ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/277
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުހައްމަދު ޒާހިރު (އެޑްރެސް ސިއްރު ކުރެވިފައި)، 2023/HC-A/277
Prosecutor General v. Mohamed Zahir (Address withheld) 2023/HC-A/277 (2023/HC-A/277, High Court of the Maldives, 2 July 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުހައްމަދު ޒާހިރު (އެޑްރެސް ސިއްރު ކުރެވިފައި)
މައިގަނޑު ސުވާލު
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދަޢުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމީ، ކުއްޖާ ޝަރީޢަތަށް ދިން ހެކިބަހަށް އެކަނި ބަލައި، ތަޙުޤީޤުގައި ކުއްޖާ ކިޔައިދިން ކިޔައިދިނުމާއި އެހެން ހެކި ވަޒަންނުކޮށްތޯ؛ އެގޮތަށް ނިންމުން ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ކުއްޖާ ޝަރީޢަތަށް ދިން ހެކިބަސް ނުފޫޒެއް ނެތި ދިން ހެކިބަހެއްކަމަށް ބަލައި، ބާކީހުރި ހެކިތަކާއި ޤަރީނާ އެއްފަރާތްކޮށް، ހަމައެކަނި ޝަރީޢަތުގައި ކުއްޖާ ދިން ހެކިބަހަށް ބަލައި މައްސަލަ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 22)
- ކުއްޖާ ހާދިސާ ހިނގިތާ ކައިރީގައި ތަފްސީލީ ގޮތެއްގައި ކިޔައިދިން އަސާސީ ކިޔައިދިނުމާ ފުށުއަރާގޮތަށް ޝަރީޢަތުގައި ހެކިބަސް ދީފައި އޮތުމަކީ، އޭގެޒާތުން އަސާސީ ކިޔައިދިނުން ނަފީވެ ނުވަތަ ބާޠިލުވެގެންދާ ކަމެއް ނޫނެވެ؛ އަދި ކުއްޖާ ފަހުން ބުނި ބަސް ކަނޑައެޅިގެން ތެދުކަމުގައި ބަލަންޖެހޭނެ ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23)
- ކުއްޖާ ދެ މަޙައްލެއްގައި ކިޔައިދިން ކިޔައިދިނުން ތަފާތުވާ ޙާލަތުގައި، ފަނޑިޔާރު ތަފާތުވި ސަބަބު ހޯދުމަށް ސުވާލުކޮށް، ދެ ކިޔައިދިނުން އަޅާކިޔައި، އެ ކިޔައިދިނުންތަކާ ގުޅުވާލެވޭ ހެކި ބަލައި، ބުރަދަން ދިނުމުގައި ރައްކާތެރި ގޮތަކީ ކޮބައިތޯއާއި ހެކިތަކުން ބާރުލިބެނީ ކޮން ބުނުމަކަށްތޯ ޤާނޫނީ ހަމައިން ވަޒަންކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 24)
- ހެކި ރަނގަޅަށް ވަޒަންނުކޮށް ނިންމާފައިވާ ޙާލަތުގައި، ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، ހައިކޯޓުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށް ހެކި ވަޒަންކޮށް އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، ޙުކުމް)
1މިއީ، ކކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ########## ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ، އއއއއއއއއއއއ، މުޙައްމަދު ޒާހިރެވެ . (މީގެ ފަހުން "މުޙައްމަދު ޒާހިރު" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") ކަން ހިނގާފައިވާގޮތް
2ދައުލަތުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. މި ދަޢުވާ އުފުލާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއޞް އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
3މި ދަޢުވާ އުފުލާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ އެކި ދުވަސްމަތިން، ރރރރރ ބަނދަރު ސަރަޙައްދުގައާއި، އެރަށު "ފފފފ" ފިހާރަ ކައިރީގައާއި، އެ ރަށުގެ އެކިތަންތަނުގައި، ޔޔޔޔޔޔޔޔޔޔޔޔ، ވވވވވވވވވވވވވވވވ (11 އަހަރު) ލައިގެންހުރި އަންނައުނު މަތިން، އެ ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލައި، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއްއޮވެގެން ޤަޞްދުގައި އަތްލާފައިވާތީކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ. އައިޑީކާޑު ނަންބަރު ×××××××× ދަށު ކޯޓުން މައްސަލަ ނިންމިގޮތް
4އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށް ކަނޑައަޅައި، ދަށުކޯޓުން ޙުކުމްކޮށްފައިވެއެވެ.
5ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތު އަކީ:
1.5 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނި މިންވަރަށް ހެކިބަސް ލިބިފައިވަނިކޮށް އެ ހެކިތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ މެދު އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަން
6އިސްތިއުނާފީ ނުކުތާއާ ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛
1.6 ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ދަޢުވާ އުފުލިފައިވާ މައްސަލަތަކުގައި، އަނިޔާލިބުނު ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ސާބިތުކުރާ މައްސަލަތަކުގައި ހެކި ވަޒަންކުރަންވީ އުޞޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާކަމާއި، އެ ކޯޓުގެ އަޙްމަދު މުޚްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއޔާގް 48 ވަނަ ޕެރެގްރާފުގައި އަނިޔާލިބުނު ކުއްޖާގެ ހެކިބަހަކީ، އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްނަމަ އެހެކިބަހުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުވާކަމަށް ނިންމިދާނެކަން އެނގޭކަމާއި، ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލކުރެވު ހެކިބަހެއްތޯ ބެލުމުގައި 03 ކަމަކަށް ރިޢާޔަތްކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެއީ، ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބެލުމާއި، ކުއްޖާގެ އުޅުމާއި އަޚްލާގް އަދި ކުއްޖާގެ ޢަމަލުތައް ހުންނަގޮތް ބެލުމާއި، ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާކުރުމުގައި، އެއްވެސް ނުނިޔަތެއް އޮތްކަން ނުވަތަ ނޫންކަން ކަމަށް ބަޔާންކޮށްފައިވާކަން.
2.6 މި މައްސަލައިގައި އަނިޔާލިބުނު ކުއްޖާ ތަހުޤީޤަށް ތަފްސީލީ ގޮތެއްގައި ހާދިސާ ކިޔައިދީފައިވާކަމާއި، އަނިޔާ ލިބުނު ކުއްޖާ ހާދިސާ ހިނގި ދުވަހުގެ ރޭ މޣަރިބް ނަމާދަށް ދިޔަ މަގުމަތީގައި، ކުއްޖާގެ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުގައި އަތްލި ކަމަށާއި، އޭގެ ފަހުން ބަނދަރު ސަރަހައްދުގައ ހުއްޓާ އެމީހާ ކުއްޖާގެ ކުރިމަތި ފަރާތުގައާއި ފުރަގަސްފަރާތުގައ އަތްލި ކަމަށި ބުނެފައިވާކަން.
3.6 މިވާހަކަތަށް ފުށުއެރުމެއްނެތި، ލޮލަށް ފެނުނު ހެކިވެރިޔާއަށާއި އޭނާގެ 3 ރައްޓެހިންނަށާއި، ކުއްޖާގެ މަންމައަށާއި، ސޯޝަލް ވޯކަރއަށް ކިޔައިދީފައި އޮތުމުން ކުއްޖާގެ ބަސް އެތެރެފުށުން އެއްގޮތްކަން.
4.6 ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްތޯ ބަލާއިރު، ފުށުއެރުމެއް ނެތްގޮތަށް ކުއްޖާ އެކި މީހުންނަށް މިވާހަކަ ކިޔައިދީފައިވާކަމާއި، ކުއްޖާގެ ބުނުމާ ގުޅުވާލެވޭ ހެކި ހުރިތޯ ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ކުއްޖާއާއެކު އަނދިރިގަނޑަކުން ފަޓުލޫނުގެ ގޮށް އަޅުވަމުން އައިތަނ ލޮލަށް ފެނުން ހެއްކެއް ހުރީމަ މިއީ ކުއްޖާއަށް އިސްތިއުނާފު ރައްދުވާ ފަރާތް ޖިންސީ ގޯނާކުރި ކަމަށް ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް ބާރުލިބިދޭ ގޮތަށް ލިބިފައިވާ ހަރުދަނާ ހެއްކެއް ކަމަށް ދައުލަތުން ދެކޭކަން.
5.6 ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްތޯ ބަލާއިރު، ކުއްޖާ އެހެން މީހުންނަށް ހާދިސާގެ ވާހަކަ ކިޔައިދޭއިރު، ކުއްޖާގެ ޑިމީނަރ ހުރި ގޮތްވެސް އެއީ ބޭރުފުށުގެ ހެކި އެއްގޮތްތޯ ބަލާއިރު ވަޒަންކުރެވިދާނެ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގއަ ބަޔާންކޮށްފައިވާކަމާއި، އެއީ ކުއްޖާ އެވާހަކަތައް ކިޔައިދޭއިރު، ކުއްޖާގެ މޫނަށް އަރާ ފައިބާ ކުލަވަރުތަކާއި ކުއްޖާގެ ޑިމީނަރ ހުރިގޮތުން އެއީ ޙަޤީޤތުގައަ ވެސި ހިނގާދިޔަ ކަމެއް ކަމުގެ މައްޗަށް ލިބިދީފައި އޮތް ބޭރުފުށުގެ ހެއްކެއްގެ ގޮތުގައި، ރިޢާޔަތްކުރވިދެ ނެކަން އެނގޭކަން.
6.6 ކުއްޖާގެ ބަހާ އެންމެ ބޮޑަށް ގުޅުވާލެވޭ ހެއްކެއްގެ ގޮތުގައި ދެން އޮތީ އިސްތިއުނާފު ރައްދުވާ ފަރާތް ތަޙުޤީޤުގައި ވެފައިވާ އިއުތިރާފުކަމާއި، މިއީ ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްތޯ ބަލާއިރު ރިޢާޔަތްކުރާއިރު ބޭނުންކުރެވިދާނެ ހަރުދަނާ ޤަރީނާއެއްކަމަށް ދައުލަތުން ދެކޭކަން، އެގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންދީފައިވަނީ، މި މައްސަލައިގައި ކުއްޖާ ތަޙުޤީޤަށް ތަފްސީލުތައް ކިޔައިދިނުމުގެ ކުރިންކަމަށާއި، އަދި ފަހުން ކުއްޖާ ކިޔައިދިން އިރުވެސް، ކުއްޖާ ކިޔައިދިން ތަފްސީލަށްވުރެ އިތުރު ތަފްސީލު ތަކާއެކު މިވާހަކަ އިސްތިއުނާފު ރައްދުވާ ފަރާތުން ތަޙޤީޤަށު ކިޔައިދީފައިވާކަން.
76 ކޯޓުން ބޭރުގައި މީހަކު ވާ އިއުތިރާފަށ ބުރަދަން ދިނުމާ ގުޅޭގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު މުނީރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ، އެ އިއުތިރާފަކީ އެ އިއުތިރާފުގެ މައްޗަށް ބާރުލިބިދާނެ އިތުރު ދަލީލު ހުރިނަމަ ޝަރީޢަތުގައި ބޭނުންކުރެވިދާނެ ހަރުދަނާ ޤަރީނާއެއްކަމަށއި، އޭގެ އިތުރުން، ތަޙުޤީޤު މަރޙު ލާގައަ ކުށަށް އިއުތިރާފުވެފައި، ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ކުރާ ޙާލަތުގައި އޭނާ ކުރިން ތަޙުޤީޤު މަރުޙަލާގައި އިއުތިރާފުވި ސަބަބެއް ނުވަތަ އިއުތިރާފުން ރުޖޫޢަވަނީ ކީއްވެގެންކަން އޭނައަށް ބުނެ ނުދެވޭނަމަ އެއީ އޭނާއާ ދެކޮޅަށް ބޭނުން ކުރެވޭނެ ޤަރީނާއެއް ކަމަށް ވެސް ކަނޑައަޅާފައިވާކަން.
86 އިސްތިއުނާފު ރައްދުވާ ފަރާތުގެ އިއުތިރާފާ ގުޅުވާލެވޭ ހެކި ޤަރީނާ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާނެކަމަށާއި، އޭނާ ބުނިގޮތަށ އެކަން ހިނގައިދިޔަކަމުގެ މައްޗަށް ލޮލަށް ފެނުނު ހެއްކެއް ހުރިކަމާއި، ކުއްޖާ މިވާހަކަތައް ކިޔައިދިން އިތުރު މީހުން އެބަތިބި ކަމަށާއި، އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތް ކޯޓުން ބޭރުގައި ވެފައިވާ އިއުތިރާފަކީ މި މައްސަލައިގައި ބޭނުންކުރެވޭނެ ޤަރީނާއެއްކަމަށް ދައުލަތުން ދެކޭކަން.
96 ކުއްޖާ މުއްތަހަމާ ގުޅިގެން ޝަކުވާ ކުރުމުގައި ކުއްޖާގެ ނުނިޔަތެއް އޮތްތޯ ބަލާއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތާއި ބެހޭގޮތުން މި ބާވަތުގެ ޝަކުވާއެއް ކުރަންޖެހޭ ސަބަބެއް ނުވަތަ މިބާވަތުގެ ދޮގެއް ހަދާ ފާނެކަން ދައްކުވައިދޭ އެއްވެސް ސަބަބެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައި ނުވާކަމާއި ކުއްޖާގެ ނުނިޔަތެއް އޮތްކަން ސާބިތުކުރުމަކީ، މުއްތަހަމު އުފުލަންޖެހޭ ބުރައެއްކަމަށް ދިވެހިރާޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މުޚުތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން.
106 އިސްވެ ބުނެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މިންގަނޑުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމެވި އެއް ސަބަބަކީ އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނެގިއިރު، ޤާނޫނު ނަންބަރު 2009/12 ގެ 48 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށް ކުއްޖާއާ އިންޓަވިއު ކުރިއިރު، މ ނުހިނގާ ކަމެއް ކަމަށް ކުއްޖާ ބުނެފައިވތީވެ ދެންހުރި ހުރިހާ ހެކިތައާ އެއްފަރާތް ކުރުމަށްފަހު އެކަމަށް އެކަނި ބިނާކޮށް މިއީ ސާބިތުނުވާ މައްސަލައެއް ކަމަށް ކަނޑައަޅާފައިވާކަން.
116 ކުއްޖާ ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކިޔައިދިން ކިޔައިދިނުމާއި ޝަރީޢަތުގައި ކިޔައިދިން ކިޔައި ދިނުމުގައި ފުށުއެރުން ހުރުމުން، ކުރިން ކިޔައިދިން ކިޔައިދިނުމާ ޝަރީޢަތުގައި ބުނެފައިވާ ބުނުން ތަފާތުވާ ސަބަބީ ހޯދުމުގެގޮތުނ ފަނޑިޔާރް ސުވާލުކޮށްފައި ނުވާކަމަށާއި، ކުއްޖާގެ ހެކިބަސް ނެގިފައިވަނީ ޚާއޞް އޞުލަކުންކަމަށްވާތީ، މި ދެ ބުނުމުގެ ތަފާތު ހުރުމުގެ ސަބަބުން، ސުވާލުކުރުމުގެ ފުރުޞަތު ޚަސްމުންނަށް ވެސް ލިބިފައިނުވާކަމަށާއި، ކުއްޖާ ޝަރީޢަތުގައި ދިން ހެކިބަހުގައި، މި ހާދިސާއަކީ ނުހިނގާކަމެއްކަމަށް ބުނިނަމަވެސް، އޭގެ ސަބަބުން ކުއްޖާ ކުރިން ދައްކާފައިހުރި ވާހަކަތައް އެއްފަރާތް ކުރަންޖެހޭ ސަބަބެއްކަމަށް ދައުލަތުން ނުދެކޭކަމަށާއި، ޤާނޫނުގައި ވެސް، ކުއްޖާ ކުރިން ދެއްކި ވާހަކަތައް ހެކިބަހުގެ ގޮތުގައި ބޭނުންކުރެވޭނެކަމަށް ބަޔާންކޮށްފައިވކަމަށް ބުނެފައިވާކަން.
126 އަޙްމަދު މުޚްތާރު ޤަޟިއްޔާއާ އެއްގޮތަށް ހެކި ވަޒަންކޮށްފިނަމަ، މި މައްސަލައިގައި ލިބިފައިވާ ހެކިން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު ކުށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ މިންގަނޑުން ސާބިތުވާނެކަމަށ ދައުލަތުން ދެކޭކަން.
7. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވނަ އިސްތިއުނާފީ ރައްދުވު ފަރާތުގާ މައްޗަށް ހުށަހެޅި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤޞަ ދުގައި އަތްލުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލކޮށު އެފަރާތުގެ މައްޗަށް މިދަޢުވާ ސާބިތުވާކަމަށް ކަނޑައަޅއަ އަދަބު ކަނޑައަޅައި ދިނުމަށެވެ.
8. މި އިސްތިއުނާފަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)، އެ މާއްދާގެ ރޫހާ ޚިލާފަށް މާނަކޮށް، ހުށަހަޅާފައިވާ އިސްތިއުނާފެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
9. ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އަކީ، އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށް ކުރާ ފަރާތްތަކަށް ދޭ އަދަބު ބަޔާންކުރާ މާއްދާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
10. ތަހުޤީގައި ވެފައިވާ އިއުތިރާފުން ރުޖޫޢަވުމުގައި ގިނަ ސަބަބުތަކެއް ހުރުން އެކަށީގެންވާކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޖަލުގައި ހުރި އިރު އަނިޔާ ލިބިފައިވާ ފަރާތެއް ކަން މިހާރު ހާލަތުންވެސް އެނގޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
11. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބުނަނީ، ޝަރީޢަތަށް ގަބޫލުކުރެވޭނީ، ޝަރީއަތުގެ މަޖިލީހުގައި ވާ އިއުތިރާފާއި، ޤާނޫނާ ގަވާއިދުގެ އިމުގެ ތެރެއިން ހޯދާ ހެކި ގަރީނާކަ މަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12. މި މައްސަލައިގެ އިސްތިއުނާފު ފޯމުން ދޭހަވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއސް އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ނަހަމަގޮތުގައި ބޭނުން ހިފަމުންދާ މިންވަރުކަމާއި، ސަބަބަކީ، ކުށެއްގެ ތުހުމަތުގައިވާ ފަރާތް އެއީ ކުށުގެ މާހައުލުގައި އުޅޭ ފަރާތެއްތޯ ނުވަތަ ނޫންތޯ ބަލާ ކަށަވަރު ކުރުމާއެކު ތަޙުޤީޤުކުރެވޭ ދަޢުވި އުފުލެން ޖެހޭކަމަށްވާއިރު، އެކަން މި މައްސަލައިގައި ދޫކޮށްލާފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
13މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިހާރު ކުރިއަށް ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރޫހާ ޚިލާފަށް ލާއިންސާނީ އަދަބެއް ދިނުން ކަމުގައި މެނުވީ ނުވާނެ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ސައިކިއެޓްރިސްޓުންގެ މަސްއޫލިއްޔަތު މި މައްސަލައިގައި އަދާކޮށްފައި ނުވާކަން ވަރަށް ރަނގަޅަށް ސާފުވާކަމާއި، އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ ރިޕޯޓެއް އޭނާ ތުހުމަތުގައި ބަންދުކުރި ދުވަހުން ފެށިގެން ޝަރީޢަތް ނިމިގެން ދޫކުރެވިގެން ދިޔައިރުވެސް ދައުލަތުން ހަދާފައި ނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
15ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގައި ހިމަނާފައިވާ އެ ޤާނޫނު މާނަކުރުމުގައި، "ޖިންސީ ނިޔަތް" ކަމަށް ބުނެފައިވަނީ ޝަހުވާނީ އެދުންވެރިކަމެއް ފުއްދުމަށް ވަކިކަމެއް ކުރުމަށް ކަނޑައަޅާ ކަނޑައެޅުމަށް ކަމަށާއި، އެ މަޤސް ދ ހާސިލުކުރުމަށް ކުރާ ޢަމަލަށްކަމަށް ބަޔާންކޮށްފައިވާއިރު، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ދައުލަތަށް މުޙައްމަދު ޒާހިރު ގެ އެފަދަ ނިޔަތެއް އޮތްކަން އަދި އެފަދަ ޢަމަލެއް ކުރަން ޤަޞްދު ކުރިކަން އެއްވެސް މިންވަރަކަށް ބުނެދެވިފައި އަދި ސާބިތުކޮށްދެވިފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
16ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މުޚްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ހިމެނޭ ތުހުމަތު ކުރެވުނު ފަރާތއާ މި މައްސަލައިގެ ތުހުމަތުކުރެވުނު ފަރާތުގެ އުޅުމ ސުލޫކާ އަދި އަޚްލާޤުގެ އިންތަކާ މިންތައް ވަރަށް ތަފާތުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މި ޤަޟިއްޔާގައި ބަޔަކު ހާދިސާ ހިނގިކަމަށް ކުއްޖާ ލައްވާ ބުނުވާފައިވާތީ، މިއީ ވަރަށް ތަފާތު ދެ ޤަޟިއްޔާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
17ދަށުކޯޓުގެ ނިންމުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ.
18މި މައްސަލައަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުވެފައިނުވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. ޕްރޮސކި އުޓަރި ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނީ، ދަށުކޯޓުގެ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ހެކި ލިބިފައިވަނިކޮށް، އެ ހެކިތަކަށް ރަނގަޅަށް ރިޢާޔަތްނުކޮށް، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙލާގަ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
19ޕްރިސިޑެންސް 1ދަށުކޯޓުގެ ރިޕޯޓުގައި "ހެކި ވަޒަންކުރުން" މި ސުރުހީގެ ދަށުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، 50 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "މިމައްސަލައިގައި އަނިޔާލިބުނު ކަމަށް ބުނާކުއްޖާ މިވާހަކަ ކިޔައިދިން ކަމަށް ދައުލަތުން ބުނާފަރާތްތަކަށް ކިޔާދީފައިވާ ގޮތްކަމަށް އެފަރާތްތަކުގެ ހެކިބަހުގައި ބުނެފައިވާ ގޮތާއި، މިކުއްޖާ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ގޮތާއި ޚިލާފަށް، މުޙައްމަދު ޒާހިރު މިކުއްޖާގެ ޖިންސީ އެއްވެސް ގުނަވަނެއްގައ އަދި ގައިގައިވެސް އެއްވެސް ފަހަރަކު އަތްލާފައި ނުވާކަމަށާއި، އަދި މުޙައްމަދު ޒާހިރުއޭ ކިޔައިގެން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ކިޔައިދީފައި ނުވާނެކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވަނީ އެކުއްޖާގެ މައްޗަށް އެއްވެސް ފަރާތެއްގެ ނުރަނގަޅު ނުފޫޒެއް އޮވެގެންކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާއިރު، ދަޢުވާލިބޭ މުޙައްމަދު ޒާހިރުއަކީ މި ހާދިސާއާ ގުޅިގެން ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައި ހުރި މީހެއް ކަމަށްވެފައި އަދި މުޙައްމަދު ޒާހިރުއަކީ މިކުއްޖާއާއި ތިމާގެ ކަމުގެ ގުޅުމެއް ނުވަތަ ޚަރަދުބަރަދުކޮށް ބަލަހައްޓަންޖެހޭ ފަދަ ޢާއިލީ ގުޅުމެއް ނުވަތަ އެނޫންވެސް ބާރުވެރި ގުޅުމެއް ގުޅިފައިވާ މީހެއްކަން އެނގެން ނެތްކަމެވެ." މިފަދައިންނެވެ. އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ މި މައްސަލައިގައި ހެކިބަސްދިން ފަރާތްތަކުގެ ކައިރީގައި ބުނެފައިވާގޮތަށް ތަހުޤީޤަށް ބަޔާންދިންކަމަށ ދަށް ކޯޓުގު ފަނޑިޔާރު ފާހަގަކޮށްފައިވާކަމަށް އަހުރެންނަށް މި ނުކުތާއިން ފާހަގަވެއެވެ. އެހެންނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރު ސުވާލުކުރުމުން ކުއްޖާގެ ބަސް ތަފާތުވެފައިވތީ، އަދި ޝަރީޢަތަށް ކުއްޖާ ދިން ހެކިބަހަކީ އިސްތިއުނާފު ރައްދުވާ ފަރާތް ނުފޫޒު ފޯރުވައިގެން ދިން ހެކިބަހެއް ކަމަށް ނުބެލެވޭތީ އަދި އެފަދަ ނުފޫޒެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، ދަށުކޯޓުގެ ފަނޑިޔާރު މި މައްސަލައިގައި ލިބިފައިވާ އެހެން ހެއްކާއި ޤަރީނާ ވަޒަންކޮށްފައިނުވަނީކަމަށް އިސްވެ ނަކަލު ކުރެވުނު ޢިބާރާތުން އަހުރެންނަށް ގަބޫލުކުރެވެއެވެ.
20ކުއްޖާ ފުލުހުންގެ ތަހުޤީޤަށް 17 ސެޕްޓެންބަރު 2020 ގައި ބަޔާނެއް ދީފައިވެއެވެ. ކުއްޖާގެ ތަހުޤީޤު ބަޔާނަށް ބަލާއިރު، އެ ބަޔާނުގައި ތަފްސީލީ ގޮތެއްގައި އޭނާއަށް ޖިންސީއަނިޔާ ލިބިފައިވާގޮތް ކިޔއަދީފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، ކުއްޖާގެ ތަހުޤީޤު ބަޔާނުގައި ދައްކާފައިވާ ވާހަކަތަކާއި، އިސްތިއުނާފު ރައްދުވާ ފަރާތް ތަހުޤީޤަށް ދީފައިވާ އިޢުތިރާފު ބަޔާނުގައި ކިޔައިދީފައިވާ ކިޔައިދިނުންވެސް އެއްގޮތްކަން ފާހަގަވެއެވެ.
21އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ 10 އޮކްޓޫބަރު 2022 ގައި ޝަރީޢތަށަ ދީފައިވާ ހެކިބަހަށް ބަލާއިރު، އެ ހެކިބަހުގައި އޭނާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ޖިންސީ އަނިޔާއެއް ދީފައިނުވާކަމަށް ބުނެފައިވެއެވެ. އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާގެ ހެކިބަސް ޝަރީޢަތުން ނަގާފައިވަނީ، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައިވާ ޚާއްސާ އިޖުރާއަތުން ކަމާމެދު ޚަޞްމުންގެ މެދުގައި ޚިލާފެއް އޮތްކަން އަހުރެންނަށް ފާހަގައެއްނުކުރެވެއެވެ. މި ހެކިބަހާ ގުޅިގެން ދައުލަތުން، ޚުލާސާ ބަޔާނުގައި ފާހަގަކޮށްފައިވަނީ، މ..." މައްސަލާގައި ކުޑަކުދިންގެ ހެކިބަސް ޝަރީއަތުން އޮކްޓޯބަރ މަހުގެ ތެރޭގައި ނެގިފައިވޭ، އެހެންނަމަވެސް ތަހުޤީޤުގައި ދީފައިވާ ބަޔާނުގައި ފާހަގަކޮށްފައި ހުރި ގިނަ ކަންކަން އެހެކިބަހުގައ ނުހިމެނި ނުވަތަ އެހެކިބަސް ނެގުނުއިރު ކުދިން ބަޔާންކޮށްދީފައެއް ނުވޭ، އެކަމާއި ގުޅިގެން ދަޢުލަތުން ދެކޭގޮތް ދަޢުލަތުން އެދެން، އެގޮތުން މި މައްސަލާގައި ކުދިން ތަހުޤީޤަށް ދީފައިވާ ބަޔާނަށްތޯ ނޫނީ ކުދިން ޝަރީއަތުގައި ދީފައިވާ ހެކިބަހަށްތޯ ރިއާޔަތްކުރާނީ، އިއްޒަތްތެރި މެޖިސްޓްރޭޓް ގޮތެއް ނިންމުމުގައި ރިއާޔަތްކޮށްދެއްވުނ އެދެން މި މައްސަލާގައި ކުދިން ބަޔާންކޮށްދީފައި އޮތީ 2020 ވަނަ އަހަރުގެ ފަހުކޮޅު، ކުދިންގެ ހެކިބަސް ޝަރީޢަތުން ނަންގަވާފައ އޮތި ނުވަތަ ނެގިފައ އޮތި މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި، އެހެންކަމުން އެއީ ކުއްޖާ ތަހުޤީޤަށް އެވާހަކަތައް ކިޔައިދިންތާ 2 އަހަރެއްހާ ދުވަސް ފަހުން ކަމަށްވެފައި، އަދި އާންމުގޮތެއްގަވެސް ތޮބީއީ ގޮތުންވެސް މިފަދަ ލަދުވެތިކަމެއ ކުއްޖަކަށް ދިމާވެގެން އެވާހަކަތަށ ތަކުރާރުކޮށް ބަޔާންކުރުމަށް ކުދިން ފަސްޖެހުމަކީ ހަމަ ތަބީއީ ކަމެއްކަމަށް ދެކޭތީ މިވާހަކަތައް އަލުން ކުއްޖާއަށް ސުވލާކުރީމަ މިވާހަކަތަށ ބަޔާންކޮށްދޭން ނުކެރުމަކީ އެކަށީގެންވާ ކަމެއްކަމަށް ދެކޭތީ އަދި ކުދިންގެ ހެކިބަސް ނެގުމުގައި އިއްޒަތްތެރި ފަނޑިޔާރަށް ކުދިން ކަމެއް ފޮރުވާކަމަށ ނުވަތް ކުދިންނަށް ކަންވީގޮތް ބަޔާންކޮށްދޭން ފަސްޖެހޭކަމަށް ފާހަގަކުރެވިފައިވާނަމަ އެކަމަށްވެސް މެޖިސްޓްރޭޓް ރިއާޔަތްކޮށްދެއްވުމަށ ދަޢުލަތުން އެދެން.." މިފަދައިންނެވެ.
22ޕްރިސިޑެންސް 2ޕްރިސިޑެންސް 3ދަށުކޯޓުގެ ނިންމުމުން އަހުރެންނަށް ފާހަގަވީ، ކުއްޖާ ޝަރީޢަތަށް ދިން ހެކިބަހަށް އެކަނި ބަލައި، އެއީ ނުފޫޒެއް ނެތި ދިން ހެކިބަހަކަށްވާތީ، ބާކީހުރި ހެކިތައް އެއްފަރާތްކޮށް، ހަމައެކަނި ޝަރީއަތަށް ކުއްޖާ ދިން ހެކިބަހަށް ބަލައި ފަނޑިޔާރު މައްސަލަ ނިންމީ ކަމުގައެވެ. ނަމަވެސް، ދައުލަތުން ދަށުކޯޓުގެ ޚުލާސާ ބަޔާނުގައިވެސް ފާހަގަކޮށްފައިވާފަދައިން، ކުއްޖާ ޝަރީޢަތަށް ދިން ހެކިބަހުގައި، އޭނާއަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ޖިންސީ އަނިޔާއެއް ލިބިފައިނުވާކަމަށް ބުނުމުގައި، އެހެން ސަބަބެއްވެސް އޮވެދާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން، ތަހުޤީޤުގައާއި، މި މައްސަލައިގައި ހެކިބަސް ދިން މީހުންނަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމާ، ޝަރީއަތަށް ކިޔައިދިން ދިނުން ތަފާތުވާ ސަބަބީ ހޯދުމަށް ފަނޑިޔާރު އެއްވެސް ސުވާލެއް ކުއްޖާއާ ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ. އަހުރެންނަށް ދަށުކޯޓުގެ މި ނިންމުމާ އެއްބހެއަ ނުވެވެއެވެ. އެގޮތަށް އަހުރެން މި ފާހަގަކުރަނީ، އަނިޔާ ލިބުނު ކުއްޖާ ހާދިސާ ހިނގިތާ ކައިރީގައި ތަފްސީލީ ގޮތެއްގައި ކިޔައިދީފައިވާ ވާހަކަތަކަށް ބަލާއިރު، އެއީ ހަމަ ޙަޤީޤަތުގައިވެސް ހިނގާފައިވާ ކަންތައްތަކެއް ކަމަށް ބެލެ ވުމުގެ ފުރުސަތު އޮތަތީއެވެ. އޭނާ ކިޔައިދީފައިވާ ކިޔައިދިނުންތަކުގައިވާ ތަފްސީލުތަކުގައި ހުރި ކަންކަމަކީ ކުއްޖަކު ހަދައިގެން ނުވަތަ މީހަކު މަޖުބޫރުކޮށްގެން ވެސް ކިޔައިދޭނެ ވަރަށްވުރެ މާ ތަފްސީލީ ގޮތެއްގައި ކިޔައިދީފައވި ކިޔައިދިނުން ތަކެއްކަމަށް ބެލެވުމުގެ ފުރުސަތު އޮތަތީއެވެ. ކުއްޖާ، ޝަރީޢަތަށް ހެކިބަސް ދީފައިވަނީ، ތަހުޤީޤަށް ބަޔާންދިންތާ ދެ އަހަރާ ގާތްވެފައި ވަނިކޮށެވެ. އެހެންކަމުން، ކުއްޖާގެ އަސާސީ ކިޔައިދިނުމާއި ޝަރީޢަތުގައި ދީފައިވާ ހެކިބަސް އަޅާކޔި އ، އެ ދެ ކިޔއަދިނުމުގައ ހުރި ކަންކަމާ ގުޅުވާލެވޭ ހެކިހުރި ނެތްގޮތް ބަލައި މި މައްސަލައިގައި އަލުން ހެކި ވަޒަންކުރަންޖެހޭކަމަށ އަހުރެން ދެކެމެވެ.
23ކުއްޖާގެ އަސާސީ ކިޔައިދިނުމާއި ފުށުއަރާގޮތަށް ޝަރީޢަތުގައި ހެކިބަސްދީފައި އޮތް އޮތުމަކީ، އޭގެޒާތުން ކުއްޖާގެ އަސާސީ ކިޔައިދިނުން ނަފީވެގެންދާނެ ނުވަތަ ބާޠިލުވެގެންދާނެ ކަމެއްކަމުގައި އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އަދި ކުއްޖާ ފަހުން ބުނިބަސ އެއް ކަނޑައެޅިގެން ތެދުކަމުގައި ބަލަންޖެހޭނެކަމަށް ބަޔާންކުރާ ޤާނޫނީ ހަމައެއް ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައި އޮތްކަންވެސ އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.
24އަހުރެންނަށް ބުރަވެވޭ ގޮތުގައި ކުއްޖާ ދެ މަހައްލުގައި ކިޔައިދިން ދިނުން ތަފާތުވާ ހާލަތުގައި އެންމެ އިންސާފުވެރި އަދި ޢަދުލުވެރިގޮތަކަށްވާނީ ކުރިންވެސް ފާހަގަކުރިގޮތަށް އެ ކިޔައިދިނުން ތަކުގައި ހުރި ކަންކަމަށް ބަލައި، ބުރަދަން ދިނުމުގައި ރައްކާތެރި ގޮތަކީ ކޮބައިތޯ ބަލައި އަދި ހެކިތަކުން ބާރުލިބެނީ ކޮން ބުނުމަކަށްތޯ ބަލައި ފަނޑިޔާރު ޤާނޫނީ ހަމައިން އެކަން ވަޒަންކުރުމެވެ.
25ޕްރިސިޑެންސް 4ދަށުކޯޓުގެ ނިންމުން ބާޠިލުކޮށް، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ރިޔާޢަތްކޮށް ހެކިވަޒަންކޮށް އަލުން ގޮތެއް ކަނޑައަޅަން ދަށުކޯޓަށް މި މައްސަލަ ތަހުވީލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
26އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރއަ ޔަށް ތާއީދުކުރަމެވެ.
27އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ކކކކކކކކކކކ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ########## ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި އެ މައްސަލަ އަލުން ބެލުމަށް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ ox;,:> o,,. ,. 2023 / HC -A/277 ,r>.s~.?.r- J°..,:IJ1(~ 15 ~ .,, .... ,~ .... <." 0~ ox, ,.,. ., .... ~ o" o o ., ,.,. "~ 0 ~ .....? ....A.Sf!!VA .... ✓ .s c -".,,,,,,,.... J''_,., .... ( _,- V,? J' ✓.I° _,.EV E_,,,,E,-...Jc.?.... ' .,,.,,,._,., .s' (,,-) .s_,-,.,,,;;, + • J',?1.,,-V,?V/.' ' ....A.J,A t./"V /".S/,tOAA.... .... .S-"/c.? .S/".,,,,fl t./"/ /"'' _,?,-...J,A,? + .... .... .... > 0 :JI:, .,,,..,,,. -· .,,,. :...,,, '"""' ,A~- ,/'I.A~ .s , - .,,,. .,,,. .,,,. l't I'~ : \ I -'J/~, + .... • .,,.,,-...J., ✓..... .,,,,flt./"/, + .... .... r :, +(!.? .,,, /"0 ....A ,-...J.,,,. /.:, _,,,,,~ fl .... t./"/ ,,, 0 ;,, ;,, > ;, + ,.,.-J.,.,,::(!.-,C•A www .hi ghco urt.gov.mv : ;,:~:; info@h ighcourt.gov.mv ._;-::;-;
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާ (ކުއްޖާގެ ހެކިބަސް ނެގުމުގެ ޚާއްޞަ އިޖުރާއަތު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
- ސުޕްރީމް ކޯޓު: އަޙްމަދު މުޚްތާރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދައުލަތުން ޙަވާލާދިން)
- ސުޕްރީމް ކޯޓު: މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދައުލަތުން ޙަވާލާދިން)
- ސުޕްރީމް ކޯޓު: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި (ދައުލަތުން ޙަވާލާދިން)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢާއިޝަތު ރީޝާ، ކާމިލާ ޙުސައިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް