ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/432
ޞަފްވާން ޒާހިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2022/HC-A/432
Safvaan Zahir v. Prosecutor General 2022/HC-A/432 (2022/HC-A/432, High Court of the Maldives, 26 January 2025)
ޞަފްވާން ޒާހިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ދަށުކޯޓުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 24 އަހަރާއި 11 މަހާއި 25 ދުވަހުގެ ޖަލު ޙުކުމާއި 100،000 ރުފިޔާގެ ޖޫރިމަނާ ކުރި.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތުގެ މަތިން ފުލުހުން ތުހުމަތުކުރެވޭ ފަރާތް ހޯދަމުން ދަނިކޮށް، ގެއެއްގެ ފާރުމަތިން ކުޑަ ފޮށިގަނޑެއް ނަގައި ފުލުހުން ފެނުމުން އަނބުރާ ބަހައްޓައި ދާން އުޅުނު. ފޮށިގަނޑުގައި 35.4660 ގްރާމް ޑައިމޯފިން ހުރި 3 ޕެކެޓް ފެނުނު.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމުގެ އަޑުއެހުމެއް ނުބާއްވާ ނިންމިކަމަށާއި، ފޮށިގަނޑު ހުރީ ޢާއްމު ތަނެއްގައި ކަމަށާއި ހެކިންގެ ބަހުގައި އަލިކަމާ ބެހޭ ތަފާތު ހުރިކަމަށާއި ހިޔާޒަތުގެ ރުކުންތައް ސާބިތުނުވާކަމަށެވެ. ޕްރޮސިކިއުޝަނުން ބުނީ ތަފާތަކީ ޖައުހަރީ ކަމެއް ނޫންކަމަށާއި ފިލަން އުޅުމުން ހިޔާޒަތު ދޭހަވާކަމަށެވެ.
މައިގަނޑު ސުވާލު
ޝަރީޢަތުގެ ކުރީގެ ހުށަހެޅުމާމެދު އަޑުއެހުމެއް ނުބާއްވާ ނިންމި ނިންމުމާ ބެހޭ ނުކުތާ، މައުޟޫޢީ ޙުކުމް އިސްތިއުނާފުކުރާއިރު ބެލޭނެތޯ؛ އަދި ޢާއްމު ތަނެއްގައި ހުރި ފޮށިގަނޑެއް ނަގައި ފުލުހުން ފެނުމުން އަނބުރާ ބެހެއްޓި ޙާލަތުގައި ޑައިމޯފިންގެ ހިޔާޒަތު ސާބިތުވާ މިންވަރަށް ހެކި ލިބިފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޝަރީޢަތުގެ ކުރީގެ ނިންމުމާ ބެހޭ ނުކުތާގެ އިސްތިއުނާފު މުއްދަތު ހަމަވެފައި. ދެނެގަތުމާމެދު ސުވާލެއް ނެތުމުން އަލިކަމުގެ ތަފާތު ޖައުހަރީ ނޫން؛ ފޮށިގަނޑު ނެގުމާއި ފުލުހުން ފެނުމުން ބަހައްޓައި ފިލަން އުޅުމާއި އިންޓެލިޖެންސް މަޢުލޫމާތަކީ ނާފިޛް ޤަޟިއްޔާގެ އުޞޫލުން ހިޔާޒަތު ސާބިތުކުރާ އިތުރު ޤަރީނާ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރީޢަތުގެ ކުރީގެ ނިންމުމެއް އިސްތިއުނާފުކުރަންވާނީ އެ ނިންމުން ނިންމާތާ 10 ދުވަހުގެ ތެރޭގައެވެ. އެ މުއްދަތުގައި އިސްތިއުނާފު ނުކޮށް، މައުޟޫޢީ ޙުކުމް އިސްތިއުނާފުކުރާއިރު އެ ނިންމުމާ ބެހޭ ނުކުތާއެއް ހުށަހެޅުމަކީ މުއްދަތު ފަހަނައަޅާފައިވާ ނުކުތާއަކަށްވާތީ، އިސްތިއުނާފީ ކޯޓަށް އެ ނުކުތާ ނުބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-18)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި 3 ވަނަ އިޞްލާޙުން 198 ވަނަ މާއްދާގެ ދަށުން ކުރިން ހުޅުވިފައިވާ އިސްތިއުނާފުގެ ފުރުޞަތުތައް ހަނިކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ޝަރީޢަތުގެ ކުރީގެ ހުށަހެޅުމުގެ އަޑުއެހުމެއް ނުބޭއްވުމުން ދަށުކޯޓުގެ ޙުކުމަށް އަސަރުކުރާ ގޮތް ބަޔާންނުކޮށްދީފިނަމަ، އެ ސަބަބުން ޙުކުމް ބަދަލުކުރުމެއް ނުވަތަ ތަޙުވީލުކުރުމެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ހާދިޘާ ހިނގި ތަނުގެ އަލިކަމާ ބެހޭ ސުވާލުގެ މައިގަނޑު ބޭނުމަކީ މުއްތަހަމު ދެނެގަތް ގޮތް (identification) ޔަޤީންކުރުމެވެ. ރޭގަނޑު މުއްތަހަމު ދެނެގަތްކަމަށް ހެކިބަސްދޭނަމަ ފަނޑިޔާރު ބެލި މުއްދަތާއި ދުރުމިނާއި އަލިކަމާއި ހުރަސްތަކާއި ކުރިން ދެނެގަނެފައިވޭތޯ ފަދަ ކަންކަން ސާފުކުރަންވާނެއެވެ. ނަމަވެސް މުއްތަހަމު ދެނެގަތުމާމެދު ސުވާލެއް ނުއުފެދޭނަމަ، އަލިކަމާ ބެހޭ ހެކިބަހުގެ ތަފާތަކީ މައްސަލައިގެ ޖައުހަރަށް އަސަރުކުރާ ތަފާތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-26)
- މަސްތުވާތަކެތީގެ ހިޔާޒަތު ސާބިތުވާނީ، އެތަކެތި ހިޔާޒަތުގެ ދަށުން ފެނުމާއެކު، އެ ތަކެތި އެ މީހާއާ ގުޅުވާލެވޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނުވަތަ މޯޓިވެއް ނުވަތަ އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- ފުލުހުން ފެނުމުން ނެގި ފޮށިގަނޑު އަނބުރާ ބަހައްޓައި އަވަހަށް ދާން އުޅުމާއި، ވިޔަފާރިކުރާ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތާއި، ތަޙްޤީޤުގައި ހަނުހުރުމަކީ، ފޮށިގަނޑުގެ ތެރޭގައިވާ އެއްޗެއްގެ ޚަބަރު ކުރިން ހުރިކަން ދައްކާ، މަސްތުވާތަކެއްޗާ މުއްތަހަމު ގުޅުވާލެވޭ ޤަރީނާތަކެވެ. ފޮށިގަނޑު އޭނާގެ ނޫންކަމާއި އެތަނުގައި ބެހެއްޓީ ކާކުކަން ދިފާޢުގެ ގޮތުން ބުނެދިނުމަކީ ދެން މުއްތަހަމުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28، 31-34)
- ކުށަކަށް ޝައްކުކުރެވޭ ޙަރަކާތެއް ފުލުހުންނަށް ފެނުމުން، މީހާ ހުއްޓުވައި ފޮށިގަނޑުގައި ހުރީ ކޮންއެއްޗެއްތޯ ބެލުމަކީ ސަބަބުވެރި ފުލުހަކު ކަންކުރާނެ ގޮތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
1މިއީ، ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ތ.ދިޔަމިގިލި، ތުނިޔަ / ޞަފްވާން ޒާހިރު "(ޞަފްވާން ޒާހިރު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތކަ ޕްރޮސިކިއުޓަރ ޖެނެރަލް ("ޕްރޮސިކުޝަން" ނުވަތަ "އިސްތިއުނާފު ރައްދުވާ") ގެ އޮފީހެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2ޞަފްވާން ޒާހިރު ތ.ދިޔަމިގިލީގައ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައި ވެއެވެ. މިގޮތުން ލިބުނު މަޢުލޫމާތާއި ގުޅިގެން، އޭނާ ހޯދުމަށް 26 އޮކްޓޫބަރު 2019 ވަނަ ދުވަހު 20:50 އެހކާނހްއިރު، ފުލުހުން ތ.ދިޔަމިގިއްޔަށް ދިޔައެވެ. އެރަށުގައި މީނާ ހޯދަމުން ދަނިކޮށް ތ.ދިޔަމިގިލި ނަންރީތިގެ ކައިރިއަށް ސައިކަލެއްގައި މީނާ ގޮސް މަޑުކުރިއެވެ. އަދި ނަންރީތިގެ ބޭރު ފާރުމަތިގައ ހުރި ކުޑަފޮށިގަނޑެއ މީން ނެގިކަމަށް ފުލުހުން ބުނެއެވެ.
3މިފޮށިގަނޑު ނެގިތަނުން، މީނާއަށް ފުލުހުން ފެނުމާއެކު އެފޮށިގަނޑު އަނބުރާ ފާރުމަތީގައި ބެހެއްޓުމަށްފަހު، އެސަރަޙައްދުންދާން މަސައްކަތްކުރި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުން މީނާ ހުއްޓުވައި މީނާ ބެހެއްޓި ކުޑަ ފޮށިގަނޑު ފުލުހުން ނަގައި، އެފޮށިގަނޑު ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި 3 (ތިނެއް) ރަބަރު ޕެކެޓު އޮތެއެވެ. އެ 03 (ތިނެއް) ރަބަރު ޕެކެޓްގައ ހުރި ތަކެތި ތަޙްލީލުކޮށް ބެލިއިރު، އެއީ ޑައިމޯފިން ކަމަށް ދައްކާކަމަށް ފުލުހުން ބުނެއެވެ. އަދި އެތަކެތީގެ ބަރުދަނުގައި 35.4660 ގްރާމް ހުރިކަމަށް ބަޔާން ކުރެއެވެ.
4އެހެންވެ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދަގެ (ބ) އާއި 105 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ޞަފްވާން ޒާހިރުގެ މައްޗަށް ކޮޅުމަޑުލު ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އުފުލިއެވެ. އެމައްސަލަ ބެލުމަށްފަހު ދަށު ކޯޓުން ނިންމީ، މިކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޞަފްވނާ ޒާހިރުގެ މައްޗަށް ސާބިތުވާކަމަށެވެ. ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓި ކޯޓުން ނިންމި ގޮތް:
5ދައުލަތުން ހުށަހެޅި ބަޔާންވެދިޔަ ދަޢުވާ، ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ ދަޢުލަތުން، ތ.ދިޔަމިގިލީ ތުނިޔަ ޞަފްވާން ޒާހިރުގެ މައްޗަށް ހުށަހަޅާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން، ޝަރީޢަތުން ބެލިބެލުމުން، 26 އޮކްޓޯބަރ 2019 ވަނަ ދުވަހު 20:50 އެހާކަންހާއިރު، މީނާ ތ.ދިޔަމިގިލީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަކަމުގެ މަޢުލޫމާތް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާއި ގުޅިގެން، ފުލުހުން ތ.ދިޔަމަގިއްޔަށް ގޮސް، މީނާ ހޯދަމުން ދަނިކޮށް ތ.ދިޔަމިގިލި ނަންރީތިގެ ކައިރިއަށް ސައިކަލެއްގައި މީނާގޮސް އެގޭގެ ބޭރު ފާރުމަތިން ކުޑަފޮށިގަނޑެއްނަގައި، ފުލުހުން ފެނުމުން އެ ފޮށިގަނޑު ފާރުމަތީގައި ބަހައްޓައި، އެސަރައްހަދުންދާނ މަސައްކަތް ކުރުމުން، ފުލުހުން މީނާ ހުއްޓުވައި، މީނާ ބެހެއްޓި ކުޑަފޮށިގަނޑު ފުލުހުން ނަގައި، އެފޮށިގަނޑު ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި އޮތް 03 (ތިނެއް) ރަބަރު ޕެކެޓް ގައި 35.4660 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ބ) އާއި، 105 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ
(ނ) ގެ ދަށުން ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއަށް، ސަފްވާން ޒާހިރު އިންކާރުކުރިނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ބަހާއި، މައްސަލާގައި ހުށަހަޅާފައިވާ ރިޕޯޓްތަކަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ކަނޑައަޅައި، (1) ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ބ) އާއި 105 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން، ތ.ދިޔަމިގިލީ ތުނިޔަ ޞަފްވާން ޒާހިރު ކުށްވެރިވެއްޖ ކަމަށެ ކަނޑައަޅައި، ދަޢުވާ ހުށަހަޅާ ފޯމް (ރިފަރަންސް ނަންބަރު 1969/2019/N/1) (2) މިކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ 2011/17 (މަސްތުވާތަކެއްވާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ބ) އާއި 105 ވަނަ މާއްދާގެ (ހ) ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ތ.ދިޔަމިގިލީ ތުނިޔަ ޞަފްވާން ޒާހިރު 24 (ސައުވީސް) އަހަރާއި 11 (އެގާރަ) މަހާއި 25 (ފަންސަވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/100000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، (3) މިފައިސާ މިއަދު (18 އޮގަސްޓް 2022) އިން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ތ.ދިޔަމިގިލީ ތުނިޔަ ޞަފްވާން ޒާހިރަށް އަންގައި ހުކުމްކޮށް މި ޤަޟިއްޔާ ނިންމީމެވެ." އިސްތިއުނާފީ ނުކުތާތައް:
6ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤަޟިއްޔާ ބަޔާންވެދިޔަ ގޮތަށް ނިންމުމުން، އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ތިރީގައިވާ ނުކުތާތައް ޞަފްވާން ޒާހިރުގެ ފަރާތުން ހުށަހަޅައި އެނުކުތާތަކާމެދު ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
1.6. ފުރަތަމަ ނުކުތާއަކީ: ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާމެދު ފަނޑިޔާރު ގޮތް ނިންމާފައިވަނީ އެހުށަހެޅުންތަކާމެދު ދީފައިވާ ރައްދު ޙިއްސާކުރުމެއްނެތި، އަދި ހުށަހެޅުން އިއްވުމަށާއި، ރައްދު ދިނުމަށާއި، ހުށަހެޅުންތަކާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ގަވާއިދު ނަންބަރު 2021-01-REG-SC (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު) ގެ 118 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.6. ދެވަނަ ނުކުތާއަކީ: ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤަޟިއްޔާގައި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ހިޔާޒަތު ޞަފްވާން ޒާހިރުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅަފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ އެކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރިސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ނާފިޛް) ގައި ކަނޑައަޅާފައިވާ އަދި 2016/SC-A/21 (އަޙްމަދ ލަޠީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ގައި ދަމަހައްޓާ ތަފްޞީލުކޮށްފައިވާ މިންގަނޑަށް އެތަކެތި ޞަފްވާން ޒާހިރުގެ އަތުގައި ބެހެއްޓިކަމުގ މާއްދެ އަދި މަޢުނަވީ ރުކުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ޙާލަތެއްގައިކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
7އިސްތިއުނާފުކުރާ ފަރާތނު އިސްތިއުނާފީ ނުކުތތާކުގާ ތަފްޞީލްތައް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތތަކާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މވާހަކަތި ކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .17- އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 118 ވަނަ މާއްދާގެ (ށ) ގައިވަނީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި އެއިގެ ރައްދު އެއީ ޝަރީޢަތުގެ މަޖިލީހުގައި އަނގަބަހުން އިއްވަންޖެހޭ އެއްޗެކަމަށާއ އަދި އިއްވުމަށްފަހު އެހުށަހެޅުންތަކާމެދު ވާހަކަ ދެއްކުމަށް ފުރުސަތު ދޭންޖެހޭނެކަމަށެވެ. އަދި ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރަކީ އެގޮތަށް ދޭ ފުރުސަތުގެ ވަޤުތު ޤައިދުކުރުންކަމަށާއި އެއްކޮށް އެ ފުރުސަތު ނުލިބޭ ގޮތަށް އެހުށަހެޅުމަކާމެދ ގޮތެއު ނުނިންމޭނެކަމަށެވެ. ނަމަވެސް މައްސަލައިގައި 26 ޖަނަވަރީ 2020 ވަނަ ދުވަހު އިސްތިއުނާފުކުރާ ފަރާތުން ޝަރީޢތުގަ ކުރިން ހުށަހަޅާ ހުށަހެޅުންތައް ކަމާބެހޭ ފޯމު މެދުވެރިކޮށް ހުށަހަޅާފައިވީނަމަވެސް، އެހުށަހެޅުންތައް ޝަރީޢަތުގައި އިއްވުމުގެ ފުރުސަތު ދީފައިނުވާކަމަށާއި، މިހުށަހެޅުންތަކަށް ޕްރޮސިކިއުޝަނުން 09 ފެބްރވު ރ 2020 ގައި ލިޔުމުން ރައްދު ދީފައިވީނަމަވެސް، މިލިޔުންތައް އިސްތިއުނާފުކުރާ ފަރާތާއި ހަވާލުކޮށްފައިނުވާކަމަށެވެ. އަދި އެރައްދު ޝަރީޢަތުގެ އެއްވެސް މަޖިލީހެއްގައި އިއްވާފައިނުވާކަމަށާއި، މިހުށަހެޅުންތަކަށް ރައްދު އިއްވުމުގެ ފުރުސަތު ނުދީ، އަދި ހުށަހެޅުންތަކާމެދު ބަހުޘްކުރުމަށް މަޖިލީހެއް ނުބާއްވާ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާމެދު ގޮތެއް ނިންމާފައިވާކަމަށެވެ. .27- މިކަންކަން ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ލިޔުމަށް ތިރިކޮށްފައިވާ ބަސްތަކުން ދެމާނައެއް ނެގިދާނެކަމަށާއި، ލިޔުމެއްގައި ބޭނުންކުރާ ބަސްތަކަށް ލިޔުނު ފަރާތުން ދޭން ގަސްދުކުރި މާނަ އޮޅުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންކަމުން ފަނޑޔި ރުގާ ފަރާތުން ފުރިހަމަނުކޮށް ދޫކޮށްލި އިޖުރާއަތަކީ އެއިގެ ނަތީޖާގެ ގޮތުން މުއްތަހަމުގެ ޙައްޤުތައް ގެއްލުން އެކަށީގެންވާކަމެއް ކަމެއްކަމަށާއި، އިޖުރާއަތު ފުރިހަމަކޮށްފައިނުވުމަކީ ޝަރީޢަތުގެ ޞައްހަކަން ގެއްލިފައިވާކަން ސާބިތުކޮށްދޭ ބިނާއެއްކަމށެވެ. .37- އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މުޅި މައްސަލައިގައި ލިބެންހުރި ހެކިތަކަށް ބަލާއިރު، މަންޒަރު ދުށްކަމަށްބުނެ ހުށަހަޅާފައިވަނީ ދެ ހެއްކެއްކަމަށާއި، މި ދެހެކިވެރިންގެ ހެކިބަސް އިއްތިފާޤުވަނީ މައިގަނޑު ދެވާޤީއާއެއްގެ މައްޗަށްކަމަށެވެ. މިދެ ވާޤިޢާ ވަރަށް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހެކިވެރިންގެ ހެކިބަސް އިއްތިފާޤު ނުވާ ވާޤިޢާތަށްވެސ ވަރަށް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. .47- މިކަންކމުގަ ތަފްސީލްތައް ބަޔާންކުރަމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން މިނުކުތާގައި ފާހަގަކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ޤަޟިއްޔާގެ އަލީގައި ހެކި ވަޒަންކުރަން މާއްދީ ގޮތުން ބަލާއިރު، ފޮށިގަނޑު ފެނުނީ ޞަފްވާން އަތުގައި އޮއްވާ ނޫންކަމަށާއި، އެއެއްޗެއް އޮތީ އާންމު ތަނެއްގައި ހާމައިގައިކަމަށެވެ. ފޮށިގަނޑު ނެގިތަން ފެނުނުކަމަށްބުނާ ދެ ފުލުހުންގެ ފަރާތުން އެމީހުންނަށް ފެނުނު މަންޒަރު އެފެނުނީ ލޮލަށް ފެންނަ ފަދަ އަލިކަމެއް އަދި މަންޒަރު ފެނުމަށ ހުރަސް އެޅޭ ފަދަ ހުރަހެއް ނެތިކަމަށް މި ދެމީހުންގެ ހެކިބަހުން ސާބިތު ނުވާކަމަށާއި، އެމީހުން ތިބީ އިސްތިއުނާފުކުރާ ފަރާތުގެ ފަހަތުގައި 10 ފޫޓު ދުރުގައި ކަމަށާއި އެތާކ އިސްތިއުނާފުކުރު ފަރާތުގާ ފޯނުގެ ޓޯޗުގެ އަލި ފިޔަވައި އިތުރު އައްޔެއ ނެތްކަމަށް ހެކިވެރިޔާ އާސިމް ބުނެފައިވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ފޮށިގަނޑުގައި އަތްލިކަމަށް ބެލެވޭ ޙާލަތުގައިވެސް އެފޮށިގަނޑު އަނބުރާ ބެހެއްޓީ ފުލުހުން ފެނިގެންކަމަށ ފުލުހުން ދެކުނަސ އެގޮތަށް ދެކުނީ ކީއްވެކަން ސާފެއް ނޫންކަމަށެވެ. އެހެންކަމުން، އަތްލިކަން ޔަޤީންނުވާ ޙާލަތުގައި ނުވަތަ އަތްލާފައި އަތުން ދޫކޮށްލީ ޝައްކު އުފެދޭ ގޮތަކަށްކަން ސާބިތުނުވާ ޙާލަތުގައި ހިޔާޒަތުގެ މާއްދީ ރުކުން ސާބިތެއް ނުވާނެކަމަށެވެ. .57- ބަހުޘްގެ ބޭނުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ފޮށިގަނޑު ނެގިކަމަށް ބަލައި ޙާލަތުގައި، އެފޮށިގަނޑ ޢާއްމު ތަނަކަށް ވާޞިލުވީ ގޮތުގެ ދަލީލެއްނެތި، އެފޮށިގަނޑ އިސްތިއުނާފުކުރާ ފަރާތާ ގުޅުވާލެވޭ އިތުރު ދަލީލެއްނެތި، ހަމައެކަނި ހާމައިގައ ހުރި އެއްޗެއްގައި އަތްލުމަކުން ހިޔާޒަތުގެ މަޢުނަވީ ރުކުން ސާބިތެއް ނުވާނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް:
8އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގ އެދިފައިވަނީ، ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވައި، އެޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކުށް ސާބިތުނުވާކަމަށް ކަނޑައަޅައިދެއްވައި ނުވަތަ ޤަޟިއްޔާގައިވާ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައިދެއްވައި 2021-01-REG-SC (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު) ގެ 118 ވަނަ މާއްދާގެ (ށ) އާއި އެއްގޮތަށް ޝަރީޢަތް ހިންގުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަޙްވީލުކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
9އިސްތިއުނާފު ރައްދުވާ ޕްރޮސިކިއުޝަނުގެ ފަރާތުން އިސްތިއުނާފީ ނުކުތާތާކުގެ ޖަވާބު ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .19- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ މިނުކުތާގެ ތަފްސީލަށް ބެލުމުން ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ޚިލާފުވިކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ސަބަބަކީ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެނު ވާހަކަ ދެއްކުމުގެ އަޑުއެހުމެއް ބާއްވާފައިނުވާތީކަމަށެވެ. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ގަވާއިދުގައި ހުރި މާއްދާތަކަށް ބެލުމުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަންވާނީ ލިޔުމުންކަމަށް ދޭހަވާކަމަށެވެ. އަދި ލިޔުމުން ހުށަހަޅާ ހުށަހެޅުމުގައި ނެތް ތަފްސީލްތަކެއް ހުށަހެޅުމުގެ ފުރުސަތު ނުދިނުމުގެ ބާރު ފަނޑިޔާރަށް ދީފައިވާކަމަށެވެ. މިމައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު ގޮތް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅމަށާއު ޕްރޮސިކިއުޝަނުން މިހުށަހެޅުމަށް ދީފައިވާ ރައްދުގައި ހުރި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ. މިކަންކަމުގެ ތަފްސީލްތައް ޕްރޮސިކިއުޝަނުން އިސްތިއުނާފީ ޖަވާބު ފޯމުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްދެމުނ ބުނެފައިވަން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ވާހަކަ ދެއްކުމުގެ އަޑުއެހުމެއް ބާއްވަންވާނެކަމަށް ބަޔާންކޮށްދޭ ސަރީޙަ ސާފު ޤާނޫނީ ނައްސެއް ނެތްކަމަށެވެ. އެހެންކަމުން، އެކަންކަމާއި ގުޅިގެން ވާހަކަ ދެއްކުމަށްޓަކައި އަޑުއެހުމެއް ބާއްވާފައިނުވުމަކީ ހަމައެކަނި އެސަބަބަށްޓަކައި ދަށު ކޯޓުގެ ނިންމުން ބާޠިލްކުރަންޖެހޭ ސަބަބެއްނޫންކަމަށެވެ. އަދި އެ އަޑުއެހުން ނުބޭއްވުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުގެ އަސާސީ ޙައްޤެއް ގެއްލިގެން ގޮސްފައިނުވާކަމަށެވެ. .29- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ޤަޟިއްޔާގައި ހިޔާޒަތު މާނަކޮށްދީ ހިޔާޒަތު މީހެއްގެ މައްޗަށް ސާބިތުވާނެ ގޮތް ކިޔާދީފައިވާކަމަށެވެ. އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހުން މަސްތުވާތަކެތީގެ ހިޔާޒަތު އިސްތިއުނާފުކުރާ ފަރާތަށް އޮތްކަން ސާބިތުވާވަރަށް ހެކިބަސް ލިބިފައިވާކަމަށެވެ. އެފޮށިގަނޑުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތު އޮތްކަން އެނގިގެން ދަނީ ފުލުހުން ފެނުމުން ފޮށިގަނޑު ބަހައްޓާފައި ފިލައިގެން ދާން އުޅުމާއި، ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކުރުމާއ ތަޙުޤީޤުގައި ހަނުހުރުމުންކަމަށެވެ. .39- މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން ސީނަށް ދިޔަ ދެފުލުހުންގެ ހެކިބަހުގައި އިއްތިފާޤުނުވެވޭ ކަންތަކެއް ހުރިކަމަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މީގައި ފުށުއަރާގޮތެއް އިސްތިއުނާފީ ފޯމުން ސާފެއް ނުވާކަމަށެވެ. މިމައްސަލައިގައި ސާބިތުކޮށްދޭންޖެހޭ ޖައުހަރީކަމަކީ އިސްތިއުނާފުކުރާ ފަރާތުގެ އަތުން މަސްތުވާތަކެތި ފެނުނުކަމށާއި، މިކަމާމެދު މިދެހެކިންގެ ހެކިބަހުގައި ފުށުއެރުމެއް ނެތްކަމަށާއި، ދެހެކިންގެ ހެކިބަހުންވެސް އިސްތިއުނާފުކުރާ ފަރާތް އެފޮށިގަނޑ ނެގުމަށްފަހު ފުލުހުން ފެނުމުން ފޮށިގަނޑު ހުރިތާނގައި އަލުން ބަހައްޓާފައި ދާން އުޅުނު މަންޒަރު ސާފުކޮށް ފެނުނުކަން އެނގޭކަމަށެވެ. އެހެންކަމުން، އެމަގުގައި މަގުބައްތި ހުރިތޯ ނުވަތަ ނޫންތޯ މިކަމާމެދު އުފެދޭ ފުށުއެރުމަކީ މައްސަލާގެ ޖައުހަރުން ބޭރު ކަމަކަށްވާތީ އެ ޚިލާފުގެ ސަބަބުން އެހެކިންގެ ހެކިބަހަށް ބުރަދަން ނުދީ ދޫކޮށްލެވޭކަށަ ނެތްކަމަށެވެ. އަދި ހެކިންގެ ހެކިބަހުގައި ހުރި އިއްތިފާޤުނުވެވޭ މިބުނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް މިމައްސަލާގައި ފެނުނު ތަކެތީގެ ހިޔާޒަތު ނަފީވެގެންދާނެ ސަބަބެއްކަމުގައި ނުދެކޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ގޮތް:
10އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގ އެދިފައިވަނީ، ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤަޟިއްޔާއަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ޤަޟިއްޔާއެއްކަމަށާއި އެޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދއްވުމަށެވެ. ޝަރީޢަތުން ފާހަގަކުރާ ކަންކަން:
11މިމައްސަލައާއި ގުޅިގެން ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް ޞަފްވާން ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ. ފުރަތަމަ ނުކުތާ:
12އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކުރަނީ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން އަޑުއެހުމެއް ބާއްވާފައި ނެތްކަމަށް ބުނެ ދެއްކި ވާހަކަތަކެވެ.
13ޞަފްވާން ޒާހިރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ބަލާއިރު،ޝަރީޢަތުގެ ކުރިން ޞަފްވާން ޒާހިރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއިމެދު ޕްރޮސިކިއުޝަނުން ދިން ރައްދުގެ މައްޗަށް ބިނާކޮށް ފަނޑިޔާރު ނިންމި ގޮތް ޞަފްވާން ޒާހިރުއަށް އެންގިކަމާމެދ ސުވާލު އުފައްދާފައެއް ނެތެވެ. އަދި އެނިންމ ގޮތި ނޭގިގެން ޞަފްވާން ޒާހިރު ސުވާލެއް ކޮށްފައި އޮތްކަމަށް ނުފެނުނެވެ. ވީމާ، ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއިމެދު ފަނޑިޔާރު ނިންމިގޮތް ޞަފްވާން ޒާހިރުއަށް އަންގައި، މަދަނީ މިންގަނޑުން މިދަޢުވާ ކުރިއަށް ގެންދެވޭނެކަމަށް ނިންމިކަން އޭނާއަށް އެނގޭކަމަށް ބަލަންޖެހެއެވެ.
14ޞަފްވާން ޒާހިރުގެ ފަރާތުން، ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއިމެދު ޝަރީޢަތުން ގޮތް ނިންމީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން އަޑުއެހުމެއް ނުބާއްވާކަމަށް ބުނެ، އެސަބަބަށްޓަކައި އެނިންމުމުގެ ޞައްޙަކަމާމެދު ސުވާލެއް އުފައްދައި ޞަފްވާން ޒާހިރުގެ ފަރާތުން އގަވާޢިދުގައި ބަޔާންކުރެ 10 ދުވަހުގެ ތެރޭގައި އޭރު އިސްތިއުނފެއާ ކޮށްފައެއް ނެތެވެ.
15ޞަފްވާން ޒާހިރު ގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާފައިވަނީ 26 ޖެނުއަރީ 2020 4 3 ގައެވެ. މިހުށަހެޅުމުގެ ރައްދު ޕްރޮސިކިއުޝަނުން ހުށަހަޅާފައިވަނީ، 10 ފެބުރުވރަ 2020 ގައެވެ. މި ހުށަހެޅުމާމެދު ދަށު ކޯޓުން ގޮތް ނިންމާފއިވަނަ 02 ޑިސެންބަރު 2020 ގައެވެ. މިމައްސަލަ ފުރަތަމަވެސް އިސްތިއުނާފު ކޮށްފައިވަނީ މުޅި ދަޢުވާ ބަލައި ދަށު ކޯޓުން ޙުކުމް ކުރުމުން، 17 އޮކްޓޫބަރު 2022 ގައި ކަން އެގެން އޮވެއެވެ.
16ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޤާނޫނު ނަންބަރު 2020/21 (ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)އިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާ އިޞްލާޙުކޮށް، ބުނެވިދިޔަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަޞްދީޤުކޮށް ޢަމަލު ކުރަންފަށާފައިވަނީ 22 ސެޕްޓެމްބަރ 2020 ދުވަހުއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތަގައި ޙަވާލާދީފައިވާ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ގޮތެއްނިންމާފައިވަނީ 02 ޑިސެމްބަރ 2020 ގައެވެ. އެ ނިންމުމުގެ މައްޗަށް ހިނގާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ)ގައި، ޝަރީޢަތުގެ ކުރީގެ ނިންމުމެއް، އެ ނިންމުން ނިންމާ ތާރީޚުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހަޅާ ފޯމް ގައި ބަޔާން ކޮށްފައި އޮތް ތާރީޚް. ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ރައްދު ދޭ ފޯމް ދަށު ކޯޓަށް ލިބުނު ކަން އެނގެން އޮތް ތާރީޚް. 21/N4C/2019 ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއި މެދު ނިންމި ގޮތް. ކޮޅުމަޑުލު ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:A/95/2022/1-N4C (18 އޮކްޓޯބަރު 2022) ސިޓީ. "މީގެފަހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު ޤަޟިއްޔާގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ދަށުން ކުރިން ހުޅުވިފައިވާ އިސްތިއުނާފުގެ ފުރުޞަތުތައް، އެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙުން ހަނިކޮށްފައިވާކަމަށް ކަނޑައަޅުއްވާފައިވެއެވެ.
17ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/N4C/2019 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ 18 އޮގަސްޓު 2022 ދުވަހުކަމަށްވާއިރު، 02 ޑިސެމްބަރ 2020 ދުވަހުން ފެށިގެން 18 އޮގަސްޓު 2022 ދުވާހ ދެމެދާ ގާތްގަނޑަކަށް 1 (އެކެއް) އަހަރާއި 8 (އަށެއް) މަސްދުވަސް ހޭދަވެފައިވެއެވެ. އެހެންކަމުން، ޞަފްވާން ޒާހިރުގެ ފަރަތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައިވާ ޤާނޫނީ ބަހުސަކީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔުމަށްފަހު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކަށްވާތީ، ޝަރީޢަތުގެ ކުރީގެ ހުށަހެޅުމާމެދު ނިންމިގޮތާ ގުޅުވައި އުފަންކުރުވާފައިވާ ޤާނޫނީ ބަހުސަށް މި މައްސަލައިގައި އެއްވެސްގޮތެއ ނިންމޭނެކަމަށް ނުދެކެމެވެ. އަދި މިގޮތަށް އިބްތިދާއީ މަރުޙަލާގެ ނިންމުންތައް، މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރުމަކާނުލައި، މައުޟޫޢީ ޤަޟިއްޔާގެ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފީ ބަހުސް އުފެއްދުމުން، އެފަދަ ޤާނޫނީ ބަހުސަށް އިސްތިއުނާފީ ކޯޓުތަކުން ބަސްބުނުމުގެ ސަބަބުން، ޖިނާއީ ޢަދުލުގެ ނިޒާމު ތަޞައްވުރުނުކުރ އަދާ ބަންދުނުކުރެވޭނެ ދޮރުތަކަށް ފުރުޞަތު ލިބިދެވޭނެކަމަށްވެސް ދެކެމެވެ.
18ވީމާ، ޞަފްވާން ޒާހިރު ހުށަހެޅި ހުށަހެޅުމާމެދު 02 ޑިސެންބަރު 2020 ގައި ނިންމި ނިންމުން ނިންމާފައިވަނީ އަޑުއެހުމެއް ނުބާއްވާކަމަށްވާނަމަ، އެނިންމުމާއިގުޅިގެން އެނުކުތާގައި އިސްތިއުނާފު ކުރަން އޭރުންވެސް އަދި މިހާރުވެސް ލިބިދެވޭ މުއްދަތަކީ، 10 (ދިހައެއް) ދުވަސްކަން ޙަވާލާދެވުނު ޤަވާޢިދުނނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށާއި ޤަވާއިދަށް ގެނެވިފައިވާ އިޞްލާޙުތަކުން އެނގެއެވެ. އެހެންކަމުން، ޞަފްވާން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޤަޟިއްޔާގެ 18 ވަނަ ނުކުތާ. ޒާހިރުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި ބަޔާން ކުރާ ވާހަކައަކީ އިސްތިއުނާފުގެ މުއްދަތު ބަންދުވެފައިވާ ނުކުތާއެއް ކަމަށްވާތީ، އިސްތިއުނާފީ އެނުކުތާ ބެލުމަކީ ޤާނޫނީ ގޮތުން މިކޯޓަށް މިހާރު ކުރެވިދާނެ ކަމެއް ނޫނެވެ.
19ޕްރިސިޑެންސް 3އަދި ހަމައެހެންމެ، ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމެއްގެ އަޑުއެހުމެއް ނުބޭއްވީތީ ކަމަށް ބުނެ، ހުށަހެޅި އިސްތިއުނާފީ އެނުކުތާގެ ސަބަބުން، ދަށު ކޯޓުގެ ޙުކުމަށް އަސަރުކުރާނެ ގޮތް ޞަފްވާން ޒާހިރުގެ ފަރާތުން ބަޔާން ނުކޮށްދޭތީ، އެކަމުގެ ސަބަބުން ދަށު ކޯޓުގެ ޙުކުމް ބަދަލުކޮށް ނޫނީ ތަޙުވީލު ކުރަންޖެހޭ ކަމަކަށް ބުރައެއް ނުވެވެއެވެ. ދެވަނަ ނުކުތާ:
20އިސްތިއުނާފީ ދެވަނަ ނުކުތާގައި ބަޔާން ކުރަނީ، ޞަފްވާން ޒާހިރުގެ ހިޔާޒަތުގެ ދަށުގައި މަސްތުވާތަކެތި ހުރިކަން ސާބިތުވާކަމަށް ދަށު ކޯޓުން ނިންމީ އެތަކެތި ޞަފްވާން ޒާހިރުގެ އަތުގައި ބެހެއްޓިކަމުގެ މާއްދީ އަދި މަޢުނަވީ ރުކުން ސާބިތު ނުވަނީސް ކަމަށެވެ. މިގޮތުން، ހެކި ވަޒަން ކުރުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު:2012/SC-A/23 ޤަޟިއްޔާ ("އިބްރާހިމް ނާފިޛް ޤަޟިއްޔާ") އާއި ސުޕްރީމް ކޯޓުގެ ނަންބަރު:2016/SC-A/21 ޤަޟިއްޔާ ("އަޙްމަދ ލަޠީފު ޤަޟިއްޔާ") ގައި ކަނޑައަޅާފައިވާ އުޞޫލު ނަގަހައްޓާފައި ނެތްކަމަށެވެ.
21މިނުކުތާގައ އިސްތިއުނާފުކުރި ފަރާތުން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ، ހެކިބަސްދިން ދެ ހެކިންގެ ހެކިބަހުގައި ހުރި އެއްގޮތް ކަންތަކާއި ތަފާތުތަކުގެ މައްޗަށެވެ. މައިގަނޑު ގޮތެއްގައި ސުވާލު އުފައްދަން މަސައްކަތް ކޮށްފައިވަނީ ހާދިޘާ ހިނގިކަމަށް ބަޔާންކުރާ ތަނުގެ އަލިކަނ ހުރް ގޮތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ނާފިޛް. އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް. ހެކިބަސްދިން ދެހެކިންގެ ހެކިބަހުގެ ތަފާތުގެ މައްޗަށެވެ. މިގޮތުން އުފައްދާ ސުވާލަކީ ކޮބާކަމެއް ސާފެއް ނުވެއެވެ.
22ހާދިޘާ ހިނގިތަނުގެ އަލިކަނ ހުރް ގޮތާއިބެހޭ ގޮތުން ހެކިބަސްދިން ދެހެކިންގެ ހެކިބަހުގައި ތަފާތު އެބަހުއްޓެވެ. ހެކިބަސްދިން މުންޒިރ މުޙައްމަދު އެތަނުގެ އަލިކަނ ހުރިގޮތް ބަޔާން ކުރަމުން ބުނެފައިވަނީ؛ "އެސަރަޙައްދުގައި ރަގަޅު ވަރަކަށް އަލިކަންހުރި. މަގު ބައްތި އެސަރަޙައްދުގައި ހުރި. ނަންރީތިގެ ކަންމަތީގައިވެސް އިންނާނެ މަގު ބައްތިއެއް. ޖެހިގެންހުރި ގެއެއްގެ ދޮރުކައިރީގައިވެސް އިންނާނެ ބޮތްކެއް ހަރުކޮށްފަ މަގަށް އަލިވާގޮތަށް. ހަމަ ފުދޭވަރަކަށް އަލިކަންހުރި. ހަމަ ރީއްޗަށް މީހާ ފާހަގަ ކުރަން އެގޭވަރަށް." ނަމަވެސް ހެކިބަސްދިން މުޙައްމަދު އާޞިމް ބުނެފައިވަނީ؛ "އެތާގެ ކައިރިހިސާބެއްގަ މަގުބައްތިއެއ އެއްޗެއް ނުހުންނާނެ. އެހެންނަމަވެސް ސޮފްވާނު ޒާހިރުގެ ފޯނުގެ ފްލެޝްލައިޓް ދިއްލާފަ އިނީމަ އަޅުގަނޑަށް ސާފުކޮށް ފެންނަ ގޮތްވި."
23ޕްރިސިޑެންސް 4ހެކިބަސްދިން ހެކިންގެ ކިބައިން ހާދިޘާ ހިނގިތަނުގެ އަލިކަނ ހުރް ގޮތާބެހޭ ގޮތުން ސުވާލު ކުރާ މައިގަނޑު ބޭނުމަކީ މުއްތަހަމަކީ ކާކުކަން (identification) ދެނެގަތްގޮތ ޔަޤީން ކުރުމެވެ. ހެކިބަސްދޭ ހެކިވެރިޔާ ކުރެން އެތަނުގައި ދިއްލާފައ ހުރި ބޮތްކެއްތޯ، ހޮޅިބުރިއެއްތޯ ނޫނީ ފުޅިބައްތިއެއްތޯ ނޫނީ އެތަނަށް އަލިކަން ވެރިވެފައިވަނީ ހަނދުންތޯ ސުވާލު ކުރާ ބޭނުމަކީ ދުވާލުގައ ހިނގި ހާދިޘާތަކާއި ޚިލާފަށް ރޭގަނޑު ހިނގާ ހާދިޘާ ތަކުގައި ޝާމިލުވާ ފަރާތް/ތައް ދެނެގަތުމުގައި ކުށެއް (mistake) ހެދި، އަސްލު ކުށްކުރި ފަރާތް ނޫން އެހެން މީހެއްގެ މައްޗަށް ދަޢުވާކޮށް އަދަބު ދެވިދާނެކަމަށްޓަކައި އެކަން ނަފީ ކުރުމަށެވެ.
24އުޞޫލެއްގެ ގޮތުން، ކަޅުއަދިރި ރޭރޭ އަލިކަމެއްނެތް ތަނަކުން މުއްތަހަމާ ދިމާވި ކަމަށބުން މީހެއްގެ ހެކިބަސް ޤަބޫލެއް ނުކުރެވޭނެއެވެ. ހަމައެހެންމެ، ސާދަވިލޭރޭގެ ހަނދުގެ އަލިކަން ހުރަހެއްނެތި އެތަނަކަށް ދީފައި އޮތް މުންޒިރު މުޙައްމަދު 13 ޖަނަވަރީ 2021 ގައި ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓަށް ދިން ހެކިބަސް މުޙައްމަދު އާސިމް 13 ޖަނަވަރީ 2021 ގައި ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓަށް ދިން ހެކިބަސް ތަނަކާއި ހަނދުގެ އަލިކަން ފަޑުރޭރޭ މުއްތަހަމު ދެނެގަތުމާވެސ ޤަބޫލް ކުރެވުމުގައި ތަފާތެވެ. ވީމާ އަލިކަމުގެ ވާހަކަ މިދެކެވެނީ ވަކި މީހކާއަ ކުށާއި ގުޅުވާލުމުގެ ބަދަލުގައި ސީދާ އެ ކުށްކުރި ކަމަށް ބުނާ މީހާއަކީ ކާކުކަން ދެނެގަތް ގޮތް ސާފުކުރުމަށެވެ.
25ރޭގަނޑެއްގައި މުއްތަހަމު ދެނެގަތް ކަމަށް ހެކިބަސްދޭ މީހާ ބުނާނަމަ، އޭނާގެ ހެކިބަސް ޤަބޫލު ކުރުމުގެ ކުރިން ފަނޑިޔާރު ސާފުކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުންނާނެއެވެ. މިގޮތުން؛
1.25. ހެކިބަސް ދޭ މީހާ މުއްތަހަމަށް ކިހާ އިރެއްވަންދެން ބެލިންތޯ ނުވަތަ ކިހާއިރަކު ހެކިބަސްދޭ މިހާގެ ލޯމަތީގައި އޭނާ ހަރަކާތްތެރިވިތޯ؟
2.25. މުއްތަހަމާއި ހެކިބަސްދޭ މީހާއާ ދެމެދު ހުރީ ކިހާ ދުރުމިނެއްތޯ؟
3.25. އެތަނުގެ އަލިކަން ހުރި ގޮތަކީ ކޮބާތޯ؟
4.25. ހުރަސްވެގެންދާ އެއްޗަކުން ނޫނީ އެނޫން އެހެންމީހަކު އެދެމެދަށް ވަނުމުގެ ސަބަބުން ހެކިބަސްދޭ މިހާއާއި މުއްތަހަމާއި ދެމެދު ފަރުދާވެގެންދިޔަތޯ؟
5.25. އޭގެ ކުރިން އެއްވެސް އިރެއްގައި ހެކިބަސްދޭ މީހާއަށް މުއްތަހަމު ފެނިދެނިވެ އެގިފައިވޭތޯ؟ މިގޮތުން މުއްތަހަމާއި ކިހާ އަވަސްއަވަހަކަށް ދިމާވޭތޯ؟ ހާލުހާލުން ދިމާވާ މީހެއްނަމަ، މުއްތަހަމަކީ ކާކުކަން އެގެންޖެހޭ ވަކި ޚާއްޞަ ސަބަބެއް އެބައޮތްތޯ؟
6.25. ކުށުގެ ހާދިޘާގެ ތެރެއިން މުއްތަހަމު ފެނުމާއި އޭނާގެ މަޢުލޫމާތު ފުލުހުންނަށް ކިޔައިދިނުމާއި އަދި އޭނާ ފުރަތަމަ ހެކިބަސްދޭ މީހާގެ ކުރިމައްޗަށް ޙާޟިރު ކުރެވުމާއި ދެމެދު ކިހާ ދުވަހެއް ފާއިތުވެފައިވޭތޯ ؟ މިފަދަ އެތައްއެތައް ސުވާލެއްކޮށް ހެކިބަސްދޭ މީހާ މުއްތަހަމު ދެނެގަތް ގޮތް ފަނޑިޔާރު ސާފުކުރަންޖެހޭނެ ކަމަށް ދެކެމެވެ. ސަބަބަކީ، ކުށްކުރި މީހާއަކީ ކާކުކަން ބުނެދިނުމުގައި ހެކިބަސްދޭ ގޮތުން އޭނާގެ ބަސް ވަރަށް ބޮޑަށް ޤަބޫލުކުރެވުމުގެ ފުރުޞަތު އޮތަސް، ހަމަ އެކިޔައިދޭ ވާހަކައިގައި ކުށެއް އޮތުމަކީ ވެދާނެ ކަމަކަށް ޓަކައެވެ. މިގޮތުން ހެކިބަސްދޭ އެކަކަށްވުރެ ގިނަ މީހުންނަކީވެސް މިފަދަ ކުށްގޮތެއްގައި ހެކިބަސްދޭ ބަޔަކަށް ވެދާނެ ކަމަށްޓަކައެވެ. އެހެނީ، ބައެއްފަހަރަށް ފެންނަ ފެނުމަށ ގާތް މީހުން ރައްޓެހި ރަޙްމަތެރިން ވެސް އޮޅޭގޮތް ދިމާވާތީއެވެ. ވަރަށް ގާތް ދަންނަ މީހެއްކަމަށް ހަމަ ރނަ ގަޅަށް ޤަބޫލުކުރެވިގެން، ވާހަކައެއް ފަށާތަނުނ އެއް އަސްލު އެރަޙްމަތެރިޔާ ނޫންކަން ފަހުން އެނގިގެން ދާތަން ދިމާވެއެވެ. ވީމާ، ބައެއް ޙާލަތުގައި މީހުން ސިފަ ކޮށްދިނުމުގައި ލޯ ކުށް ކުރެއެވެ.
26ނަމަވެސް، މިމައްސަލައިގައި، ޙާދިޘާ ހިނގިތަނުގައި އަލިކަން ހުރި ގޮތާއި ބެހޭ ގޮތުން ހެކިބަސް ދިން ދެހެކިންގެ ތަފާތު ހުރިނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދަނީ ޞަފްވާން ޒާހިރަކީ ކާކުކަން ދެނެގަތް ގޮތާމެދުގައެއް ނޫނެވެ. ހެކިބަސްދިން ދެހެކިން ޙާދިޘާ ހިނގިތަނުގައި މުޢާމަލާތު ކުރީ ޞަފްވާން ޒާހިރުއާ ކަމާމެދު އެއްވެސް ޝައްކެއް ނުކުރެއެވެ. އަދި އެކަމާމެދު ޞަފްވާން ޒާހިރުވެސް ޝައްކެއް ނުއުފައްދައެވެ. ޙާދިޘާ ހިނގިތަނުގައި ހެކިބަސްދިން ފުލުހުން ސުވާލުކުރީ ތިމަންނައަކ ނޫނާ އެއީ ކޮންމެވެސް އެހެން މީހެކޭ ބުނެ ޞަފްވާން ޒާހިރު ސުވާލެއް ނުއުފައްދައެވެ. ވީމާ ޙާދިޘާ ހިނގިތަނުގައި ހުރި އަލިކަމާބެހޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ސުވާލަކީ އެކަމުގެ ސަބަބުން މައްސަލައިގެ ޖައުހަރަށް ހަލަލެއް ގެނުވާނެ ސުވާލެއް ނޫނެވެ.
27ޞަފްވާން ޒާހިރު ސުވާލު އުފައްދަނީ ޙާދިޘާ ހިނގިތަނުނ ފެނުނުކަމަށް ބަޔާންކުރާ މަސްތުވާތަކެއްޗާއި ޞަފްވާން ޒާހިރުއާ ގުޅުވަނީ ކީއްވެހޭ؟ އެކަމަށް އޮތް ހެއްކަކީ ކޮބާހޭ ބުނެއެވެ. މަސްތުވާ ތަކެތި ނަންރީތިގޭ ފާރުމަތީގައި ފުރަތަމަ ބެހެއްޓި މީހަކީ ކާކުހޭ؟ އެމީހަކީ ކާކުކަން ފުލުހުންނަކަށް ނޭނގޭނޫންހޭ ބުނެއެވެ. އެފޮށިގަނޑު ނަންރީތިގޭ ފާރުމަތީގައ ހުއްޓި އެތަނަށް އެފޮށިގަނޑު ބަލައި މީހަކު ދާނެކަން ފުލުހުންނަށް ނޭނގޭ ނޫންހޭ؟ އަދި އެފޮށިގަނޑުގައ ހުރި ކޮންއެއްޗެއްކަންވެސ ފުލުހުންނަށް ނޭނގޭނޫންހޭ؟ މިއިން އެއްވެސް ސުވާލަކީ އެތަނުގެ އަލިކަން ހުރިގޮތާއި ގުޅުވޭ ސުވާލެއް ނޫނެވެ. ޞަފްވާން ޒާހިރުގެ ފަރާތުން މިފަދައިން ސުވާލު އުފައްދާއިރު މިއިން އެއްވެސް ކަމެއް ބަޔާން ކޮށްދިނުމަކާއި ނުލައި ފުލުހުންގެ ތަޙްޤީޤްގައި އޭނާ ހުރީ ހަނެވެ.
28ޕްރިސިޑެންސް 6މަސްތުވާތަކެތި ހުރިކަމަށް ބަޔާންކުރާ ފޮށިގނަ ޑު ނަންރީތިގޭ ފާރުމަތީގައ ބެހެއްޓި އަސްލުމީހަކީ ކާކުތޯ އެއީ ފުލުހުން މިމައްސަލައިގައި ސާބިތުކޮށްދޭންޖެހޭ ޙަޤީޤަތެއް ނޫނެވެ. ސަބަބަކީ، އެފޮށިގަނޑު ނަންރީތިގޭ ފާރުމަތީގައި ކޮންމެ މީހަކު ބެހެއްޓިނަމަވެސް، އެފޮށިގަނޑު ފާރުމަތިން ނެގީ ޞަފްވާން ޒާހިރުކަން ހެކިބަސްދިން ފުލުހުންގެ ހެކިބަހުން ސފުވާތީއެވާ. ފުލުހުން ހެކިބަސް ދެމުން ބުނެފައިވަނީ؛ "...ޞަފްވާން ޒާހިރު ހޯދަމުން ދަނިކޮށް އަޅުގަނޑުމެންނަށް ޞަފްވާން ޒާހިރު ފެނުނީ އަޅުގަނޑު ހަދާންވާގޮތުން ނަންރީތިގެ ކިޔާ ގެއެއް ކައިރިން. ގަބުރުސްތާނު ކައިރީގަ ހުންނަ ގެއެއް އެއީ. ޞަފްވާން ޒާހިރު އެތަނަށް އައީ ސައިކަލެއްގަ. ސައިކަލެއްގަ އައިސް ސައިކަލުން ފައިބާ ފާރުމަތ އޮތީ ކުޑަކުޑަފޮއްޓެއް ނެގިތަނުނ ޞަފްވާން ޒާހިރަށް އަޅުގަނޑުމެން ފުލުހުން ފެނުނު.ފެނުމުން ހަމަ އެތާގަ ފޮށިގަނޑު ބާއްވާފަ އަނބުރާ ސައިކަލަށް އެރީ، އެވަގުތު އަޅުގަނޑާއެކ ހުރު ޕޮލިސް ސްޓާފްސަޖަންޓ މުޙައްމަދް އާސިމް ޞަފްވާން ޒާހިރު ހުއްޓުވީ...."(މުންޒިރު މުޙައްމަދުގެ ހެކިބަސް) އަދި ހެކިބަސްދިން އަނެއް ހެކިވެރިޔާ ބުނެފައިވަނީ؛ "...އަޅުގަނޑުމެނ ޞަފްވާން ޒާހިރު ހޯދަމުން ދިޔައީ. ދިޔަ ދިޔުމުގައި އަޅުގަނޑުމެންނަށް ޞަފްވާން ޒާހިރު ފެނިފައިވަނީ ނަންރީތިގޭ ފާރު ކައިރިއަށް ސައިކަލެއްގަ އައިސް މަޑުކޮށްލިތަން. އަޅުގަނޑުމެންނަށް ފެނުނުއިރު ޞަފްވާން ޒާހިރު ނަންރީތިގެ ފާރުމަތީގައި ހުރި ކުޑަފޮށިގަނޑެއް އަތަށްނގެ މަންޒަރު އަޅުގަނޑު ދުށިން. އެއަށްފަހު އެފޮށިގަނޑު އަޅުގަނޑުމެން ފެނުނީމަކަމަށް ޤަބޫލުކުރެވެނީ ފޮށިގަނޑު ދޫކޮށްލާފަ އަވަސްކޮށްލާފަ ސައިކަލަށް އަރައިގެން ދާން އުޅުނީ. އެވަގުތު އަޅުގަނޑު ޞަފްވާން ޒާހިރު ހުއްޓުވިން..."(މުޙައްމަދު އާސިމްގެ ހެކިބަސް) މިފަދައިންނެވެ. ވީމާ، ޞަފްވާން ޒާހިރުގެ ޒިންމާއަކީ، އެފޮށިގަނޑު ޞަފްވާން ޒާހިރު އެތަނުން ނެގިނަމަވެސް އެއީ އޭނާގެ ފޮށިގަނޑެއްނޫންކަމާއި އެފޮށިގަނޑު ނަންރީތިގެ ފާރުމަތީގައ ބެހެއްޓި މީހަކީ މިވެނި މީހެއްކަން ދިފާޢުގެ މަގުން ބުނެދީ ސާބިތުކޮށްދިނުމެވެ.
29ނަންރީތިގެ ފާރުމަތީގައ ހުރި ފޮށިގަނޑެއް ވަކި މީހަކު ބަލައިދާނެކަނ ފުލުހުންނަށް އެނގެންޖެހޭތޯ ބަލާއިރު، މިމައްސަލައިގައި ނަންރީތިގެ ފާރުމަތީގައި ފޮށިގނަ ޑެއް ހުރިކަމުގެ އިންޓެލިޖެންސް ފުލުހުން ދީފައެއް ނެތެވެ. އަދި އެފޮށިގނަ ޑު ބަލައިދާނެ މީހަކީ ވަކި މީހެއްކަންވެސް ފުލުހުންގެ އިންޓެލިޖެންސްއިން ބަޔާންކޮށްދީފައެއް ނެތެވެ. ފުލުހުންގެ އިންޓެލިޖެންސް އިން މަޢުލޫމާތުދިނީ، ޞަފްވާން ޒާހިރު ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ތ.ދިޔަމިގިލީގައި ކުރާކަމެވެ. އެމަޢުލޫމާތު 26 އޮކްޓބަރޫ 2019 ގައި، ލިބުމުން، ތ.މަޑިފުށިން ފުލުހުންގެ ޓީމެއް ތ.ދިޔަމިގިއްޔަށް ދިޔައީ ޞަފްވާން ޒާހިރު ހޯދަންކަން އެނގެއެވެ. މުންޒިރު މުޙައްމަދު 13 ޖަނަވަރީ 2021 ގައި ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓަށް ދިން ހެކިބަސް މުޙައްމަދު އާސިމް 13 ޖަނަވަރީ 2021 ގައި ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓަށް ދިން ހެކިބަސް
30ފުލުހުން ތ.ދިޔަމިގިއްޔަށްގޮސ ޞަފްވާން ޒާހިރު ހޯދު މުމުގެ މަސައްކަތްކުރަމުންދަނިކޮށް، ތ.ދިޔަމިގިލީ ނަންރީތިގެ ކައިރިއަށް ސައިކަލެއްގައި އައިސް މަޑުކުރި މީހަކީޞަފްވާން ޒާހިރެވެ. ސައިކަލުން ފައިބައިގެން ގޮސް ނަންރީތިގެ ފާރުމަތީގައ އޮތި ކުޑަ ފޮށިގަނޑެއް ނެގީ ޞަފްވާން ޒާހިރެވެ. ފުލުހުން ފެނުމުން އެފޮށިގަނޑު ފާރުމަތީގައ ބަހައްޓާފައި ސައިކަލަށް އަރައިގެން އެނބުރިދާނ މަސައްކަތް ކުރް ޞަފްވާން ޒާހިރެވެ. އެވަގުތު ފުލުހުން ޞަފްވާން ޒާހިރު ހިފެހެއްޓީއެވެ. ވީމާ، މިއީ ނަންރީތިގެ ފާރުމަތީގައި ހުރި ފޮށިގަނޑެއް ވަކި މީހަކު ބަލައިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ މަހައްލެއް ނޫނެވެ. އެފޮށިގަނޑު ބަލައި ދިޔަ މީހާއާއި ފުލުހުންނާ އެއޮތީ ދިމާވެފައެވެ.
31ޕްރިސިޑެންސް 7ފޮށިގަނޑުގައި ހުރި މަސްތުވާތަކެތިކަން ފުލުހުންނަށް ނނ ގޭކަމަށްބުނެ އުފައްދާ ސުވާލާއި ގުޅިގެން ބަލާއިރު، ފުލުހުން ތ.ދިޔަމިގިއްޔަށްދިޔައީ ފުލުހުންގެ އިންޓެލިޖންސުނެ ދިން މަޢުލޫމާތަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ގެންގުޅޭ މީހަކީ ޞަފްވާން ޒާހިރުކަމަށް ފުލުހުންގެ އިންޓެލިޖެންސް އިން މަޢުލޫމާތު ދެއެވެ. ފުލުހުން ތ.ދިޔަމިގިއްޔަށް ދިޔައީ ޞަފްވާން ޒާހިރު ހޯދުމަށެވެ. އޭނާ ހޯދަމުން ދަނިކޮށް، ނަންރީތިގެ ފާރުމަތީގައި ހުރި ކުޑަފޮށިގަނޑެއް އޭނާ ނެގި މަންޒަރު ފެނުމުން، އޭނާގެ އެ ޢަމަލާއި ޙަރަކާތްތާމެދު ފުލުހނު ސުވާލު ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އެއޮތީ އުފަންވެއެވެ. އެހާތަނުނ ޞަފްވާން ޒާހިރު ހުއްޓުވައި އެފޮށިގަނޑުގައ ހުރި ކޮންއެއްޗެއްތޯ ބެލުމަކީ ސަބަބުވެރި ހަމައަކުން ކަންކުރާނެ ފުލުހަކު ކަންކުރާނެ ގޮތެވެ. އެފޮށިގަނޑުގައ ހުރި އެއްޗަކީ މަސްތުވާތަކެއްޗަށް ނުވަތަ ކުށަކަށް ޝައްކުކުރަންޖެހޭ ބާވަތެއްގެ އެއްޗެއް ނޫންނަމަ، އެހިސާބުން އެކަން އެނިމުނީއެވެ. އެފޮށިގަނޑާއި ޞަފްވާން ޒާހިރާއ ކުށަކާއި ގުޅުވޭނެ ގޮތެއް ނޯންނާނެއެވެ. ނަމަވެސް ފުލުހުން ޞަފްވާން ޒާހިރު ހިފެހެއްޓުމަށްފަހު، އޭނާގެ ހާޟިރުގައި އެފޮށިގަނޑު ކަނޑާ ބެލިއިރު ފެނުނީ ކަޅުކުލައިގެ ޓޭޕް އޮޅާފައ އޮތި ތިން ރަބަރު ޕެކެޓެވެ. ފަހުން އެތަކެތި ތަހުލީލު ކުރުމުން އެއީ ޑައިމޯފިންކަން ތަހުލީލުން ދެއްކިއެވެ.
32ދެން އޮތް ސުވާލަކީ، އެފޮށިގަނޑު ފާރުމަތިން ނެގުން ފިޔަވައި، އެފޮށިގނަ ޑުގައ ހުރި މަސްތުވާތަކެއްޗާއި ޞަފްވާން ޒާހިރުއާ ގުޅުވާލެވޭ އެއްވެސް އިތުރު ހެއްކެއް އެބަހުރިހޭ؟ އަހުރެންހިތުން، މިމައްސަލައިގައި ޞަފްވާން ޒާހިރު ކަންކުރި ގޮތް އެއީ މި މަސްތުވާތަކެއްޗާއި ޞަފްވާން ޒާހިރުއާ ގުޅުވާލެވޭ ހަރުދަނާ ޤަރީނާތަކެވެ. މިގޮތުން، ފުރަތަމަ ކަމަކަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތުގައި ތ.ދިޔަމިގިލީގައި މަސްތުވާތަކެތީގެ ވިޔަފާރި ޞަފްވާން ޒާހިރު ކުރާކަމަށް ބަޔާންކުރި ކުރުން ހިމެނެއެވެ. ތ.ދިޔަމިގިއްޔަކީ ޞަފްވާން ޒާހިރު އެކަނި ދިރިއުޅޭ ރަށެއް ނޫންކަމަށްވާއިރު، ޞަފްވާން ޒާހިރުގެ މައްޗަށް މިފަދަ ތުހުމަތެއް ކުރަންޖެހުން އެއީ އެއްސަބަބެވެ. ދެވަނަ ކަމަކަށް، ޞަފްވާން ޒާހިރު އެފޮށިގަނޑު ނަންރީތިގެ ފާރުމަތިން ނެގުމަފަހު އެފޮށިގަނޑު ފާރުމަތީގައި އަލުން ބެހެއްޓީ ފުލުހުން ފެނުމުންކަމަށް ޤަބޫލު ކުރެވޭކަމަށް ހެކިބަސް ދިން ފުލުހުން ބުނެއެވެ. އެފޮށިގަނޑުގެ ޚަބަރު ޞަފްވާން ޒާހިރުއަށ ކުރިން އެނގިފައި ނެތްނަމަ ފުލުހުން ފެނިގެން އެފޮށިގަނޑު ބަހައްޓަންޖެހޭ ސަބަބެއް ނެތެވެ. އަދި ފުލުހުން ނުފެނުނަސް އެފޮށިގަނޑު ބަހައްޓަންޖެހޭ ސަބަބެއް ނެތެވެ. އެފޮށިގަނޑު އެތަނުން ނެގުމަށްފަހު އޭގެ ޚަބަރު ނުބަލާ އެފޮށިގަނޑު އެތަނަށް ދޫކޮށްލި ދޫކޮށްލުމަކީ އެފޮށިގަނޑުގެ ޚަބަރު ޞަފްވާން ޒާހިރުގެ ކިބައިގައި ކުރިން ހުރިކަން އަންގައިދޭ ޤަރީނާއެކެވެ. މިކަމަށް ބާރުދޭ އަނެއްކަމަކީ، ސައިލަކަށ އަރައިގެން އަވަހަށް ދާން އުޅުނު އުޅުމެވެ.
33ޕްރިސިޑެންސް 5ވީމާ މިމައްސަލައިގައި ޞަފްވާން ޒާހިރުއާ މަސްތުވާތަކެއްޗާއި ގުޅުވާލެވޭނެ އިތުރު ޤަރިނާތައް އެބަހުއްޓެވެ. އިބްރާހިމް ނާފިޛް ޤަޟިއްޔާއިން ބަޔާންކުރަނީ؛ "ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިން ނިންމާފައިވާ، އަދި އިސްވެ ބަޔާންވެދިޔަ ގަޒިއްޔާތަކުގައި ނިންމަވާފައިވާ ނިންމެވުންތަކަށް ބަލާއިރު، ޤާނޫނު ނަންބަރު:77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެންނަ ހިނދު، އެ މާއްދާގެ ދަށުން ކުށް ސާބިތުވާނީ އެ މަސްތުވާ އެއްޗަކާއި އެމީހާއާ ގުޅޭ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ނުވަތަ މޯޓިވްއެއ ނުވަތް އޭނާގެ އަތުގައި އެއެއްޗެއް އޮތްކަން އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންނެވެ. އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށް ބަލާއިރު ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިއާޔަތް ކުރާއިރު ކޯޓުތަކުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި ފަނޑިޔާރުން ބަޔާންކުރައްވާފައިވާ މި ރައުޔަށް ތާއީދު ކުރެވެއެވެ."
34މަތީގައި ޙަވާލާދެވޭ ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލާއިއެކު އިސްތިއުނާފުކޮށްފައިވާ މައްސަލައަށް ބަލާއިރު، މިމައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ހިޔާޒަތާއި އެ މަސްތުވާ އެއްޗަކާއި ޞަފްވާން ޒާހިރުއާ ގުޅޭ އިތުރު ގަރީނާތަކާއި އަދި މޯޓިވ އޮތްކަން ކުރިން ބަޔާން ކުރެވުން ކަންތައްތަކުން ސާފުކޮށް ދޭހަކޮށްދެއެވެ.
35އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން ކޮޅުމަޑުލު ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 21/N4C/2019 ޤޟިއްޔާގައަ ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛
36ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.
37ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އިބްރާހީމް ނާފިޛް) ޤަޟިއްޔާގެ 28 ވަނަ ނުކުތާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ)، (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 198 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 21/2020 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ގަވާއިދު ނަންބަރު 2021-01-REG-SC (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު) ގެ 118 ވަނަ މާއްދާގެ (ށ)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ (ނާފިޛް ޤަޟިއްޔާގެ ޢިބާރާތުގައި)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ނާފިޛް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/21 (އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް