަ އޮތުމަކީ ޤާނޫނު ނަންބަރު :91/4 )ކޮންޓްރެކްޓބެހާ ޤާނޫނު ( ގެ 21ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނަންބަރު 2018/SC-A/01 އާއި، 2018/SC-A/02 އާއި،2018/SC-A/03 އާއި، 2018/SC-A/04 އަދި 2018/SC-A/05 ޤަޟިއްޔާތަކުގައި ނިޔާ ކަނޑައަޅުއްވާފައިވާ ގޮތާ ޚިލާފަށް ކަނޑައަޅުއްވާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ތިންވަނަ ނުކުތާއަކީ : ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޕްރިމިއަރ ޕްރޮޕަޓީގެ މައްޗަށް ޢި މާރާތްކުރުން ލާޒިމުކޮށްފައިވާ ޢި މާރާތުގެ މަސައްކަތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުރަންފަށާފައި ނުވާކަމަށާއި ދައްކަންޖެހޭ ކުލި ނުދައްކާކަމަށް ކަނޑައަޅުއްވާފައިވަނީ، ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތް ނުކުރައްވާކަމާއި އަދި މުޙައްމަދު އިބްރާހީމް މަނިކު މަކަރާއި ޙީލަތުން ހުޅުމާލެ ލޮޓް ނަންބަރު 11329 އެހެން ފަރާތަކަށް ކުއްޔަށްދީފައިވާ ކަން ސާބިތުކުރުމަށް ހުށަހެޅި ޝަފަހީ ހެއްކާއި ކިތާބީ ހެއްކަށް ރިޢާޔަތް ނުކުރައްވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ހަތަރުވަނަ ނުކުތާއަކީ : ޕްރިމިއަރ ޕްރޮޕަޓީ އާއި […] މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުނުކޮށް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާ އެއްވެސް ވާހަކައެއް ހިއްސާކުރުމެއް ނެތި، މަކަރާއި ޙީލަތުން މުޙައްމަދު އިބްރާހީމް މަނިކު އެ ގޯތި އެހެން ފަރާތަކަށް ކުއްޔަށްދީ އެ ގޯތީގައި ޢިމާރާތްކުރުމަށް ވެފައިވާ ބާޠިލު މުޢާމަލާތެއްކަމަށް ޝަރީޢަތުގެ ފަރާތުން ބަލާ އަންގާނެ ތަނެއްނެތްކަމަށް ކަނޑައެޅުއްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އެއް އުޞޫލު ކަމުގައިވާ initio” ab “void ގެ އުޞޫ ލަށް ނުބައްލަވަ އ މަކަރާއި ޙީލަތުގެ ޢަމަލަކަށް ކޯޓުން ވާގިވެރިވެ ނިންމަވާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން ގެ ނަންބަރު 157/Cv-C-HD/2017 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަށާ އ، އެނުކުތާތަކާ ގުޅިގެން ދެފަރާތު ން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .
4.1- ހުޅުމާލެ ލޮޓް ނަންބަރު 11329 )ގޯތި ( އަކީ […] / މާލެ، މުޙައްމަދު އިބްރާހީމް މަނިކު ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެކެވެ . އެ ބިން ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ން އެ ފަރާތުގެ ޚަރަދުގައި ޢިމާރާތްކުރާ ގޮތަށް 25 )ފަންސަވީސް( އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު 08 ޑިސެންބަރު 2015 ގައި އެއްބަސްވުމެއްވެފައިވެއެވެ.
4.2- އެ އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި 1,92,000/- )އެއްލައްކަ ނުވަދިހަ ދެހާސް ( ރުފިޔާ މުޙައްމަދު އިބްރާހީމް މަނިކު ނެގުމަށްފަހު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް މުޙައްމަދު އިބްރާހީމް މަނިކު ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތި އެހެން ފަރާތަކަށް ކުއްޔަށްދީ އެ ގޯތީގައި ޢިމާރާތްކުރަމުންދާތ، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު 08 ޑިސެންބަރު 2015 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މުޙައްމަދު އިބްރާހީމް މަނިކުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށާއި، އެ ގޯތި ކުއްޔަށް ދިނުމަށް އެހެން ފަރާތްތަކާއެކު މުޙައްމަދު އިބްރާހީމް މަނިކުކޮށްފައިވާ އެންމެހާ އެގްރީމެންޓުތަކާއި މުޢާމަލާތްތަކަކީ ބާޠިލު ކަންކަން ކަމުގައި ކަނޑައަޅައި ދިނުމަށް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ދަށުކޯޓުގައި އެދިފައިވެއެވެ .
4.3- ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކު ގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވަނީ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ން ކަމަށާއި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ން ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައިނުވާކަމަ ށާއި، އެއްބަސްވުމުގެ މުއްދަތު ފެށިގެން ކުލި ހިނގާނެކަމަށް އޮތްނަމަވެސް ފުރަތަމަ އަހަރުގެ ކުލި ފިޔަވައި ފާއިތުވި މަސްތަކުގެ ކުލި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ން ދައްކާފައިނުވާކަމަށާއި، އެއްބަސްވުމުގެ އަސާސަކީ ކުއްޔަށް ދޭ ބިމުގައި ޢިމާރާތްކުރުމާއި އެ ޢިމާރާތުގެ ކުލި ދެއްކުންކަމާއި، އެކަމުގެ މުޤާބިލެއްގެ ގޮތުގައި ތަން ބޭނުންކުރުމަށް 25 )ފަންސަވީސް ( އަހަރު ދުވަހުގެ މުއްދަތެއް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑަށް ލިބިދިންނަމަވެސް ޢިމާރާތެއްކޮށް ފައި ނުވުމާއި ކުލި ދައްކާފައިނުވާތީ އެ އެއްބަސްވުމާ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ން ޚިލާފުވެފައިވާތީ އެ ފަރާތުން އެދި ފައިވާ ގޮތަށް ގޯތި ކުއްޔަށް ދިނުމަށް އެހެން ފަރާތްތަކާއެކު މުޙައްމަދު އިބްރާހީމް މަނިކު ކޮށްފައިވާ އެންމެހާ އެގްރީމެންޓުތަކާއި މުޢާމަލާތްތަކަކީ ބާޠިލު މުޢާމަލާތެއް ކަމުގައި އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް މުޙައްމަދު އިބްރާހީމް މަނިކު ގެ ފަރާ ތުން ދަށުކޯޓުގައި އެދިފައިވެއެވެ .
4.4- ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު 08 ޑިސެމްބަރު 2015 ގައި ވެފައިވާ އެއްބަސްވުމުގެ 15.1ވަނަ މާއްދާގައި އިމާރާތް ކުރުމަށް ދެވޭ މުއްދަތަކީ 1 )އެކެއް ( އަހަރު ދުވަސް ކަމާއި، މި މުއްދަތު ގުނަން ފަށާނީ އެއްބަސްވުމުގައި ސޮއިކޮށް ޢި މާރާ ތްކުރުމަށް ބޭނުންވާ ކުރެހުމުގެ ހުއްދަ ލިބޭ ދުވަހުން ފެށިގެން ކަމަށް ބަޔާންވެގެންވެއެވެ . އަދި ހަމަ މި މޭރުމުން، ޢިމާރާތްކުރުމަށް ދެވޭ މުއްދަތަކީ 1 )އެކެއް ( އަހަރު ދުވަސް ކަމާއި، މި މުއްދަތު ގުނަން ފަށާނީ އެއްބަސްވުމުގައ ސޮއިކޮށް ޢިމާރާތްކުރުމަށް ބޭނުންވާ ކުރެހުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލިބޭ ދުވަހުން ފެށިގެން ކަމަށް އެއްބަސްވުމުގެ 6.1 ގައި ބަޔާންކޮށްފައިވެއެވެ .
4.5- ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި ޢިމާރާތް ކުރުމަށް ބޭނުންވާ ކުރެހުން 27 ޑިސެންބަރު 2015 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ފާސްކޮށްދީފައިވާކަން އެނގެން އޮވެއެވެ .
4.6- ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީ ގެ ކުރެހުން 27 ޑިސެންބަރު 2015ގައި ފާސްކޮށްދީފައިވާތީ، ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 6.1 އާއި 15.1 ގެ ދަށުން ޢިމާރާތްކުރުމަށް ދީފައިވާ 1 )އެކެއް ( އަހަރުގެ މުއްދަތު ފެށޭ ތާރީޚަކީ، 27 ޑިސެންބަރު 2015 އެވެ. ޢިމާރާތްކުރުމަށް ދީފައިވާ
1 )އެކެއް ( އަހަރުގެ މުއްދަތު ނިމޭނީ 2016 ޑިސެންބަރު 27ވަނަ ދުވަހުގެ ނިޔަލަށެވެ . ޢިމާރާތްކުރުމަށް ދެވޭ 1 )އެކެއް ( އަހަރު ދުވަހުގެ މުއްދަތުގައި ކުއްޔެއް ނުހިނގާނެއެވެ . ނަންބަރު P/VF/2015/75-HDC(161) )27 ޑިސެމްބަރު 2015( ކުރެހުން ފާސްކުރިކަމުގެ ލިޔުން . ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 2.6ވަނަ މާއްދާ.
4.7- ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް ނަންބަރު 11329 ގޯތީގައި ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ކުރަންޖެހޭ ޢިމާރާތްކުރުމުގެ މަސައްކަތް، ޖައްލޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ 2017 ޖުލައި 16ވަނަ ދުވަހު ޙަވާލުކޮށްފައިވެއެވެ . އެ ތާރީޚަކީ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމަށް ދެވިފައިވާ 1 )އެކެއް ( އަހަރު ދުވަހު މުއްދަތު ހަމަވާ ތާރީޚުކަމުގައިވާ 27 ޑިސެންބަރު 2016ގެ ފަހުގެ ތާރީޚެކެވެ . އެހެންކަމުން އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމަށް ދެވިފައިވާ މުއްދަތު ފާއިތުވި އިރު އެ މަސައްކަތް ފެށިފައިވެސް ނުވާކަން އެނގެއެވެ . އަދި އެއީ އެއްބަސްވުމާ ޚިލާފުވުމެކެވެ .
4.8- ޢިމާރާތްކުރުމަށް ދެވިފައިވާ 1 )އެކެއް ( އަހަރު ދުވަހުގެ މުއްދަތު ފާއިތުވާ ދުވަހުން ފެށިގެން ކުރިޔަށް ހިނގާ 20 )ވިހި ( އަހަރުގެ ކުއްޔަކީ ކޮންމެ މަހަކު 16,000.00 )ސޯޅަހާސް ( ރުފިޔާއެވެ . ޢިމާރާތްކުރަން ދެވިފައިވާ މުއްދަތު ހަމަވަނީ 27 ޑިސެންބަރު 2016ގެ އަށެވެ . އެ ތާރީޚުގެ ފަހަށް ހިނގާ ދުވަސްތަކަކީ ކުލިދައްކަންޖެހޭނެ ދުވަސްތަކެކެވެ . ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފުރަތަމަ އަހަރުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 192,000.00 )އެއްލައްކަ ނުވަދިހަ ދެހާސް ( ދިވެހި ރުފިޔާ މުޙައްމަދު އިބްރާހީމް މަނިކަށް ލިބިފައިވާކަން އެނގެން އޮވެއެވެ . މި 192,000.00 )އެއްލައްކަ ނުވަދިހަ ދެހާސް ( ރުފިޔާއަކީ 27 ޑިސެންބަރު 2016 އިން ފެށިގެން 27 ޑިސެންބަރު 2017 ނިޔަލަށް ހިނގާ 1 )އެކެއް ( އަހަރުގެ ދުވަހުގެ ކުލީގެ ފައިސާގެ ގޮތުގައި ބެލެވޭނެ ފައިސާއެކެވެ . 27 ޑިސެންބަރު 2017ގެ ފަހުން ހިނގަމުންދާ ދުވަސްތަކަކީ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގަ އިވާ ގޮތުގެ މަތީން ކުލި ދައްކަންޖެހޭ ދުވަސްތަކެކެވެ . ކޮންމެ މީލާދީ މަހެއްގެ 10ވަނަ ދުވަހުގެ ކުރިން ކުލިދައްކަންޖެހޭކަމަށް ނަންބަރު 011/PP/2017 )31 ޖުލައި 2017( ސިޓީ . ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވު މުގެ 2.7ވަނަ މާއްދާ. ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 4.7ވަނަ މާއްދާ. އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ . 27 ޑިސެންބަރު 2017ގެ ފަހުން ހިނގާފައިވާ ދުވަސްތަކަށް ކުލި ދައްކާފައިވާކަން އެނގޭނެ ދަލީލެއް ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިނުވެއެވެ . އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކުމަކީ މިފަދަ އެއްބަސްވުންތަކުގެ ޖައުހަރީ އަދި އަސާސީ ކަމެކެވެ . އެއްބަސްވުމާ އެއްގޮތަށް ކުލި ނުދެއްކުމަކީ އެއްބަސްވުމުގެ ޖައުހަރީ ކަމަކާ ޚިލާފުވުމެވެ . ޖައުހަރީ ކަމަކާ ޚިލާފުވުމަކީ އެއްބަސްވުން ބާޠިލްކުރުން ޖާއިޒު ސަބަބެކެވެ .
4.9- ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެވޭ ޢިމާރާތްކުރުމަށްޓަކައި ސަރުކާރުން ހޯދަންޖެހޭ ހުއްދަ ހޯދައިދިނުމާއި ޢިމާރާތްކުރުމުގެ ތެރޭގައި އެހެން ފަރާތަކަށް ވެރި ފަރާތުގެ ލިޔުމެއް ބޭނުންވެއްޖެނަމަ އެ ލިޔުމެއް ލަސްނުކޮށް ވެރިފަރާތުން ފޯރުކޮށްދިނުމަކީ ގޯތީގެ ވެރިފަރާތުގެ ހައިސިއްޔަތުން މުޙައްމަދު އިބްރާހީމް މަނިކުގެ މައްޗަށް ލާޒިމުކުރާކަމެ އްކަން އެނގެން އޮންނައިރު، މި އެއްބަސްވުމުގެ ދަށުން ޢިމާރާތުގެ ވެރިފަރާތުގެ ހައިސިއްޔަތުން ސަރުކާރުގެ އެންމެހައި ފަރާތްތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމުގެ ބާރާއި އިޚްތިޔާރު ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑަށް ޕަވަރ އޮފް އެޓާރނީ އެއްގެ ދަށުން މުޙައްމަދު އިބްރާހީމް މަނިކު ލިބި ދީފައިވާކަން އެނގެން އޮވެއެވެ . އެހެންކަމުން، އެއްބަސްވުމުގެ ދަށުން ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ގޯތީގައި ކުރެވޭ ޢިމާރާތާ ގުޅިގެން ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ އެންމެހައި ޒިންމާއެއް އުފުލަންޖެހޭ ފަރާތަކީ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެ ޑު ންކަމާއި، އެއްބަސްވުމުގެ ދަށުން ގޯތީގެ ވެރިފަރތުގާ ހައިސިއްޔަތުން މުޙައްމަދު އިބްރާހީމް މަނިކުގެ ފރާތުނަ ފޯރުކޮށްދޭންޖެހޭ އެއްވެސް ރަސްމީ ލިޔުމެއް ފޯރުކޮށް ނުދީ އޮތްކަމަށް ބެލެވެން ނެތްކަން އެނގެއެވެ . ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 1.8ވަނަ މާއްދާ. ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 16.2ވަނަ މާއްދާ . ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އިބްރާހީމް މަނިކާ ދެމދެ 08 ޑިސެންބަރު 2015 ގައި ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓޯރނީ. II 157/Cv-C-HD/2017 (.(.(. (.~ O"""'""'OX Ot.,,. Ut.O.;O(. ~.,,. 0.,>> ~ /~0""> •.J'.A/".,J/" /'V.?V.fO.A ,Ao>o>- ./e/"/"/"..S _,?_ro> /'.?V/. .J'.A.,J.J'.A~V .;' 0:1:1:10, L>Xt. 0/0/ >>L>O~"" ;>.,-*>> >>t.>,,.~ CO '.?".?~./ /".fO.? ..S.fO..S.A ,/"V,/"V /".J'~V,/"./1QJI .A..SV.fO.fOV,/" /".J'~V..S./.,J .J'-.A 0,:>> ~ "*D"> /'.?V./. .J>.A.,J .J>.A.,C V 157/Cv-C-HD/2017 .;' O.;,.Ot. Ot.// >>?. >"" """ l.t.t.D/Ot.>"""" .se.A~./.J>r"""* ' on.,~:;'*0 , .,-,;;>V.fO/" .., ...... _ /"/"..S .-:~~~ .r..J ./e./"./"./" .s.?.r ... .;' .;' .;' + 6 >D>> .,., *" , ~V,;;>V/. .A_,?o> ./1.A~ J ,;;> + , .... , ~ X > ... 0 ... • > > > > ? > (? / ; _,....,~ ' i!"'~ -:: ..P..;' '? .? ' -;~.; 3 J .?J" 'e "-:_,. .SCA-'-:-'..: # www- hi ghcourt -gov- mv :; -: ::- •.P., in fo @high co urt- gov-mv -..;., ; ..., / ;
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- 2018/SC-A/01
- 2018/SC-A/02
- 2018/SC-A/03
- 2018/SC-A/04
- 2018/SC-A/05
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް