ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/596
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޝިފާން ޒުފްރަތު، 2019/HC-A/596
Prosecutor General v. Shifaan Zufrathu 2019/HC-A/596 (2019/HC-A/596, High Court of the Maldives, 13 December 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޝިފާން ޒުފްރަތު
މައްސަލައިގެ ޚުލާޞާ
ހިފަހައްޓައި ބަލައިފާސްކުރަން އުޅުނު މީހަކީ ތުހުމަތުކުރެވޭ ފަރާތްކަން ނުވަތަ އެހެން މީހެއްކަން އެކަށީގެންވާ ޝައްކު ފިލާ މިންވަރަށް ސާބިތުނުވާތީ، ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ.
ފުލުހުން ހުއްޓުވައި ބަލައިފާސްކުރަން އުޅުނުއިރު ފުލުހެއްގެ މޭމަތީގައި ތަޅައި މާރާމާރީ ހިންގި ކަމަށް ބުނެ، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުރިއެވެ.
އަނިޔާކުރުމުގެ ދަޢުވާ ސާބިތުނުވިނަމަވެސް ޖެހުމުގެ ކުށް ސާބިތުވާތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން އެ ކުށަށް އަދަބު ކަނޑައަޅަންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ. ޢަމަލު ހިންގީ އޭނާ ނޫން، އެހެން މީހަކު އެކަމަށް އިޢުތިރާފުވެފައިވާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުންޏެވެ.
މައިގަނޑު ސުވާލު
ފުލުހަކަށް އަނިޔާކުރުމުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުގައި، ޖެހުމުގެ ކުށް ހެކިބަހުން ސާބިތުވާއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ދަޢުވާނުކުރާ އެ ކުށަށް އަދަބު ކަނޑައަޅަންޖެހޭތޯ، އަދި ކުށް ކުރި މީހާގެ ހުވިޔާއާމެދު އެކަށީގެންވާ ޝައްކު އުފެދިފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދިފާޢީ ހެކިބަހުން ހުވިޔާއާމެދު އެކަށީގެންވާ ޝައްކު އުފެދި، އެ ޝައްކު ފިލުވުމުގެ ޒިންމާ ދައުލަތަށް ނުއުފުލުނެވެ. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާއަކީ އިޚްތިޔާރީ މާއްދާއަކަށްވާތީ އަދި ޢަމަލު ހިންގީ ތުހުމަތުކުރެވޭ ފަރާތްކަން ސާބިތުނުވާތީ ދަށުކޯޓުގެ ޙުކުމް ރަނގަޅުނޫން ކަމަށް ބަލަންޖެހޭ ސަބަބެއް ނުފެނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުކުރެވޭ ފަރާތުގެ ދިފާޢީ ހެކިންގެ ހެކިބަހުން ކުށުގެ ޢަމަލު ހިންގި މީހަކީ ކާކުކަމާމެދު ސުވާލު އުފެދިއްޖެނަމަ، އެ ޝައްކު ފިލުވައިދިނުމުގެ ޒިންމާ އޮތީ ދައުލަތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅަންވާނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އެކަން ސާބިތުވެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢުވުމުންނެވެ. އެހެން ސާބިތު ނުކުރެވޭހާ ހިނދަކު ކޮންމެ މީހަކީ ކުށުން ބަރީއަވެގެންވާ މީހެއްކަމުގައި ބެލުމުގެ ޙައްޤު ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ދައުލަތުގެ ހެކިން ތުހުމަތުކުރެވޭ މީހާ ދެނެގަނެފައިވިނަމަވެސް، ފުލުހުން ހުއްޓުވި ވަގުތު ފިލައިގެން ދިޔައީ އެހެން މީހެއްކަން ދިފާޢީ ހެކިންގެ ހެކިބަހުން އެނގެން އޮތްނަމަ، ޢަމަލު ހިންގި މީހާގެ ހުވިޔާއާމެދު އެކަށީގެންވާ ޝައްކެއް އުފެދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24)
- ޖިނާއީ މައްސަލަތަކުގައި ކޮންމެ ކުށަކަށް ވަކި ދަޢުވާއެއް ކުރަންވާނެއެވެ. ދަޢުވާ ނުކުރާ ކުށަކަށް އަދަބު ކަނޑައެޅުމަކީ ޢާންމު އުޞޫލުން ކުރެވޭނެ ކަމެއް ނޫނެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ޙާލަތްތަކުގައި އެކަން ކުރެވޭނީ، ދަޢުވާނުކުރާ ކުށަކީ ދަޢުވާކުރި ކުށުގެ ޢަމަލުން (އުންޞުރުތަކުން) ސާބިތުވާ ކުށަކަށްވެ، ދަޢުވާކުރި ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުން އެ ކުށް ސާބިތުވާ ޙާލަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) އިން ދަޢުވާނުކުރާ ކުށަކަށް އަދަބު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެކެވެ. އެއީ ފަނޑިޔާރުގެ މައްޗަށް ލާޒިމްކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު C/2017-Cr/45 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބޭ ލަފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، ޝިފާން ޒުފްރަތުއެވެ.
212 ސެޕްޓެންބަރު 2016 ވަނަ ދުވަހުގެ 04:25 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ވަގުތު، ޝިފާން ޒުފްރަތު، އިތުރު މީހަކާއެކު ހިތިގަސްމަގުން ހުޅަނގުން އިރަށް ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ދާން އުޅުމުން، ފުލުހުން މމީހުން ދ އ ވަން އިން ސައިކަލު ކުރިމައްޗަށް އަރައި މަޑުކުރުވުމަށްފަހު، މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މީނާގެ ހަށިގަނޑު ބަލައިފާސްކުރަން އުޅުމުން، މީނާ ފުލުހުންނަށް ގަދަ ދައްކައި، ފުލުހުންގެ ބެލުމުގެ ދަށުން ފިލައިގެން ދާން މަސައްކަތްކޮށް، މީނާގެ ހަށިގަނޑު ބަލައިފާސްކުރަން އުޅުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އިޔާޒު ރަޝީދުގެ މޭމަތީގައި ތަޅައި މާރާމާރީ ހިންގާފައިވާތީ ޤާނޫނު ނަންބަރު 0142/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގ 120 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޝިފާން ޒުފްރަތުގެ މައްޗަށް އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ޝިފާން ޒުފްރަތުގެ މައްޗަށް ކޮށްފައިވެއެވެ.
3އެ ދަޢުވާ ކްރިމިނަލް ކޯޓުގެ ނަންބަރު C/2017-Cr/45 ޤަޟިއްޔާ އިން ބަލައި ޙުކުމްކޮށްފައިވަނީ؛ "ދެންފަހެ، ދައުލަތުނަ މާލެ،ޝިފާން ޒުފްރަތުގެ މައްޗަށް ކުޅަ އަނިޔާއެއްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިއިރު، ޝިފާން ޒުފްރަތު، 12 ސެޕްޓެމްބަރު 2016 ވަނަ ދުވަހުގެ 04:25 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ވަގުތު، މީނާ އިތުރު މީހަކާއެކު ހިތިގަސްމަގުން ހުޅަނގުން، އިރަށް ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ދާން އުޅުމުން، ފުލުހުން މިމީހުން ދުއްވނަ އިން ސައިކަލު ކުރިމައްޗަށް އަރައި މަޑުކުރުވުމަށްފަހު، މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މީނާގެ ހަށިގަނޑު ބަލާފާސްކުރަން އުޅުމުން، މީނާ ފުލުހުންނަށް ގަދަ ދައްކައި، ފުލުހުންގެ ބެލުމުގެ ދަށުން ދާން މަސައްކަތްކޮށް ފިލައިގެން ދާން މަސައްކަތްކޮށް މީނާގެ ހަށިގަނޑު ބަލައިފާސްކުރަން އުޅުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އިޔާޒު ރަޝީދުގެ މޭމަތީގައި ތަޅައި މާރާމާރީ ހިނގާފައިވާކަމަށް ބުނެ ދައުލަތުން ކުޅަ ދަޢުވާއަށް އިންކާރުކޮށްފައިވާއިރު، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހނު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ، […] ޝިފާން ޒުފުރަތުގެ މައްޗަށް ދައުލަތުން ކުޅަ އަނިޔާއެއްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ޙުކުމްކޮށް މިޤަޟިއްޔ ނިންމީއެވެ." މި ފަދައިންނެވެ.
4ކްރިމިނަލް ކޯޓުގެ ނަންބަރު C/2017-Cr/45 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައިފައިވެއެވެ.
1.4 މި މައްސަލައިގައި އަނިޔާއެއްދިނުމުގެ ކުށުގެ ދަޢުވާ ސާބިތުވާ މިންވަރަށް ހެކިޤަރީނާ ލިބިފައިނުވި ނަމަވެސް ޖެހުމުގެ ކުށް ސާބިތުކުރުމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ހެކި ޤަރީނާ ލިބިފައިވާއިރު، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5ދައުލަތުން ޝިފާން ޒުފްރަތުގެ މައްޗަށް ހުށަހެޅި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން 04 ޝަފަހީ ހެކިންނާއި، ސީން އޮފް ކްރައިމް އޮފިސަސްގެ ރިޕޯޓް ހުށަހަޅާފައިވާނެ ކަމަށާއި، އެހެކިންގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް އޔާޒި ރަޝީދުއާއި ޕޮލިސް ކޮންސްޓަބަލް އިސްމާޢީލް ނާސިޙގު ބަހުން މި މައްސަލައިގެ ޙާދިޘާ ހިނގިރޭ ޝިފާން ޒުފުރަތު ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ބަލާ ފާސްކުރަން އުޅެނިކޮށް އެކަންކުރަން އުޅުނު ޕޮލިސް ކޮންސަޓަބަލް އިޔާޒް ރަޝީދުގެ މޭމަތީގައާއި ބަޑުގައި ހަތަރެއް ނުވަތަ ފަސްވަރަކަށް ފަހަރު ޝިފާން ޒުފްރަތު ޖެހިކަމާއި، އަދި އިޔާޒު ރަޝީދުގެ ގައިގައި ޝިފާން ޒުފްރަތު ޖެހިތަން ދުށް ކަމަށް އިސްމާޢީލް ނާސިޙް ބުނެފައިވާ ކަމާއި، ދިފާޢީ ހެކީގެ ގޮތުގައި ހުށަހެޅުނު ޙަސަން ޔާސީނއާ މުޙައްމަދު އަރުޝަދުގެ ބަހުން އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ މުޙައްމަދު އަރުޝަދު ކަމަށް ބުނެފައި ވީނަމަވެސް މި ހެކިންގެ ހެކިބަހަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީކުރެވޭފަދަ ހެއްކަކަށް ނުވާތީ އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ހުކުމް ބާޠިލްކަމަށް ކަނޑައަޅައި ދިނުމާއެކު، ދައުލަތުން ޝިފާން ޒުފްރަތުގެ މައްޗަށް ޖެހުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވެއެވެ.
6މި މައްސަލައިގައި ޝިފާން ޒުފްރަތުގެ މައްޗަށް ދަޢުވާކޮށްފައިވަނީ އަނިޔާއެއްދިނުމުގެ ކުށުގެ ދަޢުވާކަމަށްވީ ނަމަވެސް މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވަނީ ޖެހުމުގެ ކުށް ކަމާއި، އެޙާލަތުގައި، ޖެހުމުގެ ކުށުގެ ދަޢުވާއަކީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމުގައި ނުވިނަމަވެސް، އެކުށަކީ އޭނާގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށުގެ ޢަމަލުން ފުރިހަމަވާ ކުށެއް ކަމުގައިވާނަމަ، އޭނާގެ މައްޗަށް ޝަރީޢަތުގައި ސާބިތުވާ ކުށަށް އަދަބު ކަނޑައެޅިދާނެކަން ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއިން އެނގޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފުރައްދުވި ފަރާތުގެ ޖަވާބު:
7މި މައްސަލައިގެ އިސްތިއުނާފުރައްދުވާ ޝިފާން ޒުފްރަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެހާދިސާ ހިނގިކަމަށް ބުނާ ރޭ ސައިކަލު ދުއްވުމަށއި، ފިލާފައިވަނީ އޭނާ ނޫންކަން ދަށު ކޯޓުގައި ކަށަވަރުކޮށްދެވިފައިވާ ކަމަށާއި މި މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ރައްޓެހިވެގެން އުޅުނު ކއްޖު (މިހާރު އަންހެނުން)ގެ ގެ ކައިރީގައި އޮތް ޕިކަޕެއްގެ ކައިރީގައި އިށީންދެލައިގެން ސިނގިރޭޓެއް ބޯން ހުއްޓާ ކަމަށާއި، ޝިފާން ޒުފުރަތު ކަމަށް ހީކޮށް އެހެން މީހަކު ވެހިކަލަށް އެރުވި ކަމަށް ފުލުހުން ވެސް ހެކިބަސްދެމުން ބުނެފައިވާ ކަމަށާއި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެއީ އޭނާކަން ކަށަވަރުކޮށްދެވިފައިނުވާ ކަމަށާއި، އަދި ދަށު ކޯޓުގައި ހެކިބަސްދީފައިވާ މުޙައްމަދު އަރުޝަދު އެކަން ހިނގި ގޮތް ކިޔައިދީ އެކަމަށް އިޢުތިރާފު ވެފައިވާ ކަމަށާއިއަދިމުޙައްމަދު އަރުޝަދާ އެއްކޮށް ސައިކަލުގއަ ދުއްވަން އިން ފަރާތުންވެސް، އޭނާގެ ފަހަތުގައި އިނީ މުޙައްމަދު އަރުޝަދު ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައިވާ ކަމަށާއި، މި މައްސަލައިގައި މީނާ އެދޭގޮތަކީ އޭނާއަކީ ކުރިން ކުށުގެ ވެށީގައި އުޅެވުނު މީހެއް ނަމަވެސް މިހާރު ބޭނުންވަނީ އިސްލާޙުވެ ރަނގަޅަށް އުޅެން ކަމަށާއި، ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ހާލަތެއްގައިވެސް ޖޫރިމަނާ ކުރުމަށް ޙުކުމްކޮށްދިނުމަށް އެދޭ ކަމަށެވެ.
812 ސެޕްޓެމްބަރު 2016 ވަނަ ދުވަހުގެ 04:25 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ވަގުތު، ޝިފާން ޒުފްރަތު، އިތުރު މީހަކާއެކު ހިތިގަސްމަގުން ހުޅަނގުން، އިރަށް ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ދާން އުޅުމުން، ފުލުހުން މީނާ ދުއްވުން އ ނ ސައިކަލުގެ ކުރިމައްޗަށް އަރައި މަޑުކުރުވުމަށްފަހު، ފުލުހުންގެ ބެލުމުގެދަށަށް މީނާ ގެންގޮސް، މީނާގެ ހަށިގަނޑު ބަލާފާސްކުރަން އުޅުމުން،ފުލުހުންނަށް ގަދަދައްކައި، ފުލުހުންގެ ބެލުމުގެ ދަށުން ދާން މަސައްކަތްކޮށް، މީނާ ބަލައިފާސްކުރަން އުޅުނު އިޔާޒް ރަޝީދުގެ ގައިގާ ޖަހާފައިވާ ކަމަށް ބުނެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޝިފާން ޒުފްރަތުގެ މައްޗަށް ހުށަހެޅި އަނިޔާއެއްދިނުމުގެ ކުށުގެ ދަޢުވާއަށް އިންކާރުކޮށްފައިވުން؛
9ދައުލަތުން ހުށަހެޅި ހެކިންނާއި ދިފާއީ ހެކިން ދީފައިވާ ހެކިބަހުގެ މައްޗަށް ރިއާޔަތްކުރާއިރު، މިޙާދިސާއާ ގުޅިގެން ޝިފާން ޒުފްރަތު ނަމަކަށް ކިޔާމީހަކު ކެފޭ އޯކޭ ކަރިއިން ސައިކަލެއްގައި ދަނިކޮށް ހިފެހެއްޓުނުކަމަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އިސްމާޢީލް ނާޞިޙުއާއި އިޔާޒް ރަޝީދު ބުނެފައިވާކަމާއި، އަދި އެ ސައިކަލު ދުއްވަންހުރި ފަރާތަކީ ޝިފާން ޒުފްރަތުކަމަށް އެހެކިން ހެކިބަސް ދީފައިވާއިރު، ޝިފާން ޒުފުރަތު ދުއްވަންހުރި ސައިކަލުގެ ފަހަތުގައި ހުރި ފަރާތަކީ ދަފްތަރު ނަންބަރު 1326، ޙަސަން ޔާސީން ނަމަކަށް ކިޔާ މީހެއްކަން އެ ހެކިންގެ ބަހުން އެނގެން އޮތް ނަމަވެސް މިމައްސަލައިގެ ތަޙްޤީޤުގައި ޙަސަން ޔާސީން ހަނުހުރުމުގެ ޙައްޤުގެ ބޭނުންކޮށްފައިވާ ކަމާއި،އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ޔާސީން ހެކިބަސް އަދާކޮށްފައިވާ ގޮތަށް ބަލާއިރު، ޙަސަން ޔާސީން އިން ސައިކަލު ދުއްވަންހުރި ފަރާތަކީ ތ.ގުރައިދޫ، ނިރޮޅު، މުޙައްމަދު އަރުޝަދު ކަމާއި، އަދި އެކަން ހިނގައިދިޔައީ އެގޮތަށް ކަމަށް ބުނެ މުޙައްމަދު އަރުޝަދު ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން، އެދުވަހުގެ ޙާދިސާއާ ގުޅިގެން ފުލުހުން ހިފަހައްޓާފައިވާ ފަރާތަކީ ޝިފާން ޒުފްރަތު ނޫން ކަމަށާއި، އެފަރާތަކީ މުޙައްމަދު އަރުޝަދުކަމަށާއި، ފުލުހުން، މުޙައްމަދު އަރުޝަދު ހިފަހައްޓަން އުޅުމުގެ ތެރޭގައި މުޙައްމަދު އަރުޝަދުގެ އަތުން ބަނގުރާ ފުޅިއެއް ފުލުހުން ނަގާފައިވާނެ ކަމަށް މުޙައްމަދު އަރުޝަދު ބުނެފައިވާއިރު، ދައުލަތުގެ ހެކިންގެ ހެކިބަހާއި ދިފާއީ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުން؛
10ޝިފާން ޒުފުރަތު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ވަޅިއެއް އެއްލާލި ތަން ފެނުނުކަމަށް އިޔާޒް ރަޝީދު ބުނެފައިވީނަމަވެސް ސީންގައި ދެންހުރި ފުލުހެއް ކަމަށްވާ އިސްމާޢީލް ނާޞިޙުއަށް އެފަދަ މަންޒަރެއް ފެނިފައިނުވާކަން އެފަރާތުގެ ބަހުން އެނގޭކަން؛
11ހުށަހެޅިފައިވާ ދަޢުވާގައި ތުހުމަތު ކުރެވިފައިވާ ފަރާތުން އެ ތުހުމަތަށް އިންކާރުކުރާ ޙާލު، ތުހުމަތު ކުރެވިފައިވާ ފަރާތުން އެކުށް ކުރިކަމުގައި މައްޗަށް ދަލީލު ޤާއިމް ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހާދިސާ ސިފަކޮށް ދަލީލު ޤާއިމްކުރި ގޮތުން މައްސަލަ ބަލާ ފަނޑިޔާރަށް އެދަލީލުތަކުން ނެރެވުނު ނަތީޖާއާމެދު ޝައްކު އުފެދިފައިވާ ނަމަ، ނުވަތަ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިތާޢު ވެވިފައި ނުވާނަމަ، އުފެދިފައިވާ ޝައްކަކީ، ކުށުގެ މާއްދީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކއެކަމުގައި ވިޔަސް، އަދި މަޢުނަވީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއްކަމުގައި ވިޔަސް، އަދި ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ޝައްކއެކަމުގައި ވިޔަސް، އެޝައްކު އެކަށީގެންވާ މިންވަރަށް ފިލާގޮސް، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު ވެވޭފަދަ ހަރުދަނާ ދަލީލުތައް ޤާއިމް ކުރުމަކީ ދަޢުވާ ކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/HC-A/03,4A/0-2015/SC ޤަޟިއްޔާ އިން އެނގެން އޮތުން؛
12ކުށުގެ ވެށިން ނެގިފައިވާ ތަކެތީގެ މަޢުލޫމާތު ރިކޯޑުކޮށްފައިވާކަން މައްސަލައާއެކު ހުށަހަޅާފައިވާ ހެކިތަކުން އެނގެން ނެތުމުން 12 ސެޕްޓެންބަރު 2016 ދުވަހު 04:25 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތަކީ ޝިފާން ޒުފްރަތުކަން ނުވަތަ މުޙައްމަދު އަރުޝަދުކަން އެކަށީގެންވާ ޝައްކު ފިލައިދާ މިންވަރަށް ޝަރީޢަތަށް އިޤްތިނާޢު ވެވިފައި ނުވުން. ފާހަގަކުރާކަންކަން:
13ޝިފާން ޒުފްރަތު، މައްޗަށް ދައުލަތުން އުފުލާފައިވަނީ ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ (1) ގެ ދަށުންނެވެ. ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގައި ބުނަނީ؛
120(ހ) މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޢަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ : (1) އޭނާގެ ގައިގާ އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުން؛ ނުވަތަ (2) އޭނާއަށް އެ ވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުން. ( )ށ(1) އަންނަނިވި ޙާލަތްތަކުގައި މިކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. i. ބޮޑު އަނިޔާއެއް މީހެއްގެ ހަށިގަނޑަށް ދިނުން؛ ނުވަތަ ii. އެކުށް ކުރުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުން؛ ނުވަތަ iii. އެޢަމަލުގެ ސަބަބުން އަނިޔާލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައިވުން. (2) މީހެއްގެ ހަށިގަނޑަށް އަނިޔާއެއް އޭނާ ދިންކަމަށްވާނަމަ، އެކުށަކީ ޖުނަޙްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. (3) އެނޫން ޙާލަތްތަކުގައި، އެ ކުށަކީ، ޖުނަޙްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. މިމާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ޝިފާން ޒުފް ރަތުގެ މައްޗަށް ކޮށްފައިވަނީ އޭނާ ޖަހާފައިވަނީ ފުލުހެއްގެ ގައިގާ ކަމަށްވާތީކަން އެނގެއެވެ. އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
14ދައުލަތުން ޝިފާން ޒުފްރަތުގެ މައްޗަށް ކުރި އަނިޔާއެއްދިނުމުގެ ކުށުގެ ދަޢުވާއަށް އޭނާ އިންކާރު ކުރުމުން އެދަޢުވާ ސާބިތު ކުރުމަށް ހެކިންގެ ގތުގައޮ ސ.ހިތަދޫ، […] އިޔާޒް ރަޝީދުއާއި ތ.ތިމަރަފުށި، […] އިސްމާޢީލް ނާސިޚއާއި އެއް. މަތިވެރި، ފީރޯޒުގެ ޢަލީ ފިރާޤް އަދި ލ.އިސްދޫ، […] އިބްރާހިމް ސިދުޤީ އަދި ޤަރީނާގެ ގޮތުގައި ސީންއޮފް ކްރައިމްސް އޮފިސަރ ސ ރިޕޯޓް ހުށަހެޅިއެވެ.
15މި ބަޔާން ކުރެވުނު ހެކިންގެ ތެރެއިން އިބްރާހީމް ޞިދުޤީ ފިޔަވައި ދެން ތިބި ތިން މީހުންގެ ބަޔާން ޝަރީޢަތުން ނަގައިފައިވެއެވެ.
16ދަޢުވާއިން ދިފާޢުވުމަށް ޝިފާން ޒުފްރަތުގެ ފަރާތުންވެސް 06 މީހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހެޅިއެވެ. އޭގެ ތެރެއިން ތ.ގުރައިދޫ/ ނިރޮޅު މުޙައްމަދު އަރުޝަދު އަދި ދަފްތަރު ނަންބަރު 1326، ޙަސަން ޔާސީންގެ ބަސް ޝަރީޢަތުން ހޯދާފައިވެއެވެ.
17ދައުލަތުގެ އިސްތިއުނާފީ ނުކުތާގެ އޮތް މައިގަނޑު ޤާނޫނީ ބަހުސަކީ ދަޢުވާ ސާބިތުވާ މިންވަރަށް ދައުލަތުން ހުށަހަޅާފައިވާއިރު އެ ހެކިތަކަށް އެކަށީގެންވާ މިންވަރަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ނުވާކަމަށް ބުނާ ބުނުމެވެ. ޝިފާން ޒުފްރަތުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިޤަރީނާ އަށް ރިޢާޔަތްކޮށް އެ ހެކިބަސް ވަޒަންކުރިގޮތާއި އަދި ޙުކުމަށް ވާސިލުވުމުގައި ދަށު ކޯޓުން ރިޢާޔަތްކުރި ކަންކަން ބަޔާންކުރެވިފައި އެވަނީއެވެ. ދަޢުވާގައި ބުނާ ޢަމަލު ހިންގި ފަރާތަކީ ޝިފާން ޒުފްރަތު ނޫންކަމަށް ބުނާބނު ން.
18ޝިފާން ޒުފްރަތު ގެ މައްޗަށް ކޮށްފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއަކީ، 12 ސެޕްޓެންބަރު 2016 ވަނަ ދުވަހުގެ 04:25 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ވަގުތު، މީނާ، އިތުރު މީހަކާއެކު ހިތިގަސްމަގުން ހުޅަނގުން، އިރަށް ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ފުލުހުން މި މީހުން ދުންވަން އިން ސައިކަލު މަޑުކުރުވުމަށްފަހު، މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މީނާގެ ހަށިގަނޑު ބަލއަފާސކުރަން އުޅުނު ފުލުހެއްގެ މޭމަތީގައި ތަޅައި މާރާމާރީ ހިންގފައިވާތީކަނާ ދަޢުވާގެ ސީޣާއިން އެނގެއެވެ.
19އެ ދަޢުވާއަށް އިންކާރުކޮށް ޝިފާން ޒުފްރަތު ބުނެފައިވަނީ އެ ޢަމަލަކީ އޭނާ ކުޅަ ޢަމަލެއް ނޫންކަމަށެވެ. ދަޢުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި ނިންމި ނިންމުން ބިނާވާ ފައިވ މައިގަނޑު އެއއަސާސަކް އެ ހާދިސާގައި ފުލުހުން ބަލައިފާސްކުރަން އުޅުނު މީހަކީ ޝިފާން ޒުފްރަތު ނޫންކަމަށާއި އެއީ މުޙައްމަދު އަރުޝަދުކަން ސާބިތުކުރުމަށް އޭނާގެ ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ.
20ދިފާޢީ ހެކި ންގެ ގޮތުގައި ހެކިބަސް ދިން ޙަސަން ޔާސީނއާ މުޙައްމަދު އަރުޝަދުގެ ބަހުން ހާދިސާ ހިނގިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ މުޙައްމަދު އަރުޝަދު ކަމަށް ބުނެފައިވީނަމަވެސް މި މައްސަލައިގައި ޝިފާން ޒުފްރަތު ހުއްޓުވައި ބަލައިފާސްކުރަން އުޅުނު ފުލުހުން އެއީ ޝިފާން ޒުފްރަތު ކަމަށް ދައުލަތުން ހުށަހެޅި ހެކިން ބުނެފައިވުމާއި، ޝިފާން ޒުފްރަތު ފިލައިގެން އުޅެނިކޮށް އެ ސަރަޙައްދުން ފެނުނު ކަމަށް ފުލުހަކު ޝަރީޢަތަށް ހެކިބަސް ދީފައިވުމާއި، މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހެޅުނު އެހެނަސް އެފަރާތުގެ ބަހެއް ނެގިފައިނުވާ ފަރާތުގެ ތަޙްޤީޤު ބަޔާނުގައިވެސް އެސަރަޙައްދުން ފިލައިގެން އުޅެނކޮށި ފެނުނީ ޝިފާން ޒުފްރަތުކަމށައި، ޝިފާން ޒުފްރަތަކީ ދެކެފަރިތަ މީހެއްކަމަށް ބުނެފައިވުމުން މިހެކިންގެ ހެކިބަސް ދިފާއީ ހެކިންގެ ހެކިބަހުން ނަފީކުރެވޭނެ ކަމަށް ނުދެކޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.
21މި މައްސަލައިގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވަނީ ޝަފަހީ ހެކިންނެވެ. އެ ހެކިންގެ ހެކިބަސް ނަފީކުރުމުގެ ގޮތުން ދަޢުވާލިބޭ ފަރާތުންވެސް ހުށަހެޅީ ޝަފަހީ ހެކިނނެވެ. މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތަކީ ޝިފާން ޒުފްރަތުކަން ނުވަތަ މުޙައްމަދު އަރުޝަދުކަން އެކަށީގެންވާ ޝައްކު ފިލައިދާ މިންވަރަށް ޝަރީޢަތަށް އިޤްތިނާޢު ވެވިފައި ނުވާކަމަށް ދަށުކޯޓުން ފާހަގަކޮށްފައިވެއެއެވެ.
22ޕްރިސިޑެންސް 1މައްސަލައިގެ ދިފާޢީ ހެކިންގެ ހެކިބަހުން މި ޢަމަލު ހިންގި މީހަކީ ޝިފާން ޒުފްރަތތު ނުވަތަ މުޙައްމަދު އަރުޝަދު ތޯ ސުވާލު އުފެދިފައިވާއިރު، އެޝައްކު ފިލުވައިދިނުމުގެ ޒިންމާ އޮތް ފަރާތަކީ ދައުލަތެވެ. މި މައްސަލައިގައި ތުހުމަތު ކުރެވުނު ފަރާތް ދިފާޢުން ނަފީކޮށް ޝައްކު އުފެދިފައިވާ މިހާލަތުގައި ތުހުމަތުކރު ވިފައިވެ ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ އެފަދަ ހަރުދަނާ ދަލީލުތައް މި މައްސަލައިގައި ޝަރީޢަތަށް ހުށަހަޅާފައި ނުވާ ކަން ދަށު ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި މިއިސްތިއުނާފުގައިވެސް އެދިފާޢުތައް ނަފީވާވަރުގެ ދަލީލެއް ދައުލަތަށް ދެއްކިފައި ނުވެއެވެ.
23ޕްރިސިޑެންސް 2ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ޙުކުމް ބިނާވާ އަސާސަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، މީހކަ ކުށެއްކޮށްފި ކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުންކަމަށް ވާއިރު، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅަންވާނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އެމީހެއްގެ މައްޗަށް އެކަން ސާބިތުވެ، އެމީހަކު ކުށެއް ކޮށްފިކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢުވުމުން ކަމާއި، އެމީހެއްގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތު ނުކުރެވޭހާ ހިނދަކު އެމީހަކީ ކުށުން ބަރީއަވެގެންވާ މީހެއްކަމުގައި ބެލުމުގެ ޙައްޤު ޤާނޫނުއަސާސީން ހަމަކޮންމެ މީހަކަށްމެ ކަށވަރުކޮށްދީފައިވާކަން އެނގެއެވެ.
24ޕްރިސިޑެންސް 3މި މައްސަލައިގައި ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، ޝިފާން ޒުފްރަތު އިތުރު ބަޔަކާއެކު ސައިކަލުގައި ދުއްވާފައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވަން މަސައްކަތްކޮށް ފިލައިގެން ދާން އުޅުމުން ފުލުހުން އޭނާ ދުއްވަން އިން ސައިކަލުގެ ކުރިމައްޗަށް އަރައި އޭނާ ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން އުފެދުނު ދެބަސްވުމެއްގެ ތެރޭގައި އޭނާ ބަލައިފާސްކުރަން އުޅުނު ޕޮލިސް ކޮންސްޓްބަލް އިޔާޒް ރަޝީދުގެ ގައިގައި ޖަހައިމާރާމާރީ ހިނގާފައިވާކަމާއި އަދި އެމާރާމާރީ ހިންގުމަށްފަހު އޭނާ ދުވެފިލާފައިވާ ކަމާއި އެހާދިސާ ހިނގި ސީނުން (ތަނުން) އޭނާ ހައްޔަރުކުރެވިފައިނުވާ ކަމާއި، އަދި އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ހޯދަމުން ދަނިކޮށް ޕިކަޕެއްގެ ދަށުގައި ފިލައިގެން އޮއްވާކަމަށް ދައުލަތުގެ ހެކިންގެ ހެކިބަހުން އެނގެން އޮތްކަމުގައިވީނަމަވެސް، އެ ހާދިސާގައި ފުލުހުން ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން ދުވެފިލާފައިވަނީ މުޙައްމަދު އަރުޝަދުކަން ދިފާޢީ ހެކިންގެ ހެކިބަހުން އެނގެން އޮތުމާއި، ސައިކަލުގައި ދަނިކޮށް ފުލުހުން ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން މާރާމާރީ ހިންގި މީހަކީ ބަލައިފާސްކުރުމަށް ފުލުހުން ހުއްޓުވި މީހާކަމަށް ބެލެވެން އޮތުމާއެކު އެމާރާމާރީ ހިންގި މީހަކީ ޝިފާން ޒުފްރަތުކަން ނުވަތަ މުޙައްމަދު އަރުޝަދުކަމާމެދު އެކަށީގެންވާ މިންވަރުގެ ޝައްކު އުފެދިފައިވާކަން އެނގެއެވެ.
25ޕްރިސިޑެންސް 4ޕްރިސިޑެންސް 5ޖިނާއީ މައްސަލަތަކުގައި ކޮންމެ ކުށަކަށްވެސް ކުރަންވާނީ ވަކި ދަޢުވާއެއްކަމާއި ދަޢުވާކޮށް ފައިނުވާ ކުށަކަށް އަދަބު ކަނޑައެޅުމަކީ ޢާންމު އުޞޫލުން ކޮށްގެންވާނެ ކަމެއްނޫނެވެ. ނަމަވެސް، އިސްތިސްނާ ޙާލަތްތަކުގައި ދަޢުވާކޮށްފައިވާ ކުށްނޫން އެހެންކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ޙާލަތުގައި ސާބިތުވާ ކުށަށް އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 87 ވަނަމާއްދާގެ ދަށުން ފަނޑިޔާރަށް ލިބިދީފައިވެއެވެ. މިގޮތުން ދަޢުވާކުރި ކުށްނޫން އެހެންކުށެއްގައި ސާބިތުވާ ޙާލަތުގައި އެކުށަށް އަދަބު ކަނޑައެޅޭނީ ދަޢުވާކުރި ކުށުގެ ޢަމަލުން (އެކުށުގެ އުންސުރުތައް) ސާބިތުވާ ކުށެއްކަމަށްވުމާއި ދަޢުވާކުރި ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުން ދަޢުވާކޮށްފައިނުވާ ކުށް ސާބިތުވާން އޮންނަ ޙާލަތުގައެވެ. މާ މައްސަލައިގައި ޝިފާން ޒުފްރަތުގެ މައްޗަށް އަނިޔާއެއްދިނުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ މާރާމާރީ ހިންގިހާދިސާގައި ފުލުހުން ހުއްޓުވައި ބަލައިފާސްކުރަން އުޅުނު މީހަކީ ޝިފާން ޒުފްރަތުކަން ޝަރީޢަތަށް ސާބިތުނުވާތީ ކަން އެނގެއެވެ. މި މައްސަލަ އިސްތިއުނާފުކުރަމުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، ޝިފާން ޒުފްރަތުގެ މައްޗަށް ހުށަހެޅި އަނިޔާއެއްދިނުމުގެ ކުށުގެ ދަޢުވާ ސާބިތުވާ މިންވަރުގެ ހެކި ޝަރީޢަތަށް ލިބިފައިނުވާކަން ދައުލަތުންވެސް ޤަބޫލުކުރާކަން އެނގެއެވެ. އަދި އެދަޢުވާ ސާބިތުނުވިނަމަވެސް ޖެހުމުގެ ކުށް ހެކިބަހުން ޝަރީޢަތަށް ސާބިތުވާކަމަށް ދައުލަތުން ދެކޭތީ އެކުށަށް އަދަބު ކަނޑނާޅައަ މި މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.އިސްވެ ބަޔާންކޮށްފައިވާ ފަދައިން ދަޢުވާ ނުކުރާ ކުށަކަށް އިސްތިސްނއާ ޙާލަތްތަކުގައި އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ލިބިދީފައިވީނަމަވެސް، އެމާއްދާގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން ދަޢުވާނުކުރާ ކުށެއް ސާބިތުވާ ޙާލަތްތަކުގައި އެކުށަށް އަދަބު ކަނޑައެޅުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމްކަމެއްނޫންކަން އެމާއްދާގެ ޢިބާރާތުގައި .." އޭނާގެ މައްޗަށް އެދެވަނަ ކުށުގެ ދަޢުވާ އުފުލިފައިނުވި ނަމަވެސް އެކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާ އޮތުމުން އެނގެއެވެ.
26އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު C/2017-Cr/45 ޤަޟިއްޔާ ކޮށްފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާ، (ހ)
- 2015/HC-A/03,4A/0-2015/SC (ދަށުކޯޓުގެ ނިންމުމުގައި ޙަވާލާދީފައިވާ ޤަޟިއްޔާ؛ ނަންބަރު ފޮޅިފައި)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް