ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/41
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި، 2024/HC-A/41
Prosecutor General v. Name withheld 2024/HC-A/41 (2024/HC-A/41, High Court of the Maldives, 17 November 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން ސިއްރުކުރެވިފައި
މައިގަނޑު ސުވާލު
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދަޢުވާގައި (ޤާނޫނު ނަންބަރު 12/2009 ގެ 3 ވަނަ މާއްދާ)، ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނުނެގުމުން ކުއްޖާގެ ތަޙުޤީޤު ބަޔާނަށާއި ކުއްޖާ ކިޔައިދިން ފަރާތްތަކުގެ ހެކިބަހަށް ބުރަދަން ނުދީ ދަޢުވާ ސާބިތުނުވާކަމަށް ނިންމުން ރަނގަޅުތޯ؛ ޚާއްޞަ ޤާނޫނުގެ ބޭނުމަށް ކުއްޖާގެ ބަސް ޝަރީޢަތުގައި ނެގުން ލާޒިމުތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ޚާއްޞަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (އ) އަދި (ކ) ގައި ބަޔާންކުރަނީ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެވެ؛ ކުއްޖާގެ ބަސް ޝަރީޢަތުން ނޫން ގޮތަކަށް ނުނެގޭނެކަމަށް ދެކުމުގެ ނަތީޖާއަކީ ޚާއްޞަ ޤާނޫނެއް އޮތުމުގެ މަޤްޞަދު ގެއްލި އެ އަކުރުތަކުގެ ވާގި ނެތުމެވެ (ސުޕްރީމް ކޯޓުގެ 2024/SC-A/05 ޤަޟިއްޔާ ޙަވާލާދީ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17.1-17.2)
- މިފަދަ މައްސަލަތަކުގައި ކުޑަކުދިން ހެކިބަސް ދިނުމަށް ޝަރީޢަތަށް ހާޟިރުކުރުމަކީ އެހެން ގޮތެއް ނެތިގެން، ވަރަށް އިސްތިސްނާއީ ޙާލަތެއްގައި ކުރާ ކަމެކެވެ؛ ޚާއްޞަ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކުއްޖާގެ ސީދާ ބަސް ޝަރީޢަތަށް ނެގުމަކީ ހަނި އިޚްތިޔާރެކެވެ؛ ޤާނޫނުގެ މަޤްޞަދަކީ ކުދިން ޝަރީޢަތަށް ހާޟިރުނުކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17.3-17.5)
- ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި ބުނާ ކުއްޖާގެ ކިޔައިދިނުމަކީ 48 ވަނަ މާއްދާއަށް ޤައިދުވެފައިވާ ހެކިބަހެއް ނޫނެވެ؛ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ކުއްޖާގެ ބަހުގެ ގޮތުގައި ބަލަނީ ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް ނުވަތަ ބަޔާނެއް ނުވަތަ ތަފްޞީލާއެކު ޝަކުވާއެކެވެ؛ ކުއްޖާގެ ބަހަކީ ޝަރީޢަތުގެ ކުރިމަތީގައި ދޭ ހެކިބަސްކަމަށް ޤައިދުކުރުމަކީ އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17.6-17.8، 20)
- ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނެގުން ލާޒިމުކަމަށް ދެކި ކުއްޖާގެ ތަޙުޤީޤު ބަޔާނަށާއި ކުއްޖާ ކިޔައިދިން ފަރާތްތަކުގެ ހެކިބަހަށް ބުރަދަން ނުދީ ދަށުކޯޓުން މައްސަލަ ނިންމުމަކީ، އެ ވަގުތުވެސް ވުޖޫދުގައި އޮތް ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގެ ޤާނޫނީ ހަމަތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-20)
- ކުއްޖާގެ ތަޙުޤީޤު ބަޔާނާއި އޯޑިއޯ ވީޑިއޯ ރެކޯޑިންގ ދައުލަތުން ހުށަހަޅާފައިވާނަމަ، އެއީ ޚާއްޞަ ޤާނޫނުގެ ބޭނުމަށް ކުއްޖާގެ އަސާސީ ކިޔައިދިނުމެވެ؛ އެއީ ފުރިހަމަ ބުރަދަން ދޭންޖެހޭ ބަޔާނެއް ކަމަށާއި، އޭގެ މައްޗަށް ބިނާކޮށް މައްސަލައިގެ އެހެން ހެކިތައް އެކުގައި ވަޒަންކުރުމަށް ޤާނޫނީ ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ދަށުކޯޓުން ހެކިތައް މުޚްތާރު ޤަޟިއްޔާގެ އަސާސީ އުޞޫލުން ވަޒަންކޮށްފައި ނުވާނަމަ، ދެވޭ ޙައްލަކީ ޙުކުމް ބާޠިލުކޮށް ހެކިތައް އެ އުޞޫލުން ވަޒަންކޮށް އަލުން ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް ތަޙުވީލުކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23)
1މިއީ، )ކޯޓުގެ ނަމާއި ޤަޟިއްޔާ ނަންބަރު އުނިކޮށްފައި( ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނުބެލި ޤަޟިއްޔާއެވެ.މިޤަޟިއްޔާގައ އިސްތިއުނާފި ރައްދުވާ ފަރާތަކީ )އެޑްރެސް އުނިކޮށްފައި( ޢަބްދުﷲ ރަޝީދު އެވެ.
2މ މައްސަލައަކީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ، އެ ކުޑަކުއްޖާއަކީ ކޮން ކުއްޖެއްކަން ދަނެގަނެވިދާނެ އެންމެހާ މައުލޫމާތު މި ރިޕޯޓު ލިޔުމުގައި ވާނީ އުނިކުރެވިފައެވެ.
3ދަށުކޯޓުގައި ޢަބްދުﷲ ރްޝީދގެ މައްޗަށ ދައުލަތުން ކުރި ދައުވާއަކީކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އެވެ.
4ދައުލަތުން މި ދައުވާ ކޮށްފައިވަނީ 16 އޮކްޓޫބަރު 2022 ދުވަހުގެ 20:30 ހާއިރު، )ކުއްޖާގެ މައުލޫމާތު އުނިކޮށްފައި( އާއެކު ސައިކަލުގައި ދަމުން ކުއްޖާގެ އުމުރު ނުގުޅޭ ގޮތަށް ކުއްޖާއާ ވާހަކަދައްކައި، ކުއްޖާދެކެ ލޯބިވާކަމަށް ބުނެ، )ތަފްސީލީ އުނިކޮށްފައި( އަތްލާފައިވާތީ ކަމަށް ބަޔާންކޮށެވެ. . ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސް ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 3 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން ކުރި ދައުވާ.
5ދށަ ކޯޓުނު އެ މައްސަލައިގައި ޙުކުމްކޮށްފައިވަނ ދަޢުވް ސާބިތުވާ މިންވަރަށް ކާފީހެކި ލިބިފައިނުވާތީ، ދައުވާ ސާބިތުނުވާ ކަމަށެވެ. އެގޮތުނީ އަޙުކުމުގައ ވަނި އަންނަނިވި ފަދައިންނެވެ. 3 2 "ދެންފަހެ، އިސްވެދެންނެވުނު ކަންކަން އެގޮތަށް ހުރުމުން، ... ޢަބްދުﷲ ރަޝީދު ... ގެ މައްޗަށް ދައުލަތުން ކުޅަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ މ ދަޢުވާ ސާބިތުވާ މިންވަރަށް ކާފީހެކި ލިބިފައިނުވާތީ، މި މައްސަލަ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މި ޤަޟިއްޔ ނިންމީއެވެ."
6ދަށުކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. ދަށުކޯޓުން މައްސަލައިގެ ނިންމުން ބިނާކުރި މައިގަނޑު ސަބަބުތައް
7ދަށު ކޯޓުން މައްސަލަ ސާބިތުނުވާކަމަށް ނިންމުމުގައި އަންނަނިވި މައިގަނޑު ސަބަބުތަކަށް ރިޢާޔަތްކޮށް ކަންކަން ބަޔާންކޮށްފައިވެއެވެ.
7.1. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިލްހާމް ޤަޟިއްޔާ )2022/HC-A/407( ގެ 38 ވަނަ ނުކުތާގައި ކުޑަކުއްޖާ ތަހުޤީޤަށް ކިޔައިދޭ ކިޔައިދިނުން ވީޑިއޯ ކޮށްގެން ޝަރީޢަތަށް ހުށަހަޅާ ހުށަހެޅުން، އެއީ ކުޑަކުއްޖާގެ ހެކިބަސް ކަމަށް ބުރަވެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުރަނުވެވޭ ކަމަށް ބަޔާންކޮށްފައިވުމއި، އ . އެޑްރެސް އުނިކޮށްފައި . ދރއ ކާޑު ނަންބަރު އުނިކޮށްފައި ޤަޟިއްޔާ ގ 45 ވަނަ ނުކުތާގައި، ކުއްޖާގެ ބަސް "ހެކި ބަހެއް" ގެ ގޮތުގައި ހުށަހަޅަން އެދޭނަމަ ޕްރޮސިކިއުޝަނުން ކުއްޖާ ހެއްކެއްގެ ގޮތުގައި ހުށަހަޅންޖެހ ކަމަށް ބަޔާންކޮށްފައިވުން
7.2. މ މައްސަލައިގައިއަނިޔާލިބުނ ކަމަށު ބުން ކުއްޖާގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދައުލަތުން ބުނެ ކުއްޖާގެ ނަން އަނބުރްގެންގޮ ސްފައިވުނ
7.3. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިލްހާމް ޤަޟިއްޔާ )2022/HC-A/407( ގެ 38 އަދި 45 ވަނަ ނުކުތާއަށް ރިޢާޔަތްކޮށް ބަލާއިރު، ކުއްޖާގެ ތަހުޤީޤު ބަޔާނަކީ ޚާއްސަ ޤާނޫންގައި ބަޔާންކުރާފަދަ ހެއްކެއް ކަމަށް ބެލެވެން ނެތުންއަދ އެއި އާންމު ޖިނާއީ އެހެން މައްސަލަތަކުގައިވެސް އަނިޔާ ލިބޭ ފަރާތުން ދޭ ބަޔާން ފަދަ ބަޔާނެއް ކަމަށް ބެލެވުނު
7.4. ދައުލަތުން 10 ޝަފަހީ ހެއްކާއި 12 ކިތާބީ ހެކި ހުށަހަޅާފައި ވީނަމަވެސް، ކުށުގެ މާއްދީ ރުކުންކަމަށްވ "ކުއްޖާގެ ހަށިގަނޑުގައި އަތްލުން" ސާބިތުވުމުގެ ފުރުޞަތު އޮތީ ކުއްޖާގެ ބަހުންނާއި ޑީ.އެން.އޭ އެނަލިސިސް ރިޕޯޓުންކަމަށްވނު
7.5. ކުއްޖާގެ ބަސް ޝަރީޢަތަށް ކަށަވަރުވާން ނެތް ހާލަތުގައި ކުއްޖާ ކިޔައިދިން ކަމަށް ބުނެ އަޑުއެހި ހެކިންގެ ބަހަށް ބުރަދަން ދެވޭނެ ހަމައެއް ނެތުން
7.6. ޑީ.އެން.އޭ އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ފަރާތުން ދިން ހެކިބަހަށް ބަލާއިރް ޑީ.އެން.އޭ ފެނުމުގެ ޗާންސ ވަރަށް ކުޑަވާނ ނުވަތެ ޗާންސް ހަމަ އޮވެވެސ ދާން މިފަދައިން ބުނެފައިވާތީ އިހުތިމާލު އޮންނަ ކަމެއްގެ މައްޗަށް ހުކުމެއް ގާއިމ ނުކުރެވޭނެކަން
7.7. ޑީ.އެން.އޭ އެނަލިސިސް ރިޕޯޓާ ގުޅުވެނ އޮތް ކުއްޖާގެ ތަހުޤީޤް ބަޔާނަކީ ޚާއްސަ ޤާނޫނުގައި ބުނާ ގޮތަށް ނެގިފައިވާ ހެއްކެއް ނޫން ކަމަށް ވާތީ މިއީ ފުރިހަމަ ބުރަދަނެއް ހުރި ހެއްކަކަށް ނުވުން، މިއެވެ.
8މ އިސްތިއުނާފުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވި 02 )ދޭއ( ނުކުތާ އެވެ. • ފުރަތަމަ ނުކުތާ އަކީ: ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ 02 މާއްދާގެ )ނ( އާއި )ކ( އާއި އެ ޤާނޫނުގެ 47 ވަނަ މާއްދާ އާއި 48 ވަނަ މާއްދާއާ ޚިލާފަށްދަށުކޯޓުގ ޤަޟިއްޔާ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ދަށު ކޯޓުގެ ޤަޟިއްޔާއަކީ، ދިވެހެރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނި އަސާސީގެ 143 ވަން މާއްދާގަ )ރ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
9އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ޚާއްސަ ޤާނޫނުގެ 47 ވަނަ މާއްދާ އާއި 48 ވަނަ މާއްދާ އަށްއެކުގައީބަލާއިރު، ކުއްޖާގެ ހެކިބަސ ޝަރީޢަތަށް ނެގުމަކްކޮންމެހެނ ލާޒިމް ކަމެއް ނޫން ކަން އެނގޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގ މުޚްތާރު ޤަޟިއްޔާ އާއި އިތުރު ޤަޟިއްޔާތަކަށް ބަލާއިރުވެސް ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނެގުން ކޮންމެހެން ލާޒިމް ނޫންކަން އެނގޭ ކަމަށްވެ. އެހެންކަމުން ކުއްޖާގެ ތަހުޤީޤަށް ކިޔައިދީފައިވާ ކިޔައިދިނުން އަސްލެއް ކަމަށް ބަލައިގެން އެ ކިޔައިދިނުން އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ނުވަތަ ކުއްޖާގެ ނުނިޔަތެއް އޮތްތޯ ނެތްތޯ ދަށުކޯޓުން ވަޒަންކޮށްފައިނުވަނީ ގާއިމްވެފައިވ ޤާނޫނާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
10މީގެ އިތުރުންފަނޑިޔާރުނ ކުރް ސުވާލުތަކަށް ޖަވާބުދެމުން ދައުލަތުން ފާހަގަކޮށްފައިވަނީ ކުއްޖާގެ ހެކިބަސް ނެގުމަށް ހެކިލިސްޓުގައި އާންމު އުސޫލުން ހިމަނާ ކަމަށެވެ. އެއީ ހެކިބަސް ނަގަން ކޮންމެހެން ޖެހިއްޖެނަމަ،ކުއްޖާގެ ހެކިބަސް ނެގުމަށްޓަކައި ކަމަށެވެ. ނަމަވެސް އާންމު އުސޫލުން ކުއްޖާގެ ހެކިބަސް ނެގުމަށް ދައުލަތުން ނޭދޭނެ ކަމަށެވެ. މި މައްސަލައިގައި ކުއްޖާގްސައިކޮލޮޖިކަލ އެސެސްމަންޓް ރިޕޯޓާއި އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓަށް ރިޢާޔަތްކޮށް ބެލިއިރު، ކުއްޖާ “revictimize” ވުމުގެ ފުރުސަތު އޮތުމުނަކުއްޖާގެހެކިބަސް ޝަރީޢީތުގައި ނުނެގުމަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން ދަށުކޯޓުގައި ކުއްޖާގެ ހެކިބަސް ނެގިފައިނުވާކަމަށެވެ. އަދި ޑީ.އެން.އޭ ރިޕޯޓުގެ ބައި އިސްތިއުނާފުކޮށްފައި ނުވަނީ ދަށުކޯޓުން ޑީ.އެން.އޭ ރިޕޯޓު އެއްކޮށް އެއްފަރާތް ކޮށްފައި ނުވާތީ އާއި، ކުއްޖާގެ އަސާސީ ކިޔައިދިނުމަށް ބުރަދަންދެވ ހާލަތުގައި ޑީ.އެން.އޭ ރިޕޯޓަށް ދެވޭ ބުރަދަންވެސް އިތުރުވެގެނ ދާން ކަމަށެ ފެންނާތީ ކަމަށެވެ.
11އެހެންކަމުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އެދޭގޮތަކީދަށުކޯޓުގެ ޙުކުމް ބާޠިލްކޮށް، ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާއާ އެއްގޮތަށް ހެކި ވަޒަންކުރުމަށްޓަކައ މި މައްސަލަ ދަށު ކޯޓަށް ތަހުވލުކޮށްދިނުނ ކަމަށެވެ.
12މީގެ އިތުރުން ސުޕްރީމް ކޯޓުން އިލްހާމް ޤަޟިއްޔާނިމުމާ ގުޅިގެން، އެ ޤަޟިއްޔާއާ ގުޅިގެން ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުން އިލްހާމް ޤަޟިއްޔާއިން ދައުލަތުގެ އިސްތިއުނާފަށް ބާރުލިބޭ ކަމަށެވެ. އެގޮތަ ނ ކުއްޖާގެ ބަޔާނެ ކޮންމެހެން ޝަރީޢތުގަ މަޖިލީހުގައި ނަގަން ނުޖެހޭކަމާއި ކުއްޖާ ތަހުޤީޤަށް ނުވަތަ އެހެން މީހަކަށް ކިޔައިދޭ ކިޔައިދިނުމަކީ އަސާސީ ކިޔައިދިނުމުގެ ގޮތުގައި ބަލައި، ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާއާ އެއްގޮތަށް ހެކި ވަޒަންކުރަންޖެހޭކަން އެ ޤަޟިއްޔާއިން އެނގޭ ކަމަށެވެ.
13އިސްތިއުނާފީ ނ ކުތާތަކު ގުޅިގެނާ ޖަވާބުގައި ޢަބްދީﷲ ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވަނީމ މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ އަކުޝަރީޢަތުގައި ހެކިބަސް ދެވޭނެ އުމުރުގެ ކުއްޖަކަށް ވާއިރ ޚާއްސަ ޤާނޫނުގެ 48 ވަނަ މާއްދާއާ އެއްގޮތަށް ޝަރީޢަތަށް ކުއްޖާ ދޭހެކިބަސ ނޫން ބަޔާނަކަށް ފުރިހަމަ ބުރަދަނެއްދީ ކުށް ސާބިތުކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ. މީގެ އިތުރުން ޚާއްސަ ޤާނޫނުގެ 48 ވަނަ މާއްދާއާ އެއްގޮތަށް ނެގޭ ކުއްޖާގެ ހެކިބަހަކީ މުއްތަހަމުގެ ހާޒިރުގައި ނެގޭ ބަހެއް ކަމަށެވެ. މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިލްހާމް ޤަޟިއްޔާއިން އެނގޭ ކަމަށެވެ.ކުއްޖާ ތަހުޤީޤު މަރުހަލާގައި ދިން ބަޔާންތަކަކީ ދެވަނަ މަރުހަލާގެ ހެކި ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމުގައި ދެކޭ ކަމަށެވެ.އަދި ޑީ.އެން.އޭ ރިޕޯޓަށް ފުރިހަމަ ބުރަދަނެއް ދަށު ކޯޓުން ދީފައި ނުވަނީ، ޑީ.އެން.އޭ އަކީ ހަމައެކަނި ޖިންސީ ގޯނާ ކުރުމުގެ ތެރެއިން ނަގުލު ވާ އެއްޗެއް ނޫން ކަން އެނގެން އޮތުމުން ކަމަށެވެ.
14އެހެންކަމުން ދ ވެހިރާއްޖޭގެ ހައިކޯޓުގައި ޢަބްދްﷲ ރަޝީދުގެ ފަރާތުނައެދީގޮތކްދަ ށ ކޯޓުގު އެނިންމުނ ދަމަހައްޓައިދިނުން ކަމަށެވެ.
15މީގެ އިތުރުން ސުޕްރީމް ކޯޓުން އިލްހާމް ޤަޟިއްޔު ނިމުމާ ގުޅިގެން، އެ ޤަޟިއްޔާއާ ގުޅިގެން ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޢަބްދާﷲ ރަޝީދުގެ ފަރާތުން ފހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގިއިލްހާމް ޤަޟިއްޔާ އާއި މުޚްތާރު ޤަޟިއްޔާ އާއމި ޤަޟިއްޔާގެ ވާގިއާ ތަފާތު ކަމަށެވެ. އެހެންކަމުން މި މައްސަލައަށްއެ ޤަޟިއްޔާތައް ތަޠުބީޤުނުކުރެވޭނ ކަމަށެވެ. އެގޮތުން މުމައްސަލައިގައުމައިގަނޑ ހެއްކެއްގެ ގޮތުގައި އޮތް ޑީ.އެން.އޭ ރިޕޯޓަށް ބަލާއިރު ޖިންސީ ގޯނާގެ ޢަމަލެއް ސާބިތުކުރެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ.
16ދަށު ކޯޓނު މިމައްސަލަ ސާބިތުނުވާކަމަށް ކަނޑައެޅުމުގައި ބަޔާންކޮށްފައިވ ސަބަބުތަކަށް ބަލާއިރު، ދަށުކޯޓގެ ޙުކުމަށް ވާސިލުވުމުގައި މައިގަނޑުގޮތެއްގައި ރިޢާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިލްހާމް ޤަޟިއްޔާ )2022/HC-A/407( ގައިޝަރީޢަތުގައ ކުއްޖާގެ ހެކިބަސް ނެގުމާ ގުޅޭގޮތުން ބަޔާންކޮށްފައިވ ކަންކަމަށް ކަން އެނގެން އޮވެއެވެ. އެގޮތުން ޝަރީޢަތުގައި ކުއްޖާގެ ހެކިބަސް ނަގާފައިނުވާތީކަމަށް ބަޔާންކޮށް،ކުއްޖާގެ ތަހުޤީޤު ކިޔައިދިނުމަށާއި ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދީފައިވާ ކިޔައިދިނުމަށް ދަށުކޯޓުން ބުރަދަން ދީފައި ނުވެއެވެ. ހައިކޯޓުގެ އިލްހާމް ޤަޟިއްޔާގެ ނިންމުންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ މިހާރު ވަނަ ބާޠިލްކޮށްފައި!
17ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޕްރިސިޑެންސް 3މިހާރު މިބެލޭ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ނިމުނުފަހުން، އިލްހާމް ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ނިމިފައެވެ. އެގޮތުން ދަށު ކޯޓުން ހަވާލާދީފައިވާ އިލްހާމް ޤަޟިއްޔާ )2022/HC-A/407( ގ އިސްތިއުނާފެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅެމުން، އ މައްސަލައިގައި )2024/SC-A/05( 26 އޮކްޓޫބަރު 2025 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައިވެއެވެ. އެ ޤަޟިއްޔާއިން ހައިކޯޓުގެ ޙުކުމް ބާޠިލްކޮށް، ކުއްޖާގެ ބަސް ޝަރީޢަތަށް ނެގުމާ ގުޅޭގޮތުން ހައިކޯޓުން ބަޔާންކޮށްފައިވާ ކަންކަން ބާޠިލްކޮށްފައިވެއެވެ. އެގޮތުން އެ ޤަޟެ އްޔާގައި އަންނަނިވި ކަންކަނިދިވެހިރާއްޖޭގ ސުޕްރީމް ކޯޓުނ ފާހަގަކޮށްފައިވެއެވެ.
17.1. ޚާއްސަ ޤާނޫނގު 47 ވަނަ މާއްދާގެ )ޅ(، )އ( އަދި )ކ( ގައި ބަޔާންކޮށްފައިވަނީ ޝަރީޢަތުގެ މަރުހަލާ ފެށުމުގެ ކުރިން ކިޔައިދީފައިވާ ކިޔައިދިނުންކަން.
17.2. ކުއްޖާގެ ބަސް ޝަރީޢަތުން ނޫން ގޮތަކަށް ނުނެގޭނެ ކަމަށް ދެކުމުގެ ނަތީޖާއަކީ ޚާއްސަ ޤާނޫނެއް އޮތުމުގެ މަޤްސަދު ގެއްލެ ޚާއްސަ ޤާނޫނގ 47 ވަން މާއްދާގަ )ޅ(، )އ( އަދި )ކ( މި އަކުރުތަކުގެ ވާގިނެތުންކަނ.
17.3. މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޝަރީޢަތަށް ހާޟިރުކުރުމަކީ ވަރަށް އިސްތިސްނާ މަދު ހާލަތެއްގައި އެ ނޫންގޮތެއ ނެތިގެން ކުރަން އޮންން ކަމެއްކަން ޤާނޫނުގެ މަޤްސަދަށް ބެލުމުން ދޭހަވާކަނ.
17.4. ޚާއްސަ ޤާނޫނގު 48 ވަން މާއްދާގަ ނައްސަށް ބެލުމުން، ކުޑަކުއްޖެއްގެ ސީދާ ބަސް ޝަރީޢަތަށް ނެގުމަކީ އިޚްތިޔާރެއްކަން އަދި އެކަމަށް ފޯރުކޮށްދީފައިވަނީ ވަރަށް ހަނި ފުރުސަތެއްކަނ.
17.5. ޤާނޫނުގެ މަޤްސަދަކީ އަދި ޤާނޫނުން ނެރެން ބޭނުންވާ ނަތީޖާ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ޝަރީޢަތަށް ކުދިން ހާޟިރުނުކުރުން ކަން.
17.6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި ބުނާ ކުއްޖާ ކިޔައިދޭ ކިޔައިދިނުމަކީ ޚާއްސަ ޤާނޫނުގެ 48 ވަނަ މާއްދާ އަށް ގައިދުވެފައިއޮންނަ ކުއްޖާގެ ބަސް ކަމަށް ބެލޭނެ އިންސާފުވެރި ހަމައެއް ނެތް ކަން.
17.7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާ ހިމެނޭހެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގިނަ މައްސަލަތަކުގއަ،ކުޑަކުދިންނަށް ޖިންސް ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި ކުއްޖާގެ ބަހުގ ގޮތުގައެ ބަލާފައިވަނީ ކުއްޖާއަށް ކަންވީގޮތް ކަމަށް ކިޔައިދީފައިވާ ކިޔައިދިނުމެއް ނުވަތަ ބަޔާނެއް އަދި ތަފްސީލުތަކާއެކު އޮންނަ ޝަކުވާގެ މައްޗަށްކަން.
17.8. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު އެއްކިބާކޮށް ކުއްޖާގެ ބަހަކީ ޝަރީޢަތުގެ ކުރިމަތީގައި ދޭ ހެކިބަސް ކަމަށް ކަނޑައަޅައި ގައިދުކޮށްފައިވަނ އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފަށްކަން، މިއެވެ.
18މިހާރު މި ބެލޭ އިސްތިއުނާފީ މައްސަލައިގައި، ދައުލަތުން ހުށަހެޅި އިސްތިއުނާފީ 2 ނުކުތާވެސް ބިނާކޮށްފައިވަނީ ކުއްޖާގެ ބަސް ޝަރީޢަތަށް ނަގަންޖެހޭނެކަމުގެ މައްޗަށް ދަށުކޯޓުން ނިންމި ނިންމުން ރަނގަޅު ނޫން ކަމުގެ މައްޗަށެވެ. އެހެންކަމުން މި މައްސަލައިގައި ގޮތް ކަނޑައަޅަން އޮތް މައިގަނޑު ނުކުތާއަކީ ޚާއްސަ ޤާނޫނުގެ ބޭނުމަށް ކުއްޖާގެ ބަސް ޝަރީޢަތަށް ނެގުން ލާޒިމްތޯ ނޫންތޯ އޮތް ނުކުތާއެވެ.
19ޕްރިސިޑެންސް 4އިސްވެ ފާހަގަކުރެވުނު ފަދައިން ދަށުކޯޓުން އެފަދައިން ކުއްޖާގެ ބަސް ޝަރީޢަތަށް ނެގުން ލާޒިމް ކަމަށް ދެކި އެބީދައިން، ކުއްޖާގެ ތަހުޤީޤު ބަޔާނަށް ބުރަދަން ދިނުމެއް ނެތި އަދި ކުއްޖާ ކިޔައިދިން ކަމަށް ބުނީ އެހެން ފަރާތްތަކުން ދިން ހެކިބަހަށް ބުރަދަން ދިނުމެއް ނތެ މައްސަލި ނިންމާފައިވަނީ ހައިކޯޓުގެ އިލްހާމް ޤަޟިއްޔާއަށް ބިނާކޮށެވެ. ސުޕްރީމް ކޯޓުން އެވަނީ ހައިކޯޓުން އިލްހާމް ޤަޟިއްޔާގައި ނިންމި ނިންމުންތައް ބާޠިލްކޮށްފައެވެ.
20އަދި ޚާއްސަ ޤާނޫނުގެބޭނުމަށްޓަކައި ކުއްޖާގެ ބަހަކީ ޝަރީޢަތުގެ ކުރިމަތީގައި ދޭ ހެކިބަސް ކަމަށް ކަނޑައަޅައި ހައިކޯޓުން ގައިދުކޮށްފައިވަނީ އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފަށްކަމަށީދިވެހިރާއްޖޭގ ސުޕްރމ ކޯޓުން އެވަނީ ކަނޑައަޅާފައެވެ.އެހެންކަމުނ ދަށުކޯޓުން ވެސް އެފަދައިން މާނަކޮށް، ކުއްޖާގެ ތަހުޤީޤު ބަޔާނަށް ބުރަދަން ނުދީވަނ އެއިރުވެސް ވުޖޫދުގައި އޮތް ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި ކަނޑައެޅިފައިވާ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަން ދަނެގަނެވެއެވެ.
21ޕްރިސިޑެންސް 5މިހާރު މިބެލޭ އިސްތިއުނާފީ މައްސަލައިގައި، ކުއްޖާގެ ތަހުޤީޤު ބަޔާނާއި އޯޑިއޯ ވީޑިއޯ ރެކޯޑިންގ ދައުލަތުން ދަށުކޯޓަށް ހުށަހަޅާފައިވާކަމާމެދުޚިލާފެއް ނެތެވެ. އެހެންކަމުނ ޚާއްސަ ޤާނޫނުގެ ބޭނުމަށްޓަކައި މ މައްސަލައިގައި ކުއްޖާގެ އަސާސީ ކިޔައިދިނުމެއް ދައުލަތުން ހުށަހަޅާފައިވާކަން ސާފެވެ. ކުއްޖާގެ އެބަޔާނަކީ ފުރިހަމަ ބުރަދަން ދޭންޖެހޭ ބަޔާނެއްކަން ސުޕްރީމް ކޯޓުގެ އިލްހާމް ޤަޟިއްޔާގައ ތަފްސީލުކޮށްދީފައިވާ ހަމަތަކަށް ބެލުމުން އެނގެއެވެ.އަދި އެބަޔާނުގެ މައްޗަށް ބިނާކޮށުދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި ބަޔާންކޮށްދީފައިވާ ފަދައިން މައްސަލައިގެ އެހެނިހެން ހެކިތައް އެކުގައި ވަޒަންކުރުމުގެ ޤާނޫނީ ހުރަހެއް ނެތެވެ.
22ޕްރިސިޑެންސް 6ދަށް ކޯޓުންއެ ހެކިތައް އެފަދައިން ވަޒަނުކޮށްފައި ނުވާތީ މި މައްސަލައިގައި މިހިނދު ދެވެން އޮތ ހައްލަކީ މި މައްސަލައިގައި ހުށަހެޅނ ހެކިތައް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައި ބަޔާންކޮށްފައިވ އަސާސާ އުސޫލުން ވަޒަންކޮށް އިސްތިޤްރާރުވެފައިވާ ޤާނޫނީ ހަމަތަކްގު މަތިން މ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި ދަށު ކޯޓަށް މި މައްސަލަ ތަހުވީލުކުރުމެވެ.
23އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާގައުބަޔާންކޮށްދީފައިވ އަސާސާ ހަމަތަކަށް ރިޢާޔަތްކޮށް، މައްސަލައިގައި ހުށަހެޅުނު ހެކިތައް ވަޒަންކޮށް އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި ދަށު ކޯޓަށް ތަހުވީލުކޮށް މައްސަލަ ނިންމަން ފެނެއެވެ. ފ ނޑިޔާރ ފާޠިމަތު ފަރްހީޒާގެ ރައުޔު؛
24ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގެ (ޅ)، (އ)، (ކ)
- ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/05 ޤަޟިއްޔާ (އިލްހާމް ޤަޟިއްޔާ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ (މުޚްތާރު ޤަޟިއްޔާ)
- ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ (އިލްހާމް ޤަޟިއްޔާ - ސުޕްރީމް ކޯޓުން ބާޠިލުކޮށްފައި)
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް