ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-A/12
ޝަމީމާ ޙުސައިން ވ. ޗިލްޑްރަންސް އޮމްބަޑުސްޕަރސަންގެ އޮފީސް، 2026/HC-A/12
Shameemaa Hussain v. Childrans Ombadusparsange Office 2026/HC-A/12 (2026/HC-A/12, High Court of the Maldives, 23 June 2026)
ޝަމީމާ ޙުސައިން ވ. ޗިލްޑްރަންސް އޮމްބަޑުސްޕަރސަންގެ އޮފީސް
މައިގަނޑު ސުވާލު
ވަކިކުރެވުނު މުވައްޒަފުގެ މަޤާމަށް މީހަކު ނެގުން ހުއްޓުވުމަށް އެދުނު ވަގުތީ އަމުރު، އެ މަޤާމަށް ދާއިމީ މުވައްޒަފަކު ނަގާފައިވާތީ ނުނެރުމަށް ޓްރައިބިއުނަލުން ނިންމުން ޞައްޙަތޯ؛ ވަގުތީ އަމުރަށް އެދިފައިވާކަން އެނގިހުރެ ތިންވަނަ ފަރާތެއްގެ މަޞްލަޙަތު އުފެއްދުމުގެ އަސަރު.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރެވިގެން ހުށަހަޅާ މައްސަލަތަކުގައި ވަޒީފާ އިޢާދަކުރުމުގެ މަޞްލަޙަތު ހިމާޔަތްކުރުމަށް ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރެވޭ އެންމެ މުހިއްމު ކަމަކީ ހުށަހެޅިފައިވާ ވާޤިޢާތަކާއި އެދޭ ފަރުވާއެވެ؛ އެ އަމުރު ނެރުމާއި ނުނެރުމުން ދެފަރާތަށް ލިބޭ ގެއްލުން ވަޒަންކޮށް މީޒާންކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ވަކިކަމެއް ނުކުރުމަށް އަންގާ އަމުރުތަކުގެ (prohibitory injunction) މަޤްޞަދަކީ މައްސަލަ ބަލައި ނިމެންދެން ދެފަރާތުގެ ޙައްޤުތައް ރައްކާތެރިކުރުމެވެ؛ ހުއްޓުވަން އެދޭ ކަމަކީ ހިނގާ ނިމި ފާއިލިއްޔަތު ގެއްލިފައިވާ ކަމެއް (fait accompli) ނަމަ، އެފަދަ ވަގުތީ އަމުރެއް ނެރުމުގެ ބޭނުމެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ވަގުތީ އަމުރަކަށް އެދިފައިވާކަމުގެ ނޯޓިސް ލިބިހުރެ، އަމުރުގެ ބޭނުން ކަނޑާލުމަށް ފިޔަވަޅު އަޅާ ފަރާތް އެކަން ކުރަނީ އަމިއްލަ ރިސްކުގައެވެ (at your own peril)؛ އެފަދަ ޙާލަތްތަކުގައި ކުށްކަން ރަނގަޅުކުރުމަށް ކޯޓަށް އެންގިދާނެއެވެ. ދެން ބަލާނީ ނޯޓިސް ލިބިފައިވުމާއި، ނުނިޔަތާއި، ބެލެންސް އޮފް ކޮންވީނިއަންސެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ނޯޓިސް ލިބުމުން އަވަސްއަރުވާލައި މުވައްޒަފަކު ނެގިކަމުގެ ވާޤިޢާތައް ދަށު މަރުޙަލާގައި ބަހުޘްނުކޮށް، މުވައްޒަފަކު ނަގާފައިވާކަން އެނގުމުން އެދޭ ފަރުވާއަށް ބަދަލެއް ނުގެނައިނަމަ، އެކަން ހިނގާފައިވާ ޙާލަތުގައި ނެގުން ހުއްޓުވުމަށް އަމުރެއް ނެރުމަކުން އެދޭ ފަރުވާ ނުލިބޭތީ، އެ އަމުރު ނުނެރުމަކީ ގޯސް ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 25)
- ވަގުތީ އަމުރު ނެރުމުގެ އުންސުރުތައް ފުރިހަމަވާގޮތް ހުށަހަޅާ ފަރާތުން ދަށު މަރުޙަލާގައި ބަޔާންކޮށް ހުށަހަޅާފައިނުވާނަމަ، ގެއްލުންވާ ގޮތް ކުރީގެ ޤަޟިއްޔާތަކުގައިވާ ތަފްޞީލީ މިންވަރަށް ޓްރައިބިއުނަލުން ބަޔާންނުކުރުމަކީ އެ ޤަޟިއްޔާތަކާ ޚިލާފުވުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
1މިއީ،ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު -M6/VA/2025/43200(VTR) " ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" އިސްތިއުނާފުކޮށް، ރ.މާކުރަތު، މާޒް ޝަމީމާ ޙުސައިން )މީގެ ފަހުން "ޝަމީމާ ޙުސައިން " ނުވަތަ "އިސްތިއުނާފ ކުރު ފަރާތް"( ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2026/HC-A/12 ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރް ތަކާ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް )ދިވެހި ދައުލަތް( )މީގެ ފަހުން "ދައުލަތް " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އެވެ.
3ޗުލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފްހީ ގެ "އޮފީސް ހެލްޕަރ" މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 29 ޖޫން 2025 ގައި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް މައްސަލަ ރައްދުވާގޮތަށް ޝަމީމާ ޙުސައިންގެފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށޭ،މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ ބަލަމުންދަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 153/VTR/2025 މައްސަލައިންނެވެ.
4އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައެޅުމުގެ ކުރިން ޝަމީމެޙުސައިންގް މަޤާމަށް މީހަކު ނަގައިފިނަމަ، ސީދާ އެމަޤާމަށް ރުޖޫޢަވުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު އޮތުމުން، ޝަމީމެޙުސައިންގެ ފަރާތުން ވަގުތީ އަމުރަކަށް އްދިފައިވެއެވެ. އެގޮތުން އިސްތިއުނާފުގައި ބެލިފައި މިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރ -M6/VA/2025/43200(VTR) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" މި ނިންމުމެވެ.
5އްނިންމުމުގައިވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 153/VTR/2025 މައްސަލައިގައި ޝަމީމާ ޙުސައިންގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.
6ޝަމީމާޙުސައިންގެ ފަރާތުންނެރެދިނުމަށ އެދުން ވަގުތު އަމުރު ނުނެރުމަށްވަޒީފާއާބެހޭ ޓްރައިބިއުނަލް އިނަނިންމި މައިގަނޑު ސަބާބަކީ،ޝަމީމީޙުސައިންގެ ފަރާތުން ވަގުތީ އަމުރަށް އެދުނު މަޤާމަށް ދާއިމީ މުވައްޒަފެއ ނަގާފައިވާކަން ދައުލަތުން ހުށަހެޅް ލިޔުމުން އެނގެން އޮތުމާއި،ވަގުތީ އަމުރަށް އެދުނުއިރު އެހެންޙުލަތެއް މެދުވެރިވެ ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވެފައިވާކަނ އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/71 ޤަޟިއްޔާ އަދި ނަންބަރު 2016/HC-A/11 ޤަޟިއްޔާ ތަތުބީޤުކުރުމުން، މިފަދަ ޙާލަތެއްގައި ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައެޅުމުގެ ސަބަބުން ވަގުތީ އަމުރަށް އެދުނު ފަރާތަށް ލިބިދާނެ ގެއްލުމާއި ގެއްލިދާނެ މަސްލީޙަ ތަށްވުރެ، ވަގުތީ އަމުރެއް ނެރެދިނުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބިދާނެ ގެއްލުމާއި މަސްލތުޙ ބޮޑުކަމަށް ބުރަވެވުމެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ އަދި ތަފްސީލު:
7ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރު -M6/VA/2025/43200(VTR) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލފާ ކަމަށްބުނެ، ޝަމީމާ ޙުސައިންގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި އަންނަނިވ 3 )ތިނެއް( ނުކުތާ ފާހަގަކޮށް އ ނުކުތތަކާމެދ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
7.1. ފުރަތަމަ ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު -M6/VA/2025/43200(VTR) އަމުރަކީ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގެ ވާޤިޢާތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/71 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2016/HC-A/11 ޤަޟިއްޔާ ނުބައިކޮށް ތަތުބީޤުކޮށްގެން ނެރުއްވާފައިވާ އަމުރެއްކަމަށްވުނ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
7.2. ދެވަނަ ނުކުތާއަކީ؛ދައުލަތުން އުފަންކުރުވި ޙާލަތެއްގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމެއްގެ ޒިންމާ ޝަމީމް ޙުސައިންނަގަންޖެހޭ ގޮތަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އުޞޫލެއް ކަމަށްވާ "ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ." މި އުޞޫލާ ޚިލާފަށްކަމުގައިވުނ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7.3. ތިންވަނަ ނުކުތާއަކީ؛ ވަގުތީ އަމުރެއް ނެރުމުގައި ޢަމަލު ކުރަމުންދާ އުޞޫލު ތަތުބީޤުކުރުމުގައި މައްސަލާގައި ވަގުތީ އަމުރެއް ނެރެން ބަލާއިރު އަމުރަށް އެދޭ ފަރާތަށް ލިބޭ ގެއްލުމަށްވުރެ، އަމުރަ ރައްދުވު ފަރާތަށް ލިބޭ ގެއްލުން ބޮޑުކަމަށް ބަޔާންކޮށް ވަގުތީ އަމުރެއް ނެރެނުދިނުމަށް ޓްރއިބިއުނަލުން ނިންމަވާފައިވަނީ، ވަގުތީ އަމުރެއް ނެރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން ނުބައިކޮށް ތަތުބީޤުކޮށްގެނ ކަމުގައިވުންކަމަށް ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފު ކުރާ ފަރާތުގެ ހުށަހެޅުންތަކުގެ ޚުލާސާ:
8ޝަމީމާ ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ، 29 ޖޫން 2025 ގައިކަމާއި، ވަޒީފާއިން ވަކިކުރި މައްސަލީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްފައިވަނީ، 10 ޖުލައި 2025 ގައިކަމަށާއި، މައްސަލަ ހުށަހެޅި ފޯމުގައި ވަގުތީ އަމުރެއް ނެރެދިނުމަށް ޝަމީމްޙުސައިން ގެ ފަރާތުނ އެދިފައިވާކަމަށީވެ. ނަމަވެސު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފެހގ "ވަޒީފާ ދެއްވި ޗިޓު" އަށް ބެލުމުން، ޝަމީމާޙުސައިނގެ މަޤާމަށް އެހެން މީހަކް ނަގާފައިވަނީ، 6 އޮގަސްޓް 2025 ގައިކަން އެނގެން އޮތުމުން، ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވެފައިވާތ ވަގުތީ އަމުރު ނެރެވެން ނެތްކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ،ޓްރާއިބިއުނަލަށް ހުށަހެޅިފައިވާ މައްސަލާގެ ވާޤިޢާތަށ ހިނގާފައިވާގޮތ ކަނޑައެޅިގެން ޚިލާފަށްކަމަށެވެ.
9ހައިކޯޓުގ ދެ ޤަޟިއްޔާއަށް ޙަވާލާދީ، ޝަމީމްޙުސައިނއަށް ވުރެނ ދައުލަތަށް ލިބް ގެއްލުން ބޮޑުކަމަށް ބުނާ ބުނުން ފިޔަވައި އެކަންވީގޮތ ސާފުކޮށް ނުދެވޭކަމަށާއި،ތިންވަނަ ފަރާތެއްގެ މަސާލަހަތެއް އުފަންކުރުމަކީ ބޮޑަށް ގެއްލުންވްފަރާތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރެވުނު ސަބަބުކަމށ ބަޔާންކޮށްފައިނުވާކަމަށެވެ.
10މައްސަލަ ނިންމުމުގައި ތިންވަނަ ފަރާތެއްގެ މަޞްލަޙަތެއް އޮތުމުން އެކަމަށް ރިޢާޔަތްކުރަންޖެހޭނަމަ، އެޙައްޤުވާންވާނީ ލިޖިޓމަސީއެއ އޮތް ޙައްޤެއް ކަމަށާއި، ރިޢާޔަތްކުރަންޖެހީތިންވަނަފަރާތުގެ ޙައްޤަކީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކުގެ މަތިން އުފަންވި ޙައްޤަކަށްވާންޖެހޭނެކަމަށެވެ. ނުޙައްޤުން މައްސަލާގައި ހިމެނޭ އަނެއްފަރާތަށް ގެއްލުން ދިނުމަށްޓަކައި އުފަންކުރި ތިންވަނަ ފަރާތެއްގެ ޙައްޤަކަށްވެގެނ ނުވާނެކަމަށެވެ.
11ވަގުތީ އަމުރެއް ނެރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރެއިން ޓްރައިބިއުނާލަށަ ހުށަހެޅިފައިވާ މައްސަލައިގައި ޝަމީމޭޙުސައިނޯއަށ ހިމާޔަތް ލިބެންޖެހް މައުޟޫއީ ޙައްޤެއް ނުވަތަ ވަޤިޢާއެއް އޮތްތޯ ބަލާއިރު، ޝަމީމް ޙުސައިންވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނީ އުސޫލުތަކާ ޚިލާފަށް މައުޟޫއީ އަދި އިޖުރާއީ އަދްލުވެރިކަނ ޤާއިމްކުރުމެއ ނެތިކަމަށް ޝަމީމާޙުސައިނި ގ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއް ބަޔާންކުރުމެއްނެތ ކުރެވުނު ތުހުމަތުވެސް ބުނެދިނުމަކާ ނުލައިކަމަށެވެ.އަދި ވަގުތީ އަމުރެއް ނެރުމުގައި ރިޢާޔަތްކުރާންޖެހޭ ކަންކަމުގެ ތެރެއިން ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލާގައި ޝަމީމް ޙުސައިނެއް ށ ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ވާޤިޢާއެއް ނެތްކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެސް ބަޔާންކޮށްފައި ނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުންތަކުގެ ޚުލާސާ:
12އިސްތިއުނާފީ ދައުވާގެ ޖަވާބުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޝަމީމް ޙުސައިނގް ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގައްމަތީ މަރުހަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޝަރުތުތައަފުރިހަމަވާކަން ބުނެދީފައިނުވާކަމަށާއި،ދ ފަރާތުގެ މާ ޞްލަޙަތަށ ރިޢާޔަތްކުރާއިރު، ޝަމީމުޙުސައިނާ ގ މަޞްލަޙަތަށް ރިޢާޔަތްކުރަންޖެހޭ ސަބަބު/ސަބަބުތައް ޝަމީމް ޙުސައިނީ ގ ހުށަހެޅުމުގައި ބަޔާންކޮށްފައި ނުވތް،ޙަވާލާދީފައިވާ މަތީ މަރުހަލާގެ ނިންމުންތައް ތަތުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ޝަމީމު ޙުސައިންގެ ފަރާތުން ބުނާނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކޭކަމަށެވެ.
13އޮފީހުގެ ހެލްޕަރ މަޤާމް ހުސްވެ އެމަޤާމަށް މުވައްޒަފެއް ނުނެގި އޮތުމުގެ ސަބަބުން، ހެލްޕަރގ މަސައްކަތް ހުއްޓިފައި އޮތުމުން،ވަގުތީ އަމުރަކަށް އެދިފައިވާ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް އެއަ އެމަޤާމަށް މުވީއްޒަފަކު ނެގުމަށް އޮތް ޤާނޫނީ ހުރަހެއް ކަމަށް ނުބެލެވޭކަމަށެވެ.އަދ މިއި ޝަމީމް ޙުސައިންއަށ ދިން ގެއްލުމެއް ނޫންކަމާއި، މިކަމުން ދައުލަތަށް ލިބުނު ގެއްލުމެއްވެސް ނެތްކަމަށެވެ.
14އިސްތިއުނާފީ ތިންވަނަ ނުކުތާގައެއުފައްދ ޤާނޫނާ ބަހުސަކީ ކޮބައިކަން ސާފުނުވާތީ، އެނުކުތާއަކީ ސުޕްރީމް ކޯޓުގްއިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުޤަޟިއްޔާގައި ކަނޑައަޅާފައިވާ އޞީލަށ ރިޢާޔަތްކޮށް އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއްކަމުގައިވާތީ، މިނުކުތާއަކ ކުރިއަށް ގެންދެވޭނެ ނުކުތާއެއް ނޫންކަމަށް ދެކޭކަމަށެވެ. ދެފަރާތުން އެދޭގޮތް:
15އިސްތިއުނާފު ކުރު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ -M6/VA/2025/43200(VTR) ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައިދީ ޝަމީމާ ޙުސައިން އެދިފައިވާ ފަދަވަގުތީ އަމުރު ނެރެދިނުމަށެވެ.
16އިސްތިއުނާފ ރައްދުވު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ -M6/VA/2025/43200(VTR) "ވަގުތީ އަމުރަށް އެދުން މައްސަލައިގައ ޓްރައިބިއުނަލުން ނިންމް ގޮތް" އަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިދީ އެގޮތުގެމަތިނ ނިންމައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
17އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އުފައްދާފައިވާ މައިގަނޑު ބަހުޘަކީ، މައްސަލައިގެ ވާޤިއާތައް ކަށަވަރުނުކުރާ ކަމަށް ބުނެ އުފައްދާފައިވާ ބަހުޘެކެވެ. އެގޮތުން،މިވަގުތީ އަމުރަށް އެދުނު އިރު ތިންވަނަ ފަރާތެއްގެ މަސްލަހަތު އުފަންވެފައިވާކަމަށ ޓްރައިބިއުނަލުން ފާހަގަކޮށްފައިވްނަމަވެސ މިއް ޙަޤީޤަތް ޚިލާފު ފާހަގަކުރުމެއް ކަމަށ އިސްތިއުނާފު ކުރާ ފަރާތުން ދެކެއެވެ. އެގޮތުން ޝަމީމާ ޙުސައިން 29 ޖޫން 2025 ގައި ވަޒީފާއިން ވަކްކުރި މުން 10 ޖުލައި 2025 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލުހުށަހެޅއިރ މައްސަލައާއެކު ހަމައެދުވަހުވަގުތީ އަމުރަކަށް އެދިފައިވނެކަމަށާ ޝަމީމާ ޙުސައިން ފާހަގަކުރެއެވެ.ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުނު ލިޔެކިޔުންތަކުން އެމަޤާމަށް އައު މުވައްޒަފަކު ނގާފައިވަނ 06 އޯގަސްޓް 2025 ގައި ކަން އެނގޭކަމަށާއެ،އެހެންކަމުންމައްސަލައިގ ވާޤިއާތައް ޓްރައިބިއުނަލް އިން ކަށަވަރު ކޮށްފައިވަނީ ގޯސްކޮށްކަމަށް އސްތިއުނާފި ކުރު ފަރާތުނ ފާހަގަކުރެއެވެ.
18އިސްތިއުނާފ ކުރު ފަރާތުން ފާހަގަކުރާ ފަދައިން، 10 ޖުލައި 2025 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމާއެކު ވަގުތީ އަމުރަކަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވެއެވެ. އެގޮތުން، މިހުށަހެޅުމުގައި ޝަމީމާ ޙުސައިންގެ ފަރާތުންއެދިފައިވަނީ، "ޝަމީމާ ޙުސައިން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް ނިމެންދެން، ޝަމީމާ ޙުސައިން އަދާކުރި ވަޒީފާކަމަށްވާ އޮފީސް ހެލްޕަރެއްގެ މަޤާމަށް މީހަކު ނެގުމުގެ ކަންތައްތައް ކުރިއަށް ނުގެންދިއުމަށް" މިފަދައިންނެވެ. އެހެންނަމަވެސް، މިމައްސަލައިގައި ވަގުތީ އަމުރު ގުޅިގެނ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބޭއްވުނު އަޑުއެހުމުގައި، މައްސަލު ހުށަހެޅަ ފަރާތުން އެދޭ ގޮތިކަމް ގައި ބަޔާންކޮށްފައިވަނީ،"މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ މަޤާމަށް ދާއިމީ މުވައްޒަފެއް ނނ ގުމަށ" އަމުރުކުރުމަށް ކަމަށް އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ 6 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަން ހުށަހެޅިފައިވާ މަޙްޟަރު ބަޔާނުން އެނގެއެވެ.
19ޕްރިސިޑެންސް 1ވަގުތީ އަމުރު ނެރުމުގައި އަދި ވަގުތީ ފަރުވާ ދިނުމުގައިރީ ޢޔަތްކުރެވޭ އެންމެ މުހިއްމު ކަމަކީ، ހުށަހެޅިފައިވާ ވާޤިއާތަކާއިއެދޭ ފަރުވާއެވެ. ޤާނޫނާ ޚިލާފަށް ވަޒެފާއިން ވަކިކުރޭވިގެނ ހުށަހަޅް މައްސަލަތަކުގައި ވަޒީފާ އިޢާދަކުރުމުގެ މަސްލު ޙ ތ ހިމާޔަތްކުރުމުގެ ގޮތުން ވަގުތީ އަމުރު ނެރެވޭ އިރު، ޢާންމު އެހެން ވަގުތީ އަމުރާތަކެކޭ އެއްފަދައިން ރ ޢޔަތްކުރެވޭ ކަންކަމީ އެފަދަ އަމުރެއް ނެރުމާ ނުނެރުމުނ ދެފަރާތަށް ލިބް ގެއްލުން ވަޒަންކޮށް މީޒާންކުރެވޭ ކުރުމެވެ.ހިނގަމުންދިމުއައްސަސާއިއްގައ ނުވަތަ ވިޔަފާރީގައްއޮތް މަޤާމކަށަ މީހަކު ނެގުން މައްސަލަ ނިމެންދެން މުޠުލަޤަށް ހުއްޓުވުމާއި، މައްސަލަ ނިމޭއިރު ވަޒީފާ އިޢާދަކުރެވޭ ގޮތަށޭއެހެންނަމަވެސް އެމަޤާމޫގު މަސްއުލިއްޔްތަ އެހެންގޮތަކުނ އުދް ކުރވުނުމަނާނުކުރެވޭ މޭރުމަކުން ވަގުތީ ހައްލެއް ދިނނ، މިއީ މިދެފަރުވާގެ ސަބަބުން ދެފަރާތަށް ލިބޭ ގެއްލުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ފަރުވާތަކެކެވެ.
20ޕްރިސިޑެންސް 4މިމައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، ވަގުތީ އަމުރަށް އެދުނުއިރު، އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލްގައި އެދިފައިވަނީ އެފަރާތުންއަދާކުރި ވަޒީފާކަމަށްވާ އޮފީސް ހެލްޕަރެއްގެ މަޤާމަށް މީހަކު ނެގުމުގެ ކަންތައްތައް ކުރިއަށް ނުގެންދިއުމަށްއަމުރެއް ނެރެދިނުމަށެވެ. އޮފީހުގައި އޮތ، މިވަޒީފާގެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަމީމާ ޙުސައިންގެ ފަރާތުން ހުށަހެޅި "ދައުވާ ހުށަހަޅާ ފޯމް" ގެ ނަންބަރު 12 ގެ ދަށުން "ނެރެދިނުމަށް އެދޭ ވަގުތީ އަމުރު އޮންނަންވީގޮތް" ހަމައެކަނި މްމަޤާމަށިވަގުތީ ގޮތުންމުވައްޒަފަކު ނުނެގޭނެ މޭރުމަކުންވަގުތީ އަމުރެއް ނެރުމަށް ނުދޭކަމަށާއި އެފަދަ އަމުރެއްގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށް ގެއްލުންވާނެކަނީއިސްތިއުނާފ ކުރާ ފަރާތުން ވެސް ޤަބޫލުކުރާތީދާއިމ މުވައްޒަފަކީ ނެގުމުގެ ވަގުތީ ފަރުވާއަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ 17 އޯގަސްޓް 2025 ގައި ބޭއްވި އަޑުއެހުމުގައި ކަން އެނގެއެވެ. 06 އޯގަސްޓް 2025 ގައި މިމަޤާމަށް ދާއިމީ މުވައްޒަފަކު ނެގިފައިވާކަނ އެނގެން އޮތް އިރު، އަމުރަށް އެދުން އިރު ދާއިމ މުވައްޒަފަކީ ނެގިފައިވާކަމަށުޓްރައިބިއުނަލްގެ މިފާހަގަކުރުމީ މުޅިއަކުނ ގޯސް ފާހަގަކުރުމެއް ކަމުގައި ނުބެލެވެއެވެ.
21އިސްތިއުނާފީ ދެވަނަ ނުކުތާގައި ޝަމީމާޙުސައިންގެ ފަރާތުނ ފާހަގަކުރާ މައިގަނޑު ބަހުޘަކީ،ތިންވަނަ ފަރާތެއްގެ މަޞްލަޙަތެއް އޮތުމުން އެކަމަށް ރިޢާޔަތްކެރެވޭނީ، އާތިންވަނ ފަރާތުގަ ޙައްޤަކީ ޝަރުޢީ ނުވަތަ ޤާނޫނަ ހަމަތަކުގެ މަތިން އުފަންވި ޙައްޤަކަށްވނަމްކަމަށ ބުން އުފައްދާ ބަހުޘެކެވެ.ނުޙައްޤުން މައްސަލއިގައ ހިމެނި އަނެއްފަރާތަށް ގެއްލުން ދިނުމަށްޓަކައި އުފަންކުރި ތިންވަނަ ފަރާތެއްގެ ޙައްޤަކަށްވެގެން ނުވާނެކަމަށެވެ. މިމައްސަލައިގައި ވަގުތީ އަމުރަކަށް އެދިފައިވަނިކޮށް ތިންވަނަ ފަރާތެއްގެ މަސްލަޙަތު އުފަންކޮށފައިވަނ އިސްތިއުނާފީ ރައްދުވު ފަރާތުގާ ނުރަނގަޅު ޢަމަލެއްގެ ސަބަބުން ކަމަށެވެ.
22ޕްރިސިޑެންސް 2މިމައްސަލައިގައި އެދިފައިވާފަދަ، ވަކިކަމެއް ނުކުރުމަށް އަންގައި ކުރާ އަމުރު )(prohibitory injunction އަމުރުތކަކް،ކުރިން ހިނގާފައިވާ ކުށެއް ރަނގަޅުކުރުމަށް، ނުވަތަ ކުރިން ލިބިފައިވާ ގެއްލުމަކަށް ބަދަލު ހޯދައިދިނުމަށް، ނުވަތަ ކުރިން ހިނގާފައިވާ ގޯސް އަމަލުތަކަށ އަދަބު ދިނުމަށް އޮތް ފިޔަވަޅެއް ނޫނެވެ. އޭގެ ބަދަލުގައި، އެފަދަ އަމުރުތަކުގެ މަގްސަދަކީ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 17 އޮގަސްޓް 2025 ދ ވަހ ބޭއްވުނު އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ ޞަފްހާ 5 Colgate Palmolive (India) Ltd. v. Hindustan Lever Ltd. (AIR 1999 SC 3105) ބަލައި ނިމެންދެންދެފަރާތުގެޙު އެޤ ތައް ރައްކާތެރިކުރުމެވެ.ވަގުތީ އަމުރަގު ޙާއްލުތަކަކ ޝަރުއީ އަދ ޤުނޫނެޙައްޤތައ ހިމާޔަތްކުރުމަށް ބޭނުންކުރާ ރައްކާތެރިކަމުގެ ވަސީލަތްތަކެކެވެ .އެހެންކަމުން، ހުއްޓުވަން އެދޭ ކަމަކީ ހިނގާ ނިމިފާއިލިއްޔަތު ގެއްލިފައިވާ ކަމެއް )fait accompli( ކަމުގައިވާނަމަ، އެފަދް ވަގުތީ އަމުރެއް ކޯޓަކުނެ ނެރުމުގެ ބޭނުމެއް ނެތެވެ.
23ޕްރިސިޑެންސް 3ސުވާލަކީ، ވަގުތީ އަމުރަކަށް އެދިފައި އޮތްވައި އަދި އެކަމުގެ ނޯޓިސްލިބިފައި ވަނިކޮށް، އަމުރު ރައްދުވްދާނެ ފަރާތކުނެއެފަދައަމުރި އޭގެ ބޭނުން ކަނޑާލުމަށްޓަކައް،ނުނިޔަތުގައި އަޅާ ފިޔަވަޅުތަކށަ ފަރުވާއެއް ނެތްތޯއެވެ.ވަގުތީ އަމުރަކަށް އެދިފައިވާކަން އެނގިހުރެ، ކޯޓުގެ އަމުރަށްވުރ ކުރެ ހޯދުމަށް މަސައްކަތް އަވަސްކޮށްލ މީހާ އެކަން ކުރަނީ އޭނާގެ އ މިއްލަ ރިސްކުގައެވ doctrine) peril own your (at. މާނައަކީ، އެފަދަފިޔަވަޅެއގްސަބަބުން ގެއްލުމެއް ކުރިމަތިވެދާނެކނ އެނގިހުރެ އަމުރު ރައްދުވެދާނެ ފަރާތަކުން އާ ޢަމަލު ކުރިއަށް ގެންދަނީ އޭގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނަތީޖާތަކަށް އެފަރާތުން ޒިންމވުމުގެ އިހްތިމާލާއެކުއެވެ.މިފަދަ ހާލަތްތަކުގައި އެކުޅަކަމެއް ރަނގަޅުކޮށްފ ޔަވަޅު އެޅުމަށް ކޯޓަށް އެންގިދާނެއެވެ.މިފަދައިން ފިޔަވަޅު އަޅައިދިނުމަށް އެދިޙުލަތްތަކުގައޫއާންމު އްޞލުނިކޯޓުތަކުން ބަލާނެ ކަންތައްތކުގަ ތެރޭގައްއަމުރަށް އެދި ހުށަހަޅާފައިވާކަމުގެ ނޯޓިސް ލިބިފައިވުން، ނުނިޔަތެއް އޮތުން،އަދި އެފިޔަވަޅެއްގެ ސަބަބުން ލިބިދާނެ ގެއްލުމުގެ ބެލެންސް އޮފް ކޮންވީނިއަންސް ހިމެނެއެވެ.
24އިސްތިއުނާފީ ދެވަނަ ނުކުތާގައި، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ މިމައްސަލައިގއަ ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވެފައިވަނު، އިސްތިއުނާފރައްދުވާ ފަރާތުން އުފަންކްރުވި ޙާލަތެއްގެ ސަބަބުނުކަމަށެވެ. މިގޮތުން، މިވަގުތީ އަމުރަށް އެދިފައިވާ ކަން އެނގިހުރެ، މަޤާމަށް މީހަކު ނަގާފައިވުމުން، ދެން އުފަންވާ މަސްލަހަތަކ "ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ" މިޤާއިދާގެ ދަށުން ހިމާޔަތްކުރެވޭނެ މަސްލަހަތެއް ނޫން ކަމަށެވެ. މިއީ އިސްތިއުނާފުރައްދުވ Daniel v. Ferguson [1891] 2 Ch. 27. ފަރާތުން އަމިއްލަ އަށް އުފަންކުރުވި ހާލަތެއް ކަމަށް ބަޔާންކޮށް އެކަމަށް ރިއާޔަތްކޮށްދިނުމަށްވަޒީފާއާބެހ ޓްރައިބިއުނަލް މަރުހަލާގައިވެސަ އެދިފައިވެއެވެ.ނަމވެސ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި މިކަމާމެދު ވަކިގޮތެއް ކަނޑައަޅާފައިނުވެއެވެ.
25ބުނެވުނު އިޞުލުތައ މިމައްސަލައަށް ތަޠްބީޤުކުރަން ބަލާއިރު، މިމައްސަލައިގައަވަގުތީ އަމުރަކަށް އެދިފައި އޮތްކަމުގެ ނޯޓިސް އިސްތިއުނާފު ރައްދުވާ ފަރާތަށް 15 ޖުލައި 2025 ލިބިފައިވާކަން ދެފަރާތުގެ ބަހުންނާއި ލިޔެކިޔުމުން އެނގެއެވެ.ނަމަވެސް،މިނޯޓިސ ލިބުމުން އަވަސް އަރުވާލައި މުވައްޒަފަކު ނަގައިފ ކަމަށި ބެލެވިދާނެ ކަންކަން ހުރި ކަމަށް ބަޔާންކޮށުވާޤިއާތަކުގެ އަލީގައި އިސްތިއުނާފުކުރ ފަރާތުނ ދަށް މަރުހަލުގައި ބަހުޘްކޮށްފައިނުވެއެވެ.އަދި، ޓްރައިބިއުނަލްގެ އަޑުއެހުމުގައި މުވައްޒަފަކު ނަގާފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރުމުން، ވަގުތީ އަމުރުން ލިބުމަށްއެދޭ ފަރުވއަށ ބަދަލެއ ގެނެސް އިތުރު ފަރުވާއަކަށް އެދިފައިވާކަން އެނގެން ނެތެވެ. ޝަމީމެޙުސައިނީގް ފަރާތުން ވަގުތީ އަމުރުގައި އެދުނު ފަރުވާއަކްދާއިމ މުވައްޒަފަކީ ނެގުނު ހުއްޓުވުން ކަމުގައިވާއިރު، އެކަން ހިނގާފައިވާކަން ވާޤިއީގޮތުނ އެނގެން އޮތް މިހާލަތުގައި މީހަކު ނެގުން ހުއްޓާލަން އަމުރެއް ނެރުމަކުން އިސްތިއުނާފު ކުރާ ފަރާތުން ހޯދަން އެދޭ ފަރުވާ އެގޮތުގައި ލިބޭ ކަމުގައި ނުބެލެވެއެވެ. ވަގުތީ އަމުރު ނެރުމުގއެ ޞު ލުތައް ތަޠްބީޤުކުރި ގޮތް ތަފްސީލީ ވެފައިނުވުން
26ޕްރިސިޑެންސް 5އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ތިންވަނަ ނުކުތާގައި ވެސްއުފައްދާފައިވާ އތުރި ބަހުޘަކީ ހައިކޯޓުގެ ޤަޟިއްޔާ ތަކަށް ޙަވާލާދިން ނަމަވެސް އެޤަޟިއްޔާ ތަޠްބީޤުކޮށް ގެއްލުންވާގޮތް ބަޔާންކޮށްދްފައިނުވާކަމަށ ބުނެ އުފްއްދާ ބަހުޘެކެވެ.އިސްތިއުނާފ ކުރު ފަރާތުން ޓްރައިބިއުނަލް މަރުހަލާގައި ހުށަހެޅި ހުށަހެޅުމަށް ބަލާއިރު، ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ އުންސުރުތައް ފުރިހަމަވާ ގޮތް ބަޔާންކޮށް ހުށަހެޅުމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވި މެއިލް- އިސްތިއުނާފު ފޯމާއެކު ޑޮކިއުމެންޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ އަދި ހައިކޯޓުގ 17 ފެބްރުވަރީ 2026 މަޙްޟަރު ބަޔާނުގެ ޞަފްޙާ 19 ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭއިރު، އަދި މިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ތައުނުކޮށްފައިވާކަން އެނގޭއިރު، ގެއްލުންވާ ގޮތް، ޝަމީމާ ޙުސައިންގެ ފަރާތުން ފާހަގަކުރާ ހައިކޯޓުގެ ނަންބަރ 2015/HC-A/71 ޤަޟިއްޔާއާއި ނަންބަރު 2016/HC-A/11 ޤަޟިއްޔާތަކުގައި ބުނެދީފައިވާ ތަފްސީލީ މިންވަރަށް ބަޔާންކޮށްފައިނެތުމަކީ، އެނިންމުންތަކާ ޚިލާފުވުން ކަމުގައި ނުބެލެވެއެވެ.
27އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު -M6/VA/2025/43200(VTR) "ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް" އަށްބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
28ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެނ ތާއީދީ ކުރަމެވެ.
29ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެނ ތާއީދީ ކުރަމެވެ.
30މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްމައްސަލައިސްތިއުނާފުކުރުމަށްހުށަހެޅޭނީދިވެހިރާއްޖޭގެ ހައިކޯޓުން މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ.
- ހައިކޯޓުގެ ނަންބަރު 2015/HC-A/71 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2016/HC-A/11 ޤަޟިއްޔާ
- Colgate Palmolive (India) Ltd. v. Hindustan Lever Ltd. (AIR 1999 SC 3105)
- Daniel v. Ferguson [1891] 2 Ch. 27
- ސުޕްރީމް ކޯޓު: އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ދައުލަތުން ޙަވާލާދިން)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް